11:1الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ ﴿1﴾الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ
Transliteration: Aliflamra kitabun ohkimat ayatuhu thumma fussilat min ladun hakeemin khabeerin
Translation: الر މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ تعالى އެވެ. މިފޮތަކީ މިއީ (އެބަހީ: މި ކީރިތި قرآن މިއީ) މިފޮތުގެ حكم ތައް أمر އާއި نهى ގެގޮތުން ކަނޑައެޅިގެންވާ ފޮތެކެވެ. ދެން ثواب އާއި عذاب ދެއްވުމުގެގޮތުން تفصيل ކުރެވިގެންވެއެވެ. މިފޮތް ބާވައިލެއްވިގެންވަނީ حكمة ވަންތަ އަދި خبر ތައް ދެނެވޮޑިގެންވާ ކަލާނގެ حضرة ންނެވެ.
11:2أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ ﴿2﴾أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ
Transliteration: Alla taAAbudoo illa Allaha innanee lakum minhu natheerun wabasheerun
Translation: (އަދި رسول ﷲ ﷺ حديث ކުރެއްވިއެވެ.) (އެފޮތުގެ حكم ތައް تفصيل ވެގެންވަނީ) ކަލޭމެން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެންގެ ގާތަށް ފޮނުއްވިގެންވާ نَذِيْر އެއްކަމާއި އަދި بَشِيْر އެއްކަންވެސް އެންގެވުމަށެވެ. (އެބަހީ: ނުކިޔަމަންތެރިންނަށް عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވާ އަދި ކިޔަމަންތެރިންނަށް ދަރުމަޔާއި ثواب ހުރިކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކުކަންވެސް އެންގެވުމަށާއިވެސް އެކުގައެވެ.)
11:3وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ ﴿3﴾وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ
Transliteration: Waani istaghfiroo rabbakum thumma tooboo ilayhi yumattiAAkum mataAAan hasanan ila ajalin musamman wayuti kulla thee fadlin fadlahu wain tawallaw fainee akhafu AAalaykum AAathaba yawmin kabeerin
Translation: އަދި ކަލޭމެން ކަލޭމެންގެ رَبّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދި دعاء ކުރުމަށް އެންގެވުށާއި ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށްވެސް އެންގެވުމަށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ مدّت އަކަށް ކަލޭމެންނަށް އަރާމުކޮޅެއް ދެއްވާނެއެވެ. (އެއީ މަރުވަންދެން ދުނިޔޭގެ ތަކެތީގައި ބޭނުންކޮށް އުޅުމުގެ فرصة ދެއްވުމެވެ.) އަދި ކޮންމެ ހެޔޮކަމެއްގެ ވެރިއަކަށް އޭނާ އެކުރި ހެޔޮކަމަށް އެކަލާނގެ ދަރުމަޔާއި ثواب ދެއްވާނެތެވެ. (އެއީ قيامة ދުވަހުންނެވެ.) އަދި އެމީހުން ކިޔަމަންނުވެ ފުރަގަސްދީފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ!) ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.
11:4إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴿4﴾إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Transliteration: Ila Allahi marjiAAukum wahuwa AAala kulli shayin qadeerun
Translation: ކަލޭމެން އެނބުރިދިއުން، އަދި އެނބުރި ދާތަންވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
11:5أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿5﴾أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
Transliteration: Ala innahum yathnoona sudoorahum liyastakhfoo minhu ala heena yastaghshoona thiyabahum yaAAlamu ma yusirroona wama yuAAlinoona innahu AAaleemun bithati alssudoori
Translation: ދަންނާށެވެ! ހަމަކަށަވަރުން އެމީހުން (يعني: مُنافق ންކުރެ ބައެއްމީހުން) އެކަލާނގެއަށް ނިވައިވާންވެގެން، ވަންހަނާވާންވެގެން އެމީހުންގެ މެއިތައް ގުދުކުރެއެވެ. (އެބަހީ: رسول ﷲ ﷺ އެމީހުން ކައިރިން ވަޑައިގަންނަވަންޏާ އެމީހުން މޫނު ނިވައިކޮށް ގުދުވެ ބޮނދައިގެން ތިބެއެވެ. އެމީހުން އެހެން އެހަދަނީ އެކަލޭގެފާނަށް ނުވަތަ ﷲ އަށް ނިވައިވާންކަމަށެވެ.) ދަންނާށެވެ! އެމީހުން އެމީހުންގެ ފޭރާމުން ނިވައިކުރަމުންދާއިރު އެމީހުން ސިއްރުކުރާކަންތަކާއި އަދި އެމީހުން ފައުޅުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގައިވާހާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (މިހެންވީއިރު ދެން އެކަލާނގެއަށް ނުފެންނާން ބޮނދައި އަދި ފިލަންވީ ކީއްވެހެއްޔެވެ؟)
11:6وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ ﴿6﴾۞وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ
Transliteration: Wama min dabbatin fee alardi illa AAala Allahi rizquha wayaAAlamu mustaqarraha wamustawdaAAaha kullun fee kitabin mubeenin
Translation: އަދި ބިންމަތީ حركاة ކުރާ އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ރިޒުޤު ﷲ حوال ވެގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗަކަށް ރިޒުޤު ދެއްވުންވަނީ ﷲ އަށް ކަނޑައެޅިފައެވެ. އެއީ އެކަލާނގެ ހިންގަވާނޭ ކަމެކެވެ. އަދި އެ ކޮންމެދިރޭއެއްޗެއް އުޅޭނެތަނަކާއި އެއެއްޗެއް މަރުވުމަށްފަހު ވާނެތަނަކާއި މިކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެއެއްޗަކާއިބެހޭ ހުރިހާކަމެއް، ހުރިހާ معلومات އެއް (އެއެއްޗެއް ހެއްދެވުމުގެ ކުރިން) ފޮތެއްގައި ލިޔެވި ބަޔާންވެގެންވެއެވެ. (ކަނޑުގެ ދިރޭ ތަކެތިވެސް ވަނީ މީގެ ތެރެއިންނެވެ.)
11:7وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ﴿7﴾وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ
Transliteration: Wahuwa allathee khalaqa alssamawati waalarda fee sittati ayyamin wakana AAarshuhu AAala almai liyabluwakum ayyukum ahsanu AAamalan walain qulta innakum mabAAoothoona min baAAdi almawti layaqoolanna allatheena kafaroo in hatha illa sihrun mubeenun
Translation: އަދި އެކަލާނގެ އެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި (އެތަކެތި ހެއްދެވުމުގެކުރިން) އެކަލާނގެ عرش ފުޅުވަނީ ފެނުގެމަތީގައެވެ. (އެކަލާނގެ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ ތަކެތި ހެއްދެވީ) ކަލޭމެންކުރެ عمل ކުރުމުގެގޮތުން އެންމެރަނގަޅުމީހާ އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެން إمتحان ކުރައްވައި ދެއްކެވުމަށެވެ. އަދި (އޭرسول ﷲ އެވެ.) މަރުވުމަށްފަހު ކަލޭމެންނަކީ އަލުން ދިރިގެން ފޮނުއްވޭނޭ ބަޔެކޭ އެމީހުންނާ ދިމާއަށް ކަލޭގެފާނު ވިދާޅުވެއްޖެއްޔާ ކާފަރުވީމީހުން ހަމަކަށަވަރުން ބުނާނެއެވެ. އެކަލޭގެފާނު އެދައްކަވާ ވާހަކަ ހަމަ سِحْر އެއްކަމުގައި މެނުވީ ނުވެއެވެ.
11:8وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿8﴾وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Walain akhkharna AAanhumu alAAathaba ila ommatin maAAdoodatin layaqoolunna ma yahbisuhu ala yawma yateehim laysa masroofan AAanhum wahaqa bihim ma kanoo bihi yastahzioona
Translation: އަދި ކަނޑައެޅި بيان ވެގެންވާ ވަކި مدّت އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ލަސްކުރައްވައިފިއްޔާވެސް ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެ عذاب ލަސްވީ ކީއްވެހެއްޔެވެ. عذاب ލަސްކުރީ ކޮންކަމެއްހެއްޔެވެ؟ ދަންނާށެވެ! އެ عذاب އެމީހުންނަށް އަންނަދުވަހުން އެ عذاب އެމީހުނަށް އަޔަނުދީ އަނބުރައިލާނެ އެކަކުވެސް އެއިން دفاع ކޮށްދޭނެ އެކަކުވެސް ނުހުންނާނެއެވެ. އަދި އެމީހުން އެއެއްޗަކާމެދު މަލާމާތްކޮށް ހެދިއެތި (އެ عذاب) އެމީހުން ލާވަށައިލާނެއެވެ.
11:9وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ ﴿9﴾وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ
Transliteration: Walain athaqna alinsana minna rahmatan thumma nazaAAnaha minhu innahu layaoosun kafoorun
Translation: އަދި ތިމަންރަސްކަލާނގެ حضرة ން އިންސާނާއަށް رحمة އެއްގެރަހަ ދައްކައިފިއްޔާ. (ރިޒުޤުގެ ތަނަވަސްކަމާއި ދުނިޔޭގެ ފަސޭހަކަން ދެއްވައިފިއްޔާ) އޭނާ ވަރަށް ހިތްހަމަޖެހި މަޖާވާނެއެވެ. ދެން ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އެކަން ނިގުޅައިގެންފިއްޔާ އޭނާ އަތުން އެ رحمة ނަންގަވައިފިއްޔާ ހަމަކަށަވަރުން އޭނާ މުޅިން مايوس ވެދެއެވެ. އަދި ކާފަރުވުން ބޮޑުމީހަކުކަމުގައިވެއެވެ. ﷲ ގެ نعمة އަށް نَاشكرى ވެދެއެވެ.
11:10وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ ﴿10﴾وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ
Transliteration: Walain athaqnahu naAAmaa baAAda darraa massathu layaqoolanna thahaba alssayyiatu AAannee innahu lafarihun fakhoorun
Translation: އަދި އޭނާޔަށް ދިމާވި އުދަނގުލާއި ދައްޗަށްފަހު ތިމަންރަސްކަލާނގެ އޭނާއަށް نعمة ގެރަހަ (ދުނިޔޭގެ ދިރިއުޅުމުގެ ފަސޭހަކަން) ދައްކަވައިފިއްޔާ ހަމަކަށަވަރުން އޭނާ ބުނާނެއެވެ. އަހުރެންގެ ކިބައިން ނުބައިތައް ފިލައިގެންދިޔައީއެވެ. ހަމަކަށަވަރުން އޭނާވާނީ އުފާވެ فخر ވެރިވެގެންނެވެ. (އޭނާ ބޮޑާވެ މަތިހަށިނަގާނެއެވެ. ﷲ އަށް شكر ކުރާކަށް ހަނދާނެއް ނުވާނެއެވެ.
11:11إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ ﴿11﴾إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ
Transliteration: Illa allatheena sabaroo waAAamiloo alssalihati olaika lahum maghfiratun waajrun kabeerun
Translation: ކެތްތެރިވެގެން صالح عمل ކުރިމީހުންމެނުވީއެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.
11:12فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ ﴿12﴾فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ
Transliteration: FalaAAallaka tarikun baAAda ma yooha ilayka wadaiqun bihi sadruka an yaqooloo lawla onzila AAalayhi kanzun aw jaa maAAahu malakun innama anta natheerun waAllahu AAala kulli shayin wakeelun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي ގެ ބައެއް ކަލޭގެފާނު ދޫކުރައްވާކަހަލައެވެ. އަދި އެ وحي އާއިމެދު ކަލޭގެފާނުގެ ހިތްޕުޅު ދަތިވެގެންވާކަހަލައެވެ. އެއީ އެމީހުން މިހެން ބުނާތީއެވެ. އެމީހުން ބުނެއެވެ. އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވުނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އެކަލޭގެފާނާއިއެކު ملائكة ން ނުވަނީ ކީއްވެގެންހެއްޔެވެ؟ (އޭގެ جواب ގައި ﷲ އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ކަލޭގެފާނީ نذير އެކެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލެކެވެ. އަދި ﷲ ކޮންމެކަމެއް قائم ކުރައްވާ تدبير ކުރައްވައެވެ.
11:13أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ﴿13﴾أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ
Transliteration: Am yaqooloona iftarahu qul fatoo biAAashri suwarin mithlihi muftarayatin waodAAoo mani istataAAtum min dooni Allahi in kuntum sadiqeena
Translation: އަދި ކިއެއްހެއްޔެވެ! އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އަމިއްލަފުޅަށް قرآن އުފެއްދީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވެއްޖެއްޔާ ހެދެވިގެންވާ ދިހަސޫރަތް ކަލޭމެން ނިކަން ގެނަސްބަލާށެވެ! އަދި ﷲ ފިޔަވައި (އެކަމުގައި އެހީވާން) ކަލޭމެނަށް ކުޅަދާނަވީހާބަޔަކަށް ގޮވާށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިހެން ހަދައިބަލާށެވެ! ނުހެދޭނެއެވެ!
11:14فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ ﴿14﴾فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ
Transliteration: Fai llam yastajeeboo lakum faiAAlamoo annama onzila biAAilmi Allahi waan la ilaha illa huwa fahal antum muslimoona
Translation: ފަހެ އެމީހުން ކަލޭމެނަށް އިޖާބަނުދީފިއްޔާ ދެންދެނެވަޑައިގަ ންނަވާށެވެ! ހަމަކަށަވަރުން އެބާވައިލެއްވިފައި އެވަނީ (އެބަހީ: قرآن ބާވައިލެއްވިފައިއެވަނީ) ﷲ ގެ ދެނެވޮޑިގަތުމުން އެކަލާނގެ إذن ފުޅަށެވެ. (އަދި ކަލޭމެން ދަންނާށެވެ!) ހަމަކަށަވަރުން ﷲ މެނުވީ حقُّ إله އަކު ނުވެއެވެ. ކަލޭމެން ފަހެ ކިޔަމަންވެ ބޯލަނބާނަންހެއްޔެވެ؟
11:15مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ ﴿15﴾مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ
Transliteration: Man kana yureedu alhayata alddunya wazeenataha nuwaffi ilayhim aAAmalahum feeha wahum feeha la yubkhasoona
Translation: ހަމައެކަނި ދުނިޔޭގެ حياة އާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންރަސްކަލާނގެ އެމީހާ އެދުނިޔޭގައި ކުރާ عمل އަށް އެދުނިޔޭގައި ބަރާބަރަށް جزاء ދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް عمل އެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ.
11:16أُوْلَـٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ﴿16﴾أُوْلَـٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ
Transliteration: Olaika allatheena laysa lahum fee alakhirati illa alnnaru wahabita ma sanaAAoo feeha wabatilun ma kanoo yaAAmaloona
Translation: އެމީހުންނަކީ آخرة ދުވަހުން އެމީހުނަށް ނަރަކަނޫނީ ނެތްބައެކެވެ. އެބަހީ: އެމީހުންނަށް އެދުވަހުން ހުންނަހުށީ ހަމައެކަނި ނަރަކައެވެ. އެމީހުން އެދުނިޔޭގައި ކުރި عمل ގެ ދަރުމަޔާ ثواب ނެތިވެ باطل ވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި عمل ކުރީ ﷲ ގެ وجه ފުޅު އެދިގެންކަމުގައި ނުވުމެވެ. آخرة ގެ ދަރުމަޔާ ثواب ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެއެދުމުގެ ސަބަބުންނެވެ.)
11:17أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ﴿17﴾أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ
Transliteration: Afaman kana AAala bayyinatin min rabbihi wayatloohu shahidun minhu wamin qablihi kitabu moosa imaman warahmatan olaika yuminoona bihi waman yakfur bihi mina alahzabi faalnnaru mawAAiduhu fala taku fee miryatin minhu innahu alhaqqu min rabbika walakinna akthara alnnasi la yuminoona
Translation: އަޅެފަހެ އެމީހާގެ رَبّ ގެ حضرة ން ބަޔާންވެގެންވާ دليل އެއްގެމަތީގައިވާމީހާފަދަހެއްޔެވެ؟ (އެބަހީ: މިފަދަމީހާއާއި ހަމައެކަނި ދުނިޔޭގެ ދިރިއުޅުމާއި އެތާނގެ ޒީނަތް އެދިގެން މަސައްކަތްކުރިމީހާޔާ ދެމީހުން ހަމައެއްވަރުހެއްޔެވެ؟ އެއްވަރުނުވާނެކަން ކަށަވަރެވެ.) ދެންފަހެ އެމީހާގެ رَبُّ ގެ حضرة ން ބަޔާންވެގެންވާ دليل ގެމަތީގައިވާ މީހަކީ محمّد ﷺ އެވެ. އަދި އެބަޔާންވެގެންވާ دليل ކިޔަވާ ވިދާޅުވެދެއްވުމަށް އެކަލާނގެ حضرة ންވާ شَاهد އަކު ވެއެވެ. ހެކިވެރިއަކުވެއެވެ. (އެއީ جبريل عليه السّلام އެވެ.) އަދި އޭގެކުރީގައި موسى عليه السّلام އަށް ބާވައިލެއްވި ފޮތްވެއެވެ. އެފޮތްވެސް جبريل عليه السّلام ކިޔަވާ ވިދާޅުދެއްވިއެވެ. އެފޮތް ބާވައިލައްވާފައިވަނީ އޭރުތިބި މީހުންނަށްވާ إمام އެއްކަމުގައްޔާއި رحمة އެއްކަމުގައެވެ. އަދި އެމީހުން އެފޮތަށް إيمان ވެއެވެ. (އެބަހީ: އޭރުތިބި بني إسرائيل ން އެފޮތަށް އީމާންވެއެވެ. އެފޮތުގައި މި ނަބިއްޔާގެ ސިފަފުޅު ބަޔާންވެގެންވެއެވެ. އަދި އެ قرآن އަށް ނުވަތަ محمّد ﷺ އަށް كافِرُ ވެއްޖެއްޔާ ފަހެ އެމީހާގެ ޖާގައަކީ قيامة ދުވަހުން ނަރަކައެވެ. (އޭ رسول ﷲ އެވެ!) ފަހެ ކަލޭގެފާނު އެ قرآن އާމެދު ޝައްކެއްގައިވާމީހަކުކަމުގައި ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން އެ قرآن އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ حقّ އެވެ. އަދި އެހެންނަމަވެސް ގިނަމީހުން އީމާން ނުވެއެވެ. ތެދުނުކުރެއެވެ. (މިއާޔަތުގެ މާނަ ގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. މިއީ އޭގެއެއްގޮތެވެ.)
11:18وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَـٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ ﴿18﴾وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَـٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ
Transliteration: Waman athlamu mimmani iftara AAala Allahi kathiban olaika yuAAradoona AAala rabbihim wayaqoolu alashhadu haolai allatheena kathaboo AAala rabbihim ala laAAnatu Allahi AAala alththalimeena
Translation: އަދި ﷲ ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ (އެބަހީ: އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެފަދަމީހުން قيامة ދުވަހުން ﷲ تعالى ގެ حضرة އަށް ހުށައެޅޭނެއެވެ. އެމީހުންގެ رَبُّ ގެ حضرة އަށް ހުށައެޅޭނެއެވެ. އަދި ހެކިދެއްވާ ބޭކަލުން (ملائكة ބޭކަލުން ނުވަތަ رسول ބޭކަލުން) ވިދާޅުވާނެއެވެ. މިމީހުންނަކީ އެމީހުންގެ رَبُّ ގެ މައްޗަށް ދޮގުހެދިމީހުންނެވެ. (މިއީ އަނިޔާވެރިންނެވެ.) ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ لعنة ހުއްޓެވެ.
11:19ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ﴿19﴾ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ
Transliteration: Allatheena yasuddoona AAan sabeeli Allahi wayabghoonaha AAiwajan wahum bialakhirati hum kafiroona
Translation: އެމީހުންނަކީ ﷲ ގެ މަގު ހިފަހައްޓާ ބަންދުކުރިމީހުންނެވެ. އަދި އެމަގު ގުދުކޮށް ބަޅުކުރަން އެދޭމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة އަށް ކާފަރުވެގެންނެވެ.
11:20أُوْلَـٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ ﴿20﴾أُوْلَـٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ
Transliteration: Olaika lam yakoonoo muAAjizeena fee alardi wama kana lahum min dooni Allahi min awliyaa yudaAAafu lahumu alAAathabu ma kanoo yastateeAAoona alssamAAa wama kanoo yubsiroona
Translation: އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
11:21أُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ﴿21﴾أُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
Transliteration: Olaika allatheena khasiroo anfusahum wadalla AAanhum ma kanoo yaftaroona
Translation: އެމީހުންނަކީ އެމީހުންގެ نفس ތައް ނަގައިލިމީހުންނެވެ. ގެއްލުވައިލި މީހުންނެވެ. އަދި އެމީހުން ދޮގުހަދާ ކަމުގައިވީތަކެތި (ބުދުތައް) އެމީހުންގެ ކިބައިން ގެއްލިގެންދާނެއެވެ.
11:22لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ ﴿22﴾لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ
Transliteration: La jarama annahum fee alakhirati humu alakhsaroona
Translation: ހަމަކަށަވަރުން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލިހަލާކުވި މީހުންކަމުގައިވުމީ عجائب އެއްނޫނެވެ. އެއީ ހަމަ حقّ ކަމެކެވެ.
11:23إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ﴿23﴾إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ
Transliteration: Inna allatheena amanoo waAAamiloo alsalihati waakhbatoo ila rabbihim olaika ashabu aljannati hum feeha khalidoona
Translation: (އެމީހުންގެތެރެއިންވެސް) އީމާންވެގެން صالح عمل ކޮށް އަދި އެމީހުންގެ رَبّ އަށް توبة ވެ ބިރުވެތިވީމީހުން މެނުވީއެވެ. އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ހަމަ އެތާ ދެމިތިބޭނެއެވެ.
11:24مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ ﴿24﴾۞مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ
Transliteration: Mathalu alfareeqayni kaalaAAma waalasammi waalbaseeri waalssameeAAi hal yastawiyani mathalan afala tathakkaroona
Translation: ދެބައިގަނޑުގެ މިސާލަކީ - އެބަހީ: ކާފަރުބައިގަނޑާއި مؤمن ންނާއި ދެބައިމީހުންގެ މިސާލަކީ، ކަނު އަދި ބީރުމީހަކާއި ލޮލަށް ފެންނަ އަދި ކަންފަތަށް އިވޭ މީހަކާ ދެމީހުންގެ މިސާލެވެ. މިދެމީހުން ފަހެ މިސާލުގެގޮތުން ހަމަހަމަވާނެ ހެއްޔެވެ؟ (ހަމަހަމަ ނުވާނެކަން ކަށަވަރެވެ.) ކަލޭމެން ފަހެ نصيحة ލިބިނުގަންނާނޭހެއްޔެވެ.
11:25وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ ﴿25﴾وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ
Transliteration: Walaqad arsalna noohan ila qawmihi innee lakum natheerun mubeenun
Translation: އަދި ހަމަކަށަވަރުން نُوح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ قوم އަށް ފޮނުއްވީމެވެ. (އެކަލޭގެފާނު قوم އަށް ވިދާޅުވިއެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ نذير އަކީމެވެ. (ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކީމެވެ.)
11:26أَن لَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ أَلِيمٖ ﴿26﴾أَن لَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ أَلِيمٖ
Transliteration: An la taAAbudoo illa Allaha innee akhafu AAalaykum AAathaba yawmin aleemin
Translation: އެއީ ﷲ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުރާށޭ (މިފަދައިން އެންގެވުމަށެވެ.) ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ދުވަހަކަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއްޔާ މިބުނާ عذاب حقّ ވާނެއެވެ.
11:27فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ ﴿27﴾فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ
Transliteration: Faqala almalao allatheena kafaroo min qawmihi ma naraka illa basharan mithlana wama naraka ittabaAAaka illa allatheena hum arathiluna badiya alrrayi wama nara lakum AAalayna min fadlin bal nathunnukum kathibeena
Translation: ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުންކުރެ ބޮޑެތި ކާފަރުން ބުންޏެވެ. (އޭ نوح އެވެ!) ކަލޭގެފާނީ ހަމަ އަހުރެމެންކަހަލަ آدم ގެ ދަރިއަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވާ މީހުންނަކީ އަހުރެމެންގެ ތެރޭގައިވާ އެންމެ ދަށް ދެރަ އަދި ބުއްދިޔާ رَأيُ ގެގޮތުން ހަރުދަނާކަމެއް ނެތް ބަޔަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި އަހުރެމެންގެމައްޗަށް ކަލޭގެފާނުންގެ ކިބައިގައި އިތުރު މާތްކަމެއްވާކަމަކަށް އަހުރެމެން ނުދެކެމެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނާމެދު އަހުރެމެންނަށް ހީވަނީ ކަލޭމެންނަކީ ދޮގުވެރިންކަމުގައެވެ.
11:28قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ ﴿28﴾قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ
Transliteration: Qala ya qawmi araaytum in kuntu AAala bayyinatin min rabbee waatanee rahmatan min AAindihi faAAummiyat AAalaykum anulzimukumooha waantum laha karihoona
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.)
11:29وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ﴿29﴾وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ
Transliteration: Waya qawmi la asalukum AAalayhi malan in ajriya illa AAala Allahi wama ana bitaridi allatheena amanoo innahum mulaqoo rabbihim walakinnee arakum qawman tajhaloona
Translation: އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު رسول ކަން ކަލޭމެނަށް އިއްވެވުމުގެ މައްޗަށް އެއްވެސް މުދަލެއް (أجُور އެއް) ކަލޭމެންގެ ކިބައިން ނޭދެމެވެ. ތިމަންކަލޭގެފާނުންގެ އުޖޫރަ ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނީ އީމާންވެގެންތިބި މީހުން ދުރުކޮށް ފައްސައިލާނޭ މީހަކީމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ربّ އާއި ބައްދަލުކުރާނޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކަލޭމެންނީ ހަމަ جاهل ނުދަންނަ ބަޔަކުކަމުގައެވެ.
11:30وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ ﴿30﴾وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ
Transliteration: Waya qawmi man yansurunee mina Allahi in taradtuhum afala tathakkaroona
Translation: އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު އެމީހުން يعني: إيمان ވީމީހުން ފައްސާ ދުރުކޮށްގެން ﷲ ގެ حضرة ން عقوبة އެއް އަތުވެއްޖެއްޔާ ދެން ތިމަންކަލޭގެފާނަށް نصر ދީ ވާގިދޭނީ ކާކުހެއްޔެވެ؟ ކަލޭމެން ފަހެ އެއްޗެއް ވިސްނާ نصيحة ލިބިނުގަންނާނެހެއްޔެވެ؟
11:31وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّـٰلِمِينَ ﴿31﴾وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّـٰلِمِينَ
Transliteration: Wala aqoolu lakum AAindee khazainu Allahi wala aAAlamu alghayba wala aqoolu innee malakun wala aqoolu lillatheena tazdaree aAAyunukum lan yutiyahumu Allahu khayran Allahu aAAlamu bima fee anfusihim innee ithan lamina alththalimeena
Translation: އަދި ތިމަންކަލޭގެފާނުގެ އަތުގައި ﷲ ގެ خزانة ވެޔެކޭވެސް ކަލޭމެންގާތު ތިމަންކަލޭގެފާނު ވިދާޅުނުވާނަމެވެ. އަދި ތިމަންކަލޭގެފާނަށް غيب ނޭނގެއެވެ. އަދި ތިމަންކަލޭގެފާނީ ހަމަކަށަވަރުން މަލާއިކަތެކޭވެސް ވިދާޅެއްނުވާނަމެވެ. އަދި ކަލޭމެންގެ ލޯތަކަށް އެމީހުންނަކީ މާދަށް ދެރަބަޔަކުކަމުގައި ދެކޭމީހުންނަށް - އެބަހީ: إيمان ވީމީހުންނަށް - ﷲ އެއްވެސް ހެޔޮކަމެއް ނުދެއްވާނެއެކޭވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެމީހުންގެ نفس ތަކުގައިވާކަމެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ. އެހެން ހަދައިފިއްޔާ (އެބަހީ: އީމާންވީ މީހުން ދުރުކޮށް ފައްސައިލައިފިއްޔާ އަދި އެމީހުންނަށް އެއްވެސް ހެޔޮކަމެއް ނުދެއްވާނޭ ބުނެފިއްޔާ) ހަމަކަށަވަރުން ތިމަންކަލޭގެފާނުވާހުށީ އަނިޔާވެރިންގެތެރެއިންކަންކަށަވަރެވެ.
11:32قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿32﴾قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Qaloo ya noohu qad jadaltana faaktharta jidalana fatina bima taAAiduna in kunta mina alssadiqeena
Translation: އެމީހުން ދެންނެވިއެވެ. އޭ نوح އެވެ! ކަލޭގެފާނު އަހުރެމެންނާ جدل ކުރައްވައިފީމުއެވެ. އަދި جدل ވަރަށްގިނަވެސް ކުރައްވައިފީމުއެވެ. ދެން އެހެންވީއިރު އަހުރެމެންގެމައްޗަށް އަންނާނެކަމަށް ތިޔަވިދާޅުވާ އަދި وعد ކުރައްވާ އެތި يعني: عذاب އަހުރެމެންގެމައްޗަށް ގެނަސްދެއްވާށެވެ! ކަލޭގެފާނީ ތެދުވެރިޔަކު ކަމުގައިވަންޏާއެވެ.
11:33قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ ﴿33﴾قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ
Transliteration: Qala innama yateekum bihi Allahu in shaa wama antum bimuAAjizeena
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އެ عذاب ކަލޭމެންނަށް ގެންނަވާނެކަންކަށަވަރީ ހަމަ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންނެވިއްޔާއެވެ. އަދި ކަލޭމެންނަކީ ދެން އޭރުން އެ عذاب دفاع ކޮށް އެކަލާނގެ ނުކުޅައްދައިލެވޭނެ ބަޔަކުނޫނެވެ.
11:34وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ ﴿34﴾وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ
Transliteration: Wala yanfaAAukum nushee in aradtu an ansaha lakum in kana Allahu yureedu an yughwiyakum huwa rabbukum wailayhi turjaAAoona
Translation: އަދި ތިމަންކަލޭގެފާނު ކަލޭމެނަށް نصيحة ދޭން قصد ކުރިނަމަވެސް ﷲ ކަލޭމެން ތެދުމަގުން އެއްފަރާތްކޮށްލާ މަގުފުރައްދައިލުމަށް އެދިވޮޑިގަންނަވަންޏާ ތިމަންކަލޭގެފާނުންގެ نصيحة ން ކަލޭމެނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ އެއީ ހަމަކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
11:35أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ ﴿35﴾أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ
Transliteration: Am yaqooloona iftarahu qul ini iftaraytuhu faAAalayya ijramee waana bareeon mimma tujrimoona
Translation: (ﷲ ވަޙީ ކުރެއްވިއެވެ.) ނުވަތަ އެމީހުން يعني: مكّة ގެ مشرك ން އެބުނަނީ އެކަލޭގެފާނު يعني: محمّد ގެފާނު نوح ގެފާނުންގެ ވާހަކަ އޭގައި އެކުލެވިގެން އެވާ އެ قرآن އާއި نُوح (عليه السّلام) ގެވާހަކަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވިކަމަށްހެއްޔެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހަދައި އެފޮތް ﷲ އަށް نسبة ކުރާނަމަ އެކަމުގެ ކުށް އަދި ފާފަ އޮންނާނީ ހަމަ ތިމަންކަލޭގެފާނަށެވެ. އަދި ކަލޭމެން ކުރާ ފާފައިން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.
11:36وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ ﴿36﴾وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ
Transliteration: Waoohiya ila noohin annahu lan yumina min qawmika illa man qad amana fala tabtais bima kanoo yafAAaloona
Translation: އަދި نوح (عليه السّلام) އަށް وحي އިއްވެވުނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ قوم ގެމީހުންކުރެ މިހާރު އީމާންވެފައިވާމީހުން ފިޔަވައި ދެން އެހެންމީހަކު ކަލޭގެފާނުންގެ قوم ން އީމާންނުވާނެއެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ކަލޭގެފާނު مايوس ވެވަޑައިގެން ހިތާމަފުޅު ނުކުރައްވާށެވެ!
11:37وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ﴿37﴾وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ
Transliteration: WaisnaAAi alfulka biaAAyunina wawahyina wala tukhatibnee fee allatheena thalamoo innahum mughraqoona
Translation: އަދި ތިމަންރަސްކަލާނގެ ބެއްލުމާއި أمر ފުޅާއެއްގޮތަށް ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި އަނިޔާވެރިވީމީހުންނާއިމެދު (مشرك ންނާއިމެދު) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި مخاطب ކުރައްވައި ބަސްފުޅު ވިދާޅުނުވާށެވެ! ހަމަކަށަވަރުން އެމީހުންނަކީ غرق ވެގެންދާނޭ ބައެކެވެ.
11:38وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ ﴿38﴾وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ
Transliteration: WayasnaAAu alfulka wakullama marra AAalayhi malaon min qawmihi sakhiroo minhu qala in taskharoo minna fainna naskharu minkum kama taskharoona
Translation: އަދި އެކަލޭގެފާނު ނައުކޮޅު ހައްދަވަމުންދެއެވެ. (އެއީ އެއްގަމުގައެވެ. މޫދާ މާދުރުގައެވެ.) އަދި ރަށުގެ ބޮޑެތިމީހުން އެކަލޭގެފާނު (ނައުކޮޅު ހައްދަވާތާ) ކައިރިންލާފައިދަންޏާ އެކަލޭގެފާނަށް މަލާމާތްކުރެއެވެ. (އެމީހުން ބުނާކަމުގައިވެއެވެ. މިހާރު نبي ކަން ދޫކޮށްލައްވާފައި ވަޑާންފެއްޓެވީތޯއެވެ. އަދި ތިޔަ ނައު ތިޔައީ އެއްގަމުގައިދުއްވާ ނަވެއްތޯއެވެ. އެހެންނާފަހެ މޫދުވީ ހިސާބެއް ނޭނގެއެވެ. މިއީ މަލާމާތަށް އެމީހުންބުނާ ބައެއްތަކެތި ކަމުގައިވިއެވެ.) އެކަލޭގެފާނު އެމީހުންނަށް ވިދާޅުވެއެވެ. ކަލޭމެން އަހުރެމެންނަށް މަލާމާތްކުރަންޏާ އަހުރެމެންވެސް ކަލޭމެން ތިޔަ މަލާމާތްކުރާގޮތަށް ކަލޭމެނަށް މަލާމާތްކުރާނަމެވެ.
11:39فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ﴿39﴾فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ
Transliteration: Fasawfa taAAlamoona man yateehi AAathabun yukhzeehi wayahillu AAalayhi AAathabun muqeemun
Translation: އަދި ނިކަންހުރެ އެމީހަކަށް ދެރަނިކަމެތިވެގެންވާ عذاب އެއް އަންނާނެމީހެއް ކަލޭމެންނަށް އެނގިދާނެއެވެ. އަދި އެމީހަކަށް (آخرة ދުވަހުން) ނަރަކައިގެ دائمى عذاب އެއް އަންނާނެ މީހަކު އެނގިދާނެއެވެ.
11:40حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ ﴿40﴾حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ
Transliteration: Hatta itha jaa amruna wafara alttannooru qulna ihmil feeha min kullin zawjayni ithnayni waahlaka illa man sabaqa AAalayhi alqawlu waman amana wama amana maAAahu illa qaleelun
Translation: ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން ކައްކާ އުނދުންތަކުން (އަދި ހަމަ ސީދާ ބިމުން) ފެން އަރަންފަށައިފިއެވެ. ތިމަންރަސްކަލާނގެ (އެކަލޭގެފާނަށް) އެންގެވީމެވެ. ކޮންމެ ދިރޭބާވަތަކުން ޖޯޑުޖޯޑު ވާގޮތަށް ދޭތި އެނަވަށް ލައްވާށެވެ! އަދި އެމީހެއްގެމައްޗަށް (ހަލާކުގެ) ބަސްފުޅު އިސްވެގޮސްފައިވާމީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް ލައްވާށެވެ! އަދި އީމާންވެގެންވާމީހުންވެސް އެނަވަށް ލައްވާށެވެ! އަދި މަދުބަޔަކުމެނުވީ އެކަލޭގެފާނާއެކު އީމާންވެގެން ނުވެއެވެ.
11:41وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡرٜىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ ﴿41﴾۞وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡرٜىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ
Transliteration: Waqala irkaboo feeha bismi Allahi majraha wamursaha inna rabbee laghafoorun raheemun
Translation: އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އެނަވަށް ކަލޭމެން އަރާށެވެ! އެނަވުގެ ދުވުމާއި އަދި އެނަވުގެ ބަނދަރުކުރުންވަނީ ﷲ ގެ إسم ފުޅުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ ކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެކަން ކަށަވަރެވެ.
11:42وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ ﴿42﴾وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ
Transliteration: Wahiya tajree bihim fee mawjin kaaljibali wanada noohunu ibnahu wakana fee maAAzilin ya bunayya irkab maAAana wala takun maAAa alkafireena
Translation: އަދި އެނައުކޮޅު އެމީހުންނާއިގެން ފަރުބަދަތައްވަރުގެ ބޮޑެތި ރާޅުގެތެރޭގައި ދުވަމުންދެއެވެ. އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ދަރިކަލުންނަށް ވިދާޅުވެ ގޮވައިލެއްވިއެވެ. އޭރު އޭނާ ވަނީ ނަވާ ވަކިން ކަނޑުގައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އަހުރެމެންނާއެކު ނަވަށް އަރާށެވެ! އަދި ކާފަރުންނާއެކު ނުވާށެވެ!
11:43قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ ﴿43﴾قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ
Transliteration: Qala saawee ila jabalin yaAAsimunee mina almai qala la AAasima alyawma min amri Allahi illa man rahima wahala baynahuma almawju fakana mina almughraqeena
Translation: އެދަރިކަލުން ދެންނެވިއެވެ. އަހުރެން ފަރުބަދައަކަށް އަރާ ހަމަޖެހިދާނަމެވެ. އެފަރުބަދަ އަހުރެން ފެނުން ސަލާމަތްކޮށްދީފާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ސަލާމަތްކޮށްދޭނޭ އެއްވެސް މީހަކު ނުވާނެއެވެ. މިއީ ﷲ ގެ أمر ފުޅުން ހިނގަމުންދާކަމެކެވެ. އެކަލާނގެ رحمة ލެއްވި މީހަކުމެނުވީ ސަލާމަތެއް ނުވާނެއެވެ. (އަދި އެހިސާބަށް ދެބަފައިންގެ ވާހަކަ ދާއިރަށް) އެދެބަފައިކަލުންގެ ދެމެދަށް ރާޅެއް ހުރަސްވެއްޖެއެވެ. (ދެން އެދަރިކަލުން ގެއްލުނީއެވެ.) އަދި އޭނާވީ غرق ވެގެންދިޔަ މީހުންގެތެރެއިންނެވެ.
11:44وَقِيلَ يَـٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ ﴿44﴾وَقِيلَ يَـٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ
Transliteration: Waqeela ya ardu iblaAAee maaki waya samao aqliAAee wagheeda almao waqudiya alamru waistawat AAala aljoodiyyi waqeela buAAdan lilqawmi alththalimeena
Translation: އަދި ބުނެވުނެވެ. (އެބަހީ: ﷲ އެންގެވިއެވެ.) އޭ ބިމާއެވެ! ތިބާގެ ފެން ތިބާ ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ތިބާގެ ފެން ތިބާ ހިފަހައްޓާށެވެ! އަދި ބިމުގެތެރެއަށް ފެންގަނޑު ގެނބިގެންގޮސް ހިކިއްޖެއެވެ. އަދި ހުރިހާކަމެއްވެ ނިމިއްޖެއެވެ. (އެންމެހައި ކާފަރުން ހަލާކުވެ ދިޔައީއެވެ.) އަދި الجُودِيُّ ކިޔާ ފަރުބަދައިގައި ނައުކޮޅުގޮސް ހަމަޖެހިއްޖެއެވެ. ބަނދަރުކޮށްފިއެވެ. އަދި އެންގެވުނެވެ. އަނިޔާވެރިންނަށް ހުރި ދުރުކަމާއެވެ. ﷲ ގެ رحمة އާއި ދުރުކަމާއެވެ.
11:45وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ ﴿45﴾وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ
Transliteration: Wanada noohun rabbahu faqala rabbi inna ibnee min ahlee wainna waAAdaka alhaqqu waanta ahkamu alhakimeena
Translation: އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް مناجا ދެންނެވިއެވެ. دعاء ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ދަރިކަލުންވަނީ މިއަޅާގެ أهل ވެރިންގެތެރެއިންނެވެ. (އޭނާ ވީތަނެއް ނޭނގެއެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެއީ މިއަޅާގެ أهل ވެރިން ސަލާމަތްކުރައްވާނެކަމުގެ وعد ފުޅެވެ.) އަދި އިބަރަސްކަލާނގެއީ އެންމެމޮޅަށް حكم ކުރައްވާ حاكم އެވެ.
11:46قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ ﴿46﴾قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ
Transliteration: Qala ya noohu innahu laysa min ahlika innahu AAamalun ghayru salihin fala tasalni ma laysa laka bihi AAilmun innee aAAithuka an takoona mina aljahileena
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުންގެ أهل ވެރިންގެތެރެއިން ނުވެއެވެ. ހަމަކަށަވަރުން އޭނާގެ عمل صالح عمل ކަމުގައި ނުވެއެވެ. (ބުނެވެނީ އޭނާ شرك ކުރާކަމުގައެވެ. والله أعلم) ނުވަތަ ކަލޭގެފާނު އެދަރިކަލުންގެ މައްސަލައިގައި ތިމަންރަސްކަލާނގެއަށް ދެންނެވި ދެންނެވުން صالح عمل ގެތެރެއިން ނުވެއެވެ. މިދެ ترجمة ވެއެވެ. طَبرى راجِحُ ކުރައްވަނީ ފަހުން މިދެންނެވި ގޮތެވެ. والله أعلم بالصّواب)\n(ﷲ وحي ކުރައްވައެވެ. އޭ نوح އެވެ!) ކަލޭގެފާނަށް އެކަމެއްގެ خبر އެނގިވަޑައިގެންނުވާ ކަންތަކަށް ތިމަންރަސްކަލާނގެއަށް ނުދަންނަވާށެވެ! އަދި ކަލޭގެފާނު جاهل ންގެ ތެރެއިން ވެވަޑައިނުގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وعظ ދެމެވެ. نصيحة ދެމެވެ.
11:47قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ ﴿47﴾قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ
Transliteration: Qala rabbi innee aAAoothu bika an asalaka ma laysa lee bihi AAilmun wailla taghfir lee watarhamnee akun mina alkhasireena
Translation: އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
11:48قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ ﴿48﴾قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ
Transliteration: Qeela ya noohu ihbit bisalamin minna wabarakatin AAalayka waAAala omamin mimman maAAaka waomamun sanumattiAAuhum thumma yamassuhum minna AAathabun aleemun
Translation: وحي އިއްވެވުނެވެ. އެބަހީ: ﷲ تعالى وحي ކުރެއްވިއެވެ. އޭ نوح އެވެ! ތިމަންރަސްކަލާނގެ حضرة ންވާ ސަލާމަތްތެރިކަމާއިއެކު ފައިބާވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި އަދި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ދަރިކޮޅުން އަންނާނޭ مؤمن ންގެމައްޗަށް ވާ بركاة އާއިއެކުގައެވެ. އަދި އެބަޔަކަށް ދުނިޔޭގެ حياة ގައި ކުޑަ އަރާމުކޮޅެއް ތިމަންރަސްކަލާނގެ ދެއްވާނޭ ބަޔަކުގެމައްޗަށްވެސް މެއެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ޖެހޭނީ ވޭންދެނިވި عذاب އެވެ. (މިމީހުންނަކީ ﷲ ގެ أَزَلِى علم ނިޔާކުރާގޮތުން ނައުކޮޅުގައިވާމީހުންގެ ދަރިކޮޅުން އަންނާނޭ ކާފަރުންނެވެ.)
11:49تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ ﴿49﴾تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ
Transliteration: Tilka min anbai alghaybi nooheeha ilayka ma kunta taAAlamuha anta wala qawmuka min qabli hatha faisbir inna alAAaqibata lilmuttaqeena
Translation: (އޭ رسول ﷲ އެވެ!) އެ خبر ތަކަކީ يعني: نوح عليه السّلام ގެ خبر ތައް މިއީ - ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ خبر ތައް وحي ކުރައްވާ غَيْبُ ގެ خبر ތަކެވެ. ކަލޭގެފާނުވެސް އަދި ކަލޭގެފާނުންގެ قوم ގެމީހުންވެސް މީގެކުރީ އެބަހީ: މި وحي ގެކުރީ މި خبر ތައް ދަންނަކަމުގައި ނުވެއެވެ. ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ކަންކަމުގެ ފަހުކޮޅު ރަނގަޅުވުންވަނީ تقوى ވެރިންނަށެވެ.
11:50وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ ﴿50﴾وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ
Transliteration: Waila AAadin akhahum hoodan qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu in antum illa muftaroona
Translation: އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هود عليه السّلام رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ކަލޭމެންނަކަށް އެހެންއެއްވެސް إله އަކު ނުވެއެވެ. ކަލޭމެންނަކީ ދޮގުވެރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: ﷲ ފިޔަވައި إله ންކަމުގައި ބުދުތަކަށް އަޅުކަންކުރުމަކީ ދޮގެވެ. އެއްވެސް މާނައެއްގައި އަޅުކަން އެއަށް ވެވުން حقّ އެއްޗެއްނޫނެވެ.)
11:51يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ ﴿51﴾يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ
Transliteration: Ya qawmi la asalukum AAalayhi ajran in ajriya illa AAala allathee fataranee afala taAAqiloona
Translation: އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟
11:52وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ ﴿52﴾وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ
Transliteration: Waya qawmi istaghfiroo rabbakum thumma tooboo ilayhi yursili alssamaa AAalaykum midraran wayazidkum quwwatan ila quwwatikum wala tatawallaw mujrimeena
Translation: އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވާށެވެ! އެކަލާނގެ ކަލޭމެންނަށް ބޯވާރޭ ފޮނުއްވާނެތެވެ. އަދި ކަލޭމެންގެ ބާރުގެތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކަލޭމެން އުރެދޭ حال / ނުވަތަ كافر ވާ حال ފުރަގަސްނުދޭށެވެ!1
11:53قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ ﴿53﴾قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ
Transliteration: Qaloo ya hoodu ma jitana bibayyinatin wama nahnu bitarikee alihatina AAan qawlika wama nahnu laka bimumineena
Translation: އެމީހުން ދެންނެވިއެވެ. އޭ هود ގެފާނެވެ! ކަލޭގެފާނު އަހުރެމެންގެ ގާތަށް އެއްވެސް حجّة އެއް دليل އެއް (ތިޔަދައްކަވާ ވާހަކަފުޅު ތެދުކަމުގެމައްޗަށް) ނުގެންނަވަމެވެ. އަދި ކަލޭގެފާނު ހަމަ ވިދާޅުވާ ވިދާޅުވުމަކަށް އަހުރެމެން އަހުރެމެންގެ إله ންތަކެއް ނުދޫކުރާނަމެވެ. އަދި އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނެ ބަޔަކުކަމުގައި ނުވެއެވެ.
11:54إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ﴿54﴾إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
Transliteration: In naqoolu illa iAAtaraka baAAdu alihatina bisooin qala innee oshhidu Allaha waishhadoo annee bareeon mimma tushrikoona
Translation: (އަހުރެމެންގެ إله ންތަކަށް ހުތުރުބަސް ވިދާޅުވުމުގެ ސަބަބުން) އަހުރެމެންގެ ބައެއް إله ންގެފަރާތުން ކަލޭގެފާނަށް ކޮންމެވެސް މޮޔަކަމެއް ޖެހިވަޑައިގެންފައިވާ ކަމުގައި މެނުވީ އަހުރެމެން ނުބުނާނަމެވެ. (އެބަހީ: ކަލޭގެފާނަށް ތިޔަވަނީ އެ إله ންގެފަރާތުން ނުބައި މޮޔަކަމެއް ޖެހިވަޑައިގެންފައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ ހެކިކުރުވަމެވެ. އަދި ކަލޭމެންވެސް ހެކިވާށެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެންވަނީ ބަރީއަވެގެންނެވެ.
11:55مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ ﴿55﴾مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ
Transliteration: Min doonihi fakeedoonee jameeAAan thumma la tunthirooni
Translation: އެކަލާނގެ މެނުވީއެވެ. ފަހެ ކަލޭމެން އެންމެން (ކަލޭމެންނާ އަދި ބުދުތަކާވެގެން) ތިމަންކަލޭގެފާނަށް ނުބައިގޮތެއް ރާވައި ގެއްލުމެއްދޭން ނިންމާލާށެވެ! އަދި ތިމަންކަލޭގެފާނަށް ދަނޑިވަޅެއްވެސް ނުދޭށެވެ!
11:56إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿56﴾إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
Transliteration: Innee tawakkaltu AAala Allahi rabbee warabbikum ma min dabbatin illa huwa akhithun binasiyatiha inna rabbee AAala siratin mustaqeemin
Translation: ހަމަކަށަވަރުން ތިމަންކަލޭގެފާނު ﷲ އަށް وكيل ކޮށްފީމެވެ. އެކަލާނގެއީ ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެ ربّ އެވެ. އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ނިތްކުރީގެމަތީގައިވާ އިސްތަށިގަނޑުގައި އެކަލާނގެ ހިތްޕަވައިގެންވާމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސްވަނީ އެކަލާނގެ ބާރުގެދަށުގައެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ވަނީ حقّ މަގުގައެވެ. عدل إنصاف ގައެވެ. (މިހެނީ ތިމަންކަލޭގެފާނު މިގޮވައިލައްވަނީ އެކަލާނގެ މަގަށެވެ. ކަލޭމެން އެމަގަށް ތަބާނުވެ އަދި އެމަގުބަންދުކުރަނީއެވެ. އެކަލާނގެ ތިމަންކަލޭގެފާނު ގެއްލެނި ނުކުރައްވާނެއެވެ.)
11:57فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ ﴿57﴾فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ
Transliteration: Fain tawallaw faqad ablaghtukum ma orsiltu bihi ilaykum wayastakhlifu rabbee qawman ghayrakum wala tadurroonahu shayan inna rabbee AAala kulli shayin hafeethun
Translation: (ﷲ ވަޙީކުރެއްވިއެވެ.) ފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ވިދާޅުވާށެވެ!) ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއެއްޗަކާއިގެން ކަލޭމެންގެގާތަށް އެފޮނުވުނު އެތި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭމެނަށް އިއްވައިފީމެވެ. (އެބަހީ: رسول ކަން އިއްވައިފީމެވެ.) އަދި ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ހަލާކުކުރައްވައި ކަލޭމެން ނޫންބައަކު އޭގެބަދަލުގައި ގެންނަވައިފާނެއެވެ. އަދި އެއްވެސް ގެއްލުމެއް ކަލޭމެންނަށް އެކަލާނގެއަށް ނުދެވޭނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ހުރިހާއެއްޗެއް ރައްކާތެރިކުރައްވައެވެ.
11:58وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ ﴿58﴾وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ
Transliteration: Walamma jaa amruna najjayna hoodan waallatheena amanoo maAAahu birahmatin minna wanajjaynahum min AAathabin ghaleethin
Translation: އަދި ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު އެބަހީ: عذاب އައިހިނދުން هُودُ عليه السّلام އާއި އެކަލޭގެފާނާއިއެކު إيمان ވެގެންތިބިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި قيامة ދުވަހުގެ ގަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ.
11:59وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ ﴿59﴾وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ
Transliteration: Watilka AAadun jahadoo biayati rabbihim waAAasaw rusulahu waittabaAAoo amra kulli jabbarin AAaneedin
Translation: އަދި އެއީ އެބަހީ: މި بيان ވެގެން އެދިޔައީ عاد ބާގައިގެމީހުންގެ ވާހަކައެވެ. އެމީހުން އެމީހުންގެ ربّ ގެ އާޔަތްތަކަށް ދެކޮޅުހެދީއެވެ. އަދި އެކަލާނގެ ފޮނުއްވި رسول ބޭކަލުންނަށް އުރެދުނީއެވެ. އަދި حقّ މަގާއި ދުރުވެގެންވާ ބޮޑާ ކޮންމެ މީހެއްގެ أمر އާއި އެމީހުން تبع ވީއެވެ.
11:60وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ ﴿60﴾وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ
Transliteration: WaotbiAAoo fee hathihi alddunya laAAnatan wayawma alqiyamati ala inna AAadan kafaroo rabbahum ala buAAdan liAAadin qawmi hoodin
Translation: އެމީހުންނަށް މިދުނިޔޭގައިވެސް އަދި قيامة ދުވަހުންވެސް لعنة، تبع ވެވިގެންވިއެވެ. އެބަހީ: ﷲ ގެ ކޯފާ تبع ވެވިގެންވެއެވެ. ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން عاد ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! عاد ބާގައިގެމީހުން (ހެޔޮކަމާއި ﷲ ގެ رحمة އާއި) ދުރުވެގެންވެއެވެ. އެއީ هُودُ عليه السّلام ގެ قوم ގެ މީހުންނެވެ.
11:61وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ ﴿61﴾۞وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ
Transliteration: Waila thamooda akhahum salihan qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu huwa anshaakum mina alardi waistaAAmarakum feeha faistaghfiroohu thumma tooboo ilayhi inna rabbee qareebun mujeebun
Translation: އަދި ثمود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح (عليه السّلام) ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި (حقّ) އެހެން އެއްވެސް إله އެއް ކަލޭމެންނަކަށް ނުވެއެވެ. އެކަލާނގެއީ ބިމުން ކަލޭމެން ހައްދަވަން ފެއްޓެވި ކަލާނގެއެވެ. (އެބަހީ: ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ آدم عليه عليه السّلام ހެއްދެވީ ބިމުގެ ވެލިންނެވެ.) އަދި އެކަލާނގެ ކަލޭމެން އެބިމުގައި ވަޒަންވެރިކުރުވިއެވެ. ފަހެ ކަލޭމެން އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ! ދެން އެކަލާނގެއަށް ކަލޭމެން رجوع ވެ توبة ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ ކުއްތަންވެވޮޑިގެންވާ އަދި دعاء އިޖާބަކުރައްވާ ކަލާނގެއެވެ.
11:62قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ ﴿62﴾قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ
Transliteration: Qaloo ya salihu qad kunta feena marjuwwan qabla hatha atanhana an naAAbuda ma yaAAbudu abaona wainnana lafee shakkin mimma tadAAoona ilayhi mureebun
Translation: އެމީހުން ދެންނެވިއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނުވީ މީގެކުރީގައި އަހުރެމެންގެ ތެރޭގައި އެދެވިގެންވާ مقبول މީހަކުކަމުގައެވެ. މިހާރު އަހުރެމެންގެ ކާބަފައިން އެއެއްޗަކަށް އަޅުކަންކުރި އެއްޗެއްސަށް އަހުރެމެން އަޅުކަންކުރުން މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން އެކަމަކަށް ކަލޭގެފާނު އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު އަހުރެމެން މިވަނީ ކަނޑައެޅިގެން ޝައްކެއްގައެވެ. ޝައްކުކުރާ ބަޔަކު ކަމުގައި ވެގެންނެވެ.
11:63قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ ﴿63﴾قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ
Transliteration: Qala ya qawmi araaytum in kuntu AAala bayyinatin min rabbee waatanee minhu rahmatan faman yansurunee mina Allahi in AAasaytuhu fama tazeedoonanee ghayra takhseerin
Translation: އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ކަނޑައެޅި بيان ވެގެންވާ دليل އެއްގެމަތީގައިވެފައި އަދި އެކަލާނގެ حضرة ން ތިމަންކަލޭގެފާނަށް رحمة އެއް އަތުވެއްޖެއްޔާ (އެބަހީ: نبي ކަމާއި حكمة އާއި إسلام ދީން އައުމަށްފަހު) ދެން ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދިއްޖެއްޔާ ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް نصر ދޭނީ ކާކުހެއްޔެވެ؟ (އެބަހީ: އެކަލާނގެ ތިމަންކަލޭގެފާނަށް عقوبة އެއް ފޮނުއްވައިފިއްޔާ އެކަން دفاع ކޮށް نصر ދޭނީ ކާކުހެއްޔެވެ؟) އެހެންވެއްޖެއްޔާ ގެއްލުމާ ހަލާކުމެނުވީ ކަލޭމެން ތިމަންކަލޭގެފާނަށް އިތުރު ނުކޮށްދެއެވެ.
11:64وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ ﴿64﴾وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ
Transliteration: Waya qawmi hathihi naqatu Allahi lakum ayatan fatharooha takul fee ardi Allahi wala tamassooha bisooin fayakhuthakum AAathabun qareebun
Translation: އަދި އޭ ތިމަންކަލޭގެފާނު قوم އެވެ! (ތިމަންކަލޭގެފާނު މިދައްކަވާ ވާހަކަ ތެދުކަމުގެމައްޗަށް) ކަލޭމެނަށްވާ حجّة އެއްކަމުގައި މިއޮތީ ﷲ ގެ ޖަމަލުފުޅެވެ. ފަހެ ބިމުން ކައިބޮއި ހަދަން ކަލޭމެން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ނުބައިކަމެއް ނުކުރާށެވެ! ކަލޭމެން އެއަށް ގޯނާއެއް ނުކުރާށެވެ! އެހެންވެއްޖެކަމަށްވަންޏާ ކަލޭމެނަށް ދާދިގާތުން عذاب އަތުވެދާނެއެވެ.
11:65فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ ﴿65﴾فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ
Transliteration: FaAAaqarooha faqala tamattaAAoo fee darikum thalathata ayyamin thalika waAAdun ghayru makthoobin
Translation: ފަހެ އެމީހުން އޭގެ މޮއްގަނޑުކަނޑައި އޭތި މަރައިފިއެވެ. ދެންފަހެ އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. ކަލޭމެން، ކަލޭމެން ގޯތިތަކުގައި ތިންދުވަސްވާންދެން އަރާމުކޮށް މަޖާނަގާށެވެ! (ދެން އޭގެފަހުގައި ކަލޭމެންގެމައްޗަށް عذاب އަތުވެދާނެއެވެ.) އެއީ ދޮގުވެވިގެން ނުވާ وعد އެކެވެ.
11:66فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ ﴿66﴾فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ
Transliteration: Falamma jaa amruna najjayna salihan waallatheena amanoo maAAahu birahmatin minna wamin khizyi yawmiithin inna rabbaka huwa alqawiyyu alAAazeezu
Translation: ދެންފަހެ ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން (އެބަހީ: އެ قوم ގެމީހުންނަށް عذاب އައިހިނދުން) ތިމަންރަސްކަލާނގެ صالح (عليه السّلام) ސަލާމަތްކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންތިބި މީހުންވެސް ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެކެވެ. އަދި އެދުވަހުގެ އެނިކަމެތިކަމާއި ދެރަކަމުން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) އެކަލާނގެއީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
11:67وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ﴿67﴾وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
Transliteration: Waakhatha allatheena thalamoo alssayhatu faasbahoo fee diyarihim jathimeena
Translation: އަދި ގަދައަޑުފަށްގަނޑެއް އައިސް އެމީހުން ހަލާކުވީއެވެ. (އެބަހީ: އެމީހުންނަށް އައި ގަދައަޑުފަށުގެ ސަބަބުން އެމީހުން މަރުވެއްޖެއެވެ.) އެމީހުންގެ ގޯތިތަކުގައި މަރުވެގެން ބިމަށްވެރިފައިވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެދިޔައީއެވެ.
11:68كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ ﴿68﴾كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ
Transliteration: Kaan lam yaghnaw feeha ala inna thamooda kafaroo rabbahum ala buAAdan lithamooda
Translation: އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. ދަންނާށެވެ! ހަމަކަށަވަރުން ثمود ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! ثمود ބާގައިގެމީހުންނަށް (ﷲ ގެ رحمة) ދުރުވެގެންވެއެވެ.
11:69وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ ﴿69﴾وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ
Transliteration: Walaqad jaat rusuluna ibraheema bialbushra qaloo salaman qala salamun fama labitha an jaa biAAijlin haneethin
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން އެބަހީ: ملائكة ބޭކަލުން - إبراهيم عليه السّلام ގެ އަރިހަށް އުފާވެރި خبر އާއިގެން ވަޑައިގެންފިއެވެ. އަދި އެބޭކަލުން ކަނޑައެޅިގެންވާ سلام އަކުން ސަލާމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބޭކަލުންނަށް ސަލާމްކުރެއްވިއެވެ. ދެންފަހެ ލަސްވެވަޑައިނުގަންނަވައި ފިހެފައިވާ ޅަގެރިޔަކާއިގެން إبراهيم (عليه السّلام) ވަޑައިގެންފިއެވެ. (އެކަލޭގެފާނު ހީފުޅުކުރެއްވީ އިންސާނުންގެ ތެރެއިންވާ مهمان ންކަމަށެވެ. އެހެންވެ مهمان ންނަށް ފަރީކޮޅެއް ގެންނެވީއެވެ.)
11:70فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ ﴿70﴾فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ
Transliteration: Falamma raa aydiyahum la tasilu ilayhi nakirahum waawjasa minhum kheefatan qaloo la takhaf inna orsilna ila qawmi lootin
Translation: ދެންފަހެ (ފަރީކުޅުއްވާން ދެންނެވުމުން) އެބޭކަލުންގެ އަތްޕުޅު އެފަރީކޮޅާދިމާއަށް واصل ނުވީތީ (އެބަހީ: އެބޭކަލުން ފަރީނުކުޅުއްވީމާ) އެބޭކަލުންނާއިމެދު ރުހިވަޑައި ނުގަންނަވާކަހަލަ ގޮތެއްވެ އެބޭކަލުންގެ ފަރާތުން އެކަލޭގެފާނަށް ބިރުފުޅުގެން ވަޑައިގަތުމެއް إحساس ވެވަޑައިގެންފިއެވެ. (އެހެނީ އަންނަ مهمان އަކަށް ކާބޯއެއްޗެއް ތައްޔާރު ކުރުމުން مهمان އެއިން ނުކައިފިނަމަ ބެލެވެނީ އެ مهمان އެއައީ ކޮންމެވެސް ނުބައެއް قصد ކޮށްގެންނެވެ. އެއިން ކައިބޮއިހަދައިފިނަމަ ބެލެވެނީ އޭނާގެ ކިބައިގައި ނުބައެއް ނެތްކަމަށެވެ.) ދެންފަހެ އެ ملائكة ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ތިމަންބޭކަލުން ފޮނުއްވިގެންވަނީ لوط قوم އަށެވެ. (އެ قوم ހަލާކު ކުރެއްވުމަށެވެ.)
11:71وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ ﴿71﴾وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ
Transliteration: Waimraatuhu qaimatun fadahikat fabashsharnaha biishaqa wamin warai ishaqa yaAAqooba
Translation: އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން ކޮޅަށް ހުންނެވިއެވެ. އަދި ހިނިފުޅުވެޑުވިއެވެ. އަދި إسحاق (عليه السّلام) އެކަމަނާއަށް ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އަދި إسحاق ގެފަހުން (މާމަދަރިކަލެއްކަމުގައި) يعقوب (عليه السّلام) ލިބިވަޑައިގަންނަވާނެކަމުގައެވެ.
11:72قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ ﴿72﴾قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ
Transliteration: Qalat ya waylata aalidu waana AAajoozun wahatha baAAlee shaykhan inna hatha lashayon AAajeebun
Translation: އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންކަމަނާ މިއިނީ މުސްކުޅިވެ عجوز ވެފައެވެ. ތިމަންކަމަނާ ދެން ވިހާނެހެއްޔެވެ؟ އަދި މިއިންނެވީ ތިމަންކަމަނާގެ ފިރިކަލުންނެވެ. އެއީވެސް މުސްކުޅި ބޭކަލެކެވެ. (ބުނެވެނީ އޭރު އެކަމަނާގެ عمر ފުޅު 99 އަހަރުކަމުގައެވެ. އަދި إبراهيم (عليه السّلام) ގެ عمر ފުޅު 100 އަހަރުކަމުގައެވެ. = تفسير الطبري = ) އެކަމަނާ ވިދާޅުވިއެވެ. ތިޔަކަމަކީ عجائب ކަމެކެވެ.
11:73قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ ﴿73﴾قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ
Transliteration: Qaloo ataAAjabeena min amri Allahi rahmatu Allahi wabarakatuhu AAalaykum ahla albayti innahu hameedun majeedun
Translation: އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ނިޔާފުޅާމެދު ކަމަނާ عجائب ވެވަޑައިގަންނަވަނީތޯއެވެ؟ އޭ (إبراهيم ގެފާނުގެ) ގޭގެ أهل ވެރިންނޭވެ. އެއީ ތިޔަބޭފުޅު ންގެ މައްޗަށްވާ ﷲ ގެرحمة އާއި އެކަލާނގެ بركاة އެވެ. ހަމަކަށަވަރުން އެކަލާނގެއީ حمد ލިބިވޮޑިގެންވާ އަދި مدح އާއި ثناء އާއި މާތްކަމުގެ ވެރި ކަލާނގެއެވެ.
11:74فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ ﴿74﴾فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ
Transliteration: Falamma thahaba AAan ibraheema alrrawAAu wajaathu albushra yujadiluna fee qawmi lootin
Translation: ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ.
11:75إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّـٰهٞ مُّنِيبٞ ﴿75﴾إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّـٰهٞ مُّنِيبٞ
Transliteration: Inna ibraheema lahaleemun awwahun muneebun
Translation: ހަމަކަށަވަރުން إبراهيم عليه السّلام އަކީ ކޯފާމަޑު ﷲ އަށް ކިޔަމަންތެރި އަދި ﷲ އަށް توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
11:76يَـٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ ﴿76﴾يَـٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ
Transliteration: Ya ibraheemu aAArid AAan hatha innahu qad jaa amru rabbika wainnahum ateehim AAathabun ghayru mardoodin
Translation: (މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.) އޭ إبراهيم (عليه السّلام) އެވެ. ކަލޭގެފާނު މިކަންތަކުން ދުރުވެވަޑައި ގަންނަވާށެވެ! (އެބަހީ: لُوْطُ قَوم دِفاَعُ ކުރެއްވުމަށް ނުއުޅުއްވާށެވެ!) ހަމަކަށަވަރުން ކަލޭގެފާނުން ربّ ގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން دفاع ނުކުރެވޭނޭ عذاب އެއް އެމީހުންނަށް އަންނަހުއްޓެވެ.
11:77وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ ﴿77﴾وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ
Transliteration: Walamma jaat rusuluna lootan seea bihim wadaqa bihim tharAAan waqala hatha yawmun AAaseebun
Translation: އަދި ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތްބޭކަލުން لُوط (عليه السّلام) ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުންނާމެދު އެކަލޭގެފާނު (މޫޑު) ނުބައިވެއްޖެއެވެ. އަދި އެބޭކަލުންނާމެދު ހިތާމަފުޅުން އެކަލޭގެފާނުންގެ ހިތްޕުޅު ދަތިވެއްޖެއެވެ. (އެބޭކަލުން ރީތި ފިރިހެނުންގެ ސިފައިގައި ތިއްބެވުމާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ ކިބައިގައިވާ ފިރިހެނުންނާއެޅުމުގެ ވަބާގެ ސަބަބުންނެވެ. އަދި އެއީ މަލާއިކަތްބޭކަލުންކަން އަދި އޭރު އެނގިވަޑައިނުގަންނަވައެވެ.) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދަކީ އުދަނގުލާ مصيبة ބޮޑުދުވަހެކެވެ. ނުބައިކަންބޮޑު ދުވަހެކެވެ.
11:78وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَـٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ ﴿78﴾وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَـٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ
Transliteration: Wajaahu qawmuhu yuhraAAoona ilayhi wamin qablu kanoo yaAAmaloona alssayyiati qala ya qawmi haolai banatee hunna atharu lakum faittaqoo Allaha wala tukhzooni fee dayfee alaysa minkum rajulun rasheedun
Translation: އަދި އެކަލޭގެފާނުންގެ قوم ގެ މީހުން ހަރުގަންނަވާފައި އެކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނުންގެ އަރިހުގައިތިބި މެހްމާނުންނަކީ ރީތި ފިރިހެނުންތަކެއްކަމަށް ހީކޮށެވެ.) އަދި މިއަދުގެ ކުރިންވެސް އެމީހުންވީ އެނުލަފާކަންތައް يعني: لِوَاطُ ކުރުން ހިންގާބަޔަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! މިތިބީ ތިމަންގެ އަންހެން ދަރިންނެވެ. އެކުދިން ކަލޭމެންނަށް މާ طاهر ވާނެއެވެ. (قواعد ން އެކުދިންގެ ބޭނުންކުރާށެވެ!) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނުންގެ މެހުމާނުންނާއިމެދު ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތި ނުކޮށްލާށެވެ! ފަހެ ކަލޭމެންގެތެރޭގައި حقّ ދަންނަ ރަނގަޅަށް ތެދުމަގުގައިވާ އެކަކުވެސް ނެތީހެއްޔެވެ؟
11:79قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ ﴿79﴾قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ
Transliteration: Qaloo laqad AAalimta ma lana fee banatika min haqqin wainnaka lataAAlamu ma nureedu
Translation: އެމީހުން ދެންނެވިއެވެ. ކަލޭގެފާނުންގެ އަންހެންދަރިންނާމެދު އަހުރެމެންނަކަށް އެއްވެސް حقّ އެއް ނުވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެން މިއެދޭ އެއްޗެއް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. (އަހުރެމެން އެދެނީ ފިރިހެނުންނެވެ.)
11:80قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ ﴿80﴾قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ
Transliteration: Qala law anna lee bikum quwwatan aw awee ila ruknin shadeedin
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނަށް ބާރެއްދޭނޭ ބަޔަކުވާނޭނަމައެވެ. ނުވަތަ އެފަރާތަކުން ބާރުލިބިގަންނަން ދާނޭ ގާތްތިމާގެ ބަޔަކު ތިމަންކަލޭގެފާނަށް ވާނޭނަމައެވެ.
11:81قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ ﴿81﴾قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ
Transliteration: Qaloo ya lootu inna rusulu rabbika lan yasiloo ilayka faasri biahlika biqitAAin mina allayli wala yaltafit minkum ahadun illa imraataka innahu museebuha ma asabahum inna mawAAidahumu alssubhu alaysa alssubhu biqareebin
Translation: އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. އޭ لوط (عليه السّلام) އެވެ! ތިމަންބޭކަލުންނީ ކަލޭގެފާނުންގެ ربّ ފޮނުއްވާފައިވާ (މަލާއިކަތް) ބޭކަލުންނީމުއެވެ. އެމީހުންނަށް ކަލޭގެފާނާ ހަމައަކަށް ނުފޯރާނެއެވެ. އެބަހީ: ކަލޭގެފާނަށް އުނދަގޫ ނުކުރެވޭނެއެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން ރޭގަނޑުގެ ވަގުތެއްގައި ހިންގަވާފައި (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! އަދި ތިޔައިން އެކަކުވެސް އެނބުރި ފަހަތް ނުބަލާށެވެ! ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. ހަމަކަށަވަރުން އެމީހުންނަށް އެޖެހޭ عذاب އެއް އެކަމަނާއަށްވެސް ޖެހޭނެއެވެ. އެމީހުން ހަލާކުކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތަކީ ފަތިހެވެ. ފަތިސްގާތްކަމުގައި ނުވޭތޯއެވެ؟
11:82فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ ﴿82﴾فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ
Transliteration: Falamma jaa amruna jaAAalna AAaliyaha safilaha waamtarna AAalayha hijaratan min sijjeelin mandoodin
Translation: ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން އެބަހީ: އެމީހުންނަށް عذاب އައުމަށް ކަނޑައެޅިގެންވާ ވަގުތު އައުމުން ތިމަންރަސްކަލާނގެ އެރަށުގެ މަތީފުށް ދަށަށް ލެއްވީމެވެ. (ބަންޑުން ޖެއްސެވީމެވެ.) އަދި އެއްވަނަ އުޑުން ވެއްސެވި ހޫނުހިލަ ވާރޭ އެރަށުގެ މައްޗަށް ވެއްސެވީމެވެ. އެއްހިލަކޮޅަށްފަހު އަނެއްހިލަކޮޅެއް ވެއްޓޭގޮތަށެވެ. މަތިމައްޗަށްވެހޭ ގޮތަށެވެ.
11:83مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّـٰلِمِينَ بِبَعِيدٖ ﴿83﴾مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّـٰلِمِينَ بِبَعِيدٖ
Transliteration: Musawwamatan AAinda rabbika wama hiya mina alththalimeena bibaAAeedin
Translation: (އެހިލަކޮޅުތައްވަނީ) ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވި ސިއްކަޖެހިގެންނެވެ. (އެއިން ކޮންމެ ހިލަޔަކުން ޖެހެވެންވީ މީހަކު ފާހަގަކުރެވިގެންނެވެ.) އަދި އެރަށް މިމުޝްރިކުންނާއި (އެބަހީ: مكّة ގެ أهل ވެރިންނާއި) ދުރުވެގެންވާ ރަށެއްކަމުގައި ނުވެއެވެ.
11:84وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ ﴿84﴾۞وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ
Transliteration: Waila madyana akhahum shuAAayban qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu wala tanqusoo almikyala waalmeezana innee arakum bikhayrin wainnee akhafu AAalaykum AAathaba yawmin muheetin
Translation: އަދި مدين ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شعيب (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ނޫން (حقّ) އެހެންއެއްވެސް إله އެއް ކަލޭމެނަކަށް ނުވެއެވެ. ކަލޭމެން މިނެކިރުން އުނި ނުކުރާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި ކަލޭމެންވަނީ ހަމަ ހެވެއްގައެވެ. އެބަހީ: ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އަދި ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ عذاب ވަށައިލެވިގެންވާ ދުވަހެއްގެ عذاب އަށެވެ.
11:85وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴿85﴾وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Transliteration: Waya qawmi awfoo almikyala waalmeezana bialqisti wala tabkhasoo alnnasa ashyaahum wala taAAthaw fee alardi mufsideena
Translation: އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން މިނެކިރުން ހަމަހަމަކޮށް عدل إنصاف ކުރާށެވެ. އަދި (މިނެކިރާފައި) މީހުންނަށްދޭ އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބިމުގައި އުރެދެމުން ނުހިނގާށެވެ!
11:86بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ﴿86﴾بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ
Transliteration: Baqiyyatu Allahi khayrun lakum in kuntum mumineena wama ana AAalaykum bihafeethin
Translation: ﷲ ކަލޭމެނަށް ބާކީކޮށްދެއްވި އެއްޗަށް (އެބަހީ: މީހުންގެ حقّ މަދުނުކޮށް ދިނީމާ ދެންހުރި އެއްޗެއް) ކަލޭމެނަށް ހެޔޮވެގެންވެއެވެ. ކަލޭމެނަކީ مؤمن ންކަމުގައިވަންޏާ އެގޮތް މާރަނގަޅެވެ. އަދި ކަލޭމެންގެމައްޗަށް ފާރަލާ މީހަކުކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ.
11:87قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَـٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ ﴿87﴾قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَـٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ
Transliteration: Qaloo ya shuAAaybu asalatuka tamuruka an natruka ma yaAAbudu abaona aw an nafAAala fee amwalina ma nashao innaka laanta alhaleemu alrrasheedu
Translation: އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! އަހުރެމެން އަހުރެމެންގެ ކާބަފައިން އަޅުކަންކުރި ތަކެއްޗަށް އަޅުކަންކުރުން ދޫރުކުމަށާއި އަހުރެމެންގެ މުދަލުގައި އަހުރެމެން ބޭނުންގޮތެއް ހެދުން ދޫކޮށްލުމަށް ކަލޭގެފާނުންގެ ނަމާދު ކަލޭގެފާނަށް أمر ކުރައްވަނީތޯއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ކޯފާ މަޑު އަދި ތެދުމަގުގައިވާ ބޭކަލަކުކަން يقين އެވެ. (މިއީ އެމީހުން އެކަލޭގެފާނަށް މަލާމާތްކުރުމުގެގޮތުން ބުނާ ބުނުމެކެވެ.)
11:88قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ﴿88﴾قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ
Transliteration: Qala ya qawmi araaytum in kuntu AAala bayyinatin min rabbee warazaqanee minhu rizqan hasanan wama oreedu an okhalifakum ila ma anhakum AAanhu in oreedu illa alislaha ma istataAAtu wama tawfeeqee illa biAllahi AAalayhi tawakkaltu wailayhi oneebu
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ތިމަންކަލޭގެފާނު بيان އާއި حجّة ގެމަތީގައި ވެފައި އަދި އެކަލާނގެ ތިމަންކަލޭގެފާނަށް ރަނގަޅު ރިޒުގުދެއްވިކަމުގައިވަންޏާވެސް (ކަލޭމެން ބުނާނީ ތިޔަހެންހެއްޔެވެ؟) އަދި ތިމަންކަލޭގެފާނު އެކަންކަމުން ކަލޭމެނަށް މަނާކޮށް ނަހީކުރެއްވި ކަންތަކާއި ތިމަންކަލޭގެފާނު ކަލޭމެންނާއި خلاف ނުވާނަމެވެ. خلاف ވާކަށް ނޭދެމެވެ. ކަލޭމެން إصلاح ކުރުމަށްމެނުވީ ތިމަންކަލޭގެފާނުން އެދިވަޑައި ނުގަންނަވަމުއެވެ. އެއީ ތިމަންކަލޭގެފާނަށް ކުޅަދާނަވީހާ ވަރަކަށެވެ. އަދި ތިމަންކަލޭގެފާނަށް توفيق ލިބުން ހަމަ ﷲ ގެ حضرة ންމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރަނީ ހަމަ ﷲ އަށެވެ. އަދި ތިމަންކަލޭގެފާނު رجوع ވެ توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.
11:89وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ ﴿89﴾وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ
Transliteration: Waya qawmi la yajrimannakum shiqaqee an yuseebakum mithlu ma asaba qawma noohin aw qawma hoodin aw qawma salihin wama qawmu lootin minkum bibaAAeedin
Translation: އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެމައްޗަށް ކަލޭމެންގެ ކިބައިގައިވާ ދެކޮޅުވެރިކަން އެއީ نوح عليه السّلام ގެ قوم އަށް ނުވަތަ هود عليه السّلام ގެ قوم އަށް ނުވަތަ صالح عليه السّلام ގެ قوم އަށް ދިމާވިފަދަ ކަންތައް (އެފަދަ عذاب) ކަލޭމެނަށް ޖެހިދާނޭ ސަބަބަކަށް ކަލޭމެން ނުހަދާށެވެ! އަދި لوط عليه السّلام ގެ قوم (އެބަހީ: އެ قوم ގެ تاريخ) އަދި ކަލޭމެނާ ދުރުވެގެންނުވެއެވެ.
11:90وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ ﴿90﴾وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ
Transliteration: Waistaghfiroo rabbakum thumma tooboo ilayhi inna rabbee raheemun wadoodun
Translation: އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް توبة ވެ رجوع ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ رحمة ލެއްވުންބޮޑު އަދި توبة ވާ އަޅުންނަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަލާނގެއެވެ.
11:91قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ ﴿91﴾قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ
Transliteration: Qaloo ya shuAAaybu ma nafqahu katheeran mimma taqoolu wainna lanaraka feena daAAeefan walawla rahtuka larajamnaka wama anta AAalayna biAAazeezin
Translation: އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! ކަލޭގެފާނު ވިދާޅުވާ ގިނަތަކެތި އަހުރެމެންނަށް ނުވިސްނެއެވެ. (އޭގެ حقيقة އެއް ނޭނގެއެވެ.) އަދި އަހުރެމެން ދެކެނީ ކަލޭގެފާނަކީ އަހުރެމެންގެތެރޭގައި ضعيف ބޭކަލަކު ކަމުގައެވެ. ދެރަނިކަމެތި މީހަކުކަމުގައެވެ. އަދި ކަލޭގެފާނުންގެ جماعة ނުވާނަމަ (ނުވަތަ ގާތްތިމާގެމީހުން ނުވާނަމަ) އަހުރެމެން ކަލޭގެފާނު رَجَم ކޮށްފީމުހެވެ. ގަލުން ތަޅާމަރައިފީމުހެވެ. އަދި ކަލޭގެފާނީ އަހުރެމެންނަށް عزّة ތެރި ބޭކަލަކުކަމުގައި ނުވެއެވެ. ބާރުހުރި ބޭކަލަކު ކަމުގައި ނުވެއެވެ.
11:92قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ ﴿92﴾قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ
Transliteration: Qala ya qawmi arahtee aAAazzu AAalaykum mina Allahi waittakhathtumoohu waraakum thihriyyan inna rabbee bima taAAmaloona muheetun
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެ ގާތްމީހުން (ނުވަތަ جماعة) ކަލޭމެންގެގާތުގައި ﷲ އަށްވުރެ عزّة ތެރިވެފައި ބާރުގަދައީހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންގެ ފުރަގަހަށްލީހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ކުރާހާކަމެއްގެ ވަށައިގެންވެއެވެ. އެބަހީ: އެކަލާނގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.
11:93وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ ﴿93﴾وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ
Transliteration: Waya qawmi iAAmaloo AAala makanatikum innee AAamilun sawfa taAAlamoona man yateehi AAathabun yukhzeehi waman huwa kathibun wairtaqiboo inne maAAakum raqeebun
Translation: އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެނަށް ކުރެވޭކަމެއް ކަލޭމެންގެ ގޮތުގައި ތިބެގެން ކުރާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާހުރީމެވެ. ފަހެ އެމީހަކަށް އެމީހަކު ދެރަކޮށް ނިކަމެތިކޮށްލާފަދަ عذاب އެއް އަންނަހުރީ އެއީ ކާކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. އަދި ދޮގުވެރިޔަކީ ކާކުކަންވެސް އެނގިދާނެއެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނަކީވެސް ކަލޭމެނާއެކު إنتظار ކޮށް ބަލާމީހަކީމެވެ.
11:94وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ﴿94﴾وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
Transliteration: Walamma jaa amruna najjayna shuAAayban waallatheena amanoo maAAahu birahmatin minna waakhathati allatheena thalamoo alssayhatu faasbahoo fee diyarihim jathimeena
Translation: އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިހިނދުން (އެބަހީ: އެ قوم ހަލާކުކުރެއްވުމުގެ ނިޔާފުޅުއައިހިނދުން ތިމަންރަސްކަލާނގެ شعيب عليه السّلام އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންވާމީހުން ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ خاصّ رحمة އެކެވެ. އަދި އަނިޔާވެރިވީ މީސްތަކުންނަށް - (مشرك ންނަށް) ގަދަ އަޑުފަށް އައިސްޖެހިއްޖެއެވެ. ދެންފަހެ އެމީހުން އެމީހުންގެ ގޯތިގެދޮރުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައިވެއްޖެއެވެ.
11:95كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ ﴿95﴾كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ
Transliteration: Kaan lam yaghnaw feeha ala buAAdan limadyana kama baAAidat thamoodu
Translation: އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެރަށުގައި ދިރިނުއުޅޭބަޔަކުފަދައެވެ. ދަންނާށެވެ! ثمود ބާގައިގެ މީހުންނަށް ﷲ ގެ رحمة ދުރުވެގެންވީފަދައިން مَدْيَن ގެ أهل ވެރިންނަށްވެސް ﷲ ގެ رحمة ދުރުވެގެންވެއެވެ.
11:96وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ﴿96﴾وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ
Transliteration: Walaqad arsalna moosa biayatina wasultanin mubeenin
Translation: އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ.
11:97إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ ﴿97﴾إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ
Transliteration: Ila firAAawna wamalaihi faittabaAAoo amra firAAawna wama amru firAAawna birasheedin
Translation: އެއީ فرعون އާއި އޭނާގެ ބޮޑުންގެގާތަށެވެ. ފަހެ އެމީހުން تبع ވީ فرعون ގެ أمر އާއިއެވެ. (فرعون ވަނީ ﷲ އާއި موسى عليه السّلام ދޮގުކޮށްފައެވެ.) އަދި فرعون ގެ ކަންތައް ތެދުމަގާއި ހެޔޮކަމުގެތެރޭގައި ނުވެއެވެ.
11:98يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ ﴿98﴾يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ
Transliteration: Yaqdumu qawmahu yawma alqiyamati faawradahumu alnnara wabisa alwirdu almawroodu
Translation: އޭނާ އެބަހީ: فرعون އޭނާގެ قوم ގެ ކުރީގައި ހުރެ يعني: އިސްމީހަކަށްހުރެ އެމީހުން ނަރަކައަށް ވައްދާނެއެވެ. ފަހެ އޭނާ އެމީހުން އެވައްދާތަން ނުބައިވެގެންވެއެވެ.
11:99وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ ﴿99﴾وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ
Transliteration: WaotbiAAoo fee hathihi laAAnatan wayawma alqiyamati bisa alrrifdu almarfoodu
Translation: އަދި މިދުނިޔޭގައިވެސް އެމީހުންނަށް لعنة تبع ވެގެންވެއެވެ. އަދި آخرة ގައިވެސް އެމީހުންނަށް لعنة ވެއެވެ. އެއް އެހީއަށްފަހު ވެވުނު އަނެއް އެހީނުބައިވެގެންވެއެވެ. (އެއީ ދުނިޔޭގެ لعنة އަށްފަހު آخرة ގެ لعنة ގެ ވާހަކައެވެ. އެއީ فرعونއެމީހުންނަށް ވެދިން އެހީއެވެ.)
11:100ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ ﴿100﴾ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ
Transliteration: Thalika min anbai alqura naqussuhu AAalayka minha qaimun wahaseedun
Translation: (އޭ رسول ﷲ އެވެ!) އިސްވެދިޔަ ވާހަކަތަކަކީ ވޭތިވެދިޔަ އެކިރަށްރަށުގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ خبر ތަކެވެ. އަދި އެރަށްތަކުގެތެރޭގައި ހަލާކުނުވެ އަދިއަދަށްދާންދެން ހުރި ރަށްރަށްވެއެވެ. އަދި އޭގެތެރޭގައި ހަލާކުވެ ބަރުބާދުވެފައިވާ ރަށްރަށްވެއެވެ.
11:101وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ ﴿101﴾وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ
Transliteration: Wama thalamnahum walakin thalamoo anfusahum fama aghnat AAanhum alihatuhumu allatee yadAAoona min dooni Allahi min shayin lamma jaa amru rabbika wama zadoohum ghayra tatbeebin
Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީއެވެ. އަދި ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައިހިނދުން - އެބަހީ: އެބަޔަކު ހަލާކު ކުރެއްވުމުގެ أمر ފުޅުއައިހިނދުން ތިމަންރަސްކަލާނގެ ފިޔަވައި އެމީހުން އެގޮވާ دعاء ކުރިތަކެތި يعني: އެމީހުންގެ އެބުނާ إله ންތައް އެމީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އިތުރު ގެއްލުމަކާއި ހަލާކެއްމެނުވީ އެބުދުތައް އެމީހުންނަށް އިތުރު ނުކުރެއެވެ.
11:102وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ ﴿102﴾وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ
Transliteration: Wakathalika akhthu rabbika itha akhatha alqura wahiya thalimatun inna akhthahu aleemun shadeedun
Translation: ކަލޭގެފާނުންގެ ربّ އެރަށެއްގެ ބަޔަކު އަނިޔާވެރިވެގެންވާ حال އެރަށެއް ހިތްޕަވާ ހަލާކުކުރައްވަންޏާ އެކަލާނގެ އެރަށެއް ހިތްޕަވަނީ ހަމަ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ ވޭންހުރި ގަދަފަދަ ހިތްޕެވުމެކެވެ.
11:103إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ ﴿103﴾إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ
Transliteration: Inna fee thalika laayatan liman khafa AAathaba alakhirati thalika yawmun majmooAAun lahu alnnasu wathalika yawmun mashhoodun
Translation: ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ރަށްރަށް ހަލާކުކުރެއްވުމުގައި آخرة ދުވަހުގެ عذاب އަށް ބިރުވެތިވާ މީހަކަށް ކަނޑައެޅި بيان ވެގެންވާ عبرة ވެއެވެ. وعظ ވެއެވެ. އެދުވަހަކީ އެދުވަހަކަށް މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ޖަމާވާނޭ ދުވަހެވެ. އަދި އެދުވަހަކީ އެއީ ހެކިވެވޭނޭ ދުވަހެވެ. ނުވަތަ حاضر ވާނޭ ދުވަހެވެ.
11:104وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ ﴿104﴾وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ
Transliteration: Wama nuakhkhiruhu illa liajalin maAAdoodin
Translation: އަދި ކަނޑައެޅި عدد ވެގެންވާ مدّة އަކަށްމެނުވީ ތިމަންރަސްކަލާނގެ ދުވަސް ލަސްނުކުރައްވަމެވެ.
11:105يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ ﴿105﴾يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ
Transliteration: Yawma yati la takallamu nafsun illa biithnihi faminhum shaqiyyun wasaAAeedin
Translation: އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ.
11:106فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ ﴿106﴾فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ
Transliteration: Faamma allatheena shaqoo fafee alnnari lahum feeha zafeerun washaheequn
Translation: ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ.
11:107خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ ﴿107﴾خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ
Transliteration: Khalideena feeha ma damati alssamawatu waalardu illa ma shaa rabbuka inna rabbaka faAAAAalun lima yureedu
Translation: އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.
11:108وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ ﴿108﴾۞وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ
Transliteration: Waamma allatheena suAAidoo fafee aljannati khalideena feeha ma damati alssamawatu waalardu illa ma shaa rabbuka AAataan ghayra majthoothin
Translation: އަދި ބާއްޖަވެރިވީމީހުން ދަންނައެވެ! ފަހެ އެމީހުންވަނީ ސުވަރުގޭގައެވެ. ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އެމީހުން އެތާ ދާއިމީގޮތެއްގައި ދެމިތިބޭހުއްޓެވެ. އެއީ ކެނޑިދިއުމެއްނުވާ ދެއްވުމެއްގެގޮތުގައެވެ. (ދެމިހުންނަ نعمة އެއްގެގޮތުންނެވެ.)
11:109فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَـٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ ﴿109﴾فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَـٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ
Transliteration: Fala taku fee miryatin mimma yaAAbudu haolai ma yaAAbudoona illa kama yaAAbudu abaohum min qablu wainna lamuwaffoohum naseebahum ghayra manqoosin
Translation: (އޭ رسول ﷲ އެވެ!) ފަހެ މިބައިމީހުން އެބަހީ: ކަލޭގެފާނުންގެ قوم ގެ مشرك ން - އެއަޅުކަންކުރާ ތަކެއްޗާއިމެދު ކަލޭގެފާނު ޝައްކު ނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ކާބަފައިން މީގެކުރިން އަޅުކަންކުރާފަދައިންމެނުވީ މިމީހުންވެސް އަޅުކަންކުރާކަމުގައި ނުވެއެވެ. (މިމީހުން ބުދަށް މިއަޅުކަންކުރަނީ ކާބަފައިންނަށް تبع ވުމަށެވެ.) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ حقّ (ހެވަސް ނުބަޔަސް) ހަމަ މަދުކުރުމަކާއި ނުލައި ބަރާބަރުކޮށްދޭހުށީމެވެ.
11:110وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ﴿110﴾وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ
Transliteration: Walaqad atayna moosa alkitaba faikhtulifa feehi walawla kalimatun sabaqat min rabbika laqudiya baynahum wainnahum lafee shakkin minhu mureebun
Translation: އަދި ހަމަކަށަވަރުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެފޮތާއިމެދު إختلاف ވެވުނެވެ. (އެއްބަޔަކު އެފޮތް ތެދުކޮށް އަނެއްބަޔަކު އެފޮތް ދޮގުކުރިއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة އެއް އިސްވެގޮސްފައިނުވާނަމަ ހަމަކަށަވަރުން އެމީހުންގެ މެދުގައި ނިޔާކުރެވިއްޖައީހެވެ. (އެކަލާނގެ حضرة ން އިސްވެގޮސްފައިވާ كلمة އަކީ عذاب ލަސްކުރެއްވުމުގެ كلمة އެވެ.) އަދި ހަމަކަށަވަރުން އެމީހުން އެވަނީ އެފޮތާއިމެދު ޝައްކުކުރާ ބަޔަކުކަމުގައެވެ. (އެއީ حقّ ތޯ ނުވަތަ باطل ތޯ މިކަމާމެދުއެވެ.)
11:111وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ ﴿111﴾وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ
Transliteration: Wainna kullan lamma layuwaffiyannahum rabbuka aAAmalahum innahu bima yaAAmaloona khabeerun
Translation: އަދި އިސްވެދިޔަ މީހުންކުރެ ކޮންމެމީހަކަށްމެ ކަލޭގެފާނުންގެ ربّ އެމީހަކު ކުރި عمل ތަކަށް އެމީހަކަށް ފުރިހަމަ ޖަޒާދެއްވާ ބަރާބަރު ކުރައްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެމީހުންކުރާ عمل ތަކުގެ خبر މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެއެވެ.
11:112فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ ﴿112﴾فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ
Transliteration: Faistaqim kama omirta waman taba maAAaka wala tatghaw innahu bima taAAmaloona baseerun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް أمر ވެވުނުފަދައަކުން ކަލޭގެފާނު ސީދާވެވަޑައިގެން ހުންނަވާށެވެ! އަދި ކަލޭގެފާނުންގެ އަރިހުގައި توبة ވެވަޑައިގެން ތިއްބެވި ބޭކަލުންވެސް (ސީދާކަންމަތީ قائم ވެ ތިއްބަވާށެވެ!) އަދި (އުރެދުމުގައި) ހައްދުފަހަނަޅައިނުދާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ކަލޭމެން ކުރާހާ ކަމަކަށް ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
11:113وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ ﴿113﴾وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ
Transliteration: Wala tarkanoo ila allatheena thalamoo fatamassakumu alnnaru wama lakum min dooni Allahi min awliyaa thumma la tunsaroona
Translation: އޭ މީސްތަކުންނޭވެ! އަނިޔާވެރިވީމީހުންނަށް ކަލޭމެން ބުރަވެ އެމީހުންގެ ފަރާތަށް ނުލެނބޭށެވެ! ފަހެ އެހެން ހަދައިފިއްޔާ ކަލޭމެންގެ ގައިގާ އަލިފާން ބީހިދާނެއެވެ. (ކަލޭމެން ނަރަކައަށް ވަންނަން ޖެހިދާނެއެވެ.) އަދި ﷲ ފިޔަވައި ކަލޭމެންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. ދެން ކަލޭމެނަށް نصر ނުލިބެވޭނެއެވެ.
11:114وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ ﴿114﴾وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ
Transliteration: Waaqimi alssalata tarafayi alnnahari wazulafan mina allayli inna alhasanati yuthhibna alssayyiati thalika thikra lilththakireena
Translation: އަދި ދުވާލުގެ ދެކޮޅުގައްޔާ އަދި ރޭގަނޑުގެ ގަޑިތަކެއްގައި (ވަގުތުތަކެއްގައި) ކަލޭގެފާނު ނަމާދުފުޅުقَائِمُ ކުރައްވާށެވެ! (މިއީ فرض ފަސްނަމާދުގެ ވަގުތަކަށް ކުރައްވާފައި އިޝާރަތެއްކަމަށް مُفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ގެންދެއެވެ. ފިލުވައިލައެވެ. (އެބަހީ ހެޔޮކަންތައްކުރުމުން ނުބައިކަންތައް ފުހެވެއެވެ.) އަދި މިވާހަކަތަކަކީ وعظ އާއި نصيحة ލިބިގަންނަބަޔަކަށް (ذِكْر ކުރާބަޔަކަށް) ވާ نصيحة ތަކެކެވެ. وعظ ތަކެކެވެ.
11:115وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴿115﴾وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
Transliteration: Waisbir fainna Allaha la yudeeAAu ajra almuhsineena
Translation: އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ފަހެ ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާނެއެވެ.
11:116فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ ﴿116﴾فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ
Transliteration: Falawla kana mina alqurooni min qablikum oloo baqiyyatin yanhawna AAani alfasadi fee alardi illa qaleelan mimman anjayna minhum waittabaAAa allatheena thalamoo ma otrifoo feehi wakanoo mujrimeena
Translation: ކަލޭމެންގެކުރީ އިސްވެދިޔަ أمّة ތަކުގެތެރޭގައި ތިބި ބުއްދިޔާއި ދީނުގެގޮތުން ރަނގަޅަށްތިބި މީހުން ބިމުގައި ކުރާ ފަސާދައިން މީސްތަކުންނަށް ނަހީކޮށް މަނާކޮށްހެދިނަމައެވެ! އެމީހުންގެމަދުމީހުން ބިމުގައިވާ ފަސާދަ ނަހީކޮށް މަނާކުރިއެވެ. އެމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިވީ މީސްތަކުން ތަބާވީ އެމީހުން އެއެއްޗެއްގައި މަޖާނަގަމުންދިޔަ ދުނިޔޭގެ މަޖަލާއި لَذّة އާއެވެ. އެމީހުންވީ ނުބައިނުލަފާ މީހުންކަމުގައެވެ. مجرم ންކަމުގައެވެ.
11:117وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ ﴿117﴾وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ
Transliteration: Wama kana rabbuka liyuhlika alqura bithulmin waahluha muslihoona
Translation: އަދި ކަލޭގެފާނުންގެ ربّ އެރަށެއްގެ أهل ވެރިން مصلح ންކަމުގައިވާ حال ހަމަ (ރަނގަޅުމީހުން ކަމުގައިވާޙާލު) އަނިޔާވެރިގޮތެއްގައި ރަށްރަށް ހަލާކުކުރައްވާ ކަލަކުކަމުގައި ނުވެއެވެ.
11:118وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ ﴿118﴾وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ
Transliteration: Walaw shaa rabbuka lajaAAala alnnasa ommatan wahidatan wala yazaloona mukhtalifeena
Translation: އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން އެންމެހައި މީސްތަކުން އެއް أمّة އަކަށް ލައްވައިފީހެވެ. (ހަމަ ސީދާ مسلم ންކަމުގައި ލައްވައިފީހެވެ.) އަދި އެމީހުން إختلاف ވެ ދެބަސްވުމުން ފިލާނުދެއެވެ. (އެއީ دين ނުވަތަ مذهب އާއިމެދުވާ إختلاف އެވެ.)
11:119إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ﴿119﴾إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
Transliteration: Illa man rahima rabbuka walithalika khalaqahum watammat kalimatu rabbika laamlaanna jahannama mina aljinnati waalnnasi ajmaAAeena
Translation: ކަލޭގެފާނުންގެ ربّ رحمة ލެއްވި އަޅަކު މެނުވީއެވެ. އެމީހުން ހެއްދެވުނީ އެގޮތުގެމަތީގައެވެ. (އެބަހީ: رحمة އަށްޓަކައެވެ. ނުވަތަ إختلاف ވާގޮތަށެވެ. އަދި ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. އެއީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރައިލާހުރީ ޖިންނީންގެތެރެއިންނާއި މީސްތަކުންގެތެރެއިން އަޅައިގެންނެވެ. (އޭގައިވާ އެންމެންނަކީވެސް އެދެ جِنْس އެވެ. والله أعلم)
11:120وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ ﴿120﴾وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ
Transliteration: Wakullan naqussu AAalayka min anbai alrrusuli ma nuthabbitu bihi fuadaka wajaaka fee hathihi alhaqqu wamawAAithatun wathikra lilmumineena
Translation: رسول ބޭކަލުންގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިކިޔަވައިދެއްވާ ވާހަކަތަކުގައި އެއިން ކަލޭގެފާނުންގެ ހިތްޕުޅު ތިމަންރަސްކަލާނގެ ސާބިތުކޮށްދެއްވާ ތަކެތިވެއެވެ. އަދި ހަމަކަށަވަރުން މިސޫރަތުގައި مؤمن ންނަށް حقّ އާއި وعظ އާއި އަދި ذِكر އާއި نصيحة ހުރިތަކެތި ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ.
11:121وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ ﴿121﴾وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ
Transliteration: Waqul lillatheena la yuminoona iAAmaloo AAala makanatikum inna AAamiloona
Translation: އަދި އީމާންނުވާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭގެ ތަނުގައި ތިބެ ކަލޭމެންގެ ގޮތުގައި عمل ކުރާށެވެ! ތިމަންކަލޭގެފާނުވެސް عمل ކުރާހުށީމެވެ.
11:122وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ﴿122﴾وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ
Transliteration: Waintathiroo inna muntathiroona
Translation: އަދި (ކަލޭމެންނަށް شيطان وعد ކުރި ކަންތަކަށް) ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނަށް ﷲ وعد ކުރެއްވި ކަންތަކަށް) إنتظار ކުރާހުރީމެވެ.
11:123وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ﴿123﴾وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ
Transliteration: Walillahi ghaybu alssamawati waalardi wailayhi yurjaAAu alamru kulluhu faoAAbudhu watawakkal AAalayhi wama rabbuka bighafilin AAamma taAAmaloona
Translation: އަދި އުޑުތަކާއި ބިމުގައިވާ غيب خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހުރިހާ ކަމެއް - ހުރިހާ އެއްޗެއް رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ފަހެ އެކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެ حضرة އަށް وكيل ކުރައްވާށެވެ! އަދި ކަލޭމެންކުރާ ކަންތައްތަކަށް ކަލޭގެފާނުގެ ربّ غافل ވެވޮޑިގެން ނުވެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download