14:1الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ﴿1﴾الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ
Transliteration: Aliflamra kitabun anzalnahu ilayka litukhrija alnnasa mina alththulumati ila alnnoori biithni rabbihim ila sirati alAAazeezi alhameedi
Translation: ބައެއް ސޫރަތް ފެށޭތަންތާ އެހުންނަ ވަކިއަކުރުގެ މުރާދެއް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އަޅުތަކުންނަށް އޭގެ މާނަތައް ފުރިހަމައަށް އަންގަވާފައި ނުވާތީ مفسّر ންނާއި عالم ންނަށްވެސް ވަނީ خيال އާއި ލަފާއެވެ. މިސޫރަތް ފެށޭތާވެސް މިއީ ހަމަ އެމޭރުމުންވާ އަކުރުތަކެކެވެ. والله أعلم. (އޭ رسول ﷲ އެވެ!) މި قرآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. (ކާފަރުކަމާއި މަގުފުރެދުމާއި جاهل ކަމުގެ އަނދިރިކަމުގެ ތެރެއިން) ކަލޭގެފާނު މީސްތަކުން ނެރުއްވައި އީމާންކަމާއި ތެދުމަގާއި علم ގެ އަލިކަމުގެތެރެއަށް އެމީހުން ވެއްދުމަށެވެ. އެއީ عزّة ވަންތަ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެ ކަނޑައަޅުއްވާފައި شريعة ގެ މަގަށް އެބައިމީހުންގެ ربّ ގެ އިޒުނަފުޅަށް މަގުދެއްކެވުމަށެވެ.
14:2ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ ﴿2﴾ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ
Transliteration: Allahi allathee lahu ma fee alssamawati wama fee alardi wawaylun lilkafireena min AAathabin shadeedin
Translation: ﷲ އެއީ عزّة ވަންތަ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. އެއީ އުޑުތަކާއި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެ ބަޔަކަށް ގަދަވެގެންވާ عذاب ގެ وَيْلُ ހުއްޓެވެ. (وَيْلُ އަކީ ނަރަކަވަންތަވެރިން ގައިން އޮހޭ ދޮހާއި ފާދިޔައިގެ وَادى އެއްކަމުގައި ބުނެވެއެވެ. ނުވަތަ ގަދަހޫނުގެ وَادى އެއްކަމުގައި ބުނެވުނެވެ.) والله أعلم.
14:3ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَـٰٓئِكَ فِي ضَلَٰلِۭ بَعِيدٖ ﴿3﴾ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَـٰٓئِكَ فِي ضَلَٰلِۭ بَعِيدٖ
Transliteration: Allatheena yastahibboona alhayata alddunya AAala alakhirati wayasuddoona AAan sabeeli Allahi wayabghoonaha AAiwajan olaika fee dalalin baAAeedin
Translation: މިދެންނެވި ކާފަރުންނަކީ آخرة ގެ حياة ގެމައްޗަށް ދުނިޔޭގެ حياة އިސްކޮށް އެއަށް ލޯބިކުރާ މީހުންނެވެ. އަދި މީސްތަކުންނަށް ﷲ ގެ މަގު (އެކަލާނގެ دين) ބަންދުކޮށް އެދީނަށް ވަންނަން އެދޭމީހުންނަށް -އަދި އެދީނަށް އުޅެންއެދޭ މީހުންނަށް - އެކަން މަނާކުރާމީހުންނެވެ. އަދި އެމީހުންނަކީ ﷲ ގެ ދީން ބަދަލުކޮށް ހުއްދަނޫންގޮތްގޮތަށް تَأوِيل ކޮށް އެދީން ގުދުކުރަން އެދޭމީހުންނެވެ. ކަނޑައެޅިގެން އެމީހުން އެވަނީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
14:4وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿4﴾وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Transliteration: Wama arsalna min rasoolin illa bilisani qawmihi liyubayyina lahum fayudillu Allahu man yashao wayahdee man yashao wahuwa alAAazeezu alhakeemu
Translation: އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލެއް އެބޭކަލެއްގެ قوم ގެ މީހުން ވާހަކަދައްކާ ބަހުންމެނުވީ رسول ކަމާއިގެން ނުފޮނުއްވަމެވެ. (ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ رسول ކަން އިއްވަވަނީ އެބޭކަލަކު އެފޮނުއްވުނު ރަށެއްގެބަޔަކު ވާހަކަ ދައްކާ ބަހުންނެވެ.) އެއީ އެބޭކަލަކު އެ قوم ގެ މީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ދެން އަދި އެބައިމީހުން ރަނގަޅަށް ވިސްނާ ހެދުމަށެވެ. ދެންފަހެ ﷲ އެ އެދިވޮޑިގަންނަވާއަޅަކު މަގުފުރައްދަވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
14:5وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ﴿5﴾وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ
Transliteration: Walaqad arsalna moosa biayatina an akhrij qawmaka mina alththulumati ila alnnoori wathakkirhum biayyami Allahi inna fee thalika laayatin likulli sabbarin shakoorin
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ دليل ތަކާއި معجزة ތަކާއިއެކު موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. (އަދި އެކަލޭގެފާނަށް އެންގެވީމެވެ.) ކާފަރުކަމާއި جاهل ކަމުގެ އަނދިރިން ކަލޭގެފާނުންގެ أمّة ނެރުއްވާށެވެ! އަދި إيمان ކަމާއި علم ގެ އަލިކަމުގެ ތެރެއަށް އެމީހުން ވައްދަވާށެވެ! އަދި ﷲ ގެ އެކިއެކި واقعة ތަކާއި مصيبة ތައް އެމީހުންނަށް ހަނދާންކޮށްދެއްވާށެވެ! (އިސްވެދިޔަ أمّة ތަކަށް ދިމާވި ކަންތައްތައް އެމީހުންނަށް ކިޔައިދެއްވާށެވެ! ހަމަކަށަވަރުންވެސް އެކަންކަމުގައި ކެތްތެރިވުން ގިނަ އަދި ގިނަގިނައިން شكر ކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަކާއި حجّة ތައްވެއެވެ.
14:6وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ﴿6﴾وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ
Transliteration: Waith qala moosa liqawmihi othkuroo niAAmata Allahi AAalaykum ith anjakum min ali firAAawna yasoomoonakum sooa alAAathabi wayuthabbihoona abnaakum wayastahyoona nisaakum wafee thalikum balaon min rabbikum AAatheemun
Translation: އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ﷲ ލެއްވި (ބޮޑު) نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ فرعون ގެ آل ންގެ ކިބައިން އެކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދުއެވެ. އެ فرعون ގެ މީހުން ކަލޭމެންނަށް عذاب ގެ ނުބައިކަމުގެ ރަހަދައްކާހެދިއެވެ. ބޮޑެތި تكليف ތައްވެސް ޖައްސާހެދީއެވެ. އަދި އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި ކަލޭމެންގެ އަންހެންދަރިން ނުމަރައި ދޫކުރިއެވެ. (ޝައްކެތްވެސްނެތްގޮތުގައި) އެކަމުގައި ކަލޭމެނަށް ކަލޭމެންގެ ربّ ގެ حَضْرَةُ ން ބޮޑުވެގެންވާ إمتحان އެއްވެއެވެ.
14:7وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ ﴿7﴾وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ
Transliteration: Waith taaththana rabbukum lain shakartum laazeedannakum walain kafartum inna AAathabee lashadeedun
Translation: އަދި ކަލޭމެންގެ ربّ ކަލޭމެންނަށް އަންގަވާ إعلان ކުރެއްވިހިނދު ހަނދާންކުރާށެވެ! (އެކަލާނގެ އެންގެވިއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ نعمة އަށް شكر ކުރިއްޔާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް نعمة އިތުރުކޮށްދެއްވާހުށީމެވެ. (نعمة އަށް ޝުކުރު ކުރުމުގެ އެންމެމަތީ ކަމަކީ ކިޔަމަންތެރިވުމެވެ.) އަދި ކަލޭމެން ކާފަރުވެއްޖެއްޔާ (عذاب ދެއްވާހުށީމެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب ގަދަވެގެންވެއެވެ.
14:8وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ ﴿8﴾وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ
Transliteration: Waqala moosa in takfuroo antum waman fee alardi jameeAAan fainna Allaha laghaniyyun hameedun
Translation: އަދި موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންނާއި އަދި ބިންމަތީގައިވާ އެންމެން ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި (އެކަލާނގެ ހިންގަވާ ކަންތަކަށް) حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.
14:9أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ ﴿9﴾أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ
Transliteration: Alam yatikum nabao allatheena min qablikum qawmi noohin waAAadin wathamooda waallatheena min baAAdihim la yaAAlamuhum illa Allahu jaathum rusuluhum bialbayyinati faraddoo aydiyahum fee afwahihim waqaloo inna kafarna bima orsiltum bihi wainna lafee shakkin mimma tadAAoonana ilayhi mureebun
Translation: ކަލޭމެންގެ ކުރީގެ މީހުންގެ خبر ކަލޭމެނަކަށް ނުލިބޭހެއްޔެވެ؟ (އޭގެ މުރާދަކީ ލިބިފައިވާނެއެވެ.) އެއީ نوح عليه السّلام ގެ قوم އާއި عَاد ބާގައިގެމީހުންނާއި ثمود ބާގައިގެމީހުންނާއި އަދި އެމީސްމީހުންގެ ފަހުން ދެން އައި މީސްމީހުންނެވެ. އެމީހުންގެ عدد އާއި މިންވަރު ﷲ ނޫން ފަރާތަކަށް ނޭނގެއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رسول ން ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. (އަދި އެބޭބޭކަލުންގެ رسول ކަން އެ أمّة ތަކަށް އިއްވެވުމުން) އެ أمّة ތަކުގެ ކާފަރުންތައް ރުޅިއައިސްގެން އެމީހުންގެ އަނގަތަކުގައި އަތްތައްއެޅިއެވެ. (އިނގިލިތަކުގައި ދައިގަތެވެ.) އަދި އެމީހުން ބުންޏެވެ. ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު ތަކެއްޗަށް އަހުރެމެން މިވަނީ ކާފަރުވެގެންނެވެ. އަދި ތިޔަބޭކަލުން އެކަމެއްގެ ފަރާތަށް އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު ހަމަކަށަވަރުން އަހުރެމެން މިވަނީ ޝައްކެއްގައެވެ. އަހުރެމެންނަކީ އެކަމަށް ޝައްކުކުރާ ބަޔަކީމެވެ.
14:10قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ ﴿10﴾۞قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ
Transliteration: Qalat rusuluhum afee Allahi shakkun fatiri alssamawati waalardi yadAAookum liyaghfira lakum min thunoobikum wayuakhkhirakum ila ajalin musamman qaloo in antum illa basharun mithluna tureedoona an tasuddoona AAamma kana yaAAbudu abaona fatoona bisultanin mubeenin
Translation: އެމީހުންގެ رسول ން އެމީހުންނަށް ވިދާޅުވިއެވެ. ﷲ އާއިމެދު އެއްވެސް ޝައްކެއްވޭހެއްޔެވެ؟ (އެއީ حقّ إله ކަމާމެދު އޮޅުމެއްވޭހެއްޔެވެ؟) އެއީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ކަލޭމެންނަށް ގޮވާލައްވަނީއެވެ. (އެކަލާނގެ އެއްކައުވަންތަކަން قبول ކުރުމަށާއި އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ.) އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ފުއްސަވާނެތެވެ. އަދި ކަނޑައެޅި އެނގިގެންވާ ވަގުތަކަށް (އެބަހީ: قيامة ދުވަހަށް) އެކަލާނގެ ކަލޭމެން ފަސްކުރައްވާހުއްޓެވެ. އެމީހުން ދެންނެވިއެވެ. ތިޔަބޭކަލުންނަކީވެސް ހަމަ އަހުރެމެންފަދަ آدم ގެ ދަރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (ملائكة ބޭކަލުންނެއްނޫނެވެ.) ތިޔަބޭކަލުން ތިޔައެދިވަޑައިގަންނަވަނީ އަހުރެމެންގެ ކާބަފައިން އަޅުކަންކުރިތަކެތީން (ބުދުތަކުން) އަހުރެމެން ދުރުކޮށް އެކަން މަނާކުރައްވާށެވެ. ފަހެ (ތިޔަބޭކަލުން ތިޔަވިދާޅުވާ އެއްޗެއް ތެދުކަމުގެމައްޗަށް بيان ވެގެންވާ دليل އަހުރެމެންނަށް ނިކަން ގެނަސްދީބަލާށެވެ!)
14:11قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿11﴾قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
Transliteration: Qalat lahum rusuluhum in nahnu illa basharun mithlukum walakinna Allaha yamunnu AAala man yashao min AAibadihi wama kana lana an natiyakum bisultanin illa biithni Allahi waAAala Allahi falyatawakkali almuminoona
Translation: އެމީހުންގެ رسول ބޭކަލުން އެމީހުންނަށް ވިދާޅުވިއެވެ. (ކަލޭމެން ތިޔަބުނާގޮތަށް) ކަލޭމެންކަހަލަ آدم ގެދަރިން ކަމުގައިމެނުވީ އަހުރެމެން ނުވެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެކަލާނގެ އަޅުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެމައްޗަށް ދީލަތިވެވޮޑިގަންނަވައި حقّ މަގަށް توفيق ދެއްވައެވެ. އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ އެއްވެސް دليل އެއް حجّة އެއް އަދި معجزة އެއް ގެނަސްގަތުމަކީ އަހުރެމެންނަށް އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. ފަހެ مؤمن ން ހަމައެކަނި ﷲ އަށް އިތުބާރުކޮށް وكيل ކުރާހުށިކަމެވެ!
14:12وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ ﴿12﴾وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ
Transliteration: Wama lana alla natawakkala AAala Allahi waqad hadana subulana walanasbiranna AAala ma athaytumoona waAAala Allahi falyatawakkali almutawakkiloona
Translation: އަދި އަހުރެމެން ﷲ އަށް وكيل ކޮށް އިތުބާރު ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެހެނީ ހަމަކަށަވަރުން އަހުރެމެންނަށް އަހުރެމެން ސަލާމަތްވާނޭ މަގުދެއްކެވީ އެކަލާނގެއެވެ. އަދި ހަމަކަށަވަރުން ކަލޭމެން (ކާފަރުންނާއި مشرك ންގެފަރާތުން) އަހުރެމެންނަށް ކުރާ އުނދަގޫތަކަށް ހަމަކަށަވަރުން އަހުރެމެން ކެތްކުރާހުށީމެވެ. އަދި وكيل ކޮށް އިތުބާރުކުރާމީހުން ހަމައެކަނި ﷲ އަށް وكيل ކޮށް ބަރޯސާކުރާހުށިކަމެވެ!
14:13وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِينَ ﴿13﴾وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِينَ
Transliteration: Waqala allatheena kafaroo lirusulihim lanukhrijannakum min ardina aw lataAAoodunna fee millatina faawha ilayhim rabbuhum lanuhlikanna alththalimeena
Translation: އަދި ކާފަރުންގެ މީހުން އެމީހުންގެ رسول ންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމެވެ. ނޫނީވިއްޔާ އަހުރެމެންގެ ދީނަށް ތިޔަބޭކަލުން ވައްދާހުށީމެވެ. ދެންފަހެ އެބޭކަލުންގެ ربّ އެބޭކަލުންނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަނިޔާވެރިން - مشرك ން - ހަލާކުކުރައްވާހުށީމެވެ.
14:14وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ ﴿14﴾وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ
Transliteration: Walanuskinannakumu alarda min baAAdihim thalika liman khafa maqamee wakhafa waAAeedi
Translation: އަދި ހަމަކަށަވަރުން އެމީހުން ހަލާކުކުރެއްވުމަށްފަހު ބިމުގައި ތިމަންރަސްކަލާނގެ ތިޔަބޭކަލުން ހަމަޖައްސަވައިދެއްވާ ވަޒަންވެރިކޮށްދެއްވާ ހުރީމެވެ. އެގޮތަށް އެކަންކަން ތިމަންރަސްކަލާނގެ ހަމަޖައްސަވައިދެއްވަނީ ތިމަންރަސްކަލާނގެ حضرة ގައި ހުއްޓިހުންނަންޖެހޭ مقام އަށް ބިރުވެތިވާ މީހުންނަށެވެ. އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާގެ ބަސްފުޅުތަކަށް ބިރުވެތިވާ އަޅުންނަށެވެ.
14:15وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ ﴿15﴾وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ
Transliteration: Waistaftahoo wakhaba kullu jabbarin AAaneedin
Translation: އަދި އެ رسولُ ބޭކަލުން ﷲ تعالى ގެ حضرة ން އެކާފަރުންގެމައްޗަށް نصر އަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ބޮޑާ ނުކިޔަމަންތެރި ދެކޮޅުވެރިއަކު ގެއްލި ހަލާކުވިއެވެ.
14:16مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ ﴿16﴾مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ
Transliteration: Min waraihi jahannamu wayusqa min main sadeedin
Translation: އަދި އެއިން ކޮންމެ جبّار ނުބައިމީހެއްގެ ކުރިމަތީގައިވަނީ ނަރަކައެވެ. އެތާނގެ ގަދަ عذاب އެވެ. އަދި އޭނާއަށް صديد ބޯންދެވޭނެއެވެ. (އެއީ ކާފަރުން އެތެރެހަށިން ނުކުންނަ ދިޔަވަރަކާއި އެކުވެފައިވާ ދޮހާއި ލެއެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم (ﷲم أجرنا من ذالك)
14:17يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ ﴿17﴾يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ
Transliteration: YatajarraAAuhu wala yakadu yuseeghuhu wayateehi almawtu min kulli makanin wama huwa bimayyitin wamin waraihi AAathabun ghaleethun
Translation: އޭނާ އޭތި ބޯން އަނގައަށް އަޅާނެއެވެ. (އޭގެ ނުބައިކަމާއި ހިތިކަމުން) ދިރުވައިލުން ގާތްވެގެން ނުވާނެއެވެ. އެކަމަކު ބޯނެއެވެ. އަދި ހުރިހާ ދިމާއަކުން އޭނާއަށް މަރުއަންނާނެއެވެ. އެބަހީ: މަރުވާހާ އުދަނގޫތައް ވާނެއެވެ. އެކަމަކު އޭނާ މަރުނުވާނެއެވެ. އަދި އެ عذاب ގެ ފަހުގައި ދެންއޮތީ އަދި ގަދަވެގެންވާ عذاب އެވެ. نعوذ با للّه.
14:18مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ ﴿18﴾مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
Transliteration: Mathalu allatheena kafaroo birabbihim aAAmaluhum karamadin ishtaddat bihi alrreehu fee yawmin AAasifin la yaqdiroona mimma kasaboo AAala shayin thalika huwa alddalalu albaAAeedu
Translation: އެބައިމީހުން އެބައިމީހުންގެ ربّ އަށް ކާފަރުވީމީހުން ކުރި عمل ގެ މިސާލަކީ އަޅީގެ މިސާލެވެ. ވައިބާރު ދުވަހެއްގައި ވައި އައިސް އެއަޅިތައް ބުރުއްސައިލާ އަދި އެތާ އެކައްޗެއްވެސް ނެތި ސާފުވެގެންދިޔަ އަޅީގެ މިސާލެވެ. އެމީހުން ދުނިޔޭގައި ކުރި عمل ން އެމީހުންނަށް އެއްވެސްކަމެއް ކުޅަދާނަ ނުވާނެއެވެ. (އޭގައި އެއްވެސް ثواب އެއް ދަރުމައެއް آخرة ދުވަހުން ނުވާނެއެވެ.) ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ. އެއަޅިކޮޅުގެ މިސާލެވެ.
14:19أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ﴿19﴾أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ
Transliteration: Alam tara anna Allaha khalaqa alssamawati waalarda bialhaqqi in yasha yuthhibkum wayati bikhalqin jadeedin
Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން حقّ ގޮތުގައި ﷲ تعالى އުޑުތަކާއި ބިންހައްދަވާފައިވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން ރަނގަޅަށް ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ.) އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަލާނގެ ކަލޭމެން މިތަނުން ގެންދަވައި އަދި އެހެން އައު خلق ތަކެއް މިތަނަށް ގެންނަވައިފާނެއެވެ.
14:20وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ ﴿20﴾وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ
Transliteration: Wama thalika AAala Allahi biAAazeezin
Translation: އަދި އެކަމަކީ އެއީ ﷲ تعالى އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. އެކަން މަނާކުރާނެ އެކަކުވެސް ނުވެސް ހުންނާނެއެވެ.
14:21وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ ﴿21﴾وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ
Transliteration: Wabarazoo lillahi jameeAAan faqala aldduAAafao lillatheena istakbaroo inna kunna lakum tabaAAan fahal antum mughnoona AAanna min AAathabi Allahi min shayin qaloo law hadana Allahu lahadaynakum sawaon AAalayna ajaziAAna am sabarna ma lana min maheesin
Translation: އަދި އެ އެންމެން އެކީ ކައްވަޅުތަކުން ނުކުމެގެން ﷲ تعالى ގެ حضرة އަށް ފާޅުވާނެއެވެ. محشر ގެ ميدان އަށް ހުސްބިމަށް ޖަމާވާނެއެވެ. ދެންފަހެ ދުނިޔޭގައި އުޅުނުއިރު ބޮޑާވެ ކިބުރުވެރިވީ މަތީމީހުންނާ تبع ވެގެންއުޅުނު ދެރަނިކަމެތިން އެމީހުންނަށް ބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެންވީ ކަލޭމެނާ تبع ވެގެންވާ ބަޔަކުކަމުގައެވެ. (ކަލޭމެން ބުނިހާކަމެއް އަހުރެމެން ކުރީމެވެ.) ފަހެ ﷲ ގެ عذاب ގެތެރެއިން އެއްވެސް މިންވަރެއް އަހުރެމެންގެ ކިބައިން ކަލޭމެން دفاع ކޮށްދޭނޫހެއްޔެވެ؟ ދުރުކޮށްދޭށެވެ. އެމީހުން يعني: ބޮޑެތިމީހުން ބުނާނެއެވެ. ﷲ تعالى އަހުރެމެންނަށް ތެދުމަގުދެއްކެވިނަމަ އަހުރެމެންވެސް ކަލޭމެންނަށް ތެދުމަގުދެއްކީމުހެވެ. (މިހާރުދެން) އަހުރެމެން ކެތްތެރިކަމެއްނެތި ހަޅޭލައި ތެޅިފޮޅުނަސް އަދި ނުވަތަ ކެތްތެރިވިޔަސް ހަމަހަމައެވެ. އަހުރެމެންނަށް ސަލާމަތްވާން ދާނެ ތަނެއް ނެތެވެ.
14:22وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ﴿22﴾وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ
Transliteration: Waqala alshshaytanu lamma qudiya alamru inna Allaha waAAadakum waAAda alhaqqi wawaAAadtukum faakhlaftukum wama kana liya AAalaykum min sultanin illa an daAAawtukum faistajabtum lee fala taloomoonee waloomoo anfusakum ma ana bimusrikhikum wama antum bimusrikhiyya innee kafartu bima ashraktumooni min qablu inna alththalimeena lahum AAathabun aleemun
Translation: ކަންތައްތައްވެ ނިމުމުން ޝައިތާނު ބުނާނެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިން ސުވަރުގޭގައި ހަމަޖެހި ނަރަކަވަންތަވެރިން ނަރަކައިގައި ހަމަޖެހި ނިމުމުން ޝައިތާނު ބުނާނެއެވެ. އެއީ އެސޮރު ނަރަކައިގައި ހުރެ ނަރަކަވަންތަވެރިންނާ مخاطب ކޮށް ބުނާބުނުމެކެވެ.) ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ހަމަ حقّ وعد ކުރެއްވިއެވެ. އަދި އަހުރެންވެސް ކަލޭމެނަށް وعد ކުރީއެވެ. އަދި އަހުރެން ކަލޭމެންނާކުރި وعد އާއި އަހުރެން خلاف ވީއެވެ. އަދި އަހުރެން وعد ކުރިއިރު އެބަސް ثابت ކަމުގެމައްޗަށް دليل ކުރާނޭ އެއްވެސް دليل އެއް حجّة އެއް އަހުރެންނަކަށް ނުވެއެވެ. ހަމައެކަނި ކަލޭމެންނަށް އަހުރެން ބުނާގޮތަށް އުޅުމަށް ގޮވިކަން ނޫން އެހެން އެއްވެސް ހެއްކެއްނެތެވެ. ދެން ކަލޭމެން (ﷲ ފިޔަވައި) އަހުރެންނަށް އިޖާބަދިނީއެވެ. ﷲ ގެ حقّ وعد އަށް އިޖާބަ ނުދިނީއެވެ. އެހެންވީއިރު ދެން މިހާރު ކަލޭމެން އަހުރެންނަށް މަލާމާތް ނުކުރާށެވެ! އަދި ކިއެއްހެއްޔެވެ! ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކަށް މަލާމާތް ކުރާށެވެ! ކަލޭމެން ސަލާމަތްކުރާނޭ މީހަކުކަމުގައި އަހުރެން ނުވެއެވެ. އަދި އަހުރެން ސަލާމަތްކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ. ހަމަކަށަވަރުން މީގެކުރީ ދުނިޔޭގައި އުޅުނުއިރު ކަލޭމެން ﷲ އަށް ކުރި އަޅުކަމުގައި އަހުރެން ބައިވެރިކުރުމާމެދު އަހުރެން ދެކޮޅުހެދީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް - يعني: مشرك ންނަށް - ހުރީ (قيامة ދުވަހުން) ހަމަ ވޭންދެނިވި عذاب އެވެ.
14:23وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ ﴿23﴾وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ
Transliteration: Waodkhila allatheena amanoo waAAamiloo alssalihati jannatin tajree min tahtiha alanharu khalideena feeha biithni rabbihim tahiyyatuhum feeha salamun
Translation: އަދި إيمان ވެގެން صالح عمل ކުރި މީސްތަކުން އެތަންތާނގެ ދަށުން އާރުތައް ދެމިދެމިހުންނަ ބަގީޗާތަކަކަށް ސުވަރުގެތަކަށް (قيامة ދުވަހުން) ވެއްދެވޭނެއެވެ. އަދި އެބައިމީހުންގެ ربّ ގެ إذن ފުޅަށް އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި އެސުވަރުގޭގައި ملائكة ބޭކަލުން އެ ސުވަރުގެވަންތަވެރިންނާއި ކުރާ ސަލާމަކީ ހަމަ سلام މި ކަލިމައެވެ.
14:24أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ ﴿24﴾أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ
Transliteration: Alam tara kayfa daraba Allahu mathalan kalimatan tayyibatan kashajaratin tayyibatin asluha thabitun wafarAAuha fee alssamai
Translation: (އޭ رسول ﷲ އެވެ!) ﷲ تعالى ރަނގަޅު ކަލިމައެއްގެ މިސާލުޖައްސަވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެމިސާލު ޖައްސަވަނީ) ރަނގަޅު ގަހެއްފަދައިންނެވެ. އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ.
14:25تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ ﴿25﴾تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ
Transliteration: Tutee okulaha kulla heenin biithni rabbiha wayadribu Allahu alamthala lilnnasi laAAallahum yatathakkaroona
Translation: އެގަހުގެ މޭވާ އެގަހުގެ ވެރި ربّ ގެ إذن ފުޅަށް ކޮންމެހިނދެއްގައިވެސް ލިބެއެވެ. އަދި މީސްތަކުންނަށް ﷲ تعالى މިސާލުތައް ޖައްސަވަނީ އެމީހުން نصيحة އާއި وعظ ލިބިގަނެ عبرة حاصل ކުރުމަށްޓަކައެވެ. • ދަންނައެވެ! މިދެއާޔަތުން މިސިފަކުރައްވާ ރަނގަޅު كلمة އަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ شَهَادَة أَن لاَ إله إلاّ ﷲ މި كلمة ކަމަށެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވާކަމަށް ހެކިވުންކަމަށެވެ.) އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ مؤمن އަޅާގެ إيمان އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހަމަ ސީދާ مؤمن އަޅާކަމަށެވެ. އަދި ރަނގަޅު ގަހަކީ އެއީ ކަދުރު ރުއްކަމުގައި ވިދާޅުވާ مفسّر ން ގިނައެވެ. ކޮންމެއަކަސް مؤمن އަޅާ ބިމުގައި ގަސްފަދައިން ރަނގަޅަށް ސާބިތުވެހުރެ އޭނާ ﷲ އަށް ذِكر ކޮށް ހެޔޮކަންތައްތައް ކުރުމުން އެކަންތައްތައް ވަގުތުން އުޑަށް އުފުލެއެވެ. އެއީ ގަހުގެ ގޮފިތައް މައްޗަށްގޮސް އުޑާއި ހަމައަށް ދާ މިސާލެވެ. ކޮންމެހިނދެއްގައިވެސް އޭނާ ذكر ކޮށް އަޅުކަން ކުރުމުން އޭގެ ދަރުމަޔާ ސަވާބު އޭނާއަށް ލިބެއެވެ. އެއީ ގަހުގެ މޭވާ އަބަދު ލިބެވޭ މިސާލެވެ. ކަދުރު ރުކަކީވެސް އޭގެ މޭވާޔާ ފައިދާ އަބަދުވެސް ލިބެވޭ އެއްޗެކެވެ. والله أعلم.
14:26وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ ﴿26﴾وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ
Transliteration: Wamathalu kalimatin khabeethatin kashajaratin khabeethatin ijtuththat min fawqi alardi ma laha min qararin
Translation: އަދި ނުބައި كلمة އެއްގެ މިސާލަކީ ނުބައި ގަހެއްގެ މިސާލެވެ. އެގަސް ބިމުން ލުހި ވަކިވެފައިވެއެވެ. އެގަހަށް އެއްވެސް ހަރުދަނާކަމެއް ثابت ކަމެއް ނުވެއެވެ. • ދަންނައެވެ! ނުބައި كلمة އަކީ كافر ކަލޭގެ ބުނާ ކާފަރު ބަހެވެ. شركގެ ބަހެވެ. އަދި އޭގެ މިސާލެއްކަމުގައި އެވަނީ ނުބައިގަހެއްގެ މިސާލެވެ. އެގަހަކީ އޭގެ މޭވާކަމުގައިވާ حَنْظَلَةُ އެވެ ކިޔާ ހިތި ނުބައި މޭވާއެއް ނުކުންނަ ގަހެކެވެ. ކާފަރުންގެ عمل އަކީވެސް އެފަދަ އެއްޗެކެވެ. އޭނާގެ عمل އަކީ ބިމުގައި ސާބިތު އެއްޗެއް ނޫނެވެ. އަދި އެ عمل އުޑަށް ނާރާނެއެވެ. އެއަކަށް ثواب އެއް ނެތެވެ. އޭނާ عمل އޮންނާނީ އޭނާގެ ބުރަކަށިމަތީގައެވެ. قيامة އަށް ދާންދެންނެވެ. والله أعلم.
14:27يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ ﴿27﴾يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ
Transliteration: Yuthabbitu Allahu allatheena amanoo bialqawli alththabiti fee alhayati alddunya wafee alakhirati wayudillu Allahu alththalimeena wayafAAalu Allahu ma yashao
Translation: إيمان ވީ މީސްތަކުން ސާބިތު ތެދުބަސް މަތީ ﷲ تعالى ދުނިޔޭގެ حياة ގައިވެސް ސާބިތުކުރައްވައެވެ. އެއީ لاَ إله إلاّ ﷲ محمّد رسول ﷲ އެވެ. އަދި آخرة ގައިވެސް އެބައިމީހުން އެބަސްމަތީ ސާބިތުކުރައްވައެވެ. އަދި އަނިޔާވެރިން - مشرك ން ﷲ تعالى އެމީހުން މަގުފުރައްދަވައެވެ. އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާހާ ކަމެއްކުރައްވައެވެ. • ދަންނައެވެ! إيمان ވީ މީސްތަކުން ﷲ تعالى ثابت ކުރައްވާ ވާހަކައިގެތެރޭގައި އެމީހުންނާއި ކައްވަޅުގައި ސުވާލު ވެވެމުންދާއިރު ﷲ تعالى އެމީހުން ރަނގަޅު جواب ގައި ސާބިތުކުރައްވާ ކަމުގައި ގިނަ ރިވާޔަތުން އައިސްފައިވެއެވެ. والله أعلم.
14:28أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ ﴿28﴾۞أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ
Transliteration: Alam tara ila allatheena baddaloo niAAmata Allahi kufran waahalloo qawmahum dara albawari
Translation: ،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
14:29جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ ﴿29﴾جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ
Transliteration: Jahannama yaslawnaha wabisa alqararu
Translation: ،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
14:30وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ ﴿30﴾وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ
Transliteration: WajaAAaloo lillahi andadan liyudilloo AAan sabeelihi qul tamattaAAoo fainna maseerakum ila alnnari
Translation: އަދި އެމީހުން ﷲ އަށް شريك ންތަކެއް ލައި އެކަލާނގެއާއި ބައިވެރިކުރީއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން ފުރައްދާ ދުރުކުރުމަށެވެ. ނުވަތަ އެމީހުން މަގުފުރެދުމަށްޓަކައެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ދުނިޔޭގައި مدّة އަކު އަރާމުކުރާށެވެ! ހަމަކަށަވަރުން ކަލޭމެން އެނބުރިދިއުންވަނީ ނަރަކައަށެވެ. ނުވަތަ އެނބުރިދާތަން އޮތީ ނަރަކައިގައެވެ.
14:31قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ ﴿31﴾قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ
Transliteration: Qul liAAibadiya allatheena amanoo yuqeemoo alssalata wayunfiqoo mimma razaqnahum sirran waAAalaniyatan min qabli an yatiya yawmun la bayAAun feehi wala khilalun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށާއި ތިމަންރަސްކަލާނގެއަށް إيمان ވެގެންތިބި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ނަމާދު قائم ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތީން ސިއްރާއި ފައުޅުގައި ހޭދަކުރާށެވެ! (ﷲ ގެ މަގުގައި ޒަކާތްދީ صدقاة ދީ ހަދާށެވެ!) އެއީ އެދުވަހުން އެއްވެސް ގަނެވިއްކުމެއް ނެތް އަދި فدية އެއް قبول ވުމެއްނެތް އަދި رحمة ތެރިކަމުގެ އެއްވެސް ކަމަކުންފައިދާއެއް ނުކުރާނެ (قيامة ދުވަސް) އައުމުގެ ކުރީންނެވެ.
14:32ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ ﴿32﴾ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ
Transliteration: Allahu allathee khalaqa alssamawati waalarda waanzala mina alssamai maan faakhraja bihi mina alththamarati rizqan lakum wasakhkhara lakumu alfulka litajriya fee albahri biamrihi wasakhkhara lakumu alanhara
Translation: އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވީ ހަމަ ﷲ އެވެ. އަދި އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން އެފެނުގެ ބާރުގައި އެފެނުގެ ސަބަބުން ގަސްގަހުގެ މަތިވަރުތައް އެކަލާނގެ ކަލޭމެންނަށް ނެރެދެއްވިއެވެ. އެއީ ކަލޭމެންނަށްވާ ރިޒުގެއްގެގޮތުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކަނޑުގައި ދުވާ ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދުތައް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ކަލޭމެންނަށްޓަކައި ކޯރުތައްވެސް އެކަލާނގެ ކިޔަމަންކޮށްދެއްވިއެވެ.
14:33وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ ﴿33﴾وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ
Transliteration: Wasakhkhara lakumu alshshamsa waalqamara daibayni wasakhkhara lakumu allayla waalnnahara
Translation: އަދި ދާއިމީގޮތެއްގައި އަރާއޮއްސޭގޮތަށް އިރާއި ހަނދު އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ރޭގަނޑާއި ދުވާލުވެސް (قواعد ން ތަރުތީބުވެ ހިނގާގޮތަށް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ.
14:34وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ ﴿34﴾وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ
Transliteration: Waatakum min kulli ma saaltumoohu wain taAAuddoo niAAmata Allahi la tuhsooha inna alinsana lathaloomun kaffarun
Translation: އަދި އެއެއްޗަކަށް ކަލޭމެން އެދި އެކަލާނގެއާއި ސުވާލުކޮށް ދެންނެވި ކޮންމެއެއްޗަކުންވެސް އެކަލާނގެ އެއިން ބައެއްދެއްވިއެވެ. އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރިޔަސް އެ نعمة ތައް ކަލޭމެންނަށް عدد ކޮށް ހިމަނައި ނުގަނެވޭނެއެވެ. އެހާގިނަވާނެއެވެ. ހަމަކަށަވަރުން އިންސާނާވީ (އެ نعمة ތަކުގެ شكر އެކަލާނގެ ނޫންފަރާތަކަށް އަނބުރައިލާ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ نفس އަށް އަނިޔާވެރިއަކުކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފަރުވާމީހަކުކަމުގައެވެ.
14:35وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ ﴿35﴾وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ
Transliteration: Waith qala ibraheemu rabbi ijAAal hatha albalada aminan waojnubnee wabaniyya an naAAbuda alasnama
Translation: (އޭ رسول ﷲ އެވެ!) إبراهيم (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިރަށް (مكّة) އަމާން ރަށެއްކަމުގައި ލައްވާންދޭވެ! އަދި މިއަޅާޔާ މިއަޅާގެ ދަރިން ބުދަށް އަޅުކަންކުރުމާ ދުރުކުރައްވާންދޭވެ!
14:36رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ ﴿36﴾رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ
Transliteration: Rabbi innahunna adlalna katheeran mina alnnasi faman tabiAAanee fainnahu minnee waman AAasanee fainnaka ghafoorun raheemun
Translation: އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އެތަކެތި يعني: އެބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މިއަޅާއާއި تبع ވެއްޖެމީހަކީ (މިއަޅާގެ މަގާއި تبع ވެއްޖެމީހަކީ) ހަމަކަށަވަރުން މިއަޅާގެ މީހެކެވެ. މިއަޅާގެ މަގުގައި އަދި މިއަޅާގެ سنّة ގައިވާ މީހެކެވެ. އަދި މިއަޅާއަށް އުރެދިއްޖެމީހަކީ މިއަޅާގެ މަގުގައިވާ މީހެއް ނޫނެވެ. އަދި ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
14:37رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ ﴿37﴾رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ
Transliteration: Rabbana innee askantu min thurriyyatee biwadin ghayri thee zarAAin AAinda baytika almuharrami rabbana liyuqeemoo alssalata faijAAal afidatan mina alnnasi tahwee ilayhim waorzuqhum mina alththamarati laAAallahum yashkuroona
Translation: އޭ އަޅަމެންގެ ربّ އެވެ! އެއްވެސް ދަނޑުބިމެއް ގަހެއްނެތް ހުސްވާދީއެއްގައި މިއަޅާގެ ދަރިފަސްކޮޅުން ބަޔަކު މިއަޅާ ވަޒަންވެރިކުރުވައިފީމެވެ. އެއީ އިބަރަސްކަލާނގެ حرمة ތެރިކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅުކައިރީގައެވެ. މިއަޅާ އެގޮތަށް މިހެދީ އެމީހުން ނަމާދު قائم ކުރުމަށްޓަކައެވެ. (އިބަރަސްކަލާނގެ ގެފުޅު ކައިރީގައި އެމީހުން އަޅުކަންކުރުމަށްޓަކައެވެ.)\nފަހެ މީސްތަކުންކުރެ ބަޔަކުމީހުންގެ ހިތްތައް (ﷲ އަށްޓަކައި ލޯބިވެތިކަމާއި އޯގާވެރިކަމާއިއެކު) އެމީހުންނާއި ދިމާއަށް ލެނބޭނެގޮތް އިބަރަސްކަލާނގެ ލައްވާނދޭވެ! (މިބަސްފުޅުން މުރާދުކުރެވެނީ މީސްތަކުން އެތަނަށް حجّ އަށް އައުމަށް އެދިވަޑައިގެންނެވުން ކަމުގައި ބައެއް مفسّر ން ލިއުއްވައެވެ.) އަދި މޭވާގެ ބާވަތްތަކާއި ގަސްގަހުގެ އެހެނިހެން نتيجة ތަކުން އެމީހުންނަށް ރިޒުގު ދެއްވާނދޭވެ! އެއީ އެމީހުންނީ އިބަރަސްކަލާނގެއަށް شكر ކުރާބަޔަކުކަމުގައި ވުމުގެ أمّيد ގައެވެ. ނޯޓް: ކޮންމެޔަކަސް އެކަލޭގެފާނުންގެ މި دعاء ފުޅުގެ بركاة އާއި އޭގެ އަސަރު މިހާރު އެތަނަށް ދެވުނުބަޔަކަށް ފެންނާނެއެވެ. މޭވަޔާ ތަރުކާރީއާއި އެހެނިހެން ބާވަތުގެ މުދާ مكّة އާއި ގެފުޅުގެ ވަށަވަށައިގެންވާ ހިސާބަށްވުރެ ވަކިގިނަވާނެ އެހެންތަނެއް ނެތޭވެސް ބުނާހާވަރުވެއެވެ.
14:38رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ ﴿38﴾رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ
Transliteration: Rabbana innaka taAAlamu ma nukhfee wama nuAAlinu wama yakhfa AAala Allahi min shayin fee alardi wala fee alssamai
Translation: އޭ އަޅަމެންގެ ربّ އެވެ! އަޅަމެން ވަންހަނާކުރާ ތަކެއްޗާއި އަދި އަޅަމެން ފައުޅުކުރާ ތަކެތިވެސް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައި ހަމައެއްވެސްކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވެއެވެ.
14:39ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ ﴿39﴾ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ
Transliteration: Alhamdu lillahi allathee wahaba lee AAala alkibari ismaAAeela waishaqa inna rabbee lasameeAAu aldduAAai
Translation: އެންމެހައި حمد އާއި تعريف އާއި ثناء އެއްހުރީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާގެ عمر ން ދުވަސްވުމާއެކުވެސް މިއަޅާއަށް إسماعيل އާއި إسحاق (عليه السّلام) މިދެދަރިން ދެއްވި ކަލާނގެއެވެ. ހަމަކަށަވަރުން މިއަޅާގެ ربّ އެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެކަން يقين އެވެ.
14:40رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ ﴿40﴾رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ
Transliteration: Rabbi ijAAalnee muqeema alssalati wamin thurriyyatee rabbana wtaqabbal duAAai
Translation: އޭ އަޅުގެ ربّ އެވެ! މިއަޅާ ނަމާދު قائم ކުރާމީހުންގެތެރެއިން ލައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅުންވެސް އެފަދަމީހުން ލައްވާނދޭވެ! (އެބަހީ: ނަމާދު قائم ކޮށް ﷲ ގެ أمر ތަކަށް ކިޔަމަންވާ އަދި ނަހީތަކުން ދުރުވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އޭ އަޅަމެންގެ ربّ އެވެ! އަދި މިއަޅާގެ دعاء قبول ކުރައްވާނދޭވެ!
14:41رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ ﴿41﴾رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ
Transliteration: Rabbana ighfir lee waliwalidayya walilmumineena yawma yaqoomu alhisabu
Translation: އޭ އަޅު ގެ ربّ އެވެ! މިއަޅާއަށް ފުއްސަވާނދޭވެ! އަދި މިއަޅާގެ މައިންބަފައިންނަށާއި އަދި\nمؤمن ންނަށްވެސް މީސްތަކުންގެ ހިސާބު ބެއްލެވުމަށް ﷲ ގެ حضرة ގައި ކޮޅަށް ތިބޭދުވަހު ފާފަފުއްސަވާނދޭވެ!
14:42وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ ﴿42﴾وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ
Transliteration: Wala tahsabanna Allaha ghafilan AAamma yaAAmalu alththalimoona innama yuakhkhiruhum liyawmin tashkhasu feehi alabsaru
Translation: (އޭ رسول ﷲ އެވެ!) އަދި މިއަނިޔާވެރިން - مشرك ން - ކުރާކަންތައްތަކާއިމެދު ﷲ غافل ވެވޮޑިގެންވާކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އެމީހުން އެވަނީ އެދުވަހެއްގައި ލޯތައް މައްޗަށް ހުޅުވި ނުލެއްޕި ހުންނަ ދުވަހަކަށްޓަކައި ލަސްކުރެވިފައެވެ.
14:43مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ ﴿43﴾مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ
Transliteration: MuhtiAAeena muqniAAee ruoosihim la yartaddu ilayhim tarfuhum waafidatuhum hawaon
Translation: އެމީހުންގެ ބޯތައް އުފުލި (ބިރުވެރިކަން ބޮޑުކަމުންގޮސް) ލޯތައް ހުޅުވި ލޮލުގެ ކަޅިތައްބޮޑުވެ އަވަސްއަވަހަށް ބެލުމަށް ލޯތައް ދަމައިގެންވާނެއެވެ. އަދި އެމީހުންގެ ހިތްތައް މުޅިން ހެޔޮކަމުން ހުސްވެ، އެއްޗެއް ނުވިސްނި حيران ކަމެއްގައިވާނެތެވެ. (އެއްވެސް އެއްޗެއް ހިތުގައި ނުވާނެއެވެ. އެއީ ހަމަ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.)
14:44وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ ﴿44﴾وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ
Transliteration: Waanthiri alnnasa yawma yateehimu alAAathabu fayaqoolu allatheena thalamoo rabbana akhkhirna ila ajalin qareebin nujib daAAwataka wanattabiAAi alrrusula awalam takoonoo aqsamtum min qablu ma lakum min zawalin
Translation: އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެބައެއްގެ ގާތަށް رسول ކަމާއިގެން ފޮނުވުނު މީސްތަކުންނަށް ކަލޭގެފާނު إنذار ކުރައްވާށެވެ! އެއީ އެމީހުންނަށް عذاب އަންނާނެ قيامة ދުވަހުގެ ވާހަކައިންނެވެ. އެދުވަހުން އަނިޔާވެރިން يعني: مشرك ން - ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! ކުޑަ مدّة އަކަށް ގާތް مدّة އަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އަޅަމެންގެ ކިބައިން عذاب ދުރުކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ دعوة އަޅަމެން قبول ކޮށް އެއަށް އިޖާބަދޭހުށީމެވެ. އަދި رسول ބޭކަލުންނާ އަޅަމެން تبع ވާހުށީމެވެ. (އޭގެ ޖަވާބުގައި ﷲ އެމީހުންނަށް އަންގަވައެވެ.) މީގެކުރިން ކަލޭމެން ދުނިޔޭގައި ތިބިއިރު ކަލޭމެން آخرة އަށް ނާންނާނެކަމުގައި - قيامة ނުވާނެކަމުގައި ހުވައިކޮށްފާ ބުނާކަމުގައި ކަލޭމެން ނުވަމުހެއްޔެވެ؟ (އެބަހީ: قيامة ނުވާނެކަމަށް ކަލޭމެން ހުވައިކޮށްފާ ބުންޏެވެ.)
14:45وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ ﴿45﴾وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ
Transliteration: Wasakantum fee masakini allatheena thalamoo anfusahum watabayyana lakum kayfa faAAalna bihim wadarabna lakumu alamthala
Translation: އަދި ކަލޭމެން ވަޒަންވެރިވެގެން ތިޔައުޅެނީ އެމީހުން ކާފަރުވުމުގެ ސަބަބުން އަމިއްލަ نفس އަށް އަނިޔާވެރިވީ މީސްތަކުންގެ ޖާގަތަކުގައެވެ. އެމީހުން އުޅުނު ތަންތާނގައެވެ. އަދި އެމީހުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭމެނަށް ރަނގަޅަށް ބަޔާންވެ އެނގޭނެއެވެ. (އެމީހުން ތިމަންރަސްކަލާނގެއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތްހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަލޭމެންގެ حال ވެސް އެހެން ވެދާނެއެވެ.) އަދި ކަލޭމެންގެ شرك ކަންތައްތަކުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ޖައްސަވައިދެއްވައިފީމެވެ. ދެން މިހާރު ކަލޭމެންނަށް ތިޔަޖެހިފައިވާ عذاب ލުއިކުރުމަށް ކަލޭމެންނަށް عذاب ލަސްކުރުމަށް ތިޔައެދެނީއެވެ.
14:46وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ ﴿46﴾وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ
Transliteration: Waqad makaroo makrahum waAAinda Allahi makruhum wain kana makruhum litazoola minhu aljibalu
Translation: އަދި އެމީހުން އެހެދި މަކަރުތައް އެމީހުން ހެދިއެވެ. ރޭވުންތައް ރޭވިއެވެ. އަދި އެމީހުންގެ މަކަރުތައް އަދި ރޭވުންތައް ﷲ ގެ حضرة ގައިވެއެވެ. އެބަހީ: އެމީހުންގެ ރޭވުމުގެ ނުބައިކަމާއި شرك، ﷲ ދެނެވޮޑިގެންވެއެވެ. އެމީހުންގެ މަކަރާއި ރޭވުން ފަރުބަދަތައް ބުރައިގެންގޮސް ފިލައިގެން ދިއުން ގާތްވެގެންވެއެވެ. އެހާވެސް ބޮޑެވެ.
14:47فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ ﴿47﴾فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ
Transliteration: Fala tahsabanna Allaha mukhlifa waAAdihi rusulahu inna Allaha AAazeezun thoo intiqamin
Translation: (އޭ رسول ﷲ އެވެ!) ފަހެ ﷲ އީ އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد ފުޅާއި خلاف ވެވޮޑިގަންނަވާނެ ކަލަކުކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! (އެ وعد ފުޅަކީ އެބޭކަލުންނަށާއި އެބޭކަލުންނަށް تبع ވީ ބަޔަކަށް نصر އާއި كامياب ދެއްވުމެވެ. އެބޭކަލުންނާއި އިދިކޮޅު ހެދިބަޔަކަށް ގެއްލުމާއި ހަލާކު ހުރިކަމުގެ وعد ފުޅެވެ.) ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އެބަހީ: ގަދަފަދަވަންތަ އަދި ބަދަލު ހިއްޕެވުމުގެ ވެރިކަލާނގެއެވެ.
14:48يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ ﴿48﴾يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ
Transliteration: Yawma tubaddalu alardu ghayra alardi waalssamawatu wabarazoo lillahi alwahidi alqahhari
Translation: އެއީ މިހާރު މިވާ ބިން އެހެން ބިމަކަށް ބަދަލުވާ ދުވަހެވެ. (މިބިން ބަދަލުވެ ހުދު ރިހިގަނޑެއްފަދައިން ލައްވާނެކަމުގައި ބުނެވެއެވެ.) އަދި މިއުޑުތައްވެސް އެހެން އުޑުތަކަކަށް ބަދަލުވެގެން ދާނޭ ދުވަހުންނެވެ. އަދި އެންމެހައި މީސްތަކުން ކަށްވަޅުތަކުން ނުކުމެގެން އެއްކައުވަންތަ ކުޅަދުންވަންތަ ކަލާނގެއަށް ފައުޅުވެގަންނާނެއެވެ.
14:49وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ ﴿49﴾وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ
Transliteration: Watara almujrimeena yawmaithin muqarraneena fee alasfadi
Translation: (އޭ رسول ﷲ އެވެ!) އަދި އެދުވަހުން- އެބަހީ: قيامة ދުވަހުން ކަލޭގެފާނަށް ކުށްވެރިން يعني:مجرم ން ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތްތަކާއި ފައިތައް އެމީހުންގެ ކަނދުރާތަކާއިއެކު ކަސްތަޅު އެޅެވިގެންވާތީއެވެ.
14:50سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ ﴿50﴾سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ
Transliteration: Sarabeeluhum min qatranin wataghsha wujoohahumu alnnaru
Translation: އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ.
14:51لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴿51﴾لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
Transliteration: Liyajziya Allahu kulla nafsin ma kasabat inna Allaha sareeAAu alhisabi
Translation: އެކަން އެހެން އެހައްދަވަނީ ﷲ تعالى ކޮންމެ نفس އަކަށްވެސް އެ نفس އެއްކުރި މަސައްކަތުގެ ކުރި عمل ގެ جزاء ދެއްވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
14:52هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ﴿52﴾هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ
Transliteration: Hatha balaghun lilnnasi waliyuntharoo bihi waliyaAAlamoo annama huwa ilahun wahidun waliyaththakkara oloo alalbabi
Translation: މި قرآن މިއީ މީސްތަކުންނަށްވާ އިއްވައިލުމެކެވެ. އެބަހީ: ﷲ تعالى ގެ حضرة ން އެންމެހައި މީސްތަކުންނަށްވާ وعظ އާއި نصيحة އާއި عبرة އަންގަވާ އިއްވަވައިލުމެކެވެ. އަދި އެމީހުން ބިރުވެތިވެ وعظ އާއި نصيحة ލިބިގަންނަހުށިކަމެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ހަމަ އެންމެ إله އަކު ކަން އެމީހުން ދަންނަހުށިކަމެވެ! އަދި ބޯހުރި ބުއްދިވެރި މީހުން نصيحة އާއި وعظ އާއި عبرة ލިބިގަންނަހުރިކަމެވެ! والله أعلم بالصّواب.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download