22:1يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡۚ إِنَّ زَلۡزَلَةَ ٱلسَّاعَةِ شَيۡءٌ عَظِيمٞ ﴿1﴾يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡۚ إِنَّ زَلۡزَلَةَ ٱلسَّاعَةِ شَيۡءٌ عَظِيمٞ
Transliteration: Ya ayyuha alnnasu ittaqoo rabbakum inna zalzalata alssaAAati shayon AAatheemun
Translation: އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް ބިރުވެތިވާށެވެ! (އެކަލާނގެއަށް تقوى ވެރިވާށެވެ! އެއީ އެކަލާނގެ އެންގެވި واجب ތައް އަދާކޮށްގެންނާއި حرام ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ.) ހަމަކަށަވަރުން قيامة ވުމުގެ زَلْزَلة އަކީ (ދުނިޔެ ތެޅިގަނެ ގުޑައިގެންދާ ދިއުމަކީ) ބިރުބޮޑުވެގެންވާ ކަމެކެވެ.
22:2يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ ﴿2﴾يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ
Transliteration: Yawma tarawnaha tathhalu kullu murdiAAatin AAamma ardaAAat watadaAAu kullu thati hamlin hamlaha watara alnnasa sukara wama hum bisukara walakinna AAathaba Allahi shadeedun
Translation: އެދުވަހުގެ ބިރުވެރިކަން ބޮޑުކަމުން އެދުވަހުން ކޮންމެ ކިރުމަޔަކު ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އޭނާ ކިރުދޭ ދަރިފުޅުގެ މަތީން ހަނދާންނެތި غافل ވެގެންވާތީއެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.) އަދި ބަލިވެއިން ކޮންމެ އަންހެނެއްގެ ބަނޑުގައި އޮތްދަރި (ދުވަސް ހަމަނުވަނިސް) ވެއްޓޭނެއެވެ. އަދި އެދުވަހުން ކަލޭގެފާނު މީސްތަކުން ދެކެވަޑައިގަންނަވާނީ މަސްތުވެގެންވާތީއެވެ. އެކަމަކު އެމީހުން އެވަނީ މަސްތުވެގެންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ގެ عذاب ގެ ގަދަކަމުން އެމީހުންނަށް ވެފައިވާ ގޮތެވެ. (ބުއްދިތައް މުޅިން ހަމައިން ނެއްޓި ގޮތްހުސްވެފައިވާތީ ހީވާގޮތެވެ.)
22:3وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ ﴿3﴾وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ
Transliteration: Wamina alnnasi man yujadilu fee Allahi bighayri AAilmin wayattabiAAu kulla shaytanin mareedin
Translation: އަދި އެބައިމީހުންނަށް އެއްވެސް އެނގުމެއް علمގެ އަލިކަމެއްނެތި ﷲ އާއިމެދު (އެބަހީ: ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއިމެދު) جَدَل ކުރާމީހުން މީސްތަކުންގެތެރޭގައިވެއެވެ. އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކާއި އެފަދަމީހުން تَبَع ވެއެވެ. (އެބަހީ: ޖަދަލު ކުރުމުގައި شيطانއާގެ ވަސްވާސްތަކާއި އޭނާގެ ބުނުންތަކާއި تَبَع ވެއެވެ.)
22:4كُتِبَ عَلَيۡهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهۡدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ ﴿4﴾كُتِبَ عَلَيۡهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهۡدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
Transliteration: Kutiba AAalayhi annahu man tawallahu faannahu yudilluhu wayahdeehi ila AAathabi alssaAAeeri
Translation: ހަމަކަށަވަރުން އެ شيطان އާ އާއިމެދު ނިޔާކުރެވި ކަނޑައެޅެވިގެންވަނީ ހަމަކަށަވަރުން އެސޮރާ تبع ވެއްޖެ ކޮންމެ މީހަކުވެސް ކަނޑައެޅިގެން އެސޮރު އެމީހަކު މަގުފުރެއްދުމެވެ. އަދި އެސޮރު އެމީހަކަށް މަގުދައްކާނީ ސީދާ އަލިފާނުގެ عذاب އަށް ދިއުމަށެވެ.
22:5يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ ﴿5﴾يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ
Transliteration: Ya ayyuha alnnasu in kuntum fee raybin mina albaAAthi fainna khalaqnakum min turabin thumma min nutfatin thumma min AAalaqatin thumma min mudghatin mukhallaqatin waghayri mukhallaqatin linubayyina lakum wanuqirru fee alarhami ma nashao ila ajalin musamman thumma nukhrijukum tiflan thumma litablughoo ashuddakum waminkum man yutawaffa waminkum man yuraddu ila arthali alAAumuri likayla yaAAlama min baAAdi AAilmin shayan watara alarda hamidatan faitha anzalna AAalayha almaa ihtazzat warabat waanbatat min kulli zawjin baheejin
Translation: އޭ މީސްތަކުންނޭވެ! محشر އަށް ފޮނުވުމާއިމެދު ކަލޭމެންނަށް ޝައްކެއްވާނަމަ (ކަލޭމެން ނިކަން ކަލޭމެންގެ أصل ހެއްދެވުމަށް ވިސްނާ فكر ކޮށްބަލާށެވެ.) ފަހެ ހަމަކަށަވަރުން ފުރަތަމަ ކަލޭމެންގެ ބައްޕަކަމުގައިވާ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީ ވެލީންނެވެ. ދެން ކަލޭމެން ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެން އެމަނިފޮދުވަރު (މަންމަގެ رَحِمُ ގައި) ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލެއިކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. އެއީ آدم ގެ ދަރިއެއްގެ صورة ރަނގަޅަށް ފައުޅުވާ ގޮތަށާއި އަދި صورة ފައުޅުނުވާ ގޮތަށެވެ. (އެބަހީ: ބައެއްފަހަރު ފުރިހަމަ އިންސާނަކަށް ނުވެ މައިމީހާގެ رَحِم ން ވެއްޓިދެއެވެ.) އެހުރިހާ ގޮތަކަށް ތިމަންރަސްކަލާނގެ ހައްދަވަނީ ތިމަންރަސްކަލާނގެ قدرة ވަންތަކަމާއި އެއްކައުވަންތަކަން ކަލޭމެންނަށް بيان ކޮށްދެއްވުމަށެވެ. ދެން އެ އިންސާނާ މައިމީހާގެ رَحِمُ ގައި ކަނޑައެޅިގެންވާ މުއްދަތަކަށް ތިމަންރަސްކަލާނގެ قرار ކުރައްވައި ބާއްވަމެވެ. އެއީ ބަލިވެއިނުމުގެ މުއްދަތު ހަމަވާންދެނެވެ. ދެން ކުޑަކުޑަކުއްޖެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭމެން ދުނިޔެއަށް ނެރެމެވެ. ދެން ކަލޭމެން ބޮޑުވަމުންގޮސް ކަލޭމެންގެ ގައިބާރުގަދަވެ ބުއްދި ފުރިހަމަވާ عُمر އަށް ތިމަންރަސްކަލާނގެ ކަލޭމެން ފޮނުއްވަމެވެ. އަދި އޭގެ ކުރިން މަރުވެގެންދާ ބަޔަކުވެސް ކަލޭމެންގެތެރެއިންވެއެވެ. އަދި މުސްކުޅިވެ ލޯބޯކޮށިވެ ވާނުވާ ނޭނގެ ވަރަށް - أَرْذَلُ العمر އެވެ ކިޔާހިސާބަށް ދާންދެން މަރުނުވެ ތިބޭމީހުންވެއެވެ. އެހިސާބަށްދާއިރު ރަނގަޅަށް ތަންދޮރު ނޭނގެއެވެ. އެއީ ކުރީގައި ރަނގަޅަށް ތަންދޮރު އެނގި އޮޅުންފިލައި އުޅުމަށްފަހުގައެވެ. އަދި ބިންގަނޑު ހިކިވެ ހަނަފަސްވެފައިވާތަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. ދެންފަހެ އެބިންގަނޑަށް ތިމަންރަސްކަލާނގެ ފެން ވެއްސެވުމުން އެބިންގަނޑު ޙަރަކާތްތެރިވެ ބޮޑުވެ އަދި ފަތްޕިލާވެލީގެ ރީތި އަދި ނަލަ ކޮންމެ ބާވަތެއްގެ ޖޯޑުޖޯޑު އެބިންގަނޑުން ފަޅައެވެ. މިއެވެ. (މިބަޔާންވެދިޔަފަދަ ކަންތައްތައް ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެނގެންވާނެކަމަށް ފެނެއެވެ. މާތް ﷲ އަޅަމެން މަގުނުފުރައްދަވައި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަ ކަމަށް ވިސްނާ فكر ކުރުމުގެ ހެޔޮ توفيق އަޅަމެނަށް ދެއްވާންދޭވެ. آمين)
22:6ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿6﴾ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Transliteration: Thalika bianna Allaha huwa alhaqqu waannahu yuhyee almawta waannahu AAala kulli shayin qadeerun
Translation: އެއީ (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ދައްކަވައި އެވާހަކަތައް ހަނދާންކޮށްދެއްވަނީ) ތިމަންރަސްކަލާނގެ އެއީ އަޅުކަން އެފަރާތަށް ވެވުން حقّ ވަންތަ ކަލާނގެކަން ކަލޭމެން ދެނެ އެގޮތުގެމަތީގައި إيمان ވެ ތެދުކުރުމަށެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ މަރުވެފައިވާ ތަކެތި ދިރުއްވާ ކަލާނގެކަމާއި އަދި ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަންއެންގެވުމަށެވެ.
22:7وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ ﴿7﴾وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ
Transliteration: Waanna alssaAAata atiyatun la rayba feeha waanna Allaha yabAAathu man fee alquboori
Translation: އަދި ހަމަކަށަވަރުން قيامة ދުވަހަކީ އަންނާނޭ ދުވަހެއްކަން ކަށަވަރެވެ. އެޔާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން قَبْر ތަކުގައިވާ މީސްތަކުން ﷲ تعالى އެމީހުން ދިރުއްވައި مَحْشر އަށް ފޮނުއްވާނެއެވެ. (އަދި عمل ތަކަށް ފުރިހަމަ ޖަޒާދެއްވާނެއެވެ.)
22:8وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ ﴿8﴾وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ
Transliteration: Wamina alnnasi man yujadilu fee Allahi bighayri AAilmin wala hudan wala kitabin muneerin
Translation: އަދި އެއްވެސް علم އެއް އެނގުމެއް، އަދި ތެދުމަގެއްވިޔަސް ނެތި އަދި އޭނާ އެބުނާ އެއްޗެއް ތެދުކަމަށް دليل ކުރާނޭ އެއްވެސް ފޮތެއްގެ އަލިކަމެއް ނެތި ﷲ ގެ ރަސްކަންފުޅާއިމެދު جَدَل ކޮށް ދެކޮޅުހަދާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.
22:9ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ ﴿9﴾ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ
Transliteration: Thaniya AAitfihi liyudilla AAan sabeeli Allahi lahu fee alddunya khizyun wanutheequhu yawma alqiyamati AAathaba alhareeqi
Translation: އަދި އެފަދަމީހުންނަށް ގޮވާލެވޭ ގޮވައިލުމަށް އެމީހުންގެ ބޮޑާކަމުން ފުރަގަސްދީ ހަދައެވެ. އެއީ ﷲ ގެމަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައެވެ. އޭނާއަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި قيامة ދުވަހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ އޭނާއަށް ދައްކަވާހުށީމެވެ.
22:10ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّـٰمٖ لِّلۡعَبِيدِ ﴿10﴾ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّـٰمٖ لِّلۡعَبِيدِ
Transliteration: Thalika bima qaddamat yadaka waanna Allaha laysa bithallamin lilAAabeedi
Translation: (އަދި އޭނާއަށް އެންގެވޭނެއެވެ.) އެފަދަ عذاب ކަލެއަށް ލިބެނީ ކަލޭ އިސްކޮށްފައިވާ عمل ތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.
22:11وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ﴿11﴾وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ
Transliteration: Wamina alnnasi man yaAAbudu Allaha AAala harfin fain asabahu khayrun itmaanna bihi wain asabathu fitnatun inqalaba AAala wajhihi khasira alddunya waalakhirata thalika huwa alkhusranu almubeenu
Translation: އަދި ޝައްކެއްގައި ހުރެގެން ﷲ އަށް އަޅުކަންކުރާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. ދެންފަހެ އެމީހުންނަށް ހެޔޮކަމެއް ދިމާވެއްޖެއްޔާ (އެބަހީ: ރިޒުގު ތަނަވަސްވުންފަދަ دنيوى ހަމަޖެހުމެއް ދިމާވެއްޖެއްޔާ) އެ دين މަތީ قائم ވެތިބެއެވެ. ހަމަޖެހިގެން ތިބެއެވެ. އަދި އެމީހުންނަށް فِتْنَة އެއް ދިމާވެއްޖެއްޔާ (އެބަހީ: ތަދުމަޑުވުންފަދަ ދަތި އުނދަގުލެއް ދިމާވެއްޖެއްޔާ އެމީހުން އެމީހުންގެ މޫނު މައްޗަށް ފުރޮޅިދެއެވެ. އެބަހީ: دين ދޫކޮށް މުރުތައްދުވެދެއެވެ. ދުނިޔެއާއި آخرة ނަގައިލައެވެ. بيان ވެގެންވާ ގެއްލުމާއި ހަލާކަކީ އެއީއެވެ.
22:12يَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ ﴿12﴾يَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
Transliteration: YadAAoo min dooni Allahi ma la yadurruhu wama la yanfaAAuhu thalika huwa alddalalu albaAAeedu
Translation: އެފަދަމީހާ ﷲ ފިޔަވައި އޭނާ دعاء ކޮށް އަޅުކަންކޮށް އެހަދަނީ އޭނާއަށް އެއްވެސް ގެއްލުމެއް އަދި އުނދަގުލެއް ނުދެވޭ އަދި އޭނާއަށް އެއްވެސް مَنْفَعَ އެއްވެސް ނުދޭ ތަކެއްޗަށެވެ. ބުދަށެވެ. ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ.
22:13يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ ﴿13﴾يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ
Transliteration: YadAAoo laman darruhu aqrabu min nafAAihi labisa almawla walabisa alAAasheeru
Translation: އޭނާ دعاء ކޮށް އަޅުކަން އެކުރަނީ އެއެއްޗެއްގެ مَنْفَعَ އާއި ލާބައަށްވުރެ އެއެއްޗެއްގެ ގެއްލުމާއި ހަލާކު ގާތްވެގެންވާ އެއްޗަކަށް ކަން ކަށަވަރެވެ. ކަނޑައެޅިގެން نَصْر ވެރިޔާ ނުބައި ވެގެންވެއެވެ. އަދި ކަނޑައެޅިގެން އެކުވެރިޔާވެސް ނުބައިވެގެންވެއެވެ. އެބަހީ: ބުދަކީ نصر ވެރިއަކުކަމުގައި ބެލިއްޔާވެސް އެއީ ނުބައިވެގެންވާ نصر ވެރިއެކެވެ. އަދި ނުބައި އެކުވެރިއެކެވެ. (އެއީ އެއަށް އަޅުކަންކުރާމީހާއެވެ.)
22:14إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ ﴿14﴾إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ
Transliteration: Inna Allaha yudkhilu allatheena amanoo waAAamiloo alssalihati jannatin tajree min tahtiha alanharu inna Allaha yafAAalu ma yureedu
Translation: إيمان ވެގެން صالح عمل ތައްކުރި މީސްތަކުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް އެމީހުން ވައްދަވާހުއްޓެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަންތައް ކުރައްވައެވެ.
22:15مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ ﴿15﴾مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ
Transliteration: Man kana yathunnu an lan yansurahu Allahu fee alddunya waalakhirati falyamdud bisababin ila alssamai thumma liyaqtaAA falyanthur hal yuthhibanna kayduhu ma yagheethu
Translation: ﷲ تعالى - محمّد ﷺ އަށް ދުނިޔެއާއި آخرة ގައިވެސް نَصْرُ ނުދެއްވާނެކަމަށް ހީކުރާމީހާ، (އެކަލޭގެފާނު ދެކެ ރުޅިއައިސް حسد ވެރިވާމީހާ) ފަހެ އޭނާ ގޭގެ ފުރާޅުގައި ވާފަށެއް އައްސައި (ދެން އޭނާ އޭގައި ދަންޖެހުމަށްފަހު) އޭނާ އެވާފަށް ކަނޑައިލާށެވެ. (އެބަހީ: އޭނާ ރުޅިއައިސްގެން ހެދޭނެހާ އެއްޗެއް ހަދައިބަލާށެވެ.) ދެން އޭނާ އެރޭވި ރޭވުމަށް އަދި ހެދި حيلة އަށް ބަލައިބަލާށެވެ. ފަހެ އެކަންތަކުން އޭނާ އައިސްފައިވާ ރުޅިވެރިކަމާއި حسد ވެރިކަން އޭނާގެ ކިބައިން ދުރުވިބާވައެވެ؟ އެކަން އޭނާގެ ކިބައިން ފިލައިދިޔަ ބާވައެވެ؟ (މިއާޔަތުގެ تفسير އަދި މިނޫންގޮތްގޮތަށްވެސް ވެއެވެ.)
22:16وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ ﴿16﴾وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ
Transliteration: Wakathalika anzalnahu ayatin bayyinatin waanna Allaha yahdee man yureedu
Translation: އަދި އެފަދައިން (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއިމެދު ދެކޮޅުހަދާ މީހުންނަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް بيان ކޮށްދެއްވިފަދައިން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: محمّد ﷺ އަށް) بيان ވެގެންވާ دليل ތަކާއި حجّة ތައް ބާވައިލެއްވީމެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ.
22:17إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّـٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴿17﴾إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّـٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ
Transliteration: Inna allatheena amanoo waallatheena hadoo waalssabieena waalnnasara waalmajoosa waallatheena ashrakoo inna Allaha yafsilu baynahum yawma alqiyamati inna Allaha AAala kulli shayin shaheedun
Translation: ހަމަކަށަވަރުން إيمان ވީ މީސްތަކުންނާއި އަދި يَهُودي ންކަމުގައިވީ މީހުންނާއި އަދި صَابِى އިންނާއި އަދި نَصَارى އިންނާއި مَجُوسِى ންނާއި އަދި شَرِيكُ ކުރި މީހުންނާއި މި އެންމެންގެ މެދުގައި ﷲ تعال قيامة ދުވަހުން فيصلة ކުރައްވައި حكم ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެ ކަމަކަށްވެސް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. • ދަންނައެވެ. صَابى ންނަކީ سَمَاوِي އެއްވެސް دين އެއް قبول ނުކުރާ ބައެއްކަމުގައި ބުނެވުނެވެ. ނުވަތަ އެއީ ތަރިޔަށް ނުވަތަ މަލާއިކަތުންނަށް އަޅުކަންކުރާ މީހުންކަމުގައިވެސް ބުނެވުނެވެ. والله أعلم.
22:18أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩ ﴿18﴾أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩
Transliteration: Alam tara anna Allaha yasjudu lahu man fee alssamawati waman fee alardi waalshshamsu waalqamaru waalnnujoomu waaljibalu waalshshajaru waalddawabbu wakatheerun mina alnnasi wakatheerun haqqa AAalayhi alAAathabu waman yuhini Allahu fama lahu min mukrimin inna Allaha yafAAalu ma yashao
Translation: (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާބަޔަކު ﷲ تعالى އަށް سجدة ކުރައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެނގިވަޑައިނުގަންނަވައިތޯއެވެ؟ (އުޑުތަކުގައިވާ މީހުންނަކީ ملائكة ބޭކަލުންނެވެ. ބިމުގައިވާ މީހުންނަކީ އިންސާނުންނާއި ޖިންނީންނެވެ. ދެންވެސް އެހެނިހެން خَلق ތަކެވެ.) އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި އަދި دَابَّة ތަކާއި އަދި މީސްތަކުންގެ ތެރެއިން ގިނަބަޔަކާއި (އެއީ މުއުމިނުންނެވެ.) މިހުރިހާތަކެތިވެސް ﷲ އަށް سجدة ކުރެއެވެ. (މީސްތަކުންގެތެރެއިން سَجِدَة ކުރާބަޔަކީ مؤمن ންނެވެ.) އަދި އެމީހުންގެމައްޗަށް عذاب حقّ ވެގެންވާ އެތައްބަޔަކުވެއެވެ. (އެއީ އެމީހުންގެ ކާފަރުކަމާއި ނުކިޔަމަންތެރިކަމުންނެވެ.) އެކަމަކު އެމީހުންގެ ހިޔަނިތައް ﷲ އަށް سجدة ކުރެއެވެ. އަދި ﷲ އެމީހަކު ދެރަކުރައްވާ إهانة ތެރި ކުރައްވައިފިމީހަކު ދަންނައެވެ. އެމީހަކު މާތްކޮށް ބާއްޖަވެރިކުރާނެ އެކަކުވެސް ނުވެއެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއްކުރައްވައެވެ.
22:19هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ ﴿19﴾۞هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ
Transliteration: Hathani khasmani ikhtasamoo fee rabbihim faallatheena kafaroo quttiAAat lahum thiyabun min narin yusabbu min fawqi ruoosihimu alhameemu
Translation: މިއީ ދެ خَصْمُ ންނެވެ. (އެކަކު އަނެކަކުގެމައްޗަށް حُجّة قائم ކޮށް ދެކޮޅުހަދާ ދެމީހުންނެވެ. މި ދެ خَصْمُ ންނަކީ ކޮންބައެއްކަމާމެދު مفسّر ންގެމެދުގައި ވަރަށް خيال ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ: بَدر ހަނގުރާމަދުވަހު ދެފަރާތުން مُبَارَزَة އަށް ނުކުތް مؤمن ންނާއި ކާފަރުންކަމުގައެވެ. އަނެއްބަޔަކު ވިދާޅުވަނީ އެއީ مؤمن ންނާއި أهل كتاب ންކަމުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިއިފައިވެއެވެ.) والله أعلم بالصّواب.
22:20يُصۡهَرُ بِهِۦ مَا فِي بُطُونِهِمۡ وَٱلۡجُلُودُ ﴿20﴾يُصۡهَرُ بِهِۦ مَا فِي بُطُونِهِمۡ وَٱلۡجُلُودُ
Transliteration: Yusharu bihi ma fee butoonihim waaljuloodu
Translation: އޭގެ ސަބަބުން (އެފެން ބޮލުގެ ނާށިގަނޑު ފޫއަޅުވާލައިފައިގޮސް) ބަނޑުގެތެރޭގައިވާ އެންމެހައިތަކެތިކުދިކުދިކޮށްލައި ވިރުވައިލައެވެ. އަދި ވިރިގެން އޮހިދެއެވެ. އަދި އެމީހުންގެ ހަންތައްވެސް އޮހިދެއެވެ.
22:21وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ ﴿21﴾وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ
Transliteration: Walahum maqamiAAu min hadeedin
Translation: އަދި (އެމީހުންގެ ގައިގާތެޅުމަށް) އެމީހުންނަށް ދަގަނޑު ހަންމުށިތަކެއްވެއެވެ.
22:22كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَا مِنۡ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلۡحَرِيقِ ﴿22﴾كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَا مِنۡ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلۡحَرِيقِ
Transliteration: Kullama aradoo an yakhrujoo minha min ghammin oAAeedoo feeha wathooqoo AAathaba alhareeqi
Translation: އަދި އެމީހުން އެނަރަކައިގެ ގަދަ عذاب ގެ ވޭނާ ހިތާމައިގެ ސަބަބުން އެތަނުން ނުކުންނަން ހީކުރާ ކޮންމެ ފަހަރަކު އެމީހުން އެތަނަށް ރައްދުކުރެވޭނެއެވެ. (ނަރަކައިގެ زبَانِىَّ މަލާއިކަތް ބޭކަލުން އެހަންމުށިތަކުން އެމީހުންގެ ބޮލުގައި ތަޅާ އެތަނަށް އަލުންވެސް ފޮނުއްވާނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަލިބިގަންނާށެވެ!
22:23إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ ﴿23﴾إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ
Transliteration: Inna Allaha yudkhilu allatheena amanoo waAAamiloo alssalihati jannatin tajree min tahtiha alanharu yuhallawna feeha min asawira min thahabin waluluan walibasuhum feeha hareerun
Translation: إيمان ވެގެން صَالح عمل ތައް ކުރިމީހުން (قيامة ދުވަހުން) އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް އެބަހީ: ސުވަރުގެތަކަށް ހަމަކަށަވަރުން ﷲ تعالى އެމީހުން ވައްދަވާހުއްޓެވެ. އަދި ރަނާއި ރަންމުތުގެ އުޅާތައް އެމީހުންނަށް އެސުވަރުގޭގައި އެޅުވޭނެއެވެ. އަދި އެސުވަރުގޭގައި އެމީހުންގެ ލިބާހަކީ ފަށުވި ފޭރާމެވެ.
22:24وَهُدُوٓاْ إِلَى ٱلطَّيِّبِ مِنَ ٱلۡقَوۡلِ وَهُدُوٓاْ إِلَىٰ صِرَٰطِ ٱلۡحَمِيدِ ﴿24﴾وَهُدُوٓاْ إِلَى ٱلطَّيِّبِ مِنَ ٱلۡقَوۡلِ وَهُدُوٓاْ إِلَىٰ صِرَٰطِ ٱلۡحَمِيدِ
Transliteration: Wahudoo ila alttayyibi mina alqawli wahudoo ila sirati alhameedi
Translation: އެމީހުންނަކީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންނަށް ރަނގަޅުވެގެންވާ ބަހަށް އެބަހީ: لاَ اِلَهَ إِلاَّ ﷲُ ގެ ފަރާތަށް މަގުދެއްކެވުނު މީހުންނެވެ. (އެބަހީ: كلمة ފުޅު ނިޔާކުރާގޮތުގެމަތީން عمل ކުރުމުގެ توفيق ލިބެވުނު މީހުންނެވެ.) އަދި އެއީ حمد އާއި تعريف ލިބިވޮޑިގެންވާ ﷲ ގެމަގަށް (އިސްލާމު ދީނަށް). މަގުލިބެވުނު މީހުންނެވެ.
22:25إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ ﴿25﴾إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ
Transliteration: Inna allatheena kafaroo wayasuddoona AAan sabeeli Allahi waalmasjidi alharami allathee jaAAalnahu lilnnasi sawaan alAAakifu feehi waalbadi waman yurid feehi biilhadin bithulmin nuthiqhu min AAathabin aleemin
Translation: ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (އަދި އެމީހުން މީސްތަކުންނަށް ﷲ ގެ މަގު ބަންދުކުރި އަދި مَسْجِدُ الْحَرَام އަށް މީސްތަކުން އަޔަނުދީ ބަންދުކުރި މީހުން (ދަންނައެވެ. އެމީހުން އެގޮތުގައި މަރުވެގެން ހިނގައްޖެނަމަ ގެއްލި ހަލާކުވީއެވެ.) އެ مسحد الحرام އަކީ އެތާނގައި قائم ވެތިބޭ އެރަށުގެ މީހުންނާއި އަދި އެހެން ރަށްރަށުން އަންނަ މީހުންނާއި އެންމެން ހަމަހަމަވެގެންވާ ތަނެކެވެ. އެއީ އެންމެހައި مسلم ން ހަމަހަމަ ތަނެކެވެ. އަދި އެތާނގައި އަނިޔާވެރިވުމުގެ ގޮތުން حقّ އާއި ދުރަށް ލެނބުމަށް قصد ކޮށް ހީކޮށްފި މީހާއަށްވެސް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަ ދައްކަވާހުށީމެވެ. (އެބަހީ: އެތާނގައި އަނިޔާވެރިވުމަށް މީހަކު ހީކުރިނަމަވެސް އެމީހަކަށް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަދައްކަވާހުށީމެވެ. އަދި އެތާ އަނިޔާވެރިކަމެއް ހިންގައިފިނަމަ ކިހާވަރެއްވާނެއްހެއްޔެވެ؟)
22:26وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴿26﴾وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
Transliteration: Waith bawwana liibraheema makana albayti an la tushrik bee shayan watahhir baytiya lilttaifeena waalqaimeena waalrrukkaAAi alssujoodi
Translation: އަދި إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ ގެފުޅު ހުރިތަން ދެއްކެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ. (އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކުރާށެވެ. ބައިވެރިނުކުރާށެވެ. އަދި طواف ކުރާމީހުންނަށާއި ނަމާދުގައި قائم ވެތިބޭ މީހުންނަށާއި رُكُوع ކޮށް سَجِدَة ކުރާ މީހުންނަށް އެބަހީ: އަޅުކަންކުރާ މީހުންނަށް ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ. (شرك އާއި بدعة އާއި އެންމެހައި ހަޑިހުތުރު ކަންކަމުން كَعْبَةُ ﷲ طاهر ކުރައްވާށެވެ.)
22:27وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ ﴿27﴾وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ
Transliteration: Waaththin fee alnnasi bialhajji yatooka rijalan waAAala kulli damirin yateena min kulli fajjin AAameeqin
Translation: (އޭ إبراهيم عليه السّلام އެވެ.) حجّ އަށް އައުމަށް ކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވާ إعلان ކުރައްވާށެވެ. (حجّ އަށް އައުމަކީ އަޅުކަންކުރުމަށްޓަކައި كَعْبَة ﷲ (ގެފުޅު) قصد ކޮށްގެން އައުމެވެ.) ދެން އޭރުން މީސްތަކުން އެމީހުންގެ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި (އެބަހީ: ސަވާރުވެގެންނާއި) ކަލޭގެފާނުންގެ އަރިހަށް (ގެފުޅު قصد ކޮށްގެން ދުރު ހިސާބުން އަންނަ ހުއްޓެވެ.)
22:28لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ ﴿28﴾لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ
Transliteration: Liyashhadoo manafiAAa lahum wayathkuroo isma Allahi fee ayyamin maAAloomatin AAala ma razaqahum min baheemati alanAAami fakuloo minha waatAAimoo albaisa alfaqeera
Translation: އެއީ އެމީހުންނަށްވާ ދުނިޔެއާއި آخرة ގެ مَنفع ތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި عَيَّن ވެގެންވާ ދުވަސްތަކެއްގައި (يعني: أَيَّامُ التَّشْرِيق ގެ ދުވަސްތަކުގައި) އެމީހުން ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދުމަކުރުމަށްޓަކައެވެ. އެކަލާނގެ އެމީހުންނަށް ދެއްވި نَعَمْ ސޫފީގެ ރިޒުގުގެ ސަބަބުންނެވެ. (ފަހެ އެކަލާނގެ އެމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އެތަކެތީން ކައިހަދާށެވެ. އަދި ގޮތްހުސްވެ ބޭނުންޖެހިފައިވާ فقير ންނަށް އެއިން ކާންދޭށެވެ.
22:29ثُمَّ لۡيَقۡضُواْ تَفَثَهُمۡ وَلۡيُوفُواْ نُذُورَهُمۡ وَلۡيَطَّوَّفُواْ بِٱلۡبَيۡتِ ٱلۡعَتِيقِ ﴿29﴾ثُمَّ لۡيَقۡضُواْ تَفَثَهُمۡ وَلۡيُوفُواْ نُذُورَهُمۡ وَلۡيَطَّوَّفُواْ بِٱلۡبَيۡتِ ٱلۡعَتِيقِ
Transliteration: Thumma lyaqdoo tafathahum walyoofoo nuthoorahum walyattawwafoo bialbayti alAAateeqi
Translation: ދެން އެމީހުން އެމީހުންގެ ހަޑިތައް ސާފުކުރާހުށިކަމެވެ! (އެއީ ބޯބޭލުމާއި މަތިމަސްކޮށުމާއި ކިހިލިފަތި އިސްތަށި ލުއްސުމާއި ފޫޅުން ތިރި އިސްތަށި ބޭލުމާއި ނިޔަފަތިކެނޑުމާއި މިބާވަތުގެ ކަންކަން ކުރާށެވެ.) އަދި އެމީހުން އެމީހުންގެ ނަދުރުތައް ފުއްދާށެވެ! އެބަހީ: ގެފުޅަށްޓަކައި ކަތިލަންޖެހޭ ކަތިލުންތައް ކަތިލާށެވެ! قربان ކުރާށެވެ. އަދި ބޮޑެތި ޖައްބާރު ނުލަފާމީހުންގެ ކިބައިން ﷲ ރައްކާތެރިކުރައްވާފައިވާ ދުވަސްވީ قَدِيْم ގެފުޅުގައި އެމީހުން طَوَافُ ކުރާހުށިކަމެވެ! އެއީ طَوَاف اْلإِفَاضَة އެވެ. މިއާޔަތްތަކުގައި މިވަނީ حجّ ގެ ބައެއް حكم ތަކުގެ އިޝާރާތްތަކެކެވެ. މިކަމުގެ تفصيل حديث ފޮތްތަކާއި فقه ފޮތްތަކުގައިވެއެވެ.
22:30ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ ﴿30﴾ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ
Transliteration: Thalika waman yuAAaththim hurumati Allahi fahuwa khayrun lahu AAinda rabbihi waohillat lakumu alanAAamu illa ma yutla AAalaykum faijtaniboo alrrijsa mina alawthani waijtaniboo qawla alzzoori
Translation: އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)
22:31حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ ﴿31﴾حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ
Transliteration: Hunafaa lillahi ghayra mushrikeena bihi waman yushrik biAllahi fakaannama kharra mina alssamai fatakhtafuhu alttayru aw tahwee bihi alrreehu fee makanin saheeqin
Translation: އެއީ އެކަލާނގެއަށް شريك ކުރާމީހުންކަމުގައި ނުވެތިބެ ﷲ އަށް توحيد ސީދާކޮށްގެންވާ حال ގައެވެ. އަދި ﷲ އަށް شريك ކުރި މީހާ ކޮންފަދަހެއްޔެވެ؟ އޭނާ މަތިން ވެއްޓިވެއްޓިއޮއްވާ ދޫނިޖަހައިގަތް މީހާ ފަދައެވެ. ނުވަތަ ދުރުހިސާބަކަށް ވަޔާ ބުރުއްސައިގެންދިޔަ މީހަކު ފަދައެވެ. (ތެދުމަގާ އެހާވެސް ދުރެވެ.)
22:32ذَٰلِكَۖ وَمَن يُعَظِّمۡ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ ﴿32﴾ذَٰلِكَۖ وَمَن يُعَظِّمۡ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ
Transliteration: Thalika waman yuAAaththim shaAAaira Allahi fainnaha min taqwa alquloobi
Translation: މިއާޔަތްތަކުގައި بيان ވެގެން އެވަނީ ﷲ ގެ أمر އާއި نهى އެވެ. އެއީ އެކަލާނގެ شَعِيرَة އެވެ. އަދި ﷲ ގެ شَعِيرَة ތަކަށް މާތްކޮށް ހިތާ قدر ކުރުން އެއީ ﷲ تعالى އަށް ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ތެރެއިންވާ ކަމެކެވެ. (މިދެންނެވި شَعِيرَة ތަކުގެތެރޭގައި ގެފުޅަށް ހަދިޔާކުރެވޭ جمل އާއި ގެރިބަކަރިވެއެވެ. އަދި އެތަކެތި ބަލަހައްޓާ ރަނގަޅަށް ކާންދީ ރަނގަޅުކުރުންވެސްވަނީ އެ شَعِيرَة ތަކަށް إحترام ކޮށް قدر ކުރުމުގެ ތެރެއިންނެވެ.)
22:33لَكُمۡ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ مَحِلُّهَآ إِلَى ٱلۡبَيۡتِ ٱلۡعَتِيقِ ﴿33﴾لَكُمۡ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ مَحِلُّهَآ إِلَى ٱلۡبَيۡتِ ٱلۡعَتِيقِ
Transliteration: Lakum feeha manafiAAu ila ajalin musamman thumma mahilluha ila albayti alAAateeqi
Translation: އަދި އެތަކެތީގައި ތިޔަބައިމީހުންނަށް مَنْفَعَ ތަކެއްވެއެވެ. ވަކި مدّة އަކަށެވެ. (އެވަގުތުތަކުގައި އޭގެ ކިރުގެ ބޭނުން ކުރުމާއި އޭގެ ބުރިކަށިމައްޗަށް ސަވާރުވުމާއި އޭގެ ޅަދަރީގެ ބޭނުންކުރުމާއި މިފަދަ މިފަދަ مَنْفع ތައްވެއެވެ.) ދެން އޭގެ مَحَلّ އަކީ ގެނެވޭނެ ތަނަކީ ގެފުޅެވެ. بَيْتُ العَتِيْق އެވެ.
22:34وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ ﴿34﴾وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ
Transliteration: Walikulli ommatin jaAAalna mansakan liyathkuroo isma Allahi AAala ma razaqahum min baheemati alanAAami failahukum ilahun wahidun falahu aslimoo wabashshiri almukhbiteena
Translation: އަދި ކޮންމެ أمّة އަކަށްވެސް قُرْبَان ކުރާނެ ތަނަކާއި ވަގުތެއް - دِيْنِى ކަތިލުމެއް ނުވަތަ عيد އެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެބައިމީހުންނަށް ދެއްވި نَعَم ސޫފީގެ ރިޒުޤުގެ نعمة ގެ މައްޗަށް އެމީހުން ﷲ ހަނދުމަކޮށް އެކަލާނގެއަށް ذِكر ކުރުމަށްޓަކައެވެ. ފަހެ ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެއްإله އެވެ. (އެއީ ﷲ އެވެ.) ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާށެވެ! އަދި ﷲ އަށް ކިޔަމަންތެރިވެ ބޯލަނބާ އަޅުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
22:35ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمۡ وَٱلۡمُقِيمِي ٱلصَّلَوٰةِ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴿35﴾ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمۡ وَٱلۡمُقِيمِي ٱلصَّلَوٰةِ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
Transliteration: Allatheena itha thukira Allahu wajilat quloobuhum waalssabireena AAala ma asabahum waalmuqeemee alssalati wamimma razaqnahum yunfiqoona
Translation: އެމީހުންނަކީ (އެމީހުންގެ ގާތުގައި) ﷲ ހަނދާންކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަންނަ މީހުންނެވެ. އަދި އެމީހުންނަކީ އެމީހުންނަށް ދިމާވާ مصيبة ތަކަށް ކެތްތެރިވާ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން އެމީހުން ހޭދަކުރާމީހުންނެވެ. (ޒަކާތްދީ صدقاة ދީ ހަދާމީހުންނެވެ.)
22:36وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ ﴿36﴾وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ
Transliteration: Waalbudna jaAAalnaha lakum min shaAAairi Allahi lakum feeha khayrun faothkuroo isma Allahi AAalayha sawaffa faitha wajabat junoobuha fakuloo minha waatAAimoo alqaniAAa waalmuAAtarra kathalika sakhkharnaha lakum laAAallakum tashkuroona
Translation: އަދި بَدَنَة (އެބަހީ: އަންހެންޖަމަލާއި އަންހެން ގެރި) ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ލައްވާފައިވަނީ ﷲ ގެ علامة ތަކުގެތެރެއިންނެވެ. އެތަކެތީގައި ކަލޭމެނަށްޓަކައި ހެޔޮވެއެވެ. އެތަކެއް ފައިދާވެއެވެ. (އަންހެންޖަމަލާއި އަންހެން ގެރީގެ ވާހަކަ ބުނެވިފައިއޮތަސް އެއިން އެމުރާދުކުރެވެނީ އޭގެ ޖިންސު އެކަށެވެ.)\nދެންފަހެ އެތަކެތި ކަތިލުމަށްޓަކައި އެއްފައި ބަނދެވި އަނެއްތިން މޮއްގަނޑުގެ މަތީގައި އޮވެ (އެތަކެތި ކަތިލާ ވަގުތު) އޭގެމައްޗަށް ﷲ ގެ ނަންފުޅު ކިޔާށެވެ. އެބަހީ: بسم ކިޔައި دعاء ކިޔާފައި ކަތިލާށެވެ! ދެން އޭގެ އަރިކަށި ބިމުގައި ޖެހިއްޖެއްޔާއި އެބަހީ: މަރުވެގެން ތިރިވެއްޖެއްޔާ ދެން ކަލޭމެން (ކައްކާ ރޯފިލުވައިގެން) އެއިން ކާށެވެ! އަދި ތިމާގެ އަތުގައިވާ އެއްޗަކުން ކިރިޔަކިރިޔާ ފުއްދައިލައިގެން ސަލާމްނުޖަހައި ހުންނަ فقير މީހާއަށްވެސް އެއިން ކާންދޭށެވެ! އަދި މަސްކޮޅެއް ލިބޭތޯ ތިމާގެ ގާތަށް އައިސްއުޅޭ މީހާއަށްވެސް އެއިން ކާންދޭށެވެ. ތިމަންރަސްކަލާނގެ އެތަކެތި އެބަހީ: نَعَم ސޫފި ކަލޭމެނަށް ކިޔަމަންކޮށްދެއްވީ އެފަދައިންނެވެ. އެކަމުން ކަލޭމެން شكر ވެރިވޭތޯއެވެ.
22:37لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ ﴿37﴾لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ
Transliteration: Lan yanala Allaha luhoomuha wala dimaoha walakin yanaluhu alttaqwa minkum kathalika sakhkharaha lakum litukabbiroo Allaha AAala ma hadakum wabashshiri almuhsineena
Translation: އެތަކެތީގެ މަހެއްވެސް އަދި އެތަކެތީގެ ލެއިވިޔަސް ﷲ ގެ حضرة އަށް واصل ނުވާނެއެވެ. (އެބަހީ: އެތަކެއްޗަށް އެކަލާނގެ ބޭނުންވެވޮޑި ނުގަންނަވައެވެ.) އަދި އެހެންނަމަވެސް އެކަލާނގެ حضرة އަށް واصل ވާނީ އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެންގެ ކިބައިން تقوى އެވެ. އެތަކެތި ކަތިލުމުގައި ކަލޭމެންގެ ހުރި إخلاص ތެރިކަމެކެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި އެތަކެތި ކިޔަމަންތެރިކޮށްދެއްވީ އެފަދައިންނެވެ. (އެބަހީ: ކޮންމެ ކަމެއްގެ ބާރުވަނީ ﷲ ގެ حضرة ގައިކަން އެކަލާނގެ އަޅާ ދެނެގަތުމަށެވެ.) އަދި ކަލޭމެން ﷲ އަށް تَكْبِيْر ކިއުމަށްޓަކައެވެ. އެބަހީ: ކަތިލާ ވަގުތު ﷲ أكْبَرُ ކިއުމަށެވެ. ﷲ އަށް މާތްކޮށް ހިތައި އެކަލާނގެއަށް قدر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކަލޭމެނަށް ތެދުމަގުދެއްކެވިކަމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
22:38إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓاْۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٖ كَفُورٍ ﴿38﴾۞إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓاْۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٖ كَفُورٍ
Transliteration: Inna Allaha yudafiAAu AAani allatheena amanoo inna Allaha la yuhibbu kulla khawwanin kafoorin
Translation: ހަމަކަށަވަރުން ﷲ تعالى (އެކަލާނގެއަށް) إيمان ވީމީހުންގެ ފަރާތުން دِفَاع ކުރައްވައެވެ. އަދި ގިނަގިނައިން خيانة ތެރިވާ ކާފަރުކަންބޮޑު އެކަކަށްވެސް ހަމަކަށަވަރުން ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.
22:39أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ ﴿39﴾أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ
Transliteration: Othina lillatheena yuqataloona biannahum thulimoo wainna Allaha AAala nasrihim laqadeerun
Translation: ހަނގުރާމަވެވޭ މީހުންނަށް (ހަނގުރާމަކުރުމުގެ) އިޒުނަދެވިއްޖެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އަނިޔާލިބެވުނު މީހުންނެވެ. (މިއީ مشرك ންގެ އުނދަގޫތައް دفاع ކުރުމަށްޓަކައި مؤمن ން އެ مشرك ންނާއި ހަނގުރާމަކުރުމަށް ދެވުނު ފުރަތަމަ ހުއްދައެވެ. އެއީ رسول ﷲ ﷺ هجرة އަށް ވަޑައިގަތުމުގެ ފަހުގައެވެ.) އަދި ހަމަކަށަވަރުން އެމީހުންނަށް نصر ދެއްވުމަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ.
22:40ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ ﴿40﴾ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
Transliteration: Allatheena okhrijoo min diyarihim bighayri haqqin illa an yaqooloo rabbuna Allahu walawla dafAAu Allahi alnnasa baAAdahum bibaAAdin lahuddimat sawamiAAu wabiyaAAun wasalawatun wamasajidu yuthkaru feeha ismu Allahi katheeran walayansuranna Allahu man yansuruhu inna Allaha laqawiyyun AAazeezun
Translation: އެމީހުންނަކީ އެބަހީ: އަނިޔާ ލިބެވުނު މީހުންނަކީ، ތިމަންމެންގެ ربّ އަކީ ހަމައެކަނި ﷲ އޭ ބުނުން ނޫން އެހެންއެއްވެސް ސަބަބެއްނެތި އެއްވެސް حقّ އަކާއި ނުލައި އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުންނެވެ. (މިއީ رسول ﷲ ﷺ دين އަށް ގޮވައިލެއްވުމުން ﷲ އަށް إيمان ވެ އެކަލޭގެފާނާ تبع ވި مكّة ގެ أهل ވެރިންނެވެ. مشرك ންގެފަރާތުން އެމީހުންނަށް އަނިޔާތައް ލިބެވުނު މީހުންނެވެ.) އަދި މީސްތަކުން އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު دِفَاع ވެވޭނެގޮތް ﷲ ލައްވާފައި ނުވާނަމަ رَاهِب ން އަޅުކަންކުރާ އެންމެހައި ފައްޅިތަކާއި نَصَارى އިން އަޅުކަންކުރާ ތަންތަނާއި يهودي ންގެ ފައްޅިތަކާއި އަދި އެތަންތާނގައި ގިނަގިނައިން ﷲ ހަނދާންކުރެވޭ އެކަލާނގެއަށް ذِكر ކުރެވޭ مسلم ންގެ މިސްކިތްތަކާއި މިއެންމެހައި ތަންތަން ހަލާކުވެ ނެތިވެ ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން ﷲ ގެ دين އަށް نصر ދިން މީހަކަށް ﷲ އެމީހަކަށް نصر ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
22:41ٱلَّذِينَ إِن مَّكَّنَّـٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ ﴿41﴾ٱلَّذِينَ إِن مَّكَّنَّـٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ
Transliteration: Allatheena in makkannahum fee alardi aqamoo alssalata waatawoo alzzakata waamaroo bialmaAAroofi wanahaw AAani almunkari walillahi AAaqibatu alomoori
Translation: އެމީހުންނަށް އެބަހީ: އީމާންވީމީހުންނަށް ތިމަންރަސްކަލާނގެ ބިމުގައި ބާރުދެއްވައި تَمْكِين ކޮށްދެއްވައި ހަމަޖައްސަވައިދެއްވައިފިއްޔާ އެމީހުން ނަމާދު قائم ކުރާނެއެވެ. އަދި ޒަކާތްދޭނެއެވެ. އަދި އެމީހުން ހެޔޮކަންތަކަށް އަމުރުކުރާނެއެވެ. އަދި منكراة ނަހީކުރާނެއެވެ. (މީގެމާނައީ އެފަދަމީހުންގައި މިސިފަތައް ހުންނަންވާނެއެވެ.) އަދި ހުރިހާކަމެއްގެ ފަހުކޮޅު خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކަންކަމަށް جزاء ދެއްވުން އޮންނާނީ ހަމަ ﷲ އަށެވެ.)
22:42وَإِن يُكَذِّبُوكَ فَقَدۡ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَثَمُودُ ﴿42﴾وَإِن يُكَذِّبُوكَ فَقَدۡ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَثَمُودُ
Transliteration: Wain yukaththibooka faqad kaththabat qablahum qawmu noohin waAAadun wathamoodu
Translation: (އޭ رسول ﷲ އެވެ!) އަދި އެމީހުން - يعني: مكّة ގެ مشرك ން - ކަލޭގެފާނު ދޮގުކުރިޔަސް (އެޔަކީ އަދި އާކަމެއްނޫނެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރިން نوح عليه السّلام ގެ قوم ގެ މީހުންނާއި އަދި عَاد ބާގައިގެމީހުންނާއި ثَمُود ބާގައިގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رَسُول ބޭކަލުން) ދޮގުކުރިއެވެ.
22:43وَقَوۡمُ إِبۡرَٰهِيمَ وَقَوۡمُ لُوطٖ ﴿43﴾وَقَوۡمُ إِبۡرَٰهِيمَ وَقَوۡمُ لُوطٖ
Transliteration: Waqawmu ibraheema waqawmu lootin
Translation: އަދި إبراهيم عليه السّلام ގެ قوم ގެ މީހުންނާއި لوط عليه السّلام ގެ قوم ގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ން) ދޮގުކުރިއެވެ.
22:44وَأَصۡحَٰبُ مَدۡيَنَۖ وَكُذِّبَ مُوسَىٰۖ فَأَمۡلَيۡتُ لِلۡكَٰفِرِينَ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ نَكِيرِ ﴿44﴾وَأَصۡحَٰبُ مَدۡيَنَۖ وَكُذِّبَ مُوسَىٰۖ فَأَمۡلَيۡتُ لِلۡكَٰفِرِينَ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ نَكِيرِ
Transliteration: Waashabu madyana wakuththiba moosa faamlaytu lilkafireena thumma akhathtuhum fakayfa kana nakeeri
Translation: އަދި مَدْيَنُ ގެ أهل ވެރިންވެސް (އެމީހުންގެ رسول ން ދޮގުކުރިއެވެ.) އަދި موسى عليه السّلام ދޮގުކުރެވުނެވެ. އެބަހީ: އެކަލޭގެފާނުންގެ قوم ގެ މީހުންވެސް އެކަލޭގެފާނު ދޮގުކުރިއެވެ.)\nދެންފަހެ މިއެންމެހައި أمّة ތަކުގެ ކާފަރުންނަށް ތިމަންރަސްކަލާނގެ އެމީހުންނަށް މުހުލަތު ދެއްވާފައި ދެން ހިތްޕެވީމެވެ. އެމީހުން ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންގެ މައްޗަށް އޮތް ތިމަންރަސްކަލާނގެ إنكار އާއި ކޯފާވީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ! (ކަލޭގެފާނުންގެ أمّة ގެ މީހުންނަށްވެސް ވާނީ ހަމަ އެފަދައިންނެވެ. އެބަހީ: އެ أمّة ތަކުގެ ކާފަރުން ކަންތައް ކުރިގޮތަށް رسول އާއިމެދު ކަންތައް ކޮށް رسول ދޮގުކޮށްފިނަމަ ވާނީ ހަމަ އެ أمّة ތަކުގެ މީހުންނަށްވެސް ހަމަ ވީގޮތަށެވެ.)
22:45فَكَأَيِّن مِّن قَرۡيَةٍ أَهۡلَكۡنَٰهَا وَهِيَ ظَالِمَةٞ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئۡرٖ مُّعَطَّلَةٖ وَقَصۡرٖ مَّشِيدٍ ﴿45﴾فَكَأَيِّن مِّن قَرۡيَةٍ أَهۡلَكۡنَٰهَا وَهِيَ ظَالِمَةٞ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئۡرٖ مُّعَطَّلَةٖ وَقَصۡرٖ مَّشِيدٍ
Transliteration: Fakaayyin min qaryatin ahlaknaha wahiya thalimatun fahiya khawiyatun AAala AAurooshiha wabirin muAAattalatin waqasrin masheedin
Translation: އަދި އެރަށްރަށް އަނިޔާވެރިވެގެންވާ حال (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال) ކިތައްކިތައް ރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވިންހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ.) އެރަށްރަށްވަނީ އެރަށްރަށުގެ ބިނާތަކުގެ މައްޗަށް ފާރުތައްވެރި ހަލާކުވެ މުޅިން ބަރުބާދުވެފައެވެ. އަދި أهل ވެރިޔަކު ނެތި ބަންދުވެ ދޫކޮށްލެވިގެންވާ ކިތައްކިތައް ވަޅާއި ގަދަކޮށް ވަރުގަދަކޮށް ހެދިފައިވާ ކިތައްކިތައް ގަނޑުވަރު (މީހަކުނެތި) ދޫކޮށްލެވިފައިވޭހެއްޔެވެ؟ (އެބަހީ: އެފަދަ ވަރަށްގިނަ ތަންތަން ވެއެވެ. މިކަންކަމުން ދެންތިބިމީހުން عبرة حاصل ކުރާހުށިކަމެވެ.)
22:46أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ ﴿46﴾أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ
Transliteration: Afalam yaseeroo fee alardi fatakoona lahum quloobun yaAAqiloona biha aw athanun yasmaAAoona biha fainnaha la taAAma alabsaru walakin taAAma alquloobu allatee fee alssudoori
Translation: އެމީހުން ފަހެ ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ނުހަދަނީބާވައެވެ. (އެބަހީ: رسول ބޭކަލުން ދޮގުކުރި އިސްވެދިޔަ أمّة ތަކަށްވީގޮތް ދެކެ عِبْرة حَاصِل ކުރުމަށްޓަކައި ބިމުގައި ހިނގާ ދަތުރުފަތުރުކޮށް ނަހަދަނީބާވައެވެ.) އަދި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދަންވީ އެކަންކަމަށް ވިސްނާ فكر ކުރާނެ ހިތްތަކެއް އެމީހުންނަށް ވުމަށްޓަކައެވެ. ނުވަތަ ހެޔޮބަސް އަހާނެ ކަންފަތްތަކެއް ވުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން ލޯތައް ކަނުވެ އަނދިރިވީއެއްނޫނެވެ. އަދި އެހެންނަމަވެސް މޭމަތީގެ ދަށުގައިވާ ހިތްތައް ކަނުވެ އަނދިރިވެގެންވަނީއެވެ.
22:47وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ ﴿47﴾وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ
Transliteration: WayastaAAjiloonaka bialAAathabi walan yukhlifa Allahu waAAdahu wainna yawman AAinda rabbika kaalfi sanatin mimma taAAuddoona
Translation: އަދި (އޭ رسول ﷲ އެވެ.) އެ مشرك ން عذاب އަވަސްވުމަށް ކަލޭގެފާނުންގެ އަރިހުން އެދެއެވެ. (ނަމަވެސް ﷲ އެކަމަށްوعد ކުރައްވާފައިވާ ވަގުތެއްވެއެވެ.) ﷲ تعالى އެކަލާނގެ وعد ފުޅާއި خلاف ވެވޮޑިނުގަންނަވާނެއެވެ. (އެކަލާނގެ އެ وعد ފުޅުކުރެއްވިގޮތަކަށް އެވަގުތަކުން އެކަމެއް ހިންގަވާނެއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި އެންމެ ދުވަހަކީ ކަލޭމެން ދުނިޔޭގައި عَدَد ކުރާ އަހަރުގެ އެއްހާސް އަހަރެވެ.
22:48وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ ﴿48﴾وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ
Transliteration: Wakaayyin min qaryatin amlaytu laha wahiya thalimatun thumma akhathtuha wailayya almaseeru
Translation: އަދި އަނިޔާވެރިވެގެންވާ حال ތިމަންރަސްކަލާނގެ مُهْلَة ދީ ވަގުތުދިނީ ކިތައްކިތައް ރަށަށްހެއްޔެވެ؟ (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވުމާއިއެކުވެސް އެމީހުންނަށް عذاب އަވަސް ނުކުރައްވައި ވަރަށްގިނަ ރަށްރަށް ވެއެވެ.) ދެން مُهْلَة ދެއްވުމަށްފަހު ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުން އެނބުރި އައުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
22:49قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمۡ نَذِيرٞ مُّبِينٞ ﴿49﴾قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمۡ نَذِيرٞ مُّبِينٞ
Transliteration: Qul ya ayyuha alnnasu innama ana lakum natheerun mubeenun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނިސްބަތުގައި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ نَذِير އަކު ކަމުގައެވެ. (شرك ން ދުރުނުވެ ނުކިޔަމަންކަންމަތީ ދެމިތިބޭނަމަ عذاب އަތުވެދާނެކަމުގެ ބިރުވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ.)
22:50فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ﴿50﴾فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ
Transliteration: Faallatheena amanoo waAAamiloo alssalihati lahum maghfiratun warizqun kareemun
Translation: ފަހެ إيمان ވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. އެމީހުންނަށް ފާފަފުއްސެވުމާއި އަދި މާތްވެގެންވާ ރިޒުގު (قيامة ދުވަހުން) ހުންނަހުއްޓެވެ.
22:51وَٱلَّذِينَ سَعَوۡاْ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ﴿51﴾وَٱلَّذِينَ سَعَوۡاْ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ
Transliteration: Waallatheena saAAaw fee ayatina muAAajizeena olaika ashabu aljaheemi
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ނުކުޅައްދައިލުމަށް މަސައްކަތްކުރާ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
22:52وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿52﴾وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
Transliteration: Wama arsalna min qablika min rasoolin wala nabiyyin illa itha tamanna alqa alshshaytanu fee omniyyatihi fayansakhu Allahu ma yulqee alshshaytanu thumma yuhkimu Allahu ayatihi waAllahu AAaleemun hakeemun
Translation: (އޭ رسول ﷲ އެވެ.) އެބޭކަލަކު ކިޔަވާ ވިދާޅުވާއިރު އެކިޔަވާ ވިދާޅުވުމުގެ ތެރެއަށް شيطان އޭނާގެ باطل ވާހަކަތައް ނުވައްދާ އެއްވެސް رَسول ބޭކަލަކުވިޔަސް އަދި نبي ބޭކަލަކުވިޔަސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. (އެބަހީ: ކޮންމެ ބޭކަލެއްގެ ކިޔަވާވިދާޅުވުމުގެ ތެރެއަށްވެސް شيطان އޭނާގެ باطل ވާހަކަތައް ވައްދަވައެވެ.) ދެންފަހެ - ﷲ تعالى އެ شيطان އެ އިތުރުކުރި އެއްޗެއް - ނެތިކުރައްވައި باطل ކުރައްވައެވެ. އަދި އޭގެފަހުގައި ﷲ تعالى އެކަލާނގެ آية ތައް خلاص ކުރައްވައި ރަނގަޅަށް ސާބިތުކުރައްވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
22:53لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَفِي شِقَاقِۭ بَعِيدٖ ﴿53﴾لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَفِي شِقَاقِۭ بَعِيدٖ
Transliteration: LiyajAAala ma yulqee alshshaytanu fitnatan lillatheena fee quloobihim maradun waalqasiyati quloobuhum wainna alththalimeena lafee shiqaqin baAAeedin
Translation: އެއީ شيطان އާ އެބޭކަލުންގެ ކިޔަވާ ވިދާޅުވުމުގެ ތެރެއަށް އެވެއްދެވި އެއްޗެއް އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި نِفَاقُ ގެ ބަލިކަންވާ މީހުންގެ ހިތްތަކަށާއި އަދި އެމީހުންގެ ހިތްތައް ހަރުވެ ގަދަވެފައިވާ މީހުންގެ ހިތްތަކަށްވާ فِتْنَة އެއްކަމުގައި އެބަހީ މަގުފުރެދުމެއްކަމުގައި އެކަލާނގެ ލެއްވުމަށެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (مشرك ން) ވަނީ ހަމަކަށަވަރުންވެސް ދުރުވެގެންވާ ދެކޮޅުވެރިކަމެއްގައެވެ. (ﷲ ގެ أمر ފުޅާއި خلاف ވެ حقّ އާއި ވަރަށް ދުރުގައެވެ.)
22:54وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿54﴾وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
Transliteration: WaliyaAAlama allatheena ootoo alAAilma annahu alhaqqu min rabbika fayuminoo bihi fatukhbita lahu quloobuhum wainna Allaha lahadi allatheena amanoo ila siratin mustaqeemin
Translation: އަދި އެކަލާނގެ އެކަން ލެއްވީ - (އެބަހީ: شيطان އެވެއްދެވި އެއްޗެއް ނެތިކުރައްވައި باطل ކުރައްވައި އެކަލާނގެ އާޔަތްތައް خلاص ކުރައްވައި ސާބިތުކުރެއްވީ) علم ގެ أهل ވެރިންނަށް އެ قرآن ގައިވާ آية ތައް އެއީ ހަމަ حقّ ކަން ދެނެގަނެ ދެން އެއާޔަތްތަކަށް إيمان ވެ ތެދުކޮށް އަދި އެމީހުންގެ ހިތްތައް އެ قرآن އަށް މަޑުމޮޅިވެ ކިޔަމަންވެ ބިރުވެތިވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ އީމާންވީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އަދި ދައްކަވާނެ ކަލާނގެކަން ކަށަވަރެވެ.
22:55وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ ﴿55﴾وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ
Transliteration: Wala yazalu allatheena kafaroo fee miryatin minhu hatta tatiyahumu alssaAAatu baghtatan aw yatiyahum AAathabu yawmin AAaqeemin
Translation: އަދި كَافرވީ މީސްތަކުން އެ قرآن އާއިމެދު ޝައްކެއްގައި ވުމުން ފިލައިނުދެއެވެ. އެއީ ހަމަކަށަވަރުން އެމީހުންނަށް قيامة قائم ވެއްޖައުމަށް ދާންދެންނެވެ. ނުވަތަ (އެކާފަރުންނަށް) އެއްވެސް رحمة އެއްނެތް ދުވަހެއްގެ عذاب އަތުވެއްޖައުމަށްދާންދެނެވެ. (އެދުވަހަކީ قيامة ދުވަހެވެ. / ނުވަތަ بَدر ގެ ދުވަހެވެ.) والله أعلم.
22:56ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي جَنَّـٰتِ ٱلنَّعِيمِ ﴿56﴾ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي جَنَّـٰتِ ٱلنَّعِيمِ
Transliteration: Almulku yawmaithin lillahi yahkumu baynahum faallatheena amanoo waAAamiloo alssalihati fee jannati alnnaAAeemi
Translation: އަދި އެދުވަހުން އެންމެހައި ވެރިކަމަކާއި ބާރެއްވަނީ ހަމަ ﷲ އަށްخاصّ ވެގެންނެވެ. ފަހެ އެކަލާނގެ އެމީހުންގެ މެދުގައި حكم ކުރައްވާހުއްޓެވެ. ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުންވާނީ نعمة ތަކުގެވެރި ސުވަރުގެތަކުގައެވެ.
22:57وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا فَأُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ ﴿57﴾وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا فَأُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ
Transliteration: Waallatheena kafaroo wakaththaboo biayatina faolaika lahum AAathabun muheenun
Translation: އަދި كافر ވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ.) އެމީހުންނަށް ހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.
22:58وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّـٰزِقِينَ ﴿58﴾وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّـٰزِقِينَ
Transliteration: Waallatheena hajaroo fee sabeeli Allahi thumma qutiloo aw matoo layarzuqannahumu Allahu rizqan hasanan wainna Allaha lahuwa khayru alrraziqeena
Translation: އަދި ﷲ ގެ މަގުގައި هجرة އަށްދިޔަ މީސްތަކުން ދެން އެމީހުން (އެކަމުގައި) قَتل ވެދިޔަ ނުވަތަ މަރުވެދިޔަ މީސްމީހުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް ރަނގަޅުވެގެންވާ ރިޒުގެއް ދެއްވާހުއްޓެވެ. (އެއީ ގިނަވެގެންވާ ثواب އާއި ދަރުމައެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ އެންމެ ހެޔޮކޮށް ރިޒުގުދެއްވާ ކަލާނގެއެވެ.
22:59لَيُدۡخِلَنَّهُم مُّدۡخَلٗا يَرۡضَوۡنَهُۥۚ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٞ ﴿59﴾لَيُدۡخِلَنَّهُم مُّدۡخَلٗا يَرۡضَوۡنَهُۥۚ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٞ
Transliteration: Layudkhilannahum mudkhalan yardawnahu wainna Allaha laAAaleemun haleemun
Translation: ހަމަކަށަވަރުން އެމީހުން (އެބަހީ: هجرة ކުރުމުގައި قتل ވެ މަރުވެގެންދިޔަމީހުން) ރުހޭނެތާކަށް އެކަލާނގެ އެމީހުން ވައްދަވާހުއްޓެވެ. (އެއީ މާތްވެގެންވާ ސުވަރުގެއެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ އަދި ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
22:60ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ﴿60﴾۞ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ
Transliteration: Thalika waman AAaqaba bimithli ma AAooqiba bihi thumma bughiya AAalayhi layansurannahu Allahu inna Allaha laAAafuwwun ghafoorun
Translation: އެހެނީ މިކަމަށްޓަކައި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއްކޮށް بغاوة ކުރި މީހާއަށް އޭނާ އެކުރި ކަންތަކާއެއްވަރުގެ އަނިޔާއާއި عقوبة ދެވުމަށްފަހު ދެން އަލުން އޭނާއަށް އަދަބުދެވި އަނިޔާވެރިވެވި عقوبة ދެވިއްޖެއްޔާ ހަމަކަށަވަރުން (އޭނާއަށް އެއަނިޔާކުރި މީހާގެމައްޗަށް) ﷲ تعالى އޭނާއަށް نَصْرُ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
22:61ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَأَنَّ ٱللَّهَ سَمِيعُۢ بَصِيرٞ ﴿61﴾ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَأَنَّ ٱللَّهَ سَمِيعُۢ بَصِيرٞ
Transliteration: Thalika bianna Allaha yooliju allayla fee alnnahari wayooliju alnnahara fee allayli waanna Allaha sameeAAun baseerun
Translation: އެއީ - (އެބަހީ: އެދެއްވާ نصر އަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުން ދެއްވާ نصر އެވެ.) އެހެނީ ﷲ تعالى ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އެބަހީ: އެކަލާނގެ ރޭދުވާ ތަކުރާރުކުރައްވައެވެ. އެއީވެސް އެކަލާނގެ ކުޅަދުން ވަންތަކަމުގެތެރެއިންވާކަމެކެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާ ކަލާނގެއެވެ.
22:62ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ ﴿62﴾ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ
Transliteration: Thalika bianna Allaha huwa alhaqqu waanna ma yadAAoona min doonihi huwa albatilu waanna Allaha huwa alAAaliyyu alkabeeru
Translation: އެއީ - އެބަހީ: ރޭދުވާ އެކަލާނގެ ތަކުރާރުކުރައްވަނީ ހަމަކަށަވަރުން ﷲ تعالى އެއީ حقُّ ވަންތަ إله ކަމުގައި ވީކަމެވެ. އަދި އެ مشرك ންގެމީހުން އެކަލާނގެ ފިޔަވައި އެތަކެއްޗަށް (އެބުދުތަކަށް) ގޮވާ دعاء ކުރާ އެންމެހައިތަކެއްޗަކީ ހަމަ ސީދާ باطل ތަކެއްޗެވެ. އެއްވެސް މާނައެއްގައި إله އެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
22:63أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ ﴿63﴾أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ
Transliteration: Alam tara anna Allaha anzala mina alssamai maan fatusbihu alardu mukhdarratan inna Allaha lateefun khabeerun
Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ﷲ تعالى އުޑުން ފެންބާވައިލައްވާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެބަހީ އެނގިވަޑައިގަންނަވާނެއެވެ. ދެން ބިންގަނޑު ފެހިއެއްޗަކަށް ވެދެއެވެ. އެބަހީ: ގަސްތައްފަޅައި ފެހިވެދެއެވެ. ހަމަކަށަވަރުން ﷲ تعالى އީ އެންމެހައި ކުދިކުދި އެއްޗެއްސަށްދާންދެން ދެނެވޮޑިގެންވާ އަދި خبر ކުރައްވާ ކަލާނގެއެވެ.
22:64لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِيُّ ٱلۡحَمِيدُ ﴿64﴾لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِيُّ ٱلۡحَمِيدُ
Transliteration: Lahu ma fee alssamawati wama fee alardi wainna Allaha lahuwa alghaniyyu alhameedu
Translation: އުޑުތަކާއި އަދި ބިމުގައިވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެކަން يقين އެވެ.
22:65أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ﴿65﴾أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ
Transliteration: Alam tara anna Allaha sakhkhara lakum ma fee alardi waalfulka tajree fee albahri biamrihi wayumsiku alssamaa an taqaAAa AAala alardi illa biithnihi inna Allaha bialnnasi laraoofun raheemun
Translation: (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ބިމުގައިވާހާ އެއްޗެއް ކަލޭމެނަށް (އިންސާނުންނަށް) ޓަކައި ﷲ تعالى ކިޔަމަންކޮށްދެއްވިއެވެ. އަދި ނައުދޯގުފަހަރު އެކަލާނގެ أمر ފުޅަށް ކަނޑުގައި ދުވެއެވެ. މިކަންކަން ދެނެވަޑައިނުގަންނަވައިތޯއެވެ؟ އެބަހީ: ދެނެވަޑައިގަންނަވާނެއެވެ. އަދި އެކަލާނގެ އިޒުނަފުޅަށް މެނުވީ ބިމުގެ މައްޗަށް އުޑުވެއްޓުނަ ނުދެއްވައި އެކަލާނގެ ހިފަހައްޓަވައެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
22:66وَهُوَ ٱلَّذِيٓ أَحۡيَاكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۗ إِنَّ ٱلۡإِنسَٰنَ لَكَفُورٞ ﴿66﴾وَهُوَ ٱلَّذِيٓ أَحۡيَاكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۗ إِنَّ ٱلۡإِنسَٰنَ لَكَفُورٞ
Transliteration: Wahuwa allathee ahyakum thumma yumeetukum thumma yuhyeekum inna alinsana lakafoorun
Translation: (އޭ މީސްތަކުންނޭވެ.) ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން (އަލުން محشر ކުރެއްވުމަށް) ކަލޭމެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އިންސާނާއީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑުމީހެއްކަން ކަށަވަރެވެ.
22:67لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ ﴿67﴾لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ
Transliteration: Likulli ommatin jaAAalna mansakan hum nasikoohu fala yunaziAAunnaka fee alamri waodAAu ila rabbika innaka laAAala hudan mustaqeemin
Translation: ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مَنْسَكُ އެއް ލެއްވީމެވެ. (އެއީ قُرْبَان ކޮށް ލެއިއޮހޮރުވާ عيد ކޮށް ހަދާނެތަނަކާއި ވަގުތެކެވެ.) އެތަންތާނގައި އެބަޔަކު قربان ކޮށް عيد ކޮށް ހަދައެވެ. އެއީ އެމީހުންގެ ތަނެވެ. ފަހެ ކަލޭގެފާނުންގެ قربان ކުރުމާ عيد ކުރުމުގެ ކަންތަކުގައި އެމީހުން ދެބަސްވެ جَدَلُ ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް دعاء ކުރައްވައި ހައްދަވާ ށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ހަމަ ސީދާވެގެންވާ ތެދުމަގެއްގައެވެ.
22:68وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعۡلَمُ بِمَا تَعۡمَلُونَ ﴿68﴾وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعۡلَمُ بِمَا تَعۡمَلُونَ
Transliteration: Wain jadalooka faquli Allahu aAAlamu bima taAAmaloona
Translation: އަދި އެ مشرك ންގެމީހުން ކަލޭގެފާނާ جَدَل ކޮށްހަދަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ.
22:69ٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴿69﴾ٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ
Transliteration: Allahu yahkumu baynakum yawma alqiyamati feema kuntum feehi takhtalifoona
Translation: އަދި އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކާމެދު ކަލޭމެންގެ މެދުގައި ﷲ حكم ކުރައްވާހުއްޓެވެ. އެއީ قيامة ދުވަހުންނެވެ.
22:70أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴿70﴾أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Transliteration: Alam taAAlam anna Allaha yaAAlamu ma fee alssamai waalardi inna thalika fee kitabin inna thalika AAala Allahi yaseerun
Translation: އަދި (އޭ رسول ﷲ އެވެ.) އުޑާއި ބިމުގައިވާހާ އެއްޗެއް (އަދި ވާހާކަމެއް) ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ހަމަކަށަވަރުން އެދެނެވޮޑިގަތުމަކީ އެއީ ފޮތެއްގައި ލިޔެވިގެންވާ އެއްޗެކެވެ. (އެއީ قيامة އާއި ޖެހެންދެން ވާނެ ހުރިހާކަމެއް ﷲ ލިއުއްވާފައިވާ ފޮތެވެ. أمّ الكتَاب އެވެ.) އަދި ހަމަކަށަވަރުން އެލިއުއްވުން ނުވަތަ خَلْقُ ތަކުންގެ މެދުގައި حكم ކުރެއްވުން އެއީ ﷲ تعالى ގެ حضرة އަށް ދާދި ލުއިފަސޭހަކަމެކެވެ.
22:71وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٖ ﴿71﴾وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٖ
Transliteration: WayaAAbudoona min dooni Allahi ma lam yunazzil bihi sultanan wama laysa lahum bihi AAilmun wama lilththalimeena min naseerin
Translation: އަދި އެ مشرك ންގެމީހުން ﷲ ފިޔަވައި އެއަޅުކަންކުރަނީ އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ އެއްޗެހި ތަކަކަށެވެ. (އެއީ ބުދުތަކާއި އެމާނާގައިވާ ކޮންމެ އެއްޗެކެވެ.) އަދި އެތަކެތި އެއީ إله ންކަމުގެ އެއްވެސް އެނގުމެއް އެމީހުންނަށްވެސް ނުވާ ތަކެއްޗަށެވެ. އަދި އެއަނިޔާވެރިންނަށް - مشرك ންނަށް نصر ދޭނޭ އެކަކުވެސް قيامة ދުވަހުން ނުވާނެއެވެ.
22:72وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ ﴿72﴾وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ
Transliteration: Waitha tutla AAalayhim ayatuna bayyinatin taAArifu fee wujoohi allatheena kafaroo almunkara yakadoona yastoona biallatheena yatloona AAalayhim ayatina qul afaonabbiokum bisharrin min thalikum alnnaru waAAadaha Allahu allatheena kafaroo wabisa almaseeru
Translation: އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ (އެމީހުންނަށް ކިޔަވައިދެވިއްޖެއްޔާ ކާފަރުންގެ މޫނުތަކުގެ މަތީ ނުރުހުމާ ރުޅިވެރިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެކަން އެނގިވަޑައިގަންނަވާނެއެވެ. އަދި ތިމަންރަސްކަލާނގެ أية ތައް އެމީހުންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް އެމީހުން އަރައިގަނެ ތަޅާފޮޅައިގަތުން ގާތްވެގެންވެއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެނަށް އެއަށްވުރެ މާނުބައިކަމެއްގެ خبر އަހުރެން ކަލޭމެނަށް ދެންހެއްޔެވެ؟ އެއީ ކާފަރުންނަށް ﷲ وعد ކުރައްވާފައިވާ ނަރަކައެވެ. އަލިފާނެއެވެ. އެއީ އެނބުރިގޮސް ހުރުން ނުބައިވެގެންވާ ތަނެކެވެ.
22:73يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ ﴿73﴾يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ
Transliteration: Ya ayyuha alnnasu duriba mathalun faistamiAAoo lahu inna allatheena tadAAoona min dooni Allahi lan yakhluqoo thubaban walawi ijtamaAAoo lahu wain yaslubuhumu alththubabu shayan la yastanqithoohu minhu daAAufa alttalibu waalmatloobu
Translation: އޭ މީސްތަކުންނޭވެ. (ކަލޭމެންނަށް) مِثَال އެއް ޖެހެވިއްޖެއެވެ. ކަލޭމެން އެޔަށް ކަނުލައި އަހާށެވެ. ހަމަކަށަވަރުން ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ ގޮވާތަކެއްޗަށް (ބުދުތަކާއި އެމާނާގައިވާ ތަކެއްޗަށް) އެންމެ މެއްސެއްވެސް ނުހެއްދެވޭނެއެވެ. އެކަމާމެދު އެހުރިހާތަކެތި ޖަމާވިޔަސް ނުވާނެއެވެ. އަދި ބުދުތަކަށް ބަހައްޓާފައިވާ ތަކެތީގެ ތެރެއިން (ކާނާޔާ އެބާވަތުގެ ތަކެތީގެތެރެއިން) އެއްޗެއް މެހި ޖަހައިގަނެ އަތުލައިގަނެގެން ދިޔަޔަސް އެމެހީގެއަތުން އެއެތިކޮޅު އަތުލައިގަނެ ސަލާމަތް ކުރުމަކަށްވެސް އެބުދުތަކަށް ކުޅަދާނަވެގެން ނުވެއެވެ. އެދޭއެތި يعني: ބުދު ނިކަމެތިވެގެންވެއެވެ. އަދި އެދެވޭ އެތި يعني: މެހި ނިކަމެތިވެގެންވެއެވެ. (ނުވަތަ އެބުދުގެ ކިބައިން ކަންކަމަށް އެދޭ آدم ގެ ދަރިޔާ ނިކަމެތިވެގެންވެއެވެ. އަދި އޭގެ ކިބައިން ކަންކަމަށް އެދެވޭ ބުދު ނިކަމެތިވެގެންވެއެވެ. މިދެގޮތަށްވެސް ތަރުޖަމާކުރެވެއެވެ. والله أعلم)
22:74مَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ ﴿74﴾مَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
Transliteration: Ma qadaroo Allaha haqqa qadrihi inna Allaha laqawiyyun AAazeezun
Translation: އެމީހުން އެބަހީ: مشرك ން ﷲ އަށް قدر ކޮށް إحترام ކުރުން حقّ ވެގެންވާ ވަރަށް قدر ކޮށް إحترام ނުކުރެއެވެ. ހަމަކަށަވަރުން ﷲ تعالى އީ ކަށަވަރުންވެސް ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
22:75ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَـٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ ﴿75﴾ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَـٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ
Transliteration: Allahu yastafee mina almalaikati rusulan wamina alnnasi inna Allaha sameeAAun baseerun
Translation: ﷲ تعالى މަލާއިކަތްބޭކަލުންގެ ތެރެއިން رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. (އެއީ جبريل ފަދަ مِيكائيل ފަދަ........ ބޭބޭކަލުންނެވެ.) އަދި މީސްތަކުންގެތެރެއިންވެސް އެކަލާނގެ رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
22:76يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ﴿76﴾يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
Transliteration: YaAAlamu ma bayna aydeehim wama khalfahum waila Allahi turjaAAu alomooru
Translation: އެބޭކަލުންގެ ކުރިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ހެއްދެވުމުގެ ކުރިންވެސް އެބޭކަލުންގެ ކަންތައް ދެނެވޮޑިގެންވެއެވެ.) އަދި އެބޭކަލުންގެ ފަސްވެސް ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ފަނާވެދިއުމަށްފަހު ދެންވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަންތައްތައް ގޮސް ނިމުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
22:77يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩ ﴿77﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩
Transliteration: Ya ayyuha allatheena amanoo irkaAAoo waosjudoo waoAAbudoo rabbakum waifAAaloo alkhayra laAAallakum tuflihoona
Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް رُكُوع ކުރާށެވެ! އަދި ކަލޭމެން އެކަލާނގެއަށް سَجِدَة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން ހެޔޮކަންތައްތައް ކުރާށެވެ. އެއީ ކަލޭމެން ކާމިޔާބުވުމުގެ أمّيد ގައެވެ. ނަސީބުލިބޭތޯއެވެ.
22:78وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ﴿78﴾وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ
Transliteration: Wajahidoo fee Allahi haqqa jihadihi huwa ijtabakum wama jaAAala AAalaykum fee alddeeni min harajin millata abeekum ibraheema huwa sammakumu almuslimeena min qablu wafee hatha liyakoona alrrasoolu shaheedan AAalaykum watakoonoo shuhadaa AAala alnnasi faaqeemoo alssalata waatoo alzzakata waiAAtasimoo biAllahi huwa mawlakum faniAAma almawla waniAAma alnnaseeru
Translation: އަދި ކަލޭމެން ﷲ ގެމަގުގައި جِهاد ކޮށް ގަދައަޅާ މަސައްކަތްކުރުން حقّ ވާ ވަރަށް އެކަލާނގެ މަގުގައި جِهاد ކޮށް ގަދައަޅާށެވެ. އަދި ކަލޭމެންގެމައްޗަށް دين ގައި އެކަލާނގެ އެއްވެސް ބުރައެއް އުނދަގުލެއް (ނުއުފުލޭވަރަކަށް) ނުލައްވައެވެ. އަދި ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ إبراهيم عليه السّلام ގެ دين ގައި ކަލޭމެން ހިފަހައްޓާށެވެ! އިސްވެދިޔަ ފޮތްތަކާއި شريعة ތަކުގައިވެސް ކަލޭމެންނަށް مسلم ންގެ ނަމުން ނަންދެއްވީ ހަމަ އެކަލާނގެއެވެ. އަދި މިކީރިތި قرآن ގައިވެސް އެނަން ކަލޭމެނަށް ދެއްވީ ހަމަ އެކަލާނގެއެވެ. އެކަން އެހެން އެހެއްދެވީ رسول (ﷺ) ކަލޭމެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ހައްދަވައި އަދި ކަލޭމެންނީ އެންމެހައި މީސްތަކުންގެމައްޗަށް (قيامة ދުވަހުން) ހެކިވެރިންކަމުގައި ވުމަށްޓަކައެވެ. ފަހެ އެހެންވެ ކަލޭމެން ނަމާދު قائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! އަދި ﷲ ގެ حضرة ން ކަލޭމެން ރައްކާތެރިކަން ލިބިގަންނާށެވެ! އެކަލާނގެއަށް އިތުބާރުކޮށް وكيل ކުރާށެވެ! ކަލޭމެންގެ ސަހަރޯވެރި ވެރިޔަކީ ހަމަ އެކަލާނގެއެވެ. އެކަލާނގެ އެއީ (އެފަދަ އެހެން ސަހަރޯވެރިއަކު ނުވާފަދަ) ރަނގަޅު ސަހަރޯވެރިޔާއެވެ. އަދި (އެފަދަ އެހެން نصر ވެރިޔަކު ނުވާ) ރަނގަޅު نصر ވެރިޔާށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download