quranm◉

Surah An-Nur transliteration

◉ ސޫރަ · ∞

24:1

سُورَةٌ أَنزَلۡنَٰهَا وَفَرَضۡنَٰهَا وَأَنزَلۡنَا فِيهَآ ءَايَٰتِۭ بَيِّنَٰتٖ لَّعَلَّكُمۡ تَذَكَّرُونَ ﴿1﴾

Transliteration: Sooratun anzalnaha wafaradnaha waanzalna feeha ayatin bayyinatin laAAallakum tathakkaroona

Translation: މިއީ ތިމަންރަސްކަލާނގެ ބާވައިލެއްވި ސޫރަތެކެވެ. އަދި އެސޫރަތް ތިމަންރަސްކަލާނގެ فرض ކުރެއްވީމެވެ. (އެބަހީ: އެސޫރަތުގައިވާ حكم ތައް ތިމަންރަސްކަލާނގެ فرض ކުރައްވައި بيان ކުރެއްވީމެވެ.) އަދި އެސޫރަތުގައި بيان ވެ ފައުޅުވެގެންވާ دليل ތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އެއީ ތިޔަބައިމީހުން وعظ ލިބި نصيحة ލިބިގަތުމަށްޓަކައެވެ.

24:2

ٱلزَّانِيَةُ وَٱلزَّانِي فَٱجۡلِدُواْ كُلَّ وَٰحِدٖ مِّنۡهُمَا مِاْئَةَ جَلۡدَةٖۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةٞ فِي دِينِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ وَلۡيَشۡهَدۡ عَذَابَهُمَا طَآئِفَةٞ مِّنَ ٱلۡمُؤۡمِنِينَ ﴿2﴾

Transliteration: Alzzaniyatu waalzzanee faijlidoo kulla wahidin minhuma miata jaldatin wala takhuthkum bihima rafatun fee deeni Allahi in kuntum tuminoona biAllahi waalyawmi alakhiri walyashhad AAathabahuma taifatun mina almumineena

Translation: ޒިނޭކުރާ އަންހެންމީހާޔާ ޒިނޭކުރާ ފިރިހެންމީހާޔާ ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި ކަލޭމެން ސަތޭކަ އެތިފަހަރުން ހަންމުށިޖަހާށެވެ! (ސަތޭކަ އެތިފަހަރުން حدّ ޖަހާށެވެ!) އަދި ﷲ އަށް ކިޔަމަންތެރިވުމުގައި އެދެމީހުންނާއިމެދު ކަލޭމެން އޯގާވެރިވެ رَحْمُ ބަހައްޓައި ނުހަދާށެވެ! (އެބަހީ: އެދެމީހުންނަށް އޯގާވެރިވެ رحم ކޮށްގެން حدّ ނުޖަހައި ނުދޫކުރާށެވެ!) އެއީ ތިޔަބައިމީހުން ﷲ އަށާއި آخرة ދުވަހަށް إيمان ވާކަމުގައިވަންޏާއެވެ. އަދި އެދެމީހުންނަށް عذاب ދިނުމުގައި - (އެބަހީ: އެދެމީހުންގައި حَدُّ ޖަހާއިރު) مؤمن ންކުރެ جماعة އެއް حاضر ވާހުށިކަމެވެ!

24:3

ٱلزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوۡ مُشۡرِكَةٗ وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوۡ مُشۡرِكٞۚ وَحُرِّمَ ذَٰلِكَ عَلَى ٱلۡمُؤۡمِنِينَ ﴿3﴾

Transliteration: Alzzanee la yankihu illa zaniyatan aw mushrikatan waalzzaniyatu la yankihuha illa zanin aw mushrikun wahurrima thalika AAala almumineena

Translation: ޒިނޭކުރާ ފިރިހެނާ ޒިނޭކުރާ އަންހެނަކާ މެނުވީ جماعވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނައެވެ.) އޭނާޔާ ޒިނޭކުރާ ފިރިހެނަކު މެނުވީ جماع ވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި مؤمن ންގެމައްޗަށް އެކަން حرام ވެގެންވެއެވެ. އެބަހީ: مؤمن ންގެމައްޗަށް ޒިނޭކުރުން حرام ވެގެންވެއެވެ. ނުވަތަ އެފަދަ މީހާއާއި جماع ވުން حرام ވެގެންވެއެވެ. (މިބަސްފުޅުގެ مَقْصَد އަކީ ޒިނޭކުރުމާއި މެދު ބިރުގެންނެވުމާއި މުއުމިނުން އެކަމުން ދުރުވުމަށް ބިރުގެންނެވުމެވެ.)

24:4

وَٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ثُمَّ لَمۡ يَأۡتُواْ بِأَرۡبَعَةِ شُهَدَآءَ فَٱجۡلِدُوهُمۡ ثَمَٰنِينَ جَلۡدَةٗ وَلَا تَقۡبَلُواْ لَهُمۡ شَهَٰدَةً أَبَدٗاۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ ﴿4﴾

Transliteration: Waallatheena yarmoona almuhsanati thumma lam yatoo biarbaAAati shuhadaa faijlidoohum thamaneena jaldatan wala taqbaloo lahum shahadatan abadan waolaika humu alfasiqoona

Translation: އަދި عِفّة ތެރި މިނިވަން مُسْلِم އަންހެނުންނަށް قَذْفُ ކުރާމީހުން (އެބަހީ: ޒިނޭގެ ތުހުމަތުކުރާ މީހުން) އެމީހުން އެކަމުގެމައްޗަށް ހަތަރުހެކިން ނުގެނައިނަމަ ފަހެ ކަލޭމެން އެމީހާގެ ގައިގައި އަށްޑިހަ އެތިފަހަރުން حدّ ޖަހާށެވެ! (އެއީ ދިވެހިންކިޔާ އަނގަ ޙައްދެވެ.) އަދި އެފަދަމީހުންގެ ކިބައިން ދުވަހަކުވެސް ކަލޭމެން ހެކިބަސް قبول ނުކުރާށެވެ! އަދި އެމީހުން އެއީ ކަނޑައެޅިގެން فَاسِقُ ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގަތް ބައެކެވެ.

24:5

إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿5﴾

Transliteration: Illa allatheena taboo min baAAdi thalika waaslahoo fainna Allaha ghafoorun raheemun

Translation: އެއަށްފަހު (އެބަހީ: ޒިނޭގެ ތުހުމަތު ކުރުމަށްފަހު) توبة ވެ إصْلاَح ކުރިމީހުން މެނުވީއެވެ. އެބަހީ: އެފަދަ މީހުންވެސް توبة ވެ އެމީހުން فَاسِدُ ކުރި ކަންތައް إصلاح ކޮށްފިއްޔާ އެމީހުންގެ ހެކިބަސް قبول ކުރެވޭނެއެވެ. އަދި އެއީ فاسق ންކަމުގައި ނުބެލެވޭނެއެވެ. އަދި އެބައިމީހުންނަށް ﷲ توبة ލައްވައި ފާފަފުއްސެވުން أمّيد ކުރެވެއެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މިއީ قَذْفُ ކުރާމީހުންނާއި އެމީހުންގެ حدّ އެވެ. މި حكم ތަކުގައި إختلاف ތައްވެއެވެ.)

24:6

وَٱلَّذِينَ يَرۡمُونَ أَزۡوَٰجَهُمۡ وَلَمۡ يَكُن لَّهُمۡ شُهَدَآءُ إِلَّآ أَنفُسُهُمۡ فَشَهَٰدَةُ أَحَدِهِمۡ أَرۡبَعُ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴿6﴾

Transliteration: Waallatheena yarmoona azwajahum walam yakun lahum shuhadao illa anfusuhum fashahadatu ahadihim arbaAAu shahadatin biAllahi innahu lamina alssadiqeena

Translation: އަދި ތިމާމެންގެ އަނބީންނަށް ޒިނޭގެ ތުހުމަތުކުރާމީހުން އެމީހުން އެކަމުގެމައްޗަށް އެމީހުންގެ نفس ތައްނޫން އެހެން ހެއްކެއް ނުވާނަމަ (އެބަހީ: އެހެން އެބުނާބުނުން ނޫން އެހެން ހެއްކެއް ނުވާނަމަ) ފަހެ އެދެމީހުންކުރެ އެކަކު (އެބަހީ: ފިރިމީހާ) އޭނާ އެބުނަނީ ތެދެއްކަމަށް ﷲ ގަންދީ ހަތަރު ހުވައިކުރާށެވެ.

24:7

وَٱلۡخَٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَيۡهِ إِن كَانَ مِنَ ٱلۡكَٰذِبِينَ ﴿7﴾

Transliteration: Waalkhamisatu anna laAAnata Allahi AAalayhi in kana mina alkathibeena

Translation: އަދި ފަސްވަނަފަހަރު އޭނާ އެބުނަނީ ދޮގެއްނަމަ ﷲ ގެ لَعْنَة ތިމާއަށް ލެއްވިޔަސް ހެޔޮކަމަށް ﷲ ގަންދީ ހުވައިކުރާށެވެ.

24:8

وَيَدۡرَؤُاْ عَنۡهَا ٱلۡعَذَابَ أَن تَشۡهَدَ أَرۡبَعَ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلۡكَٰذِبِينَ ﴿8﴾

Transliteration: Wayadrao AAanha alAAathaba an tashhada arbaAAa shahadatin biAllahi innahu lamina alkathibeena

Translation: އަދި އަންހެންމީހާގެ ކިބައިން (އެބަހީ: އަނބިމީހާގެ ކިބައިން) حَدُّ ދުރުކުރެވޭނީ - عذاب ދުރުކުރެވޭނީ - ހަމަކަށަވަރުން ފިރިމީހާ އެބުނަނީ ދޮގެއްކަމަށް / - އޭނާ ވަނީ ދޮގުވެރިންގެ ތެރެއިންކަމަށް ﷲ ގަންދީ ހަތަރުފަހަރު ހުވައިކުރުމުންނެވެ.

24:9

وَٱلۡخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيۡهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ ﴿9﴾

Transliteration: Waalkhamisata anna ghadaba Allahi AAalayha in kana mina alssadiqeena

Translation: އަދި ފަސްވަނަފަހަރު - އެފިރިމީހާ އެއީ ތެދުވެރިންގެތެރެއިންވާ މީހަކުނަމަ - (އޭނާ އެބުނަނީ ތެދެއްނަމަ) - ތިމާގެމައްޗަށް ﷲ ގެ ކޯފާލެއްވިޔަސް ހެޔޮކަމަށް ﷲ ގަންދީ ހުވައިކުރުމެވެ.

24:10

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ﴿10﴾

Transliteration: Walawla fadlu Allahi AAalaykum warahmatuhu waanna Allaha tawwabun hakeemun

Translation: އަދި (އޭ މީސްތަކުންނޭވެ!) ތިޔަބައިމީހުންގެމައްޗަށް ﷲ ގެ فضل ވަންތަކަން ނުވާނަމަ އެކަލާނގެ އޯގާވަންތަކަން ނުވާނަމަ އަދި އެކަލާނގެ رحمة ނުވާނަމަ (ހަމަކުއްލިއަކަށްވެސް ތިޔަބައިމީހުންގެމައްޗަށް عذاب އައިއްސީހެވެ. ހަލާކު ފޮނުއްވައިފީހެވެ.) އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ حكمة ވަންތަ ކަލާނގެއެވެ. މިއީ لِعَان ކުރުމުގެނަމުން مشهور ވެގެންވާ حكم އެވެ.

24:11

إِنَّ ٱلَّذِينَ جَآءُو بِٱلۡإِفۡكِ عُصۡبَةٞ مِّنكُمۡۚ لَا تَحۡسَبُوهُ شَرّٗا لَّكُمۖ بَلۡ هُوَ خَيۡرٞ لَّكُمۡۚ لِكُلِّ ٱمۡرِيٕٖ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِي تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِيمٞ ﴿11﴾

Transliteration: Inna allatheena jaoo bialifki AAusbatun minkum la tahsaboohu sharran lakum bal huwa khayrun lakum likulli imriin minhum ma iktasaba mina alithmi waallathee tawalla kibrahu minhum lahu AAathabun AAatheemun

Translation: ހަމަކަށަވަރުން ރޯމަރު بُهْتَان ދޮގުވާހަކަ ދެއްކީ ކަލޭމެންކުރެ جماعة އެއްގެ ބައެކެވެ. އަދި އެކަމަކީ ކަލޭމެންނަށްވާ ނުބައެއްކަމަށް ކަލޭމެން ހީނުކުރާށެވެ. އަދިކިއެއްހެއްޔެވެ؟ އެއީ ކަލޭމެނަށްވާ ހެވެކެވެ. ކަލޭމެންކުރެ ކޮންމެ މީހަކަށްވެސް ފާފައިގެތެރެއިން އެމީހަކު حَاصِل ކުރި މިންވަރެއްވެއެވެ. އަދި އެމީހުންގެތެރެއިން އެކަމަށް ވެރިވެ އެވާހަކަ ނަގައިގަތް މީހާއަށް ބޮޑުވެގެންވާ عذاب ހުއްޓެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތާއި އަދި ފަހަތަށް މިއަންނަ ހަތަރުފަސް އާޔަތެއްގައި މިވަނީ عَائِشَة رضى ﷲ عنها އަށް قَذَفُ ކޮށް ނުބައި ތުހުމަތެއް އެޅުވި ނުބައި ވާހަކަޔާމެދު އައިސްފައިވާ ވާހަކަތަކެވެ. އެވާހަކަ مَشْهُورُ ވެގެންވަނީ إفْكُ ގެ ނަމުންނެވެ. يعني: " ބޮޑު ބުހުތާންދޮގު" މިނަމުންނެވެ. އެއީ ވަރަށް ދިގު ބަޔާނެކެވެ. އެވާހަކަ އުފެއްދިމީހަކީ مُنَافِقُ ންގެ رئيس ކަމުގައިވާ عبد ﷲ بن أُبَيُّ بن سَلُول ކަމުގައިވިއެވެ. އަދި އޭގެތެރެއަށް އޮޅުމަކުންނަމަވެސް ބައެއް مؤمن ން ވަންކަމުގައިވިއެވެ. އެންމެފަހުން عَائِشَة رضى ﷲ عنها އެކަމުން މުޅިން بَرِىءَ ވެވަޑައިގެންވާކަން ހަތްވަނަ އުޑުގެމަތިން ﷲ އެންގެވީއެވެ. އެވާހަކަ تفصيل ކޮށް تفسير ފޮތްތަކާއި حديث ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް އެއަށްވުރެކުރީއެވެ. ދެން އެޔާ ވިދިގެން مؤمن ންނަށް ﷲ تعالى وعظ އާއި نصيحة ދެއްވަނީއެވެ. އެކަލާނގެ وحي ކުރެއްވިއެވެ.

24:12

لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرٗا وَقَالُواْ هَٰذَآ إِفۡكٞ مُّبِينٞ ﴿12﴾

Transliteration: Lawla ith samiAAtumoohu thanna almuminoona waalmuminatu bianfusihim khayran waqaloo hatha ifkun mubeenun

Translation: އެވާހަކަ ކަލޭމެން އެހިހިނދު مؤمن ފިރިހެނުންނާއި مؤمن އަންހެނުން އެމީހުންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތަކަށް ހީނުކުރީ ކީއްވެގެންހެއްޔެވެ؟ ހެޔޮގޮތަކަށް ހީކުރިނަމައެވެ. އަދި މިވާހަކަ މިއީ بيان ވެގެންވާ ބޮޑު ބުހުތާން ދޮގެކޭ ބުނިނަމައެވެ. ނުވަތަ މިއީ ބޮޑުދޮގެކޭ ނުބުނީ ކީއްވެގެންހެއްޔެވެ؟

24:13

لَّوۡلَا جَآءُو عَلَيۡهِ بِأَرۡبَعَةِ شُهَدَآءَۚ فَإِذۡ لَمۡ يَأۡتُواْ بِٱلشُّهَدَآءِ فَأُوْلَـٰٓئِكَ عِندَ ٱللَّهِ هُمُ ٱلۡكَٰذِبُونَ ﴿13﴾

Transliteration: Lawla jaoo AAalayhi biarbaAAati shuhadaa faith lam yatoo bialshshuhadai faolaika AAinda Allahi humu alkathiboona

Translation: އެމީހުން އެކަމުގެމައްޗަށް ހަތަރުހެކިން ނުގެނައީ ކީއްވެގެންހެއްޔެވެ؟ ހަތަރުހެކިން ގެނައިނަމައެވެ. ފަހެ އެމީހުން ހަތަރުހެކިން އެކަމާއިމެދު ނުގެނައިނަމަ ފަހެ ހަމަކަށަވަރުން އެމީހުން އެއީ ﷲ ގެ حضرة ގައި ކަނޑައެޅިގެން ދޮގުވެރިންނެވެ.

24:14

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ لَمَسَّكُمۡ فِي مَآ أَفَضۡتُمۡ فِيهِ عَذَابٌ عَظِيمٌ ﴿14﴾

Transliteration: Walawla fadlu Allahi AAalaykum warahmatuhu fee alddunya waalakhirati lamassakum fee ma afadtum feehi AAathabun AAatheemun

Translation: ﷲ ގެ فضل ވަންތަވެރިކަމާއި އެކަލާނގެ رحمة ދުނިޔޭގައިވެސް އަދި آخرة ގައިވެސް ކަލޭމެންގެމައްޗަށް ނުވިނަމަ ހަމަކަށަވަރުންވެސް އެކަމެއްގެ ތެރެއަށް ކަލޭމެން ތިޔަވަންކަންތަކުގެ ސަބަބުން ކަލޭމެންނަށް ބޮޑުވެގެންވާ عذاب އެއް އަތުވެއްޖައީހެވެ. عذاب ނުއައީ ހަމަ ﷲ ގެ فضل ވަންތަކަމާއި رحمة ގެ ސަބަބުންނެވެ.

24:15

إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَيۡسَ لَكُم بِهِۦ عِلۡمٞ وَتَحۡسَبُونَهُۥ هَيِّنٗا وَهُوَ عِندَ ٱللَّهِ عَظِيمٞ ﴿15﴾

Transliteration: Ith talaqqawnahu bialsinatikum wataqooloona biafwahikum ma laysa lakum bihi AAilmun watahsaboonahu hayyinan wahuwa AAinda Allahi AAatheemun

Translation: ކަލޭމެނަށް އެއްވެސްގޮތަކުން އެގުމެއްނެތް އެދޮގުވާހަކަ ކަލޭމެންގެ ދޫތަކުން ހިފަހައްޓައި ކަލޭމެންގެ އަނގަތަކުން ކަލޭމެން ބުނަމުން ދިޔަހިނދު ކަލޭމެން ހީކުރީ އެއީ ދާދި ކުޑަކުޑަ އާދައިގެ ލުއިކަމެއްކަމަށެވެ. އަދި އެކަންވީ ﷲ ގެ حضرة ގައި ވަރަށްވެސް ބޮޑުވެގެންވާ ކަމެއްކަމުގައެވެ.

24:16

وَلَوۡلَآ إِذۡ سَمِعۡتُمُوهُ قُلۡتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبۡحَٰنَكَ هَٰذَا بُهۡتَٰنٌ عَظِيمٞ ﴿16﴾

Transliteration: Walawla ith samiAAtumoohu qultum ma yakoonu lana an natakallama bihatha subhanaka hatha buhtanun AAatheemun

Translation: އަދި ކަލޭމެން އެވާހަކަ އެހިހިނދުން މިފަދަ ވާހަކަދެއްކުމަކީ އަހުރެމެންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިވާހަކައަކީ ބޮޑުވެގެންވާ ރޯމަރު بُهْتَانُ ދޮގެކެވެ. މިފަދައިން ނުބުނީ ކީއްވެގެންހެވެ؟ ނުވަތަ އެފަދައިން ބުނިނަމައެވެ.

24:17

يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثۡلِهِۦٓ أَبَدًا إِن كُنتُم مُّؤۡمِنِينَ ﴿17﴾

Transliteration: YaAAithukumu Allahu an taAAoodoo limithlihi abadan in kuntum mumineena

Translation: އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ދެން ދުވަހަކުވެސް އެފަދަކަމަކަށް އަނބުރާ إعاد ނުވުމަށް ﷲ ކަލޭމެނަށް وعظ ދެއްވާ نصيحة ދެއްވަނީއެވެ.

24:18

وَيُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴿18﴾

Transliteration: Wayubayyinu Allahu lakumu alayati waAllahu AAaleemun hakeemun

Translation: އަދި ﷲ ކަލޭމެންނަށް އާޔަތްތައް بيان ކޮށްދެއްވައެވެ. އެކަލާނގެ حجّة ތައް ދައްކަވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

24:19

إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ﴿19﴾

Transliteration: Inna allatheena yuhibboona an tasheeAAa alfahishatu fee allatheena amanoo lahum AAathabun aleemun fee alddunya waalakhirati waAllahu yaAAlamu waantum la taAAlamoona

Translation: إيمان ވެގެންވާ މީސްތަކުންގެމެދުގައި فاحش ކަންތައް ފަތުރާ މީސްތަކުން - ޒިނޭގެ ކަންތައް ފަތުރާ މީސްތަކުން އެކަމަށް ލޯބިކުރުވާ މީސްތަކުން؛ ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ހުރީ ދުނިޔެއާއި آخرة ގައިވެސް ވޭންދެނިވި عذاب އެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. (ދޮގުހެދި މީސްތަކުން އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި ކަލޭމެންނަކަށް ނޭނގެއެވެ.

24:20

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ رَءُوفٞ رَّحِيمٞ ﴿20﴾

Transliteration: Walawla fadlu Allahi AAalaykum warahmatuhu waanna Allaha raoofun raheemun

Translation: އަދި ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ތިޔަބައިމީހުންނަށް ނުވާނަމަ (ﷲ ގެ عُقُوبة ކަލޭމެންގެ މައްޗަށް އަވަސްކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން ﷲ އީ އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

24:21

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ وَمَن يَتَّبِعۡ خُطُوَٰتِ ٱلشَّيۡطَٰنِ فَإِنَّهُۥ يَأۡمُرُ بِٱلۡفَحۡشَآءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ ﴿21﴾

Transliteration: Ya ayyuha allatheena amanoo la tattabiAAoo khutuwati alshshaytani waman yattabiAA khutuwati alshshaytani fainnahu yamuru bialfahshai waalmunkari walawla fadlu Allahi AAalaykum warahmatuhu ma zaka minkum min ahadin abadan walakinna Allaha yuzakkee man yashao waAllahu sameeAAun AAaleemun

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން شيطان އާގެ ފިޔަވަޅުތަކާއި تبع ނުވާށެވެ! އެބަހީ: شيطان އަށް ނުހެއްލޭށެވެ. އޭނާގެ ބަސްނާހާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާ تبع ވެއްޖެމީހާ (ދަންނައެވެ.) ހަމަކަށަވަރުން އެސޮރު فَاحِش ކަންތަކަށާއި مُنْكَرَات އަށް އަމުރުކުރެއެވެ. (އެބަހީ: ޒިނޭކުރުމަށާއި ހަޑިހުތުރު ބަސްތައް ބުނުމަށް أمر ކުރެއެވެ.) އަދި ﷲ ގެ فضل ވަންތަވެރިކަމާއި އެކަލާނގެ رحمة ކަލޭމެންގެމައްޗަށް ނުވާނަމަ ކަލޭމެންކުރެ އެކަކުވެސް ފާފައިން طاهر ނުވީހެވެ. إسلام دين މަތީ ނުތިބީހެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ طاهر ކުރައްވައެވެ. دين ގައި ދަމަހައްޓަވައެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

24:22

وَلَا يَأۡتَلِ أُوْلُواْ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن يُؤۡتُوٓاْ أُوْلِي ٱلۡقُرۡبَىٰ وَٱلۡمَسَٰكِينَ وَٱلۡمُهَٰجِرِينَ فِي سَبِيلِ ٱللَّهِۖ وَلۡيَعۡفُواْ وَلۡيَصۡفَحُوٓاْۗ أَلَا تُحِبُّونَ أَن يَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٌ ﴿22﴾

Transliteration: Wala yatali oloo alfadli minkum waalssaAAati an yutoo olee alqurba waalmasakeena waalmuhajireena fee sabeeli Allahi walyaAAfoo walyasfahoo ala tuhibboona an yaghfira Allahu lakum waAllahu ghafoorun raheemun

Translation: (އޭ مؤمن ންނޭވެ!) ކަލޭމެންގެ ތެރެއިން މާތްކަމާއި އަދި ފައިސާގެގޮތުން ތަނަވަސްކަމުގެ أهل ވެރިން - ގާތްތިމާގެ މީހުންނަށާއި މިސްކީނުންނަށާއި އަދި ﷲ ގެ މަގުގައި هجرة ކުރި މީހުންނަށާއި މިމީސްމީހުންނަށް ފައިސާގެގޮތުންނާއި އަދި އެހެންވެސް ގޮތްގޮތުން އެހީ ނުވުމަށް ހުވައި ނުކުރާށެވެ! عائشة رضى ﷲ عنها އަށް قَذْفُ ކުރުމާއި އެފަދަ ނަހަމަ ވާހަކަތަކުގެތެރެއަށް ވަދެގަތް މީހުންނަށް ކަލޭމެން عَفُوء ކޮށް މަޢާފުކުރާ ހުށިކަމެވެ! އަޅެފަހެ ﷲ ކަލޭމެންގެ ފާފަފުއްސެވުމަށް ކަލޭމެން ލޯބި ނުކުރަމުހެއްޔެވެ؟ އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތުން މި إشارة ވެގެންދަނީ سيّدنا أبوبكر رضى ﷲ عنه އެކަލޭގެފާނުންގެ ބޮޑުދައިތާގެ ދަރި مِسْطَحُ ކިޔާ ބޭކަލަކަށް ފައިސާގެ އެހީ ނުވުމަށް ހުވައިކުރެއްވިކަމުގައިވި مسألة އަށެވެ. މި مسطح އަކީ عائشة رضى ﷲ عنها އާއިމެދު އެފެތުރުނު ހުތުރު ދޮގުވާހަކައިގައި ބައިވެރިވެވަޑައިގެންނެވުނު ބޭކަލަކު ކަމުގައި ވިއެވެ. އަދި އެއީ އެޔާއެކު فقير ބޭކަލެކެވެ. އަދި إسلام دين އަށްޓަކައި هجرة ކުރެއްވި ބޭކަލެކެވެ. والله أعلم. = تفسير طبري އިން =

24:23

إِنَّ ٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ٱلۡغَٰفِلَٰتِ ٱلۡمُؤۡمِنَٰتِ لُعِنُواْ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَلَهُمۡ عَذَابٌ عَظِيمٞ ﴿23﴾

Transliteration: Inna allatheena yarmoona almuhsanati alghafilati almuminati luAAinoo fee alddunya waalakhirati walahum AAathabun AAatheemun

Translation: ހަމަކަށަވަރުން عفّة ތެރި އަދި ޒިނޭއިން غافل ވެގެންވާ مؤمن އަންހެނުންނަށް ޒިނޭގެ ތުހުމަތުކޮށް قَذْفُ ކުރާމީހުން ދަންނައެވެ. އެމީހުންނަށް ދުނިޔެއާއި آخرة ގައިވެސް لعنة ލެވިއްޖެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ބޮޑުވެގެންވާ عذاب އެވެ.

24:24

يَوۡمَ تَشۡهَدُ عَلَيۡهِمۡ أَلۡسِنَتُهُمۡ وَأَيۡدِيهِمۡ وَأَرۡجُلُهُم بِمَا كَانُواْ يَعۡمَلُونَ ﴿24﴾

Transliteration: Yawma tashhadu AAalayhim alsinatuhum waaydeehim waarjuluhum bima kanoo yaAAmaloona

Translation: (އެމީހުންނަށް އެ عذاب ހުންނަހުށީ) އެމީހުންނާއި އިދިކޮޅަށް އެމީހުންގެ ދޫތަކާއި އެމީހުންގެ އަތްތަކާއި އަދި އެމީހުންގެ ފައިތައްވެސް އެމީހުން ދުނިޔޭގައި ކުރާކަމުގައިވީ ކަންތަކަށް ހެކިދޭނެ ދުވަހުންނެވެ. އެއީ قيامة ދުވަހެވެ.

24:25

يَوۡمَئِذٖ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلۡحَقَّ وَيَعۡلَمُونَ أَنَّ ٱللَّهَ هُوَ ٱلۡحَقُّ ٱلۡمُبِينُ ﴿25﴾

Transliteration: Yawmaithin yuwaffeehimu Allahu deenahumu alhaqqa wayaAAlamoona anna Allaha huwa alhaqqu almubeenu

Translation: އެދުވަހުން ﷲ تعالى އެމީހުންގެ عمل ތަކުގެ حقّ ހިސާބު އެމީހުންނަށް ބަރާބަރު ކުރައްވާހުއްޓެވެ. އަދި ހަމަކަށަވަރުން بيان ވެގެންވާ حقّ ވަންތަކަލަކީ ﷲ ކަން އެމީހުންނަށް އެނގޭނެއެވެ.

24:26

ٱلۡخَبِيثَٰتُ لِلۡخَبِيثِينَ وَٱلۡخَبِيثُونَ لِلۡخَبِيثَٰتِۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِۚ أُوْلَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَۖ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ﴿26﴾

Transliteration: Alkhabeethatu lilkhabeetheena waalkhabeethoona lilkhabeethati waalttayyibatu lilttayyibeena waalttayyiboona lilttayyibati olaika mubarraoona mimma yaqooloona lahum maghfiratun warizqun kareemun

Translation: ނުބައިބަސްތައްވަނީ ނުވަތަ ނުބައި އަންހެނުންވަނީ ނުބައި ފިރިހެނުންނަށެވެ. އަދި ނުބައި ފިރިހެނުންވަނީ ނުބައި ބަސްތަކަށެވެ. ނުވަތަ ނުބައި އަންހެނުންނަށެވެ. އަދި ރަނގަޅު ބަސްތައްވަނީ ނުވަތަ ރަނގަޅު އަންހެނުންވަނީ ރަނގަޅު ފިރިހެނުންނަށެވެ. އަދި ރަނގަޅު ފިރިހެނުންވަނީ ރަނގަޅު ބަސްތަކަށެވެ. ނުވަތަ ރަނގަޅު އަންހެނުންނަށެވެ. އެބައިމީހުން އެބަހީ: ހެޔޮލަފާ ރަނގަޅުމީހުން މިނުބައި ބަސްތައްބުނެ ދޮގު ތުހުމަތުތައް ކުރާމީހުން ބުނާ ތަކެތީން މުޅިން ބަރީއަވެގެންވެއެވެ. އަދި އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. އެއީ ސުވަރުގޭގެ نعمة އެވެ.

24:27

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ ﴿27﴾

Transliteration: Ya ayyuha allatheena amanoo la tadkhuloo buyootan ghayra buyootikum hatta tastanisoo watusallimoo AAala ahliha thalikum khayrun lakum laAAallakum tathakkaroona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ގެތައް ނޫން އެހެނިހެން މީސްމީހުންގެ ގެތަކަށް ހުއްދަޔަށް އެދި ހުއްދަ ލިބުމަށްފަހުގައި މެނުވީ ނުވަންނާށެވެ! އަދި އެގެއެއްގެ أهل ވެރިންނަށް سلام ކުރާށެވެ! ކަލޭމެން نصيحة އާއި وعظ ލިބިގަތުމަށްޓަކައި އެގޮތް ހެޔޮވެގެންވެއެވެ.

24:28

فَإِن لَّمۡ تَجِدُواْ فِيهَآ أَحَدٗا فَلَا تَدۡخُلُوهَا حَتَّىٰ يُؤۡذَنَ لَكُمۡۖ وَإِن قِيلَ لَكُمُ ٱرۡجِعُواْ فَٱرۡجِعُواْۖ هُوَ أَزۡكَىٰ لَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ ﴿28﴾

Transliteration: Fain lam tajidoo feeha ahadan fala tadkhulooha hatta yuthana lakum wain qeela lakumu irjiAAoo fairjiAAoo huwa azka lakum waAllahu bima taAAmaloona AAaleemun

Translation: ދެންފަހެ އެގެއަކުން ކަލޭމެނަށް މީހަކު ނުފެނިއްޖެއްޔާ (މީހަކު އުޅޭކަމެއް ނޭނގިއްޖެއްޔާ ނުވަތަ ހުއްދަ ނުލިބިއްޖެއްޔާ) ފަހެ ކަލޭމެން އެގެއަކަށް ނުވަންނާށެވެ! އެއީ ހުއްދަ ލިބޭންދެންނެވެ. (އަދި ކަލޭމެން ހުއްދަ އެދުމަށްފަހު) އެނބުރިދާށޭ! ކަލޭމެންނަށް ބުނެވިއްޖެއްޔާ (އެބަހީ: މިވަގުތު ބައްދަލުވާކަށް ނެތޭ އިހަށްދާށޭ! މިހެން ބުނެވިއްޖެއްޔާ) ދެން ކަލޭމެން އެނބުރިދާށެވެ! އެކަން ކަލޭމެންނަށް طاهر ވެގެންވެއެވެ. އަދި ﷲ އީ ކަލޭމެންކުރާހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

24:29

لَّيۡسَ عَلَيۡكُمۡ جُنَاحٌ أَن تَدۡخُلُواْ بُيُوتًا غَيۡرَ مَسۡكُونَةٖ فِيهَا مَتَٰعٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ﴿29﴾

Transliteration: Laysa AAalaykum junahun an tadkhuloo buyootan ghayra maskoonatin feeha mataAAun lakum waAllahu yaAAlamu ma tubdoona wama taktumoona

Translation: އަދި މީހުން ދިރިނުއުޅޭ ގެއެއް އެގެއްގައި ކަލޭމެންގެ މުދަލެއް ނުވަތަ ހިފާގެންގުޅޭ އެއްޗެއް ވާނަމަ އެގެއަކަށް ވަނުމަކީ ކަލޭމެންގެ މައްޗަށް ކުށެއްއޮތް ކަމެއްނޫނެވެ. އަދި ކަލޭމެން ފައުޅުކުރާ ކަންތަކާއި އަދި ވަންހަނާކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ. (މިހުރީ إسلام دين ގެފަރާތުން مسلم ންނަށް ދީފައިވާ إجتماعى އަދަބުތަކެވެ.)

24:30

قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَ ﴿30﴾

Transliteration: Qul lilmumineena yaghuddoo min absarihum wayahfathoo furoojahum thalika azka lahum inna Allaha khabeerun bima yasnaAAoona

Translation: (އޭ رسول ﷲ އެވެ.) مؤمن ފިރިހެނުން (ﷲ حرام ކުރެއްވި ކަންތަކަށް ނުބަލައި) އެމީހުން އެމީހުންގެ ލޯތައް ތިރިކޮށް މަރައިހަދާށެވެ. މިހެން ވިދާޅުވާށެވެ. އަދި އެމީހުން އެމީހުންގެ ލަދުގުނަވަންތައް (ބެލުން ހުއްދަ މީހަކަށްމެނުވީ) ރައްކާތެރިކުރާށެވެ. އެގޮތް އެމީހުންނަށް طاهر ވެ ރަނގަޅުވެގެންވެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުން ހަދާހާ އެއްޗެއްގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ. މިހެން ކަލޭގެފާނު ވިދާޅުވާށެވެ.

24:31

وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِيٓ إِخۡوَٰنِهِنَّ أَوۡ بَنِيٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيۡرِ أُوْلِي ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ ﴿31﴾

Transliteration: Waqul lilmuminati yaghdudna min absarihinna wayahfathna furoojahunna wala yubdeena zeenatahunna illa ma thahara minha walyadribna bikhumurihinna AAala juyoobihinna wala yubdeena zeenatahunna illa libuAAoolatihinna aw abaihinna aw abai buAAoolatihinna aw abnaihinna aw abnai buAAoolatihinna aw ikhwanihinna aw banee ikhwanihinna aw banee akhawatihinna aw nisaihinna aw ma malakat aymanuhunna awi alttabiAAeena ghayri olee alirbati mina alrrijali awi alttifli allatheena lam yathharoo AAala AAawrati alnnisai wala yadribna biarjulihinna liyuAAlama ma yukhfeena min zeenatihinna watooboo ila Allahi jameeAAan ayyuha almuminoona laAAallakum tuflihoona

Translation: އަދި مؤمن އަންހެނުންވެސް (ﷲ حرام ކުރެއްވި ކަންތަކަށް ނުބަލައި) އެމީހުން އެމީހުންގެ ލޯތައް ތިރިކޮށް މަރައިހަދާށޭ އަދި އެމީހުންގެ ލަދުގުނަވަންތައް ރައްކާތެރިކުރާށޭ އެމީހުންނަށް ވިދާޅުވާށެވެ. އަދި އެމީހުންގެ ޒީނަތުގެ ތެރެއިން ފައުޅުވެގެން މިންވަރެއްމެނުވީ އެމީހުން ފައުޅު ނުކުރާށެވެ. (މިއިސްތިސްނާއާއި މެދު ދަންނަ ބޭކަލުންގެ ބަސް ތަފާތެވެ. އެދިގު بَحْث މިތާ ލިޔާކަށް قصد އެއް ނުކުރަމެވެ. ބުނެވެނީ އެއީ ބޭ إخْتِيَارُ ގައި ކަޝްފުވާ މިންވަރުކަމުގައެވެ.) އަދި އެކަނބަލުން އެކަނބަލުންގެ ބުރުގާތަކުގައި ކަރުވަޅު ނުފެންނާނޭގޮތުން ދަތިޖަހައި ހަދާށެވެ. (ރަނގަޅަށް ނިވައިކުރާށެވެ.) އަދި އަންނަނިވި މީސްމީހުންނަށް މެނުވީ އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާށެވެ. އެއީ (1) އެކަނބަލުންގެ ފިރިން (2) އެކަނބަލުންގެ ބަފައިން. (3) އެކަނބަލުންގެ ފިރިންގެ ބަފައިން (ބަފައިކަލޭގެ) (4) އެކަނބަލުންގެ ފިރިހެންދަރިން (5) އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިން (އެކަނބަލުން ދޮންދަރިން) (6) އެކަނބަލުން أخ ން (7) އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިން (8) އެކަނބަލުންގެ أخت ންގެ ފިރިހެންދަރިން (9) އެކަނބަލުންގެ އަންހެނުން (އެބަހީ: مسلم އަންހެނުން) (10) އެކަނބަލުންގެ އަޅުން (11) ފިރިހެނުންގެތެރެއިން މުސްކުޅިވެގެންނަމަވެސް ނުވަތަ އެހެންވެސް ގޮތަކުން އަންހެނުންނާމެދު އެދުންވެރިކަމެއް ނެތް ޗަސްޕެއްނެތް ފިރިހެނުން (12) އަދި އަންހެނުންގެ عورة ގެ މައްޗަށް ގަދަ ނުވެވޭވަރުގެ ކުޑަކުދިންނާއި (އަންހެނުންގެ عورة އަކީ ކޮންއެއްޗެއްކަން ނޭނގޭވަރުގެ ކުޑަކުދިންނާއި) މިމީސްމީހުންނެވެ. އަދި އެކަނބަލުން އެކަނބަލުންގެ އެތެރޭގައި ވަންހަނާވެފައިވާ އެކަނބަލުންގެ ޒީނަތްތެރިކަން ފައުޅުކުރުމުގެ ގޮތުން (މީހުނަށް އަޑުއިއްވާންވެގެން) އެކަނބަލުންގެ ފައިތަކުން (ބިމުގައި) ޖަހާ ނުހަދާށެވެ. އެންމެހައި مؤمن ންނޭވެ. ކަލޭމެން އެންމެން ﷲ އަށް توبة ވާށެވެ. އެއީ ކަލޭމެން ކާމިޔާބުވެ نصيب ލިބުމުގެ أمّيد ގައެވެ. • ދަންނައެވެ. މިދެއާޔަތުގައި بيان ވެގެންމިވާ އެކިއެކި حكم ތަކާއިމެދު ގިނަގުނަ بيان ވެއެވެ. ދަންނަބޭކަލުންގެ ތަފާތު رَأْيُ ތައްވެއެވެ. ވީމާ އެ بيان ތައް އެހެން فرصة އެއްގައި بيان ކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ. وﷲ وَلِيُّ التَّوفيق.

24:32

وَأَنكِحُواْ ٱلۡأَيَٰمَىٰ مِنكُمۡ وَٱلصَّـٰلِحِينَ مِنۡ عِبَادِكُمۡ وَإِمَآئِكُمۡۚ إِن يَكُونُواْ فُقَرَآءَ يُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَٰسِعٌ عَلِيمٞ ﴿32﴾

Transliteration: Waankihoo alayama minkum waalssaliheena min AAibadikum waimaikum in yakoonoo fuqaraa yughnihimu Allahu min fadlihi waAllahu wasiAAun AAaleemun

Translation: (އޭ مؤمن ންނޭވެ.) ކަލޭމެން مؤمن މިނިވަނުންކުރެ ހުއްސަރިބައި މީހުންނާއި ކާވެނިކޮށްދޭށެވެ. ދެވާށެވެ. ކަލޭމެންގެ އަޅުފިރިހެނުންނާއި އަޅުއަންހެނުންގެތެރެއިންވެސް صالح ރަނގަޅު ހުއްސަރިބައިމީހުން ކާވެނިކޮށްދޭށެވެ. އަދި އެމީސްމީހުންނަކީ فقير ންކަމުގައިވަންޏާ، ﷲ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް ފޯރުންތެރިކަންދެއްވައި ތަނަވަސްކަންދެއްވާނެއެވެ. އަދި ﷲ އީ ދެއްވުންތައް ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

24:33

وَلۡيَسۡتَعۡفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغۡنِيَهُمُ ٱللَّهُ مِن فَضۡلِهِۦۗ وَٱلَّذِينَ يَبۡتَغُونَ ٱلۡكِتَٰبَ مِمَّا مَلَكَتۡ أَيۡمَٰنُكُمۡ فَكَاتِبُوهُمۡ إِنۡ عَلِمۡتُمۡ فِيهِمۡ خَيۡرٗاۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِيٓ ءَاتَىٰكُمۡۚ وَلَا تُكۡرِهُواْ فَتَيَٰتِكُمۡ عَلَى ٱلۡبِغَآءِ إِنۡ أَرَدۡنَ تَحَصُّنٗا لِّتَبۡتَغُواْ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَن يُكۡرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعۡدِ إِكۡرَٰهِهِنَّ غَفُورٞ رَّحِيمٞ ﴿33﴾

Transliteration: WalyastaAAfifi allatheena la yajidoona nikahan hatta yughniyahumu Allahu min fadlihi waallatheena yabtaghoona alkitaba mimma malakat aymanukum fakatiboohum in AAalimtum feehim khayran waatoohum min mali Allahi allathee atakum wala tukrihoo fatayatikum AAala albighai in aradna tahassunan litabtaghoo AAarada alhayati alddunya waman yukrihhunna fainna Allaha min baAAdi ikrahihinna ghafoorun raheemun

Translation: އަދި ކާވެންޏެއްކުރެވޭވަރުގެ ތަނަވަސްކަން ނެތްމީހުން، ﷲ ގެ فضل ވަންތަވެރިކަމުގެތެރެއިން އެކަލާނގެ އެމީހުންނަށް ދެއްވާ ތަނަވަސްކުރައްވާ ދެން އެމީހުން ހަޑިކަންތައް ނުކޮށް عفّة ތެރިވާހުށިކަމެވެ. އަދި ކަލޭމެންގެ އަޅުންގެތެރެއިން ލިޔެދިނުމަށް އެދިއްޖެމީހުންނަށް އެމީހުންގެ ކިބައިން ކަލޭމެންނަށް ހެޔޮކަން ފެންނަންޏާ (އެބަހީ: އަދާކުރެވިދާނެކަމަށް ފެންނަންޏާ) ކަލޭމެން އެމީހުންނަށް ލިޔެދޭށެވެ. (މިބުނާ ލިޔެދިނުމަކީ: ސާހިބުމީހާ ކަނޑައަޅާ ވަރަކަށް ފައިސާ ނުވަތަ އެހެނިހެން މުދަލެއްނަމަވެސް ސާހިބުމީހާ އެބުނާ ވަރަކަށް އޭނާޔަށް އަދާކޮށްދިނީމާ އަޅުމީހާ މިނިވަންވީކަމަށް ލިޔެދިނުމެވެ. އެއީ އެޒަމާނުގައި ހިނގަމުން އައި ކަމެކެވެ. އެއީ ހުއްދަކަމެކެވެ. މިހާރުވެސް އެ حكم އެގޮތަށެވެ. އެފަދަ އަޅުންނަށް ދެން ލިޔެދިނުމަށްފަހު އެވަރު އަދާކޮށްދެވެންދެން ކިޔާނީ مُكَاتِبُ އަޅުންނެވެ. والله أعلم)\nއަދި (އޭ مؤمن ންނޭވެ.) ކަލޭމެންގެ އަތްމައްޗަށް ﷲ ދެއްވާފައިވާ މުދަލުގެ ތެރެއިން އެމީހުންނަށް ދޭށެވެ. (އެއީ އެމީހުންނަށް ލިޔެދެވިފައިވާ މިންވަރު އަދާކުރުމަށް ފަސޭހަވުމަށްޓަކައެވެ.) އަދި ކަލޭމެން ދުނިޔޭގެ حياة ގެ ބޭނުމަކަށްޓަކައި ތަކެތި ހޯދުމަށް ކަލޭމެންގެ އަޅުއަންހެންކުދިން عفّة ތެރިވާން އެދެންޏާ އެކުދިން ޒިނޭކުރުމުގެ މައްޗަށް ގަދަނައަޅާށެވެ. މަޖްބޫރު ނުކުރާށެވެ. އަދި މީހަކު އެކުދިންނަށް ބަޖްބޫރުކުރިޔަސް ފަހެ ހަމަކަށަވަރުން ﷲ تعالى އީ އެކަނބަލުންނަށް މަޖްބޫރުކުރުމަށްފަހު ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

24:34

وَلَقَدۡ أَنزَلۡنَآ إِلَيۡكُمۡ ءَايَٰتٖ مُّبَيِّنَٰتٖ وَمَثَلٗا مِّنَ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۡ وَمَوۡعِظَةٗ لِّلۡمُتَّقِينَ ﴿34﴾

Transliteration: Walaqad anzalna ilaykum ayatin mubayyinatin wamathalan mina allatheena khalaw min qablikum wamawAAithatan lilmuttaqeena

Translation: އަދި ހަމަކަށަވަރުން حقّ އާއި ތެދުމަގު بيان ކޮށްދޭނޭ އާޔަތްތަކެއް ތިމަންރަސްކަލާނގެ ކަލޭމެންގެ މައްޗަށް ބާވައިލެއްވީމެވެ. އަދި ކަލޭމެންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ އެތަކެއް މިސާލާއި އަދި تقوى ވެރިންނަށްވާ وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

24:35

ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٖ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِي زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبٞ دُرِّيّٞ يُوقَدُ مِن شَجَرَةٖ مُّبَٰرَكَةٖ زَيۡتُونَةٖ لَّا شَرۡقِيَّةٖ وَلَا غَرۡبِيَّةٖ يَكَادُ زَيۡتُهَا يُضِيٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٞۚ نُّورٌ عَلَىٰ نُورٖۚ يَهۡدِي ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴿35﴾

Transliteration: Allahu nooru alssamawati waalardi mathalu noorihi kamishkatin feeha misbahun almisbahu fee zujajatin alzzujajatu kaannaha kawkabun durriyyun yooqadu min shajaratin mubarakatin zaytoonatin la sharqiyyatin wala gharbiyyatin yakadu zaytuha yudeeo walaw lam tamsashu narun noorun AAala noorin yahdee Allahu linoorihi man yashao wayadribu Allahu alamthala lilnnasi waAllahu bikulli shayin AAaleemun

Translation: ﷲ އެއީ އުޑުތަކާއި ބިމުގައިވާހާބަޔަކަށް ތެދުމަގު ދައްކަވާ ކަލާނގެއެވެ. ނުވަތަ އުޑުތަކާއި ބިމުގެ އަލިކަމެވެ. (އަދި މިނޫންވެސް އެހެނިހެން މާނަތައް ކިޔާފައިވެއެވެ.) އެކަލާނގެ نور ގެ يعني: އަލިކަމުގެ ނުވަތަ ތެދުމަގު މިސާލަކީ مِشْكَاة އެއްގެ މިސާލެވެ. (مِشْكَاة އަކީ ގޭގެ ފާރުގައި ކުޑަދޮރުގޮތަށް ފޫދުއްވައިނުލައި ބައްތިފަދަ ތަކެތި ބަހައްޓާން ހަދާފައިވާ ތަންތަނެވެ. ނުވަތަ ބައްތިއެވެ.) ދެންފަހެ އެ مِشْكَاة ގައި ބައްތިއެއް ވެއެވެ. އަދި އެބައްތިވަނީ ބިއްލޫރިންނެވެ. އަދި އެބިއްލޫރީގެ ސާފުކަމާއި އަލިކަން ކޮންފަދަހެއްޔެވެ؟ އެހީވަނީ ރަންމުތްހެންނެވެ. އެބައްތި ދިއްލެނީ ބަރަކާތްތެރިވެގެންވާ زَيْتُوْن ގަހުގެ ތެލުންނެވެ. އަދި އެގަސްހުރީ ހުޅަނގުފަރާތަކުވެސް ނޫނެވެ. އަދި އިރުމަތިފަރާތަކުވެސް ނޫނެވެ. އަދި (އަދި އެތެލުގެ އަލިކަމާއި ސާފުކަންހުރި ވަރަކީ) އޭގައި އަލިފާން ނުބީހުނަސް އެއިން އަލިކޮށްދިނުން ގާތްވެގެންވެއެވެ. އޭގައިވަނީ އަލީގެ މައްޗަށް އައްޔެވެ. އަދި ﷲ އިރާދަކުރެއްވި އަޅަކަށް އެކަލާނގެ އެ نور ގެ ފަރާތަށް ތެދުމަގު ދައްކަވައެވެ. އަދި މީސްތަކުންނަށްޓަކައި ﷲ މިސާލުތައް ޖައްސަވައެވެ. އަދި ﷲ އީ ހުރިހާކަމެއް އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. • (ދަންނައެވެ. މިއާޔަތުގެ އެކިއެކި كلمة ތަކުގެ މާނަޔާމެދު އެކިގޮތްގޮތަށް ކިއިފައިވެއެވެ. نُوْرُ ގެ މުރާދަކީ ތެދުމަގެވެ. ނުވަތަ نُور ގެ މުރާދަކީ قرآن އެވެ. مِشْكَاة އެވެ ބުނެވުނު ބަހުގެ މުރާދަކީ رسول ﷲ ﷺ އެވެ. ބައްތިއަކީ ނަބީކަމެވެ. ބިއްލޫރިއަކީ އެކަލޭގެފާނުންގެ ހިތްޕުޅެވެ. ބަރަކާތްތެރި ގަހަކީ އެއީ وحي އެވެ. ތެލަކީ އެއީ دليل އާއި حجّة އާއި އެވެ. މިހުރީ ހައްތާވެސް ކިޔާފައިވާ ގޮތެވެ. ކޮންމެއަކަސް އެންމެ އެކަށީގެންވާ މާނައެއްކަމުގައި ބެލެވެނީ އެކަލާނގެ نور ގެ މިސާލުކަމުގައި - އެކަލާނގެ ތެދުމަގުގެ މިސާލެވެ ބުނުމެވެ. والله أعلم)

24:36

فِي بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ ﴿36﴾

Transliteration: Fee buyootin athina Allahu an turfaAAa wayuthkara feeha ismuhu yusabbihu lahu feeha bialghuduwwi waalasali

Translation: (އެބަރަކާތްތެރި ތެލުން ބައްތި ދިއްލެނީ) އެގެތަކެއްގައި ﷲ ގެ ނަންފުޅު އުފުއްލެވުމަށް ﷲ އިޒުނަދެއްވާފައިވާ އަދި އެތަންތާނގައި އެކަލާނގެ ذكر ކުރެވޭ ގެތަކެއްގައެވެ. އެބަހީ: މިސްކިތްތަކުގައެވެ. އަދި ހެނދުނާއި ހަވީރު އެކަލާނގެއަށް تسبيح ކިޔެއެވެ. ނަމާދުކުރެއެވެ.

24:37

رِجَالٞ لَّا تُلۡهِيهِمۡ تِجَٰرَةٞ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ يَخَافُونَ يَوۡمٗا تَتَقَلَّبُ فِيهِ ٱلۡقُلُوبُ وَٱلۡأَبۡصَٰرُ ﴿37﴾

Transliteration: Rijalun la tulheehim tijaratun wala bayAAun AAan thikri Allahi waiqami alssalati waeetai alzzakati yakhafoona yawman tataqallabu feehi alquloobu waalabsaru

Translation: އެނަމާދުކުރާ މީހުންނަކީ ވިޔަފާރިޔަކުންވިޔަސް އަދި ގަނެވިއްކުމަކުންވިޔަސް ﷲ ގެ ذِكر ންނާއި ނަމާދު قائم ކުރުމުންނާއި އަދި ޒަކާތްދިނުމުންނާއި މިކަންކަމުން غافل ނުވާމީހުންނެވެ. އަދި އެދުވަހެއްގައި ހިތްތަކާއި އަދި ލޯތައް (ބިރުވެރިކަން ބޮޑުވެގެންގޮސް) އޭގެ މަރުކަޒުތަކުން ނެއްޓި އެކޮޅުމިކޮޅުންޖެހޭ قيامة ދުވަހަށް ބިރުވެތިވާ މީހުންނެވެ.

24:38

لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا عَمِلُواْ وَيَزِيدَهُم مِّن فَضۡلِهِۦۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ ﴿38﴾

Transliteration: Liyajziyahumu Allahu ahsana ma AAamiloo wayazeedahum min fadlihi waAllahu yarzuqu man yashao bighayri hisabin

Translation: އެއީ އެމީހުން ދުނިޔޭގައި ކުރިعمل އަށް ﷲ އެމީހުނަށް ހެޔޮޖަޒާދެއްވައި އަދި އެކަލާނގެ فَضل ވަންތަކަމުން އެމީހުންނަށް އިތުރުކޮށްދެއްވުމަށެވެ. އަދި ﷲ އިރާދަކުރެއްވިއަޅަކަށް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ.

24:39

وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابِۭ بِقِيعَةٖ يَحۡسَبُهُ ٱلظَّمۡـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡـٔٗا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ ﴿39﴾

Transliteration: Waallatheena kafaroo aAAmaluhum kasarabin biqeeAAatin yahsabuhu alththamanu maan hatta itha jaahu lam yajidhu shayan wawajada Allaha AAindahu fawaffahu hisabahu waAllahu sareeAAu alhisabi

Translation: އަދި ކާފަރުވެއްޖެ މީސްތަކުން (ގެ عمل ތައް ދަންނައެވެ.) އެމީހުންގެ عمل ތައް ގަހެއް ބިނާއެއް ނެތް ހުސްބިމެއްގައިވާ އަވާމެންދުރެއްފަދައެވެ. ފެންބޮވައިގެންފައިވާ މީހާއަށް ހީވާނީ އެއީ ފެންގަނޑެއްހެންނެވެ. (ފެންފޮދެއް ބުއިމަށް) އޭނާ އެތަނަށް ހިނގައްޖެއްޔާ އޭނާއަކަށް އެކައްޗެއްވެސް ނުފެންނާނެއެވެ. (އޭނާ މަރުވެގެން އޭނާ ކުރިހެޔޮ عمل އަށް ބޭނުންވާހިނދު އޭނާއަކަށް އެއްވެސް ހެޔޮ عمل އެއް ނުފެންނާނެއެވެ.) އަދި އޭނާ ދެކޭނީ ﷲ އޭނާގެ ގާތުގައި ވާތީއެވެ. ނުވަތަ ﷲ ގެ އަމުރުފުޅު އޭނާގެ ގާތުގައި ވާތީއެވެ. ދެން އެކަލާނގެ އޭނާގެ ހިސާބު ބަރާބަރުކޮށްދެއްވާނެއެވެ. އަދި ﷲ އީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

24:40

أَوۡ كَظُلُمَٰتٖ فِي بَحۡرٖ لُّجِّيّٖ يَغۡشَىٰهُ مَوۡجٞ مِّن فَوۡقِهِۦ مَوۡجٞ مِّن فَوۡقِهِۦ سَحَابٞۚ ظُلُمَٰتُۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورٗا فَمَا لَهُۥ مِن نُّورٍ ﴿40﴾

Transliteration: Aw kathulumatin fee bahrin lujjiyyin yaghshahu mawjun min fawqihi mawjun min fawqihi sahabun thulumatun baAAduha fawqa baAAdin itha akhraja yadahu lam yakad yaraha waman lam yajAAali Allahu lahu nooran fama lahu min noorin

Translation: ނުވަތަ (އެކާފަރުންގެ عمل ގެ މިސާލަކީ) ފުންކަނޑެއްގައި ނުވަތަ ގަދަކަނޑެއްގައިވާ އަނދިރިތަކެއްގެ މިސާލެވެ. އެކަނޑު ނިވައިކޮށްލާވަރުގެ ރާޅެއްވެއެވެ. އަދި އެރާޅުމަތީގައި ރާޅުވެއެވެ. އަދި އެރާޅަށް އަނދިރިކޮށްލާވަރުގެ ވިލާގަނޑެއް އެރާޅުމަތީގައިވެއެވެ. އެއްއަނދިރި އަނެއް އަނދިރިގެމަތީގައިވާ އަނދިރި ތަކެކެވެ. (ވިލާގަނޑުގެ އަނދިރިޔާއި އޭގެ ދަށުގައިވާ ރާޅުގެ އަނދިރިޔާއި ދެން އޭގެ ދަށުގައިވާ ރާޅުގެ އަނދިރިޔާއި ކަނޑުގެ އަނދިރިޔާއި އަދި ރޭގަނޑުގެ އަނދިރިއެވެ.) • ދަންނައެވެ. މިމިސާލަކީވެސް كافر إنسان އާގެ عمل ތަކުގެ މިސާލެވެ. ގަދަކަނޑަކީ އޭނާގެ ހިތުގެ މިސާލެވެ. ރާޅުތަކުގެ މިސާލަކީ އޭނާގެ ހިތުގައިވާ ﷲ އާއިމެދު އޮތް جاهل ކަމާއި ޝައްކުތަކެވެ. ވިލާގަނޑުގެ މިސާލަކީ އޭނާގެ ހިތުގައިވާ ފާފައިގެ ބޯ ފަރުދާއާއި ދަބަރުތަކެވެ. އަދި ﷲ އޭނާގެ ހިތުގައި ޖައްސަވާފައިވާ ހެޔޮއެއްޗެއް ނުވަނުމުގެ ސިއްކައެވެ. والله أعلم.\nދެންފަހެ އެގަދަ އަނދިރީގައި އޭނާގެ ކޮނޑުހުޅުގައިވާ އަތް ބޭރަށް ނެރުނަސް އެއަތް ފެނުންވެސް އެކަށީގެން ނުވެއެވެ. ގާތްވެސް ނުވެއެވެ. އަދި ﷲ އެމީހަކަށް އަލިކަމެއް نور އެއް ދެއްވާފައިނުވާ މީހަކަށް އެއްވެސް نور އެއް އަލިކަމެއް ނުވެއެވެ. (ތެދުމަގުވެސް ހުރީ އެފަދައިންނެވެ. ﷲ ގެ حضرة ން މީހަކަށް ތެދުމަގެއްނުވާނަމަ އޭނާއަކަށް ތެދުމަގެއް ނުލިބޭނެއެވެ.)

24:41

أَلَمۡ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلطَّيۡرُ صَـٰٓفَّـٰتٖۖ كُلّٞ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِيحَهُۥۗ وَٱللَّهُ عَلِيمُۢ بِمَا يَفۡعَلُونَ ﴿41﴾

Transliteration: Alam tara anna Allaha yusabbihu lahu man fee alssamawati waalardi waalttayru saffatin kullun qad AAalima salatahu watasbeehahu waAllahu AAaleemun bima yafAAaloona

Translation: (އޭ رسول ﷲ އެވެ.) އުޑުތަކާއި ބިމުގައިވާހާ ތަކެތި ﷲ އަށް تسبيح ކިޔާކަން ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. އަދި މަތީގައި ސަފުސަފަށް އެތުރިފައިވާ ދޫނިތައްވެސް އެކަލާނގެއަށް تسبيح ކިޔައެވެ. އަދި އެ ކޮންމެއެއްޗެއް ކުރާނަމާދާއި ކިޔާ تسبيح އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެމީހުން ކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

24:42

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِلَى ٱللَّهِ ٱلۡمَصِيرُ ﴿42﴾

Transliteration: Walillahi mulku alssamawati waalardi waila Allahi almaseeru

Translation: އަދި އުޑުތަކާއި ބިމުގައިވާ އެންމެހައި ތަކެތި އެކަލާނގެއަށް خاصّ ވެ مِلْكُ ވެގެންވެއެވެ. އަދި އެނބުރި ދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.

24:43

أَلَمۡ تَرَ أَنَّ ٱللَّهَ يُزۡجِي سَحَابٗا ثُمَّ يُؤَلِّفُ بَيۡنَهُۥ ثُمَّ يَجۡعَلُهُۥ رُكَامٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٖ فِيهَا مِنۢ بَرَدٖ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصۡرِفُهُۥ عَن مَّن يَشَآءُۖ يَكَادُ سَنَا بَرۡقِهِۦ يَذۡهَبُ بِٱلۡأَبۡصَٰرِ ﴿43﴾

Transliteration: Alam tara anna Allaha yuzjee sahaban thumma yuallifu baynahu thumma yajAAaluhu rukaman fatara alwadqa yakhruju min khilalihi wayunazzilu mina alssamai min jibalin feeha min baradin fayuseebu bihi man yashao wayasrifuhu AAan man yashao yakadu sana barqihi yathhabu bialabsari

Translation: (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ﷲ تعالى ވިލާތައް ދަންމަވާގެންދަވާކަން ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ދެން އެކަލާނގެ އެވިލާތައް އެއްކުރައްވައި جمع ކުރައްވައި އެއްވިލާގަނޑު އަނެއްވިލާގަނޑު މައްޗަށްލައްވައި ބޮޑުފުނިވަރަކަށް ހައްދަވައިލައްވައެވެ. އަދި އެވިލާތަކުގެ ތެރެއިން ވާރޭފެން ނުކުންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އުޑުގައިވާ ގަނޑުފެން ފަރުބަދައަކުން އެކަލާނގެ ގަނޑުފެން ވެއްސަވައެވެ. (ނުވަތަ ފަރުބަދަވަރުގެ ގަނޑުފެން އެކަލާނގެ ވެއްސަވައެވެ.) ދެން އެކަލާނގެ އެދިވޮޑިގެންނެވި ބައެއްގެމައްޗަށް އެކަލާނގެ އެގަނޑުފެން ދިމާކުރައްވައެވެ. (ދިމާވެއްޖެ ބަޔަކާއި އެބައެއްގެ ތަކެތި ހަލާކުވެދެއެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި ބައެއްގެ ކިބައިން އެގަނޑުފެން ދުރުކުރައްވައެވެ. އަދި އެވިލާގަނޑުގެ ވިދުވަރުގެ އަލިކަމުން ލޯތައް ޖަހައިގަންނަހާ ވަރުވެއެވެ.

24:44

يُقَلِّبُ ٱللَّهُ ٱلَّيۡلَ وَٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ﴿44﴾

Transliteration: Yuqallibu Allahu allayla waalnnahara inna fee thalika laAAibratan liolee alabsari

Translation: ﷲ تعالى ރޭގަނޑާއި ދުވާލު ފުރޮޅުއްވައި ބަދަލުކުރައްވައެވެ. އެކަންކަމުގައި (އެބަހީ: ވިލާތައް އުފެއްދެވުމާއި ވާރޭވެއްސެވުމާއި އުޑުން ގަނޑުފެން ބާވައިލެއްވުމާއި ރޭދުވާ ބަދަލުކުރެއްވުމާއި މިމިކަންކަމުގައި) ހަމަކަށަވަރުންވެސް ވިސްނުމާއި ކަންކަމަށް فكر ކޮށްއުޅޭ އެކަމުގެ أهل ވެރިންނަށް عبرة ވާކަން ކަށަވަރެވެ. (نصيحة އާއި وعظ ވާކަން ކަށަވަރެވެ.)

24:45

وَٱللَّهُ خَلَقَ كُلَّ دَآبَّةٖ مِّن مَّآءٖۖ فَمِنۡهُم مَّن يَمۡشِي عَلَىٰ بَطۡنِهِۦ وَمِنۡهُم مَّن يَمۡشِي عَلَىٰ رِجۡلَيۡنِ وَمِنۡهُم مَّن يَمۡشِي عَلَىٰٓ أَرۡبَعٖۚ يَخۡلُقُ ٱللَّهُ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿45﴾

Transliteration: WaAllahu khalaqa kulla dabbatin min main faminhum man yamshee AAala batnihi waminhum man yamshee AAala rijlayni waminhum man yamshee AAala arbaAAin yakhluqu Allahu ma yashao inna Allaha AAala kulli shayin qadeerun

Translation: އަދި ބިންމަތީ ހިނގާބިނގާވާ حركاة ތެރިވާ ކޮންމެ دَابَّة އެއް (ކޮންމެ مخلوق އެއް) ﷲ ހެއްދެވީ ފެނުންނެވެ. އެބަހީ: މަނިފޮދުވަރަކުންނެވެ. ދެންފަހެ އޭގެތެރޭގައި (ހަރުފަކަހަލަ) ބިންމަތީ ބަނޑުޖައްސައިގެން ދުވާ އެއްޗެތިވެއެވެ. އަދި (ދޫނިފަދައިން އިންސާނުންފަދައިން) ދެފައިމައްޗަށް ހިނގާތަކެތިވެއެވެ. އަދި އޭގެތެރޭގައި (ގެރިބަކަރިފަދައިން) ހަތަރެސްފައިމަތީގައި ހިނގާބިނގާވާތަކެތި ވެއެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމެވެ.

24:46

لَّقَدۡ أَنزَلۡنَآ ءَايَٰتٖ مُّبَيِّنَٰتٖۚ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿46﴾

Transliteration: Laqad anzalna ayatin mubayyinatin waAllahu yahdee man yashao ila siratin mustaqeemin

Translation: އަދި (حقّ އާއި ތެދުމަގު) ބަޔާންކޮށްދޭ އާޔަތްތަކެއް يعني: دليل ތަކެއް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.

24:47

وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعۡنَا ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُم مِّنۢ بَعۡدِ ذَٰلِكَۚ وَمَآ أُوْلَـٰٓئِكَ بِٱلۡمُؤۡمِنِينَ ﴿47﴾

Transliteration: Wayaqooloona amanna biAllahi wabialrrasooli waataAAna thumma yatawalla fareequn minhum min baAAdi thalika wama olaika bialmumineena

Translation: އަދި އެމީހުން - يعني: މުނާފިގުންގެ މީހުން - ބުނެއެވެ. އަހުރެމެން ﷲ އަށާއި رسول އާއަށް އީމާންވެއްޖައީމެވެ. އަދި އަހުރެމެން (އެދެފަރާތަށް) ކިޔަމަންތެރިވެސް ވެއްޖައީމެވެ. ދެން އޭގެފަހުގައި (އެބަހީ: އެހެން އެމީހުން ބުނުމަށްފަހު) އެމީހުންގެތެރެއިން އެއްބައިގަނޑެއް އެނބުރި ފުރަގަސްދެނީއެވެ. (އެބުނިބަސް ދޮގުކުރަނީއެވެ.) އަދި އެމީހުން އެއީ مؤمن ންކަމުގައި ނުވެއެވެ.

24:48

وَإِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ إِذَا فَرِيقٞ مِّنۡهُم مُّعۡرِضُونَ ﴿48﴾

Transliteration: Waitha duAAoo ila Allahi warasoolihi liyahkuma baynahum itha fareequn minhum muAAridoona

Translation: އަދި އެމީހުންގެމެދުގައި (ވާ مسألة އެއްގައި) حكم ކުރުމަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތަށް - (އެބަހީ: قرآن އާއި سنّة ގައިވާގޮތަށްހެދުމަށް) އެމީހުންނަށް ގޮވިއްޖެއްޔާއި އެހައިރުން އޭގެ އެއްބަޔަކު އެނބުރި ފުރަގަސްދެއެވެ. (އެގޮތަށް އެއްބަސްނުވެއެވެ.)

24:49

وَإِن يَكُن لَّهُمُ ٱلۡحَقُّ يَأۡتُوٓاْ إِلَيۡهِ مُذۡعِنِينَ ﴿49﴾

Transliteration: Wain yakun lahumu alhaqqu yatoo ilayhi muthAAineena

Translation: އަދި އެކަމަކު (مسألة ގައި) އެމީހުންނަށް حقّ އޮތިއްޔާ އެމީހުނަށް كامياب ވާގޮތަށް އޮތިއްޔާ ކިޔަމަންތެރިކަމާއި އަވަސްކަމާއިއެކު އެކަލޭގެފާނުންގެ އަރިހަށް އާދެއެވެ.

24:50

أَفِي قُلُوبِهِم مَّرَضٌ أَمِ ٱرۡتَابُوٓاْ أَمۡ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيۡهِمۡ وَرَسُولُهُۥۚ بَلۡ أُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿50﴾

Transliteration: Afee quloobihim maradun ami irtaboo am yakhafoona an yaheefa Allahu AAalayhim warasooluhu bal olaika humu alththalimoona

Translation: އަޅެފަހެ އެމީހުންގެ ހިތްތަކުގައި ބައްޔެއްވަނީހެއްޔެވެ؟ نِفَاق ކަމާއި شَكُّ ގެ ބައްޔެއްވަނީހެއްޔެވެ؟ ނުވަތަ އެމީހުން (އެކަލޭގެފާނުންގެ نبي ކަމާއިމެދު) ޝައްކުވީހެއްޔެވެ؟ ނުވަތަ ﷲ އާއި އެކަލާނގެ رسول އާ އެމީހުންގެމައްޗަށް އަނިޔާވެރިވެދާނެކަމަށް އެމީހުން ބިރުވެތިވަނީހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

24:51

إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿51﴾

Transliteration: Innama kana qawla almumineena itha duAAoo ila Allahi warasoolihi liyahkuma baynahum an yaqooloo samiAAna waataAAna waolaika humu almuflihoona

Translation: مؤمن ންނަށް (ވާ مسألة އެއްގައި) އެމީހުންގެމެދުގައި حكم ކުރުމަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތަށް (އެބަހީ: قرآن އާއި سنّة ގައިވާގޮތަށް) އެމީހުންނަށް ގޮވިއްޖެއްޔާ مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރިވެއްޖައީމެވެ. މިހެން އެމީހުން ބުނުމެވެ. އަދި ކަނޑައެޅިގެން ކާމިޔާބުކުރާ މީހުންނަކީ އެއީއެވެ.

24:52

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخۡشَ ٱللَّهَ وَيَتَّقۡهِ فَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ ﴿52﴾

Transliteration: Waman yutiAAi Allaha warasoolahu wayakhsha Allaha wayattaqhi faolaika humu alfaizoona

Translation: އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ (އަދި ތިމާއަށް ކުރެވޭ ކުށަށް) ﷲ އަށް ބިރުވެތިވެ އަދި (އެކަލާނގެ عذاب އަށް) ބިރުވެތިވެއްޖެ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

24:53

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِنۡ أَمَرۡتَهُمۡ لَيَخۡرُجُنَّۖ قُل لَّا تُقۡسِمُواْۖ طَاعَةٞ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ﴿53﴾

Transliteration: Waaqsamoo biAllahi jahda aymanihim lain amartahum layakhrujunna qul la tuqsimoo taAAatun maAAroofatun inna Allaha khabeerun bima taAAmaloona

Translation: އަދި އެމީހުން (އެބަހީ: ﷲ އާއި އެކަލާނގެ رسول އާގެ حكم އަށް ފުރަގަސްދިންމީހުން) އެމީހުންގެ ގަދަ ހުވައިން ﷲ ގަންދީ ހުވާކުރިއެވެ. (އަދި ބުނެއެވެ. އޭ محمّد ގެފާނެވެ.) ހަނގުރާމައަށް ނުކުތުމަށް ކަލޭގެފާނު ހަމަ أمر ކުރައްވާއިރަށް ކަނޑައެޅިގެން އަހުރެމެން ނުކުންނަހުށީމެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އެފަދައިން ހުވާ ނުކުރާށެވެ. ކަލޭމެންގެ ތިޔަ ކިޔަމަންތެރިކަމަކީ އެންމެންދަންނަ އެންމެންގެތެރޭގައި مَعْرُوف ކިޔަމަންތެރި ކަމެކެވެ. (އެއީ ދޮގެވެ.) ހަމަކަށަވަރުން ކަލޭމެން ކުރާހާ ކަމެއްގެ خبر ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

24:54

قُلۡ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡهِ مَا حُمِّلَ وَعَلَيۡكُم مَّا حُمِّلۡتُمۡۖ وَإِن تُطِيعُوهُ تَهۡتَدُواْۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ﴿54﴾

Transliteration: Qul ateeAAoo Allaha waateeAAoo alrrasoola fain tawallaw fainnama AAalayhi ma hummila waAAalaykum ma hummiltum wain tuteeAAoohu tahtadoo wama AAala alrrasooli illa albalaghu almubeena

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ. އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ. ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާވެސް (ދަންނާށެވެ.) އެކަލޭގެފާނުންގެ މައްޗަށް އޮންނާނެކަން ކަށަވަރީ އެކަލޭގެފާނަށް އުފުލުމަށް حَوال ވެވުނު ކަންތަކެވެ. (އެއީ رسول ކަން އިއްވެވުމެވެ.) އަދި ކަލޭމެންގެ މައްޗަށް އޮންނާނީ ކަލޭމެނަށް އުފުލުމަށް حوال ވެވުނު ކަންތަކެވެ. (އެއީ އެކަލޭގެފާނު أمر ކުރެއްވި ކަންތައް ކުރުމާއި ނަހީކުރެއްވި ކަންތަކުން ދުރުވެގަތުމެވެ.) އަދި ކަލޭމެން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެނަށް ތެދުމަގު ލިބޭހުއްޓެވެ. އަދި (ﷲ أمر ކުރެއްވިފަދައަކުން) رسول ކަން އިއްވެވުން މެނުވީ رسول އާގެމައްޗަކަށް ނުވެއެވެ. (ކިޔަމަންތެރިވުން އޮންނާނީ މީސްތަކުންގެމައްޗަށެވެ.)

24:55

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّـٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ ﴿55﴾

Transliteration: WaAAada Allahu allatheena amanoo minkum waAAamiloo alssalihati layastakhlifannahum fee alardi kama istakhlafa allatheena min qablihim walayumakkinanna lahum deenahumu allathee irtada lahum walayubaddilannahum min baAAdi khawfihim amnan yaAAbudoonanee la yushrikoona bee shayan waman kafara baAAda thalika faolaika humu alfasiqoona

Translation: (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ތެރެއިން އީމާންވެގެން صالح عمل ކުރިމީހުން ބިމުގައި خَلِيْفَة ވެރިކުރުވާނެކަމަށް ﷲ (ކަލޭމެނަށް) وعد ކުރެއްވިއެވެ. އެއީ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ބިމުގައި خليفة ވެރިކުރެއްވިފަދައިންނެވެ. އަދި އެމީހުންނަށްޓަކައި ﷲ ރުހިވޮޑިގަންނަވާ دين އެމީހުންނަށް އެކަލާނގެ ހަމަޖައްސަވައިދެއްވައި އަދި އެމީހުން ބިރުވެރިކަމަށްފަހު އަމާންކަމަށް އެކަލާނގެ އެމީހުން ބަދަލުކުރައްވާހުއްޓެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކޮށް އަދި ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކޮށްތިބޭ حال ގައެވެ. އަދި އޭގެފަހުގައި ކާފަރުވެއްޖެ މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުންނަކީ فاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.

24:56

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ﴿56﴾

Transliteration: Waaqeemoo alssalata waatoo alzzakata waateeAAoo alrrasoola laAAallakum turhamoona

Translation: (އޭ މީސްތަކުންނޭވެ.) ކަލޭމެން ނަމާދު قائم ކުރާށެވެ. (وقت ން وقت އަށް އެންގެވިގޮތަށް ކުރާށެވެ. فائِتُ ނުކުރާށެވެ.) އަދި ކަލޭމެން ޒަކާތްދޭށެވެ. އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންނަށް رحمة ލެއްވުމުގެ أمّيد ގައެވެ.

24:57

لَا تَحۡسَبَنَّ ٱلَّذِينَ كَفَرُواْ مُعۡجِزِينَ فِي ٱلۡأَرۡضِۚ وَمَأۡوَىٰهُمُ ٱلنَّارُۖ وَلَبِئۡسَ ٱلۡمَصِيرُ ﴿57﴾

Transliteration: La tahsabanna allatheena kafaroo muAAjizeena fee alardi wamawahumu alnnaru walabisa almaseeru

Translation: (އޭ رسول ﷲ އެވެ.) ކާފަރުންގެމީހުން ﷲ އަށް އަތުނުވެ ބިމުގައި އެކަލާނގެ ނުކުޅައްދައިލެވޭނެ ކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ތަނަކީ (قيامة ދުވަހު) ހަމަ ނަރަކައެވެ. އެއީ ހަމަކަށަވަރުން ވަރަށްވެސް ނުބައި ތަނެކެވެ.

24:58

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّـٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّـٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿58﴾

Transliteration: Ya ayyuha allatheena amanoo liyastathinkumu allatheena malakat aymanukum waallatheena lam yablughoo alhuluma minkum thalatha marratin min qabli salati alfajri waheena tadaAAoona thiyabakum mina alththaheerati wamin baAAdi salati alAAishai thalathu AAawratin lakum laysa AAalaykum wala AAalayhim junahun baAAdahunna tawwafoona AAalaykum baAAdukum AAala baAAdin kathalika yubayyinu Allahu lakumu alayati waAllahu AAaleemun hakeemun

Translation: އޭ އީމާންވެގެންވާ މީސްތަކުންނޭވެ. ކަލޭމެން ކަނައަތް މިލްކޮށްފައިވާމީހުން - (އެބަހީ: ކަލޭމެންގެ އަޅުން) ނާއި އަދި ކަލޭމެން މިނިވަނުންގެ ތެރެއިންވެސް بالغ ނުވެތިބި (ފުރާވަރު ގާތްވެފައިވާ) ކުޑަކުދިންވެސް ކަލޭމެން ތިބޭތަނަށް (ކޮޓަރިއަށް) ވަނުމަށް އިޒުނަ އެދޭހުށިކަމެވެ. ހުއްދަ ހޯދާހުށިކަމެވެ. އެއީ ތިންވަގުތެއްގައެވެ. ފުރަތަމަ ވަގުތަކީ: (1) ފަތިސްނަމާދުގެ ކުރި (2) ދެވަނައީ މެންދުރުގަނޑު ކަލޭމެން ހެދުން ބަހައްޓާ އޮށޯވެލާވަގުތު (3) ތިންވަނައީ عِشَاء ނަމާދުގެ ފަސް މިތިން ވަގުތެވެ. އެއީ ކަލޭމެނަށްވާ ތިން عورة އެވެ. (އެބަހީ: عورة كشف ވެދާފަދަ ތިންވަގުތެވެ.) އެތިންވަގުތު ފިޔަވައި ދެން އެއްބަޔެއްގެ ތެރެއަށް އަނެއްބަޔަކުގޮސް އުޅުމަކުން ކަލޭމެންގެ މައްޗަކަށްވެސް އަދި އެމީހުންގެމައްޗަކަށްވެސް (އެބަހީ: އަޅުންނާއި بَالِغُ ނުވާ ކުޑަކުދިންގެ މައްޗަކަށްވެސް) ކުށެއްނެތެވެ. އެހެނީ އެކުދިންނަކީ ކަލޭމެންގެތެރެއަށް ގޮސް އައިސްވާ ބައެކެވެ. ކަލޭމެންގެ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް - އަނެއްބައެއްގެ ތެރެއަށްގޮސް އައިސްވާ ބައެކެވެ. ﷲ تعالى އެކަލާނގެ دين ގެ حكم ތަކާއި شريعة ގެ ކަންތައްތައް ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

24:59

وَإِذَا بَلَغَ ٱلۡأَطۡفَٰلُ مِنكُمُ ٱلۡحُلُمَ فَلۡيَسۡتَـٔۡذِنُواْ كَمَا ٱسۡتَـٔۡذَنَ ٱلَّذِينَ مِن قَبۡلِهِمۡۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿59﴾

Transliteration: Waitha balagha alatfalu minkumu alhuluma falyastathinoo kama istathana allatheena min qablihim kathalika yubayyinu Allahu lakum ayatihi waAllahu AAaleemun hakeemun

Translation: އަދި ކަލޭމެންގެ (އެބަހީ: މިނިވަނުންގެ) ކުޑަކުދިން بالغ ވާ عمر އަށް އައިސް بالغ ވެއްޖެއްޔާ ކަލޭމެންގެގާތަށް ގޮސް އައިސްވުމަށް ބޮޑެތިމީހުންވެސް ހުއްދަ ހޯދައި އިޒުނަ ހޯދާފަދައިން ހުއްދަ ހޯދައި އިޒުނަ ހޯދާހުށިކަމެވެ. (އެއީ ހުރިހާ ވަގުތެއްގައެވެ.) ﷲ تعالى އެކަލާނގެ އާޔަތްތައް يعني: دين ގެ حكم ތައް ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

24:60

وَٱلۡقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِي لَا يَرۡجُونَ نِكَاحٗا فَلَيۡسَ عَلَيۡهِنَّ جُنَاحٌ أَن يَضَعۡنَ ثِيَابَهُنَّ غَيۡرَ مُتَبَرِّجَٰتِۭ بِزِينَةٖۖ وَأَن يَسۡتَعۡفِفۡنَ خَيۡرٞ لَّهُنَّۗ وَٱللَّهُ سَمِيعٌ عَلِيمٞ ﴿60﴾

Transliteration: WaalqawaAAidu mina alnnisai allatee la yarjoona nikahan falaysa AAalayhinna junahun an yadaAAna thiyabahunna ghayra mutabarrijatin bizeenatin waan yastaAAfifna khayrun lahunna waAllahu sameeAAun AAaleemun

Translation: [އަދި] ފިރިންގެ ބޭނުމެއްނުވާ އަދިދަރިމައިން ކެނޑިފައިވާ ކާވެނީގެ މާބޮޑު އެދުމެއްނުވާ މުސްކުޅި އަންހެނުން އެކަނބަލުންގެ ބުރުގާގެމަތިން ވައްޓައިލާ ބޮޑުދިގުލިބާސް ނުލައި ބެހެއްޓުމަކުން އެކަނބަލުންނަކަށް ކުށެއްނެތެވެ. ނަމަވެސް އެއީ އެކަނބަލުންގެ ޒީނަތް ފައުޅުކުރުމަކާއި ނުލައެވެ. އަދި އެކަމަކު އެކަނބަލުން عفَّة ތެރިވުން އެކަނބަލުންނަށް ހެޔޮވެގެންވެއެވެ. (އެބަހީ: އެކަނބަލުންވެސް އެބޮޑު ދިގުލިބާސް ލައިގެން އާދައިގެ އަންހެނުންނެކޭ އެއްގޮތަށް ނިވައިވެ ރައްކާތެރިވުން މާހެޔޮވެގެންވެއެވެ.) އަދި ﷲ އީ (ތިޔަބައިމީހުން ދައްކާ ވާހަކަތަކާއި އަދި ހިތުގެތެރޭގައި ވަންހަނާކޮށްފައިވާ ކަންތައްވެސް) ދެނެވޮޑިގެންވާ އަދި އައްސަވާވޮޑިގެންވާ ކަލާނގެއެވެ.

24:61

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞ وَلَا عَلَىٰٓ أَنفُسِكُمۡ أَن تَأۡكُلُواْ مِنۢ بُيُوتِكُمۡ أَوۡ بُيُوتِ ءَابَآئِكُمۡ أَوۡ بُيُوتِ أُمَّهَٰتِكُمۡ أَوۡ بُيُوتِ إِخۡوَٰنِكُمۡ أَوۡ بُيُوتِ أَخَوَٰتِكُمۡ أَوۡ بُيُوتِ أَعۡمَٰمِكُمۡ أَوۡ بُيُوتِ عَمَّـٰتِكُمۡ أَوۡ بُيُوتِ أَخۡوَٰلِكُمۡ أَوۡ بُيُوتِ خَٰلَٰتِكُمۡ أَوۡ مَا مَلَكۡتُم مَّفَاتِحَهُۥٓ أَوۡ صَدِيقِكُمۡۚ لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَأۡكُلُواْ جَمِيعًا أَوۡ أَشۡتَاتٗاۚ فَإِذَا دَخَلۡتُم بُيُوتٗا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ تَحِيَّةٗ مِّنۡ عِندِ ٱللَّهِ مُبَٰرَكَةٗ طَيِّبَةٗۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ﴿61﴾

Transliteration: Laysa AAala alaAAma harajun wala AAala alaAAraji harajun wala AAala almareedi harajun wala AAala anfusikum an takuloo min buyootikum aw buyooti abaikum aw buyooti ommahatikum aw buyooti ikhwanikum aw buyooti akhawatikum aw buyooti aAAmamikum aw buyooti AAammatikum aw buyooti akhwalikum aw buyooti khalatikum aw ma malaktum mafatihahu aw sadeeqikum laysa AAalaykum junahun an takuloo jameeAAan aw ashtatan faitha dakhaltum buyootan fasallimoo AAala anfusikum tahiyyatan min AAindi Allahi mubarakatan tayyibatan kathalika yubayyinu Allahu lakumu alayati laAAallakum taAAqiloona

Translation: ލޯއަނދިރި މީހާގެ މައްޗަކަށް ކުށެއް ނުވެއެވެ. އަދި ކޮރުމީހާގެ މައްޗަކަށް ވިޔަސް ކުށެއް ނުވެއެވެ. އަދި ބަލިމީހާގެ މައްޗަކަށްވިޔަސް ކުށެއް ނުވެއެވެ. އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށްވިޔަސް ކަލޭމެންގެ ގެތަކުން ކެއުމަކުން ނުވަތަ ކަލޭމެންގެ ބަފައިންގެ ގެތަކުން ނުވަތަ ކަލޭމެންގެ މައިންގެ ގެއިން ނުވަތަ ކަލޭމެންގެ އެއްބަނޑު އެއްބަފާ ފިރިހެނާގެ ގެތަކުން، ނުވަތަ ކަލޭމެންގެ އެއްބަނޑު އެއްބަފާ އަންހެނުންގެ ގެތަކުން ނުވަތަ ކަލޭމެންގެ ބަފައިފުށުގެ ބޮޑުބޭބެގެ ގެތަކުން ނުވަތަ ކަލޭމެންގެ ބަފައިފުށުގެ ބޮޑުދައިތަގެ ގެތަކުން - ނުވަތަ ކަލޭމެންގެ މައިފުށުގެ ބޮޑުބޭބެއިންގެ ގެތަކުން - ނުވަތަ ކަލޭމެންގެ މައިފުށުގެ ބޮޑުދައިތައިންގެ ގެތަކުން - ނުވަތަ ކަލޭމެން އެމީހެއްގެ ތަޅުދަނޑިތައް މިލްކުކޮށްފައިވާ މީހާގެ ގެތަކުން - ނުވަތަ ކަލޭމެންގެ ރައްޓެހިންގެ ގެތަކުން - (މި މިގޭގެއިން އިސްވެދިޔަފަދައިން އަނދިރި މީހާއާއި ކޮރުމީހާއާއި ބަލިމީހާއާއި އަދި ކަލޭމެން) ކެއުމަކުން އެމީހުންނާއެކު އެއް مجلس ގައި ކެއުމަކުން ކުށެއްނެތެވެ. އަދި ކަލޭމެން އެންމެން ޕާޓީހަދައިގެން جماعة ގައި ނުވަތަ ވަކިވަކިން އެކަނިއެކަނި ކެއުމަކުންވެސް ކަލޭމެންގެ މައްޗަކަށް ކުށެއްނެތެވެ. ފަހެ ކަލޭމެން ގޭގެއަށް ވަންނަންޏާ ކަލޭމެންގެ އަމިއްލަ نفس ތަކަށްވެސް ސަލާމްކުރާށެވެ. އެއީ ﷲ ގެ حضرة ންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުންނެވެ. ﷲ تعالى އެކަލާނގެ އާޔަތްތައް (دين ގެ حكم ތައް) ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ވިސްނާ فكر ކޮށްހެދުމުގެ أمّيد ގައެވެ. ދަންނައެވެ. މިއާޔަތުގެ تفسير ގައި ވަރަށްބޮޑަށް علم ވެރިން إختلاف ވެފައިވެއެވެ. حُكُم مَنْسُوخ ވެފައިވާ އާޔަތެއްކަމުގައި ބުނުއްވާ ބޭކަލުންވެއެވެ. އަދި مَنْسُوخ ނުވާކަމުގައި ބުނުއްވާ ބޭކަލުންވެސް ވެއެވެ. އަދި މިއިން ކޮންމެ ބޭކަލެއްގެ ވާހަކައިގައި އެތައް رأى ތަކެއްވެއެވެ. ވީމާ އެކަން ހަނދާންކޮށްލީއެވެ.

24:62

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُواْ مَعَهُۥ عَلَىٰٓ أَمۡرٖ جَامِعٖ لَّمۡ يَذۡهَبُواْ حَتَّىٰ يَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِينَ يَسۡتَـٔۡذِنُونَكَ أُوْلَـٰٓئِكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿62﴾

Transliteration: Innama almuminoona allatheena amanoo biAllahi warasoolihi waitha kanoo maAAahu AAala amrin jamiAAin lam yathhaboo hatta yastathinoohu inna allatheena yastathinoonaka olaika allatheena yuminoona biAllahi warasoolihi faitha istathanooka libaAAdi shanihim fathan liman shita minhum waistaghfir lahumu Allaha inna Allaha ghafoorun raheemun

Translation: حَقِيْقَة ގައި مؤمن ންކަމުގައިވާކަން ކަށަވަރީ ﷲ އާއި އެކަލާނގެ رسول އާ ތެދުކުރާ މީހުންނެވެ. އެދެފަރާތަށް ފުރިހަމައަށް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ (ހަނގުރާމަކުރުންފަދަ ކަމަކަށް مَشْوَرَة ކު ރުންފަދަ) އެންމެން ބައިވެރިވާ ޒާތުގެ ކަމެއްގައި އެކަލޭގެފާނުންގެ އަރިހުގައި ވަންޏާ އެކަލޭގެފާނުންގެ އަރިހުން ހުއްދަޔަށް އެދި އެކަމުގެ އިޒުނަލިބުމަށްފަހުގައި މެނުވީ (އެކަލޭގެފާނުންގެ އަރިހުން އަމިއްލަ އަމިއްލައަށް) ނުދާ މީހުންނެވެ. (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުން އިޒުނައަށް އެދޭމީހުންނަކީ ކަނޑައެޅިގެން ﷲ އާއި އެކަލާނގެ رسول އާ ތެދުކުރާ މީހުންނެވެ. އެދެފަރާތަށް އީމާންވާ މީހުންނެވެ. ދެންފަހެ އެމީހުންގެ އަމިއްލަ ކޮންމެވެސްކަމަކަށް ދިއުމަށްޓަކައި އެމީހުން ކަލޭގެފާނުންގެ އަރިހުން އިޒުނައަށް އެދެފިއްޔާ އެމީހުންގެތެރެއިން އިޒުނަދެއްވުމަށް ކަލޭގެފާނަށް ފެނިވަޑައިގަންނަވާ މީހަކަށް އިޒުނަދެއްވާށެވެ. އަދި އެމީހުންގެ ފާފަފުއްސެވުންއެދި ﷲ ގެ حضرة ގައި ދަންނަވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

24:63

لَّا تَجۡعَلُواْ دُعَآءَ ٱلرَّسُولِ بَيۡنَكُمۡ كَدُعَآءِ بَعۡضِكُم بَعۡضٗاۚ قَدۡ يَعۡلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمۡ لِوَاذٗاۚ فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ ﴿63﴾

Transliteration: La tajAAaloo duAAaa alrrasooli baynakum kaduAAai baAAdikum baAAdan qad yaAAlamu Allahu allatheena yatasallaloona minkum liwathan falyahthari allatheena yukhalifoona AAan amrihi an tuseebahum fitnatun aw yuseebahum AAathabun aleemun

Translation: (އޭ مؤمن ންނޭވެ.) ކަލޭމެންގެމެދުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ގޮވާގޮތަށް އޭ محمّد ކިޔާފައި އެކަލޭގެފާނަށް ނުގޮވާށެވެ. (އަދި ކިޔެއްހެއްޔެވެ؟ ވަރަށް އަދަބުވެރިކަމާއިއެކު އޭ رسول ﷲ އެވެ. ނުވަތަ يَا نَبِيَّ الله މިފަދަގޮތްގޮތަށް ދަންނަވާށެވެ. ކަލޭމެންކުރެ އެކަލޭގެފާނުންގެ އަރިހުން ފިލަފިލައިގެން މީސްތަކުންގެ ފުރަގަހުން ދެމިގަނެގެން (އިޒުނަވެސް ނުހޯދައި) ދާމީހުން ﷲ ދެނެވޮޑިގެންވެއެވެ. ފަހެ އެކަލޭގެފާނުންގެ އަމުރުފުޅާ خلاف ވާމީހުން (ދަންނައެވެ.) އެމީހުންނަށް فِتْنَة ވެރިކަމެއް ޖެހިދާނެކަމުގެ ނުވަތަ އެމީހުންނަށް ވޭންދެނިވި عذاب އެއް ޖެހިދާނެކަމަށް ބިރުވެތިވާ ހުށިކަމެވެ. • ދަންނައެވެ. މިއާޔަތުގައި ނަންގަނެވިގެންމިވާ فِتْنَة އަކީ أَبُوجَعْفَرُ الطَّبَرِى ވިދާޅުވާގޮތުގައި ކާފަރުކަމެވެ. އެބަހީ: އެކަލޭގެފާނުންގެ އަމުރުފުޅާއި خلاف ވާމީހުން ކާފަރުވެދާނެކަމަށް ބިރުގަންނާށެވެ. ނުވަތަ ވޭންދެނިވި عذاب އެއް އަތުވެދާނެކަމަށް ބިރުގަންނާށެވެ. والله أعلم.

24:64

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قَدۡ يَعۡلَمُ مَآ أَنتُمۡ عَلَيۡهِ وَيَوۡمَ يُرۡجَعُونَ إِلَيۡهِ فَيُنَبِّئُهُم بِمَا عَمِلُواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ ﴿64﴾

Transliteration: Ala inna lillahi ma fee alssamawati waalardi qad yaAAlamu ma antum AAalayhi wayawma yurjaAAoona ilayhi fayunabbiohum bima AAamiloo waAllahu bikulli shayin AAaleemun

Translation: (އޭ މީސްތަކުންނޭވެ.) އުޑުތަކާއި ބިމުގައިވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށްކަމުގައި ކަލޭމެން ދަންނާށެވެ. (އެކަލާނގެއަށް ކިޔަމަންތެރިވުމާއި ނުވުމުގެ ގޮތުން) ކަލޭމެންވާގޮތެއް ކަލޭމެން ތިބިގޮތެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ حضرة އަށް މީސްތަކުން އެނބުރި رجوع ވާދުވަހު އެކަލާނގެ އެމީހުންކުރި ހުރިހާކަމެއްގެ خبر ދެއްވާނެއެވެ. އަދި ﷲ އީ ހުރިހާކަމެއް އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download