quranm◉

Surah Al-Qasas transliteration

◉ ސޫރަ · ∞

28:1

طسٓمٓ ﴿1﴾

Transliteration: Taseenmeem

Translation: طسم މިއަކުރުތަކަކީ ބައެއް ސޫރަތް ފެށޭތާ ހުންނަ ވަކިއަކުރުފަދަ އަކުރުތަކެކެވެ. މިއަކުރުތަކުން އެދެވޭ މުރާދެއް ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ.

28:2

تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ﴿2﴾

Transliteration: Tilka ayatu alkitabi almubeeni

Translation: މިއީ ބަޔާންވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.

28:3

نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ ﴿3﴾

Transliteration: Natloo AAalayka min nabai moosa wafirAAawna bialhaqqi liqawmin yuminoona

Translation: (އޭ رسول ﷲ އެވެ!) موسى عليه السّلام އާއި އަދި فرعون ގެ خبر ކަލޭގެފާނަށް ތިމަންރަސްކަލާނގެ حقّ ގޮތުގައި ކިޔައިދެމެވެ. (މިފޮތް ތެދުކޮށް إيمان ވާ ބަޔަކަށް އެއީ ތެދެއްކަން އެނގޭނެއެވެ.)

28:4

إِنَّ فِرۡعَوۡنَ عَلَا فِي ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعٗا يَسۡتَضۡعِفُ طَآئِفَةٗ مِّنۡهُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡيِۦ نِسَآءَهُمۡۚ إِنَّهُۥ كَانَ مِنَ ٱلۡمُفۡسِدِينَ ﴿4﴾

Transliteration: Inna firAAawna AAala fee alardi wajaAAala ahlaha shiyaAAan yastadAAifu taifatan minhum yuthabbihu abnaahum wayastahyee nisaahum innahu kana mina almufsideena

Translation: ހަމަކަށަވަރުން فرعون (مصر ގެ ބިމުގައި) ބޮޑާވެ މަތިވެގެންފިއެވެ. އަދި އެރަށުގެ أهل ވެރިން އެކިއެކި فِرقة ތަކަކަށް ހަދައިލައިފިއެވެ. އަދި އޭގެތެރެއިން އެއް جَماعة އެއްގެމީހުން ނިކަމެތިކޮށްލައި އަޅުވެތިކޮށްލަނީއެވެ. އެއީ بَني إسرائيل އެވެ. އަދި އޭނާ އެމީހުންގެ ފިރިހެންދަރިން މަރައި އަންހެންދަރިން ނުމަރައި ދޫކުރެއެވެ. ހަމަކަށަވަރުން އޭނާވީ ފާސިދުންގެތެރެއިންނެވެ.

28:5

وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ ﴿5﴾

Transliteration: Wanureedu an namunna AAala allatheena istudAAifoo fee alardi wanajAAalahum aimmatan wanajAAalahumu alwaritheena

Translation: އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވަނީ ބިމުގައި ދެރަކޮށްލެވި ނިކަމެތިކޮށްލެވިފައިއެވާ މީހުންނަށް އޯގާވަންތަވެ އަދި ދަރުމަވަންތަވެރިވެވޮޑިގަތުމަށެވެ. އެމީހުންނަކީ بَني إسرائيل މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުން އެއީ إمام ންކަމުގައި ލައްވައި (ވެރިންކަމުގައި ލައްވައި) އަދި (فرعون އަށްފަހު) އެމީހުންނަކީ ބިންގަނޑުގެ ވާރުތަވެރިންކަމުގައި ލެއްވުމަށެވެ. (އެއީ مصر ގެ ބިންގަނޑެވެ.)

28:6

وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ ﴿6﴾

Transliteration: Wanumakkina lahum fee alardi wanuriya firAAawna wahamana wajunoodahuma minhum ma kanoo yahtharoona

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް (مصر އާއި شام ކަރައިގެ) ބިމުގައި ހަމަޖައްސަވައިދެއްވައި تَمْكِيْنُ ކޮށްދެއްވުމަށެވެ. އަދި فرعون އަށާއި هامان އަށާއި އަދި އެދެމީހުންގެ ސިފައިންނަށްވެސް އެމީހުން ބިރުން އެއުޅޭ ކަންތައް ދެއްކެވުމަށެވެ. (އެކަމަކީ بَني إسرائيل ގެތެރެއިން ފިރިހެން ކުއްޖަކު އުފެދި ބޮޑުވުމެވެ.)

28:7

وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ ﴿7﴾

Transliteration: Waawhayna ila ommi moosa an ardiAAeehi faitha khifti AAalayhi faalqeehi fee alyammi wala takhafee wala tahzanee inna raddoohu ilayki wajaAAiloohu mina almursaleena

Translation: އަދި ތިމަންރަސްކަލާނގެ موسى عليه السّلام ގެ މަންމައަށް إلْهَام ކުރައްވައި އެންގެވީމެވެ. ކަމަނާ އެދަރިކަލުންނަށް ކިރުފޮދު އަރުއްވައިދެއްވާށެވެ! އަދިކަމަނާ އެދަރިކަލުންގެ މައްޗަށް (فرعون އާއި އޭނާގެ ސިފައިންގެ ފަރާތުން) ބިރުފުޅުގެން ވަޑައިގެންފިއްޔާ ކަމަނާ އެދަރިކަލުން ކަނޑަށް (ނީލަކޯރަށް) އެއްލަވާލައްވާށެވެ! އަދި ކަމަނާ (އެދަރިކަލުންނާމެދު) ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅުވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަމަނާގެ އަރިހަށް އެދަރިކަލުން ރައްދުކޮށްދެއްވާނެ ކަލަކީމެވެ. އަދި އެކަލޭގެފާނު އެއީ رسول ބޭކަލުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ލައްވާނޭކަލަކީމެވެ. (ދެން އެކަމަނާ ފޮއްޓެއްހައްދަވައި އެދަރިކަލުން އެއަށް ލައްވައި ނީލަކޯރަށް ދޫކޮށްލެއްވިއެވެ.)

28:8

فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ ﴿8﴾

Transliteration: Failtaqatahu alu firAAawna liyakoona lahum AAaduwwan wahazanan inna firAAawna wahamana wajunoodahuma kanoo khatieena

Translation: ފަހެ فرعون ގެ آل ން (އޭނާގެ އެހީތެރިން) އެދަރިކަލުން ހޮވައިގެން ގެންނަވައިފިއެވެ. އެއީ އެމީހުންގެ عدوّ އަކަށާއި އަދި އެމީހުންނަށްވާ ހިތާމައެއްކަމުގައި ވުމަށްޓަކައެވެ. ހަމަކަށަވަރުން فرعون އާއި هَامان އާއި އަދި އެދެމީހުންގެ ސިފައިންވީ ކުށްވެރިންކަމުގައެވެ.

28:9

وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ ﴿9﴾

Transliteration: Waqalati imraatu firAAawna qurratu AAaynin lee walaka la taqtuloohu AAasa an yanfaAAana aw nattakhithahu waladan wahum la yashAAuroona

Translation: އަދި فرعون ގެ އަނބިކަނބަލުން (فرعون އަށް) ވިދާޅުވިއެވެ. (މިދަރިކަލުންނަކީ) އަހުރެންނާއި އަދި ކަލެއާއި ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ހިތްހަމަޖެހުމެވެ. އޭނާ މަރައިނުލާށެވެ! އަހުރެމެނަށް مَنفع ކުރުން އެކަށީގެންވެއެވެ. ނުވަތަ އަހުރެމެންގެ ދަރިއެއްކަމުގައި އެދަރިކަލުން ގެންގުޅޭނީއެވެ. އަދި އެމީހުންނަށް إحساس ވެސް ނުވެއެވެ. އެބަހީ: އެކަލޭގެފާނާމެދު ﷲ ކަންތައް ގެންދަވާނީ ކިނިހެއްކަންވެސް އެމީހުންނަށް ރޭކައިވެސް ނުލައެވެ.

28:10

وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ ﴿10﴾

Transliteration: Waasbaha fuadu ommi moosa farighan in kadat latubdee bihi lawla an rabatna AAala qalbiha litakoona mina almumineena

Translation: އަދި موسى عليه السّلام ގެ މަންމާފުޅުގެ ހިތްޕުޅުމުޅިން (موسى عليه السّلام ގެ خيال ފިޔަވައި) އެހެން ހުރިހާ خيال އަކުން ހުސްވެއްޖެއެވެ. އެބަހީ: ހުރިހާ ވަގުތެއްގައިވެސް ވަނީ موسى عليه السّلام ގެ خيال އެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅު ނުހިފެހެއްޓެވިނަމަ އެކަމަނާ އެކަލޭގެފާނުންގެ ވާހަކަ ފައުޅުކުރެއްވުން ގާތްވެގެންވިއެވެ. (އެހެން އެހެއްދެވީ) އެކަމަނާއަކީ (ތިމަންރަސްކަލާނގެ وعد ފުޅު) ތެދުކުރާމީހުންގެ ތެރެއިން މީހަކުކަމުގައި ވުމަށްޓަކައެވެ.

28:11

وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ ﴿11﴾

Transliteration: Waqalat liokhtihi qusseehi fabasurat bihi AAan junubin wahum la yashAAuroona

Translation: އަދި އެކަމަނާ (يعني: موسى عليه السّلام ގެ މަންމަ) އެކަލޭގެފާނުން يعني: موسى عليه السّلام ގެ أُخْتކަމަނާ އަށް ވިދާޅުވިއެވެ. ކަމަނާ ގޮސް އެދަރިކަލުންގެ އަސަރެއްވޭތޯ ބަލާށެވެ. އެދަރިކަލުންނަށް ވާގޮތެއް ބަލާށެވެ. ދެންފަހެ އެ أخت ކަމަނާ ދުރުދުރުގައި ހުރެގެން އެދަރިކަލުން ދެކެފިއެވެ. (އޭރު އެދަރިކަލުން ވަނީ فرعون ގެ ގަނޑުވަރުގައެވެ. އެދަރިކަލުންނަށް ކިރުދޭނެ މީހަކު ވޭތޯ ބަލަނީއެވެ!) އަދި އެކަމަނާއަކީ އެދަރިކަލުންގެ أخت ކަމެއް އެމީހުންނަށް ކުޑަކޮށްވެސް ނޭނގެއެވެ. إحساس ވެސް ނުވެއެވެ.

28:12

وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ ﴿12﴾

Transliteration: Waharramna AAalayhi almaradiAAa min qablu faqalat hal adullukum AAala ahli baytin yakfuloonahu lakum wahum lahu nasihoona

Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މަންމަގެ ކުރިން އެހެން އެއްވެސް ކިރުމައެއްގެ ކިރު އެކަލޭގެފާނަށް މަނާކުރެއްވީމެވެ. (އެކަލޭގެފާނު އެގަނޑުވަރުގައި ތިންދުވަސް ވީއިރުވެސް އެއްވެސް އަންހެނެއް ކިރު ނުބެއްލެވިއެވެ. މުޅި އެތަންމިތާނގެ ކިރުމައިން އައިސް އެކަމާ އުޅެއެވެ. އެއްގޮތެއްވެސް ނުވެއެވެ. ދެންފަހެ އެދަރިކަލުންގެ أخت ކަމަނާ އެތަނަށްގޮސް ދެންނެވިއެވެ. އެދަރިކަލުންނަށް ކިރުދީ އޭނާގެ ކަންތަކާއި حوال ވާފަދަ ގެއެއްގެ أهل ވެރި ބައެއްގެ ވާހަކަ އަހުރެން ކަލޭމެންގެ ގާތު ބުނަންހެއްޔެވެ؟ އަދި އެމީހުންވާނީ އެދަރިކަލުންނަށްޓަކައި نصيحة ތެރި إخلاص ތެރި ބަޔަކު ކަމުގައެވެ. (ދެންފަހެ އެކަމަނާ إشارة ކުރީ އެދަރިކަލުންގެ މަންމަގެ ފަރާތަށެވެ. އެކަމަކު އެއީ އެދަރިކަލުންގެ މަންމަކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދެން މަންމަ ގެނުވައި އެކަމަނާ ކިރުދެއްވުމުން އެދަރިކަލުން ކިރުފޮދު ހިތްޕެވިއެވެ. ދެން އެދަރިކަލުންނަށް ކިރުދެއްވުމަށާއި އެދަރިކަލުން ބެލެހެއްޓުމަށް أُجُوْر ދެއްވާފައި މަންމައާއި حوال ކުރެއްވީއެވެ. އެއަށް إشارة ކުރައްވައި ދެން މިއަންނަ އާޔަތުގައި وحي ކުރެއްވިއެވެ.

28:13

فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿13﴾

Transliteration: Faradadnahu ila ommihi kay taqarra AAaynuha wala tahzana walitaAAlama anna waAAda Allahi haqqun walakinna aktharahum la yaAAlamoona

Translation: ދެންފަހެ ތިމަންރަސްކަލާނގެ އެދަރިކަލުން އެދަރިކަލުންގެ މަންމައަށް ރައްދުކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޮލަށް ފިނިކަން ގެނައުމަށެވެ. އަދި އެކަމަނާ ހިތާމަ ނުކުރުމަށެވެ. އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.

28:14

وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿14﴾

Transliteration: Walamma balagha ashuddahu waistawa ataynahu hukman waAAilman wakathalika najzee almuhsineena

Translation: އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދީނުގެ فقه ވެރިކަމާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

28:15

وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ ﴿15﴾

Transliteration: Wadakhala almadeenata AAala heeni ghaflatin min ahliha fawajada feeha rajulayni yaqtatilani hatha min sheeAAatihi wahatha min AAaduwwihi faistaghathahu allathee min sheeAAatihi AAala allathee min AAaduwwihi fawakazahu moosa faqada AAalayhi qala hatha min AAamali alshshaytani innahu AAaduwwun mudillun mubeenun

Translation: އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِى އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ.

28:16

قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ﴿16﴾

Transliteration: Qala rabbi innee thalamtu nafsee faighfir lee faghafara lahu innahu huwa alghafooru alrraheemu

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ އެކަލޭގެފާނަށް ފުއްސަވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

28:17

قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَيَّ فَلَنۡ أَكُونَ ظَهِيرٗا لِّلۡمُجۡرِمِينَ ﴿17﴾

Transliteration: Qala rabbi bima anAAamta AAalayya falan akoona thaheeran lilmujrimeena

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް ދެއްވި نعمة ގެ ސަބަބުން مُجْرِم ންނަށްވާ އެހީތެރިއަކަށް މިއަޅާ ނުލައްވާނދޭވެ!

28:18

فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ ﴿18﴾

Transliteration: Faasbaha fee almadeenati khaifan yataraqqabu faitha allathee istansarahu bialamsi yastasrikhuhu qala lahu moosa innaka laghawiyyun mubeenun

Translation: ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِى އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ.

28:19

فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ ﴿19﴾

Transliteration: Falamma an arada an yabtisha biallathee huwa AAaduwwun lahuma qala ya moosa atureedu an taqtulanee kama qatalta nafsan bialamsi in tureedu illa an takoona jabbaran fee alardi wama tureedu an takoona mina almusliheena

Translation: އަދި އެދެމީހުންގެ عَدُوُّ ކަމުގައިވާ قِبْطِى ކަލޭގެއަށް އަދަބުދެއްވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު އެމީހާ ދެންނެވިއެވެ. يعني: بني إسرائيل މީހާ ދެންނެވިއެވެ. އޭ موسى އެވެ! ކަލޭގެފާނު ތިޔަ އެދިވަޑައިގަންނަވަނީ އިއްޔެވެސް ކަލޭގެފާނު މީހަކު މެރިފަދައިން މިއަދު އަހުރެން މަރަންހެއްޔެވެ؟ (އޭނާއަށް ހީވީ އޭނާ މަރަން އުޅުނުހެންނެވެ.) ކަލޭގެފާނު އެދިވަޑައިގަންނަވަނީ ބިންމަތީގައި جَبَّار ނުލަފާ މީހަކަށްވުންކަމުގައި މެނުވީ ނުވެއެވެ. އަދި ކަންތައްތައް إصلاح ކުރާ مُصْلِح އަކަށް ވުމަކަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވައެވެ. • ދަންނައެވެ. މި بني إسرائيل ކަލޭގެ މިވާހަކަކޮޅު موسى ގެފާނަށް ދެންނެވިއިރު އަނެއް قِبْطِى ކަލޭގެ ހުރީ ރަނގަޅަށް ކަނުލައި އަހައިގެން ކަމުގައިވީތީ އިއްޔެ މީހާ މަރައިލީ موسى ގެފާނުކަން ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އެހެންވެ އަވަސްއަވަހަށް އެތަނުން ދުވެގޮސް އިއްޔެ މީހާ މަރައިލި މީހަކީ موسى ގެފާނުކަން فرعون ގެ މީހުންނަށް އަންގަވައި އެކަމުގެ تفصيل ދީފިއެވެ. ހަމަ އެހިނދުމެވެ. موسى ގެފާނާއިމެދު ކަންތައް ނިންމާނެގޮތަކާއިމެދު فرعون އާއި އޭނާގެ ބޮޑުންގެ މެދުގައި مشورة ފެށިއްޖެއެވެ. والله أعلم.

28:20

وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّـٰصِحِينَ ﴿20﴾

Transliteration: Wajaa rajulun min aqsa almadeenati yasAAa qala ya moosa inna almalaa yatamiroona bika liyaqtulooka faokhruj innee laka mina alnnasiheena

Translation: އަދި ރަށުގެ ދުރު ހިސާބުން ހަރުކޮށް ހިނގާފައި އައިމީހަކު އައިސް موسى ގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! ރަށުގެ ބޮޑެތިމީހުން ކަލޭގެފާނު މެރުމަށް مشورة ކޮށް جلسة ކުރަނީއެވެ. ކަލޭގެފާނު އެހެންވެ އަވަހަށް މިރަށުން ނުކުމެވަޑައިގަންނަވާށެވެ. އަހުރެންނަކީ ކަލޭގެފާނަށްވާ نصيحة ތެރިންކުރެ މީހަކީމެވެ. (ބުނެވެނީ އެމީހަކީ إيمان ކަން ވަންހަނާކުރި فرعون قبيلة ގެ މީހާކަމަށެވެ. އެވާހަކަ غافر ސޫރަތުގައި ވާނެއެވެ.)

28:21

فَخَرَجَ مِنۡهَا خَآئِفٗا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿21﴾

Transliteration: Fakharaja minha khaifan yataraqqabu qala rabbi najjinee mina alqawmi alththalimeena

Translation: ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

28:22

وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّيٓ أَن يَهۡدِيَنِي سَوَآءَ ٱلسَّبِيلِ ﴿22﴾

Transliteration: Walamma tawajjaha tilqaa madyana qala AAasa rabbee an yahdiyanee sawaa alssabeeli

Translation: އަދި مَدْيَنُ ގެފަރާތަށް އެކަލޭގެފާނު ކުރިމަތިފުޅުލެއްވިހިނދު ވިދާޅުވިއެވެ. މިއަޅާގެ ربّ މިއަޅާއަށް ސީދާ ތެދުމަގު ދެއްކެވުން أمّيد ކުރެވެއެވެ. ތެދުމަގު ދައްކަވާނެއެވެ.

28:23

وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ ﴿23﴾

Transliteration: Walamma warada maa madyana wajada AAalayhi ommatan mina alnnasi yasqoona wawajada min doonihimu imraatayni tathoodani qala ma khatbukuma qalata la nasqee hatta yusdira alrriAAao waaboona shaykhun kabeerun

Translation: އަދި مَدْيَنُ ގެ ފެނާހަމައަށް (ގެރިބަކަށްޓަށް މީހުން ފެންދޭ ފެނާހަމައަށް) އެކަލޭގެފާނަށް ވަޑައިގެންނެވުނުހިނދުން ގިނަ عدد އެއްގެ ބަޔަކު އެތަނުން އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. (އެއީ ގެރިބަކަށްޓަށް ފެންދޭން ގޮސްތިބި މީހުންނެވެ.) އަދި އެމީހުންނާއި ތަންކޮޅެއް ދުރުގައި ސޫފިތައް ހިފައިގެން ތިބި ދެއަންހެނުން ދެކެވަޑައިގެންފިއެވެ. އެދެމީހުން ތިބީ ބަކަރިތައް ތަންތަނަށް ދިޔަނުދީ ހިފަހައްޓައިގެންނެވެ. އެދެ އަންހެނުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުން ޖަނަވާރުތަކަށް ފެންނުދީ ތިޔަތިބީ ކީއްވެގެންހެއްޔެވެ؟ ކަލޭމެންގެ مقصد އަކީ ކޮބައިހެއްޔެވެ؟ އެދެމީހުން ދެންނެވިއެވެ. ގެރިބަކަށްޓަށް ފެންދޭން އައިސްތިބިމީހުން އެނބުރިދިޔައިމާނޫނީ އަހުރެމެން އަހުރެމެންގެ ޖަނަވާރުތަކަށް ފެންނުދެމެވެ. އަހުރެމެންގެ ބައްޕައަކީ ބޮޑު މުސްކުޅިއެކެވެ. (ބަލިކަށިވެ، މިފަދަކަމަކަށް އެކަށީގެންނުވާ މީހެކެވެ. ގޭގައި އެހެން ފިރިހެނަކު ނުވެއެވެ.)

28:24

فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ ﴿24﴾

Transliteration: Fasaqa lahuma thumma tawalla ila alththilli faqala rabbi innee lima anzalta ilayya min khayrin faqeerun

Translation: ދެންފަހެ އެކަލޭގެފާނު އެދެމީހުންނަށް ފެންދެއްވައިފިއެވެ. (އެދެމީހުންގެ ބަކަރިތަކަށް ފެންދެއްވައިފިއެވެ.) ދެން ވަޑައިގެން ގަހެއްގެ ހިޔަލަށް ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ. ހެޔޮކަމުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ބާވައިލައްވާ ކޮންމެ އެއްޗަކަށް މިއަޅާ ބޭނުންވެގެންވެއެވެ.

28:25

فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿25﴾

Transliteration: Fajaathu ihdahuma tamshee AAala istihyain qalat inna abee yadAAooka liyajziyaka ajra ma saqayta lana falamma jaahu waqassa AAalayhi alqasasa qala la takhaf najawta mina alqawmi alththalimeena

Translation: ދެންފަހެ އެދެ އަންހެނުންކުރެ އެއްކުއްޖަކު ލަދުވެތިކަމާއިއެކު ހިނގާފައިއައިސް އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންނަށް ކަލޭގެފާނު ފެންދެއްވިކަމުގެ އުޖޫރަ ކަލޭގެފާނަށް ދެއްވުމަށް އަހުރެންގެ ބައްޕަ ކަލޭގެފާނަށް އެބަވިދާޅުވެއެވެ. (ދެން އެކަލޭގެފާނު އެއަންހެންމީހާއާއިއެކު އެބޭކަލެއްގެ ގެއަށް ވަޑައިގެންފިއެވެ. އެބޭކަލަކީ شُعَيب عليه السّلام ކަމުގައި ރިވާވެގެންވާ ކިތަންމެ ރިވާޔަތެއްވެއެވެ.) ދެންފަހެ އެކަލޭގެފާނު އެބޭކަލެއްގެ އަރިހަށް ވަޑައިގެން އެބޭކަލަކަށް ވާހަކަތައް ކިޔައިދެއްވުމުން އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އަނިޔާވެރި قوم ގެ ކިބައިން ކަލޭގެފާނު ސަލާމަތްވީއެވެ.

28:26

قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ ﴿26﴾

Transliteration: Qalat ihdahuma ya abati istajirhu inna khayra mani istajarta alqawiyyu alameenu

Translation: އެދެއަންހެންކުދިންގެތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕައަށް ބުންޏެވެ. އޭ އަހުރެންގެ ބައްޕާއެވެ. އޭނާ أُجُور އިން ބަހައްޓަވާށެވެ. (ބަކަރިތަކަށް ކާންދީ ފެންދީހަދަން ކުއްޔަށް އޭނާ މިގޭގައި ބަހައްޓަވާށެވެ.) ހަމަކަށަވަރުން ބާރުގަދަ އަމާނާތްތެރިއަކު ބައްޕަ ކުއްޔަށް ހިފުން ހެޔޮވެގެންވެއެވެ. • ދަންނައެވެ. މިފަދައިން އެކަމަނާ ދެންނެވީމާ ބައްޕައަށް ސުވާލު އުފެދުންކަމުގައިވެއެވެ. އަދި އެކަލޭގެފާނުންގެ ބާރުގަދަކަމާއި އަމާނާތްތެރިކަން ކަމަނާއަށް އެނގުނީ ކިހިނަކުންތޯ އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. އެކަލޭގެފާނު އަހުރެމެނަށް ފެންދިން ވަޅުގައި ޖަހާފައިވާ މަތިގަނޑަކީ ވިހިތިރީސް މީހުންނަށް ނޫނީ ނުނެގޭވަރުގެ މަތިގަނޑެކެވެ. އެކަލޭގެފާނު ދާދި ފަސޭހަކޮށް އެމަތިގަނޑު ނެންގެވުމުން ބާރުފުޅުގަދަކަން އެނގުނީއެވެ. އަދި އަޅުގަނޑާއިއެކު ހިންގަވާފައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަހުރެންގެ ކުރީގައި ހުންނެވުމާއި އަހުރެންނާ ދިމާއަށް ނުބެއްލެވިކަން އެއީ އެކަލޭގެފާނުންގެ • އަމާނާތްތެރިކަމުގެ دليل އެވެ. والله أعلم.

28:27

قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ ﴿27﴾

Transliteration: Qala innee oreedu an onkihaka ihda ibnatayya hatayni AAala an tajuranee thamaniya hijajin fain atmamta AAashran famin AAindika wama oreedu an ashuqqa AAalayka satajidunee in shaa Allahu mina alssaliheena

Translation: (ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ.

28:28

قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ﴿28﴾

Transliteration: Qala thalika baynee wabaynaka ayyama alajalayni qadaytu fala AAudwana AAalayya waAllahu AAala ma naqoolu wakeelun

Translation: موسى عليه السّلام ވިދާޅުވިއެވެ. އެއީ يعني: އަށްއަހަރުދުވަހު خدمة ގައި ހުރުމުގެ މައްޗަށް ކާވެނިކޮށްދެއްވުން އެއީ އަޅުގަނޑާއި شَيْخُ އާއި ދެމެދު އޮތް އަމާނާތެކެވެ. އަދި ދިހައަހަރުގެ މުއްދަތާއި ދެމުއްދަތުންކުރެ ކޮންމެ މުއްދަތެއް އަހުރެން ހަމަކުރިޔަސް އަހުރެންގެ މައްޗަކަށް عدواة ތެރިކަމެއް ނުވެއެވެ. އޮވެގެން ނުވާނެއެވެ. (އެގޮތުގެމައްޗަށް އެކަން ނިމުނީއެވެ.) އަދި އަހުރެމެން މިބުނާ ބުނުމުގެ މައްޗަށް ﷲ وكيل އެވެ. އެކަލާނގެ ހެކިވެވޮޑިގެންވެއެވެ.

28:29

فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ ﴿29﴾

Transliteration: Falamma qada moosaalajala wasara biahlihi anasa min janibi alttoori naran qala liahlihi omkuthoo innee anastu naran laAAallee ateekum minha bikhabarin aw jathwatin mina alnnari laAAallakum tastaloona

Translation: ދެންފަހެ موسى عليه السّلام އެމުއްދަތު ހަމަކުރައްވާ ނިންމެވުމަށްފަހު އެހިނދުން (مصر އަށް ވަޑައިގަތުމަށްޓަކައި އެކަލޭގެފާނުންގެ أهل ވެރިންނާއިއެކު (ރޭގަނޑު) ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި طور ފަރުބަދައިގެ ގާތުން އެއްފަރާތުން އެކަލޭގެފާނު އަލިފާނެއް ދެކެވަޑައިގެންނެވިއެވެ. އަދި أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ލަސްވެލައިތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނިއްޖެއެވެ. އެތަނުން خبر އަކާއިގެން ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށްޓަކައި އަލިފާންބުރިއަކާއިގެން ނުވަތަ އަލިފާން ދަރުބުރިއަކާއިގެން އައުމަށް أمّيد ކުރެވެއެވެ.

28:30

فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴿30﴾

Transliteration: Falamma ataha noodiya min shatii alwadi alaymani fee albuqAAati almubarakati mina alshshajarati an ya moosa innee ana Allahu rabbu alAAalameena

Translation: ދެންފަހެ އެކަލޭގެފާނު އެތަނަށް (އެއަލިފާނުގެ ގާތަށް) ވަޑައިގެންނެވިހިނދުން (موسى عليه السّلام ގެ) ކަނާތްޕުޅުފަރާތުގެ ވާދީއިން އެބަރަކާތްތެރި ތާނގައިވާ ގަހުން އެކަލޭގެފާނަށް ނިދާއިއްވެވުނެވެ. ގޮވައިލެއްވެވުނެވެ. (ނިދާއިއްވެވުނީ) އޭ موسى އެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއީ ﷲ އެވެ. عَالم ތައް ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ رَبّ އެވެ.

28:31

وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ ﴿31﴾

Transliteration: Waan alqi AAasaka falamma raaha tahtazzu kaannaha jannun walla mudbiran walam yuAAaqqib ya moosa aqbil wala takhaf innaka mina alamineena

Translation: އަދި ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވީއެވެ. އެހައިރުން އޭތި ހަރުފަޔަކަށް ބަދަލުވެ ދުވަންފެށީއެވެ.) ދެންފަހެ އޭތި ދުވެ حركاة ކުރާތަން ފެނުމުން - އޭރު އޭތި ހީވަނީ جَانُّ އެއް ހެންނެވެ. (އެއީ ބޮޑެތިބައިގެ ހަރުފައިގެ ވައްތަރެކެވެ.) އެހިނދު އެކަލޭގެފާނު ފުރަގަސްދެއްވާ އެނބުރިވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް އެނބުރި ވަޑައިނުގެންނެވިއެވެ. (އެހިނދު ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު (ތިމަންރަސްކަލާނގެއާއި) ކުރިމަތިފުޅުލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުވަނީ އަމާންވެގެންވާ ބޭކަލުންގެތެރެއިންނެވެ.

28:32

ٱسۡلُكۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِۖ فَذَٰنِكَ بُرۡهَٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ﴿32﴾

Transliteration: Osluk yadaka fee jaybika takhruj baydaa min ghayri sooin waodmum ilayka janahaka mina alrrahbi fathanika burhanani min rabbika ila firAAawna wamalaihi innahum kanoo qawman fasiqeena

Translation: އަދި ކަލޭގެފާނުންގެ އަތްޕުޅު (ކަލޭގެފާނުންގެ قميص ކޮޅުގެ) ޖީބުކޮޅަށް ވައްދަވާށެވެ! (ދެން އޭތި ނެރުއްވާއިރު) ނުކުންނާނީ ހުދުކުލައިގައެވެ. އެއީ އެއްވެސް ބަލިކަމެއް އަދި ނުބައެއްގެ ސަބަބަކުންނޫނެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ އަރިކަށިފުޅާއި - ނުވަތަ މޭފުޅާއި ލަފާލައްވާ ގާތްކުރައްވާށެވެ! އޭރުން ބިރުފުޅު ފިލައިގެން ހިނގައިދާނެއެވެ. ފަހެ އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ ދެދަލީލެވެ. ދެ حجّة އެވެ. (ދެ معجزة އެވެ.) فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް (رسول ކަމާއިގެން) ވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެމީހުންވީ فاسِق ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

28:33

قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ ﴿33﴾

Transliteration: Qala rabbi innee qataltu minhum nafsan faakhafu an yaqtulooni

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާވާނީ އެމީހުންގެތެރެއިން މީހަކު މަރާފައެވެ. އެހެންވެ އެމީހުން މިއަޅާ މަރައިފާނެކަމަށް ބިރުގަންނަމެވެ.

28:34

وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ ﴿34﴾

Transliteration: Waakhee haroonu huwa afsahu minnee lisanan faarsilhu maAAiya ridan yusaddiqunee innee akhafu an yukaththibooni

Translation: އަދި މިއަޅާގެ أخ هارون މިއަޅާއަށްވުރެން މާ ދޫފަސޭހަވާނެއެވެ. ބަޔާންކުރެއްވުން މާފުރިހަމައެވެ. ފަހެ މިއަޅާއާއިއެކު އެހީއަކަށް ވާގިވެރިއަކަށް އޭނާވެސް (رسول ކަމާއިގެން) ފޮނުއްވައި ދެއްވާނދޭވެ! އެއީ މިއަޅާ ތެދުކުރުމަށްޓަކައެވެ. (އެކަކުގެބަހަށްވުރެ ދެމީހުންގެބަސް قبول ކުރުން أولى ވެގެންވެއެވެ.) ހަމަކަށަވަރުން އެމީހުން މިއަޅާ ދޮގުކޮށްފާނެކަމަށް ބިރުގަންނަމެވެ.

28:35

قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ ﴿35﴾

Transliteration: Qala sanashuddu AAadudaka biakheeka wanajAAalu lakuma sultanan fala yasiloona ilaykuma biayatina antuma wamani ittabaAAakuma alghaliboona

Translation: ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ނިކަންހުރެ ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ أخ ގެސަބަބުން ކަލޭގެފާނުންގެ މުލައްދަނޑިފުޅު ގަދަކޮށްދެއްވާހުށީމެވެ. (އެބަހީ: ކަލޭގެފާނަށް ބާރުދެއްވައި ގަދަކަން ދެއްވާހުށީމެވެ.) އަދި ތިޔައިގެ ދެކަލުންނަށް ތިމަންރަސްކަލާނގެ حجّة އެއް (دليل އެއް) ލައްވާހުށީމެވެ. ފަހެ އެހެންވެ އެމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތަކުގެ ސަބަބުން ތިޔައިގެ ދެކަލުންނާ ހަމައަށް (ނުބައެއް ހެދުމުގެގޮތުން) واصل ނުވެވޭހުއްޓެވެ. ތިޔައިގެ ދެކަލުންނާއި އަދި ތިޔައިގެ ދެކަލުންނަށް تبع ވާ ބަޔަކުވާނީ ގަދަވާމީހުންކަމުގައެވެ.

28:36

فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ ﴿36﴾

Transliteration: Falamma jaahum moosa biayatina bayyinatin qaloo ma hatha illa sihrun muftaran wama samiAAna bihatha fee abaina alawwaleena

Translation: ދެންފަހެ ބަޔާންވެ ފައުޅުވެގެންވާ ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން އެމީހުން ގާތަށް موسى عليه السّلام ވަޑައިގެންނެވިހިނދުން (އެމީހުން އެކަލޭގެފާނަށް ދެންނެވީ) ކަލޭގެފާނު ހައްދަވާފައިވާ ދޮގު سِحر އެއްކަމުގައި މެނުވީ ތިޔަތަކެތި ނުވެއެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެފަރާތުން އަހުރެމެން ތިޔަފަދަ ވާހަކައެއް ނުއަހަމެވެ.

28:37

وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ ﴿37﴾

Transliteration: Waqala moosa rabbee aAAlamu biman jaa bialhuda min AAindihi waman takoonu lahu AAaqibatu alddari innahu la yuflihu alththalimoona

Translation: އަދި موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެ حضرة ން ތެދުމަގާއިގެން އައީ ކާކުކަން ތިމަންކަލޭގެފާނުންގެ رَبّ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ފަހުކޮޅު ކާމިޔާބުވަނީ ކާކަށްކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބުނުވާ ހުއްޓެވެ.

28:38

وَقَالَ فِرۡعَوۡنُ يَـٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ ﴿38﴾

Transliteration: Waqala firAAawnu ya ayyuha almalao ma AAalimtu lakum min ilahin ghayree faawqid lee ya hamanu AAala altteeni faijAAal lee sarhan laAAallee attaliAAu ila ilahi moosa wainnee laathunnuhu mina alkathibeena

Translation: އަދި فرعون ބުންޏެވެ. އޭ قوم ގެ ބޮޑެތިމީހުންނޭވެ! އަހުރެން ފިޔަވައި އެހެން إله އެއް ކަލޭމެނަށް ވާކަމެއް އަހުރެންނަށް އެނގިގެން ނުވެއެވެ. އޭ هامان އެވެ! ކަލޭ އަލިފާން އަންދައި އީޓް ފިހެގެން އުސްބިނާއެއް އަހުރެންނަށް ހަދައިދީބަލާށެވެ! (އެތަނުން މައްޗަށް އަރައި) موسى އެބުނާ އެކަލޭގެފާނުންގެ إله އަށް އަހުރެން ބޯދީ ބަލައިލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާވަނީ ދޮގުވެރިންގެ ތެރެއިންނެވެ.

28:39

وَٱسۡتَكۡبَرَ هُوَ وَجُنُودُهُۥ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ ﴿39﴾

Transliteration: Waistakbara huwa wajunooduhu fee alardi bighayri alhaqqi wathannoo annahum ilayna la yurjaAAoona

Translation: ﷲ وحي ކުރެއްވިއެވެ. އަދި އޭނާޔާއި އޭނާގެ ސިފައިން (مصر ގެ) ބިމުގައި ބޮޑާވެއްޖެއެވެ. އެއްވެސް حقّ އެއް ނެތިއެވެ. އަދި އެމީހުން ހީކުރީ އެމީހުން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رجوع ނުވާނެކަމަށެވެ.

28:40

فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّـٰلِمِينَ ﴿40﴾

Transliteration: Faakhathnahu wajunoodahu fanabathnahum fee alyammi faonthur kayfa kana AAaqibatu alththalimeena

Translation: ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އޭނާގެ ސިފައިން ހިތްޕެވީމެވެ. އަދި އެމީހުން ކަނޑަށް އަޅައިލީމެވެ. އަނިޔާވެރިންގެ ނިމުން ހުރީ ކޮންފަދައަކުންކަން ނިކަން ދެކިބަލާށެވެ!

28:41

وَجَعَلۡنَٰهُمۡ أَئِمَّةٗ يَدۡعُونَ إِلَى ٱلنَّارِۖ وَيَوۡمَ ٱلۡقِيَٰمَةِ لَا يُنصَرُونَ ﴿41﴾

Transliteration: WajaAAalnahum aimmatan yadAAoona ila alnnari wayawma alqiyamati la yunsaroona

Translation: އަދި (ކާފަރުކަމުގެ ބޮޑެތި) إمام ންކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އެމީހުން މީސްތަކުންނަށް ނަރަކައިގެ أهل ވެރިންގެ عمل ކުރުމަށް ގޮވައެވެ. އަދި قيامة ދުވަހުން އެމީހުންނަށް نصر ނުލިބެވޭނެއެވެ.

28:42

وَأَتۡبَعۡنَٰهُمۡ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗۖ وَيَوۡمَ ٱلۡقِيَٰمَةِ هُم مِّنَ ٱلۡمَقۡبُوحِينَ ﴿42﴾

Transliteration: WaatbaAAnahum fee hathihi alddunya laAAnatan wayawma alqiyamati hum mina almaqbooheena

Translation: މިދުނިޔޭގައި ތިމަންރަސްކަލާނގެ އެމީހުންނަށް لَعْنَة تَبَع ކުރީމެވެ. (އެބަހީ: އެމީހުންގެ ވާހަކަދައްކާ ކޮންމެ މީހަކު އެމީހުންނަށް لعنة ދޭނެއެވެ. / ނުވަތަ ތިމަންރަސްކަލާނގެ އެމީހުން ހުރިހާ ހެޔޮކަމަކުން ދުރުކުރެއްވީމެވެ.) އަދި قيامة ދުވަހުން ކަނޑައެޅިގެން އެމީހުންވާހުށީ ހުތުރުވެގެންވާ މީހުންގެތެރެއިންނެވެ. ނުވަތަ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

28:43

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ ﴿43﴾

Transliteration: Walaqad atayna moosa alkitaba min baAAdi ma ahlakna alquroona aloola basaira lilnnasi wahudan warahmatan laAAallahum yatathakkaroona

Translation: އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. (ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبى އިން = ) ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ.

28:44

وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ ﴿44﴾

Transliteration: Wama kunta bijanibi algharbiyyi ith qadayna ila moosa alamra wama kunta mina alshshahideena

Translation: (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهى ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ.

28:45

وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ ﴿45﴾

Transliteration: Walakinna anshana quroonan fatatawala AAalayhimu alAAumuru wama kunta thawiyan fee ahli madyana tatloo AAalayhim ayatina walakinna kunna mursileena

Translation: އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ.

28:46

وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ ﴿46﴾

Transliteration: Wama kunta bijanibi alttoori ith nadayna walakin rahmatan min rabbika litunthira qawman ma atahum min natheerin min qablika laAAallahum yatathakkaroona

Translation: އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبى =

28:47

وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ﴿47﴾

Transliteration: Walawla an tuseebahum museebatun bima qaddamat aydeehim fayaqooloo rabbana lawla arsalta ilayna rasoolan fanattabiAAa ayatika wanakoona mina almumineena

Translation: އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ.

28:48

فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ ﴿48﴾

Transliteration: Falamma jaahumu alhaqqu min AAindina qaloo lawla ootiya mithla ma ootiya moosa awalam yakfuroo bima ootiya moosa min qablu qaloo sihrani tathahara waqaloo inna bikullin kafiroona

Translation: ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب.

28:49

قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ ﴿49﴾

Transliteration: Qul fatoo bikitabin min AAindi Allahi huwa ahda minhuma attabiAAhu in kuntum sadiqeena

Translation: (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ!

28:50

فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿50﴾

Transliteration: Fain lam yastajeeboo laka faiAAlam annama yattabiAAoona ahwaahum waman adallu mimmani ittabaAAa hawahu bighayri hudan mina Allahi inna Allaha la yahdee alqawma alththalimeena

Translation: ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)

28:51

وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ ﴿51﴾

Transliteration: Walaqad wassalna lahumu alqawla laAAallahum yatathakkaroona

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް (يعني: قريش ންނަށާއި އަދި بني إسرائيل ންނަށް) ބަސް تفصيل ކޮށްދެއްވައި بيان ކޮށްދެއްވައިފީމެވެ. (އެބަހީ: އިސްވެދިޔަ أمّة ތަކުގެ خبر ތަކާއި ވާހަކަތައް އަދި އެމީހުންނަށް ދިމާވި ކަންތައްތައް ތިމަންރަސްކަލާނގެ تفصيل ކޮށް އެބައިމީހުންނަށް بيان ކޮށްދެއްވައިފީމެވެ. އެއީ رسول ﷲ ﷺ އާއި ބެހޭ خبر ތައް އެމީހުން ހަނދާންކޮށް އެއިން عبرة އެއް حاصل ކުރޭތޯއެވެ.

28:52

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ ﴿52﴾

Transliteration: Allatheena ataynahumu alkitaba min qablihi hum bihi yuminoona

Translation: އަދި މިކީރިތި قرآن ގެ ކުރީން އެމީހުންނަށް ފޮތްދެވުނުމީހުން މި قرآن އަށް إيمان ވެއެވެ. (އެބަހީ: އެމީހުންގެ ތެރެއިން ބައެއްމީހުން) قرآن ތެދުކުރެއެވެ.

28:53

وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ ﴿53﴾

Transliteration: Waitha yutla AAalayhim qaloo amanna bihi innahu alhaqqu min rabbina inna kunna min qablihi muslimeena

Translation: އަދި އެމީހުންގެ މައްޗަށް މި قرآن ކިޔެވިއްޖެއްޔާ އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެން އެފޮތަށް إيمان ވެއްޖައީމެވެ. އެފޮތް ތެދުކޮށްފީމެވެ. ހަމަކަށަވަރުން އެއީ އަހުރެމެންގެ ربّ ގެ حضرة ން އައިސްފައިވާ حقّ އެވެ. ހަމަކަށަވަރުން އަހުރެމެން ވަނީ އޭގެކުރީގައިވެސް - އެބަހީ: އެ قرآن ބާވައިލެއްވުމުގެ ކުރީގައިވެސް - އެފޮތަށް إيمان ވެ ބޯލަނބައިގެންނެވެ. ކިޔަމަންވެގެންނެވެ.

28:54

أُوْلَـٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴿54﴾

Transliteration: Olaika yutawna ajrahum marratayni bima sabaroo wayadraoona bialhasanati alssayyiata wamimma razaqnahum yunfiqoona

Translation: އެމީހުން ދަންނައެވެ. އެމީހުން ކެތްތެރިވިކަމަށްޓަކައި އެކަމުގެ ސަބަބުން އެމީހުންނަށް ދެފަހަރަށް ދަރުމަ ދެއްވޭނެއެވެ. (އެއީ އެމީހުން ކުރީފޮތަށް إيمان ވީކަމަށްޓަކައްޔާއި އަދި محمّد ﷺ އަށް إيمان ވީ ކަމަށްޓަކައެވެ. - ނުވަތަ އެމީހުން محمّد ﷺ ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް إيمان ވީކަމަށްޓަކައާއި އެކަލޭގެފާނު ފޮނުއްވުމުންވެސް إيمان ވީކަމަށްޓަކައެވެ.) އަދި އެމީހުން ހެޔޮކަންތަކުން ނުބައިކަންތައް دفاع ކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުގުން އެމީހުން ހޭދަކުރެއެވެ. (ﷲ ގެ ކިޔަމަނުގައި އެކަލާނގެ މަގުގައި ހޭދަކުރެއެވެ.)

28:55

وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ سَلَٰمٌ عَلَيۡكُمۡ لَا نَبۡتَغِي ٱلۡجَٰهِلِينَ ﴿55﴾

Transliteration: Waitha samiAAoo allaghwa aAAradoo AAanhu waqaloo lana aAAmaluna walakum aAAmalukum salamun AAalaykum la nabtaghee aljahileena

Translation: އަދި އެމީހުން بَاطِل އަދި ބޭކާރު ވާހަކަ އަހައިފިއްޔާ އެމީހުން އެވާހަކައިން ދުރުވެ ފުރަގަސްދެއެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަށް އަހުރެމެންގެ عمل އެވެ. އަދި ކަލޭމެންނަށް ކަލޭމެންގެ عمل އެވެ. ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އަދި جَاهل ންނާއި جَدل ކޮށް އެއްޗެތި ކިޔާކަށް އަހުރެމެން ނޭދެމެވެ.

28:56

إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ﴿56﴾

Transliteration: Innaka la tahdee man ahbabta walakinna Allaha yahdee man yashao wahuwa aAAlamu bialmuhtadeena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ތެދުމަގު ދެއްކެވުން ކަލޭގެފާނަކަށް ނުވެއެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގަންނަވާ ފަރާތަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބިގަންނާނޭ ބަޔަކު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނީ أبوطالب އާއިމެދުގައިކަމަށް ރިވާވެގެންވެއެވެ. أبوطالب މަރަށް حاضر ވީވަގުތު އެތަނަށް رسول ﷲ ﷺ ވަޑައިގެން އެކަލޭގެފާނު ލޯބިފުޅުވާ ބޮޑުބޭބެ أبوطالب އަށް هِدَايَة ދެއްކެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް أبوطالب އެ كلمة ފުޅު ނުކިއެވެ. صَحَّ ގޮތުގައި ރިވާވެގެންވަނީ އެކަލޭގެފާނު މަރުވީ عبد المطلّب ގެ دين މަތީގައެވެ. إسلام دين ގެ މަތީގައެއްނޫނެވެ. އެކަމާގުޅޭގޮތުން މިއާޔަތް ބާވައިލެއްވި ކަމުގައިވެއެވެ. والله أعلم.

28:57

وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿57﴾

Transliteration: Waqaloo in nattabiAAi alhuda maAAaka nutakhattaf min ardina awalam numakkin lahum haraman aminan yujba ilayhi thamaratu kulli shayin rizqan min ladunna walakinna aktharahum la yaAAlamoona

Translation: އަދި އެމީހުން ބުންޏެވެ. އެބަހީ: مكّة ގެ مشرك ން ބުންޏެވެ. އަހުރެމެން ކަލޭގެފާނާއިއެކު ތެދުމަގާއި حقّ دين އާއި تبع ވެއްޖެއްޔާއި (އެކިފަރާތްފަރާތުން މީހުން އައިސް) އަހުރެމެން ޖަހައިގަނެގެން ގެންގޮސްފާނެއެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެމީހުންނަށް ފަހެ ތިމަންރަސްކަލާނގެ އަމާން حرم ފުޅެއް ދެއްވާ ހަމަޖައްސަވާފައި ނުވޭހެއްޔެވެ؟ ތިމަންރަސްކަލާނގެ حضرة ން ދެއްވާ ރިޒުގެއްގެގޮތުން އެތަނަށް ހުރިހާ ތަންތަނެއްގެ މޭވާ (ކާބޯތަކެތި) ޖަމާކުރެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. (ތިމަންރަސްކަލާނގެ އެކަންކަން އެހެން ލައްވާފައިވާކަން ނޭނގޭބާވައެވެ؟)

28:58

وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ ﴿58﴾

Transliteration: Wakam ahlakna min qaryatin batirat maAAeeshataha fatilka masakinuhum lam tuskan min baAAdihim illa qaleelan wakunna nahnu alwaritheena

Translation: އަދި އެރަށްރަށުގެ ދިރިއުޅުންކާފަރުވެ އެބަހީ އެރަށްރަށުގެ މީހުން نعمة އަށް ކާފަރުވެ شكر ނުކުރުމުގެ ސަބަބުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް ރަށްހެއްޔެވެ؟ ވަރަށްގިނަ ރަށް ހަލާކުކުރެއްވީމެވެ. އެމީސްމީހުން ދިރިއުޅުނު ތަންތަން އެހުރީއެވެ. (ވީރާނާވެގޮސްފައެވެ.) އެމީހުންނަށްފަހު އެތަންތާ ދާދިމަދުންމެނުވީ ދިރިނުއުޅެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ވާރުތަކުރައްވާ ކަލަކުކަމުގައެވެ.

28:59

وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ ﴿59﴾

Transliteration: Wama kana rabbuka muhlika alqura hatta yabAAatha fee ommiha rasoolan yatloo AAalayhim ayatina wama kunna muhlikee alqura illa waahluha thalimoona

Translation: (އޭ رسول ﷲ އެވެ!) އަދި ރަށްތަކުގެ މަންމަކަމުގައިވާ (ނުވަތަ އެންމެ عزّة ތެރި ރަށްކަމުގައިވާ) ރަށަށް يعني: مكّة އަށް رسول ބޭކަލަކު ފޮނުއްވައިފުމަށްދާންދެން އެރަށުގެ ވަށަވަށައިގެންވާ ރަށްތައް ހަލާކުކުރައްވާނޭ ކަލަކުކަމުގައި ކަލޭގެފާނުންގެ ربّ ނުވެއެވެ. އަދި އެރަސޫލުބޭކަލަކު އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާނެ އަދި އެއްވެސް ރަށެއް އެރަށެއްގެ أهل ވެރިން އަނިޔާވެރިވެގެންވާ حال ގައިމެނުވީ ހަލާކު ކުރައްވާނޭ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެން ނުވަމެވެ.

28:60

وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ ﴿60﴾

Transliteration: Wama ooteetum min shayin famataAAu alhayati alddunya wazeenatuha wama AAinda Allahi khayrun waabqa afala taAAqiloona

Translation: އަދި ތަކެތީގެތެރެއިން يعني: މުދަލާއި ދަރިންގެތެރެއިން - ތިޔަބައިމީހުންނަށް ދެވިފައިވާނަމަ ވާކޮންމެ އެއްޗަކީ ދުނިޔޭގެ حياة ގައި ބޭނުންކޮށް މަޖާކޮށްލުމަށާއި އެތާނގެ ޒީނަތުގެގޮތުން ދެވިފައިވާ ތަކެއްޗެވެ. އަދި ﷲ ގެ حضرة ގައިވާތަކެތި (ثواب އާ ސުވަރުގެ) ހެޔޮވެފައި ދެމިހުރުން ބޮޑެވެ. ތިޔަބައިމީހުންނަށް ފަހެ އެއްޗެއް ނުވިސްނެނީހެއްޔެވެ؟

28:61

أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ ﴿61﴾

Transliteration: Afaman waAAadnahu waAAdan hasanan fahuwa laqeehi kaman mattaAAnahu mataAAa alhayati alddunya thumma huwa yawma alqiyamati mina almuhdareena

Translation: އަޅެފަހެ ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅު ހެޔޮ وعد އެއްކޮށް އަދި އެ وعد ކުރި ކަންތައް އެބަހީ: ސުވަރުގެ އެމީހަކަށް ލިބޭނެމީހާއާއި ދުނިޔޭގެ حياة ގައި ބޭނުންކޮށް ފައިދާ އުފުލާނެ މިންވަރެއްދެއްވި މީހާއާއި ދެމީހުން އެއްފަދަ ވާނޭ ހެއްޔެވެ؟ ނުވާނޭކަން ކަށަވަރެވެ. އަދި އެމީހާ يعني: ފަހުން މިބުނިމީހާ قيامة ދުވަހުންވާހުށީ އަލިފާނަށް حاضر ކުރެވޭނޭ މީހުންގެ ތެރެއިންނެވެ.

28:62

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ﴿62﴾

Transliteration: Wayawma yunadeehim fayaqoolu ayna shurakaiya allatheena kuntum tazAAumoona

Translation: އަދި އެކަލާނގެ އެމީހުންނަށް يعني: مشرك ންނަށް ނިދާއިއްވަވާދުވަހުން يعني قيَامَة ދުވަހުން އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައިއުޅުނުއިރު) شريك ންކަމުގައި ހީކޮށްގެންއުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟

28:63

قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ ﴿63﴾

Transliteration: Qala allatheena haqqa AAalayhimu alqawlu rabbana haolai allatheena aghwayna aghwaynahum kama ghawayna tabarrana ilayka ma kanoo iyyana yaAAbudoona

Translation: އަދި އެމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވީމީހުން ދަންނަވާނެއެވެ. އޭއަޅަމެންގެ ربّ އެވެ. އަޅަމެން މަގުފުރެއްދިމީހުން މިތިބީއެވެ. (އެމީހުން ބުނާނެއެވެ.) އަޅަމެން މަގުފުރެދުނުފަދައިން އަޅަމެން އެމީހުން މަގުފުރައްދައިލީއެވެ. އިބަރަސްކަލާނގެ حضرة އަށް އަޅަމެން އެމީހުންގެ ކިބައިން ބަރީއަވެއްޖައީމެވެ. އަދި އެމީހުން ކަނޑައެޅިގެން އަޅަމެންނަށް އަޅުކަން ނުކުރެއެވެ.

28:64

وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ ﴿64﴾

Transliteration: Waqeela odAAoo shurakaakum fadaAAawhum falam yastajeeboo lahum waraawoo alAAathaba law annahum kanoo yahtadoona

Translation: އަދި (އެދުވަހުން) އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ބުނެވޭނެއެވެ. ﷲ އާއި شريك ކުރި ކަލޭމެންގެ شريك ންތަކަށް ކަލޭމެން ގޮވާށެވެ. ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އިޖާބަ ނުދޭނެއެވެ. އަދި އެބައިމީހުން عذاب ދެކޭނެއެވެ. އެހިނދު އެމީހުންވެސް ދުނިޔޭގައިތިބިއިރު ތެދުމަގުގައިވީނަމަ ރަނގަޅޭ ހިތަށްއަރާނެއެވެ. އެކަމަށް ލޯބިކުރާނެއެވެ. އެކަމަކު ދެން އޭރުންކުރާނީ ނަމައިގެ ކޮންފައިދާހެއްޔެވެ؟

28:65

وَيَوۡمَ يُنَادِيهِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ ﴿65﴾

Transliteration: Wayawma yunadeehim fayaqoolu matha ajabtumu almursaleena

Translation: އަދި އެކަލާނގެ އެމީހުނަށް يعني: مشرك ންނަށް - ނިދާއިއްވަވާ ދުވަހުން - ފަހެ އެކަލާނގެ އެމީހުނަށް وحي ކުރައްވާނެއެވެ. ކަލޭމެން رسول ބޭކަލުންނަށް ދިނީ ކޮންޖަވާބެއްހެއްޔެވެ. ކީކޭހެއްޔެވެ؟

28:66

فَعَمِيَتۡ عَلَيۡهِمُ ٱلۡأَنۢبَآءُ يَوۡمَئِذٖ فَهُمۡ لَا يَتَسَآءَلُونَ ﴿66﴾

Transliteration: FaAAamiyat AAalayhimu alanbao yawmaithin fahum la yatasaaloona

Translation: ފަހެ އެމީހުންގެމައްޗަށް خبر ތައް އަނދިރިވެދާނެއެވެ. (އެބަހީ: ދައްކާނެ حجّة އެއްނެތި دليل އެއް ނެތި މުޅިން އެމީހުންބެދިދާނެއެވެ. އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކާއި ސުވާލު ނުކުރާނެއެވެ. ނަސަބާއި ގާތްކަމުގެގޮތުންވެސް ސުވާލު ނުކުރާނެއެވެ.

28:67

فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ ﴿67﴾

Transliteration: Faamma man taba waamana waAAamila salihan faAAasa an yakoona mina almufliheena

Translation: ފަހެ توبة ވެގެން صالح عمل ކުރިމީހުން ދަންނައެވެ. އެމީހުންނަކީ ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންގެތެރެއިން ވާނޭ މީހުންނެވެ.

28:68

وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ﴿68﴾

Transliteration: Warabbuka yakhluqu ma yashao wayakhtaru ma kana lahumu alkhiyaratu subhana Allahi wataAAala AAamma yushrikoona

Translation: އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އަދި އެދިވޮޑިގެންނެވި މީހަކު (ތެދުމަގާއި إيمان ކަމަށާއި އަދި صَالح عمل ކުރުމަށް) إختيار ކުރައްވައި خاصّ ކުރައްވައެވެ. އަދި އެމީހުންނަށް (އެބަހީ: مشرك ންނަށް - އެމީހުން ބޭނުންމީހަކު رسول ކަމަށާއި نبي ކަމަށް) إختيار ކުރުމެއް ނުވެއެވެ. އަދި އެމީހުން އެ شرك ކުރާ ކަންތައް ފިޔަވައި ﷲ ހުސް طاهر ވެ އަދި މަތިވެރިވެވޮޑިގެންވެއެވެ.

28:69

وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ ﴿69﴾

Transliteration: Warabbuka yaAAlamu ma tukinnu sudooruhum wama yuAAlinoona

Translation: އަދި ކަލޭގެފާނުންގެ رَبّ އެމީހުންގެ ހިތްތަކުގައި ފޮރުވި ވަންހަނާވެގެންވާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާ ތަކެތިވެސް ދެނެވޮޑިގެންވެއެވެ.

28:70

وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ﴿70﴾

Transliteration: Wahuwa Allahu la ilaha illa huwa lahu alhamdu fee aloola waalakhirati walahu alhukmu wailayhi turjaAAoona

Translation: އަދި އެކަލާނގެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެހެން އެއްވެސް إله އަކުނުވާ ﷲ އެވެ. ދުނިޔެއާއި آخرة ގައިވެސް އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރައްވައި ނިޔާކުރެއްވުން خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

28:71

قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ ﴿71﴾

Transliteration: Qul araaytum in jaAAala Allahu AAalaykumu allayla sarmadan ila yawmi alqiyamati man ilahun ghayru Allahi yateekum bidiyain afala tasmaAAoona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ރޭގަނޑު ލައްވައިފިއްޔާ ދެން ކަލޭމެނަށް އަލިކަމެއް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ ކަލޭމެން ފަހެ (އެއްޗެއްވިސްނާ فكر ކުރާފަދަ ގޮތަކަށް) ނުއަހާނޭހެއްޔެވެ؟

28:72

قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ ﴿72﴾

Transliteration: Qul araaytum in jaAAala Allahu AAalaykumu alnnahara sarmadan ila yawmi alqiyamati man ilahun ghayru Allahi yateekum bilaylin taskunoona feehi afala tubsiroona

Translation: (އޭ رسول ﷲ އެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ދުވާލު ލައްވައިފިއްޔާ އެރޭގަނޑުގެތެރޭގައި ކަލޭމެން މައިތިރިވެ ހިމޭންވާނޭ ރޭގަނޑެއް ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެޔެއްވެ؟ ކަލޭމެން ފަހެ (ރޭދުވާ ތަކުރާރުވާތީ) ނުދެކޭހެއްޔެވެ؟ (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.)

28:73

وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ﴿73﴾

Transliteration: Wamin rahmatihi jaAAala lakumu allayla waalnnahara litaskunoo feehi walitabtaghoo min fadlihi walaAAallakum tashkuroona

Translation: އަދި ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރޭގަނޑާއި ދުވާލު ލެއްވުން އެއީ އެކަލާނގެ رحمة ގެ ތެރެއިންވާ ކަމެކެވެ. އެއީރޭގަނޑުގެތެރޭގައި ތިޔަބައިމީހުން މައިތިރިވެ ހަމަޖެހި އަރާމު ކުރުމަށެވެ. އަދި ދުވާލުގެ ވަގުތު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. ނުވަތަ ރޭގަނޑާއި ދުވާލު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ކުރުމަށެވެ.

28:74

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ﴿74﴾

Transliteration: Wayawma yunadeehim fayaqoolu ayna shurakaiya allatheena kuntum tazAAumoona

Translation: އަދި އެމީހުންނަށް - އެބަހީ: مشرك ންނަށް - އެކަލާނގެ ނިދާއިއްވަވާދުވަހުން ފަހެ އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހީކޮށްގެން އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އެމީހުންނަށް އެ شريك ން ނުފެންނާނެއެވެ.

28:75

وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ﴿75﴾

Transliteration: WanazaAAna min kulli ommatin shaheedan faqulna hatoo burhanakum faAAalimoo anna alhaqqa lillahi wadalla AAanhum ma kanoo yaftaroona

Translation: އަދި (قيامة ދުވަހުން) ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު ވަކިކުރައްވައި حاضر ކުރައްވާހުށީމެވެ. އެއީ އެ أمّة ގެ نبي އާއެވެ. ދެންފަހެ مشرك ންނަށް ތިމަންރަސްކަލާނގެ އަންގަވާ ހުށީމެވެ. (އެއީ نبي އާ، ނަބީކަން އެންގެވިކަމަށް ވިދާޅުވުމަށްފަހުގައެވެ.) އެއަށްފަހު مشرك ންނަށް އަންގަވާނަމެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރިތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ حجّة އާއި برهان ނިކަން ގެނަސްބަލާށެވެ! (އެހިނދު އެމީހުންނަކަށް އެއްވެސް دليل އެއް حجّة އެއް ނުވާނެއެވެ.) އަދި ހަމަކަށަވަރުން حقّ ވަނީ ﷲ އަށް ކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދާކަމުގައިވިތަކެތި - ބުދުތައް - (ﷲ ފިޔަވައި އަޅުކަން އެފަރާތްތަކަށް ވެވުނު ހުރިހާތަކެތި) އެމީހުން ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.

28:76

إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ ﴿76﴾

Transliteration: Inna qaroona kana min qawmi moosa fabagha AAalayhim waataynahu mina alkunoozi ma inna mafatihahu latanooo bialAAusbati olee alquwwati ith qala lahu qawmuhu la tafrah inna Allaha la yuhibbu alfariheena

Translation: ހަމަކަށަވަރުން قَارُوْنُ ވީ موسى عليه السّلام ގެ ގާތްތިމާގެ މީހުންގެތެރެއިންނެވެ. (ބުނެވެނީ قَارُوْن އަކީ موسى عليه السّلام ގެ ބޮޑުބޭބެ ދަރިއެއްކަމުގައެވެ.) ފަހެ އޭނާ އެމީހުންގެ މައްޗަށް ބޮޑާވެ كِبر ވެރިވެގަތީއެވެ. އަދި އޭނާއަށް ތިމަންރަސްކަލާނގެ ގިނަ މުދަލާ كَنْزُ ތައް ދެއްވީމެވެ. ހަމަކަށަވަރުން އޭނާގެ خَزَانَة ތަކުގެ ތަޅުދަނޑިތައް އުފުލުމަށް ބާރުގަދަ جماعة އެއްގެބަޔަކަށްވެސް ބަރުވެގެންވެއެވެ. އަދި އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދު ހަނދުމަފުޅުކުރައްވާށެވެ. (އޭ قَارُوْن އެވެ!) ކަލޭ ބޮޑާވެ އުފާނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވެ كِبر ވެރިވެ އުފާކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

28:77

وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ ﴿77﴾

Transliteration: Waibtaghi feema ataka Allahu alddara alakhirata wala tansa naseebaka mina alddunya waahsin kama ahsana Allahu ilayka wala tabghi alfasada fee alardi inna Allaha la yuhibbu almufsideena

Translation: އަދި ކަލެއަށް ﷲ تعالى ދެއްވިތަކެތީން ކަލޭ آخرة އެދޭށެވެ. (އެބަހީ: އެމުދަލުން آخرة ބާއްޖަވެރިވާނެ عمل ކުރާށެވެ!) އަދި ދުނިޔެއިން ކަލެއަށް ލިބިފައިވާ ބައި (ކަލޭގެ حِصّة) ހަނދާންނައްތާ ނުލާށެވެ! (އެވަގުތުކޮޅުގައި އަދި އެތަކެތީން آخرة ރޯޝަންކުރެވޭފަދަ عمل ކުރާށެވެ!) އަދި ﷲ ކަލެއަށް إحسان ތެރިވެވޮޑިގެންނެވިފަދައިން ކަލޭވެސް މީސްތަކުންނަށް ހެޔޮކޮށްހިތާ إحسان ތެރިވާށެވެ! އަދި ބިމުގައި ފަސާދަކުރަން قصد ނުކުރާށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވާނެއެވެ.

28:78

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ ﴿78﴾

Transliteration: Qala innama ooteetuhu AAala AAilmin AAindee awalam yaAAlam anna Allaha qad ahlaka min qablihi mina alqurooni man huwa ashaddu minhu quwwatan waaktharu jamAAan wala yusalu AAan thunoobihimu almujrimoona

Translation: އޭނާ އެބަހީ: قارون ބުންޏެވެ. އަހުރެންނަށް އެމުދާ ލިބިފައިވާކަން ކަށަވަރީ އަހުރެންގެ ކިބައިގައިވާ ވިޔަފާރީގެ ހުނަރުތައް މޮޅުކަމެވެ. އެކަމުގެ علم ހުރެގެނެވެ. (ﷲ تعالى އޭގެ جواب ގައި وحي ކުރެއްވިއެވެ.) އޭނާގެ ކުރިން އިސްވެދިޔަ أمّة ތަކުގެތެރޭގައި ބާރުގެގޮތުން މާގަދަފަދަ މީހުންނާއި ވިޔަފާރީގެގޮތުން މުދާ އެއްކޮށް ޖަމަޢަކުރުމުގައި މާ ހުނަރުވެރި ކިތަންމެބަޔަކު ﷲ ހަލާކުކުރެއްވިކަން އޭނާއަށް ފަހެ ނޭނގޭބާވައެވެ. (އެއީ އެމީހުން ނުބައިވީހިނދުންނެވެ. ފާފަތަކަށް އަރައި ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) އަދި ނުބައިމީހުންކުރެން - (مجرم ންކުރެން) - އެމީހުންގެ ފާފަޔާއިމެދު (قيامة ދުވަހުން) ސުވާލު ނުވެވޭނެއެވެ. (އެއީ އެމީހުންގެ ފާފަތަކުގެ ފައުޅުކަން ބޮޑުކަމުންނެވެ.)

28:79

فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ ﴿79﴾

Transliteration: Fakharaja AAala qawmihi fee zeenatihi qala allatheena yureedoona alhayata alddunya ya layta lana mithla ma ootiya qaroonu innahu lathoo haththin AAatheemin

Translation: ދެންފަހެ އޭނާ يعني: قارون އޭނާގެ ފުރިހަމަ ޒީނަތްތެރިކަމުގައި އޭނާގެ قوم ގެތެރެއަށް (އެއްދުވަހަކު) ނުކުތެވެ. އެހިނދު އޭނާގެ މުދާވެރިކަމާއި عزّة ތެރިކަން ދެކެފައި ދުނިޔޭގެ حياة ގެ ދިރިއުޅުން އެދޭމީހުން ބުންޏެވެ. قارون އަށްއެލިބިގެންވާފަދަ ތަކެތި އަހުރެމެންނަށްވެސް ލިބިފައިވީނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟ ހަމަކަށަވަރުން އޭނާ އެވަނީ ބޮޑުވެގެންވާ ނަސީބެއްގައެވެ.

28:80

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ ﴿80﴾

Transliteration: Waqala allatheena ootoo alAAilma waylakum thawabu Allahi khayrun liman amana waAAamila salihan wala yulaqqaha illa alssabiroona

Translation: އަދި ތަންދޮރުދަންނަމީހުން ހަރުދަނާ عِلْمُ ވެރިން އެމީހުނާ ދިމާއަށް ބުންޏެވެ. ކަލޭމެނަށް ހަލާކުހުއްޓެވެ. އީމާންވެ صالح عمل ކުރިމީހުންނަށް ﷲ ގެ حضرة ގައި ހުރި ثواب އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި ކެތްތެރިންނަށް މެނުވީ އެފަދަ ثواب އާއި ދަރުމަ ނުލިބެވޭހުއްޓެވެ. ނުވަތަ އެ علم ވެރިން އެބުނިފަދަ ހެޔޮ كلمة އެއް ބުނުމުގެ توفيق ކެތްތެރިންނަށް މެނުވީ ނުލިބެއެވެ.

28:81

فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةٖ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ ﴿81﴾

Transliteration: Fakhasafna bihi wabidarihi alarda fama kana lahu min fiatin yansuroonahu min dooni Allahi wama kana mina almuntasireena

Translation: ދެންފަހެ އޭނާޔާއި - އެބަހީ: قَارون އާއި އޭނާގެ ގެތައް ބިމުގެ ތެރެއަށް ތިމަންރަސްކަލާނގެ ގަންބަވައިގެންނެވީމެވެ. އަދި އޭނާއަށް نصر ދޭނޭ އެއްވެސް جماعة އެއް - އަދި ޕާޓީއެއް އޭނާއަކަށް ނުވިއެވެ. އަދި نصر ލިބެވުނުމީހުންގެތެރެއިން އޭނާ ނުވިއެވެ.

28:82

وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ﴿82﴾

Transliteration: Waasbaha allatheena tamannaw makanahu bialamsi yaqooloona waykaanna Allaha yabsutu alrrizqa liman yashao min AAibadihi wayaqdiru lawla an manna Allahu AAalayna lakhasafa bina waykaannahu la yuflihu alkafiroona

Translation: އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.

28:83

تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴿83﴾

Transliteration: Tilka alddaru alakhiratu najAAaluha lillatheena la yureedoona AAuluwwan fee alardi wala fasadan waalAAaqibatu lilmuttaqeena

Translation: آخرة ގެ އެގޮވަތި، އެބަހީ: ސުވަރުގެޔާއި އެތާނގެ نعمة ތިމަންރަސްކަލާނގެ ލެއްވީ ބިންމަތީގައި ބޮޑާވެ كبر ވެރިވާން ނޭދޭ މީހުންނަށެވެ. އަދި ފާސިދުކަމެއްވެސް ނޭދޭމީހުންނަށެވެ. އަދި ފަހުކޮޅުވަނީ تقوى ވެރިންނަށެވެ. ސުވަރުގެވަނީ تقوى ވެރިންނަށެވެ.

28:84

مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ ﴿84﴾

Transliteration: Man jaa bialhasanati falahu khayrun minha waman jaa bialssayyiati fala yujza allatheena AAamiloo alssayyiati illa ma kanoo yaAAmaloona

Translation: ހެޔޮކަމެއް ކުރިމީހާ ދަންނައެވެ. ފަހެ އެމީހާއަށް އެމީހާ އެކުރި ހެޔޮކަމަށްވުރެ މާހެޔޮ ދަރުމަޔާއި ثواب ހުންނަހުއްޓެވެ. އަދި ނުބައިކަމެއް ކުރި މީހާ ދަންނައެވެ. ފަހެ ނުބައި عمل ކުރި މީހުންނަށް އެމީހުން އެކުރި ނުބައިކަމާއި - ނުބައި عمل އާއި އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެއެވެ. (ނުބައި ޖަޒާ ގިނަ ނުވާހުއްޓެވެ. ހެޔޮ عمل ގެ ޖަޒާ ގިނަވާހުއްޓެވެ. އެއީ ހެޔޮކަމަކަށް ދިހަ ހެޔޮކަން ދެން އެއަށްވުރެ ގިނަވެގެންގޮސް ﷲ އެދިވޮޑިގަންނަވާހާ ވަރަކަށެވެ.)

28:85

إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ﴿85﴾

Transliteration: Inna allathee farada AAalayka alqurana laradduka ila maAAadin qul rabbee aAAlamu man jaa bialhuda waman huwa fee dalalin mubeenin

Translation: ހަމަކަށަވަރުން ކަލޭގެފާނުންގެ މައްޗަށް قرآن ބާވައިލެއްވިކަލާނގެ مَعَاد އަށް ކަލޭގެފާނު ރައްދުކުރައްވާ ހުއްޓެވެ. (އެއީ ކަލޭގެފާނަށް وعد ވެވިގެންވާ ތަނެވެ. އެތަނަކީ مكّة އެވެ. ނުވަތަ މަރެވެ. ނުވަތަ އެއީ ސުވަރުގެއެވެ. والله أعلم)\nކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި އަދި ބަޔާންވެގެންވާ މަގުފުރެދުމުގައިވާމީހާވެސް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.

28:86

وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡكِتَٰبُ إِلَّا رَحۡمَةٗ مِّن رَّبِّكَۖ فَلَا تَكُونَنَّ ظَهِيرٗا لِّلۡكَٰفِرِينَ ﴿86﴾

Transliteration: Wama kunta tarjoo an yulqa ilayka alkitabu illa rahmatan min rabbika fala takoonanna thaheeran lilkafireena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ފޮތްބާވައިލެއްވުމަކަށް ކަލޭގެފާނު އެދިވަޑައިގެންނެވި ކަމުގައި ނުވެއެވެ. އެކަމަކު ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްކަމުގައި މެނުވީ އެފޮތް ބާވައިލެއްވުން ނުވެއެވެ. ފަހެ ކާފަރުންނަށް އެހީވެ ވާގިވެރިވާ މީހަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.

28:87

وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ﴿87﴾

Transliteration: Wala yasuddunnaka AAan ayati Allahi baAAda ith onzilat ilayka waodAAu ila rabbika wala takoonanna mina almushrikeena

Translation: އަދި ކަލޭގެފާނަށް ބާވައިލެއްވުމަށްފަހު ﷲ ގެ آية ތަކުން ކަލޭގެފާނު އަނބުރާ ދުރުކުރުވިޔަ ނުދޭށެވެ. އަދި ކަލޭގެފާނުންގެ ربّ އަށް ކަލޭގެފާނު دعاء ކުރައްވާށެވެ. އަދި مشرك ންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.

28:88

وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ﴿88﴾

Transliteration: Wala tadAAu maAAa Allahi ilahan akhara la ilaha illa huwa kullu shayin halikun illa wajhahu lahu alhukmu wailayhi turjaAAoona

Translation: އަދި ﷲ އާއި އެކު ކަލޭގެފާނު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެ وجه ފުޅު އެބަހީ: އެކަލާނގެ ذات ފުޅު މެނުވީ ހުރިހާ ތަކެއްޗަކީ (قيامة ވުމުގެ ކުރިން) ހަލާކުވެ ފަނާވެދާނޭ ތަކެއްޗެވެ. (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރެއްވުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. މި حكم ކުރެއްވުމަކީ ދުނިޔޭގައިވެސް حكم ކުރެއްވުމެވެ. އަދި آخرة ގައިވެސް حكم ކުރެއްވުމެވެ. ހުރިހާ حكم އެއްގެ ވެރިޔަކީ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download