الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ ﴿2﴾أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ
Transliteration: Ahasiba alnnasu an yutrakoo an yaqooloo amanna wahum la yuftanoona
Translation: ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ.)
وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ ﴿3﴾وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ
Transliteration: Walaqad fatanna allatheena min qablihim falayaAAlamanna Allahu allatheena sadaqoo walayaAAlamanna alkathibeena
Translation: އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.)
أَمۡ حَسِبَ ٱلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ أَن يَسۡبِقُونَاۚ سَآءَ مَا يَحۡكُمُونَ ﴿4﴾أَمۡ حَسِبَ ٱلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ أَن يَسۡبِقُونَاۚ سَآءَ مَا يَحۡكُمُونَ
Transliteration: Am hasiba allatheena yaAAmaloona alssayyiati an yasbiqoona saa ma yahkumoona
Translation: އަދި ނުބައިކަންތައްތައް ކުރަމުންދާމީހުން ތިމަންރަސްކަލާނގެއަށް އަތުނުވެ ދެވިދާނެކަމަށް - ތިމަންރަސްކަލާނގެ ނުކުޅައްދައި ލެވިދާނެކަމަށް - އެމީހުން ހީކުރަނީހެއްޔެވެ؟ އެހެންކަމަށް އެމީހުން ނިންމައި حكم ކުރިކަމަށް ވަންޏާ އެމީހުންގެ حكم ގެ ނުބައިކަމާއެވެ!
مَن كَانَ يَرۡجُواْ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَأٓتٖۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿5﴾مَن كَانَ يَرۡجُواْ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَأٓتٖۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Man kana yarjoo liqaa Allahi fainna ajala Allahi laatin wahuwa alssameeAAu alAAaleemu
Translation: (قيامة ދުވަހުން) ﷲ އާއި ބައްދަލުވުމަށްއެދޭ މީހާ (ނުވަތަ ބިރުވެތިވާމީހާ) ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއަވާފައިވާ އަޖަލު - (އެބަހީ: މީސްތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު) ކަނޑައެޅިގެން އަންނަހުއްޓެވެ. އެމީހަކު އެކަލާނގެއާއި ބައްދަލުވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفۡسِهِۦٓۚ إِنَّ ٱللَّهَ لَغَنِيٌّ عَنِ ٱلۡعَٰلَمِينَ ﴿6﴾وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفۡسِهِۦٓۚ إِنَّ ٱللَّهَ لَغَنِيٌّ عَنِ ٱلۡعَٰلَمِينَ
Transliteration: Waman jahada fainnama yujahidu linafsihi inna Allaha laghaniyyun AAani alAAalameena
Translation: އަދި (ﷲ ގެ މަގުގައި) جِهَادُ ކޮށް ހަނގުރާމަކުރާ މީހާ އޭނާ އެ ހަނގުރާމަކުރަނީ އޭނާގެ نفس އަށެވެ. (އެބަހީ: އެކަމުގެ ދަރުމަޔާ ثواب ހުންނަހުރީ ހަމަ އޭނާއަށެވެ.) ހަމަކަށަވަރުން ﷲ އީ عالم ތައް ފިޔަވައި ދުރުވެ ފުދިވޮޑިގެންވާ ކަލާނގެއެވެ.
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَنَجۡزِيَنَّهُمۡ أَحۡسَنَ ٱلَّذِي كَانُواْ يَعۡمَلُونَ ﴿7﴾وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَنَجۡزِيَنَّهُمۡ أَحۡسَنَ ٱلَّذِي كَانُواْ يَعۡمَلُونَ
Transliteration: Waallatheena amanoo waAAamiloo alssalihati lanukaffiranna AAanhum sayyiatihim walanajziyannahum ahsana allathee kanoo yaAAmaloona
Translation: އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންގެ ކުށްފާފަތައް ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި އެމީހުން ކުރާކަމުގައިވި ރަނގަޅު ހެޔޮކަންތައްތަކަށް އެއަށްވުރެ ހެޔޮދަރުމަ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ.
وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حُسۡنٗاۖ وَإِن جَٰهَدَاكَ لِتُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَآۚ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿8﴾وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حُسۡنٗاۖ وَإِن جَٰهَدَاكَ لِتُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَآۚ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
Transliteration: Wawassayna alinsana biwalidayhi husnan wain jahadaka litushrika bee ma laysa laka bihi AAilmun fala tutiAAhuma ilayya marjiAAukum faonabbiokum bima kuntum taAAmaloona
Translation: އަދި އިންސާނާ އޭނާގެ މައިންބަފައިންނާއިމެދު إحْسَان ތެރިވެ ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އިންސާނާއަށް أمر ކުރެއްވީމެވެ. (އޭ އިންސާނާއެވެ!) ކަލެއަށް އެކަމަކާއިމެދު އެއްވެސް އެނގުމެއްނެތް ކަމެއްގައި ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާއި شريك ކުރުމަށް އެދެމީހުން ކަލެއަށް أمر ކޮށް ގަދަހަދާނަމަ ފަހެ އެކަމުގައި ކަލޭ އެދެމީހުންނަށް ކިޔަމަން ނުވާށެވެ. (އެހެން ކަންކަމުގައި އެދެމީހުންނަށް ކިއަމަންވެ إحسان ތެރިވާށެވެ.) ތިޔަބައިމީހުން އެނބުރު އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ދުނިޔޭގައި) ކުރި ކަންތައްކުގެ خبر ތިޔަބައިމީހުންނަށް އަންގާހުށީމެވެ. އަދި އެކަމުގެ ފުރިހަމަ جزاء ދެއްވާހުށީމެވެ!
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُدۡخِلَنَّهُمۡ فِي ٱلصَّـٰلِحِينَ ﴿9﴾وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُدۡخِلَنَّهُمۡ فِي ٱلصَّـٰلِحِينَ
Transliteration: Waallatheena amanoo waAAamiloo alssalihati lanudkhilannahum fee alssaliheena
Translation: އަދި إيمان ވެގެން صالح عمل ތައްކުރި މީހުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން صالح އަޅުންގެތެރެއަށް ވައްދަވާހުށީމެވެ. ނުވަތަ صالح އަޅުން ވައްދަވާ ތަނަށް އެމީހުން ވައްދަވާހުށީމެވެ. އެއީ ސުވަރުގެއެވެ.
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِيَ فِي ٱللَّهِ جَعَلَ فِتۡنَةَ ٱلنَّاسِ كَعَذَابِ ٱللَّهِۖ وَلَئِن جَآءَ نَصۡرٞ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمۡۚ أَوَلَيۡسَ ٱللَّهُ بِأَعۡلَمَ بِمَا فِي صُدُورِ ٱلۡعَٰلَمِينَ ﴿10﴾وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِيَ فِي ٱللَّهِ جَعَلَ فِتۡنَةَ ٱلنَّاسِ كَعَذَابِ ٱللَّهِۖ وَلَئِن جَآءَ نَصۡرٞ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمۡۚ أَوَلَيۡسَ ٱللَّهُ بِأَعۡلَمَ بِمَا فِي صُدُورِ ٱلۡعَٰلَمِينَ
Transliteration: Wamina alnnasi man yaqoolu amanna biAllahi faitha oothiya fee Allahi jaAAala fitnata alnnasi kaAAathabi Allahi walain jaa nasrun min rabbika layaqoolunna inna kunna maAAakum awalaysa Allahu biaAAlama bima fee sudoori alAAalameena
Translation: އަދި މީސްތަކުންގެތެރޭގައި ތިމަންނާމެން މިތިބީ ﷲ އަށް إيمان ވެގެންނޭ ބުނާބަޔަކު ވެއެވެ. ދެންފަހެ ﷲ ގެ މަގުގައި އެމީހުންނަށް އުނދަގުލެއް ދިމާވެއްޖެއްޔާ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގުލާއި فِتْنَة ވެރިކަން ﷲ ގެ عذاب ފަދައިން ހަދައިލަފާނެއެވެ. (އެބަހީ: މީސްތަކުން މަލާމާތްކޮށް ސަރުކާރުން ކުށްވެރިކޮށް ޖަލަށްލާ ހަދާފާނެކަމަށްލަފާކޮށް (ނުވަތަ އެފަދަ އަދަބު ލިބޭތީ ތިމާއަށް حقّ ވެގެންވާ عمل ނުކޮށް ދޫކޮށްލައެވެ.) މިޒަމާނަކަށް އައިސް ކިޔަވައިގެންތިބޭ ގިނަ عالم ންގެ حال ހުރީވެސް މިފަދައިންނެވެ. ތިމާގެކުރިމަތިން منكراة ތައް ހިނގަމުންދާއިރުވެސް އެއްބައިވަންތަކަން ގެއްލިދާނެކަމުގެ ބަހަނާގައި ނުވަތަ ތިމާއީ ހަރުކަށިމީހެކޭ ބުނެފާނެތީ، ސަރުކާރުގެ ޕޮލިސީއާއި ދިމާނުވާތީ، ނުވަތަ ޖަލަށްލައިފާނެތީ ހަމައަޅައިވެސް ނުލައި ހުރެދެއެވެ. އަދި ބައެއްފަހަރު ތިމާވެސް އެކަމުގައި ބައިވެރިވެއެވެ. ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގޫ ބޮޑުކަމަށް ހަދައެވެ. والعياذ ﷲ)\nއަދި ކަލޭގެފާނުންގެ ربّ ގެ حضرة ން ކޮންމެވެސް نصر ވެރިކަމެއް، އަދި ކާމިޔާބީއެއް (مؤمن ންނަށް) އަތުވެއްޖެއްޔާ އިސްވެދިޔަފަދަ މީހުން ބުނާނެހެވެ. އަހުރެމެންވެސް ހަމަކަށަވަރުން ވީ ކަލޭމެންނާއި އެކުގައެވެ. (އެބަހީ: އަހުރެމެންނަކީވެސް ހަމަ ކަލޭމެންކަހަލަ مؤمن ންނެވެ. ކަލޭމެނަށް އޮތް ހެވެއް އަހުރެމެންނަށްވެސް އޮންނާންވާނެއެވެ.) އޭގެ ޖަވާބުގައި ﷲ އެ އަންގަވާ އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ﷲ ދެނެވޮޑިގެން ނުވޭހެއްޔެވެ؟ އެބަހީ: އެކަލާނގެ ދެނެވޮޑިގެންވެއެވެ.
وَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُواْ وَلَيَعۡلَمَنَّ ٱلۡمُنَٰفِقِينَ ﴿11﴾وَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُواْ وَلَيَعۡلَمَنَّ ٱلۡمُنَٰفِقِينَ
Transliteration: WalayaAAlamanna Allahu allatheena amanoo walayaAAlamanna almunafiqeena
Translation: އަދި ހަމަކަށަވަރުން مؤمن ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން منافق ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ކުރިންވެސް بيان ކުރިފަދައިން ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ އުނދަގުލަށް ޖެހިލުންވާމީހާ އެވަނީ منافق ންގެ ލިސްޓުގައި ކަމުގައި މިއާޔަތް ދަލީލު ކުރެއެވެ.
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ ٱتَّبِعُواْ سَبِيلَنَا وَلۡنَحۡمِلۡ خَطَٰيَٰكُمۡ وَمَا هُم بِحَٰمِلِينَ مِنۡ خَطَٰيَٰهُم مِّن شَيۡءٍۖ إِنَّهُمۡ لَكَٰذِبُونَ ﴿12﴾وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ ٱتَّبِعُواْ سَبِيلَنَا وَلۡنَحۡمِلۡ خَطَٰيَٰكُمۡ وَمَا هُم بِحَٰمِلِينَ مِنۡ خَطَٰيَٰهُم مِّن شَيۡءٍۖ إِنَّهُمۡ لَكَٰذِبُونَ
Transliteration: Waqala allatheena kafaroo lillatheena amanoo ittabiAAoo sabeelana walnahmil khatayakum wama hum bihamileena min khatayahum min shayin innahum lakathiboona
Translation: (مكّة ގެ) ކާފަރުން مؤمن ންނާއި ދިމާއަށް ބުންޏެވެ. ތިޔަބައިމީހުން އަހުރެމެންގެ މަގާއި تَبع ވާށެވެ. (އަހުރެމެންގެ عقيدة ހިފާށެވެ.) އަދި ތިޔަބައިމީހުންގެ ކުށްފާފަތަކުގެ ބުރަ އަހުރެމެން (قِيَامة ދުވަހުން) އުފުލާހުށީމެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެ مؤمن ންގެ ފާފައިގެ ބުރަ އުފުލާނެ ބަޔަކުކަމުގައި އެކާފަރުން ނުވެއެވެ. އޭގެއެއްވެސް މިންވަރެއް އެމީހުން ނުއުފުލާނެއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުހަދާ ބަޔެކެވެ.
وَلَيَحۡمِلُنَّ أَثۡقَالَهُمۡ وَأَثۡقَالٗا مَّعَ أَثۡقَالِهِمۡۖ وَلَيُسۡـَٔلُنَّ يَوۡمَ ٱلۡقِيَٰمَةِ عَمَّا كَانُواْ يَفۡتَرُونَ ﴿13﴾وَلَيَحۡمِلُنَّ أَثۡقَالَهُمۡ وَأَثۡقَالٗا مَّعَ أَثۡقَالِهِمۡۖ وَلَيُسۡـَٔلُنَّ يَوۡمَ ٱلۡقِيَٰمَةِ عَمَّا كَانُواْ يَفۡتَرُونَ
Transliteration: Walayahmilunna athqalahum waathqalan maAAa athqalihim walayusalunna yawma alqiyamati AAamma kanoo yaftaroona
Translation: ހަމަކަށަވަރުން (قيامة ދުވަހުން) އެމީހުން އެބަހީ: އެކާފަރުން އެމީހުންގެ ފާފައިގެ ބުރަކަމާއި އަދި އެހެން ބުރަތަކެއްވެސް އުފުލާނެއެވެ. (އެއީ އެމީހުން މަގުފުރެއްދި މީހުންގެ ފާފައިގެ ބުރައެވެ.) އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ދޮގުކުރި ކަންތަކާއިމެދު އެމީހުންނާއި ސުވާލު ވެވޭނެއެވެ.
وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَلَبِثَ فِيهِمۡ أَلۡفَ سَنَةٍ إِلَّا خَمۡسِينَ عَامٗا فَأَخَذَهُمُ ٱلطُّوفَانُ وَهُمۡ ظَٰلِمُونَ ﴿14﴾وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَلَبِثَ فِيهِمۡ أَلۡفَ سَنَةٍ إِلَّا خَمۡسِينَ عَامٗا فَأَخَذَهُمُ ٱلطُّوفَانُ وَهُمۡ ظَٰلِمُونَ
Transliteration: Walaqad arsalna noohan ila qawmihi falabitha feehim alfa sanatin illa khamseena AAaman faakhathahumu alttoofanu wahum thalimoona
Translation: އަދި ހަމަކަށަވަރުން نوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެމީހުންނަށް رسول ކަން އިއްވެވުމަށް އެމީހުންގެތެރޭގައި ނުވަސަތޭކަ ފަންސާސް އަހަރު ހުންނެވިއެވެ. (ދެން އެމީހުންމީހުން ނުކިޔަމަންތެރިވީހިނދުން) އެބައިމީހުންނަށް طُوفان އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން އަނިޔާވެރިވެގެންވާ حال ގައެވެ.
فَأَنجَيۡنَٰهُ وَأَصۡحَٰبَ ٱلسَّفِينَةِ وَجَعَلۡنَٰهَآ ءَايَةٗ لِّلۡعَٰلَمِينَ ﴿15﴾فَأَنجَيۡنَٰهُ وَأَصۡحَٰبَ ٱلسَّفِينَةِ وَجَعَلۡنَٰهَآ ءَايَةٗ لِّلۡعَٰلَمِينَ
Transliteration: Faanjaynahu waashaba alssafeenati wajaAAalnaha ayatan lilAAalameena
Translation: ފަހެ އެކަލޭގެފާނާއި - އެބަހީ: نوح عليه السّلام އާއި ނަވުގެ އެކުވެރިން އެބަހީ: ނަވުގައިތިބި މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައި عبرة އެއް ކަމުގައި ތިމަންރަސްކަލާނގެ އެނާކޮޅު ލެއްވީމެވެ. ނުވަތަ އެ قوم ގެ ކާފަރުންނަށް އައި عقوبة އާއިއަދި އެ (وَاقِعَة) އެއީ އެންމެހައި عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَإِبۡرَٰهِيمَ إِذۡ قَالَ لِقَوۡمِهِ ٱعۡبُدُواْ ٱللَّهَ وَٱتَّقُوهُۖ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴿16﴾وَإِبۡرَٰهِيمَ إِذۡ قَالَ لِقَوۡمِهِ ٱعۡبُدُواْ ٱللَّهَ وَٱتَّقُوهُۖ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
Transliteration: Waibraheema ith qala liqawmihi oAAbudoo Allaha waittaqoohu thalikum khayrun lakum in kuntum taAAlamoona
Translation: (އޭ رسول ﷲ އެވެ!) އަދި إبراهيم عليه السّلام ކަލޭގެފާނު ހަނދުމަފުޅުކުރައްވާ ބައްލަވާށެވެ! އެއީ އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ބިރުވެތިވެ تقوى ވެރިވާށެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް ހެޔޮވެގެންވެއެވެ.
إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ ﴿17﴾إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ
Transliteration: Innama taAAbudoona min dooni Allahi awthanan watakhluqoona ifkan inna allatheena taAAbudoona min dooni Allahi la yamlikoona lakum rizqan faibtaghoo AAinda Allahi alrrizqa waoAAbudoohu waoshkuroo lahu ilayhi turjaAAoona
Translation: ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކީ ހަމަ ބުދެވެ. ނުވަތަ ބުދުގެމާނައިގާވާ ތަކެއްޗެވެ. އެއީ ތިޔަބައިމީހުން ހަދާ ދޮގުތަކެކެވެ. ހަމަކަށަވަރުން ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ތިޔަބައިމީހުންނަށް އެއްވެސް ރިޒުގެއްވެސް މިލްކުވެގެންވާ ތަކެއްޗެއްނޫނެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ حضرة ން ރިޒުގަށް އެދޭށެވެ! އަދި އެކަލާނގެއަށް شكر ކުރާށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ﴿18﴾وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ
Transliteration: Wain tukaththiboo faqad kaththaba omamun min qablikum wama AAala alrrasooli illa albalaghu almubeenu
Translation: (އޭ قريش ވަންހައިގެ މީހުންނޭވެ!) ތިޔަބައިމީހުން محمّد ﷺ ދޮގުކުރިޔަސް (އެއީ އަދި އަލަކަށްނޫނެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންވެސް (އެމީހުންގާތަށް ފޮނުވުނު رسول ބޭކަލުން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާގޮތުގައި رسول ކަން) އިއްވަ ވައިދެއްވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ. (ކަލޭމެން އީމާން ނުވިނަމަ އެކަމުގެ ހަލާކުހުރީ ހަމަ ކަލޭމެނަށެވެ.)
أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴿19﴾أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Transliteration: Awalam yaraw kayfa yubdio Allahu alkhalqa thumma yuAAeeduhu inna thalika AAala Allahi yaseerun
Translation: ﷲ خَلق ތަކުން ހައްދަވާން ފައްޓަވާގޮތަށް އެމީހުން ނުބަލަނީބާވައެވެ؟ ހައްދަވާފައިވާގޮތް ނުދެކެނީ ބާވައެވެ؟ ދެން އެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާހުއްޓެވެ. ދިރުއްވާ ހުއްޓެވެ. އެއީ އެކަލާނގެއަށް ދާދިފަސޭހަކަމެކެވެ.
قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ بَدَأَ ٱلۡخَلۡقَۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشۡأَةَ ٱلۡأٓخِرَةَۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿20﴾قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ بَدَأَ ٱلۡخَلۡقَۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشۡأَةَ ٱلۡأٓخِرَةَۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Transliteration: Qul seeroo fee alardi faonthuroo kayfa badaa alkhalqa thumma Allahu yunshio alnnashata alakhirata inna Allaha AAala kulli shayin qadeerun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިންމަތީގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! ދެން އެކަލާނގެ خلق ތަކުން ހައްދަވާން ފައްޓަވާފައިވަނީ އަދި ހައްދަވާފައިވަނީ ކޮންފަދައަކުންތޯ ނިކަން ބަލާ ވިސްނާ ހަދާބަލާށެވެ. ދެން آخرة ގެ ހެއްދެވުން އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވާހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
يُعَذِّبُ مَن يَشَآءُ وَيَرۡحَمُ مَن يَشَآءُۖ وَإِلَيۡهِ تُقۡلَبُونَ ﴿21﴾يُعَذِّبُ مَن يَشَآءُ وَيَرۡحَمُ مَن يَشَآءُۖ وَإِلَيۡهِ تُقۡلَبُونَ
Transliteration: YuAAaththibu man yashao wayarhamu man yashao wailayhi tuqlaboona
Translation: އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ رحمة ލައްވައެވެ. އަދި ތިޔަބައިމީހުން އެނބުރި ދިއުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ﴿22﴾وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ
Transliteration: Wama antum bimuAAjizeena fee alardi wala fee alssamai wama lakum min dooni Allahi min waliyyin wala naseerin
Translation: އަދި ތިޔަބައިމީހުންނަކީ ބިންމަތީގައިވިއަސް އަދި ނުވަތަ އުޑުގައިވިޔަސް އެކަލާނގެ ނުކުޅައްދައި ލެވޭނޭ ބަޔަކުނޫނެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިއަސް އަދި ނަޞްރު ވެރިއަކުވިއަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَـٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ﴿23﴾وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَـٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ
Transliteration: Waallatheena kafaroo biayati Allahi waliqaihi olaika yaisoo min rahmatee waolaika lahum AAathabun aleemun
Translation: އަދި ﷲ ގެ آية ތަކަށް كافر ވެ އަދި އެކަލާނގެއާ ބައްދަލުވުމަށް كافر ވި މީސްތަކުން އެބަހީ: آخرة ދުވަހަށް كافر ވި މީސްތަކުން ދަންނައެވެ. އެމީހުން އެވަނީ ތިމަންރަސްކަލާނގެ رحمة ން أمّيد ކަނޑައި مايوس ވެގެންނެވެ. އަދި އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި عذاب އެވެ.
فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴿24﴾فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Fama kana jawaba qawmihi illa an qaloo oqtuloohu aw harriqoohu faanjahu Allahu mina alnnari inna fee thalika laayatin liqawmin yuminoona
Translation: ފަހެ އެކަލޭގެފާނުންގެ قوم ގެ މީހުންގެ އެބަހީ: إبراهيم ގެފާނުންގެ قوم ގެ މީހުންގެ جواب އެއް ކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް މިފަދައިން ބުނުމެވެ. ތިއަބައިމީހުން އެކަލޭގެފާނު (إبراهيم) قتل ކުރާށެވެ! ނުވަތަ އަލިފާނުން އެކަލޭގެފާނު އަންދާލާށެވެ! ދެންފަހެ ﷲ تعالى އަލިފާނުން އެކަލޭގެފާނު ސަލާމަތްކުރައްވައިފިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި إيمان ވާ ބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތައްވެއެވެ. (މިބައިމީހުން އެކަލޭގެފާނު އަލިފާނަށް ލުމަށް ނުވަތަ قتل ކުރުމަށް ނިންމީ، އެމީހުންގެމައްޗަށް އެކަލޭގެފާނު ގެންނެވި حُجَّة ގަދަކަމުން އެމީހުންގެ އަނގަބެދިގެންނެވެ. ދެން ބުނާނެ އެއްޗެއް ނެތިގެންނެވެ. އެމީހުން އެކަލޭގެފާނު ބޮޑު އަލިފާންގަނޑަކަށްލީއެވެ. ނަމަވެސް ﷲ تعالى އެ އަލިފާންގަނޑުލެއްވީ ފިނި އަދި އެކަލޭގެފާނަށް ސަލާމަތްކަންދޭ އެއްޗަކަށެވެ.)
وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴿25﴾وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ
Transliteration: Waqala innama ittakhathtum min dooni Allahi awthanan mawaddata baynikum fee alhayati alddunya thumma yawma alqiyamati yakfuru baAAdukum bibaAAdin wayalAAanu baAAdukum baAAdan wamawakumu alnnaru wama lakum min nasireena
Translation: އަދި އެކަލޭގެފާނު - އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރުމަށް ތިޔަ إخْتِيَار ކުރާ ތަކެއްޗަކީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި އެތަކެއްޗަށް ތިޔަބައިމީހުން ލޯބިކުރާތަކެއްޗެވެ. ދެން قِيَامة ދުވަހުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކާފަރުވާނެއެވެ. އިންކާރު ކުރާނެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لَعْنَة ދޭނެއެވެ. (ބުދަށް އަޅުކަންކުރި މީހުންނާ ބުދުތަކާއި ދެމެދު ގަދަޔަށް އެއަރައިރުން ހިނގާނެއެވެ.) އަދި ތިޔަބައިމީހުންގެ ތަނަކީ - قيامة ދުވަހުން ހަމަ ނަރަކައެވެ. އަދި ތިޔަބައިމީހުންނަކަށް قيامة ދުވަހުނ އެއްވެސް نصر ވެރިއަކު ނުވާނެއެވެ.
فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿26﴾۞فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Transliteration: Faamana lahu lootun waqala innee muhajirun ila rabbee innahu huwa alAAazeezu alhakeemu
Translation: ފަހެ އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - لُوط عليه السّلام އީމާންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބަހީ: إبراهيم عليه السّلام ވިދާޅުވިއެވެ. އަހުރެން އަހުރެންގެ ربّ ގެ حضرة އަށް - އެކަލާނގެ އެންގެވުމަށް هِجْرَة ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. (إبراهيم ގެފާނު هجرة ކުރެއްވިކަމަށް ވަނީ شَام ކަރައަށެވެ.)
وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ وَجَعَلۡنَا فِي ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلۡكِتَٰبَ وَءَاتَيۡنَٰهُ أَجۡرَهُۥ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّـٰلِحِينَ ﴿27﴾وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ وَجَعَلۡنَا فِي ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلۡكِتَٰبَ وَءَاتَيۡنَٰهُ أَجۡرَهُۥ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّـٰلِحِينَ
Transliteration: Wawahabna lahu ishaqa wayaAAqooba wajaAAalna fee thurriyyatihi alnnubuwwata waalkitaba waataynahu ajrahu fee alddunya wainnahu fee alakhirati lamina alssaliheena
Translation: އަދި އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - ތިމަންރަސްކަލާނގެ إسْحَاق ގެފާނު ދެއްވީމެވެ. އަދި إسحاق ގެފާނުންގެ ދަރިކަލުން يعقوب ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނުންގެ يعني: إبراهيم عليه السّلام ގެ ދަރިފަސްކޮޅުގައި نبي ކަމާއި އަދި ފޮތް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަރުމަ - އަދި أجور ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ ثناء އާއި تعريف ދެމިހުންނާނޭގޮތަށް ދުނިޔޭގައި ލެއްވީމެވެ.) އަދި އެޔާއިއެކު އެކަލޭގެފާނީ آخرة ގައިވެސް ކަނޑައެޅިގެން صالح މާތްބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ.
وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ إِنَّكُمۡ لَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ ﴿28﴾وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ إِنَّكُمۡ لَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ
Transliteration: Walootan ith qala liqawmihi innakum latatoona alfahishata ma sabaqakum biha min ahadin mina alAAalameena
Translation: (އޭ رسول ﷲ އެވެ!) އަދި لُوط عليه السّلام ހަނދުމަފުޅުކުރައްވާށެވެ! އެއީ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އޭ قوم ގެ މީހުންނޭވެ!) ތިޔަބައިމީހުން ހަމަކަށަވަރުން فَاحِش ކަންތައް ކުރަނީއެވެ. މިހާތަނަށް ދުނިޔޭގައި އެފަދަ فاحش ކަންތައް ކަލޭމެންގެކުރިން އެއްވެސްބަޔަކު ކޮށްފައެއް ނުވެއެވެ. (އެމީހުންކުރި ނުބައި فاحش ކަންތަކަކީ ފިރިހެނުންނާއި އެޅުމެވެ.)
أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ وَتَقۡطَعُونَ ٱلسَّبِيلَ وَتَأۡتُونَ فِي نَادِيكُمُ ٱلۡمُنكَرَۖ فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱئۡتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿29﴾أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ وَتَقۡطَعُونَ ٱلسَّبِيلَ وَتَأۡتُونَ فِي نَادِيكُمُ ٱلۡمُنكَرَۖ فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱئۡتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Ainnakum latatoona alrrijala wataqtaAAoona alssabeela watatoona fee nadeekumu almunkara fama kana jawaba qawmihi illa an qaloo itina biAAathabi Allahi in kunta mina alssadiqeena
Translation: ތިޔަބައިމީހުން އަންހެނުންގެ ބަދަލުގައި ފިރިހެނުން ގެންނަނީއެވެ. އެބަހީ: ފިރިހެނުންނާ އެޅެނީއެވެ. އަދި ތިޔަބައިމީހުން މަގުފޭރެނީއެވެ. އަދި ތިޔަބައިމީހުންގެ މަޖްލިސްތަކުގައި އަދި ނާދީތަކުގައި މުންކަރާތްތައް ހިންގަނީއެވެ. فَاحِش ކަންތައްތައް ކުރަނީއެވެ. ފަހެ އެޤައުމުގެ މީހުންގެ ޖަވާބެއް ކަމުގައިވީ މިފަދައިން لُوط ގެފާނަށް ދެންނެވުމެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ތެދުވެރީންގެތެރެއިންވާ ބޭކަލަކުކަމުގައި ވަންޏާ ތިޔަވިދާޅުވާ ﷲ ގެ عذاب އަހުރެމެންގެ މައްޗަށް ނިކަން ގެނަސްބަލާށެވެ!
قَالَ رَبِّ ٱنصُرۡنِي عَلَى ٱلۡقَوۡمِ ٱلۡمُفۡسِدِينَ ﴿30﴾قَالَ رَبِّ ٱنصُرۡنِي عَلَى ٱلۡقَوۡمِ ٱلۡمُفۡسِدِينَ
Transliteration: Qala rabbi onsurnee AAala alqawmi almufsideena
Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅު ހައްދަވާބޮޑުކުރެއްވި ربّ އެވެ! فاسد ވީ މީސްތަކުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާފާންދޭވެ.
وَلَمَّا جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُوٓاْ إِنَّا مُهۡلِكُوٓاْ أَهۡلِ هَٰذِهِ ٱلۡقَرۡيَةِۖ إِنَّ أَهۡلَهَا كَانُواْ ظَٰلِمِينَ ﴿31﴾وَلَمَّا جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُوٓاْ إِنَّا مُهۡلِكُوٓاْ أَهۡلِ هَٰذِهِ ٱلۡقَرۡيَةِۖ إِنَّ أَهۡلَهَا كَانُواْ ظَٰلِمِينَ
Transliteration: Walamma jaat rusuluna ibraheema bialbushra qaloo inna muhlikoo ahli hathihi alqaryati inna ahlaha kanoo thalimeena
Translation: އަދި إبراهيم عليه السّلام ގެ އަރިހަށް (ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ) އުފާވެރި ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތް ބޭކަލުން ވަޑައިގެންނެވި ހިނދުން އެބޭކަލުން އެކަލޭގެފާނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން މިރަށުގެ އަހުލުވެރީން ހަލާކު ކުރައްވާ ހުށީމެވެ. އެބަހީ: (لوط ގެފާނު އުޅުއްވި سَدُوْمُ އެވެ ކިއުނު ރަށް ހަލާކު ކުރައްވާ ހުށީމެވެ) އެހެނީ ހަމަކަށަވަރުން މިރަށުގެ އަހުލުވެރީންވީ އަނިޔާވެރީންކަމުގައެވެ.
قَالَ إِنَّ فِيهَا لُوطٗاۚ قَالُواْ نَحۡنُ أَعۡلَمُ بِمَن فِيهَاۖ لَنُنَجِّيَنَّهُۥ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ﴿32﴾قَالَ إِنَّ فِيهَا لُوطٗاۚ قَالُواْ نَحۡنُ أَعۡلَمُ بِمَن فِيهَاۖ لَنُنَجِّيَنَّهُۥ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ
Transliteration: Qala inna feeha lootan qaloo nahnu aAAlamu biman feeha lanunajjiyannahu waahlahu illa imraatahu kanat mina alghabireena
Translation: އެކަލޭގެފާނު يعني: إبراهيم عليه السّلام އެބޭކަލުންނަށް ވިދާޅުވިއެވެ. އެރަށުގައި ހަމަކަށަވަރުން لوط ގެފާނުން ވެއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ އެންމެން ތިމަންބޭކަލުން ދެނެވަޑައިގެންވަމެވެ. ހަމަކަށަވަރުން އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން ތިމަންބޭކަލުން ސަލާމަތްކުރައްވާހުށީމެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާވާހުށީ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
وَلَمَّآ أَن جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗاۖ وَقَالُواْ لَا تَخَفۡ وَلَا تَحۡزَنۡ إِنَّا مُنَجُّوكَ وَأَهۡلَكَ إِلَّا ٱمۡرَأَتَكَ كَانَتۡ مِنَ ٱلۡغَٰبِرِينَ ﴿33﴾وَلَمَّآ أَن جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗاۖ وَقَالُواْ لَا تَخَفۡ وَلَا تَحۡزَنۡ إِنَّا مُنَجُّوكَ وَأَهۡلَكَ إِلَّا ٱمۡرَأَتَكَ كَانَتۡ مِنَ ٱلۡغَٰبِرِينَ
Transliteration: Walamma an jaat rusuluna lootan seea bihim wadaqa bihim tharAAan waqaloo la takhaf wala tahzan inna munajjooka waahlaka illa imraataka kanat mina alghabireena
Translation: އަދި ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ބޭކަލުން لوط ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން ވަޑައިގެންނެވުން لوط ގެފާނުންގެ ހިތްޕުޅަށް ދަތިފުޅުވެ ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. (އެއީ އެކަލޭގެފާނުންގެ قوم ގެމީހުންގެ ފަރާތުން ލިބިދާނޭ އުނދަގުލަކަށްޓަކައެވެ.) އަދި އެބޭކަލުން (دِفَاع ކުރެއްވުމަށް) އެކަލޭގެފާނުންގެ ބާރުފުޅު ދަތިވެއްޖެއެވެ. (އޭރުވެސް އެއީ ملائكة ބޭކަލުންކަމެއް لوط ގެފާނަކަށް އެނގިވަޑައި ނުގަންނަވައެވެ.) އެހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނު ސަލާމަތް ކުރައްވާހުށީމެވެ. އަދި ކަލޭގެފާނު أهل ވެރިން ސަލާމަތް ކުރައްވާހުށީމެވެ. ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާ ވަނީ ހަލާކުވާނެ މީހުންގެތެރެއިންނެވެ.
إِنَّا مُنزِلُونَ عَلَىٰٓ أَهۡلِ هَٰذِهِ ٱلۡقَرۡيَةِ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ ﴿34﴾إِنَّا مُنزِلُونَ عَلَىٰٓ أَهۡلِ هَٰذِهِ ٱلۡقَرۡيَةِ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ
Transliteration: Inna munziloona AAala ahli hathihi alqaryati rijzan mina alssamai bima kanoo yafsuqoona
Translation: الله وَحِي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން މިރަށުގެ أهل ވެރިންގެ މައްޗަށް އުޑުން عذاب އެއް ބާވައިލައްވާ ހުށީމެވެ. އެއީ އެމީހުން فاسق ވުމުގެ ސަބަބުންނެވެ.
وَلَقَد تَّرَكۡنَا مِنۡهَآ ءَايَةَۢ بَيِّنَةٗ لِّقَوۡمٖ يَعۡقِلُونَ ﴿35﴾وَلَقَد تَّرَكۡنَا مِنۡهَآ ءَايَةَۢ بَيِّنَةٗ لِّقَوۡمٖ يَعۡقِلُونَ
Transliteration: Walaqad tarakna minha ayatan bayyinatan liqawmin yaAAqiloona
Translation: އަދި އެކަލާނގެوحيކުރެއްވިއެވެ. ހަމަކަށަވަރުން ބުއްދިކޮށް فكر ކުރާބަޔަކު ވިސްނާ فكر ކޮށް عبرة حاصل ކުރުމަށް بَيَان ވެގެންވާ دليل އެއް ތިމަންބޭކަލުން އެތަނަށް ދޫކުރީމެވެ. • ދަންނައެވެ. އެ علامة އެއްކަމުގައިވަނީ އެމީހުންގެ މައްޗަށް ވެރުނު ހިލަތައް އަދިވެސް ފެންނާން ހުރިކަމެވެ. ނުވަތަ އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެން ލޮނުގަދަވެފައި ވަސްނުބައިވެފައި އޮތުން ކަމުގައި ބުނެވެއެވެ. والله أعلم بالصّواب.
وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴿36﴾وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Transliteration: Waila madyana akhahum shuAAayban faqala ya qawmi oAAbudoo Allaha waorjoo alyawma alakhira wala taAAthaw fee alardi mufsideena
Translation: އަދި مَدْيَنُ އަށް އެބައިމީހުންގެ أخ شُعَيْبُ عليه السّلام ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި آخرة ދުވަސް އެދޭށެވެ. (އަޅުކަންކޮށްގެން آخرة ދުވަހުގެ ثواب އަށް އެދޭށެވެ.) އަދި ބިންމަތީގައި ﷲ އަށް އުރެދި ފާސިދުކޮށް ނުހަދާށެވެ.
فَكَذَّبُوهُ فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ﴿37﴾فَكَذَّبُوهُ فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ
Transliteration: Fakaththaboohu faakhathathumu alrrajfatu faasbahoo fee darihim jathimeena
Translation: ފަހެ އެބައިމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން އެބައިމީހުންނަށް ގަދަ ބިންހެލުމަކާއި އަޑުފަށްގަނޑެއް އައިސް ޖެހިއްޖެއެވެ. ދެން އެބައިމީހުން އެބައިމީހުންގެގޯތި ގެދޮރުތަކުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ވެއްޖެއެވެ.
وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ ﴿38﴾وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ
Transliteration: WaAAadan wathamooda waqad tabayyana lakum min masakinihim wazayyana lahumu alshshaytanu aAAmalahum fasaddahum AAani alssabeeli wakanoo mustabsireena
Translation: އަދި عَاد ބާގައިގެ މީހުންނާއި ثَمُود ބާގައިގެމީހުންގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! ހަމަކަށަވަރުން އެބައިމީހުންގެ ގޯތިގެދޮރުތަކާއި އެމީހުން ދިރިއުޅުން ތަންތަން ތިޔަބައިމީހުންނަށް (މައްކާގެ މީހުންނަށް) ރަނގަޅަށް ބަޔާންވެގެންވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ ކާފަރު عمل ތައް شيطان އާ އެމީހުންނަށް ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެސޮރު އެމީހުންނަށް ﷲ ގެ މަގުބަންދުކޮށް ހުރަސްކުރީއެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول ންނަށް إيمان ވުމެވެ.) އަދި އެމީހުންވީ އެމީހުންގެ މަގުފުރެދުމާއި ކާފަރުކަމުގައި عجائب ވެގެންވާ ބަޔަކުކަމުގައެވެ. ލޯހުޅުވިގެންވާ ބަޔަކުކަމުގައެވެ.
وَقَٰرُونَ وَفِرۡعَوۡنَ وَهَٰمَٰنَۖ وَلَقَدۡ جَآءَهُم مُّوسَىٰ بِٱلۡبَيِّنَٰتِ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ وَمَا كَانُواْ سَٰبِقِينَ ﴿39﴾وَقَٰرُونَ وَفِرۡعَوۡنَ وَهَٰمَٰنَۖ وَلَقَدۡ جَآءَهُم مُّوسَىٰ بِٱلۡبَيِّنَٰتِ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ وَمَا كَانُواْ سَٰبِقِينَ
Transliteration: Waqaroona wafirAAawna wahamana walaqad jaahum moosa bialbayyinati faistakbaroo fee alardi wama kanoo sabiqeena
Translation: އަދި قَارُون އާއި فرعون އާއި އަދި هَامَان ހަނދުމަފުޅު ކުރައްވާށެވެ! ހަމަކަށަވަރުން موسى عليه السّلام އެމީހުންގެގާތަށް بَيَان ވެގެންވާ معجزاة އާއި دليل ގެންނެވިއެވެ. ދެންފަހެ އެމީހުން ބިމުގައި ބޮޑާވެ كِبر ވެރިވެގެންފިއެވެ. އަދި ތިމަންރަސްކަލާނގެއަށް އަތުނުވެ ބަޗައިގަނެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. (އެމީހުން ނުކިޔަމަންތެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަނޑުގައި غرق ކުރެއްވީމެވެ. މިމިކަންކަމުން ކަލޭމެން عبرة ލިބިގަތުން ހުއްޓެވެ.)
فَكُلًّا أَخَذۡنَا بِذَنۢبِهِۦۖ فَمِنۡهُم مَّنۡ أَرۡسَلۡنَا عَلَيۡهِ حَاصِبٗا وَمِنۡهُم مَّنۡ أَخَذَتۡهُ ٱلصَّيۡحَةُ وَمِنۡهُم مَّنۡ خَسَفۡنَا بِهِ ٱلۡأَرۡضَ وَمِنۡهُم مَّنۡ أَغۡرَقۡنَاۚ وَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ﴿40﴾فَكُلًّا أَخَذۡنَا بِذَنۢبِهِۦۖ فَمِنۡهُم مَّنۡ أَرۡسَلۡنَا عَلَيۡهِ حَاصِبٗا وَمِنۡهُم مَّنۡ أَخَذَتۡهُ ٱلصَّيۡحَةُ وَمِنۡهُم مَّنۡ خَسَفۡنَا بِهِ ٱلۡأَرۡضَ وَمِنۡهُم مَّنۡ أَغۡرَقۡنَاۚ وَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
Transliteration: Fakullan akhathna bithanbihi faminhum man arsalna AAalayhi hasiban waminhum man akhathathu alssayhatu waminhum man khasafna bihi alarda waminhum man aghraqna wama kana Allahu liyathlimahum walakin kanoo anfusahum yathlimoona
Translation: އަދި އެއިން ކޮންމެ މީހަކުވެސް އެމީހާގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ ހިތްޕެވީމެވެ. ހަލާކު ކުރެއްވީމެވެ. ފަހެ އެމީހުންގެތެރޭގައި އެމީހާގެ މައްޗަށް ތިމަންރަސްކަލާނގެ ކުދި ހިލަ ފޮނުވި މީހުންވެއެވެ. އެއީ لوط قوم ގެ މީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހާއަށް ގަދަފަދަ އަޑުފަށާއިއެކު زَلْزَلَة އައި މީހުންވެއެވެ. އެއީ ثمود ބާގައިގެ މީހުންނާއި شعيب ގެފާނުންގެ قوم ގެމީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހުންނާއިއެކު ބިންގަނޑު ގަނބައިގެންދިޔަ މީހުންވެއެވެ. އެއީ قَارون އާއި އެފަދަ މީހުންނެވެ. އަދި އެމީހުންގެ ތެރޭގައި ތިމަންރަސްކަލާނގެ އެމީހުން ކަނޑުގައި غَرَق ކުރި މީހުންވެއެވެ. އެއީ فرعون އާއި ދެންވެސް އެފަދަ މީހުންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވި ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ.
مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَيۡتٗاۖ وَإِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ لَوۡ كَانُواْ يَعۡلَمُونَ ﴿41﴾مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَيۡتٗاۖ وَإِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ لَوۡ كَانُواْ يَعۡلَمُونَ
Transliteration: Mathalu allatheena ittakhathoo min dooni Allahi awliyaa kamathali alAAankabooti ittakhathat baytan wainna awhana albuyooti labaytu alAAankabooti law kanoo yaAAlamoona
Translation: ﷲ ފިޔަވައި އެހެނިހެން ފަރާތްތަކެއް އެއީ ތިމާމެންގެ وَلِيُّ ންކަމުގައި - ސަހަރޯވެރިން ކަމުގައި ބަލައި إختيار ކުރިމީހުންގެ مثال އަކީ (ވާމަކުނު ވަލުން ހަދާފައިވާ) ގެއަކަށް ވަދެއިން ވާމަކުނެއްގެ މިސާލެވެ. ހަމަކަށަވަރުން އެންމެ ބަލިކަށި ދެރަގެޔަކީ ކަނޑައެޅިގެން ވާމަކުނުގެ ގެއެވެ. އެމީހުންނަށް އެކަން އެނގޭނޭ ނަމައެވެ.
إِنَّ ٱللَّهَ يَعۡلَمُ مَا يَدۡعُونَ مِن دُونِهِۦ مِن شَيۡءٖۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿42﴾إِنَّ ٱللَّهَ يَعۡلَمُ مَا يَدۡعُونَ مِن دُونِهِۦ مِن شَيۡءٖۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Transliteration: Inna Allaha yaAAlamu ma yadAAoona min doonihi min shayin wahuwa alAAazeezu alhakeemu
Translation: ހަމަކަށަވަރުން ﷲ ފިޔަވައި އެފަރާތްތަކަށް އެމީހުން ގޮވާ އެންމެހާ ފަރާތްތަކެއް ﷲ ދެނެވޮޑިގެންވެއެވެ. (އެއިން އެއްވެސް ފަރާތެއްގައި ބާރެއް އަދި ފުއްދުންތެރިކަމެއްނެތްކަން ﷲ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެއީ عزّة ތެރިވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.
وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِۖ وَمَا يَعۡقِلُهَآ إِلَّا ٱلۡعَٰلِمُونَ ﴿43﴾وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِۖ وَمَا يَعۡقِلُهَآ إِلَّا ٱلۡعَٰلِمُونَ
Transliteration: Watilka alamthalu nadribuha lilnnasi wama yaAAqiluha illa alAAalimoona
Translation: އަދި އެފަދަ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި (ﷲ އާއި އެކަލާނގެ آية ތައް) ރަނގަޅަށް ދަންނަބަޔަކު މެނުވީ އެފަދަ މިސާލުތަކަށް ވިސްނާ އަދި ދަންނަކަމުގައި ނުވެއެވެ.
خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ ﴿44﴾خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ
Transliteration: Khalaqa Allahu alssamawati waalarda bialhaqqi inna fee thalika laayatan lilmumineena
Translation: އުޑުތަކާއި ބިން ﷲ ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ހަމަކަށަވަރުން އެކަންކަމުއި ކަނޑައެޅި ބަޔާންވެގެންވާ دليل އާއި حجّة مؤمن ތަކުންނަށްވެއެވެ.
ٱتۡلُ مَآ أُوحِيَ إِلَيۡكَ مِنَ ٱلۡكِتَٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ يَعۡلَمُ مَا تَصۡنَعُونَ ﴿45﴾ٱتۡلُ مَآ أُوحِيَ إِلَيۡكَ مِنَ ٱلۡكِتَٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ يَعۡلَمُ مَا تَصۡنَعُونَ
Transliteration: Otlu ma oohiya ilayka mina alkitabi waaqimi alssalata inna alssalata tanha AAani alfahshai waalmunkari walathikru Allahi akbaru waAllahu yaAAlamu ma tasnaAAoona
Translation: (އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
وَلَا تُجَٰدِلُوٓاْ أَهۡلَ ٱلۡكِتَٰبِ إِلَّا بِٱلَّتِي هِيَ أَحۡسَنُ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡۖ وَقُولُوٓاْ ءَامَنَّا بِٱلَّذِيٓ أُنزِلَ إِلَيۡنَا وَأُنزِلَ إِلَيۡكُمۡ وَإِلَٰهُنَا وَإِلَٰهُكُمۡ وَٰحِدٞ وَنَحۡنُ لَهُۥ مُسۡلِمُونَ ﴿46﴾۞وَلَا تُجَٰدِلُوٓاْ أَهۡلَ ٱلۡكِتَٰبِ إِلَّا بِٱلَّتِي هِيَ أَحۡسَنُ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡۖ وَقُولُوٓاْ ءَامَنَّا بِٱلَّذِيٓ أُنزِلَ إِلَيۡنَا وَأُنزِلَ إِلَيۡكُمۡ وَإِلَٰهُنَا وَإِلَٰهُكُمۡ وَٰحِدٞ وَنَحۡنُ لَهُۥ مُسۡلِمُونَ
Transliteration: Wala tujadiloo ahla alkitabi illa biallatee hiya ahsanu illa allatheena thalamoo minhum waqooloo amanna biallathee onzila ilayna waonzila ilaykum wailahuna wailahukum wahidun wanahnu lahu muslimoona
Translation: (އޭ رسول ﷲ އެވެ!) أَهْلُ كِتَابُ ންނާއި. އެބަހީ: يهودي ންނާއި نَصَارى އިންނާއި ކަލޭގެފާނު ހެޔޮ ރަނގަޅުގޮތުގައި މެނުވީ ޖަދަލު ނުކުރައްވާށެވެ! އެމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނާއި މެދުގައި މެނުވީއެވެ. (ފަހެ އަނިޔާވެރިވީ މީހުންނަށް އާދައިގެ ގޮތަށްވެސް جدل ކުރެވިދާނެއެވެ.) އަދި ތިޔަބައިމީހުން އެމީހުންނަށް ބުނާށެވެ. އަހުރެމެންނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމެވެ. އަދި އަހުރެމެންގެ إله އާއި އަދި ތިޔަބައިމީހުންގެ إله އަކީ ހަމަ އެއް إله އެކެވެ. އެއީ ﷲ އެވެ. އަދި އަހުރެމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ.
وَكَذَٰلِكَ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَۚ فَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يُؤۡمِنُونَ بِهِۦۖ وَمِنۡ هَـٰٓؤُلَآءِ مَن يُؤۡمِنُ بِهِۦۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلۡكَٰفِرُونَ ﴿47﴾وَكَذَٰلِكَ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَۚ فَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يُؤۡمِنُونَ بِهِۦۖ وَمِنۡ هَـٰٓؤُلَآءِ مَن يُؤۡمِنُ بِهِۦۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلۡكَٰفِرُونَ
Transliteration: Wakathalika anzalna ilayka alkitaba faallatheena ataynahumu alkitaba yuminoona bihi wamin haolai man yuminu bihi wama yajhadu biayatina illa alkafiroona
Translation: ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. - އެބަހީ: ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އިސްވެދިޔަ رسول ބޭބޭކަލުންނަށްވެސް ފޮތް ބާވައިލެއްވި ފަދައިންނެވެ. - ފަހެ އެބައިމީހުންނަށް ފޮތްދެވުނުމީހުން - އެބަހީ: އިސްވެދިޔަ أمّة ތަކުގެތެރެއިން إيمان ވީ މީހުން - އެފޮތަށް يعني: ކީރިތި قرآن އަށް إيمان ވެއެވެ. އަދި މިމީހުންގެތެރޭގައިވެސް - އެބަހީ: މިހާރުތިބި يهودي ންނާއި نصارى އިންގެތެރޭގައިވެސް އެފޮތަށް يعني: قرآن އަށް އީމާންވާ މީހުންވެއެވެ. އެއީ عبد ﷲ بن سلام ކަހަލަބޭކަލުންނެވެ. އަދި ކާފަރުންމެނުވީ ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދައި إنكار ނުކުރާނެއެވެ. (މީގެ مَفْهُوْم އަކީ ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރު ކުރާމީހުން ވާނީ ކާފަރުންކަމުގައެވެ.)
وَمَا كُنتَ تَتۡلُواْ مِن قَبۡلِهِۦ مِن كِتَٰبٖ وَلَا تَخُطُّهُۥ بِيَمِينِكَۖ إِذٗا لَّٱرۡتَابَ ٱلۡمُبۡطِلُونَ ﴿48﴾وَمَا كُنتَ تَتۡلُواْ مِن قَبۡلِهِۦ مِن كِتَٰبٖ وَلَا تَخُطُّهُۥ بِيَمِينِكَۖ إِذٗا لَّٱرۡتَابَ ٱلۡمُبۡطِلُونَ
Transliteration: Wama kunta tatloo min qablihi min kitabin wala takhuttuhu biyameenika ithan lairtaba almubtiloona
Translation: އަދި މި قرآن ކަލޭގެފާނަށް ބާވައިލެއްވުމުގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވާ ބޭކަލަކު ކަމުގައި ނުވެއެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން އެއްވެސް އެއްޗެއް ލިއުއްވާ ބޭކަލަކު ކަމުގައިވެސް ނުވެއެވެ. މި باطل ދޮގުވާހަކަތައް ދައްކާ މީހުންނަށް ޝައްކެއްވާންޖެހޭނީ އެހެންނަމަތާއެވެ.
بَلۡ هُوَ ءَايَٰتُۢ بَيِّنَٰتٞ فِي صُدُورِ ٱلَّذِينَ أُوتُواْ ٱلۡعِلۡمَۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّـٰلِمُونَ ﴿49﴾بَلۡ هُوَ ءَايَٰتُۢ بَيِّنَٰتٞ فِي صُدُورِ ٱلَّذِينَ أُوتُواْ ٱلۡعِلۡمَۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّـٰلِمُونَ
Transliteration: Bal huwa ayatun bayyinatun fee sudoori allatheena ootoo alAAilma wama yajhadu biayatina illa alththalimoona
Translation: އަދި ކިޔެއްހެއްޔެވެ. އެއީ ފޮތްދެވުނު މީހުންގެ ހިތްތަކުގައި ކަނޑައެޅި بيان ވެގެންވާ آية ތަކެކެވެ. އަދި އަނިޔާވެރިން މެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް إنكار ކޮށް ދެކޮޅު ނުހަދައެވެ. • ދަންނައެވެ. توراة އާއި إنجيل އާއި ދެފޮތުގައިވެސް رسول ﷲ ﷺ ގެ ކިތަންމެ خبر ތަކެއް ބާވައިލައްވާފައިވެއެވެ. އެފޮތްތައް حقّ ގޮތުގައި ކިޔައި ބަލައި ހެދިމީހުންނަށް އެ خبر ތައް ރަނގަޅަށް އެނގެއެވެ. އެމީހުންގެ ހިތްތަކުގައި އެވާހަކަތައް بيان ވެގެންވެއެވެ. ދެން رسول ﷲ ﷺ ދުނިޔެއަށް ވަޑައިގަނެ رسول ކަމާއިގެން ފޮނުއްވެވުމުން އެ خبر ތައް ދަންނަ ގިނަމީހުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދީއެވެ. ބައެއް މަދުމީހުން إيمان ވެސްވިއެވެ. މިދެތިން އާޔަތެއްގައި އިޝާރާތްވެގެން އެވަނީ އެވާހަކަތަކަށެވެ. والله أعلم.
وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَٰتٞ مِّن رَّبِّهِۦۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٌ ﴿50﴾وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَٰتٞ مِّن رَّبِّهِۦۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٌ
Transliteration: Waqaloo lawla onzila AAalayhi ayatun min rabbihi qul innama alayatu AAinda Allahi wainnama ana natheerun mubeenun
Translation: އަދި އެމީހުން - يعني: مكّة ގެ مشرك ން - ބުންޏެވެ. އެކަލޭގެފާނުންގެ މައްޗަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން معجزة ތަކެއް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: صالح ގެފާނުންގެ جمل ފުޅުފަދަ - عيسى ގެފާނުންގެ ދޮލަނގުފަދަ - معجزة އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ އޭގެ جواب ގައި ﷲ އެކަލޭގެފާނަށް އަންގަވަނީ) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެފަދަ معجزة ތައް ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ހަމަ نَذِيرُ އަކު ކަމުގައެވެ.
أَوَلَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٗ وَذِكۡرَىٰ لِقَوۡمٖ يُؤۡمِنُونَ ﴿51﴾أَوَلَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٗ وَذِكۡرَىٰ لِقَوۡمٖ يُؤۡمِنُونَ
Transliteration: Awalam yakfihim anna anzalna AAalayka alkitaba yutla AAalayhim inna fee thalika larahmatan wathikra liqawmin yuminoona
Translation: އެމީހުންގެމައްޗަށް ކިޔެވޭނެފޮތެއް ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުމުން އެމީހުންނަށް ފަހެ ނުފުދެނީބާވައެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެފޮތުގައި رحمة އާއި وعظ އާއި نصيحة ވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައި ބައެއް تفسير ފޮތްތަކުގައި بيان ވެގެންވަނީ رسول ﷲ ﷺ ގެ أصحاب ންކުރެ ބައެއް ބޭކަލުން يهودي ންގެ އަތުން އެމީހުންގެ ފޮތްތަކުގައިވާ ބައެއް ތަކެތިކަމަށް ބުނާތަކެތި ލިޔެގެން رسول ﷲ ﷺ ގެ އަރިހަށް އައިސް ދެއްކުމުން އެތަކެތި ބައްލަވާ އެތަކެތި އެއްލަވާ ލައްވާފައި حديث ކުރެއްވިއެވެ. ބަޔަކު މީހުންގެ މޮޔަކަމަށް ނުވަތަ މަގުފުރެދިފައިވާކަމަށް އެބައިމީހުންގެ نبي އާގެ މައްޗަށް ބާވައިލެއްވި ތަކެތި ދޫކޮށް އެހެން ބައެއްގެ މައްޗަށް އެހެން نبي އަކަށް ބާވައިލެއްވި ތަކެތީގައި ހިފައި إختيار ކުރުމުން ފުދޭހާވެއެވެ. މިކަމާއި ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވެއެވެ. = تفسير طبري =
قُلۡ كَفَىٰ بِٱللَّهِ بَيۡنِي وَبَيۡنَكُمۡ شَهِيدٗاۖ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ ءَامَنُواْ بِٱلۡبَٰطِلِ وَكَفَرُواْ بِٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴿52﴾قُلۡ كَفَىٰ بِٱللَّهِ بَيۡنِي وَبَيۡنَكُمۡ شَهِيدٗاۖ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ ءَامَنُواْ بِٱلۡبَٰطِلِ وَكَفَرُواْ بِٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
Transliteration: Qul kafa biAllahi baynee wabaynakum shaheedan yaAAlamu ma fee alssamawati waalardi waallatheena amanoo bialbatili wakafaroo biAllahi olaika humu alkhasiroona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެންނާއި ތިޔަބައިމީހުންނާއި ދެމެދު ހެކިވެރިއަކު ކަމުގައި ﷲ ފުދިއްޖެއެވެ. (އެހެން معجزة އެއް ބާވައިނުލެއްވިޔަސް އެވަރުން ފުދެއެވެ.) އުޑުތަކާއި ބިމުގައި ވާހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި باطِل އަށް إيمان ވެ (شرك قَرَارُ ކޮށް ތެދުކޮށް) އަދި ﷲ އަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުން އެއީ ގެއްލިހަލާކުވެގެންވާ މީސްތަކުންނެވެ.
وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَوۡلَآ أَجَلٞ مُّسَمّٗى لَّجَآءَهُمُ ٱلۡعَذَابُۚ وَلَيَأۡتِيَنَّهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴿53﴾وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَوۡلَآ أَجَلٞ مُّسَمّٗى لَّجَآءَهُمُ ٱلۡعَذَابُۚ وَلَيَأۡتِيَنَّهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Transliteration: WayastaAAjiloonaka bialAAathabi walawla ajalun musamman lajaahumu alAAathabu walayatiyannahum baghtatan wahum la yashAAuroona
Translation: އަދި (އޭ رسول ﷲ އެވެ!) عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ ކިބައިން އެދެއެވެ. ކަނޑައެޅި عيّن ވެގެންވާ ވަކި مُدّت އެއްނުވާނަމަ އެމީހުންނަށް إحساس ވެސް ނުވާޙާލު ހަމަކުއްލިއަކަށް އެމީހުންގެ މައްޗަށް عذاب އަތުވެއްޖައީސްކަން ކަށަވަރެވެ.
يَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ ﴿54﴾يَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ
Transliteration: YastaAAjiloonaka bialAAathabi wainna jahannama lamuheetatun bialkafireena
Translation: عذاب އަވަސްވުމަށް އެމީހުން ކަލޭގެފާނުންގެ އަރިހުން އެދެއެވެ. ހަމަކަށަވަރުން ނަރަކަވަނީ ކާފަރުން ވަށައިލާފައެވެ. އެމީހުނަށް عذاب ކަނޑައެޅިފައިވާ ވަގުތު އެމީހުނަށް އެ عذاب ލިބޭހުއްޓެވެ.
يَوۡمَ يَغۡشَىٰهُمُ ٱلۡعَذَابُ مِن فَوۡقِهِمۡ وَمِن تَحۡتِ أَرۡجُلِهِمۡ وَيَقُولُ ذُوقُواْ مَا كُنتُمۡ تَعۡمَلُونَ ﴿55﴾يَوۡمَ يَغۡشَىٰهُمُ ٱلۡعَذَابُ مِن فَوۡقِهِمۡ وَمِن تَحۡتِ أَرۡجُلِهِمۡ وَيَقُولُ ذُوقُواْ مَا كُنتُمۡ تَعۡمَلُونَ
Transliteration: Yawma yaghshahumu alAAathabu min fawqihim wamin tahti arjulihim wayaqoolu thooqoo ma kuntum taAAmaloona
Translation: (ކާފަރުން ވަށައިގެން ނަރަކަވެއެވެ.) އެދުވަހަކީ އެމީހުންގެ މަތީ عذاب އެޅި ނިވައިވެގެންވާ ދުވަހެވެ. އަދި އެމީހުން ފައިތަކުގެ ދަށުންވެސް عذاب ވާދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކުގެ ރަހަ ލިބިގަންނާށެވެ.
يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّـٰيَ فَٱعۡبُدُونِ ﴿56﴾يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّـٰيَ فَٱعۡبُدُونِ
Transliteration: Ya AAibadiya allatheena amanoo inna ardee wasiAAatun faiyyaya faoAAbudooni
Translation: އޭ ތިމަންރަސްކަލާނގެ إيمان ވީ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންތަނަވަސްވެގެންވެއެވެ. އަދި ހަމަކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި ތިޔަބައިމީހުން އަޅުކަންކުރާ ހުށިކަމެވެ!
كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۖ ثُمَّ إِلَيۡنَا تُرۡجَعُونَ ﴿57﴾كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۖ ثُمَّ إِلَيۡنَا تُرۡجَعُونَ
Transliteration: Kullu nafsin thaiqatu almawti thumma ilayna turjaAAoona
Translation: ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މަރުވާނެއެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އެއީ محشر ދުވަހުންނެވެ.
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ ﴿58﴾وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ
Transliteration: Waallatheena amanoo waAAamiloo alssalihati lanubawwiannahum mina aljannati ghurafan tajree min tahtiha alanharu khalideena feeha niAAma ajru alAAamileena
Translation: އަދި އީމާންވެގެން صالخ عمل ތައްކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ބައިލުއްވާ ސުވަރުގޭގެ ކޮޓަރިކޮޅުތަކުގައި قائم ކުރައްވާހުށީމެވެ. އެސުވަރުގެއަކީ އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާހުންނަ ތަންތަނެވެ. އެމީހުން އެތަންތާނގައި ދެމިތިބޭހުއްޓެވެ. ހެޔޮ عمل ކުރި މީހުންގެ ދަރުމައެއްގެ ގޮތުން ސުވަރުގެ ހެޔޮވެގެންވެއެވެ.
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ﴿59﴾ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ
Transliteration: Allatheena sabaroo waAAala rabbihim yatawakkaloona
Translation: އެމީހުންނަކީ (ދީނުގެ އުނދަގޫތަކަށް - އަދި عداوة ތެރިންގެ އަނިޔާތަކަށް) ކެތްތެރިވީ މީހުންނެވެ. އަދި ހަމައެކަނި އެމީހުންގެ ربّ އަށް وكيل ކުރާ މީހުންނެވެ.
وَكَأَيِّن مِّن دَآبَّةٖ لَّا تَحۡمِلُ رِزۡقَهَا ٱللَّهُ يَرۡزُقُهَا وَإِيَّاكُمۡۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿60﴾وَكَأَيِّن مِّن دَآبَّةٖ لَّا تَحۡمِلُ رِزۡقَهَا ٱللَّهُ يَرۡزُقُهَا وَإِيَّاكُمۡۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Wakaayyin min dabbatin la tahmilu rizqaha Allahu yarzuquha waiyyakum wahuwa alssameeAAu alAAaleemu
Translation: އަދި ކިތައްކިތައް ދިރޭތަކެތި އެތަކެތީގެ ރިޒުގު އެތަކެއްޗަށް އުފުލައި ނުގަނެވި ވޭހެއްޔެވެ؟ އެހުރިހާ ތަކެއްޗަކަށް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި ކަލޭމެންނަށްވެސް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ ﴿61﴾وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ
Transliteration: Walain saaltahum man khalaqa alssamawati waalarda wasakhkhara alshshamsa waalqamara layaqoolunna Allahu faanna yufakoona
Translation: އަދި އުޑުތަކާއި ބިންހެއްދެވީ އަދި އިރާއި ހަނދު ކިޔަމަންކުރެއްވީ ކާކުތޯ އެމީހުންކުރެން - (އެ مشرك ންކުރެން) - ކަލޭގެފާނު އައްސަވައިފިއްޔާ ހަމަކަށަވަރުން އެތަކެތި ހައްދަވައި އަދި އެކަންކަން ކުރައްވަނީ يقين ންވެސް ﷲ ކަމުގައި އެމީހުން ބުނާނެއެވެ. ފަހެ އެހެންވީއިރު އެމީހުން (އެކަލާނގެ ފިޔަވައި) އެހެން ފަރާތަކަށް ދާނީ ކޮންފަދައަކުން ހެއްޔެވެ؟ އެހެންފަރާތަކަށް އަޅުކަން ކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟
ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥٓۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ ﴿62﴾ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥٓۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ
Transliteration: Allahu yabsutu alrrizqa liman yashao min AAibadihi wayaqdiru lahu inna Allaha bikulli shayin AAaleemun
Translation: އަދި ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް މަދުކުރައްވާ ދަތިކުރައްވައެވެ. އަދި ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަންކަމުގައި އެކަލާނގެ ދެނެވޮޑިގެންވާ خاصّ حكمة ފުޅުވާނެއެވެ.
وَلَئِن سَأَلۡتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ مِنۢ بَعۡدِ مَوۡتِهَا لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡقِلُونَ ﴿63﴾وَلَئِن سَأَلۡتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ مِنۢ بَعۡدِ مَوۡتِهَا لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡقِلُونَ
Transliteration: Walain saaltahum man nazzala mina alssamai maan faahya bihi alarda min baAAdi mawtiha layaqoolunna Allahu quli alhamdu lillahi bal aktharuhum la yaAAqiloona
Translation: އަދި އުޑުން ފެންވެއްސަވަނީ ކާކުތޯ އެމީހުންކުރެން ކަލޭގެފާނުއައްސަވައިފިއްޔާ؟ އަދި އެފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު ދިރުއްވައި މިކަންކަންކުރަނީ ކާކުތޯ އައްސަވައިފި އްޔާ ނިކަންހުރެ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް ހުރީ ހަމަ ﷲ އަށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުން ބުއްދިކޮށް فكر ނުކުރެއެވެ.
وَمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَهۡوٞ وَلَعِبٞۚ وَإِنَّ ٱلدَّارَ ٱلۡأٓخِرَةَ لَهِيَ ٱلۡحَيَوَانُۚ لَوۡ كَانُواْ يَعۡلَمُونَ ﴿64﴾وَمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَهۡوٞ وَلَعِبٞۚ وَإِنَّ ٱلدَّارَ ٱلۡأٓخِرَةَ لَهِيَ ٱلۡحَيَوَانُۚ لَوۡ كَانُواْ يَعۡلَمُونَ
Transliteration: Wama hathihi alhayatu alddunya illa lahwun walaAAibun wainna alddara alakhirata lahiya alhayawanu law kanoo yaAAlamoona
Translation: މިދުނިޔޭގެ حياة މިއީ ހަމަ ކުޅިވަރަކާއި ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ދެމިހުންނަނިވި ރަނގަޅު حياة އެއްވަނީ ކަނޑައެޅިގެން آخرة ގެ ގޮވަތީގައެވެ. އެކަން އެމީހުންނަށް އެނގޭނޭ ނަމައެވެ.
فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ ﴿65﴾فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ
Transliteration: Faitha rakiboo fee alfulki daAAawoo Allaha mukhliseena lahu alddeena falamma najjahum ila albarri itha hum yushrikoona
Translation: ފަހެ އެބައިމީހުން (އެބަހީ މުޝްރިކުން) ނަވަކަށް (މޫދުގައި ދުވާ އުޅަނދަކަށް) އަރައިފީވިއްޔާ (އެ އުޅަނދަށް ކަނޑު ގަދަވެ ކަންބޮޑުވެއްޖެއްޔާއި) ވަރަށް إخلاص ތެރިކަމާއިއެކު ﷲ އަށް دعاء ކުރެއެވެ. (الله وَحِي ކުރެއްވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހިކިފަސްތާކަށް ލައްވައި ސަލާމަތް ހަމަކުރާއިރަށް ދެން އަލުންވެސް އެމީހުން شرك ކުރެއެވެ. އެހެނިހެން ފަރާތްތަކުން ވާގިއެދިހަދައެވެ.
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡ وَلِيَتَمَتَّعُواْۚ فَسَوۡفَ يَعۡلَمُونَ ﴿66﴾لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡ وَلِيَتَمَتَّعُواْۚ فَسَوۡفَ يَعۡلَمُونَ
Transliteration: Liyakfuroo bima ataynahum waliyatamattaAAoo fasawfa yaAAlamoona
Translation: އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެއްޗަށް ކާފަރުވުމަށެވެ. އަދި އެމީހުން އަރާމުލިބިގަތުމަށެވެ. ފަހެ އެމީހުން އަރާމު ލިބިގަންނާށެވެ! ފަހެ. އެމީހުން އެކުރާ ނުބައިކަންތަކުގެ ނަތީޖާ ނިކަންހުރެ. އެމީހުނަށް އެނގިދާނެއެވެ.
أَوَلَمۡ يَرَوۡاْ أَنَّا جَعَلۡنَا حَرَمًا ءَامِنٗا وَيُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ يَكۡفُرُونَ ﴿67﴾أَوَلَمۡ يَرَوۡاْ أَنَّا جَعَلۡنَا حَرَمًا ءَامِنٗا وَيُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ يَكۡفُرُونَ
Transliteration: Awalam yaraw anna jaAAalna haraman aminan wayutakhattafu alnnasu min hawlihim afabialbatili yuminoona wabiniAAmati Allahi yakfuroona
Translation: އަޅެފަހެ ތިމަންރަސްކަލާނގެ (مكّة ގެ حرم) އަމާންވެގެންވާ حرم އެއްކަމުގައި ލައްވާފައިވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި އެމީހުންގެ ވަށަވަށައިގެންވާ އެހެން ރަށްރަށުގެ މީހުން އެކިގޮތްގޮތަށް މީސްތަކުން ޖަހައިގަނެގެން ގެންދަނީއެވެ. (އެއީވެސް مكّة ގެ أهل ވެރިންނަށް ދެއްވާފައިވާ ބޮޑު نعمة އެއްކަމުގައި އެމީހުން قبول ކޮށް شكر ނުކުރާނޭބާވައެވެ؟) އެމީހުން ފަހެ إيمان ވާންވީ باطل އަށްހެއްޔެވެ؟ (ﷲ އަށް شريك ކޮށް ބުދުތަކަށް އީމާންވާންވީހެއްޔެވެ؟) އަދި ﷲ ގެ نعمة އަށް ކާފަރުވަނީހެއްޔެވެ؟
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِٱلۡحَقِّ لَمَّا جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ﴿68﴾وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِٱلۡحَقِّ لَمَّا جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ
Transliteration: Waman athlamu mimmani iftara AAala Allahi kathiban aw kaththaba bialhaqqi lamma jaahu alaysa fee jahannama mathwan lilkafireena
Translation: އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ނުވަތަ حقّ އައިހިނދުން حقّ ދޮގުކުރި މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.) ފަހެ ކާފަރުން (قيامة ދުވަހުންގޮސް ތިބޭތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟) (އެބަހީ: ނަރަކަ އެކަމަށް ފުދޭނެއެވެ.)
وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ ﴿69﴾وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ
Transliteration: Waallatheena jahadoo feena lanahdiyannahum subulana wainna Allaha lamaAAa almuhsineena
Translation: އަދި ތިމަންރަސްކަލާނގެ كلمة ފުޅު މަތިވެރިކުރުމަށްޓަކައި جهاد ކުރާ މީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ މަގުދައްކަވާހުށީމެވެ. ސީދާގަމަށް توفيق ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ إحسان ތެރިންނާއި އެކުގައެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download