الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މި އަކުރުތަކާއި މިބާވަތުގެ އެންމެހައި އަކުރުތަކަކީ އޭގެ އެނގުން އަދި މުރާދެއް ހަމައެކަނި ﷲ އަށް ޚާއްސަ ވެގެންވާ އަކުރުތަކެކެވެ.
الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މި އަކުރުތަކާއި މިބާވަތުގެ އެންމެހައި އަކުރުތަކަކީ އޭގެ އެނގުން އަދި މުރާދެއް ހަމައެކަނި ﷲ އަށް ޚާއްސަ ވެގެންވާ އަކުރުތަކެކެވެ.
تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ ﴿2﴾تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ
Transliteration: Tanzeelu alkitabi la rayba feehi min rabbi alAAalameena
Translation: މި ކީރިތި ޤުރުއާން ބާވައިލެއްވުން މިވަނީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޢާލަމުތަކުގެ ވެރި رَبُّ ގެ حَضْرَة ންނެވެ. (އެއީ މަތިވެރި މާތް ﷲ އެވެ.)
أَمۡ يَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَهۡتَدُونَ ﴿3﴾أَمۡ يَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَهۡتَدُونَ
Transliteration: Am yaqooloona iftarahu bal huwa alhaqqu min rabbika litunthira qawman ma atahum min natheerin min qablika laAAallahum yahtadoona
Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުން يعني އެ مشرك ންގެ މީހުން ބުނަނީއެވެ. އެ ޤުރްއާން އެއީ އެކަލޭގެފާނު يعني محمد ގެ ފާނު އަމިއްލަ ފުޅަށް ހައްދަވައިގެން އުޅޭ އެއްޗެކެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ އެވެ.) އެއްގޮތަކައްވެސް އެހެންނޫނެވެ. އެއީ ހަމަ ޙައްޤެވެ. ކަލޭގެފާނުންގެ رَبُّ حَضْرَةُ ން ވާފޮތެކެވެ. އެއީ ކަލޭގެފާނުންގެ ކުރިން އެއްވެސް نَذِيْرُ އަކުއައިސްފައިނުވާބަޔަކަށް إنْذَارُ ކުރެއްވުމަށްޓަކައެވެ. އެމީހުންނަށް ތެދުމަގު ލިބުމުގެ އުއްމީދުގައެވެ. އެއީ مَكَّة ގެ عَرَبِى ންނެވެ.
ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِيّٖ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ ﴿4﴾ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِيّٖ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ
Transliteration: Allahu allathee khalaqa alssamawati waalarda wama baynahuma fee sittati ayyamin thumma istawa AAala alAAarshi ma lakum min doonihi min waliyyin wala shafeeAAin afala tatathakkaroona
Translation: ﷲ އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހެއްގެޔެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން عَرْشِ އަށް އެކަލާނގެ اسْتِوَى ވެވޮޑިގެންނެވިއެވެ. އެކަލާނގެފިޔަވައި ކަލޭމެންނަށް އެހެން އެއްވެސް ސަހަރޯވެރިއަކު އަދި شَفَاعَة ތެރިއަކުވިޔަސްނުވެއެވެ. ކަލޭމެންފަހެ عِبْرَة حَاصِلُ ކޮށް ފިކުރުކޮށް ނުހަދާނެ ހެއްޔެވެ؟
يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ ﴿5﴾يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ
Transliteration: Yudabbiru alamra mina alssamai ila alardi thumma yaAAruju ilayhi fee yawmin kana miqdaruhu alfa sanatin mimma taAAuddoona
Translation: (خَلْقُ ތަކުންނާއިމެދު) އުޑުން ބިމަށް އެކަލާނގެ ކަންތައްތައް ތަދުބީރުކުރަށްވައެވެ. ދެން އެކަލާނގެ حَضْرَةُ އަށްއެއަމުރުފުޅުއަރައެވެ. ނުވަތަ އަމުރުވެވިފައިވާ ހިސާބަކަށް މަލާއިކަތްބޭކަލުން އަރާވަޑައި ގަންނަވައެވެ. އެއީ ކަލޭމެން ޢަދަދުކުރާގޮތުން އެއްހާސްއަހަރުގެ މުއްދަތުވާ ދުވަހެއްގައެވެ. ދަންނައެވެ. * މިއާޔަތުގެ ތަފުސީރު ވަރަށްގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. އަޅުގަޑު އެވާހަކަތައް ދައްކާކަށް ނެތީމެވެ. އެވާހަކަ ހަދާންކޮށްދިނީއެވެ.
ذَٰلِكَ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلرَّحِيمُ ﴿6﴾ذَٰلِكَ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلرَّحِيمُ
Transliteration: Thalika AAalimu alghaybi waalshshahadati alAAazeezu alrraheemu
Translation: އެކަލާނގެއީ غَيْبُ ގައިވާ ކަންތަކާއި އަދި ފައުޅު ގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއީ عِزَّة ވަންތަ رَحْمَة ވަންތަ ކަލާނގެއެވެ.
ٱلَّذِيٓ أَحۡسَنَ كُلَّ شَيۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَٰنِ مِن طِينٖ ﴿7﴾ٱلَّذِيٓ أَحۡسَنَ كُلَّ شَيۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَٰنِ مِن طِينٖ
Transliteration: Allathee ahsana kulla shayin khalaqahu wabadaa khalqa alinsani min teenin
Translation: އެކަލާނގެއީ ކޮންމެއެއްޗެއްވެސް އެއެއްޗެއްގެ ހެއްދެވުން ރަނގަޅުކުރައްވައި ރިވެތިކުރެއްވި ކަލާނގެއެވެ. އަދި އިންސާނާގެ ހެއްދެވުން އެކަލާނގެ ފެއްޓެވީ (އެބަހީ އާދަމުގެފާނު ހައްދަވަން ފެއްޓެވީ) މަށިން ނެވެ.
ثُمَّ جَعَلَ نَسۡلَهُۥ مِن سُلَٰلَةٖ مِّن مَّآءٖ مَّهِينٖ ﴿8﴾ثُمَّ جَعَلَ نَسۡلَهُۥ مِن سُلَٰلَةٖ مِّن مَّآءٖ مَّهِينٖ
Transliteration: Thumma jaAAala naslahu min sulalatin min main maheenin
Translation: ދެން އެކަލޭގެފާނުންގެ ދަރިފަސްކޮޅު އެކަލާނގެ ލެއްވީ ނިކަމެތިވެގެންވާ ފެންފޮދަކުން ނެވެ. (އެއީ ފިރިހެނާގެ نُطْفَة އެވެ.)
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ﴿9﴾ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ
Transliteration: Thumma sawwahu wanafakha feehi min roohihi wajaAAala lakumu alssamAAa waalabsara waalafidata qaleelan ma tashkuroona
Translation: ދެން އެކަލާނގެ އޭނާ ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެ އޭނާއަށް އެކަލާނގެ رُوْحُ ފުޅުން ފުމެލެއްވިއެވެ. އަދިއެކަލާނގެ ކަލޭމެނަށް އިވުމާއި ފެނުމާއި އަދިހިތް ލެއްވިއެވެ. ވިސްނުންލެއްވިއެވެ. ނުވަތަ ކަންފަތާއި ލޮލާއި އަދި ހިތްލެއްވިއެވެ. (މިފަދަބޮޑެތި ނިޢުމަތުގެ މުޤާބިލުގައިވެސް) ކަލޭމެން ޝުކުރު ކުރަނީ ދާދިމަދުންނެވެ.
وَقَالُوٓاْ أَءِذَا ضَلَلۡنَا فِي ٱلۡأَرۡضِ أَءِنَّا لَفِي خَلۡقٖ جَدِيدِۭۚ بَلۡ هُم بِلِقَآءِ رَبِّهِمۡ كَٰفِرُونَ ﴿10﴾وَقَالُوٓاْ أَءِذَا ضَلَلۡنَا فِي ٱلۡأَرۡضِ أَءِنَّا لَفِي خَلۡقٖ جَدِيدِۭۚ بَلۡ هُم بِلِقَآءِ رَبِّهِمۡ كَٰفِرُونَ
Transliteration: Waqaloo aitha dalalna fee alardi ainna lafee khalqin jadeedin bal hum biliqai rabbihim kafiroona
Translation: އަދި آخِرَة ދުވަސް ޤަބޫލު ނުކުރާމީހުން ބުނެއެވެ. އަހުރެމެން މަރުވެ މަސްތަކާއި ކަށިތައްވެސް ބިމުގައި ހަލާކުވެދިއުމަށްފަހު އައު ހެއްދެވުމަކަށް އަލުންވެސް އަހުރެމެން ހެއްދެވޭނޭ ހެއްޔެވެ؟ (الله ޖަވާބުއެދެއްވަނީ) އަދި ކިއެއްހެއްޔެވެ؟ އެމީހުންއެވަނީ އެމީހުންގެ رَبُّ އާއި ބައްދަލުވުމާއިމެދު ކާފަރުވެގެންނެވެ. މިއެވެ.
قُلۡ يَتَوَفَّىٰكُم مَّلَكُ ٱلۡمَوۡتِ ٱلَّذِي وُكِّلَ بِكُمۡ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ ﴿11﴾۞قُلۡ يَتَوَفَّىٰكُم مَّلَكُ ٱلۡمَوۡتِ ٱلَّذِي وُكِّلَ بِكُمۡ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ
Transliteration: Qul yatawaffakum malaku almawti allathee wukkila bikum thumma ila rabbikum turjaAAoona
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! މަރުގެ މަލާއިކަތާ ކަލޭމެންގެ މަރު ހިތްޕަވާނެއެވެ. އެކަލޭގެފާނީ އެކަމުގައި ކަލޭމެނާއި ޙަވާލުވެގެންވާ ކަލޭގެފާނެވެ. ދެންކަލޭމެން އެކަލާނގެ حَضْرَةُ އަށް އެބުނރިދާހުއްޓެވެ.
وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ ﴿12﴾وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ
Transliteration: Walaw tara ithi almujrimoona nakisoo ruoosihim AAinda rabbihim rabbana absarna wasamiAAna faarjiAAna naAAmal salihan inna mooqinoona
Translation: އަދި މުޖްރިމުންމީހުން އެބަހީ ނުބައި ނުލަފާމީހުން އެމީހުންގެ رَبُّ ގެ حَضْرَةُ ގައި ކުށަށް إعْتِرَافُ ވާ ޙާލު އެމީހުންގެ ބޯތައް އިސްދަށަށްޖެހިގެންވާހިނދު ކަލޭގެފާނުން ދެކެވަޑައި ގަންނަވާނެ ނަމައެވެ. އެމީހުން އެހެންތިބެ ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبُّ އެވެ. (އިބަރަސްކަލާނގެއަށް އުރެދުނުމީހުންނަށްހުރި ޢުޤޫބާތް އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިބަރަސްކަލާނގެ ރަސޫލުން ދުނިޔޭގައި އަޅަމެންނަށްކުރެއްވި އަމުރުގެތެދުކަން އަޅަމެން އަހައިފީމެވެ. ފަހެ صَالِحُ عَمَلُ ކުރުމަށް އަލުންވެސް އަޅަމެން ދުނިޔެއަށް ފޮނުއްވާދޭވެ! ހަމަކަށަވަރުން ދުނިޔޭގައި އަޅަމެން އިބަރަސްކަލާނގެ އެއްކައުވަންތަކަމާއިމެދު ޖާހިލުވިޔަސް މިހާރު އެއީ ތެދުކަމުގައި އަޅަމެން ޔަޤީންކުރަމެވެ.
وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ﴿13﴾وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
Transliteration: Walaw shina laatayna kulla nafsin hudaha walakin haqqa alqawlu minnee laamlaanna jahannama mina aljinnati waalnnasi ajmaAAeena
Translation: އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ކޮންމެ ނަފުސަކަށްވެސް އެނަފުސެއްގެ ތެދުމަގު ދައްކަވައިފީހެވެ. އަދި އެހެންނަމަވެސް ތިމަންރަސްކަލާނގެ حَضْرَةُ ގައި އެމީހުންގެ މައްޗަށް ޢަޒާބުގެބަސްފުޅު حِقُّ ވީއެވެ. ހަމަކަށަވަރުން ކާފަރުކަމާއި އުރެދުމުގެ އެންމެހައި މީސްތަކުން އަޅުއްވައިގެން ތިމަންރަސްކަލާނގެ ނަރަކަ ފުރަލާހުށީމެވެ.
فَذُوقُواْ بِمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَآ إِنَّا نَسِينَٰكُمۡۖ وَذُوقُواْ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ ﴿14﴾فَذُوقُواْ بِمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَآ إِنَّا نَسِينَٰكُمۡۖ وَذُوقُواْ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ
Transliteration: Fathooqoo bima naseetum liqaa yawmikum hatha inna naseenakum wathooqoo AAathaba alkhuldi bima kuntum taAAmaloona
Translation: ނަރަކަވަންތަވެރިންނަށް އެންގޭނެއެވެ. ކަލޭމެން މިދުވަހާއި ބައްދަލުވާނެކަން ހަނދާން ނައްތައިލުމުގެ ސަބަބުން އެކަމުގެ ރަހަލިބިގަންނާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެވެސް ކަލޭމެން ނަރަކައިގާ ހަނދާން ނައްތައިލީއެވެ. އަދި ކަލޭމެން ދުނިޔޭގައި ކުރިކަންތައްތަކުގެ ސަބަބުން ނިމުމެއްނެތް ދެމިހުންނަނިވި عَذَابُ ގެ ރަހަލިބިގަންނާށެވެ!
إِنَّمَا يُؤۡمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْۤ سُجَّدٗاۤ وَسَبَّحُواْ بِحَمۡدِ رَبِّهِمۡ وَهُمۡ لَا يَسۡتَكۡبِرُونَ۩ ﴿15﴾إِنَّمَا يُؤۡمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْۤ سُجَّدٗاۤ وَسَبَّحُواْ بِحَمۡدِ رَبِّهِمۡ وَهُمۡ لَا يَسۡتَكۡبِرُونَ۩
Transliteration: Innama yuminu biayatina allatheena itha thukkiroo biha kharroo sujjadan wasabbahoo bihamdi rabbihim wahum la yastakbiroona
Translation: ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ އެބައިމީހުންނަށް އެއާޔަތްތައް ذِكْرُ ކުރެވިއްޖެއްޔާ - ހަނދާންކޮށްދެވިއްޖެއްޔާ އެއިން وَعْظُ نَصِيْحَة ލިބިގަނެ އަދި سَجِدَة އަށްތިރިވާމީހުންނެވެ. (ނުވަތަ މަޑުމޮޅިވެ ކިޔަމަންތެރިވާ މީހުންނެވެ.) އަދި އެމީހުން އެމީހުންގެ رَبُّ އަށް تَسْبِيْح ކިޔައި حَمْدُ ކުރާމީހުންނެވެ. އަދިއެމީހުން ކިބުރުވެރިވެ ބޮޑާނުވެއެވެ.
تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ يَدۡعُونَ رَبَّهُمۡ خَوۡفٗا وَطَمَعٗا وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴿16﴾تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ يَدۡعُونَ رَبَّهُمۡ خَوۡفٗا وَطَمَعٗا وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
Transliteration: Tatajafa junoobuhum AAani almadajiAAi yadAAoona rabbahum khawfan watamaAAan wamimma razaqnahum yunfiqoona
Translation: އެމީހުން އެމީހުންގެ އަރިކަށިތައް އޮށޯންނަ ތަންތަނާއިދުރުކޮށްފޭކުރެއެވެ. އެބަހީ ރޭގަޑު ދަންވަރުތެދުވެ ދަމުނަމާދުކޮށް ހަދައެވެ. އަދި އެމީހުން އެމީހުންގެ رَبُّގެ ޢަޒާބަށް ބިރުންނާއި އެކަލާނގެ ރަޙްމަތަށް އެދި ދަހިވެތިވާޙާލު އެމީހުންގެ رَبُّ އަށް ދުޢާކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތިން އެމީހުން ހޭދަކުރެއެވެ.
فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ﴿17﴾فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
Transliteration: Fala taAAlamu nafsun ma okhfiya lahum min qurrati aAAyunin jazaan bima kanoo yaAAmaloona
Translation: އަދި އެމީހުންނަށްޓަކައި ރައްކާކުރެވި ވަންހަނާކުރެވިގެންވާ އުފާވެރިކަންތައްތަކާއި ލޮލަށް ފިނިކަންދޭ ކަންތައްތައްވަނީ ކިހާވަރަކަށްކަން ހަމައެއްވެސް ނޭގޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބިއިރު ކުރާކަމުގައިވީ ހެޔޮ ކަންތައްތަކުގެ ސަބަބުންނެވެ.
أَفَمَن كَانَ مُؤۡمِنٗا كَمَن كَانَ فَاسِقٗاۚ لَّا يَسۡتَوُۥنَ ﴿18﴾أَفَمَن كَانَ مُؤۡمِنٗا كَمَن كَانَ فَاسِقٗاۚ لَّا يَسۡتَوُۥنَ
Transliteration: Afaman kana muminan kaman kana fasiqan la yastawoona
Translation: އަޅެފަހެ މުއުމިނު މީހެއްކަމުގައިވީމީހާއާއި ނުބައި ނުލަފާ فَاسِقُ އަކު ކަމުގައިވީމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ އެފަދަމީހުން އެއްވަރެއްނުވާނެއެވެ.
أَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ جَنَّـٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُواْ يَعۡمَلُونَ ﴿19﴾أَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ جَنَّـٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُواْ يَعۡمَلُونَ
Transliteration: Amma allatheena amanoo waAAamiloo alssalihati falahum jannatu almawa nuzulan bima kanoo yaAAmaloona
Translation: އީމާންވެގެން صَالِحُ عَمَلُ ތައްކުރިމީހުން ދަންނައެވެ. ޤިޔާމަތްދުވަހުން އެމީހުން ގޮސްތިބޭނެ ތަނެއްކަމުގައި އެމީހުންނަށް ހުންނަހުރީ نِعْمَة ތަކުން ފުރިގެންވާ جَنَّةُ المَأوَى އެވެ ކިއުނު ސުވަރުގެއެވެ. އެއީ އެމީހުން ދުނިޔޭގައިކުރި ހެޔޮކަންތައްތަކުގެ ސަބަބުންނެވެ.
وَأَمَّا ٱلَّذِينَ فَسَقُواْ فَمَأۡوَىٰهُمُ ٱلنَّارُۖ كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَآ أُعِيدُواْ فِيهَا وَقِيلَ لَهُمۡ ذُوقُواْ عَذَابَ ٱلنَّارِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ﴿20﴾وَأَمَّا ٱلَّذِينَ فَسَقُواْ فَمَأۡوَىٰهُمُ ٱلنَّارُۖ كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَآ أُعِيدُواْ فِيهَا وَقِيلَ لَهُمۡ ذُوقُواْ عَذَابَ ٱلنَّارِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ
Transliteration: Waamma allatheena fasaqoo famawahumu alnnaru kullama aradoo an yakhrujoo minha oAAeedoo feeha waqeela lahum thooqoo AAathaba alnnari allathee kuntum bihi tukaththiboona
Translation: އަދި فَاسِقُ ވީމީހުން އެބަހީ ނުބައި ނުލަފާމީހުން ދަންނައެވެ. قِيَامَة ދުވަހުން އެމީހުން ތިބޭނީ ނަރަކައިގައެވެ. ގަދައަލިފާނުގައެވެ. އެމީހުން އެތަނުން ނުކުންނަން އެދޭކޮންމެހިނދެއްގައި އަލުންވެސް އެތަނަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ދޮގުކުރާކަމުގައިވި އަލިފާނުގެ ރަހަލިބިގަންނާށެވެ.
وَلَنُذِيقَنَّهُم مِّنَ ٱلۡعَذَابِ ٱلۡأَدۡنَىٰ دُونَ ٱلۡعَذَابِ ٱلۡأَكۡبَرِ لَعَلَّهُمۡ يَرۡجِعُونَ ﴿21﴾وَلَنُذِيقَنَّهُم مِّنَ ٱلۡعَذَابِ ٱلۡأَدۡنَىٰ دُونَ ٱلۡعَذَابِ ٱلۡأَكۡبَرِ لَعَلَّهُمۡ يَرۡجِعُونَ
Transliteration: Walanutheeqannahum mina alAAathabi aladna doona alAAathabi alakbari laAAallahum yarjiAAoona
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް ބޮޑު عَذَابُ ގެ ކުރިން ކުޑަ عَذَابُ ގެ ރަހަދައްކަވާހުރީމެވެ. އެއީ އެމީހުން ތައުބާވެ ހެޔޮމަގަށް رُجُوعَ ވޭތޯއެވެ. * ދަންނައެވެ. މިއާޔަތުގައިމިވާ ކުޑަ عَذَابُ އާއި ބޮޑު عَذَابُ ގެމުރާދަކާއިމެދު مُفَسِّرُ ންވާހަކަ ދައްކަވާފައި ވެއެވެ. ބައެއްބޭކަލޫން ވިދާޅުވެލައްވަނީ ކުޑަޢަޒާބަކީ ދުނިޔޭގައިޖެހޭ ބަލާތަކާއި އުދަގޫތައް ކަމުގައެވެ. ނުވަތަ ދީނުގެ ޙައްދުތައް ކަމުގައެވެ. ނުވަތައެއީ ބަލިމަޑުކަން ކަމަށެވެ. ނުވަތައެއީ ކައްވަޅުގެ عَذَابُ ކަމަށެވެ. އަދިމިނޫންވާހަކަތައްވެސްވެއެވެ. އަދި ބޮޑު عَذَابُ އަކީ آخِرَة ދުވަހުގެ عَذَابُ އެވެ.
وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ ﴿22﴾وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ
Transliteration: Waman athlamu mimman thukkira biayati rabbihi thumma aAArada AAanha inna mina almujrimeena muntaqimoona
Translation: އަދިއެމީހެއްގެ ގާތުގައި ތިމަންރަސްކަލާނގެ އާޔަތްތައް ހަނދާންކުރެވުމަށްފަހު އެއާޔަތްތައް ޤަބޫލުނުކޮށް އެނބުރި ފުރަގަސްދިން މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެވަކިންބޮޑު އަނިޔާވެރިއަކުނުވެއެވެ. އަދި އެއީ މުޖްރިމުންނެވެ. ހަމަކަށަވަރުން މުޖްރިމުންގެކިބައިން ތިމަންރަސްކަލާނގެ ބަދަލުހިއްޕަވާހޫށީމެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَلَا تَكُن فِي مِرۡيَةٖ مِّن لِّقَآئِهِۦۖ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَـٰٓءِيلَ ﴿23﴾وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَلَا تَكُن فِي مِرۡيَةٖ مِّن لِّقَآئِهِۦۖ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَـٰٓءِيلَ
Transliteration: Walaqad atayna moosa alkitaba fala takun fee miryatin min liqaihi wajaAAalnahu hudan libanee israeela
Translation: އަދި ހަމަކަށަވަރުން مُوسَى عَلَيْه السلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. އެއީ تَوْرَاة އެވެ. އަދި ބަނީ އިސްރާއީލުގެމީހުންނަށް ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ އެފޮތްލެއްވީމެވެ. (ނުވަތަ އެކަލޭގެފާނާއި ތަބާވުމުން އެމީހުންނަށް ތެދުމަގު ލިބޭނޭގޮތްކަމުގައި ހެއްދެވީމެވެ.)
وَجَعَلۡنَا مِنۡهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا لَمَّا صَبَرُواْۖ وَكَانُواْ بِـَٔايَٰتِنَا يُوقِنُونَ ﴿24﴾وَجَعَلۡنَا مِنۡهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا لَمَّا صَبَرُواْۖ وَكَانُواْ بِـَٔايَٰتِنَا يُوقِنُونَ
Transliteration: WajaAAalna minhum aimmatan yahdoona biamrina lamma sabaroo wakanoo biayatina yooqinoona
Translation: އަދި އެމީހުންގެތެރެއިން އެބަހީ ބަނީ އިސްރާއީލުގެތެރެއިން ތިމަންރަސްކަލާނގެ އިމާމުންލެއްވީމެވެ. އެމީހުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް މީސްތަކުންނަށް ތެދުމަގުދައްކައެވެ. އެއީ އެމީހުން ކެތްތެރިވީ ހިނދުންނެވެ. އަދި އެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ޔަޤީންކުރާބަޔަކު ކަމުގައެވެ.
إِنَّ رَبَّكَ هُوَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ﴿25﴾إِنَّ رَبَّكَ هُوَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
Transliteration: Inna rabbaka huwa yafsilu baynahum yawma alqiyamati feema kanoo feehi yakhtalifoona
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ އެމީހުންގެމެދުގައި ދެބަސްވެ إخْتِلآفُ ވާކަންތައްތައް قِيَامَة ދުވަހުން ރަނގަޅަށް تَفْصِيْلُ ކޮށްބަޔާންކޮށްދެއްވާހުއްޓެވެ.
أَوَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٍۚ أَفَلَا يَسۡمَعُونَ ﴿26﴾أَوَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٍۚ أَفَلَا يَسۡمَعُونَ
Transliteration: Awalam yahdi lahum kam ahlakna min qablihim mina alqurooni yamshoona fee masakinihim inna fee thalika laayatin afala yasmaAAoona
Translation: އަދި މިމައްކާގެ އަހުލުވެރިން ގެކުރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީ ކިތައް قَرْنُ ކަން ކިތައް ކިތައް أُمَّة ކަން އެމީހުންނަށް ފަހެނޭގެބާވައެވެ؟ މިމީހުން ހިނގާބިނގާއެވަނީ އެ أُمَّة ތަކުގެ މީހުން އުޅުނު ތަންތަނުންލައިފައެވެ. (އެމީސްމީހުން ހަލާކުވެދިޔައީ އެމީހުންގެ ރަސޫލުންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ހެޔޮއެއްޗެތި އަހާ އަދި ހެޔޮއެއްޗެތި ވިސްނާބަޔަކަށް އެކަންކަމުގައިވެސް ކަނޑައެޅިބަޔާންވެގެންވާ ދަލީލުވެއެވެ. عِبْرَةُ އާއި نَصِيْحَة ވެއެވެ.
أَوَلَمۡ يَرَوۡاْ أَنَّا نَسُوقُ ٱلۡمَآءَ إِلَى ٱلۡأَرۡضِ ٱلۡجُرُزِ فَنُخۡرِجُ بِهِۦ زَرۡعٗا تَأۡكُلُ مِنۡهُ أَنۡعَٰمُهُمۡ وَأَنفُسُهُمۡۚ أَفَلَا يُبۡصِرُونَ ﴿27﴾أَوَلَمۡ يَرَوۡاْ أَنَّا نَسُوقُ ٱلۡمَآءَ إِلَى ٱلۡأَرۡضِ ٱلۡجُرُزِ فَنُخۡرِجُ بِهِۦ زَرۡعٗا تَأۡكُلُ مِنۡهُ أَنۡعَٰمُهُمۡ وَأَنفُسُهُمۡۚ أَفَلَا يُبۡصِرُونَ
Transliteration: Awalam yaraw anna nasooqu almaa ila alardi aljuruzi fanukhriju bihi zarAAan takulu minhu anAAamuhum waanfusuhum afala yubsiroona
Translation: އެއްވެސް ފެންފޮދެއް ގަހެއްނެތް ހަނަފަސް ހިކި ބިންގަޑަށް ތިމަންރަސްކަލާނގެ ވާރޭފެން ވެއްސަވާކަން އެމީހުންނަށް -އެބަހީ قِيَامَة ދުވަސް ޤަބޫލުނުކުރާމީހުންނަށްފަހެ ނުފެނޭބާވައެވެ. ނޭގޭބަވައެވެ؟ ދެންއެފެނުގެސަބަބުން ތިމަންރަސްކަލާނގެ ދަނޑާއި ގަސްގަހާގެހި ނެރުއްވަމެވެ. އަދި އެތަކެތިން އެމީހުންގެ نَعَم ސޫފިތަކާއި އަދި އެމީހުންވެސްކައިހަދައެވެ. މިކަންކަން އެމީހުންފަހެ ނުދެކެނީބާވައެވެ؟ އެއިން ޢިބުރަތެއްނެތީބާވައެވެ؟ (މީސްތަކުން މަރުވުމަށްފަހު އެމީހުން ދިރުއްވައި محْشَرُ އަށްފޮނުއްވުން ތިމަންރަސްކަލާނގެ އަށް ދަތިވާނީ ކޮންފަދައަކުން ހެއްޔެވެ؟)
وَيَقُولُونَ مَتَىٰ هَٰذَا ٱلۡفَتۡحُ إِن كُنتُمۡ صَٰدِقِينَ ﴿28﴾وَيَقُولُونَ مَتَىٰ هَٰذَا ٱلۡفَتۡحُ إِن كُنتُمۡ صَٰدِقِينَ
Transliteration: Wayaqooloona mata hatha alfathu in kuntum sadiqeena
Translation: އެމީހުން - އެބަހީ މުޝްރިކުން- ބުނެއެވެ. = ކަލޭމެންތިޔައީ ތެދުބުނާ ބަޔަކު ކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ.) ތިޔަބުނާ فَتَحَ އެއް (ތިޔަބުނާ حُكْمُ އެއް) އޮންނާނީ ކޮންއިރަކުން ބާވައެވެ؟
قُلۡ يَوۡمَ ٱلۡفَتۡحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓاْ إِيمَٰنُهُمۡ وَلَا هُمۡ يُنظَرُونَ ﴿29﴾قُلۡ يَوۡمَ ٱلۡفَتۡحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓاْ إِيمَٰنُهُمۡ وَلَا هُمۡ يُنظَرُونَ
Transliteration: Qul yawma alfathi la yanfaAAu allatheena kafaroo eemanuhum wala hum yuntharoona
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! فَتَحَ ގެދުވަސް ނުވަތަ حُكْمُ ކުރައްވާދުވަހުން = ކާފަރުންނަށް އެމީހުންގެ އީމާންކަމުގެ. މަންފާ ނުކުރާނެއެވެ. އަދި އެމީހުންނަކީ ތައުބާވުމަށް ފަސްކުރެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.
فَأَعۡرِضۡ عَنۡهُمۡ وَٱنتَظِرۡ إِنَّهُم مُّنتَظِرُونَ ﴿30﴾فَأَعۡرِضۡ عَنۡهُمۡ وَٱنتَظِرۡ إِنَّهُم مُّنتَظِرُونَ
Transliteration: FaaAArid AAanhum waintathir innahum muntathiroona
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނު އެމީހުންގެ ކިބައިން ދުރުވެވަޑައި ގަންނަވާށެވެ. (އަދި އެމީހުންނާއިމެދު الله ކަންތައް ގެންދަވާގޮތް ބެއްލެވުމަށް) = ކަލޭގެފާނު إنْتِظَارُ ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުން - އެބަހީ މުޝްރިކުންވެސް - އެވަނީ (އެމީހުންނަށް وَعْدُ ވެވިގެންވާ عَذَابُ އަށް إنْتِظَارُ ކުރެވިގެންވާ ބަޔަކު ކަމުގައެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download