quranm◉

Surah Ghafir transliteration

◉ ސޫރަ · ∞

40:1

حمٓ ﴿1﴾

Transliteration: Hameem

Translation: حم: މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިބާވަތުގެ އެންމެހައި އަކުރުތަކާމެދު مفسّر ން ދެއްކި ވާހަކައިގެ خلاصة އިން ފާހަގަކުރެވުނު ދެ ފައިދާއެއްގެ ވާހަކަ އަދި ފަހުން ދަންނަވާނަމެވެ.

40:2

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡعَلِيمِ ﴿2﴾

Transliteration: Tanzeelu alkitabi mina Allahi alAAazeezi alAAaleemi

Translation: ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ.

40:3

غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوۡبِ شَدِيدِ ٱلۡعِقَابِ ذِي ٱلطَّوۡلِۖ لَآ إِلَٰهَ إِلَّا هُوَۖ إِلَيۡهِ ٱلۡمَصِيرُ ﴿3﴾

Transliteration: Ghafiri alththanbi waqabili alttawbi shadeedi alAAiqabi thee alttawli la ilaha illa huwa ilayhi almaseeru

Translation: އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، توبة ވާ އަޅުންގެ توبة قبول ކުރައްވާ ކަލާނގެއެވެ. އަދި އެޔާއެކު އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް عقوبة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ فضل ވަންތަކަން ބޮޑުވެގެންވާ، އަދި ގިނަގިނަ إحسان ވަންތަކަން އެކަލާނގެ އަޅުތަކުންނަށް ދެއްވުމުގެ ވެރި ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إلٰهއަކު ނުވެއެވެ. ހުރިހާ ކަމެއް އެންމެ ފަހުން އެނބުރިދިއުން ވަނީ އެކަލާނގެ حضرة އަށެވެ.

40:4

مَا يُجَٰدِلُ فِيٓ ءَايَٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُواْ فَلَا يَغۡرُرۡكَ تَقَلُّبُهُمۡ فِي ٱلۡبِلَٰدِ ﴿4﴾

Transliteration: Ma yujadilu fee ayati Allahi illa allatheena kafaroo fala yaghrurka taqallubuhum fee albiladi

Translation: ކާފަރުވެއްޖެ ބަޔަކު މެނުވީ ﷲ ގެ އާޔަތްތަކަށް (ރައްދުކޮށް، ދޮގުކުރުމަށް) جدل ނުކުރާނެއެވެ. ފަހެ ކާފަރުވީ މީސްތަކުން ރަށްރަށުގައި އެ ފުރޮޅޭ ފުރޮޅުންތަކަށް ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ!\nއެބަހީ އެމީހުން ވިޔަފާރިޔާއި، އަދި ترقّى ގެ ގޮތުންނޭ ކިޔައިގެން ކުރަމުން އެގެންދާ ޒާތްޒާތުގެ مشروع ތަކުގެ ސަބަބުން ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! ސީދާ މަގުގައި ކަލޭގެފާނު ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކާފަރުންގެ ކުރިއެރުމަށް ނުބައްލަވާށެވެ. އެހެނީ އެމީހުންގެ ނިމުމަކީ ހަލާކެވެ. ދެން آخرة ގައި عذاب އެވެ.

40:5

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَٱلۡأَحۡزَابُ مِنۢ بَعۡدِهِمۡۖ وَهَمَّتۡ كُلُّ أُمَّةِۭ بِرَسُولِهِمۡ لِيَأۡخُذُوهُۖ وَجَٰدَلُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّ فَأَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ ﴿5﴾

Transliteration: Kaththabat qablahum qawmu noohin waalahzabu min baAAdihim wahammat kullu ommatin birasoolihim liyakhuthoohu wajadaloo bialbatili liyudhidoo bihi alhaqqa faakhathtuhum fakayfa kana AAiqabi

Translation: (مكّة ގެ قريش ންގެ) ކުރިން نوح ގެ قوم ގެ މީހުން އެމީހުންގެ رسول އާ ދޮގުކުރިއެވެ. އަދި އެމީހުންގެ ފަހުން ދެން އައި އެންމެހައި أمّة ތައްވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ބޭކަލުން ދޮގުކުރިއެވެ. ކޮންމެ أمّة އެއްވެސް މަސައްކަތްކުރީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު رسول އާ ހިފައިގަތުމަށެވެ. އެ ބޭކަލަކަށް އަނިޔާކުރުމަށެވެ. އަދި باطل ގޮތްގޮތުން އެ ބޭކަލުންނާ جدل ތައް ކުރިއެވެ. އެއީ حقّ ފުހެލައި، ނެތިކޮށްލުމަށް ޓަކައެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، عقوبة ވީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ވީ ވަރަށް ގަދަފަދަކޮށެވެ.)

40:6

وَكَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ أَصۡحَٰبُ ٱلنَّارِ ﴿6﴾

Transliteration: Wakathalika haqqat kalimatu rabbika AAala allatheena kafaroo annahum ashabu alnnari

Translation: (އޭ رسول الله އެވެ!) ކާފަރުވީ މީސްތަކުންގެ މައްޗަށް ކަލޭގެފާނުގެ ربّ ގެ وعيد ގެ ބަސްފުޅު حقّ ވީ އެފަދައިންނެވެ. عذاب ގެ كلمة ފުޅު واجب ވީ އެފަދައިންނެވެ. ހަމަކަށަވަރުން އެމީހުން ވީ ނަރަކައިގެ އެކުވެރީން ކަމުގައެވެ.

40:7

ٱلَّذِينَ يَحۡمِلُونَ ٱلۡعَرۡشَ وَمَنۡ حَوۡلَهُۥ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيُؤۡمِنُونَ بِهِۦ وَيَسۡتَغۡفِرُونَ لِلَّذِينَ ءَامَنُواْۖ رَبَّنَا وَسِعۡتَ كُلَّ شَيۡءٖ رَّحۡمَةٗ وَعِلۡمٗا فَٱغۡفِرۡ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمۡ عَذَابَ ٱلۡجَحِيمِ ﴿7﴾

Transliteration: Allatheena yahmiloona alAAarsha waman hawlahu yusabbihoona bihamdi rabbihim wayuminoona bihi wayastaghfiroona lillatheena amanoo rabbana wasiAAta kulla shayin rahmatan waAAilman faighfir lillatheena taboo waittabaAAoo sabeelaka waqihim AAathaba aljaheemi

Translation: عرش އުފުއްލަވާ މަލާއިކަތް ބޭކަލުންނާއި، އަދި عرش ވަށައިގެންވާ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ربّ އަށް حمد ކުރައްވައި، تسبيح ވިދާޅުވެއެވެ. އަދި އެ ބޭކަލުން އެކަލާނގެއަށް އީމާންވެވަޑައިގަންނަވައެވެ. އަދި އީމާންވެގެންވާ މީސްތަކުން ގެ ފާފަ ފުއްސެވުމަށް (ﷲ ގެ حضرة ގައި ދަންނަވައި) އެދިވަޑައިގަންނަވައެވެ. (އަދި އެބޭކަލުން ވިދާޅުވެއެވެ.) [އޭ އަޅަމެންގެ ވެރި ربّ އެވެ! އިބަ ރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން އެންމެހައި خلق ތަކުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ (މީސްތަކުން ކުރެ) އިބަރަސްކަލާނގެ حضرة އަށް توبة ވެ رجوع ވި އަދި އިބަރަސްކަލާނގެ މަގާ، (އެބަހީ އިސްލާމްދީނާ) تبع ވި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!

40:8

رَبَّنَا وَأَدۡخِلۡهُمۡ جَنَّـٰتِ عَدۡنٍ ٱلَّتِي وَعَدتَّهُمۡ وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّـٰتِهِمۡۚ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿8﴾

Transliteration: Rabbana waadkhilhum jannati AAadnin allatee waAAadtahum waman salaha min abaihim waazwajihim wathurriyyatihim innaka anta alAAazeezu alhakeemu

Translation: [އަދި އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ އެބައިމީހުންނަށް وعد ކުރައްވާފައިވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާދޭވެ! އަދި އެބައިމީހުންގެ ކާބަފައިންގެ ތެރެއިންނާއި، އެބައިމީހުންގެ އަނބީންގެ ތެރެއިންނާއި، އަދި އެބައިމީހުންގެ ދަރިފަސްކޮޅުންވެސް އެ ސުވަރުގެއަށް ވަނުމަށް صلح ވެގެންވާ އެންމެން އެ ސުވަރުގެއަށް ވައްދަވާދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.

40:9

وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَئِذٖ فَقَدۡ رَحِمۡتَهُۥۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿9﴾

Transliteration: Waqihimu alssayyiati waman taqi alssayyiati yawmaithin faqad rahimtahu wathalika huwa alfawzu alAAatheemu

Translation: އަދި ނުބައި ކަންތަކުން - އެބަހީ ނުބައި ކަންތަކުގެ عذاب ން - އެމީހުން ސަލާމަތްކުރައްވާދޭވެ! އަދި އެދުވަހުގެ عذاب ން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް އިބަރަސްކަލާނގެ رحمة ލައްވައިފިއެވެ. އަދި ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.]

40:10

إِنَّ ٱلَّذِينَ كَفَرُواْ يُنَادَوۡنَ لَمَقۡتُ ٱللَّهِ أَكۡبَرُ مِن مَّقۡتِكُمۡ أَنفُسَكُمۡ إِذۡ تُدۡعَوۡنَ إِلَى ٱلۡإِيمَٰنِ فَتَكۡفُرُونَ ﴿10﴾

Transliteration: Inna allatheena kafaroo yunadawna lamaqtu Allahi akbaru min maqtikum anfusakum ith tudAAawna ila aleemani fatakfuroona

Translation: ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. [ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ.]\n* ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ [ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ.]

40:11

قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٖ مِّن سَبِيلٖ ﴿11﴾

Transliteration: Qaloo rabbana amattana ithnatayni waahyaytana ithnatayni faiAAtarafna bithunoobina fahal ila khuroojin min sabeelin

Translation: (އެމީހުން ﷲ އަށް ދަންނަވާނެއެވެ.) [އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟] (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. [އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟] (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. [އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟] (މީގެ جواب އެއް ކަމުގައި ވާނީ [ނުވެއެވެ.] މިހެންނެވެ.)

40:12

ذَٰلِكُم بِأَنَّهُۥٓ إِذَا دُعِيَ ٱللَّهُ وَحۡدَهُۥ كَفَرۡتُمۡ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِيِّ ٱلۡكَبِيرِ ﴿12﴾

Transliteration: Thalikum biannahu itha duAAiya Allahu wahdahu kafartum wain yushrak bihi tuminoo faalhukmu lillahi alAAaliyyi alkabeeri

Translation: [ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ.]

40:13

هُوَ ٱلَّذِي يُرِيكُمۡ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزۡقٗاۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ ﴿13﴾

Transliteration: Huwa allathee yureekum ayatihi wayunazzilu lakum mina alssamai rizqan wama yatathakkaru illa man yuneebu

Translation: އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ.

40:14

فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ ﴿14﴾

Transliteration: FaodAAoo Allaha mukhliseena lahu alddeena walaw kariha alkafiroona

Translation: (އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ.

40:15

رَفِيعُ ٱلدَّرَجَٰتِ ذُو ٱلۡعَرۡشِ يُلۡقِي ٱلرُّوحَ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦ لِيُنذِرَ يَوۡمَ ٱلتَّلَاقِ ﴿15﴾

Transliteration: RafeeAAu alddarajati thoo alAAarshi yulqee alrrooha min amrihi AAala man yashao min AAibadihi liyunthira yawma alttalaqi

Translation: އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ.\n• ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ.\n• قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ.

40:16

يَوۡمَ هُم بَٰرِزُونَۖ لَا يَخۡفَىٰ عَلَى ٱللَّهِ مِنۡهُمۡ شَيۡءٞۚ لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ ﴿16﴾

Transliteration: Yawma hum barizoona la yakhfa AAala Allahi minhum shayon limani almulku alyawma lillahi alwahidi alqahhari

Translation: އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. [މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟] (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. [ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ. (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.)

40:17

ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴿17﴾

Transliteration: Alyawma tujza kullu nafsin bima kasabat la thulma alyawma inna Allaha sareeAAu alhisabi

Translation: [މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުނން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

40:18

وَأَنذِرۡهُمۡ يَوۡمَ ٱلۡأٓزِفَةِ إِذِ ٱلۡقُلُوبُ لَدَى ٱلۡحَنَاجِرِ كَٰظِمِينَۚ مَا لِلظَّـٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ ﴿18﴾

Transliteration: Waanthirhum yawma alazifati ithi alquloobu lada alhanajiri kathimeena ma lilththalimeena min hameemin wala shafeeAAin yutaAAu

Translation: (އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ.

40:19

يَعۡلَمُ خَآئِنَةَ ٱلۡأَعۡيُنِ وَمَا تُخۡفِي ٱلصُّدُورُ ﴿19﴾

Transliteration: YaAAlamu khainata alaAAyuni wama tukhfee alssudooru

Translation: (ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ.

40:20

وَٱللَّهُ يَقۡضِي بِٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَقۡضُونَ بِشَيۡءٍۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴿20﴾

Transliteration: WaAllahu yaqdee bialhaqqi waallatheena yadAAoona min doonihi la yaqdoona bishayin inna Allaha huwa alssameeAAu albaseeru

Translation: (އެ ކަންކަމަށް (ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

40:21

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ كَانُواْ مِن قَبۡلِهِمۡۚ كَانُواْ هُمۡ أَشَدَّ مِنۡهُمۡ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٖ ﴿21﴾

Transliteration: Awa lam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena kanoo min qablihim kanoo hum ashadda minhum quwwatan waatharan fee alardi faakhathahumu Allahu bithunoobihim wama kana lahum mina Allahi min waqin

Translation: އެމީހުން يعني مكّة ގެ أهل ވެރީން ފަހެ ބިމުގައި ދަތުރުފަތުރުކޮށް، އެމީހުންގެ ކުރީން އިސްވެދިޔަ އެބާވަތުގެ މީހުންގެ ނިމުން ހުރިގޮތް ބަލައި އެއިން عبرة حاصل ކޮށް ނަހަދާނޭ ބާވައެވެ؟ އިސްވެދިޔަ قوم ތަކުގެ މީހުން ވީ ބާރުގެ ގޮތުން މިމީހުންނަށްވުރެ މާ ގަދަފަދަ ކަމުގައެވެ. ބިމުގައި އެމީހުންގެ އަސަރުތައްވެސް މިމީހުންނަށްވުރެ މާ ގަދަވެފައި ހަރުދަނާއެވެ. (عاد ބާގައިގެ މީހުންނާއި، ثمود ބާގައިގެ މީހުންނާއި، އަދިކިތަންމެ ބައެއްގެ ގޮވަތިގެދޮރުގެވެސް އަސަރު އަދިއަދަށް ދާނދެން ފެންނަން އެ ހުރީ ވިއްޔާއެވެ. ހުނަރުވެރި ކަމާއި، ގަދަފަދަކަމުގައި މި މައްކާގެ މީހުންނަށްވުރެ އެމީހުން މާ މައްޗެވެ. (ނަމަވެސް އެމީހުން ނުކިޔަމަންތެރި ވުމުން) ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. އެއީ އެމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އަދި އެ މީސްމީހުންނަށް ﷲ ގެ عذاب އައި ހިނދުން އެއިން މީހަކު ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދޭނޭ އެކަކުވެސް ނުވިއެވެ.

40:22

ذَٰلِكَ بِأَنَّهُمۡ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُۚ إِنَّهُۥ قَوِيّٞ شَدِيدُ ٱلۡعِقَابِ ﴿22﴾

Transliteration: Thalika biannahum kanat tateehim rusuluhum bialbayyinati fakafaroo faakhathahumu Allahu innahu qawiyyun shadeedu alAAiqabi

Translation: އެމީހުންނަށް އެހެން ވާން ޖެހުނީ - އެ عذاب އެމީހުންނަށް އައީ ބަޔާންވެގެންވާ دليل ތަކާއިގެން އެމީހުންގެ ގާތަށް رسول ބޭކަލުން ވަޑައިގެންނެވުމުން އެމީހުން إيمان ނުވެ އެކަލޭގެފާނަށް كافر ވީ ކަމަށް ޓަކައެވެ. ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ، އަދި عقوبة ދެއްވުންވެސް ނުހަނު ގަދަފަދަ ވެގެންވާ ކަލާނގެއެވެ. (މި ކަންކަމުން عبرة حاصل ކުރުން ހުއްޓެވެ.)

40:23

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ﴿23﴾

Transliteration: Walaqad arsalna moosa biayatina wasultanin mubeenin

Translation: އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކާއި، އަދި ބަޔާންވެގެންވާ حجّة އާއި، دليل އާއެކު ތިމަން ރަސްކަލާނގެ موسى عَليه السلام رسول ކަމާއިގެން ފޮނުއްވީމެވެ. (އެއީ ތިމަން ރަސްކަލާނގެ އެއްކައުވަންތަ ކަމާއި، ކުޅަދުންވަންތަ ކަމާއި، އަދި އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި، دليل ތަކާއިގެނނެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ عصا ކޮޅާއި، އަތްޕުޅު، އަދިވެސް އެތަކެއް معجزة އެވެ. އެކަލޭގެފާނަށް ނުވަ معجزة ވެއެވެ.)

40:24

إِلَىٰ فِرۡعَوۡنَ وَهَٰمَٰنَ وَقَٰرُونَ فَقَالُواْ سَٰحِرٞ كَذَّابٞ ﴿24﴾

Transliteration: Ila firAAawna wahamana waqaroona faqaloo sahirun kaththabun

Translation: އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވުނީ فرعون އާއި، އަދި އޭނާގެ وزير هامان އާއި، އަދި އެވަގުތު އެތާ ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ހިމެނޭ قارون އާއި؛ މި މީސްމީހުންގެ ގާތަށެވެ. ފަހެ އެ މީހުންގެ ގާތަށް موسى عَليه السلام ވަޑައިގަތުމުން އެމީހުން ބުނީ އެއީ ދޮގުވެރި سحر ވެރިއެއް ކަމަށެވެ.

40:25

فَلَمَّا جَآءَهُم بِٱلۡحَقِّ مِنۡ عِندِنَا قَالُواْ ٱقۡتُلُوٓاْ أَبۡنَآءَ ٱلَّذِينَ ءَامَنُواْ مَعَهُۥ وَٱسۡتَحۡيُواْ نِسَآءَهُمۡۚ وَمَا كَيۡدُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ ﴿25﴾

Transliteration: Falamma jaahum bialhaqqi min AAindina qaloo oqtuloo abnaa allatheena amanoo maAAahu waistahyoo nisaahum wama kaydu alkafireena illa fee dalalin

Translation: ފަހެ އެމީހުންގެ ގާތަށް موسى عَلَيهِ السلام حقّ އާއިގެން ވަޑައިގެންނެވުމުން (معجزة ތަކާއިގެން ވަޑައިގަތުމުން) އެމީހުން ބުނީ موسى ގެ އަރިހުގައި އީމާންވެގެންވާ މީސްތަކުންގެ ފިރިހެން ދަރީން މެރުމަށެވެ. އަދި އަންހެން ދަރީން ނުމަރައި ދޫކުރުމަށެވެ. އަދި فرعون ގެ ރޭވުން ހަމަ ގެއްލި ހަލާކުވެގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.

40:26

وَقَالَ فِرۡعَوۡنُ ذَرُونِيٓ أَقۡتُلۡ مُوسَىٰ وَلۡيَدۡعُ رَبَّهُۥٓۖ إِنِّيٓ أَخَافُ أَن يُبَدِّلَ دِينَكُمۡ أَوۡ أَن يُظۡهِرَ فِي ٱلۡأَرۡضِ ٱلۡفَسَادَ ﴿26﴾

Transliteration: Waqala firAAawnu tharoonee aqtul moosa walyadAAu rabbahu innee akhafu an yubaddila deenakum aw an yuthhira fee alardi alfasada

Translation: އަދި فرعون ބުންޏެވެ. [موسى މެރުމަށް ޓަކައި ކަލޭމެން އަހުރެން ދޫކޮށްލާށެވެ! އޭނާ އެ ބުނާ އޭނާގެ ربّ އަށް އެކަން މަނާކުރުމަށް ގޮވައިފާނޭ ތާއެވެ! (އަހުރެންނަށް ހީވާ ގޮތުގައި އޭނާގެ ربّ އެއް ނުވެއެވެ. އެންމެންގެ ربّ އަކީ އަހުރެންނެވެ.) އަހުރެން ބިރުގަންނަނީ އޭނާ ކަލޭމެންގެ دين ބަދަލުކޮށްފާނޭތީ އެވެ. ނުވަތަ ބިންމަތީގައި ބޮޑު ފަސާދައެއް ކޮށްފާނޭތީއެވެ.

40:27

وَقَالَ مُوسَىٰٓ إِنِّي عُذۡتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٖ لَّا يُؤۡمِنُ بِيَوۡمِ ٱلۡحِسَابِ ﴿27﴾

Transliteration: Waqala moosa innee AAuthtu birabbee warabbikum min kulli mutakabbirin la yuminu biyawmi alhisabi

Translation: އަދި موسى عَلَيهِ السلام ވިދާޅުވިއެވެ. [ (އޭ މީސްތަކުންނޭވެ!) އަހުރެންނާއި، ކަލޭމެންގެ ربّ ގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އަހުރެން މި އެދެނީ ހިސާބު ބައްލަވާ ދުވަހަށް އީމާން ނުވާ (މި فرعون ކަހަލަ) ބޮޑާ كبر ވެރި ކޮންމެ މީހަކުގެ ކިބައިން ސަލާމަތް ވުމަށެވެ.

40:28

وَقَالَ رَجُلٞ مُّؤۡمِنٞ مِّنۡ ءَالِ فِرۡعَوۡنَ يَكۡتُمُ إِيمَٰنَهُۥٓ أَتَقۡتُلُونَ رَجُلًا أَن يَقُولَ رَبِّيَ ٱللَّهُ وَقَدۡ جَآءَكُم بِٱلۡبَيِّنَٰتِ مِن رَّبِّكُمۡۖ وَإِن يَكُ كَٰذِبٗا فَعَلَيۡهِ كَذِبُهُۥۖ وَإِن يَكُ صَادِقٗا يُصِبۡكُم بَعۡضُ ٱلَّذِي يَعِدُكُمۡۖ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ مُسۡرِفٞ كَذَّابٞ ﴿28﴾

Transliteration: Waqala rajulun muminun min ali firAAawna yaktumu eemanahu ataqtuloona rajulan an yaqoola rabbiyya Allahu waqad jaakum bialbayyinati min rabbikum wain yaku kathiban faAAalayhi kathibuhu wain yaku sadiqan yusibkum baAAdu allathee yaAAidukum inna Allaha la yahdee man huwa musrifun kaththabun

Translation: (موسى عَلَيهِ السلام މަރާން فرعون ނިންމީމާ) فرعون ގެ ގާތްތިމާގެ މީހުންގެ ތެރެއިން އީމާންވެގެން، އީމާންކަން ވަންހަނާކޮށްގެން ހުރި މީހަކު ބުންޏެވެ. ['ތިމަންނާގެ ربّ އަކީ ﷲ އޭ' ބުނާތީ ކަލޭމެން އެހެން ބުނާ މީހަކު މަރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެ ގާތަށް އޭނާ އެ އައީ بيان ވެގެންވާ حجّة އާއި، دليل އާއިގެންނެވެ. އަދި އޭނާއީ ދޮގުވެރިއެއް ކަމަށް ވަންޏާ، އޭނާ އެ ބުނާ ދޮގުގެ عقوبة އެއް އޮންނާނީ ހަމަ އޭނާއަށެވެ. އަދި އޭނާއީ ތެދުވެރިއެއް ކަމުގައި ވަންޏާ ކަލޭމެންނަށް އަތުވެދާނޭ ކަމަށް އޭނާ އެ وعد ކުރާ ބައެއް عذاب ކަލޭމެންނަށް (ދުނިޔޭގައިވެސް) އަތުވެދާނެއެވެ. ހަމަކަށަވަރުން ކާފަރުކަމާއި، އަނިޔާވެރި ކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (ކަލޭމެން ތިޔަ ބުނަނީ އޭނާ އެއީ ދޮގުވެރި، އަދި އަނިޔާވެރިއެއް ކަމަށެވެ. އެހެންކަމަށް ވެއްޖެއްޔާ އޭނާއަކަށް އެއްވެސް ތެދުމަގެއް ނުލިބޭނެއެވެ.)

40:29

يَٰقَوۡمِ لَكُمُ ٱلۡمُلۡكُ ٱلۡيَوۡمَ ظَٰهِرِينَ فِي ٱلۡأَرۡضِ فَمَن يَنصُرُنَا مِنۢ بَأۡسِ ٱللَّهِ إِن جَآءَنَاۚ قَالَ فِرۡعَوۡنُ مَآ أُرِيكُمۡ إِلَّا مَآ أَرَىٰ وَمَآ أَهۡدِيكُمۡ إِلَّا سَبِيلَ ٱلرَّشَادِ ﴿29﴾

Transliteration: Ya qawmi lakumu almulku alyawma thahireena fee alardi faman yansuruna min basi Allahi in jaana qala firAAawnu ma oreekum illa ma ara wama ahdeekum illa sabeela alrrashadi

Translation: [އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެންނަށް މިއަދު މި (مصر ގެ) ބިމުގައި ވެރިކަން ލިބި، ކަލޭމެން ގަދަވެގެން ވެއެވެ. އެކަމަކު އަހުރެމެންނަށް ﷲ ގެ عذاب އާއި، ކޯފާ އަތުވެއްޖެއްޔާ ދެން އަހުރެމެންނަށް نصر ދީ، ވާގިވެރި ވެދޭނީ ކާކު ހެއްޔެވެ؟ (އެކަކުވެސް ނުހުންނާނެއެވެ.) ] فرعون ބުންޏެވެ. [އަހުރެން ކަލޭމެންނަށް މި އިޝާރަތްކުރަނީ އަހުރެންނަށް ފެންނަ ހަމަ އެންމެ ރަނގަޅު ގޮތެވެ. (އެއީ موسى މެރުމެވެ.) އަދި ހަމަ އެންމެ ސީދާ ތެދުމަގު މެނުވީ އަހުރެން ކަލޭމެންނަށް ނުދައްކަމެވެ.

40:30

وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُم مِّثۡلَ يَوۡمِ ٱلۡأَحۡزَابِ ﴿30﴾

Transliteration: Waqala allathee amana ya qawmi innee akhafu AAalaykum mithla yawmi alahzabi

Translation: އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ. (ރަސޫލު ބޭކަލުން ދޮގުކުރި އިސްވެދިޔަ) أمّة ތަކުގެ މީހުންނަށް އައިފަދަ عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ހަމަކަށަވަރުން އަހުރެން ބިރުގަންނަމެވެ.

40:31

مِثۡلَ دَأۡبِ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡۚ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعِبَادِ ﴿31﴾

Transliteration: Mithla dabi qawmi noohin waAAadin wathamooda waallatheena min baAAdihim wama Allahu yureedu thulman lilAAibadi

Translation: އެއީ نوح قوم، عاد قوم، ثمود قوم އަދި އޭގެ ފަހުންވެސް އައި އެބާވަތުގެ މީހުންގެ މައްޗަށް އައިފަދަ عذاب އަތުވެދާނޭތީ އެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާކަށް ﷲ އެދިވޮޑި ނުގަންނަވައެވެ. (އެހެންވެ އޭގެ ކުރީން رسول ން ފޮނުއްވައިގެން إنذار ކުރައްވަނީއެވެ.

40:32

وَيَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُمۡ يَوۡمَ ٱلتَّنَادِ ﴿32﴾

Transliteration: Waya qawmi innee akhafu AAalaykum yawma alttanadi

Translation: [އޭ އަހުރެންގެ قوم އެވެ. އަހުރެން ތިޔަބައިމީހުންގެ މައްޗަށް ބިރުގަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ގޮވާ، قيامة ދުވަހާމެދުގައެވެ. (ސުވަރުގެވަންތަ ވެރީންނަށް ނަރަކަވަންތަ ވެރީން އެދުވަހުން ގޮވާހުއްޓެވެ. ފެންފޮދެއް ދެއްވައިތޯ ގޮވާނެއެވެ.....)

40:33

يَوۡمَ تُوَلُّونَ مُدۡبِرِينَ مَا لَكُم مِّنَ ٱللَّهِ مِنۡ عَاصِمٖۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ﴿33﴾

Transliteration: Yawma tuwalloona mudbireena ma lakum mina Allahi min AAasimin waman yudlili Allahu fama lahu min hadin

Translation: އެދުވަހުން ތިޔަބައިމީހުން (محشر ގެ މައިދާނުން ނަރަކަޔާ ދިމާއަށް / ނުވަތަ ނަރަކައިން ސަލާމަތްވެ ފިލާން) ފުރަގަސްދީ ދުވާނެއެވެ. އެދުވަހުން ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކުރާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނޭ ހަމަ އެކަކުވެސް ނުވާނެއެވެ.

40:34

وَلَقَدۡ جَآءَكُمۡ يُوسُفُ مِن قَبۡلُ بِٱلۡبَيِّنَٰتِ فَمَا زِلۡتُمۡ فِي شَكّٖ مِّمَّا جَآءَكُم بِهِۦۖ حَتَّىٰٓ إِذَا هَلَكَ قُلۡتُمۡ لَن يَبۡعَثَ ٱللَّهُ مِنۢ بَعۡدِهِۦ رَسُولٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنۡ هُوَ مُسۡرِفٞ مُّرۡتَابٌ ﴿34﴾

Transliteration: Walaqad jaakum yoosufu min qablu bialbayyinati fama ziltum fee shakkin mimma jaakum bihi hatta itha halaka qultum lan yabAAatha Allahu min baAAdihi rasoolan kathalika yudillu Allahu man huwa musrifun murtabun

Translation: އަދި ހަމަކަށަވަރުން ބަޔާންވެގެންވާ دليل ތަކާއިގެން މީގެ ކުރީން ކަލޭމެންގެ ގާތަށް يوسف عَلَيهِ السلام ވެސް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު (ﷲ ގެ حضرة ން) ގެންނެވި ތަކެއްޗާމެދު ޝައްކު ކުރުމުން ކަލޭމެން ފިލައިނުގޮސް ތިބީއެވެ. ކަލޭމެން ޝައްކު ކުރީއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމުން ކަލޭމެން ބުނީ ﷲ ދެން رسول ބޭކަލަކު ނުފޮނުއްވާނެއެވެ. އުރެދުމުގައި ހައްދު ފަހަނަޅައިފި ކޮންމެ މީހަކު، އަދި تَوحيد އާމެދު ޝައްކުވެގެންވާ ކޮންމެ މީހަކު ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.

40:35

ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡۖ كَبُرَ مَقۡتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُواْۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ كُلِّ قَلۡبِ مُتَكَبِّرٖ جَبَّارٖ ﴿35﴾

Transliteration: Allatheena yujadiloona fee ayati Allahi bighayri sultanin atahum kabura maqtan AAinda Allahi waAAinda allatheena amanoo kathalika yatbaAAu Allahu AAala kulli qalbi mutakabbirin jabbarin

Translation: އެމީހުންނަކީ އެމީހުންނަށް އެއްވެސް دليل އެއް حجّة އެއް ނެތި ﷲ ގެ އާތަތްތަކާމެދު އިދިކޮޅަށް جدل ކުރާ މީހުންނެވެ. ﷲ ގެ حضرة ގައްޔާއި، އަދި مؤمن ންގެ ގާތުގައިވެސް އެކަމުގެ ކޯފާ ގަދަވެގެން ވެއެވެ. އަދި ކިބުރުވެރި جبّار، ގަދަފަދަ ކޮންމެ މީހެއްގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.

40:36

وَقَالَ فِرۡعَوۡنُ يَٰهَٰمَٰنُ ٱبۡنِ لِي صَرۡحٗا لَّعَلِّيٓ أَبۡلُغُ ٱلۡأَسۡبَٰبَ ﴿36﴾

Transliteration: Waqala firAAawnu ya hamanu ibni lee sarhan laAAallee ablughu alasbaba

Translation: އަދި فرعون އޭނާގެ وزير هامان އަށް ވިދާޅުވިއެވެ. އޭ ހާމާނު އެވެ. [އަހުރެންނަށް ގަނޑުވަރެއް ހަދައިދީބަލާށެވެ! އަހުރެން ސަބަބުތަކަށް ފޯރުމުގެ أمّيد ކުރެވެއެވެ.

40:37

أَسۡبَٰبَ ٱلسَّمَٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ كَٰذِبٗاۚ وَكَذَٰلِكَ زُيِّنَ لِفِرۡعَوۡنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِۚ وَمَا كَيۡدُ فِرۡعَوۡنَ إِلَّا فِي تَبَابٖ ﴿37﴾

Transliteration: Asbaba alssamawati faattaliAAa ila ilahi moosa wainnee laathunnuhu kathiban wakathalika zuyyina lifirAAawna sooo AAamalihi wasudda AAani alssabeeli wama kaydu firAAawna illa fee tababin

Translation: އެއީ އުޑުތަކުގެ ސަބަބުތަކެވެ. އެތާނގެ ދޮރުތަކެވެ. ނުވަތަ އެތާނގެ މަގުތަކެވެ. (އެ ތަންތަނަށް އަހުރެންނަށް ފޯރުމުގެ أمّيد ގައެވެ.) ދެން އޭރުން އަހުރެން موسى ގެ إلٰه އުޅޭތޯ ބަލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާ އެ ހަދަނީ ދޮގެވެ. (އުޑަކު އިލާހެއް ނެތެވެ.) ]\nفرعون އަށް އޭނާގެ ނުބައި عمل (عمل ގެ ނުބައިކަން) ޒީނަތްތެރި ކުރެވުނީ އެފަދައިންނެވެ. އަދި ސީދާ ތެދުމަގު އޭނާއަށް ބަންދުވީ އެފަދައިންނެވެ. އަދި فرعون ގެ ރޭވުމާއި، އޮޅުވައިލުންތައް ވީ ގެއްލި ހަލާކުވެގެންވާ ތަކެތި ކަމުގައެވެ.

40:38

وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ ٱتَّبِعُونِ أَهۡدِكُمۡ سَبِيلَ ٱلرَّشَادِ ﴿38﴾

Transliteration: Waqala allathee amana ya qawmi ittabiAAooni ahdikum sabeela alrrashadi

Translation: އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން އަހުރެންނާ تبع ވާށެވެ! އޭރުން އަހުރެން ކަލޭމެންނަށް ސީދާ ތެދުމަގު ދައްކައިދޭހުށީމެވެ.

40:39

يَٰقَوۡمِ إِنَّمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَا مَتَٰعٞ وَإِنَّ ٱلۡأٓخِرَةَ هِيَ دَارُ ٱلۡقَرَارِ ﴿39﴾

Transliteration: Ya qawmi innama hathihi alhayatu alddunya mataAAun wainna alakhirata hiya daru alqarari

Translation: [އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ.

40:40

مَنۡ عَمِلَ سَيِّئَةٗ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَاۖ وَمَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ يُرۡزَقُونَ فِيهَا بِغَيۡرِ حِسَابٖ ﴿40﴾

Transliteration: Man AAamila sayyiatan fala yujza illa mithlaha waman AAamila salihan min thakarin aw ontha wahuwa muminun faolaika yadkhuloona aljannata yurzaqoona feeha bighayri hisabin

Translation: ނުބައި عمل އެއް ކޮށްފައިވާ މީހާއަށްވެސް (އެ ދުވަހުން) އެޔާ ބަރާބަރު جزاء އެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ނަމަވެސް، އަދި އަންހެނުންގެ ތެރެއިން ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިއްޔާ، އެފަދަ މީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެމީހުންނަށް އެތާނގައި ހިސާބެއް ނެތި ރިޒުގު ލިބޭ ހުއްޓެވެ. މިންވަރެއް ނެތްހައި ގިނަ نعمة ވެއެވެ.\n* ދަންނައެވެ. ފިރިހެނުންނާ އަންހެނުން صَالِحُ عَمَلُ ކުރުމުގައިވެސް ތަފާތެވެ. ފިރިހެނުންނަށް صَالِحُ عَمَلُ އަކަށްވާކަންތައް އަންހެނުންނަށް صَالِحُ عَمَلُ ނުވެހިގައިދާނެއެވެ. އަންހެނުންނަށް صَالِحُ عَمَلُ އަކަށްވާ ކަންތައް ފިރިހެނުންނަށް صَالِحُ عَمَلُ އަކަށް ނުވެ ހިނގައިދާނެއެވެ. ވީމާ ކޮންމެބަޔަކަށްވެސް صَالِحُ عَمَلُ އަކަށްވާނީ އެބަޔަކަށް ކަނޑައެޅިފައިވާ އަމުރެއް އެއެންގެވިފަދައިން އެބަޔަކު ކުރުމުންނެވެ. شَرِيْعَةُ ގައި ދެފަރާތަށް ހުރި އަމުރުތަފާތެވެ.

40:41

وَيَٰقَوۡمِ مَا لِيٓ أَدۡعُوكُمۡ إِلَى ٱلنَّجَوٰةِ وَتَدۡعُونَنِيٓ إِلَى ٱلنَّارِ ﴿41﴾

Transliteration: Waya qawmi ma lee adAAookum ila alnnajati watadAAoonanee ila alnnari

Translation: [އަދި އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ކަލޭމެން ސަލާމަތްވެ، ރައްކާތެރިވާނޭ މަގަށް އަހުރެން ކަލޭމެންނަށް މި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ނަރަކައަށެވެ. ނަރަކަވަންތަ ވެރީންގެ عمل ކުރުމަށެވެ. شرك ކޮށް، ﷲ އަށް އުރެދުމަށެވެ.

40:42

تَدۡعُونَنِي لِأَكۡفُرَ بِٱللَّهِ وَأُشۡرِكَ بِهِۦ مَا لَيۡسَ لِي بِهِۦ عِلۡمٞ وَأَنَا۠ أَدۡعُوكُمۡ إِلَى ٱلۡعَزِيزِ ٱلۡغَفَّـٰرِ ﴿42﴾

Transliteration: TadAAoonanee liakfura biAllahi waoshrika bihi ma laysa lee bihi AAilmun waana adAAookum ila alAAazeezi alghaffari

Translation: ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ﷲ އަށް ކާފަރުވެ، އަދި އެއްގޮތަކަށްވެސް އެޔާމެދު އަހުރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ފަރާތަކާއި، އެކަލާނގެއާ شريك ކުރުމަށެވެ. އަދި އަހުރެން ކަލޭމެންނަށް މި ގޮވަނީ عزّة ވަންތަ އަދި ގިނައިން ފާފަ ފުއްސަވާ ﷲ އަށް إيمان ވުމަށެވެ.

40:43

لَا جَرَمَ أَنَّمَا تَدۡعُونَنِيٓ إِلَيۡهِ لَيۡسَ لَهُۥ دَعۡوَةٞ فِي ٱلدُّنۡيَا وَلَا فِي ٱلۡأٓخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلۡمُسۡرِفِينَ هُمۡ أَصۡحَٰبُ ٱلنَّارِ ﴿43﴾

Transliteration: La jarama annama tadAAoonanee ilayhi laysa lahu daAAwatun fee alddunya wala fee alakhirati waanna maraddana ila Allahi waanna almusrifeena hum ashabu alnnari

Translation: [حقّ ތެދެކެވެ. އެ ފަރާތަކަށް އަޅުކަން ކުރުމަށް އަހުރެންނަށް ކަލޭމެން ތިޔަ ގޮވާ ފަރާތަށް އަޅުކަން ކުރުމަށް އެއްވެސް دعوة އެއް ނެތެވެ. އެފަރާތުން އެއްވެސް إجابة އެއް ނުދޭނެއެވެ. އަދި އެ ފަރާތަށް އަޅުކަން ކުރުން واجب ކަމަށް ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއްވެސް دعوة އެއް ނެތެވެ. دليل އެއް ނެތެވެ. އަދި އަހުރެމެން رجوع ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅާ މީހުން ދަންނައެވެ. އެއީ ހަމަ ނަރަކައިގެ އެކުވެރީންނެވެ.

40:44

فَسَتَذۡكُرُونَ مَآ أَقُولُ لَكُمۡۚ وَأُفَوِّضُ أَمۡرِيٓ إِلَى ٱللَّهِۚ إِنَّ ٱللَّهَ بَصِيرُۢ بِٱلۡعِبَادِ ﴿44﴾

Transliteration: Fasatathkuroona ma aqoolu lakum waofawwidu amree ila Allahi inna Allaha baseerun bialAAibadi

Translation: އަދި (ﷲ ގެ عذاب އާއި، ކޯފާ އަންނަ ހިނދުން) ނިކަންހުރެ އަހުރެން ކަލޭމެންނަށް މި ބުނާ ތަކެތި ކަލޭމެން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ކަންތައް އަހުރެން ﷲ އާ حوال ކޮށް، وكيل ކޮށްފީމެވެ. ހަމަކަށަވަރުން އަޅުތަކުންނަށް ﷲ ބައްލަވާވޮޑިގެން ވެއެވެ.]

40:45

فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ ﴿45﴾

Transliteration: Fawaqahu Allahu sayyiati ma makaroo wahaqa biali firAAawna sooo alAAathabi

Translation: ދެންފަހެ އެމީހާއާމެދު އެކާފަރުން ރޭވި ރޭވުމުގެ ނުބައިކަމުން ﷲ އެމީހާ ސަލާމަތްކުރައްވައިފިއެވެ. އަދި فرعون ގެ آل ން - (އޭނާގެ جماعة) - ޢަޒާބުގެ ނުބައިކަން ލާވަށައިލައިފިއެވެ. (އެންމެން ކަނޑުގައި غرق ވެ ނިމުނީއެވެ.)

40:46

ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ ﴿46﴾

Transliteration: Alnnaru yuAAradoona AAalayha ghuduwwan waAAashiyyan wayawma taqoomu alssaAAatu adkhiloo ala firAAawna ashadda alAAathabi

Translation: فرعون ގެ آل ން برزخ ގެ عالم ގައި - އެބަހީ މަރުވުމަށްފަހު قيامة قائم ވުމުގެ ކުރީ ކައްވަޅުގެ ދުވަސްތަކުގައި - ހެނދުނާއި، ހަވީރު އަލިފާނަށް ހުށައެޅޭނެއެވެ. އަދި قيامة ދުވަހުން (ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަށް އެންގެވޭނެއެވެ.) [ތިޔަ ބޭކަލުން فرعون ގެ އާލުން އެންމެ ގަދަ عذاب އަށް ވައްދާށެވެ.]\n• ދަންނައެވެ. ހެނދުނާއި، ހަވީރު އެމީހުން ނަރަކައަށް ހުށައެޅޭނޭ ވާހަކައާމެދު تفسير علم ވެރީން ދައްކަވާފައި ވާ ވާހަކަފުޅުތަކުގެ އެއް خلاصة އަކީ: އެމީހުންގެ ފުރާނަތައް ކަޅުކުލައިގެ ދޫނިތަކެއްގެ ކޭކުއްޔަށް ލެވެނީއެވެ. ދެން އެސޮރުމެން ހެނދުނާއި، ހަވީރު ނަރަކަޔަށް ގޮސްއައިސް ވަނީއެވެ. والله أعلم.

40:47

وَإِذۡ يَتَحَآجُّونَ فِي ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا نَصِيبٗا مِّنَ ٱلنَّارِ ﴿47﴾

Transliteration: Waith yatahajjoona fee alnnari fayaqoolu aldduAAafao lillatheena istakbaroo inna kunna lakum tabaAAan fahal antum mughnoona AAanna naseeban mina alnnari

Translation: އަދި ނަރަކަވަންތަ ވެރީން ނަރަކައިގައި ތިބެގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް، حجّة قائم ކުރާ ވަގުތު (ދުނިޔޭގެ حياة ގައި) ދެރަކޮށް އުޅުނު ދެރަމީހުން، ބޮޑެތި ކިބުރުވެރި، ބޮޑާ މީހުންނަށް ބުނާނެއެވެ. [ (ދުނިޔޭގައި) އަހުރެމެން ވީ ހަމަކަށަވަރުން ކަލޭމެންނާ تبع ވެގެންނެވެ. ފަހެ ކަލޭމެން އަހުރެމެންގެ ކިބައިން އަލިފާނުގެ ކުޑަ މިންވަރެއް ނަމަވެސް تحمّل ކޮށް دفاع ކޮށްދީފާނު ހެއްޔެވެ؟]

40:48

قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُلّٞ فِيهَآ إِنَّ ٱللَّهَ قَدۡ حَكَمَ بَيۡنَ ٱلۡعِبَادِ ﴿48﴾

Transliteration: Qala allatheena istakbaroo inna kullun feeha inna Allaha qad hakama bayna alAAibadi

Translation: މަތިހަށި ނަގައިގެން އުޅުނު ބޮޑާ ކިބުރުވެރީން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މިވަނީ އަލިފާނުގައެވެ. އަދި ހަމަކަށަވަރުން، އަޅުތަކުންގެ މެދުގައި الله މިވަނީ ނިޔާކުރައްވައި، ނިންމަވާފައެވެ.

40:49

وَقَالَ ٱلَّذِينَ فِي ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدۡعُواْ رَبَّكُمۡ يُخَفِّفۡ عَنَّا يَوۡمٗا مِّنَ ٱلۡعَذَابِ ﴿49﴾

Transliteration: Waqala allatheena fee alnnari likhazanati jahannama odAAoo rabbakum yukhaffif AAanna yawman mina alAAathabi

Translation: އަދި ނަރަކައިގައި ތިބި މީހުން، ނަރަކަ ބެލެހެއްޓެވުމާ حوال ކުރައްވާފައިވާ ملائكة ބޭކަލުންނަށް ދަންނަވާނެއެވެ. [އެންމެ ދުވަހަކު ނަމަވެސް އަހުރެމެންގެ ކިބައިން عذاب ލުއިކޮށްދެއްވުމަށް ތިޔަ ބޭކަލުންގެ ربّ އަށް دعاء ކޮށްދެއްވާ ބައްލަވާށެވެ.]

40:50

قَالُوٓاْ أَوَلَمۡ تَكُ تَأۡتِيكُمۡ رُسُلُكُم بِٱلۡبَيِّنَٰتِۖ قَالُواْ بَلَىٰۚ قَالُواْ فَٱدۡعُواْۗ وَمَا دُعَـٰٓؤُاْ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٍ ﴿50﴾

Transliteration: Qaloo awalam taku tateekum rusulukum bialbayyinati qaloo bala qaloo faodAAoo wama duAAao alkafireena illa fee dalalin

Translation: އެބޭކަލުން ވިދާޅުވާނެއެވެ. [ (ދުނިޔޭގައި އުޅުނުއިރު) بيان ވެގެންވާ دليل ތަކާއިގެން ކަލޭމެންގެ رسول ބޭކަލުން ކަލޭމެންގެ ގާތަށް ވަޑައިގަންނަވާ ކަމުގައި ނުވޭ ހެއްޔެވެ؟ (މި خبر ތައް ދެއްވިނޫން ހެއްޔެވެ؟) ] އެމީހުން ދަންނަވާނެއެވެ. [އާއެކެވެ. ވަޑައިގެންނެވިއެވެ. (އެކަމަކު އަހުރެމެން އެއަށް ކާފަރުވީއެވެ.) ] އެބޭކަލުން ވިދާޅުވާނެއެވެ. [ކަލޭމެން ގޮވައި دعاء ކޮށް ހަދާށެވެ.] ކާފަރުން ކުރާ دعاء އެއީ ގެއްލިގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.

40:51

إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيَوۡمَ يَقُومُ ٱلۡأَشۡهَٰدُ ﴿51﴾

Transliteration: Inna lanansuru rusulana waallatheena amanoo fee alhayati alddunya wayawma yaqoomu alashhadu

Translation: ދުނިޔޭގެ حياة ގައިވެސް، އަދި ހެކިދެއްވާ ބޭކަލުން (މަލާއިކަތް ބޭކަލުން) قائم ވެވަޑައިގަންނަވާ قيامة ދުވަހުންވެސް، ތިމަން ރަސްކަލާނގެ نصر ދެއްވަނީ ތިމަން ރަސްކަލާނގެ رسول ންނަށާއި، އަދި إيمان ވީ މީހުންނަށެވެ.

40:52

يَوۡمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعۡذِرَتُهُمۡۖ وَلَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ ﴿52﴾

Transliteration: Yawma la yanfaAAu alththalimeena maAAthiratuhum walahumu allaAAnatu walahum sooo alddari

Translation: އެދުވަހަކީ - (قيامة ދުވަހަކީ) - އަނިޔާވެރީންނަށް އެބަހީ مشرك ންނަށް، އެމީހުން ދައްކާ عذر ތަކާއި، ބަހަނާތަކުން منفع އެއް ނުކުރާނޭ ދުވަހެވެ. އެމީހުންނަށް ހުންނަހުށީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުންނާނީ ހަމަ ނުބައިކަމުގެ ގޮވައްޗެވެ. ނަރަކައެވެ.

40:53

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡهُدَىٰ وَأَوۡرَثۡنَا بَنِيٓ إِسۡرَـٰٓءِيلَ ٱلۡكِتَٰبَ ﴿53﴾

Transliteration: Walaqad atayna moosa alhuda waawrathna banee israeela alkitaba

Translation: އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام) އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.)

40:54

هُدٗى وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ﴿54﴾

Transliteration: Hudan wathikra liolee alalbabi

Translation: އެއީ ތެދުމަގެއްގެ ގޮތުންނާއި، އަދި ބުއްދިވެރީންނަށް ذكرٰىއެއްގެ ގޮތުންނެވެ. وعظ އާއި، نصيحة އެއްގެ ގޮތުންނެވެ.

40:55

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱسۡتَغۡفِرۡ لِذَنۢبِكَ وَسَبِّحۡ بِحَمۡدِ رَبِّكَ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ ﴿55﴾

Transliteration: Faisbir inna waAAda Allahi haqqun waistaghfir lithanbika wasabbih bihamdi rabbika bialAAashiyyi waalibkari

Translation: (އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (އެކަލާނގެ رسول ންނަށް نصر ދެއްވުމުގެ وعد ފުޅު އެއީ حقّ وعد ފުޅެކެވެ.) އަދި ثواب ގިނަކުރެއްވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! އަދި ހެނދުނާއި، ހަވީރު ކަލޭގެފާނުގެ ربّ އަށް حمد ކުރުމާއެކު تسبيح ވިދާޅުވާށެވެ.

40:56

إِنَّ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡ إِن فِي صُدُورِهِمۡ إِلَّا كِبۡرٞ مَّا هُم بِبَٰلِغِيهِۚ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴿56﴾

Transliteration: Inna allatheena yujadiloona fee ayati Allahi bighayri sultanin atahum in fee sudoorihim illa kibrun ma hum bibaligheehi faistaAAith biAllahi innahu huwa alssameeAAu albaseeru

Translation: އަދި އެބައިމީހުންނަށް ﷲ ގެ حضرة ން އެއްވެސް دليل އެއް ނެތި ﷲ ގެ آية ތަކަށް جدل ކޮށް ދެކޮޅުހަދާ މީހުން ދަންނައެވެ. އެމީހުންގެ ހިތްތަކުގައި ބޮޑާކަމާއި، كبر ވެރިކަން މެނުވީ ނުވެއެވެ. (محمّد ގެފާނުންގެ މައްޗަށް އޮންނަ އެމީހުންގެ ބޮޑާކަމާއި، އެކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުގެ ގަދަ އެދުމެވެ.) އެއީ އެމީހުންނަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ނުބައިން ސަލާމަތްވެ، ރައްކާތެރި ވެވަޑައިގެންނެވުމަށް ﷲ ގެ حضرة ން ސަލާމަތްކަމާއި، ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

40:57

لَخَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَكۡبَرُ مِنۡ خَلۡقِ ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿57﴾

Transliteration: Lakhalqu alssamawati waalardi akbaru min khalqi alnnasi walakinna akthara alnnasi la yaAAlamoona

Translation: ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.\n* ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين)

40:58

وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَلَا ٱلۡمُسِيٓءُۚ قَلِيلٗا مَّا تَتَذَكَّرُونَ ﴿58﴾

Transliteration: Wama yastawee alaAAma waalbaseeru waallatheena amanoo waAAamiloo alssalihati wala almuseeo qaleelan ma tatathakkaroona

Translation: އަދި ލޯއަނދިރި މީހަކާއި، ލޮލަށް ފެންނަ މީހަކާ އެއްވަރު ނުވާނެއެވެ. ހަމައެފަދައިން إيمان ވެގެން صالح عمل ކުރި މީހަކާއި، كافر ވެ އުރެދުނު މީހަކާވެސް އެއްވަރު ނުވާނެއެވެ. ކަލޭމެން نصيحة އާއި، وعظ އާއި، عبرة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

40:59

إِنَّ ٱلسَّاعَةَ لَأٓتِيَةٞ لَّا رَيۡبَ فِيهَا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ﴿59﴾

Transliteration: Inna alssaAAata laatiyatun la rayba feeha walakinna akthara alnnasi la yuminoona

Translation: قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ.

40:60

وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ ﴿60﴾

Transliteration: Waqala rabbukumu odAAoonee astajib lakum inna allatheena yastakbiroona AAan AAibadatee sayadkhuloona jahannama dakhireena

Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ربّ وحي ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް دعاء ނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ حال އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.

40:61

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ﴿61﴾

Transliteration: Allahu allathee jaAAala lakumu allayla litaskunoo feehi waalnnahara mubsiran inna Allaha lathoo fadlin AAala alnnasi walakinna akthara alnnasi la yashkuroona

Translation: އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ.

40:62

ذَٰلِكُمُ ٱللَّهُ رَبُّكُمۡ خَٰلِقُ كُلِّ شَيۡءٖ لَّآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ ﴿62﴾

Transliteration: Thalikumu Allahu rabbukum khaliqu kulli shayin la ilaha illa huwa faanna tufakoona

Translation: އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟)

40:63

كَذَٰلِكَ يُؤۡفَكُ ٱلَّذِينَ كَانُواْ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ ﴿63﴾

Transliteration: Kathalika yufaku allatheena kanoo biayati Allahi yajhadoona

Translation: ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ.

40:64

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ قَرَارٗا وَٱلسَّمَآءَ بِنَآءٗ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴿64﴾

Transliteration: Allahu allathee jaAAala lakumu alarda qararan waalssamaa binaan wasawwarakum faahsana suwarakum warazaqakum mina alttayyibati thalikumu Allahu rabbukum fatabaraka Allahu rabbu alAAalameena

Translation: ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ.

40:65

هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿65﴾

Transliteration: Huwa alhayyu la ilaha illa huwa faodAAoohu mukhliseena lahu alddeena alhamdu lillahi rabbi alAAalameena

Translation: އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ.\nއެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ.

40:66

قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِيَ ٱلۡبَيِّنَٰتُ مِن رَّبِّي وَأُمِرۡتُ أَنۡ أُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ ﴿66﴾

Transliteration: Qul innee nuheetu an aAAbuda allatheena tadAAoona min dooni Allahi lamma jaaniya albayyinatu min rabbee waomirtu an oslima lirabbi alAAalameena

Translation: (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. [ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.) ]

40:67

هُوَ ٱلَّذِي خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ يُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡ ثُمَّ لِتَكُونُواْ شُيُوخٗاۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلٗا مُّسَمّٗى وَلَعَلَّكُمۡ تَعۡقِلُونَ ﴿67﴾

Transliteration: Huwa allathee khalaqakum min turabin thumma min nutfatin thumma min AAalaqatin thumma yukhrijukum tiflan thumma litablughoo ashuddakum thumma litakoonoo shuyookhan waminkum man yutawaffa min qablu walitablughoo ajalan musamman walaAAallakum taAAqiloona

Translation: އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ.

40:68

هُوَ ٱلَّذِي يُحۡيِۦ وَيُمِيتُۖ فَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿68﴾

Transliteration: Huwa allathee yuhyee wayumeetu faitha qada amran fainnama yaqoolu lahu kun fayakoonu

Translation: އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް [ވާށޭ] މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)

40:69

أَلَمۡ تَرَ إِلَى ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ أَنَّىٰ يُصۡرَفُونَ ﴿69﴾

Transliteration: Alam tara ila allatheena yujadiloona fee ayati Allahi anna yusrafoona

Translation: (އެއްވެސް حجّة އެއް دليل އެއް ނެތި) ﷲ ގެ އާޔަތްތަކާމެދު އިދިކޮޅަށް ޖަދަލުކުރާ މީސްތަކުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ مشرك ންނެވެ. އެފަދަ މީހުންނަށް ރަނގަޅަށް بيان ވެ އެނގުމަށްފަހުވެސް އެ އާޔަތްތަކަށް إيمان ނުވެ، އެމީހުން އެނބުރިގެން އެ ދަނީ ކޮންފަދައަކުން ހެއްޔެވެ؟

40:70

ٱلَّذِينَ كَذَّبُواْ بِٱلۡكِتَٰبِ وَبِمَآ أَرۡسَلۡنَا بِهِۦ رُسُلَنَاۖ فَسَوۡفَ يَعۡلَمُونَ ﴿70﴾

Transliteration: Allatheena kaththaboo bialkitabi wabima arsalna bihi rusulana fasawfa yaAAlamoona

Translation: ކީރިތި قُرْآن - ނުވަތަ އެންމެހައި سماوى ފޮތްތައް - ދޮގުކޮށް، އަދި އެ އެއްޗަކާއިގެން ތިމަން ރަސްކަލާނގެ رسول ން ފޮނުވި ތަކެތި ދޮގުކުރާ މީސްތަކުން ދަންނައެވެ. އެމީހުންގެ އެ عمل ގެ ނުބައިކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. (އެއީ قيامة ދުވަހުންނެވެ.)

40:71

إِذِ ٱلۡأَغۡلَٰلُ فِيٓ أَعۡنَٰقِهِمۡ وَٱلسَّلَٰسِلُ يُسۡحَبُونَ ﴿71﴾

Transliteration: Ithi alaghlalu fee aAAnaqihim waalssalasilu yushaboona

Translation: އެމީހުންގެ ކަނދުރާތަކާއި، ކަރުތަކުގައި ކަސްތަޅުތަކާއި، ޗޭނުތައް އެޅެވި، ނަރަކައަށް ދަމާފައި ގެނެވޭހިނދުއެވެ.

40:72

فِي ٱلۡحَمِيمِ ثُمَّ فِي ٱلنَّارِ يُسۡجَرُونَ ﴿72﴾

Transliteration: Fee alhameemi thumma fee alnnari yusjaroona

Translation: ދެން، ހޫނުކަން ނިހާޔަތަށް ގޮސްފައިވާ [حميم] އެވެ. ކިޔާ ހޫނު ފެނުގައި ދެމެވޭ ދުވަހުންނެވެ. ދެން ނަރަކައިގެ ގަދަ އަލިފާނުގައި އެންދޭ ދުވަހުންނެވެ. (އެދުވަހުން އެމީހުންނަށް އެ ހަދާ ދޮގު ނުބައިކަން އެނގޭނެއެވެ.)\n(އަދި އެ ވަގުތު އެމީހުން ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ملائكة ބޭކަލުން ވިދާޅުވާނެއެވެ.) [ކަލޭމެން ދުނިޔޭގައި شريك ކުރި ތަކެތި ކޮބައިހެއްޔެވެ؟

40:73

ثُمَّ قِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تُشۡرِكُونَ ﴿73﴾

Transliteration: Thumma qeela lahum ayna ma kuntum tushrikoona

Translation: ،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.

40:74

مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا بَل لَّمۡ نَكُن نَّدۡعُواْ مِن قَبۡلُ شَيۡـٔٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلۡكَٰفِرِينَ ﴿74﴾

Transliteration: Min dooni Allahi qaloo dalloo AAanna bal lam nakun nadAAoo min qablu shayan kathalika yudillu Allahu alkafireena

Translation: ،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.

40:75

ذَٰلِكُم بِمَا كُنتُمۡ تَفۡرَحُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَمۡرَحُونَ ﴿75﴾

Transliteration: Thalikum bima kuntum tafrahoona fee alardi bighayri alhaqqi wabima kuntum tamrahoona

Translation: (އެމީހުންނަށް އެންގެވޭނެއެވެ.) [ކަލޭމެންނަށް ތިޔަ عذاب حقّ ވީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު (ﷲ އަށް) އުރެދި އެކަމުގައި އުފާކޮށް، އަދި ބިމުގައި ބޮޑާވެ، ކިބުރުވެރިވެ އުޅުމުގެ ސަބަބުންނެވެ.

40:76

ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ ﴿76﴾

Transliteration: Odkhuloo abwaba jahannama khalideena feeha fabisa mathwa almutakabbireena

Translation: (އެމީހުން ދެރަކޮށްލުމުގެ ގޮތުން - އަދި عذاب ން ސަލާމަތްވުމަށް ދޭނޭ فِدْية އެއް ނެތްކަން އެނގި މާޔޫސް ވުމުން - އެމީހުންނަށް އެންގޭނެއެވެ.) [ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާ ދެމިތިބޭނޭ ބަޔަކުގެ ގޮތުގައެވެ. حقّ ބަސް قبول ނުކުރި، ބޮޑާ، ކިބުރުވެރީން ގޮސް ތިބޭ ތަނަކީވާ ނުބައި ތަނެކެވެ.

40:77

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۚ فَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا يُرۡجَعُونَ ﴿77﴾

Transliteration: Faisbir inna waAAda Allahi haqqun faimma nuriyannaka baAAda allathee naAAiduhum aw natawaffayannaka failayna yurjaAAoona

Translation: (އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (رسول ންނަށް އެކަލާނގެ نصر ދެއްވާނެއެވެ. ނުކިޔަމަންތެރީން ހަލާކު ކުރައްވާނެއެވެ.) އެހެންޏާ ތިމަން ރަސްކަލާނގެ އެ ކާފަރުންނަށް وعد ކުރައްވާފައިވާ ބައެއް ކަންތައް ދުނިޔޭގައި ކަލޭގެފާނަށް ދައްކަވާހުށީމެވެ. (އެއީ އެމީހުން قتل ވުމާއި، ހައްޔަރުވުމާއި، އެމީހުން ދެރަވުމާއި، މި ކަންކަމެވެ.) ނުވަތަ އެމީހުންނަށް عذاب އައުމުގެ ކުރީން ތިމަން ރަސްކަލާނގެ ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެން قيامة ދުވަހުން އެމީހުން އެނބުރި رجوع ވުން ހުރީ ހަމަ ތިމަން ރަސްކަލާނގެ حضرة އަށެވެ. ދެން އޭރުން އެމީހުންނަށް عذاب ދެއްވާހުށީމެވެ.

40:78

وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۚ فَإِذَا جَآءَ أَمۡرُ ٱللَّهِ قُضِيَ بِٱلۡحَقِّ وَخَسِرَ هُنَالِكَ ٱلۡمُبۡطِلُونَ ﴿78﴾

Transliteration: Walaqad arsalna rusulan min qablika minhum man qasasna AAalayka waminhum man lam naqsus AAalayka wama kana lirasoolin an yatiya biayatin illa biithni Allahi faitha jaa amru Allahi qudiya bialhaqqi wakhasira hunalika almubtiloona

Translation: އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނުގެ ކުރީންވެސް رسول ބޭބޭކަލުން ފޮނުއްވީމެވެ. އޭގެތެރޭގައި އެބޭކަލުންގެ خبر ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވި ބޭކަލުން ވެއެވެ. އަދި އޭގެތެރޭގައި އެބޭކަލުންގެ خبر ކަލޭގެފާނަށް ކިޔައިނުދެއްވާ ބޭކަލުން ވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކަށް ﷲ ގެ إذن ފުޅަށް މެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ ވާނޭކަމެއް ނޫނެވެ. ދެންފަހެ އެބައެއްގެ މައްޗަށް عذاب އައުމުގެ وقت އައިސް ޖެހި، ﷲ ގެ أمر ފުޅު އައުމުން حقّ ގޮތުގައި ނިޔާކުރެވި ނިމިދެއެވެ. (حقّ އަށް نصر ލިބި، باطل ހަލާކުވެ ދެއެވެ.) އެހިނދުން، باطل ގެ أهل ވެރީން ގެއްލި ހަލާކުވެދެއެވެ. (އެހިސާބަށް ދާނދެން ކަލޭގެފާނުވެސް ކެތްތެރިވެވަޑައިގަންނަވާށެވެ! އިސްވެދިޔަ رسول ބޭކަލުންނާ إقتداء ވެވަޑައިގަންނަވާށެވެ!)

40:79

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَنۡعَٰمَ لِتَرۡكَبُواْ مِنۡهَا وَمِنۡهَا تَأۡكُلُونَ ﴿79﴾

Transliteration: Allahu allathee jaAAala lakumu alanAAama litarkaboo minha waminha takuloona

Translation: ﷲ އީ ކަލޭމެންނަށް ޓަކައި نعم ސޫފީގެ ވައްތަރުތައް ލެއްވި ކަލާނގެއެވެ. އެއީ އޭގެ ބައެއް ތަކެއްޗަށް ކަލޭމެން ސަވާރުވުމަށާއި، އަދި އޭގެ ބައެއް ތަކެތީން ކަލޭމެން ކެއުމަށް ޓަކައެވެ.

40:80

وَلَكُمۡ فِيهَا مَنَٰفِعُ وَلِتَبۡلُغُواْ عَلَيۡهَا حَاجَةٗ فِي صُدُورِكُمۡ وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ ﴿80﴾

Transliteration: Walakum feeha manafiAAu walitablughoo AAalayha hajatan fee sudoorikum waAAalayha waAAala alfulki tuhmaloona

Translation: އެ ތަކެތީގައި ކަލޭމެންނަށް ޓަކައި ގިނަގުނަ منفع ތައް ވެއެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އަދި މޫދުގައި ދުވާ އުޅަނދުތަކުގައި ކަލޭމެން އެދޭ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި، ބޭނުންތައް ފުއްދައި ހަދަމުއެވެ. އަދި ކަލޭމެންވެސް އޭގެ ބައެއް نعم ސޫފީގެ މައްޗަށް ސަވާރުވެ، ދަތުރުކުރަމުއެވެ.

40:81

وَيُرِيكُمۡ ءَايَٰتِهِۦ فَأَيَّ ءَايَٰتِ ٱللَّهِ تُنكِرُونَ ﴿81﴾

Transliteration: Wayureekum ayatihi faayya ayati Allahi tunkiroona

Translation: އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟

40:82

أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَكۡثَرَ مِنۡهُمۡ وَأَشَدَّ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ﴿82﴾

Transliteration: Afalam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena min qablihim kanoo akthara minhum waashadda quwwatan waatharan fee alardi fama aghna AAanhum ma kanoo yaksiboona

Translation: އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ.

40:83

فَلَمَّا جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرِحُواْ بِمَا عِندَهُم مِّنَ ٱلۡعِلۡمِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿83﴾

Transliteration: Falamma jaathum rusuluhum bialbayyinati farihoo bima AAindahum mina alAAilmi wahaqa bihim ma kanoo bihi yastahzioona

Translation: ފަހެ އެމީހުންގެ ގާތަށް بيان ވެގެންވާ دليل އާއި، معجزة އާއިގެން އެމީހުންގެ رسول ބޭކަލުން ވަޑައިގަތީމައި، އެމީހުން އުފާކުރީ އެމީހުންގެ އަތުގައިވާ އެމީހުން علم އެވެ ކިޔާ ތަކެއްޗަށެވެ. (އެއީ ދުނިޔޭގެ حياة ގެ ބޭރުފުށާބެހޭ ކުޑަ އެނގުންކޮޅެކެވެ. / ނުވަތަ ޝައްކާއި، وهم އާއި، خيال ތަކެކެވެ. އެއަށް جاهل ން ކިޔަނީ علم އެވެ. މިހާރަކަށް އައިސް މިއުޅޭ މީސްތަކުންވެސް إسلام دين އާ ނުބެހޭ ކުޑަ معلومات ކޮޅެއް ކުޑަކުދީންގެ ޅަފަތުގައި ދަސްކޮށްދީ، تعليم، تعليم ކިޔަމުން މިދާ ދިއުމާ އެއްވެސް ތަފާތެއް ވޭބާވައެވެ؟!) ދެންފަހެ އެކަމަށް އެމީހުން މަލާމާތްކުރި ކަންތައް - އެބަހީ ﷲ ގެ عذاب - އެމީހުން ވަށައިލީއެވެ.

40:84

فَلَمَّا رَأَوۡاْ بَأۡسَنَا قَالُوٓاْ ءَامَنَّا بِٱللَّهِ وَحۡدَهُۥ وَكَفَرۡنَا بِمَا كُنَّا بِهِۦ مُشۡرِكِينَ ﴿84﴾

Transliteration: Falamma raaw basana qaloo amanna biAllahi wahdahu wakafarna bima kunna bihi mushrikeena

Translation: ފަހެ ތިމަން ރަސްކަލާނގެ عذاب ފެނުނުހިނދުން އެކާފަރުން ބުނެއެވެ. [އެއްކައުވަންތަ ﷲ އަށް އަހުރެމެން އީމާންވެއްޖައީމެވެ. އަދި މީގެ ކުރީން އަހުރެމެން އެ ތަކެއްޗަށް އަޅުކަންކޮށް ﷲ އާއި އެތަކެއްޗާ شريك ކުރި އެންމެހައި ތަކެއްޗަށް އަހުރެމެން ކާފަރުވެއްޖައީމެވެ. އެތަކެތި ދޫކޮށްލައިފީމެވެ.] މިބާވަތުގެ އީމާންކަމަކީ އެއީ صلاح الدّين ވިދާޅުވިގޮތަށް ([ވަޅިނެރޭތަން ދެކެފާ ހާކުޅައޭ أستغفار - މަޅިފަތީގާ ޖެހުމުން ކުކުޅު ޙަރާމްކުޅައެ ބާޒު]) މިކަހަލަ އީމާންކަމެކެވެ. މައްސަލަޖެހިތާށިވީމާ ދެންވާތައުބާގެ ފައިދާނުކުރާގޮތަށެވެ.

40:85

فَلَمۡ يَكُ يَنفَعُهُمۡ إِيمَٰنُهُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ وَخَسِرَ هُنَالِكَ ٱلۡكَٰفِرُونَ ﴿85﴾

Transliteration: Falam yaku yanfaAAuhum eemanuhum lamma raaw basana sunnata Allahi allatee qad khalat fee AAibadihi wakhasira hunalika alkafiroona

Translation: ފަހެ ތިމަން ރަސްކަލާނގެ عذاب އެމީހުންނަށް ފެނުނުހިނދުން ދެން އެމީހުން އެ ވީ އީމާންކަމަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރިއެވެ. ނުވެސް ކުރާނެއެވެ. އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ. ދެން އަދި عذاب އައިސް ޖެހުމުން ދެން އެހިނދުން އެންމެހައި ކާފަރުން ގެއްލި ހަލާކުވީއެވެ. والله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download