47:1ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ ﴿1﴾ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ
Transliteration: Allatheena kafaroo wasaddoo AAan sabeeli Allahi adalla aAAmalahum
Translation: ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)
47:2وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ ﴿2﴾وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ
Transliteration: Waallatheena amanoo waAAamiloo alssalihati waamanoo bima nuzzila AAala muhammadin wahuwa alhaqqu min rabbihim kaffara AAanhum sayyiatihim waaslaha balahum
Translation: އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.
47:3ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ ﴿3﴾ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ
Transliteration: Thalika bianna allatheena kafaroo ittabaAAoo albatila waanna allatheena amanoo ittabaAAoo alhaqqa min rabbihim kathalika yadribu Allahu lilnnasi amthalahum
Translation: އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)
47:4فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ ﴿4﴾فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ
Transliteration: Faitha laqeetumu allatheena kafaroo fadarba alrriqabi hatta itha athkhantumoohum fashuddoo alwathaqa faimma mannan baAAdu waimma fidaan hatta tadaAAa alharbu awzaraha thalika walaw yashao Allahu laintasara minhum walakin liyabluwa baAAdakum bibaAAdin waallatheena qutiloo fee sabeeli Allahi falan yudilla aAAmalahum
Translation: އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.)\nއަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
47:5سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ ﴿5﴾سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ
Transliteration: Sayahdeehim wayuslihu balahum
Translation: ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.
47:6وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ ﴿6﴾وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ
Transliteration: Wayudkhiluhumu aljannata AAarrafaha lahum
Translation: އަދި އެކަލާނގެ އެމީހުންނަށް އެތަން ހުންނާނެކަން އަންގަވާފައިވާ ސުވަރުގެއަށް (ނުވަތަ އެމީހުންނަށްޓަކައި އެކަލާނގެ އެތާގައި މީރުވަސްދުއްވާފައިވާ ސުވަރުގެއަށް) އެމީހުން ވައްދަވާހުއްޓެވެ.
47:7يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ ﴿7﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ
Transliteration: Ya ayyuha allatheena amanoo in tansuroo Allaha yansurkum wayuthabbit aqdamakum
Translation: އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން الله އަށް ނަސްރު ދެންޏާ (އެބަހީ އެކަލާނގެ ދީނަށް ނަސްރުދެންޏާ) އެކަލާނގެ ކަލޭމެނަށް ނަސްރު ދެއްވާނެތެވެ. އަދި ކަލޭމެންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ނުވަތަ صِرِاطُ މަގުހިގާއިރު ސާބިތު ކޮށްދެއްވާ ހުއްޓެވެ.
47:8وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ ﴿8﴾وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ
Transliteration: Waallatheena kafaroo fataAAsan lahum waadalla aAAmalahum
Translation: އަދި ކާފަރުވީމީސްތަކުން ދަންނައެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (އަބާއްޖަވެރިކަންހުއްޓެވެ.) އަދި އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ بَاطِلُ ކުރައްވާ ހުއްޓެވެ.
47:9ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ ﴿9﴾ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ
Transliteration: Thalika biannahum karihoo ma anzala Allahu faahbata aAAmalahum
Translation: އެކަން އެހެން އެހެއްދެވީ الله ބާވާތްލެއްވި ތަކެއްޗަށް ހަމަކަށަވަރުން އެމީހުން ނުރުހުނީ އެވެ. (އީމާން ނުވީއެވެ.) އެހެންވެ އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ ގެއްލެނި ކުރައްވައި بَاطِلُ ކުރެއްވީއެވެ.
47:10أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا ﴿10﴾۞أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا
Transliteration: Afalam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena min qablihim dammara Allahu AAalayhim walilkafireena amthaluha
Translation: އެމީހުންގެ (އެބަހީ މައްކާގެ ކާފަރުންގެ) ކުރީގެ (އެބާވަތުގެ ކާފަރުންގެ) ނިމުން އަދި އެމީހުންގެ ފަހުކޮޅު ވީކޮންފަދައަކުންކަން މިމީހުންދެކޭން މިމީހުންފަހެ ބިމުގައި ހިގާބިގާ ދަތުރު ފަތުރުކޮށް ނުހަދަނީ ބާވައެވެ؟ الله تَعَالَى އެމީހުން (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރައްވައި ބަރުބާދު ކުރެއްވިއެވެ. الله އަދި (މިހާރުގެ) ކާފަރުންނަށްވެސް ހަމަ ކަންތައްކުރައްވާނީ ހަމައެފަދައިންކަމުގައިވެދާނެއެވެ. ބަސްނުއެހިއްޔާ ހަލާކު ކުރައްވާފާނެއެވެ.
47:11ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ ﴿11﴾ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ
Transliteration: Thalika bianna Allaha mawla allatheena amanoo waanna alkafireena la mawla lahum
Translation: އެކަން އެހެން އެވީ ހަމަކަށަވަރުން الله تَعَالَى އީ އީމާންވީ މީސްތަކުންގެ ސަހަރޯ ވެރިޔާއެވެ. އަދި ކާފަރުން (ދަންނައެވެ.) އެމީހުންނަކަށް އެއްވަސް ސަހަރޯވެރިއަކު ނުވެއެވެ.
47:12إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ ﴿12﴾إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ
Transliteration: Inna Allaha yudkhilu allatheena amanoo waAAamiloo alssalihati jannatin tajree min tahtiha alanharu waallatheena kafaroo yatamattaAAoona wayakuloona kama takulu alanAAamu waalnnaru mathwan lahum
Translation: ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރި މީސްތަކުން އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާ ތަކަކަށް الله تَعَالَى ވައްދަވައެވެ. އަދިކާފަރުވީ މީސްތަކުން އެމީހުން (ދުނިޔޭގައި) އަރާމުކުރެއެވެ. އަދި نَعَم ސޫފި ކައިބޮއި ހަދާފަދައިން ކައިބޮއި ހަދަ އެވެ. އަދި (قِيَامَة ދުވަހުން) އެމީހުން ގޮސްތިބޭނެތަނަކީ ނަރަކައެވެ. އަލިފާނެވެ.
47:13وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ ﴿13﴾وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ
Transliteration: Wakaayyin min qaryatin hiya ashaddu quwwatan min qaryatika allatee akhrajatka ahlaknahum fala nasira lahum
Translation: އަދި ކަލޭގެފާނުން އެރަށުން ނެރެލެއްވި ރަށުގެ މީހުންނަށްވުރެ ބާރުމާގަދަ ކިތައްކިތައްރަށް (ރަށްރަށުގެމީހުން) ތިމަންރަސްކަލާނގެ އެމީހުންވެސް (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރެއްވީން ހެއްޔެވެ؟ އެބަހީ އެބާވަތުގެ ވަރަށް ގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ. އެމީހުންނަކަށް ދެން އެއްވެސް ނަސްރުވެރިއަކު ނުވެއެވެ.
47:14أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم ﴿14﴾أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم
Transliteration: Afaman kana AAala bayyinatin min rabbihi kaman zuyyina lahu sooo AAamalihi waittabaAAoo ahwaahum
Translation: އެމީހާގެ رَبُّ ގެ حَضْرَةُ ންވާ ދަލީލެއްގެ މަތީގައިވާ މީހާޔާއި އެމީހާގެ ނުބައި عَمَلُ ތައް އެމީހާއަށް ޒީނަތްތެރިވެވުނުމީހާ އެދެމީހުން އެއް ފަދަވާނޭހެއްޔެވެ؟ އަދި ތިމާގެހަވާނަފުސާއި ނުވަތަ އަމިއްލަ އެދުމާއި تَبَعَ ވެގެންވާމީހާފަދަހެއްޔެވެ؟ (އެދެމީހުން އެއްވަރުނުވާނެއެވެ.)
47:15مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّـٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ ﴿15﴾مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّـٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ
Transliteration: Mathalu aljannati allatee wuAAida almuttaqoona feeha anharun min main ghayri asinin waanharun min labanin lam yataghayyar taAAmuhu waanharun min khamrin laththatin lilshsharibeena waanharun min AAasalin musaffan walahum feeha min kulli alththamarati wamaghfiratun min rabbihim kaman huwa khalidun fee alnnari wasuqoo maan hameeman faqattaAAa amAAaahum
Translation: تَقْوَى ވެރިންނަށް وَعْدُ ވެވިފައިވާ ސުވަރުގޭގައިވާ އާރުތަކުގެ މިސާލަކީ އެތާގައި ނުބައިނުވާ ކުނިނުވާ މީރު ފެނުންވާ އާރުތަކެއްވެއެވެ. އަދި އޭގެރަހަ ބަދަލުނުވާ ކިރުގެ އާރުތައްވެއެވެ. އަދި ބޯމީހުންނަށް ރަހަމީރު لَذَّةُ ހުރި ރަލުގެ އާރުތައް ވެއެވެ. އަދިސާފު މާމުއިގެ އާރުތައްވެއެވެ. އަދި އެމީހުންނަށް އެތާގައި ހުރިހާވައްތަރެއްގެ މޭވާޔާއި އަދި އެމީހުންގެ رَبُّ ގެ حَضْرَةُ ންވާ ފާފަ ފުއްސެވުމާއި މިހުރިހާ نِعْمَة އެއް އެމީހުންނަށް އެތާވެއެވެ. މިފަދަމީހާއާއި އަދި އެމީހުންނަށް އެންމެ ހޫނުކަން ގަދަފެން ބޯންދެވޭ ދެންއޭގެސަބަބުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވާ ޙާލު ނަރަކައިގާދެމިހުންނަމީހާއާއި އެއްފަދަވާނޭހެއްޔެވެ؟ (އެކަކު ކޮޅުނެތްކޮޅުގެ އަރާމާ نِعْمَة ގައި ދެމިހުންނަނީއެވެ. އަނެކަކު ކޮޅުނެތްކޮޅުގެ ވޭނާއި عَذَابُގައި ދެމިހުންނަނީއެވެ.)
47:16وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ ﴿16﴾وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ
Transliteration: Waminhum man yastamiAAu ilayka hatta itha kharajoo min AAindika qaloo lillatheena ootoo alAAilma matha qala anifan olaika allatheena tabaAAa Allahu AAala quloobihim waittabaAAoo ahwaahum
Translation: އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.
47:17وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ ﴿17﴾وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ
Transliteration: Waallatheena ihtadaw zadahum hudan waatahum taqwahum
Translation: އަދި ތެދުމަގުލިބެވުނުމީހުން ދަންނައެވެ. އެކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކޮށްދެއްވައެވެ. އަދި އެކަލާނގެ އެމީހުން تَقْوَى ވެރިކަންމަތީ ދަމަހައްޓަވައެވެ.
47:18فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ ﴿18﴾فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ
Transliteration: Fahal yanthuroona illa alssaAAata an tatiyahum baghtatan faqad jaa ashratuha faanna lahum itha jaathum thikrahum
Translation: ހަމަކުއްލިއަކަށް އެމީހުންގެ ގާތަށް އެބަހީ (އެމުނާފިޤުންގެގާތަށް) قِيَامة އައުމަށްމެނުވީ އެމީހުން ފަހެ އިންތިޒާރު އެބަކުރޭހެއްޔެވެ؟ ހަމަކަށަވަރުން އޭގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެމީހުންގެ ގާތައް قِيَامة ދުވަސް އަތުވެއްޖެއްޔާ ވެސް ދެން އެމީހުން وَعْظُ نَصِيْحَة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭގެ ފައިދާއެއް ނުކުރާނެއެވެ.
47:19فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ ﴿19﴾فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ
Transliteration: FaiAAlam annahu la ilaha illa Allahu waistaghfir lithanbika walilmumineena waalmuminati waAllahu yaAAlamu mutaqallabakum wamathwakum
Translation: ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ! އަދި މުއުމިނު ފިރިހެނުންގެއާއި އަދި މުއުމިނު އަންހެނުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދަންނަވާށެވެ! ދުވާލު ވަގުތު މަސައްކަތުގައި ކަލޭމެން އެފުއްމިފުށަށް ފުރޮޅޭތަން الله تَعَالَى ދެނެވޮޑިގެންވެއެވެ. އަދި ރޭގަޑުވަގުތު ކަލޭމެން އަރާމުކުރުމަށް ގޮސްތިބޭތަންވެސް الله تَعَالَى ދެނެވޮޑިގެންވެއެވެ.
47:20وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ ﴿20﴾وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ
Transliteration: Wayaqoolu allatheena amanoo lawla nuzzilat sooratun faitha onzilat sooratun muhkamatun wathukira feeha alqitalu raayta allatheena fee quloobihim maradun yanthuroona ilayka nathara almaghshiyyi AAalayhi mina almawti faawla lahum
Translation: އަދި އީމާންވީމީސްތަކުން ބުނެއެވެ. (ހަނގުރާމައިގެ ވާހަކަ ބަޔާންވެގެންވާ) ސޫރަތެއް ބަވާތްލައްވާނޭނަމައެވެ. ދެންފަހެ އެސޫރަތުގައި حُكُم ތައް ރަނގަޅަށް ސާފުކޮށް އޮޅުމެއްނެތި ބަޔާންވެގެންވާ ފަދައިން ހަނގުރާމައިގެވާހަކަ ބަޔާންވެގެންވާ ސޫރަތެއްބާވާތް ލައްވައިފިއްޔާ އެބައިމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބަލިކަމެއްވާމީހުން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ މަރުވާންވެގެން ހޭބަލިވެ ދެކަޅި ވިދިފައިވާމީހަކު ބަލާގޮތަށް ކަލޭގެފާނާއި ދިމާލަށް ބަލާތީއެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (ނުވަތަ އެމީހުން ނޭދޭގޮތް ދިމާވުން) އެމީހުންނަށް އައުލާވެގެންވެއެވެ.
47:21طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ ﴿21﴾طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ
Transliteration: TaAAatun waqawlun maAAroofun faitha AAazama alamru falaw sadaqoo Allaha lakana khayran lahum
Translation: ކިޔަމަންތެރިކަން އަދާކުރުމާއި އަދި ހެޔޮބަސް ބުނުން ހުއްޓެވެ. ދެންފަހެ ހަނގުރާމަ فَرْضُ ވެ ކަނޑައެޅިއްޖެއްޔާ އެމީހުން ދެބަސްވެ ފަހަތަށް ޖެހެއެވެ. އަދި އެމީހުން ކިޔަމަންތެރިވެ الله تَعَالَى އަށް ތެދުވެރިވިނަމަ އެގޮތް އެމީހުންނަށް މާހެޔޮވީހެވެ.
47:22فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ ﴿22﴾فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ
Transliteration: Fahal AAasaytum in tawallaytum an tufsidoo fee alardi watuqattiAAoo arhamakum
Translation: (އޭ މިތިބަ މުނާފިޤުންނޭވެ! ނުވަތަ މުރުތައްދުމީހުންނޭވެ!) ކަލޭމެން އުއްމަތުގެ ކަންކަމަށް ވެރިކުރެވިއްޖެއްޔާ (ނުވަތަ ކަލޭމެން އިސްލާމުދީނުން މޫނު އަނބުރައިލައިފިއްޔާ) ކަލޭމެން ބިމުގައި ޝިރުކުކޮށް ފަސާދަކޮށް އަދި ކަލޭމެން ކަލޭމެންގެ رَحِم ކަޑައި ހަދާބަޔަކު ކަމުގައި ވެދާނެކަންނޭގެއެވެ. އެހެންވުން އެކަށީގެންވެއެވެ.
47:23أُوْلَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ ﴿23﴾أُوْلَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ
Transliteration: Olaika allatheena laAAanahumu Allahu faasammahum waaAAma absarahum
Translation: ކަނޑައެޅިގެން އެފަދަމީހުން އެއީ الله لَعْنَة ލެއްވި މީހުންނެވެ. ފަހެ އެކަލާނގެ އެމީހުންނަށް (ހެޔޮއެއްޗެއް ނުވިސްނޭމެގޮތުން) ބީރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ ލޯތައްއަދިރި ކުރެއްވިއެވެ. (އެއީ مَعْنَوِى ގޮތުން حَقُّ ތެދު އެއްޗެއް ނުފެންނާނެގޮތުންނެވެ.)
47:24أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ ﴿24﴾أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ
Transliteration: Afala yatadabbaroona alqurana am AAala quloobin aqfaluha
Translation: އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟
47:25إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ ﴿25﴾إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ
Transliteration: Inna allatheena irtaddoo AAala adbarihim min baAAdi ma tabayyana lahumu alhuda alshshaytanu sawwala lahum waamla lahum
Translation: ހަމަކަށަވަރުން އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު އެމީހުން އެމީހުންގެ ފުރަގަހަށް ރައްދު ވީމީހުން އެބަހީ މުރުތައްދުވީމީހުން (ދަންނައެވެ.) شَيْطَانُ އެމީހުންނަށް (ނުބައިކަންތައްތައް) ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެމީހުންނަށް އެސޮރު ބޭކާރު އުއްމީދުތައް ކޮށްދީ ހެދީއެވެ. ވާވެއްދީއެވެ.
47:26ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ ﴿26﴾ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ
Transliteration: Thalika biannahum qaloo lillatheena karihoo ma nazzala Allahu sanuteeAAukum fee baAAdi alamri waAllahu yaAAlamu israrahum
Translation: އެކަން އެހެން އެވީ ހަމަކަށަވަރުން الله ބާވައިލެއްވި ތަކެއްޗާއިމެދު ނުރުހުނުމީހުންނަށް (އެއީ މައްކާގެ މުޝްރިކުން ނުވަތަ ޔަހޫދީންނެވެ.) އެމުނާފިޤުން ބުނީ ބައެއްކަންކަމުގައި ނިކަންހުރެ އަހުރެމެން ކަލޭމެންނަށް ކިޔަމަންވާހުށީމެވެ. އަދި އެހެންނަމަވެސް الله އެއަންގަވަނީ އެމީހުންގެ ސިއްރުތައް الله ދެނެވޮޑި ގަންނަވާކަމުގައެވެ.
47:27فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَـٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ ﴿27﴾فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَـٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ
Transliteration: Fakayfa itha tawaffathumu almalaikatu yadriboona wujoohahum waadbarahum
Translation: އަދި މަލާއިކަތްބޭކަލުން އެމީހުންގެ މަރުހިތްޕަވައިފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ (އެމީހުންގެ މަރުހިތްޕަވާހިނިދު) އެބޭކަލުން އެމީހުންގެ މޫނުތަކުގައްޔާއި އެމީހުނގެ ފޫކޮޅުތަކުގައި ތަޅުއްވާހުއްޓެވެ.
47:28ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ ﴿28﴾ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ
Transliteration: Thalika biannahumu ittabaAAoo ma askhata Allaha wakarihoo ridwanahu faahbata aAAmalahum
Translation: އެހެން އެވީ ހަމަކަށަވަރުން الله ކޯފާވެވޮޑި ގަންނަވާ ކަންތަކާއި އެމީހުން تَبَعَ ވީކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމާއި އެމީހުން ނުރުހުނީއެވެ. ދެން ފަހެ އެކަލާނގެ އެމީހުންގެ (ހެޔޮ ޢަމަލުތައް) بَاطِلُ ކުރެއްވިއެވެ.
47:29أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ ﴿29﴾أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ
Transliteration: Am hasiba allatheena fee quloobihim maradun an lan yukhrija Allahu adghanahum
Translation: އަދި ނުވަތަ އެމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބައްޔެއްވާ އެމީހުން އެމީހުންގެ ޙަސަދައިގެ ރުޅިވެރިކަން الله ނުނެރުއްވާނެކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެން ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި މުއުމިނުންގެ މައްޗައް އެވާ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން الله ނެރުއްވާނެއެވެ. ފާޅު ކުރައްވާނެއެވެ.
47:30وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ ﴿30﴾وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ
Transliteration: Walaw nashao laaraynakahum falaAAaraftahum biseemahum walataAArifannahum fee lahni alqawli waAllahu yaAAlamu aAAmalakum
Translation: އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެމީހުން ދައްކަވައިފީހެވެ. (އެއީކޮންބައެއްކަން އަންގަވަފާހުށީމެވެ.) ދެން ހަމަކަށަވަރުން އެމީހުންގެ ޢަލާމާތުން ކަލޭގެފާނަށް އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންގެ ބަސްބުނުމުގެ ރާގުންނާއި އަދި مِقْصَد ން އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި (އޭމިތިބަ މުނާފިޤުންނޭވެ!) ކަލޭމެންގެ ޢަމަލުތައް الله ދެނެވޮޑިގެންވެއެވެ.
47:31وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّـٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ ﴿31﴾وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّـٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ
Transliteration: Walanabluwannakum hatta naAAlama almujahideena minkum waalssabireena wanabluwa akhbarakum
Translation: އަދި ހަމަކަށަވަރުން ކަލޭމެންގެތެރެއިން މުޖާހިދުންނަކީ ކޮންބައެއްކަމާއި އަދި ކެތްތެރިންނަކީ ކޮންބައެއްކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إِمْتِحَانُ ކުރައްވާހުށީމެވެ. (އެއީ ހަނގުރާމަ فَرْضُ ކުރައްވައިގެން ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ހާމަކުރައްވައިގެންނެވެ.)
47:32إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ ﴿32﴾إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ
Transliteration: Inna allatheena kafaroo wasaddoo AAan sabeeli Allahi washaqqoo alrrasoola min baAAdi ma tabayyana lahumu alhuda lan yaduroo Allaha shayan wasayuhbitu aAAmalahum
Translation: ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު ދެންއެމީހުން ރަސޫލާއާއި އިދިކޮޅު ހެދިމީހުން (ދަންނައެވެ.) އެމީހުންނަކަށް އެއްވެސްގޮތަކުން އަދިއެއްވެސްކަމަކުންވިޔަސް الله އަށް އުދަގުލެއްކޮށް ގެއްލުމެއްކޮށްހެދޭނެ ބައެއްކަމުގައި އެމީހުންނުވެއެވެ. އަދި ނިކަންހުރެ އެމީހުންގެ ޢަމަލުތައް بَاطِلُ ވެދާނެއެވެ.
47:33يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ ﴿33﴾۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ
Transliteration: Ya ayyuha allatheena amanoo ateeAAoo Allaha waateeAAoo alrrasoola wala tubtiloo aAAmalakum
Translation: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން الله އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ކަލޭމެންގެ (ހެޔޮ) ޢަމަލުތައް\nبَاطِلُ ނުކުރާށެވެ! (މިއާޔަތުގެ مَفْهُوْمُ އަށްބަލާއިރު الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ނުވާ ކޮންމެމީހެއްގެ (ހެޔޮ) ޢަމަލުތައް بَاطِلُ ވާނެއެވެ. އެދެފަރާތުގެ އަމުރާ ދިމާނުވާގޮތަށް ހުންނައެއްވެސް ހެޔޮޢަމަލެއް ޤަބޫލެއްނުވެވޭނެއެވެ. މިގޮތުން ބަލާއިރު މަޒުހަބެއްގެ ނަމުގައިކުރެވޭ ޢަމަލުތައް ރަސްމީ އޮފީހުން ބައްލަވައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއްނެތެވެ.
47:34إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ ﴿34﴾إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ
Transliteration: Inna allatheena kafaroo wasaddoo AAan sabeeli Allahi thumma matoo wahum kuffarun falan yaghfira Allahu lahum
Translation: ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެ މަގު އެބަހީ އިސްލާމުދީން ބަންދުކޮށް ދީނަށް މީހުން ވަނަނުދީ ހުރަސްކޮށް / ބަންދުކޮށްހަދައި ދެންއެމީހުން ކާފަރުކަންމަތީވާ ޙާލު މަރުވެދިޔަ ކަމުގައިވަންޏާ ފަހެ الله تَعَالَى އެމީހުންނަށް ނުފުއްސަވާހުއްޓެވެ.
47:35فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ ﴿35﴾فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ
Transliteration: Fala tahinoo watadAAoo ila alssalmi waantumu alaAAlawna waAllahu maAAakum walan yatirakum aAAmalakum
Translation: ފަހެ ކަލޭމެން މުއުމިނުން ބަލިކަށި ނުވާހުށިކަމެވެ! ފިނޑި ނުވާށެވެ! އަދި ކަލޭމެން (ކުރީފަށައިގެން) صُلْحَ ޔަށްނުގޮވާށެވެ! ކާފަރުން صُلْحَ އަށްގޮވަންދެން ކަލޭމެން ހަނގުރާމަ ކުރިޔަށް ގެންދާށެވެ! ކަލޭމެންނަކީ މަތިވާނެމީހުންނެވެ. الله ވޮޑިގެންވަނީ ކަލޭމެންނާއި އެކުގައެވެ. އަދި ކަލޭމެންގެ ޢަމަލުތައް އެބަހީ ޢަމަލުގެ ދަރުމަޔާއި ސަވާބު އެކަލާނގެ މަދު ނުކުރައްވާނެއެވެ.
47:36إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ ﴿36﴾إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ
Transliteration: Innama alhayatu alddunya laAAibun walahwun wain tuminoo watattaqoo yutikum ojoorakum wala yasalkum amwalakum
Translation: ދުނިޔޭ ގެ މިދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރާއި އަދި الله تَعَالَى ގެމަތިން غَافِل ކޮށްލާ އެއްޗެއް ކަމުގައެވެ. އަދިކަލޭމެން އީމާންވެ އަދި ކަލޭމެން ثقوى ވެރި ވެއްޖެއްޔާ ކަލޭމެންގެ އުޖޫރަ ކަލޭމެނަށް އެކަލާނގެ ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ މުދަލަކަށް އެބަހީ ކަލޭމެންގެ މުޅިމުދާ (އެކަށް) ކަލޭމެންދޭކަށެއް އެދިވޮޑި] ނުގަންނަވާނެއެވެ. (އެދިވޮޑިގަންނަވަނީ އޭގެޙައްޤުއަދާކުރުމަށެވެ. ޒަކާތްދޭށެވެ. ދެންވެސް ސުންނަތްصَدَقَة ދޭށެވެ.)
47:37إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ ﴿37﴾إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ
Transliteration: In yasalkumooha fayuhfikum tabkhaloo wayukhrij adghanakum
Translation: އެކަލާނގެ ކަލޭމެންގެކިބައިން (އެކަށް) އެމުދާ ހޭދަކުރުމަށް އެދިވޮޑިގެންނެވި ނަމަ ފަހެ އެހައިރުން ކަލޭމެންނަށް ދަތިވެދާނެއެވެ. ދެންކަލޭމެން ދަހިވެތި ވެދާނެއެވެ. بَخِيْلُ ވެދާނެއެވެ. އަދިކަލޭމެންގެ ހިތްޔަކުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެކަލާނގެ ނެރުއްވާނެއެވެ.
47:38هَـٰٓأَنتُمۡ هَـٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم ﴿38﴾هَـٰٓأَنتُمۡ هَـٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم
Transliteration: Haantum haolai tudAAawna litunfiqoo fee sabeeli Allahi faminkum man yabkhalu waman yabkhal fainnama yabkhalu AAan nafsihi waAllahu alghaniyyu waantumu alfuqarao wain tatawallaw yastabdil qawman ghayrakum thumma la yakoonoo amthalakum
Translation: އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download