quranm◉

Surah Al-Ma'idah transliteration

◉ ސޫރަ · ∞

5:1

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ أُحِلَّتۡ لَكُم بَهِيمَةُ ٱلۡأَنۡعَٰمِ إِلَّا مَا يُتۡلَىٰ عَلَيۡكُمۡ غَيۡرَ مُحِلِّي ٱلصَّيۡدِ وَأَنتُمۡ حُرُمٌۗ إِنَّ ٱللَّهَ يَحۡكُمُ مَا يُرِيدُ ﴿1﴾

Transliteration: Ya ayyuha allatheena amanoo awfoo bialAAuqoodi ohillat lakum baheematu alanAAami illa ma yutla AAalaykum ghayra muhillee alssaydi waantum hurumun inna Allaha yahkumu ma yureedu

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން عَهْدُ ތައް ފުއްދާށެވެ! (ﷲ فرض ކުރައްވާ تَكْلِيْف ކުރައްވާފައިވާ ކަންތަކާއި ނަހީކުރައްވާ މަނާކުރައްވާފައިވާ ކަންތައް ކަލޭމެން ބަރާބަރު ކުރާށެވެ! އަދި އެހެނިހެން މީހުންނާއިއެކު އެއްބަސްވެވިފައިވާ އެއްބަސްވުންތައްވެސް ހިންގާ ބަރާބަރު ކުރާށެވެ! فرض ކަންތައް فرض ގޮތަށެވެ. ނަހީވެސް ނަހީގޮތަށެވެ.) نَعَم ސޫފީގެތެރެއިން حرام އެއްޗެއްގެގޮތުން ކަލޭމެންނަށް އެންގެވިފައިވާ ތަކެތި މެނުވީ نَعَم ސޫފީގެ ބާވަތްތައް (ގެރިބަކަރި جمل) ކަލޭމެންނަށް حلال ކުރެވިއްޖެއެވެ. (حَجّ އަށް ނުވަތަ عُمْرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެތަކެތީގެ ޝިކާރަ ނުކުރާ ބަޔަކުކަމުގައެވެ. (އެބަހީ إحرام ބަނދެގެންވާ حال މިއިން އެއްޗެއް ޝިކާރަކުރުން ހުއްދަވެގެން ނުވެއެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. • ދަންނައެވެ. المَائدة މިއީ ކާނާދޮލަނގެވެ. ކާތަކެތީން ތައްޔާރުވެފައިވާ ދޮލަނގެވެ. މިވާހަކަ މިސޫރަތުގެ 112 ވަނަ އާޔަތުން 115 ވަނަ އާޔަތާދެމެދު بيان ވެގެންވެއެވެ. • عُقُود އަކީ عُهُوْد އެވެ. عقد އާއި عَهْد އެއް މާނައެކެވެ. ﷲ أمر ފުޅުތަކާއި ނަހީތަކެވެ. • بَهِيْمَةُ = އަކީ نَعَم ސޫފީގެ ދަރިއެވެ. الأنعام އަކީ نَعَم ގެ جمع އެވެ. نَعَم ސޫތްޕަކީ ގެރިބަކަރި جمل އެވެ. ވީމާ بَهِيْمَة الأنعام އަކީ ގެރިބަކަރި جمل މިތަކެތީގެ ދަރިޔާ ހުރިހާ އެއްޗެކެވެ. ބަނޑުގައި އޮތް ދަރިވެސް ހިމެނޭނެއެވެ. والله أعلم.

5:2

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُحِلُّواْ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهۡرَ ٱلۡحَرَامَ وَلَا ٱلۡهَدۡيَ وَلَا ٱلۡقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلۡبَيۡتَ ٱلۡحَرَامَ يَبۡتَغُونَ فَضۡلٗا مِّن رَّبِّهِمۡ وَرِضۡوَٰنٗاۚ وَإِذَا حَلَلۡتُمۡ فَٱصۡطَادُواْۚ وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ أَن صَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ أَن تَعۡتَدُواْۘ وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ﴿2﴾

Transliteration: Ya ayyuha allatheena amanoo la tuhilloo shaAAaira Allahi wala alshshahra alharama wala alhadya wala alqalaida wala ammeena albayta alharama yabtaghoona fadlan min rabbihim waridwanan waitha halaltum faistadoo wala yajrimannakum shanaanu qawmin an saddookum AAani almasjidi alharami an taAAtadoo wataAAawanoo AAala albirri waalttaqwa wala taAAawanoo AAala alithmi waalAAudwani waittaqoo Allaha inna Allaha shadeedu alAAiqabi

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ ގެ شَعِيْرَة ތައް حلال ނުކުރާށެވެ! (އެބަހީ އެކަލާނގެ ކަނޑައަޅުއްވާފައިވާ مَعَالِم ތައް އެކަންކަމުގެ حرمة ކަނޑައި ހުއްދަކަމެއްކަމުގައި ނުހަދާށެވެ!) އެކަމެއް އެ އެންގެވިފަދައަކުން ކުރާށެވެ! އެއީ ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާ ކުރުން لاَزم ކުރައްވާފައިވާ ކަންކަމާއި ނަހީކުރައްވާ މަނާކުރެއްވި ކަންކަމެވެ. އޭގެތެރޭގައި އެންމެ އިސްކަމަކަށް حجّ ގެ އަޅުކަމާއި مكّة އާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންތައްތައް ހިމެނޭކަމުގައި ގިނަمُفَسِّر ން ވިދާޅުވެއެވެ. އަދި حرمة ތެރިވެގެންވާ މައްސަރުތައްވެސް އޭގެ حرمة ކަނޑާ حلال ނުކުރާށެވެ! އަދި مكّة ގެ حَرَم ފުޅަށް ހަދިޔާގެގޮތުގައި ގެންދެވޭ هَدْى ތައް (ގެރިބަކަރި جَمَل) ވެސް އޭގެ حرمة ކަނޑައި حلال އެއްޗެތި ކަމުގައި ބަލައި ނުގަވާއިދުން އެތަކެއްޗަށް ގޯނާ ނުކުރާށެވެ! އޭގެތެރޭގައި ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ هَدْىُ ކަމުގައިވާ قَلِيْدَة ވެސްވެއެވެ. އެފަދަ ތަކެއްޗަށްވެސް ގޯނާ ނުކުރާށެވެ! އަދި ތިމާމެންގެ رَبُّ ގެ حضرة ން فَضْلَ ވަންތަކަމާއި ރުހިވޮޑިގަތުން އެދިގެން ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަމީހުން ކަލޭމެން ހިފަހައްޓާ މަނާކޮށް ނުހަދާށެވެ! (ދަންނައެވެ! މި حكم ތައް تَنْفِيْذُ ކުރެވޭނީ ހަމައެކަނި مُسْلِم ންނާއިމެދުގައެވެ. مُشْرك ންނާއި ބެހޭ އެބާވަތުގެ އެންމެހައި حكم އެއް މިހާރު ވަނީ مَنْسُوخ ކުރެވިފައެވެ. مشرك އަކު مكّة ގެ حرم ގެތެރެއަށް ވަނުމަކީ މަނާ ކަމެކެވެ.) އަދި ކަލޭމެން (حَجُّ ން ނުވަތަ عُمْرَة އިން إحْرَام ކަނޑައި) حلال ވެގަތުމަށްފަހު ދެން ކަލޭމެން އެއްގަމު ޝިކާރަކުރާށެވެ! އެބަހީ އެއީ ހުއްދަ ކަމެކެވެ. އަދި ކަލޭމެން مَسْجِدُ الْحَرَام އަށް ދިޔަނުދީ ހިފަހައްޓާ މަނާކުރިކަމުގެ ސަބަބުން ބަޔަކުމީހުންގެ މައްޗަށް އައިސްފައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެއީ عَدَاوة ތެރިވެގަތުމުގެ ސަބަބެއްކަމުގައި އަދި އެކަން ހުއްދަވުން حقّ ވާކަމެއްގައި ކަލޭމެން ނުހަދާށެވެ! (މިއާޔަތުން މި އިޝާރަތްވަނީ صُلْحُ الْحُدَيْبِيّة ގެ ދުވަހު مسلم ން ގެފުޅަށް ދިއުން މަނާކުރި مشرك ންނަށް އޭގެފަހުން مسلم ންނަށް ބާރުލިބުނީމާ އޭގެބަދަލުގައި އެމީހުންގެމައްޗަށް عداوة ތެރި ނުވުމަށްވާ އިޝާރާތެކެވެ. އެއީ ﷲ ގެ ފުރިހަމަ حكمة ފުޅުގެތެރެއިން ހިންގަވާ ކަންކަމެވެ.) އަދި ހެޔޮކަންކަމާއި تقوى ވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވެވޭ ކަންކަމާއި ދެކޮޅުވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީނުވާށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ﷲ އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.

5:3

حُرِّمَتۡ عَلَيۡكُمُ ٱلۡمَيۡتَةُ وَٱلدَّمُ وَلَحۡمُ ٱلۡخِنزِيرِ وَمَآ أُهِلَّ لِغَيۡرِ ٱللَّهِ بِهِۦ وَٱلۡمُنۡخَنِقَةُ وَٱلۡمَوۡقُوذَةُ وَٱلۡمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيۡتُمۡ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسۡتَقۡسِمُواْ بِٱلۡأَزۡلَٰمِۚ ذَٰلِكُمۡ فِسۡقٌۗ ٱلۡيَوۡمَ يَئِسَ ٱلَّذِينَ كَفَرُواْ مِن دِينِكُمۡ فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِۚ ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ فَمَنِ ٱضۡطُرَّ فِي مَخۡمَصَةٍ غَيۡرَ مُتَجَانِفٖ لِّإِثۡمٖ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿3﴾

Transliteration: Hurrimat AAalaykumu almaytatu waalddamu walahmu alkhinzeeri wama ohilla lighayri Allahi bihi waalmunkhaniqatu waalmawqoothatu waalmutaraddiyatu waalnnateehatu wama akala alssabuAAu illa ma thakkaytum wama thubiha AAala alnnusubi waan tastaqsimoo bialazlami thalikum fisqun alyawma yaisa allatheena kafaroo min deenikum fala takhshawhum waikhshawni alyawma akmaltu lakum deenakum waatmamtu AAalaykum niAAmatee waradeetu lakumu alislama deenan famani idturra fee makhmasatin ghayra mutajanifin liithmin fainna Allaha ghafoorun raheemun

Translation: (އޭ مؤمن ންނޭވެ!) މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި އަދިމަސްކެއުން ޙަލާލު ޖަނަވާރުގެތެރެއިންވެސް އެ އެއްޗެއް ﷲ ނޫން ފަރާތަކަށް ކަތިލެވުނު ކޮންމެ އެއްޗަކާއި (އެބަހީ އޭގެމަހާއި) އަދި ނޭވައި ހިފެހެއްޓިގެން މަރުވި ކޮންމެ އެއްޗަކާއި (އެއީ ތާކު ބޯތާށިވެގެންނަމަވެސް ނުވަތަ ކަރުގައި އެއްޗެއް ބަނދެވި ދަންޖެހުންފަދަ ގޮތަކުން ނަމަވެސް) - އަދި އެއްޗަކުން ޖަހައި މަރައިލި ކޮންމެއެއްޗަކާއި އަދި މަތީތާކުން ވެއްޓިމަރުވާ ކޮންމެ އެއްޗަކާއި އަދި އެހެން ޖަނަވާރެއްގެ ދަޅުން ޖަހައިގެން މަރުވި ކޮންމެ އެއްޗަކާއި އަދި (ޝިކާރަކުރަން ދަސްކޮށްދީފައިވާ ޖަނަވާރެއް ފިޔަވައި) އެހެން މިނިކާ ޖަނަވާރެއް އެއްބައި ކައިފައިވާ ކޮންމެ އެއްޗަކާއި މިހުރިހާ ތަކެތި އެ އެއްޗެއް ފުރާނަހުއްޓާ ލިބި شرعى ހަމަތަކުގެ މަތީން ކަލޭމެން ކަތިލި އެއްޗެއްމެނުވީ ކަލޭމެންގެ މައްޗަށް އެތަކެތި ކެއުން حرام ކުރެވިއްޖެއެވެ. އެބަހީ ﷲ އެތަކެތި حرام ކުރައްވައިފިއެވެ. އަދި نُصُبُ ތަކުގެ މައްޗަށް ކަތިލެވުނު ކޮންމެ އެއްޗެއްވެސް حرام ވެވިގެންވެއެވެ. (نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. އެއީ ވަކިމީހެއްގެ ނުވަތަ އެއްޗެއްގެ صورة ނުކުރެވި ހުންނަ ހިލަގަނޑުގަނޑެވެ. އޭގެމަތީގައި އެހެނިހެން ޖަނަވާރު ކަތިލެވި ލެއި އޮހޮރުވޭ ތަކެއްޗެވެ. އަދި ދަންނައެވެ! نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. މިހާރުވެސް އެމާނައިގާބެހެއްޓިފައިވާތަކެއްޗަކީ ހަމަ نُصُب އެވެ. އަދި ކޮންމެތާކު ހުރިނަމަވެސްމެއެވެ.) އެކަން مشرك ން ކުރަނީ އެއަށް މާތްކޮށް ހިތާ އަޅުކަން ކުރުމުގެ ގޮތުންނެވެ. އަދި ކަލޭމެންގެ ނަސީބުހުރިގޮތެއް ބެލުމަށް ނުވަތަ ކުރަން އުޅޭކަމުގެ ހެޔޮނުބައި ބެލުމަށް ބުދުކައިރިއަށްގޮސް (އަދި ނުގޮސްނަމަވެސް) ދުނިތަކުން ފާލުބެލުމާއި މިކަންވެސް حرام ވެގެންވެއެވެ. މިބަޔާންވެދިޔަ އެންމެހައި ކަންތަކަކީ ފާސިދު ކަންކަމެވެ. އެބަހީ އެއިން ކަމެއްކޮށް އެއިން އެއްޗެއް އެންގެވިފަދައިން ނޫނީ ބޭނުންކޮށްހެދުމީ ފާސިދުކަމެކެވެ. ﷲ ގެ ކިޔަމަނުން ނުކުތުމެކެވެ. އުރެދުމެކެވެ. އަދި މިއަދު (އެބަހީ حَجَّةُ الوَدَاعُ ގައި عَرَفَة ދުވަހު) ކަލޭމެންގެ ދީނާއިމެދު ކާފަރުން މުޅިން ނާ أمّيد ވެ މާޔޫސްވެއްޖެއެވެ. (އެބަހީ ކަލޭމެން އިސްލާމްދީން ދޫކޮށް އަލުން غَيردين އަށް ވަނުމާމެދު އެމީހުން ނާ أمّيد ވެއްޖެއެވެ. ބުނެވެނީ އެދުވަހު عرفة ގެ ބިމުގައި އެއްވެސް ކާފަރަކު އަދި مشرك އަކު ނުވާކަމުގައެވެ.) ފަހެ ކަލޭމެން އެމީހުންދެކެ ބިރުނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! އަދި މިއަދު ތިމަންރަސްކަލާނގެ ކަލޭމެންނަށް ކަލޭމެންގެ دين ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ފުރިހަމަކޮށް ބަރާބަރުކޮށްދެއްވައިފީމެވެ. (އެއީ ކަލޭމެންގެ ރަށުން مشرك ން ނެތިދިއުމާއި އެމީހުން ކަލޭމެންގެމައްޗަށް އަރައިގަތުންނެތުމާއި ކަލޭމެންގެ دين އާއިމެދު އެމީހުން ނާ أمّيد ވުމެވެ.) އަދި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި (އެބަހީ محمّد ﷺ އަށް ބާވައިލެއްވި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި) ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. އެއިން މުރާދުކުރެވެނީ ﷲ އަށް ކިޔަމަންތެރިވުން އެއީ إسلام ންގެ دينކަމުގައެވެ. ދެންފަހެ އިސްވެދިޔަ حرام ތަކެތީގެ ތެރެއިންވެސް މީހަކު ބަނޑުހައިހޫނުކަން ގަދަވެ ކާނެ ބޯނެ އެއްޗެއްނެތި ގޮތްހުސްވެ އެއިން އެއްޗަކުން ބޭނުންކުރުން مَجْبُور ވެއްޖެމީހާ ޢަދާވާތްތެރިކަމެއްނެތި ފާފަވެރިވުމުގެ ފަރާތަށް ލެނބުމެއްނެތި (އެބަހީ ހަމަކެއުމުގެ قصد އެއްނެތި) އެއިން އެތިކޮޅެއް (ފުދިލާވަރަށް) ބޭނުންކުރުމަކުން (އޭނާގެމައްޗަކަށް ކުށެއްނެތެވެ.) ފަހެ ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

5:4

يَسۡـَٔلُونَكَ مَاذَآ أُحِلَّ لَهُمۡۖ قُلۡ أُحِلَّ لَكُمُ ٱلطَّيِّبَٰتُ وَمَا عَلَّمۡتُم مِّنَ ٱلۡجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُۖ فَكُلُواْ مِمَّآ أَمۡسَكۡنَ عَلَيۡكُمۡ وَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهِۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴿4﴾

Transliteration: Yasaloonaka matha ohilla lahum qul ohilla lakumu alttayyibatu wama AAallamtum mina aljawarihi mukallibeena tuAAallimoonahunna mimma AAallamakumu Allahu fakuloo mimma amsakna AAalaykum waothkuroo isma Allahi AAalayhi waittaqoo Allaha inna Allaha sareeAAu alhisabi

Translation: (އޭ رسول ﷲ އެވެ!) އެމީހުން يعني مؤمن ންގެމީހުން އެމީހުން ކައިއުޅޭ މަހުގެތެރެއިން އެބަހީ އެއްގަމު މަހުގެތެރެއިން އެމީހުންނަށް حلال ވެގެންވަނީ ކޮންއެއްޗެއްތޯ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް حلال ވެގެންވަނީ ރަނގަޅު حلال ތަކެއްޗެވެ. شريعة ހުއްދަކުރާ ތަކެއްޗެވެ. އަދި ޝިކާރަކުރުމަށް ކަލޭމެން އެތަކެއްޗަށް ދަސްކޮށްދީފައިވާ ޝިކާރަކުރާ ޖަނަވާރު ކަލޭމެންނަށް ޝިކާރަކޮށްދީގެން ގެނައި މަސްކެއުން حلال ކޮންމެއެއްޗެކެވެ. އެއީ ﷲ ކަލޭމެންނަށް އުގަންނައިދެއްވި ތަކެތީގެތެރެއިން އެތަކެއްޗަށް ކަލޭމެން އުގަންނައިދީ ތަމްރީނުކޮށްދީފައިވާ ކުއްތާޔާ ދެންވެސް އެބާވަތުގެ ޖަނަވާރާ އަދި ދޫންޏެވެ. ފަހެ އެސޮރުމެން ކަލޭމެންނަށްޓަކައި ޝިކާރަކޮށްދީފައިވާ ޝިކާރައެއްވިއްޔާ ކަލޭމެން އެއިން ކާށެވެ. އަދި އެއަށް ﷲ ގެ ނަންފުޅު ކިޔާށެވެ. (އެބަހީ ޝިކާރަކުރާ އެތި ޝިކާރަގެންނައިރު ފުރާނަހުރިކަމުގައިވަންޏާ قواعد ން بسم ކިޔައި شريعة ގައި ކަނޑައެޅިފައިވާފަދައަކުން ކަތިލާށެވެ!) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! (އެކަލާނގެ حكم ތަކާއިމެދު ފަރުވާތެރިވާށެވެ! އެއިން حكم އަކަށް ފަރުވާކުޑަކުރެވިދާނެކަމަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.)

5:5

ٱلۡيَوۡمَ أُحِلَّ لَكُمُ ٱلطَّيِّبَٰتُۖ وَطَعَامُ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حِلّٞ لَّكُمۡ وَطَعَامُكُمۡ حِلّٞ لَّهُمۡۖ وَٱلۡمُحۡصَنَٰتُ مِنَ ٱلۡمُؤۡمِنَٰتِ وَٱلۡمُحۡصَنَٰتُ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّ مُحۡصِنِينَ غَيۡرَ مُسَٰفِحِينَ وَلَا مُتَّخِذِيٓ أَخۡدَانٖۗ وَمَن يَكۡفُرۡ بِٱلۡإِيمَٰنِ فَقَدۡ حَبِطَ عَمَلُهُۥ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ ﴿5﴾

Transliteration: Alyawma ohilla lakumu alttayyibatu wataAAamu allatheena ootoo alkitaba hillun lakum wataAAamukum hillun lahum waalmuhsanatu mina almuminati waalmuhsanatu mina allatheena ootoo alkitaba min qablikum itha ataytumoohunna ojoorahunna muhsineena ghayra musafiheena wala muttakhithee akhdanin waman yakfur bialeemani faqad habita AAamaluhu wahuwa fee alakhirati mina alkhasireena

Translation: މިއަދު ކަލޭމެންނަށް ރަނގަޅު حلال ތަކެތި حلال ކުރެވިއްޖެއެވެ. އަދި ފޮތްދެއްވުނުމީހުންގެ އެބަހީ يهودي ންނާއި نصارى އިންގެ ކާނާވެސް އެބަހީ އެމީހުން ކަތިލާ (މަސްކެއުން حلال ޖަނަވާރުގެ) މަސްވެސް ކަލޭމެންނަށް حلال އެވެ. އަދި ކަލޭމެންގެ ކާނާ އެބަހީ ކަލޭމެން ކަތިލާ ތަކެތީގެ މަސް އެމީހުންނަށް ހުއްދައެވެ. އަދި مؤمن އަންހެނުންކުރެ މިނިވަން عفّة ތެރި އަންހެނުން ކަލޭމެންނަށް حلال ވެގެންވެއެވެ. (ކަލޭމެން އިންނަން ހުއްދައެވެ.) އަދި ކަލޭމެންގެ ކުރިން ފޮތްދެއްވުނު މީހުންގެތެރެއިން އެބަހީ يهودي ންނާއި نصارى އިންގެ ތެރެއިންވެސް މިނިވަން عفّة ތެރި އަންހެނުން ކަލޭމެނަށް حلال އެވެ. އެބަހީ ކާވެނިކުރުން ހުއްދައެވެ. އެއީ އެކަނބަލުންނަށް އެކަނބަލުންގެ أجُور ދީފިއްޔާއެވެ. ކާވެނި ރަން އަދާކޮށްފިއްޔާއެވެ. އަދި ކަލޭމެން ފިރިހެނުންވެސް عفّة ތެރިވެގެންވާ حال ގައެވެ. އަދި ޒިނޭ ނުކުރާ އަދި ޒިނޭކޮށް ވިޔާނުދާ ކަންތައްކުރާ އަންހެންކުދިންވެސް ނުގެންގުޅޭ މީހުންކަމުގައެވެ. އަދި އީމާންކަން ފިޔަވައި ކާފަރުވާ މީހާ ދަންނައެވެ! ފަހެ އޭނާގެ ހެޔޮ عمل باطل ވެއްޖެއެވެ. އަދި آخرة ދުވަހުން އޭނާ ވާނީ ގެއްލި ހަލާކުވެގެންވާ މީހަކުކަމުގައެވެ. ގެއްލި ހަލާކުވާ މީހުންގެތެރެއިންނެވެ. * ދަންނައެވެ. އިސްވެދިޔަ އާޔަތުގައްޔާއި އަދި ކުރީގެ ދެއާޔަތުގައިވެސް مفسّر ންގެ މެދުގައި ދެބަސްވުން ހުރިކަމުގެ ވާހަކަ ދަންނަވަމެވެ. އަދި އެ حكم ތަކުގެ تفصيل ތައްވެއެވެ. މިލިއުމަކީ އެއަށްވުރެ ކުރު ލިއުމެކެވެ.

5:6

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قُمۡتُمۡ إِلَى ٱلصَّلَوٰةِ فَٱغۡسِلُواْ وُجُوهَكُمۡ وَأَيۡدِيَكُمۡ إِلَى ٱلۡمَرَافِقِ وَٱمۡسَحُواْ بِرُءُوسِكُمۡ وَأَرۡجُلَكُمۡ إِلَى ٱلۡكَعۡبَيۡنِۚ وَإِن كُنتُمۡ جُنُبٗا فَٱطَّهَّرُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٞ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُم مِّنۡهُۚ مَا يُرِيدُ ٱللَّهُ لِيَجۡعَلَ عَلَيۡكُم مِّنۡ حَرَجٖ وَلَٰكِن يُرِيدُ لِيُطَهِّرَكُمۡ وَلِيُتِمَّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تَشۡكُرُونَ ﴿6﴾

Transliteration: Ya ayyuha allatheena amanoo itha qumtum ila alssalati faighsiloo wujoohakum waaydiyakum ila almarafiqi waimsahoo biruoosikum waarjulakum ila alkaAAbayni wain kuntum junuban faittahharoo wain kuntum marda aw AAala safarin aw jaa ahadun minkum mina alghaiti aw lamastumu alnnisaa falam tajidoo maan fatayammamoo saAAeedan tayyiban faimsahoo biwujoohikum waaydeekum minhu ma yureedu Allahu liyajAAala AAalaykum min harajin walakin yureedu liyutahhirakum waliyutimma niAAmatahu AAalaykum laAAallakum tashkuroona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ނަމާދަށް ތެދުވަންޏާ (އެބަހީ ނަމާދުކުރަން قصد ކޮށް ނަމާދުކުރަން ފެށުމުގެކުރިން) ފަހެ ކަލޭމެންގެ މޫނުތައް ދޮންނާށެވެ! އަދި އުޅަބޮށިކައްޓާއެކު ކަލޭމެންގެ އަތްތައްވެސް ދޮންނާށެވެ! އަދި ކަލޭމެންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ދެތަނބިކައްޓާއެކު ދެފައި ދޮންނާށެވެ! އަދި حُنُبُ ވެރިންކަމުގައި ކަލޭމެންވެއްޖެއްޔާ ފަހެ ކަލޭމެން (ރަނގަޅަށް ހިނައި) طاهر ވެގަންނާށެވެ! އަދި ކަލޭމެން ބަލިމީހުންކަމުގައިވަންޏާ ނުވަތަ ދަތުރެއްގެމަތީގައިވަންޏާ ނުވަތަ ކަލޭމެންކުރެ މީހަކު ފާޚާނާކޮށްފިއްޔާ ނުވަތަ ކަލޭމެން އަންހެނުންގައި ބީހިއްޖެއްޔާ (އެބަހީ جِمَاعُ ވެއްޖެއްޔާ) (ދެން މިކަންކަމަށްފަހު) ފެން ނުލިބިއްޖެއްޔާ ނުވަތަ ފެނުން إستعمال ކުރެވޭގޮތް ނުވެއްޖެއްޔާ ދެން طاهر ރަނގަޅު ވެލިން تَيَمَّمُ ކުރާށެވެ! ފަހެ ކަލޭމެންގެ މޫނުތަކާއި އަތްތަކުގައި އެވެލިން ފުހޭށެވެ! ﷲ تعالى ކަލޭމެނަށް އެއްވެސް އުނދަގުލެއް ދައްޗެއް ޖެއްސެވުމަށް އެދިވޮޑި ނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެން طاهر ކުރައްވައި އަދި އެކަލާނގެ نعمة ކަލޭމެންގެ މައްޗަށް ފުރިހަމަކުރެއްވުމަށެވެ. އެއީ ކަލޭމެން (އެކަލާނގެއަށް) شكر ކުރުމަށްޓަކައެވެ. މިއާޔަތުގައި بيان ވެގެންމިވަނީ وضوء ކުރުމާއި ތަޔައްމަމު ކުރުމުގެ إجمالى ގޮތެވެ. އޭގެ تفصيل سنّة ގައި بيان ވެއެވެ.

5:7

وَٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ وَمِيثَٰقَهُ ٱلَّذِي وَاثَقَكُم بِهِۦٓ إِذۡ قُلۡتُمۡ سَمِعۡنَا وَأَطَعۡنَاۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿7﴾

Transliteration: Waothkuroo niAAmata Allahi AAalaykum wameethaqahu allathee wathaqakum bihi ith qultum samiAAna waataAAna waittaqoo Allaha inna Allaha AAaleemun bithati alssudoori

Translation: (އޭ مؤمن ންނޭވެ!) ކަލޭމެންގެމައްޗަށް ﷲ ލެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! (އެއީ إسلام دين ގެ هداية ގެ نعمة އެވެ.....) އަދި އެކަލާނގެ ކަލޭމެންގެ ކިބައިން އެހިއްޕެވި عهد ކަށަވަރުވެސް ހަނދާންކުރާށެވެ! އެއީ އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރިވެއްޖައީމެވެ. މިހެންބުނި ހިނދުންނެވެ. (އެއީ رسول ﷲ ﷺ ގެ أصحاب ބޭކަލުން އެކަލޭގެފާނަށް بيعة ހިއްޕެވި ހިނދުގައެވެ. ﷲ އާއި އެކަލާނގެ رسول އާ ކުރައްވާ ކޮންމެ أمر ފުޅަކަށް ފަސޭހަޔާ އުނދަގުލުގައިވެސް އަހައި ކިޔަމަންތެރިވުމަށް އެބޭކަލުން ގަންނަވައި عهد ކުރެއްވިހިނދުގައެވެ.)\nއަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ފޮރުވި ވަންހަނާވެގެންވާ ތަކެތިވެސް ﷲ ދެނެވޮޑިގެންވެއެވެ.

5:8

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّـٰمِينَ لِلَّهِ شُهَدَآءَ بِٱلۡقِسۡطِۖ وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰٓ أَلَّا تَعۡدِلُواْۚ ٱعۡدِلُواْ هُوَ أَقۡرَبُ لِلتَّقۡوَىٰۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ﴿8﴾

Transliteration: Ya ayyuha allatheena amanoo koonoo qawwameena lillahi shuhadaa bialqisti wala yajrimannakum shanaanu qawmin AAala alla taAAdiloo iAAdiloo huwa aqrabu lilttaqwa waittaqoo Allaha inna Allaha khabeerun bima taAAmaloona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށްޓަކައި (عدل ވެރިކަން) قائم ކުރާބަޔަކުކަމުގައި ކަލޭމެން ވާށެވެ! عدل ވެރިކަމަށް ހެކިދޭބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންނަށް އައިސްފައިވާ ރުޅިވެރިކަން އެއީ عَدْلُ ވެރިނުވުމުގެ މައްޗަށްވާ حقّ ކަމެއްކަމުގައި ކަލޭމެން ނުހަދާށެވެ! އެކަމުގެ ސަބަބެއްކަމުގައި ކަލޭމެން ހަދައިނުގަންނާށެވެ! އަދި ކަލޭމެން عدل ވެރިވާށެވެ!އެކަން ތަޤްވާވެރިވުމާއިގާތެވެ. އަދިކަލޭމެން ހަމަކަށަވަރުން ކަލޭމެން ކުރާކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ. އެކަމުގެ خبر އެކަލާނގެ ދެއްވާނެއެވެ.

5:9

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٞ ﴿9﴾

Transliteration: WaAAada Allahu allatheena amanoo waAAamiloo alssalihati lahum maghfiratun waajrun AAatheemun

Translation: އަދި އީމާންވެގެން صالح عمل ކުރިމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުރިކަމަށް (ފާފަފުއްސެވުމާއި ދަރުމަދެއްވާނެކަމަށް) ﷲ وعد ކުރެއްވިއެވެ.

5:10

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ﴿10﴾

Transliteration: Waallatheena kafaroo wakaththaboo biayatina olaika ashabu aljaheemi

Translation: އަދި އެބަޔަކު ކާފަރުވެ އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން (ދަންނާށެވެ!) އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.

5:11

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ هَمَّ قَوۡمٌ أَن يَبۡسُطُوٓاْ إِلَيۡكُمۡ أَيۡدِيَهُمۡ فَكَفَّ أَيۡدِيَهُمۡ عَنكُمۡۖ وَٱتَّقُواْ ٱللَّهَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿11﴾

Transliteration: Ya ayyuha allatheena amanoo othkuroo niAAmata Allahi AAalaykum ith hamma qawmun an yabsutoo ilaykum aydiyahum fakaffa aydiyahum AAankum waittaqoo Allaha waAAala Allahi falyatawakkali almuminoona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް ﷲ ދެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ބަޔަކުމީހުން އެމީހުންގެ އަތްތައް ކަލޭމެނާ ދިމާއަށް ފެތުރުމަށް قَصْدُ ކުރިހިނދުންނެވެ. ފަހެ ﷲ تعالى އެމީހުންގެ އަތްތައް ކަލޭމެންގެ ކިބައިން ހުއްޓުވާ މަނާކުރެއްވިއެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ފަހެ مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ. ދަންނައެވެ! މިއާޔަތުން މި إشارة ކުރައްވަނީ مدينة ގައިތިބި يهودي ންގެ بَنُوالنَّضِيْر ގެ މީހުން رسول ﷲ ﷺ އަވަހާރަކޮށްލަން ރޭވި ރޭވުމަކުން ﷲ تعالى އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކައަށެވެ. އެކަލޭގެފާނާ އެމީހުންނާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓާ އެމީހުން خلاف ވެ خيانة ތެރިވުމުގެ ސަބަބުން އެމީހުން مدينة އިން ނެރެ އެހެންތަންތަނަށް އަރުވައިލައްވައި އެމީހުންގެމުދާ އެކަލޭގެފާނަށާއި مؤمن ންނަށް فَيْىءُ މުދަލުގެގޮތުގައި ﷲ ދެއްވީއެވެ. އެވާހަކަ حَشْرُ ސޫރަތުގައި ފުރިހަމައަށް بيان ވެގެންވެއެވެ. އަދި އެހެން ސަބަބުވެސް މިއާޔަތާމެދުވެއެވެ. والله أعلم.

5:12

وَلَقَدۡ أَخَذَ ٱللَّهُ مِيثَٰقَ بَنِيٓ إِسۡرَـٰٓءِيلَ وَبَعَثۡنَا مِنۡهُمُ ٱثۡنَيۡ عَشَرَ نَقِيبٗاۖ وَقَالَ ٱللَّهُ إِنِّي مَعَكُمۡۖ لَئِنۡ أَقَمۡتُمُ ٱلصَّلَوٰةَ وَءَاتَيۡتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِي وَعَزَّرۡتُمُوهُمۡ وَأَقۡرَضۡتُمُ ٱللَّهَ قَرۡضًا حَسَنٗا لَّأُكَفِّرَنَّ عَنكُمۡ سَيِّـَٔاتِكُمۡ وَلَأُدۡخِلَنَّكُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ فَمَن كَفَرَ بَعۡدَ ذَٰلِكَ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ﴿12﴾

Transliteration: Walaqad akhatha Allahu meethaqa banee israeela wabaAAathna minhumu ithnay AAashara naqeeban waqala Allahu innee maAAakum lain aqamtumu alssalata waataytumu alzzakata waamantum birusulee waAAazzartumoohum waaqradtumu Allaha qardan hasanan laokaffiranna AAankum sayyiatikum walaodkhilannakum jannatin tajree min tahtiha alanharu faman kafara baAAda thalika minkum faqad dalla sawaa alssabeeli

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ بَنِي إِسْرائيل ން ގެފަރާތުން عهد ކަށަވަރު ހިއްޕެވީމެވެ. (އެމީހުންގެ ކިބައިން އެކަލާނގެ ހިތްޕެވި عهد ކަށަވަރަކީ އެމީހުން އެކަލާނގެއަށް إخلاص ތެރިވުމަށާއި އަދި އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ.) އަދި އެމީހުންގެތެރެއިން ބާރަ ސަރުދާރުން / ބާރަވެރިން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެކަލާނގެ (موسى عليه السّلام) ގެ ދޫފުޅުން އެމީހުންނަށް އެންގެވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނާ އެކު ވޮޑިގެންވަމެވެ. އެއީ ކަލޭމެން ނަމާދު قائم ކޮށް އަދި ޒަކާތްދީ އަދި ކަލޭމެން ތިމަންރަސްކަލާނގެ رسول ންނަށް އީމާންވެ (އެމީހުން ތެދުކޮށް) އަދި ކަލޭމެން އެ رسول ންނަށް (عملى ގޮތުން) نصر ދީ އަދި ކަލޭމެން ރަނގަޅުގޮތުގައި ﷲ އަށް ދަރަނިދީ (އެބަހީ ﷲ ގެ މަގުގައި ރަނގަޅު ހޭދަކޮށް) ހަދައި (މިބަޔާންވެދިޔަ އެންމެހައި ކަންތައްތައް ކަލޭމެންކުރާ) ކަމުގައިވަންޏާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން ކަލޭމެންގެ ނުބައި ކަންތައްތައް ފުއްސަވާ ފިލުއްވާހުށީމެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާއޮންނަ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ވައްދަވާހުށީމެވެ. ފަހެ ކަލޭމެންކުރެ އެއަށްފަހު (އެބަހީ عهد ކަށަވަރަށްފަހު) ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހާ ސީދާމަގުން ކަހައިލާ މަގުފުރެދިއްޖެއެވެ.

5:13

فَبِمَا نَقۡضِهِم مِّيثَٰقَهُمۡ لَعَنَّـٰهُمۡ وَجَعَلۡنَا قُلُوبَهُمۡ قَٰسِيَةٗۖ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَنَسُواْ حَظّٗا مِّمَّا ذُكِّرُواْ بِهِۦۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٖ مِّنۡهُمۡ إِلَّا قَلِيلٗا مِّنۡهُمۡۖ فَٱعۡفُ عَنۡهُمۡ وَٱصۡفَحۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُحۡسِنِينَ ﴿13﴾

Transliteration: Fabima naqdihim meethaqahum laAAannahum wajaAAalna quloobahum qasiyatan yuharrifoona alkalima AAan mawadiAAihi wanasoo haththan mimma thukkiroo bihi wala tazalu tattaliAAu AAala khainatin minhum illa qaleelan minhum faoAAfu AAanhum waisfah inna Allaha yuhibbu almuhsineena

Translation: ފަހެ އެމީހުން އެމީހުންގެ عهد އުވައިލުމުގެސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ. އަދި އެމީހުންގެ ހިތްތައް ހަރުކަށި އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއްވެސްގޮތަކުން ﷲ ގެ އުރެދުމަށް އަރައިގަތުމަށް ކުޑަވެސް ބިރެއް ނުގަންނަފަދައިން ލެއްވީމެވެ.) އެމީހުންނަށް ބާވައިލެއްވިފޮތުގެ كلمة ތައްވެސް އޭގެތަނުން ބަދަލުކޮށް (وحي ގެ ކީރިތި ބަސްފުޅާ ކުޅޭބަޔަކުކަމުގައި އެމީހުން) ވިއެވެ. އަދި އެމީހުންނަށް ذِكر ކުރެވުނު އެބަހީ ހަނދާންކޮށްދެވުނު އެތައްކަމެއް (އެމީހުންގެ دين ގެ أصل ކަމުގައިވާ އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. (އަދި އޭ رسول ﷲ އެވެ!) އެމީހުންގެތެރެއިން މަދުބަޔަކުގެ ކިބައިން މެނުވީ خيانة ތެރިކަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން ފިލާނުދާނެއެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް عفو ކުރައްވާ معاف ކުރައްވާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

5:14

وَمِنَ ٱلَّذِينَ قَالُوٓاْ إِنَّا نَصَٰرَىٰٓ أَخَذۡنَا مِيثَٰقَهُمۡ فَنَسُواْ حَظّٗا مِّمَّا ذُكِّرُواْ بِهِۦ فَأَغۡرَيۡنَا بَيۡنَهُمُ ٱلۡعَدَاوَةَ وَٱلۡبَغۡضَآءَ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۚ وَسَوۡفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصۡنَعُونَ ﴿14﴾

Transliteration: Wamina allatheena qaloo inna nasara akhathna meethaqahum fanasoo haththan mimma thukkiroo bihi faaghrayna baynahumu alAAadawata waalbaghdaa ila yawmi alqiyamati wasawfa yunabbiohumu Allahu bima kanoo yasnaAAoona

Translation: އަދި ތިމަންނާމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް ތިމަންރަސްކަލާނގެ އެމީހުންގެ مِيْثَاقُ ހިއްޕެވީމެވެ. އަދި އެކަންކަމުން އެމީހުންނަށް ހަނދާންކޮށްދެވުނު ކަންކަމުގެތެރެއިން އެތައްކަމެއް (އެބަހީ ދީނުގެ ފަރާތުން ކުރަން އެންގުނު އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި / ނުވަތަ ހުސް نصارى އިންގެ فِرْقَة ތަކުގެ މެދުގައި / ނުވަތަ مؤمن ންނާއި ކާފަރުންނާއިމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ތަތްކުރެއްވީމެވެ. (އެއީ ދެ އެއްޗެއް އެއްކުރަން ތެރަސްލާގޮތަށެވެ.) އަދި އެމީހުން ކުރަމުންދާކަމުގައިވީ ކަންތަކުގެ خبر ނިކަންހުރެ ﷲ تعالى އެމީހުންނަށް ދެއްވާނެއެވެ.

5:15

يَـٰٓأَهۡلَ ٱلۡكِتَٰبِ قَدۡ جَآءَكُمۡ رَسُولُنَا يُبَيِّنُ لَكُمۡ كَثِيرٗا مِّمَّا كُنتُمۡ تُخۡفُونَ مِنَ ٱلۡكِتَٰبِ وَيَعۡفُواْ عَن كَثِيرٖۚ قَدۡ جَآءَكُم مِّنَ ٱللَّهِ نُورٞ وَكِتَٰبٞ مُّبِينٞ ﴿15﴾

Transliteration: Ya ahla alkitabi qad jaakum rasooluna yubayyinu lakum katheeran mimma kuntum tukhfoona mina alkitabi wayaAAfoo AAan katheerin qad jaakum mina Allahi noorun wakitabun mubeenun

Translation: އޭ أهل كتاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ހަމަކަށަވަރުން ކަލޭމެން ފޮތުން ވަންހަނާކުރާކަމުގައިވީ ގިނަކަންތައްތައް ކަލޭމެންނަށް بيان ކޮށް ހާމަކޮށްދެއްވުމަށް ތިމަންރަސްކަލާނގެ رسول އާ ކަލޭމެންގެގާތަށް ވަޑައިގެންފިއެވެ. (އެއީ محمّد ﷺ އެވެ.) އަދި އެކަލޭގެފާނު އެތައްކަމެއް عفو ކޮށްދެއްވައެވެ. ހަމަކަށަވަރުން ﷲ ގެ حضرة ން نور އަކާއި އަދި بيان ވެގެންވާ ފޮތެއް ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. (އެ نور އަކީ محمّد ﷺ އެވެ. އެފޮތަކީ ކީރިތި قرآن އެވެ.)

5:16

يَهۡدِي بِهِ ٱللَّهُ مَنِ ٱتَّبَعَ رِضۡوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخۡرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِهِۦ وَيَهۡدِيهِمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿16﴾

Transliteration: Yahdee bihi Allahu mani ittabaAAa ridwanahu subula alssalami wayukhrijuhum mina alththulumati ila alnnoori biithnihi wayahdeehim ila siratin mustaqeemin

Translation: ﷲ تعالى އެފޮތުން އެކަލާނގެ ރުހިވޮޑިގަތުމާއި تبع ވީމީހަކަށް السّلام ގެމަގުތައް ދައްކަވައެވެ. އެބަހީ ﷲގެ މަގުތައް ދައްކަވައެވެ. އަދި އެކަލާނގެ އިޒުނަފުޅަށް (ކާފަރުކަމާއި ޖާހިލިކަމުގެ އަނދިރިން ނެރުއްވައި (އީމާންކަމާއި علم ގެ) އަލިކަމުގެތެރެއަށް އެކަލާނގެ އެމީހުން ވައްދަވައެވެ. އަދި އެކަލާނގެ އެމީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.

5:17

لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ قُلۡ فَمَن يَمۡلِكُ مِنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ أَن يُهۡلِكَ ٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَأُمَّهُۥ وَمَن فِي ٱلۡأَرۡضِ جَمِيعٗاۗ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۚ يَخۡلُقُ مَا يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿17﴾

Transliteration: Laqad kafara allatheena qaloo inna Allaha huwa almaseehu ibnu maryama qul faman yamliku mina Allahi shayan in arada an yuhlika almaseeha ibna maryama waommahu waman fee alardi jameeAAan walillahi mulku alssamawati waalardi wama baynahuma yakhluqu ma yashao waAllahu AAala kulli shayin qadeerun

Translation: ހަމަކަށަވަރުން مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ (އެބަހީ عيسى عليه السّلام) އެއީ ﷲ އޭ ބުނިމީހުން ކާފަރުވެއްޖެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ އާއި އެކަލޭގެފާނުންގެ މަންމާފުޅާ އަދި ބިމުގައިވާ އެންމެން ﷲ ހަލާކުކުރައްވާ މެރުއްވިޔަސް އެކަމަށް އެކަލާނގެ އިރާދަކުރައްވައިފިއްޔާވެސް (އެކަލާނގެ އެކަންކުރެއްވިޔަނުދީ) އެކަން ދިފާޢު ކުރެއްވުމަށް އެއްވެސް ކަމެއް ކުރުމަށް ކުޅަދާނަ ވެގެންވަނީ ކާކުހެއްޔެވެ؟ އަދި އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާއެއްޗެއް މިލްކުވެ خاصّ ވެ ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.

5:18

وَقَالَتِ ٱلۡيَهُودُ وَٱلنَّصَٰرَىٰ نَحۡنُ أَبۡنَـٰٓؤُاْ ٱللَّهِ وَأَحِبَّـٰٓؤُهُۥۚ قُلۡ فَلِمَ يُعَذِّبُكُم بِذُنُوبِكُمۖ بَلۡ أَنتُم بَشَرٞ مِّمَّنۡ خَلَقَۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ وَإِلَيۡهِ ٱلۡمَصِيرُ ﴿18﴾

Transliteration: Waqalati alyahoodu waalnnasara nahnu abnao Allahi waahibbaohu qul falima yuAAaththibukum bithunoobikum bal antum basharun mimman khalaqa yaghfiru liman yashao wayuAAaththibu man yashao walillahi mulku alssamawati waalardi wama baynahuma wailayhi almaseeru

Translation: އަދި يهودي ންނާއި نَصَارى އިން ބުނެއެވެ. އަހުރެމެންނަކީ ﷲ ގެ ދަރިންނެވެ. އަދި އެކަލާނގެ އެންމެ ލޯބިވާ މީހުންނެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އެހެންވީއިރު) ކަލޭމެން ކުރާ ފާފަޔަށް އެކަލާނގެ ކަލޭމެނަށް عذاب ދެއްވަނީ ކިއެއްވެގެންހެއްޔެވެ؟ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ އެކަލާނގެ ހައްދަވާފައިވާ خَلْقُ ތަކުންކުރެ آدم ގެ ދަރިންނެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އުޑުތަކާއި ބިމުގައި އަދި އެދެމެދުގައިވާހާ ތަކެތިވެސް مِلْكُ ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި އެނބުރި ދާތަންވަނީ ހަމަ އެކަލާނގެ حضرة ގައެވެ.

5:19

يَـٰٓأَهۡلَ ٱلۡكِتَٰبِ قَدۡ جَآءَكُمۡ رَسُولُنَا يُبَيِّنُ لَكُمۡ عَلَىٰ فَتۡرَةٖ مِّنَ ٱلرُّسُلِ أَن تَقُولُواْ مَا جَآءَنَا مِنۢ بَشِيرٖ وَلَا نَذِيرٖۖ فَقَدۡ جَآءَكُم بَشِيرٞ وَنَذِيرٞۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿19﴾

Transliteration: Ya ahla alkitabi qad jaakum rasooluna yubayyinu lakum AAala fatratin mina alrrusuli an taqooloo ma jaana min basheerin wala natheerin faqad jaakum basheerun wanatheerun waAllahu AAala kulli shayin qadeerun

Translation: އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ!) ހަމަކަށަވަރުން رسول ބޭކަލުންނެތް فَتْرة އެއްގައި އެފަދަ ދަނޑިވަޅެއްގައި ކަލޭމެންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ (محمّد ﷺ) ވަޑައިގެންފިއެވެ. އެއީ އަހުރެމެންގެގާތަށް އެއްވެސް بَشِيْر އަކުވިޔަސް އަދި نَذِير އަކުވިޔަސް ނާދެޔޭ ކަލޭމެން ބުނެފާނެތީއެވެ. (بَشِير އަކީ ކިޔަމަންގަތް އަޅުންނަށް ސުވަރުގެޔާ އެތާނގެ نعمة ހުރިކަމުގެ އުފާވެރި خبر ދެއްވާމީހާއެވެ. نَذِيْر އަކީ ނުކިޔަމަންތެރި އަޅުންނަށް ނަރަކަޔާ އެތާނގެ عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.) އަދި ﷲ އީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ.

5:20

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَعَلَ فِيكُمۡ أَنۢبِيَآءَ وَجَعَلَكُم مُّلُوكٗا وَءَاتَىٰكُم مَّا لَمۡ يُؤۡتِ أَحَدٗا مِّنَ ٱلۡعَٰلَمِينَ ﴿20﴾

Transliteration: Waith qala moosa liqawmihi ya qawmi othkuroo niAAmata Allahi AAalaykum ith jaAAala feekum anbiyaa wajaAAalakum mulookan waatakum ma lam yuti ahadan mina alAAalameena

Translation: އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން ކަލޭމެންގެ މައްޗަށް ﷲ ލެއްވި نعمة ހަނދާންކޮށްބަލާށެވެ! އެއީ ކަލޭމެންގެތެރެއިން އެކަލާނގެ نبي ބޭކަލުންލައްވައި އަދި ކަލޭމެންނީ ރަސްރަސްކަލުންކަމުގައި އެކަލާނގެ ލެއްވިހިނދުންނެވެ. އަދި عالم ތަކުގެ މީސްތަކުންކުރެ އެކަކަށްވެސް ނުދެއްވާ ތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. (އެއީ مَنُّ އާއި سَلْوَى އާއި ހިލަގަނޑުން ފެންލިބުމާއި ވިލާގަނޑުން ހިޔާއަޅުއްވައިދެއްވުމާއި އަދިވެސް އެތައްކަމެއް ކަމުގައިވިއެވެ.)\n• މިއާޔަތުގައިމިވާ "ކަލޭމެން ރަސްރަސްކަލުންކަމުގައި ލެއްވި ވާހަކައިގެ މުރާދުގައި مفسّر ންގެ މެދުގައި ބަސް ތަފާތެވެ. ނަމަވެސް ގިނަބޭކަލުންގެ ބަހުގައި އެއީ:\n(1) فِرعون ގެ އަޅުވެތިކަމުންނުކުމެވި ތިމާމެންގެ نفس ތަކުގެވެރިންކަމުގައި ތިމާމެން ވީ ވާހަކައެވެ. (2) އެމީހަކަށް އަނތްބަކާއި ނޯކަރަކާއި ގެއެއްވާ ކޮންމެމީހަކީ އެއީ ރަސްކަލެއްގެ މާނައިގާ އެމީހުންކިޔައި އުޅެއެވެ. "އަދި މިނޫންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ." والله أعلم.

5:21

يَٰقَوۡمِ ٱدۡخُلُواْ ٱلۡأَرۡضَ ٱلۡمُقَدَّسَةَ ٱلَّتِي كَتَبَ ٱللَّهُ لَكُمۡ وَلَا تَرۡتَدُّواْ عَلَىٰٓ أَدۡبَارِكُمۡ فَتَنقَلِبُواْ خَٰسِرِينَ ﴿21﴾

Transliteration: Ya qawmi odkhuloo alarda almuqaddasata allatee kataba Allahu lakum wala tartaddoo AAala adbarikum fatanqaliboo khasireena

Translation: موسى (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން طاهر ވެގެންވާ ބިމަށް ނުވަތަ بركاة ތެރިބިމަށް ވަންނާށެވެ! އެރަށަށް ދާށެވެ! (އެއީ دمشق އާއި فَلَسْطِيْن ކަމުގައި - ނުވަތަ شَام ކަރަކަމުގައި - ނުވަތަ أرِيْحَا އެވެ ކިޔޭތަނެއްކަމުގައި ނުވަތަ طور ފަރުބަދަޔާއި އެތާނގެ ވަށައިގެންވާ ތަންތަންކަމުގައި ބުނެވުނެވެ. މިހުރިހާގޮތަކަށްވެސް تفسير علم ވެރިންގެ ބަސްފުޅުވެއެވެ.) - والله أعلم - أبوجعفر الطبري ގެ تفسير ގައި ވިދާޅުވެފައި އެވަނީ އެއީ فُرَات ކޯރުންފެށިގެން مِصْرُ عَرِيش ކިޔާ ހިސާބަށްކަމުގައެވެ. موسى (عليه السّلام) ވިދާޅުވިއެވެ. (އޭ قوم ގެމީހުންނޭވެ!) އެތަނަކީ ކަލޭމެނަށް ﷲ ކަނޑައަޅުއްވާ ލިއުއްވާފައިވާ ތަނެކެވެ. އެތަނަށް ކަލޭމެން ދާށެވެ! އަދި ފުރަގަސްދީ ފަހަތަށް އެނބުރި رجوع ނުވާށެވެ! އެހެންވެއްޖެއްޔާ ކަލޭމެންނީ ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ވެގެންހިނގައިދާނެއެވެ.

5:22

قَالُواْ يَٰمُوسَىٰٓ إِنَّ فِيهَا قَوۡمٗا جَبَّارِينَ وَإِنَّا لَن نَّدۡخُلَهَا حَتَّىٰ يَخۡرُجُواْ مِنۡهَا فَإِن يَخۡرُجُواْ مِنۡهَا فَإِنَّا دَٰخِلُونَ ﴿22﴾

Transliteration: Qaloo ya moosa inna feeha qawman jabbareena wainna lan nadkhulaha hatta yakhrujoo minha fain yakhrujoo minha fainna dakhiloona

Translation: އެމީހުން ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެހެންބަޔަކަށް ބަލިނުކުރެވޭފަދަ ގަދަފަދަ جَبّار ބަޔަކު އެރަށުގައިވެއެވެ. އަދި ހަމަކަށަވަރުން އެމީހުން އެރަށުން ނުކުމެއްޖައުމަށްދާނދެން އެބަހީ އެމީހުން ނުނުކުންނަނިސް އަހުރެމެން އެރަށަށް ނުދާނަމެވެ. ފަހެ އެމީހުން އެރަށުން ނުކުމެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެންނީ އެރަށަށް ވަންނާނެ ބަޔަކީމުއެވެ.

5:23

قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنۡعَمَ ٱللَّهُ عَلَيۡهِمَا ٱدۡخُلُواْ عَلَيۡهِمُ ٱلۡبَابَ فَإِذَا دَخَلۡتُمُوهُ فَإِنَّكُمۡ غَٰلِبُونَۚ وَعَلَى ٱللَّهِ فَتَوَكَّلُوٓاْ إِن كُنتُم مُّؤۡمِنِينَ ﴿23﴾

Transliteration: Qala rajulani mina allatheena yakhafoona anAAama Allahu AAalayhima odkhuloo AAalayhimu albaba faitha dakhaltumoohu fainnakum ghaliboona waAAala Allahi fatawakkaloo in kuntum mumineena

Translation: ﷲ އަށް ބިރުވެތިވާ މީހުންގެތެރެއިން ދެފިރިހެނުން ދެންނެވިއެވެ. އެދެމީހުންނަށް ﷲ نعمة ލައްވާފައިވެއެވެ. އެދެމީހުން ދެންނެވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން އެރަށުގެ ދޮރާއި ހަމައަށް ނިކަން ވަދެބަލާށެވެ! ކަލޭމެން އެރަށުގެ ދޮރުން ވަދެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީ ގަދަވާނެ މީހުންނެވެ. އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ﷲ އަށް وكيل ކޮށް އިތުބާރު ކުރާށެވެ! އެކަލާނގެއަށް ބަރޯސާކޮށް ތިމާމެންގެ ކަންތައް حوال ކުރާށެވެ.

5:24

قَالُواْ يَٰمُوسَىٰٓ إِنَّا لَن نَّدۡخُلَهَآ أَبَدٗا مَّا دَامُواْ فِيهَا فَٱذۡهَبۡ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ ﴿24﴾

Transliteration: Qaloo ya moosa inna lan nadkhulaha abadan ma damoo feeha faithhab anta warabbuka faqatila inna hahuna qaAAidoona

Translation: އެމީހުން (އެބަހީ بني إسْرَائيل ގެމީހުން) ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެމީހުން އެތާ ދެމިތިބިހާހިނދަކު އަހުރެމެން އެރަށަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނާއި ކަލޭގެފާނުންގެ رَبّ އާއި ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަހުރެމެން މިތާ އިށީނދެލައިގެން ތިބޭނޫއެވެ.

5:25

قَالَ رَبِّ إِنِّي لَآ أَمۡلِكُ إِلَّا نَفۡسِي وَأَخِيۖ فَٱفۡرُقۡ بَيۡنَنَا وَبَيۡنَ ٱلۡقَوۡمِ ٱلۡفَٰسِقِينَ ﴿25﴾

Transliteration: Qala rabbi innee la amliku illa nafsee waakhee faofruq baynana wabayna alqawmi alfasiqeena

Translation: موسى (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާއަށް މިއަޅާގެ نفس އާއި އަދި މިއަޅާގެ أخ މެނުވީ ކުޅަދާނަވެގެން ނުވެއެވެ. (އެބަހީ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނެކަމާއިމެދު މިއަޅާގެ نفس އާއި މިއަޅާގެ أخ މެނުވީ އެހެން އެއްވެސްމީހަކަށް މިއަޅާގެ އިތުބާރެއްނެތެވެ. ކުޅަދާނަކަމެއް މިލްކުވެގެން ނުވެއެވެ.) ފަހެ އަޅަމެންނާއި މި فاسق ވެގެންވާ މީހުންނާއި މެދު ދުރުކޮށްދެއްވާންދޭވެ! - ވަކިކޮށްދެއްވާންދޭވެ!

5:26

قَالَ فَإِنَّهَا مُحَرَّمَةٌ عَلَيۡهِمۡۛ أَرۡبَعِينَ سَنَةٗۛ يَتِيهُونَ فِي ٱلۡأَرۡضِۚ فَلَا تَأۡسَ عَلَى ٱلۡقَوۡمِ ٱلۡفَٰسِقِينَ ﴿26﴾

Transliteration: Qala fainnaha muharramatun AAalayhim arbaAAeena sanatan yateehoona fee alardi fala tasa AAala alqawmi alfasiqeena

Translation: ﷲ وحي ކުރެއްވިއެވެ. ސާޅީސްއަހަރުވާންދެން އެމީހުންނަށް އެރަށް حرام ވެގެންވެއެވެ. (މަނާވެގެންވެއެވެ.) އެމީހުންނަށްއޮތީ حيران ވެގެން ބިމުގައި ހިނގުމެވެ. ފަހެ فاسق ވެގެންވާ މީސްތަކުންގެމައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! ގިނަ تفسير ފޮތްތަކުގައި އެވާހަކަ ދިގުކޮށް ލިއުއްވާފައިވެއެވެ. އެއަށްފަހު އެމީހުން ކޮންމެދުވަހަކުވެސް އެބިމުން ނުކުތުމަށް ހިނގަނީއެވެ. އިރުއޮއްސުނީމާ ނިދާފައި ފަތިހު ތެދުވާއިރަށް ތިބެނީ ކުރީ ދުވަހުވެސް ހަމަ ފުރިތާނގައެވެ. ސާޅީސް އަހަރުވެސް ހަމަ އެހެންނެވެ. މުޅިއެކީ އެމީހުންނަށް ހިނގަ ހިނގާތިބެވުނީ ހަ فَرْسَخُ ގައި ކަމުގައިވިއެވެ. އެމީހުންގެ ކެއުމަށް مَنُّ އާއި سلْواى ބާވައިލައްވާ ވިލާގަނޑު ހިޔާއަޅައި ހިލަގަނޑުން ފެން ނެރުއްވައި މިހުރިހާކަމެއްވީ މިދުވަސްވަރުގައިކަމަށްވިއެވެ.............

5:27

وَٱتۡلُ عَلَيۡهِمۡ نَبَأَ ٱبۡنَيۡ ءَادَمَ بِٱلۡحَقِّ إِذۡ قَرَّبَا قُرۡبَانٗا فَتُقُبِّلَ مِنۡ أَحَدِهِمَا وَلَمۡ يُتَقَبَّلۡ مِنَ ٱلۡأٓخَرِ قَالَ لَأَقۡتُلَنَّكَۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِينَ ﴿27﴾

Transliteration: Waotlu AAalayhim nabaa ibnay adama bialhaqqi ith qarraba qurbanan fatuqubbila min ahadihima walam yutaqabbal mina alakhari qala laaqtulannaka qala innama yataqabbalu Allahu mina almuttaqeena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް އެބަހީ قُرَيشُ ންނަށް آدم عليه السّلام ގެ ދެދަރިކަލުންގެ خبر ވިދާޅުވެދެއްވާށެވެ! حقّ ގޮތުގައެވެ. އެއީ އެދެދަރިކަލުން (ﷲ އަށް ކުއްތަންވުމުގެ ގޮތުން) قربان އެއް ކުރިހިނދުގައެވެ. ދެންފަހެ އެތަނުން އެއްދަރިކަލުންގެ قربان قبول ކުރެވުނެވެ. އެބަހީ ﷲ قبول ކުރެއްވިއެވެ. އަދި އަނެއް ދަރިކަލުންގެ قربان قبول ނުކުރެވުނެވެ. އެބަހީ ﷲ قبول ނުކުރެއްވިއެވެ. އަދި އޭނާ އެބަހީ قربان قبول ނުވެވުނުމީހާ އަނެއްމީހާއަށް ބުންޏެވެ. އަހުރެން ކަލޭ މަރާނަމެވެ. އަނެއްމީހާ އެބަހީ قربان قبول ވެވުނުމީހާ ބުންޏެވެ. ހަމަކަށަވަރުން ﷲ قبول ކުރައްވަނީ تقوى ވެރިންގެ ކިބައިންނެވެ.

5:28

لَئِنۢ بَسَطتَ إِلَيَّ يَدَكَ لِتَقۡتُلَنِي مَآ أَنَا۠ بِبَاسِطٖ يَدِيَ إِلَيۡكَ لِأَقۡتُلَكَۖ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ ﴿28﴾

Transliteration: Lain basatta ilayya yadaka litaqtulanee ma ana bibasitin yadiya ilayka liaqtulaka innee akhafu Allaha rabba alAAalameena

Translation: (قربان قبول ވެވުނުމީހާ ވާހަކަދައްކަމުން ބުންޏެވެ.) ކަލޭ އަހުރެން މަރައިލުމަށް ކަލޭގެ ދެއަތް އަހުރެންނާ ދިމާލަށް ފަތުރައިލިޔަސް އަހުރެންނަކީ ކަލޭ މަރައިލުމަށް އަހުރެންގެ އަތް ކަލެޔާ ދިމާއަށް ފަތުރާނެމީހަކު ނޫނެވެ. ހަމަކަށަވަރުން عالم ތަކުގެ ވެރި رَبّ ކަމުގައިވާ ﷲ އަށް އަހުރެން ބިރުގަންނަމެވެ.

5:29

إِنِّيٓ أُرِيدُ أَن تَبُوٓأَ بِإِثۡمِي وَإِثۡمِكَ فَتَكُونَ مِنۡ أَصۡحَٰبِ ٱلنَّارِۚ وَذَٰلِكَ جَزَـٰٓؤُاْ ٱلظَّـٰلِمِينَ ﴿29﴾

Transliteration: Innee oreedu an tabooa biithmee waithmika fatakoona min ashabi alnnari wathalika jazao alththalimeena

Translation: އަހުރެން އެދެނީ އަހުރެންގެ ފާފަޔާ ކަލޭގެ ފާފަ ހިފައިގެން ކަލޭ ދިއުމަށެވެ. އޭރުން ދެން ކަލޭވާނީ ނަރަކައިގެ އެކުވެރިންގެތެރެއިންނެވެ. އަދި އަނިޔާވެރިންގެ ޖަޒާއަކި އެއީއެވެ.

5:30

فَطَوَّعَتۡ لَهُۥ نَفۡسُهُۥ قَتۡلَ أَخِيهِ فَقَتَلَهُۥ فَأَصۡبَحَ مِنَ ٱلۡخَٰسِرِينَ ﴿30﴾

Transliteration: FatawwaAAat lahu nafsuhu qatla akheehi faqatalahu faasbaha mina alkhasireena

Translation: ދެންފަހެ އޭނާ (އެބަހީ قربان قبول ނުވެވުނުމީހާ) އަށް އޭނާގެ أخ މަރައިލުމަށް އޭނާގެ نفس ކިޔަމަންކޮށް ހިތްވަރުދީފިއެވެ. ދެން އޭނާ އޭނާގެ أخ މަރައިފިއެވެ. އަދި އޭނާ ވީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

5:31

فَبَعَثَ ٱللَّهُ غُرَابٗا يَبۡحَثُ فِي ٱلۡأَرۡضِ لِيُرِيَهُۥ كَيۡفَ يُوَٰرِي سَوۡءَةَ أَخِيهِۚ قَالَ يَٰوَيۡلَتَىٰٓ أَعَجَزۡتُ أَنۡ أَكُونَ مِثۡلَ هَٰذَا ٱلۡغُرَابِ فَأُوَٰرِيَ سَوۡءَةَ أَخِيۖ فَأَصۡبَحَ مِنَ ٱلنَّـٰدِمِينَ ﴿31﴾

Transliteration: FabaAAatha Allahu ghuraban yabhathu fee alardi liyuriyahu kayfa yuwaree sawata akheehi qala ya waylata aAAajaztu an akoona mithla hatha alghurabi faowariya sawata akhee faasbaha mina alnnadimeena

Translation: ދެންފަހެ ބިމުގެ އެތަންމިތަން ހޯދަމުންދާ ކާޅެއް ﷲ تعالى (އޭނާގެ ގާތަށް) ފޮނުއްވިއެވެ. އެއީ އޭނާގެ أخ ގެ ހަށިގަނޑު ނިވައިކުރާނެގޮތް ދެއްކުމަށްޓަކައެވެ. • ގިނަ ރިވާޔަތްތަކުގައި بيان ވެގެންވާފަދައިން ދެކާޅު އައިސް އޭނާގެ ކުރިމަތީގައި ތަޅާފޮޅާ އެތަނުން އެއްކާޅު އަނެއްކާޅު މަރައިލީއެވެ. ދެން ދިރިއިން ކާޅު ތުނބުން ބިންމަތިކޮނެ އަނެއް މަރުވި ކާޅު އެވަޅުގަޑުގައި ބާއްވައި ދެން އެގޮތްމިގޮތުން އޭގެމައްޗަށް ވެލިއަޅާ ނިވައިކުރީއެވެ. (މަހާނަ ހެދީއެވެ.) = تفسيرالطبري =\n• ކާޅުގެ މި حركاة ފެނިފައި އޭނާ ބުންޏެވެ. އޭއަހުރެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ! މިކާޅުފަދައިން އަހުރެން އަހުރެންގެ أخ ގެ ހަށިގަނޑު ނިވައިކުރުމަށްވެސް އަހުރެން މިވަނީ ނުކުޅެދިފައެވެ. އަދި އޭނާވީ ހިތާމަކުރާމީހުންގެ ތެރެއިންނެވެ.\n• ދަންނައެވެ! މިއީ آدم عليه السّلام ގެ ދެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރިވާހަކައެވެ. އެކަކީ هَابِيْلُ އެވެ. އަނެކަކީ قَابِيل އެވެ. އެއީ އެދެމީހުންގެ ދެމެދު ދިމާވި މައްސަލައެއްގައި ﷲ އެންގެވީ ކޮންމެ މީހަކުވެސް ﷲ އަށް قربان އެއް ކުރުމަށެވެ. ދެންފަހެ هابيل އަކީ ބަކަރިގެންގުޅޭ މީހަކުކަމުގައިވީހިނދުން އޭނާގެ އަތުގައިވާ އެންމެ ރީތި އަދި އެންމެ ލޯބިވާ ބަކަރީގެ قربان އޭނާ ކޮށްފިއެވެ. قابيل އަކީ ދަނޑުވެރިއެއްކަމުގައިވީހިނދުން އޭނާ قربان ކުރީ އޭނާގެ ދަނޑުގެ ތަކެތީގެ ތެރެއިން ދެރަ ވިޔާނުދާ ތަކެތީގެ قربان އެކެވެ. ދެންފަހެ هابيل ގެ قربان قبول ވެވި قابيل ގެ قربان قبول ނުވެވުނެވެ. އެކަމާ ރުޅިއައިސް قابيل ގޮސް هابيل މެރީއެވެ. އާޔަތުގައި އެވަނީ އެދެމީހުން ދެއްކި ވާހަކަޔާ ކަންވެދިޔަގޮތެވެ. އެއީ ދުނިޔޭގެ آدم ގެ ދަރިންގެ ފުރަތަމަ قتل އެވެ. މިދެމީހުންގެދެމެދު ދެބަސްވާންދިމާވި މައްސަލައެއްކަމުގައިވަނީ އަންހެންކުއްޖެއްގެ މައްސަލައެވެ. قابيل އިންނަން ދިމާވި ކުއްޖާޔާ قابيل އިންނަން قبول ނުވެ هابيل އިންނަން ދިމާވިކުއްޖާޔާ قابيل ވެސް އިންނަހިތްވުމެވެ. ނަމަވެސް އެގޮތް އޭރުގެ شريعة ހުއްދައެއް ނުކުރެއެވެ. ދެން آدم عليه السّلام އެދެކުދިންނަށް قربان ކުރަން އެންގެވީއެވެ. އަދި هابيل ގެ قربان ﷲ قبول ކުރެއްވީއެވެ. އެއީ حقّ ގެވެރިފަރާތެވެ. قابيل އެކަމާ ރުޅިއައިސްގެން އޭނާގެ أخ هابيل މެރީއެވެ. والله أعلم.

5:32

مِنۡ أَجۡلِ ذَٰلِكَ كَتَبۡنَا عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَنَّهُۥ مَن قَتَلَ نَفۡسَۢا بِغَيۡرِ نَفۡسٍ أَوۡ فَسَادٖ فِي ٱلۡأَرۡضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعٗا وَمَنۡ أَحۡيَاهَا فَكَأَنَّمَآ أَحۡيَا ٱلنَّاسَ جَمِيعٗاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُنَا بِٱلۡبَيِّنَٰتِ ثُمَّ إِنَّ كَثِيرٗا مِّنۡهُم بَعۡدَ ذَٰلِكَ فِي ٱلۡأَرۡضِ لَمُسۡرِفُونَ ﴿32﴾

Transliteration: Min ajli thalika katabna AAala banee israeela annahu man qatala nafsan bighayri nafsin aw fasadin fee alardi fakaannama qatala alnnasa jameeAAan waman ahyaha fakaannama ahya alnnasa jameeAAan walaqad jaa thum rusuluna bialbayyinati thumma inna katheeran minhum baAAda thalika fee alardi lamusrifoona

Translation: އެކަމަށްޓަކައި ތިމަންރަސްކަލާނގެ بني إسرائيل ންގެމައްޗަށް ލިއުއްވާ ކަނޑައެޅުއްވީ، ހަމަކަށަވަރުން އެއްވެސް نفس އެއްގެ ބަދަލުގައިނޫންގޮތަކަށް نفس އެއް މެރިކޮންމެ މީހަކު ނުވަތަ ބިމުގައި ފަސާދަކުރި ކޮންމެ މީހަކު ފަހެ އޭނާ ކޮންފަދަހެއްޔެވެ؟ އޭނާ އެންމެން މެރިފަދައެވެ. އަދި نفس އެއް ދިރުވައިފިމީހާ އޭނާ ކޮންފަދަ ހެއްޔެވެ؟ އޭނާ އެންމެން ދިރުވިފަދައެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ގާތަށް އެބަހީ بني إسرائيل ންގެގާތަށް - ބަޔާންވެގެންވާ دليل އާއި حجّة އާއިގެން ތިމަންރަސްކަލާނގެ رسول ން ވަޑައިގެންނެވިއެވެ. ދެން އޭގެފަހުގައިވެސް އެބަހީ އެ حجّة އާއި دليل އަށްފަހުގައިވެސް އެމީހުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން ބިންމަތީގައި إسراف ކުރާމީހުންނެވެ. (އުރެދުންތައް ގިނަގިނައިން ކުރަނީއެވެ.)\n• ދަންނައެވެ! މިއާޔަތުގައި - އެކަމަށްޓަކައި بني إسرائيل ންނަށް އެފަދަ އަދަބެއް ކަނޑައެޅުއްވިކަމާމެދު - އެބަހީ آدم عليه السّلام ގެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރުވުމުގެ ސަބަބުން އޭގެ މާފަހުން ދުނިޔެއަށް އައި ބަޔަކަށް އެކަން ގުޅިފައިއޮތީ ކޮން حكمة އަކަށްޓަކައިތޯ ސުވާލު އުފެދިދާނެއެވެ. އޭގެ جواب ގައި ބައެއް مفسّر ން ލިއުއްވާފައިވަނީ بني إسرائيل ންގެ ތެރޭގައި މީހުންމެރުން ގިނަވުމުގެ ސަބަބުން އެމީހުންނަކީ މިހުން މެރުމުގެ وعيد އެންމެފުރަތަމަ ބާވައިލެއްވުނު ބަޔަކުކަމުގައި އެމީހުންވީކަމެވެ. އެމީހުން نبي ބޭކަލުންވެސް މެރީއެވެ.\n• ދެން އޮތް އަނެއް ނުގުތާއަކީ އެންމެ نفس އެއް މެރިމީހާ ހުރިހާ نفس އެއް މެރިމީހަކުފަދައޭ އޮތްއޮތުމެވެ. އޭގެ جواب ގައި ބައެއް ބޭކަލުން ވިދާޅުވަނީ: فصد ގައި އެންމެ مؤمن އަކު މެރިމީހާގެ އަދަބަކީ ނަރަކައިގައި ދެމިހުރުމާ ﷲ ގެ ކޯފާއާއި އެކަލާނގެ لعنة އާއި ބޮޑުވެގެންވާ عذاب އެވެ. އެންމެހައި މީހުން މެރިޔަސް އޮތީ އެއަދަބެވެ. އެއީ مجاهد ގެ ބަހެވެ. އަދި އެހެންގޮތްގޮތަށްވެސް ވިދާޅުވި ބޭކަލުންވެއެވެ. والله أعلم. އަދި އެ نفس އެއްމެރުން حرام ވެގެންވާ نفس އެއް (މަރައިލުމަށް ކުޅަދާނަވެއްޖެމީހާ) އޭނާ ނުމަރައި ދޫކޮށްލުން އެއީ ދިރުވުން ކަމަށެވެ. / ނުވަތަ މީހަކު غرق ވުމުން ނުވަތަ އަނދައިގެން މަރުވުންފަދަ ކަމަކުން ސަލާމަތްކުރުން އެއީ އޭނާ ދިރުވުންކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް މިބަސްފުޅު تَأْوِيْلُ ކުރައްވާފައިވެއެވެ. والله أعلم.

5:33

إِنَّمَا جَزَـٰٓؤُاْ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسۡعَوۡنَ فِي ٱلۡأَرۡضِ فَسَادًا أَن يُقَتَّلُوٓاْ أَوۡ يُصَلَّبُوٓاْ أَوۡ تُقَطَّعَ أَيۡدِيهِمۡ وَأَرۡجُلُهُم مِّنۡ خِلَٰفٍ أَوۡ يُنفَوۡاْ مِنَ ٱلۡأَرۡضِۚ ذَٰلِكَ لَهُمۡ خِزۡيٞ فِي ٱلدُّنۡيَاۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٌ ﴿33﴾

Transliteration: Innama jazao allatheena yuhariboona Allaha warasoolahu wayasAAawna fee alardi fasadan an yuqattaloo aw yusallaboo aw tuqattaAAa aydeehim waarjuluhum min khilafin aw yunfaw mina alardi thalika lahum khizyun fee alddunya walahum fee alakhirati AAathabun AAatheemun

Translation: ﷲ އާއި އަދި އެކަލާނގެ رسول އާ އާއި އިދިކޮޅަށް ހަނގުރާމަކޮށް (އެބަހީ އެދެފަރާތުގެ أمر އަށް ނުކިޔަމަންތެރިވެ އުރެދި) އަދި ބިމުގައި ފަސާދަވެރިކަން އުފެއްދުމަށް މަސައްކަތްކޮށް ހަދާމީހުން (އެބަހީ މަގުފޭރި މީހުންމަރާ މުދާލޫޓުވައި މީހުންގެ عفّة ނަގާލާހަދާ ބިރުދައްކާ ހަދާމީހުން) ގެ جزاء އެއްކަމުގައި އެމީހުންގެ އަދަބެއްކަމުގައި ވާކަންކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ صَليب އަށްލުމެވެ. ނުވަތަ އަތާފައި ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) ކެނޑުމެވެ. ނުވަތަ އޭނާ އަރުވައިލާ އެރަށުން ބޭރުކުރުމެވެ. އެއީ ދުނިޔޭގައި އޭނާއަށް ހުރި ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އޭނާއަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ. • ދަންނައެވެ! މިއާޔަތުގެ حكم ތަކާއިމެދު مفسّر ންނާ عالم ންގެމެދުގައި ހިސާބަކަށް ދެބަސްވުންވެއެވެ. އަދި حكم ތަކުގެ تفصيل އެހާ ތަނަވަހެވެ. ވީމާ އެދިގު تفصيل އަށް އަދި ދިއުމަކަށް قصد އެއް ނުކުރަމެވެ. ކޮންމެއަކަސް މިއީ މަގުފޭރޭމީހުންގެ حكم އެވެ. މި حكم ތައް މިއަންގަވާފައިވާގޮތަށް تَنْفِيذ ކުރަމުންދާ ތަނެއްގައި އަމަންއަމާންކަން ރަސްކަންކުރާނެއެވެ. އަދި حكم ތައް تنفيذ ނުކޮށް ތިމާމެން ކިތަންމެ ކުރިއަރައި ترقّى ވެފައިވާކަމުގައި އަޑުއެރުވިޔަސް އެތަނެއްގައި ވެރިކަންކުރާނީ ބިރުވެރިކަމާއި ނާމާންކަމެވެ. ކަޓަރުއެޅުމާ، ލޫޓުވުމެވެ. މީހުންމެރުމާ ފަސާދައެވެ. فاحش ކަންތަކާއި ދެންވެސް އެބާވަތުގެ އެންމެހައި ނުބައެކެވެ. ބައްޔާ އެކަށީގެންވާވަރު ބޭހެއް ނުކުރެވިއްޖެއްޔާ ބަލި ހައްތާބޮޑުވެ ނުބައިވާނެއެވެ. ބުއްދިވެރިންނޭވެ. عبرة حاصل ކުރާށެވެ! ކޮންމެއަކަސް މި ތެއްތިރީސްވަނަ އާޔަތަކީ مجتمع إصلاح ކުރުމުގެ ބޭސްގަނޑެވެ. އެއާޔަތުގައި بيان ވެގެންއެވާ ބަލީގެ ބޭހަކީ ހަމަ އެ އާޔަތުގައި އެވާ ބޭހެވެ. އެހެން ބޭހަކުން އަސަރެއް ނުކުރާނެއެވެ. ޓީބީ ޖެހުނީމާ އަރިދަފުސް ރޯގާގެ ބޭހަކުން ނުގުޑާނެއެވެ.

5:34

إِلَّا ٱلَّذِينَ تَابُواْ مِن قَبۡلِ أَن تَقۡدِرُواْ عَلَيۡهِمۡۖ فَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿34﴾

Transliteration: Illa allatheena taboo min qabli an taqdiroo AAalayhim faiAAlamoo anna Allaha ghafoorun raheemun

Translation: ކަލޭމެންނަށް އެމީހުންގެމައްޗަށް ކުޅަދާނަވުމުގެކުރިން (އެބަހީ ކަލޭމެން އެމީހުން އަތުލައިގަތުމުގެ ކުރިން) تَوبَة ވެއްޖެމީހުން މެނުވީއެވެ. އެބަހީ އެފަދަމީހުންނަށް އިސްވެދިޔަ އަދަބުގެތެރެއިން އަދަބެއް ދިނުމެއް ހުއްދައެއްނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

5:35

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَٱبۡتَغُوٓاْ إِلَيۡهِ ٱلۡوَسِيلَةَ وَجَٰهِدُواْ فِي سَبِيلِهِۦ لَعَلَّكُمۡ تُفۡلِحُونَ ﴿35﴾

Transliteration: Ya ayyuha allatheena amanoo ittaqoo Allaha waibtaghoo ilayhi alwaseelata wajahidoo fee sabeelihi laAAallakum tuflihoona

Translation: އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة ގައި ކަލޭމެން وَسِيلَة ހޯދާށެވެ! (އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވެ އެކަލާނގެ حضرة ގައި ގާތްކަން ހޯދާށެވެ!) އަދި އެކަލާނގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! (އެކަލާނގެ ދީން ކުރިއެރުވުމަށް ހިތްވަރުކުރާށެވެ!) އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ؟

5:36

إِنَّ ٱلَّذِينَ كَفَرُواْ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لِيَفۡتَدُواْ بِهِۦ مِنۡ عَذَابِ يَوۡمِ ٱلۡقِيَٰمَةِ مَا تُقُبِّلَ مِنۡهُمۡۖ وَلَهُمۡ عَذَابٌ أَلِيمٞ ﴿36﴾

Transliteration: Inna allatheena kafaroo law anna lahum ma fee alardi jameeAAan wamithlahu maAAahu liyaftadoo bihi min AAathabi yawmi alqiyamati ma tuqubbila minhum walahum AAathabun aleemun

Translation: ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ކަނޑައެޅިގެން ބިމުގައި ވާހާތަކެއްޗާއި އަދި އެޔާއެކު އޭގެއިތުރަށް އަދި އެހާތަކެތި އެމީހުން قيامة ދުވަހުގެ عذاب ން ސަލާމަތްވާން فديَة އެއްގެގޮތުގައި ލިބިފައިވިޔަސް އެހާތަކެތި ދިނަސް އެމީހުންގެ ފަރާތުން އެކަން قبول ނުވެވޭނެއެވެ. (ﷲ އެކަން قبول ނުކުރައްވާނެއެވެ.) އަދި އެމީހުންނަށްހުރީ ހަމަ ވޭންދެނިވި عذاب އެވެ.

5:37

يُرِيدُونَ أَن يَخۡرُجُواْ مِنَ ٱلنَّارِ وَمَا هُم بِخَٰرِجِينَ مِنۡهَاۖ وَلَهُمۡ عَذَابٞ مُّقِيمٞ ﴿37﴾

Transliteration: Yureedoona an yakhrujoo mina alnnari wama hum bikharijeena minha walahum AAathabun muqeemun

Translation: އެމީހުން (قيامة ދުވަހުން) ނަރަކައިން ނުކުތުމަށް އެދޭނެއެވެ. (އެކަމަކު) އެމީހުންނަކީ އެތަނުން ނުކުންނާނެ ބައެއްނޫނެވެ. އެމީހުންނަށްހުރީ (ނަރަކައިގާ) قائم ވެތިބޭ ދާއިމީ عذاب އެވެ.

5:38

وَٱلسَّارِقُ وَٱلسَّارِقَةُ فَٱقۡطَعُوٓاْ أَيۡدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلٗا مِّنَ ٱللَّهِۗ وَٱللَّهُ عَزِيزٌ حَكِيمٞ ﴿38﴾

Transliteration: Waalssariqu waalssariqatu faiqtaAAoo aydiyahuma jazaan bima kasaba nakalan mina Allahi waAllahu AAazeezun hakeemun

Translation: އަދި ވައްކަންކުރި ފިރިހެންމީހާއާއި އަދި ވައްކަންކުރި އަންހެންމީހާ (ދަންނައެވެ.) ކަލޭމެން އެދެމީހުންގެ އަތްކަނޑާށެވެ. އެއީ އެދެމީހުންކުރި ނުބައި ކަންތަކުގެ جزاء އެއްގެގޮތުން ﷲ ގެ حضرة ންވާ عقوبة އާއި ކޯފާއެވެ. އަދި ﷲ އީ عزّة ވަންތަ (ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.

5:39

فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿39﴾

Transliteration: Faman taba min baAAdi thulmihi waaslaha fainna Allaha yatoobu AAalayhi inna Allaha ghafoorun raheemun

Translation: އަދި އޭނާގެ އެ އަނިޔާއަށްފަހު (އެބަހީ އަތްކެނޑުމަށްފަހު) އޭނާ تَوبة ވެ إصلاح ކޮށްފިއްޔާ އެބަހީ އޭނާ އެހުރި އުރެދުމެއް ދޫކޮށް ރަނގަޅުކޮށްފިއްޔާ ފަހެ ހަމަކަށަވަރުން ﷲ تعالى އޭނާގެ މައްޗަށް تَوبة ލައްވައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

5:40

أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يُعَذِّبُ مَن يَشَآءُ وَيَغۡفِرُ لِمَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿40﴾

Transliteration: Alam taAAlam anna Allaha lahu mulku alssamawati waalardi yuAAaththibu man yashao wayaghfiru liman yashao waAllahu AAala kulli shayin qadeerun

Translation: ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ خاصّ ވެގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ (ނުވަތަ ތިމަންނާމެންނީ ﷲ ގެ ދަރީންނޭ އެކަލާނގެ އެންމެ ލޯބިވާމީހުންނޭ މިކިޔާ މީހުންނަށް ނޭނގޭ ބާވައެވެ؟) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި ހުރިހާކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މިއަންނަ އާޔަތުގެ ترجمة ނުވަތަ إجمالى މާނަ ލިއުމުގެ ކުރިން ކުޑަވާހަކަކޮޅެއް / ދެތިން كلمة އެއް ބުނެލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުން ފަސޭހަވުމަށްޓަކައެވެ. މިއާޔަތް ބާވައިލައްވާފައިވަނީ حادثة އަކާއި ގުޅިގެންނެވެ. އެއީ: رسول ﷲ ﷺ مدينة އަށް ވަޑައިގެންނެވިފަހުން: يهودي ންގެ ފިރިހެނަކާއި އަންހެނަކާއި ދެމީހުން ޒިނޭކުރިއެވެ. ދެން يهودي ންގެ ދަންނަބޭކަލުންތަކެއް ޖަމާވެފައި އެދެމީހުންނަށް حكم ކުރެއްމަށް މިފޮނުވީ ކީރިތި رسول އާގެ އަރިހަށެވެ. އެމީހުންގެ توراة ގައި ބަޔާންވެގެންވާފަދައިން އެދެމީހުންގެ ނިޔާއަކީ رَجَمُ ކުރުމެވެ. مُحْصَنُ ދެމީހުންނެވެ. އެމީހުން رسول ﷲ ﷺ ގެ އަރިހަށް އެދެމީހުންގެ މައްސަލަ ހުށަހެޅީ އެހެންގޮތަކަށް حكم ކުރައްވާނެކަމަށެވެ. އަދި އެދެމީހުންނާއެކު ފޮނުވިމީހުންގާތު މިދަންނަ ބޭކަލުންތައް ބުނީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ قبول ކުރާށެވެ! އެހެންކަމަށްވަންޏާ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި رَجَمُ ކުރުމަށް حكم ކުރައްވައިފިއްޔާ ދެން ކަލޭމެން އަވަހަށް ރައްކާތެރިވާށެވެ. އެގޮތް قبول ނުކުރާށެވެ! ދެން އެދެމީހުންނާއިގެން އެކަލޭގެފާނުންގެ އަރިހަށް ނިޔާކުރަންދިއުމުން އެކަލޭގެފާނު ވަޑައިގެންނެވީ يهودي ންގެ ދަންނަބޭކަލުންގެ އަރިހަށެވެ. އަދި އެމީހުން ކިބައިން އެދިވަޑައިގަތީ އެންމެބޮޑަށް ދަންނަމީހާއާއި ބައްދަލުކުރައްވާށެވެ. ދެން އެމީހުން ދެއްކީ عَبْدُ ﷲ بْن صُورِيَا ކިޔާ މީހެކެވެ. އަދި ދެންނެވިއެވެ. މިއީ توراة ގެ خبر އެންމެބޮޑަށް ދަންނަމީހާއެވެ. ދެން އެކަލޭގެފާނު އެމީހާ ގޮވައިގެން ވަޑައިގެން އެކަނި ބައިންދާފައި حديث ކުރެއްވިއެވެ. مُحْصَن އަކު ޒިނޭކުރީމާ توراة ގައި އޮންނަ حكم އެއް އެނގޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާދޭހެވެ. (އެއީ رَجَمُ ކުރުމެވެ.) އަދި އެމީހާ ދެންނެވިއެވެ. އޭ أبو القاسم އެވެ. ކަލޭގެފާނަކީ ކަނޑައެޅިގެން نبي އަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ. އެހެންނަމަވެސް އެމީހުން ކަލޭގެފާނަށް حسد ވެރިވަނީއެވެ. ދެން رسول ﷲ ﷺ ނުކުމެވަޑައިގެން އެދެމީހުން رَجَمُ ކުރުމަށް أمر ކުރެއްވީއެވެ. ދެން އޭގެފަހުގައި عَبْدُ ﷲ بْن صُورِيَا އަލުންވެސް ކާފަރުވީއެވެ. ދެން އެކަމާ ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވިއެވެ. = تفسير الطبري =

5:41

يَـٰٓأَيُّهَا ٱلرَّسُولُ لَا يَحۡزُنكَ ٱلَّذِينَ يُسَٰرِعُونَ فِي ٱلۡكُفۡرِ مِنَ ٱلَّذِينَ قَالُوٓاْ ءَامَنَّا بِأَفۡوَٰهِهِمۡ وَلَمۡ تُؤۡمِن قُلُوبُهُمۡۛ وَمِنَ ٱلَّذِينَ هَادُواْۛ سَمَّـٰعُونَ لِلۡكَذِبِ سَمَّـٰعُونَ لِقَوۡمٍ ءَاخَرِينَ لَمۡ يَأۡتُوكَۖ يُحَرِّفُونَ ٱلۡكَلِمَ مِنۢ بَعۡدِ مَوَاضِعِهِۦۖ يَقُولُونَ إِنۡ أُوتِيتُمۡ هَٰذَا فَخُذُوهُ وَإِن لَّمۡ تُؤۡتَوۡهُ فَٱحۡذَرُواْۚ وَمَن يُرِدِ ٱللَّهُ فِتۡنَتَهُۥ فَلَن تَمۡلِكَ لَهُۥ مِنَ ٱللَّهِ شَيۡـًٔاۚ أُوْلَـٰٓئِكَ ٱلَّذِينَ لَمۡ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمۡۚ لَهُمۡ فِي ٱلدُّنۡيَا خِزۡيٞۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٞ ﴿41﴾

Transliteration: Ya ayyuha alrrasoolu la yahzunka allatheena yusariAAoona fee alkufri mina allatheena qaloo amanna biafwahihim walam tumin quloobuhum wamina allatheena hadoo sammaAAoona lilkathibi sammaAAoona liqawmin akhareena lam yatooka yuharrifoona alkalima min baAAdi mawadiAAihi yaqooloona in ooteetum hatha fakhuthoohu wain lam tutawhu faihtharoo waman yuridi Allahu fitnatahu falan tamlika lahu mina Allahi shayan olaika allatheena lam yuridi Allahu an yutahhira quloobahum lahum fee alddunya khizyun walahum fee alakhirati AAathabun AAatheemun

Translation: އޭ رسول ﷲ އެވެ! އެމީހުންގެ ހިތްތައް އީމާންނުވެ ހަމައެކަނި އެމީހުންގެ އަނގަތަކުން ތިމަންނާމެން އީމާންވެއްޖައީމޭ ބުނާމީހުންގެ ތެރެއިން ކާފަރުކަމަށް އަވަސްވެގަންނަމީހުން ކަލޭގެފާނު ހިތާމަފުޅުކުރުވިޔަ ނުދެއްވާށެވެ! އެބަހީ އެމީހުންގެ ސަބަބަން ހިތާމަފުޅު ނުކުރައްވާށެވެ! (އެއީ عَبْدُ ﷲ بْن صُورِيَا ފަދަމީހުންނެވެ.) އަދި ދޮގުބަސްތައް އަހާ يهودي ންގެ ސަބަބުންވެސް ހިތާމަފުޅު ނުކުރައްވާށެވެ! (އެމީހުން އަހަނީ އެމީހުންގެ ދަންނަބޭކަލުންގެ ދޮގުބަސްތަކެވެ.) އަދި އެއީ حكم ހޯދުމަށް ކަލޭގެފާނުންގެ އަރިހަށް އައިމީހުންނާއެކު ނާންނަ ބަޔަކަށް ދޮގުބަސް އަހައިގެން ގެންދާ މީހުންނެވެ. އަދި އެމީހުންބަސް ބަދަލުކޮށް އޮޅުވާހަދަނީއެވެ. ބާވައިލެއްވިއިރު އޮތްގޮތްނޫން އެހެންގޮތްގޮތަށް ބަދަލުކުރަނީއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު ކަލޭމެނަށް މި حكم ކުރައްވައިފިއްޔާ (އެބަހީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ އަވަހަށް ހިފާށެވެ! قبول ކުރާށެވެ!) އަދި އެހެން حكم އެއް ކުރައްވައިފިއްޔާ ބިރުވެތިވާށެވެ! قبول ނުކުރާށެވެ! (މިއީ އެމީހުންގެ ދަންނަބޭކަލުން އާދައިގެ މީހުންނަށް ބުނެދޭގޮތެވެ.) ދެންފަހެ ﷲ އެމީހަކު މަގުފުރައްދަވާ فِتْنَة ވެރިކުރެއްވުމަށް އިރާދަކުރައްވައިފި މީހަކާމެދު (އެމީހަކު ތެދުމަގަށް ގެނައުމަށް) ކަލޭގެފާނަށް އެއްވެސްކަމެއް ﷲ ގެ حضرة ން މިލްކުވެގެން ނުވެއެވެ. އެފަދަމީހުންނީ ﷲ تعالى އެމީހުންގެ ހިތްތައް طاهر ކުރެއްވުމަށް އިރާދަނުކުރައްވާ މީހުންނެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ދެރަނިކަމެތިކަމެވެ. އަދި އެމީހުންނަށް آخرة ގައި ކަނޑައެޅިގެން ހުރީ ބޮޑުވެގެންވާ عذاب އެވެ. މިއާޔަތް ބާވައިލެއްވުނު މުނާސަބަތު އެކިގޮތްގޮތަށް بيان ކުރައްވާފައި مفسّر ންވެއެވެ. އޭގެ ތެރެއިން އެންމެ معتبر ގޮތެއްކަމުގައި ބެލެވޭގޮތް މިބަޔާންކުރީއެވެ. والله أعلم.

5:42

سَمَّـٰعُونَ لِلۡكَذِبِ أَكَّـٰلُونَ لِلسُّحۡتِۚ فَإِن جَآءُوكَ فَٱحۡكُم بَيۡنَهُمۡ أَوۡ أَعۡرِضۡ عَنۡهُمۡۖ وَإِن تُعۡرِضۡ عَنۡهُمۡ فَلَن يَضُرُّوكَ شَيۡـٔٗاۖ وَإِنۡ حَكَمۡتَ فَٱحۡكُم بَيۡنَهُم بِٱلۡقِسۡطِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ﴿42﴾

Transliteration: SammaAAoona lilkathibi akkaloona lilssuhti fain jaooka faohkum baynahum aw aAArid AAanhum wain tuAArid AAanhum falan yadurrooka shayan wain hakamta faohkum baynahum bialqisti inna Allaha yuhibbu almuqsiteena

Translation: އެމީހުންނަކީ ދޮގު باطل ވާހަކަތައް އަހާމީހުންނެވެ. އަދި رشوة ކެއުން ގިނަމީހުންނެވެ. ދެންފަހެ އެމީހުން (حكم އެދިގެން) ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ދެން އެމީހުންގެމެދުގައި حكم ކުރައްވާށެވެ! ނުވަތަ އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވިޔަސް ކަލޭގެފާނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް އެމީހުންނަކަށް ނުކުރެވޭނެއެވެ. އަދި ކަލޭގެފާނު حكم ކުރައްވަންޏާ އެމީހުންގެމެދުގައި ހަމަ عَدْلُ ވެރިކޮށް حكم ކުރައްވާށެވެ! ހަމަކަށަވަރުން عَدْلُ ވެރިވާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

5:43

وَكَيۡفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوۡرَىٰةُ فِيهَا حُكۡمُ ٱللَّهِ ثُمَّ يَتَوَلَّوۡنَ مِنۢ بَعۡدِ ذَٰلِكَۚ وَمَآ أُوْلَـٰٓئِكَ بِٱلۡمُؤۡمِنِينَ ﴿43﴾

Transliteration: Wakayfa yuhakkimoonaka waAAindahumu alttawratu feeha hukmu Allahi thumma yatawallawna min baAAdi thalika wama olaika bialmumineena

Translation: އަދި އެމީހުން ކަލޭގެފާނު حكم ކުރައްވާ ބޭކަލަކުކަމުގައި ލާންވީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުންގެ އަތުގައި توراة ވެއެވެ. އެފޮތުގައި (ޒިނޭކުރުމާމެދުވެސް) ﷲ ގެ حكم ވެއެވެ. ދެން އެމީހުން އެ حكم އަށްފަހުވެސް އެނބުރި ފުރަގަސްދެނީއެވެ. (އަދި އެމީހުން ކަލޭގެފާނުންގެ އަރިހުން حكم ހޯދުމުގެ مقصد އަކީ އެމީހުން ބަދަލުކުރި ނުބައި حكم އާއި އެއްގޮތަށް ކަލޭގެފާނު حكم ކުރައްވައިތޯއެވެ.) އަދި އެމީހުން مؤمن ންކަމުގައި ނުވެއެވެ.

5:44

إِنَّآ أَنزَلۡنَا ٱلتَّوۡرَىٰةَ فِيهَا هُدٗى وَنُورٞۚ يَحۡكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسۡلَمُواْ لِلَّذِينَ هَادُواْ وَٱلرَّبَّـٰنِيُّونَ وَٱلۡأَحۡبَارُ بِمَا ٱسۡتُحۡفِظُواْ مِن كِتَٰبِ ٱللَّهِ وَكَانُواْ عَلَيۡهِ شُهَدَآءَۚ فَلَا تَخۡشَوُاْ ٱلنَّاسَ وَٱخۡشَوۡنِ وَلَا تَشۡتَرُواْ بِـَٔايَٰتِي ثَمَنٗا قَلِيلٗاۚ وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰٓئِكَ هُمُ ٱلۡكَٰفِرُونَ ﴿44﴾

Transliteration: Inna anzalna alttawrata feeha hudan wanoorun yahkumu biha alnnabiyyoona allatheena aslamoo lillatheena hadoo waalrrabbaniyyoona waalahbaru bima istuhfithoo min kitabi Allahi wakanoo AAalayhi shuhadaa fala takhshawoo alnnasa waikhshawni wala tashtaroo biayatee thamanan qaleelan waman lam yahkum bima anzala Allahu faolaika humu alkafiroona

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އެފޮތުގައި ތެދުމަގާއި (ދީނުގެ حكم ގައި އަނދިރިވެފައިވާތަންތަނަށް) نور ވެއެވެ. އަލިކަންވެއެވެ. އަދި (محمّد ﷺ ފަދައިން) އިސްލާމްވެވަޑައިގެން ތިއްބެވި نبي ބޭކަލުން އެފޮތުން يهودي ންނަށް حكم ކުރައްވައެވެ. އަދި رَبَّانِىُّ ންނާއި އެމީހުންގެ عالم ންވެސް ﷲ ގެފޮތުން (އެބަހީ توراة ން) އެމީހުންނަށް ދަސްވެފައިވާ ތަކެތީން حكم ކުރައްވައެވެ. އަދި އެބޭބޭކަލުން ކަނޑައެޅިގެން އޭގެމައްޗަށް އެބަހީ توراة ގެމައްޗަށް ހެކިދެއްވާ ބޭކަލުންކަމުގައިވިއެވެ. ފަހެ ކަލޭމެން މީސްތަކުންދެކެ ބިރުނުގަންނާށެވެ. އަދި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ކުޑައަގަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ނުވިއްކާށެވެ. (ދުނިޔޭގެ މިފަނާވެދަނިވި އެތިކޮޅަކަށް އާޔަތްތަކުގެ حكم ބަދަލުނުކުރާށެވެ!) އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.

5:45

وَكَتَبۡنَا عَلَيۡهِمۡ فِيهَآ أَنَّ ٱلنَّفۡسَ بِٱلنَّفۡسِ وَٱلۡعَيۡنَ بِٱلۡعَيۡنِ وَٱلۡأَنفَ بِٱلۡأَنفِ وَٱلۡأُذُنَ بِٱلۡأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلۡجُرُوحَ قِصَاصٞۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٞ لَّهُۥۚ وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿45﴾

Transliteration: Wakatabna AAalayhim feeha anna alnnafsa bialnnafsi waalAAayna bialAAayni waalanfa bialanfi waalothuna bialothuni waalssinna bialssinni waaljurooha qisasun faman tasaddaqa bihi fahuwa kaffaratun lahu waman lam yahkum bima anzala Allahu faolaika humu alththalimoona

Translation: އަދި توراة ގައި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެބަހީ يهودي ންގެމައްޗަށް قِصَاص ހިފުން ލިއުއްވާ فرض ކުރެއްވީމެވެ. އެއީ نفس އަކަށް نفس އެކެވެ. (އެބަހީ އެއްވެސް حقّ އަކާއި ނުލައި ހަމަ قصد ގައި މީހަކު މަރައިފިނަމަ އެމަރުވި نفس ގެ ބަދަލުގައި އޭނާ މެރިމީހާ މެރުމެވެ.) އަދި ލޮލަކަށް ލޮލެކެވެ. (އެބަހީ މީހެއްގެ ލޮލަށް ގެއްލުމެއްކޮށް ލޯ ހަލާކުކޮށްފިއްޔާ އެކަންކުރިމީހާގެ ލޯވެސް ހަމައެގޮތަށް ހަލާކު ކުރުމަށެވެ. ދެން މިގޮތަށް) ނޭފަތަކަށް ނޭފަތެއް - ކަންފަތަކަށް ކަންފަތެއް - ދަތަކަށް ދަތެއް - އަދި زخم ތަކާއި ކުރި ފާރުތަކަށްވެސް قصاص ހިފުން ކަނޑައެޅުއްވީމެވެ. އަދި މިފަދަ ކޮންމެ قصاص އަކަށްވަނީ އަގުލެއްވުމެވެ. އަނެއްމީހާގެ ގުނަވަން ހަލާކު ކޮށްލުމެއްނޫނެވެ. އެއަގުތައް ކަނޑައެޅި މިންވަރުވެގެންވެއެވެ. ދެންފަހެ އެއިން صدقاة ކޮށްފި މީހާ ދަންނައެވެ. (އެބަހީ އެ އަނިޔާއެއްކުރިމީހާއަށް އަނިޔާލިބުނު ފަރާތުން عفو ކޮށްފިއްޔާ) އެއީ އޭނާގެ ފާފަތަކަށްވާ كفّارة އެކެވެ. އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާ މީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

5:46

وَقَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبۡنِ مَرۡيَمَ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلتَّوۡرَىٰةِۖ وَءَاتَيۡنَٰهُ ٱلۡإِنجِيلَ فِيهِ هُدٗى وَنُورٞ وَمُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلتَّوۡرَىٰةِ وَهُدٗى وَمَوۡعِظَةٗ لِّلۡمُتَّقِينَ ﴿46﴾

Transliteration: Waqaffayna AAala atharihim biAAeesa ibni maryama musaddiqan lima bayna yadayhi mina alttawrati waataynahu alinjeela feehi hudan wanoorun wamusaddiqan lima bayna yadayhi mina alttawrati wahudan wamawAAithatan lilmuttaqeena

Translation: އަދި އެބޭކަލުންގެ އަސަރުތަކުގެމައްޗަށް އެބަހީ މާތްވެގެންވާ نبي ބޭކަލުންނާ تبع ކުރައްވައިހަމަ އެ قواعد ން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ އެކަލޭގެފާނު ވަޑައިގަތުމުގެކުރީގައިވާ توراة ތެދުކުރައްވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އެފޮތުގައި ތެދުމަގާއި نور ވެއެވެ. (ދީނުގެ ކަންކަމުގައި އަލިކަންވެއެވެ.) އަދި އެފޮތްވަނީ އޭގެކުރީގައިވާ توراة ތެދުކުރާ حال ގައެވެ. އަދި تقوى ވެރިންނަށްވާ ތެދުމަގާއި وعظ އާއި نصيحة ގެ ގޮތުންނެވެ.

5:47

وَلۡيَحۡكُمۡ أَهۡلُ ٱلۡإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِۚ وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ ﴿47﴾

Transliteration: Walyahkum ahlu alinjeeli bima anzala Allahu feehi waman lam yahkum bima anzala Allahu faolaika humu alfasiqoona

Translation: އަދި إنجيل ގެ أهل ވެރިން އެފޮތުގައި ﷲ ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރިމީހުން (ދަންނައެވެ!) ފަހެ އެމީހުން އެއީ ކަނޑައެޅިގެން فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)\n• ދަންނައެވެ! قصاص ހިފުމުގެ މި حكم ތަކުގެ تفصيل ތައް حديث ފޮތްތަކާއި فقه ގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެވާހަތަކުގައި علم ވެރިން ހިސާބަކަށް ބަސްތަފާތުވެފައިވާތީ އޭގެތެރެއަށް އަދި ނުވަނީއެވެ.

5:48

وَأَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلۡكِتَٰبِ وَمُهَيۡمِنًا عَلَيۡهِۖ فَٱحۡكُم بَيۡنَهُم بِمَآ أَنزَلَ ٱللَّهُۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡ عَمَّا جَآءَكَ مِنَ ٱلۡحَقِّۚ لِكُلّٖ جَعَلۡنَا مِنكُمۡ شِرۡعَةٗ وَمِنۡهَاجٗاۚ وَلَوۡ شَآءَ ٱللَّهُ لَجَعَلَكُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن لِّيَبۡلُوَكُمۡ فِي مَآ ءَاتَىٰكُمۡۖ فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ إِلَى ٱللَّهِ مَرۡجِعُكُمۡ جَمِيعٗا فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴿48﴾

Transliteration: Waanzalna ilayka alkitaba bialhaqqi musaddiqan lima bayna yadayhi mina alkitabi wamuhayminan AAalayhi faohkum baynahum bima anzala Allahu wala tattabiAA ahwaahum AAamma jaaka mina alhaqqi likullin jaAAalna minkum shirAAatan waminhajan walaw shaa Allahu lajaAAalakum ommatan wahidatan walakin liyabluwakum fee ma atakum faistabiqoo alkhayrati ila Allahi marjiAAukum jameeAAan fayunabbiokum bima kuntum feehi takhtalifoona

Translation: (އޭ رسول ﷲ ﷺ އެވެ!) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ހަމަ حقّ ގޮތުގައި ފޮތް ބާވައިލެއްވީމެވެ. ކީރިތި قرآن ބާވައިލެއްވީމެވެ. (އެއީ ﷲ ބާވައިލެއްވި) ހުރިހާ ފޮތެއްވެސް ތެދުކުރާ حال ގައި އެފޮތްތަކުގެ މައްޗަށް ރައްކާތެރިވެ ހެކިވާ އަމާނާތްތެރި ފޮތެއްކަމުގައެވެ. (އެހެންހުރިހާ ފޮތެއްވެސް އެފޮތަށް ތާއީދުކޮށް އެހެން ފޮތްތަކަށް حكم ކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެމީހުންގެމެދުގައި ﷲ ބާވައިލެއްވި حكم ން حكم ކުރައްވާށެވެ! އަދި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! حقّ ގެތެރެއިން ކަލޭގެފާނުންގެ އަރިހަށް އައިތަކެތި އައުމަށްފަހުގައި އެތަކެތި ދޫކުރައްވައި (އެމީހުންގެ هواى نفس އާއި تبع ވެވަޑައިނުގަންނަވާށެވެ!) ކަލޭމެންކުރެ ކޮންމެ ބަޔަކަށް / ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ شريعة އަކާއި ބަޔާންވެގެންވާ މަގެއްލެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެން އެއް أمّة އަކަށް ލައްވައިފީހެވެ. އަދި އެހެންނަމަވެސް (އެކަލާނގެ ކަލޭމެން ތަފާތު أمّة ތަކަކަށް ލެއްވީ) އެކަލާ ނގެ ކަލޭމެންނަށް ދެއްވިތަކެތީން (ފޮތްތަކުގައި އެންގެވި އެންގެވުންތަކުން) ކަލޭމެން إمتحان ކުރެއްވުމަށެވެ. ފަހެ ކަލޭމެން ހެޔޮކަންތައްތައް ކުރުމުގައި އަވަސްވެ ވާދަކުރާށެވެ! ކަލޭމެން އެންމެން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެން އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައި ވީކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.

5:49

وَأَنِ ٱحۡكُم بَيۡنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعۡ أَهۡوَآءَهُمۡ وَٱحۡذَرۡهُمۡ أَن يَفۡتِنُوكَ عَنۢ بَعۡضِ مَآ أَنزَلَ ٱللَّهُ إِلَيۡكَۖ فَإِن تَوَلَّوۡاْ فَٱعۡلَمۡ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعۡضِ ذُنُوبِهِمۡۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ لَفَٰسِقُونَ ﴿49﴾

Transliteration: Waani ohkum baynahum bima anzala Allahu wala tattabiAA ahwaahum waihtharhum an yaftinooka AAan baAAdi ma anzala Allahu ilayka fain tawallaw faiAAlam annama yureedu Allahu an yuseebahum bibaAAdi thunoobihim wainna katheeran mina alnnasi lafasiqoona

Translation: އަދި (ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތްބާވައިލެއްވީ) ﷲ ބާވައިލެއްވި حكم ން އެމީހުންގެމެދުގައި حكم ކުރެއްވުމަށެވެ. (އެގޮތަށް حكم ކުރައްވާށެވެ!) އަދި އެމީހުންގެ (އެބަހީ يهودي ންނާއި ދެންވެސް އެބާބުގެ އެންމެންގެ) هواى نفس އާއި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ތަކެތި ފިޔަވައި އެމީހުން ކަލޭގެފާނު فتنة ވެރިކޮށްފާނެކަމާއިމެދު ކަލޭގެފާނު އެމީހުންނަށް ބިރުވެތިވެވަޑައި ނުގަންނަވާށެވެ! (އޭރުން އެބަހީ ބިރުވެތިވެ ވަޑައިގެންފިއްޔާ އެމީހުން އެދޭގޮތަކަށް ކަލޭގެފާނަށް حكم ކުރެވިދާނެއެވެ. އެފަދަ ކަންތަކަށް ހުޝިޔާރުވެ ވަޑައިގަންނަވާށެވެ!) ދެންފަހެ އެމީހުން ކަލޭގެފާނުންގެ ބަސްފުޅު ނުއަހައި އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވަނީ އެމީހުން ކުރި ބައެއް ފާފައިގެ ސަބަބުން އެމީހުންނަށް مصيبة ޖެއްސެވުމަށެވެ. عقوبة އަވަސްކުރެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން قاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)

5:50

أَفَحُكۡمَ ٱلۡجَٰهِلِيَّةِ يَبۡغُونَۚ وَمَنۡ أَحۡسَنُ مِنَ ٱللَّهِ حُكۡمٗا لِّقَوۡمٖ يُوقِنُونَ ﴿50﴾

Transliteration: Afahukma aljahiliyyati yabghoona waman ahsanu mina Allahu hukman liqawmin yooqinoona

Translation: އެމީހުން ފަހެ އެއެދެނީ جاهليّة ޒަމާނު حكم ހެއްޔެވެ؟ (އެބަހީ رسول ﷲ ﷺ ގެ حكم އަށް ނުރުހޭ މީހުން އެއެދެނީ جاهليّة ގެ حكم އެވެ. އެއީ ބުދަށް އަޅުކަންކުރާމީހުންގެ حكم އެވެ. ﷲ ގެ حكم އެއްނޫނެވެ.) އަދި ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން قبول ކުރާބަޔަކަށް حكم ކުރުމުގެ ގޮތުން ﷲ އަށްވުރެ ވަކިންހެޔޮވެގެންވަނީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެ ރަނގަޅު حكم އެއްކުރާނެ އެކަކުވެސް ނުވެއެވެ.

5:51

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿51﴾

Transliteration: Ya ayyuha allatheena amanoo la tattakhithoo alyahooda waalnnasara awliyaa baAAduhum awliyao baAAdin waman yatawallahum minkum fainnahu minhum inna Allaha la yahdee alqawma alththalimeena

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިން އެއީ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ. إختيار ނުކުރާށެވެ! އެމީހުންގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރި نصر ވެރިންނެވެ. (ކޮންމެބަޔަކީވެސް مؤمن ންނާއި އިދިކޮޅު މީހުންނެވެ.) އަދި ކަލޭމެންކުރެން އެމީހުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަދައިފިބަޔަކު އެއީ ހަމަ އެމީހުންގެ މީހުންނެވެ. (ލަނޑަޔާ ވާނީ ލަނޑަޔާއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

5:52

فَتَرَى ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يُسَٰرِعُونَ فِيهِمۡ يَقُولُونَ نَخۡشَىٰٓ أَن تُصِيبَنَا دَآئِرَةٞۚ فَعَسَى ٱللَّهُ أَن يَأۡتِيَ بِٱلۡفَتۡحِ أَوۡ أَمۡرٖ مِّنۡ عِندِهِۦ فَيُصۡبِحُواْ عَلَىٰ مَآ أَسَرُّواْ فِيٓ أَنفُسِهِمۡ نَٰدِمِينَ ﴿52﴾

Transliteration: Fatara allatheena fee quloobihim maradun yusariAAoona feehim yaqooloona nakhsha an tuseebana dairatun faAAasa Allahu an yatiya bialfathi aw amrin min AAindihi fayusbihoo AAala ma asarroo fee anfusihim nadimeena

Translation: (އޭ رسول ﷲ އެވެ!) ފަހެ އެބައެއްގެ ހިތްތަކުގައި (منافق ކަމުގެ) ބަލިހުރިމީހުން އެ يهودي ންނާއި نصارى އިންނާ ދިމާއަށް އަވަސްވާތީ (އެމީހުން ސަހަރޯވެރިކަމަށް އެދި އަވަސްވާތީ) ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (އދ. އިންނާ ޔުނިސެފުންނާ ޑަބްލިޔޫ. އެޗް. އޯ އިންނާއި. ދެންވެސް އެމީހުންގެ ފަރާތުން އެހީތައް ހޯދުމަށް އަވަސްވާނެއެވެ.) އަދި ބުނެއެވެ. ޒަމާން ދައުރުކުރުމުގެ ތެރޭގައި އަހުރެމެންނަށް (އެބަހީ يهودي ންނާއި نصارى އިންގެގާތަށް ދާންޖެހިދާނެއެވެ. އެހެންވެ އެމީހުންނަކީ ބޮޑެތިމީހުން ކަމުގައި ކުރީންސުރެ ބަލަނީއެވެ.) ދެންފަހެ ﷲ تعالى ކޮންމެވެސް فتح އެއް (مؤمن ންނަށް) ދެއްވައިފިއްޔާ (مكة فتح ކޮށްދެއްވައިފިއްޔާ) ނުވަތަ އެކަލާނގެ حضرة ން ކޮންމެވެސް އެހެންކަމެއް އެބަހީ يهودي ންނާއި نصارى އިން އަތުން جِزْىَ ނެގޭނެގޮތް ހަމަޖައްސަވައިދެއްވައިފިއްޔާ ދެން އޭރުން އެމީހުން އެބަހީ ހިތުގައި نفاق ކަންހުރިމީހުން منافق ން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކާއިމެދު ހިތާމަކުރާ ބަޔަކުކަމުގައި ވެދެއެވެ.

5:53

وَيَقُولُ ٱلَّذِينَ ءَامَنُوٓاْ أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ إِنَّهُمۡ لَمَعَكُمۡۚ حَبِطَتۡ أَعۡمَٰلُهُمۡ فَأَصۡبَحُواْ خَٰسِرِينَ ﴿53﴾

Transliteration: Wayaqoolu allatheena amanoo ahaolai allatheena aqsamoo biAllahi jahda aymanihim innahum lamaAAakum habitat aAAmaluhum faasbahoo khasireena

Translation: مُنَافق ންނާއި ދިމާއަށް مؤمن ން ބުނާނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން مؤمن ންނާ އެކުގައިކަމަށް ގަދަހުވައިން ހުވައިކުރީ މިމީހުންހެއްޔެވެ؟ އެމީހުންގެ ހެޔޮ عمل ތައް باطل ވީއެވެ. ދެން އެމީހުން ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައިވާނެއެވެ.

5:54

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَن يَرۡتَدَّ مِنكُمۡ عَن دِينِهِۦ فَسَوۡفَ يَأۡتِي ٱللَّهُ بِقَوۡمٖ يُحِبُّهُمۡ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلۡمُؤۡمِنِينَ أَعِزَّةٍ عَلَى ٱلۡكَٰفِرِينَ يُجَٰهِدُونَ فِي سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوۡمَةَ لَآئِمٖۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿54﴾

Transliteration: Ya ayyuha allatheena amanoo man yartadda minkum AAan deenihi fasawfa yatee Allahu biqawmin yuhibbuhum wayuhibboonahu athillatin AAala almumineena aAAizzatin AAala alkafireena yujahidoona fee sabeeli Allahi wala yakhafoona lawmata laimin thalika fadlu Allahi yuteehi man yashao waAllahu wasiAAun AAaleemun

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެތެރެއިން މީހަކު އޭނާގެ ދީނުން ބޭރުވެ مُرْتَدُّ ވުމަކުން (ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) ފަހެ ނިކަންހުރެ ﷲ އެހެންބަޔަކު ގެންނަވައިފާނެއެވެ. އެބަޔަކު ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެމީހުންވެސް އެކަލާނގެއަށް ލޯބިވާ އަދި އެބަޔަކު مؤمن ންނަށް ނުހަނު އޯގާވެރި ނިކަމެތި އަދި ކާފަރުންގެމައްޗަށް ނުހަނު ގަދަފަދަ އަދި އެމީހުން ﷲ ގެމަގުގައި جهاد ކުރާ އަދި އެމީހުން (ﷲ އަށްޓަކައި) މަލާމާތްކުރާމީހެއްގެ މަލާމާތަކަށް ބިރުނުގަންނާނެއެވެ. އެއީ އެބަހީ އިސްވެދިޔަ ސިފަތައް ލިބުމަކީ ﷲ ގެ فضل ވަންތަކަމެވެ. އެ فضل ވަންތަކަން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދެއްވައެވެ. އަދި ﷲއީ ދީލަތިވަންތަކަން ނުހަނު ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

5:55

إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعُونَ ﴿55﴾

Transliteration: Innama waliyyukumu Allahu warasooluhu waallatheena amanoo allatheena yuqeemoona alssalata wayutoona alzzakata wahum rakiAAoona

Translation: ކަލޭމެން (مؤمن ންގެ) ސަހަރޯވެރިންކަމުގައިވާކަން ކަށަވަރީ ﷲ އާއި އެކަލާނގެ رسول އާ އާއި އަދި ނަމާދު قائم ކޮށް ركوع ކުރާ حال ގައިވެސް زكاة ދޭ مؤمن ންނެވެ. އެބަހީ އެބައިމީހުން ނުހަނު މަޑުމޮޅިކަމާއި ބިރުވެރިކަމާއިއެކު ކިޔަމަންވެތިބެ ނަމާދުކޮށް ޒަކާތްދޭ މީހުންނެވެ. / އަދި މިއާޔަތުގެ تفسير ލިއުއްވި ބައެއް مشهور ބޭކަލުން އެހެން ނުގުތާއެއް ފާހަގަކުރައްވާފައިވެއެވެ. އެއީ: عَلىّ رضى ﷲ عنه ركوع ގައި އޮންނަވަނިކޮށް މީހަކު އައިސް ސަލާމްޖެހުމުން ركوع ގައި އޮންނަވާފައި އެކަލޭގެފާނުންގެ އަގޮޓިފުޅު އެމީހާއަށް صدقاة އަކަށް ދެއްވިއެވެ. މިއެވެ. މިއާޔަތުގައި މިވަނީ އެވާހަކަކަމުގައި مفسّر ން ލިއުއްވިއެވެ. = تفسيرالطبري =

5:56

وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُواْ فَإِنَّ حِزۡبَ ٱللَّهِ هُمُ ٱلۡغَٰلِبُونَ ﴿56﴾

Transliteration: Waman yatawalla Allaha warasoolahu waallatheena amanoo fainna hizba Allahi humu alghaliboona

Translation: އަދި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އީމާންވީމީހުން އެއީ ތިމާމެންގެ ولِى ންކަމުގައި ބަލައި ހަމަޖައްސައިފިބަޔަކު (ދަންނައެވެ! އެއީ ގަދަވާނެ މީހުންނެވެ. އެއީ ﷲ ގެ جماعة އެވެ.) ފަހެ ހަމަކަށަވަރުން ﷲ ގެ جماعة އެއީ ކަނޑައެޅިގެން ގަދަވާނެ މީހުންނެވެ.

5:57

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلَّذِينَ ٱتَّخَذُواْ دِينَكُمۡ هُزُوٗا وَلَعِبٗا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَٱلۡكُفَّارَ أَوۡلِيَآءَۚ وَٱتَّقُواْ ٱللَّهَ إِن كُنتُم مُّؤۡمِنِينَ ﴿57﴾

Transliteration: Ya ayyuha allatheena amanoo la tattakhithoo allatheena ittakhathoo deenakum huzuwan walaAAiban mina allatheena ootoo alkitaba min qablikum waalkuffara awliyaa waittaqoo Allaha in kuntum mumineena

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ކުރިން ފޮތްދެއްވުނުމީހުންކުރެ - އެބަހީ يهودي ންނާއި نصارى އިންކުރެ ކަލޭމެން مؤمن ންގެ دين އެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައި ތާކުންތާކުނުޖެހޭ އެއްޗެއްކަމުގައި ހަދައިލިމީހުންނާ އަދި ސީދާ ކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން مؤمن ން ނުހަދާށެވެ! އެމީހުން إختيار ނުކުރާށެވެ! އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! (އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ނުހަދާށެވެ!)

5:58

وَإِذَا نَادَيۡتُمۡ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوٗا وَلَعِبٗاۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ ﴿58﴾

Transliteration: Waitha nadaytum ila alssalati ittakhathooha huzuwan walaAAiban thalika biannahum qawmun la yaAAqiloona

Translation: (އޭ مؤمن ންނޭވެ!) ކަލޭމެން ނަމާދަށް (ބަންގި) ގޮވައިފިއްޔާ އެމީހުން (އެބަހީ: يهودي ންނާއި نصارى އިންނާ ދެންވެސް އެހެނިހެން مشرك ން) ކަލޭމެން އެގޮވި ބަންގިޔާމެދު ބަލަނީ ކުޅިވަރު އަދި ބޭކާރު އެއްޗެއްގެގޮތުގައެވެ. އެގޮތަށް އެމީހުން އެކަން އެކުރަނީ އެމީހުންނަކީ ބޮލަށް އެއްޗެއް ނުވިސްނޭ - އަދި ބުއްދީގެ ބޭނުން ނުކުރާ ބަޔަކުކަމުގައިވާތީއެވެ. (އެހެނީ ބަންގިގޮވީމާ ނަމާދަށް ދިއުމުގައިހުރި ދަރުމަޔާ ސަވާބު އެނގޭނަމަ އަދި އެކަމަށް މަލާމާތްކޮށް ފުރައްސާރަކުރުމުގައި ހުރި عذاب އެމީހުންނަށް އެނގޭނަމަ އެމީހުން އެހެން ނުހެދީހެވެ.)

5:59

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ هَلۡ تَنقِمُونَ مِنَّآ إِلَّآ أَنۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ مِن قَبۡلُ وَأَنَّ أَكۡثَرَكُمۡ فَٰسِقُونَ ﴿59﴾

Transliteration: Qul ya ahla alkitabi hal tanqimoona minna illa an amanna biAllahi wama onzila ilayna wama onzila min qablu waanna aktharakum fasiqoona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭމިތިބަ أهل كتاب ންނޭވެ! ކަލޭމެން އަހުރެމެންދެކެ ނުރުހެނީ ނުވަތަ ރުޅިއަންނަނީ އަހުރެމެން ﷲ އަށާއި އަދި އަހުރެމެންނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި އަހުރެމެންގެ ކުރީ ބާވައިލެއްވުނު ތަކެއްޗަށް އަހުރެމެން إيمان ވާތީކަމުގައިމެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ކަލޭމެންކުރެ ގިނަމީހުންނަކީ فاسق ންނެވެ.

5:60

قُلۡ هَلۡ أُنَبِّئُكُم بِشَرّٖ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيۡهِ وَجَعَلَ مِنۡهُمُ ٱلۡقِرَدَةَ وَٱلۡخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَۚ أُوْلَـٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ ﴿60﴾

Transliteration: Qul hal onabbiokum bisharrin min thalika mathoobatan AAinda Allahi man laAAanahu Allahu waghadiba AAalayhi wajaAAala minhumu alqiradata waalkhanazeera waAAabada alttaghooti olaika sharrun makanan waadallu AAan sawai alssabeeli

Translation: ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ حضرة ގައި جزاء ދެއްވުމުގެގޮތުން އެއަށްވުރެ މާނުބައިކަމެއްގެ ވާހަކައިން އަހުރެން ކަލޭމެނަށް خبر ދެންހެއްޔެވެ؟ އެމީހަކަށް ﷲ لعنة ލެއްވިމީހެއްގެ لعنة މާނުބައެވެ. އެމީހާ މާނުބައެވެ. އަދި އެމީހަކަށް ﷲ ކޯފާލެއްވި މީހާ މާނުބައެވެ. އަދި އެމީހުންގެތެރެއިން ރާމާމަކުނާއި އޫރުންކަމުގައި (އެގޮތަށް އެސިފަޔަށް) އެކަލާނގެ އެމީހުންގެ ސިފަ ބަދަލުކުރެއްވި މީހުންވެއެވެ. އަދި އެމީހުންގެ ތެރޭގައި طاغوت އަށް އަޅުކަންކުރިމީހުން އެތަކެއްޗަށް خدمة ކުރިމީހުން އެކަލާނގެ ލެއްވިއެވެ. (މިއީ ހައްތާވެސް يهودي ންގެ މީސްމީހުންނެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމުން އެމީހުންނަށް ﷲ ލެއްވި ކޯފާއެވެ. އޭގެ އަސަރެވެ.) ފަހެ މިމީސްމީހުން قيامة ދުވަހުން އެމީހުން ތިބެންޖެހޭތަނުގެ ގޮތުން މާނުބައެވެ. (އެއީ ނަރަކައެވެ.) އަދި މަގުގެގޮތުން އެމީހުން ފުރެދުންމާބޮޑެވެ.

5:61

وَإِذَا جَآءُوكُمۡ قَالُوٓاْ ءَامَنَّا وَقَد دَّخَلُواْ بِٱلۡكُفۡرِ وَهُمۡ قَدۡ خَرَجُواْ بِهِۦۚ وَٱللَّهُ أَعۡلَمُ بِمَا كَانُواْ يَكۡتُمُونَ ﴿61﴾

Transliteration: Waitha jaookum qaloo amanna waqad dakhaloo bialkufri wahum qad kharajoo bihi waAllahu aAAlamu bima kanoo yaktumoona

Translation: އަދި އެމީހުން ކަލޭމެން ގާތައް އަތުވެއްޖެއްޔާ ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެހެންބުނެ (ކަލޭމެންގެގާތަށް) އައިއިރުވެސް އެމީހުންގެ ހިތުގައި ކާފަރުކަން ވަންހަނާވެގެންވެއެވެ. އަދި ހަމަކަށަވަރުން އެމީހުން (ކަލޭމެންގާތުން) ނުކުމެގެންދިޔައީވެސް ކާފަރުކަމުގައެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާކަމުގައި ވީކަންތައް (އެބަހީ ކާފަރުކަން) ﷲ ދެނެވޮޑިގަތުން ބޮޑެވެ.

5:62

وَتَرَىٰ كَثِيرٗا مِّنۡهُمۡ يُسَٰرِعُونَ فِي ٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَأَكۡلِهِمُ ٱلسُّحۡتَۚ لَبِئۡسَ مَا كَانُواْ يَعۡمَلُونَ ﴿62﴾

Transliteration: Watara katheeran minhum yusariAAoona fee alithmi waalAAudwani waaklihimu alssuhta labisa ma kanoo yaAAmaloona

Translation: އަދި އެމީހުންކުރެ ގިނަބަޔަކު (އެބަހީ يهودي ންކުރެ ގިނަމީހުން) ފާފަކުރުމުގައްޔާއި عداوة ތެރިވުމުގައްޔާއި އަދި رشوة ކެއުމުގައި އަވަސްވެގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުންވެސް އެމީހުން އެކުރާ ކަންތައްތަކަކީ ނުބައިވެގެންވާ ކަންތައްތަކެއްކަން ކަށަވަރެވެ.

5:63

لَوۡلَا يَنۡهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلۡأَحۡبَارُ عَن قَوۡلِهِمُ ٱلۡإِثۡمَ وَأَكۡلِهِمُ ٱلسُّحۡتَۚ لَبِئۡسَ مَا كَانُواْ يَصۡنَعُونَ ﴿63﴾

Transliteration: Lawla yanhahumu alrrabbaniyyoona waalahbaru AAan qawlihimu alithma waaklihimu alssuhta labisa ma kanoo yasnaAAoona

Translation: އެމީހުންގެ ބޮޑެތި إمام ންނާއި އެމީހުންގެ عَالِمُ ން އެމީހުންގެ އެފާފަވެރި ބަސްބުނުމުންނާއި އަދި އެމީހުންގެ އެ رشوة ކެއުމުން އެމީހުން މަނާ ނުކުރާނަމަ ހަމަކަށަވަރުން އެމީހުން އެކުރަނީ (އެބަހީ އެބޮޑެތި إمام ންނާއި عَالِمُ ން އެކުރަނީ) ނުބައިވެގެންވާ ކަންތައްތައްކަން ކަށަވަރެވެ.

5:64

وَقَالَتِ ٱلۡيَهُودُ يَدُ ٱللَّهِ مَغۡلُولَةٌۚ غُلَّتۡ أَيۡدِيهِمۡ وَلُعِنُواْ بِمَا قَالُواْۘ بَلۡ يَدَاهُ مَبۡسُوطَتَانِ يُنفِقُ كَيۡفَ يَشَآءُۚ وَلَيَزِيدَنَّ كَثِيرٗا مِّنۡهُم مَّآ أُنزِلَ إِلَيۡكَ مِن رَّبِّكَ طُغۡيَٰنٗا وَكُفۡرٗاۚ وَأَلۡقَيۡنَا بَيۡنَهُمُ ٱلۡعَدَٰوَةَ وَٱلۡبَغۡضَآءَ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۚ كُلَّمَآ أَوۡقَدُواْ نَارٗا لِّلۡحَرۡبِ أَطۡفَأَهَا ٱللَّهُۚ وَيَسۡعَوۡنَ فِي ٱلۡأَرۡضِ فَسَادٗاۚ وَٱللَّهُ لَا يُحِبُّ ٱلۡمُفۡسِدِينَ ﴿64﴾

Transliteration: Waqalati alyahoodu yadu Allahi maghloolatun ghullat aydeehim waluAAinoo bima qaloo bal yadahu mabsootatani yunfiqu kayfa yashao walayazeedanna katheeran minhum ma onzila ilayka min rabbika tughyanan wakufran waalqayna baynahumu alAAadawata waalbaghdaa ila yawmi alqiyamati kullama awqadoo naran lilharbi atfaaha Allahu wayasAAawna fee alardi fasadan waAllahu la yuhibbu almufsideena

Translation: އަދި يهودي ން ބުނެއެވެ. ﷲ ގެ އަތްޕުޅުވަނީ ހޭދަނުކުރައްވަންވެގެން ކަސްތަޅު އެޅެވި ބަންދުކުރެވިފައެވެ. (އެބަހުން އެމީހުން مُراد ކުރަނީ ﷲ بَخِيْلُ ކަމުގައެވެ.) އެމީހުންގެ އަތްތައް ކަސްތަޅު އެޅެވިއްޖެއެވެ. (އެބަހުން މުރާދުކުރެވެނީ އެމީހުން بَخِيْلُ ކުރެއްވުމަށް ވާ دعاء އެއްކަމަށެވެ. ނުވަތަ ދުނިޔޭގައި އެމީހުން ހައްޔަރުވެ އެމީހުންގެ އަތްތައް ކަސްތަޅުއެޅޭނެ ވާހަކަޔާ آخرة ދުވަހުން އެމީހުންގެ އަތްތައް عذاب ން ކަސްތަޅުއެޅެވޭނެ ވާހަކައެވެ. والله أعلم)\nއަދި ކިއެއްހެއްޔެވެ؟ އެކަލާނގެ އަތްޕުޅުވަނީ (ހޭދަކުރެއްވުމުގެގޮތުން) މުޅިން ފަތުރާލާ ނިއުޅާލާފައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެދިވޮޑިގެންނެވިފަދައަކުން އެކަލާނގެ ހޭދަކުރައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަމީހުންނަށް ހަމަކަށަވަރުން އިތުރުވެގެންދަނީ إنْكَارُ ކުރުމުގައި ހައްދުފަހަނަޅައިދިއުމާއި ﷲ ގެ މާތްކަމާއި މަތިވެރިކަމަށް ދެކޮޅުހެދުމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެމެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ލެއްވީމެވެ. އެމީހުން ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެހިނދެއްގައި ﷲ އެ އަލިފާންގަނޑެއް ނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. (އެއީ ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި އަދި ރަސޫލުބޭކަލުން ދޮގުކުރުމާއި އަދި އެކަލާނގެ أمر އާއި ނަހީއާއި خلاف ވުމެވެ. އެއީ ބިންފަސާދަކުރުމެވެ.) އަދި ފަސާދަކުރާމީހުންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

5:65

وَلَوۡ أَنَّ أَهۡلَ ٱلۡكِتَٰبِ ءَامَنُواْ وَٱتَّقَوۡاْ لَكَفَّرۡنَا عَنۡهُمۡ سَيِّـَٔاتِهِمۡ وَلَأَدۡخَلۡنَٰهُمۡ جَنَّـٰتِ ٱلنَّعِيمِ ﴿65﴾

Transliteration: Walaw anna ahla alkitabi amanoo waittaqaw lakaffarna AAanhum sayyiatihim walaadkhalnahum jannati alnnaAAeemi

Translation: އަދި ހަމަކަށަވަރުން يهودي ންނާއި نصارى އިން (ﷲ އަށާ محمّد ﷺ އަށް) އީމާންވެ (އެކަލާނގެ أمر ފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވެ تقوى ވެރިވީނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތައް ފުއްސަވައި އެމީހުންގެ ކިބައިން އެކަންކަން ނެތިކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން نعمة ތަކުގެ ވެރި ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ.

5:66

وَلَوۡ أَنَّهُمۡ أَقَامُواْ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ وَمَآ أُنزِلَ إِلَيۡهِم مِّن رَّبِّهِمۡ لَأَكَلُواْ مِن فَوۡقِهِمۡ وَمِن تَحۡتِ أَرۡجُلِهِمۚ مِّنۡهُمۡ أُمَّةٞ مُّقۡتَصِدَةٞۖ وَكَثِيرٞ مِّنۡهُمۡ سَآءَ مَا يَعۡمَلُونَ ﴿66﴾

Transliteration: Walaw annahum aqamoo alttawrata waalinjeela wama onzila ilayhim min rabbihim laakaloo min fawqihim wamin tahti arjulihim minhum ommatun muqtasidatun wakatheerun minhum saa ma yaAAmaloona

Translation: އަދި އެމީހުން ހަމަކަށަވަރުން توراة އާއި إنجيل އާއި قائم ކުރިނަމަ (އެދެފޮތުގައިވާފަދައަކުން عمل ކުރިނަމަ އަދި އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ބާވައިލައްވާފައިވާ ތަކެއްޗަށްވެސް (އެބަހީ މި ކީރިތި قرآن އަށްވެސް) އެމީހުން عمل ކުރިނަމަ އެމީހުންގެ މަތީންނާއި އަދި އެމީހުންގެ ފައިގެދަށުންވެސް އެމީހުން ކެއީހެވެ. (އެބަހީ އެމީހުންނަށްވާ ރިޒުގުގެ أصل ކަމުގައިވާ ވާރޭފެން އެމީހުންނަށް ވެހި ބިމުގެ އެންމެހައި خَيْرَات ތަކެއް އެމީހުންނަށް ލިބުނީހެވެ.) އެމީހުންގެތެރޭގައި (عيسى عليه السّلام އާއިމެދުވެސް) ތެދުބަސްބުނާ عدل ވެރި މީހުންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން އެކުރާ ކަންތައް ނުބައިވެގެންވެއެވެ.

5:67

يَـٰٓأَيُّهَا ٱلرَّسُولُ بَلِّغۡ مَآ أُنزِلَ إِلَيۡكَ مِن رَّبِّكَۖ وَإِن لَّمۡ تَفۡعَلۡ فَمَا بَلَّغۡتَ رِسَالَتَهُۥۚ وَٱللَّهُ يَعۡصِمُكَ مِنَ ٱلنَّاسِۗ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ ﴿67﴾

Transliteration: Ya ayyuha alrrasoolu balligh ma onzila ilayka min rabbika wain lam tafAAal fama ballaghta risalatahu waAllahu yaAAsimuka mina alnnasi inna Allaha la yahdee alqawma alkafireena

Translation: އޭ رسول އާއެވެ! - محمّد ﷺ އެވެ! ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތި ކަލޭގެފާނު އިއްވަވާށެވެ! (رسول ކަން އަދާކުރައްވާށެވެ!) ކަލޭގެފާނު ފަހެ އެކަން ނުކުރެއްވިއްޔާ (އެންމެ އާޔަތެއް އެންމެ أمر ފުޅެއްވެސް ނުއިއްވަވައި ވަންހަނާކުރައްވައިފިއްޔާ) ކަލޭގެފާނު އެކަލާނގެ رسول ކަން ނުއިއްވަމުއެވެ. އަދި ﷲ تعالى މީސްތަކުންގެ ކިބައިން (މީސްތަކުންގެ ނުރައްކަލުން) ކަލޭގެފާނު ސަލާމަތްކޮށްދެއްވާނެއެވެ. ހަމަކަށަވަރުން ކާފަރުވެއްޖެބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ.

5:68

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لَسۡتُمۡ عَلَىٰ شَيۡءٍ حَتَّىٰ تُقِيمُواْ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ وَمَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡۗ وَلَيَزِيدَنَّ كَثِيرٗا مِّنۡهُم مَّآ أُنزِلَ إِلَيۡكَ مِن رَّبِّكَ طُغۡيَٰنٗا وَكُفۡرٗاۖ فَلَا تَأۡسَ عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ﴿68﴾

Transliteration: Qul ya ahla alkitabi lastum AAala shayin hatta tuqeemoo alttawrata waalinjeela wama onzila ilaykum min rabbikum walayazeedanna katheeran minhum ma onzila ilayka min rabbika tughyanan wakufran fala tasa AAala alqawmi alkafireena

Translation: އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭ يهودي ންނާއި نصارى އިންނެވެ. توراة އާއި إنجيل އާއި އަދި ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެނަށް ބާވައިލެއްވޭ ތަކެއްޗަށްވެސް (އެބަހީ محمّد ﷺ އަށް ބާވައިލެއްވޭ ތަކެއްޗަށްވެސް) ކަލޭމެން އީމާންވެ عمل ކޮށްފުމަށް ދާންދެން ކަލޭމެން އެދެފޮތަށް عمل ކުރިބަޔަކު ކަމުގައި ނުވެއެވެ. (އެހެނީ އެދެފޮތުގައި محمّد ﷺ ގެ خبر ތައް صريح ކޮށްވާނެއެވެ. ވީމާ އެހުރިހާ ތަކެއްޗަށް عمل ކޮށްފުމަށްދާންދެން ކަލޭމެން އެއްވެސް ފޮތެއްގެ هداية ގައިވީކަމަކަށް ނުބެލެވޭނެއެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަބަޔަކަށް އިންކާރުކުރުމާ ނުކިޔަމަންތެރިވުމުގައި ހައްދުފަހަނަޅައިގަތުމާއި މެނުވީ އިތުރު ނުވެއެވެ. ﷲ އަށް ދެކޮޅުހަދައި ކާފަރުވުން އިތުރުވާކަން ކަށަވަރެވެ. ކާފަރު ބައެއްގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.

5:69

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّـٰبِـُٔونَ وَٱلنَّصَٰرَىٰ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴿69﴾

Transliteration: Inna allatheena amanoo waallatheena hadoo waalssabioona waalnnasara man amana biAllahi waalyawmi alakhiri waAAamila salihan fala khawfun AAalayhim wala hum yahzanoona

Translation: އަދި ހަމަކަށަވަރުން إيمان ވީމީހުންނާއި އަދި يهودي ވީ މީހުންނާއި صابئ އިންނާއި (އެއީ ملائكة ންނަށް އަޅުކަންކުރި މީހުންނެވެ. / ނުވަތަ دين އެއް ނެތް މީހުންނެވެ.) އަދި نصارى އިންނާއި މިއެންމެންވެސް ﷲ އަށާއި آخرة ދުވަހަށް އީމާންވެ އަދި صالح عمل ކޮށްފިނަމަ އެމީހުންގެމައްޗަށް އެއްވެސްބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ. • ދަންނައެވެ. محمّد ﷺ رسول ކަމާއިގެން ފޮނުއްވުމަށްފަހު މިއެންމެންވެސް އީމާންވީކަމުގައި ބެލެވޭނީ އެކަލޭގެފާނުންގެ رسول ކަން ތެދުކޮށް އެކަލޭގެފާނަށް އީމާންވުމުންނެވެ.

5:70

لَقَدۡ أَخَذۡنَا مِيثَٰقَ بَنِيٓ إِسۡرَـٰٓءِيلَ وَأَرۡسَلۡنَآ إِلَيۡهِمۡ رُسُلٗاۖ كُلَّمَا جَآءَهُمۡ رَسُولُۢ بِمَا لَا تَهۡوَىٰٓ أَنفُسُهُمۡ فَرِيقٗا كَذَّبُواْ وَفَرِيقٗا يَقۡتُلُونَ ﴿70﴾

Transliteration: Laqad akhathna meethaqa banee israeela waarsalna ilayhim rusulan kullama jaahum rasoolun bima la tahwa anfusuhum fareeqan kaththaboo wafareeqan yaqtuloona

Translation: ހަމަކަށަވަރުން بني إسرائيل ގެ ކިބައިން ތިމަންރަސްކަލާނގެ عهد ކަށަވަރު ހިއްޕެވީމެވެ. (ތިމަންރަސްކަލާނގެ އެއްކައުވަންތަކުރުމަށާއި އަމުރާ ނަހީއަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެގާތަށް رسول ން ފޮނުއްވީމެވެ. (ދެންފަހެ) އެމީހުންގެ هواى نفس ނުއެދޭ ކަމަކާއިގެން رسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި އޭގެ އެއްބަޔަކު އެ رسول ގެ رسول ކަން ދޮގުކުރެއެވެ. އަދި އަނެއްބަޔަކު އެ رسول އާ قتل ކުރެއެވެ.

5:71

وَحَسِبُوٓاْ أَلَّا تَكُونَ فِتۡنَةٞ فَعَمُواْ وَصَمُّواْ ثُمَّ تَابَ ٱللَّهُ عَلَيۡهِمۡ ثُمَّ عَمُواْ وَصَمُّواْ كَثِيرٞ مِّنۡهُمۡۚ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ ﴿71﴾

Transliteration: Wahasiboo alla takoona fitnatun faAAamoo wasammoo thumma taba Allahu AAalayhim thumma AAamoo wasammoo katheerun minhum waAllahu baseerun bima yaAAmaloona

Translation: އަދި އެމީހުން ހީކުރީ އެމީހުންނަށް (އެކަމުގެ ސަބަބުން) އެއްވެސް إمتحان އެއް عقوبة އެއް ނާންނާނެކަމަށެވެ. ފަހެ އެމީހުން حقّ މަގުން ކަނުވެ އަނދިރިވެ (ތެދުމަގުގެ كلمة އެއް) ނުއިވޭނޭގޮތުން ބީރުބަޔަކުކަމުގައި (مَعْنَوِى ގޮތުން) ވެއްޖެއެވެ. ދެން އަލުންވެސް (ތިމަންރަސްކަލާނގެ އޯގާވަންތަކަމުން) އެމީހުންނަށް توبة ލެއްވީމެވެ. ދެން އަލުންވެސް އޭގެތެރެއިން ގިނަމީހުން ކަނުވެ ބީރުވެއްޖެއެވެ. (ތެދުމަގަކަށް ނުބަލައި حقّ ބަހެއް ނުއެހިއެވެ.) އަދި އެމީހުން އެކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.

5:72

لَقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۖ وَقَالَ ٱلۡمَسِيحُ يَٰبَنِيٓ إِسۡرَـٰٓءِيلَ ٱعۡبُدُواْ ٱللَّهَ رَبِّي وَرَبَّكُمۡۖ إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٖ ﴿72﴾

Transliteration: Laqad kafara allatheena qaloo inna Allaha huwa almaseehu ibnu maryama waqala almaseehu ya banee israeela oAAbudoo Allaha rabbee warabbakum innahu man yushrik biAllahi faqad harrama Allahu AAalayhi aljannata wamawahu alnnaru wama lilththalimeena min ansarin

Translation: ހަމަކަށަވަރުން ﷲ އެއީ مريم ގެ ދަރިކަލުން اَلْمَسِيْحُ އޭ (عيسى ގެފާނޭ) ބުނިމީހުން يقين ނުންވެސް ކާފަރުވެއްޖެއެވެ. އަދި اَلْمَسِيْحُ يعني: عيسى (عليه السّلام) ވިދާޅުވިއެވެ. އޭ بني إسرائيل ންނޭވެ. ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެވެސް رَبُّ ކަމުގައިވާ ﷲ އަށް ކަލޭމެން އަޅުކަންކުރާށެވެ. ހަމަކަށަވަރުން ﷲ އަށް شريك ކޮށްފިމީހާ (ދަންނައެވެ.) ފަހެ އެމީހާގެ މައްޗަށް ﷲ ސުވަރުގެ حرام ކުރެއްވިއެވެ. އަދި އޭނާ قيامة ދުވަހުން ގޮސް އޮންނާނޭ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއެއް ނުވެއެވެ.

5:73

لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٖۘ وَمَا مِنۡ إِلَٰهٍ إِلَّآ إِلَٰهٞ وَٰحِدٞۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ ﴿73﴾

Transliteration: Laqad kafara allatheena qaloo inna Allaha thalithu thalathatin wama min ilahin illa ilahun wahidun wain lam yantahoo AAamma yaqooloona layamassanna allatheena kafaroo minhum AAathabun aleemun

Translation: ހަމަކަށަވަރުން ﷲ އެއީ ތިނެއްގެތެރެއިން ތިންވަނައެވެ ބުނިމީހުން ކާފަރުވެއްޖެއެވެ. (نصارى އިންގެ ބައެއް فِرْقَة ދެކޭ ގޮތުގައި ﷲ އެއީ = سُبْحَانَهُ وَتَعَالى އާއި عيسى عليه السّلام އާއި مريم ގެފާނެވެ. އަދި މިނޫންގޮތްގޮތަށް ބުނާ فِرْقَة ވެސް ވެއެވެ.) އަދި ހަމަ އެންމެ إله އެއްމެނުވީ އެހެން އެއްވެސް إله އެއް ނުވެއެވެ. (އެއީ ﷲ އެވެ.) އަދި އެމީހުން އެބުނާ ބަސްބުނުމުން އެމީހުން ހުއްޓައިނުލިއްޔާ (އެމީހުން އެއީ ކާފަރުންކަމުގައި ބެލެވޭނެއެވެ.) އެމީހުންގެތެރެއިން ކާފަރުވީ މިސްތަކުންނަށް ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ޖެހޭނެކަން ކަށަވަރެވެ.

5:74

أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسۡتَغۡفِرُونَهُۥۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴿74﴾

Transliteration: Afala yatooboona ila Allahi wayastaghfiroonahu waAllahu ghafoorun raheemun

Translation: އެމީހުން ފަހެ ﷲ އަށް توبة ވެ އެކަލާނގެ حضرة އަށް رجوع ނުވާނެ ބާވައެވެ؟ އަދި އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް ނުދަންނަވާނެ ބާވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލާނގެއެވެ.

5:75

مَّا ٱلۡمَسِيحُ ٱبۡنُ مَرۡيَمَ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٞۖ كَانَا يَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡ كَيۡفَ نُبَيِّنُ لَهُمُ ٱلۡأٓيَٰتِ ثُمَّ ٱنظُرۡ أَنَّىٰ يُؤۡفَكُونَ ﴿75﴾

Transliteration: Ma almaseehu ibnu maryama illa rasoolun qad khalat min qablihi alrrusulu waommuhu siddeeqatun kana yakulani alttaAAama onthur kayfa nubayyinu lahumu alayati thumma onthur anna yufakoona

Translation: مريم ގެފާނުންގެ ދަރިކަލުން المَسِيْح އެއީ ހަމަ رسول ބޭކަލަކުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަލޭގެފާނުންގެ ކުރީ އިސްވެދިޔަ رسول ންފަދަ رسول އެކެވެ. އަދި އެކަލޭގެފާނުންގެ މަންމާފުޅަކީ ތެދުވެރި ބޭކަނބަލެކެވެ. صِدِّيْقَة އެކެވެ. އެދެމައިކަނބަލުންވެސް ކާނާ ފަރިއްކުޅުއްވައެވެ. (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެމީހުންނަށް دليل ތައް ބަޔާންކޮށްދެއްވާގޮތް ނިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެބައިމީހުން ދޮގުހަދަމުންދާގޮތް (އެނބުރިދާގޮތް) ނިކަން ދެކެވަޑައިގަންނަވާށެވެ!

5:76

قُلۡ أَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَكُمۡ ضَرّٗا وَلَا نَفۡعٗاۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿76﴾

Transliteration: Qul ataAAbudoona min dooni Allahi ma la yamliku lakum darran wala nafAAan waAllahu huwa alssameeAAu alAAaleemu

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުދޭތަކެއްޗަށް އަދި މަންފާއެއްވެސް ކަލޭމެންނަށް ނުދޭ ތަކެއްޗަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟ އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

5:77

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ غَيۡرَ ٱلۡحَقِّ وَلَا تَتَّبِعُوٓاْ أَهۡوَآءَ قَوۡمٖ قَدۡ ضَلُّواْ مِن قَبۡلُ وَأَضَلُّواْ كَثِيرٗا وَضَلُّواْ عَن سَوَآءِ ٱلسَّبِيلِ ﴿77﴾

Transliteration: Qul ya ahla alkitabi la taghloo fee deenikum ghayra alhaqqi wala tattabiAAoo ahwaa qawmin qad dalloo min qablu waadalloo katheeran wadalloo AAan sawai alssabeeli

Translation: އޭ أَهْلُ كِتَاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ކަލޭމެން ކަލޭމެންގެ دِيْنُ ގައި އެއްވެސް حقّ އެއްނެތި غُلُوُّ ނުކުރާށެވެ! (مَدَحَ ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ! (عيسى (عليه السّلام) އަކީ ﷲ އެއްނޫނެވެ. އެއީ ހަމަ ﷲ ފޮނުއްވި رسول ބޭކަލެކެވެ. حقّ ގޮތަކީ އެއީއެވެ.) އަދި މީގެކުރިން ހަމަކަށަވަރުން މަގުފުރެދިފައިވާ ބަޔަކުގެ هواى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭމެން تبع ނުވާށެވެ! އަދި އެމީހުން (އެމީހުންނާ تبع ވީ) އެތައްބަޔަކު މަގުފުރެއްދިއެވެ. އަދި އެމީހުން އަމިއްލައަށްވަނީ ސީދާމަގުން ފުރެދިފައެވެ.

5:78

لُعِنَ ٱلَّذِينَ كَفَرُواْ مِنۢ بَنِيٓ إِسۡرَـٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبۡنِ مَرۡيَمَۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ ﴿78﴾

Transliteration: LuAAina allatheena kafaroo min banee israeela AAala lisani dawooda waAAeesa ibni maryama thalika bima AAasaw wakanoo yaAAtadoona

Translation: داؤد عليه السّلام އާއި عيسى عليه السّلام އާއި ދެބޭކަލުންގެ ދޫފުޅުމަތީން بني إسرائيل ންނަށް لعنة ލެވިއްޖެއެވެ. އެއީ އެމީހުންގެ އުރެދުމުގެ ސަބަބުންނާއި އަދި އެމީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ.

5:79

كَانُواْ لَا يَتَنَاهَوۡنَ عَن مُّنكَرٖ فَعَلُوهُۚ لَبِئۡسَ مَا كَانُواْ يَفۡعَلُونَ ﴿79﴾

Transliteration: Kanoo la yatanahawna AAan munkarin faAAaloohu labisa ma kanoo yafAAaloona

Translation: އެމީހުންވީ އެމީހުންކުރާ مُنْكَرَاة ން ހުއްޓައިނުލާ އަދި އެހެންމީހުންކުރާ مُنْكَرَاة ނަހީނުކުރާބަޔަކު ކަމުގައެވެ. ހަމަކަށަވަރުން އެމީހުން ކުރާކަމުގައި އެވީ ކަންތަކަކީ ނުބައިވެގެންވާ ކަންތައްތައްކަން يقين އެވެ.

5:80

تَرَىٰ كَثِيرٗا مِّنۡهُمۡ يَتَوَلَّوۡنَ ٱلَّذِينَ كَفَرُواْۚ لَبِئۡسَ مَا قَدَّمَتۡ لَهُمۡ أَنفُسُهُمۡ أَن سَخِطَ ٱللَّهُ عَلَيۡهِمۡ وَفِي ٱلۡعَذَابِ هُمۡ خَٰلِدُونَ ﴿80﴾

Transliteration: Tara katheeran minhum yatawallawna allatheena kafaroo labisa ma qaddamat lahum anfusuhum an sakhita Allahu AAalayhim wafee alAAathabi hum khalidoona

Translation: (އޭ رسول ﷲ އެވެ!) އެމީހުންކުރެ ގިނަމީހުން ކާފަރުންނަށް އެމީހުންގެ ސަހަރޯވެރިކަންދީ އެމީހުންނީ ތިމާމެންގެ نصر ވެރި ސަހަރޯވެރިންކަމުގައި ހަދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ نفس ތައް އެއިސްކުރިކަންތައް ނުބައިވެގެންވެއެވެ. އެއީ ﷲ ގެ ކޯފާ އެމީހުންގެމައްޗަށް ލެއްވުމެވެ. އަދި އެމީހުން قيامة ދުވަހުން ދެމިތިބޭނީ ހަމަ عذاب ގައެވެ.

5:81

وَلَوۡ كَانُواْ يُؤۡمِنُونَ بِٱللَّهِ وَٱلنَّبِيِّ وَمَآ أُنزِلَ إِلَيۡهِ مَا ٱتَّخَذُوهُمۡ أَوۡلِيَآءَ وَلَٰكِنَّ كَثِيرٗا مِّنۡهُمۡ فَٰسِقُونَ ﴿81﴾

Transliteration: Walaw kanoo yuminoona biAllahi waalnnabiyyi wama onzila ilayhi ma ittakhathoohum awliyaa walakinna katheeran minhum fasiqoona

Translation: އަދި އެމީހުން ﷲ އަށާއި نبي އާ އަށާއި އަދި އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާނަމަ އެއްގޮތަކަށްވެސް އެކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ބަލައި إختيار ނުކުރީހެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ.

5:82

لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةٗ لِّلَّذِينَ ءَامَنُواْ ٱلۡيَهُودَ وَٱلَّذِينَ أَشۡرَكُواْۖ وَلَتَجِدَنَّ أَقۡرَبَهُم مَّوَدَّةٗ لِّلَّذِينَ ءَامَنُواْ ٱلَّذِينَ قَالُوٓاْ إِنَّا نَصَٰرَىٰۚ ذَٰلِكَ بِأَنَّ مِنۡهُمۡ قِسِّيسِينَ وَرُهۡبَانٗا وَأَنَّهُمۡ لَا يَسۡتَكۡبِرُونَ ﴿82﴾

Transliteration: Latajidanna ashadda alnnasi AAadawatan lillatheena amanoo alyahooda waallatheena ashrakoo walatajidanna aqrabahum mawaddatan lillatheena amanoo allatheena qaloo inna nasara thalika bianna minhum qisseeseena waruhbanan waannahum la yastakbiroona

Translation: ކަނޑައެޅިގެން (محمّد ﷺ އަށް) އީމާންވެގެންވާ މީސްތަކުންނަށް عداوة ތެރިކަން އެންމެގަދަވެގެންވަނީ يهودي ންނާއި އަދި مُشْرك ންކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އީމާންވީ މީސްތަކުންނަށް އެންމެވެސް ލޯބިވެތިވުން ގާތްބަޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ތިމާމެންނީ نصارى އިންނޭ ބުނާމީހުންނެވެ. އެހެން އެވީ އެމީހުންގެތެރޭގައި قِسِّيسِين ންނާއި رَاهِبُ ން ތިބީމައެވެ. (قِسِّيسِين އަކީ: عَالِمُ ންނާއި، އަޅުވެރިންނާ تَبَعَ ވާމީހުންނެވެ. حقّ ހޯދުމަށް މަސައްކަތްކުރާ / މީސްތަކުންނަށް އުގަންނައިދޭ މީހުންނެވެ. رَاهب ންނަކީ ފައްޅިހަދައިގެން އަޅުކަންކުރަންގޮސްތިބޭ އަޅުވެރިންނެވެ.) = زُبْدَةُ التَّفْسِيْر =\nއަދި ހަމަކަށަވަރުން އެމީހުން (يهودي ންފަދައިން) މީސްތަކުންގެމައްޗަށް ކިބުރުވެރިވެ ބޮޑާވެ ނުގަންނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ تَوَاضُعُ ވެރިވާނެއެވެ.

5:83

وَإِذَا سَمِعُواْ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعۡيُنَهُمۡ تَفِيضُ مِنَ ٱلدَّمۡعِ مِمَّا عَرَفُواْ مِنَ ٱلۡحَقِّۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكۡتُبۡنَا مَعَ ٱلشَّـٰهِدِينَ ﴿83﴾

Transliteration: Waitha samiAAoo ma onzila ila alrrasooli tara aAAyunahum tafeedu mina alddamAAi mimma AAarafoo mina alhaqqi yaqooloona rabbana amanna faoktubna maAAa alshshahideena

Translation: އަދި رسول އާގެމައްޗަށް (އެބަހީ: محمّد ﷺ ގެމައްޗަށް) ބާވައިލެއްވުނު ތަކެތި އެމީހުން އަހައިފިއްޔާ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ حقّ ގެތެރެއިން އެމީހުންނަށް އެނގުނުތަކެތީގެ ސަބަބުން އެމީހުންގެ ލޯތަކުން ކަރުނަ ފުރިގެންފައިބާތީއެވެ. އެމީހުން ދަންނަވައެވެ. އޭއަޅަމެންގެ ربّ އެވެ! އަޅަމެން ތެދުކޮށްފީމުއެވެ. އީމާންވެއްޖައީމެވެ. ފަހެ ހެކިވެރިންނާއެކު އަޅަމެން ލިއުއްވާނދޭވެ! (އެބަހީ محمّد ﷺ ގެ أمّة ގެތެރޭގައި އަޅަމެންވެސް ލައްވާނދޭވެ! / އެއީ قيامة ދުވަހުން އެހެން أمّة ތަކަށް ހެކިދޭނޭ މީހުންނެވެ.) • (ދަންނައެވެ! މިއާޔަތްތަކުގައި އިޝާރަތްވެގެންމިދަނީ حَبْش ކަރައިން އެތާނގެ ރަސްގެފާނު نَجَاشِى ފޮނުއްވައިގެން ނުވަތަ جعفربن أبى طالب އާއިއެކު އެރަށުން رسول ﷲ ﷺ ގެ އަރިހަށް އައި قِسِّيسِين ންނާއި رَاهِبُ ންގެ ވާހަކައެވެ. ފަހެ އެބޭކަލުންނަށް މާތްވެގެންވާ رسول އާ قرآن ވިދާޅުވެދެއްވީމާ އެބޭކަލުން އީމާންވެ حقّ ރަނގަޅަށް ފާޅުވީމާ ﷲ އަށް ބިރުން އެބޭކަލުންގެ ލޯތައް ކަރުނައިން ފުރިގެން ސައިލު ހެދުން ވާހަކައެވެ. މިވާހަކަ إبن كثير ގެ تفسير އާއި تفسيرالطبري ގައިވެސް بيان ވެގެންވެއެވެ.) އަދިވެސް އެބޭކަލުން ދެންނެވިކަމުގައި ﷲ وحي ކުރެއްވިއެވެ.

5:84

وَمَا لَنَا لَا نُؤۡمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلۡحَقِّ وَنَطۡمَعُ أَن يُدۡخِلَنَا رَبُّنَا مَعَ ٱلۡقَوۡمِ ٱلصَّـٰلِحِينَ ﴿84﴾

Transliteration: Wama lana la numinu biAllahi wama jaana mina alhaqqi wanatmaAAu an yudkhilana rabbuna maAAa alqawmi alssaliheena

Translation: ﷲ އަށާއި އަދި حقّ ގެތެރެއިން އަހުރެމެންގާތަށް އައިތަކެއްޗަށް އަހުރެމެން އީމާން ނުވާންވީ ކިއެއްވެގެންހެއްޔެވެ؟ އަދި އަހުރެމެން ދަހިވެތިވަނީ އަހުރެމެންގެ ربّ އަހުރެމެން صالح މާތްމީހުންގެ ތެރެއަށް ވެއްދެވުމަށެވެ. (އެމާތް މީހުންނަކީ رسول ﷲ ﷺ އާއި އެކަލޭގެފާނުންގެ إصحاب ންނެވެ.)

5:85

فَأَثَٰبَهُمُ ٱللَّهُ بِمَا قَالُواْ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ ﴿85﴾

Transliteration: Faathabahumu Allahu bima qaloo jannatin tajree min tahtiha alanharu khalideena feeha wathalika jazao almuhsineena

Translation: ދެންފަހެ އެމީހުން އެބުނިބުނުމުގެސަބަބުން ﷲ تعالى އެމީހުންނަށް ثواب ދެއްވައިފިއެވެ. އެއީ އެތަންތާނގެ ދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެތަންތާނގައި އެމީހުން ދެމިތިބޭގޮތަށެވެ. އަދި إحسان ތެރިންގެ ދަރުމަޔަކީ، ޖަޒާއަކީ އެއީއެވެ.

5:86

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ﴿86﴾

Transliteration: Waallatheena kafaroo wakaththaboo biayatina olaika ashabu aljaheemi

Translation: އަދި ކާފަރުވެ އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ!) އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.

5:87

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُحَرِّمُواْ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمۡ وَلَا تَعۡتَدُوٓاْۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُعۡتَدِينَ ﴿87﴾

Transliteration: Ya ayyuha allatheena amanoo la tuharrimoo tayyibati ma ahalla Allahu lakum wala taAAtadoo inna Allaha la yuhibbu almuAAtadeena

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ تعالى ކަލޭމެންނަށް حلال ކޮށްދެއްވި ރަނގަޅުތަކެތި ކަލޭމެން (އަމިއްލައަށް) حرام ތަކެތިކަމުގައި ނުހަދާށެވެ! އަދި ކަލޭމެން އެތަކެތީގައި (ބޭނުންކުރުމުގައި) ހައްދުފަހަނަޅައިގެންވެސް ނުދާށެވެ! (ކޮންމެކަމެއްވެސް ﷲ އާއި އެކަލާނގެ رسول އާގެ ގިއުގަނޑުގެ ތެރޭގައިބަހައްޓާށެވެ! އަދި އިތުރު ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން ހައްދުފަހަނަޅައިގެންދާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

5:88

وَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلٗا طَيِّبٗاۚ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ أَنتُم بِهِۦ مُؤۡمِنُونَ ﴿88﴾

Transliteration: Wakuloo mimma razaqakumu Allahu halalan tayyiban waittaqoo Allaha allathee antum bihi muminoona

Translation: އަދި ﷲ ކަލޭމެންނަށް ދެއްވި ރިޒުގުގެތެރެއިން حلال ރަނގަޅުތަކެތި ކަލޭމެންކާށެވެ! އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ ކަލޭމެން އެކަލާނގެއަށް އީމާންވާ ކަލާނގެއެވެ. (ކަލޭމެންނަކީ ކަނޑައެޅިގެން އެކަލާނގެ ތެދުކޮށްގެން ތިބިމީހުންނެވެ.)

5:89

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغۡوِ فِيٓ أَيۡمَٰنِكُمۡ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلۡأَيۡمَٰنَۖ فَكَفَّـٰرَتُهُۥٓ إِطۡعَامُ عَشَرَةِ مَسَٰكِينَ مِنۡ أَوۡسَطِ مَا تُطۡعِمُونَ أَهۡلِيكُمۡ أَوۡ كِسۡوَتُهُمۡ أَوۡ تَحۡرِيرُ رَقَبَةٖۖ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖۚ ذَٰلِكَ كَفَّـٰرَةُ أَيۡمَٰنِكُمۡ إِذَا حَلَفۡتُمۡۚ وَٱحۡفَظُوٓاْ أَيۡمَٰنَكُمۡۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَشۡكُرُونَ ﴿89﴾

Transliteration: La yuakhithukumu Allahu biallaghwi fee aymanikum walakin yuakhithukum bima AAaqqadtumu alaymana fakaffaratuhu itAAamu AAasharati masakeena min awsati ma tutAAimoona ahleekum aw kiswatuhum aw tahreeru raqabatin faman lam yajid fasiyamu thalathati ayyamin thalika kaffaratu aymanikum itha halaftum waihfathoo aymanakum kathalika yubayyinu Allahu lakum ayatihi laAAallakum tashkuroona

Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެން ހުވައިކުރުމުގައި އެއްވެސް قصد އެއްނެތި ހިތުގެ يقين ކަމެއްނެތި ކަލޭމެން ކުރާ ހުވަޔަށް ﷲ ކަލޭމެންނަށް عقوبة ނުދެއްވައެވެ. (އެއީ لَغْو އެވެ. عَرَبِى ންގެތެރޭގައި އެއީ ވަރަށްގިނަ ކަމެކެވެ.) އަދި އެހެނެއްކަމަކު ކަލޭމެން ހިތުގައި عزم ކޮށް ހަމަ قصد ގައިކުރާ ހުވައިން އެކަލާނގެ ކަލޭމެން ހިއްޕަވައެވެ. އެބަހީ: އެފަދަ ހުވައިގެ ކައްފާރާ އަކީ ދިހަ މިސްކީނުންނަށް ކާންދިނުމެވެ. އެއީ އެތަނެއްގެ عامّ މީހުން ކައިއުޅޭ މެދުމިނެއްގެ ކާނާއަކުންނެވެ. ނުވަތަ އެމީހުންނަށް (ދިހަމީހުންނަށް) ހެދުން ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ދެންފަހެ އެއިން އެއްވެސްކަމެއް ކުރެވޭފަދައެއްނެތްމީހާ ތިންދުވަހު ރޯދަހިފުމެވެ. އެއީ ކަލޭމެންގެ ހުވައިތަކުގެ كفّارة އެވެ. ކަލޭމެން ހުވައިކޮށްފިއްޔާ ކަލޭމެން ހުވަޔަށް ރައްކާތެރިވާށެވެ! (ހުވައެއްކޮށްފިއްޔާ އެޔާ خلاف ނުވާށެވެ!) އަދި كفّارة ދޭންޖެހިއްޖެހިނދެއްގައި އެކަމަށް ފަރުވާކުޑަނުކުރާށެވެ! / އަދި ހުވައިކުރުމަށް އަވަސްވެ ނުގަންނާށެވެ! ﷲ تعالى އެކަލާނގެ އާޔަތްތައް ކަލޭމެންނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން شكر ކުރޭތޯއެވެ. / ނުވަތަ ކަލޭމެން شكر ކުރުމުގެ أمّيد އުއްމީދުގައެވެ.\n• ދަންނައެވެ! ހުވައިގެ ވައްތަރުތަކާއި كفّارة ގެ ދިގު تفصيل ވާހަކަތައް حديث ފޮތްތަކާއި فقه ފޮތްތަކުގައި بيان ވެގެންވެއެވެ. މިއީ އަދި އެކަމުގެ فرصة އެއްނޫނެވެ. އެ فرصة ލިބުނީމާ އެބައި އަދި بيان ކޮށްދޭހުށީމެވެ. إن شاء ﷲ.

5:90

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡخَمۡرُ وَٱلۡمَيۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَٰمُ رِجۡسٞ مِّنۡ عَمَلِ ٱلشَّيۡطَٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ ﴿90﴾

Transliteration: Ya ayyuha allatheena amanoo innama alkhamru waalmaysiru waalansabu waalazlamu rijsun min AAamali alshshaytani faijtaniboohu laAAallakum tuflihoona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބަނގުރާއާއި (އެބަހީ ރާބުއިމާއި) ޖުވާކުޅުމާއި އަޅުކަންކުރުމަށް ބަހައްޓާފައިވާ ހިލަތަކާއި (ބުދުތަކާއި - އެބަހީ އެއަށް އަޅުކަންކުރުމާއި) ނަސީބުގެ ވަރުބަލަން ފާލުބެލުމާއި (ދުނިދަނޑިލައިގެން ފާލުބެލުމާއި) މި އެންމެހައި ކަންތައްތައްވާކަންކަށަވަރީ ހަޑިމުޑުދާރު ނަޖިސްކަމުގައެވެ. އެއީ شيطان އާގެ عمل ގެތެރެއިންވާ ކަންކަމެވެ. ފަހެ އެކަންކަމުން ކަލޭމެން ދުރުވެގަންނާށެވެ! އެއީ ކަލޭމެނަށް ކާމިޔާބުވެ نصيب ލިބިގަތުމުގެ أمّيد ގައެވެ.

5:91

إِنَّمَا يُرِيدُ ٱلشَّيۡطَٰنُ أَن يُوقِعَ بَيۡنَكُمُ ٱلۡعَدَٰوَةَ وَٱلۡبَغۡضَآءَ فِي ٱلۡخَمۡرِ وَٱلۡمَيۡسِرِ وَيَصُدَّكُمۡ عَن ذِكۡرِ ٱللَّهِ وَعَنِ ٱلصَّلَوٰةِۖ فَهَلۡ أَنتُم مُّنتَهُونَ ﴿91﴾

Transliteration: Innama yureedu alshshaytanu an yooqiAAa baynakumu alAAadawata waalbaghdaa fee alkhamri waalmaysiri wayasuddakum AAan thikri Allahi waAAani alssalati fahal antum muntahoona

Translation: شيطان އާ އެދޭކަންކަށަވަރީ عداوة ތެރިކަމާއި ރުޅިވެރިކަން ކަލޭމެން (مؤمن ންގެ) މެދުގައި އުފެއްދުމަށެވެ. މެދުވެރިކުރުވުމަށެވެ. އެއީ ރަލާއި ޖުވާގެ ސަބަބުންނެވެ. އަދި އެސޮރު އެދެނީ ﷲ ގެ ذِكْرُ ންނާއި ﷲ ހަނދާންކުރުމުންނާއި އަދި ނަމާދުކުރުމުން ކަލޭމެން މަނާކޮށް ދުރުކުރުމަށެވެ. ކަލޭމެން ފަހެ މިކަންކަންކުރުމުން ހުއްޓޭނޭހެއްޔެވެ؟ ހުއްޓައިލާށެވެ!

5:92

وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَٱحۡذَرُواْۚ فَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ ﴿92﴾

Transliteration: WaateeAAoo Allaha waateeAAoo alrrasoola waihtharoo fain tawallaytum faiAAlamoo annama AAala rasoolina albalaghu almubeenu

Translation: އަދި ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން (އެކަލާނގެ امر ފުޅުތަކާއި خلاف ވެދާނޭކަމަށް) ބިރުވެތިވާށެވެ! އަދި ކަލޭމެން (ތިމަންރަސްކަލާނގެ އަމުރާއި ނަހީއަށް ކިޔަމަންނުވެ) އެނބުރި ފުރަގަސްދީފިނަމަވެސް ކަލޭމެން ދަންނާށެވެ! ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮންނާނެކަން ކަށަވަރީ ބަޔާންވެގެންވާގޮތުގައި އިއްވައިދިނުމެވެ.

5:93

لَيۡسَ عَلَى ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جُنَاحٞ فِيمَا طَعِمُوٓاْ إِذَا مَا ٱتَّقَواْ وَّءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ ثُمَّ ٱتَّقَواْ وَّءَامَنُواْ ثُمَّ ٱتَّقَواْ وَّأَحۡسَنُواْۚ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ ﴿93﴾

Transliteration: Laysa AAala allatheena amanoo waAAamiloo alssalihati junahun feema taAAimoo itha ma ittaqaw waamanoo waAAamiloo alssalihati thumma ittaqaw waamanoo thumma ittaqaw waahsanoo waAllahu yuhibbu almuhsineena

Translation: އަދި އީމާންވެގެން صالح عمل ކުރިމީހުން (ރާ حرام ވުމުގެކުރިން އެމީހުން އެބުއި ބުއިމަކުން ރާ حرام ވުމުގެކުރިން މަރުވެފައިވާނަމަވެސް) އެމީހުންގެ މައްޗަށް އެއްވެސްކުށެއްނެތެވެ. އެއީ އެމީހުން تقوى ވެރިވެ އީމާންވެ އަދި صالح عمل ކުރިނަމައެވެ. ދެން އެމީހުން تقوى ވެރިވެ އީމާންވެ ދެން تقوى ވެރިވެ إحسان ތެރިވެއްޖެއްޔާއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގެންވެއެވެ.

5:94

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَيَبۡلُوَنَّكُمُ ٱللَّهُ بِشَيۡءٖ مِّنَ ٱلصَّيۡدِ تَنَالُهُۥٓ أَيۡدِيكُمۡ وَرِمَاحُكُمۡ لِيَعۡلَمَ ٱللَّهُ مَن يَخَافُهُۥ بِٱلۡغَيۡبِۚ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ ﴿94﴾

Transliteration: Ya ayyuha allatheena amanoo layabluwannakumu Allahu bishayin mina alssaydi tanaluhu aydeekum warimahukum liyaAAlama Allahu man yakhafuhu bialghaybi famani iAAtada baAAda thalika falahu AAathabun aleemun

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ އަތްތަކުންނާއި ކަލޭމެންގެ ލޮންސިތަކުން ކަލޭމެން ލިބިގަންނަ އެއްގަމު ޝިކާރައިން ހަމަކަށަވަރުން ﷲ ކަލޭމެން إمتحان ކުރެއްވުން އެއީ، ﷲ ނުފެނި غيب ގައި ﷲ އަށް ބިރުވެތިވާމީހުން އެކަލާނގެ ދެނެވޮޑިގެންވާކަން އެކަލާނގެ މާތް އަޅުތަކުންނަށް ދެއްކެވުމަށެވެ. ދެންފަހެ އެއަށްފަހު (އެބަހީ ޝިކާރަކުރުން حرام ވުމުގެ إمتحان އަށްފަހު) ދެން ހައްދުފަހަނަޅައިފިމީހާ ދަންނައެވެ! ފަހެ އެމީހަކަށް ހުރީ ވޭންދެނިވި عذاب އެވެ.

5:95

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡتُلُواْ ٱلصَّيۡدَ وَأَنتُمۡ حُرُمٞۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدٗا فَجَزَآءٞ مِّثۡلُ مَا قَتَلَ مِنَ ٱلنَّعَمِ يَحۡكُمُ بِهِۦ ذَوَا عَدۡلٖ مِّنكُمۡ هَدۡيَۢا بَٰلِغَ ٱلۡكَعۡبَةِ أَوۡ كَفَّـٰرَةٞ طَعَامُ مَسَٰكِينَ أَوۡ عَدۡلُ ذَٰلِكَ صِيَامٗا لِّيَذُوقَ وَبَالَ أَمۡرِهِۦۗ عَفَا ٱللَّهُ عَمَّا سَلَفَۚ وَمَنۡ عَادَ فَيَنتَقِمُ ٱللَّهُ مِنۡهُۚ وَٱللَّهُ عَزِيزٞ ذُو ٱنتِقَامٍ ﴿95﴾

Transliteration: Ya ayyuha allatheena amanoo la taqtuloo alssayda waantum hurumun waman qatalahu minkum mutaAAammidan fajazaon mithlu ma qatala mina alnnaAAami yahkumu bihi thawa AAadlin minkum hadyan baligha alkaAAbati aw kaffaratun taAAamu masakeena aw AAadlu thalika siyaman liyathooqa wabala amrihi AAafa Allahu AAamma salafa waman AAada fayantaqimu Allahu minhu waAllahu AAazeezun thoo intiqamin

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެއްގަމު ޝިކާރަ ނުކުރާށެވެ! އެއްގަމު ސޫފި ނުމަރާށެވެ! އަދި ކަލޭމެންކުރެ އެއިން އެއްޗެއް ހަމަގަސްތުގައި މަރައިފިމީހާ ދަންނައެވެ! ފަހެ އޭނާގެ އެކުށުގެ جزاء އަކީ އޭގެ عقوبة އަކީ އޭނާ އެމެރިވަރުގެ އެއްޗެއް (كفّارة އެއްގެގޮތުން) ދިނުމެވެ. އެއެއްޗެއް މިންވަރު ކުރުމަށް ކަލޭމެންކުރެ عدل ވެރި ދެހެކިން حكم ކުރާށެވެ! އެއީ ގެފުޅަށް ފޮނުވޭ هَدِيَة އެއްގެގޮތުން ފޮނުވޭ هَدْى އެކެވެ. ނުވަތަ އެކަމުގެ كفّارة އަކީ މިސްކީނުންތަކަކަށް ކާންދިނުމެވެ. (އެއީ އޭނާ އެމެރި ޝިކާރައެއްގެ އަގު އެހިސާބުގައި އެވަގުތުހުރި އަގުން އަގުކޮށް، އެއަށްވާ ތަކެއްޗެވެ. ނުވަތަ އެވަގުތަކު އެ އެއްޗެއްގެ އަގު مكّة ގައި ހުރި ވަރަކަށެވެ. ނުވަތަ އޭގެ އަގާއި ހަމަހަމަވާވަރަށް ރޯދަހިފުމެވެ. (ކޮންމެ مُدّ އެއްގެ މިންވަރަށް ދުވަހެކެވެ.) އަދި މިއާޔަތުގައިމިވާ كفّارة ތައް މިންވަރުކުރުމުގައި علم ވެރިންގެމެދުގައި އެކިވަރުވަރުގެ إختلاف ވެއެވެ. އެކަން ހަނދާންކުރުން ހުއްޓެވެ.) އަދި މި كفّارة ތައް ކަނޑައެޅިފައިމިވަނީ އޭނާ އެކުރި ކުށަށް ލިބޭ عذاب ގެ ރަހަ ލިބިގަތުމަށެވެ. (އަދި މި حكم ބާވައިލެއްވުމުގެކުރިން) އިސްވެގޮސްފައިވާ ކަންތައްތައް ﷲ عفو ކުރައްވައިފިއެވެ. (އަދި މި حكم އައުމަށްފަހު) ދެން އެފަދަކަމަކަށް إعاد ވެއްޖެމީހާ އަރައިގެންފިމީހާ (ދަންނައެވެ! ފަހެ ﷲ އޭނާގެ ކިބައިން ބަދަލުހިއްޕަވާފާނެއެވެ.) ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި ބަދަލުހިއްޕެވުމުގެވެރި ކަލާނގެއެވެ.

5:96

أُحِلَّ لَكُمۡ صَيۡدُ ٱلۡبَحۡرِ وَطَعَامُهُۥ مَتَٰعٗا لَّكُمۡ وَلِلسَّيَّارَةِۖ وَحُرِّمَ عَلَيۡكُمۡ صَيۡدُ ٱلۡبَرِّ مَا دُمۡتُمۡ حُرُمٗاۗ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ ﴿96﴾

Transliteration: Ohilla lakum saydu albahri wataAAamuhu mataAAan lakum walilssayyarati wahurrima AAalaykum saydu albarri ma dumtum huruman waittaqoo Allaha allathee ilayhi tuhsharoona

Translation: ކަނޑުގެ ޝިކާރަކުރުމާއި އަދި އެ ޝިކާރަކެއުން ކަލޭމެންނަށް حلال ވެގެންވެއެވެ. އެއީ ކަލޭމެން (ރަށުގައި قائم ވެތިބޭމީހުން) ނަށާއި ދަތުރުވެރިންނަށްވާ مَنْفَعَ އެއްގެގޮތުންނެވެ. އަދި ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާހާހިނދެއްގައި އެއްގަމު ޝިކާރަކުރުން ކަލޭމެންގެމައްޗަށް حرام ވެވިގެންވެއެވެ. (އެބަހީ އެކަންކަން ކަލޭމެންގެމައްޗަށް ﷲ حرام ކުރެއްވިއެވެ.) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ކަލާނގެއެވެ.

5:97

جَعَلَ ٱللَّهُ ٱلۡكَعۡبَةَ ٱلۡبَيۡتَ ٱلۡحَرَامَ قِيَٰمٗا لِّلنَّاسِ وَٱلشَّهۡرَ ٱلۡحَرَامَ وَٱلۡهَدۡيَ وَٱلۡقَلَـٰٓئِدَۚ ذَٰلِكَ لِتَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ﴿97﴾

Transliteration: JaAAala Allahu alkaAAbata albayta alharama qiyaman lilnnasi waalshshahra alharama waalhadya waalqalaida thalika litaAAlamoo anna Allaha yaAAlamu ma fee alssamawati wama fee alardi waanna Allaha bikulli shayin AAaleemun

Translation: البَيْتُ الحرَام ކަމުގައިވާ كعبة އެބަހީ ގެފުޅު ﷲ ލައްވާފައިވަނީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައްތައް صلح ކުރާ أصل އެއްޗެއްކަމުގައެވެ. އަދި حرمة ތެރިވެގެންވާ މައްސަރާއި ގެފުޅަށްގެނެވޭ هَدْىُ އާއި - އެބަހީ އެތަނަށް هَدِيَة ގެގޮތުގައި ގެނެވޭ نَعَمْ ސޫފީގެ ބާވަތްތަކާއި އަދިކަރުގައި قِلاَدَة އަޅުވާފައިވާ نَعَم ސޫތްޕާއި މިހުރިހާތަކެތިވެސް އެކަލާނގެ ލެއްވީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައް ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. (ގެފުޅަކީ ކޮންމެމީހަކަށް أمان ކަން ހުރިތަނެކެވެ. حرمة ތެރި މައްސަރުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް އަނިޔާކުރުން މަނާވެވިގެންވެއެވެ. އަދި ގެފުޅަށް هدى ހިފައިގެންދާމީހާޔާއި އަދި އޭނާގެ هدى އާއިވެސް ދިމާކޮށް އަނިޔާކޮށް ނުހަދާށެވެ! އެއީ جاهليّة ޒަމާނުއްސުރެ މީސްތަކުންގެ އާދައެވެ. އެގޮތުން މިކަންކަންވެފައިވަނީ މީސްތަކުން ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. والله أعلم) އަދި އެކަންތައްތައް އެގޮތުގެމަތީން ލެއްވީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ ދެނެވޮޑިގެންވާކަން ކަލޭމެން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން ﷲ تعالىއީ ހުރިހާ އެއްޗެއް އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.

5:98

ٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ وَأَنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿98﴾

Transliteration: IAAlamoo anna Allaha shadeedu alAAiqabi waanna Allaha ghafoorun raheemun

Translation: ހަމަކަށަވަރުން ﷲ تعالى އީ عقوبة ދެއްވުން ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަންވެސް ކަލޭމެން ދަންނާށެވެ!

5:99

مَّا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُۗ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ﴿99﴾

Transliteration: Ma AAala alrrasooli illa albalaghu waAllahu yaAAlamu ma tubdoona wama taktumoona

Translation: رسول ކަން އިއްވަވައިދިނުންމެނުވީ رسول އާގެމައްޗަށް (ވާޖިބު) ވެގެންނުވެއެވެ. (އެބަހީ: رسول ކަމާއިބެހޭގޮތުން އެކަލޭގެފާނަށް އޮތީ އިއްވައިދިނުމެވެ. ކިޔަމަންތެރިންނަށާއި ނުކިޔަމަންތެރިންނަށް جزاء ދެއްވުން އޮންނާނީ ﷲ އަށެވެ.) އަދި ކަލޭމެން ފައުޅުކުރާކަންތަކާއި އަދި ކަލޭމެން ވަންހަނާކުރާކަމުގައިވާ ކަންތައްތައްވެސް ﷲ ދެނެވޮޑިގެންވެއެވެ.

5:100

قُل لَّا يَسۡتَوِي ٱلۡخَبِيثُ وَٱلطَّيِّبُ وَلَوۡ أَعۡجَبَكَ كَثۡرَةُ ٱلۡخَبِيثِۚ فَٱتَّقُواْ ٱللَّهَ يَـٰٓأُوْلِي ٱلۡأَلۡبَٰبِ لَعَلَّكُمۡ تُفۡلِحُونَ ﴿100﴾

Transliteration: Qul la yastawee alkhabeethu waalttayyibu walaw aAAjabaka kathratu alkhabeethi faittaqoo Allaha ya olee alalbabi laAAallakum tuflihoona

Translation: އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ނުބަޔާ ރަނގަޅު (ނުބައިތަކެއްޗާއި ރަނގަޅުތަކެތި) އެއްވަރު ނުވާނެއެވެ. (ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ކާފަރުކަމާއި އީމާންކަން - حرام އާއި حلال ދެން މިހެން.....) މިއެއްވެސް ދެ އެއްޗެއް އެއްވަރުނުވާނެއެވެ. އަދި ނުބައި ކަންތައް - އަދި ނުވަތަ ނުބައިމީހުން ގިނަކަމުން ކަލޭގެފާނު عجائب ފުޅުވިޔަސް (ނުބައި އެއީ ރަނގަޅުކަމުގައިވާނެ އެއްގޮތެއް ނުއޮންނާނެއެވެ.) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ކަލޭމެންނަށް ކާމިޔާބުވޭތޯއެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން تقوى ވެރިވާށެވެ!

5:101

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَسۡـَٔلُواْ عَنۡ أَشۡيَآءَ إِن تُبۡدَ لَكُمۡ تَسُؤۡكُمۡ وَإِن تَسۡـَٔلُواْ عَنۡهَا حِينَ يُنَزَّلُ ٱلۡقُرۡءَانُ تُبۡدَ لَكُمۡ عَفَا ٱللَّهُ عَنۡهَاۗ وَٱللَّهُ غَفُورٌ حَلِيمٞ ﴿101﴾

Transliteration: Ya ayyuha allatheena amanoo la tasaloo AAan ashyaa in tubda lakum tasukum wain tasaloo AAanha heena yunazzalu alquranu tubda lakum AAafa Allahu AAanha waAllahu ghafoorun haleemun

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް (މާބޮޑުބޭނުމެއްނެތް) އެއެއްޗެއްގެ حكم ނޭނގޭ ތަކެއްޗާއިމެދު ކަލޭމެން ސުވާލު ނުކުރާށެވެ! (رسول އާއާއި ސުވާލު ނުކުރާށެވެ!) އެއެއްޗެއްގެ حكم ކަލޭމެންނަށް ހާމަވެ ފައުޅުވެއްޖެއްޔާ ކަލޭމެންނަށް ނުބަޔަކަށް ވެދާނެއެވެ. އަދި قرآن ބާވައިލެއްވެމުންދާ ވަގުތު އެފަދަ ސުވާލުތައް ކަލޭމެން ކުރަމުންދާނަމަ ކަލޭމެނަށް އޭގެ حكم ފައުޅުވެދާނެއެވެ. (އޭރުން އިތުރު ދައްޗަކަށް / އުނދަގުލަކަށް ވެދާނެއެވެ.) ﷲ ވަނީ އެފަދަ ކަންކަން عفو ކޮށްދެއްވާފައެވެ. އަދި ﷲ އީ ގިނަ ގިނައިން ފާފަފުއްސަވާ އަދި ކޯފާމަޑުވެގެންވާ ކަލާނގެއެވެ. (އެބަހީ ކުއްލިއަކަށް ބަދަލު ނުހިއްޕަވާވެސް ދޫކުރައްވާ ކަލާނގެއެވެ.)

5:102

قَدۡ سَأَلَهَا قَوۡمٞ مِّن قَبۡلِكُمۡ ثُمَّ أَصۡبَحُواْ بِهَا كَٰفِرِينَ ﴿102﴾

Transliteration: Qad saalaha qawmun min qablikum thumma asbahoo biha kafireena

Translation: ހަމަކަށަވަރުން އެފަދަ ކަންކަމާއިމެދު ކަލޭމެންގެ ކުރިން ބަޔަކުމީހުން ސުވާލުކުރިއެވެ. (ދެން އޭގެ حكم ތައް ހާމަވުމުން) އެމީހުން އެއަށް ދެކޮޅުހަދާ ކާފަރުވީއެވެ.

5:103

مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٖ وَلَا سَآئِبَةٖ وَلَا وَصِيلَةٖ وَلَا حَامٖ وَلَٰكِنَّ ٱلَّذِينَ كَفَرُواْ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَأَكۡثَرُهُمۡ لَا يَعۡقِلُونَ ﴿103﴾

Transliteration: Ma jaAAala Allahu min baheeratin wala saibatin wala waseelatin wala hamin walakinna allatheena kafaroo yaftaroona AAala Allahi alkathiba waaktharuhum la yaAAqiloona

Translation: ﷲ تعالى އެއްވެސް بَحِيْرَة އެއް އަދި سَائِبَة އެއްވިޔަސް އަދި އެއްވެސް وصيلة އެއްވެސް އަދި އެއްވެސް حامى އެއްވިޔަސް ނުލައްވައެވެ. (އެއީ جاهليّة ޒަމާނުގައި مشرك ން އަމިއްލައަށް އުފައްދާފައިވާ ނަންތަކަކާއި ކަންތައްތަކެކެވެ.) އަދި އެހެނެއްކަމަކު ކާފަރުވީ މީސްތަކުން ﷲ تعالى ގެ މައްޗަށްދޮގުހަދައިގަންނަނީއެވެ. އަދި އެމީހުންކުރެ ގިނަމީހުން ބުއްދި ނުކުރެއެވެ. ނުވިސްނައެވެ. • ދަންނައެވެ. بَحِيْرَة އަކީ، އަންހެން جمل އެވެ. އޭގެ ކަންފަތް ތޮރުފައިލާ ދެން އޭގެކިރު طَاغُوة އަށް خاصّ ކުރަނީއެވެ. (އެއީ ބުދާއި ބުދުބަލަހައްޓާ މީހާއަށެވެ.) އެހެންމީހުން އޭގެކިރު ފެލުން މަނަލެވެ. ކަންފަތް ފަޅާލާފައި ބެހެއްޓުމަކީ އޭގެ علامة އެވެ. سَائِبَة އަކީ: އެއީވެސް އަންހެން جمل އެވެ. މީހާއަށް ބައްޔެއްފަދަ ކަމެއް ދިމާވެގެން ނަދުރު ބުނެފައިވާ جمل އެވެ. މިބަލިން ސަލާމަތްވެއްޖެއްޔާ (މިސާލަކަށް) ދެން އޭގެމައްޗަށް ސަވާރު ނުވުމާއި އަދި އޭތި ބޭނުންތާކުން ހުއިހެއްޕުމަށް ދޫކޮށްލެވޭނެއެވެ. ފެންވެސް ބޭނުންތާކުން ބޯންވީއެވެ. މީހަކު ބެހިގެން ނުވާނެއެވެ. وصيلة: އަކީވެސް އަންހެން جمل އެވެ. އެއީ އަންހެން އެއްޗެއް ވިހައިފާ ދެންވެސް އަންހެން އެއްޗެއް ވިހައިފިއްޔާ އެއެތި އެއީ އެމީހުންނަށެވެ. އަންހެން އެއްޗަކާއި ވިދިގެން ފިރިހެން އެއްޗެއް ވިހައިފިއްޔާ އެއީ އެމީހުންގެ إله ންތަކަށެވެ. الحامى އަކީ: އެއީ ފިރިހެން ޖަމަލެވެ. އެއަށް ދިހަދަރިން ލިބުނީމާ އޭގެ ބުރިކަށި حماية ކުރެވުނީއެވެ. ދެން އޭގެ ބުރިކަށިމައްޗަށް ސަވާރު ނުވެވޭނެއެވެ. އަދި އޭތި ކޮންމެތާކުން ވިނަކައި ފެންބޮއިހެދިނަމަވެސް މަނާނުކުރެވޭނެއެވެ. = زُبْدَة التفسير =

5:104

وَإِذَا قِيلَ لَهُمۡ تَعَالَوۡاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُواْ حَسۡبُنَا مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡلَمُونَ شَيۡـٔٗا وَلَا يَهۡتَدُونَ ﴿104﴾

Transliteration: Waitha qeela lahum taAAalaw ila ma anzala Allahu waila alrrasooli qaloo hasbuna ma wajadna AAalayhi abaana awalaw kana abaohum la yaAAlamoona shayan wala yahtadoona

Translation: އަދި ﷲ ބާވައިލެއްވި އެއްޗެއް ބެލުމަށާއި رسول ވިދާޅުވިއެއްޗެއް ބެލުމަށް ކަލޭމެން އަންނާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނީ އަހުރެމެން އުޅޭނީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތަށެވެ. އެގޮތް އަހުރެމެންނަށް ފުދެއެވެ. މިހެންނެވެ. އަޅެފަހެ އެމީހުންގެ ކާބަފައިންނަށް އެކައްޗެއް ނޭނގުނުނަމަވެސް އަދި އެމީހުންނަށް އެއްވެސް ތެދުމަގެއްނެތްނަމަވެސް ހެޔޮހެއްޔެވެ؟ އެހެންހަދާނީހެއްޔެވެ؟

5:105

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ عَلَيۡكُمۡ أَنفُسَكُمۡۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهۡتَدَيۡتُمۡۚ إِلَى ٱللَّهِ مَرۡجِعُكُمۡ جَمِيعٗا فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿105﴾

Transliteration: Ya ayyuha allatheena amanoo AAalaykum anfusakum la yadurrukum man dalla itha ihtadaytum ila Allahi marjiAAukum jameeAAan fayunabbiokum bima kuntum taAAmaloona

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމައްޗަށް އޮތީ (އެންމެފުރަތަމަ) ކަލޭމެންގެ އަމިއްލަ نفس ތަކެވެ. (އެ نفس ތައް إصلاح ކުރާށެވެ!) ކަލޭމެންގެ نفس ތައް ތެދުމަގުގައިވަންޏާ އެހެންބަޔަކު މަގުފުރެދުމަކުން ކަލޭމެނަކަށް އެއްވެސް ގެއްލުމެއްނެތެވެ. (منكراة ނަހީކުރުމަށްފަހު އެހެންބަޔަކު قبول ނުކުރިޔަސް އެއީ ކަލޭމެނަށް ގެއްލުންހުރިކަމެއްނޫނެވެ.) ކަލޭމެން އެންމެން ޖަމާވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެންފަހެ ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާހުއްޓެވެ. • ދަންނައެވެ. މިއާޔަތް تفسير ކުރެއްވި ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ފަހުޒަމާނަކަށްއައިސް މީސްތަކުންގެ عمل ތައް ނުބައިވެ ﷲ ގެ أمر ފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި އުޅޭހިނދު ތިމާމެންގެ އަމިއްލަ نفس إصلاح ކޮށް ބަރާބަރުކޮށްފިއްޔާ ބަޔަކުކުރާކަމަކުން ތިމާމެންނަށް ގެއްލުމެއްނެތް ކަމަށެވެ. އެޔާ خلاف އަށް ތިމާމެންވެސް ނުބައިމީހުންނާއެކުވެ ތެއުހަނަކަށްވެ އެމީހުންނެކޭ އެއްގޮތްވެއްޖެއްޔާ ދެން އެނުބައިވީއެވެ. والله أعلم.

5:106

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ شَهَٰدَةُ بَيۡنِكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ حِينَ ٱلۡوَصِيَّةِ ٱثۡنَانِ ذَوَا عَدۡلٖ مِّنكُمۡ أَوۡ ءَاخَرَانِ مِنۡ غَيۡرِكُمۡ إِنۡ أَنتُمۡ ضَرَبۡتُمۡ فِي ٱلۡأَرۡضِ فَأَصَٰبَتۡكُم مُّصِيبَةُ ٱلۡمَوۡتِۚ تَحۡبِسُونَهُمَا مِنۢ بَعۡدِ ٱلصَّلَوٰةِ فَيُقۡسِمَانِ بِٱللَّهِ إِنِ ٱرۡتَبۡتُمۡ لَا نَشۡتَرِي بِهِۦ ثَمَنٗا وَلَوۡ كَانَ ذَا قُرۡبَىٰ وَلَا نَكۡتُمُ شَهَٰدَةَ ٱللَّهِ إِنَّآ إِذٗا لَّمِنَ ٱلۡأٓثِمِينَ ﴿106﴾

Transliteration: Ya ayyuha allatheena amanoo shahadatu baynikum itha hadara ahadakumu almawtu heena alwasiyyati ithnani thawa AAadlin minkum aw akharani min ghayrikum in antum darabtum fee alardi faasabatkum museebatu almawti tahbisoonahuma min baAAdi alssalati fayuqsimani biAllahi ini irtabtum la nashtaree bihi thamanan walaw kana tha qurba wala naktumu shahadata Allahi inna ithan lamina alathimeena

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ބިމުގައި ދަތުރުފަތުރުކޮށްފާދާހިނދު ކަލޭމެންކުރެ މީހަކަށް މަރު حاضر ވެ އޭނާ وصيّة ކުރަންޏާ ކަލޭމެން مؤمن ންކުރެ عدل ވެރި ދެމީހުން (އެ وصيّة ގެ ކަންތަކުގައި) ހެކިވެރިކުރުން ހުއްޓެވެ. ނުވަތަ އެހެންދެމީހުން (އެބަހީ: مؤمنُ ން ނޫން އެހެން دين އެއްގެ ދެމީހުން) ހެކިވެރިކުރުވާށެވެ! (ދެން ރަށަށްއައިސް وصيّة އަދާކުރުމުގައި) އެދެހެކިންނާމެދު خيانة ގެގޮތުން ކަލޭމެނަށް ޝައްކު އުފެދިއްޖެއްޔާ ނަމާދުގެފަހުން (އެބަހީ عصر ނަމާދަށްފަހު) އެދެމީހުން ހިފަހައްޓައި އެދެމީހުންލައްވައި ﷲ ގަންދީ ހުވައިކުރުވާށެވެ! އެދެމީހުން ތިމަންނާމެންގެ މިހުވައިގައި ކިތަންމެގާތްމީހަކަށްނަމަވެސް އެއްވެސް رشوة އެއް ނުހިފާކަމަށާއި އަދި ﷲ އަށްޓަކައި އަހުރެމެންގެ ހެކިބަސް ވަންހަނާނުކުރާނެކަމަށާއި އަދި ވަންހަނާކޮށްފިއްޔާ ހަމަކަށަވަރުން އަހުރެމެންވާނީ ކަނޑައެޅިގެން ފާފަވެރިންކަމުގައި ކަމަށްބުނެ ހުވައިކުރާށެވެ!

5:107

فَإِنۡ عُثِرَ عَلَىٰٓ أَنَّهُمَا ٱسۡتَحَقَّآ إِثۡمٗا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسۡتَحَقَّ عَلَيۡهِمُ ٱلۡأَوۡلَيَٰنِ فَيُقۡسِمَانِ بِٱللَّهِ لَشَهَٰدَتُنَآ أَحَقُّ مِن شَهَٰدَتِهِمَا وَمَا ٱعۡتَدَيۡنَآ إِنَّآ إِذٗا لَّمِنَ ٱلظَّـٰلِمِينَ ﴿107﴾

Transliteration: Fain AAuthira AAala annahuma istahaqqa ithman faakharani yaqoomani maqamahuma mina allatheena istahaqqa AAalayhimu alawlayani fayuqsimani biAllahi lashahadatuna ahaqqu min shahadatihima wama iAAtadayna inna ithan lamina alththalimeena

Translation: ދެންފަހެ އެދެމީހުންނަށް (އެބަހީ ހުވައިކުރި ދެމީހުންނަށް) ފާފަ حقّ ވެއްޖެކަމުގައި ސާބިތުވެ ފައުޅުވެއްޖެއްޔާ، (އެބަހީ: އެދެމީހުން خيانة ތެރިވެ ދޮގުހުވައިކުރިކަން ސާބިތުވެއްޖެއްޔާ) ميّت އާގެ ގާތްމީހުންކުރެ އެ وصيّة حقّ ވާމީހުންގެތެރެއިން ދެމީހުން (ކުރީދެމީހުން ދޮގުހެދިކަމުގައި) ﷲ ގަންދީ ހުވައިކުރާށެވެ! އެދެމީހުންގެ ހުވައިގައި ތިމާމެންގެ ހުވައި އެދެމީހުންގެ ހުވަޔަށްވުރެ މާ حقّ ކަންބޮޑުކަމާއި އަދި ތިމާމެން ތިމާމެންގެ ހުވައިގައި ހައްދުފަހަނަޅައި ނުދާކަމަށް ހުވައިކުރާނީއެވެ. އެހެންވެއްޖާ އެބަހީ އަނިޔާވެރިވެ ހައްދުފަހަނަޅައިގަތްނަމަ ހަމަކަށަވަރުން އަހުރެމެންވާހުށީ ކަނޑައެޅިގެން އަނިޔާވެރިންކަމުގައެވެ.

5:108

ذَٰلِكَ أَدۡنَىٰٓ أَن يَأۡتُواْ بِٱلشَّهَٰدَةِ عَلَىٰ وَجۡهِهَآ أَوۡ يَخَافُوٓاْ أَن تُرَدَّ أَيۡمَٰنُۢ بَعۡدَ أَيۡمَٰنِهِمۡۗ وَٱتَّقُواْ ٱللَّهَ وَٱسۡمَعُواْۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ﴿108﴾

Transliteration: Thalika adna an yatoo bialshshahadati AAala wajhiha aw yakhafoo an turadda aymanun baAAda aymanihim waittaqoo Allaha waismaAAoo waAllahu la yahdee alqawma alfasiqeena

Translation: އެގޮތް އެބަހީ މިއާޔަތްތަކުގައި މި بيان ވެދިޔަގޮތް އެފަދަ މައްސަލައިގައި ހެކިދިނުމާއި ހުވައި އޭގެ ސީދާތެދުގޮތުގައި قائم ވުން ގާތްކަންބޮޑެވެ. ނުވަތަ ކުރީ ހުވައިކުރި މީހުން ހުވައިކުރުމަށްފަހު އަލުން (ميّت އާގެ ވާރުތަވެރިންނަށް) ހުވައި ރައްދުވެދާނެކަމުގެ ބިރުގަތުން ކުޑަވާނެއެވެ. (އޭރުން އެފަދަދޮގު ހުވައިކުރުމުން ތިމާމެން فضيحة ވެދާނެކަމަށް ދޮގުހުވައި ނުކުރުންގާތެވެ. والله أعلم) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! (އަދި އެކަލާނގެ ކަލޭމެންނަށް އަންގަވާ أمر ފުޅުތަކާއި وعظ نصيحة) ކަލޭމެން އަހާށެވެ! އަދި فاسق ވީ މީސްތަކުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ. • ދަންނައެވެ. 106 ން 108 އަށް މިވާ ތިން އާޔަތުގައި މިވަނީ تَمِيْمُ الدَّرى އާއި (رضى ﷲ عنه) އަދި عَدِىّ بن بَدَّاء އާއި ދެކަލުން އިސްލާމްވެވަޑައިގެންނެވުމުގެކުރިން ކުރެއްވި ވިޔަފާރިދަތުރެއްގައި އެކީގައިދިޔަ އެހެންމީހަކު މަރަށް حاضر ވިހިނދު އޭނާކުރި وصيّة ގެ خبر އާއި އެޔާބެހޭގޮތުން އޮތް ވާހަކަތަކެއްކަމުގައި صحيح البخارى ގެ 278 ވަނަ حديث ގެ شرح ލިއުއްވަމުން الحافظ ابن حَجَزَ فَتْحُ البَارِىގައި ލިއުއްވާފައިވެއެވެ. މަރުވިމީހާ މަރުވުމުގެކުރިން އޭނާގެ وصية ލިޔެ އޭނާގެ މުދަލުގެތެރޭ ރައްކާކޮށްފާވެއެވެ. ދެން ކައިރީގައިތިބި ދެމީހުންނަށް وصيّة ކޮށް އޭނާގެ ވާރުތަވެރިންނަށް އެތަކެތި ގެންގޮސްދިނުމަށް حوال ކުރިއެވެ. ނަމަވެސް އެދެމީހުން އޭގެތެރެއިން ވަރަށްއަގުބޮޑު އެއްޗެއް ނަގާ ވިއްކާލާ ބޭނުންކޮށް ބާކީ ހުރިތަކެތި ވާރުތަވެރިންނަށް ގެންގޮސް ދިނުމުން އެމީހުން އެތަކެތި ބަލާހެދުމުގެތެރޭގައި އެ وصيّة ފެނި އެއިން އެއްޗެއް މަދުކަން އެނގި އެމައްސަލަ رسول ﷲ ﷺ ގެ އަރިހަށް އުފުލުމުން އެދެމީހުން ގެނެސް އެމީހުންގެ ހެކިބަސް ތެދުކަމުގައި ހުވައިވެސްކުރިއެވެ. ނަމަވެސް ވާރުތަވެރިންގެފަރާތުން އެއީ ދޮގުކަމުގައި ދެންނެވުމުން ވާރުތަވެރިންގެ ފަރާތުން އެދެމީހުންހެދީ ދޮގުކަމުގައި ހުވައިކުރުވީއެވެ. މިތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައެވެ. والله أعلم.

5:109

يَوۡمَ يَجۡمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبۡتُمۡۖ قَالُواْ لَا عِلۡمَ لَنَآۖ إِنَّكَ أَنتَ عَلَّـٰمُ ٱلۡغُيُوبِ ﴿109﴾

Transliteration: Yawma yajmaAAu Allahu alrrusula fayaqoolu matha ojibtum qaloo la AAilma lana innaka anta AAallamu alghuyoobi

Translation: ﷲ تعالى رسول ބޭކަލުން ޖަމާކުރައްވާދުވަހު އެބަހީ: قيامة ދުވަހު (އެދުވަހާއިމެދު ބިރުވެތިވާށެވެ!) ފަހެ އެބޭކަލުންނަށް އެކަލާނގެ وحي ކުރައްވާނެތެވެ. ތިޔަބޭކަލުންނަށް ޖަވާބުދެއްވުނީ ކިހިނަކުންތޯއެވެ؟ (އެބަހީ رسول ކަމަށް ގޮވައިލެއްވުމުން أمّة ގެފަރާތުން ލިބިވަޑައިގަތީ ކޮންޖަވާބެއްތޯއެވެ؟ އެބޭކަލުން ދަންނަވާނެއެވެ. އަޅަމެނަކަށް އޭގެ އެނގުމެއްނުވެއެވެ. (އެއީ ބިރުފުޅުގެބޮޑުކަމުން އެބޭކަލުންނަށް ދެންނެވުނު ޖަވާބެއްކަމަށް ބައެއް مفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.

5:110

إِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ٱذۡكُرۡ نِعۡمَتِي عَلَيۡكَ وَعَلَىٰ وَٰلِدَتِكَ إِذۡ أَيَّدتُّكَ بِرُوحِ ٱلۡقُدُسِ تُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗاۖ وَإِذۡ عَلَّمۡتُكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَۖ وَإِذۡ تَخۡلُقُ مِنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ بِإِذۡنِي فَتَنفُخُ فِيهَا فَتَكُونُ طَيۡرَۢا بِإِذۡنِيۖ وَتُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ بِإِذۡنِيۖ وَإِذۡ تُخۡرِجُ ٱلۡمَوۡتَىٰ بِإِذۡنِيۖ وَإِذۡ كَفَفۡتُ بَنِيٓ إِسۡرَـٰٓءِيلَ عَنكَ إِذۡ جِئۡتَهُم بِٱلۡبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُواْ مِنۡهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ﴿110﴾

Transliteration: Ith qala Allahu ya AAeesa ibna maryama othkur niAAmatee AAalayka waAAala walidatika ith ayyadtuka biroohi alqudusi tukallimu alnnasa fee almahdi wakahlan waith AAallamtuka alkitaba waalhikmata waalttawrata waalinjeela waith takhluqu mina altteeni kahayati alttayri biithnee fatanfukhu feeha fatakoonu tayran biithnee watubrio alakmaha waalabrasa biithnee waith tukhriju almawta biithnee waith kafaftu banee israeela AAanka ith jitahum bialbayyinati faqala allatheena kafaroo minhum in hatha illa sihrun mubeenun

Translation: مريم ގެފާނުންގެދަރިކަލުން عيسى عليه السّلام އަށް ﷲ وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ކަލޭގެފާނުންގެ މައްޗަށާއި ކަލޭގެފާނުންގެ މަންމާފުޅުގެމައްޗަށްވާ ތިމަންރަސްކަލާނގެލެއްވި نعمة ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! އެއީ روح القُدس މެދުވެރިކުރައްވައި - (جبريل عليه السّلام) މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގަދަކޮށްދެއްވާ ސާބިތުކޮށްދެއްވިހިނދުގައެވެ. ކަލޭގެފާނު ހަމަ ވިހޭތާ ތަންމަތީގައިވާ ކުޑަކުއްޖަކުކަމުގައިވީ حال ކޮޅުގައްޔާއި އަދި ބޮޑުފިރިހެނަކުކަމުގައިވާ حال ކޮޅު މީސްތަކުންނާ ވާހަކަފުޅު ދެއްކެވީމުއެވެ. (އެއީ ކަލޭގެފާނުންގެމައްޗަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އަތްޕުޅުންލިއުއްވުމާއި ގަދަވިސްނުންފުޅާއި توراة އާއި އަދި إنجيل އުގަންނަވައިދެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ކަލޭގެފާނު މަށިން ދޫންޏެއްގެ ސިފައިގާ ހަދާފާ ތިމަންރަސްކަލާނގެ އިޒުނަފުޅަށް އެއަށް ކަލޭގެފާނު ފުމެލެއްވުމުން ހަމަ ދޫންޏަކަށްވެދެއެއެވެ. (އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި އެއްގޮތަކަށް ލޮލުގެ އަލިކަން ނެތްމީހުންނަށާއި ބަރޮސްބަލިޖެހިފައިވާމީހުންނަށް ތިމަންރަސްކަލާނގެ އިޒުނަފުޅުން ކަލޭގެފާނު ފަސޭހަކޮށްދެއްވުމެވެ. އަދި މަރުވެފައިވާމީހުން ދިރިގެން ކައްވަޅުތަކުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް ކަލޭގެފާނު ނެރުއްވަމުއެވެ. އަދި بني إسرائيل ގެ ގެގާތަށް ކަލޭގެފާނު ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވުމުން (އެމީހުން ކަލޭގެފާނު އަވަހާރަކޮށްލުމަށް قصد ކުރިހިނދު) ކަލޭގެފާނުގެ ކިބައިން بني إسرائيل ން ތިމަންރަސްކަލާނގެ دفاع ކޮށްދެއްވާ ދުރުކޮށްދެއްވީމެވެ. ދެން ފަހެ ކާފަރުންގެމީހުން ބުނީ މިއީ ހަމަ بيان ވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ عيسى عليه السّلام ގެންނެވި معجزات ތަކަކީ ބަޔާންވެގެންވާ سحر އެކެވެ.)

5:111

وَإِذۡ أَوۡحَيۡتُ إِلَى ٱلۡحَوَارِيِّـۧنَ أَنۡ ءَامِنُواْ بِي وَبِرَسُولِي قَالُوٓاْ ءَامَنَّا وَٱشۡهَدۡ بِأَنَّنَا مُسۡلِمُونَ ﴿111﴾

Transliteration: Waith awhaytu ila alhawariyyeena an aminoo bee wabirasoolee qaloo amanna waishhad biannana muslimoona

Translation: އަދި حَوَارىُّ ންނަށް ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ رسول އާއަށް ކަލޭމެން އީމާންވާށޭ وحي ކުރެއްވުމުން އެމީހުން ދެންނެވިއެވެ. އަޅަމެން އީމާންވެއްޖައީމެވެ. އަދި ހަމަކަށަވަރުން އަޅަމެން ކިޔަމަންތެރިވެގެންވާކަމުގައި އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަވާށެވެ!

5:112

إِذۡ قَالَ ٱلۡحَوَارِيُّونَ يَٰعِيسَى ٱبۡنَ مَرۡيَمَ هَلۡ يَسۡتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيۡنَا مَآئِدَةٗ مِّنَ ٱلسَّمَآءِۖ قَالَ ٱتَّقُواْ ٱللَّهَ إِن كُنتُم مُّؤۡمِنِينَ ﴿112﴾

Transliteration: Ith qala alhawariyyoona ya AAeesa ibna maryama hal yastateeAAu rabbuka an yunazzila AAalayna maidatan mina alssamai qala ittaqoo Allaha in kuntum mumineena

Translation: (عيسى عليه السّلام ގެ أصحاب ން) ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مَرْيَم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام އެވެ!) އަޅުގަނޑުމެންނަށް އުޑުން ކާނާދޮލަނގެއް ބާވައިލެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކުޅަދުންވަންތަވެވޮޑިގެންވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ!

5:113

قَالُواْ نُرِيدُ أَن نَّأۡكُلَ مِنۡهَا وَتَطۡمَئِنَّ قُلُوبُنَا وَنَعۡلَمَ أَن قَدۡ صَدَقۡتَنَا وَنَكُونَ عَلَيۡهَا مِنَ ٱلشَّـٰهِدِينَ ﴿113﴾

Transliteration: Qaloo nureedu an nakula minha watatmainna quloobuna wanaAAlama an qad sadaqtana wanakoona AAalayha mina alshshahideena

Translation: އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން އެދެނީ އެއިން އަޅުގަނޑުމެން ކެއުމާއި އަދި އަޅުގަނޑުމެންގެ ހިތްތައް ހަމަޖެހުމާއި އަދި ކަލޭގެފާނު އަޅުގަނޑުމެން ތެދުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގުމާއި އަދި އެކަމުގެމައްޗަށް ހެކިދޭބަޔަކުކަމުގައި އަޅުގަނޑުމެންވުމަށެވެ.

5:114

قَالَ عِيسَى ٱبۡنُ مَرۡيَمَ ٱللَّهُمَّ رَبَّنَآ أَنزِلۡ عَلَيۡنَا مَآئِدَةٗ مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدٗا لِّأَوَّلِنَا وَءَاخِرِنَا وَءَايَةٗ مِّنكَۖ وَٱرۡزُقۡنَا وَأَنتَ خَيۡرُ ٱلرَّـٰزِقِينَ ﴿114﴾

Transliteration: Qala AAeesa ibnu maryama allahumma rabbana anzil AAalayna maidatan mina alssamai takoonu lana AAeedan liawwalina waakhirina waayatan minka waorzuqna waanta khayru alrraziqeena

Translation: مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ، މަތިވެރި ﷲ އެވެ! އަޅަމެންނަށް އުޑުން ކާތަކެތީކެ ދޮލަނގެއް ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި އަދި ފަހުގެ މީހުންނަށްވާ عيد އެއްގެގޮތުންނެވެ. (އެބަހީ މިހާރުތިބިމީހުންނަށާއި ފަހުން އަންނަ ބަޔަކަށްވެސް عيدއެއްގެގޮތުންނާއި އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ މައްޗަށްވާ دليل އެއްގެ ގޮތުންނެވެ. އަދި އިބަރަސްކަލާނގެ އަޅަމެންނަށް ރިޒުގުދެއްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.

5:115

قَالَ ٱللَّهُ إِنِّي مُنَزِّلُهَا عَلَيۡكُمۡۖ فَمَن يَكۡفُرۡ بَعۡدُ مِنكُمۡ فَإِنِّيٓ أُعَذِّبُهُۥ عَذَابٗا لَّآ أُعَذِّبُهُۥٓ أَحَدٗا مِّنَ ٱلۡعَٰلَمِينَ ﴿115﴾

Transliteration: Qala Allahu innee munazziluha AAalaykum faman yakfur baAAdu minkum fainnee oAAaththibuhu AAathaban la oAAaththibuhu ahadan mina alAAalameena

Translation: ﷲ تعالى وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭމެންގެމައްޗަށް އެދޮލަނގު ބާވައިލައްވާނޭ ކަލާނގެއެވެ. ދެންފަހެ އެއަށްފަހު (އެބަހީ އެދޮލަނގު ބާވައިލެއްވުމަށްފަހު) ކަލޭމެންކުރެ ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް މުޅި عَالم ތަކުގެ އެކަކަށްވެސް ތިމަންރަސްކަލާނގެ عذاب ނުދެއްވާ ވަރަށް (އެހާގަދަ عذاب ން) عذاب ދެއްވާހުށީމެވެ.

5:116

وَإِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَٰنَكَ مَا يَكُونُ لِيٓ أَنۡ أَقُولَ مَا لَيۡسَ لِي بِحَقٍّۚ إِن كُنتُ قُلۡتُهُۥ فَقَدۡ عَلِمۡتَهُۥۚ تَعۡلَمُ مَا فِي نَفۡسِي وَلَآ أَعۡلَمُ مَا فِي نَفۡسِكَۚ إِنَّكَ أَنتَ عَلَّـٰمُ ٱلۡغُيُوبِ ﴿116﴾

Transliteration: Waith qala Allahu ya AAeesa ibna maryama aanta qulta lilnnasi ittakhithoonee waommiya ilahayni min dooni Allahi qala subhanaka ma yakoonu lee an aqoola ma laysa lee bihaqqin in kuntu qultuhu faqad AAalimtahu taAAlamu ma fee nafsee wala aAAlamu ma fee nafsika innaka anta AAallamu alghuyoobi

Translation: އަދި ﷲ تعالى وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އެވެ! މީސްތަކުންގެގާތުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުންގެ މަންމާފުޅު އެއީ ﷲ ފިޔަވައި ދެ إله ންކަމުގައި ކަލޭމެން ހިފާ إختيار ކުރާށޭ ވިދާޅުވީ ކަލޭގެފާނުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. މިއަޅާއަށް އެއްވެސް حقّ އެއް ނުވާކަމެއްގެ ވާހަކަ މީސްތަކުންނަށް ބުނުމަކީ އެއްގޮތަކަށްވެސް މިއަޅާއަށް ހުއްދަވާނޭކަމެއްނޫނެވެ. މިއަޅާ އެފަދަ އެއްޗެއްބުނިނަމަވެސް ހަމަކަށަވަރުން އިބަރަސްކަލާނގެ އެއެއްޗެއް ދެނެވޮޑިގެންވެއެވެ. މިއަޅާގެ نفس ގައި ވާނަމަވާހާކަމެއް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ذات ފުޅުގައިވާ އެއްވެސް ކަމެއް މިއަޅާއަކަށް ނޭނގެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.

5:117

مَا قُلۡتُ لَهُمۡ إِلَّا مَآ أَمَرۡتَنِي بِهِۦٓ أَنِ ٱعۡبُدُواْ ٱللَّهَ رَبِّي وَرَبَّكُمۡۚ وَكُنتُ عَلَيۡهِمۡ شَهِيدٗا مَّا دُمۡتُ فِيهِمۡۖ فَلَمَّا تَوَفَّيۡتَنِي كُنتَ أَنتَ ٱلرَّقِيبَ عَلَيۡهِمۡۚ وَأَنتَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴿117﴾

Transliteration: Ma qultu lahum illa ma amartanee bihi ani oAAbudoo Allaha rabbee warabbakum wakuntu AAalayhim shaheedan ma dumtu feehim falamma tawaffaytanee kunta anta alrraqeeba AAalayhim waanta AAala kulli shayin shaheedun

Translation: އިބަރަސްކަލާނގެ އެކަމަކަށް މިއަޅާއަށް أمر ކުރެއްވިކަމެއްމެނުވީ މިއަޅާ އެމީހުންނަށް ނާންގަމެވެ. ނުބުނަމެވެ. (އެމީހުންނަށް ބުނީ އިބަރަސްކަލާނގެ އެންގެވި أمر ފުޅެވެ. އެއީ) ކަލޭމެން ﷲ އަށް އެކަނި އަޅުކަންކުރާށެވެ! އެއީ ތިމަންކަލޭގެފާނާއި ކަލޭމެންގެވެރި ربّ އެވެ. (މިހެންނެވެ.) އަދި މިއަޅާ އެމީހުންގެތެރޭގައި ވީހިނދު މިއަޅާވީ އެމީހުންގެމައްޗަށް ހެކިވެރިކަމުގައި حاضر ވެގެންނެވެ. ދެންފަހެ އިބަރަސްކަލާނގެ މިއަޅާ މަރުގެންނެވުމުން އެމީހުންގެ ކަންތައް ބައްލަވާ ރައްކާތެރިކުރައްވާ رَقِيْب އަކުކަމުގައި ވޮޑިގެންވީ ހަމަ އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ހުރިހާކަމެއްގެމައްޗަށް ހެކިވެވޮޑިގެންވެއެވެ.

5:118

إِن تُعَذِّبۡهُمۡ فَإِنَّهُمۡ عِبَادُكَۖ وَإِن تَغۡفِرۡ لَهُمۡ فَإِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿118﴾

Transliteration: In tuAAaththibhum fainnahum AAibaduka wain taghfir lahum fainnaka anta alAAazeezu alhakeemu

Translation: އިބަރަސްކަލާނގެ އެމީހުންނަށް عذاب ދެއްވިނަމަވެސް (އެއީވެސް ހަމަ حقّ އެވެ.) އަދި އިބަރަސްކަލާނގެ އެމީހުންނަށް ފާފަފުއްސެވިއްޔާވެސް (އެއީ އިބަރަސްކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެއީވެސް އިބަރަސްކަލާނގެ އަޅުންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ (އެބަހީ: ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.

5:119

قَالَ ٱللَّهُ هَٰذَا يَوۡمُ يَنفَعُ ٱلصَّـٰدِقِينَ صِدۡقُهُمۡۚ لَهُمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿119﴾

Transliteration: Qala Allahu hatha yawmu yanfaAAu alssadiqeena sidquhum lahum jannatun tajree min tahtiha alanharu khalideena feeha abadan radiya Allahu AAanhum waradoo AAanhu thalika alfawzu alAAatheemu

Translation: ﷲ تعالى وحي ކުރެއްވިއެވެ. (އެބަހީ: قيامة ދުވަހުން ﷲ وحي ކުރައްވާނެއެވެ.) މިއަދަކީ ތެދުވެރިންނަށް އެމީހުންގެ ތެދުވެރިކަން އެމީހުންނަށް مَنْفَعَ ކޮށްދޭނޭ ދުވަހެވެ. އެމީހުންނަށް އެދުވަހުން ހުރީ އެތަންތާނގެދަށުން އާރުތައްދެމޭ ބަގީޗާތަކާއި (އެބަހީ: ސުވަރުގެތަކާއި) އެތާނގެ نعمة އެވެ. އެމީހުން ދާއިމީގޮތެއްގައި އެތާ ދެމިތިބޭނޭގޮތުންނެވެ. އަދި އެމީހުންނަށް ﷲ ރުއްސުންލައްވައި އަދި އެމީހުންވެސް ﷲ އަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

5:120

لِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا فِيهِنَّۚ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرُۢ ﴿120﴾

Transliteration: Lillahi mulku alssamawati waalardi wama feehinna wahuwa AAala kulli shayin qadeerun

Translation: އުޑުތަކާއި ބިމުގެ މުޅިވެރިކަމާއި އަދި އެތަންތާނގައިވާހާއެއްޗެއް خاصّ ވެ މިލްކުވެގެންވަނީ ހަމަ ﷲ އަށެވެ. (ކަލޭމެން ތިޔަހީކުރާގޮތަކަށް عيسى عليه السّلام އަށާއި އެކަލޭގެފާނުންގެ މަންމާފުޅަކަށް އަދި އެހެން އެއްވެސް مخلوق އަކަށް ނޫނެވެ.) އަދި އެކަލާނގެ ހުރިހާކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download