quranm◉

Surah Al-Muzzammil transliteration

◉ ސޫރަ · ∞

73:1

يَـٰٓأَيُّهَا ٱلۡمُزَّمِّلُ ﴿1﴾

Transliteration: Ya ayyuha almuzzammilu

Translation: އޭ ފޭރާންކޮޅުތަކުން ނިވައިވެވަޑައިގެންވާ ކަލޭގެފާނެވެ.

73:2

قُمِ ٱلَّيۡلَ إِلَّا قَلِيلٗا ﴿2﴾

Transliteration: Qumi allayla illa qaleelan

Translation: ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއްގައި މެނުވީ (އަޅުކަންކުރެއްވުމަށް) ތެދުވެވަޑައިގަންނަވާށެވެ. އެބަހީ ގިނަވަގުތު އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގެން ޤާއިމުވެވަޑައިގަންނަވާށެވެ.

73:3

نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا ﴿3﴾

Transliteration: Nisfahu awi onqus minhu qaleelan

Translation: އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް މަދުކޮށެވެ.

73:4

أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا ﴿4﴾

Transliteration: Aw zid AAalayhi warattili alqurana tarteelan

Translation: ނުވަތަ އެއަށްވުރެން (ދެބައިކުޅަ އެއްބަޔަށްވުރެ) ކުޑަކޮށް ގިނަކޮށްލާށެވެ. އަދި ކަނޑައެޅިގެން قُرْآن ތަރުތީލު ކުރައްވާށެވެ. އެބަހީ ކޮންމެ އަކުރެއްގެ ޙައްޤުވެސް އަދާކޮށް އަކުރުތަކުގެ މަޚްރަޖުން ނެރެ މާނަޔާމެދު ވިސްނާ ފިކުރުކުރައްވައިގެން ކިޔަވާވިދާޅުވާށެވެ.

73:5

إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا ﴿5﴾

Transliteration: Inna sanulqee AAalayka qawlan thaqeelan

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ނިކަންހުރެ ބަރުވެގެންވާ ބަހެއް ބާވައިލައްވާހުށީމެވެ. (ޙުކުމްތަށް ގަދަވެގެންވާ ބަލާޣާތްތެރި ފޮތެއް - ޔަޢުނީ قُرْآن كَرِيم ބާވައިލައްވާ ހުށީމެވެ.)

73:6

إِنَّ نَاشِئَةَ ٱلَّيۡلِ هِيَ أَشَدُّ وَطۡـٔٗا وَأَقۡوَمُ قِيلًا ﴿6﴾

Transliteration: Inna nashiata allayli hiya ashaddu watan waaqwamu qeelan

Translation: ހަމަކަށަވަރުން ރޭގަނޑު ތެދުވެ ރޭއަޅުކަންކުރުން އެއީ ބުރަކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ކިޔެވުން ސީދާވެފައި ސާބިތުކަން ބޮޑުވެގެންވާ ކަމެކެވެ.

73:7

إِنَّ لَكَ فِي ٱلنَّهَارِ سَبۡحٗا طَوِيلٗا ﴿7﴾

Transliteration: Inna laka fee alnnahari sabhan taweelan

Translation: އަދި ހަމަކަށަވަރުން ދުވާލުގެ ވަގުތުގައި އެކިއެކި ކަންކަމުގައި ގޮސް އައިސް ވުމާއި މަޝްޣޫލުވުންތަށް ކަލޭގެފާނަށް ވެއެވެ.

73:8

وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَيۡهِ تَبۡتِيلٗا ﴿8﴾

Transliteration: Waothkuri isma rabbika watabattal ilayhi tabteelan

Translation: އަދި ކަލޭގެފާނުންގެ رَبُّ ގެ ނަންފުޅު ހަނދުމަފުޅު ކުރައްވާށެވެ! އަދި އެކަލާނގެއަށް ذِكْر ކުރައްވާށެވެ! އަދި ކަނޑައެޅިގެން އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް އެހެނިހެން ކަންކަމުން ވަކިވެ ވަޑައިގެން އެކަމުގައި ޚާއްސަ ވެވަޑައިގަންނަވާށެވެ.

73:9

رَّبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذۡهُ وَكِيلٗا ﴿9﴾

Transliteration: Rabbu almashriqi waalmaghribi la ilaha illa huwa faittakhithhu wakeelan

Translation: އެކަލާނގެއީ مَشْرِق އާއި مَغْرِب ގެވެސް رَبُّ އެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން ޙައްޤު ވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. ފަހެ އެހެންވެ ކަލޭގެފާނުންގެ އެންމެހާ ކަންތައްތަކާއިގެން ޤާއިމުވެ ވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ އިޚްތިޔާރު ކުރައްވައި ހަމަޖައްސަވާށެވެ!

73:10

وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا ﴿10﴾

Transliteration: Waisbir AAala ma yaqooloona waohjurhum hajran jameelan

Translation: (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާ ބަސްތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި ރިވެތި ގޮތުގައި އެމީހުންނާއި ދުރުވެވަޑައިގަންނަވާށެވެ. (އެބަހީ އެމީހުން ކުރާ މަލާމާތާއި ދައްކާ ދޮގުވާހަކަތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި ބަދަލު ހިއްޕެވުމުގެ ގޮތުން އެމީހުންނާއި ދުރުވެ ވަޑައި ގަންނަވާށެވެ. ނަމަވެސް މި ޙުކުމް މިއީ ހަނގުރާމައިގެ އާޔަތް ބާވައި ލެއްވުމުގެ ކުރިންނެވެ.)

73:11

وَذَرۡنِي وَٱلۡمُكَذِّبِينَ أُوْلِي ٱلنَّعۡمَةِ وَمَهِّلۡهُمۡ قَلِيلًا ﴿11﴾

Transliteration: Watharnee waalmukaththibeena olee alnnaAAmati wamahhilhum qaleelan

Translation: އަދި ތަނަވަސް ކަމާއި ނިޢުމަތާއި މުއްސަނދި ކަމުގެ ވެރި ދޮގުވެރީން ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ފަރާތުން އެމީހުންގެ ކަންތައް ނިންމައިލާ ހުށީމެވެ.) އަދި އެމީހުންނަށް ކުޑަކޮށް ތަންވަޅުދީ ވަގުތުކޮޅު ދެއްވާށެވެ. (އެއީ ދުނިޔޭގައިވެސް އެމީހުންނަށް عَذَاب އަންނާންދެންދެވެ.)

73:12

إِنَّ لَدَيۡنَآ أَنكَالٗا وَجَحِيمٗا ﴿12﴾

Transliteration: Inna ladayna ankalan wajaheeman

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ حَضْرَة ގައި ހައްޔަރު ކުރެވޭނެ قيدَ ތަކާއި ކަސްތަޅުތަކާއި އަދި އަޑުކިޔާފައި އަނދާ އަލިފާން އެބަހުއްޓެވެ.

73:13

وَطَعَامٗا ذَا غُصَّةٖ وَعَذَابًا أَلِيمٗا ﴿13﴾

Transliteration: WataAAaman tha ghussatin waAAathaban aleeman

Translation: އަދި އެތެރެއަށް ނުގޮސް ބޭރަށްވެސް ނައިސް ކަރުގައި އަޅައިގަނެ ހެރިފައި ހުންނަ (زَقُّوم ގަހުގެ ކަށީގެ) ކާނާއާއި އަދި އެހެނިހެން ބާވަތްބާވަތުގެ ވޭންދެނިވި عَذَاب ވެއެވެ.

73:14

يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبٗا مَّهِيلًا ﴿14﴾

Transliteration: Yawma tarjufu alardu waaljibalu wakanati aljibalu katheeban maheelan

Translation: ބިންގަނޑާއި ފަރުބަދަތައް قرار ކަމެއްނެތި ތެޅިގަންނަ ދުވަސް ހަނުދުމަފުޅު ކުރައްވާށެވެ! އެދުވަހަކީ ފަރުބަދަތައް ފައިއެޅީމާ ފައިބައިގަނެ ކަހައިލާ ޒާތުގެ މަޑު ވެލިފުނިފުންޏަށް ވާނޭ ދުވަހެވެ. (އެދުވަހުން އެކާފަރުންނަށް އިސްވެ ސިފަވެގެންވާ ގަދަ عَذَاب ހުންނަހުއްޓެވެ.)

73:15

إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا ﴿15﴾

Transliteration: Inna arsalna ilaykum rasoolan shahidan AAalaykum kama arsalna ila firAAawna rasoolan

Translation: (އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން فِرْعَوْنُ ގާތަށް رَسُولُ ބޭކަލަކު ފޮނުއްވި ފަދައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގާތަށްވެސް رَسُولُ ބޭކަލަކު ފޮނުއްވައިފީމެވެ. (އެއީ محمد ﷺ އެވެ.) އެއީ قيامة ދުވަހުން ތިޔަބައިމީހުންގެ މައްޗަށް ހެކި ދެއްވާނެ ބޭކަލަކުކަމުގައެވެ.

73:16

فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا ﴿16﴾

Transliteration: FaAAasa firAAawnu alrrasoola faakhathnahu akhthan wabeelan

Translation: ދެން ފަހެ فِرْعَوْنُ އޭނާގާތަށް ފޮނުވުނު رَسُول އާ (موسى عليه السلام) އަށް އުރެދިއްޖެއެވެ. އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވެ ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ބާރު ހިތްޕެވުމަކުން އޭނާ يعني އެفِرْعَوْنُ ހިތްޕަވާ ހަލާކުކުރެއްވީމެވެ.

73:17

فَكَيۡفَ تَتَّقُونَ إِن كَفَرۡتُمۡ يَوۡمٗا يَجۡعَلُ ٱلۡوِلۡدَٰنَ شِيبًا ﴿17﴾

Transliteration: Fakayfa tattaqoona in kafartum yawman yajAAalu alwildana sheeban

Translation: ފަހެ އެދުވަހެއްގެ ބިރުވެރިކަން ބޮޑުވެގެންގޮސް ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށް ވާފަދަ ބިރުވެރި ދުވަހަކަށް ތިޔަބައިމީހުން ކާފަރުވެއްޖެއްޔާ ދެން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާނީ ކޮންފަދައަކުންހެއްޔެވެ. އެބަހީ ސަލާމަތެއްނުވެވޭނެއެވެ. ދަންނައެވެ. ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށްވާ ވާހަކަ އެއީ ބިރުވެރިކަން ނިހާޔަތަށް ދިއުމަށް ބުނާބުނުމެވެ. والله أعلم.

73:18

ٱلسَّمَآءُ مُنفَطِرُۢ بِهِۦۚ كَانَ وَعۡدُهُۥ مَفۡعُولًا ﴿18﴾

Transliteration: Alssamao munfatirun bihi kana waAAduhu mafAAoolan

Translation: އެދުވަހުން އުޑުވާނީ ފަޅަފަޅައިގެން ގޮސްފައެވެ. އެއީ އެދުވަހުގެ ބިރުވެރިކަމުންނާއި އަދި މަލާއިކަތްބޭކަލުން ފައިބާވަޑައިގެންނެވުމަށެވެ. އެދުވަހުން އެހެންވުމަކީ الله ވަޢުދުކުރައްވާފައިވާ ކަމެކެވެ. އަދިއެކަލާނގެ ވަޢުދުފުޅު އެއީ ހަމަކަށަވަރުން ވާނޭކަމެކެވެ. އެޔާއިމެދު ޝައްކެއްނެތެވެ.

73:19

إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ﴿19﴾

Transliteration: Inna hathihi tathkiratun faman shaa ittakhatha ila rabbihi sabeelan

Translation: ހަމަކަށަވަރުން ބިރުގަންނަވަނިވި މިއާޔަތްތަކަކީ وَعْظُ އާއި نَصِيْحَة އެކެވެ. (ހަނދާންކޮށްދެއްވުމެކެވެ.) ފަހެ އެމީހާގެ رَبُّ ގެ حَضْرَةُ އަށް ދިއުމަށް ސަލާމަތުގެ މަގެއް ހިފައި އިޚްތިޔާރު ކުރަން އެދޭމީހާ އެމަގު އަވަހަށް (މިދުނިޔޭގައި) ހޯދާހުށިކަމެވެ.

73:20

إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ﴿20﴾

Transliteration: Inna rabbaka yaAAlamu annaka taqoomu adna min thuluthayi allayli wanisfahu wathuluthahu wataifatun mina allatheena maAAaka waAllahu yuqaddiru allayla waalnnahara AAalima an lan tuhsoohu fataba AAalaykum faiqraoo ma tayassara mina alqurani AAalima an sayakoonu minkum marda waakharoona yadriboona fee alardi yabtaghoona min fadli Allahi waakharoona yuqatiloona fee sabeeli Allahi faiqraoo ma tayassara minhu waaqeemoo alssalata waatoo alzzakata waaqridoo Allaha qardan hasanan wama tuqaddimoo lianfusikum min khayrin tajidoohu AAinda Allahi huwa khayran waaAAthama ajran waistaghfiroo Allaha inna Allaha ghafoorun raheemun

Translation: (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ރޭގަޑުގެ ތިންބައިކުޅަދެބަޔަށްވުރެ ތަންކޮޅެއްމަދުންނާއި އަދި ރޭގަޑުގެ ދެބައިކުޅައެއްބައިގައްޔާއި އަދި ރޭގަޑުގެ ތިންބައިކުޅައެއްބައިގާ (މިވަރުވަރަށް) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ އަރިހުގައިވާ ބަޔަކު ރޭއަޅުކަން ކުރެއްވުމަށް (قيام اليل އަށް) ތެދުވެވަޑައިގަންނަވާކަން ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ދެނެވޮޑިގެންވެއެވެ. ރޭގަނޑާއި ދުވާލު މިންވަރުކުރައްވައި އެކަމުގެ حقيقة ތައް الله ދެނެވޮޑިގެންވެއެވެ. (އަދި ތިޔަބައިމީހުން ރޭގަނޑު ތެދުވެ އަޅުކަން ކުރައްވާ މިންވަރު އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.) އަދި ރޭގަޑާއި ދުވާލުގެ ވަގުތުތައް عدد ކޮށް މިންވަރު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ނުވަތަ އެމިންވަރަށް ރޭގަޑު އަޅުކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. - ފަހެ އެހެންވެ އެކަލާނގެ ތިޔަބައިމީހުންނަށް عَفوء ކުރައްވައި ލުއިކޮށްދެއްވައިފިއެވެ. (އެމިންވަރަށް ރޭއަޅުކަން ކުރުމަށް ބުރަވެއްޖެ ހިދެއްގައި އެކަން ލުއިކޮށްލުމުން ތިޔަބައިމީހުންނަކަށް ކުށެއްނެތެވެ. -ކުރީއޮތް އެބުރަކަމުން ލުޔަކަށް އެކަލާނގެ ބަދަލުކޮށްދެއްވިއެވެ.) ފަހެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް (ދަމު ނަމާދުގައިވެސް އަދި އެހެނިހެން ނަމާދުގައިވެސް) ކިޔަވާށެވެ. (ފަހެ إسلام دين ގެ ކުރީކޮޅުގައި ދަމު ނަމާދު واجب އަކަށްވެފައި އޮތުމަށްފަހު އެ ޙުކުމް ސުންނަތަކަށް ބަދަލުކުރެއްވީ މިއާޔަތުންނެވެ. އަދި صحّ حديث ން ވެސްމެއެވެ.) ތިޔަބައިމީހުންގެ ތެރޭގައި ބަލި މީހުންވެސް ތިބޭނެކަމާއި އަދި އެއްބަޔަކު ރިޒުޤު ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ބިމުގައި ދަތުރުފަތުރު ކުރާނޭކަމާއި އަދި އަނެއްބަޔަކުﷲ ގެމަގުގައި ހަނގުރާމަކުރާނޭކަމާއި މިމިކަންކަން ﷲދެނެވޮޑިގެންވެއެވެ. (އެމީސްމީހުންނަށް ރޭއަޅުކަން އެމިންވަރަށް ގެންދިއުންދަތިވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ.)\nފަހެ އެހުރިހާކަމަކަށްޓަކައި އެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް ކިޔަވާށެވެ. (މިބަސްފުޅުން މުރާދުކުރެވެނީ ކުޅަދާނަވާމިންވަރަށް ރޭއަޅުކަން ކުރުމެވެ.) ދެންކަލޭމެން فَرْضُ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲއަށް ރަނގަޅު ދަރަނިދެށެވެ. އެބަހީ ﷲގެމަގުގައި ހޭދަކުރާށެވެ. ފަހެ ހެޔޮކަމުގެތެރެއިން ކަލޭމެންއިސްކުރިކަމެއް އަދި ހޭދަކުރި صَدَقَة އެއް އަދިހެޔޮ ކޮންމެޢަމަލެއްވިޔަސް އެއެއްޗެއްގެދަރުމަޔާ ސަވާބު ﷲ ގެ حَضْرَةُ ގައި މާބޮޑުވެގެންވަނިކޮށް ކަލޭމެން ދެކޭނެއެވެ. އަދިފާފަފުއްސެވުމަށްއެދި ކަލޭމެން ﷲ ގެ حَضْرَةُ ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download