quranm◉

ޞަފްޙާ 418

Range
from 33:1 to 33:6
Surahs covered
ތަރުޖަމާ
6 ތަރުޖަމާ

◉

33:1

يَـٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ﴿1﴾

އޭނަބިއްޔާއެވެ! ތަޤުވާވެރިވުންމަތީ ކަލޭގެފާނު ދެމިހުންނަވާށެވެ! އަދި ކާފަރުންނާއި މުނާފިޤުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ދެނެވޮޑިގެންވާ އަދި ޙިކުމަތްވަންތަ ކަލަކުކަމުގައެވެ.

33:2

وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ﴿2﴾

އަދި ކަލޭގެފާނުންގެ رَبُّ ގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ ކަންތަކުގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައެވެ. (އެޚަބަރުތަށް ކަލޭމެންނަށް ޤިޔާމަތްދުވަހުން އެކަލާނގެ ދެއްވާނެއެވެ.)

33:3

وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا ﴿3﴾

އަދި ﷲ އަށް ވަކީލް ކުރައްވާށެވެ! އަދި ﷲ ވަކީލަކުކަމުގައި ފުދިވޮޑިގެންވެއެވެ.

33:4

مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّـٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ ﴿4﴾

الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ.\n* ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.

33:5

ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا ﴿5﴾

އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.

33:6

ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ﴿6﴾

މުއުމިނުންނަށް އެމީހުންގެ ނަފުސުތަކަށްވުރެވެސް ޙައްޤުކަންބޮޑީ މާތްވެގެންވާ ނަބިއްޔާއެވެ. (އެބަހީ ތިމާގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ތިމާ ދިފާއުކުރަންޖެހޭނީ އެކަލޭގެފާނުންގެ ނަފްސުފުޅެވެ. އަދި ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންކުރަންޖެހޭނީ އެކަލޭގެފާނުންގެ މަސްލަހަތަށެވެ. އެގޮތް ނެތްނަމަ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އެގޮތުގެމައްޗަށް ދަލީލުކުރާ އެތަކެއް ޙަދީޘްވެސް ވެއެވެ.) އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނީ މުއުމިނުތަކުންގެ މައިންނެވެ. (އަބަދު تَعْظِيم ކުރުމުގެ ގޮތުން އުފަންމަންމަ ފަދައެވެ. އެކަނބަލުންނާއި ކާވެނިކުރުންވެސް އެހެން މައިންނެކޭއެއްފަދައިން ޙަރާމްވެގެންވެއެވެ.) އަދި ގާތްތިމާގެ މީހުން (މުދާވާރުތަވުމުގެ ގޮތުންވެސް) މާ ޙައްޤުކަންބޮޑެވެ. އެއީ ﷲ ގެ ފޮތުގައި އެކަންކަނޑައެޅިފައިފާގޮތެވެ. (އެއީ لَوْح المَحْفُوظ ގައި ނުވަތަ ޤުރުއާނުގައި ނުވަތަ ވާރުތަމުދާ ބަޔާންކުރެއްވި އާޔަތުގައި ބަޔާންވެގެންވާ ގޮތެވެ.) މުހާޖިރުންނާއި ދެންވެސް އެހެން ދުރު މުއުމިނުން އެއްބަޔަކުއަނެއްބަޔަކު ވާރުތަކުރުމަށްވުރެ ގާތް މީހުންވާރުތަވުން ޙައްޤުކަން ބޮޑެވެ. ނަމަވެސް ޞަދަޤާތް އެއްކުރުން ނުވަތަ ވަޞިއްޔަތުގެ ގޮތުން ދުރުމީހުންނަށް އެހީވެ ހެޔޮފޯރުކުރުން ހުއްދައެވެ. އެކަންތައްތައް لَوْح المَحْفُوظ ގައި ނުވަތަ ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ.\n* ދަންނައެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ގާތްތިމާގެ މީހުން ފިޔަވައިވެސް ހިޖުރަ ކުރުމުގެ ގޮތުންނާއި ޢަހުދުގެ ގޮތުން މުދާވާރުތަ ވުމުގެ ޤަވާޢިދެއްއޮތެވެ. ނަމަވެސް ވާރުތަ މުދާބެހުމުގެ ޙުކުމްތަށް ބަޔާންވެގެންވާ އާޔަތްބާވައިލައްވުމުންނާއި އަދި މިފަދަ އާޔަތްތަކުން އެކަން މަންސޫޚުވެގެން ދިޔައީއެވެ. މިހާރުމުދާ ވާރުތަވަނީ ފަހުންބާވައިލެއްވި އާޔަތުގައިވާ ޤަވާޢިދުން ގާތްތިމާގެ މީހުންގެ މެދުގައެވެ. އެހެންނަމަވެސް ހެޔޮކަން ހިންގުމުގެ ގޮތުން ހެޔޮފޯރުކުރުމުގެ ދޮރު ހުޅުވިގެންވެއެވެ. وَالله أَعْلَم.....