quranm◉

ޞަފްޙާ 419

Range
from 33:7 to 33:15
Surahs covered
ތަރުޖަމާ
9 ތަރުޖަމާ

◉

33:7

وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا ﴿7﴾

އަދި ތިމަން ރަސްކަލާނގެ نبي ބޭކަލުންގެ ކިބައިން عهد ކަށަވަރު ހިތްޕެވިހިނދުމަފުޅުކުރައްވާށެވެ. (އޭ رسول الله އެވެ!) އަދި ކަލޭގެފާނުންގެ ކިބައިންނާއި نوح ގެފާނާއި إبراهيم ގެފާނާއި موسى ގެފާނާއި އަދި مريم ގެ ދަރިކަލުން عيسى ގެފާނާއި (عليهِمُ السلام) މިއެންމެ ބޭކަލުންގެ ކިބައިން ميثاق ހިތްޕެވީމެވެ. އަދި އެބޭކަލުންގެ ކިބައިން ގަދަވެގެންވާ عهد ހިތްޕެވީމެވެ. * އެންމެހައި ނަބީބޭކަލުންގެ ކިބައިން ހިތްޕެވި عهد އަކީ -الله އަށް އަޅުކަން ކުރުމަށާއި- އަދި اللهފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރެއްވުން ދޫކުރެއްވުމަށާއި -އޭގެ އެއްބޭކަލަކު އަނެއްބޭކަލަކު ތެދު ކުރެއްވުމަށާއި- އަދި އެބޭކަލުންގެ قوم ތަކަށް نصيحة ދެއްވައި رسالة އިއްވެވުމަށެވެ. އަދި އާޔަތުގައި ނަންގަނެވިގެންވާ ފަސްބޭކަލުން خاص ގޮތެއްގައި ނަންގަނެވިގެން އެވަނީ أُولواْلعَزْمِ ގެ ފަސްބޭކަލުންކަމުގައިވެފައި ބޮޑެތި شريعةތަކުގެ ބޭކަލުން ކަމުގައި ވެފަޔާއި އަދި އެބޭކަލުންނަށްވާ ޝަރަފެއްގެ ގޮތުންނެވެ. އަދި محمد ﷺ އަކީ އެންމެ ފަހުގެ نبي އާކަމުގައި ވެފައި ލިސްޓްގެ އެންމެ ކުރީގައި އެނަންފުޅުވުމަކީ އެކަލޭގެފާނަށްވާ އިތުރު شرف އަކާއި މާތްކަމެކެވެ. والله أعلم - زُبْدَة التَّفْسِيْر.

33:8

لِّيَسۡـَٔلَ ٱلصَّـٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا ﴿8﴾

އަދި އެފަދަ عهد ކަށަވަރު ކުރެއްވީ އެބޭކަލުންގެ ތެދުވެރިކަމާއިމެދު އެކަލާނގެ ސުވާލުކުރެއްވުމަށާއި އަދި ކާފަރުންގެ ކިބައިންވެސް އެބޭކަލުންނަށް ދެއްވި ޖަވާބަކާމެދު ސުވާލު ކުރެއްވުމަށެވެ. އަދި ކާފަރުންނަށް އެކަލާނގެ ތައްޔާރު ކުރައްވާފައިވަނީ ވޭންދެނިވި عذاب އެކެވެ.

33:9

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ﴿9﴾

އޭ إيمان ވެއްޖެ މީސްތަކުނޭވެ! ކަލޭމެންގެ ގާތަށް (لشكر ތައް އައި ހިނދު) ކަލޭމެންގެ މައްޗަށް ﷲ ލެއްވި އެކަލާނގެ نعمة ކަލޭމެންނިކަން ހަދާންކޮށްބަލާށެވެ! ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އެބަހީ ކާފަރުންގެ މައްޗަށް ވަޔެއް ފޮނުއްވީމެވެ. އަދި ކަލޭމެންނަށް ނުފެންނަ އެހެން لشكر އެއް ފޮނުއްވީމެވެ. (އެއީ މަލާއިކަތްބޭކަލުންގެ لشكر އެކެވެ. އެބޭކަލުން ކާފަރުންގެ ފޭލިގެތަކުގެ ކަޑަތައް ލުއްސަވައި ފޭލިގޭގެ މެދުގައި ވިއްދާފައިވާ މެދު ތަނބު ވައްޓައިލައްވައި އަލިފާން ނިއްވައި ކަށްކަން އުދާފައިވާ ތެލިތައް ބަންޑުން ޖައްސަވައި އަސްތައް އެއްއަސް އަނެއް އަހަށްޖައްސުވައި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި ހެއްދެވިއެވެ.) އަދި ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.

33:10

إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ﴿10﴾

އަދި އެބައިމީހުން - އެބަހީ أحزاب لشكر ތައް ކަލޭމެނެގެ އުސްފަރާތުންނާއި އަދި ތިރިފަރާތުން (އެބަހީ مدينة ގެ مشرق ފަރާތުގެ އުސްތަނުންނާއި އަދި مغرب ފަރާތުގެ ތިރިދިމާއިން) އައި ހިނދު ކަލޭމެން ހަދާންކޮށް ބަލާށެވެ! އެހިނދު مدينة ގެ ބައެއް މީހުން ބިރުން ސިހިގެންގޮސް ލޯތައް އެފުށް މިފުށަށް ލެނބި ހިތްތައް ލަގޮޑި ވަޅާ ހަމައަށް އަރައިގެން ދިޔައެވެ. އަދި ކަލޭމެން ﷲ އާއިމެދު އެތަކެއް ހީ ކުރީމެވެ.

33:11

هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا ﴿11﴾

އަދި އެވަގުތު مؤمن ންގެ އީމާންކަން إمتحان ވެވުނެވެ. (ބިރުވެރިކަމާއި ހަނގުރާމަޔާއި ބަނޑުހައި ހޫނުކަމާއި حصار ވުމާއި ދެންވެސް އެބާވަތުގެ އެތައްކަމަކުން إمتحان ކުރެވުނެވެ. حقيحقى مؤمن ންނާއި منافق ން فرق ކޮށްލެވުނެވެ. އަދި މީސްތަކުންނަށް ގުޑުންއަރާވަރަށް އެމީހުންނަށް ހަމަނުޖެހުންއައެވެ.

33:12

وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا ﴿12﴾

އަދި منافق ންނާއި އެމީހުންގެ ހިތްތަކުގައި (ޝައްކާއި ވަހުމުގެ) ބަލިކަންވާ މީހުން ބުނިހިނދު ހަނދާންކޮށްބަލާށެވެ! (އެމީހުން ބުންޏެވެ.) ﷲ އާއި ރަސޫލާ އަހުރެމެންނަށް ހެއްލުމަކަށް މެނުވީ ވަޢުދު ކުރައްވާފައި ނުވެއެވެ.

33:13

وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا ﴿13﴾

އަދި އޭގެތެރެއިން އެއް ޖަމާޢަތެއްގެ މީހުން ބުންޏެވެ. އޭމަދީނާގެ އަހުލުވެރިންނޭވެ! ކަލޭމެނަށް އެތާ އެ ޚަންދަޤުގެ ކައިރިން އެއްވެސް ޖާގައެއްނެތެވެ. ކަލޭމެން އަވަހަށް އެނބުރި މަދީނާގެ ކަލޭމެންގެ ގެތަކަށް ދާށެވެ. އަދި އަނެއްބަޔަކު (އެނބުރި ދިއުމަށްޓަކައި) ނަބިއްޔާގެ އަރިހުން އިޒުނަ އެދެނީއެވެ. އެމީހުން ބުނަނީއެވެ. އަހުރެމެންގެ ގެތަކުގައި އެއްވެސް ނިވަޔެއް ނެތި ބަލިކަށިވެގެން ވެއެވެ. (އެތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހަކު ނެތެވެ. އެހެންވެ އަހުރެމެން އެތަނަށްދާން ބޭނުންނުވެއެވެ.) އޭގެ ޖަވާބުގައި ﷲ އެއަންގަވަނީ އެމީހުންގެ ގެތަށް ހާވެފައި އެހާބަލިކަށްޓެއްނޫންކަމެވެ. (އެމީހުންގެ އެވާހަކައިން) ހަމަފިލައިގެން ދިއުންނޫނީ ނޭދެއެވެ.

33:14

وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا ﴿14﴾

އަދި ނުވަތަ މަދީނާގެ ހުރިހާ ފަރާތަކުން މުއުމިނުންގެ ޢަދުއްވުން ވަދެފައި ދެންއެމީހުންގާތު (މުއުމިނުންނާދެކޮޅަށް) ޢަދުއްވުންނަށް މަގުހުޅުވައިދީ ހަދާށޭ ބުނެވުނުނަމަ ނުވަތަ އަލުންވެސް ކާފަރުވެ ކާފަރުންނާ ގުޅޭށޭ ބުނެވުނުނަމަ ލަހެއްފަހެއްނެތި އެމީހުންއެކަމަށް އައީހެވެ.

33:15

وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا ﴿15﴾

އަދި ހަމަކަށަވަރުން ހަނގުރާމައިގައި ފުރަގަސްދީފައިނުދިއުމަށް އެމީހުންވާނީ ﷲ އާއި ޢަހުދު ކަށަވަރުކޮށްފައެވެ. (އެއީ މި އަޙްޒާބު ހަނގުރާމައިގެ ކުރިން އުޙުދު ހަނގުރާމައިގެ ފަހުންނެވެ.) އަދި ﷲ އާއި މެދު ވެވިފައިވާ ޢަހުދާއި އެގްރިމެންޓު ތަކަކީ ސުވާލުވެވޭނެ އެއްޗެއްސެވެ. ޤިޔާމަތްދުވަހުން އެކަމާ ސުވާލުވެވޭނެއެވެ. އެކަމުގެ ޖަޒާ ލިބޭނެއެވެ.