quranm◉

ޞަފްޙާ 427

Range
from 33:63 to 33:73
Surahs covered
ތަރުޖަމާ
11 ތަރުޖަމާ

◉

33:63

يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا ﴿63﴾

(އޭ رَسُول ﷲ އެވެ.) قِيامة ވާނެ ވަގުތަކާއިމެދު މީސްތަކުން ކަލޭގެފާނާއި سُوَال ކުރެއެވެ. އޭގެ جَوَاب ގައި ކަލޭގެފާނު ވިދާޅުވާށެވެ. އޭގެ އެނގުންވަނީ ހަމަ އެކަނި ﷲގެ حَضْرة ގައެވެ. ކަލޭގެފާނަކަށް އެކަން އަންގަވައި ނުދެއްވައެވެ. قِيامة ވާ ވަގުތު ދާދި ގާތްވެގެންވުން أُمِّيْد ކުރެއެވެ.

33:64

إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا ﴿64﴾

ހަމަކަށަވަރުން ﷲ تَعَالى ކާފަރުންނަށް لَعْنَة ލެއްވިއެވެ. އެކަލާނގެ ރަޙުމަތުން ދުރުކުރެއްވިއެވެ. އަދި އެމީހުންނަށްޓަކައި އެކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވިއެވެ. އެއީ ނަރަކައެވެ.

33:65

خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا ﴿65﴾

އެމީހުން އެތާނގައި އަބަދާއަބަދު ދެމިތިބޭނެއެވެ. އަދި ސަހަރޯވެރިއަކު އަދި އެއްވެސް ނަޞްރުވެރިއެއް އެހީތެރިއެއް އެމީހުންނަކަށް ނުވާނެއެވެ.

33:66

يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠ ﴿66﴾

އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފިހެވި ފުރެޅުމުންދާ ދުވަހު އެކާފަރުންގެ މީހުންބުނާނެއެވެ. އަހަރެމެންވެސް ﷲ އަށާއި އަދި رَسُوَل އާ އަށް އީމާންވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟

33:67

وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ﴿67﴾

އަދި އެމީހުން ބުނާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. އަޅަމެން ކިޔަމަންތެރި ވީ އަޅަމެންގެ ވެރިންނަށާއި ބޮޑެތިމީހުންނަށެވެ. (އަޅަމެންގެ މަތީ މީހުންނަށެވެ.) ފަހެ އަޅަމެން މަގުފުރެއްދީ އެމީހުންނެވެ.

33:68

رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا ﴿68﴾

އޭ އަޅަމެންގެ رَبُّ އެވެ. އެމީހުންނަށް ޑަބަލް عَذَاب ދެއްވާނދޭވެ. އަދި ބޮޑުވެގެންވާ لَعْنَة އަކުން އެމީހުންނަށް لَعْنَة ލައްވާނދޭވެ.

33:69

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا ﴿69﴾

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ.\n* ދަންނައެވެ؛ إبن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި إِبْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير =

33:70

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا ﴿70﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެއަށް تقوى ވެރިވާށެވެ. އަދި ސީދާ حق ތެދުބަސް ބުނާށެވެ.

33:71

يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا ﴿71﴾

އޭރުން ކަލޭމެންގެ عمل ތައް އެކަލާނގެ ރަނގަޅު صالح عمل ކަމުގައި ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާ ހުއްޓެވެ. އަދި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އޭނާ ބޮޑުވެގެންވާ نصيب ލިބިގެންފިކަން ކަށަވަރެވެ.

33:72

إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا ﴿72﴾

أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. * ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ- އެއީ طاعة يعني ކިޔަމަންތެރިކަން- ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް- يعني ބުރަތައް- ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. * އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق

33:73

لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا ﴿73﴾

(إنسان އާ އެ أمانة އުފުލީ) މުނާފިގު ފިރިހެނުންނަށާއި މުނާފިގު އަންހެނުންނަށް އަދި مشرك ފިރިހެނުންނަށާއި އަދި مشرك އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނަށާއި مؤمن އަންހެނުންގެ މައްޗަށް ﷲ توبة ލެއްވުމަށްޓަކައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.