quranm◉

ޞަފްޙާ 426

Range
from 33:55 to 33:62
Surahs covered
ތަރުޖަމާ
8 ތަރުޖަމާ

◉

33:55

لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا ﴿55﴾

އަންނަނިވި މީސްމީހުންނާ حِجَاب އެއްނެތި - ހުރަހެއްނެތި - ބައްދަލުކޮށް ވާހަކަ ދައްކައި ހެދުމަކީ رَسُوْلُ الله صَلَّي الله عَلَيه وَسَلَّم ގެ އަނބިއަނބި ކަނބަލުންގެ މައްޗަށް ކުށެއް އޮތް ކަމެއް ނޫނެވެ. އެއީ (1) އެކަނބަލުންގެ ބަފައިން (2) އެކަނބަލުންގެ ފިރިހެން ދަރިން (3) އެކަނބަލުންގެ އަޚުން (4) އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިން (5) އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިން (6) އާންމުކޮށް އަންހެނުން (7) އެކަނބަލުންގެ އަޅު ފިރިހެން ކުދިން މިމީސްމީހުންނާ حِجَاب އެއްނެތި ބައްދަލުކޮށް ވާހަކަ ދައްކައިހެދުން އެކަނބަލުންނަށް ހުއްދައެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަނބަލުން الله އަށް ތަޤުވާވެރިވުން ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ އެއްޗެއްގެ މައްޗަށް الله ހެކިވެވޮޑިގެންވެއެވެ.

33:56

إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا ﴿56﴾

ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. (الصَّلاة وَالسَّلام عَلَي رَسُوْلِ الله......)

33:57

إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا ﴿57﴾

ހަމަކަށަވަރުން الله އަށާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް الله އެމީހުންގެ މައްޗަށް لَعُنَة ލައްވާހުއްޓެވެ. އަދި އިހާނާތްތެރި ވެގެންވާ ޢަޒާބެއް އެމީހުންނަށް އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.\n* ދަންނައެވެ. الله އަށް އުނދަގޫ ކުރުމަކީ އެކަލާނގެއަށް شَرِيك ކުރުމާއި އެކަލާނގެއަށް ދަރިން ނިސްބަތްކުރުމާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންކަމެވެ.\nرَسُوْلُ الله صَلَّي الله عَلَيه وَسَلَّم އަށް އުނދަގޫ ކުރުމަކީ އެކަލޭގެފާނަށް އީމާންނުވުމާއި އެކަލޭގެފާނު އިސްތަށިފުޅު ފަޅައިލުމާއި ދަތްޕުޅު ބިންދައިލުމާއި އެކަޅޭގެފާނަކީ މޮޔައެކޭ ކިޔުމާއި ޅެންވެރިއެކޭ ކިޔުމާއި ދޮގުވެރިއެކޭ ކިޔުމާއި ސިހުރުވެރިއެކޭ ކިއުމާއި ދެންވެސް އެބާވަތުގެ އެއްޗެތި ކިއުމާއި އެބާވަތުގެ ކަންތައްތައް ކުރުމެވެ.

33:58

وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا ﴿58﴾

އަދި مُؤْمن ފިރިހެނުންނަށާއި مُؤْمن އަންހެނުންނަށް އެމީހުންކުރި އެއްވެސް ކަމަކާނުލައި އެއްވެސް ޙައްޤެއް ނެތި އުނދަގޫކުރާމީހުން ދަންނައެވެ. އެމީހުން އެބުނަނީ ބޮޑުވެގެންވާ ދޮގެކެވެ. އަދި އެކުރީ ބަޔާންވެގެންވާ ގޮތުގައި ފާފަވެރިވާނޭކަމެކެވެ.

33:59

يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿59﴾

އޭ ނަބިއްޔާ ﷺ އެވެ! ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި އަދި ކަލޭގެފާނުންގެ ދަރިދަރިކަނބަލުންނަށާއި އަދި މުއުމިނު އަންހެނުންތަކަށް އެކަނބަލުންގެ جِلْبَاب ތައް ގާތްކޮށް އެއްކޮށް ދަތިޖެހުމަށް ވިދާޅުވާށެވެ. (جِلْبَاب އަކީ މުޅިހަށިގަނޑު ނިވާވާގޮތަށް ހުންނަ ހެދުމެކެވެ. އެއީ މަގު ހިނގުމަށްޓަކައެވެ.)\nއަދި جِلْبَاب އެގޮތަށް ހަދާފައި ބެހެއްޓުމުން އަޅުއަންހެނުންނަށާއި މިނިވަން އަންހެނުންނާ ވަކިކޮށް ފަރަގުކުރުމަށް އެނގުން ގާތްވެގެންވެއެވެ. ދެންއޭރުން (އަޅު އަންހެނުންނާއި، ހިލޭފިރިހެނުން ދިމާކުރާގޮތަށް) މުއުމިނު އަންހެނުންނާއި ދިމާކޮށް އުނދަގޫ ނުކުރާނެއެވެ. އަދި الله ވޮޑިގެންވަނީ ގިނަގިނައިންފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައެވެ.

33:60

لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا ﴿60﴾

مُنَافِق ންނާއި އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމުގެ ބަލިކަށިކަންވާ މީހުންނާއި މަދީނާގައި ތިބެގެން ދޮގު ޚަބަރުފަތުރާ މީހުންނާއި މިމީސްމީހުން އެމީހުންގެ އެނުބައި ޢަމަލުތަކުން ހުއްޓައިނުލައިފިއްޔާ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ކަލޭގެފާނު ގަދަކުރައްވައި ވެރިކުރައްވާ ހުށީމެވެ. ދެން އޭރުން އެމީހުން ކަލޭގެފާނާއި އަވައްޓެރިވެގެން (مدينة ގައި) ދާދި ކުޑަ ވަގުތުކޮޅަކު މެނުވީ ނުތިބޭނެއެވެ.

33:61

مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا ﴿61﴾

އަދި އެމީހުން ފެނެވުނު ކޮންމެތާކުވެސް އެމީހުންނަށް لعنة ލެވިގެންވެއެވެ. އަދި ފެނެވުނު ކޮންމެ ތާކުން އެމީހުން ހިފައިގަނެވި ކަނޑައެޅިގެން މެރެވޭނެއެވެ.

33:62

سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ﴿62﴾

އެއީ މީގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނާ މެދުވެސް ﷲ ގެ سُنة ހުރިގޮތެވެ. އަދި ﷲގެ އެ أُصُول އައް އެއްވެސް ބަދަލު ވުމެއް ނުފެންނާނެއެވެ.