quranm◉

Surah Yusuf transliteration

◉ ސޫރަ · ∞

12:1

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ﴿1﴾

Transliteration: Aliflamra tilka ayatu alkitabi almubeenu

Translation: الر މިއަކުރުތަކުގެ މާނައެއް - އަދި މުރާދެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ بيان ކޮށް تفصيل ކޮށްދޭ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: މިސޫރަތަކީ حرام حلال އަދި ތެދުމަގާއި هداية ސާފުކޮށް بيان ކޮށްދޭ ކީރިތި قرآن ގެ އާޔަތްތަކެވެ.)

12:2

إِنَّآ أَنزَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ﴿2﴾

Transliteration: Inna anzalnahu quranan AAarabiyyan laAAallakum taAAqiloona

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ عرب ބަހުންވާ قرآن އެއްގެ ގޮތުންނެވެ. عرب ބަހުންނެވެ. އެއީ ކަލޭމެން ވިސްނާ ފިކުރުކުރުމަށެވެ.

12:3

نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ ﴿3﴾

Transliteration: Nahnu naqussu AAalayka ahsana alqasasi bima awhayna ilayka hatha alqurana wain kunta min qablihi lamina alghafileena

Translation: (އޭ ރަސޫލުﷲ އެވެ.) މި قرآن ގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލައްވާ وحي ގައިވާ އެންމެ ރީތި އެންމެ ރަނގަޅު ވާހަކަ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރައްވައި ކިޔައިދެއްވާ ހުށީމެވެ. އަދި އޭގެކުރީގައި - އެބަހީ: މި وحي ގެ ކުރީގައި ކަލޭގެފާނު އެވާހަކައާއިމެދު غافل ވަޑައިގެންވިޔަސްމެއެވެ. އެނގިވަޑައި ނުގަންނަވާ ކަމުގައިވީނަމަވެސްމެއެވެ.

12:4

إِذۡ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ ﴿4﴾

Transliteration: Ith qala yoosufu liabeehi ya abati innee raaytu ahada AAashara kawkaban waalshshamsa waalqamara raaytuhum lee sajideena

Translation: يوسف - (عليه السّلام) އެކަލޭގެފާނުންގެ ބައްޕާފުޅަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރަށްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ! ހަމަކަށަވަރުން އެގާރަ ތަރިޔާއި އަދި އިރާއި ހަނދު ހުވަފެނުގައި އަހުރެންދުށީ އެތަކެތި އަހުރެންނަށް سجدة ކުރާތީއެވެ.

12:5

قَالَ يَٰبُنَيَّ لَا تَقۡصُصۡ رُءۡيَاكَ عَلَىٰٓ إِخۡوَتِكَ فَيَكِيدُواْ لَكَ كَيۡدًاۖ إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوّٞ مُّبِينٞ ﴿5﴾

Transliteration: Qala ya bunayya la taqsus ruyaka AAala ikhwatika fayakeedoo laka kaydan inna alshshaytana lilinsani AAaduwwun mubeenun

Translation: އެކަލޭގެފާނު އެބަހީ يوسف ގެ ބައްޕާފުޅު يعقوب (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭގެ ހުވަފެން ކަލޭގެ أخ ންނަށް ކިޔައިނުދޭށެވެ! އެހެން ހަދައިފިއްޔާ އެބަހީ: ކިޔައިދީފިއްޔާ އެމީހުން ކަލެޔާ عداوة ތެރިވެ ނުބައި ރޭވުން ކަލެޔާމެދު ރާވާނެއެވެ. ހަމަކަށަވަރުން شيطان އާއީ އިންސާނުންނަށްވާ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.

12:6

وَكَذَٰلِكَ يَجۡتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأۡوِيلِ ٱلۡأَحَادِيثِ وَيُتِمُّ نِعۡمَتَهُۥ عَلَيۡكَ وَعَلَىٰٓ ءَالِ يَعۡقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيۡكَ مِن قَبۡلُ إِبۡرَٰهِيمَ وَإِسۡحَٰقَۚ إِنَّ رَبَّكَ عَلِيمٌ حَكِيمٞ ﴿6﴾

Transliteration: Wakathalika yajtabeeka rabbuka wayuAAallimuka min taweeli alahadeethi wayutimmu niAAmatahu AAalayka waAAala ali yaAAqooba kama atammaha AAala abawayka min qablu ibraheema waishaqa inna rabbaka AAaleemun hakeemun

Translation: އަދި އެފަދައިން އެބަހީ: ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ތަރިތަކާއި އިރުހަނދު سجدة ކުރާތީ ދެއްކެވިފަދައިން ހަމައެފަދައިން ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ހުވަފެން تعبير އުގަންނަވައި ދެއްވާހުއްޓެވެ. އަދި ކަލޭގެފާނަށާއި އަދި يعقوب (عليه السّلام) ގެ دين ގެ أهل ވެރިންގެމައްޗަށް އެކަލާނގެ نعمة ފުރިހަމަކޮށްދެއްވާހުއްޓެވެ. އެއީ މީގެކުރީގައި ކަލޭގެފާނުންގެ ދެކާބަފައިކަލުންގެމައްޗަށް يعني: إبراهيم عليه السّلام އާއި إسحاق عليه السّلام ގެ މައްޗަށްވެސް އެކަލާނގެ އެކަލާނގެ نعمة ފުރިހަމަކުރެއްވިފަދައިންނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ. (މިއާޔަތުގައި މިވާ نعمة ގެ މުރާދަކީ نبي ކަން ކަމުގައި بيان ކުރެވިފައިވެއެވެ.)

12:7

لَّقَدۡ كَانَ فِي يُوسُفَ وَإِخۡوَتِهِۦٓ ءَايَٰتٞ لِّلسَّآئِلِينَ ﴿7﴾

Transliteration: Laqad kana fee yoosufa waikhwatihi ayatun lilssaileena

Translation: ހަމަކަށަވަރުން يوسف (عليه السّلام) އާއި އެކަލޭގެފާނުންގެ أخ ންނާއިދެމެދު ހިނގާދިޔަ ކަންތަކުގައި ސުވާލުކޮށް އަހާބަޔަކަށް عبرة އާއި دليل ވާކަން ކަށަވަރެވެ.

12:8

إِذۡ قَالُواْ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحۡنُ عُصۡبَةٌ إِنَّ أَبَانَا لَفِي ضَلَٰلٖ مُّبِينٍ ﴿8﴾

Transliteration: Ith qaloo layoosufu waakhoohu ahabbu ila abeena minna wanahnu AAusbatun inna abana lafee dalalin mubeenin

Translation: އެއީ އެމީހުން - އެބަހީ: يوسف ގެ أخ ން (އެމީހުން އެމީހުނަށް) ބުނިހިނދުގައެވެ. އެމީހުން ބުނީ، ހަމަކަށަވަރުން يوسف އާއި އަދި އޭނާގެ أخ އަހުރެމެންނަށްވުރެ އަހުރެމެންގެ ބައްޕައަށް މާލޯބިވެތިއެވެ. އަދި އަހުރެމެންނަކީ ބާރުހުރި جماعة އެކެވެ. ހަމަކަށަވަރުން އަހުރެމެންގެ ބައްޕަ އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

12:9

ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضٗا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمٗا صَٰلِحِينَ ﴿9﴾

Transliteration: Oqtuloo yoosufa awi itrahoohu ardan yakhlu lakum wajhu abeekum watakoonoo min baAAdihi qawman saliheena

Translation: ކަލޭމެން يوسف قتل ކުރާށެވެ! ނުވަތަ ކޮންމެވެސް ބިމަކަށް އޭނާ އެއްލައިލާށެވެ! އޭރުން ކަލޭމެންގެ ބައްޕަގެ މޫނު ކަލޭމެނަށް ހުސްވެދާނެއެވެ. އަދި އޭނާ ނެތުމަށްފަހު ދެން ކަލޭމެން ރަނގަޅު صالح ބަޔަކަށްވެދާނެއެވެ.

12:10

قَالَ قَآئِلٞ مِّنۡهُمۡ لَا تَقۡتُلُواْ يُوسُفَ وَأَلۡقُوهُ فِي غَيَٰبَتِ ٱلۡجُبِّ يَلۡتَقِطۡهُ بَعۡضُ ٱلسَّيَّارَةِ إِن كُنتُمۡ فَٰعِلِينَ ﴿10﴾

Transliteration: Qala qailun minhum la taqtuloo yoosufa waalqoohu fee ghayabati aljubbi yaltaqithu baAAdu alssayyarati in kuntum faAAileena

Translation: އޭގެތެރެއިން ބުނި މީހަކު ބުނެފިއެވެ. ކަލޭމެން يوسف قتل ނުކުރާށެވެ! އަދި އޭނާ ވަޅުގަނޑުގެ އަޑިޔަށް ވައްޓައިލާށެވެ! (އެއީ غيبة اْلجُبِّ) ކިޔާ އެނަމުން مشهور ވެފައިވާ ތަނެއްކަމުގައިވެއެވެ. އަދި އެއީ بيت المقدس ގައިވާ ވަޅެއްކަމަށްވެސް ބުނެވުނެވެ. والله أعلم) ދެން ދަތުރުކުރާ ގާފިލާއެއްގެ ބަޔަކު އޭނާ ހޮވައިގެން ގެންގޮސްފާނެއެވެ. ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (ދެންފަހެ މިނުބައި ރޭވުމާ مؤتَمَر އަށްފަހު އެމީހުންގޮސް يعقوب عليه السّلام އަށް ދެންނެވިއެވެ. އެއީ އެރޭވި ރޭވުން تنفيذ ކުރަންވެގެންނެވެ.)

12:11

قَالُواْ يَـٰٓأَبَانَا مَا لَكَ لَا تَأۡمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ ﴿11﴾

Transliteration: Qaloo ya abana ma laka la tamanna AAala yoosufa wainna lahu lanasihoona

Translation: އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. يوسف އާއިމެދު ކަލޭގެފާނު އަހުރެމެންނަށް އަމާންވެވަޑައި ނުގަންނަވަނީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން އޭނާއަށްޓަކައި އަހުރެމެންނަކީ نصيحة ތެރި إخلاص ތެރިބަޔަކީމެވެ.

12:12

أَرۡسِلۡهُ مَعَنَا غَدٗا يَرۡتَعۡ وَيَلۡعَبۡ وَإِنَّا لَهُۥ لَحَٰفِظُونَ ﴿12﴾

Transliteration: Arsilhu maAAana ghadan yartaAA wayalAAab wainna lahu lahafithoona

Translation: މާދަމާ އަހުރެމެންނާއެކު (ބަކަރި ހުއިހައްޕަން ދާއިރު) އޭނާވެސް މަޖާކޮށްލާ ކުޅެލުމަށް ފޮނުވައިދެއްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެން އޭނާ ރައްކާކޮށް حماية ކުރާހުށީމެވެ.

12:13

قَالَ إِنِّي لَيَحۡزُنُنِيٓ أَن تَذۡهَبُواْ بِهِۦ وَأَخَافُ أَن يَأۡكُلَهُ ٱلذِّئۡبُ وَأَنتُمۡ عَنۡهُ غَٰفِلُونَ ﴿13﴾

Transliteration: Qala innee layahzununee an thathhaboo bihi waakhafu an yakulahu alththibu waantum AAanhu ghafiloona

Translation: އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހިތާމަވެރިކަން އަންނަނީ ކަލޭމެން އޭނާޔާއިގެން ދިއުމުންނެވެ. އަދި ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ ކަލޭމެން އޭނާގެ މަތީން غافل ވެގެންވަނިކޮށް މިނިކާވަގު އޭނާ ކައިފާނެތީއެވެ.

12:14

قَالُواْ لَئِنۡ أَكَلَهُ ٱلذِّئۡبُ وَنَحۡنُ عُصۡبَةٌ إِنَّآ إِذٗا لَّخَٰسِرُونَ ﴿14﴾

Transliteration: Qaloo lain akalahu alththibu wanahnu AAusbatun inna ithan lakhasiroona

Translation: އެމީހުން ދެންނެވިއެވެ. އަހުރެމެން މިހާގަދަ جماعة އެއްތިއްބާ އޭނާ މިނިކާވަގު ކައިފިއްޔާ ހަމަކަށަވަރުން އޭރުން އަހުރެމެންވާނީ ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައެވެ. (ތިޔައީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.)

12:15

فَلَمَّا ذَهَبُواْ بِهِۦ وَأَجۡمَعُوٓاْ أَن يَجۡعَلُوهُ فِي غَيَٰبَتِ ٱلۡجُبِّۚ وَأَوۡحَيۡنَآ إِلَيۡهِ لَتُنَبِّئَنَّهُم بِأَمۡرِهِمۡ هَٰذَا وَهُمۡ لَا يَشۡعُرُونَ ﴿15﴾

Transliteration: Falamma thahaboo bihi waajmaAAoo an yajAAaloohu fee ghayabati aljubbi waawhayna ilayhi latunabiannahum biamrihim hatha wahum la yashAAuroona

Translation: ދެންފަހެ އެމީހުން އެބަހީ: يوسف ގެފާނުންގެ أخ ން ބައްޕަ ކައިރީ އޮޅުވައިލައިގެން އެކަލޭގެފާނާއިގެން - އެބަހީ: يوسف ގެފާނާއިގެން - ދިޔަހިނދުން އެމީހުން އެކަލޭގެފާނު ވަޅުގަނޑުގެ އަޑިޔަށްލުމަށް ޖަމާވެއްޖެއެވެ. (އަދި އެމީހުން އެކަލޭގެފާނު އެއަށްލައިފިއެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (يوسف ގެފާނަށް) وحي ކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ތިޔަކަމުގެ خبر ދެއްވާނެއެވެ. އެއީ އެމީހުންނަށް إحساس ވެސް ނުވެތިބޭ حال ގައެވެ. އެއީ އަދި މާފަހުންވާން އޮތްކަމެކެވެ.

12:16

وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ ﴿16﴾

Transliteration: Wajaoo abahum AAishaan yabkoona

Translation: ދެންފަހެ އެމީހުން (އެކަލޭގެފާނު ވަޅަށްލައިފާ) ރޭގަނޑު އަނދިރިވީފަހުން (عشاء ވަގުތު) ރޮމުން އެމީހުންގެ ބައްޕަގެ އަރިހަށް ހިނގައްޖެއެވެ.

12:17

قَالُواْ يَـٰٓأَبَانَآ إِنَّا ذَهَبۡنَا نَسۡتَبِقُ وَتَرَكۡنَا يُوسُفَ عِندَ مَتَٰعِنَا فَأَكَلَهُ ٱلذِّئۡبُۖ وَمَآ أَنتَ بِمُؤۡمِنٖ لَّنَا وَلَوۡ كُنَّا صَٰدِقِينَ ﴿17﴾

Transliteration: Qaloo ya abana inna thahabna nastabiqu watarakna yoosufa AAinda mataAAina faakalahu alththibu wama anta bimuminin lana walaw kunna sadiqeena

Translation: އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ބައިންދާފައި އަހަރެމެން ދިޔައީ (ދުނިއުކުމާއި އަސްދުއްވުންފަދަ ކަންކަމުގައި) ވާދަކޮށްލާށެވެ. ފަހެ އެވަގުތު މިނިކާވަގު އައިސް يوسف ކައިފިއެވެ. އަދި އަހުރެމެންނަކީ ތެދުވެރިންކަމުގައިވިޔަސް ކަލޭގެފާނަކީ އަހުރެމެންގެ ބަސްތެދުކުރާނޭ ބޭކަލަކުކަމުގައި ނުވެއެވެ.

12:18

وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٖ كَذِبٖۚ قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٞۖ وَٱللَّهُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ﴿18﴾

Transliteration: Wajaoo AAala qameesihi bidamin kathibin qala bal sawwalat lakum anfusukum amran fasabrun jameelun waAllahu almustaAAanu AAala ma tasifoona

Translation: އަދި އެމީހުން އައީ އެކަލޭގެފާނުންގެ ގަމީސްކޮޅުގައި ދޮގުލެއި ހާކައިގެންނެވެ. (ބަކައްޓެއް ކަތިލައި އޭގެ ލެއި ހާކައިގެންނެވެ.) އެކަލޭގެފާނު يعني: يعقوب عليه السّلام ވިދާޅުވިއެވެ. އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ހަވާ نفس ކަލޭމެންނަށް ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. (އެކަންކުރީއެވެ.) ދެން އަހުރެންކުރާނީ ކިއެއްހެއްޔެވެ؟ އަހުރެންނަށް އޮތީ ރިވެތިގޮތުގައި ކެތްކުރުމެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާކަންތައްތަކާއިމެދު ވާގިއެދެވޭނެ ފަރާތަކީ ހަމަ ﷲ އެވެ. ތިޔަކަމުގެ حقيقة އެކަލާނގެ ދެނެވޮޑިގެންވެއެވެ.

12:19

وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ ﴿19﴾

Transliteration: Wajaat sayyaratun faarsaloo waridahum faadla dalwahu qala ya bushra hatha ghulamun waasarroohu bidaAAatan waAllahu AAaleemun bima yaAAmaloona

Translation: ދެންފަހެ ދަތުރުކުރާ قافلة އެއް (يوسف ގެފާނު އެހުންނެވި ވަޅުގެކައިރިޔަށް) އަތުވެއްޖެއެވެ. އަދި އެމީހުންގެ ފެންއުފުލާމީހާ ފެންގެނައުމަށް އެމީހުން ފޮނުވައިފިއެވެ. އަދި އޭނާ އޭނާގެ ބާލިދީ ވަޅަށް ތިރިކޮށްފިއެވެ. (އަދި يوسف އޭގައި އެލިގެންފިއެވެ. އަދި އެކަލޭގެފާނު ވަޅުން އަރާވަޑައިގެންފިއެވެ.) އަދި އެމީހާ ބުންޏެވެ. އޭ بُشْرَى އެވެ. (މިއީ އޭނާގެ އެކުވެރިޔާގެ ނަމެވެ.) ނުވަތަ އޭނާ ދުލުން ބޭރުވި އުފާވެރިކަމުގެ كلمة އެކެވެ. އޭނާ ބުންޏެވެ. މިހުރީ غلام އެކެވެ. ރީތި ފިރިހެންކުއްޖެކެވެ. އަދި އެމީހުން އެބަހީ: قافلة ގެމީހުން ވިޔަފާރީގެ މުދަލެއްގެގޮތުގައި އެކަލޭގެފާނު ފޮރުވާ ސިއްރުކޮށްފިއެވެ. އަދި އެމީހުން އެކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

12:20

وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّـٰهِدِينَ ﴿20﴾

Transliteration: Washarawhu bithamanin bakhsin darahima maAAdoodatin wakanoo feehi mina alzzahideena

Translation: އަދި އެމީހުން ކުޑައަގަކަށް މަދު دِرْهَمُ ކޮޅަކަށް އެކަލޭގެފާނު يعني: (يوسف) ބާޒާރުގައި ވިއްކައިލައިފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނާއިމެދު މާބޮޑު أهميّة ކަމެއް އަޅައިލުމެއްނެތް ބަޔަކުކަމުގައެވެ. زَاهِدُ ބަޔަކުކަމުގައެވެ.

12:21

وَقَالَ ٱلَّذِي ٱشۡتَرَىٰهُ مِن مِّصۡرَ لِٱمۡرَأَتِهِۦٓ أَكۡرِمِي مَثۡوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗاۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ وَلِنُعَلِّمَهُۥ مِن تَأۡوِيلِ ٱلۡأَحَادِيثِۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمۡرِهِۦ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿21﴾

Transliteration: Waqala allathee ishtarahu min misra liimraatihi akrimee mathwahu AAasa an yanfaAAana aw nattakhithahu waladan wakathalika makkanna liyoosufa fee alardi walinuAAallimahu min taweeli alahadeethi waAllahu ghalibun AAala amrihi walakinna akthara alnnasi la yaAAlamoona

Translation: އަދި مصر ން އެކަލޭގެފާނު ބައްލަވައިގެންނެވި މީހާ އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ކަމަނާ މީނާގެ ދަރަޖަޔާ مقام މާތްކުރާށެވެ! (ކާބޯތަކެއްޗާއި ހުންނަތަން ރަނގަޅުކޮށްހަދާށެވެ!) • (ދަންނައެވެ! އެމީހާއަކީ مصر ގެ خزانة ތަކުގެ ވެރިކަމުގައިހުންނެވި قِطْفِير އެވެ. އޭނާ مشهور ވަނީ عزيز مصر ގެ ނަމުންނެވެ. އެއީ مَالِيّة ގެ ވެރިޔާއެވެ. ފަހުން يوسف عليه السّلام ހުންނެވީ އެ مقام ގައެވެ. އޭނާގެ އަނބިކަނބަލެއް ކަމުގައިވަނީ ذليخا އެވެ ނަމަކަށް ކިޔާ މީހެކެވެ. މި عزيز އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. އޭނާ يعن: يوسف ގެފަރާތުން އަހުރެމެންނަށް مَنْفَعَ ކުރުން أمّيد ކުރެވެއެވެ. ނުވަތަ އަހުރެމެންގެ ދަރިޔަކުކަމުގައި އަހުރެމެން އޭނާ ބަލާނީއެވެ. މިއެވެ.)\n• ﷲ تعالى وحي ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ބިމުގައި ތިމަންރަސްކަލާނގެ ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ހުވަފެން تفسير އުގަންނަވައިދެއްވުމަށްޓަކައެވެ. އަދި ﷲ تعالى އީ އެކަލާނގެ ކުރައްވާ ކަންތަކުގައި ގަދަފަދަވަންތަ ކަލާނގެއެވެ. (އެއަކަށް އެހެންމީހަކަށް ބާރެއް ނުހިންގޭނެއެވެ.) އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

12:22

وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿22﴾

Transliteration: Walamma balagha ashuddahu ataynahu hukman waAAilman wakathalika najzee almuhsineena

Translation: އަދި އެކަލޭގެފާނުންގެ ބުއްދިފުޅާއި ޒުވާންކަމުގެ ބާރުފުޅު ގަދަވިހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަނގަޅު ވިސްނުންފުޅާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

12:23

وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ ﴿23﴾

Transliteration: Warawadathu allatee huwa fee baytiha AAan nafsihi waghallaqati alabwaba waqalat hayta laka qala maAAatha Allahi innahu rabbee ahsana mathwaya innahu la yuflihu alththalimoona

Translation: އަދި އެކަލޭގެފާނު އެހުންނެވި ގޭގެ އަންހެންމީހާ އެކަލޭގެފާނާ ހިތައިވެއްޖެއެވެ. އަދި އޯގާވެރިކަމާއިއެކު އެކަލޭގެފާނުންގެ نفس ފުޅަށް (ހިތައިވުމުގެ نَظَرُ ން) އެދިވަޑައިގެންނެވިއެވެ. އަދި އެކަމަނާ ގޭގެ ދޮރުތައް ލައްޕާފައި (އެކަލޭގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނަށްޓަކައި ތައްޔާރެވެ. އަންނާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مَعَاذَ ﷲِ އެވެ. (އެބަހީ: ތިޔަކަމުން ރައްކާތެރިވުމަށް ﷲ ގެ حضرة ން ވާގިއެދި ސަލާމަތަށް އެދެމެވެ.) ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ: ކަމަނާގެ ފިރިކަލުންނަކީ އަހުރެންނަށް ނުހަނު މާތްކޮށް ހިތްތަވާ އަހުރެންގެ ސާހިބާއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.

12:24

وَلَقَدۡ هَمَّتۡ بِهِۦۖ وَهَمَّ بِهَا لَوۡلَآ أَن رَّءَا بُرۡهَٰنَ رَبِّهِۦۚ كَذَٰلِكَ لِنَصۡرِفَ عَنۡهُ ٱلسُّوٓءَ وَٱلۡفَحۡشَآءَۚ إِنَّهُۥ مِنۡ عِبَادِنَا ٱلۡمُخۡلَصِينَ ﴿24﴾

Transliteration: Walaqad hammat bihi wahamma biha lawla an raa burhana rabbihi kathalika linasrifa AAanhu alssooa waalfahshaa innahu min AAibadina almukhlaseena

Translation: އަދި ހަމަކަށަވަރުން އެކަމަނާ އެކަލޭގެފާނާއިމެދު (ނުބައިކަންތައްކުރުމަށް) قصد ކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއިމެދު قصد ކުރެއްވިއެވެ. އެކަލޭގެފާނުންގެ رَبُّ ގެ އާޔަތްތައް - يعني - އެކަލޭގެފާނުން އެކަމުން މަނާވެގަންނަކަހަލަ - دليل އާއި بُرْهَان އެކަލޭގެފާނަށް ފެނިވަޑައި ނުގެންނެވިނަމަ އެކަލޭގެފާނުންވެސް އެކަމަނާގެ ފަރާތަށް ލެނބިވަޑައިގަނެވިއްޖައީހެވެ. (އެބަހީ: އެވަގުތު އެބާވަތުގެ دليل އެކަލޭގެފާނަށް ދެއްކެވުނެވެ.) އެއީ އެކަލޭގެފާނުންގެ ކިބައިން އެންމެހައި ނުބައިކަންތަކާއި ޒިނޭފަދަ فاحش عمل ތިމަންރަސްކަލާނގެ ދުރުކުރެއްވުމަށެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތިމަންރަސްކަލާނގެ إخلاص ތެރި އަޅުންގެތެރެއިންވާ ބޭކަލެކެވެ.

12:25

وَٱسۡتَبَقَا ٱلۡبَابَ وَقَدَّتۡ قَمِيصَهُۥ مِن دُبُرٖ وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ قَالَتۡ مَا جَزَآءُ مَنۡ أَرَادَ بِأَهۡلِكَ سُوٓءًا إِلَّآ أَن يُسۡجَنَ أَوۡ عَذَابٌ أَلِيمٞ ﴿25﴾

Transliteration: Waistabaqa albaba waqaddat qameesahu min duburin waalfaya sayyidaha lada albabi qalat ma jazao man arada biahlika sooan illa an yusjana aw AAathabun aleemun

Translation: އަދި އޭގެދެމީހުން ގޭގެދޮރާދިމާއަށް އަވަސްވެގަތެވެ. އަދި އެކަލޭގެފާނުންގެ يعني: يوسف ގެފާނުންގެ ގަމީސްކޮޅު ފުރަގަހުން ވީދިއްޖެއެވެ. (އެއީ يوسف ގެފާނު އެކަމުން ސަލާމަތްވެވަޑައިގަތުމަށް ދުވެވަޑައިގަތުމުން زليخا އެކަލޭގެފާނު އަތުލުމަށް އަވަސްވެގަތްވަގުތު އެކަމަނާއަށް ހިފުނީ ފަހަތުން ނުވަތަ ފުރަގަހުން އެކަލޭގެފާނުންގެ ގަމީސްކޮޅުގައެވެ. އެހެންވެ ގަމީހަށް ވާންވެގެން ވީދައިގެންދިޔައީއެވެ.) އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ. އެހިނދު އެކަމަނާ (ކުށުން ބަރީއަވުމުގެ ގަސްދުގައި) ދަންނަވައިފިއެވެ. ކަލޭގެފާނުންގެ އަންހެނުންނާމެދު ނުބައިކަންތައް ކުރާން ގަސްދުކުރިމީހާގެ جزاء އަކީ يعني: عقوبة އަކީ ޖަލަށްލުންކަމުގައިމެނުވީ ނުވެއެވެ. ނުވަތަ ވޭންދެނިވި عذاب އެއްދިނުމެވެ.

12:26

قَالَ هِيَ رَٰوَدَتۡنِي عَن نَّفۡسِيۚ وَشَهِدَ شَاهِدٞ مِّنۡ أَهۡلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٖ فَصَدَقَتۡ وَهُوَ مِنَ ٱلۡكَٰذِبِينَ ﴿26﴾

Transliteration: Qala hiya rawadatnee AAan nafsee washahida shahidun min ahliha in kana qameesuhu qudda min qubulin fasadaqat wahuwa mina alkathibeena

Translation: އެކަލޭގެފާނު يعني: يوسف ގެފާނު ވިދާޅުވިއެވެ. ތިމަންގެ ގަޔަށް ވިޔާނުދާގޮތަށް އަރަންއުޅުއްވީ އެކަމަނާއެވެ. އެވަގުތު އަދި އެކަމަނާގެ أهل ވެރިންކުރެ މީހަކު އެކަމާމެދު ހެކިދީފިއެވެ. (ބުނެވެނީ މިހެކިވެރިޔަކީ ތަންމަތީގައިވާ ވަރަށް ޅަކުއްޖެއްކަމަށެވެ.) އެކުއްޖާ ބުންޏެވެ. އެކަލޭގެފާނުންގެ قميص ކުރިމަތިފަރާތުން ވީދިފައިވާނަމަ އެކަމަނާ އެބުނީ ތެދެކެވެ. އަދި އެކަލޭގެފާނު އެވަނީ ދޮގުވެރިންގެތެރެއިންނެވެ.

12:27

وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٖ فَكَذَبَتۡ وَهُوَ مِنَ ٱلصَّـٰدِقِينَ ﴿27﴾

Transliteration: Wain kana qameesuhu qudda min duburin fakathabat wahuwa mina alssadiqeena

Translation: އަދި އެކަލޭގެފާނުންގެ قميص ފުރަގަހުން ވީދިފައިވާނަމަ އެކަމަނާ ދޮގުހެދީއެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެދުވެރިންގެތެރެއިންނެވެ. (މިކުއްޖާގެ މިހެކިދެއްވުމަކީ ﷲ ދެއްކެވި مُعْجِزَة އެކެވެ. މިހެނީ އެކުއްޖަކީ ހަމަ ވިހެއި ތަންމަތީގައިވާ ވަރަށްކުޑަކުއްޖެކެވެ.)

12:28

فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ ﴿28﴾

Transliteration: Falamma raa qameesahu qudda min duburin qala innahu min kaydikunna inna kaydakunna AAatheemun

Translation: ދެންފަހެ އެކަލޭގެފާނުންގެ قميص ކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުނުހިނދުން އޭނާ އެބަހީ: އެއަންހެންމީހާގެ ފިރިމީހާ ބުންޏެވެ. ހަމަކަށަވަރުން މިކަމަކީ ތިޔަކަނބަލުންގެ މަކަރާއި ރޭވުމެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ މަކަރާއި ރޭވުން ބޮޑުވެގެންވެއެވެ.

12:29

يُوسُفُ أَعۡرِضۡ عَنۡ هَٰذَاۚ وَٱسۡتَغۡفِرِي لِذَنۢبِكِۖ إِنَّكِ كُنتِ مِنَ ٱلۡخَاطِـِٔينَ ﴿29﴾

Transliteration: Yoosufu aAArid AAan hatha waistaghfiree lithanbiki innaki kunti mina alkhatieena

Translation: އޭ يوسف އެވެ! ކަލޭ މިކަން ހަނދާންނައްތައިލާށެވެ! މިވާހަކަ ނުދައްކާށެވެ! އަދި (އޭ زليخا އެވެ!) ކަނބުލޭގެ ކަނބުލޭގެ ކުށުގެ ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ހަމަކަށަވަރުން ކަމަނާވަނީ ކުށްވެރިންގެ ތެރެއިންނެވެ.

12:30

وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ ﴿30﴾

Transliteration: Waqala niswatun fee almadeenati imraatu alAAazeezi turawidu fataha AAan nafsihi qad shaghafaha hubban inna lanaraha fee dalalin mubeenin

Translation: އަދި އެރަށުގެ އަންހެނުންތަކެއް ބުންޏެވެ. عزيز ގެ އަނބިކަނބަލުން އޭނާ ގެންގުޅޭ އަޅުކުއްޖަކުގެ نفس އެކަނބުލޭގެ شَهْوَة އަށް ގެނައުމަށް ލަންބަނީއެވެ. އެކުއްޖާގެ ލޯބި އެކަމަނާގެ ހިތުގެ އެންމެއަޑީގައިވާ ދުލިފަށުގައިވެއެވެ. (އެކުއްޖާދެކެ ހިތައިވެއްޖެއެވެ.) ހަމަކަށަވަރުން އަހުރެމެން ދެކެނީ އެކަމަނާ ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާކަމަށެވެ.

12:31

فَلَمَّا سَمِعَتۡ بِمَكۡرِهِنَّ أَرۡسَلَتۡ إِلَيۡهِنَّ وَأَعۡتَدَتۡ لَهُنَّ مُتَّكَـٔٗا وَءَاتَتۡ كُلَّ وَٰحِدَةٖ مِّنۡهُنَّ سِكِّينٗا وَقَالَتِ ٱخۡرُجۡ عَلَيۡهِنَّۖ فَلَمَّا رَأَيۡنَهُۥٓ أَكۡبَرۡنَهُۥ وَقَطَّعۡنَ أَيۡدِيَهُنَّ وَقُلۡنَ حَٰشَ لِلَّهِ مَا هَٰذَا بَشَرًا إِنۡ هَٰذَآ إِلَّا مَلَكٞ كَرِيمٞ ﴿31﴾

Transliteration: Falamma samiAAat bimakrihinna arsalat ilayhinna waaAAtadat lahunna muttakaan waatat kulla wahidatin minhunna sikkeenan waqalati okhruj AAalayhinna falamma raaynahu akbarnahu waqattaAAna aydiyahunna waqulna hasha lillahi ma hatha basharan in hatha illa malakun kareemun

Translation: ދެންފަހެ އެކަނބަލުންގެ މަލާމާތުގެ އަޑު عزيز ގެ އަނބިކަނބަލުން އެއްސެވިހިނދުން އެކަމަނާ އެކަނބަލުންނަށް دعوة އެއް ދެއްވައިފިއެވެ. (ޕާޓީއެއް ހަދައިފިއެވެ. އެއީ ކެއުމުގެ ޕާޓީއެކެވެ.) އަދި އެކަނބަލުން ރަނގަޅަށް ލެނގިލައިގެން ތިބެވޭފަދަ ތަނެއް ތައްޔާރުކުރެއްވިއެވެ. ވަޅިން ކަނޑައިގެން ކެވޭކަހަލަ އެއްޗެއް ވަޅިން ކަނޑައިގެން ކެއުމަށް ތައްޔާރުކުރެއްވިއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ތުނިފިޔޮއްސެއް ނުވަތަ ވަޅިއެއް ދެއްވައިފިއެވެ. (އަދި އެކަނބަލުން އޭތި ވަޅިން ކަނޑައިގެން ކާންފެށުމުން - އެކަމަނާ يوسف ގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގަންނަވާށެވެ! (ދެން އެކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ.) އަދި އެކަނބަލުންނަށް އެކަލޭގެފާނު ފެނުނުހިނދުން އެކަލޭގެފާނުންގެ ހުރި ފުރިހަމަކަމާ ރީތިކަމާއި މާތްކަން އެކަނބަލުންނަށް ބޮޑުވެއްޖެއެވެ. (އަތުގައި އޮތްވަޅިން ކޮށެމުން ފޮތިވަމުން ދަނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.) އެކަނބަލުންގެ އަތްތައްވެސް ކޮށީއެވެ. އަދި އެކަނބަލުން (عجائب ވެ އަންތަރީސްވެގެން) ބުނީ حاش لله އެވެ. (އެބަހީ: ﷲ ގެހުސް طَاهِرُ ވަންތަކަމާއިއެވެ! މިފަދައިންނެވެ. މިއީ آدم ގެ ދަރިއެއްނޫނެވެ. މާތްވެގެންވާ މަލާއިކަތްބޭކަލަކު ކަމުގައި މެނުވީ މިކަލޭގެފާނު ނުވެއެވެ.

12:32

قَالَتۡ فَذَٰلِكُنَّ ٱلَّذِي لُمۡتُنَّنِي فِيهِۖ وَلَقَدۡ رَٰوَدتُّهُۥ عَن نَّفۡسِهِۦ فَٱسۡتَعۡصَمَۖ وَلَئِن لَّمۡ يَفۡعَلۡ مَآ ءَامُرُهُۥ لَيُسۡجَنَنَّ وَلَيَكُونٗا مِّنَ ٱلصَّـٰغِرِينَ ﴿32﴾

Transliteration: Qalat fathalikunna allathee lumtunnanee feehi walaqad rawadtuhu AAan nafsihi faistAAsama walain lam yafAAal ma amuruhu layusjananna walayakoonan mina alssaghireena

Translation: އެކަމަނާ يعني: عزيز ގެ އަނބިކަނބަލުން ބުންޏެވެ. އެމީހަކާއިމެދު ކަލޭމެން އަހުރެންނަށް މަލާމާތްކުރާ މީހަކީ އެއީއެވެ. (ކަލޭމެނަށްވީވަރު ތިޔަހުރީއެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ ގައިކޮޅަށް ވިޔާނުދާގޮތަށް އަރަންއުޅުނީ އަހުރެންނެވެ. ފަހެ އެކަމުން އޭނާ މަނާވެ ރައްކާތެރިވެގެންނެވީއެވެ. އަދި އޭނާ އަހުރެން އޭނާއަށް އަމުރުކުރާކަމެއް ނުކުރިއްޔާ ހަމަކަށަވަރުން އޭނާ ޖަލަށް ލެވޭނެއެވެ. ނުވަތަ ހަމަކަށަވަރުން އޭނާވާހުށީ ނިކަމެތި ދެރަމީހުންގެތެރެއިންނެވެ.

12:33

قَالَ رَبِّ ٱلسِّجۡنُ أَحَبُّ إِلَيَّ مِمَّا يَدۡعُونَنِيٓ إِلَيۡهِۖ وَإِلَّا تَصۡرِفۡ عَنِّي كَيۡدَهُنَّ أَصۡبُ إِلَيۡهِنَّ وَأَكُن مِّنَ ٱلۡجَٰهِلِينَ ﴿33﴾

Transliteration: Qala rabbi alssijnu ahabbu ilayya mimma yadAAoonanee ilayhi wailla tasrif AAannee kaydahunna asbu ilayhinna waakun mina aljahileena

Translation: އެކަލޭގެފާނު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އެމީހުން އެކަމަކަށް މިއަޅާގެ ކިބައިން އެއެދިގޮވާ ކަންތަކަށްވުރެ ޖަލު މިއަޅާއަށް މާލޯބިވެތިކަންބޮޑެވެ. އަދި އިބަރަސްކަލާނގެ އެކަނބަލުންގެ މަކަރާއި ރޭވުން މިއަޅާގެ ކިބައިން ދުރުނުކުރެއްވިއްޔާ މިއަޅާ އެކަނބަލުންގެ ފަރާތަށް ލެބޭނެއެވެ. އަދި މިއަޅާވާހުށީ ޖާހިލުންގެތެރެއިންނެވެ."

12:34

فَٱسۡتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنۡهُ كَيۡدَهُنَّۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿34﴾

Transliteration: Faistajaba lahu rabbuhu fasarafa AAanhu kaydahunna innahu huwa alssameeAAu alAAaleemu

Translation: ފަހެ އެކަލޭގެފާނަށް يعني: يوسف (عليه السّلام) އަށް އެކަލޭގެފާނުންގެ ربّ އިޖާބަކުރައްވައިފިއެވެ. އަދި އެކަލޭގެފާނުންގެ ފަރާތުން އެކަނބަލުންގެ މަކަރާއި ރޭވުން އެކަލާނގެ ދުރުކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

12:35

ثُمَّ بَدَا لَهُم مِّنۢ بَعۡدِ مَا رَأَوُاْ ٱلۡأٓيَٰتِ لَيَسۡجُنُنَّهُۥ حَتَّىٰ حِينٖ ﴿35﴾

Transliteration: Thumma bada lahum min baAAdi ma raawoo alayati layasjununnahu hatta heenin

Translation: ދެން އެމީހުންނަށް އެބަހީ عزيز އަށް އެފެނުނު دليل ތައް ފެނުމަށްފަހު ދެން ފެނުނީ މުއްދަތަކަށް އެކަލޭގެފާނު ޖަލަށްލުމަށެވެ.

12:36

وَدَخَلَ مَعَهُ ٱلسِّجۡنَ فَتَيَانِۖ قَالَ أَحَدُهُمَآ إِنِّيٓ أَرَىٰنِيٓ أَعۡصِرُ خَمۡرٗاۖ وَقَالَ ٱلۡأٓخَرُ إِنِّيٓ أَرَىٰنِيٓ أَحۡمِلُ فَوۡقَ رَأۡسِي خُبۡزٗا تَأۡكُلُ ٱلطَّيۡرُ مِنۡهُۖ نَبِّئۡنَا بِتَأۡوِيلِهِۦٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ﴿36﴾

Transliteration: Wadakhala maAAahu alssijna fatayani qala ahaduhuma innee aranee aAAsiru khamran waqala alakharu innee aranee ahmilu fawqa rasee khubzan takulu alttayru minhu nabbina bitaweelihi inna naraka mina almuhsineena

Translation: (ދެން يوسف عليه السّلام ޖަލަށްލެވުނީއެވެ.) އަދި އެކަލޭގެފާނާއެކު އެހެން ދެޒުވާނުންވެސް ޖަލަށްވަނެވެ. (އެއީ އެދެމީހުންކޮށްފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ.) އެތަނުން އެކަކަށް ޖަލުގައިތިބިދުވަސްވަރު ހުވަފެނެއް ފެނުނެވެ. އެމީހާ ދެންނެވިއެވެ. އޭ يوسف އެވެ. ތިމަންނައަށް ހުވަފެނުން ފެނުނީ މޭބިސްކަދުރު ފެލާތީއެވެ. އަދި އަނެއްމީހާވެސް ހުވަފެނެއް ފެނިގެން ދެންނެވިއެވެ. ތިމަންނައަށް ހުވަފެނުން ފެންނަނީ ތިމަންގެ ބޯމަތީގައި ބަހައްޓައިގެން ރޮށިއުފުލާތީއެވެ. އަދި އެއިން ކާޅުތައް ކައެވެ. (އޭ يوسف އެވެ.) ތިމަންމެންނަށް ތިމަންމެންގެ މިހުވަފެނުގެ تعبير ކޮށްދެއްވާ ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންމެން ދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެތެރެއިންނެވެ.

12:37

قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ﴿37﴾

Transliteration: Qala la yateekuma taAAamun turzaqanihi illa nabbatukuma bitaweelihi qabla an yatiyakuma thalikuma mimma AAallamanee rabbee innee taraktu millata qawmin la yuminoona biAllahi wahum bialakhirati hum kafiroona

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުންނަށް ކާނާގެނައުމުގެ ކުރިން ތިމަންކަލޭގެފާނުން ތިޔަ ދެހުވަފެނުގެ تفسير ކަލޭމެންނަށް ކިޔައިދޭހުށީމެވެ. މިތިބަ ދެމީހުންނޭވެ. އެކަމަކީ އެބަހީ: ހުވަފެހުގެ تفسير ކުރާ علم އަކީ ތިމަންކަލޭގެފާނުންގެ ربّ ތިމަންކަލޭގެފާނަށް އުގަންނަވައިދެއްވިތަކެތީގެތެރެއިންވާ علم އެކެވެ. ހަމަކަށަވަރުން ﷲ އަށާއި آخرة ދުވަހަށް އީމާންނުވާ ބަޔަކުގެ دين ތިމަންކަލޭގެފާނު ދޫކޮށްލީއެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.

12:38

وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ﴿38﴾

Transliteration: WaittabaAAtu millata abaee ibraheema waishaqa wayaAAqooba ma kana lana an nushrika biAllahi min shayin thalika min fadli Allahi AAalayna waAAala alnnasi walakinna akthara alnnasi la yashkuroona

Translation: އަދި ތިމަންކަލޭގެފާނު تبع ވީ ތިމަންކަލޭގެފާނުންގެ ކާބަފައިންކަލުންކަމުގައިވާ إبراهيم އާއި إسحاقُ އާއި އަދި يعقوب (عليهم السّلام) މި ބޭބޭކަލުންގެ مِلَّة އާއިއެވެ. އެބޭކަލުންގެ دين އާއެވެ. އަދި އެއްވެސް ގޮތަކުން އެއްވެސް އެއްޗަކާއި ﷲ އާއި شريك ކުރުމީ ތިމަންބޭކަލުންގެ މައްޗަށް ހުއްދަކަމެއްނޫނެވެ. އެއީ ތިމަންބޭކަލުންގެ މައްޗަށާއި އަދި މީސްތަކުންގެމައްޗަށްވާ ﷲ ގެ فضل ވަންތަކަމެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (ﷲ އަށް) شكر ނުކުރެއެވެ.

12:39

يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ﴿39﴾

Transliteration: Ya sahibayi alssijni aarbabun mutafarriqoona khayrun ami Allahu alwahidu alqahharu

Translation: އޭ އަހުރެންގެ ޖަލުގެ ދެއެކުވެރިންނޭވެ! ހެޔޮވެގެންވަނީ ވަކިވަކިވެ ބައިބައިވެގެންވާ رَبُّ ންތަކެއް ހެއްޔެވެ؟ ނުވަތަ އެއްކައުވަންތަ އަދި ހުރިހާއެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ގަދަފަދަވަންތަ ﷲ ހެއްޔެވެ؟ (ދަންނައެވެ! މިއީ يوسف عليه السّلامގެ ފުރަތަމަ ދީނަށްގޮވާލެއްވުން ކަމުގައި ފެނެއެވެ.)

12:40

مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿40﴾

Transliteration: Ma taAAbudoona min doonihi illa asmaan sammaytumooha antum waabaokum ma anzala Allahu biha min sultanin ini alhukmu illa lillahi amara alla taAAbudoo illa iyyahu thalika alddeenu alqayyimu walakinna akthara alnnasi la yaAAlamoona

Translation: އެކަލާނގެ ފިޔަވައި ހަމަ ހުސްނަންތަކަކަށްމެނުވީ ކަލޭމެން އަޅުކަންކުރާކަމުގައި ނުވެއެވެ. އެނަންތަކަކީ ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެވެ. އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ އެއްވެސް دليل އެއް حجّة އެއް ﷲ ބާވައިނުލައްވައެވެ. އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ. އެކަލާނގެ أمر ކުރައްވާފައިވަނީ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. ސީދާވެގެންވާ ތެދުގޮތަކީ އެއީއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

12:41

يَٰصَٰحِبَيِ ٱلسِّجۡنِ أَمَّآ أَحَدُكُمَا فَيَسۡقِي رَبَّهُۥ خَمۡرٗاۖ وَأَمَّا ٱلۡأٓخَرُ فَيُصۡلَبُ فَتَأۡكُلُ ٱلطَّيۡرُ مِن رَّأۡسِهِۦۚ قُضِيَ ٱلۡأَمۡرُ ٱلَّذِي فِيهِ تَسۡتَفۡتِيَانِ ﴿41﴾

Transliteration: Ya sahibayi alssijni amma ahadukuma fayasqee rabbahu khamran waamma alakharu fayuslabu fatakulu alttayru min rasihi qudiya alamru allathee feehi tastaftiyani

Translation: އޭ ޖަލުގެ އަހުރެންގެ ދެއެކުވެރިންނޭވެ! ކަލޭމެން ދެމީހުންކުރެން ފުރަތަމަމީހާގެ ހުވަފެނުގެ تفسير އަކީ ފަހެ އެމީހާ އެމީހާގެ ސާހިބުމީހާއަށް އެބަހީ: ރަސްގެފާނަށް ރާބޯންދޭނެއެވެ. (އެބަހީ: ރަސްގެފާނަށް ރާތަށިކޮޅު އެރުވުމުގެ مقام އަށް عَيَّن ކުރެވޭނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ.) އަދި އަނެއްމީހާ ދަންނައެވެ! އެމީހާގެ ކުށުގެ އަދަބަށް ދަންޖައްސައި صليب އަށް ލެވޭނެއެވެ. އަދި އޭނާގެ ގައިގެ މަސް ދޫނިތައް އައިސް ކައިހަދާނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ. އެއީ ހުވަފެނުގައި ބޯމަތީބަހައްޓައިގެން ރޮށި އުފުލިމީހާއެވެ. ފަހެ ކަލޭމެން ދެމީހުން فتوى ހޯދަންއުޅުނު ދެކަންތަކުގެ މައްސަލަ އެގޮތަށް ވެނިމޭނެއެވެ. އެދެހުވަފެނުގެ تفسير އަކީ އެއީއެވެ.

12:42

وَقَالَ لِلَّذِي ظَنَّ أَنَّهُۥ نَاجٖ مِّنۡهُمَا ٱذۡكُرۡنِي عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيۡطَٰنُ ذِكۡرَ رَبِّهِۦ فَلَبِثَ فِي ٱلسِّجۡنِ بِضۡعَ سِنِينَ ﴿42﴾

Transliteration: Waqala lillathee thanna annahu najin minhuma othkurnee AAinda rabbika faansahu alshshaytanu thikra rabbihi falabitha fee alssijni bidAAa sineena

Translation: އަދި އެދެމީހުންކުރެ އެކަލޭގެފާނަށް އެމީހާ ސަލާމަތްވާނެކަމަށް ހީފުޅުވީމީހާއަށް އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. ކަލޭ ސަލާމަތްވެގެންގޮސް ރަސްގެފާނުގާތު އަހުރެންގެ ވާހަކަ ހަނދާންކޮށްދޭށެވެ! (އަހުރެންވެސް މިޖަލުން ނެރެދޭތޯ ދަންނަވާށެވެ!) ދެންފަހެ އެމީހާ ސަލާމަތްވެގެންގޮސް އެވާހަކަ އޭނާގެ ސާހިބުމީހާގާތު ދަންނަވާ ހަނދާންކޮށްދިނުން ސައިތާނާ އޭނާއަށް ހަނދާންނެތިކޮށްދީފިއެވެ. ދެންފަހެ ތިނަކާ ދިހަޔަކާ ދެމެދުގެ އަހުރުތަކުގެތެރެއިން އަހަރުތަކެއްގައި އެކަލޭގެފާނު ޖަލުގައި ހުންނަވައިފިއެވެ. يوسف عليه السّلام ޖަލުގައި ހުންނެވިކަމަށްވަނީ ހަތްއަހަރުގައެވެ. والله أعلم.

12:43

وَقَالَ ٱلۡمَلِكُ إِنِّيٓ أَرَىٰ سَبۡعَ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعَ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖۖ يَـٰٓأَيُّهَا ٱلۡمَلَأُ أَفۡتُونِي فِي رُءۡيَٰيَ إِن كُنتُمۡ لِلرُّءۡيَا تَعۡبُرُونَ ﴿43﴾

Transliteration: Waqala almaliku innee ara sabAAa baqaratin simanin yakuluhunna sabAAun AAijafun wasabAAa sunbulatin khudrin waokhara yabisatin ya ayyuha almalao aftoonee fee ruyaya in kuntum lilrruya taAAburoona

Translation: އަދި (އޭރުހުރި مصر ގެ) ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަށް ހުވަފެނުގައި ފަލަ ހަތްގެރި ފެނުނެވެ. އަދި ހިމަ އަނަރޫފަ ހަތްގެރި އައިސް އެފަލަ ހަތްގެރިކައެވެ. އަދި ފެހިކުލައިގެ ތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކިހަތްކުރާގަނޑު ދުށީމެވެ. އޭ އަހުރެންގެ قوم ގެ ބޮޑެތި މާތްމީހުންނޭވެ! ކަލޭމެންނަކީ ހުވަފެން تعبير ކުރާ ބަޔަކުކަމުގައި ވަންޏާ އަހުރެންގެ މިހުވަފެނުގެ تعبير އެބަހީ: އޭގެ فتوى ދީބަލާށެވެ!

12:44

قَالُوٓاْ أَضۡغَٰثُ أَحۡلَٰمٖۖ وَمَا نَحۡنُ بِتَأۡوِيلِ ٱلۡأَحۡلَٰمِ بِعَٰلِمِينَ ﴿44﴾

Transliteration: Qaloo adghathu ahlamin wama nahnu bitaweeli alahlami biAAalimeena

Translation: އެމީހުން ދެންނެވިއެވެ. ތިޔައީ ނިދުމުގެތެރޭގައި ފެންނަ ދޮގު އަދި ތާކުންތާކުނުޖެހޭ ބޭކާރުތަކެއްޗެވެ. އެބާވަތުގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ތަކެތީގެ تفسير ދަންނަބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. އެމީހުންނަށް އޭގެ تفسير އެއް ނޭނގުނެވެ.

12:45

وَقَالَ ٱلَّذِي نَجَا مِنۡهُمَا وَٱدَّكَرَ بَعۡدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأۡوِيلِهِۦ فَأَرۡسِلُونِ ﴿45﴾

Transliteration: Waqala allathee naja minhuma waiddakara baAAda ommatin ana onabbiokum bitaweelihi faarsilooni

Translation: އަދި އެދެމީހުންކުރެ (އެބަހީ: ޖަލުގައި ހުވަފެންފެނިގެން އޭގެ تفسير ކުރެވުނު ދެމީހުންކުރެ) ސަލާމަތްވީމީހާ އެތައްދުވަހަކު (يوسف عليه السّلام ވިދާޅުވިވާހަކަ ހަނދާންނެތި ހުރުމަށްފަހު) ހަނދާންވެއްޖެއެވެ. އެބަހީ: يوسف عليه السّلام ގެމަތިން ހަނދާންވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދަންނަވައިފިއެވެ. އަހުރެން މަނިކުފާނަށް އެހުވަފެނުގެ تفسير ކޮށްދީފާނަމެވެ. ފަހެ ކަލޭމެން އަހުރެން (ޖަލަށް) ފޮނުވައިދޭށެވެ! (ދެން އެމީހާ ޖަލަށްގޮސް يوسف عليه السّلام އަށް އެހުވަފެނުގެ تفسير ކޮށްދެއްވުމަށް އެދިދަންނަވަނީއެވެ. އޭނާ ދެންނެވިއެވެ.)

12:46

يُوسُفُ أَيُّهَا ٱلصِّدِّيقُ أَفۡتِنَا فِي سَبۡعِ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعِ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖ لَّعَلِّيٓ أَرۡجِعُ إِلَى ٱلنَّاسِ لَعَلَّهُمۡ يَعۡلَمُونَ ﴿46﴾

Transliteration: Yoosufu ayyuha alssiddeequ aftina fee sabAAi baqaratin simanin yakuluhunna sabAAun AAijafun wasabAAi sunbulatin khudrin waokhara yabisatin laAAallee arjiAAu ila alnnasi laAAallahum yaAAlamoona

Translation: އޭ يوسف (عليه السّلام) އެވެ. އޭ ތެދުވެރިޔާއެވެ. ފަލަ ހަތްގެރިޔާމެދު ކަލޭގެފާނު އަހުރެމެންނަށް فتوى ދެއްވައިބަބައްލަވާށެވެ. އެފަލަހަތްގެރި އަނަރޫފަ ހިމަ ހަތްގެރި އައިސްކަނީއެވެ. އަދި ފެހިތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކި ހަތްކުރާގަނޑެވެ. (މިއީ ރަސްގެފާނު ދެކެވަޑައިގަތް ހުވަފެންފުޅެވެ. ފަހެ ކަލޭގެފާނު މިހުވަފެނުގެ تفسير ނުވަތަ އެއިން މުރާދުކުރެވޭ މާނައެއް ވިދާޅުވެދެއްވާބަލައްވާށެވެ.) އަހުރެން މީސްތަކުންގެ ގާތަށް (އެ تفسير އާއިގެން) ދިއުމުގެ أمّيد ގައެވެ. އޭރުން އެމީހުންނަށް އެނގިދާނެއެވެ.

12:47

قَالَ تَزۡرَعُونَ سَبۡعَ سِنِينَ دَأَبٗا فَمَا حَصَدتُّمۡ فَذَرُوهُ فِي سُنۢبُلِهِۦٓ إِلَّا قَلِيلٗا مِّمَّا تَأۡكُلُونَ ﴿47﴾

Transliteration: Qala tazraAAoona sabAAa sineena daaban fama hasadtum fatharoohu fee sunbulihi illa qaleelan mimma takuloona

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف (عليه السّلام) ވިދާޅުވިއެވެ. ކަލޭމެން އާދަވެގެން ކުރާގޮތަށް ހަތްއަހަރު ދަނޑުގޮވާން ކުރާށެވެ. ފަހެ ކަލޭމެންނަށް ހެއްދުނު އެއްޗެއް އޭތި އޭގެ ކުރާގަނޑުގައި ބަހައްޓާށެވެ. އޭގެތެރެއިން ކަލޭމެން ކާން ބޭނުންކުރާ މަދުއެތިކޮޅެއް މެނުވީއެވެ.

12:48

ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ سَبۡعٞ شِدَادٞ يَأۡكُلۡنَ مَا قَدَّمۡتُمۡ لَهُنَّ إِلَّا قَلِيلٗا مِّمَّا تُحۡصِنُونَ ﴿48﴾

Transliteration: Thumma yatee min baAAdi thalika sabAAun shidadun yakulna ma qaddamtum lahunna illa qaleelan mimma tuhsinoona

Translation: ދެން އޭގެފަހުގައި ގަދަފަދަ ތަދުމަޑު ހަތްއަހަރު އަންނާނެއެވެ. އެއަހަރުތަކުގައި ކަލޭމެން ކާނީ ކުރީއަހަރުތަކުގައި ބަހައްޓާފައިވާ ތަކެއްޗެވެ.

12:49

ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ عَامٞ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعۡصِرُونَ ﴿49﴾

Transliteration: Thumma yatee min baAAdi thalika AAamun feehi yughathu alnnasu wafeehi yaAAsiroona

Translation: ދެން އޭގެފަހުގައި އަހަރެއް އަންނާނެއެވެ. އެއަހަރުގައި މީސްތަކުންނަށް ވާރޭފެން ލިބޭނެއެވެ. އަދި އެއަހަރު މީސްތަކުން (މޭބިސްކަދުރު ފަދަތަކެތި) ފެލާނެއެވެ. (ތިޔާގިވާނެއެވެ.) ދެން އެމީހާ އައިސް ރަސްގެފާނަށް އެ تفسير ކިޔައިދީފިއެވެ.

12:50

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرۡجِعۡ إِلَىٰ رَبِّكَ فَسۡـَٔلۡهُ مَا بَالُ ٱلنِّسۡوَةِ ٱلَّـٰتِي قَطَّعۡنَ أَيۡدِيَهُنَّۚ إِنَّ رَبِّي بِكَيۡدِهِنَّ عَلِيمٞ ﴿50﴾

Transliteration: Waqala almaliku itoonee bihi falamma jaahu alrrasoolu qala irjiAA ila rabbika faisalhu ma balu alnniswati allatee qattaAAna aydiyahunna inna rabbee bikaydihinna AAaleemun

Translation: އަދި ރަސްގެފާނު ވިދާޅުވިއެވެ. ކަލޭމެން އެކަލޭގެފާނު يعني: يوسف ގެފާނު ތިމަންކަލޭގެފާނު އަރިހަށް ގެންނާށެވެ! (ދެންފަހެ ރަސްގެފާނު އެކަލޭގެފާނުންގެ އަރިހަށް މީހަކު ފޮނުއްވިއެވެ.) ފަހެ އެފޮނުއްވި މީހާ އެކަލޭގެފާނުންގެ އަރިހަށް ދިއުމުން އެކަލޭގެފާނު ވިދާޅުވިއެވެ. (އެބަހީ يوسف ގެފާނުވިދާޅުވިއެވެ.) "ކަލޭ ކަލޭގެ ސާހިބުމީހާގާތަށް ދާށެވެ! އެބަހީ: ރަސްގެފާނުންގެއަރިހަށް ދާށެވެ! އަދި އެމަނިކުފާނަށް ދަންނަވާށެވެ! އެކަނބަލުންގެ އަތްތައް ކޮށި އަންހެނުންގެ مقصد އަކީ ކޮބައިތޯ އެކަނބަލުންކުރެ އައްސަވާށޭ އެރަސްގެފާނަށް ދަންނަވާށެވެ." (ދެން އެމީހާ އަނބުރާ އައިސް އެވާހަކަ ރަސްގެފާނަށް ދެންނެވުމުން އެރަސްގެފާނު އެކަނބަލުން ގެންނަވާ ވިދާޅުވިއެވެ.)

12:51

قَالَ مَا خَطۡبُكُنَّ إِذۡ رَٰوَدتُّنَّ يُوسُفَ عَن نَّفۡسِهِۦۚ قُلۡنَ حَٰشَ لِلَّهِ مَا عَلِمۡنَا عَلَيۡهِ مِن سُوٓءٖۚ قَالَتِ ٱمۡرَأَتُ ٱلۡعَزِيزِ ٱلۡـَٰٔنَ حَصۡحَصَ ٱلۡحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفۡسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴿51﴾

Transliteration: Qala ma khatbukunna ith rawadtunna yoosufa AAan nafsihi qulna hasha lillahi ma AAalimna AAalayhi min sooin qalati imraatu alAAazeezi alana hashasa alhaqqu ana rawadtuhu AAan nafsihi wainnahu lamina alssadiqeena

Translation: ކަލޭމެން يوسف ގެފާނުންގެ نفس ފުޅު شهوة ގެފަރާތަށް ލެންބުމުގެ مقصد އަކީ ފަހެ ކޮބައިހެއްޔެވެ؟ އެކަލޭގެފާނުންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެކަނބަލުން ދެންނެވިއެވެ. ﷲ ގެ حضرة ން ސަލާމަތްއެދެމެވެ. އެކަލޭގެފާނުންގެ ފަރާތުން އެއްވެސް ކުށެއް ނުބައެއް އަހުރެމެންނަކަށް އެނގިގެން ނުވެއެވެ. عزيز ގެ އަނބިކަނބަލުން ވިދާޅުވިއެވެ. މިހާރު حقّ ފައުޅުވެ بيان ވީއެވެ. އެކަލޭގެފާނުންގެ نفس ފުޅު ލަންބައި فاحش ކަމުގެތެރެއަށް ގެނައުމަށް މަސައްކަތްކުރީ އަހުރެންނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުވަނީ ކަނޑައެޅިގެން ތެދުވެރިންގެތެރެއިންނެވެ.

12:52

ذَٰلِكَ لِيَعۡلَمَ أَنِّي لَمۡ أَخُنۡهُ بِٱلۡغَيۡبِ وَأَنَّ ٱللَّهَ لَا يَهۡدِي كَيۡدَ ٱلۡخَآئِنِينَ ﴿52﴾

Transliteration: Thalika liyaAAlama annee lam akhunhu bialghaybi waanna Allaha la yahdee kayda alkhaineena

Translation: އެގޮތަކީ މިވާހަކަ އަހުރެންމިބަޔާންކުރަނީ ހަމަކަށަވަރުން އަހުރެންނަކީ އަހުރެންގެ ފިރިމީހާ ނެތް غيب ގައި އޭނާޔަށް خيانة ތެރިނުވާ މީހެއްކަން އޭނާއަށް އެންގުމަށެވެ. އަދި ހަމަކަށަވަރުން خيانة ތެރިންގެ މަކަރާއި ރޭވުން ﷲ ކާމިޔާބު ނުކުރައްވައެވެ.) މިއީ عزيز ގެ އަނބިކަނބަލުން زليخا ގެ ވާހަކަ ކަމުގައިވެއެވެ. އަދި ދެން އަންނަ އާޔަތުގައިވެސް އެވަނީ އެކަމަނާގެ ވާހަކަކަމުގައިވިއެވެ. (\nދަންނައެވެ! މިއާޔަތުގެ تفسير ގައި مفسّر ންގެ ބަސް ވަރަށްތަފާތެވެ. އެއާޔަތުގައި އެވާ ވާހަކައަކީ يوسف عليه السّلام ދެއްކެވި ވާހަކަފުޅެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވިއެވެ. އަޅުގަނޑު ލިޔެފައި އެވަނީ تفسير ابن كثير ގައި رَاجِعُ ކުރައްވާފައިވާ ގޮތެވެ. އެގޮތް ބާވައިލެއްވުމުގެ سياق އާއި ގުޅުން ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. (والله أعلم)

12:53

وَمَآ أُبَرِّئُ نَفۡسِيٓۚ إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّيٓۚ إِنَّ رَبِّي غَفُورٞ رَّحِيمٞ ﴿53﴾

Transliteration: Wama obarrio nafsee inna alnnafsa laammaratun bialssooi illa ma rahima rabbee inna rabbee ghafoorun raheemun

Translation: އަދި އަހުރެން އަހުރެންގެ نفس ބަރީއަ ނުކުރަމެވެ. އެހެނީ ހަމަކަށަވަރުން نفس އަކީ ނުބައިކަންތަކަށް أمر ކުރާ އެއްޗެކެވެ. ﷲ رحمة ލެއްވި نفس އެއްމެނުވީއެވެ. ހަމަކަށަވަރުން ތިމަންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެއެވެ. (މިއާޔަތް މިވަނީ ހަމަކުރީ އާޔަތާ ގުޅިފައެވެ.) އެކެއްގެ ވާހަކައެވެ. (والله أعلم)

12:54

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦٓ أَسۡتَخۡلِصۡهُ لِنَفۡسِيۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلۡيَوۡمَ لَدَيۡنَا مَكِينٌ أَمِينٞ ﴿54﴾

Transliteration: Waqala almaliku itoonee bihi astakhlishu linafsee falamma kallamahu qala innaka alyawma ladayna makeenun ameenun

Translation: އަދި ރަސްގެފާނު ވިދާޅުވިއެވެ. " އަހުރެންގާތަށް ކަލޭމެން އެކަލޭގެފާނު ގެންނާށެވެ! އަހުރެން އަހުރެންގެ އަމިއްލަ نفس އަށް އޭނާ خاصّ ކުރާހުށީމެވެ.) ދެންފަހެ އެކަލޭގެފާނު ޖަލުން ގެންނަވައި އެކަލޭގެފާނާއި ރަސްގެފާނު ވާހަކަފުޅު ދެއްކެވިހިނދުން ވިދާޅުވިއެވެ. (ހަމަކަށަވަރުން މިއަދު ކަލޭގެފާނަކީ އަހުރެންގެގާތުގައި ދަރަޖަޔާއި قدر ހުރި أمانة ތެރިއެކެވެ. މާތްމީހެކެވެ."

12:55

قَالَ ٱجۡعَلۡنِي عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٞ ﴿55﴾

Transliteration: Qala ijAAalnee AAala khazaini alardi innee hafeethun AAaleemun

Translation: އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "ބިމުގެ خزانة ތަކުގެމައްޗަށް އެބަހީ: ރަށުގެ ماليّة މައްޗަށް ތިމަންކަލޭގެފާނު ވެރިކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަމުގެމައްޗަށް ރައްކާތެރިވާ އަދި އެކަން ދެނެހުރި މީހަކީމެވެ. (އެކަމަށްޓަކައި ﷲ وحي ކުރެއްވިއެވެ.)

12:56

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ يَتَبَوَّأُ مِنۡهَا حَيۡثُ يَشَآءُۚ نُصِيبُ بِرَحۡمَتِنَا مَن نَّشَآءُۖ وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴿56﴾

Transliteration: Wakathalika makanna liyoosufa fee alardi yatabawwao minha haythu yashao nuseebu birahmatina man nashao wala nudeeAAu ajra almuhsineena

Translation: ތިމަންރަސްކަލާނގެ يوسف (عليه السّلام) އަށް (مصر ގެ) ބިމުގައި تمكين ކޮށްދެއްވައި ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު އެދިވަޑައިގަންނަވާފަދައަކުން އެބިމުން އެކަލޭގެފާނު މަންޒިލެއް ހިއްޕަވައި ވަޒަންވެރިވެވަޑައިގެންނެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ތިމަންރަސްކަލާނގެ رحمة ތިމަންރަސްކަލާނގެ ދިމާކުރައްވައެވެ. رحمة ލައްވަމެވެ. إحسان ތެރިންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވަމެވެ.

12:57

وَلَأَجۡرُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ﴿57﴾

Transliteration: Walaajru alakhirati khayrun lillatheena amanoo wakanoo yattaqoona

Translation: އަދި آخرة ގެ ދަރުމަ އީމާންވެ تقوى ވެރިވާމީހުންނަށް މާހެޔޮވެގެންވެއެވެ.

12:58

وَجَآءَ إِخۡوَةُ يُوسُفَ فَدَخَلُواْ عَلَيۡهِ فَعَرَفَهُمۡ وَهُمۡ لَهُۥ مُنكِرُونَ ﴿58﴾

Transliteration: Wajaa ikhwatu yoosufa fadakhaloo AAalayhi faAAarafahum wahum lahu munkiroona

Translation: އަދި يوسف عليه السّلام ގެ أخ ން އަތުވެއްޖެއެވެ. އަދި އެކަލޭގެފާނުންގެ އަރިހަށް އެމީހުން ހިނގައްޖެއެވެ. އަދި އެކަލޭގެފާނަށް އެމީހުން އެނގިވަޑައިގެންފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނު ނޭނގޭ ބަޔަކުކަމުގައެވެ.

12:59

وَلَمَّا جَهَّزَهُم بِجَهَازِهِمۡ قَالَ ٱئۡتُونِي بِأَخٖ لَّكُم مِّنۡ أَبِيكُمۡۚ أَلَا تَرَوۡنَ أَنِّيٓ أُوفِي ٱلۡكَيۡلَ وَأَنَا۠ خَيۡرُ ٱلۡمُنزِلِينَ ﴿59﴾

Transliteration: Walamma jahhazahum bijahazihim qala itoonee biakhin lakum min abeekum ala tarawna annee oofee alkayla waana khayru almunzileena

Translation: އަދި އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތަކެތި ތައްޔާރުކޮށްދެއްވާ (ދަތުރަށް ފުރަންވީހިނދުން) ވިދާޅުވިއެވެ. "ކަލޭމެންނަށްވާ أخ (بنيا مين) ކަލޭމެންގެ ބައްޕަގެ އަރިހުން ލިބިގަނެގެން އޭނާ ތިމަންކަލޭގެފާނު އަރިހަށް ގެނަސްދޭށެވެ!" މިނުން އެންމެ ރަނގަޅަށް ފުރިހަމަކޮށްދެނީ ތިމަންކަލޭގެފާނުންކަން ކަލޭމެން ނުދެކެމުހެއްޔެވެ؟ އަދި ތިމަންކަލޭގެފާނީ މެހްމާނުންނަށް އެންމެ ހެޔޮކޮށް މެހްމާންދާރީ އަދާކުރާ މީހާއެވެ. (އެކަންވެސް ކަލޭމެންނަށް އެނގޭނެއެވެ.)

12:60

فَإِن لَّمۡ تَأۡتُونِي بِهِۦ فَلَا كَيۡلَ لَكُمۡ عِندِي وَلَا تَقۡرَبُونِ ﴿60﴾

Transliteration: Fain lam tatoonee bihi fala kayla lakum AAindee wala taqrabooni

Translation: "ފަހެ ކަލޭމެން އޭނާ ތިމަންކަލޭގެފާނުންގެ އަރިހަށް ނުގެނައީވިއްޔާ ތިމަންކަލޭގެފާނުގެ ގާތުން ދެން ކަލޭމެނަށް މިނެދިނުމެއް ނެތެވެ. (ވިޔަފާރިއެއް ނެތެވެ.) އަދި ތިމަންކަލޭގެފާނު ގެ ކައިރިޔަށް ކަލޭމެން ނާންނާށެވެ!"

12:61

قَالُواْ سَنُرَٰوِدُ عَنۡهُ أَبَاهُ وَإِنَّا لَفَٰعِلُونَ ﴿61﴾

Transliteration: Qaloo sanurawidu AAanhu abahu wainna lafaAAiloona

Translation: އެމީހުން ދެންނެވިއެވެ. "އަހުރެމެން އޭނާ ގެނެވޭތޯ އޭނާގެ ބައްޕަގެ އަރިހުން އެދޭނަމެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އެކަންވޭތޯ ބަލާނަމެވެ. އެކަންކުރާނަމެވެ."

12:62

وَقَالَ لِفِتۡيَٰنِهِ ٱجۡعَلُواْ بِضَٰعَتَهُمۡ فِي رِحَالِهِمۡ لَعَلَّهُمۡ يَعۡرِفُونَهَآ إِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمۡ لَعَلَّهُمۡ يَرۡجِعُونَ ﴿62﴾

Transliteration: Waqala lifityanihi ijAAaloo bidaAAatahum fee rihalihim laAAallahum yaAArifoonaha itha inqalaboo ila ahlihim laAAallahum yarjiAAoona

Translation: އަދި އެކަލޭގެފާނު (يوسف عليه السلام) އެކަލޭގެފާނުންގެ غُلام ންނަށް ވިދާޅުވިއެވެ. "އެމީހުން ކާނާގަންނަން ގެނައި ތަކެތި (އެމީހުންނަށް ނޭނގޭގޮތަށް) އެމީހުންގެ ދަތުރުސާމާނުތަކުގެތެރެއަށް ލާށެވެ! އަނބުރާ ގެންދާށެވެ! އެމީހުން އެމީހުންގެ أهل ވެރިންގާތަށް އެނބުރި ހިނގައްޖެއްޔާ އެތަކެތި އެމީހުންނަށް ރައްދުވެފައިވާކަން އެންގެވުމަށްޓަކައެވެ. އަދި އެއީ އެމީހުން އަނބުރާ އައުމުގެ أمّيد ގައެވެ."

12:63

فَلَمَّا رَجَعُوٓاْ إِلَىٰٓ أَبِيهِمۡ قَالُواْ يَـٰٓأَبَانَا مُنِعَ مِنَّا ٱلۡكَيۡلُ فَأَرۡسِلۡ مَعَنَآ أَخَانَا نَكۡتَلۡ وَإِنَّا لَهُۥ لَحَٰفِظُونَ ﴿63﴾

Transliteration: Falamma rajaAAoo ila abeehim qaloo ya abana muniAAa minna alkaylu faarsil maAAana akhana naktal wainna lahu lahafithoona

Translation: ފަހެ އެމީހުން އެމީހުންގެ ބައްޕަގެގާތަށް އެނބުރި رجوع ވީހިނދުން އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންނަށް ކާނާދިނުން މަނާވެވިއްޖެއެވެ. (އެއީ އަހުރެމެންގެ أخ بُنْيَامِين އަހުރެމެންނާއެކު ނުގެންދިޔައްޔާއެވެ.) ފަހެ އެހެންވެ އަހުރެމެންގެ أخ އަހުރެމެންނާ އެކު ފޮނުއްވާދެއްވާށެވެ! އޭރުން އަހުރެމެންނަށް މިނެވޭނެއެވެ. (ކާނާ ލިބޭނެއެވެ.) އަދި ހަމަކަށަވަރުން އަހުރެމެންވާހުށީ އޭނާއަށް ރައްކާތެރިވާ ބަޔަކުކަމުގައެވެ."

12:64

قَالَ هَلۡ ءَامَنُكُمۡ عَلَيۡهِ إِلَّا كَمَآ أَمِنتُكُمۡ عَلَىٰٓ أَخِيهِ مِن قَبۡلُ فَٱللَّهُ خَيۡرٌ حَٰفِظٗاۖ وَهُوَ أَرۡحَمُ ٱلرَّـٰحِمِينَ ﴿64﴾

Transliteration: Qala hal amanukum AAalayhi illa kama amintukum AAala akheehi min qablu faAllahu khayrun hafithan wahuwa arhamu alrrahimeena

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "މީގެކުރީ ކަލޭމެންގެ أخ (يوسف) ގެމައްޗަށް ކަލޭމެން އަމާންވީފަދައިން މެނުވީ ކަލޭމެން މީނާގެމައްޗަށްވެސް އަމާންވެ ރައްކާތެރިވާނެހެއްޔެވެ؟ (އެބަހީ: ވާނީ ހަމައެގޮތެވެ.) ފަހެ، ރައްކާތެރި ކުރެއްވުމުގެގޮތުން ﷲ މާ ހެވެވެ. އަދި އެކަލާނގެއީ رحم ކުރާފަރާތްތަކުގެ ތެރެއިން رَحم އެންމެބޮޑު ކަލާނގެއެވެ."

12:65

وَلَمَّا فَتَحُواْ مَتَٰعَهُمۡ وَجَدُواْ بِضَٰعَتَهُمۡ رُدَّتۡ إِلَيۡهِمۡۖ قَالُواْ يَـٰٓأَبَانَا مَا نَبۡغِيۖ هَٰذِهِۦ بِضَٰعَتُنَا رُدَّتۡ إِلَيۡنَاۖ وَنَمِيرُ أَهۡلَنَا وَنَحۡفَظُ أَخَانَا وَنَزۡدَادُ كَيۡلَ بَعِيرٖۖ ذَٰلِكَ كَيۡلٞ يَسِيرٞ ﴿65﴾

Transliteration: Walamma fatahoo mataAAahum wajadoo bidaAAatahum ruddat ilayhim qaloo ya abana ma nabghee hathihi bidaAAatuna ruddat ilayna wanameeru ahlana wanahfathu akhana wanazdadu kayla baAAeerin thalika kaylun yaseerun

Translation: އަދި އެމީހުން އެމީހުންގެ ދަތުރުގެސާމާނުތައް ހުޅުވިހިނދު އެމީހުން ކާނާގަންނަން ގެންދިޔަތަކެތި އަނބުރާ އެމީހުންނަށް ރައްދުކުރެވިގެންވަނިކޮށް އެމީހުން ދެކެފިއެވެ. އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާފުޅާއެވެ! މީގެއިތުރަށް ދެން އަހުރެމެން އެދޭނީ ކޮންއެއްޗެއްހެއްޔެވެ؟ / ނުވަތަ މިއީ އަހުރެމެން އެދޭގޮތެއްނޫނެވެ. މިހުރީ އަހުރެމެން ގެންދިޔަތަކެތި އަނބުރާ އަހުރެމެންނަށް ރައްދުކުރެވިފައެވެ. (ވީމާ އަހުރެމެން އަލުންދާނީއެވެ.) އަދި އަހުރެމެން އަހުރެމެންގެ أهل ވެރިންނަށް ކާނާ ގެނަސްދޭނީއެވެ. އަދި އަހުރެމެން ގެ أخ އާއަށް އަހުރެމެން ރައްކާތެރިވާނަމެވެ. އަދި އިތުރު بعير އެއްގެކާނާ (އިތުރު جمل އެއް ބަރުކޮށް ކާނާ) އަހުރެމެންނަށް ލިބޭނެއެވެ. އެއީ (އެރަސްގެފާނުންގެ نسبة ގައި) ދާދިފަސޭހަ މިނެދިނުމެކެވެ."

12:66

قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ﴿66﴾

Transliteration: Qala lan orsilahu maAAakum hatta tutooni mawthiqan mina Allahi latatunnanee bihi illa an yuhata bikum falamma atawhu mawthiqahum qala Allahu AAala ma naqoolu wakeelun

Translation: އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އޭނާ އަނބުރާ ގެނަސްދޭނެކަމުގެމައްޗަށް އިތުބާރުކުރެވޭފަދަ عهد ކަށަވަރެއް ކަލޭމެން ގެނަސްދިނިއްޔާމެނުވީ، އެބަހީ: ﷲ ގަންދީ އެގޮތަށް ހުވައިކުރިއްޔާމެނުވީ ތިމަންކަލޭގެފާނު ކަލޭމެނާއެކު އޭނާ ނުފޮނުވާނަމެވެ. އެއީ އޭނާޔާއިގެން ކަލޭމެންނަށް ނާދެވޭފަދަ مصيبة އެއް ކަލޭމެނަށް ޖެހުނިއްޔާމެނުވީއެވެ." (ދެން އެމީހުން އެކަލޭގެފާނަށް އެ عهد ކަށަވަރުދެއްވީއެވެ.) ދެންފަހެ އެމީހުން އެ عهد ކަށަވަރު ދެއްވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެމެން މިދެއްކި ވާހަކަޔާއި عهد ކަށަވަރާ މެދު ﷲ އާ وكيل އެވެ." (އޭގެފަހުގައި އެކަލޭގެފާނު އެމީހުންނާ އެ أخ حوال ކުރެއްވީއެވެ.)

12:67

وَقَالَ يَٰبَنِيَّ لَا تَدۡخُلُواْ مِنۢ بَابٖ وَٰحِدٖ وَٱدۡخُلُواْ مِنۡ أَبۡوَٰبٖ مُّتَفَرِّقَةٖۖ وَمَآ أُغۡنِي عَنكُم مِّنَ ٱللَّهِ مِن شَيۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَيۡهِ تَوَكَّلۡتُۖ وَعَلَيۡهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ ﴿67﴾

Transliteration: Waqala ya baniyya la tadkhuloo min babin wahidin waodkhuloo min abwabin mutafarriqatin wama oghnee AAankum mina Allahi min shayin ini alhukmu illa lillahi AAalayhi tawakkaltu waAAalayhi falyatawakkali almutawakkiloona

Translation: އަދި يعقوب عليه السّلام ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (އެރަށަށްގޮސް) އެންމެން އެއްމަގަކުން ނުދާށެވެ! އަދި ތަފާތު މަގުތަކުންދާށެވެ! އަދި ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސްކަމެއް -އެބަހީ: އެކަލާނގެ قَضَاقَدَر ނިޔާކޮށްފި އެއްވެސްކަމަކުން ކަލޭމެނަށް އަތުވެދާނޭ އެއްވެސް ނުރައްކަލަކުން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް ފުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް ކަމެއްގެ حكم ﷲ ގެ حضرة ން މެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނު މި وكيل ކުރީ ހަމަ ﷲ އާ އެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާ ހުށިކަމެވެ."

12:68

وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿68﴾

Transliteration: Walamma dakhaloo min haythu amarahum aboohum ma kana yughnee AAanhum mina Allahi min shayin illa hajatan fee nafsi yaAAqooba qadaha wainnahu lathoo AAilmin lima AAallamnahu walakinna akthara alnnasi la yaAAlamoona

Translation: އަދި އެމީހުން އެމީހުންގެ ބައްޕަ އެ އެންގެވިގޮތުގެމަތީން އެރަށަށް ވަތްހިނދުން ﷲ ގެ حضرة ންވާ އެއްވެސްކަމަކުން ކަމެއް އެމީހުންގެފަރާތުން ފުއްދައިދިންކަމެއްކަމުގައި އެކަން ނުވިއެވެ. އެއީ ހަމައެކަނި يعقوب عليه السّلام އެކަލޭގެފާނު ގެ އަމިއްލަ نفس ފުޅަށް ފައުޅުކޮށްލި ބޭނުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ އެބަހީ: يعقوب عليه السّلام އަކީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އުގަންނަވައިދެއްވި ތަކެތި ދެނެހުންނެވި ބޭކަލެއްކަމުގައިވިއެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.

12:69

وَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَخَاهُۖ قَالَ إِنِّيٓ أَنَا۠ أَخُوكَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَعۡمَلُونَ ﴿69﴾

Transliteration: Walamma dakhaloo AAala yoosufa awa ilayhi akhahu qala innee ana akhooka fala tabtais bima kanoo yaAAmaloona

Translation: އަދި އެމީހުން يوسف (عليه السّلام) ގެ އަރިހަށް ވަތްހިނދުން އެކަލޭގެފާނު ގެ أخ އެކަލޭގެފާނު ގެ އަރިހަށް ގާތްކޮށްލެއްވިއެވެ. އަދި އެކަލޭގެފާނާ އެއްމަންޒިލެއްގައި ތިބޭގޮތަށް ހަމަޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނީ ކަލޭގެ أخ (يوسف) އެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ހިތާމަކޮށް ނާއުއްމީދު ނުވާށެވެ!"

12:70

فَلَمَّا جَهَّزَهُم بِجَهَازِهِمۡ جَعَلَ ٱلسِّقَايَةَ فِي رَحۡلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلۡعِيرُ إِنَّكُمۡ لَسَٰرِقُونَ ﴿70﴾

Transliteration: Falamma jahhazahum bijahazihim jaAAala alssiqayata fee rahli akheehi thumma aththana muaththinun ayyatuha alAAeeru innakum lasariqoona

Translation: ދެންފަހެ އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތައްޔާރީއެއްކުރައްވާ (ފުރަންވީ) ހިނދު އެކަލޭގެފާނުންގެ أخ ގެ ސާމާނުއަޅާ އެތީގެތެރެއަށް މީސްތަކުންނަށް މިނެދޭއެތި ލައްވައި ވަންހަނާކުރައްވައިފިއެވެ. ދެން ގޮވާމީހަކު ގޮވައިފިއެވެ. އޭ قافلة ގެ أهل ވެރިންނޭވެ! "ހަމަކަށަވަރުން ކަލޭމެންނަކީ ވަގުންކަން ކަށަވަރެވެ."

12:71

قَالُواْ وَأَقۡبَلُواْ عَلَيۡهِم مَّاذَا تَفۡقِدُونَ ﴿71﴾

Transliteration: Qaloo waaqbaloo AAalayhim matha tafqidoona

Translation: އަދި އެގޮވާމީހުންނާ ކުރިމަތިލައި އެ قافلة ގެ أهل ވެރިން ބުންޏެވެ. ކަލޭމެނަށް ގެއްލުނީ ކޮންއެއްޗެއްހެއްޔެވެ؟

12:72

قَالُواْ نَفۡقِدُ صُوَاعَ ٱلۡمَلِكِ وَلِمَن جَآءَ بِهِۦ حِمۡلُ بَعِيرٖ وَأَنَا۠ بِهِۦ زَعِيمٞ ﴿72﴾

Transliteration: Qaloo nafqidu suwaAAa almaliki waliman jaa bihi himlu baAAeerin waana bihi zaAAeemun

Translation: އެމީހުން ބުންޏެވެ. އަހުރެމެންނަށް ގެއްލުނީ މީސްތަކުންނަށް މިނެދޭން ގެންގުޅޭ އެއްޗެވެ. އަދި އެގެނަސްދިންމީހަކަށް جمل އެއް ބަރުކޮށް މުދާދޭހުށީމެވެ. އަދި އަހުރެން މިވަނީ އެމީހަކަށް އެދިނުމާމެދު حوال ވެގެންނެވެ.

12:73

قَالُواْ تَٱللَّهِ لَقَدۡ عَلِمۡتُم مَّا جِئۡنَا لِنُفۡسِدَ فِي ٱلۡأَرۡضِ وَمَا كُنَّا سَٰرِقِينَ ﴿73﴾

Transliteration: Qaloo taAllahi laqad AAalimtum ma jina linufsida fee alardi wama kunna sariqeena

Translation: يوسف ގެފާނު ގެ أخ ން ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހުރެމެން އައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ކަލޭމެނަށް ރަނގަޅަށް އެނގިފައިވާނެއެވެ. އަދި އަހުރެމެންނަކީ ވަގުންނެއްނޫނެވެ."

12:74

قَالُواْ فَمَا جَزَـٰٓؤُهُۥٓ إِن كُنتُمۡ كَٰذِبِينَ ﴿74﴾

Transliteration: Qaloo fama jazaohu in kuntum kathibeena

Translation: އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެމީހުން ބުންޏެވެ.) "ކަލޭމެން ދޮގުވެރިން ކަމުގައިވަންޏާ ދެން އެކަމުގެ جزاء އަކީ ކޮބައިހެއްޔެވެ؟" (އެބަހީ: ވައްކަންކުރިކަން ސާބިތުވެއްޖެއްޔާ ދެން އެކަމުގެ ޖަޒާއަކީ ކޮބައިހެއްޔެވެ؟)

12:75

قَالُواْ جَزَـٰٓؤُهُۥ مَن وُجِدَ فِي رَحۡلِهِۦ فَهُوَ جَزَـٰٓؤُهُۥۚ كَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ ﴿75﴾

Transliteration: Qaloo jazaohu man wujida fee rahlihi fahuwa jazaohu kathalika najzee alththalimeena

Translation: يوسف ގެފާނު ގެ أخ ން ބުންޏެވެ. "އެމީހެއްގެ ދަތުރުފޮށިން އެއެއްޗެއް ފެނެވިއްޖެ މީހާގެ ޖަޒާއަކީ ވައްކަންކުރިމީހަކަށް އެއޮންނަ ޖަޒާއެވެ. އަހުރެމެން އަނިޔާވެރިންނަށް ޖަޒާދެއްވަނި އެފަދައިންނެވެ." • ދަންނައެވެ. (ބުނެވެނީ يوسف ގެފާނު ގެ أخ ންގެތެރޭގައި އޮންނަ قواعد އަކީ މީހަކު ވައްކަންކޮށްފިއްޔާ އެމީހަކު އަޅެއްގެގޮތުގައި އެއްއަހަރުވާންދެން ވަގަށް ސާމާނު ނެގެވުނު އެ މީހާއާ حوال ކުރުމެވެ. والله أعلم)

12:76

فَبَدَأَ بِأَوۡعِيَتِهِمۡ قَبۡلَ وِعَآءِ أَخِيهِ ثُمَّ ٱسۡتَخۡرَجَهَا مِن وِعَآءِ أَخِيهِۚ كَذَٰلِكَ كِدۡنَا لِيُوسُفَۖ مَا كَانَ لِيَأۡخُذَ أَخَاهُ فِي دِينِ ٱلۡمَلِكِ إِلَّآ أَن يَشَآءَ ٱللَّهُۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ وَفَوۡقَ كُلِّ ذِي عِلۡمٍ عَلِيمٞ ﴿76﴾

Transliteration: Fabadaa biawAAiyatihim qabla wiAAai akheehi thumma istakhrajaha min wiAAai akheehi kathalika kidna liyoosufa ma kana liyakhutha akhahu fee deeni almaliki illa an yashaa Allahu narfaAAu darajatin man nashao wafawqa kulli thee AAilmin AAaleemun

Translation: ދެންފަހެ يوسف عليه السّلام އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރެއްވުމަށްވުރެ ކުރިން ދެންތިބި އެހެނިހެން أخ ންގެ ސާމާނުތައް ޗެކްކުރައްވަން ފެއްޓެވިއެވެ. ދެން އޭގެފަހުން އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރައްވައި އޭގެތެރެއިން އެގެއްލުނު އެތި ނެރުއްވައިފިއެވެ. ތިމަންރަސްކަލާގެ يوسف عليه السّلام އަށް އެކަލޭގެފާނުންގެ أخ ހިފެހެއްޓެވުމަށް ރާވައިދެއްވީ އެފަދައިންނެވެ. ﷲ އިރާދަކުރެއްވިއްޔާމެނުވީ އެކަލޭގެފާނުންގެ أخ، ރަސްގެފާނުންގެ حَيثية ން ހިފެހެއްޓެވުމެއް އެކަލޭގެފާނަކަށް ނުވެއެވެ. (އެހެން ހެދުމުގެ އެއްވެސް حقّ އެއްނެތެވެ.) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިއަޅަކު އެތައް ދަރަޖައަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމުއެވެ. އަދި ކޮންމެ عالم އެއްގެމަތީ އެއަށްވުރެ މަތީ އެހެން عالم އަކުވެއެވެ. އަދި އެހުރިހާ عالم ންގެމައްޗަށް ﷲ މަތިވެރިވެވޮޑިގެންވެއެވެ.

12:77

قَالُوٓاْ إِن يَسۡرِقۡ فَقَدۡ سَرَقَ أَخٞ لَّهُۥ مِن قَبۡلُۚ فَأَسَرَّهَا يُوسُفُ فِي نَفۡسِهِۦ وَلَمۡ يُبۡدِهَا لَهُمۡۚ قَالَ أَنتُمۡ شَرّٞ مَّكَانٗاۖ وَٱللَّهُ أَعۡلَمُ بِمَا تَصِفُونَ ﴿77﴾

Transliteration: Qaloo in yasriq faqad saraqa akhun lahu min qablu faasarraha yoosufu fee nafsihi walam yubdiha lahum qala antum sharrun makanan waAllahu aAAlamu bima tasifoona

Translation: يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭނާ ވައްކަންކުރިޔަސް (އެއީ އަދި އާކަމެއްނޫނެވެ.) މީގެކުރިން އޭނާއަށްވާ އެހެން أخ އެއްވެސް ވައްކަންކުރިއެވެ." (އެމީހުންގެ އެބަހުން މުރާދުކުރަނީ يوسف عليه السّلامއެވެ.) ފަހެ يوسف عليه السّلام އެކަލޭގެފާނުންގެ نفس ފުޅުގައި އެމީހުންގެ އެ كلمة ވަންހަނާކުރެއްވިއެވެ. އަދި އެ كلمة އެމީހުންނަށް ފައުޅުނުކޮށް ދެއްވައެވެ. ވިދާޅުވިއެވެ. "މަކާނާއި ތަނުގެގޮތުން ކަލޭމެން ނުބައިވެގެންވެއެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ."

12:78

قَالُواْ يَـٰٓأَيُّهَا ٱلۡعَزِيزُ إِنَّ لَهُۥٓ أَبٗا شَيۡخٗا كَبِيرٗا فَخُذۡ أَحَدَنَا مَكَانَهُۥٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ﴿78﴾

Transliteration: Qaloo ya ayyuha alAAazeezu inna lahu aban shaykhan kabeeran fakhuth ahadana makanahu inna naraka mina almuhsineena

Translation: يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) ހަމަކަށަވަރުން އޭނާއަށް عُمر ން ދުވަސްވި މުސްކުޅި ބައްޕަ އެއްވެއެވެ. (އެކުއްޖާޔާނުލައި އެބައްޕައަށް އުޅެން ވަރަށްދަތިވާނެއެވެ.) ފަހެ އެހެންވެ އޭނާގެ ބަދަލުގައި އަހުރެމެންގެތެރެއިން އެކަކު ބަހައްޓަވައިދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެންދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެ ތެރެއިންނެވެ."

12:79

قَالَ مَعَاذَ ٱللَّهِ أَن نَّأۡخُذَ إِلَّا مَن وَجَدۡنَا مَتَٰعَنَا عِندَهُۥٓ إِنَّآ إِذٗا لَّظَٰلِمُونَ ﴿79﴾

Transliteration: Qala maAAatha Allahi an nakhutha illa man wajadna mataAAana AAindahu inna ithan lathalimoona

Translation: އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "އެމީހެއްގެއަތުން އަހުރެމެންގެ އެތި ފެނުނުމީހާ ނޫން އެހެންމީހަކު އަހުރެމެން ހިފުމާމެދު ﷲ ގެ حضرة ން ރައްކާތެރިކަމާއި ސަލާމަތްކަންއެދެމެވެ. އެބަހީ: އެހެން ހަދާކަށް ނުކުރޭނެއެވެ. އަދި އެހެން ހަދައިފިނަމަ ހަމަކަށަވަރުން އަހުރެމެންނަކީ ކަނޑައެޅިގެން އަނިޔާވެރިންނެވެ."

12:80

فَلَمَّا ٱسۡتَيۡـَٔسُواْ مِنۡهُ خَلَصُواْ نَجِيّٗاۖ قَالَ كَبِيرُهُمۡ أَلَمۡ تَعۡلَمُوٓاْ أَنَّ أَبَاكُمۡ قَدۡ أَخَذَ عَلَيۡكُم مَّوۡثِقٗا مِّنَ ٱللَّهِ وَمِن قَبۡلُ مَا فَرَّطتُمۡ فِي يُوسُفَۖ فَلَنۡ أَبۡرَحَ ٱلۡأَرۡضَ حَتَّىٰ يَأۡذَنَ لِيٓ أَبِيٓ أَوۡ يَحۡكُمَ ٱللَّهُ لِيۖ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ﴿80﴾

Transliteration: Falamma istayasoo minhu khalasoo najiyyan qala kabeeruhum alam taAAlamoo anna abakum qad akhatha AAalaykum mawthiqan mina Allahi wamin qablu ma farrattum fee yoosufa falan abraha alarda hatta yathana lee abee aw yahkuma Allahu lee wahuwa khayru alhakimeena

Translation: ދެން އެމީހުން (އެކަލޭގެފާނާ އެރޮނގުން ވާހަކަދައްކާ ގޮތެއް ނުފެނި) މާޔޫސްވީހިނދުން އެމީހުން އެކަނިއެކަނިން ސިއްރު ޖަލްސާކޮށްފިއެވެ. އެމީހުންގެ ބޮޑަށްހުރި މީހާ ބުންޏެވެ. (އެއީ رُوبيل ނުވަތަ شمعُون އެވެ.) "ކަލޭމެންގެ ބައްޕަ ހަމަކަށަވަރުން ﷲ ގެ حضرة ން عهد ކަށަވަރު ހިތްޕެވިކަން ނޭނގޭހެއްޔެވެ؟ (އެބަހީ: އެކަން އެނގޭނެއެވެ.) އެއީ އެ أخ ބައްޕަގެ އަރިހަށް އަނބުރާގެނައުމުގެ މައްޗަށާއި އަދި މީގެކުރީ يوسفއާއިމެދު ކަލޭމެން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. ފަހެ އަހުރެންނަށް އަހުރެންގެ ބައްޕަ ދިއުމަށް އިޒުނަދޭންދެން ނުވަތަ ﷲ އަހުރެންނާމެދު حكم ކުރައްވަންދެން އަހުރެން މިބިމުން ވަކިނުވާނަމެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް حكم ކުރައްވާ ކަލާނގެއެވެ."

12:81

ٱرۡجِعُوٓاْ إِلَىٰٓ أَبِيكُمۡ فَقُولُواْ يَـٰٓأَبَانَآ إِنَّ ٱبۡنَكَ سَرَقَ وَمَا شَهِدۡنَآ إِلَّا بِمَا عَلِمۡنَا وَمَا كُنَّا لِلۡغَيۡبِ حَٰفِظِينَ ﴿81﴾

Transliteration: IrjiAAoo ila abeekum faqooloo ya abana inna ibnaka saraqa wama shahidna illa bima AAalimna wama kunna lilghaybi hafitheena

Translation: "ކަލޭމެން ކަލޭމެންގެ ބައްޕަގާތަށް އެނބުރިދާށެވެ! އަދި ކަލޭމެން ދަންނަވާ ށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން ބައްޕަގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި އަހުރެމެންނަށް އެނގިފައިވާ ކަމެއްގެމައްޗަށްމެނުވީ އަހުރެމެން ހެކިނުދެމެވެ. އަދި އަހުރެމެންނީ غيب އަށް ރައްކާތެރިވާބަޔަކީމެއް ނޫނެވެ. (އެބަހީ: އޭނާ ނިދާވަގުތު އޭނާ ރައްކާތެރިކުރާ ބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. ނުވަތަ އޭނާ ވައްކަންކުރާނެކަމުގެ ކުޑަވެސް އެނގުމެއް އަހުރެމެންނަކަށް ނުވެއެވެ.) "

12:82

وَسۡـَٔلِ ٱلۡقَرۡيَةَ ٱلَّتِي كُنَّا فِيهَا وَٱلۡعِيرَ ٱلَّتِيٓ أَقۡبَلۡنَا فِيهَاۖ وَإِنَّا لَصَٰدِقُونَ ﴿82﴾

Transliteration: Waisali alqaryata allatee kunna feeha waalAAeera allatee aqbalna feeha wainna lasadiqoona

Translation: "އަދި ކަލޭގެފާނު އަހުރެމެން އުޅުނުރަށުގެމީހުންނާ ސުވާލުކުރައްވާށެވެ! އަދި އަހުރެމެން އައި ގާފިލާގެ މީހުންނާވެސް ސުވާލުކުރައްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެންނީ ތެދުވެރީންނީމުއެވެ. (މިއީދޮގެއްތޯ އެމީހުންކުރެން އައްސަވާށެވެ!) " • ދެން މިބައިމީހުން އައިސް ބައްޕާ އަރިހުގައި މިހުރިހާ ވާހަކައެއް ދެންނެވީއެވެ. އަދި އެވާހަކަތައް އައްސަވާފައި އެކަލޭގެފާނު ވިދާޅުވިއެވެ.

12:83

قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٌۖ عَسَى ٱللَّهُ أَن يَأۡتِيَنِي بِهِمۡ جَمِيعًاۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ﴿83﴾

Transliteration: Qala bal sawwalat lakum anfusukum amran fasabrun jameelun AAasa Allahu an yatiyanee bihim jameeAAan innahu huwa alAAaleemu alhakeemu

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ؟ ކަލޭމެނަށް ކަލޭމެންގެ ނަފުސުތައް ކަމެއްކުރުމަށް ޒީނަތްތެރިކޮށްދިނީއެވެ. (އެއީ ކަލޭމެން ކުރުމަށް قصد ކޮށްފައިވާ ކަމެކެވެ.) ފަހެ ތިމަންކަލޭގެފާނުންގެ ކެތްތެރިކަމަކީ ރިވެތިވެގެންވާ ކެތްތެރިކަމެކެވެ. އަދި ﷲ އެހުރިހާ ކުދިން ތިމަންކަލޭގެފާނުންގެ އަރިހަށް ޖަމާކޮށްދެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."

12:84

وَتَوَلَّىٰ عَنۡهُمۡ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبۡيَضَّتۡ عَيۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِيمٞ ﴿84﴾

Transliteration: Watawalla AAanhum waqala ya asafa AAala yoosufa waibyaddat AAaynahu mina alhuzni fahuwa katheemun

Translation: އަދި އެކަލޭގެފާނު އެބަހީ: يعقوب (عليه السّلام) އެމީހުނާ ދުރަށް އެނބުރިވަޑައިގެންފުރަގަސްދެއްވިއެވެ. އަދި ވިދާޅުވިއެވެ. "އޭ يوسف ގެމައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" އަދި ހިތާމަފުޅުން (ކީރިތިކުރެއްވުމުގެ ސަބަބުން) އެކަލޭގެފާނުންގެ ދެލޯފުޅު މުޅިން ހުދުވެއްޖެއެވެ. ކަޅުކަޅިފުޅު މުޅިން ހުދުވެއްޖެއެވެ. އަދި އެކަލޭގެފާނުވަނީ ހިތާމަފުޅު ބޭރުނުކުރައްވައި އެތެރެއަށް ހިފަހައްޓަވައިގެންނެވެ. ނުވަތަ ހިތާމައިން ބަސްފުޅު ވިދާޅުނުވެވިގެން އެތެރެއަށް ހިފަހައްޓަވައިގެންނެވެ.

12:85

قَالُواْ تَٱللَّهِ تَفۡتَؤُاْ تَذۡكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوۡ تَكُونَ مِنَ ٱلۡهَٰلِكِينَ ﴿85﴾

Transliteration: Qaloo taAllahi taftao tathkuru yoosufa hatta takoona haradan aw takoona mina alhalikeena

Translation: އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނު يوسف ގެ ހަނދާންކުރެއްވުން ދޫނުކުރައްވައެވެ. އެއީ ކަލޭގެފާނުންގެ ބުއްދިފުޅާއި ހަށިކޮޅު މުޅިން ފަސާދަ ވެއްޖައުމަށް ދާންދެނެވެ. ނުވަތަ ކަލޭގެފާނު އަވަހާރަ ވެއްޖައުމަށް ދާންދެނެވެ."

12:86

قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ﴿86﴾

Transliteration: Qala innama ashkoo baththee wahuznee ila Allahi waaAAlamu mina Allahi ma la taAAlamoona

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ގެ މޮޅިޔާއި ހިތާމައިގެ شكوى ވާކަންކަށަވަރީ ﷲ ގެ حضرة އަށް خاصّ ވެގެންނެވެ. އަދި ކަލޭމެންނަށް ނޭނގޭކަންތައްތައް ތިމަންކަލޭގެފާނަށް ﷲ ގެ حضرة ން އެނގުން ބޮޑުވެގެންވެއެވެ."

12:87

يَٰبَنِيَّ ٱذۡهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلَا تَاْيۡـَٔسُواْ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا يَاْيۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَٰفِرُونَ ﴿87﴾

Transliteration: Ya baniyya ithhaboo fatahassasoo min yoosufa waakheehi wala tayasoo min rawhi Allahi innahu la yayasu min rawhi Allahi illa alqawmu alkafiroona

Translation: "އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (ދަތުރުކޮށް) ދާށެވެ! އަދި يوسف އާއި އޭނާގެ أخ ގެ خبر އެއްވޭތޯ ލިސާނެއްވޭތޯ ހޯދާބަލާށެވެ! އަދި ﷲ ގެ رحمة އާއި نعمة ން أمّيد ނުކަނޑާށެވެ! އެހެނީ ހަމަކަށަވަރުން ކާފަރުވެގެންވާބަޔަކުމެނުވީ ﷲ ގެ رحمة ން أمّيد ނުކަނޑާނެއެވެ." • ދެން މިބައިމީހުން އަލުންވެސް ދަތުރުކޮށްފާގޮސް يوسف ގެފާނު ގެ އަރިހަށް ދިޔައީއެވެ. އެވާހަކަ • ދެން އަންނަ އާޔަތްތަކުގައި އެވަނީއެވެ.

12:88

فَلَمَّا دَخَلُواْ عَلَيۡهِ قَالُواْ يَـٰٓأَيُّهَا ٱلۡعَزِيزُ مَسَّنَا وَأَهۡلَنَا ٱلضُّرُّ وَجِئۡنَا بِبِضَٰعَةٖ مُّزۡجَىٰةٖ فَأَوۡفِ لَنَا ٱلۡكَيۡلَ وَتَصَدَّقۡ عَلَيۡنَآۖ إِنَّ ٱللَّهَ يَجۡزِي ٱلۡمُتَصَدِّقِينَ ﴿88﴾

Transliteration: Falamma dakhaloo AAalayhi qaloo ya ayyuha alAAazeezu massana waahlana alddurru wajina bibidaAAatin muzjatin faawfi lana alkayla watasaddaq AAalayna inna Allaha yajzee almutasaddiqeena

Translation: ދެންފަހެ އެމީހުން އެކަލޭގެފާނު ގެ އަރިހަށް - يعني: يوسف عليه السّلام ގެ އަރިހަށް - ވެދެވަޑައިގެންނެވިހިނދުން އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) އަހުރެމެންނާ އަހުރެމެންގެ އަހުލުވެރިންނަށް ތަދުމަޑުކަމާއި ދަތިކަންޖެހިއްޖެއެވެ. އަދި އަހުރެމެން މިއައީ މަދުފައިސާކޮޅަކާއިގެންނެވެ. (ނުވަތަ ނުވިކޭ އިހުގެ دِرْهَم ކޮޅަކާއިގެންނެވެ.) އެހެންވެ ކަލޭގެފާނު އަހުރެމެންނަށް މިނުން ފުރިހަމަކޮށްދެއްވައި އަދި އަހުރެމެންނަށް صدقاة ވެސް ދެއްވާށެވެ! ހަމަކަށަވަރުންވެސް صدقاة ދޭމީހުންނަށް ﷲ تعالى ހެޔޮދަރުމަޔާއި ސަވާބު ދެއްވާހުއްޓެވެ."

12:89

قَالَ هَلۡ عَلِمۡتُم مَّا فَعَلۡتُم بِيُوسُفَ وَأَخِيهِ إِذۡ أَنتُمۡ جَٰهِلُونَ ﴿89﴾

Transliteration: Qala hal AAalimtum ma faAAaltum biyoosufa waakheehi ith antum jahiloona

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف عليه السّلام ވިދާޅުވިއެވެ. "يوسف އާއި އޭނާގެ أخ (بِنْيَامِين) އާ މެދު ކަލޭމެންނަށް ނޭނގިތިބެގެން جاهل ކަންމަތީ ތިބެގެން ކަލޭމެން ކަންތައްކުރިގޮތް ކަލޭމެން ދެނެތިބީމުހެއްޔެވެ؟"

12:90

قَالُوٓاْ أَءِنَّكَ لَأَنتَ يُوسُفُۖ قَالَ أَنَا۠ يُوسُفُ وَهَٰذَآ أَخِيۖ قَدۡ مَنَّ ٱللَّهُ عَلَيۡنَآۖ إِنَّهُۥ مَن يَتَّقِ وَيَصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴿90﴾

Transliteration: Qaloo ainnaka laanta yoosufa qala ana yoosufu wahatha akhee qad manna Allahu AAalayna innahu man yattaqi wayasbir fainna Allaha la yudeeAAu ajra almuhsineena

Translation: އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔައީ ކަނޑައެޅިގެން يوسف ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން މިއީ يوسف އެވެ. އަދި މިއިނީ އަހުރެންގެ أخ އެވެ. (بِنْيَامِين އެވެ.) ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެމައްޗަށް އޯގާވަންތަވެވޮޑިގެންނެވީއެވެ. إحسان ވަންތަވެވޮޑިގެންނެވީއެވެ. ހަމަކަށަވަރުން އެމީހަކު تقوى ވެރިވެ އަދި ކެތްތެރިވެއްޖެ ކޮންމެމީހަކު ދަންނައެވެ! (އެމީހަކީ إحسان ތެރިއެކެވެ.) ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާހުއްޓެވެ."

12:91

قَالُواْ تَٱللَّهِ لَقَدۡ ءَاثَرَكَ ٱللَّهُ عَلَيۡنَا وَإِن كُنَّا لَخَٰطِـِٔينَ ﴿91﴾

Transliteration: Qaloo taAllahi laqad atharaka Allahu AAalayna wain kunna lakhatieena

Translation: އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެ މައްޗަށް ކަލޭގެފާނު މާތްކުރައްވާ މަތިވެރިކުރައްވައިފިއެވެ. އަދި ކަނޑައެޅިގެން ކުށްވެރިންކަމުގައިމެނުވީ އަހުރެމެން ނުވެއެވެ.

12:92

قَالَ لَا تَثۡرِيبَ عَلَيۡكُمُ ٱلۡيَوۡمَۖ يَغۡفِرُ ٱللَّهُ لَكُمۡۖ وَهُوَ أَرۡحَمُ ٱلرَّـٰحِمِينَ ﴿92﴾

Transliteration: Qala la tathreeba AAalaykumu alyawma yaghfiru Allahu lakum wahuwa arhamu alrrahimeena

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެމައްޗަށް މިއަދު އެއްވެސް މަލާމާތެއް އަދި ދެކޮޅުވެރިކަމެއް ނެތެވެ. (އެހެނީ ކަލޭމެން ކުށަށް إعتراف ވެ معاف އަށް އެދެފީމެވެ.) ﷲ تعالى ކަލޭމެނަށް ފުއްސަވާށިއެވެ! އަދި އެކަލާނގެއީ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ."

12:93

ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ ﴿93﴾

Transliteration: Ithhaboo biqameesee hatha faalqoohu AAala wajhi abee yati baseeran watoonee biahlikum ajmaAAeena

Translation: "އަހުރެންގެ މިގަމީސް ހިފައިގެން ކަލޭމެންދާށެވެ! އަދި އަހުރެންގެ ބައްޕަގެ މޫނުފުޅުމައްޗަށް ކަލޭމެން އެގަމީސް އެއްލާށެވެ! އޭރުން އެކަލޭގެފާނު ގެ ލޯފުޅަށް އަލިކަން އަތުވެދާނެއެވެ. އަދި ކަލޭމެންގެ أهل ވެރިންނާއިގެން އެންމެން އަހުރެންގެގާތަށް އަންނާށެވެ!"

12:94

وَلَمَّا فَصَلَتِ ٱلۡعِيرُ قَالَ أَبُوهُمۡ إِنِّي لَأَجِدُ رِيحَ يُوسُفَۖ لَوۡلَآ أَن تُفَنِّدُونِ ﴿94﴾

Transliteration: Walamma fasalati alAAeeru qala aboohum innee laajidu reeha yoosufa lawla an tufannidooni

Translation: އަދި (يوسف عليه السّلام ގެ އެވާހަކަކޮޅަށްފަހު ހުރިހާ أخ ން ދަތުރުހަދައިގެން مصر ން ފުރީއެވެ.) އެ قافلة مصر ން، عزيز ގެ އަރިހުން ވަކިވިހިނދުން (شام ކަރައިގެ كَنْعَان ގައިވާ އެކަލޭގެފާނުންގެ ބައްޕާފުޅު يعقوب عليه السّلام އެކަލޭގެފާނުންގެ އަރިހުގައިވާ މީހުނަށް ވިދާޅުވިއެވެ.) "ހަމަކަށަވަރުން އަހުރެންނަށް يوسف ގެ ވަސް އެބައާދެއެވެ. ކަލޭމެން އަހުރެންނަށް މޮޔަކަމާއި މުސްކުޅިކަމާއި ދޮގުވެރިކަން ނިސްބަތް ނުކުރާނޭނަމައެވެ."

12:95

قَالُواْ تَٱللَّهِ إِنَّكَ لَفِي ضَلَٰلِكَ ٱلۡقَدِيمِ ﴿95﴾

Transliteration: Qaloo taAllahi innaka lafee dalalika alqadeemi

Translation: އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔަވަނީ ހަމަކުރީގެ ދުވަސްވީ މަގުފުރެދުމުގައެވެ."

12:96

فَلَمَّآ أَن جَآءَ ٱلۡبَشِيرُ أَلۡقَىٰهُ عَلَىٰ وَجۡهِهِۦ فَٱرۡتَدَّ بَصِيرٗاۖ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ﴿96﴾

Transliteration: Falamma an jaa albasheeru alqahu AAala wajhihi fairtadda baseeran qala alam aqul lakum innee aAAlamu mina Allahi ma la taAAlamoona

Translation: ދެންފަހެ އުފާވެރިކަމާއިގެން އައިމީހާ އައިހިނދުން (އެއީ يوسف عليه السّلام ގެ ގަމީސްކޮޅު ހިފައިގެން އައިމީހާއެވެ.) އެހިނދުން އެމީހާ އެ ގަމީސްކޮޅު އެކަލޭގެފާނުންގެ އެބަހީ: يعقوب عليه السّلام ގެ މޫނުފުޅުމައްޗަށް އެއްލެވިއެވެ. އަދި އެކަލޭގެފާނުގެ ލޯފުޅަށް އަލިކަން އަތުވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ تعالى ގެ حضرة ން ކަލޭމެނަށް ނޭނގޭކަންތައް ތިމަންކަލޭގެފާނު ދެނެވަޑައިގެންވާވާހަކަ އަހުރެން ކަލޭމެނަށް ނުބުނަންހެއްޔެވެ؟ އެބަހީ: އެވާހަކަ ބުނީމެވެ."

12:97

قَالُواْ يَـٰٓأَبَانَا ٱسۡتَغۡفِرۡ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ ﴿97﴾

Transliteration: Qaloo ya abana istaghfir lana thunoobana inna kunna khatieena

Translation: އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ފާފަތައް ފުއްސަވައިދެއްވުމަށް އަހުރެމެންނަށްޓަކައި دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެން ކުށްވެރިންކަމުގައިވީމުއެވެ."

12:98

قَالَ سَوۡفَ أَسۡتَغۡفِرُ لَكُمۡ رَبِّيٓۖ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ﴿98﴾

Transliteration: Qala sawfa astaghfiru lakum rabbee innahu huwa alghafooru alrraheemu

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެ ފާފަފުއްސަވައިދެއްވާތޯ އަހުރެންގެ ربّ ގެ حضرة ގައި ނިކަންހުރެ އަހުރެން دعاء ކުރާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ." • ދަންނައެވެ! ދެން މިވާހަކައަށްފަހު އެ އެންމެން يوسف عليه السّلام ގެ އަރިހަށް مصر އަށް ދިއުމަށް ދަތުރުފެއްޓެވީއެވެ.

12:99

فَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَبَوَيۡهِ وَقَالَ ٱدۡخُلُواْ مِصۡرَ إِن شَآءَ ٱللَّهُ ءَامِنِينَ ﴿99﴾

Transliteration: Falamma dakhaloo AAala yoosufa awa ilayhi abawayhi waqala odkhuloo misra in shaa Allahu amineena

Translation: ދެންފަހެ އެއެންމެން (مصر އަށްވަޑައިގެން) يوسف عليه السّلام ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު އެބަހީ: يوسف عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅާ މަންމާފުޅު އެކަލޭގެފާނުންގެ އަރިހަށް ގާތްކޮށްލައްވާ ބޮނޑިކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ އަމާންވެގެންވާ حال ތިޔަ އެންމެން مصر އަށް ވެދެވަޑައިގަންނަވާށެވެ."

12:100

وَرَفَعَ أَبَوَيۡهِ عَلَى ٱلۡعَرۡشِ وَخَرُّواْ لَهُۥ سُجَّدٗاۖ وَقَالَ يَـٰٓأَبَتِ هَٰذَا تَأۡوِيلُ رُءۡيَٰيَ مِن قَبۡلُ قَدۡ جَعَلَهَا رَبِّي حَقّٗاۖ وَقَدۡ أَحۡسَنَ بِيٓ إِذۡ أَخۡرَجَنِي مِنَ ٱلسِّجۡنِ وَجَآءَ بِكُم مِّنَ ٱلۡبَدۡوِ مِنۢ بَعۡدِ أَن نَّزَغَ ٱلشَّيۡطَٰنُ بَيۡنِي وَبَيۡنَ إِخۡوَتِيٓۚ إِنَّ رَبِّي لَطِيفٞ لِّمَا يَشَآءُۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ﴿100﴾

Transliteration: WarafaAAa abawayhi AAala alAAarshi wakharroo lahu sujjadan waqala ya abati hatha taweelu ruyaya min qablu qad jaAAalaha rabbee haqqan waqad ahsana bee ith akhrajanee mina alssijni wajaa bikum mina albadwi min baAAdi an nazagha alshshaytanu baynee wabayna ikhwatee inna rabbee lateefun lima yashao innahu huwa alAAaleemu alhakeemu

Translation: އަދި އެކަލޭގެފާނުން ބައްޕާފުޅާއި މަންމާފުޅު އެކަލޭގެފާނުންގެ عرش އަށް -އެނދުދާންކޮޅަށް - އުފުއްލެވިއެވެ. އަދި އެކަލޭގެފާނަށް - يعني: يوسف عليه السّلام އަށް (سلام ކޮށް އަދަބުވެރިވުމުގެގޮތުން) އެއެންމެން سجدة އަށް ތިރިވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ ބައްޕާއެވެ! މީގެކުރިން އަހުރެންނަށް ފެނުނު ހުވަފެނުގެ تفسير އަކީ މިއީއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެހުވަފެން حقّ އެއްޗެއްކަމުގައި ލައްވައިފިއެވެ. (އެފެނުނުގޮތާއި އެއްގޮތަށް އެކަންލައްވައިފިއެވެ.) އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ ތިމަންކަލޭގެފާނަށް މާތްކޮށްހިތްތަވާ إحسان ވަންތަވެވޮޑިގެންނެވިއެވެ. އެއީ ތިމަންކަލޭގެފާނު ޖަލުން ނެރުއްވިހިނދުގައެވެ. އަދި ތިޔައެންމެން (شام ކަރައިގެ) بَادِيَة އިން މިތަނަށް ގެންނެވިއެވެ. އެއީ އަހުރެންނާއި އަހުރެންގެ أخ ންނާ ދެމެދު ސައިތާނު ފާސިދުކޮށް ނުބައިކުރުމަށްފަހުގައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އިރާދަކުރައްވާ ކަންތަކަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."

12:101

رَبِّ قَدۡ ءَاتَيۡتَنِي مِنَ ٱلۡمُلۡكِ وَعَلَّمۡتَنِي مِن تَأۡوِيلِ ٱلۡأَحَادِيثِۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَنتَ وَلِيِّۦ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ تَوَفَّنِي مُسۡلِمٗا وَأَلۡحِقۡنِي بِٱلصَّـٰلِحِينَ ﴿101﴾

Transliteration: Rabbi qad ataytanee mina almulki waAAallamtanee min taweeli alahadeethi fatira alssamawati waalardi anta waliyyee fee alddunya waalakhirati tawaffanee musliman waalhiqnee bialssaliheena

Translation: (يوسف عليه السّلام ދެންނެވިއެވެ.) "އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ މިއަޅާއަށް ވެރިކަމުގެތެރެއިން ދެއްވައިފީމުއެވެ. (އެބަހީ: مصر ގެ خزانة ތަކުގެ ވެރިކަން އެކަލޭގެފާނަށް ދެއްވިއެވެ.) އަދި ހުވަފެން تعبير ކޮށް تفسير ކުރުންވެސް އިބަރަސްކަލާނގެ މިއަޅާއަށް އުގަންނަވައިދެއްވައިފީމުއެވެ. އޭ ނެތުމުގެތެރެއިން އުޑުތަކާއި ބިން ހެއްދެވި ކަލާކޮ! އިބަރަސްކަލާނގެއީ ދުނިޔެއާއި آخرة ގައިވެސް ހަމަ މިއަޅާގެ وَلِىُّ އެވެ. ސަހަރޯވެރިޔާއެވެ. ފަހެ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال މިއަޅާ މަރުގަންނަވާދޭވެ! އަދި މާތްވެގެންވާ صالح ންގެތެރޭގައި މިއަޅާ ހިމަނުއްވާނދޭވެ! އެބަހީ: نبي ބޭކަލުންގެ ލިސްޓުގައި މިއަޅާވެސް ލައްވައި އެބޭކަލުންގެ ދަރަޖައާއި ثواب މިއަޅާއަށް ދެއްވާނދޭވެ!"

12:102

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۖ وَمَا كُنتَ لَدَيۡهِمۡ إِذۡ أَجۡمَعُوٓاْ أَمۡرَهُمۡ وَهُمۡ يَمۡكُرُونَ ﴿102﴾

Transliteration: Thalika min anbai alghaybi nooheehi ilayka wama kunta ladayhim ith ajmaAAoo amrahum wahum yamkuroona

Translation: (އޭ رسول ﷲ އެވެ!) އެއީ - އެބަހީ: މިސޫރަތުގައި މި بيان ވެގެންދިޔަ އެންމެހައި خبر ތަކާއި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ގެ ذريعة އިން އިއްވަވާ غيب ގެ خبر ތަކެވެ. އަދި އެމީހުން يعني: يوسف ގެފާނުންގެ أخ ން އެކަލޭގެފާނުން ވަޅަށްލުމާ މެދު ނުބައިރޭވުންތައް ރާވާހަދަމުން ދިޔައިރު ކަލޭގެފާނު އެތާ ވަޑައިގެން ނުވަމުއެވެ.

12:103

وَمَآ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِينَ ﴿103﴾

Transliteration: Wama aktharu alnnasi walaw harasta bimumineena

Translation: އޭ رسول ﷲ އެވެ! ކަލޭގެފާނު ކިތައްމެވަރަކަށް ދަހިވެތިވެވަޑައިގެންނެވިނަމަވެސް މީސްތަކުންކުރެ ގިނަމީހުން إيمان ނުވެއެވެ. ނުވާނެއެވެ.

12:104

وَمَا تَسۡـَٔلُهُمۡ عَلَيۡهِ مِنۡ أَجۡرٍۚ إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ﴿104﴾

Transliteration: Wama tasaluhum AAalayhi min ajrin in huwa illa thikrun lilAAalameena

Translation: އަދި އެކަމުގެމައްޗަށް - އެބަހީ: ކަލޭގެފާނު رسول ކަން އިއްވެވުމުގެމައްޗަށް - އެމީހުންގެކިބައިން އެއްވެސް އުޖޫރައަކަށް ޓެކްހަކަށް އެދިވަޑައިނުގަންނަވަމުއެވެ. އަދި އެއީ އެބަހީ: ކަލޭގެފާނުންގެ رسول ކަމުގެ تَبْلِيْغُ އަކީ ހަމަ عالم ތަކަށްވާ ذِكر އެއްކަމުގައި މެނުވީ ނުވެއެވެ. (وعظ އާއި نصيحة އާއި عبرة އެއްކަމުގައިމެނުވީ ނުވެއެވެ.)

12:105

وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ ﴿105﴾

Transliteration: Wakaayyin min ayatin fee alssamawati waalardi yamurroona AAalayha wahum AAanha muAAridoona

Translation: އަދި އުޑުތަކާއި ބިމުގައި ކިތައްކިތައް عبرة އާއި حجّة ވޭހެއްޔެވެ؟ އެމީހުންގެ ކުރިމަތިން އެތަކެތި އެބަހީ: އެ عبرة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة ތައް އަބަދާއި އަބަދު ވޭތިވަމުން ދެއެވެ. އެމީހުން އެވަނީ އެތަކެތީން غافل ވެގެންނެވެ.

12:106

وَمَا يُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ ﴿106﴾

Transliteration: Wama yuminu aktharuhum biAllahi illa wahum mushrikoona

Translation: އަދި މީސްތަކުންކުރެ ގިނަމީހުން ﷲ އަށް شرك ކުރާ حال ގައިމެނުވީ އީމާންވާކަމުގައި ނުވެއެވެ. (އެބަހީ: ﷲ އަށް އީމާންވެގެންވާ ގިނަމީހުންވެސް އެކިގޮތްގޮތުން ﷲ އަށް شرك ކުރެއެވެ. އަޅުކަމުގައްޔާއި حكم ގައްޔާއި ދެންވެސް އެހެނިހެން ކަންކަމުގައެވެ.)

12:107

أَفَأَمِنُوٓاْ أَن تَأۡتِيَهُمۡ غَٰشِيَةٞ مِّنۡ عَذَابِ ٱللَّهِ أَوۡ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴿107﴾

Transliteration: Afaaminoo an tatiyahum ghashiyatun min AAathabi Allahi aw tatiyahumu alssaAAatu baghtatan wahum la yashAAuroona

Translation: ﷲ އަށް إيمان ނުވާ މީސްތަކުން އެވަނީ އެމީހުންގެމައްޗަށް ﷲ ގެ حضرة ން عذاب އެއް އައިސް އޭގައި އެމީހުން ނިވައިވެގެން ނުދާނެކަމާ މެދު އަމާންވެގެންހެއްޔެވެ؟ ނުވަތަ އެމީހުންނަށް ކުޑަވެސް އެނގުމެއް އަދި إحساس އެއްވެސް ނެތި ހަމަކުއްލިއަކަށް އެމީހުންނަށް قيامة قائم ނުވާނެކަމަށް އަމާންވެގެންހެއްޔެވެ؟

12:108

قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ وَسُبۡحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ﴿108﴾

Transliteration: Qul hathihi sabeelee adAAoo ila Allahi AAala baseeratin ana wamani ittabaAAanee wasubhana Allahi wama ana mina almushrikeena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާ ތިމަންކަލޭގެފާނަށް تبع ވެގެންވާމީހުން ދެނެގަތުމާއި يقين ކަމާ އެކު އަދި حجّة އާއި دليل އާ އެކު ﷲ ގެ حضرة އަށް ގޮވާ دعوة ދީ ގޮވާލާ މަގަކީ އެއީ ތިމަންކަލޭގެފާނުގެ މަގެވެ. އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި ތިމަންކަލޭގެފާނު مشرك ންގެތެރެއިން ނުވަމެވެ.

12:109

وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِم مِّنۡ أَهۡلِ ٱلۡقُرَىٰٓۗ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۗ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ٱتَّقَوۡاْۚ أَفَلَا تَعۡقِلُونَ ﴿109﴾

Transliteration: Wama arsalna min qablika illa rijalan noohee ilayhim min ahli alqura afalam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena min qablihim waladaru alakhirati khayrun lillatheena ittaqaw afala taAAqiloona

Translation: އަދި ރަށްރަށުގެ أهل ވެރިންކުރެ ހަމަ ފިރިހެނުންމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިންވެސް رسول ކަމާއިގެން ނުފޮނުއްވަމެވެ. (އަންހެނުންނެއްނޫނެވެ. އަދި މަލާއިކަތުންނެއްވެސް ނޫނެވެ. طبري) އެބޭކަލުންނަށް އެބަހީ: އެފިރިހެނުންނަށް ތިމަންރަސްކަލާނގެ وحي ބާވައިލައްވަމެވެ. އެމީހުން يعني: مكّة ގެ مشرك ން ފަހެ ބިމުގައި ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެމީހުންގެ ކުރިން އިސްވެދިޔަ (އެބާވަތުގެ مشرك ންނާމެދު) ކަންތައްވެނިމިގެން ދިޔައީ ކޮންފަދައަކުންކަން ނިކަން އެމީހުން ދެކިބަލާށެވެ! عبرة حاصل ކޮށްބަލާށެވެ! އަދި تقوى ވެރިވެއްޖެބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. ކަލޭމެން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟

12:110

حَتَّىٰٓ إِذَا ٱسۡتَيۡـَٔسَ ٱلرُّسُلُ وَظَنُّوٓاْ أَنَّهُمۡ قَدۡ كُذِبُواْ جَآءَهُمۡ نَصۡرُنَا فَنُجِّيَ مَن نَّشَآءُۖ وَلَا يُرَدُّ بَأۡسُنَا عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ﴿110﴾

Transliteration: Hatta itha istayasa alrrusulu wathannoo annahum qad kuthiboo jaahum nasruna fanujjiya man nashao wala yuraddu basuna AAani alqawmi almujrimeena

Translation: رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެން (އެބަހީ: އެބޭކަލުންގެ ގޮވާލެއްވުމަށް އެ أمّة ތަކުގެމީހުން ރައްދުކޮށް ދޮގުކޮށް އުނދަގޫކޮށްހެދީ رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެނެވެ.) އަދި ތިމަންބޭކަލުން ދޮގުކުރެވިއްޖެކަމުގައި އެބޭކަލުން ހީފުޅުކުރެއްވިއެވެ. (އެހިސާބަށް ދިއުމުން) ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އައެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ބަޔަކު ސަލާމަތްކުރެވުނެވެ. (އެހެނިހެން މީސްތަކުން ހަލާކުވެދިޔައީއެވެ.) އަދި ތިމަންރަސްކަލާނގެ ކޯފާއާއި عقوبة ނުބައި ނުލަފާބަޔަކަށް ނުޖެހި އަނބުރާ ރައްދުނުވާނެއެވެ. ނުޖެހިނުދާނެއެވެ.

12:111

لَقَدۡ كَانَ فِي قَصَصِهِمۡ عِبۡرَةٞ لِّأُوْلِي ٱلۡأَلۡبَٰبِۗ مَا كَانَ حَدِيثٗا يُفۡتَرَىٰ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ كُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ﴿111﴾

Transliteration: Laqad kana fee qasasihim AAibratun liolee alalbabi ma kana hadeethan yuftara walakin tasdeeqa allathee bayna yadayhi watafseela kulli shayin wahudan warahmatan liqawmin yuminoona

Translation: ހަމަކަށަވަރުން އެމީހުންގެ ވާހަކަތަކުގައި (އެބަހީ: يوسف عليه السّلام އާއި އެކަލޭގެފާނުންގެ أخ ންނާއި އަދި އެމީހުންގެ ބައްޕާފުޅާ ދެމެދު ހިނގި ކަންކަމުގައި) ބުއްދިވެރިންނަށްވާ ބޮޑު عبرة ވާކަން ކަށަވަރެވެ. އަދި އެއީ ދޮގުވެވޭނޭ ވާހަކައެއްކަމުގައި ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ (قرآن އެވެ.) އެއީ އޭގެކުރީގައިވާ ފޮތްތަކަށްވާ ތެދުކުރުމެކެވެ. އަދި އެއީ ހުރިހާ އެއްޗެއް تفصيل ކޮށް بيان ކޮށްދެއްވާ ފޮތެކެވެ. އަދި އެއީ ތެދުކޮށް إيمان ވާބަޔަކަށްވާ ތެދުމަގާއި رحمة އެވެ. وبﷲ التوفيق.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download