quranm◉

Surah Al-Furqan transliteration

◉ ސޫރަ · ∞

25:1

تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا ﴿1﴾

Transliteration: Tabaraka allathee nazzala alfurqana AAala AAabdihi liyakoona lilAAalameena natheeran

Translation: އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. (އެބަހީ: އެކަލާނގެ ދެއްވުންތަކާ خيرات يعني: ހެޔޮތައް ގިނަގުނަވެގެންވެއެވެ.) އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ.

25:2

ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَخَلَقَ كُلَّ شَيۡءٖ فَقَدَّرَهُۥ تَقۡدِيرٗا ﴿2﴾

Transliteration: Allathee lahu mulku alssamawati waalardi walam yattakhith waladan walam yakun lahu shareekun fee almulki wakhalaqa kulla shayin faqaddarahu taqdeeran

Translation: އެކަލާނގެއީ (އެބަހީ: قرآن ބާވައިލެއްވި ކަލާނގެއީ) އެކަލާނގެއަށް އުޑުތަކާއި ބިމުގެ ވެރިކަން (އަދި އެންމެހައިތަކެތި) މިލްކުވެ خاصّ ވެގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. إختيار ނުކުރައްވައެވެ. އަދި އެކަލާނގެ ވެރިކަމާއި مِلْكِيَّة ގައި އެކަލާނގެއާއި ބައިވެރިވާ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި ކޮންމެ އެއްޗެއްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ تقدير ކުރެއްވިއެވެ. (އެބަހީ: ކޮންމެއެއްޗަކަށްވެސް އެއެއްޗަކަށް ހަމަޖެހޭ ރަނގަޅު صُلْحَ ވެރިގޮތުގައި ހައްދަވާ ބަރާބަރުކުރެއްވިއެވެ.

25:3

وَٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗ لَّا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرّٗا وَلَا نَفۡعٗا وَلَا يَمۡلِكُونَ مَوۡتٗا وَلَا حَيَوٰةٗ وَلَا نُشُورٗا ﴿3﴾

Transliteration: Waittakhathoo min doonihi alihatan la yakhluqoona shayan wahum yukhlaqoona wala yamlikoona lianfusihim darran wala nafAAan wala yamlikoona mawtan wala hayatan wala nushooran

Translation: އަދި އެމީހުން (އެބަހީ: مشرك ންގެމީހުން) އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކުރީއެވެ. އެ إله ންތައް އެއްވެސް އެއްޗެއް ނުހައްދަވައެވެ. އަދި އެތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. مَخْلُوق ންނެވެ. (خالق އެއްނޫނެވެ.) އަދި އެތަކެތި އެތަކެތީގެ އަމިއްލަ نفس އަށްވެސް އެއްވެސް އުނދަގުލެއް ދިނުމެއްވިޔަސް އަދި مَنْفَع އެއް ލިބިގަތުމެއްވިޔަސް މިލްކުވެގެން ނުވެއެވެ. އަދި އެއްޗެއް މަރައިލުމެއްވެސް އަދި އެއްޗެއް ދިރުވުމެއްވެސް (މަރެއް އަދި حياة އެއް) އެތަކެއްޗަށް މިލްކުވެގެން ނުވެއެވެ. އަދި މީސްތަކުން محشر އަށް ފޮނުވުމެއްވެސް އެތަކެއްޗަށް مِلْكُ ވެގެން ނުވެއެވެ. މިފަދަ ތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނީ ކޮންފަދައަކުންހެއްޔެވެ؟

25:4

وَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ إِفۡكٌ ٱفۡتَرَىٰهُ وَأَعَانَهُۥ عَلَيۡهِ قَوۡمٌ ءَاخَرُونَۖ فَقَدۡ جَآءُو ظُلۡمٗا وَزُورٗا ﴿4﴾

Transliteration: Waqala allatheena kafaroo in hatha illa ifkun iftarahu waaAAanahu AAalayhi qawmun akharoona faqad jaoo thulman wazooran

Translation: އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. މި قرآن އަކީ އެކަލޭގެފާނު يعني: محمّد ގެފާނު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެކަމަށް އެކަލޭގެފާނަށް އެހީވެ ވާގިވެރިވީ އެހެން ބައެކެވެ. (އެއީ يهودي ންނެވެ.) މިގޮތުން މިބައިމީހުން އެފަދަ ދޮގުވާހަކަތައް އެއުފައްދައި ހަދަނީ ހަމަ އަނިޔާވެރިކަމާއި ދޮގުހެދުމުގެ ގޮތުންނެވެ. (قرآن އަކީ އެއްވެސް مَخْلُوقُ އަކަށް ހެދޭނެއެއްޗެއްނޫނެވެ.)

25:5

وَقَالُوٓاْ أَسَٰطِيرُ ٱلۡأَوَّلِينَ ٱكۡتَتَبَهَا فَهِيَ تُمۡلَىٰ عَلَيۡهِ بُكۡرَةٗ وَأَصِيلٗا ﴿5﴾

Transliteration: Waqaloo asateeru alawwaleena iktatabaha fahiya tumla AAalayhi bukratan waaseelan

Translation: އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.)

25:6

قُلۡ أَنزَلَهُ ٱلَّذِي يَعۡلَمُ ٱلسِّرَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ كَانَ غَفُورٗا رَّحِيمٗا ﴿6﴾

Transliteration: Qul anzalahu allathee yaAAlamu alssirra fee alssamawati waalardi innahu kana ghafooran raheeman

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެ قرآن އެބާވައިލައްވަނީ އުޑުތަކާއި ބިމުގައިވާ ސިއްރުތައް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއީ މަތިވެރި މާތް ﷲ އެވެ.

25:7

وَقَالُواْ مَالِ هَٰذَا ٱلرَّسُولِ يَأۡكُلُ ٱلطَّعَامَ وَيَمۡشِي فِي ٱلۡأَسۡوَاقِ لَوۡلَآ أُنزِلَ إِلَيۡهِ مَلَكٞ فَيَكُونَ مَعَهُۥ نَذِيرًا ﴿7﴾

Transliteration: Waqaloo mali hatha alrrasooli yakulu alttaAAama wayamshee fee alaswaqi lawla onzila ilayhi malakun fayakoona maAAahu natheeran

Translation: އަދި އެމީހުން ބުންޏެވެ. މިއީ ކޮންކަހަލަ رسول އެއް ހެއްޔެވެ؟ އެކަލޭގެފާނުވެސް (އަހުރެމެން ފަދައިން) ކާތަކެތިކައެވެ. (އަދި އެކިއެކި ބޭނުމުގައި) ބާޒާރުގައި ހިންގަވައެވެ. (އަހުރެމެންނެކޭ ތަފާތެއް ނެތެވެ.) ފަހެ އެކަލޭގެފާނުންގެ އަރިހުގައި نَذِيْر އެއްގެގޮތުން (މީސްތަކުން ބިރުގެންނެވުމަށް) مَلاَئِكَة ބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ މަލާއިކަތް ބޭކަލަކު ފޮނުއްވާނެ ނަމައެވެ.

25:8

أَوۡ يُلۡقَىٰٓ إِلَيۡهِ كَنزٌ أَوۡ تَكُونُ لَهُۥ جَنَّةٞ يَأۡكُلُ مِنۡهَاۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا ﴿8﴾

Transliteration: Aw yulqa ilayhi kanzun aw takoonu lahu jannatun yakulu minha waqala alththalimoona in tattabiAAoona illa rajulan mashooran

Translation: ނުވަތަ އެކަލޭގެފާނުންގެ ބޭނުންތައް ފުއްދުމަށް ރަނާއި ރިހީގެ خَزَانَة އެއް ދެއްވޭނެ ނަމައެވެ. ނުވަތަ އެކަލޭގެފާނު އެއިން ފަރިއްކުޅުއްވާ ހެއްދެވުމަށް ބަގީޗާއެއް އެކަލޭގެފާނަށް ވާނެނަމައެވެ. އަދި (مؤمن ންނަށް) مشرك ންގެމީހުން ބުންޏެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تَبَع ވެގެންވާކަމުގައި ނުވެއެވެ.

25:9

ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَٰلَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا ﴿9﴾

Transliteration: Onthur kayfa daraboo laka alamthala fadalloo fala yastateeAAoona sabeelan

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް އެމީހުން އެމިސާލުޖަހައިލަނީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. (ކަލޭގެފާނަކީ سحر ޖެހިފައިވާ މީހަކުކަމުގައި ބުނެ އެނިންމައިލަނީއެވެ.) ފަހެ އެމީހުން މަގުފުރެދި ވާވަދެ އަވަދިވީއެވެ. އެހެންވެ ސީދާ حقّ ތެދުމަގަށް واصل ވުމަކަށް އެމީހުންނަށް ކުޅަދާނަވެގެން ނުވާނެއެވެ.

25:10

تَبَارَكَ ٱلَّذِيٓ إِن شَآءَ جَعَلَ لَكَ خَيۡرٗا مِّن ذَٰلِكَ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَيَجۡعَل لَّكَ قُصُورَۢا ﴿10﴾

Transliteration: Tabaraka allathee in shaa jaAAala laka khayran min thalika jannatin tajree min tahtiha alanharu wayajAAal laka qusooran

Translation: ކަލޭގެފާނަށް އެއަށްވުރެ (އެބަހީ: އެމީހުން އެބުނާވަރަށްވުރެ) މާހެޔޮކަމެއްލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެ ހެވަކީ އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކެވެ. (ސުވަރުގެއެވެ.) އަދި އެކަލާނގެ ކަލޭގެފާނަށް ގަނޑުވަރުތަކެއްލައްވާ ހުއްޓެވެ. އެއީ قيامة ދުވަހުން ކަލޭގެފާނަށްވާނޭ މަތިވެރި نعمة ތަކެވެ.

25:11

بَلۡ كَذَّبُواْ بِٱلسَّاعَةِۖ وَأَعۡتَدۡنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا ﴿11﴾

Transliteration: Bal kaththaboo bialssaAAati waaAAtadna liman kaththaba bialssaAAati saAAeeran

Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުން - يعني: މުޝްރިކުން - قيامة ދުވަސް ދޮގުކުރީއެވެ. އަދި قيامة ދުވަސް ދޮގުކުރި މީހުންނަށް ތިމަންރަސްކަލާނގެ ނަރަކައެއް (އަލިފާނެއް) ތައްޔާރުކުރެއްވީމެވެ.

25:12

إِذَا رَأَتۡهُم مِّن مَّكَانِۭ بَعِيدٖ سَمِعُواْ لَهَا تَغَيُّظٗا وَزَفِيرٗا ﴿12﴾

Transliteration: Itha raathum min makanin baAAeedin samiAAoo laha taghayyuthan wazafeeran

Translation: އެނަރަކައަށް އެމީހުން ދުރުހިސާބަކުން ފެނިއްޖެއްޔާވެސް އެސޮރު ރުޅިއަރައިގަނެގެން އެސޮރުގެ މޭމަތިން އެރުޅީގެއަޑު އެމީހުން އަހާނެއެވެ. އަދި އެސޮރު ނޭވައި ދަމައިގަންނައަޑުވެސް އެމީހުން އަހާނެއެވެ.

25:13

وَإِذَآ أُلۡقُواْ مِنۡهَا مَكَانٗا ضَيِّقٗا مُّقَرَّنِينَ دَعَوۡاْ هُنَالِكَ ثُبُورٗا ﴿13﴾

Transliteration: Waitha olqoo minha makanan dayyiqan muqarraneena daAAaw hunalika thubooran

Translation: އަދި ކަސްތަޅުއެޅެވިގެންވާ حَالُ (އަތްތައް ކަނދުރާއަށް ބަނދެވިގެންވާ حال) އެނަރަކައިގެ ހަނި އަދި ދަތިތާކަށް އެމީހުން އަޅައިލެވިއްޖެއްޔާ އެމީހުން އެތާނގައި ގޮވާނެއެވެ. " އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ."

25:14

لَّا تَدۡعُواْ ٱلۡيَوۡمَ ثُبُورٗا وَٰحِدٗا وَٱدۡعُواْ ثُبُورٗا كَثِيرٗا ﴿14﴾

Transliteration: La tadAAoo alyawma thubooran wahidan waodAAoo thubooran katheeran

Translation: (އެވަގުތު އެމީހުންނަށް އެންގެވޭނެއެވެ.) މިއަދު ކަލޭމެން ހަލާކުހުއްޓޭ އެންމެފަހަރަކު ނުގޮވާށެވެ. އަދި އެތައްއެތައްހަލާކެއް ހުއްޓޭ ކަލޭމެންގޮވާށެވެ.

25:15

قُلۡ أَذَٰلِكَ خَيۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۚ كَانَتۡ لَهُمۡ جَزَآءٗ وَمَصِيرٗا ﴿15﴾

Transliteration: Qul athalika khayrun am jannatu alkhuldi allatee wuAAida almuttaqoona kanat lahum jazaan wamaseeran

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އަޅެފަހެ ހެޔޮވެގެންވަނީ އެނަރަކަހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް ދެއްވުމަށް وَعد ވެވިގެންވާ (ﷲ އެމީހުންނަށް ދެއްވާނެކަމަށް وعد ކުރައްވާފައިވާ جَنَّةُ الْخُلْد އެވެކިޔުނު (ދެމިތިބޭނޭ) ސުވަރުގެހެއްޔެވެ؟ އެތަން އެމީހުންނަށް އެވަނީ އެމީހުން ދުނިޔޭގައި ކުރި ހެޔޮ عمل އާއި ކިޔަމަންތެރިކަމުގެ ބަދަލެއްގެގޮތުންނެވެ. އަދި آخرة ގައި އެމީހުންގޮސް ތިބޭތަނެއްގެ ގޮތުންނެވެ.

25:16

لَّهُمۡ فِيهَا مَا يَشَآءُونَ خَٰلِدِينَۚ كَانَ عَلَىٰ رَبِّكَ وَعۡدٗا مَّسۡـُٔولٗا ﴿16﴾

Transliteration: Lahum feeha ma yashaoona khalideena kana AAala rabbika waAAdan masoolan

Translation: އެސުވަރުގޭގައި އެމީހުން އެދޭހާއެއްޗެއް އެމީހުންނަށްވެއެވެ. އެއީ އެމީހުން ދެމިތިބޭ حال ގައެވެ. އަދި އެކަމަކީ ކަލޭގެފާނުންގެ ربّ އަށް ސުވާލުވެވެނިވި وعد އެކެވެ. (مؤمن ންވަނީ ދުނިޔޭގައިތިބެގެން ސުވަރުގެދެއްވުމަށް ﷲ އަށް دعاء ކޮށް ދަންނަވާފައެވެ. އަދި آخرة ދުވަހުން އެސުވަރުގެދެއްވާނެކަމަށް ﷲ ވަނީ އެމީހުންނަށް އަންގަވާފައެވެ. والله أعلم)

25:17

وَيَوۡمَ يَحۡشُرُهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمۡ أَضۡلَلۡتُمۡ عِبَادِي هَـٰٓؤُلَآءِ أَمۡ هُمۡ ضَلُّواْ ٱلسَّبِيلَ ﴿17﴾

Transliteration: Wayawma yahshuruhum wama yaAAbudoona min dooni Allahi fayaqoolu aantum adlaltum AAibadee haolai am hum dalloo alssabeela

Translation: އަދި އެމީހުން - يعني: قيامة ދޮގުކުރިމީހުން - އެއްކުރެވޭދުވަހު محشر ކުރެވޭދުވަހު އަދި ﷲ ފިޔަވައި އެމީހުން އަޅުކަންކުރިތަކެއްޗާއި އެއްކުރެވޭދުވަހު އެކަލާނގެ އެތަކެއްޗަށް - އެބަހީ: ﷲ ފިޔަވައި އަޅުކަންވެވުނު ތަކެއްޗަށް - وحي ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުންތައް މަގުފުރެއްދީ ކަލޭމެން ހެއްޔެވެ. ނުވަތަ އެމީހުން އަމިއްލައަށް ހަމަ މަގުފުރެދުނީހެއްޔެވެ؟

25:18

قَالُواْ سُبۡحَٰنَكَ مَا كَانَ يَنۢبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنۡ أَوۡلِيَآءَ وَلَٰكِن مَّتَّعۡتَهُمۡ وَءَابَآءَهُمۡ حَتَّىٰ نَسُواْ ٱلذِّكۡرَ وَكَانُواْ قَوۡمَۢا بُورٗا ﴿18﴾

Transliteration: Qaloo subhanaka ma kana yanbaghee lana an nattakhitha min doonika min awliyaa walakin mattaAAtahum waabaahum hatta nasoo alththikra wakanoo qawman booran

Translation: އެތަކެތި ﷲ އަށް ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު ولى އަކީ ހިފާ إختيار ކުރުމީ އަހުރެމެންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެހެންނަމަވެސް އިބަރަސްކަލާނގެ އެމީހުންނަށާއި އެމީހުންގެ ކާބަފައިންނަށް (މުދަލާއި صحّة ގެގޮތުން) މުހުލަތުދެއްވައި نعمة ތައްދެއްވީއެވެ. އެއީ އިބަރަސްކަލާނގެ رسول ންނަށް ބާވައިލެއްވި هداية އާ ތެދުމަގު އެމީހުން ހަނދާންނެތިއްޖައުމަށްދާންދެންނެވެ. އަދި އެމީހުން ވީ ހަލާކުވެގެންވާ ބަޔަކުކަމުގައެވެ. އެމީހުން މަގުފުރެދުނީ ހަމައެމީހުން އަމިއްލައަށެވެ.

25:19

فَقَدۡ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسۡتَطِيعُونَ صَرۡفٗا وَلَا نَصۡرٗاۚ وَمَن يَظۡلِم مِّنكُمۡ نُذِقۡهُ عَذَابٗا كَبِيرٗا ﴿19﴾

Transliteration: Faqad kaththabookum bima taqooloona fama tastateeAAoona sarfan wala nasran waman yathlim minkum nuthiqhu AAathaban kabeeran

Translation: (ދެންފަހެ ﷲ ފިޔަވައި އެތަކެއްޗަށް އަޅުކަންވެވުނު ތަކެތި އެތަކެއްޗަށް އަޅުކަންކުރި މީސްތަކުންގެ ކިބައިން ބަރީއަވެގަންނަ ވަގުތު ﷲ تعالى އެކާފަރުންނަށް وحي ކުރައްވާނެއެވެ. އޭ މިތިބަމީހުންނޭވެ.) ހަމަކަށަވަރުން ކަލޭމެން ތިޔަބުނާބަސްތައް އެތަކެތި ދޮގުކޮށްފިއެވެ. ފަހެ ކަލޭމެނަށް ﷲ ގެ حضرة ން އަތުވެދާނޭ عذاب އެއް އެހެންފަރާތަކަށް އަނބުރައިލުމަށް ކަލޭމެންނަކަށް ކުޅަދާނަ ނުވާނެއެވެ. (އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށް) نصر އެއް ދިނުމަށްވެސް ކަލޭމެންނަށް ކުޅަދާނަ ނުވާނެއެވެ. އަދި ކަލޭމެންކުރެ شِرك ކޮށް نفس އަށް އަނިޔާވެރިވެއްޖެމީހާއަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ عذاب އެއްގެ ރަހަދައްކަވާހުށީމެވެ.

25:20

وَمَآ أَرۡسَلۡنَا قَبۡلَكَ مِنَ ٱلۡمُرۡسَلِينَ إِلَّآ إِنَّهُمۡ لَيَأۡكُلُونَ ٱلطَّعَامَ وَيَمۡشُونَ فِي ٱلۡأَسۡوَاقِۗ وَجَعَلۡنَا بَعۡضَكُمۡ لِبَعۡضٖ فِتۡنَةً أَتَصۡبِرُونَۗ وَكَانَ رَبُّكَ بَصِيرٗا ﴿20﴾

Transliteration: Wama arsalna qablaka mina almursaleena illa innahum layakuloona alttaAAama wayamshoona fee alaswaqi wajaAAalna baAAdakum libaAAdin fitnatan atasbiroona wakana rabbuka baseeran

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި އެއްވެސް رسول ބޭކަލެއް އެބޭކަލަކު ކާނާ ފަރީނުކުޅުއްވައި އަދި އެކިބޭނުންފުޅުގައި ބާޒާރުގައި ނުހިންގަވާ އެއްވެސް ބޭކަލަކު ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކުވެސް ފަރިކުޅުއްވައި ބާޒާރުގައި ހިންގަވާ އުޅުއްވައެވެ.) އޭ މީސްތަކުންނޭވެ. ކަލޭމެން އެއްބަޔަކު ލެއްވީ އަނެއްބަޔަކަށްވާ إمتحان އެއް ކަމުގައެވެ. (އެބަހީ: އެއްބަޔަކަށް نبي ކަންދެއްވައި އަނެއްބަޔަކަށް ވެރިކަންދެއްވައި އަނެއްބަޔަކު މުއްސަނދިކުރައްވައި އަދި އަނެއްބަޔަކު فقير ންކަމުގައިލައްވައި ދެން މިހެންނެވެ..... ކޮންމެބަޔަކުވެސް އެބަޔަކަށް ދެވުނު އެއްޗަކަށް ރުހެއެވެ. محمّد ގެފާނަށް ދުނިޔެ ނުދެއްވައި نبي ކަންދެއްވުނީ މިގޮތުންނެވެ..... والله أعلم) ކަލޭމެން ކަލޭމެނަށް ދެވުނު ތަކެއްޗަށް ކެތްކުރާނޭހެއްޔެވެ؟ އަދި ކަލޭގެފާނުންގެ ربّ ވޮޑިގެންވަނީ އެއެންމެންގެ حال ތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

25:21

وَقَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا لَوۡلَآ أُنزِلَ عَلَيۡنَا ٱلۡمَلَـٰٓئِكَةُ أَوۡ نَرَىٰ رَبَّنَاۗ لَقَدِ ٱسۡتَكۡبَرُواْ فِيٓ أَنفُسِهِمۡ وَعَتَوۡ عُتُوّٗا كَبِيرٗا ﴿21﴾

Transliteration: Waqala allatheena la yarjoona liqaana lawla onzila AAalayna almalaikatu aw nara rabbana laqadi istakbaroo fee anfusihim waAAataw AAutuwwan kabeeran

Translation: އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން ނުވަތަ އެކަމަށް ނޭދޭމީހުން ބުނެއެވެ. (محمّد ގެފާނަކީ رسول އަކު ކަމުގެ خبر ދެއްވުމަށް) އަހުރެމެންގެގާތަށް ملائكة ބޭކަލަކު ފޮނުއްވާނެ ނަމައެވެ. ނުވަތަ މަލާއިކަތްބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އަހުރެމެންގެ ربّ އަހުރެމެންނަށް ފެންނާނެނަމައެވެ! (އޭރުން އެކަލާނގެ އެކަލޭގެފާނުންގެ رسول ކަން ތެދުކަން އަންގަވައިފީހެވެ.) ހަމަކަށަވަރުން އެ مشرك ންގެ މީހުން ބޮޑާވެ އަދި ބޮޑާކަމާއި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިފިއެވެ.

25:22

يَوۡمَ يَرَوۡنَ ٱلۡمَلَـٰٓئِكَةَ لَا بُشۡرَىٰ يَوۡمَئِذٖ لِّلۡمُجۡرِمِينَ وَيَقُولُونَ حِجۡرٗا مَّحۡجُورٗا ﴿22﴾

Transliteration: Yawma yarawna almalaikata la bushra yawmaithin lilmujrimeena wayaqooloona hijran mahjooran

Translation: އަދި އެމީހުން މަލާއިކަތްބޭކަލުން ދެކޭދުވަހުން އެބަހީ: قيامة ދުވަހުން އެއްވެސް އުފާވެރިކަމެއް އެ مجرم ންނަކަށް ނުވެއެވެ. އަދި އެބޭކަލުން (އެމީހުންނަށް ވިދާޅުވާނެއެވެ.) އުފާވެރިކަން ކަލޭމެނަށް حرام އެވެ. އަދި حرام ވެވިގެންވެއެވެ.

25:23

وَقَدِمۡنَآ إِلَىٰ مَا عَمِلُواْ مِنۡ عَمَلٖ فَجَعَلۡنَٰهُ هَبَآءٗ مَّنثُورًا ﴿23﴾

Transliteration: Waqadimna ila ma AAamiloo min AAamalin fajaAAalnahu habaan manthooran

Translation: އަދި އެމީހުން يعني: مُجْرِمُ ންގެ މީހުން ކުރިނަމަ ކުރިހެޔޮ عمل އަކާއިމެދު އިރާދަކުރެއްވިގޮތަކީ އެތަކެތި ވަޔަށް ބުރައިގެންދާ ކުނޑިތަކެއް (ނުވަތަ އަވިރޮނގުގެތެރޭ އެނބުރި އެނބުރި އެހުންނަ ކުނޑިތަކެއް) ފަދައިން އެމީހުންގެ عمل ތައް ތިމަންރަސްކަލާނގެ ލެއްވުމެވެ. (އެބަހީ: އެމީހުންގެ عمل ން އެމީހުންނަށް އެއްވެސް منفع އެއް ނުކުރާނެއެވެ.)

25:24

أَصۡحَٰبُ ٱلۡجَنَّةِ يَوۡمَئِذٍ خَيۡرٞ مُّسۡتَقَرّٗا وَأَحۡسَنُ مَقِيلٗا ﴿24﴾

Transliteration: Ashabu aljannati yawmaithin khayrun mustaqarran waahsanu maqeelan

Translation: އެދުވަހުން ސުވަރުގޭގެ އެކުވެރިންވާނީ قرار ވެތިބުމަށް ހެޔޮވެގެންވާ ތަނެއްގައެވެ. އަދި އެމީހުން قَيْلُوْلَة ކުރާވަގުތު އަރާމުކުރާތަން ރަނގަޅުވެ ފައްކާވެގެންނެވެ. އެއީ ސުވަރުގެއެވެ.

25:25

وَيَوۡمَ تَشَقَّقُ ٱلسَّمَآءُ بِٱلۡغَمَٰمِ وَنُزِّلَ ٱلۡمَلَـٰٓئِكَةُ تَنزِيلًا ﴿25﴾

Transliteration: Wayawma tashaqqaqu alssamao bialghamami wanuzzila almalaikatu tanzeelan

Translation: އަދި غَمَامُ ފިޔަވައި، އެބަހީ: ހުދުވިލާގަނޑުން އުޑުފަޅަފަޅައިގެންގޮސް ކުދިކުދިވެ އަދި ކަނޑައެޅިގެން މަލާއިކަތްބޭކަލުން ފޮނުއްވެވި ބިމަށް ފައިބާވަޑައިގަންނަވާ ދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ.)

25:26

ٱلۡمُلۡكُ يَوۡمَئِذٍ ٱلۡحَقُّ لِلرَّحۡمَٰنِۚ وَكَانَ يَوۡمًا عَلَى ٱلۡكَٰفِرِينَ عَسِيرٗا ﴿26﴾

Transliteration: Almulku yawmaithin alhaqqu lilrrahmani wakana yawman AAala alkafireena AAaseeran

Translation: އެދުވަހުން ވެރިކަމާއި ރަސްކަން حقّ ގޮތުގައި އޮންނާނީ ހަމަ ސީދާ رحمن ވަންތަ ﷲ އަށެވެ. އަދި އެދުވަސްވަނީ ކާފަރުންގެމައްޗަށް ދަތިއުނދަގޫ ދުވަހެއްކަމުގައެވެ.

25:27

وَيَوۡمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيۡهِ يَقُولُ يَٰلَيۡتَنِي ٱتَّخَذۡتُ مَعَ ٱلرَّسُولِ سَبِيلٗا ﴿27﴾

Transliteration: Wayawma yaAAaddu alththalimu AAala yadayhi yaqoolu ya laytanee ittakhathtu maAAa alrrasooli sabeelan

Translation: އަދި އަނިޔާވެރިޔާ (مشرك މީހާ) އޭނާގެ ދެއަތުގައި އޭނާ ދަތްއަޅާދުވަސް (ހަނދާންކުރާށެވެ!). އޭނާ قيامة ދުވަހުން ބުނާނެއެވެ. އަހުރެން رسول އާއިއެކު މަގެއްހިފައި އެކަލޭގެފާނުންގެ މަގާއި تبع ވެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟

25:28

يَٰوَيۡلَتَىٰ لَيۡتَنِي لَمۡ أَتَّخِذۡ فُلَانًا خَلِيلٗا ﴿28﴾

Transliteration: Ya waylata laytanee lam attakhith fulanan khaleelan

Translation: އޭ އަހުރެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. (رسولއާގެ މަގުދޫކޮށް) އެވެނިމީހާ އަހުރެންގެ رحمة ތެރިއަކުކަމުގައި (تبع ވެވޭ މީހަކުކަމުގައި) ނުހިފުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ؟

25:29

لَّقَدۡ أَضَلَّنِي عَنِ ٱلذِّكۡرِ بَعۡدَ إِذۡ جَآءَنِيۗ وَكَانَ ٱلشَّيۡطَٰنُ لِلۡإِنسَٰنِ خَذُولٗا ﴿29﴾

Transliteration: Laqad adallanee AAani alththikri baAAda ith jaanee wakana alshshaytanu lilinsani khathoolan

Translation: ހަމަކަށަވަރުން އަހުރެން އެފަރާތަކާއި تبع ވީފަރާތް އަހުރެން قرآن އަށް إيمان ވިޔަނުދީ މަގުފުރައްދައިފިއެވެ. އެއީ އަހުރެންނަށް އެ ذِكر (އެބަހީ: قرآن އަށް އީމާންވާންވާނެކަން އެނގުމަށްފަހުގައެވެ. އަދި شيطان އާ ވަނީ އިންސާނާއަށް ކެހިވެރި އަދި ލަނޑުދޭ މީހަކުކަމުގައެވެ.

25:30

وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوۡمِي ٱتَّخَذُواْ هَٰذَا ٱلۡقُرۡءَانَ مَهۡجُورٗا ﴿30﴾

Transliteration: Waqala alrrasoolu ya rabbi inna qawmee ittakhathoo hatha alqurana mahjooran

Translation: އަދި (އަނިޔާވެރިން އަތްތަކުގައި އެމީހުން ދަތްއަޅާ ދުވަހުން يعني: قيامة ދުވަހުން) رسول ﷺ ﷲ އަށް ދަންނަވާނެއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެމީހުން މި قرآن އަކީ ދުރަށް އެއްލާލެވިފައިވާ އެއްޗަކަށް ހަދައިލައިފިއެވެ. • ދަންނައެވެ. މިއާޔަތަކީ قرآن އަށް حكم ނުކުރާ އަދި އޭގައިވާގޮތަށް عمل ނުކުރާ ކޮންމެމީހަކަށް ﷲ ގެ حضرة ން އައިސްފައިވާ ގަދަ وعيد ގެ ބަސްފުޅެކެވެ. ބިރުވެރި ބަސްފުޅެކެވެ. قيامة ދުވަހުން ﷲ ގެ حضرة ގައި މާތްވެގެންވާ رسول شكوى ދަންނަވާނެއެވެ. قرآن އާއިމެދު أمّة ގެމީހުން ކަންތައްކުރި إهانة ތެރި ގޮތާއިމެދުގައެވެ. ތެދުތެދަށް ދަންނަވާނަމަ މިއަދު އަޅުގަނޑުމެންގެ عمل މިހުރީ ހަމަ ސެންޓުން ސެންޓަށް އެޔާއިއެއްގޮތަށެވެ. قرآن ގެ حكم ތައް އެހުރީ ހުރިތާނގައެވެ. މާމޮޅު އަމިއްލަ قانون ތަކަކާއި قوعد ތަކެއް ހަދާ މާބޯބޮޑެތި ބަޔަކަށްވެގެން قرآن އަށް މާތްކޮށް ހިތުމުގެ ނަމުގައި އެފޮތް ނަގާ ފޮތް ކާލިގަނޑުމަތީ ބާއްވައި ނުވަތަ އުރައެއްލައްވާ ސޯކޭހުތެރޭގައި ރައްކާތެރިކަމާއިއެކު ބާއްވަނީއެވެ. ފޮތް ބާވައިލެއްވުމުގެ مقصد ވެސް ނޭނގުނެވެ. ނުވަތަ މާތް رسول އާއަށްވެސް ނޭނގޭ تأويل ތައްކޮށް އާޔަތުގެ ނުއަތުމާނަ ނަގައި ތިމާމެންގެ އަމިއްލަ އެދުމުގައި ފޮތިއަޅަނީއެވެ. والعياذ بﷲ

25:31

وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا مِّنَ ٱلۡمُجۡرِمِينَۗ وَكَفَىٰ بِرَبِّكَ هَادِيٗا وَنَصِيرٗا ﴿31﴾

Transliteration: Wakathalika jaAAalna likulli nabiyyin AAaduwwan mina almujrimeena wakafa birabbika hadiyan wanaseeran

Translation: އަދި محمّد ﷺ އަށްވެސް عَدُوّ ންލެއްވިފަދައިން ތިމަންރަސްކަލާނގެ ކޮންމެ نبي އަކަށްވެސް مُجْرِم ންގެތެރެއިން (ކުށްވެރި ނުބައި މީހުންގެތެރެއިން) عدوّ ން ލެއްވީމެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ކަލާނގެ ތެދުމަގު ދައްކަވާކަލަކު ކަމުގައްޔާ نصر ވެރިއަކު ކަމުގައި ފުދިވޮޑިގެންވެއެވެ.

25:32

وَقَالَ ٱلَّذِينَ كَفَرُواْ لَوۡلَا نُزِّلَ عَلَيۡهِ ٱلۡقُرۡءَانُ جُمۡلَةٗ وَٰحِدَةٗۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَۖ وَرَتَّلۡنَٰهُ تَرۡتِيلٗا ﴿32﴾

Transliteration: Waqala allatheena kafaroo lawla nuzzila AAalayhi alquranu jumlatan wahidatan kathalika linuthabbita bihi fuadaka warattalnahu tarteelan

Translation: އަދި ކާފަރުންގެ މީހުން ބުނެއެވެ. އެކަލޭގެފާނުންގެ މައްޗަށް އެކީއެކަށް އެއްފަހަރާ قرآن ބާވައި ނުލެއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އެއްފަހަރާ ބާވައިލައްވާނޭނަމައެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެއީ ކަލޭގެފާނުންގެ ހިތްޕުޅު ސާބިތުކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ވަރަށްރަނގަޅަށް ثابت ކުރައްވައި بيان ކުރެއްވީމެވެ.

25:33

وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا ﴿33﴾

Transliteration: Wala yatoonaka bimathalin illa jinaka bialhaqqi waahsana tafseeran

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ އަރިހަށް އެމީހުންގެނައި (އަދި ގެންނަ) ކޮންމެ މިސާލަކަށް އެ مثال އެއް باطل ވާފަދަ حقّ ތެދު بيان ތިމަންރަސްކަލާނގެ ގެނަސް ނުދެއްވާ އެއް مثال އެއްވެސް އެ مشرك ންގެމީހުން ކަލޭގެފާނުންގެ އަރިހަށް ގެނަސް ނުދެއެވެ. އަދި އޭގެ ރަނގަޅު މޮޅު تفصيل ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގެނަސްދެމެވެ.

25:34

ٱلَّذِينَ يُحۡشَرُونَ عَلَىٰ وُجُوهِهِمۡ إِلَىٰ جَهَنَّمَ أُوْلَـٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ سَبِيلٗا ﴿34﴾

Transliteration: Allatheena yuhsharoona AAala wujoohihim ila jahannama olaika sharrun makanan waadallu sabeelan

Translation: އެ مشرك ންނަކީ އެމީހުންގެ މޫނުތައް ވަތަށް ނަރަކައަށް އެއްކުރެވޭނެ މީހުންނެވެ. އަދި އެމީހުންނަކީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ މީހުންނެވެ. އަދި އެމީހުންނަކީ އެންމެބޮޑަށް މަގުފުރެދި ވާވަދެފައިވާ މީހުންނެވެ.

25:35

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَا مَعَهُۥٓ أَخَاهُ هَٰرُونَ وَزِيرٗا ﴿35﴾

Transliteration: Walaqad atayna moosa alkitaba wajaAAalna maAAahu akhahu haroona wazeeran

Translation: އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އަދި އެކަލޭގެފާނާއިއެކު އެކަލޭފާނުންގެ أخ هارون (عليه السّلام) ވާގިވެރި އެހީތެރިއަކު ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

25:36

فَقُلۡنَا ٱذۡهَبَآ إِلَى ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا فَدَمَّرۡنَٰهُمۡ تَدۡمِيرٗا ﴿36﴾

Transliteration: Faqulna ithhaba ila alqawmi allatheena kaththaboo biayatina fadammarnahum tadmeeran

Translation: އަދި އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގު ކުރި މީހުންގެގާތަށް (ތިމަންރަސްކަލާނގެ دليل ތަކާއި علامة ތައް ދޮގުކުރި މީހުންގެގާތަށް يعني: فرعون އާއި އޭނާގެ قوم އަށް) ތިޔައިގެ ދެބޭކަލުން ވަޑައިގަންނަވާށެވެ. އެއީ އެމީހުންނަށް ތެދުމަގަށް ގޮވައިލައްވާށެވެ. ދެން އެބޭކަލުން ވަޑައިގެން ގޮވާލެއްވުމުން އެބޭކަލުންނަށް ކިޔަމަންތެރިނުވިއެވެ. ދެންފަހެ (އެމީހުން ނުކިޔަމަންތެރިވީހިނދުން) ތިމަންރަސްކަލާނގެ އެމީހުން އެކީއެކައްޗަކަށް ހަލާކުކުރެއްވީމެވެ.

25:37

وَقَوۡمَ نُوحٖ لَّمَّا كَذَّبُواْ ٱلرُّسُلَ أَغۡرَقۡنَٰهُمۡ وَجَعَلۡنَٰهُمۡ لِلنَّاسِ ءَايَةٗۖ وَأَعۡتَدۡنَا لِلظَّـٰلِمِينَ عَذَابًا أَلِيمٗا ﴿37﴾

Transliteration: Waqawma noohin lamma kaththaboo alrrusula aghraqnahum wajaAAalnahum lilnnasi ayatan waaAAtadna lilththalimeena AAathaban aleeman

Translation: އަދި نوح عليه السّلام ގެ قوم، އެމީހުން رسول ބޭކަލުން ދޮގުކުރިހިނދުން ތިމަންރަސްކަލާނގެ އެމީހުން غرق ކުރައްވައި ހަލާކުކުރެއްވީމެވެ. އަދި މީސްތަކުންނަށްވާ عِبْرَة އަކާއި ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ دليل އެއްކަމުގައި އެމީހުންގެ ކަންތައްލެއްވީމެވެ. އަދި އަނިޔާވެރިންނަށް - مشرك ންނަށް - ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

25:38

وَعَادٗا وَثَمُودَاْ وَأَصۡحَٰبَ ٱلرَّسِّ وَقُرُونَۢا بَيۡنَ ذَٰلِكَ كَثِيرٗا ﴿38﴾

Transliteration: WaAAadan wathamooda waashaba alrrassi waquroonan bayna thalika katheeran

Translation: (އަދި عاد ބާގައިމީހުންނާއި ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.)

25:39

وَكُلّٗا ضَرَبۡنَا لَهُ ٱلۡأَمۡثَٰلَۖ وَكُلّٗا تَبَّرۡنَا تَتۡبِيرٗا ﴿39﴾

Transliteration: Wakullan darabna lahu alamthala wakullan tabbarna tatbeeran

Translation: އަދި އެއިން ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައި حجّة ތައް بيان ކޮށްދެއްވީމެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް (ނުކިޔަމަންތެރިވީހިނދުން) އެބަޔަކު ހަލާކުކުރައްވައި ބަރުބާދުކުރެއްވީމެވެ. (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. - زُبْدَةُ التّفسير -

25:40

وَلَقَدۡ أَتَوۡاْ عَلَى ٱلۡقَرۡيَةِ ٱلَّتِيٓ أُمۡطِرَتۡ مَطَرَ ٱلسَّوۡءِۚ أَفَلَمۡ يَكُونُواْ يَرَوۡنَهَاۚ بَلۡ كَانُواْ لَا يَرۡجُونَ نُشُورٗا ﴿40﴾

Transliteration: Walaqad ataw AAala alqaryati allatee omtirat matara alssawi afalam yakoonoo yarawnaha bal kanoo la yarjoona nushooran

Translation: އަދި ހަމަކަށަވަރުން ނުބައިވެގެންވާ (ހިލަ) ވާރެއިން ވާރޭވެހެވުނު ރަށަށް މިމީހުން يعني: مكّة ގެ مشرك ން އައެވެ. (އެރަށް ކައިރިން އައިސްގޮސްވެއެވެ. އެއީ سَدُوم އެވެ. لُوط ބާގައިގެމީހުންގެ ރަށެވެ.) އެމީހުން ފަހެ އެރަށް ދެކޭކަމުގައި ނުވޭހެއްޔެވެ؟ (عبرة އަކަށް ނުފުދޭބާވައެވެ؟) އަދި ކިއެއްހެއްޔެވެ؟ އެމީހުން آخرة ދުވަހަށް ބިރުނުގަންނަނީއެވެ. އެދުވަހުގެ ثواب އަށް ނޭދެނީއެވެ.

25:41

وَإِذَا رَأَوۡكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي بَعَثَ ٱللَّهُ رَسُولًا ﴿41﴾

Transliteration: Waitha raawka in yattakhithoonaka illa huzuwan ahatha allathee baAAatha Allahu rasoolan

Translation: (އޭ رسول ﷲ އެވެ.) އެ مشرك ންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި މަލާމާތުގެ ގޮތުން އެމީހުން ބުނެއެވެ.) ﷲ رسول އަކުކަމުގައި ފޮނުއްވީ މިކަލޭގެފާނު ހެއްޔެވެ؟

25:42

إِن كَادَ لَيُضِلُّنَا عَنۡ ءَالِهَتِنَا لَوۡلَآ أَن صَبَرۡنَا عَلَيۡهَاۚ وَسَوۡفَ يَعۡلَمُونَ حِينَ يَرَوۡنَ ٱلۡعَذَابَ مَنۡ أَضَلُّ سَبِيلًا ﴿42﴾

Transliteration: In kada layudilluna AAan alihatina lawla an sabarna AAalayha wasawfa yaAAlamoona heena yarawna alAAathaba man adallu sabeelan

Translation: (އެ مشرك ންގެމީހުން ބުނެއެވެ.) އަހުރެމެން އަހުރެމެންގެ إله ންތަކުގެ މައްޗަށް ކެތްތެރިވެ އެތަކެއްޗަށް އަޅުކަންކުރުންމަތީ قائم ވެ ނުތިބިނަމަ އެ إله ންތަކާއި ދުރަށް އެކަލޭގެފާނު އަހުރެމެން އަނބުރައިލުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. މަގުފުރައްދައިލުން ގާތްވެގެންވެއެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ) އެމީހުންނަށް عذاب ފެންނަހިނދުން ބޮޑަށް މަގުފުރެދިގެންވަނީ ކާކުކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

25:43

أَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيۡهِ وَكِيلًا ﴿43﴾

Transliteration: Araayta mani ittakhatha ilahahu hawahu afaanta takoonu AAalayhi wakeelan

Translation: (އޭ رسول ﷲ އެވެ.) ތިމާއަޅުކަންކުރާ إله އަކީ ތިމާގެ هوى نفس ކަމުގައި އެބަހީ: ތިމާގެ ހިތަށް ފެންނަހާގޮތެއްކަމުގައި ހަދައި އެގޮތް إختيار ކުރިމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ؟ އަޅެފަހެ އެފަދަ މީހާ އޭނާގެ އެ جاهل ކަމުގައި އޭނާގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ وكيل އަކުކަމުގައި ކަލޭގެފާނު ވެވަޑައިގަންނަވާނުތޯއެވެ؟ • ރިވާވެގެންވެއެވެ. ބުދަށް އަޅުކަންކުރާ مشرك ންގެ މީހާ އޭނާ ހިލަގަނޑަށް އަޅުކަންކޮށްކޮށްހުއްޓާ އޭނާއަށް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ ކުރީ އަޅުކަންކުރި ހިލަގަނޑު އެއްލައިލާފައި ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އަލުންވެސް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ މިހާރު އެއަޅުކަންކުރާ ހިލަގަނޑު އެއްލައިލައިފާ ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އެގޮތުންގޮސް އޭނާ އަޅުކަންކުރާ إله އަކީ އޭނާގެ هوى نفس إختيار ކުރާ އެއްޗަކަށް ވެދެއެވެ. މިފަދަމީހުންގެމައްޗަށް އިސްވެދިޔަ އާޔަތް ރަނގަޅަށް تَطْبِيْقُ ވެއެވެ. = تفسير طبري =

25:44

أَمۡ تَحۡسَبُ أَنَّ أَكۡثَرَهُمۡ يَسۡمَعُونَ أَوۡ يَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّ سَبِيلًا ﴿44﴾

Transliteration: Am tahsabu anna aktharahum yasmaAAoona aw yaAAqiloona in hum illa kaalanAAami bal hum adallu sabeelan

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ހީފުޅުކުރައްވަނީ އެމީހުންކުރެ ގިނަމީހުންނަކީ ހެޔޮބަސްއަހައި އަދި ރަނގަޅުގޮތް ވިސްނާ ބަޔަކު ކަމަށްތޯއެވެ؟ (އެހެންނޫނެވެ.) އެމީހުން نَعَمْ ސޫފިފަދައިން މެނުވީ ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ.

25:45

أَلَمۡ تَرَ إِلَىٰ رَبِّكَ كَيۡفَ مَدَّ ٱلظِّلَّ وَلَوۡ شَآءَ لَجَعَلَهُۥ سَاكِنٗا ثُمَّ جَعَلۡنَا ٱلشَّمۡسَ عَلَيۡهِ دَلِيلٗا ﴿45﴾

Transliteration: Alam tara ila rabbika kayfa madda alththilla walaw shaa lajaAAalahu sakinan thumma jaAAalna alshshamsa AAalayhi daleelan

Translation: (އޭ رسول ﷲ އެވެ!) (ފަތިސްނަމާދާއި އިރުއެރުމާއި ދެމެދުއޮންނަ) ހިޔާގަޑު ކަލޭގެފާނުންގެ ربّ ދަމަހައްޓަވާގޮތަކަށް ނުބައްލަވަމުތޯއެވެ؟ އެކަމަށް فكر ފުޅު ނުކުރައްވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެހިޔާގަނޑު ދާއިމީގޮތެއްގައި ހަމަހިމޭނުން (އަވިނުދީ) އޮންނަގޮތަކަށްވެސް ހައްދަވައިފީހެވެ. ދެން އެހިޔާގަނޑުގެމައްޗަށްވާ دليل އެއްކަމުގައި އިރު އެކަލާނގެ ލެއްވިއެވެ. (އެހެނީ އިރުއަރާ އަވިދިނުމުން ހިޔާ ހިނގައިދެއެވެ. ހިޔާކަން އެނގެނީ އޭރުންނެވެ. ކޮންމެއެއްޗެއްވެސް ވަކިކޮށް އެގެވޭނީ އޭގެ އިދިކޮޅު އައީމައެވެ.)

25:46

ثُمَّ قَبَضۡنَٰهُ إِلَيۡنَا قَبۡضٗا يَسِيرٗا ﴿46﴾

Transliteration: Thumma qabadnahu ilayna qabdan yaseeran

Translation: ދެން ތިމަންރަސްކަލާނގެ حضرة އަށް އަވަސްއަވަހަށް ނުވަތަ މަޑުމަޑު ސިއްރު ހިތްޕެވުމަކުން އެހިޔާގަނޑު ތިމަންރަސްކަލާނގެ ހިތްޕަވަމެވެ.

25:47

وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِبَاسٗا وَٱلنَّوۡمَ سُبَاتٗا وَجَعَلَ ٱلنَّهَارَ نُشُورٗا ﴿47﴾

Transliteration: Wahuwa allathee jaAAala lakumu allayla libasan waalnnawma subatan wajaAAala alnnahara nushooran

Translation: އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެނަށްޓަކައި ނިވައިވާ އެއްޗެއްކަމުގައި يعني: ލިބާހެއްކަމުގައި ރޭގަނޑުލެއްވީ އެކަލާނގެއެވެ. އަދި ކަލޭމެނަށްޓަކައި ނިދި އެއީ އަރާމެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. އަދި ދުވާލަކީ މަސައްކަތަށް ހިނގާބިނގާވެ ފެތުރިގަންނަ ވަގުތެއްކަމުގައި އެކަލާނގެ ލެއްވިއެވެ.

25:48

وَهُوَ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ طَهُورٗا ﴿48﴾

Transliteration: Wahuwa allathee arsala alrriyaha bushran bayna yaday rahmatihi waanzalna mina alssamai maan tahooran

Translation: އަދި އެކަލާނގެ رحمة އެއްކަމުގައިވާ ވާރޭފެނުގެ ކުރިން (ފެންއައުމުގެ އުފާވެރިކަމެއްގެގޮތުން) ވައިޖެއްސެވީވެސް ހަމަ އެކަލާނގެއެވެ. ﷲ އެވެ. (އަދި އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ހަމަސީދާ ސާފު طهور ފެން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

25:49

لِّنُحۡـِۧيَ بِهِۦ بَلۡدَةٗ مَّيۡتٗا وَنُسۡقِيَهُۥ مِمَّا خَلَقۡنَآ أَنۡعَٰمٗا وَأَنَاسِيَّ كَثِيرٗا ﴿49﴾

Transliteration: Linuhyiya bihi baldatan maytan wanusqiyahu mimma khalaqna anAAaman waanasiyya katheeran

Translation: އެއީ އެފެނުގެ ސަބަބުން މަރުވެފައިވާ ރަށް ދިރުވުމަށެވެ. (ގަސްފެޅުވުމަށެވެ.) އަދި ތިމަންރަސްކަލާނގެ ހެއްދެވިތަކެތީގެތެރެއިން نَعَمْ ސޫތްޕާއި އަދި ގިނަ އިންސާނުންނަށް ތިމަންރަސްކަލާނގެ އެފެން ބޯންދެއްވުމަށެވެ. މިއިން މުރާދުކުރެވެނީ ދިރޭތަކެއްޗެވެ.

25:50

وَلَقَدۡ صَرَّفۡنَٰهُ بَيۡنَهُمۡ لِيَذَّكَّرُواْ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا ﴿50﴾

Transliteration: Walaqad sarrafnahu baynahum liyaththakkaroo faaba aktharu alnnasi illa kufooran

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި އެފެން ބައްސަވަމެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާ ދަރުމަކުރައްވާ نعمة އެމީހުން ހަނދާންކުރުމަށެވެ. އަދި އެހެނެއްކަމަކު ގިނަމީސްތަކުން (نعمة އަށް) ކާފަރުވުން މެނުވީ إختيار ނުކުރިއެވެ. نعمة އަށް شكر ކުރުމުން مَنَع ވެގަތީއެވެ.

25:51

وَلَوۡ شِئۡنَا لَبَعَثۡنَا فِي كُلِّ قَرۡيَةٖ نَّذِيرٗا ﴿51﴾

Transliteration: Walaw shina labaAAathna fee kulli qaryatin natheeran

Translation: އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ ކޮންމެރަށަކަށްވެސް نَذِيْرُ އަކު ފޮނުއްވައިފީހެވެ. إنْذَار ކުރާނޭ ބޭކަލަކު ފޮނުއްވައިފީހެވެ.

25:52

فَلَا تُطِعِ ٱلۡكَٰفِرِينَ وَجَٰهِدۡهُم بِهِۦ جِهَادٗا كَبِيرٗا ﴿52﴾

Transliteration: Fala tutiAAi alkafireena wajahidhum bihi jihadan kabeeran

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުންނާއި އިދިކޮޅަށް ބޮޑުވެގެންވާ جِهَاد އަކުން جِهَاد ކުރައްވާށެވެ.

25:53

وَهُوَ ٱلَّذِي مَرَجَ ٱلۡبَحۡرَيۡنِ هَٰذَا عَذۡبٞ فُرَاتٞ وَهَٰذَا مِلۡحٌ أُجَاجٞ وَجَعَلَ بَيۡنَهُمَا بَرۡزَخٗا وَحِجۡرٗا مَّحۡجُورٗا ﴿53﴾

Transliteration: Wahuwa allathee maraja albahrayni hatha AAathbun furatun wahatha milhun ojajun wajaAAala baynahuma barzakhan wahijran mahjooran

Translation: އަދި (މީރުފެނާ ލޮނުފެނާ) ދެކަނޑު އެކުއެކުއޮންނަގޮތަށް ލެއްވީ ހަމަ އެކަލާނގެއެވެ. (ﷲ އެވެ.) އެއްކަނޑު މިއީ ހަމަ މީރު މީރުކަންގަދަ ފެނެވެ. އަނެއްކަނޑު މިއީ ލޮނުކަންގަދަ ލޮނު ހިތިފެނެވެ. (ދެކަނޑު މިވަނީ އެކުއެކުގައެވެ.) އެކަމަކު އެދެކަނޑު ދެމެދުގައި (މީހުނަށް ނޭނގޭ) ހުރަހެއް އެކަލާނގެ ލެއްވިއެވެ. (އަދި އެއްގޮތަކަށްވެސް މައްސުނިވެ އެކުނުވާނޭގޮތުން) ބަންދުކުރައްވައި އެއްކަނޑު އަނެއްކަނޑަށް ވަދެ ދެކަނޑު ދެކަނޑަށް فَاسِدُ ވުން އެއީ حَرام ވެގެންވާ ކަމެއްކަމުގައި އެކަލާނގެ ލެއްވިއެވެ.\n• ދަންނައެވެ. މިބާވަތުގެ ތަންތަން يعني: ދެކަނޑު ޖެހުނު ތަންތަން ފެނުން ފާހަގަކުރެވޭ ކަމުގައިވެއެވެ. އެއްފަރާތުން ފެންފޮދެއްނަގައި ބޮއިލާއިރު ހަމަ މީރުފެނެވެ. އަނެއްފަރާތުން ފެންފޮދެއް ނަގައި ބޮއިލާއިރު ހަމަ ގަދަލޮނެވެ. އެއްކަނޑެވެ. އެއްވެސް ބާވަތެއްގެ ފާރެއް ނުވަތަ ވަކިކުރުމެއް ލޮލަކަށް ނުފެނެއެވެ. އެބާވަތުގެ ތަންތަނުން ފެންބުއިކުދިން އަޅުގަނޑާއެކު އެއްކުލާހެއްގައިވެސް ތިއްބެވެ. މިފަދަމިފަދަ ކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ފުރިހަމަ ހެއްކެވެ. دليل އެވެ.

25:54

وَهُوَ ٱلَّذِي خَلَقَ مِنَ ٱلۡمَآءِ بَشَرٗا فَجَعَلَهُۥ نَسَبٗا وَصِهۡرٗاۗ وَكَانَ رَبُّكَ قَدِيرٗا ﴿54﴾

Transliteration: Wahuwa allathee khalaqa mina almai basharan fajaAAalahu nasaban wasihran wakana rabbuka qadeeran

Translation: އަދި އެކަލާނގެއީ يعني: ﷲ އީ މަނިފޮދުވަރަކުން އިންސާނާ ހައްދަވައި ދެން އެއިންސާނާއީ ނަސަބުކަމުގައްޔާއި އަދި ޅިޔަންފަހަރިކަމުގައި ލެއްވި ކަލާނގެއެވެ. (އެބަހީ: ނަސަބު ދަމަހައްޓައި ޅިޔަންފަހަރި ވާނޭގޮތް ލެއްވިއެވެ.) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެއީ ކުޅަދުންވަންތަކަލަކު ކަމުގައިވިއެވެ.

25:55

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمۡ وَلَا يَضُرُّهُمۡۗ وَكَانَ ٱلۡكَافِرُ عَلَىٰ رَبِّهِۦ ظَهِيرٗا ﴿55﴾

Transliteration: WayaAAbudoona min dooni Allahi ma la yanfaAAuhum wala yadurruhum wakana alkafiru AAala rabbihi thaheeran

Translation: އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ.

25:56

وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا ﴿56﴾

Transliteration: Wama arsalnaka illa mubashshiran wanatheeran

Translation: އަދި (އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި إنْذَار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމުއެވެ.

25:57

قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلٗا ﴿57﴾

Transliteration: Qul ma asalukum AAalayhi min ajrin illa man shaa an yattakhitha ila rabbihi sabeelan

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން އިއްވަވާތީ އެކަމުގެމައްޗަށް ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް / ފީއަކަށް ނޭދެމެވެ. (އެކަމަކު ތިމަންކަލޭގެފާނު މިއެދެނީ) އެދޭމީހަކުވިއްޔާ އެމީހަކު ހައްދަވާބޮޑުކުރެއްވި ربّ ގެ حضرة އަށް މަގެއް ހިފުމަށެވެ. ﷲ ގެ حضرة އަށް ކިޔަމަންތެރިވެ އެކަލާނގެއަށް إيمان ވުމަށެވެ.

25:58

وَتَوَكَّلۡ عَلَى ٱلۡحَيِّ ٱلَّذِي لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا ﴿58﴾

Transliteration: Watawakkal AAala alhayyi allathee la yamootu wasabbih bihamdihi wakafa bihi bithunoobi AAibadihi khabeeran

Translation: (އޭ رسول ﷲ އެވެ!) އަދި މަރުވުމެއްނެތް ދިރިދެމިވޮޑިގެންވާ ކަލާނގެއަށް يعني: ﷲ އަށް - ކަލޭގެފާނު وكيل ކުރައްވާށެވެ! އިތުބާރުކުރައްވާށެވެ! އަދި އެކަލާނގެއަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ! އަދި އެކަލާނގެ އަޅުތަކުން ކުރާ ފާފަތަކުގެ خبر ދެނެވޮޑިގެންވާކަލަކު ކަމުގައި އެކަލާނގެ ފުދިވޮޑިގެންވެއެވެ. (އެހެނީ އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.)

25:59

ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ ٱلرَّحۡمَٰنُ فَسۡـَٔلۡ بِهِۦ خَبِيرٗا ﴿59﴾

Transliteration: Allathee khalaqa alssamawati waalarda wama baynahuma fee sittati ayyamin thumma istawa AAala alAAarshi alrrahmanu faisal bihi khabeeran

Translation: އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހުގެތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْشِ އަށް إسْتواى ވެވޮޑިގެންނެވިއެވެ. އެއީ رحمن ވަންތަ ކަލާނގެއެވެ. ފަހެ خبر ތައް ދެނެވޮޑިގެންވާ އަދި خبر ތައް ދެއްވާ ކަލެއްގެގޮތުން އެކަލާނގެއާއި ސުވާލުކުރައްވާށެވެ! (އެހެނީ އެކަލާނގެ ހުރިހާކަމެއްގެ خبر ދެނެވޮޑިގެންވެއެވެ. - ނުވަތަ އެކަލާނގެއީ ކޮންފަދަ ކަލަކުކަން ސާފުކުރުމަށް ރަނގަޅަށް خبر ދަންނަ ފަރާތަކާއި ސުވާލުކުރާށެވެ. - މިދެތަރުޖަމާވެސްވެއެވެ. والله أعلم.

25:60

وَإِذَا قِيلَ لَهُمُ ٱسۡجُدُواْۤ لِلرَّحۡمَٰنِ قَالُواْ وَمَا ٱلرَّحۡمَٰنُ أَنَسۡجُدُ لِمَا تَأۡمُرُنَا وَزَادَهُمۡ نُفُورٗا۩ ﴿60﴾

Transliteration: Waitha qeela lahumu osjudoo lilrrahmani qaloo wama alrrahmanu anasjudu lima tamuruna wazadahum nufooran

Translation: އަދި ކަލޭމެން رَحْمنُ ވަންތަ ﷲ އަށް سَجِدة ކުރާށޭ އެމީހުންނަށް يعني: ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. الرّحْمن އެއީ ކާކުހެއްޔެވެ؟ ކަލޭގެފާނު އަހުރެމެންނަށް އަމުރުކުރާ އެއްޗަކަށް އަހުރެމެން سَجِدة ކުރަންވީހެއްޔެވެ؟ (އެހެން ހަމައެގޮތަށް سَجِدة ނުކުރާނަމެވެ!) އަދި ނުރުހުމާއި ދުރަށް ފިލައިގެންދިއުން މެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

25:61

تَبَارَكَ ٱلَّذِي جَعَلَ فِي ٱلسَّمَآءِ بُرُوجٗا وَجَعَلَ فِيهَا سِرَٰجٗا وَقَمَرٗا مُّنِيرٗا ﴿61﴾

Transliteration: Tabaraka allathee jaAAala fee alssamai buroojan wajaAAala feeha sirajan waqamaran muneeran

Translation: އުޑުގައި ގަނޑުވަރުތައް ލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެ فَضْل ވަންތަކަމާއި ދަރުމަވަންތަކަން ގިނަވެގެންވެއެވެ.) އަދި އެކަލާނގެ އެއުޑުގައި ބައްތިއަކާއި އެބަހީ: އިރަކާއި އަދި އަލިކުރާ ހަނދެއްލެއްވިއެވެ.

25:62

وَهُوَ ٱلَّذِي جَعَلَ ٱلَّيۡلَ وَٱلنَّهَارَ خِلۡفَةٗ لِّمَنۡ أَرَادَ أَن يَذَّكَّرَ أَوۡ أَرَادَ شُكُورٗا ﴿62﴾

Transliteration: Wahuwa allathee jaAAala allayla waalnnahara khilfatan liman arada an yaththakkara aw arada shukooran

Translation: އަދި ހަމަ އެކަލާނގެ ރޭގަނޑާއި ދުވާލު އެކައްޗަކަށްފަހު އަނެކަތި އަންނަގޮތަށް ލެއްވިއެވެ. (އެގޮތަށް ނުވާނަމަ ރޭގަނޑާއި ދުވާލު ވަކިނުވީހެވެ. އަދި އަހަރުތަކާއި ވަގުތުތައް އޮޅުން ނުފިލީހެވެ.) އެއީ ﷲ ގެ އަމުރުފުޅުތައް އެދޭމީހަކަށް އެކަން قصد ކުރާމީހަކަށް ނުވަތަ ހަނދާންކުރާމީހަކަށް ނުވަތަ އެކަލާނގެ نعمة އަށް شكر ކުރުމަށް އެދޭމީހަކަށެވެ. (އެމީހަކު އެކަންކުރާ ހުށިކަމެވެ.)

25:63

وَعِبَادُ ٱلرَّحۡمَٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنٗا وَإِذَا خَاطَبَهُمُ ٱلۡجَٰهِلُونَ قَالُواْ سَلَٰمٗا ﴿63﴾

Transliteration: WaAAibadu alrrahmani allatheena yamshoona AAala alardi hawnan waitha khatabahumu aljahiloona qaloo salaman

Translation: އަދި رحمن ވަންތަ ކަލާނގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާއިއެކު ހިނގާމީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާއި ވާހަކަދައްކާ ހިތްހަމަނުޖެހޭފަދައަކުން مُخَاطب ކޮށްފިއްޔާވެސް އެޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަވާހަކަނުދައްކައި ހަމައެކަނި ސަލާމު އެވެބުނެއެވެ.

25:64

وَٱلَّذِينَ يَبِيتُونَ لِرَبِّهِمۡ سُجَّدٗا وَقِيَٰمٗا ﴿64﴾

Transliteration: Waallatheena yabeetoona lirabbihim sujjadan waqiyaman

Translation: އަދި އެމީހުންނަކީ يعني: رحمن ވަންތަ ﷲ ގެ އަޅުތަކުންނަކީ އެމީހުން ހައްދަވާބޮޑުކުރައްވާ ربّ އަށް سَجِدَة ކުރުމާއި قِيَامُ ކުރާ حال (އެބަހީ: އެކަލާނގެއަށް އަޅުކަންކުރާ حال) އެމީހުން ރޭގަނޑު ވޭތިކުރާ މީހުންނެވެ.

25:65

وَٱلَّذِينَ يَقُولُونَ رَبَّنَا ٱصۡرِفۡ عَنَّا عَذَابَ جَهَنَّمَۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿65﴾

Transliteration: Waallatheena yaqooloona rabbana isrif AAanna AAathaba jahannama inna AAathabaha kana gharaman

Translation: އަދި އެމީހުންނަކީ މިފަދައިން ދަންނަވާ دعاء ކުރާ މީހުންނެވެ. " އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ عَذاب ދުރުކުރައްވާންދޭވެ!". ހަމަކަށަވަރުން އެތާނގެ عذاب އެއީ (عذاب ލިބޭމީހާ އާއި) ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ.

25:66

إِنَّهَا سَآءَتۡ مُسۡتَقَرّٗا وَمُقَامٗا ﴿66﴾

Transliteration: Innaha saat mustaqarran wamuqaman

Translation: ހަމަކަށަވަރުން އެތަނަކީ قَرَارُ ވެތިބޭތަނުގެ ގޮތުންނާއި قائم ވެތިބޭ ތަނުގެގޮތުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.

25:67

وَٱلَّذِينَ إِذَآ أَنفَقُواْ لَمۡ يُسۡرِفُواْ وَلَمۡ يَقۡتُرُواْ وَكَانَ بَيۡنَ ذَٰلِكَ قَوَامٗا ﴿67﴾

Transliteration: Waallatheena itha anfaqoo lam yusrifoo walam yaqturoo wakana bayna thalika qawaman

Translation: އަދި އެމީހުން އެބަހީ: رحمن ވަންތަ ﷲ ގެ އަޅުތަކުން ހޭދައެއްކުރަންޏާ އެމީހުން إسراف ނުކުރެއެވެ. (ﷲ ގެ އުރެދުމުގައި މުދާހޭދަނުކުރެއެވެ.) އަދި خرد ކުރުން حقّ ވަރަށް خرد ނުކޮށްވެސް ނުހިފަހައްޓައެވެ. އެމީހުންގެ ހޭދަކުރުންވަނީ އެދެމެދުގެ މެދުމިނަށެވެ. عدل ވެރިގޮތަށެވެ.

25:68

وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا ﴿68﴾

Transliteration: Waallatheena la yadAAoona maAAa Allahi ilahan akhara wala yaqtuloona alnnafsa allatee harrama Allahu illa bialhaqqi wala yaznoona waman yafAAal thalika yalqa athaman

Translation: އަދި އެމީހުން ﷲ އާއިއެކު އެހެން إله އަކަށް دعاء ކޮށް ގޮވާނަހަދައެވެ. އަދި ﷲ حرام ކުރައްވާ حرمة ތެރިކުރައްވާފަވާ އެއްވެސް نفس އެއް حقّ އަކާލައިގެން މެނުވީ އެމީހުން ނުމަރައެވެ. އަދި އެމީހުން ޒިނޭ ނުކުރެއެވެ. އަދި އެކަންކޮށްފިމީހާ (އެބަހީ: އިސްވެދިޔަ ފާފައިގެތެރެއިން ކަމެއްކޮށްފި މީހާއަށް) އެކަމުގެ عذاب އާއި عقوبَة ލިބޭހުއްޓެވެ.

25:69

يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا ﴿69﴾

Transliteration: YudaAAaf lahu alAAathabu yawma alqiyamati wayakhlud feehi muhanan

Translation: އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ.

25:70

إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿70﴾

Transliteration: Illa man taba waamana waAAamila AAamalan salihan faolaika yubaddilu Allahu sayyiatihim hasanatin wakana Allahu ghafooran raheeman

Translation: އަދި އެމީހަކު އީމާންވެ تَوبَة ވެ އަދި صَالح عمل ކުރި ކޮންމެ މީހަކު ދަންނައެވެ. އެފަދަ މީހުންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ﷲ ބަދަލުކޮށްދެއްވާހުއްޓެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.

25:71

وَمَن تَابَ وَعَمِلَ صَٰلِحٗا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابٗا ﴿71﴾

Transliteration: Waman taba waAAamila salihan fainnahu yatoobu ila Allahi mataban

Translation: އަދި توبة ވެ صالح عمل ކޮށްފިމީހާ ފަހެ ހަމަކަށަވަރުން އެމީހާއީ حق توبة ވުމަކުން توبة ވެއްޖެމީހެކެވެ.

25:72

وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ وَإِذَا مَرُّواْ بِٱللَّغۡوِ مَرُّواْ كِرَامٗا ﴿72﴾

Transliteration: Waallatheena la yashhadoona alzzoora waitha marroo biallaghwi marroo kiraman

Translation: އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން زُوْرُ އަކަށް حاضر ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. (އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.) • ދަންނައެވެ. މިއާޔަތުގައި މި بَيَان ވެގެންވާ زُورُ މި لفظ އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ شِرْك ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް تفسير ކުރެވިފައިވެއެވެ. އެންމެ عدل ވެރިގޮތެއްކަމަށް أَبُوجَعْفَرُرالطَّبرى ވިދާޅުވަނީ باطل ކޮންމެ ކަމެކެވެ. والله أعلم. އަދި ހަމައެފަދައިން لَغْوُ މި لفظ ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް أصل އެއް ވަސްލެއްނެތް باطل ކޮންމެ ކަމެކެވެ. އޭގެތެރޭގައި مشرك ން އެމީހުންގެ إله ންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. والله أعلم.

25:73

وَٱلَّذِينَ إِذَا ذُكِّرُواْ بِـَٔايَٰتِ رَبِّهِمۡ لَمۡ يَخِرُّواْ عَلَيۡهَا صُمّٗا وَعُمۡيَانٗا ﴿73﴾

Transliteration: Waallatheena itha thukkiroo biayati rabbihim lam yakhirroo AAalayha summan waAAumyanan

Translation: އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން އެމީހުންގެ ربّ ގެ އާޔަތްތައް އެމީހުންނަށް ހަނދާން ކުރެވިއްޖެއްޔާ އެއާޔަތަކާމެދު އެމީހުން ބީރުކަންފަތަކުން ނުއަހައެވެ. އަދި ކަނު ލޮލަކުން ނުބަލައެވެ. އެބަހީ: ކާފަރުންފަދައިން އަޑުނުއަހައި އަދި އެޔާމެދު ނުވިސްނާ ނުތިބެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއާޔަތްތަކަށް އެމީހުން ވިސްނާ ފިކުރު ކުރެއެވެ. ކަނުލައި އަހައެވެ.

25:74

وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا ﴿74﴾

Transliteration: Waallatheena yaqooloona rabbana hab lana min azwajina wathurriyyatina qurrata aAAyunin waijAAalna lilmuttaqeena imaman

Translation: އަދި އެމީހުންނަކީ (އެމީހުންގެ ربّ އަށް) ދަންނަވާ دعاء ކުރާމީހުންނެވެ. އެމީހުން ދަންނަވައެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެފަރާތުން އަޅަމެންގެ ލޮލަށް ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އެބަހީ: އެމީހުންނަކީ ބަސްއަހާ ހެޔޮ تقوى ވެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި تقوى ވެރިންނަށްވާ إمام ންކަމުގައި އަޅަމެން ލައްވާނދޭވެ!

25:75

أُوْلَـٰٓئِكَ يُجۡزَوۡنَ ٱلۡغُرۡفَةَ بِمَا صَبَرُواْ وَيُلَقَّوۡنَ فِيهَا تَحِيَّةٗ وَسَلَٰمًا ﴿75﴾

Transliteration: Olaika yujzawna alghurfata bima sabaroo wayulaqqawna feeha tahiyyatan wasalaman

Translation: އެމީހުން يعني: އިސްވެދިޔަ ސިފަތައްހުރި رحمن ވަންތަ ﷲ ގެ އަޅުތަކުން (ދަންނައެވެ.) އެމީހުން (ދުނިޔޭގައި އުޅުނުއިރު) ކެތްތެރިވުމުގެސަބަބުން އެމީހުންނަށް ސުވަރުގޭގެ މަތިވެރި ثواب އާއި މާތް ދަރުމަތައް ލިބެވޭހުއްޓެވެ. އަދި އެސުވަރުގޭގައި އެމީހުން ތިބޭއިރު تَحِيَّة އާއި سَلام އެމީހުންނަށް ލިބެވޭހުއްޓެވެ. އެއީ ﷲ ގެ حضرة ންވާ تَحِيَّة އާއި ملائكة ބޭކަލުންގެ سلام އެވެ. ނުވަތަ މިދެއެއްޗަކީވެސް ﷲ ގެ حضرة ންވާ ސަލާމެވެ. والله أعلم.

25:76

خَٰلِدِينَ فِيهَاۚ حَسُنَتۡ مُسۡتَقَرّٗا وَمُقَامٗا ﴿76﴾

Transliteration: Khalideena feeha hasunat mustaqarran wamuqaman

Translation: އެއީ އެމީހުން އެސުވަރުގޭގައި ދެމިތިބޭ حال ގައެވެ. އަދި قَرَارُ ވެ ހަމަޖެހިގެންތިބުމުގެ ގޮތުންނާއި އަރާމުކުރަން ތިބުމުގެގޮތުން އެތަން މާތްވެގެންވެއެވެ. ރަނގަޅުވެގެންވެއެވެ.

25:77

قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّي لَوۡلَا دُعَآؤُكُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ يَكُونُ لِزَامَۢا ﴿77﴾

Transliteration: Qul ma yaAAbao bikum rabbee lawla duAAaokum faqad kaththabtum fasawfa yakoonu lizaman

Translation: (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ربّ އަށް ކަލޭމެން دعاء ނުކުރާނަމަ، އެކަލާނގެއަށް ކަލޭމެން އަޅުކަން ނުކުރާނަމަ ކަލޭމެންނާއިމެދު ތިމަންކަލޭގެފާނުންގެ ربّ އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެއެވެ. ނުވަތަ ކަލޭމެންނާމެދު ދެން އެކަލާނގެ ބަހައްޓަވާނީ ކޮންފަރުވާލެއްހެއްޔެވެ؟ އަދި އޭކާފަރުންނޭވެ! ހަމަކަށަވަރުން ކަލޭމެން (އެކަލާނގެއަށް އަޅުކަން ނުކޮށް) ދޮގުހަދައިފީމުއެވެ. އަދި ނިކަންހުރެ ކަލޭމެނަށް عذاب ލާޒިމުވުމުގެ ސަބަބެއްކަމުގައި އެކަން ވެދާނެއެވެ. އެދޮގުހެދުން ވެދާނެއެވެ. والله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download