quranm◉

Surah An-Naml transliteration

◉ ސޫރަ · ∞

27:1

طسٓۚ تِلۡكَ ءَايَٰتُ ٱلۡقُرۡءَانِ وَكِتَابٖ مُّبِينٍ ﴿1﴾

Transliteration: Taseen tilka ayatu alqurani wakitabin mubeenin

Translation: طس މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. إبن عبّاس ގެ އަރިހުން ރިވާވެގެންވާގޮތުގައި އެއީ ހުވައެކެވެ. والله أعلم. ހަމަކަށަވަރުން މިއީ قرآن ގެ އާޔަތްތަކެވެ. އަދި بيان ވެގެންވާ ފޮތުގެ އާޔަތްތަކެވެ.

27:2

هُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ ﴿2﴾

Transliteration: Hudan wabushra lilmumineena

Translation: އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި بَشَارة ބަހެކެވެ. އުފާވެރި خبر ތަކެކެވެ.

27:3

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ يُوقِنُونَ ﴿3﴾

Transliteration: Allatheena yuqeemoona alssalata wayutoona alzzakata wahum bialakhirati hum yooqinoona

Translation: މިބުނާ مؤمن ންނަކީ އެމީހުން ނަމާދު قائم ކުރާ އަދި ޒަކާތްދޭމީހުންނެވެ. އަދި ކަނޑައެޅިގެން آخرة އަންނާނެކަމަށް އެމީހުން يقين ކުރާ މީހުންނެވެ.

27:4

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ زَيَّنَّا لَهُمۡ أَعۡمَٰلَهُمۡ فَهُمۡ يَعۡمَهُونَ ﴿4﴾

Transliteration: Inna allatheena la yuminoona bialakhirati zayyanna lahum aAAmalahum fahum yaAAmahoona

Translation: އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާމީހުން އެދުވަސް ތެދުނުކުރާ މީހުން ދަންނައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ (އެނުބައި) عمل ތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނީމެވެ. ފަހެ އެމީހުން އެކަމުގައި ދެފުށުއެޅިއެޅި ތިބެއެވެ. އަނދިރިވެގެންވެއެވެ. ހިތް އަނދިރިވެގެންވެއެވެ.

27:5

أُوْلَـٰٓئِكَ ٱلَّذِينَ لَهُمۡ سُوٓءُ ٱلۡعَذَابِ وَهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ ﴿5﴾

Transliteration: Olaika allatheena lahum sooo alAAathabi wahum fee alakhirati humu alakhsaroona

Translation: އެމީހުން ދަންނައެވެ. އެމީހުންނަށް ހުރީ ހަމަ ނުބައި عذاب އެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

27:6

وَإِنَّكَ لَتُلَقَّى ٱلۡقُرۡءَانَ مِن لَّدُنۡ حَكِيمٍ عَلِيمٍ ﴿6﴾

Transliteration: Wainnaka latulaqqa alqurana min ladun hakeemin AAaleemin

Translation: (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނު قرآن ލިބިވަޑައިގަންނަވަނީ، އެބަހީ: قرآن ދަސްފުޅުކުރައްވައި އުނގެނިވަޑައިގަންނަވަނީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލެއްގެ حضرة ންނެވެ. (އެއީ މާތް ﷲ އެވެ. عالم ތަކުގެ ވެރި ربّ އެވެ.)

27:7

إِذۡ قَالَ مُوسَىٰ لِأَهۡلِهِۦٓ إِنِّيٓ ءَانَسۡتُ نَارٗا سَـَٔاتِيكُم مِّنۡهَا بِخَبَرٍ أَوۡ ءَاتِيكُم بِشِهَابٖ قَبَسٖ لَّعَلَّكُمۡ تَصۡطَلُونَ ﴿7﴾

Transliteration: Ith qala moosa liahlihi innee anastu naran saateekum minha bikhabarin aw ateekum bishihabin qabasin laAAallakum tastaloona

Translation: موسى عليه السّلام އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން خبر އެއް ނުވަތަ އަލިފާންކޮޅެއް ހިފައިގެން ކަލޭމެންގެގާތަށް އަހުރެން އަންނާނަމެވެ. (ކަލޭމެން މިތާ ތިބޭށެވެ.) އެއީ ކަލޭމެން ހީފިލުވާލުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއިޝާރަތްވަނީ ސަލާމްލެއްވި موسى ގެފާނު އެކަލޭގެފާނުން أهل ވެރިންނާއިގެން مَدْيَنُ ދޫކުރައްވައި مصر އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށެވެ. އެއީ ފިނިބާރު ރެއެކެވެ. ހީފިލުމަށް އަލިފާންކޮޅަކަށް ބޭނުންވެވަޑައިގެންފައިވެއެވެ.

27:8

فَلَمَّا جَآءَهَا نُودِيَ أَنۢ بُورِكَ مَن فِي ٱلنَّارِ وَمَنۡ حَوۡلَهَا وَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَٰلَمِينَ ﴿8﴾

Transliteration: Falamma jaaha noodiya an boorika man fee alnnari waman hawlaha wasubhana Allahi rabbi alAAalameena

Translation: ދެންފަހެ އެކަލޭގެފާނު އެއަލިފާނާއި ހަމައަށް (ނުވަތަ އެއަލިކަމާއި ހަމައަށް) ވަޑައިގެންނެވުމުން އެކަލޭގެފާނަށް ނިދާ އިއްވެވުނެވެ. (ގޮވައިލެއްވެވުނެވެ.) ހަމަކަށަވަރުން އަލިފާނުގައި - ނުވަތަ އަލިކަމުގައިވާ ކަލާނގެ بَركاة ވަންތަވެވޮޑިގެންވެއެވެ. އަދި އެއަލިކަމުގެ ވަށައިގެންވާ ބަޔަކުވެސް بركاة ވެގެންވެއެވެ. (އެއީ ملائكة ބޭކަލުންނާއި موسى ގެފާނެވެ.) އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. - އެއީ عَالم ތަކުގެ ވެރި ربّ އެވެ.

27:9

يَٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ﴿9﴾

Transliteration: Ya moosa innahu ana Allahu alAAazeezu alhakeemu

Translation: އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب

27:10

وَأَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰ لَا تَخَفۡ إِنِّي لَا يَخَافُ لَدَيَّ ٱلۡمُرۡسَلُونَ ﴿10﴾

Transliteration: Waalqi AAasaka falamma raaha tahtazzu kaannaha jannun walla mudbiran walam yuAAaqqib ya moosa la takhaf innee la yakhafu ladayya almursaloona

Translation: (އޭ موسى އެވެ!) ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ! (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވުމުން އެއަސާކޮޅު ހަރުފަޔަކަށްވެގެން حركاة ތެރިވާން ފަށައިފިއެވެ.) ފަހެ އެއެތިކޮންފަދަހެއްޔެވެ؟ އެއެތި جَانُّ އެއްފަދައެވެ. އެއީ ހަރުފައިގެ ވައްތަރެކެވެ. އަދި موسى عليه السّلام ފުރަގަސްދެއްވާ އެއާ ދުރަށް ވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް ވަޑައިނުގެންނެވިއެވެ. (ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ގައި رسول ބޭކަލުން ބިރުފުޅުގެންވަޑައި ނުގަންނަވާނެއެވެ.

27:11

إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسۡنَۢا بَعۡدَ سُوٓءٖ فَإِنِّي غَفُورٞ رَّحِيمٞ ﴿11﴾

Transliteration: Illa man thalama thumma baddala husnan baAAda sooin fainnee ghafoorun raheemun

Translation: އަނިޔާވެރިވެއްޖެމީހަކު މެނުވީއެވެ. (އެބަހީ: އަނިޔާވެރިންނަށް ބިރުވެރިކަންވެއެވެ. ދެންވެސް އެމީހަކު އެކުރި ނުބައިކަމަށްފަހު އެކަން ހެޔޮކަމަށް ބަދަލުކޮށްފިއްޔާ (އެބަހީ: توبة ވެގެން ހެޔޮ عمل ކޮށްފިއްޔާ) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މީގެ މުރާދަކީ އެމީހަކަށް ފާފަފުއްސަވާ رحمة ލައްވާހުށީމެވެ.)

27:12

وَأَدۡخِلۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖۖ فِي تِسۡعِ ءَايَٰتٍ إِلَىٰ فِرۡعَوۡنَ وَقَوۡمِهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ﴿12﴾

Transliteration: Waadkhil yadaka fee jaybika takhruj baydaa min ghayri sooin fee tisAAi ayatin ila firAAawna waqawmihi innahum kanoo qawman fasiqeena

Translation: އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ ޖީބަށް (ކަރުވަޅުތެރެއަށް) ވައްދަވާށެވެ. ދެން އެއަތްޕުޅު ނެރުއްވާއިރު އެއަތްޕުޅު ނިކުންނާނީ ހުދުކޮންނެވެ. އަލިކޮންނެވެ. އެއީ އެއްވެސް ބައްޔެއް އަދި އެއްވެސް ނުބައެއްގެ ސަބަބަކުން ނޫނެވެ. އެއީ فرعون އާއި އަދި އޭނާގެ قوم އަށް (رسول ކަމާއިގެން ކަލޭގެފާނު ފޮނުއްވޭއިރު) ދެއްވޭ ނުވަ مُعْجِزَة ގެތެރެއިންވާ އެއްކަމެވެ. ހަމަކަށަވަރުން އެމީހުންވީ (فرعون އާއި އަދި އޭނާގެ قومގެމީހުންވީ) فَاسِقُ ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

27:13

فَلَمَّا جَآءَتۡهُمۡ ءَايَٰتُنَا مُبۡصِرَةٗ قَالُواْ هَٰذَا سِحۡرٞ مُّبِينٞ ﴿13﴾

Transliteration: Falamma jaathum ayatuna mubsiratan qaloo hatha sihrun mubeenun

Translation: ދެން އެމީހުންގެގާތަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ އަދި موسى عليه السّلام ގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ) دليل ތަކާއި حُجَّة ތައް (معجزة ތައް،) ފައުޅުވެ بَيان ވެގެން އައިހިނދުން އެމީހުން ބުނީ އެއީ ބަޔާންވެގެންވާ سِحر އެއްކަމަށެވެ.

27:14

وَجَحَدُواْ بِهَا وَٱسۡتَيۡقَنَتۡهَآ أَنفُسُهُمۡ ظُلۡمٗا وَعُلُوّٗاۚ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ﴿14﴾

Transliteration: Wajahadoo biha waistayqanatha anfusuhum thulman waAAuluwwan faonthur kayfa kana AAaqibatu almufsideena

Translation: އަދި އެއީ ހަމަ (ﷲ ގެ حضرة ންވާ حقّ ކަން) އެމީހުންނަށް يقين ވިއެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެމީހުން އެތަކެތި ދޮގުކޮށް إنكار ކޮށްހެދީއެވެ. ދެކޮޅުހެދީއެވެ. އަދި ފަސާދަކުރާމީހުންގެ ނިމުމާއި ފަހުކޮޅުވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަލާކާއި ގެއްލުމެވެ.

27:15

وَلَقَدۡ ءَاتَيۡنَا دَاوُۥدَ وَسُلَيۡمَٰنَ عِلۡمٗاۖ وَقَالَا ٱلۡحَمۡدُ لِلَّهِ ٱلَّذِي فَضَّلَنَا عَلَىٰ كَثِيرٖ مِّنۡ عِبَادِهِ ٱلۡمُؤۡمِنِينَ ﴿15﴾

Transliteration: Walaqad atayna dawooda wasulaymana AAilman waqala alhamdu lillahi allathee faddalana AAala katheerin min AAibadihi almumineena

Translation: އަދި ހަމަކަށަވަރުން سلام ލެއްވި داود ގެފާނަށާއި سلام ލެއްވި سليمان ގެފާނަށް ތިމަންރަސްކަލާނގެ علم ދެއްވީމެވެ. (އެއީ ދޫނިސޫފާސޫތްޕާއި وحشى ޖަނަވާރާ ޖިންނި شيطان ގެ ބަސްމޮށުންތެރިކަން ދެނެވަޑައިގަތުމާއި އަދިވެސް އެތައްކަމެއްގެ علم އެކެވެ.) އަދި އެދެބޭކަލުން ވިދާޅުވިއެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ مؤمن އަޅުތަކުންކުރެ އެތައްބައެއްގެ މައްޗަށް ތިމަންބޭކަލުން މާތްކުރެއްވި ކަލާނގެއެވެ.

27:16

وَوَرِثَ سُلَيۡمَٰنُ دَاوُۥدَۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمۡنَا مَنطِقَ ٱلطَّيۡرِ وَأُوتِينَا مِن كُلِّ شَيۡءٍۖ إِنَّ هَٰذَا لَهُوَ ٱلۡفَضۡلُ ٱلۡمُبِينُ ﴿16﴾

Transliteration: Wawaritha sulaymanu dawooda waqala ya ayyuha alnnasu AAullimna mantiqa alttayri waooteena min kulli shayin inna hatha lahuwa alfadlu almubeenu

Translation: އަދި سليمان ގެފާނު داود ގެފާނުންގެ ވާރުތަކުރެއްވިއެވެ. އަދި سليمان ގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. ތިމަންބޭކަލުންނަށް ދޫނިސޫފާސޫފީގެ ބަސްމޮށުންތެރިކަން އުގަންނަވައި ދެވިއްޖެއެވެ. (އަދި ހެޔޮކަންތަކުގެ ތެރެއިން) ހުރިހާކަމެއް ތިމަންބޭކަލުންނަށް ދެއްވިއްޖެއެވެ. ﷲ ދެއްވައިފިއެވެ. ހަމަކަށަވަރުން މިދެއްވުންތަކަކީ ބޮޑުވެގެންވާ فضل ވަންތަކަމެއްކަން يقين އެވެ. (އެކަންކަމުގެތެރޭގައި نبي ކަމާއި رسول ކަމާއި ވެރިކަން ވެއެވެ.)

27:17

وَحُشِرَ لِسُلَيۡمَٰنَ جُنُودُهُۥ مِنَ ٱلۡجِنِّ وَٱلۡإِنسِ وَٱلطَّيۡرِ فَهُمۡ يُوزَعُونَ ﴿17﴾

Transliteration: Wahushira lisulaymana junooduhu mina aljinni waalinsi waalttayri fahum yoozaAAoona

Translation: އަދި جِنّ އިންނާއި އިންސާނުންނާއި އަދި ދޫނިސޫފާސޫފީން އެކުލެވިފައިވާ سليمان عليه السّلام ގެ لشكر އެއްކުރެވުނެވެ. އެކަލޭގެފާނު އެ لشكر އެއްކުރައްވައި جمع ކުރެއްވިއެވެ. އަދި އެ لشكر ގެ އެންމެ ކުރީގައިވާ ބަޔާއި އެންމެ ފަހުގައިވާ ބައިވަނީ ގުޅިލާމެހިފައެވެ.

27:18

حَتَّىٰٓ إِذَآ أَتَوۡاْ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةٞ يَـٰٓأَيُّهَا ٱلنَّمۡلُ ٱدۡخُلُواْ مَسَٰكِنَكُمۡ لَا يَحۡطِمَنَّكُمۡ سُلَيۡمَٰنُ وَجُنُودُهُۥ وَهُمۡ لَا يَشۡعُرُونَ ﴿18﴾

Transliteration: Hatta itha ataw AAala wadi alnnamli qalat namlatun ya ayyuha alnnamlu odkhuloo masakinakum la yahtimannakum sulaymanu wajunooduhu wahum la yashAAuroona

Translation: (ދެންފަހެ سليمان عليه السّلام އެބޮޑު لشكر އާއިގެން ދަތުރުކުރެއްވިއެވެ.) އަދި وَادِىْ النَّمْل (ހިނީގެވާދީ) އެވެ ކިޔޭ ހިސާބަށް ވަޑައިގެންނެވުމުން އެތަނުން ހިންޏެއް (އެހެން ހިނިތަކަށް) ބުންޏެވެ. ކަލޭމެން ކަލޭމެން އުޅޭ ތަންތަނަށް ވަންނާށެވެ. އަދި سليمان ގެފާނާއި އެކަލޭގެފާނުންގެ لشكر އެބޭކަލުންނަށް إحساس ވެސްނުވެތިބެ އެބޭކަލުންގެ (ފައިތަކުން) ކަލޭމެން ފިތި ޗިސްވިޔަނުދޭށެވެ.

27:19

فَتَبَسَّمَ ضَاحِكٗا مِّن قَوۡلِهَا وَقَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَدۡخِلۡنِي بِرَحۡمَتِكَ فِي عِبَادِكَ ٱلصَّـٰلِحِينَ ﴿19﴾

Transliteration: Fatabassama dahikan min qawliha waqala rabbi awziAAnee an ashkura niAAmataka allatee anAAamta AAalayya waAAala walidayya waan aAAmala salihan tardahu waadkhilnee birahmatika fee AAibadika alssaliheena

Translation: ފަހެ އެކަލޭގެފާނު يعني: سليمان އެހިނި އެބުނިއެއްޗެއް އައްސަވާފައި ހިނިވަރުނަ ކުރައްވައި ހިނިފުޅު ވަޑުވައިފިއެވެ. އަދި ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. އިބަރަސްކަލާނގެ މިއަޅާއަށާއި އަދި މިއަޅާގެ ބަފައިކަލުންގެމައްޗަށް ލެއްވި رحمة އާއި نعمة އަށް شكر ކުރާނެގޮތް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާފަދަ صالح عمل ކުރެވޭނެގޮތްވެސް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ صالح އަޅުންގެތެރެއަށް މިއަޅާ ލައްވާނދޭވެ!

27:20

وَتَفَقَّدَ ٱلطَّيۡرَ فَقَالَ مَالِيَ لَآ أَرَى ٱلۡهُدۡهُدَ أَمۡ كَانَ مِنَ ٱلۡغَآئِبِينَ ﴿20﴾

Transliteration: Watafaqqada alttayra faqala ma liya la ara alhudhuda am kana mina alghaibeena

Translation: އަދި سليمان عليه السّلام އެކަލޭގެފާނުންގެ لشكر ގެ ހުރިހާ ދޫނިހޯއްދަވާ ޗެކްކުރެއްވިއެވެ. އަދި ދެން ވިދާޅުވިއެވެ. هُدْ هُدْ ދޫނި (ހުޅިގަނޑުދޫނި) އަހުރެންނަށް ނުފެންނާންވީ ކީއްވެގެންހެއްޔެވެ؟ އެދޫނި غائب ވީ މީހުންގެތެރޭގައިވީބާވައެވެ؟

27:21

لَأُعَذِّبَنَّهُۥ عَذَابٗا شَدِيدًا أَوۡ لَأَاْذۡبَحَنَّهُۥٓ أَوۡ لَيَأۡتِيَنِّي بِسُلۡطَٰنٖ مُّبِينٖ ﴿21﴾

Transliteration: LaoAAaththibannahu AAathaban shadeedan aw laathbahannahu aw layatiyannee bisultanin mubeenin

Translation: އެދޫނި بَيَان ވެ ފައުޅުވެގެންވާ عُذر އަކާއިގެން ނުވަތަ حجّة އަކާއިގެން އަހުރެންގާތަށް ނައީވިއްޔާ ހަމަކަށަވަރުން އަހުރެން އެދޫންޏަށް ގަދަވެގެންވާ عذاب ދައްކާހުށީމެވެ. ނުވަތަ ހަމަކަށަވަރުން އަހުރެން އޭތި ކަތިލާހުށީމެވެ! • ދޫންޏަށްދެއްވާ އަދަބަކީ عقوبة އަކީ ފަތްތައް ލުއްސާފައި އަވީގައި ބޭއްވުންކަމުގައިވެއެވެ. سليمان عليه السّلام އެދޫނި ހޯއްދަވަން ޖެހުނު ސަބަބަކާއިމެދު تفسير علم ވެރިންގެ މެދުގައިވާ އެންމެ ހަރުބަހަކީ އެކަލޭގެފާނުންގެ އެބޮޑު لشكر ން ފެންހުސްވެގެން ފެންވީ ހިސާބެއް ބެއްލެވުމަށްޓަކައި هُدْ هُدْ ހޯއްދެވީއެވެ. އެސޮރަކީ މާކުރިން އުދުހިގޮސް ފެންހުރި ހިސާބެއް ހޯއްދަވައި އެކަމުގެ معلومات ދޭ އެއްޗެއްކަމުގައިވިއެވެ. والله أعلم.

27:22

فَمَكَثَ غَيۡرَ بَعِيدٖ فَقَالَ أَحَطتُ بِمَا لَمۡ تُحِطۡ بِهِۦ وَجِئۡتُكَ مِن سَبَإِۭ بِنَبَإٖ يَقِينٍ ﴿22﴾

Transliteration: Famakatha ghayra baAAeedin faqala ahattu bima lam tuhit bihi wajituka min sabain binabain yaqeenin

Translation: ދެން سليمان عليه السّلام އެދޫނީގެ ވާހަކަދެއްކެވުމަށްފަހު ކުޑައިރުކޮޅަކު ލަސްވެއިންނެވިއެވެ. ނުވަތަ ދޫނި ނައިސް ކުޑައިރުކޮޅަކު ލަސްވިއެވެ. މިދެގޮތަށްވެސް ترجمة ވެއެވެ. ދެން އެދޫނި އައިސް ދެންނެވީ (އޭ سليمان ގެފާނެވެ.) ކަލޭގެފާނަށް އެނގިވަޑައިގެންފައިނުވާ معلومات އެއް އަހުރެންނަށް އެނގިއްޖެއެވެ. އަހުރެން ކަލޭގެފާނުންގެ އަރިހަށް މިއައީ يَمَن ކަރައިގެ سَبَأ އިންނެވެ. އެތަނުން އެނގިކަށަވަރުވެގެންވާ يقين خبر އަކާއިގެންނެވެ.

27:23

إِنِّي وَجَدتُّ ٱمۡرَأَةٗ تَمۡلِكُهُمۡ وَأُوتِيَتۡ مِن كُلِّ شَيۡءٖ وَلَهَا عَرۡشٌ عَظِيمٞ ﴿23﴾

Transliteration: Innee wajadtu imraatan tamlikuhum waootiyat min kulli shayin walaha AAarshun AAatheemun

Translation: ހަމަކަށަވަރުން އަހުރެން ދުށީ އެމީހުންގެ ވެރިއެއްކަމުގައި އަންހެނެކެވެ. (އަދި އެއީ އެމީހުންގެ مَلِكَة އެވެ. އަދި ރަސްރަސްކަލުންނަށް ރަސްކަން ހިންގެވުމަށް ބޭނުންވާ) ހުރިހާ ބާވަތުގެ ސާމާނެއް ހުރިހާ وَسِيْلة އެއް އެކަމަނާއަށް ލިބިގެންވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ عَرش އެއްވެއެވެ. تَخْت އެއްވެއެވެ.

27:24

وَجَدتُّهَا وَقَوۡمَهَا يَسۡجُدُونَ لِلشَّمۡسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ فَهُمۡ لَا يَهۡتَدُونَ ﴿24﴾

Transliteration: Wajadtuha waqawmaha yasjudoona lilshshamsi min dooni Allahi wazayyana lahumu alshshaytanu aAAmalahum fasaddahum AAani alssabeeli fahum la yahtadoona

Translation: އަދި އަހުރެންދުށީ އެކަމަނާޔާ އެކަމަނާގެ قوم ގެމީހުން ﷲ ފިޔަވައި އިރަށް سَجِدَة ކުރާތީއެވެ. (އިރަށް އަޅުކަންކުރާތީއެވެ.) އަދި ސައިތާނު އެމީހުންނަށް އެމީހުންގެ އެ عمل ޒީނަތްތެރިކޮށްދީފައި ވެއެވެ. ފަހެ އެސޮރު އެމީހުން ތެދުމަގުން ހުރަސްކޮށް ދުރުކޮށްފައިވެއެވެ. އެހެންވެ އެމީހުންނަށް ތެދުމަގު ނުލިބެއެވެ.

27:25

أَلَّاۤ يَسۡجُدُواْۤ لِلَّهِ ٱلَّذِي يُخۡرِجُ ٱلۡخَبۡءَ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُخۡفُونَ وَمَا تُعۡلِنُونَ ﴿25﴾

Transliteration: Alla yasjudoo lillahi allathee yukhriju alkhabaa fee alssamawati waalardi wayaAAlamu ma tukhfoona wama tuAAlinoona

Translation: (އެސައިތާނު އެގޮތަށް އެކަން އެކުރަނީ) އެމީހުން ﷲ އަށް سَجِدَة ނުކުރުމަށްޓަކައެވެ. (އެކަލާނގެއަށް އަޅުކަން ނުކުރުމަށްޓަކައެވެ.) އެކަލާނގެއީ އުޑުތަކާއި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ތަކެއްޗާއި އަދި ފައުޅުކުރާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ. އުޑުތަކުގައި ފޮރުވި ނިވައިވެފައިވާ ތަކެއްޗަކީ ވާރޭފެނެވެ. އަދި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެއްޗަކީ ގަސްގަހާގެއްސެވެ. والله أعلم.

27:26

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ۩ ﴿26﴾

Transliteration: Allahu la ilaha illa huwa rabbu alAAarshi alAAatheemi

Translation: ﷲ އެއީ އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ) އެހެން އެއްވެސް إله އަކު ނުވާ ކަލާނގެއެވެ. އެއީ ބޮޑުވެގެންވާ عرش ގެވެރި ކަލާނގެއެވެ.

27:27

قَالَ سَنَنظُرُ أَصَدَقۡتَ أَمۡ كُنتَ مِنَ ٱلۡكَٰذِبِينَ ﴿27﴾

Transliteration: Qala sananthuru asadaqta am kunta mina alkathibeena

Translation: سليمان عليه السّلام ވިދާޅުވިއެވެ. (އޭ هُدْ هُدْ އެވެ.) ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލެއަކީ ދޮގުވެރިންގެތެރެއިންވާ މީހަކުތޯ ނިކަންހުރެ އަހުރެން ބަލާނަމެވެ.

27:28

ٱذۡهَب بِّكِتَٰبِي هَٰذَا فَأَلۡقِهۡ إِلَيۡهِمۡ ثُمَّ تَوَلَّ عَنۡهُمۡ فَٱنظُرۡ مَاذَا يَرۡجِعُونَ ﴿28﴾

Transliteration: Ithhab bikitabee hatha faalqih ilayhim thumma tawalla AAanhum faonthur matha yarjiAAoona

Translation: އަހުރެންގެ މިސިޓީ ހިފައިގެން ކަލޭ ދާށެވެ. އަދިގޮސް އެމީހުންގެތެރެއަށް އެސިޓީ ވައްޓައިލާށެވެ! ދެން އެމީހުންނާ ދުރަށްޖެހިލައި އިންނާށެވެ! އަދި އެކަމާމެދު (އެސިޓީގެ ކަންތަކާއިމެދު އެމީހުންގެ މެދުގައި ވާހަކަދެކެވި مشورة ކުރެވެނީ ކޮންފަދައަކުންތޯ ކަލޭ ނިކަން ބަލާށެވެ!)\n• ދަންނައެވެ. ދެން އެސޮރުގޮސް سُلَيْمَان ގެފާނު ވިދާޅުވިގޮތަށް ކަންތައްކުރިއެވެ. ދެން އެކަމަނާއާއި އެކަމަނާގެ قوم ގެ ބޮޑުންގެ މެދުގައި އެސިޓީއާއިމެދު ކުރެވުނު مشورة އާއި ދެކެވުނު ބައެއް ވާހަކަ ފަހުން މިލިޔާ އާޔަތް ތަކުގައި އެވަނީއެވެ.

27:29

قَالَتۡ يَـٰٓأَيُّهَا ٱلۡمَلَؤُاْ إِنِّيٓ أُلۡقِيَ إِلَيَّ كِتَٰبٞ كَرِيمٌ ﴿29﴾

Transliteration: Qalat ya ayyuha almalao innee olqiya ilayya kitabun kareemun

Translation: އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ.

27:30

إِنَّهُۥ مِن سُلَيۡمَٰنَ وَإِنَّهُۥ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ﴿30﴾

Transliteration: Innahu min sulaymana wainnahu bismi Allahi alrrahmani alrraheemi

Translation: ހަމަކަށަވަރުން އެސިޓީ އައިސްފައިވަނީ سُليمان ގެ އަރިހުންނެވެ. އަދި އޭގައިވަނީ - " بسم ﷲ الرّحمن الرّحيم " (މީގެފަހުގައި ދެންވަނީ)

27:31

أَلَّا تَعۡلُواْ عَلَيَّ وَأۡتُونِي مُسۡلِمِينَ ﴿31﴾

Transliteration: Alla taAAloo AAalayya watoonee muslimeena

Translation: ތިޔަބައިމީހުން ތިމަންކަލޭގެފާނުންގެމައްޗަށް ބޮޑާވެނުގަންނާށެވެ. އަދި إيمان ވެ ކިޔަމަންތެރިވެގެންވާ حال ތިމަންކަލޭގެފާނު އަރިހަށް އަންނާށެވެ." މިއެވެ. • ދަންނައެވެ. މިއަންހެނަކީ يمن ކަރައިގެ سَبَأ ގެ مَلِكَة އެވެ. އެމީހުންގެ ވެރިޔާއެވެ. އެކަމަނާގެ ނަމަކީ بَلْقِيس އެވެ. އެކަމަނާގެ ބައްޕައަކީ شُراحيل ކިޔާ މީހެއްކަމުގައިވެއެވެ. އެއީ مشهور بَلْقِيس ރަނިންނެވެ.

27:32

قَالَتۡ يَـٰٓأَيُّهَا ٱلۡمَلَؤُاْ أَفۡتُونِي فِيٓ أَمۡرِي مَا كُنتُ قَاطِعَةً أَمۡرًا حَتَّىٰ تَشۡهَدُونِ ﴿32﴾

Transliteration: Qalat ya ayyuha almalao aftoonee fee amree ma kuntu qatiAAatan amran hatta tashhadoona

Translation: އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑެތި މާތްމީހުންނޭވެ. އަހުރެންގެ މިސިޓީގެ ކަންތަކުގައި ކަލޭމެން مَشورة ކޮށް فتوى ދީބަލާށެވެ. ކަލޭމެންގެ حاضر ގައި مشورة ކޮށްފައި މެނުވީ އެއްވެސްކަމެއް އަހުރެން ނުނިންމަމެވެ. (މިކަމުގައިވެސް ކަލޭމެން ލަފާދީބަލާށެވެ.)

27:33

قَالُواْ نَحۡنُ أُوْلُواْ قُوَّةٖ وَأُوْلُواْ بَأۡسٖ شَدِيدٖ وَٱلۡأَمۡرُ إِلَيۡكِ فَٱنظُرِي مَاذَا تَأۡمُرِينَ ﴿33﴾

Transliteration: Qaloo nahnu oloo quwwatin waoloo basin shadeedin waalamru ilayki faonthuree matha tamureena

Translation: އެމީހުން ދެންނެވިއެވެ. އަހުރެމެންނަކީ ބާރުހުރި އަދި ހަނގުރާމައިގައި ގަދަފަދަ ކެރޭ ބަޔަކީމެވެ. އެކަމަކު ކަމުގެ މުގޫ ތިޔަވަނީ ކަމަނާގެ އަތްޕުޅުގައެވެ. ހައްދަވަން ފެނިވަޑައިގަންނަވާގޮތެއް ބައްލަވާށެވެ! • ދަންނައެވެ. އެމީހުންގެ ބަހުން ސާބިތުވަނީ އެކަމަނާ ވިދާޅުވެއްޖެނަމަ ހަނގުރާމައަށް ދާން ތައްޔާރާ ތިބިކަމެވެ. އަދި އެގޮތް ބޮޑަށް އެދޭކަމެވެ. والله أعلم.

27:34

قَالَتۡ إِنَّ ٱلۡمُلُوكَ إِذَا دَخَلُواْ قَرۡيَةً أَفۡسَدُوهَا وَجَعَلُوٓاْ أَعِزَّةَ أَهۡلِهَآ أَذِلَّةٗۚ وَكَذَٰلِكَ يَفۡعَلُونَ ﴿34﴾

Transliteration: Qalat inna almulooka itha dakhaloo qaryatan afsadooha wajaAAaloo aAAizzata ahliha athillatan wakathalika yafAAaloona

Translation: އެކަމަނާ ވިދާޅުވިއެވެ. عَامّ ރަސްރަސްކަލުންގެގޮތަކީ އެމީހުން ގަދަކަމުން ރަށަކަށް އަރައި ގަދަވެގެންފިއްޔާ އެރަށެއް ހަލާކުކޮށްލައި ފާސިދުކޮށްލުމެވެ. އަދި އެރަށެއްގައި ތިބޭ ރަނގަޅު މާތްމީހުން (عزّة ތެރިން) ދެރަނިކަމެތިންކަމުގައި ހަދައިލުމެވެ. އެމީހުން ކަންތައްކުރާނީ އެފަދައިންނެވެ.

27:35

وَإِنِّي مُرۡسِلَةٌ إِلَيۡهِم بِهَدِيَّةٖ فَنَاظِرَةُۢ بِمَ يَرۡجِعُ ٱلۡمُرۡسَلُونَ ﴿35﴾

Transliteration: Wainnee mursilatun ilayhim bihadiyyatin fanathiratun bima yarjiAAu almursaloona

Translation: (އަދި އެކަމަނާ ވިދާޅުވިއެވެ.) އަހުރެން އެކަލޭގެފާނަށް ހަދިޔާއެއް ފޮނުވާނީއެވެ. ދެން ހަދިޔާ ފޮނުވީމާ ހަދިޔާ ހިފައިގެން ދިޔަމީހާ އެނބުރި رجوع ވަނީ ކިހިނެއްތޯ؟ ކޮންކަހަލަ خبر އަކާއިގެންތޯ ބަލަން ތިބޭނީއެވެ. (މި هدية އެކަލޭގެފާނު قبول ކުރައްވައިފިނަމަ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި ކަލޭމެން ހަނގުރާމައަށް ދާންވީއެވެ. هدية قبول ނުކުރައްވައިފިނަމަ އެއީ ރަސްކަލެއް ނޫނެވެ. އެއީ نَبي ބޭކަލެކެވެ. އޭރުން ދެން ޖެހޭނީ ކިޔަމަންތެރިވެގެން تَبَع ވާށެވެ.)

27:36

فَلَمَّا جَآءَ سُلَيۡمَٰنَ قَالَ أَتُمِدُّونَنِ بِمَالٖ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيۡرٞ مِّمَّآ ءَاتَىٰكُمۚ بَلۡ أَنتُم بِهَدِيَّتِكُمۡ تَفۡرَحُونَ ﴿36﴾

Transliteration: Falamma jaa sulaymana qala atumiddoonani bimalin fama ataniya Allahu khayrun mimma atakum bal antum bihadiyyatikum tafrahoona

Translation: ދެންފަހެ (ހަދިޔާހިފައިގެން ދިޔަމީހާ) سيلمان ގެފާނާ ހަމައަށް އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަހުރެންނަށް މުދަލުގެ ގޮތުން މަދަދުކުރަނީހެއްޔެވެ؟ ފަހެ ﷲ އަހުރެންނަށް ދެއްވާފައިވާ ތަކެތި ކަލޭމެނަށް އެކަލާނގެ ދެއްވިތަކެއްޗަށްވުރެ މާހެޔޮވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ކަލޭމެންގެ هَدِيَة އާއިގެން އުފާކުރަނީއެވެ.

27:37

ٱرۡجِعۡ إِلَيۡهِمۡ فَلَنَأۡتِيَنَّهُم بِجُنُودٖ لَّا قِبَلَ لَهُم بِهَا وَلَنُخۡرِجَنَّهُم مِّنۡهَآ أَذِلَّةٗ وَهُمۡ صَٰغِرُونَ ﴿37﴾

Transliteration: IrjiAA ilayhim falanatiyannahum bijunoodin la qibala lahum biha walanukhrijannahum minha athillatan wahum saghiroona

Translation: (ތިޔަ ހަދިޔާހިފައިގެން) އެމީހުންގާތަށް އެނބުރިދާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންނަށް އެއްގޮތަކަށްވެސް ހިފަހައްޓައިނުލެވޭފަދަ لشكر އަކާއިގެން އެމީހުން ކައިރިޔަށް އަހުރެންދާ ހުށީމެވެ. އަދި އެމީހުން ދެރަވެ ނިކަމެތިވެގެންވާ حال ހަމަކަށަވަރުން އެރަށުން އަހުރެން އެމީހުން ނެރެލާހުށީމެވެ.

27:38

قَالَ يَـٰٓأَيُّهَا ٱلۡمَلَؤُاْ أَيُّكُمۡ يَأۡتِينِي بِعَرۡشِهَا قَبۡلَ أَن يَأۡتُونِي مُسۡلِمِينَ ﴿38﴾

Transliteration: Qala ya ayyuha almalao ayyukum yateenee biAAarshiha qabla an yatoonee muslimeena

Translation: سليمان ގެފާނު އެކަލޭގެފާނުންގެ لشكر ގެ ބޮޑެތި މާތްމީހުންނަށް ވިދާޅުވިއެވެ. އެމީހުން يعني: بَلقيس އާއި އެކަމަނާގެ އަރިހުގައިވާ މީހުން إسلام ވެ ކިޔަމަންތެރިވެގެން އަހުރެންގެގާތަށް އައުމުގެ ކުރީގައި އެކަމަނާގެ عرش އަހުރެންނާއި ހަމައަށް ގެނަސްދޭނީ ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟

27:39

قَالَ عِفۡرِيتٞ مِّنَ ٱلۡجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن تَقُومَ مِن مَّقَامِكَۖ وَإِنِّي عَلَيۡهِ لَقَوِيٌّ أَمِينٞ ﴿39﴾

Transliteration: Qala AAifreetun mina aljinni ana ateeka bihi qabla an taqooma min maqamika wainne AAalayhi laqawiyyun ameenun

Translation: ޖިންނީންގެތެރެއިން އިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން (އެބަހި: މި مجلس ނިމިގެން ތެދުވެވަޑައިގަތުމުގެކުރިން) ކަލޭގެފާނުންގެ އަރިހަށް އަހުރެން އޭތި ގެނަސްދީފާނަމެވެ. އަދި އަހުރެންނަކީ އޭގެމައްޗަށް އަމާނާތްތެރި އަދި ބާރުހުރި މީހަކީމެވެ.

27:40

قَالَ ٱلَّذِي عِندَهُۥ عِلۡمٞ مِّنَ ٱلۡكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن يَرۡتَدَّ إِلَيۡكَ طَرۡفُكَۚ فَلَمَّا رَءَاهُ مُسۡتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضۡلِ رَبِّي لِيَبۡلُوَنِيٓ ءَأَشۡكُرُ أَمۡ أَكۡفُرُۖ وَمَن شَكَرَ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيّٞ كَرِيمٞ ﴿40﴾

Transliteration: Qala allathee AAindahu AAilmun mina alkitabi ana ateeka bihi qabla an yartadda ilayka tarfuka falamma raahu mustaqirran AAindahu qala hatha min fadli rabbee liyabluwanee aashkuru am akfuru waman shakara fainnama yashkuru linafsihi waman kafara fainna rabbee ghaniyyun kareemun

Translation: އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ. އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ.

27:41

قَالَ نَكِّرُواْ لَهَا عَرۡشَهَا نَنظُرۡ أَتَهۡتَدِيٓ أَمۡ تَكُونُ مِنَ ٱلَّذِينَ لَا يَهۡتَدُونَ ﴿41﴾

Transliteration: Qala nakkiroo laha AAarshaha nanthur atahtadee am takoonu mina allatheena la yahtadoona

Translation: އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ.

27:42

فَلَمَّا جَآءَتۡ قِيلَ أَهَٰكَذَا عَرۡشُكِۖ قَالَتۡ كَأَنَّهُۥ هُوَۚ وَأُوتِينَا ٱلۡعِلۡمَ مِن قَبۡلِهَا وَكُنَّا مُسۡلِمِينَ ﴿42﴾

Transliteration: Falamma jaat qeela ahakatha AAarshuki qalat kaannahu huwa waooteena alAAilma min qabliha wakunna muslimeena

Translation: ދެންފަހެ އެކަމަނާ (سليمان ގެފާނުންގެ އަރިހަށް) ވަޑައިގެންނެވިހިނދުން (އެކަމަނާގެ عرش އެކަމަނާއަށް ދައްކަވާފައި) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ عرش ވަނީ މިގޮތަށްހެއްޔެވެ؟ މިޔާއެއްފަދަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިޔައެތި ހަމަ އޭތިކަހަލައެވެ. އަދި އެކަލޭގެފާނުންގެ نبي ކަން صحّ ކަމާއި ތެދުކަމުގެ دليل މީގެކުރީގައިވެސްވަނީ ލިބިފައެވެ. އަދި އަހުރެމެން މިވަނީ ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. إسلام ވެގެންނެވެ. (މިބަސްފުޅުގެ ترجمة އަދި އެހެންގޮތްގޮތަށްވެސްވެއެވެ.)

27:43

وَصَدَّهَا مَا كَانَت تَّعۡبُدُ مِن دُونِ ٱللَّهِۖ إِنَّهَا كَانَتۡ مِن قَوۡمٖ كَٰفِرِينَ ﴿43﴾

Transliteration: Wasaddaha ma kanat taAAbudu min dooni Allahi innaha kanat min qawmin kafireena

Translation: حقّ މަގަށް ތެދުމަގުލިބި ހެޔޮމަގަށް رجوع ވުމުން އެކަމަނާ މަނާކޮށްހުއްޓުވާފައިވަނީ ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރި ތަކެއްޗެވެ. (އެއީ އިރެވެ.) ހަމަކަށަވަރުން އެކަމަނާ (އޭގެކުރީގައިވަނީ) ކާފަރު قوم އެއްގެ ތެރެއިންނެވެ. ކާފަރެއްކަމުގައެވެ.

27:44

قِيلَ لَهَا ٱدۡخُلِي ٱلصَّرۡحَۖ فَلَمَّا رَأَتۡهُ حَسِبَتۡهُ لُجَّةٗ وَكَشَفَتۡ عَن سَاقَيۡهَاۚ قَالَ إِنَّهُۥ صَرۡحٞ مُّمَرَّدٞ مِّن قَوَارِيرَۗ قَالَتۡ رَبِّ إِنِّي ظَلَمۡتُ نَفۡسِي وَأَسۡلَمۡتُ مَعَ سُلَيۡمَٰنَ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿44﴾

Transliteration: Qeela laha odkhulee alssarha falamma raathu hasibathu lujjatan wakashafat AAan saqayha qala innahu sarhun mumarradun min qawareera qalat rabbi innee thalamtu nafsee waaslamtu maAAa sulaymana lillahi rabbi alAAalameena

Translation: (ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. (އަދި އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =

27:45

وَلَقَدۡ أَرۡسَلۡنَآ إِلَىٰ ثَمُودَ أَخَاهُمۡ صَٰلِحًا أَنِ ٱعۡبُدُواْ ٱللَّهَ فَإِذَا هُمۡ فَرِيقَانِ يَخۡتَصِمُونَ ﴿45﴾

Transliteration: Walaqad arsalna ila thamooda akhahum salihan ani oAAbudoo Allaha faitha hum fareeqani yakhtasimoona

Translation: އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.)

27:46

قَالَ يَٰقَوۡمِ لِمَ تَسۡتَعۡجِلُونَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِۖ لَوۡلَا تَسۡتَغۡفِرُونَ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ﴿46﴾

Transliteration: Qala ya qawmi lima tastaAAjiloona bialssayyiati qabla alhasanati lawla tastaghfiroona Allaha laAAallakum turhamoona

Translation: އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ.

27:47

قَالُواْ ٱطَّيَّرۡنَا بِكَ وَبِمَن مَّعَكَۚ قَالَ طَـٰٓئِرُكُمۡ عِندَ ٱللَّهِۖ بَلۡ أَنتُمۡ قَوۡمٞ تُفۡتَنُونَ ﴿47﴾

Transliteration: Qaloo ittayyarna bika wabiman maAAaka qala tairukum AAinda Allahi bal antum qawmun tuftanoona

Translation: އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.)

27:48

وَكَانَ فِي ٱلۡمَدِينَةِ تِسۡعَةُ رَهۡطٖ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ ﴿48﴾

Transliteration: Wakana fee almadeenati tisAAatu rahtin yufsidoona fee alardi wala yuslihoona

Translation: އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.)

27:49

قَالُواْ تَقَاسَمُواْ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهۡلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدۡنَا مَهۡلِكَ أَهۡلِهِۦ وَإِنَّا لَصَٰدِقُونَ ﴿49﴾

Transliteration: Qaloo taqasamoo biAllahi lanubayyitannahu waahlahu thumma lanaqoolanna liwaliyyihi ma shahidna mahlika ahlihi wainna lasadiqoona

Translation: އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولى ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ.

27:50

وَمَكَرُواْ مَكۡرٗا وَمَكَرۡنَا مَكۡرٗا وَهُمۡ لَا يَشۡعُرُونَ ﴿50﴾

Transliteration: Wamakaroo makran wamakarna makran wahum la yashAAuroona

Translation: (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ.

27:51

فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ مَكۡرِهِمۡ أَنَّا دَمَّرۡنَٰهُمۡ وَقَوۡمَهُمۡ أَجۡمَعِينَ ﴿51﴾

Transliteration: Faonthur kayfa kana AAaqibatu makrihim anna dammarnahum waqawmahum ajmaAAeena

Translation: ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبوجعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم.\n= تفسير الطبري =

27:52

فَتِلۡكَ بُيُوتُهُمۡ خَاوِيَةَۢ بِمَا ظَلَمُوٓاْۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡلَمُونَ ﴿52﴾

Transliteration: Fatilka buyootuhum khawiyatan bima thalamoo inna fee thalika laayatan liqawmin yaAAlamoona

Translation: ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ.

27:53

وَأَنجَيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ﴿53﴾

Transliteration: Waanjayna allatheena amanoo wakanoo yattaqoona

Translation: އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

27:54

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ وَأَنتُمۡ تُبۡصِرُونَ ﴿54﴾

Transliteration: Walootan ith qala liqawmihi atatoona alfahishata waantum tubsiroona

Translation: އަދި لوط ގެފާނު (رسول ކަމާއިގެން ފޮނުއްވީމެވެ.) އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު. ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ރަނގަޅަށް ދެކޭ حال / ދަންނަ حال ކަލޭމެން فَاحِش ކަންތައް ގެނަސްގަންނަނީހެއްޔެވެ؟

27:55

أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ تَجۡهَلُونَ ﴿55﴾

Transliteration: Ainnakum latatoona alrrijala shahwatan min dooni alnnisai bal antum qawmun tajhaloona

Translation: ކަލޭމެން شَهْوَة ގެ ކަންތައް ފުއްދުމަށް އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީހެއްޔެވެ؟ އަދި ކިޔެއްހެއްޔެވެ؟ ކަލޭމެންނަކީ ތަންދޮރުނޭނގޭ جَاهِل ބައެކެވެ.

27:56

فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوٓاْ ءَالَ لُوطٖ مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ ﴿56﴾

Transliteration: Fama kana jawaba qawmihi illa an qaloo akhrijoo ala lootin min qaryatikum innahum onasun yatatahharoona

Translation: (އެކަލޭގެފާނުންގެ އެބަސްފުޅުތަކުގެ ޖަވާބުގައި) އެ قوم ގެމީހުންގެ جواب އެއްކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް މިފަދައިން ބުނުމެވެ. لوط ގެފާނުންގެ آل ން އަދި އެކަލޭގެފާނަށް تبع ވީ މީހުން ކަލޭމެން ރަށުން ނެރެލާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އެބަހީ: އެރަށުގެ މީހުންނަކީ - (ނުބައިކަންތައްތަކުން) طاهر ވާ ބައެކެވެ.

27:57

فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ قَدَّرۡنَٰهَا مِنَ ٱلۡغَٰبِرِينَ ﴿57﴾

Transliteration: Faanjaynahu waahlahu illa imraatahu qaddarnaha mina alghabireena

Translation: ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެބަހީ لوطގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވައި) ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެކަމަނާއާއިމެދު މިންވަރުކުރެއްވީ ރަށުގެމީހުންނާއެކު އެމީހުންގެތެރޭގައި ހުންނަގޮތަށެވެ. (އެމީހުނާއެކު ހަލާކުވާގޮތަށެވެ.)

27:58

وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ ﴿58﴾

Transliteration: Waamtarna AAalayhim mataran fasaa mataru almunthareena

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ނުބައި) ވާރެއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނު މީހުންގެ ވާރޭ ނުބައިވެގެންވެއެވެ.

27:59

قُلِ ٱلۡحَمۡدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصۡطَفَىٰٓۗ ءَآللَّهُ خَيۡرٌ أَمَّا يُشۡرِكُونَ ﴿59﴾

Transliteration: Quli alhamdu lillahi wasalamun AAala AAibadihi allatheena istafa allahu khayrun amma yushrikoona

Translation: (އޭ رسول ﷲ އެވެ!) އެންމެހައި تعريف އާއި ثناء އެއް ހުރީ ﷲ އަށެވެ. ކަލޭގެފާނު އެފަދައިން ވިދާޅުވާށެވެ. އަދި إختيار ކުރެވި خاصّ ކުރެވިގެންވާ ﷲ ގެ އަޅުތަކުންނަށް سلام ހުއްޓެވެ. (ކަލޭގެފާނު. ވިދާޅުވާށެވެ.) ހެޔޮވެގެންވަނީ ﷲ ހެއްޔެވެ؟ ނުވަތަ އެމީހުން އެ شرك ކޮށް ބައިވެރިކުރާ شريك ންތައް ހެއްޔެވެ؟

27:60

أَمَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا بِهِۦ حَدَآئِقَ ذَاتَ بَهۡجَةٖ مَّا كَانَ لَكُمۡ أَن تُنۢبِتُواْ شَجَرَهَآۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ هُمۡ قَوۡمٞ يَعۡدِلُونَ ﴿60﴾

Transliteration: Amman khalaqa alssamawati waalarda waanzala lakum mina alssamai maan faanbatna bihi hadaiqa thata bahjatin ma kana lakum an tunbitoo shajaraha ailahun maAAa Allahi bal hum qawmun yaAAdiloona

Translation: ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށް ހެއްޔެވެ؟) ނުވަތަ އުޑުތަކާއި ބިން ހައްދަވައި އަދި ކަލޭމެނަށްޓަކައި އުޑުން ފެން ބާވައިލެއްވި ކަލާނގެއަށް ހެއްޔެވެ؟ (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރީތިކަމާއި ފުރިހަމަކަމުގެ ވެރި ބަގީޗާތައް ހެއްދެވީމެވެ. އެބަގީޗާތަކުގައި ގަސްހެއްދެވުމަކީ އެއްގޮތަކަށްވެސް ކަލޭމެނަށް ވާނޭކަމެއްނޫނެވެ. ﷲ އާއިއެކު އެހެން إله އެއް ވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެ) އަދި ކިޔެއްހެއްޔެވެ؟ އެމީހުންނަކީ حقّ މަގާއި ދުރުވެ މަގުފުރެދިފައިވާ ބައެކެވެ.

27:61

أَمَّن جَعَلَ ٱلۡأَرۡضَ قَرَارٗا وَجَعَلَ خِلَٰلَهَآ أَنۡهَٰرٗا وَجَعَلَ لَهَا رَوَٰسِيَ وَجَعَلَ بَيۡنَ ٱلۡبَحۡرَيۡنِ حَاجِزًاۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ﴿61﴾

Transliteration: Amman jaAAala alarda qararan wajaAAala khilalaha anharan wajaAAala laha rawasiya wajaAAala bayna albahrayni hajizan ailahun maAAa Allahi bal aktharuhum la yaAAlamoona

Translation: ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްއްހެއްޔެވެ؟) ނުވަތަ ބިންގަނޑު قَرَار ކުރައްވައި ثابت ކުރެއްވި ކަލާނގެހެއްޔެވެ؟ އަދި އެކަލާނގެ އެބިމުގައި ކޯރުތައް ލައްވައި އޭގައި އެކަލާނގެ ވަރުގަދަ ފަރުބަދަތައް ލެއްވިއެވެ. އަދި (ލޮނުފެނުގެ ކަނޑާއި މީރުފެނުގެ ކަނޑާއި ދެކަނޑުގެ ދެމެދުގައި ދެކަނޑު މައްސުނިވެ މިކްސް ނުވުމަށްޓަކައި) ހުރަހެއްލެވިއެވެ. ﷲ އާއިއެކު އެހެން އެއްވެސް إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (ﷲ ގެ قدرة ތެރިކަމެއް އެއްކައުވަންތަކަމެއް) ނޭނގެއެވެ.

27:62

أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ وَيَكۡشِفُ ٱلسُّوٓءَ وَيَجۡعَلُكُمۡ خُلَفَآءَ ٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قَلِيلٗا مَّا تَذَكَّرُونَ ﴿62﴾

Transliteration: Amman yujeebu almudtarra itha daAAahu wayakshifu alssooa wayajAAalukum khulafaa alardi ailahun maAAa Allahi qaleelan ma tathakkaroona

Translation: ނުވަތަ (އަޅުކަން އެފަރާތަކަށްކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ކަންބޮޑުވެ ގޮތްހުސްވެގެންވާ މީހާ دعاء ކުރީމާ އެމީހާއަށް އިޖާބަދެއްވައި އަދި އުނދަގުލާއި ތުރާތައް ފިއްލަވާ ކަލާނގެއަށްހެއްޔެވެ؟ އަދިބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެން ލެއްވިއެވެ. ކަލޭމެން عبرة އާއި نصيحة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

27:63

أَمَّن يَهۡدِيكُمۡ فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ وَمَن يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦٓۗ أَءِلَٰهٞ مَّعَ ٱللَّهِۚ تَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ﴿63﴾

Transliteration: Amman yahdeekum fee thulumati albarri waalbahri waman yursilu alrriyaha bushran bayna yaday rahmatihi ailahun maAAa Allahi taAAala Allahu AAamma yushrikoona

Translation: ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނ) އެއްވެސް منفع އެއް ނުދެވޭ އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެނަށް ތެދުމަގުދައްކަވާ ކަލާނގެއަށްހެއްޔެވެ؟ އަދި އެކަލާނގެ رحمة ކަމުގައިވާ ވާރޭގެ ކުރިޔަށް ވައިފޮނުއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އެއްވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އެމީހުން އެކަލާނގެއާއި އެ شرك ކުރާތަކެތި ފިޔަވައި ﷲ މަތިވެރިވެވޮޑިގެންވެއެވެ.

27:64

أَمَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَمَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ ﴿64﴾

Transliteration: Amman yabdao alkhalqa thumma yuAAeeduhu waman yarzuqukum mina alssamai waalardi ailahun maAAa Allahi qul hatoo burhanakum in kuntum sadiqeena

Translation: ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ފައްޓަވައިގެން خلق ތަކުން ހައްދަވާ ކަލާނގެއަށްހެއްޔެވެ؟ ދެން އެކަލާނގެ އިރާދަކުރައްވައިފިއްޔާ އެކަލާނގެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް ދިރުއްވައި إعاد ކުރައްވާނެއެވެ. އަދި އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ مشرك ންނޭވެ. އިސްވެދިޔަ ބާވަތުގެ އެންމެހައި ކަމެއް ކުރައްވަނީ ﷲ ފިޔަވައި އެހެން ފަރާތަކުން ކަމުގައި ކަލޭމެން ބުނާނަމަ) އަދި ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ އެކަމުގެ މައްޗަށް دليل އާއި حجّة ނިކަން ގެނެސްބަލާށެވެ. (ނުގެނެވޭނެކަން ކަށަވަރެވެ.)

27:65

قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُۚ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ ﴿65﴾

Transliteration: Qul la yaAAlamu man fee alssamawati waalardi alghayba illa Allahu wama yashAAuroona ayyana yubAAathoona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމައެކަނި ﷲ އަށް މެނުވީ އުޑުތަކާއި އަދި ބިމުގައިވާ އެއްވެސްމީހަކަށް غَيْبُ ނޭނގެއެވެ. އަދި (ކަށްވަޅުތަކުން ނުކުމެ) محشر އަށް އެމީހުން ފޮނުވޭނީ ކޮންއިރަކުންކަން އެމީހުންނަށް إحْسَاس ވެސް ނުވާނެއެވެ. (غَيْبُ ގެ علم އަކީ ހަމައެކަނި ﷲ އަށް خاصّ އެއްޗެކެވެ. قيامة ވާނެ ވަގުތެއް އެނގުންވެސްވަނީ އޭގެތެރެއިންނެވެ.)

27:66

بَلِ ٱدَّـٰرَكَ عِلۡمُهُمۡ فِي ٱلۡأٓخِرَةِۚ بَلۡ هُمۡ فِي شَكّٖ مِّنۡهَاۖ بَلۡ هُم مِّنۡهَا عَمُونَ ﴿66﴾

Transliteration: Bali iddaraka AAilmuhum fee alakhirati bal hum fee shakkin minha bal hum minha AAamoona

Translation: އަދި ކިއެއްހެއްޔެވެ؟ آخرة ދުވަހުން އެމީހުންގެ އެނގުން (آخرة އާއިމެދު އެނގުން) ފުރިހަމަވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ (ދުނިޔޭގައި) އެމީހުން އެވަނީ އެޔާމެދު يعني: آخرة އާއިމެދު - ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ آخرة އާއިމެދު ކަނުވެފައެވެ. އެއްވެސް އެނގުމެއް ނެތެވެ.

27:67

وَقَالَ ٱلَّذِينَ كَفَرُوٓاْ أَءِذَا كُنَّا تُرَٰبٗا وَءَابَآؤُنَآ أَئِنَّا لَمُخۡرَجُونَ ﴿67﴾

Transliteration: Waqala allatheena kafaroo aitha kunna turaban waabaona ainna lamukhrajoona

Translation: އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. އަހުރެމެންނާއި އަދި އަހުރެމެންގެ ކާބަފައިންވެސް މަރުވެ ގޮސް ބިމުހުރިވެއްޔަށްވުމަށްފަހު އަލުންދިރިގެން ފޮނުވޭނޭހެއްޔެވެ؟

27:68

لَقَدۡ وُعِدۡنَا هَٰذَا نَحۡنُ وَءَابَآؤُنَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ﴿68﴾

Transliteration: Laqad wuAAidna hatha nahnu waabaona min qablu in hatha illa asateeru alawwaleena

Translation: ހަމަކަށަވަރުން އަހުރެމެންނަށާއި އަހުރެމެންގެ ކާބަފައިންނަށްވެސް ވަނީ (މީގެކުރީގައި) މިވާހަކަ وعد ކުރެވިފައެވެ. (އެއިން އެއްވެސް މީހަކު ދިރުނީއެއްނޫނެވެ.) މިވާހަކަތައް އަދި މި وعد ތައް އެއީ އިހުޒަމާނުގެ މީހުންގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމުގައި މެނުވީނުވެއެވެ.

27:69

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ ﴿69﴾

Transliteration: Qul seeroo fee alardi faonthuroo kayfa kana AAaqibatu almujrimeena

Translation: ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ ދޮގުވެރިންނޭވެ!) ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި (އިސްވެދިޔަ) ނުބައިމީހުންގެ ފަހުކޮޅުވެގެން ދިޔައީ ކޮންފަދައަކުންތޯ ބަލައި އެޔާމެދު فكر ކޮށް عبرة حاصل ކޮށްބަލާށެވެ!

27:70

وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُن فِي ضَيۡقٖ مِّمَّا يَمۡكُرُونَ ﴿70﴾

Transliteration: Wala tahzan AAalayhim wala takun fee dayqin mimma yamkuroona

Translation: އަދި ކަލޭގެފާނު އެމީހުންގެ މައްޗަށް ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން އެރާވާ ނުބައި ރޭވުންތަކާއިމެދު ހިތްޕުޅު ދަތިފުޅު ނުކުރައްވާށެވެ! (ﷲ تعالى އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ދެއްވައި އެމީހުން ހަލާކު ކުރައްވާހުއްޓެވެ.)

27:71

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ﴿71﴾

Transliteration: Wayaqooloona mata hatha alwaAAdu in kuntum sadiqeena

Translation: އަދި އެމީހުން ބުނެއެވެ. (އޭ مؤمن ންނޭވެ!) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ތިޔަ وعد ކުރެވޭ ކަންތައް (عذاب އައުން) ވާނީ ދެންކޮންއިރަކުންހެއްޔެވެ؟

27:72

قُلۡ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعۡضُ ٱلَّذِي تَسۡتَعۡجِلُونَ ﴿72﴾

Transliteration: Qul AAasa an yakoona radifa lakum baAAdu allathee tastaAAjiloona

Translation: އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އަވަސްވުމަށް ތިޔަ އެދޭ ބައެއް ކަންތައް ދާދިގާތުގައި ކަލޭމެނަށް އައުން އެކަށީގެންވެއެވެ. އަތުވެދާނެއެވެ.

27:73

وَإِنَّ رَبَّكَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ ﴿73﴾

Transliteration: Wainna rabbaka lathoo fadlin AAala alnnasi walakinna aktharahum la yashkuroona

Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނު رَبّ އެއީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެކަން ކަށަވަރެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން شكر ނުކުރެއެވެ.

27:74

وَإِنَّ رَبَّكَ لَيَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ ﴿74﴾

Transliteration: Wainna rabbaka layaAAlamu ma tukinnu sudooruhum wama yuAAlinoona

Translation: އަދި ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާތަކެތިވެސް ކަލޭގެފާނުންގެ رَبّ ދެނެވޮޑިގެންވާކަން ކަށަވަރެވެ.

27:75

وَمَا مِنۡ غَآئِبَةٖ فِي ٱلسَّمَآءِ وَٱلۡأَرۡضِ إِلَّا فِي كِتَٰبٖ مُّبِينٍ ﴿75﴾

Transliteration: Wama min ghaibatin fee alssamai waalardi illa fee kitabin mubeenin

Translation: އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.)

27:76

إِنَّ هَٰذَا ٱلۡقُرۡءَانَ يَقُصُّ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَكۡثَرَ ٱلَّذِي هُمۡ فِيهِ يَخۡتَلِفُونَ ﴿76﴾

Transliteration: Inna hatha alqurana yaqussu AAala banee israeela akthara allathee hum feehi yakhtalifoona

Translation: އެކަންކަމާއިމެދު އެމީހުންކުރެ ގިނަމީހުން (يهودي ންނާއި نصارى އިންކުރެ ގިނަމީހުން) إختلافވެ ދެބަސްވާ ގިނަކަންތައްތަކުގެ بيان (حقّ ގޮތް) އެހެން ހުރިހާމީހުންނަށްވުރެބޮޑަށް بَني إسرائيل ންނަށް ހަމަކަށަވަރުންވެސް މި قرآن ބަޔާންކޮށްދެއްވައި ކިޔައިދެއެވެ.

27:77

وَإِنَّهُۥ لَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ﴿77﴾

Transliteration: Wainnahu lahudan warahmatun lilmumineena

Translation: އަދި ހަމަކަށަވަރުން އެ قرآن އަކީ مؤمن ންވާ ތެދުމަގެކެވެ. އަދި رحمة އެކެވެ.

27:78

إِنَّ رَبَّكَ يَقۡضِي بَيۡنَهُم بِحُكۡمِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡعَلِيمُ ﴿78﴾

Transliteration: Inna rabbaka yaqdee baynahum bihukmihi wahuwa alAAazeezu alAAaleemu

Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި އެކަލާނގެ حكم ން حكم ކުރައްވައިނިޔާކުރައްވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.

27:79

فَتَوَكَّلۡ عَلَى ٱللَّهِۖ إِنَّكَ عَلَى ٱلۡحَقِّ ٱلۡمُبِينِ ﴿79﴾

Transliteration: Fatawakkal AAala Allahi innaka AAala alhaqqi almubeeni

Translation: ފަހެ ކަލޭގެފާނު ކަނޑައެޅިގެން ﷲ އަށް އިތުބާރުކުރައްވައި وكيل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ވަނީ بيان ވެގެންވާ حقّ ގައެވެ.

27:80

إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ ﴿80﴾

Transliteration: Innaka la tusmiAAu almawta wala tusmiAAu alssumma aldduAAaa itha wallaw mudbireena

Translation: ހަމަކަށަވަރުން މަރުވެފައިވާ މީހުންނަށް ކަލޭގެފާނަށް އިއްވައެއް ނުދެވޭނެއެވެ. (އެކަމުގެ ކުޅަދާނަކަމެއް ކަލޭގެފާނުންގެ ކިބައިގައި ނުވެއެވެ.) އަދި ބީރުންވެސް އެމީހުން (ނުއަހާންވެގެން) އެނބުރި ފުރަގަސްދީފައި ދަންޏަކާއި އެމީހުންނަށް وعظ އާއި نصيحة އިއްވައި ނުދެވޭނެއެވެ. އަންގައެއްވެސް ނުދެވޭނެއެވެ.

27:81

وَمَآ أَنتَ بِهَٰدِي ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ﴿81﴾

Transliteration: Wama anta bihadee alAAumyi AAan dalalatihim in tusmiAAu illa man yuminu biayatina fahum muslimoona

Translation: އަދި ލޯއަނދިރިމީހުން އެމީހުންގެ އެމަގުފުރެދުމުގެ އަނދިރިކަމުގައިވަނިކޮށް އެމީހުންނަށް ތެދުމަގު ދެއްކެވޭނެ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ތިމަންރަސްކަލާނގެއަށް އީމާންވެ ކިޔަމަންވެގެންވާޙާލު ތިމަންރަސްކަލާނގެ އާޔަތްތައް ތެދުކޮށް އެއާޔަތްތަކަށް إيمانވާ ބަޔަކަށް އިއްވައިދެވޭނޭ ބޭކަލަކު ކަމުގައި މެނުވީކަލޭގެފާނުވެއެވެ.

27:82

وَإِذَا وَقَعَ ٱلۡقَوۡلُ عَلَيۡهِمۡ أَخۡرَجۡنَا لَهُمۡ دَآبَّةٗ مِّنَ ٱلۡأَرۡضِ تُكَلِّمُهُمۡ أَنَّ ٱلنَّاسَ كَانُواْ بِـَٔايَٰتِنَا لَا يُوقِنُونَ ﴿82﴾

Transliteration: Waitha waqaAAa alqawlu AAalayhim akhrajna lahum dabbatan mina alardi tukallimuhum anna alnnasa kanoo biayatina la yooqinoona

Translation: އަދި އެމީހުންގެމައްޗަށް عذاب ގެ ނުވަތަ ކޯފާ حقّ ވެއްޖެއްޔާ އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ބިމުން دَابّة އެއް ނެރުއްވާހުށީމެވެ. ހަމަކަށަވަރުން މީސްތަކުން ތިމަންރަސްކަލާނގެ އާޔަތްތައް يقين ނުކުރާކަމުގައިވިއެވެ. (މި دَابّة ނުކުތުމަކީވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ އެއްދަލީލެވެ.) والله أعلم.

27:83

وَيَوۡمَ نَحۡشُرُ مِن كُلِّ أُمَّةٖ فَوۡجٗا مِّمَّن يُكَذِّبُ بِـَٔايَٰتِنَا فَهُمۡ يُوزَعُونَ ﴿83﴾

Transliteration: Wayawma nahshuru min kulli ommatin fawjan mimman yukaththibu biayatina fahum yoozaAAoona

Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންކުރެ ކޮންމެ أُمَّة އަކުންވެސް جماعَة އެއް ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން އެކުރައްވާ ދުވަހުން، އެމީހުން ތިބޭހުށީ އޭގެ އެންމެކުރީ މީހާއާއިއެކު އެންމެފަހުމީހާވެސް ބަނދެވި ހައްޔަރުވެގެންނެވެ. (ވަކިނުވެވޭގޮތަށެވެ.)

27:84

حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبۡتُم بِـَٔايَٰتِي وَلَمۡ تُحِيطُواْ بِهَا عِلۡمًا أَمَّاذَا كُنتُمۡ تَعۡمَلُونَ ﴿84﴾

Transliteration: Hatta itha jaoo qala akaththabtum biayatee walam tuheetoo biha AAilman ammatha kuntum taAAmaloona

Translation: އެއެންމެން އަތުވެއްޖައުމަށްދާންދެންނެވެ. (ދެން އެއެންމެން އައިސް ހަމަވުމުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީހެއްޔެވެ؟ އެއާޔަތްތައް حقّ ގޮތުގައި ކަލޭމެންނަށް معرفة ނުވީހެއްޔެވެ؟ ނުވަތަ ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ކުރާކަމުގައިވީ ކޮންކަމެއްހެއްޔެވެ؟

27:85

وَوَقَعَ ٱلۡقَوۡلُ عَلَيۡهِم بِمَا ظَلَمُواْ فَهُمۡ لَا يَنطِقُونَ ﴿85﴾

Transliteration: WawaqaAAa alqawlu AAalayhim bima thalamoo fahum la yantiqoona

Translation: އަދި އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެމީހުންގެމައްޗަށް عذاب (ނުވަތަ عذاب ގެ ބަސްފުޅު) حقّ ވެއްޖެއެވެ. ފަހެ އެމީހުން (އޭގެ އިދިކޮޅަށް حجّة އާއި ދަލީލުގެގޮތުން) ބަސްނުބުނާނެއެވެ.

27:86

أَلَمۡ يَرَوۡاْ أَنَّا جَعَلۡنَا ٱلَّيۡلَ لِيَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴿86﴾

Transliteration: Alam yaraw anna jaAAalna allayla liyaskunoo feehi waalnnahara mubsiran inna fee thalika laayatin liqawmin yuminoona

Translation: އެމީހުން ހަމަކަށަވަރުން އެމީހުން އޭގައިހަމަހިމޭންވެ ތިބުމަށްޓަކައި ރޭގަނޑުލައްވައި އަދި (عملى މައިދާނުގައި حركاة ތެރިވެ އުޅުމަށް) ދުވާލު އެއީ އަލިކުރާއެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން އެމީހުންނަށް ނޭގޭބާވަވައެވެ؟ (فكر ކޮށްނަހަދަނީބާވައެވެ.) ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ރޭދުވާ ތަފާތުކޮށް އަދި ތަކުރާރުވާގޮތަށް ލެއްވުމުގައި - އީމާންވާ ބަޔަކަށް އަދި ތެދުކުރާ ބަޔަކަށް دليل އާ حجّة ވެއެވެ. (އެފަދަ ކަންތައްތައް އެހިންގަވާ ފަރާތަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް އުނދަގޫނުވާނެކަން އެނގެންވާނެއެވެ.

27:87

وَيَوۡمَ يُنفَخُ فِي ٱلصُّورِ فَفَزِعَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۚ وَكُلٌّ أَتَوۡهُ دَٰخِرِينَ ﴿87﴾

Transliteration: Wayawma yunfakhu fee alssoori fafaziAAa man fee alssamawati waman fee alardi illa man shaa Allahu wakullun atawhu dakhireena

Translation: އަދި ތާޅަފިލިފުމެލެއްވޭ ދުވަހުން ﷲ އިރާދަކުރެއްވި އަޅަކުމެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ހޭބަލިވެ މަރުވެގެން ހިނގައިދާނެއެވެ. އަދި އެންމެން (ފަހުން އަލުން ދިރިގެން) ނިކަމެތިވެ ދެރަވެގެންވާ حال ތިމަންރަސްކަލާނގެ حضرة އަށް އަންނަހުއްޓެވެ.

27:88

وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةٗ وَهِيَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِيٓ أَتۡقَنَ كُلَّ شَيۡءٍۚ إِنَّهُۥ خَبِيرُۢ بِمَا تَفۡعَلُونَ ﴿88﴾

Transliteration: Watara aljibala tahsabuha jamidatan wahiya tamurru marra alssahabi sunAAa Allahi allathee atqana kulla shayin innahu khabeerun bima tafAAaloona

Translation: (އޭ رسول ﷲ އެވެ!) ފަރުބަދަތައް އެހެން ހުންނައިރު އެފަރުބަދަތައް ހުއްޓިފައި ކޮޅަށްހުންނަކަމަށް ކަލޭގެފާނަށް ހީފުޅުވާނެއެވެ. އެކަމަކު ވިލާ ދުވާގޮތަށް އެފަރުބަދަތައްވެސް ދުވެއެވެ. حركاة ކުރެއެވެ. އެއީ ހުރިހާ ތަކެތިވެސް ބަރާބަރުކޮށް ފުރިހަމަކޮށް އަދި ހިމުންކޮށް ހައްދަވާ ކަލާނގެ ހެއްދެވުމެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއްގެ خبر އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

27:89

مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَا وَهُم مِّن فَزَعٖ يَوۡمَئِذٍ ءَامِنُونَ ﴿89﴾

Transliteration: Man jaa bialhasanati falahu khayrun minha wahum min fazaAAin yawmaithin aminoona

Translation: ހެޔޮކަމަކާއިގެން އައިމީހާ - އެބަހީ: ހެޔޮ عمل ކޮށްފި މީހާއަށް އޭނާ އެކުރި عمل އަށްވުރެ މާހެޔޮދަރުމަޔާއި ثواب ހުންނަ ހުއްޓެވެ. އަދި އެމީހުން އެދުވަހުގެ يعني: قيامة ދުވަހުގެ ސިހުމާއި ބިރުވެރިކަމުން އަމާންވެގެންވެއެވެ.

27:90

وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتۡ وُجُوهُهُمۡ فِي ٱلنَّارِ هَلۡ تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ﴿90﴾

Transliteration: Waman jaa bialssayyiati fakubbat wujoohuhum fee alnnari hal tujzawna illa ma kuntum taAAmaloona

Translation: އަދި ނުބައިކަމާއިގެން އައިމީހާ އެބަހީ: ނުބައިކަންތައް ކުރިމީހާ ދަންނައެވެ. އެފަދަމީހުން (އެދުވަހުން) މޫނުތައް ވަތަށް ނަރަކައަށް އެއްލެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދުނިޔޭގައިތިބިއިރު ކުރާކަމުގައިވީ ކަންތައްތަކަށް މެނުވީ - އޭގެ ސަބަބަންމެނުވީ ކަލޭމެންނަށް جزاء ލިބޭކަމުގައި ނުވެއެވެ. އެބަހީ - އެފަދަ عذاب ތިޔަލިބެނީ ދުނިޔޭގައި ތިބެގެން ކުރި ނުބައިކަންތައްތަކުގެ ސަބަބުންނެވެ.

27:91

إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ رَبَّ هَٰذِهِ ٱلۡبَلۡدَةِ ٱلَّذِي حَرَّمَهَا وَلَهُۥ كُلُّ شَيۡءٖۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ ﴿91﴾

Transliteration: Innama omirtu an aAAbuda rabba hathihi albaldati allathee harramaha walahu kullu shayin waomirtu an akoona mina almuslimeena

Translation: (رسول ﷲ ﷺ حديث ކުރެއްވިއެވެ.) ތިމަންކަލޭގެފާނަށް أمر ވެވިގެންވާކަން ކަށަވަރީ މިރަށުގެވެރި (މި مكّة ގެވެރި) ربّ އަށް ތިމަންކަލޭގެފާނު އަޅުކަންކުރުމަށެވެ. އެކަލާނގެއީ އެރަށް حُرمة ތެރިކުރެއްވި ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. (إخلاص ތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމަށެވެ.)

27:92

وَأَنۡ أَتۡلُوَاْ ٱلۡقُرۡءَانَۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَقُلۡ إِنَّمَآ أَنَا۠ مِنَ ٱلۡمُنذِرِينَ ﴿92﴾

Transliteration: Waan atluwa alqurana famani ihtada fainnama yahtadee linafsihi waman dalla faqul innama ana mina almunthireena

Translation: (އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ) ތިމަންކަލޭގެފާނު قرآن ކިޔެވުމަށެވެ. (ފަހެ ތިމަންކަލޭގެފާނަށް تبع ވެ إيمان ވެ) ތެދުމަގު ލިބިގެންފިމީހާ ތެދުމަގު އެލިބިގަންނަނީ އެމީހާގެ އަމިއްލަ نفس އަށެވެ. އެކަމުގެ ހެވާ ލާބަހުރީ ހަމަ އެމީހާގެ نفس އަށެވެ. (އަދި ތިމަންކަލޭގެފާނު ދޮގުކޮށް) މަގުފުރެދިގެންފިމީހާ ދަންނައެވެ. އެމީހަކާމެދު ތިމަންކަލޭގެފާނަށް ގެއްލުމެއްނެތެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ إنذَار ކުރައްވާ ބޭކަލަކު ކަމުގައެވެ. (މަގުފުރެދޭމީހެއްގެ މަގުފުރެދުމަކުން ތިމަންކަލޭގެފާނަކަށް އެއްވެސް ގެއްލުމެއްނެތެވެ.)

27:93

وَقُلِ ٱلۡحَمۡدُ لِلَّهِ سَيُرِيكُمۡ ءَايَٰتِهِۦ فَتَعۡرِفُونَهَاۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ﴿93﴾

Transliteration: Waquli alhamdu lillahi sayureekum ayatihi fataAArifoonaha wama rabbuka bighafilin AAamma taAAmaloona

Translation: އަދި (الله وَحِي ކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. ނިކަންހުރެ އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތައް އެކަލާނގެ ކަލޭމެނަށް ދައްކަވާހުއްޓެވެ. ދެން އޭރުން (އެދަލީލުތަކާއި حجّة ތައް - އަދި ކަލޭމެނަށް ތިމަންކަލޭގެފާނު މިދޭ نصيحة ގެ حقيقة) ކަލޭމެނަށް އެނގިދާނެއެވެ. އަދި ކަލޭމެން ކުރާ ކަންތައްތައް ފިޔަވައި غافل ވެވޮޑިގެންވާ ކަލަކުކަމުގައި ކަލޭގެފާނުންގެ رَبّ ނުވެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download