quranm◉

Surah Ali 'Imran transliteration

◉ ސޫރަ · ∞

3:1

الٓمٓ ﴿1﴾

Transliteration: Aliflammeem

Translation: الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. (سُورَةُ البَقَرَة) ފެށުނުތާގައި މިޔާބެހޭކުޑަވާހަކަކޮޅެއްވާނެއެވެ.)

3:2

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُ ﴿2﴾

Transliteration: Allahu la ilaha illa huwa alhayyu alqayyoomu

Translation: ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حقّ ވެގެންނުވާ ކަލާނގެއެވެ. އެއީ އަވަހާރަވުމެއްނުވާ ފަނާވުމެއްނުވާ ދިރިދެމިވޮޑިގެންވާ އަދި އެންމެހައި خلق ތަކުންގެ ކަންތައްތައް تَدْبِيْرُ ކުރެއްވުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއެވެ.

3:3

نَزَّلَ عَلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَأَنزَلَ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ ﴿3﴾

Transliteration: Nazzala AAalayka alkitaba bialhaqqi musaddiqan lima bayna yadayhi waanzala alttawrata waalinjeela

Translation: ،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.

3:4

مِن قَبۡلُ هُدٗى لِّلنَّاسِ وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ لَهُمۡ عَذَابٞ شَدِيدٞۗ وَٱللَّهُ عَزِيزٞ ذُو ٱنتِقَامٍ ﴿4﴾

Transliteration: Min qablu hudan lilnnasi waanzala alfurqana inna allatheena kafaroo biayati Allahi lahum AAathabun shadeedun waAllahu AAazeezun thoo intiqamin

Translation: ،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.

3:5

إِنَّ ٱللَّهَ لَا يَخۡفَىٰ عَلَيۡهِ شَيۡءٞ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ ﴿5﴾

Transliteration: Inna Allaha la yakhfa AAalayhi shayon fee alardi wala fee alssamai

Translation: ހަމަކަށަވަރުން އުޑާއި ބިމުގައިވިޔަސް އެއްވެސް އެއްޗެއް ﷲ އަށް ވަންހަނާވެގެންނުވެއެވެ.

3:6

هُوَ ٱلَّذِي يُصَوِّرُكُمۡ فِي ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿6﴾

Transliteration: Huwa allathee yusawwirukum fee alarhami kayfa yashao la ilaha illa huwa alAAazeezu alhakeemu

Translation: މައިންގެ رَحِمُ ތަކުގައި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން ކަލޭމެން صُوْرَة ކުރައްވާނީ - ސިފަކުރައްވަނީ ހަމަ އެކަލާނގެއެވެ. ﷲ އެވެ! އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

3:7

هُوَ ٱلَّذِيٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٞ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٞۖ فَأَمَّا ٱلَّذِينَ فِي قُلُوبِهِمۡ زَيۡغٞ فَيَتَّبِعُونَ مَا تَشَٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۖ وَمَا يَعۡلَمُ تَأۡوِيلَهُۥٓ إِلَّا ٱللَّهُۗ وَٱلرَّـٰسِخُونَ فِي ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلّٞ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ ﴿7﴾

Transliteration: Huwa allathee anzala AAalayka alkitaba minhu ayatun muhkamatun hunna ommu alkitabi waokharu mutashabihatun faamma allatheena fee quloobihim zayghun fayattabiAAoona ma tashabaha minhu ibtighaa alfitnati waibtighaa taweelihi wama yaAAlamu taweelahu illa Allahu waalrrasikhoona fee alAAilmi yaqooloona amanna bihi kullun min AAindi rabbina wama yaththakkaru illa oloo alalbabi

Translation: (އޭ رسُول ﷲ!) ކަލޭގެފާނަށް ފޮތް (ކީރިތި قرآن) ބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފޮތުގައި مُحْكَمُ އާޔަތްތައްވެއެވެ. އަދި އަނެއްބައި އާޔަތްތަކަކީ مُتَشَابِهُ އާޔަތެވެ. • ދަންނައެވެ! މިތާގައި މިވާ محكم އާ مُتشابه އާއި ދެކަލިމަގެ مُراد އާއިމެދު مُفَسِّر ންގެ ބަސް ތަފާތެވެ. އޭގެތެރެއިން އެންމެ ރަނގަޅު مُرَاد އެއްކަމުގައިވަނީ: مُحْكَمُ އާޔަތަކީ އޭގެ تَفْسير އާއި މާނަ ރަނގަޅަށް ވިސްނޭ އަދި ދެމާނައެއް مُرَاد ކުރެވޭންނެތް ހަމައެކަނި އެއްމާނައެއް ކަނޑައެޅޭ صَرِيح އާޔަތްތަކެވެ. مُتشابه އާޔަތަކީ އޭގައި ދެމާނައެއް ކުރެވިދާފަދަ އޮޅުން ހުރި ހަމައެކަނި އޭގެ މާނަ ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އާޔަތްތަކެވެ. والله أعلم.\nދެންފަހެ ދަންނައެވެ! مُحْكَمُ އާޔަތްތައް އެއީ ފޮތުގެމައިގަނޑެވެ. މަންމައެވެ. أصل އެވެ. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތާއެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ އަހުރެމެން މިވަނީ އެ مُتشابه ތަކެއްޗަށް (ﷲ ގެ مُراد ގެމަތީން) އީމާންވެގެންނެވެ. އެހުރިހާ ތަކެއްޗަކީ އަހުރެމެންގެ رَبّ ގެ حضرة ންވާ ތަކެއްޗެވެ. މިއެވެ. އަދި ބޯ ރަނގަޅު ބުއްދިވެރިންމެނުވީ وَعْظُ އާއި نَصِيحة ލިބިނުގަންނާނެއެވެ.

3:8

رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ ﴿8﴾

Transliteration: Rabbana la tuzigh quloobana baAAda ith hadaytana wahab lana min ladunka rahmatan innaka anta alwahhabu

Translation: (علم ގައި ފުނަށް ފޭބިމީހުން ދަންނަވައެވެ!) އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رَحْمَة އެއް ދެއްވާނދޭވެ! (ތެދުމަގުގައި ތިބުމުގެ توفيق ދެއްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވުންތައް ދެއްވާ ކަލާނގެއެވެ.

3:9

رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوۡمٖ لَّا رَيۡبَ فِيهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ﴿9﴾

Transliteration: Rabbana innaka jamiAAu alnnasi liyawmin la rayba feehi inna Allaha la yukhlifu almeeAAada

Translation: އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެދުވަހާއި ދޭތެރޭ އެއްވެސް ޝައްކެއްނެތް ދުވަހަކަށް އެންމެހައި މީސްތަކުން އެއްކުރައްވާނޭ ކަލާނގެއެވެ. އެއީ ޤިޔާމަތްދުވަހެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ وعد އާއި خلاف ވެވޮޑިނުގަންނަވައެވެ.

3:10

إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَـٰٓئِكَ هُمۡ وَقُودُ ٱلنَّارِ ﴿10﴾

Transliteration: Inna allatheena kafaroo lan tughniya AAanhum amwaluhum wala awladuhum mina Allahi shayan waolaika hum waqoodu alnnari

Translation: ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލަކުން ކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ ނަރަކައިގެ ދަރެވެ.

3:11

كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۗ وَٱللَّهُ شَدِيدُ ٱلۡعِقَابِ ﴿11﴾

Transliteration: Kadabi ali firAAawna waallatheena min qablihim kaththaboo biayatina faakhathahumu Allahu bithunoobihim waAllahu shadeedu alAAiqabi

Translation: (އެމީހުން) فرعون ގެ آل ންނާ ހަމައެއްގޮތެވެ. އެމީހުންގެ އާދައެވެ. އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީއެވެ. ދެންފަހެ އެމީހުންގެ ފާފަތަކުގެ ސަބަބުން ﷲ تعالى އެމީހުން ހިއްޕެވީއެވެ. އެމީހުން ހަލާކުކުރެއްވިއެވެ. އަދި ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.

3:12

قُل لِّلَّذِينَ كَفَرُواْ سَتُغۡلَبُونَ وَتُحۡشَرُونَ إِلَىٰ جَهَنَّمَۖ وَبِئۡسَ ٱلۡمِهَادُ ﴿12﴾

Transliteration: Qul lillatheena kafaroo satughlaboona watuhsharoona ila jahannama wabisa almihadu

Translation: (އޭ رَسول ﷲ އެވެ!) ކާފަރުވީ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ނިކަންހުރެ ކަލޭމެން ދެރަކުރެވޭނެއެވެ. އަދި ނަރަކައަށް ޖަމާކުރެއްވޭނެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.

3:13

قَدۡ كَانَ لَكُمۡ ءَايَةٞ فِي فِئَتَيۡنِ ٱلۡتَقَتَاۖ فِئَةٞ تُقَٰتِلُ فِي سَبِيلِ ٱللَّهِ وَأُخۡرَىٰ كَافِرَةٞ يَرَوۡنَهُم مِّثۡلَيۡهِمۡ رَأۡيَ ٱلۡعَيۡنِۚ وَٱللَّهُ يُؤَيِّدُ بِنَصۡرِهِۦ مَن يَشَآءُۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ﴿13﴾

Transliteration: Qad kana lakum ayatun fee fiatayni iltaqata fiatun tuqatilu fee sabeeli Allahi waokhra kafiratun yarawnahum mithlayhim raya alAAayni waAllahu yuayyidu binasrihi man yashao inna fee thalika laAAibratan liolee alabsari

Translation: ހަމަކަށަވަރުން (ހަނގުރާމައިގެ مَيْدَانُ ގައި) ބައްދަލުކުރި ދެ لَشْكَرُ ގެ ކަންތަކުގައި ކަލޭމެންނަށް ރަނގަޅު ދަލީލެއް ވާނެއެވެ. عبرة އެއްވެއެވެ. އެއް لَشْكَر އަކީ ﷲ ގެމަގުގައި ހަނގުރާމަކުރާ لَشْكَر އެކެވެ. އަނެއް ލަޝްކަރު އެއީ ކާފަރު لَشْكَر އެކެވެ. އެމީހުންނަށް މިމީހުން ފެނުނީ ނުވަތަ މިމީހުންނަށް އެމީހުން ފެނުނީ ލޮލަށް ފެންނަ ފެނުމަށް ދެބައިގިނަކަމަށެވެ. (އެއީ ﷲ ގެ حكمة ފުޅެކެވެ. مؤمن ންނަށް ހިތްވަރުދެއްވުމަށާއި ކާފަރުން ބިރުގެންނެވުމަށެވެ.) އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ نصر ގެ ސަބަބުން ގަދަކަންދެއްވައެވެ. ހަމަކަށަވަރުންވެސް ލޯތަކުގެވެރިންނަށް - ކަންކަމަށް ރަނގަޅަށް ވިސްނައިعبرة حاصل ކުރާ ބަޔަކަށް ބޮޑުވެގެންވާ عبرة އެއްކަމުގައިވެއެވެ.

3:14

زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلۡبَنِينَ وَٱلۡقَنَٰطِيرِ ٱلۡمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلۡفِضَّةِ وَٱلۡخَيۡلِ ٱلۡمُسَوَّمَةِ وَٱلۡأَنۡعَٰمِ وَٱلۡحَرۡثِۗ ذَٰلِكَ مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱللَّهُ عِندَهُۥ حُسۡنُ ٱلۡمَـَٔابِ ﴿14﴾

Transliteration: Zuyyina lilnnasi hubbu alshshahawati mina alnnisai waalbaneena waalqanateeri almuqantarati mina alththahabi waalfiddati waalkhayli almusawwamati waalanAAami waalharthi thalika mataAAu alhayati alddunya waAllahu AAindahu husnu almaabi

Translation: މީސްތަކުންނަށް ތިމާމެންގެ نفس އެދޭ ކަންކަމަށް ލޯބިޖެއްސެވިގެންވެއެވެ. އަންހެނުންނާއި ދަރިންނާއި ރަނާއި ރިހީގެތެރެއިން ގިނަކުރެވޭ ގިނަމުދާތަކާއި ހަނގުރާމައަށްޓަކައި ކާންދީ ފަލަކޮށް ތައްޔާރުކޮށްފައިވާ އަހާއި نَعَمْ ސޫތްޕާއި އެބަހީ ގެރިބަކަރި جَمَل ގެ ބާވަތްތަކާއި އަދި ދަނޑުފަނގާއި މިތަކެތީގެ ވައްތަރުތަކުގެތެރެއިންނެވެ. އެއީ ހައްތާވެސް ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ތަކެއްޗެވެ. އަދި ގޮސްތިބުން ރަނގަޅުވެގެންވާ ރީތި ތަންވަނީ ﷲ ގެ حضرة ގައެވެ.

3:15

قُلۡ أَؤُنَبِّئُكُم بِخَيۡرٖ مِّن ذَٰلِكُمۡۖ لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَأَزۡوَٰجٞ مُّطَهَّرَةٞ وَرِضۡوَٰنٞ مِّنَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ ﴿15﴾

Transliteration: Qul aonabbiokum bikhayrin min thalikum lillatheena ittaqaw AAinda rabbihim jannatun tajree min tahtiha alanharu khalideena feeha waazwajun mutahharatun waridwanun mina Allahi waAllahu baseerun bialAAibadi

Translation: ކަލޭގެފާނު ވިދާޅުވާށެވެ! تقوى ވެރިވީ މީސްތަކުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެތަކެއްޗަށްވުރެން މާރަނގަޅު ހެޔޮތަކެތި ހުރިކަމުގެ خبر ކަލޭމެނަށް އަހުރެން ދެއްވަންހެއްޔެވެ؟ އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެތަންތާގައި އެމީހުން ދެމިތިބޭހުއްޓެވެ. އަދި طَاهر ވެގެންވާ އަނބީންނާއި އަދި ﷲ ގެ ރުހިވޮޑިގަތުމެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނާއިގެން ބައްލަވާވޮޑިގެންވެއެވެ. އެބަހީ تقوى ވެރި އަޅުންގެ ކަންތައްތައް ރަނގަޅުގޮތުގައި ބައްލަވައެވެ.

3:16

ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴿16﴾

Transliteration: Allatheena yaqooloona rabbana innana amanna faighfir lana thunoobana waqina AAathaba alnnari

Translation: އެމީހުންނަކީ- އެބަހީ އެ تقوى ވެރިންނަކީ އެމީހުންގެ رَبّ އަށް ދަންނަވާ މީހުންނެވެ. (އެމީހުން ދަންނަވައެވެ.) އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ އަޅަމެނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ. އަދި ނަރަކައިގެ عَذَاب ން އަޅަމެން ސަލާމަތް ކުރައްވާނދޭނެވެ.

3:17

ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلۡقَٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ ﴿17﴾

Transliteration: Alssabireena waalssadiqeena waalqaniteena waalmunfiqeena waalmustaghfireena bialashari

Translation: އެމީހުންނަކީ (އުނދަގޫތަކާއި ދަތިތަކަށް) ކެތްތެރިވާ މީހުންނެވެ. އަދި އެއީ ތެދުވެރިންނެވެ. އަދި އެއީ ކިޔަމަންތެރިންނެވެ. އަދި އެއީ ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ދަންވަރުގެ ވަގުތު ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހުންނެވެ.

3:18

شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَـٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿18﴾

Transliteration: Shahida Allahu annahu la ilaha illa huwa waalmalaikatu waoloo alAAilmi qaiman bialqisti la ilaha illa huwa alAAazeezu alhakeemu

Translation: ﷲ މެނުވީ (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إله އަކުނުވާކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތްބޭކަލުންނާއި علم ވެރިން ހެކިވެވަޑައިގެންފިއެވެ. އެކަލާނގެއީ عدل ވެރިކަން قائم ކުރުންމަތީ قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

3:19

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴿19﴾

Transliteration: Inna alddeena AAinda Allahi alislamu wama ikhtalafa allatheena ootoo alkitaba illa min baAAdi ma jaahumu alAAilmu baghyan baynahum waman yakfur biayati Allahi fainna Allaha sareeAAu alhisabi

Translation: ހަމަކަށަވަރުން ﷲ ގެ حضرة ގައި (قبول ކުރެއްވެނިވި) دين އަކީ الإسلام އެވެ. އިސްލާމްދީނެވެ. އަދި عيسى (عليه السّلام) އާއިމެދު حقّ ރަނގަޅު معْلُومات އެނގުމަށްފަހުގައިމެނުވީ ފޮތްދެއްވުނު މީހުން - نصارى އިންނާއި يهودي ން - إختلاف ވެ ދެބަސްވީކަމުގައި ނުވެއެވެ. (އެބަހީ އެމީހުން ދެބަސްވެ إختلاف ވީ ހަމަރަނގަޅަށް حقّ އެނގުމަށްފަހުގައެވެ.) އެއީ އެމީހުންގެމެދުގައިވާ ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. އަދި ﷲ ގެ އާޔަތްތަކަށް - دليل ތަކާއި حجّة ތަކަށް - ކާފަރުވެއްޖެމީހުން (ދަންނައެވެ! އެމީހުންގެ عمل ތައް ﷲ ހިސާބުކުރައްވައި ޖަޒާދެއްވާ ހުއްޓެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

3:20

فَإِنۡ حَآجُّوكَ فَقُلۡ أَسۡلَمۡتُ وَجۡهِيَ لِلَّهِ وَمَنِ ٱتَّبَعَنِۗ وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ ﴿20﴾

Transliteration: Fain hajjooka faqul aslamtu wajhiya lillahi wamani ittabaAAani waqul lillatheena ootoo alkitaba waalommiyyeena aaslamtum fain aslamoo faqadi ihtadaw wain tawallaw fainnama AAalayka albalaghu waAllahu baseerun bialAAibadi

Translation: ފަހެ އެމީހުން ކަލޭގެފާނާ جدل ކޮށް حُجَّة ދައްކަންޏާ (އެބަހީ އެ نصارى އިންގެމީހުން عيسى عليه السّلام އާއިމެދު جدل ކުރަންޏާ) ފަހެ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ މޫނުފުޅު ﷲ އަށް ކިޔަމަންތެރިކޮށްފީމެވެ. އެބަހީ ތިމަންކަލޭގެފާނު ﷲ އަށް ކިޔަމަންތެރިވެއްޖައީމުއެވެ. އަދި ތިމަންކަލޭގެފާނަށް تبع ވީ މީސްތަކުންވެސް (ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ.) އަދި ފޮތްދެއްވުނު މީހުންނަށް އެބަހީ يهودي ންނާއި نصارى އިންނަށާއި އަދި أمِّى ންނަށް އެބަހީ عرب مُشرك ންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިސްލާމްވެއްޖައީމުހެއްޔެވެ؟ ކިޔަމަންތެރިވެއްޖައީމުހެއްޔެވެ؟ ދެންފަހެ އެމީހުން ކިޔަމަންތެރިވެއްޖެއްޔާ ފަހެ ހަމަކަށަވަރުން އެމީހުންނަށް ތެދުމަގުލިބުނީހެވެ. އަދި އެމީހުން ކިޔަމަންތެރިނުވެ އެނބުރި ފުރަގަސްދީފިއްޔާވެސް (ކަލޭގެފާނުންގެމައްޗަކަށް މަލާމާތެއްނެތެވެ.) ކަލޭގެފާނުންގެމައްޗަށް ވާޖިބުވާކަން ކަށަވަރީ رَسول ކަން އިއްވައިދިނުމެވެ. އަދި އަޅުތަކުންނާއިމެދު ﷲ ދެކެވޮޑިގެންވެއެވެ. އެބަހީ ކިޔަމަންގަތް އަޅުންނާއި ނުކިޔަމަންތެރިވި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ.

3:21

إِنَّ ٱلَّذِينَ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ حَقّٖ وَيَقۡتُلُونَ ٱلَّذِينَ يَأۡمُرُونَ بِٱلۡقِسۡطِ مِنَ ٱلنَّاسِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ ﴿21﴾

Transliteration: Inna allatheena yakfuroona biayati Allahi wayaqtuloona alnnabiyyeena bighayri haqqin wayaqtuloona allatheena yamuroona bialqisti mina alnnasi fabashshirhum biAAathabin aleemin

Translation: ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން އަދި އެއްވެސް حقّ އަކާއިނުލައި އެމީހުން ނަބީބޭކަލުން قتل ކޮށް އަދި މީސްތަކުންގެ ތެރެއިން عَدْلُ ވެރިވުމަށް އަމުރުކުރާމީހުންވެސް قتل ކޮށް ހަދާމީހުން (ދަންނައެވެ!) ފަހެ އެމީހުންނަށް ވޭންދެނިވި عَذَاب އެއްހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

3:22

أُوْلَـٰٓئِكَ ٱلَّذِينَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ ﴿22﴾

Transliteration: Olaika allatheena habitat aAAmaluhum fee alddunya waalakhirati wama lahum min nasireena

Translation: އެމީހުން އެއީ އެމީހުންގެ ހެޔޮ عمل ތައް بَاطل ވެގެންވާ ބައެކެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.

3:23

أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُدۡعَوۡنَ إِلَىٰ كِتَٰبِ ٱللَّهِ لِيَحۡكُمَ بَيۡنَهُمۡ ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُمۡ وَهُم مُّعۡرِضُونَ ﴿23﴾

Transliteration: Alam tara ila allatheena ootoo naseeban mina alkitabi yudAAawna ila kitabi Allahi liyahkuma baynahum thumma yatawalla fareequn minhum wahum muAAridoona

Translation: توراة ން ކޮންމެވެސް މިންވަރެއް ދެއްވުނުމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ދެކެވަޑައި ނުގަންނަވަމުތޯއެވެ؟) ﷲ ބާވައިލެއްވި ފޮތެއްކަމުގައިވާ توراة ގައިވާގޮތަށް އެމީހުންގެމެދުގައި حكم ކުރުމަށް އެމީހުންނަށް ގޮވުނީމާ ދެން އެމީހުންކުރެ ބަޔަކުމީހުން ފުރަގަސްދީ އެނބުރި ދަނީއެވެ.

3:24

ذَٰلِكَ بِأَنَّهُمۡ قَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَٰتٖۖ وَغَرَّهُمۡ فِي دِينِهِم مَّا كَانُواْ يَفۡتَرُونَ ﴿24﴾

Transliteration: Thalika biannahum qaloo lan tamassana alnnaru illa ayyaman maAAdoodatin wagharrahum fee deenihim ma kanoo yaftaroona

Translation: އެގޮތަށް އެމީހުން ފުރަގަސްދީފައި އެދަނީ، "ހަމަކަށަވަރުން عدد ކުރެވިގެންވާ ދާދި މަދުދުވަސްކޮޅަކު މެނުވީ އަހުރެމެން ނަރަކައިގާ ނުތިބޭނެއެވެ." މިޢަޤީދާ އެމީހުންގެތެރޭގައިވާތީއެވެ. (އެމީހުން ބުނާގޮތުގައި އެއީ ސާޅީސްދުވަހެވެ. އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރި މިންވަރުކަމަށެވެ.) އަދި އެމީހުން ދޮގުތައް ހެދުމުގެ ސަބަބުން އެމީހުންގެ دين ގައި އެމީހުން ހެއްލުންތެރިވެއްޖެއެވެ. އެދޮގުތައް އެމީހުން ހެއްލުންތެރިކުރުވައިފިއެވެ.

3:25

فَكَيۡفَ إِذَا جَمَعۡنَٰهُمۡ لِيَوۡمٖ لَّا رَيۡبَ فِيهِ وَوُفِّيَتۡ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ﴿25﴾

Transliteration: Fakayfa itha jamaAAnahum liyawmin la rayba feehi wawuffiyat kullu nafsin ma kasabat wahum la yuthlamoona

Translation: ފަހެ އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތް ދުވަހަކަށް ތިމަންރަސްކަލާނގެ އެމީހުން ޖަމާކުރައްވައި އަދި ކޮންމެ نفس އަކަށް އެ نفس އެއް ކުރިކަމަކަށް ފުރިހަމަ ޖަޒާދެއްވިއްޖެއްޔާ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އަދި އެދުވަހުން އެމީހުންނަށް އަނިޔާއެއްނުވެވޭނެއެވެ.

3:26

قُلِ ٱللَّهُمَّ مَٰلِكَ ٱلۡمُلۡكِ تُؤۡتِي ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿26﴾

Transliteration: Quli allahumma malika almulki tutee almulka man tashao watanziAAu almulka mimman tashao watuAAizzu man tashao watuthillu man tashao biyadika alkhayru innaka AAala kulli shayin qadeerun

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ﷲ އަށް ދަންނަވާށެވެ!) އޭ މަތިވެރި މާތް ﷲ އެވެ! އޭ ދުނިޔެއާއި آخرة ގެ ހުރިހާތަކެތީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އިބަރަސްކަލާނގެ مُلْكُ ދެއްވަމުއެވެ. (އެއީ نَبي ކަން ނުވަތަ ވެރިކަން ނުވަތަ މުދާ ނުވަތަ ގަދަކަން. ދެއްވަމުއެވެ...) އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާފަރާތަކުން مُلْكُ ނަންގަވާ ނިގުޅައިގަންނަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު عِزَّة ތެރިކުރައްވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކު ދެރަކުރައްވާ ނިކަމެތިކުރައްވަމުއެވެ. ހުރިހާ ހެޔޮކަމެއްވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން ކޮންމެއެއްޗެއްގެމައްޗަށް އަދި ކޮންމެކަމެއްގެމައްޗަށް އިބަރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

3:27

تُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِي ٱلَّيۡلِۖ وَتُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَتُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّۖ وَتَرۡزُقُ مَن تَشَآءُ بِغَيۡرِ حِسَابٖ ﴿27﴾

Transliteration: Tooliju allayla fee alnnahari watooliju alnnahara fee allayli watukhriju alhayya mina almayyiti watukhriju almayyita mina alhayyi watarzuqu man tashao bighayri hisabin

Translation: އިބަރަސްކަލާނގެ ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. (ރޭގަނޑުން މަދުކުރައްވާ ދުވާލަށް އިތުރުކުރައްވަމުއެވެ.) އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވަމުއެވެ. (ދުވާލު މަދުކުރައްވާ ރޭގަނޑު ދިގުކުރައްވަމުއެވެ.) އަދި މަރުވެފައިވާތަކެތީގެތެރެއިން ދިރޭތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް ހިސާބެއްނެތްހާ ގިނަކޮށް އިބަރަސްކަލާނގެ ރިޒުގުދެއްވަމުއެވެ.

3:28

لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٰلِكَ فَلَيۡسَ مِنَ ٱللَّهِ فِي شَيۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةٗۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَإِلَى ٱللَّهِ ٱلۡمَصِيرُ ﴿28﴾

Transliteration: La yattakhithi almuminoona alkafireena awliyaa min dooni almumineena waman yafAAal thalika falaysa mina Allahi fee shayin illa an tattaqoo minhum tuqatan wayuhaththirukumu Allahu nafsahu waila Allahi almaseeru

Translation: مؤمن ންގެމީހުން ތިމާމެންގެ نَصْر ވެރި ސަހަރޯވެރިންކަމުގައި ކާފަރުން ހިފާ إختيار ނުކުރާށެވެ! އަދި އެފަދަ ކަންތައްކުރާމީހާ އެބަހީ ކާފަރުން އެއީ ތިމާމެންގެ نَصر ވެރި ސަހަރޯވެރިންކަމުގައި ބަލައިގެންފިމީހާ (ދަންނައެވެ!) ފަހެ އެމީހަކަށް ﷲ ގެ حضرة ން އެއްވެސް ހެޔޮކަމެއް ސަލާމަތްކަމެއް ނުވެއެވެ. (ﷲ އޭނާގެ ކަންތަކުން ބަރީއަވެވޮޑިގެންވެއެވެ.) ހަމައެކަނި އެމީހުންގެ ބާރުގެދަށަށް ވަދެވިފައިވާމީހާ އޭނާ އެތަނުން ސަލާމަތްވާންދެން ބޭރުފުށުން އެމީހުންނީ ސަހަރޯވެރިންކަމުގެ ގޮތްދެއްކުމެއްނޫނެވެ. އެފަދަމީހާ އެފަދަ ވަގުތު އެފަދަ ބަސްބުނުން ހުއްދައެވެ. އެތެރެފުށުން އެމީހުންގެ ކާފަރުކަމާއި عداوة ތެރިކަން ދަންނަވާނެއެވެ. ﷲ تعالى ކަނޑައެޅިގެން އެކަލާނގެ ذات ފުޅަށް ކަލޭމެން އެފަދަ ކަންތައްކުރުމާމެދު ބިރުވެތިކުރައްވަނީއެވެ. އަދި ކަލޭމެން އެނބުރިދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.

3:29

قُلۡ إِن تُخۡفُواْ مَا فِي صُدُورِكُمۡ أَوۡ تُبۡدُوهُ يَعۡلَمۡهُ ٱللَّهُۗ وَيَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿29﴾

Transliteration: Qul in tukhfoo ma fee sudoorikum aw tubdoohu yaAAlamhu Allahu wayaAAlamu ma fee alssamawati wama fee alardi waAllahu AAala kulli shayin qadeerun

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައިވާތަކެތި (ކާފަރުންނާމެދު ސަހަރޯވެރިކަން ބެހެއްޓުމުގެ ލޯބި) ކަލޭމެން ފާޅުނުކުރިޔަސް، ވަންހަނާކުރިޔަސް އަދި ނުވަތަ ފާޅުކުރިޔަސް އެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތިވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ހުރިހާކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

3:30

يَوۡمَ تَجِدُ كُلُّ نَفۡسٖ مَّا عَمِلَتۡ مِنۡ خَيۡرٖ مُّحۡضَرٗا وَمَا عَمِلَتۡ مِن سُوٓءٖ تَوَدُّ لَوۡ أَنَّ بَيۡنَهَا وَبَيۡنَهُۥٓ أَمَدَۢا بَعِيدٗاۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ ﴿30﴾

Transliteration: Yawma tajidu kullu nafsin ma AAamilat min khayrin muhdaran wama AAamilat min sooin tawaddu law anna baynaha wabaynahu amadan baAAeedan wayuhaththirukumu Allahu nafsahu waAllahu raoofun bialAAibadi

Translation: އަދި ކޮންމެ نفس އެއްވެސް ހެޔޮކަމުގެތެރެއިން އެ نفس އެއްކުރިއްޔާ ކުރިހާކަމަކާއި އަދި ނުބައިކަމުގެ ތެރެއިން އެ نفس އެއް ކުރިއްޔާ ކުރިހާކަމަކާއި (ތިމާގެ ކުރިމައްޗަށް) حاضر ވެގެންވާ ދުވަހު ނުބައިކަންތައްކުރިމީހާ ތިމާޔާ އެނުބައި ކަންތަކާއިމެދު ވަރަށް ދުރުވެގެންވާ ދުރުމިނެއްވުމަށް ލޯބިކުރާނެއެވެ. (އަދި އެފަދަ ނުބައި ކަންތައްތަކަށް ކަލޭމެން އަރައިގަނެ ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް އަތުވެދާނެތީ) ﷲ ގެ ذات ފުޅަށް ބިރުވެތިވުމަށް ކަލޭމެންނަށް ﷲ ބިރުވެރިކަން ދެއްވަނީއެވެ. އަދި ﷲ تعالى އީ އަޅުތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.

3:31

قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴿31﴾

Transliteration: Qul in kuntum tuhibboona Allaha faittabiAAoonee yuhbibkumu Allahu wayaghfir lakum thunoobakum waAllahu ghafoorun raheemun

Translation: ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ﷲ އަށް ލޯބިވާބަޔަކުކަމުގައި ވަންޏާ ފަހެ ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ! އޭރުން ﷲ ކަލޭމެންނަށް ލޯބިވެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

3:32

قُلۡ أَطِيعُواْ ٱللَّهَ وَٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ لَا يُحِبُّ ٱلۡكَٰفِرِينَ ﴿32﴾

Transliteration: Qul ateeAAoo Allaha waalrrasoola fain tawallaw fainna Allaha la yuhibbu alkafireena

Translation: ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! ފަހެ އެމީހުން (ކިޔަމަންތެރިނުވެ) އެނބުރި ފުރަގަސްދީފިއްޔާ ދަންނާށެވެ! (އެފަދަމީހުންނާއިމެދު ބެލެވޭނީ އެއީ ކާފަރުންކަމުގައެވެ.) އަދި ކާފަރުންނަށް ހަމަކަށަވަރުންވެސް ﷲ تعالى ލޯބިވެވޮޑިނުގަންނަވައެވެ.

3:33

إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ ﴿33﴾

Transliteration: Inna Allaha istafa adama wanoohan waala ibraheema waala AAimrana AAala alAAalameena

Translation: ހަމަކަށަވަރުން آدم (عليه السّلام) އާއި نوح (عليه السّلام) އާއި إبراهيم عليه السّلام ގެ آل ންނާއި އަދި عِمْرَان ގެ آل ން ﷲ تعالى خَاصّ ކުރައްވައި إختيار ކުރެއްވިއެވެ. އެއީ އެންމެހައި عَالَم ތަކުގެމައްޗަށެވެ.

3:34

ذُرِّيَّةَۢ بَعۡضُهَا مِنۢ بَعۡضٖۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿34﴾

Transliteration: Thurriyyatan baAAduha min baAAdin waAllahu sameeAAun AAaleemun

Translation: އޭގެ އެއްދަރިކޮޅެއްވަނީ އަނެއްދަރިކޮޅެއްގެތެރެއިންނެވެ. (އެއީ دين އާއި توحيد ގެ ގޮތުންނެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:35

إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ ﴿35﴾

Transliteration: Ith qalati imraatu AAimrana rabbi innee nathartu laka ma fee batnee muharraran fataqabbal minnee innaka anta alssameeAAu alAAaleemu

Translation: عمران ގެ އަނބިކަނބަލުން އެކަމަނާގެ رَبّ އަށް ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަމަނާ ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ބަނޑުގައި މިވާ ދަރިފުޅު އިބަރަސްކަލާނގެއަށްޓަކައި (ކަނީސާގެ خادم އެއްކަމުގައި) ލުމަށް އިބަރަސްކަލާނގެއަށް نَذر ގެންފީމެވެ. ފަހެ މިއަޅާގެ ކިބައިން އިބަރަސްކަލާނގެ قبول ކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:36

فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّي سَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ﴿36﴾

Transliteration: Falamma wadaAAatha qalat rabbi innee wadaAAtuha ontha waAllahu aAAlamu bima wadaAAat walaysa alththakaru kaalontha wainnee sammaytuha maryama wainnee oAAeethuha bika wathurriyyataha mina alshshaytani alrrajeemi

Translation: ދެންފަހެ އެކަމަނާ އެދަރިފުޅު ރައްކައުވިހިނދު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާ ވިހެއީ އަންހެންކުއްޖެކެވެ. އަދި އެކަމަނާ ވިހެއި ކުއްޖެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. ފިރިހެންކުދިން އަންހެންކުދިންފަދައިން ނުވެއެވެ. (އެއްކަހަލައެއްނޫނެވެ. އެކަމަނާ ދެންނެވިއެވެ.) ހަމަކަށަވަރުން މިއަޅާ އެދަރިފުޅަށް މިނަން ދެއްވީ مَرْيَمْ އެވެ. އަދި އެދަރިފުޅާއި އެދަރިފުޅުގެ ދަރިފަސްކޮޅު ނުބައިނުލަފާ އަދި ފައްސައިލެވިފައިވާ شيطان އާގެ ކިބައިން ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވުމަށް އިބަރަސްކަލާނގެ حضرة ން މިއަޅާ حماية ލިބިގަންނަމެވެ.

3:37

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ ﴿37﴾

Transliteration: Fataqabbalaha rabbuha biqaboolin hasanin waanbataha nabatan hasanan wakaffalaha zakariyya kullama dakhala AAalayha zakariyya almihraba wajada AAindaha rizqan qala ya maryamu anna laki hatha qalat huwa min AAindi Allahi inna Allaha yarzuqu man yashao bighayri hisabin

Translation: ދެންފަހެ އެކަމަނާގެ رَبّ އެކަމަނާގެ ކިބައިން مريم ގެފާނު ރަނގަޅުގޮތުގައި قبول ކުރެއްވިއެވެ. އަދި އެކަމަނާ އެބަހީ مريم ގެފާނު - ރަނގަޅަށް ބަލަހައްޓަވާ تَرْبِيّة ކުރެއްވިއެވެ. އަދި އެކަމަނާ ބެލެހެއްޓެވުމާ زكريّا ގެފާނާއި حوال ކުރެއްވިއެވެ. އަދި زكريّا (عليه السّلام) އެކަމަނާގެ ގާތަށް مِحْراب ގެއަށް ވަޑައިގަންނަވާ ކޮންމެހިނދެއްގައި އެކަމަނާގެ އަރިހުގައި ރިޒުގުވަނިކޮށް ދެކެވަޑައިގަންނަވައެވެ. އެހިނދު ވިދާޅުވެއެވެ. އޭ مَرْيَم އެވެ! މިރިޒުގު ކަމަނާއަށް މިއަންނަނީ ކޮންގޮތަކުން ކިހިނަކުންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެއީ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެއްވެސް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ. • ދަންނައެވެ! مِحْراب އަކީ كَنِيْسَة ގައި އެތާނގެމަތީގައިވާ ކޮޓަރިއެއްކަމަށް مُفَسِّرން ވިދާޅުވެއެވެ. • مريم ގެފާނުންގެ އަރިހުގައި ހުންނަ ރިޒުގަކީ ހޫނުމޫސުމުގައި ފިނިމޫސުމުގެ މޭވާއެވެ. އަދި ފިނިމޫސުމުގައި ހޫނުމޫސުމުގެ މޭވާއެވެ. މިއީ އާދަޔާ خلاف ކަމެކެވެ. އެހެންވެ އެވާހަކަތައް އާޔަތުގައި بيان ވެގެންވާ ކަމުގައިވެއެވެ. والله أعلم.

3:38

هُنَالِكَ دَعَا زَكَرِيَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِي مِن لَّدُنكَ ذُرِّيَّةٗ طَيِّبَةًۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴿38﴾

Transliteration: Hunalika daAAa zakariyya rabbahu qala rabbi hab lee min ladunka thurriyyatan tayyibatan innaka sameeAAu aldduAAai

Translation: އެހިނދު زكريّا (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް دُعَاء ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ. މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ރަނގަޅު ދަރިފަސްކޮޅެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެއެވެ.

3:39

فَنَادَتۡهُ ٱلۡمَلَـٰٓئِكَةُ وَهُوَ قَآئِمٞ يُصَلِّي فِي ٱلۡمِحۡرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحۡيَىٰ مُصَدِّقَۢا بِكَلِمَةٖ مِّنَ ٱللَّهِ وَسَيِّدٗا وَحَصُورٗا وَنَبِيّٗا مِّنَ ٱلصَّـٰلِحِينَ ﴿39﴾

Transliteration: Fanadathu almalaikatu wahuwa qaimun yusallee fee almihrabi anna Allaha yubashshiruka biyahya musaddiqan bikalimatin mina Allahi wasayyidan wahasooran wanabiyyan mina alssaliheena

Translation: ދެންފަހެ އެކަލޭގެފާނު مِحْراب ގައި ނަމާދަށް قائم ވެ ހުންނަވަނިކޮށް مَلائكة އާ (جبريل عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭގެފާނަށް يحيى ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވައެވެ. އެއީ ﷲ تعالى ގެ حضرة ންވާ كلمة އެއް ތެދުކުރައްވާ ޙާލުކޮޅުގައެވެ. (يحيى ގެފާނުގެ ނަންފުޅު އިންޖީލުގައުވަނީ يُوْحَنَّا އެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ކަލިމައެއްގެ مُرَاد ކުރެވެނީ (عيسى عليه السلام އެވެ.) އެކަލޭގެފާނަށް ކަލިމަ ގެ لفظ ން مُرَاد ކުރެވެނީ އެކަލޭގެފާނު ހެއްދެވިފައިވަނީ ﷲ ގެ ބަސްފުޅު (كُنْ- އެބަހީ - ވާށޭ.) މި كلمة އިންނެވެ. والله أعلم. އަދި އެކަލޭގެފާނު އެބަހީ يحيى عليه السّلام ދުނިޔެއަށް ވަޑައިގަންނަވަނީ (އަޅުކަމާއި علم ގެ) ސާހިބެއްގެގޮތުގައްޔާއި އަދި އަންހެނުންނާ جماع ނުވާ ބޭކަލެއްގެގޮތުންނާއި އަދި نبي ބޭކަލެއްގެ ގޮތުންނާއި އަދި صالح މާތްމީހުންގެތެރެއިންވާ ބޭކަލެއްގެގޮތުންނެވެ.

3:40

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَقَدۡ بَلَغَنِيَ ٱلۡكِبَرُ وَٱمۡرَأَتِي عَاقِرٞۖ قَالَ كَذَٰلِكَ ٱللَّهُ يَفۡعَلُ مَا يَشَآءُ ﴿40﴾

Transliteration: Qala rabbi anna yakoonu lee ghulamun waqad balaghaniya alkibaru waimraatee AAaqirun qala kathalika Allahu yafAAalu ma yashao

Translation: އެކަލޭގެފާނު އެބަހީ زكريّا عليه السّلام ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ދަރިކަލަކު ލިބޭނީ ކޮންފަދައަކުންތޯއެވެ. ހަމަކަށަވަރުން މިއަޅާ عُمرންދުވަސްވެ މުސްކުޅިކަންބޮޑުވެއްޖެއެވެ. އަދި މިއަޅާގެ އަނބިކަނބަލުން އެއީ أصل އަށްވެސް ދަރިން ނުލިބޭ އަންހެނެކެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ކަންތައްހުރީ ތިޔަހެންނެވެ. ނަމަވެސް ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވައެވެ. (އެކަލާނގެއަށް އެއީ ދަތިކަމެއްނޫނެވެ.)

3:41

قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَةَ أَيَّامٍ إِلَّا رَمۡزٗاۗ وَٱذۡكُر رَّبَّكَ كَثِيرٗا وَسَبِّحۡ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ ﴿41﴾

Transliteration: Qala rabbi ijAAal lee ayatan qala ayatuka alla tukallima alnnasa thalathata ayyamin illa ramzan waothkur rabbaka katheeran wasabbih bialAAashiyyi waalibkari

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް އެކަމުގެ علامة އެއްލައްވައިދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގެ علامة އަކީ ތިންދުވަސްވާންދެން ހަމައެކަނި އިޝާރަތާއި ރަމްޒީގޮތުންމެނުވީ ކަލޭގެފާނު މީސްތަކުންނާ ވާހަކަފުޅުނުދެއްކެވުމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ رَبّ އަށް ހަވީރާއި ހެނދުނު ގިނަގިނައިން ذكرކުރައްވާ تَسْبِيح ވިދާޅުވާށެވެ!

3:42

وَإِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَىٰكِ وَطَهَّرَكِ وَٱصۡطَفَىٰكِ عَلَىٰ نِسَآءِ ٱلۡعَٰلَمِينَ ﴿42﴾

Transliteration: Waith qalati almalaikatu ya maryamu inna Allaha istafaki watahharaki waistafaki AAala nisai alAAalameena

Translation: އަދި ملائكة އާ (جبريل عليه السّلام) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى ކަމަނާ މާތްކުރައްވާ خاصّ ކުރައްވާ إختيار ކުރައްވައިފިއެވެ. އަދި دين އާއި عقيدة ގެ ގޮތުންނާއި އެންމެހައި فاحش ކަންތަކުން ކަމަނާ طاهر ކުރައްވައިފިއެވެ. އަދި عالم ތަކުގެ އަންހެނުންގެ މައްޗަށް އެކަލާނގެ ކަމަނާ މާތްކުރައްވާ خاصّ ކުރައްވައިފިއެވެ.

3:43

يَٰمَرۡيَمُ ٱقۡنُتِي لِرَبِّكِ وَٱسۡجُدِي وَٱرۡكَعِي مَعَ ٱلرَّـٰكِعِينَ ﴿43﴾

Transliteration: Ya maryamu oqnutee lirabbiki waosjudee wairkaAAee maAAa alrrakiAAeena

Translation: އޭ مريم އެވެ! ކަމަނާ ކަމަނާގެ رَبّ އަށް ކިޔަމަންތެރިވެވަޑައިގެން އަޅުކަމުގައި ދެމިހުންނަވާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ركوع ކުރައްވައި سجدة ކުރައްވާށެވެ. (އެބަހީ އަޅުކަން ކުރައްވާށެވެ!)

3:44

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا كُنتَ لَدَيۡهِمۡ إِذۡ يَخۡتَصِمُونَ ﴿44﴾

Transliteration: Thalika min anbai alghaybi nooheehi ilayka wama kunta ladayhim ith yulqoona aqlamahum ayyuhum yakfulu maryama wama kunta ladayhim ith yakhtasimoona

Translation: (އޭ رَسول ﷲ އެވެ.) މި بَيَان ވެދިޔައީ (އެބަހީ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا......... މިތަނުން ފެށިގެން މިހާތަނަށް بَيَان ވެގެންމިދިޔައީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ غَيْبُ ގެ خبر ތަކެވެ. (ކަލޭގެފާނަށްވެސް އަދި ކަލޭގެފާނުންގެ قوم ގެމީހަކަށްވެސް މިވާހަކަތައް މީގެކުރީގައި އެނގިގެން ނުވެއެވެ.) އަދި އެމީހުންގެ ގަލަންތައް (އެބަހީ زكريّا عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިތިބި މީހުންގެ ގަލަންތައް) مَريم ގެފާނާއި حوال ވާނީ ކާކުތޯ ބެލުމަށް قُرْعَة ލުމުގެގޮތުން ކޯރުތެރެއަށް އުކިހިނދު އެމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެކަމާމެދު އެމީހުން ދެބަސްވެ އަރައިރުންވީހިނދުވެސް އެމީހުންގެ ތެރޭގައި ކަލޭގެފާނު ނުވަމުއެވެ.

3:45

إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ ﴿45﴾

Transliteration: Ith qalati almalaikatu ya maryamu inna Allaha yubashshiruki bikalimatin minhu ismuhu almaseehu AAeesa ibnu maryama wajeehan fee alddunya waalakhirati wamina almuqarrabeena

Translation: އަދި ملائكة އާ (އެބަހީ جبريل عليه السّلام مريم ގެފާނަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى އެކަލާނގެ حضرة ންވާ كلمة އެއްގެ އުފާވެރި خبر އެކަލާނގެ ކަމަނާއަށް ދެއްވައެވެ. كلمة އިގެ ނަމަކީ المسيح އެވެ. مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އެވެ. އެބޭކަލަކީ ދުނިޔެއާއި آخرة ގައިވެސް މަތިވެރިވެގެންވާ ދަރަޖަޔާ شرف ގެ ވެރި ބޭކަލެއްގެގޮތުގައެވެ. އަދި ﷲ ގެ حضرة ގައި ކުއްތަންވެގެންވާ ބޭކަލެއްކަމުގައެވެ.

3:46

وَيُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗا وَمِنَ ٱلصَّـٰلِحِينَ ﴿46﴾

Transliteration: Wayukallimu alnnasa fee almahdi wakahlan wamina alssaliheena

Translation: އަދި ވިހޭތަންމަތީގައި އެންމެޅައިރުގައްޔާއި އަދި ބޮޑުފިރިހެނަކަށް ވުމަށްފަހުގައި އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅުދައްކަވާ ބޭކަލަކުކަމުގައެވެ. އަދި އެކަލޭގެފާނު ވަނީ صالح ބޭކަލުންގެތެރެއިންނެވެ.

3:47

قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿47﴾

Transliteration: Qalat rabbi anna yakoonu lee waladun walam yamsasnee basharun qala kathaliki Allahu yakhluqu ma yashao itha qada amran fainnama yaqoolu lahu kun fayakoonu

Translation: އެކަމަނާ އެބަހީ مَرْيَم ގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް ދަރިކަލަކުވާނީ ކޮންގޮތަކުންތޯއެވެ؟ އަދި މިއަޅާގެ ގައިގާ އާދަމުގެދަރިއަކު ނުބީހެއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ﷲ އެފަދައެވެ. އެބަހީ ﷲ ގެ ހެއްދެވުން އެފަދައެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ އެކަމަކަށް އެކަލާނގެ وحي ކުރައްވަނީ "ވާށޭ" މިފަދައިންނެވެ. ދެން އޭރުން އެކަމެއް އެވީއެވެ.

3:48

وَيُعَلِّمُهُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَ ﴿48﴾

Transliteration: WayuAAallimuhu alkitaba waalhikmata waalttawrata waalinjeela

Translation: އަދި އެކަލާނގެ އެކަލޭގެފާނަށް ލިއުމާއި حكمة އުގަންނަވައިދެއްވައި އަދި توراة އާއި إنجيل އުގަންނަވައި ދެއްވާނެއެވެ.

3:49

وَرَسُولًا إِلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ﴿49﴾

Transliteration: Warasoolan ila banee israeela annee qad jitukum biayatin min rabbikum annee akhluqu lakum mina altteeni kahayati alttayri faanfukhu feehi fayakoonu tayran biithni Allahi waobrio alakmaha waalabrasa waohyee almawta biithni Allahi waonabbiokum bima takuloona wama taddakhiroona fee buyootikum inna fee thalika laayatan lakum in kuntum mumineena

Translation: އަދި އެކަލާނގެ އެކަލޭގެފާނު ފޮނުއްވަނީ بني إسرائيل ންނަށްވާ رَسول އަކު ކަމުގައެވެ. (އަދި އެކަލޭގެފާނު رَسول ކަމާއިގެން ވަޑައިގެން ވިދާޅުވުމަށެވެ.) ހަމަކަށަވަރުން އަހުރެން ކަލޭމެންގެ ގާތަށް (رَسول ކަމާއިގެން) މިއައީ ކަލޭމެންގެ رَبّ ގެ حضرة ން دليل އާއިގެންނެވެ. (އަހުރެންގެ رَسول ކަން ތެދުކަމުގެމައްޗަށް مُعْجِزَة އާއިގެންނެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެނަށް މަށީން ދޫނީގެ ސިފަޔަށް ހަދާފައި ދެން އަހުރެން އެއަށް ފުމެލުމުން ﷲ ގެ إذْنَ ފުޅަށް އޭތި ދޫންޏަކަށް ވާނެއެވެ. އަދި ވިހާއިރުވެސް އެއްގޮތަކަށް ލޮލުގެ އަލިކަން ނެތް ކަނުމީހުންނަށާއި ބަރޮސްބަލިޖެހިފައިވާ މީހުންނަށް ﷲ ގެ އިޒުނަފުޅަށް އަހުރެން ފަސޭހަކޮށްދީ ރަނގަޅުކޮށްދޭހުށީމެވެ. އަދި މަރުވެފައިވާ މީހުންވެސް ﷲ ގެ އިޒުނަފުޅަށް އަހުރެން ދިރުވަމެވެ. އަދި ކަލޭމެން ގޭގައި ކާތަކެއްޗާއި އަދި ނުކައި ރައްކާކޮށްފާ ހުންނަ ތަކެތީގެ خبر ވެސް އަހުރެން ކަލޭމެންނަށް ދޭހުށީމެވެ. ކަލޭމެންނަކީ އީމާންވާބަޔަކުކަމުގައިވަންޏާ ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންނަށް دليل ވެއެވެ. (އަހުރެންގެ رَسول ކަން ތެދުކުރުމުގެ މައްޗަށް ހުރި دليل ވެއެވެ.)

3:50

وَمُصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَلِأُحِلَّ لَكُم بَعۡضَ ٱلَّذِي حُرِّمَ عَلَيۡكُمۡۚ وَجِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ﴿50﴾

Transliteration: Wamusaddiqan lima bayna yadayya mina alttawrati waliohilla lakum baAAda allathee hurrima AAalaykum wajitukum biayatin min rabbikum faittaqoo Allaha waateeAAooni

Translation: (އަދި އަހުރެން މިއައީ) އަހުރެންގެ ކުރީގައިވާފޮތް توراة ތެދުކުރާ ގޮތުގެމަތީންނެވެ. އަދި ކަލޭމެންގެމައްޗަށް حرام ކުރެވިގެންވާ ބައެއްތަކެތި ކަލޭމެނަށް حلال ކޮށްދިނުމަށެވެ. އަދި އަހުރެން رَسول ކަމާއިގެން ކަލޭމެންގެގާތަށް މިއައީ ކަލޭމެންގެ رَبّ ގެ حضرة ންވާ دليل އާއި مُعْجِزَة އާއިގެންނެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް ބިރުވެތިވެ تقوى ވެރިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

3:51

إِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ﴿51﴾

Transliteration: Inna Allaha rabbee warabbukum faoAAbudoohu hatha siratun mustaqeemun

Translation: ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އެހެންވެ ކަލޭމެން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާށެވެ! ސީދާވެގެންވާ މަގަކީ އެއީއެވެ.

3:52

فَلَمَّآ أَحَسَّ عِيسَىٰ مِنۡهُمُ ٱلۡكُفۡرَ قَالَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشۡهَدۡ بِأَنَّا مُسۡلِمُونَ ﴿52﴾

Transliteration: Falamma ahassa AAeesa minhumu alkufra qala man ansaree ila Allahi qala alhawariyyoona nahnu ansaru Allahi amanna biAllahi waishhad bianna muslimoona

Translation: ދެންފަހެ عيسى عليه السّلام އަށް އެމީހުންގެ ކިބައިން - އެބަހީ ބަނީ އިސްރާއީލުގެ ބައެއް މީހުންގެކިބައިން - ކާފަރުކަމާއި ދެކޮޅުވެރިކަމުގެ އަސަރު إحساس ވެވަޑައިގަތުމުން ވިދާޅުވިއެވެ. އަހުރެންނާއިއެކު ﷲ އަށް نصر ދޭނީ (ﷲ ގެ ދީނަށް نصر ދޭނީ) ކާކުހެއްޔެވެ؟ حَوَارِىُّ ން ދެންނެވިއެވެ. އަހުރެމެންނީ ﷲ އަށް نصر ދޭނޭ މީހުންނީމުއެވެ. (حَوَارِىُّ ންނަކީ عيسى عليه السّلام ގެ أصحاب ންނެވެ.) އަހުރެމެން އެކަލާނގެއަށް އީމާންވެއްޖައީމުއެވެ. ފަހެ ހަމަކަށަވަރުން އަހުރެމެންނީ ކިޔަމަންތެރިންކަމުގައި / مسلم ންކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.

3:53

رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱكۡتُبۡنَا مَعَ ٱلشَّـٰهِدِينَ ﴿53﴾

Transliteration: Rabbana amanna bima anzalta waittabaAAna alrrasoola faoktubna maAAa alshshahideena

Translation: އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ ބާވައިލެއްވިތަކެއްޗަށް (عيسى عليه السّلام) އަށް ބާވައިލެއްވި ތަކެއްޗަށް) އަޅަމެން އީމާންވެއްޖައީމު އެވެ. އެތަކެތި ތެދުކޮށްފީމުއެވެ. އަދި رَسول އާއަށް (އެބަހީ عيسى عليه السّلام އާއި) އަޅަމެން تبع ވެއްޖައީމެވެ. ފަހެ (حقّ އަށް تبع ވެ توحيد އަށް) ހެކިދޭމީހުންނާއިއެކު އަޅަމެން ލިއުއްވާނދޭވެ!

3:54

وَمَكَرُواْ وَمَكَرَ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ ﴿54﴾

Transliteration: Wamakaroo wamakara Allahu waAllahu khayru almakireena

Translation: އަދި އެމީހުން އެބަހީ ބަނީ އިސްރާއީލުގެ ބައެއްމީހުން (عيسى عليه السّلام އަވަހާރަކޮށްލުމަށް ނުބައި ރޭވުން ރޭވިއެވެ. އަދި ﷲ ވެސް އެމީހުންނަށް އޮޅޭގޮތް ހައްދަވައި އޮޅުވައިލެއްވިއެވެ. އަދި ﷲ އީ މަކަރުހަދާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮލަފާ ފަރާތެވެ. • ދަންނައެވެ! مكر ހެދުމަކީ އަދި ބޮޑާކަމަކީ ﷲ تعالى ގެ ذات ފުޅަށް މާތް ދެސިފައެވެ. އިންސާނުންގެ ނިސްބަތުގައި ހުތުރު އަދި ނުބައި ދެސިފައެވެ. އެކަލާނގެ مكر ހެއްދެވުން އޮންނަނީވެސް އެކަލާނގެ ذات ފުޅާ އެކަށީގެންވާގޮތަށެވެ. މިއާޔަތުގައި މިވާ މަކަރަކީ بني إسرائيل ންގެ ބަޔަކު عيسى عليه السّلام • އަވަހާރަކޮށްލަން ރޭވިހިނދުން އެކަލޭގެފާނުންގެ ސިފަފުޅު އެހެންމީހަކަށް ބަދަލުކުރެއްވުމެވެ. އެމީހުން މަރާ صَليب ކުރީ އެހެންމީހެކެވެ. އަދި އެކަލޭގެފާނު ﷲ އުޑަށް އުފުއްލެވީއެވެ. والله أعلم.

3:55

إِذۡ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۖ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأَحۡكُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴿55﴾

Transliteration: Ith qala Allahu ya AAeesa innee mutawaffeeka warafiAAuka ilayya wamutahhiruka mina allatheena kafaroo wajaAAilu allatheena ittabaAAooka fawqa allatheena kafaroo ila yawmi alqiyamati thumma ilayya marjiAAukum faahkumu baynakum feema kuntum feehi takhtalifoona

Translation: ﷲ تعالى (عيسى عليه السّلام އަށް) وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ عيسى އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ފުރާނަފުޅު ހިފަހައްޓަވާނޭ ކަލަކީމެވެ. އަދި ކަލޭގެފާނުން ތިމަންރަސްކަލާނގެ حضرة އަށް އުފުއްލަވާނެކަލަކީމެވެ. އަދި ކާފަރުވީ މީސްތަކުންގެ ކިބައިން ކަލޭގެފާނު طَاهر ކުރައްވާނޭ ކަލަކީމެވެ. (އެމީހުންގެ ކިބައިން ސަލާމަތްކުރައްވާހުށީމެވެ.) އަދި ކަލޭގެފާނާއި تبع ވީ މީސްތަކުން قيامة ދުވަހާއި ހަމައަށްދާންދެންވެސް ކާފަރުންނަށްވުރެ މަތީގައި ބައިތިއްބާނޭ ކަލަކީމެވެ. ދެން ކަލޭމެން (އެންމެންވެސް) އެނބުރި رُجُوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ކަލޭމެންގެމެދުގައި އެކަމަކާއިމެދު إختلاف ވެ ދެބަސްވާކަމުގައިވީ ކަންކަމުގެ حكم ތިމަންރަސްކަލާނގެ ކުރައްވާހުށީމެވެ.

3:56

فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمۡ عَذَابٗا شَدِيدٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ ﴿56﴾

Transliteration: Faamma allatheena kafaroo faoAAaththibuhum AAathaban shadeedan fee alddunya waalakhirati wama lahum min nasireena

Translation: ފަހެ ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންނަށް ގަދަވެގެންވާ عَذَاب އަކުން ތިމަންރަސްކަލާނގެ عَذَاب ދެއްވާހުށީމެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވާހުއްޓެވެ.

3:57

وَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴿57﴾

Transliteration: Waamma allatheena amanoo waAAamiloo alssalihati fayuwaffeehim ojoorahum waAllahu la yuhibbu alththalimeena

Translation: އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންނަށް އެމީހުންގެ أجُور ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

3:58

ذَٰلِكَ نَتۡلُوهُ عَلَيۡكَ مِنَ ٱلۡأٓيَٰتِ وَٱلذِّكۡرِ ٱلۡحَكِيمِ ﴿58﴾

Transliteration: Thalika natloohu AAalayka mina alayati waalththikri alhakeemi

Translation: އެއީ - އެބަހީ އިސްވެދިޔަ خبر ތަކަކީ يعني عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު مريم ގެފާނާ އެކަމަނާގެ މަންމާފުޅު حَنَّة އާއި އަދި زكريّا عليه السّلام އާއި އެކަލޭގެފާނުންގެ ދަރިކަލުން يَحْيى عليه السّلام އާއި އަދި حَوَارى ގެ ވާހަކަތަކާއި އަދި بني إسرائيل ންކުރެ يهودي ންގެ ވާހަކަތަކާއި މިއެންމެހައި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ حُجَّة އާއި عِبْرة ގެތެރެއިންނާއި حكم ގަދަވެގެންވާ ذِكْرُ އެބަހީ ކީރިތި قرآن ގެތެރެއިންވާ خبر ތަކެވެ.

3:59

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ ﴿59﴾

Transliteration: Inna mathala AAeesa AAinda Allahi kamathali adama khalaqahu min turabin thumma qala lahu kun fayakoonu

Translation: ހަމަކަށަވަރުން ﷲ تعالى ގެ حضرة ގައި (ހެއްދެވުމުގެގޮތުން) عيسى عليه السّلام އާއި آدم عليه السّلام އާއި އެއްގޮތެވެ. آدم عليه السّلام. ﷲ تعالى ހައްދަވާފައިވަނީ ވެލީންނެވެ. ދެން އެކަލާނގެ އެކަލޭގެފާނަށް ވާށޭ އެންގެވީއެވެ. ދެން އެވީއެވެ. • ﷲ تعالى آدم عليه السّلام ހައްދަވާފައިވަނީ މަޔަކު ބަފައަކާއި ނުލައެވެ. عيسى عليه السّلام ހެއްދެވީ ބަފަޔަކާނުލައެވެ. (އަދި އޭގެކުރިން حَوّى ގެފާނު ހެއްދެވީ މަޔަކާއި ނުލައެވެ.) މިހުރީހައްތާވެސް ހެއްދެވި خالق މަތިވެރި رَبّ سبحانه وتعالى ގެ ހެއްދެވުމުގެ ފޯރުންތެރިކަމާއި ކުޅަދާނަކަމެވެ. މިހެން މިކަންހުރިއިރު ﷲ تعالى ބަފަޔަކާނުލައި عيسى عليه السّلام ހެއްދެވީމާ އެއީ ﷲ ގެދަރިކަލުންނޭ ކިޔައިގެން އެކަލޭގެފާނަށް އަޅުކަންމިކުރާ ރަންބުއްދީގެ މޮޔަ جاهل ން آدم عليه السّلام އަށް އަޅުކަން ނުކުރަނީ ކީއްވެބާވައެވެ؟ އެގޮތުން ބަލާއިރު مَخلوق އަކަށް އަޅުކަންކުރާން ހުއްދަވާނެނަމަ آدم ގެފާނަށް އަޅުކަންކުރުން މާ އައުލާ ނޫންބާވައެވެ. އަދި އެކަލޭގެފާނީ ﷲ تعالى مَلاَئكة ބޭކަލުން ލައްވައި އެކަލޭގެފާނަށް سجدة ކުރުއްވި ކަލޭގެފާނެވެ. ވީމާ މިކަމާ ނުވިސްނަމުތޯއެވެ؟ ﷲُمَّ لاَ شَريك لَكَ.

3:60

ٱلۡحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلۡمُمۡتَرِينَ ﴿60﴾

Transliteration: Alhaqqu min rabbika fala takun mina almumtareena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައިވަނީ حقّ ތެދެވެ. ފަހެ ޝައްކުކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (ފަހެ عيسى عليه السّلام އާއި ބެހޭގޮތުން ކަލޭގެފާނާއި جَدَل ކުރަން އައި نَجْرَان ގެ نَصارى އިންނަށް جواب ދެއްވުމުގައި އިސްވެދިޔަ ވާހަކަތައް ފުދޭނެއެވެ. އެއީ حقّ ވާހަކައެވެ. عيسى عليه السّلام އަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. ﷲ ގެއަޅެކެވެ. رسول ބޭކަލެކެވެ.)

3:61

فَمَنۡ حَآجَّكَ فِيهِ مِنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ فَقُلۡ تَعَالَوۡاْ نَدۡعُ أَبۡنَآءَنَا وَأَبۡنَآءَكُمۡ وَنِسَآءَنَا وَنِسَآءَكُمۡ وَأَنفُسَنَا وَأَنفُسَكُمۡ ثُمَّ نَبۡتَهِلۡ فَنَجۡعَل لَّعۡنَتَ ٱللَّهِ عَلَى ٱلۡكَٰذِبِينَ ﴿61﴾

Transliteration: Faman hajjaka feehi min baAAdi ma jaaka mina alAAilmi faqul taAAalaw nadAAu abnaana waabnaakum wanisaana wanisaakum waanfusana waanfusakum thumma nabtahil fanajAAal laAAnata Allahi AAala alkathibeena

Translation: (އޭ رسول ﷲ އެވެ.) ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް އަންގަވައިދެއްވި بيان އަށްފަހު އެކަލޭގެފާނާއިމެދު - (އެބަހީ عيسى عليه السّلام އާއިމެދު) އެބަޔާނާއި އިދިކޮޅަށް ކަލޭގެފާނާ جدل ކޮށްހަދާ ބަޔަކަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ. އަހުރެމެން އަހުރެމެންގެ ދަރިންނަށް ގޮވާނީއެވެ. ކަލޭމެން ކަލޭމެންގެ ދަރިންނަށް ގޮވާ ގެންނާނީއެވެ! އަދި އަހުރެމެން އަހުރެމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި ކަލޭމެން ކަލޭމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި އަހުރެމެންގެ نفس ތަކާއި ކަލޭމެންގެ نفس ތަކާއި މިއެންމެން އެއްކޮށްތިބެ ﷲ އަށް إبتهال ކުރާނީއެވެ. އެބަހީ އަހުރެމެންކުރެ ދޮގުހަދާބައެއްގެ މައްޗަށް ﷲ ގެ لعنة ލެއްވުންއެދި އެންމެންއެކީ دعاء ކުރާނީއެވެ. مُبَاهَلَة ކުރުމަކީ لعنة ލެއްވުމަށް دعاء ކުރުމެވެ.

3:62

إِنَّ هَٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿62﴾

Transliteration: Inna hatha lahuwa alqasasu alhaqqu wama min ilahin illa Allahu wainna Allaha lahuwa alAAazeezu alhakeemu

Translation: ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ عيسى عليه السّلام އާއިމެދު) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މި وحي ކުރެއްވި ވާހަކަތަކީ ހަމަ حقّ ތެދުވާހަކަތަކެވެ. (އެކަލޭގެފާނަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސް ނޫނެވެ. - އެއީ ﷲ މާތްކުރެއްވި އަޅެކެވެ. މާތްވެގެންވާ رسول ބޭކަލެކެވެ. إلهيّة ވަންތަކަމުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް حقّ ވެގެން ނުވެއެވެ.) ﷲ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

3:63

فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ عَلِيمُۢ بِٱلۡمُفۡسِدِينَ ﴿63﴾

Transliteration: Fain tawallaw fainna Allaha AAaleemun bialmufsideena

Translation: ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ކަލޭގެފާނު އެމީހުންގެ ފަރާތުން ދުރުވެވަޑައިގަ ންނަވާށެވެ! އެމީހުންގެ ބަސް قبول ނުކުރައްވާށެވެ. އެއީ فاسد ންނެވެ.) ފަހެ ހަމަކަށަވަރުން ފާސިދުކޮށްހަދާމީހުން - އުރެދޭމީހުން ﷲ تعالى ރަނގަޅަށް ދެނެވޮޑިގެންވެއެވެ.

3:64

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ ﴿64﴾

Transliteration: Qul ya ahla alkitabi taAAalaw ila kalimatin sawain baynana wabaynakum alla naAAbuda illa Allaha wala nushrika bihi shayan wala yattakhitha baAAduna baAAdan arbaban min dooni Allahi fain tawallaw faqooloo ishhadoo bianna muslimoona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ أهل كتاب ންނޭވެ! ކަލޭމެންނާ އަހުރެމެންނާ ދެފަރާތް ހަމަހަމަވާ އެއްކަލިމައެއްގެމައްޗަށް (އެއްބަސްވުމަށް) ކަލޭމެން އަންނާށެވެ! އެއީ އަހުރެމެން ދެބައިމީހުންވެސް ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި އަދި އަހުރެމެން އެއްބަޔަކުވެސް އެއްވެސް އެއްޗަކާއި އެ އެކަލާނގެއާއި شَرِيْكُ ނުކުޅައުމަށާއި އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ. (މިކަން ކަމަށް އެއްބަސްވުމަށް ކަލޭމެން އަންނާށެވެ!) ދެންފަހެ އެމީހުން (އެކަމަށް އެއްބަސްނުވެ) އެނބުރި ފުރަގަސްދީފިއްޔާ ކަލޭމެން مسلم ން އެމީހުންނަށް ބުނާށެވެ! ހަމަކަށަވަރުން އަހުރެމެން ކިޔަމަންވެގެންވާ ބަޔަކުކަމުގައި (އެބަހީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެއަށް شريك އަކުނުވާ ކަމަށާއި އެކަލާނގެއަށް ރަނގަޅަށް ކިޔަމަންވެގެންވާ مسلم ންކަމުގައި) އަހުރެމެން ވާކަމަށް ކަލޭމެން ހެކިވާށެވެ.

3:65

يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تُحَآجُّونَ فِيٓ إِبۡرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦٓۚ أَفَلَا تَعۡقِلُونَ ﴿65﴾

Transliteration: Ya ahla alkitabi lima tuhajjoona fee ibraheema wama onzilati alttawratu waalinjeelu illa min baAAdihi afala taAAqiloona

Translation: އޭ أهل كتابُ ންނޭވެ! إبراهيم (عليه السّلام) އާއިމެދު ކަލޭމެން جَدَل ކޮށް އަރައިރުންވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަށް ފަހުގައި މެނުވީ (އެބަހީ، އެކަލޭގެފާނު ދުނިޔޭގައި އުޅުއްވާ އަވަހާރަވުމަށް ފަހުގައިމެނުވީ) توراة އާއި إنجيل ބާވައިލެއްވުނުކަމުގައި ނުވެއެވެ. ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނާ فِكر ނުކުރަނީހެއްޔެވެ؟

3:66

هَـٰٓأَنتُمۡ هَـٰٓؤُلَآءِ حَٰجَجۡتُمۡ فِيمَا لَكُم بِهِۦ عِلۡمٞ فَلِمَ تُحَآجُّونَ فِيمَا لَيۡسَ لَكُم بِهِۦ عِلۡمٞۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ﴿66﴾

Transliteration: Haantum haolai hajajtum feema lakum bihi AAilmun falima tuhajjoona feema laysa lakum bihi AAilmun waAllahu yaAAlamu waantum la taAAlamoona

Translation: އޭކަލޭމެން މިތިބަމީހުންނޭވެ! ކަލޭމެންނަށް އެކަންކަން އެނގޭ އަދި އޭގެ معلومات އެއްވާކަންކަމުގައި ކަލޭމެން جدل ކޮށްފީމުއެވެ. جدل ކުރަމެވެ. އަދި އެކަމަކު އެކަމެއްގައި ކަލޭމެނަށް އެއްވެސް އެނގުމެއް އަދި معلومات އެއްނެތް ކަމަކާއިމެދު ކަލޭމެން جدل ކޮށް އަރައިރުންވަނީ ކީއްވެގެންހެއްޔެވެ؟ އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.

3:67

مَا كَانَ إِبۡرَٰهِيمُ يَهُودِيّٗا وَلَا نَصۡرَانِيّٗا وَلَٰكِن كَانَ حَنِيفٗا مُّسۡلِمٗا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ﴿67﴾

Transliteration: Ma kana ibraheemu yahoodiyyan wala nasraniyyan walakin kana haneefan musliman wama kana mina almushrikeena

Translation: إبراهيم (عليه السّلام) يهودي އަކުކަމުގައި ނުވެއެވެ. އަދި نصرانى އަކުކަމުގައިވެސް އެކަލޭގެފާނު ނުވެއެވެ. އަދި އެހެނެއްކަމަކު އެކަލޭގެފާނުވެވަޑައިގެންނެވީ توحيد އަށް ސީދާ شرك އާއި ދުރުވެގެންވާ مسلم އަކުކަމުގައެވެ. އަދި مشرك ންގެތެރެއިން އެކަލޭގެފާނުވެވަޑައިނުގަންނަވައެވެ.

3:68

إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِيُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِيُّ ٱلۡمُؤۡمِنِينَ ﴿68﴾

Transliteration: Inna awla alnnasi biibraheema lallatheena ittabaAAoohu wahatha alnnabiyyu waallatheena amanoo waAllahu waliyyu almumineena

Translation: ހަމަކަށަވަރުން إبراهيم عليه السّلام އާއި އެންމެ އައުލާ މީހުންނަކީ - އެކަލޭގެފާނާއި އެންމެ ގާތް މީހުންނަކީ ހަމަކަށަވަރުން އެކަލޭގެފާނާއި تبع ވީ މީހުންނެވެ. ދެން މިމާތް نَبِى އާ محمّد ﷺ އެވެ. އަދި އެކަލޭގެފާނަށް - އެބަހީ محمّد ގެފާނަށް އީމާންވީމީހުންނެވެ. އަދި ﷲ އެއީ مؤمن ންގެ ސަހަރޯވެރިޔާއެވެ.

3:69

وَدَّت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يُضِلُّونَكُمۡ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ﴿69﴾

Transliteration: Waddat taifatun min ahli alkitabi law yudilloonakum wama yudilloona illa anfusahum wama yashAAuroona

Translation: އަދި أهل كتاب ންގެ އެއް جماعة އެއްގެބަޔަކު ކަލޭމެން مؤمن ން މަގުފުރެދުމަށް ލޯބިކުރިއެވެ. (އެމީހުން މަގުފުރެދޭނެނަމަ ކިހާރަނގަޅުވާނެތާއޭ ހިތަށްއަރައެވެ. އެކަމަށް ލޯބިކުރެއެވެ.) އަދި އެހެނެއްކަމަކު އެމީހުންގެ އަމިއްލަ نفس މެނުވީ އެމީހުން މަގުނުފުރައްދައެވެ. އެގޮތް އެމީހުންނަށް إحساس ވެސް ނުވެއެވެ.

3:70

يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَأَنتُمۡ تَشۡهَدُونَ ﴿70﴾

Transliteration: Ya ahla alkitabi lima takfuroona biayati Allahi waantum tashhadoona

Translation: އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ.) ކަލޭމެން ރަނގަޅަށް އެނގޭ حال އަދި ހެކިވާ حال ކަލޭމެން ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟

3:71

يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَلۡبِسُونَ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُونَ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ ﴿71﴾

Transliteration: Ya ahla alkitabi lima talbisoona alhaqqa bialbatili wataktumoona alhaqqa waantum taAAlamoona

Translation: އޭ أهل كتاب ންނޭވެ! ކަލޭމެން حقّ باطل އަށް އޮޅުވާ އަދި حقّ ވަންހަނާކުރަނީ ކީއްވެގެންހެއްޔެވެ؟ (އަދި حقّ އެއީ ހަމަ حقّ ކަން އެނގޭ حال ކަލޭމެން އެހެން ހަދަނީ ކީއްވެގެންހެއްޔެވެ؟

3:72

وَقَالَت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ ءَامِنُواْ بِٱلَّذِيٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُواْ وَجۡهَ ٱلنَّهَارِ وَٱكۡفُرُوٓاْ ءَاخِرَهُۥ لَعَلَّهُمۡ يَرۡجِعُونَ ﴿72﴾

Transliteration: Waqalat taifatun min ahli alkitabi aminoo biallathee onzila AAala allatheena amanoo wajha alnnahari waokfuroo akhirahu laAAallahum yarjiAAoona

Translation: އަދި أهل كتاب ންގެ އެއް جماعة އެއްގެމީހުން (އޭގެ އަނެއްބަޔަކަށް) ބުންޏެވެ. (محمّد ﷺ) އަށް އީމާންވީ މީހުންގެމައްޗަށް ބާވައިލެއްވުނު ތަކެއްޗަށް (ކީރިތި قرآن އަށާއި ދެންވެސް وحي އަށް) ދުވާލުގެ ކުރީކޮޅުގައި ކަލޭމެން އީމާންވާށެވެ! އަދި ދުވާލުގެ ފަހުކޮޅު އެތަކެއްޗަށް ކާފަރުވާށެވެ. އެއީ އެމީހުން އެމީހުންގެ دين ން އެނބުރި رجوع ވޭތޯއެވެ.

3:73

وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٞ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ ﴿73﴾

Transliteration: Wala tuminoo illa liman tabiAAa deenakum qul inna alhuda huda Allahi an yuta ahadun mithla ma ooteetum aw yuhajjookum AAinda rabbikum qul inna alfadla biyadi Allahi yuteehi man yashao waAllahu wasiAAun AAaleemun

Translation: (އަދި އޭގެ އެއްބަޔަކު އޭގެ އަނެއްބަޔަށް ބުނެއެވެ.) ކަލޭމެންގެ دين އަށް تبع ވީ މީހަކަށް މެނުވީ ކަލޭމެން އީމާންނުވާށެވެ! (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށޭވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. • ދަންނައެވެ! އާޔަތުގައިވާ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ - އެބަހީ ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެމަގެވެ. މި جملة އަކީ أهل كتاب ންގެ ވާހަކަ މެދުކަނޑުއްވާލައްވާފައިވާ جملة އެކެވެ. ވީމާ އާޔަތުގެ މާނަ ކިޔާއިރު އެއާޔަތުގެ އެތަންކޮޅު ފަހުން ކިޔާގޮތަށް ބާއްވާފައިވާ އެ جملة ގެ ކުރީ ބަޔާއި ފަހުބަޔާއި ގުޅައިގެން ކިޔާއިރު ބައެއްމީހުންނަށް މާނަ ވިސްނައިގަންނަން ފަސޭހަވެދާނެއެވެ. والله أعلم. ދެން އޭރުން މާނަ ކިޔޭނީ "ކަލޭމެންގެ دين އާއި تبع ވީ މީހަކާއި ނޫނީ ކަލޭމެން تبع ނުވާށެވެ. އަދި ކަލޭމެނަށް ދެވިފައިވާފަދަ އެއްޗެއް އެހެންމީހަކަށް ދެވުނަސް ކަލޭމެން އީމާންނުވާށެވެ. އަދި ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حجّة قائم ކުރުމަށް ކަލޭމެން އީމާންނުވާށެވެ." މިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން فضل ވަންތަކަންވަނީ ހަމަ ﷲ ގެ އަތްޕުޅުގައެވެ. އެކަލާނގެ فضل ވަންތަކަން (އެބަހީ نبي ކަމާއި رَسول ކަން) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ فضل ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:74

يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ﴿74﴾

Transliteration: Yakhtassu birahmatihi man yashao waAllahu thoo alfadli alAAatheemi

Translation: އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة އަށް އެކަލާނގެ خاصّ ކުރައްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެވެރި ކަލާނގެއެވެ.

3:75

وَمِنۡ أَهۡلِ ٱلۡكِتَٰبِ مَنۡ إِن تَأۡمَنۡهُ بِقِنطَارٖ يُؤَدِّهِۦٓ إِلَيۡكَ وَمِنۡهُم مَّنۡ إِن تَأۡمَنۡهُ بِدِينَارٖ لَّا يُؤَدِّهِۦٓ إِلَيۡكَ إِلَّا مَا دُمۡتَ عَلَيۡهِ قَآئِمٗاۗ ذَٰلِكَ بِأَنَّهُمۡ قَالُواْ لَيۡسَ عَلَيۡنَا فِي ٱلۡأُمِّيِّـۧنَ سَبِيلٞ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ ﴿75﴾

Transliteration: Wamin ahli alkitabi man in tamanhu biqintarin yuaddihi ilayka waminhum man in tamanhu bideenarin la yuaddihi ilayka illa ma dumta AAalayhi qaiman thalika biannahum qaloo laysa AAalayna fee alommiyyeena sabeelun wayaqooloona AAala Allahi alkathiba wahum yaAAlamoona

Translation: (އޭ رسول ﷲ އެވެ!) قِنْطَار އެއްހާ ގިނަމުދާ އަމާނާތުގެގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް އެމުދާ ކަލޭގެފާނަށް އަދާކޮށްދޭފަދަ (އަމާނާތްތެރި) މީހުންވެސް أهل كتاب ންގެ ތެރޭގައިވެއެވެ. އަދި އެންމެ ދީނާރެއްގެ މިންވަރުގެ (މަދު) އެތިކޮޅެއް އަމާނާތުގެ ގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް ކަލޭގެފާނު އެއެތިކޮޅު އަދާކޮށްދެއްވުން އެދި އެކަމަށް އެމީހާގެ ފަހަތުގައި قائم ވެހުރިއްޔާމެނުވީ އެމީހާ އެއެތިކޮޅު ކަލޭގެފާނަށް އަދާނުކޮށްދޭނޭ މީހުންވެސް އެމީހުންގެތެރޭގައިވެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ އެމީހުން ހަމަކަށަވަރުން ބުނާކަމުގެ ސަބަބުންނެވެ. (އެމީހުން ބުނެއެވެ.) أمّى ންނާއިމެދު (އެބަހީ عربى ންނާއިމެދު) އަހުރެމެންގެމައްޗަށް އެއްވެސްކަމެއް واجب ވެގެން ނުވެއެވެ. އެމީހުންނާމެދު އަހުރެމެންގެމައްޗަށް އެއްވެސް ކުށެއްނުވެއެވެ. އަދި އެމީހުން ރަނގަޅަށް ދެނެތިބި حال އެމީހުން ﷲ ގެމައްޗަށް ބޮޑުދޮގު ބަސްތައް ބުނަނީއެވެ. ދޮގުހަދަނީއެވެ.

3:76

بَلَىٰۚ مَنۡ أَوۡفَىٰ بِعَهۡدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ﴿76﴾

Transliteration: Bala man awfa biAAahdihi waittaqa fainna Allaha yuhibbu almuttaqeena

Translation: އެއްގޮތަކަށްވެސް ކަންހުރީ އެމީހުން އެބުނާގޮތަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ! ﷲ އާއި އެމީހަކާއި ދެމެދު ވެވިފައިވާ وعد އަދި ކުރެވިފައިވާ عهد ފުއްދައި تقوى ވެރިވެއްޖެމީހާ ދަންނައެވެ! ފަހެ ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. * قِنْطَار އަކީ ހަންދަރެކެވެ. ނުވަތަ ގިނަ ބައިވަރެވެ.

3:77

إِنَّ ٱلَّذِينَ يَشۡتَرُونَ بِعَهۡدِ ٱللَّهِ وَأَيۡمَٰنِهِمۡ ثَمَنٗا قَلِيلًا أُوْلَـٰٓئِكَ لَا خَلَٰقَ لَهُمۡ فِي ٱلۡأٓخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيۡهِمۡ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ﴿77﴾

Transliteration: Inna allatheena yashtaroona biAAahdi Allahi waaymanihim thamanan qaleelan olaika la khalaqa lahum fee alakhirati wala yukallimuhumu Allahu wala yanthuru ilayhim yawma alqiyamati wala yuzakkeehim walahum AAathabun aleemun

Translation: ހަމަކަށަވަރުން ﷲ އާއި ތިމާމެންނާއި ދެމެދު ކޮށްފައިވާ وعد އާއި عَهْدُ (ދުންޔަވީ ކުޑަކުޑަ އެއްޗަކަށް) ކުޑައަގަކަށް ވިއްކާމީހުން (ބަދަލުކުރާމީހުން ދަންނައެވެ!) އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއްނެތެވެ. އަދި އެމީހުންނާއި ﷲ رحمة ގެ ބަސްފުޅު وحي ނުކުރައްވާނެއެވެ. އަދި قيامة ދުވަހުން އެކަލާނގެ رحمة ގެ ބެއްލެވުން ނުބައްލަވާނެއެވެ. އަދި އެކަލާނގެ އެމީހުން طاهر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عَذَاب އެވެ.

3:78

وَإِنَّ مِنۡهُمۡ لَفَرِيقٗا يَلۡوُۥنَ أَلۡسِنَتَهُم بِٱلۡكِتَٰبِ لِتَحۡسَبُوهُ مِنَ ٱلۡكِتَٰبِ وَمَا هُوَ مِنَ ٱلۡكِتَٰبِ وَيَقُولُونَ هُوَ مِنۡ عِندِ ٱللَّهِ وَمَا هُوَ مِنۡ عِندِ ٱللَّهِۖ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ ﴿78﴾

Transliteration: Wainna minhum lafareeqan yalwoona alsinatahum bialkitabi litahsaboohu mina alkitabi wama huwa mina alkitabi wayaqooloona huwa min AAindi Allahi wama huwa min AAindi Allahi wayaqooloona AAala Allahi alkathiba wahum yaAAlamoona

Translation: އަދި އެމީހުންގެތެރޭގައި ﷲ ގެ އާޔަތްތައް ކިޔެވުމުގައި ދޫފުރޮޅާ ދޫކަތިކުރާމީހުން ވެއެވެ. (އެއީ ބާވައިލެއްވިގޮތް ނޫން އެހެނިހެން ގޮތްގޮތަށް ކިއުމަށެވެ.) އެއީ އެމީހުންގެ އެވާހަކަތަކަކީވެސް ﷲ ބާވައިލެއްވި ތަންތަންކަމުގައި ކަލޭމެން ހީކުރުމަށްޓަކައެވެ. (އެކަމަކު) އެއީ ﷲ ބާވައިލެއްވި ފޮތުގެ ތަންތަން ކަމުގައި ނުވެއެވެ. އަދި އެމީހުން ބުނަނީއެވެ. މިއީ ﷲ ގެ حضرة ންވާ ބަސްފުޅެވެ. (އެކަމަކު) އެއީ ﷲ ގެ حضرة ންވާ ބަހެއްނޫނެވެ. އަދި އެމީހުންނަށް ހަމަ އެނގިތިބެ އެމީހުން ﷲ އަށް ދޮގުހަދަނީއެވެ.

3:79

مَا كَانَ لِبَشَرٍ أَن يُؤۡتِيَهُ ٱللَّهُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَادٗا لِّي مِن دُونِ ٱللَّهِ وَلَٰكِن كُونُواْ رَبَّـٰنِيِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَٰبَ وَبِمَا كُنتُمۡ تَدۡرُسُونَ ﴿79﴾

Transliteration: Ma kana libasharin an yutiyahu Allahu alkitaba waalhukma waalnnubuwwata thumma yaqoola lilnnasi koonoo AAibadan lee min dooni Allahi walakin koonoo rabbaniyyeena bima kuntum tuAAallimoona alkitaba wabima kuntum tadrusoona

Translation: އެއްވެސް آدم ގެ ދަރިއަކަށް ﷲ تعالى އެމީހަކަށް ފޮތްދެއްވާ ދީނުގެ حكم ތަކުގެ فقه އާއި އެކަމުގެ ވިސްނުމާއި އަދި نبي ކަން ދެއްވުމަށްފަހު ދެން އެބޭކަލަކު ކަލޭމެން ﷲ ފިޔަވައި އަހުރެންނަށްވާ އަހުރެންގެ އަޅުންކަމުގައި ވާށޭ މިފަދައިން މީސްތަކުންނަށް ބުނުން ހުއްދަވެގެން ނުވެއެވެ. (އެކަކަށްވެސް جائز ވެގެން ނުވެއެވެ. އަދި އެހެނެއްކަމަކު (އެބޭކަލަކު ވިދާޅުވާށެވެ!) ކަލޭމެން رَبَّانى ން ކަމުގައި ވާށެވެ. (އެބަހީ علم އާއި فقه ދަންނަ އަދި تقوى ވެރި އަދި މީސްތަކުންގެ ކަންތައް إصلاح ކުރާ ބަޔަކަށްވާށޭ - މިހެން ވިދާޅުވާށެވެ!) އެއީ ކަލޭމެން މިސްތަކުންނަށް ފޮތް އުގަންނައިދޭ ކަމުގެ ސަބަބުންނާއި އަދި ކަލޭމެން މީސްތަކުންނަށް ކިޔަވައިދޭކަމުގެ ސަބަބުންނެވެ.

3:80

وَلَا يَأۡمُرَكُمۡ أَن تَتَّخِذُواْ ٱلۡمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرۡبَابًاۚ أَيَأۡمُرُكُم بِٱلۡكُفۡرِ بَعۡدَ إِذۡ أَنتُم مُّسۡلِمُونَ ﴿80﴾

Transliteration: Wala yamurakum an tattakhithoo almalaikata waalnnabiyyeena arbaban ayamurukum bialkufri baAAda ith antum muslimoona

Translation: އަދި އެކަލާނގެ / ނުވަތަ އެ نبي އަކު ملائكة ބޭކަލުންނާއި نبي ބޭކަލުން އެއީ ﷲ ފިޔަވައި رَبّ ންކަމުގައި ކަލޭމެން ހިފާ إختيار ކުރާކަށް أمر ނުކުރައްވާނެއެވެ. ކަލޭމެން مسلم ންކަމުގައި ވުމަށްފަހު ކާފަރުވުމަށް އެކަލާނގެ امر ކުރައްވާނޭހެއްޔެވެ؟ ނުކުރައްވާނެއެވެ.

3:81

وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُكُم مِّن كِتَٰبٖ وَحِكۡمَةٖ ثُمَّ جَآءَكُمۡ رَسُولٞ مُّصَدِّقٞ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٰلِكُمۡ إِصۡرِيۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ ﴿81﴾

Transliteration: Waith akhatha Allahu meethaqa alnnabiyyeena lama ataytukum min kitabin wahikmatin thumma jaakum rasoolun musaddiqun lima maAAakum latuminunna bihi walatansurunnahu qala aaqrartum waakhathtum AAala thalikum isree qaloo aqrarna qala faishhadoo waana maAAakum mina alshshahideena

Translation: އަދި ﷲ تعالى نَبي ބޭކަލުންގެ عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކޮންމެ ބޭކަލަކުވެސް އަނެއް ބޭކަލެއްގެ رَسول ކަން ތެދުކުރުމަށެވެ. އަދި ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ قوم އަށް އެކަން އެންގެވުމަށެވެ. އަދި އެބޭކަލުންނަށް އެކަލާނގެ وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވުމަށްފަހު ތިޔަބޭކަލުންގެ އަތުގައިވާ ތަކެތި ތެދުކުރާ حال رَسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަނޑައެޅިގެން ތިޔަބޭކަލުން އެބޭކަލަކަށް إيمان ވެވަޑައިގަންނަވާށެވެ! އަދި އެބޭކަލަކަށް نصر ދެއްވައި އެހީވެވަޑައިގަންނަވާށެވެ! - (މި عَهْدُ ކަށަވަރަށްފަހު) އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް އެއްބަސް ވެވަޑައިގެން قَرار ކުރައްވަމުތޯއެވެ؟ އަދި އެގޮތުގެމައްޗަށް ތިމަންރަސްކަލާނގެ ތިޔަބޭކަލުންގެ ފަރާތުން عَهْدُ ކަށަވަރު ހިއްޕެވީއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅަމެން އެގޮތުގެ މައްޗަށް إقرار ވެ عَهْدُ ވެއްޖައީމުއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް ހެކިވެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެވެސް ތިޔަބޭކަލުންނާއެކު ހެކިވެރިންގެތެރެއިން ވެވޮޑި ގަންނަވަމުއެވެ.

3:82

فَمَن تَوَلَّىٰ بَعۡدَ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ ﴿82﴾

Transliteration: Faman tawalla baAAda thalika faolaika humu alfasiqoona

Translation: ފަހެ އެއަށްފަހު - އެބަހީ އެ عَهْدُ ކަށަވަރަށްފަހު - ދެން ފުރަގަސްދީ އެނބުރިގެންފި ބަޔަކު ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ فَاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.

3:83

أَفَغَيۡرَ دِينِ ٱللَّهِ يَبۡغُونَ وَلَهُۥٓ أَسۡلَمَ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَإِلَيۡهِ يُرۡجَعُونَ ﴿83﴾

Transliteration: Afaghayra deeni Allahi yabghoona walahu aslama man fee alssamawati waalardi tawAAan wakarhan wailayhi yurjaAAoona

Translation: އަޅެފަހެ އެމީހުން (އެބަހީ އެފުރަގަސްދިން މީހުން) އެ އެދެނީ ﷲ ގެ دين ނޫން އެހެން ދީނެއް ހެއްޔެވެ؟ ރުހި قبول ވެގެންވާ حال ގައިވެސް އަދި ނުރުހި ނު قبول ވެގެންވާ حال ގައިވެސް އުޑުތަކާއި ބިމުގައިވާހާ ބަޔަކު ކިޔަމަންވެގެންވަނީ (ކިޔަމަންވާންޖެހިފައިވަނީ) ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ. އަދި އެހުރިހާ މީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

3:84

قُلۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيۡنَا وَمَآ أُنزِلَ عَلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ ﴿84﴾

Transliteration: Qul amanna biAllahi wama onzila AAalayna wama onzila AAala ibraheema waismaAAeela waishaqa wayaAAqooba waalasbati wama ootiya moosa waAAeesa waalnnabiyyoona min rabbihim la nufarriqu bayna ahadin minhum wanahnu lahu muslimoona

Translation: (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ﷲ އަށް إيمان ވެއްޖައީމުއެވެ. އަދި އަހުރެމެންގެ މައްޗަށް ބާވައިލެއްވުނުތަކެއްޗަށާއި އަދި إبراهيم އާއި إسماعيل އާއި إسحاق އާއި يعقوب އާއި އަދި أسْبَاط ން (عليهم السّلام) މި އެންމެ ބޭކަލުންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އާއި ދެކަލުންނަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށް އެބޭކަލުންގެ رَبّ ގެ حضرة ން އެބާވައިލެއްވުނު ހުރިހާ ތަކެއްޗަށް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި އެބޭކަލުންގެތެރެއިން އެއްވެސް ބޭކަލެއްގެދެމެދު (رَسول ބޭކަލެއްގެގޮތުން ނުވަތަ نبي ބޭކަލެއްގެގޮތުން) އަހުރެމެން ފަރަގުކޮށް ތަފާތުކޮށް ނުހަދާހުށީމުއެވެ. (ހުރިހާ ބޭކަލުންނަށްވެސް إيمان ވާހުށީމުއެވެ.) އަދި އަހުރެމެން މިވަނީ ހަމަ އެކަލާނގެއަށް ކިޔަމަންވެގެންނެވެ.

3:85

وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ ﴿85﴾

Transliteration: Waman yabtaghi ghayra alislami deenan falan yuqbala minhu wahuwa fee alakhirati mina alkhasireena

Translation: އަދި ތިމާގެ دين އެއް ކަމުގައި إسلام دين ނޫން އެހެން دين އެއް އެދިގެންފިމީހާ - އެހެން دين އެއް إختيار ކޮށްފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ ކިބައިން އެކަން قبول ނުވެވޭހުއްޓެވެ. އަދި آخرة ދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

3:86

كَيۡفَ يَهۡدِي ٱللَّهُ قَوۡمٗا كَفَرُواْ بَعۡدَ إِيمَٰنِهِمۡ وَشَهِدُوٓاْ أَنَّ ٱلرَّسُولَ حَقّٞ وَجَآءَهُمُ ٱلۡبَيِّنَٰتُۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿86﴾

Transliteration: Kayfa yahdee Allahu qawman kafaroo baAAda eemanihim washahidoo anna alrrasoola haqqun wajaahumu albayyinatu waAllahu la yahdee alqawma alththalimeena

Translation: ތިމާމެން إيمان ވުމަށްފަހު ކާފަރުވެ އަދި رسول އާ އެއީ ހަމަ حقّ ތެދުވެރި رسول އަކުކަމުގައި އެމީހުން ހެކިދިނުމަށްފަހު - އަދި އެއީ ތެދުކަމުގެމައްޗަށް دليل ކުރާ دليل ތަކާއި حجّة ތައް އެމީހުންގެގާތަށް އައުމަށްފަހު ދެން ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގުދައްކަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އަނިޔާވެރިވެއްޖެބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

3:87

أُوْلَـٰٓئِكَ جَزَآؤُهُمۡ أَنَّ عَلَيۡهِمۡ لَعۡنَةَ ٱللَّهِ وَٱلۡمَلَـٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ ﴿87﴾

Transliteration: Olaika jazaohum anna AAalayhim laAAnata Allahi waalmalaikati waalnnasi ajmaAAeena

Translation: އަދި އެމީހުންގެ جزاء އެއްކަމުގައި ވަނީ ހަމަކަށަވަރުން އެމީހުންގެމައްޗަށް ﷲ އާއި އެކަލާނގެ މަލާއިކަތްބޭކަލުންނާއި އަދި އެންމެހައި މީސްތަކުން لعنة ލެއްވުމެވެ.

3:88

خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ ﴿88﴾

Transliteration: Khalideena feeha la yukhaffafu AAanhumu alAAathabu wala hum yuntharoona

Translation: އެ لعنة ގައި (عذاب ގައި) އެމީހުން ދެމިތިބުމެވެ. އެމީހުންނަށް عذاب ލުއިނުވެވޭހުއްޓެވެ. އަދި މުހުލަތު ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

3:89

إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿89﴾

Transliteration: Illa allatheena taboo min baAAdi thalika waaslahoo fainna Allaha ghafoorun raheemun

Translation: (އެކަމަކު) އެކަންކަމަށްފަހުވެސް އެމީހުން توبة ވެ صالح عمل ކޮށްފިބަޔަކު މެނުވީއެވެ. (ފަހެ އެފަދައިން ކަންތައްކޮށްފިބަޔަކަށް ﷲ توبة ލައްވާ ފާފަފުއްސެވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

3:90

إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرٗا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَـٰٓئِكَ هُمُ ٱلضَّآلُّونَ ﴿90﴾

Transliteration: Inna allatheena kafaroo baAAda eemanihim thumma izdadoo kufran lan tuqbala tawbatuhum waolaika humu alddalloona

Translation: ހަމަކަށަވަރުން އެބަޔަކު އީމާންވުމަށްފަހު ކާފަރުވެ ދެން އަދި އެކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރިބަޔަކު ދަންނައެވެ! އެބަހީ އެކާފަރުކަމާއި އެކު އެހެނިހެން ފާފަތައް ގިނަކުރިމީހުން އެމީހުންގެ توبة قبول ނުވެވޭހުއްޓެވެ. (އެބަހީ ކާފަރުކަމަށްފަހު ކާފަރުކަންމަތީތިބެ އެކުރި ފާފަ ކުރީގެ އެކާފަރުކަން ދޫނުކުރަނީސް އެމީހުންގެ އެފާފަތަކުގެ توبة قبول ނުކުރައްވާނެއެވެ. އެމީހުން އެއީ ކަނޑައެޅިގެން މަގުފުރެދި ވާވަދެގެންވާ މީހުންނެވެ.

3:91

إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٞ فَلَن يُقۡبَلَ مِنۡ أَحَدِهِم مِّلۡءُ ٱلۡأَرۡضِ ذَهَبٗا وَلَوِ ٱفۡتَدَىٰ بِهِۦٓۗ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ وَمَا لَهُم مِّن نَّـٰصِرِينَ ﴿91﴾

Transliteration: Inna allatheena kafaroo wamatoo wahum kuffarun falan yuqbala min ahadihim milo alardi thahaban walawi iftada bihi olaika lahum AAathabun aleemun wama lahum min nasireena

Translation: ހަމަކަށަވަރުން ކާފަރު ވެއްޖެ މީސްތަކުން އަދި އެމީހުންގެ އެކާފަރުކަންމަތީ މަރުވެދިޔަ މީސްތަކުން (ދަންނައެވެ!) ފަހެ އެމީހުންކުރެ އެކެއްގެ ކިބައިންވެސް ބިންފުރޭހާރަން (އެމީހުން ޢަޒާބުން ސަލާމަތް ވުމަށް) ފިދުޔައެއްގެ ގޮތުން ދިންނަމަވެސް ޤަބޫލު ނުވެވޭނެއެވެ. އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި ޢަޒާބެވެ. އަދި އެމީހުންނަށް އެއްވެސް نَصر ވެރިއަކު ނުވެއެވެ. (މިއީ محمد ގެ ފާނަށް ފަހު އެކަލޭގެފާނަށް تبع ނުވި ކޮންމެ މީހަކައްއޮތް ބަސްފުޅެކެވެ.)

3:92

لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَيۡءٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ ﴿92﴾

Transliteration: Lan tanaloo albirra hatta tunfiqoo mimma tuhibboona wama tunfiqoo min shayin fainna Allaha bihi AAaleemun

Translation: އޭ مؤمن ންނޭވެ! ކަލޭމެން ލޯބިކުރާތަކެތީން ކަލޭމެން (صدقة ގެގޮތުން ނުވަތަ ﷲ ގެމަގުގައި) ހޭދަކޮށްފުމަށްދާންދެން ކަލޭމެނަށް ހެވެއް ނުލިބޭނެއެވެ. (ސަވާބެއް ނުލިބޭނެއެވެ.) އަދި ކަލޭމެން އެ ހޭދަކުރި ކޮންމެއެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ.

3:93

كُلُّ ٱلطَّعَامِ كَانَ حِلّٗا لِّبَنِيٓ إِسۡرَـٰٓءِيلَ إِلَّا مَا حَرَّمَ إِسۡرَـٰٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَىٰةُۚ قُلۡ فَأۡتُواْ بِٱلتَّوۡرَىٰةِ فَٱتۡلُوهَآ إِن كُنتُمۡ صَٰدِقِينَ ﴿93﴾

Transliteration: Kullu alttaAAami kana hillan libanee israeela illa ma harrama israeelu AAala nafsihi min qabli an tunazzala alttawratu qul fatoo bialttawrati faotlooha in kuntum sadiqeena

Translation: تَوْرَاة ބާވައިލެއްވުމުގެކުރިން إسرائيل (يعني يعقوب عليه السّلام) އެކަލޭގެފާނު އަމިއްލަ نفس ފުޅަށް حرام ކުރެއްވި އެއްޗެއްމެނުވީ އެހެން ހުރިހާ ކާނާއެއް بني إسرائيل ގެމައްޗަށް حلال ވެގެންވެއެވެ. (އެކަލޭގެފާނު حرام ކުރެއްވި އެއްޗެއްކަމުގައިވަނީ جَمَلُ މަހާއި އޭގެ ކިރެވެ. އެއީ އެކަލޭގެފާނު ބައްލަވައިގެންނެވި نَذْر ފުޅެއްގެ ސަބަބުންކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم) ފަހެ ކަލޭމެން بني إسرائيل ން ނިކަން توراة ގެނަސް ކިޔައިބަލާށެވެ. ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާއެވެ. (ﷲ ގެމައްޗަށް ދޮގުތައް ނުހަދާށެވެ. توراة ބާވައިލެއްވުމުގެކުރިން بني إسرائيل ންމައްޗަށް ކާނާގެ އެއްޗެއް ﷲ حرام ނުކުރައްވައެވެ.)

3:94

فَمَنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ مِنۢ بَعۡدِ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿94﴾

Transliteration: Famani iftara AAala Allahi alkathiba min baAAdi thalika faolaika humu althalimoona

Translation: އަދި އެއަށްފަހު އެބަހީ توراة ގެނަސް ކަލޭމެން އެކިޔެވުމަށްފަހު ދެން ﷲ ގެމައްޗަށް ދޮގެއް އުފައްދައިގެންފިބަޔަކު ދަންނައެވެ. ފަހެ އެމީހުންނީ ކަނޑައެޅިގެން އަނިޔާވެރިންނެވެ.

3:95

قُلۡ صَدَقَ ٱللَّهُۗ فَٱتَّبِعُواْ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ﴿95﴾

Transliteration: Qul sadaqa Allahu faittabiAAoo millata ibraheema haneefan wama kana mina almushrikeena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވީ ހަމަ حقّ ތެދުވާހަކައެވެ. (إسرائيل ގެ މައްޗަކަށްވެސް އަދި އެކަލޭގެފާނުންގެ ދަރިންގެމައްޗަކަށްވެސް ކަލޭމެން ތިޔަބުނާ ތަކެތި ﷲ حرام ނުކުރައްވައެވެ.) ފަހެ ކަލޭމެން إبراهيم عليه السّلام ގެ ملّة އާއި تبع ވާށެވެ. شرك އާއި ދުރުވެ توحيد އަށް ސީދާވެގެންވާ حال ގައެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.

3:96

إِنَّ أَوَّلَ بَيۡتٖ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكٗا وَهُدٗى لِّلۡعَٰلَمِينَ ﴿96﴾

Transliteration: Inna awwala baytin wudiAAa lilnnasi lallathee bibakkata mubarakan wahudan lilAAalameena

Translation: ހަމަކަށަވަރުން (އަޅުކަންކުރުމުގެގޮތުން) މީސްތަކުންނަށްޓަކައި އެންމެ ފުރަތަމަ ބެހެއްޓުނު ގެއަކީ ކަނޑައެޅިގެން بَكّة އެވެ ކިޔުނު ތާނގައިވާ ގެފުޅެވެ. (أبو جعفر الطّبرى އެކަލޭގެފާނުންގެ مشهور تفسير ގައި ލިއުއްވާފައިވަނީ بَكّة އަކީ مَسْجِدُالحَرَام - އެމިސްކިތުގެ އެތެރެކަމުގައެވެ. مَسْجِدُالحَرَام މިސްކިތުން ބޭރުވީމާ ދެން ކިޔާނީ مَكّة އެވެ. بَكّة ގެ لفظ ގެ މާނައީ الزّحْمُ އެވެ. އެއީ ގައިގޯޅިވެ ބޮނޑިވުމެވެ. އެގޮތުން ބެލީމާ އެއީ ގެފުޅު ވަށައިގެން مَسْجِدُالحَرَام ގެ ބޭރުގައިވާ طَوَاف ކުރާތަނެވެ. މީސްތަކުން ބޮނޑިވެ ގައިގޯޅިވާތަނެވެ. والله أعلم) އެގެފުޅަކީ بركات ތެރި އަދި އެންމެހައި عَالَم ތަކަށްވާ ތެދުމަގެއްގެގޮތުން ބެހެއްޓިފައިވާ ތަނެވެ.

3:97

فِيهِ ءَايَٰتُۢ بَيِّنَٰتٞ مَّقَامُ إِبۡرَٰهِيمَۖ وَمَن دَخَلَهُۥ كَانَ ءَامِنٗاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ ﴿97﴾

Transliteration: Feehi ayatun bayyinatun maqamu ibraheema waman dakhalahu kana aminan walillahi AAala alnnasi hijju albayti mani istataAAa ilayhi sabeelan waman kafara fainna Allaha ghaniyyun AAani alAAalameena

Translation: އެތާނގައި (ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) ކަނޑައެޅިގެންވާ دليل ތައްވެއެވެ. إبراهيم عليه السّلام ގެ مقام ވަނީ އެ دليل ތަކުގެ ތެރެއިންނެވެ. އަދި އެތަނަށް ވަދެއްޖެމީހާއީ ހުރިހާ ނުރައްކަލަކުން އަމާންވެގެންވާ މީހަކުކަމުގައިވިއެވެ. (ނަމަވެސް އެއީ ﷲ ގެ حَدّ ތަކުގެތެރެއިން حدّ އެއްގައި ބެދިގެން އެއިން ފިލަން އައި މީހަކުކަމުގައިވެގެން ނުވާނެއެވެ.) އަދި ﷲ تعالى ގެ ރަސްކަންފުޅަށްޓަކައި ގެފުޅަށްގޮސް حجّ ވުން (حجّ ކުރުން) މީސްތަކުންގެމައްޗަށް ކަނޑައެޅި فرض ވެގެންވެއެވެ. އެކަމަށް މަގު ކުޅަދާނަވެގެންވާ މީހާގެ މައްޗަށެވެ. އަދި (ﷲ فرض ކުރެއްވި ކަންތައްތަކަށް) ކާފަރުވެއްޖެމީހާ ދަންނައެވެ. އެކަމަކުން ﷲ އަށް އެއްވެސް ގެއްލުމެއް ނާންނާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެންމެހައި عَالَم ތައް ފިޔަވައި އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ.

3:98

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعۡمَلُونَ ﴿98﴾

Transliteration: Qul ya ahla alkitabi lima takfuroona biayati Allahi waAllahu shaheedun AAala ma taAAmaloona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ أهل كتاب ންނޭވެ! ކަލޭމެން ރަނގަޅަށް ދެނެތިބި حال އަދި އެއީ حقّ ތެދުކަމުގައި ހެކިވެގެންވާ حال ﷲ ގެ އާޔަތްތަކަށް ކަލޭމެން ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންކުރާ ކަންތަކަށް ﷲ ހެކިވެވޮޑިގަންނަވައެވެ.

3:99

قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ تَبۡغُونَهَا عِوَجٗا وَأَنتُمۡ شُهَدَآءُۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ﴿99﴾

Transliteration: Qul ya ahla alkitabi lima tasuddoona AAan sabeeli Allahi man amana tabghoonaha AAiwajan waantum shuhadao wama Allahu bighafilin AAamma taAAmaloona

Translation: އޭ أهل كتاب ންނޭވެ! އީމާންވީ މީސްތަކުންނަށް ކަލޭމެން ﷲ ގެ މަގު ބަންދުކޮށް އޮޅުވާ ހަދަނީ ކީއްވެގެންހެއްޔެވެ؟ އަދި އެމަގަކީ ހަމަ حقّ ތެދުމަގުކަމުގައި ކަލޭމެން ހެކިވެގެންވާ حال އެމަގު ގުދުކޮށް އޮޅުވައި މީހުން މަގުފުރައްދަން އުޅެނީ ކީއްވެގެންހެއްޔެވެ؟ އަދި ކަލޭމެން ކުރާ ކަންތަކަށް ﷲ غافل ވެ ވޮޑިގެން ނުވެއެވެ.

3:100

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقٗا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ يَرُدُّوكُم بَعۡدَ إِيمَٰنِكُمۡ كَٰفِرِينَ ﴿100﴾

Transliteration: Ya ayyuha allatheena amanoo in tuteeAAoo fareeqan mina allatheena ootoo alkitaba yaruddookum baAAda eemanikum kafireena

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިންކުރެ (اهل كتاب ންކުރެ) އެއްވެސް ބަޔަކަށް (ބައިގަނޑަކަށް) ކަލޭމެން ކިޔަމަންވެއްޖެއްޔާ ކަލޭމެން އީމާންކަމަށްފަހު ކާފަރުކަމުގެ ތެރެއަށް އެމީހުން ކަލޭމެން ގެންދާނެއެވެ.

3:101

وَكَيۡفَ تَكۡفُرُونَ وَأَنتُمۡ تُتۡلَىٰ عَلَيۡكُمۡ ءَايَٰتُ ٱللَّهِ وَفِيكُمۡ رَسُولُهُۥۗ وَمَن يَعۡتَصِم بِٱللَّهِ فَقَدۡ هُدِيَ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿101﴾

Transliteration: Wakayfa takfuroona waantum tutla AAalaykum ayatu Allahi wafeekum rasooluhu waman yaAAtasim biAllahi faqad hudiya ila siratin mustaqeemin

Translation: އަދި ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ ކަލޭމެންގެމައްޗަށް ﷲ ގެ އާޔަތްތައް ކިޔެވެނީއެވެ. އަދި ކަލޭމެންގެމެދުގައި އެކަލާނގެ رسول ތިޔަހުންނެވީއެވެ. (މިހެން މިކަންކަންހުރިއިރު ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ أهل كتاب ންގެ ބަސްއަހައި އެމީހުންނަށް ކިޔަމަންވާންވީ ކީއްވެގެންހެއްޔެވެ؟) އަދި ﷲ ގެ حضرة ން ރައްކާތެރިކަން ލިބިގެންފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ސީދާވެގެންވާ ތެދުމަގުން މަގުލިބިއްޖެއެވެ.

3:102

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ ﴿102﴾

Transliteration: Ya ayyuha allatheena amanoo ittaqoo Allaha haqqa tuqatihi wala tamootunna illa waantum muslimoona

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ އެކަލާނގެއަށް تقوى ވެރިވުން حقّ ވާވަރަށެވެ. އަދި مسلم ންކަމުގައި / ނުވަތަ ﷲ އަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ ކަލޭމެން މަރުނުވާހުށިކަމެވެ.

3:103

وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا وَلَا تَفَرَّقُواْۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ كُنتُمۡ أَعۡدَآءٗ فَأَلَّفَ بَيۡنَ قُلُوبِكُمۡ فَأَصۡبَحۡتُم بِنِعۡمَتِهِۦٓ إِخۡوَٰنٗا وَكُنتُمۡ عَلَىٰ شَفَا حُفۡرَةٖ مِّنَ ٱلنَّارِ فَأَنقَذَكُم مِّنۡهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَهۡتَدُونَ ﴿103﴾

Transliteration: WaiAAtasimoo bihabli Allahi jameeAAan wala tafarraqoo waothkuroo niAAmata Allahi AAalaykum ith kuntum aAAdaan faallafa bayna quloobikum faasbahtum biniAAmatihi ikhwanan wakuntum AAala shafa hufratin mina alnnari faanqathakum minha kathalika yubayyinu Allahu lakum ayatihi laAAallakum tahtadoona

Translation: އަދި ކަލޭމެން ﷲ ގެ ވާފަށުގައި އެކީއެކަށް އެންމެން ހިފާށެވެ! އެކަލާނގެ دين ގައި ހިފާށެވެ! އަދި ކަލޭމެން ވަކިވަކިވެ ނުގަންނާށެވެ! އަދި ކަލޭމެންގެމައްޗަށް ﷲ ގެ نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިންކަމުގައި ވެފައިވަނިކޮށް ދެން އެކަލާނގެ ކަލޭމެންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. އަދި އެކަލާނގެ ދެއްވި (إسلام دين ގެ) نعمة ގެ ސަބަބުން ކަލޭމެން (އެއްބަނޑުއެއްބަފާ) أخ ންތަކެއްކަމުގައިވެއްޖެއެވެ. އަދި ކަލޭމެން (إسلام دين އައުމުގެކުރިން) ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތުގައި ވަނިކޮށް އެކަލާނގެ ކަލޭމެން އެތަނުން ސަލާމަތްކުރެއްވިއެވެ. އެކަލާނގެ އާޔަތްތައް ކަލޭމެނަށް އެކަލާނގެ ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެންނަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ.

3:104

وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿104﴾

Transliteration: Waltakun minkum ommatun yadAAoona ila alkhayri wayamuroona bialmaAAroofi wayanhawna AAani almunkari waolaika humu almuflihoona

Translation: އަދި ކަލޭމެންގެތެރޭގައި ހެޔޮކަންތަކަށް ގޮވާބަޔަކުވާހުށިކަމެވެ! އަދި އެމީހުން ހެޔޮކަންތަކަށް أمر ކޮށް مُنْكَرَاة ނަހީކޮށް މަނާކުރާ ބަޔަކުކަމުގައިވާށެވެ! އެފަދަ މީހުން އެއީ ކަނޑައެޅިގެން كامياب ވާނޭ މީހުންނެވެ.

3:105

وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَٰتُۚ وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ عَظِيمٞ ﴿105﴾

Transliteration: Wala takoonoo kaallatheena tafarraqoo waikhtalafoo min baAAdi ma jaahumu albayyinatu waolaika lahum AAathabun AAatheemun

Translation: އަދި އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި حجّة އައުމަށްފަހު ބައިބައިވެ ދެބަސްވެ إختلاف ވީމީހުން ފަދައިން ކަލޭމެން ނުވާށެވެ! އަދި އެމީހުންނަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ.

3:106

يَوۡمَ تَبۡيَضُّ وُجُوهٞ وَتَسۡوَدُّ وُجُوهٞۚ فَأَمَّا ٱلَّذِينَ ٱسۡوَدَّتۡ وُجُوهُهُمۡ أَكَفَرۡتُم بَعۡدَ إِيمَٰنِكُمۡ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ﴿106﴾

Transliteration: Yawma tabyaddu wujoohun wataswaddu wujoohun faamma allatheena iswaddat wujoohuhum akafartum baAAda eemanikum fathooqoo alAAathaba bima kuntum takfuroona

Translation: އެއީ އެއްބައެއްގެ މޫނުތައް އަލިވެ އުޖާލާވެ އަދި އަނެއްބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ ދުވަހުންނެވެ. ފަހެ އެބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ މީހުންނަށް ބުނެވޭނެއެވެ. ކަލޭމެންގެ އީމާންކަމަށްފަހު ކަލޭމެން ކާފަރުވީހެއްޔެވެ؟ (ކާފަރުވީއެވެ.) ފަހެ އެހެންވެ ކަލޭމެން ކާފަރުވީކަމުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!

3:107

وَأَمَّا ٱلَّذِينَ ٱبۡيَضَّتۡ وُجُوهُهُمۡ فَفِي رَحۡمَةِ ٱللَّهِۖ هُمۡ فِيهَا خَٰلِدُونَ ﴿107﴾

Transliteration: Waamma allatheena ibyaddat wujoohuhum fafee rahmati Allahi hum feeha khalidoona

Translation: އަދި އެމީހުންގެ މޫނުތައް އަލިވެ އުޖާލާވީމީހުން ދަންނައެވެ. ފަހެ އެމީހުން ވަނީ ﷲ ގެ رحمة ގައެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ. • ދަންނައެވެ! قيامة ދުވަހުން މޫނުއަލިވެ އުޖާލާވެގެންވާނީ ހެޔޮލަފާ މީހުންނެވެ. އަދި މޫނު ކަޅުވެ ނާމާންވެގެންވާނީ ނުބައި ނުލަފާ މީހުންނެވެ. (والله أعلم)

3:108

تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۗ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعَٰلَمِينَ ﴿108﴾

Transliteration: Tilka ayatu Allahi natlooha AAalayka bialhaqqi wama Allahu yureedu thulman lilAAalameena

Translation: އެއީ އެބަހީ އިސްވެދިޔަ ވާހަކަތަކަކީ ﷲ ގެ وعظ އާއި نصيحة އެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެވާހަކަތައް حقّ ގޮތުގައި ކިޔައިދެމެވެ. އަދި عالم ތަކަށް އަނިޔާވެރިވެވޮޑިގަންނަވަން އެދިވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވެއެވެ.

3:109

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ﴿109﴾

Transliteration: Walillahi ma fee alssamawati wama fee alardi waila Allahi turjaAAu alomooru

Translation: އަދި އުޑުތަކާއި ބިމުގައި ވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި އެންމެހައި ކަންތައް އެނބުރި رجوع ވުންވަނީ ހަމަ ﷲ އަށެވެ.

3:110

كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ وَلَوۡ ءَامَنَ أَهۡلُ ٱلۡكِتَٰبِ لَكَانَ خَيۡرٗا لَّهُمۚ مِّنۡهُمُ ٱلۡمُؤۡمِنُونَ وَأَكۡثَرُهُمُ ٱلۡفَٰسِقُونَ ﴿110﴾

Transliteration: Kuntum khayra ommatin okhrijat lilnnasi tamuroona bialmaAAroofi watanhawna AAani almunkari watuminoona biAllahi walaw amana ahlu alkitabi lakana khayran lahum minhumu almuminoona waaktharuhumu alfasiqoona

Translation: މީސްތަކުންނަށް ނެރެވުނު އެންމެހެޔޮ أمّة ކަމުގައި ކަލޭމެންވީމުއެވެ. ކަލޭމެން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ކަލޭމެން مُنْكراة ތައް ނަހީކުރަމުއެވެ. އަދި ކަލޭމެން ﷲ އަށް އީމާންވަމުއެވެ. (ފަހެ މިތިންސިފަހުރި މީހުންނަކީ ހެޔޮ أمّة ގެމީހުންކަމުގައި ވާނެއެވެ.) ދެންފަހެ مَعْرُوف އަކީ ﷲ އަށް އީމާންވެގެންވާ ބުއްދިރަނގަޅު މީހުންގެގާތުގައި ރަނގަޅު ކަންކަމެވެ. ﷲ އަށް ކިޔަމަންތެރިވުމެވެ. مُنْكراة އަކީ އެކަމަށް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އަދި إيمان ކަމުގެ أهل ވެރިންގެގާތުގައި ހުތުރުވެގެންވާ ކަންކަމެވެ. އުރެދުމެވެ. والله أعلم އަދި أهل كتاب ންގެމީހުން ﷲ އަށް އީމާންވީނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އެމީހުންގެ ތެރޭގައި مؤمن ންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)

3:111

لَن يَضُرُّوكُمۡ إِلَّآ أَذٗىۖ وَإِن يُقَٰتِلُوكُمۡ يُوَلُّوكُمُ ٱلۡأَدۡبَارَ ثُمَّ لَا يُنصَرُونَ ﴿111﴾

Transliteration: Lan yadurrookum illa athan wain yuqatilookum yuwallookumu aladbara thumma la yunsaroona

Translation: އެމީހުނަށް (އެބަހީ أهل كتاب ންގެމީހުންގެ އަތުން) ކަލޭމެން مؤمن ންނަށް އެއްވެސް ދައްޗެއް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އެމީހުންނަށް ވާނެ ވަރަކީ ހަމައެކަނި ކުޑަ އުނދަގުލެއްކޮށްލުމެވެ. (އެއީ އެމީހުން ބުނާ شرك ގެ لفظ ތައް ބުނާއަޑުއިވުމުން ކަލޭމެނަށްވާ އުނދަގުލެވެ. އެހެން ގެއްލުމެއް ނުދެވޭނެއެވެ.) އަދި އެމީހުން ކަލޭމެނާ ހަނގުރާމަކުރިޔަސް އެމީހުން ދޭނީ ކަލޭމެނަށް ފުރަގަހެވެ. ދެން އެމީހުންނަށް نصر ނުލިބެވޭނެއެވެ.

3:112

ضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ أَيۡنَ مَا ثُقِفُوٓاْ إِلَّا بِحَبۡلٖ مِّنَ ٱللَّهِ وَحَبۡلٖ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٖ مِّنَ ٱللَّهِ وَضُرِبَتۡ عَلَيۡهِمُ ٱلۡمَسۡكَنَةُۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ ﴿112﴾

Transliteration: Duribat AAalayhimu alththillatu ayna ma thuqifoo illa bihablin mina Allahi wahablin mina alnnasi wabaoo bighadabin mina Allahi waduribat AAalayhimu almaskanatu thalika biannahum kanoo yakfuroona biayati Allahi wayaqtuloona alanbiyaa bighayri haqqin thalika bima AAasaw wakanoo yaAAtadoona

Translation: އެމީހުން ވީ ކޮންމެތާކު އެމީހުންނަށް އޮތީ ދެރަކަމާއި ނިކަމެތިކަމެވެ. ހަމައެކަނި ﷲ ގެ حضرة ގައި ވެފައިވާ عَهْد އެއްގެ ސަބަބުން ނުވަތަ މީސްތަކުންނާއިދެމެދުވާ عهد އާއި އެއްބަސްވުމެއްގެ ސަބަބުން މެނުވީއެވެ. (އެފަދަ عهد އެއް / އެގްރީމެންޓެއްވާނަމަ އެ އެ عهد އެއް ނުވަތަ އެ އެގްރީމެންޓަކާއި އެއްގޮތްވާގޮތުގެ މަތީން އެމީހުންނަށްއޮތް رَحْم އެއް إحترام އެއް އޮންނާނެއެވެ.) އަދި އެމީހުން އެނބުރިދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އެމީހުންގެމައްޗަށް فقير ކަމާއި ނިކަމެތިކަން ޖެހިގެންވެއެވެ. އެހެން އެކަންވާންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވާކަމުގެ ސަބަބުންނާއި އަދި އެއްވެސް حقّ އެއްނެތި نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން نبي ބޭކަލުން قتل ކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ އެމީހުންގެ އުރެދުމާއި އަދި އެމީހުންނީ ހައްދުފަހަނަޅައިގެންވާ ބަޔަކު ކަމުގައިވީކަމެވެ.

3:113

لَيۡسُواْ سَوَآءٗۗ مِّنۡ أَهۡلِ ٱلۡكِتَٰبِ أُمَّةٞ قَآئِمَةٞ يَتۡلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيۡلِ وَهُمۡ يَسۡجُدُونَ ﴿113﴾

Transliteration: Laysoo sawaan min ahli alkitabi ommatun qaimatun yatloona ayati Allahi anaa allayli wahum yasjudoona

Translation: أهل كتاب ންގެ އެންމެން ހަމަހަމަވެގެން ނުވެއެވެ. އެމީހުންގެތެރޭގައި ﷲ ގެ دين މަތީ قائم ވެގެންވާ ބަޔަކުވެއެވެ. އެމީހުން ނަމާދުކޮށް سجدة ކުރާ حال ރޭގަނޑުގެ ވަގުތަކުގައި ﷲ ގެ އާޔަތްތައް ކިޔަވައެވެ.

3:114

يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُسَٰرِعُونَ فِي ٱلۡخَيۡرَٰتِۖ وَأُوْلَـٰٓئِكَ مِنَ ٱلصَّـٰلِحِينَ ﴿114﴾

Transliteration: Yuminoona biAllahi waalyawmi alakhiri wayamuroona bialmaAAroofi wayanhawna AAani almunkari wayusariAAoona fee alkhayrati waolaika mina alssaliheena

Translation: އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވެއެވެ. އަދި އެމީހުން ހެޔޮކަންތަކަށްއަމުރުކޮށްمُنكَرات ނަހީކޮށް ހަދައެވެ. އަދި އެމީހުން ހެޔޮކަންކަމުގައި އަވަސްވެއެވެ. އަދި ކަނޑައެޅިގެން އެމީހުން ވަނީ صالح މާތްމީހުންގެ ތެރެއިންނެވެ.

3:115

وَمَا يَفۡعَلُواْ مِنۡ خَيۡرٖ فَلَن يُكۡفَرُوهُۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ ﴿115﴾

Transliteration: Wama yafAAaloo min khayrin falan yukfaroohu waAllahu AAaleemun bialmuttaqeena

Translation: އަދި ހެޔޮކަމުގެ ތެރެއިން އެމީހުންކުރާ އެއްވެސްކަމެއްގެ ދަރުމަޔާއި ثواب بَاطل ނުވާހުއްޓެވެ. އަދި تقوى ވެރިންގެ ހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.

3:116

إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ﴿116﴾

Transliteration: Inna allatheena kafaroo lan tughniya AAanhum amwaluhum wala awladuhum mina Allahi shayan waolaika ashabu alnnari hum feeha khalidoona

Translation: ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުން (ދަންނައެވެ.) އެމީހުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލެއް އަދި عذاب އެއްވިޔަސް ދުރުކޮށްދީ ކަމެއް ފުއްދައިދިނުމެއް ނުވެއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

3:117

مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ ﴿117﴾

Transliteration: Mathalu ma yunfiqoona fee hathihi alhayati alddunya kamathali reehin feeha sirrun asabat hartha qawmin thalamoo anfusahum faahlakathu wama thalamahumu Allahu walakin anfusahum yathlimoona

Translation: މިދުނިޔޭގެ حياة ގައި އެމީހުން ހޭދަކުރާތަކެތީގެ މިސާލަކީ އޭގައި ގަދަފިނިކަންހުރި ވައެއްގެ މިސާލެވެ. ދެން އެވައި ތިމާމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ ބައެއްގެ ދަނޑަށް ޖެހި ދެން އެވައިގެ ސަބަބުން ދަނޑު ހަލާކުކޮށްލީއެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.

3:118

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةٗ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالٗا وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٰهِهِمۡ وَمَا تُخۡفِي صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِۖ إِن كُنتُمۡ تَعۡقِلُونَ ﴿118﴾

Transliteration: Ya ayyuha allatheena amanoo la tattakhithoo bitanatan min doonikum la yaloonakum khabalan waddoo ma AAanittum qad badati albaghdao min afwahihim wama tukhfee sudooruhum akbaru qad bayyanna lakumu alayati in kuntum taAAqiloona

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ دين ގެމީހުން ނޫން މީހުން (އެހެން ދީންދީނުގެމީހުން) އެއީ ކަލޭމެންގެ ސިއްރުވެރި رحمة ތެރިންކަމުގައި ބަލައި إختيار ކޮށް ކަލޭމެން ނުހަދާށެވެ! (އެހެނީ) އެމީހުން ކަލޭމެނަށް ފަސާދަޔާއި ނުބައި މަދުނުކުރާނެއެވެ. (އެބަހީ އެމީހުންކުރާނެކަމަކީ ކަލޭމެން ފަސާދަކޮށް ބަރުބާދުކުރުމެވެ.) އަދި އެމީހުން ލޯބިކުރާނީ ކަލޭމެންނަށް ދަތިވެ ބަރުވާ ޒާތުކަންކަމަށެވެ. ހަމަކަށަވަރުން އެމީހުންގެ އަނގަތަކުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފައުޅުވެއްޖެއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ފޮރުވާފައިވާ އެތި މާބޮޑެވެ. (އެރުޅިވެރިކަމާ حسد ވެރިކަން މާބޮޑެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް (މިމީހުންނާ ބެހޭގޮތުން) عبرة އާއި نصيحة بيان ކޮށްދީފީމެވެ. ކަލޭމެންނީ ބުއްދިކުރާ ބަޔަކުކަމުގައިވާނަމައެވެ.

3:119

هَـٰٓأَنتُمۡ أُوْلَآءِ تُحِبُّونَهُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿119﴾

Transliteration: Haantum olai tuhibboonahum wala yuhibboonakum watuminoona bialkitabi kullihi waitha laqookum qaloo amanna waitha khalaw AAaddoo AAalaykumu alanamila mina alghaythi qul mootoo bighaythikum inna Allaha AAaleemun bithati alssudoori

Translation: އޭ މިތިބެ مؤمن ންނޭވެ! ކަލޭމެން أهل كتاب ންދެކެ ލޯބިވަނީއެވެ. (އެކަމަކު) އެމީހުން ކަލޭމެންދެކެ ލޯބިނުވެއެވެ. އަދި ކަލޭމެން މުޅިފޮތަށް އެކީއެކައްޗަކަށް إيمان ވެއެވެ. (އެމީހުން އީމާންވަނީ ފޮތުގެ އެބަޔަށެވެ. އަނެއްބަޔަށް ކާފަރުވަނީއެވެ.) އަދި އެމީހުން ކަލޭމެނާއި ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެކަނިވެއްޖެއްޔާ ކަލޭމެންދެކެ ރުޅިއައިސްގެން އެމީހުންގެ އިނގިލިތަކުގައި ދަތްއަޅައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ ރުޅީގެ ސަބަބުން މަރުވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ހިތްތަކުގެތެރޭގައި ވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:120

إِن تَمۡسَسۡكُمۡ حَسَنَةٞ تَسُؤۡهُمۡ وَإِن تُصِبۡكُمۡ سَيِّئَةٞ يَفۡرَحُواْ بِهَاۖ وَإِن تَصۡبِرُواْ وَتَتَّقُواْ لَا يَضُرُّكُمۡ كَيۡدُهُمۡ شَيۡـًٔاۗ إِنَّ ٱللَّهَ بِمَا يَعۡمَلُونَ مُحِيطٞ ﴿120﴾

Transliteration: In tamsaskum hasanatun tasuhum wain tusibkum sayyiatun yafrahoo biha wain tasbiroo watattaqoo la yadurrukum kayduhum shayan inna Allaha bima yaAAmaloona muheetun

Translation: ކަލޭމެން مؤمن ންނަށް ހެޔޮކަމެއް / ރަނގަޅުކަމެއް ދިމާވެއްޖެއްޔާ (އެބަހީ، ކަލޭމެން عداوة ތެރިންގެ މައްޗަށް ގަދަވެ ކާމިޔާބުވުންފަދަ އަދި މީސްތަކުން ދީނަށްވަނުންފަދަ- އުފާވެރިކަމެއް ދިމާވެއްޖެއްޔާ) އެމީހުންނަށް ނުބައިވެއެވެ. އެމީހުންނަށް ދެރަވެ ހިތްހަމަނުޖެހުން މެދުވެރިވެއެވެ. އަދި ކަލޭމެން مؤمن ންނަށް ހަނގުރާމައި ގައި ދެރަވުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ އެމީހުން އެކަމަށް އުފާކުރެއެވެ. އަދި ކަލޭމެން مؤمن ން ކެތްތެރިވެއްޖެއްޔާ އަދި تقوى ވެރިވެއްޖެއްޔާ އެމީހުންގެ ނުބައި ރޭވުމަކުން - މަކަރަކުން ކަލޭމެނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުންކުރާ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.

3:121

وَإِذۡ غَدَوۡتَ مِنۡ أَهۡلِكَ تُبَوِّئُ ٱلۡمُؤۡمِنِينَ مَقَٰعِدَ لِلۡقِتَالِۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿121﴾

Transliteration: Waith ghadawta min ahlika tubawwio almumineena maqaAAida lilqitali waAllahu sameeAAun AAaleemun

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންގެ އަރިހުން ދުވާލުގެކުރީކޮޅު ހިންގަވާފައި مؤمن ންނަށް ހަނގުރާމައިގެ (أحْدُ ހަނގުރާމައިގެ) މަރުކަޒުތައް ހަމަޖައްސަވާ ސެޓްކޮށްދެއްވުމަށް ވަޑައިގެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. (އެބަހީ مؤمن ން ދެންނެވި مشورة ގެ އަޑުތައް އައްސަވާވޮޑިގެންވާ އަދި އޭގެތެރެއިން ރަނގަޅު رَأى ދެނެވޮޑިގެންވާ ކަލާނގެއެވެ.)

3:122

إِذۡ هَمَّت طَّآئِفَتَانِ مِنكُمۡ أَن تَفۡشَلَا وَٱللَّهُ وَلِيُّهُمَاۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿122﴾

Transliteration: Ith hammat taifatani minkum an tafshala waAllahu waliyyuhuma waAAala Allahi falyatawakkali almuminoona

Translation: ކަލޭމެންގެތެރެއިން ދެބައިގަނޑެއްގެމީހުން (ދެ قَبِيْلَة އެއްގެމީހުން އެއީ بَنُوسَلَمَة ވަންހަޔާއި بَنُوْحَارِثَة ގެ ވަންހަޔާ ދެވަންހައެވެ.) ހަނގުރާމައިން ފޭލިވުމަށް - އެބަހީ ހަނގުރާމަ ދޫކޮށްލާފައި އަނބުރާދިއުމަށް قصد ކުރިހިނދު ﷲ އެދެވަންހައިގެ ސަހަރޯވެރިއަކުކަމުގައިވިއެވެ. (އެދެބައިމީހުންގެ ހިތަށް ވެރިވެފައިވާ ފިނޑިކަމާއި ބަލިކަށިކަމުގެ އަސަރު ﷲ ދުރުކޮށްދެއްވައި ވަކިކޮށްދެއްވިއެވެ.) އަދި مؤمن ން ﷲ އަށް އެކަނި وكيل ކޮށް އިތުބާރުކުރާހުށިކަމެވެ.

3:123

وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرٖ وَأَنتُمۡ أَذِلَّةٞۖ فَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ ﴿123﴾

Transliteration: Walaqad nasarakumu Allahu bibadrin waantum athillatun faittaqoo Allaha laAAallakum tashkuroona

Translation: އަދި ހަމަކަށަވަރުން بَدْرُ ހަނގުރާމައިގާ ﷲ ކަލޭމެނަށް نَصْرُ ދެއްވިއެވެ. އެއީ ކަލޭމެން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެން شكر ކުރުމަށްޓަކައެވެ.

3:124

إِذۡ تَقُولُ لِلۡمُؤۡمِنِينَ أَلَن يَكۡفِيَكُمۡ أَن يُمِدَّكُمۡ رَبُّكُم بِثَلَٰثَةِ ءَالَٰفٖ مِّنَ ٱلۡمَلَـٰٓئِكَةِ مُنزَلِينَ ﴿124﴾

Transliteration: Ith taqoolu lilmumineena alan yakfiyakum an yumiddakum rabbukum bithalathati alafin mina almalaikati munzaleena

Translation: އެއީ ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ފައިބާވަޑައިގަންނަވާ ތިންހާސް ملائكة ބޭކަލުންގެ مدد އަކުން ކަލޭމެންގެ رَبّ ކަލޭމެނަށް مدد ދެއްވުމުން ކަލޭމެނަށް ނުފުދޭނެހެއްޔެވެ؟ (މިހެން ވިދާޅުވިހިނދުއެވެ. އެއީ بدر ހަނގުރާމައިގެ ދުވަހެވެ.)

3:125

بَلَىٰٓۚ إِن تَصۡبِرُواْ وَتَتَّقُواْ وَيَأۡتُوكُم مِّن فَوۡرِهِمۡ هَٰذَا يُمۡدِدۡكُمۡ رَبُّكُم بِخَمۡسَةِ ءَالَٰفٖ مِّنَ ٱلۡمَلَـٰٓئِكَةِ مُسَوِّمِينَ ﴿125﴾

Transliteration: Bala in tasbiroo watattaqoo wayatookum min fawrihim hatha yumdidkum rabbukum bikhamsati alafin mina almalaikati musawwimeena

Translation: އާއެކެވެ. (ފުދެއެވެ.) ކަލޭމެން ކެތްތެރިވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ އެމީހުންގެ އަވަސްކަމާއި ރުޅިވެރިކަމާއިއެކު އަތުވެއްޖެއްޔާވެސް ކަލޭމެންގެ رَبّ ކަލޭމެނަށް ހަނގުރާމައަށް ތައްޔާރުވެވިގެން ނިޝާންކުރެވިގެންވާ ފަސްހާސް މަލާއިކަތް ބޭކަލުންގެ މަދަދަކުން ކަލޭމެނަށް މަދަދުކުރައްވާނެއެވެ.

3:126

وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ لَكُمۡ وَلِتَطۡمَئِنَّ قُلُوبُكُم بِهِۦۗ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ﴿126﴾

Transliteration: Wama jaAAalahu Allahu illa bushra lakum walitatmainna quloobukum bihi wama alnnasru illa min AAindi Allahi alAAazeezi alhakeemi

Translation: އަދި އެކަން (އެބަހީ މަލާއިކަތް ބޭކަލުންގެ مَدد ގެ وعد ފުޅު) އެއީ ކަލޭމެން (مؤمن ން) ނަށްވާ އުފާވެރިކަމެއްގެ خبر އެއްކަމުގައްޔާއި އަދި ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެއް ކަމުގައި މެނުވީ ﷲ ނުލައްވައެވެ. (އަދި އެކަމަކު) نصر ދެއްވުންވަނީ ހަމައެކަނި عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންކަމުގައި މެނުވީ ނުވެއެވެ.

3:127

لِيَقۡطَعَ طَرَفٗا مِّنَ ٱلَّذِينَ كَفَرُوٓاْ أَوۡ يَكۡبِتَهُمۡ فَيَنقَلِبُواْ خَآئِبِينَ ﴿127﴾

Transliteration: LiyaqtaAAa tarafan mina allatheena kafaroo aw yakbitahum fayanqaliboo khaibeena

Translation: (بَدْر ހަނގުރާމައިގާ ކަލޭމެންނަށް ﷲ نصر ދެއްވީ) ކާފަރުންގެ އެއްކޮޅު ކަނޑައިލުމަށްޓަކައެވެ. (އެހަނގުރާމައިގާ ކާފަރުންގެ ބޮޑެތި އެތައްބަޔަކު މަރުވެ ދިޔައެވެ.) ނުވަތަ އެމީހުން އެދޭއެދުން ނުފުދިގެން ގެއްލުމާއި ނާކާމިޔާބާއިގެން އެނބުރި ދިއުމަށްޓަކައެވެ. (އެމީހުން އެދިގެންތިބިއެދުމަކީ مؤمن ންމަރާ ސުންނާފަތިކޮށް ދެރަކޮށް އެމީހުން ކާމިޔާބު ކުރުމަށެވެ. މިއިން އެއްވެސް ކަމެއްނުވިއެވެ.) • ދަންނައެވެ. މިއާޔަތްތަކުގެ ترجمة ގައި إختلاف ތަކެއްވެއެވެ. މިތާ ލިޔެވިފައި އެވަނީ އޭގެތެރެއިން ގިނަބޭކަލުން ބުރަވެލައްވާގޮތަށެވެ. ދެންފަހެ أُحْدُ ހަނގުރާމައިގެދުވަހު مؤمن ންނަށް ހެދުނު خلاف ވުމެއްގެ ސަބަބުން إسلام ންގެ لشكر އަށް ގެއްލުންތަކެއްވެ ސީދާ رَسول ﷲ ﷺ ގެ طاهر ހަށިކޮޅަށްވެސް އަނިޔާ ތަކެއް ލިބިވަޑައިގަތުމަށްފަހު ކާފަރުންގެމައްޗަށް ކުރެއްވުނު دعاء ފުޅަކުން ދެން މިއަންނަ އާޔަތް ބާވައިލެއްވުނުކަމުގައިވިއެވެ. والله أعلم.

3:128

لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَيۡءٌ أَوۡ يَتُوبَ عَلَيۡهِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَٰلِمُونَ ﴿128﴾

Transliteration: Laysa laka mina alamri shayon aw yatooba AAalayhim aw yuAAaththibahum fainnahum thalimoona

Translation: ކަލޭގެފާނަށް (ތިމަންރަސްކަލާނގެ خلق ތަކުންނާމެދު ތިމަންރަސްކަލާނގެ އެންގެވި حكم އެއް ހިންގާ تَنْفِيذ ކުރެއްވުންމެނުވީ.) އަޅުތަކުންނާބެހޭ ކަންކަމުގެ حكم އެއް ނުވެއެވެ. އެއީ އެމީހުންގެމައްޗަށް އެކަލާނގެ توبة ލައްވާދެންނެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް عذاب ދެއްވާދެންނެވެ. ހަމަކަށަވަރުން އެމީހުންނީ އަނިޔާވެރި ބައެކެވެ.

3:129

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴿129﴾

Transliteration: Walillahi ma fee alssamawati wama fee alardi yaghfiru liman yashao wayuAAaththibu man yashao waAllahu ghafoorun raheemun

Translation: އަދި އުޑުތަކާއި ބިމުގައިވާނަމަ ވާހާއެއްޗެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

3:130

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُواْ ٱلرِّبَوٰٓاْ أَضۡعَٰفٗا مُّضَٰعَفَةٗۖ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ﴿130﴾

Transliteration: Ya ayyuha allatheena amanoo la takuloo alrriba adAAafan mudaAAafatan waittaqoo Allaha laAAallakum tuflihoona

Translation: އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ބައިބަޔަށް ގިނަވާގޮތަށް ގިނަކޮށްކޮށްގެން ކަލޭމެން ރިބާނުކާށެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބުވުމަށްޓަކައެވެ.

3:131

وَٱتَّقُواْ ٱلنَّارَ ٱلَّتِيٓ أُعِدَّتۡ لِلۡكَٰفِرِينَ ﴿131﴾

Transliteration: Waittaqoo alnnara allatee oAAiddat lilkafireena

Translation: އަދި ކާފަރުންނަށްޓަކައި ތައްޔާރުކުރެވިފައިވާ އަލިފާނަށް (ނަރަކައަށް) ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!

3:132

وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ﴿132﴾

Transliteration: WaateeAAoo Allaha waalrrasoola laAAallakum turhamoona

Translation: އަދި ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! އެއީކަލޭމެންނަށް رحمة ލެއްވުމުގެ އެދުމުގައެވެ.

3:133

وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ ﴿133﴾

Transliteration: WasariAAoo ila maghfiratin min rabbikum wajannatin AAarduha alssamawatu waalardu oAAiddat lilmuttaqeena

Translation: އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ން ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ! އަދި އެތާނގެ ފުޅާމިން (ނުވަތަ ތަނަވަސްކަން) އުޑުތަކާއި ބިންތަކުގެ ތަނަވަސްކަމާއި އެއްފަދަވެގެންވާ ސުވަރުގެއަށް (އަވަސް ވެގަންނާށެވެ!) އެތަން ތައްޔާރުކުރެވިގެންވަނީ تقوى ވެރިންނަށްޓަކައެވެ.

3:134

ٱلَّذِينَ يُنفِقُونَ فِي ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلۡكَٰظِمِينَ ٱلۡغَيۡظَ وَٱلۡعَافِينَ عَنِ ٱلنَّاسِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ ﴿134﴾

Transliteration: Allatheena yunfiqoona fee alssarrai waalddarrai waalkathimeena alghaytha waalAAafeena AAani alnnasi waAllahu yuhibbu almuhsineena

Translation: އެ تقوى ވެރިންނަކީ ފަސޭހަމަކާއި އުނދަގުލުގައި (ނުވަތަ ތަނަވަސްކަމާއި فقير ކަމުގައިވެސް) ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ރުޅިވެރިކަން ކައިލާމީހުންނެވެ. އެބަހީ ކުޅަދާނަވެގެންވުމާއި އެކުވެސް ރުޅިވެރިކަން ހިފަހައްޓާމީހުންނެވެ. އަދި އެއީ މީސްތަކުންގެ ކިބައިން عفوء ކުރާމީހުންނެވެ. معاف ކުރާމީހުންނެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

3:135

وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ ﴿135﴾

Transliteration: Waallatheena itha faAAaloo fahishatan aw thalamoo anfusahum thakaroo Allaha faistaghfaroo lithunoobihim waman yaghfiru alththunooba illa Allahu walam yusirroo AAala ma faAAaloo wahum yaAAlamoona

Translation: އަދި އެމީހުންނަކީ އެމީހުންނަށް فاحش ކަމެއްކުރެވިއްޖެއްޔާ ނުވަތަ އަމިއްލަ نفس އަށް އަނިޔާވެރިވެވިއްޖެއްޔާ ﷲ ހަނދާންކުރާމީހުންނެވެ. ﷲ އަށް ذِكر ކުރާމީހުންނެވެ. ދެން އެމީހުން އެމީހުންގެ ފާފަތައް ފުއްސެވުމަށް އެދިދަންނަވައެވެ. އަދި ﷲ މެނުވީ ފާފަފުއްސަވާނީ ދެން ކާކުހެއްޔެވެ؟ އަދި އެމީހުންނަކީ އެމީހުންނަށް އެނގިތިބޭ حال އެމީހުންނަށް އެކުރެވުނު ފާފައިގެމަތީ ދެމިނުތިބޭމީހުންނެވެ. (އަދި ކިއެއްހެއްޔެވެ؟ އަވަސް އަވަހަށް توبة ވެ ﷲ ގެ حضرة އަށް رجوع ވާ މީހުންނެވެ.)

3:136

أُوْلَـٰٓئِكَ جَزَآؤُهُم مَّغۡفِرَةٞ مِّن رَّبِّهِمۡ وَجَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ ﴿136﴾

Transliteration: Olaika jazaohum maghfiratun min rabbihim wajannatun tajree min tahtiha alanharu khalideena feeha waniAAma ajru alAAamileena

Translation: އެމީހުން ދަންނައެވެ. އެމީހުންގެ ޖަޒާއަކީ އެމީހުންގެ رَبّ ގެ حضرة ން އެމީހުންނަށް مغفرة އެވެ. ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި ހެޔޮ عمل ކުރިމީހުންގެ عمل ގެ جزاء އަދި އޭގެ ދަރުމަ ރަނގަޅުވެގެން ވެއެވެ.

3:137

قَدۡ خَلَتۡ مِن قَبۡلِكُمۡ سُنَنٞ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ﴿137﴾

Transliteration: Qad khalat min qablikum sunanun faseeroo fee alardi faonthuroo kayfa kana AAaqibatu almukaththibeena

Translation: (އޭ إيمان ވެއްޖެ މީސްތަކުންނޭވެ. / ނުވަތަ خاصّ ކޮށް محمّد ގެފާނުންގެ أصحاب ންނޭވެ.) ހަމަކަށަވަރުން ކަލޭމެންގެކުރިން مثال ތަކެއް ގޮތްތަކެއް އަދި ކަންތައްތަކެއް އިސްވެހިނގައްޖެއެވެ. (އެއީ އިސްވެދިޔަ أمّة ތަކާއި އެ أمّة ތަކަށް ފޮނުއްވުނު رَسُول ންނާއިމެދު ކަންތައް ހިނގާދިޔަގޮތާއި އަދި އޭގެ ނަތިޖާއެވެ. ތެދުވެރިންނަށް ކާމިޔާބުވެ ދޮގުވެރިން ހަލާކުވެދިޔައީއެވެ. އެއީ ﷲ ގެ سنّة އެވެ.) ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ. އަދި ދޮގުކުރާމީހުންގެ ފަހުކޮޅު - އެމީހުންގެ ނިމުން ވެގެން ދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. عبرة ލިބިގަންނާށެވެ.

3:138

هَٰذَا بَيَانٞ لِّلنَّاسِ وَهُدٗى وَمَوۡعِظَةٞ لِّلۡمُتَّقِينَ ﴿138﴾

Transliteration: Hatha bayanun lilnnasi wahudan wamawAAithatun lilmuttaqeena

Translation: އިސްވެދިޔަ ވާހަކަތަކަކީ އެންމެހައި މީސްތަކުންނަށްވާ بيان އެކެވެ. (عبرة ގެ ފިލާވަޅުތަކެކެވެ.) އަދި އެއީ تقوى ވެރިންނަށްވާ ތެދުމަގާއި وعظ نصيحة އެކެވެ.

3:139

وَلَا تَهِنُواْ وَلَا تَحۡزَنُواْ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِينَ ﴿139﴾

Transliteration: Wala tahinoo wala tahzanoo waantumu alaAAlawna in kuntum mumineena

Translation: އަދި ކަލޭމެން ބަލިކަށިވެ ދެރަބަޔަކަށް ނުވާށެވެ. އަދި ހިތާމަނުކުރާށެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާ މަތީބަޔަކީ ކަލޭމެންނެވެ.

3:140

إِن يَمۡسَسۡكُمۡ قَرۡحٞ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٞ مِّثۡلُهُۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ وَلِيَعۡلَمَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَتَّخِذَ مِنكُمۡ شُهَدَآءَۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴿140﴾

Transliteration: In yamsaskum qarhun faqad massa alqawma qarhun mithluhu watilka alayyamu nudawiluha bayna alnnasi waliyaAAlama Allahu allatheena amanoo wayattakhitha minkum shuhadaa waAllahu la yuhibbu alththalimeena

Translation: ކަލޭމެންނަށް زَخَمْ ވުމާއި ފާރުވުންތައް ވަމުންދާއިރު އެމީހުންނަށް - (يعني އެ مشرك ންނަށްވެސް) ހަމަ އެފަދައިން زَخَم ވުމާއި ފާރުވުން ލިބެމުންދެއެވެ. އަދި އެދުވަސްތަކަކީ (بَدْر ހަނގުރާމަ أحد ހަނގުރާމަފަދަ واقعة ތަކަކީ) މީސްތަކުންގެ މެދުގައި تكرار ވާގޮތަށް ތިމަންރަސްކަލާނގެ ލައްވާ ކަންކަމެވެ. (އެއްފަހަރު އެއްބަޔަކަށް ކާމިޔާބުވެ އަނެއްފަހަރު އަނެއްބަޔަކަށް ކާމިޔާބުވާގޮތަށް ލެއްވީމެވެ. އެންމެފަހުގެ ހެޔޮ ނަތީޖާ އޮންނާނީ مؤمن ންނަށެވެ.) އަދި އެއީ ކަލޭމެންކުރެ مؤمن ންނަކީ ކޮންބައެއްކަން ﷲ ދެނެވޮޑިގެންފައިވާކަން ހާމަކުރެއްވުމަށާއި އަދި ކަލޭމެންގެތެރެއިން އެކަލާނގެ شهيد ން ލެއްވުމަށްޓަކައެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

3:141

وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَمۡحَقَ ٱلۡكَٰفِرِينَ ﴿141﴾

Transliteration: Waliyumahhisa Allahu allatheena amanoo wayamhaqa alkafireena

Translation: އަދި އެއީ އީމާންވީ މީސްތަކުން إمتحان ކުރައްވައި އެމީހުންގެ ފާފަތަކުން ﷲ تعالى އެމީހުން طاهر ކުރައްވާ ސާފުކުރެއްވުމަށެވެ. އަދި ކާފަރުންގެ ހެޔޮ عمل ތައް އެކަލާނގެ އުނިކުރައްވާ باطل ކުރެއްވުމަށެވެ.

3:142

أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّـٰبِرِينَ ﴿142﴾

Transliteration: Am hasibtum an tadkhuloo aljannata walamma yaAAlami Allahu allatheena jahadoo minkum wayaAAlama alssabireena

Translation: އަދި ކަލޭމެންކުރެ جهاد ކުރިމީހުން ﷲ تعالى ދެނެވޮޑިގެންވާކަން ފައުޅުނުކުރައްވަނީސް އަދި ކަލޭމެންކުރެ ކެތްތެރިން ﷲ ދެނެވޮޑިގެންވާކަން بيان ނުކުރައްވަނީސް ކަލޭމެން ސުވަރުގެ ވަނުމަށް ހީކުރަނީހެއްޔެވެ؟

3:143

وَلَقَدۡ كُنتُمۡ تَمَنَّوۡنَ ٱلۡمَوۡتَ مِن قَبۡلِ أَن تَلۡقَوۡهُ فَقَدۡ رَأَيۡتُمُوهُ وَأَنتُمۡ تَنظُرُونَ ﴿143﴾

Transliteration: Walaqad kuntum tamannawna almawta min qabli an talqawhu faqad raaytumoohu waantum tanthuroona

Translation: އަދި ހަމަކަށަވަރުން ހަނގުރާމަޔާ ބައްދަލުވުމުގެކުރިން މަރުވުމަށް (شهيد ވުމަށް) އެދޭބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (بدر ހަނގުރާމައަށް ނުދެވުނު މީހުން ތިބީ ހަނގުރާމައެއް ދިމާވުމަށް އެދިއެދިކަމުގައި ބުނެވުނެވެ. އެއީ ހަނގުރާމަކޮށް شهيد ވުމަށެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންނަށް އެކަން ފެނުނެވެ. މީސްތަކުންގެތެރެއިން ބަޔަކުމީހުން شهيد ވެގެންދިޔައެވެ. އެއީ ކަލޭމެން ބަލަބަލާ ތިބި حال ގައެވެ. (އެއީ أحد ހަނގުރާމައިގެ ދުވަހުގައެވެ.)

3:144

وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّـٰكِرِينَ ﴿144﴾

Transliteration: Wama muhammadun illa rasoolun qad khalat min qablihi alrrusulu afain mata aw qutila inqalabtum AAala aAAqabikum waman yanqalib AAala AAaqibayhi falan yadurra Allaha shayan wasayajzee Allahu alshshakireena

Translation: އަދި محمّد (ﷺ) އަކީ رَسُول ބޭކަލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް رَسُول ބޭކަލުން އިސްވެގޮސްފައިވެއެވެ. އަޅެފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ قتل ވުމުން ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (إسلام دين ދޫކޮށް مُرْتَدُّ ވާންވީހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެފުންނާބުމައްޗަށް ފުރޮޅިގަންނަމީހާ - އެބަހީ ދީން ދޫކޮށް مُرْتَدُّ ވާމީހާ (ދަންނައެވެ!) ފަހެ އެފަދަމީހާގެފަރާތުން ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. (ވާހާ ގެއްލުމަކާއި އުނދަގުލެއް ވާނީ ހަމަ އެމީހަކަށެވެ.) އަދި شُكْرُ ވެރިންނަށް (ދީންމަތީ ثابِت ވެތިބި ކިޔަމަންތެރިންނަށް) ނިކަންހުރެ ﷲ تعالى ހެޔޮ جَزاء ދެއްވާހުއްޓެވެ.

3:145

وَمَا كَانَ لِنَفۡسٍ أَن تَمُوتَ إِلَّا بِإِذۡنِ ٱللَّهِ كِتَٰبٗا مُّؤَجَّلٗاۗ وَمَن يُرِدۡ ثَوَابَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَن يُرِدۡ ثَوَابَ ٱلۡأٓخِرَةِ نُؤۡتِهِۦ مِنۡهَاۚ وَسَنَجۡزِي ٱلشَّـٰكِرِينَ ﴿145﴾

Transliteration: Wama kana linafsin an tamoota illa biithni Allahi kitaban muajjalan waman yurid thawaba alddunya nutihi minha waman yurid thawaba alakhirati nutihi minha wasanajzee alshshakireena

Translation: އަދި އެއްވެސް نفس އެއް ﷲ ގެ إذن ފުޅަށް މެނުވީ މަރުނުވާނެއެވެ. (މަރުވުމަކީ އޮތްކަމެއް ނޫނެވެ.) އެއީ ކޮންމެ نفس އަކަށްވެސް ﷲ އަޖަލުތައް ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ. އަދި ދުނިޔޭގެ ބޭނުންތަކާއި ތަކެތި އެދޭމީހާއަށް ތިމަންރަސްކަލާނގެ އެދުނިޔެއިން އޭނާއަށް ދެއްވާހުށީމެވެ. އަދި آخرة ގެ ދަރުމަޔާ ثواب އެދޭމީހާއަށް ތިމަންރަސްކަލާނގެ އެތަނުގެ ދަރުމަޔާއި ثواب ދެއްވާހުށީމެވެ. އަދި ނިކަންހުރެ ތިމަންރަސްކަލާނގެއަށް شكر ކުރާމީހުންނަށް جَزاء ދެއްވާހުށީމެވެ. (ހެޔޮދަރުމަޔާ ޖަޒާދެއްވާހުށީމެވެ.)

3:146

وَكَأَيِّن مِّن نَّبِيّٖ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٞ فَمَا وَهَنُواْ لِمَآ أَصَابَهُمۡ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ ﴿146﴾

Transliteration: Wakaayyin min nabiyyin qatala maAAahu ribbiyyoona katheerun fama wahanoo lima asabahum fee sabeeli Allahi wama daAAufoo wama istakanoo waAllahu yuhibbu alssabireena

Translation: އަދި އެބޭކަލުންނާއިއެކު علم ވެރި تقوى ވެރި އަޅުވެރިން ހަނގުރާމަކުރި ކިތައްކިތައް نبيُّ ންވޭހެއްޔެވެ؟ އަދި ﷲ ގެމަގުގައި އެބޭކަލުންނަށް އެދިމާވިކަންކަމުން (ވީ زَخَم އާއި އެޅި ވޭނުން) އެބޭކަލުން ދެރަވެ ބަލިކަށި ނުވެއެވެ. އަދި އެބޭކަލުން ضعِيْفُ ވެ عَدُوُّ ންނަށް ބޯލަނބައި ذليل ނުވެއެވެ. (ފުކެއްވެސް ހިތްވަރުން ދެރަނުވެއެވެ. ކެތްތެރިވެވަޑައިގެން ثابت ކަންމަތީ ތިއްބެވީއެވެ.) އަދިކެތްތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

3:147

وَمَا كَانَ قَوۡلَهُمۡ إِلَّآ أَن قَالُواْ رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِيٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ﴿147﴾

Transliteration: Wama kana qawlahum illa an qaloo rabbana ighfir lana thunoobana waisrafana fee amrina wathabbit aqdamana waonsurna AAala alqawmi alkafireena

Translation: އަދި އެބޭކަލުންގެ - އެބަހީ رَبّانِىُّ ންގެ - يعني نبي ބޭކަލުންގެ އަރިހުގައި ހަނގުރާމަކުރެއްވި عِلْمُ ވެރި تقوى ވެރި އަޅުވެރިންގެ ބަސްފުޅުގައި އެބޭކަލުން މިފަދައިން ދެންނެވުން މެނުވީ ނުވެއެވެ. އެބޭކަލުން ދެންނެވިއެވެ. އޭއަޅަމެންގެ رَبّ އެވެ! އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަޅަމެންގެ ކަންތަކުގައި އަޅަމެން ކުރި އިސްރާފާއި (އެބަހީ އަޅަމެންގެ ކުދި ބޮޑެތި ފާފަތައް) ވެސް ފުއްސަވާ ދެއްވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފަރު މީސްތަކުންގެމައްޗަށް އަޅަމެނަށް نصر ދެއްވާނދޭވެ!

3:148

فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنۡيَا وَحُسۡنَ ثَوَابِ ٱلۡأٓخِرَةِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ ﴿148﴾

Transliteration: Faatahumu Allahu thawaba alddunya wahusna thawabi alakhirati waAllahu yuhibbu almuhsineena

Translation: ދެންފަހެ ﷲ تعالى އެބޭކަލުންނަށް ދުނިޔޭގެ ސަވާބު ދެއްވައިފިއެވެ. (عَدُوُّ ންގެމައްޗަށް نصر އާއި ކާމިޔާބު ދެއްވައިފިއެވެ.) އަދި آخرة ގެ ދަރުމަ މާ ރަނގަޅުވެގެންވެއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެ ވޮޑިގަންނަވައެވެ.

3:149

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ ﴿149﴾

Transliteration: Ya ayyuha allatheena amanoo in tuteeAAoo allatheena kafaroo yaruddookum AAala aAAqabikum fatanqaliboo khasireena

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންނަށް ކިޔަމަންތެރިވެއްޖެއްޔާ އެމީހުން ކަލޭމެންގެ ފުންނާބުތަކުގެ މައްޗަށް ކަލޭމެން އަނބުރާ ގެންދާނެއެވެ. (އެބަހީ އަލުންވެސް ކަލޭމެން ކާފަރުކަމުގެ ތެރެއަށް ގެންދާނެއެވެ.) ދެން އޭރުން ކަލޭމެން އެނބުރިދާނީ ގެއްލިހަލާކުވެގެންވާ ބަޔަކުގެ ގޮތުގައެވެ.

3:150

بَلِ ٱللَّهُ مَوۡلَىٰكُمۡۖ وَهُوَ خَيۡرُ ٱلنَّـٰصِرِينَ ﴿150﴾

Transliteration: Bali Allahu mawlakum wahuwa khayru alnnasireena

Translation: އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ސަހަރޯވެރިއަކީ ހަމަ ﷲ އެވެ. އެކަލާނގެއީ نصر ދެއްވުމުގައި އެންމެހެޔޮވެގެންވާ ކަލާނގެއެވެ.

3:151

سَنُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ بِمَآ أَشۡرَكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗاۖ وَمَأۡوَىٰهُمُ ٱلنَّارُۖ وَبِئۡسَ مَثۡوَى ٱلظَّـٰلِمِينَ ﴿151﴾

Transliteration: Sanulqee fee quloobi allatheena kafaroo alrruAAba bima ashrakoo biAllahi ma lam yunazzil bihi sultanan wamawahumu alnnaru wabisa mathwa alththalimeena

Translation: އަދި ކާފަރުވީމީސްތަކުން އެމީހުން ﷲ އާއި ބައިވެރިކޮށް شريك ކުރުން ހުއްދަވާނެކަމުގެ އެއްވެސް حجّة އެއް دليل އެއްނެތް ތަކެއްޗާއި شريك ކުރިކަމުގެ ސަބަބުން - ﷲ އާއި ބައިވެރިކޮށް ހަމަހަމަކުރިކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާހުށީމެވެ. އަދި قيامة ދުވަހުން އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އަދި އަނިޔާވެރިން ގޮސްތިބޭ ޖާގައިގެ ހުރި ނުބައިކަމާއެވެ!

3:152

وَلَقَدۡ صَدَقَكُمُ ٱللَّهُ وَعۡدَهُۥٓ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَىٰكُم مَّا تُحِبُّونَۚ مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ ثُمَّ صَرَفَكُمۡ عَنۡهُمۡ لِيَبۡتَلِيَكُمۡۖ وَلَقَدۡ عَفَا عَنكُمۡۗ وَٱللَّهُ ذُو فَضۡلٍ عَلَى ٱلۡمُؤۡمِنِينَ ﴿152﴾

Transliteration: Walaqad sadaqakumu Allahu waAAdahu ith tahussoonahum biithnihi hatta itha fashiltum watanazaAAtum fee alamri waAAasaytum min baAAdi ma arakum ma tuhibboona minkum man yureedu alddunya waminkum man yureedu alakhirata thumma sarafakum AAanhum liyabtaliyakum walaqad AAafa AAankum waAllahu thoo fadlin AAala almumineena

Translation: ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންމިދަނީ أُحُدُ ހަނގުރާމައިގެ ދުވަހު އެ ميدان ގައި مؤمن ން ކުރިން މޮޅުވެ ކާމިޔާބުވުމަށްފަހު رَسُول ﷲ ﷺ ގެ އަމުރުފުޅާ ބައެއް مؤمن ން خلاف ވުމުގެ ސަބަބުން مؤمن ންނަށް ލިބުނު ދެރަކަމާއި ހިތާމައިގެ ވާހަކައިގެ إجمالى ވާހަކަކޮޅެކެވެ. މިޒަމާނުގައި މިއުޅޭ مؤمن ންވެސް ހަނދާންކުރަންވީ ކަމަކީ رَسُول ﷲ ﷺ ގެ أمر ފުޅާ އެއްކަމެއްގައިވެސް خلاف ވެއްޖެއްޔާ ގެއްލުމާ ހިތާމަޔާ މޮޅި ނުލިބިނުދާނެކަމެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى ކަލޭމެންގެމައްޗަށް އެކަލާނގެ ކުރެއްވި وعد ފުޅު ތެދުކުރެއްވިއެވެ. (އެ وعد ފުޅަކީ رَسُول ﷲ ﷺ ގެ ދޫފުޅުން ކުރައްވާފައިވާ وعد ފުޅެކެވެ. ދުނިވެރިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ مكان ގައި ثابت ވެތިބޭށެވެ! އަހުރެމެން ދެރަވީ ކަމުގައި ކަލޭމެނަށް ފެނުނަސް ކަލޭމެން ތިޔަތާ ސާބިތުވެތިބިހާހިނދަކު އަހުރެމެންނަކީ ގަދަމީހުންނެވެ." މިއެވެ. މި وعد ފުޅު އެކަލާނގެ ތެދުކޮށް ދެއްވިއެވެ.)\nއެއީ ﷲ ގެ އިޒުނަފުޅަށް ކަލޭމެން مؤمن ންގެ އަތްތަކުން އެމީހުން މަރަމުންދިޔަހިނދުގައެވެ. ކަލޭމެން ފިނޑިވެ ދެރަވެއްޖައުމަށްދާންދެނެވެ. އަދި ﷲ ގެ އަމުރުފުޅާމެދު ކަލޭމެން خلاف ވެ އަދި ކަލޭމެންގެ نبي އާގެ أمرފުޅަށް އުރެދިއްޖައުމަށްދާންދެނެވެ. (ދުނިއުކަން ތިބިމީހުން أمر ފުޅާ خلاف ވެ އެތަން ދޫކޮށްލައްވާދެން إسلام ންގެ لشكر ދިޔައީ ކާމިޔާބުވެ نصر ވެރިވަމުންނެވެ. އެމީހުން އެތަން ދޫކޮށްލައްވާ ހަމަ ދިއުމުން ދެން ހުރިހާ ނާކާމިޔާބަކާއި ދިމާވީއެވެ. ميدان ގަރަބުވެ رَسول އާ އަވަހާރަވީކަމަށްވެސް ކާފަރުން ގޮވައިލީއެވެ. އޭގެސަބަބުން مؤمن ންގެ ހިތްތައް ކަތިވެގެންދިޔައީ ކަނޑީން ކަތިވާވަރަށްވުރެ މާބޮޑަށެވެ.) މިކަންކަން މިހެން ދިމާވީ ކަލޭމެން އެދޭ ކަންތައް ކަލޭމެނަށް ފެނުމަށް ފަހުގައެވެ. (އެއީ نصر އާއި ކާމިޔާބެވެ. ކަލޭމެންގެތެރޭގައި ތިބީ ދުނިޔެ އެދޭމީހުންނާއި އަދި آخرة އެދޭމީހުންނެވެ. (ދުނިޔެ އެދޭމީހުންނަކީ غنيمة މުދަލާއި ދިމާއަށް ދެވުނުމީހުންނެވެ. آخرة އެދުނުމީހުންނަކީ ދުނިއުކުމުގައި ثابت ވެތިބިމީހުންނެވެ.) ދެން އެކަލާނގެ އެމީހުން ފިޔަވައި (އެމީހުންނާދުރަށް) ކަލޭމެން އަނބުރުއްވައި ލެއްވިއެވެ. އެއީ ކަލޭމެން إمتحان ކުރެއްވުމަށެވެ. (رَسول އާގެ أمر ފުޅާއި خلاف ވުމުގެ ދެރަކަން ދެއްކެވުމަށެވެ.) އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ ކިބައިން އެކަން عفو ކުރެއްވިއެވެ. (އެބަހީ ގެއްލުންތަކެއް މުޅި لشكر އަށް ލިބުމަށްފަހުވެސް އަލުންވެސް لشكر ގެ ކަންތައް ހަމައަކަށް އަޅުއްވައިދެއްވައިފިއެވެ. އެއީ އެކަލާނގެ عفو ކުރެއްވުމުގެ ނަތީޖާއެވެ. އެވަގުތުކޮޅުގެތެރޭގައި ހަތްދިހަ ބޭކަލުން شهيد ވެ رَسُول ﷲ ﷺ زَخَم ވެވަޑައިގެންފައިވެއެވެ.) އަދި ﷲ އީ مؤمن ންގެ މައްޗަށް ނުހަނު އޯގާވަންތަ ކަމުގެ ވެރި ކަލާނގެއެވެ.

3:153

إِذۡ تُصۡعِدُونَ وَلَا تَلۡوُۥنَ عَلَىٰٓ أَحَدٖ وَٱلرَّسُولُ يَدۡعُوكُمۡ فِيٓ أُخۡرَىٰكُمۡ فَأَثَٰبَكُمۡ غَمَّۢا بِغَمّٖ لِّكَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَكُمۡ وَلَا مَآ أَصَٰبَكُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ﴿153﴾

Transliteration: Ith tusAAidoona wala talwoona AAala ahadin waalrrasoolu yadAAookum fee okhrakum faathabakum ghamman bighammin likayla tahzanoo AAala ma fatakum wala ma asabakum waAllahu khabeerun bima taAAmaloona

Translation: ކަލޭމެން مؤمن ން (مشرك ންގެ حملة ތަކުން ރައްކާތެރިވެގަތުމަށް) ފަރުބަދަމައްޗަށް އަރަން ދުއްވައިގަތްހިނދު ނުވަތަ ميدان ގެ ހުސްތާނގެ ވެލިގަނޑުމަތީ ދުއްވައިގަތްހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) ކަލޭމެން ހަމައެކަކަށްވެސް އެނބުރި ފަހަތް ބައްލަވައިނުލައި ދިޔަހިނދު رَسُول އާ އަނެއް ފަރާތުގައި އަނެއް جماعة ގައި ހުންނަވައިގެން ކަލޭމެނަށް ގޮވާލައްވަނީއެވެ. (إِلَيَّ عِبَادَ ﷲ - ﷲ ގެ އަޅުތަކުންނޭ ތިމަންކަލޭގެފާނު އަރިހަށް އަންނާށޭ - މިފަދައިން ގޮވާލައްވަނީއެވެ. އަދި ކަލޭމެން ކަލޭމެންގެ نبي އާ ދޫކޮށްފާދިޔަކަމުގެ جزاء އެއްގެގޮތުން) ކަލޭމެންނަށް ހިތާމަޔާ މޮޅިވެރިކަން މަތިމައްޗަށް އެކަލާނގެ ޖެއްސެވިއެވެ. އެއީ ވޭތިވެދިޔަތަނާމެދު ދެން ކަލޭމެން ހިތާމަނުކުރުމަށެވެ. އަދި ކަލޭމެނަށް ޖެހުނުކަންތަކުގެމައްޗަށްވެސް ހިތާމަ ނުކުރުމަށެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:154

ثُمَّ أَنزَلَ عَلَيۡكُم مِّنۢ بَعۡدِ ٱلۡغَمِّ أَمَنَةٗ نُّعَاسٗا يَغۡشَىٰ طَآئِفَةٗ مِّنكُمۡۖ وَطَآئِفَةٞ قَدۡ أَهَمَّتۡهُمۡ أَنفُسُهُمۡ يَظُنُّونَ بِٱللَّهِ غَيۡرَ ٱلۡحَقِّ ظَنَّ ٱلۡجَٰهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ ٱلۡأَمۡرِ مِن شَيۡءٖۗ قُلۡ إِنَّ ٱلۡأَمۡرَ كُلَّهُۥ لِلَّهِۗ يُخۡفُونَ فِيٓ أَنفُسِهِم مَّا لَا يُبۡدُونَ لَكَۖ يَقُولُونَ لَوۡ كَانَ لَنَا مِنَ ٱلۡأَمۡرِ شَيۡءٞ مَّا قُتِلۡنَا هَٰهُنَاۗ قُل لَّوۡ كُنتُمۡ فِي بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ وَلِيَبۡتَلِيَ ٱللَّهُ مَا فِي صُدُورِكُمۡ وَلِيُمَحِّصَ مَا فِي قُلُوبِكُمۡۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿154﴾

Transliteration: Thumma anzala AAalaykum min baAAdi alghammi amanatan nuAAasan yaghsha taifatan minkum wataifatun qad ahammathum anfusuhum yathunnoona biAllahi ghayra alhaqqi thanna aljahiliyyati yaqooloona hal lana mina alamri min shayin qul inna alamra kullahu lillahi yukhfoona fee anfusihim ma la yubdoona laka yaqooloona law kana lana mina alamri shayon ma qutilna hahuna qul law kuntum fee buyootikum labaraza allatheena kutiba AAalayhimu alqatlu ila madajiAAihim waliyabtaliya Allahu ma fee sudoorikum waliyumahhisa ma fee quloobikum waAllahu AAaleemun bithati alssudoori

Translation: ދެން ހިތާމަޔާ މޮޅިޔަށްފަހު ކަލޭމެންގެމައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އެ އަމާންކަމަކީ ނިދިޖެހުމެކެވެ. ކަލޭމެންގެތެރެއިން އެއްބަޔަކު އެނިދީގައި ނިވައިވިއެވެ. (އެއީ إخلاص ތެރި مؤمن ންނެވެ. أبوطلحة ކިޔާ ބޭކަލަކު ވިދާޅުވިއެވެ. އެދުވަހު ނިދީގެ ނިވައިކަން ޖެހުނުމީހުންގެތެރޭގައި އަހުރެންވީމުއެވެ. އަހުރެންގެ އަތުން ކަނޑި ދޫވެގެން ވެއްޓުނެވެ. އަދި ކަނޑި ނެގުމުން އަލުންވެސް ވެއްޓުނެވެ. ދެންވެސް ނެގީއެވެ....... = تفسيرا طبري = )\nއަނެއް جماعة އެއްވެއެވެ. އެއީ لشكر ގައިވާ مُنافق ންކަމުގައިވެއެވެ. އެމީހުންނަކަށް ނިންޖެއް ނާދެއެވެ. އެއީ ބިރުންކަމުގައިވިއެވެ. ބިރުން ހުންނަ މީހާ ނިދި ނާންނާނެއެވެ. - އެމީހުންނަށް مُهِمُّ ކަމަކަށް ވެފައިވަނީ ހަމައެކަނި އެމީހުންގެ نفس دفاع ކުރުމެވެ. އަދި އެމީހުން ﷲ އާއި މެދު ހީކުރަނީ حقّ ނޫން ހީއެވެ. (ﷲ حقّ އަށް نصر ނުދެއްވާނެކަމަށެވެ. رَسُول ﷲ ﷺ އާއި مؤمن ން އެކީއެކަށް ހަލާކުވެދާނެކަމުގައެވެ.) އެއީ جاهلية ޒަމާނުގެ ހީކުރުމެކެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަކަށް ކަންތަކުގެ އެއްވެސް إختيار އެއް ނުވެއެވެ. (އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ!) ހަމަކަށަވަރުން ހުރިހާކަމެއްވަނީ ﷲ އަށެވެ. އަދި އެމީހުން އެމީހުންގެ نفس ތަކުގައި ކަލޭގެފާނަށް ފާޅުނުކުރާ ކަންތައް ވަންހަނާކުރަނީއެވެ. އެއީ ކާފަރުކަމާއި ޝައްކެވެ. އަދި އެމީހުން ބުނަނީއެވެ. އަހުރެމެންނަށް މިކަމުގައި އެއްވެސް إختيار އެއްވީނަމަ މިތާ އަހުރެމެން (އަހުރެމެންގެތެރެއިން މަރުވިމީހުން) މަރުވެގެންނުދިޔައީއެވެ. - ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭމެންގެ ގެތަކުގައި (ހަނގުރާމަޔަށް ނުނުކުމެ) ތިބިނަމަވެސް އެމީހެއްގެ މައްޗަށް މަރުވުން ނިޔާކުރެވިފައިވާ މީހެއްނަމަ އެމީހަކު މަރުވާންވީތަނަށް ނުކުމެ ހަމަޖެހޭނެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކުގައިވާ نفاق ކަމުގެ ޝައްކު إمتحان ކޮށްލުމަށެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާ ޝައްކާއި وَهْمُ ގެ ތަކެތި ފިލުވާ طاهر ކުރުމަށެވެ. އަދި ﷲ އީ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ދެނެވޮޑިގެންވާ ކަލާނގެއެވެ.

3:155

إِنَّ ٱلَّذِينَ تَوَلَّوۡاْ مِنكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ إِنَّمَا ٱسۡتَزَلَّهُمُ ٱلشَّيۡطَٰنُ بِبَعۡضِ مَا كَسَبُواْۖ وَلَقَدۡ عَفَا ٱللَّهُ عَنۡهُمۡۗ إِنَّ ٱللَّهَ غَفُورٌ حَلِيمٞ ﴿155﴾

Transliteration: Inna allatheena tawallaw minkum yawma iltaqa aljamAAani innama istazallahumu alshshaytanu bibaAAdi ma kasaboo walaqad AAafa Allahu AAanhum inna Allaha ghafoorun haleemun

Translation: ހަމަކަށަވަރުން ދެلشكر ބައްދަލުވި أحد ހަނގުރާމައިގެދުވަހު ކަލޭމެންކުރެ ميدان ން ފުރަގަސްދިންމީހުން (ދަންނައެވެ!) އެއީ އެމީހުންނަށް ކުރެވިފައިވާ ބައެއް ފާފައިގެ ސަބަބުން شيطان އާ އެމީހުން ދެރަކޮށް ކުށުގެތެރެއަށް ވައްޓައިލިމީހުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް عفو ކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.

3:156

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِإِخۡوَٰنِهِمۡ إِذَا ضَرَبُواْ فِي ٱلۡأَرۡضِ أَوۡ كَانُواْ غُزّٗى لَّوۡ كَانُواْ عِندَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجۡعَلَ ٱللَّهُ ذَٰلِكَ حَسۡرَةٗ فِي قُلُوبِهِمۡۗ وَٱللَّهُ يُحۡيِۦ وَيُمِيتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ﴿156﴾

Transliteration: Ya ayyuha allatheena amanoo la takoonoo kaallatheena kafaroo waqaloo liikhwanihim itha daraboo fee alardi aw kanoo ghuzzan law kanoo AAindana ma matoo wama qutiloo liyajAAala Allahu thalika hasratan fee quloobihim waAllahu yuhyee wayumeetu waAllahu bima taAAmaloona baseerun

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންފަދައިން ނުވާށެވެ! އަދި އެމީހުން އެމީހުންގެ أخ ންނާމެދު އެ أخ ން ވިޔަފާރިކުރުންފަދަކަމަކު ދަތުރަކު ދަންޏާ ނުވަތަ ހަނގުރާމަ ދަތުރަކު ދަންޏާ "އެމީހުންވެސް ދަތުރު ނުކޮށް އަހުރެމެން ގާތުތިބިނަމަ މަރުނުވީހެވެ. އަދި قتل ވެސް ނުވީހެވެ." މިފަދައިން އެމީހުންގެ أخ ންނަށް ބުނިމީހުންފަދައިން ނުވާށެވެ! އެމީހުން އެބަސް އެބުނަނީ ﷲ تعالى އެމީހުން އެބުނި ބުނުން އެމީހުންގެ ހިތްތަކުގައި ހިތާމަޔަކަށް ލެއްވުމަށެވެ. (އެމީހުން އެހެން އެބުނަނީ އެމީހުންގެ އީމާންކަން ދެރަކަމުންނެވެ. އެހެންނޫންނަމަ އެންމެހައި ކަމަކީ ﷲ ގެ ބާރުގެދަށުން ހިނގާކަންތައްކަން އެމީހުން ދަންނަންވާނެއެވެ.)\nއަދި ﷲ تعالى އީ ތަކެތި ދިރުއްވާ އަދިމަރުއްވާ ކަލާނގެއެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

3:157

وَلَئِن قُتِلۡتُمۡ فِي سَبِيلِ ٱللَّهِ أَوۡ مُتُّمۡ لَمَغۡفِرَةٞ مِّنَ ٱللَّهِ وَرَحۡمَةٌ خَيۡرٞ مِّمَّا يَجۡمَعُونَ ﴿157﴾

Transliteration: Walain qutiltum fee sabeeli Allahi aw muttum lamaghfiratun mina Allahi warahmatun khayrun mimma yajmaAAoona

Translation: އަދި ކަލޭމެން (މުއުމިނުން) ﷲ ގެމަގުގައި قتل ވީނަމަވެސް ނުވަތަ މަރުވިނަމަވެސް ހަމަކަށަވަރުން ކަލޭމެނަށް ﷲ ގެ حضرة ން ކަނޑައެޅިގެން އެވާ ފާފަފުއްސެވުމާއި އަދި رحمة އެމީހުން އެޖަމާކުރާ ދުނިޔޭގެ ސާމާނަށްވުރެ މާހެޔޮވެގެންވެއެވެ.

3:158

وَلَئِن مُّتُّمۡ أَوۡ قُتِلۡتُمۡ لَإِلَى ٱللَّهِ تُحۡشَرُونَ ﴿158﴾

Transliteration: Walain muttum aw qutiltum laila Allahi tuhsharoona

Translation: އަދި ކަލޭމެން މަރުވިނަމަވެސް އަދި ނުވަތަ قتل ވީނަމަވެސް ކަނޑައެޅިގެން ކަލޭމެން ﷲ ގެ حضرة އަށް محشر ކުރެވޭނެއެވެ. އެއްކުރެއްވޭނެއެވެ. (އަދި އެއްކުރެވޭނީ ހަމައެކަލާނގެ حضرة އަށެވެ.)

3:159

فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ ﴿159﴾

Transliteration: Fabima rahmatin mina Allahi linta lahum walaw kunta faththan ghaleetha alqalbi lainfaddoo min hawlika faoAAfu AAanhum waistaghfir lahum washawirhum fee alamri faitha AAazamta fatawakkal AAala Allahi inna Allaha yuhibbu almutawakkileena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު މީސްތަކުންނަށް އޯގާވެރިވެ މަޑުމައިތިރި ބޭކަލަކުކަމުގައިވީ ހަމަ ﷲ ގެ رحمة ންނެވެ. އަދި ކަލޭގެފާނަކީ ހަރުކަށި ކުރަކި އަދި ހިތްގަދަ ބޭކަލަކުކަމުގައި ވެވަޑައިގެންނެވިނަމަ ކަލޭގެފާނުންގެ ވަށައިގެން މީސްތަކުން ދުރަށް ހިނގައްޖައީހެވެ. ފަހެ ކަލޭގެފާނު އެމީހުނަށް عفو ކުރައްވާށެވެ! އަދި އެމީހުންގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި އެކިއެކި ކަންކަމުގައި ކަލޭގެފާނު އެމީހުނާ مشورة ކުރައްވާށެވެ! (އަދި އެމީހުންގެ ވާހަކަ ކަލޭގެފާނު އައްސަވާކަން ކަލޭގެފާނު އެމީހުންނަށް ދައްކަވާށެވެ! އަދި އެމީހުންގެ ފަރާތުން އެހީ ބޭނުންފުޅުކުރައްވާށެވެ!) އަދި ކަލޭގެފާނު ކަމެއްކުރައްވަން عزم ކުރައްވާ ކަނޑައަޅުއްވައިފިއްޔާ ފަހެ ﷲ އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން وكيل ކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

3:160

إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِي يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿160﴾

Transliteration: In yansurkumu Allahu fala ghaliba lakum wain yakhthulkum faman tha allathee yansurukum min baAAdihi waAAala Allahi falyatawakkali almuminoona

Translation: ﷲ ކަލޭމެނަށް نصر ދެއްވަންޏާ ފަހެ ކަލޭމެންގެމައްޗަށް ގަދަވާނެ އެހެން ބަޔަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭމެން ދެރަކުރައްވާ އަދި އެހީވެވޮޑި ނުގަންނަވަންޏާ އެކަލާނގެއަށްފަހު ދެން ކަލޭމެނަށް نصر ދޭނީ ކާކުހެއްޔެވެ؟ (نصر ދޭނޭ މީހަކު ނުވާނެއެވެ.) އަދި ހަމައެކަނި مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ!

3:161

وَمَا كَانَ لِنَبِيٍّ أَن يَغُلَّۚ وَمَن يَغۡلُلۡ يَأۡتِ بِمَا غَلَّ يَوۡمَ ٱلۡقِيَٰمَةِۚ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ﴿161﴾

Transliteration: Wama kana linabiyyin an yaghulla waman yaghlul yati bima ghalla yawma alqiyamati thumma tuwaffa kullu nafsin ma kasabat wahum la yuthlamoona

Translation: އަދި غنيمة މުދާ قواعد ން ނުބަހަނިސް އެއިން އެއްވެސް އެއްޗެއް ބޭނުންކުރުމަކީ އެއްވެސް نبي އަކަށް ހުއްދަކަމެއްނޫނެވެ. އަދި ނު قواعد ން އެއިން އެއްޗެއް ބޭނުންކޮށްފިމީހާ (ދަންނައެވެ!) قيامة ދުވަހުން އެމީހަކު އަންނަހުށީ އެއެއްޗަކާއިގެންނެވެ. (އެމީހެއްގެ ކަރުގައި އެއްޗެއް ބަނދެވިފައިވާނެއެވެ. އެމީހާ އެއިން ސަލާމަތްވާން އެދޭނެއެވެ. އެކަމަކު ސަލާމަތް ނުވެވޭނެއެވެ.) ދެން ކޮންމެ نفس އަކަށްމެ އެ نفس އެއް ކުރިކަމެއްގެ جزاء ފުރިހަމަ ކުރެވޭނެއެވެ. އަދި އެމީހުންނަށް އިތުރު އަނިޔާ ނުލިބެވޭނެއެވެ.

3:162

أَفَمَنِ ٱتَّبَعَ رِضۡوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ﴿162﴾

Transliteration: Afamani ittabaAAa ridwana Allahi kaman baa bisakhatin mina Allahi wamawahu jahannamu wabisa almaseeru

Translation: އަޅެފަހެ ﷲ ގެ ރުއްސެވުމާ تبع ވީމީހާޔާއި ﷲ ގެ حضرة ން ކޯފާޔާއިގެން އެނބުރި އައިމީހާޔާ ހަމައެއްފަދަހެއްޔެވެ؟ (އެހެން ނުވާނެއެވެ.) އަދި ކޯފާޔާއިގެން އައިމީހާގެ ޖާގަޔަކީ قيامة ދުވަހުން ނަރަކައެވެ. އަދި އޭނާ އެނބުރިގޮސް ނިމޭތަން ނުބައިވެގެންވެއެވެ.

3:163

هُمۡ دَرَجَٰتٌ عِندَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ ﴿163﴾

Transliteration: Hum darajatun AAinda Allahi waAllahu baseerun bima yaAAmaloona

Translation: އެމީހުންވަނީ ﷲ ގެ حضرة ގައި ދަރަޖަތަކެއްގައެވެ. (އެބަހީ ﷲ ގެ ރުއްސެވުމާއި ތަބާވީ މީހުންވަނީ ދަރަޖަތަކެއްގައެވެ.) އަދި އެމީހުން ކުރާ ކަންތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.

3:164

لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ إِذۡ بَعَثَ فِيهِمۡ رَسُولٗا مِّنۡ أَنفُسِهِمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِهِۦ وَيُزَكِّيهِمۡ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٍ ﴿164﴾

Transliteration: Laqad manna Allahu AAala almumineena ith baAAatha feehim rasoolan min anfusihim yatloo AAalayhim ayatihi wayuzakkeehim wayuAAallimuhumu alkitaba waalhikmata wain kanoo min qablu lafee dalalin mubeenin

Translation: ހަމަކަށަވަރުން ﷲ تعالى مؤمن ންގެމައްޗަށް نعمة ލައްވާ ދަރުމަވަންތަވެވޮޑިގެންވިއެވެ. އެއީ އެމީހުންގެތެރެއިން އެމީހުން ވާހަކަދައްކާބަހުން އެމީހުންނަށް އެކަލާނގެ رسول ބޭކަލަކު ފޮނުއްވިހިނދުންނެވެ. އެކަލޭގެފާނު އެމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާ އަދި އެމީހުން (އެކަލޭގެފާނާ تبع ވުމުން) އެމީހުން ފާފައިން طاهر ކުރައްވާ އަދި އެކަލޭގެފާނު އެމީހުންނަށް ފޮތާއި حكمة (އެބަހީ سنّة) އުގަންނަވައިދެއްވާ ބޭކަލެކެވެ. އަދި އޭގެކުރީގައި އެމީހުން ކަނޑައެޅިގެން بيان ވެގެންވާ މަގުފުރެދުމެއްގައި ވީނަމަވެސްމެއެވެ.

3:165

أَوَلَمَّآ أَصَٰبَتۡكُم مُّصِيبَةٞ قَدۡ أَصَبۡتُم مِّثۡلَيۡهَا قُلۡتُمۡ أَنَّىٰ هَٰذَاۖ قُلۡ هُوَ مِنۡ عِندِ أَنفُسِكُمۡۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿165﴾

Transliteration: Awalamma asabatkum museebatun qad asabtum mithlayha qultum anna hatha qul huwa min AAindi anfusikum inna Allaha AAala kulli shayin qadeerun

Translation: އަޅެފަހެ ކަލޭމެނަށް مصيبة އެއްޖެހުނު ކޮންމެހިނދެއްގައި (އެބަހީ مشرك ންގެ ފަރާތުން ކަލޭމެނަށް ނާކަމިޔާބުވީމާ) ކަލޭމެން ބުނަނީހެއްޔެވެ. މިއީ ކިހިނެއްޖެހުނު مصيبة އެއްހެއްޔެވެ؟ (އަހުރެމެން މި ހަނގުރާމަކުރަނީ ﷲ ގެ މަގުގައެވެ. އަދި އަހުރެމެންގެތެރޭގައި މިވަނީ وحي ބާވައިލެއްވޭ رسول އެކެވެ. އަދި ﷲ ވަނީ نصر ދެއްވާނެކަމުގެ وعد ފުޅުކުރައްވާފައެވެ.) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަމަ ކަލޭމެންގެ نفس ތަކުގެ ފަރާތުން އައި مصيبة އެކެވެ. ކަލޭމެންގެތެރެއިން ކޮންމެވެސް ބަޔަކު رسول އާގެ ބަސްފުޅާ خلاف ވުމުގެ ސަބަބުންއައި مصيبة އެކެވެ. އަދި މީގެކުރީ ބަދުރު ހަނގުރާމައިގާ) ކަލޭމެންނަށް أحد ހަނގުރާމައިގާ މިލިބުނުވަރުގެ ދެގުނަ مشرك ންނަށް ކަލޭމެން ދިނީމުއެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

3:166

وَمَآ أَصَٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ ﴿166﴾

Transliteration: Wama asabakum yawma iltaqa aljamAAani fabiithni Allahi waliyaAAlama almumineena

Translation: އަދި ދެ لشكر ބައްދަލުވި (أحد ހަނގުރާމައިގެ) ދުވަހު ކަލޭމެން مؤمن ންނަށް އެދިމާވި مصيبة އެއް އެއީ ހަމަ ﷲ ގެ އިޒުނަފުޅަށް ދިމާވިކަމެކެވެ. (ﷲ ގެ قضَاء قَدَرُ ގެފަރާތުން އައިކަމެކެވެ.) އަދި އެއީ مؤمن ންނަށް އެންގެވުމަށެވެ. (އެބަހީ إيمان ކަމުގެ أهل ވެރިންނަކީ ކޮބައިކަންވެސް مؤمن ންނަށް އެންގެވުމަށެވެ.)

3:167

وَلِيَعۡلَمَ ٱلَّذِينَ نَافَقُواْۚ وَقِيلَ لَهُمۡ تَعَالَوۡاْ قَٰتِلُواْ فِي سَبِيلِ ٱللَّهِ أَوِ ٱدۡفَعُواْۖ قَالُواْ لَوۡ نَعۡلَمُ قِتَالٗا لَّٱتَّبَعۡنَٰكُمۡۗ هُمۡ لِلۡكُفۡرِ يَوۡمَئِذٍ أَقۡرَبُ مِنۡهُمۡ لِلۡإِيمَٰنِۚ يَقُولُونَ بِأَفۡوَٰهِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ وَٱللَّهُ أَعۡلَمُ بِمَا يَكۡتُمُونَ ﴿167﴾

Transliteration: WaliyaAAlama allatheena nafaqoo waqeela lahum taAAalaw qatiloo fee sabeeli Allahi awi idfaAAoo qaloo law naAAlamu qitalan laittabaAAnakum hum lilkufri yawmaithin aqrabu minhum lileemani yaqooloona biafwahihim ma laysa fee quloobihim waAllahu aAAlamu bima yaktumoona

Translation: އަދި منافق ވީ މީހުންނަށްވެސް އެންގެވުމަށެވެ. (އެބަހީ منافق ންނަށްވެސް إخلاص ތެރި مؤمن ންނާއި منافق ން ރަނގަޅަށް ވަކިކޮށް އެނގުމަށްޓަކައެވެ.) އަދި އެ منافق ންނަށް ބުނެވުނެވެ. ކަލޭމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް އަންނާށެވެ! ނުވަތަ ميدان ގައި މީހުން ގިނަކޮށް ބައިބޮޑު ކުރުމަށް އަންނާށެވެ! އޭގެ جواب ގައި އެމީހުން ބުނީ ހަނގުރާމައެއްކަހަލަ ހަނގުރާމައެއްވާނެކަން އަހުރެމެންނަށް އެނގޭނަމަ އަހުރެމެން ކަލޭމެނާ تبع ވީމުހެވެ. (އަހުރެމެންނަށް ހީވާގޮތުގައި ތިޔައީ އެއްވެސް ހަނގުރާމައެއް ހިނގާނެކަމެއްނޫނެވެ.) އެދުވަހު އެމީހުން إيمان ކަމަށްވުރެ ކާފަރުކަމަށް ގާތްކަން ބޮޑެވެ. އެމީހުންގެ ހިތްތަކުގައި ނެތްތަކެތި އެމީހުންގެ ދޫތަކުން ބުނަނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ނިވައިކޮށްފައިވާ ތަކެތި ﷲ ދެނެވޮޑިގެންވެއެވެ.

3:168

ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿168﴾

Transliteration: Allatheena qaloo liikhwanihim waqaAAadoo law ataAAoona ma qutiloo qul faidraoo AAan anfusikumu almawta in kuntum sadiqeena

Translation: އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުން ހަނގުރާމައަށް ނުގޮސް ގޭގައި އިށީނދެތިބެ (مشرك ންކުރެ أحد ހަނގުރާމައިގާ މަރުވި مشرك ންގެ) أخ ންނަށް مخاطب ކުރެވޭގޮތަށް ބުނިމީހުންނެވެ. މި منافق ން ބުންޏެވެ. އެމީހުންވެސް (އެބަހީ އެމަރުވި މީހުންވެސް) އަހުރެމެންނަށް ކިޔަމަންވެގެން ތިބިނަމަ އެ ميدان ގައި މަރުނުވީހެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަކީ ތެދުބުނާ ބަޔަކުކަމުގައިވަންޏާ ކަލޭމެން ނިކަން ކަލޭމެންގެ نفس ތަކުން މަރު ދުރުކޮށްބަލާށެވެ! (ކަލޭމެން މަރުވިޔަނުދޭށެވެ!) އެއީ ވާނެކަމެއްނޫނެވެ.

3:169

وَلَا تَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ أَمۡوَٰتَۢاۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ ﴿169﴾

Transliteration: Wala tahsabanna allatheena qutiloo fee sabeeli Allahi amwatan bal ahyaon AAinda rabbihim yurzaqoona

Translation: އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް قتل ވެ شهيد ވެގެންދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށްވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި رزق ލިބިލިބި ތިބޭ حال ދިރިތިބި ބައެކެވެ.

3:170

فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡ يَلۡحَقُواْ بِهِم مِّنۡ خَلۡفِهِمۡ أَلَّا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴿170﴾

Transliteration: Fariheena bima atahumu Allahu min fadlihi wayastabshiroona biallatheena lam yalhaqoo bihim min khalfihim alla khawfun AAalayhim wala hum yahzanoona

Translation: އަދި ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދެއްވިތަކެއްޗާމެދު (عدد ނުކުރެވޭހާ نعمة އާއި كرامة އާއިމެދު) އެމީހުން އުފާކުރެއެވެ. އަދި އެމީހުން شهيد ވެގެންދިޔައިރު شهيد ވެގެން އެމީހުންނާ ބައްދަލުނުވެ ދުނިޔޭގައި އަދި ތިބި މީހުން ގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނެ ބަޔަކުނޫންކަމުގެ އުފާވެރި خبر ލިބިލިބިއެވެ. އެމީހުންނަށް އެޚަބަރު ދެއްވަނީ ﷲ އެވެ.

3:171

يَسۡتَبۡشِرُونَ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ وَأَنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُؤۡمِنِينَ ﴿171﴾

Transliteration: Yastabshiroona biniAAmatin mina Allahi wafadlin waanna Allaha la yudeeAAu ajra almumineena

Translation: ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.

3:172

ٱلَّذِينَ ٱسۡتَجَابُواْ لِلَّهِ وَٱلرَّسُولِ مِنۢ بَعۡدِ مَآ أَصَابَهُمُ ٱلۡقَرۡحُۚ لِلَّذِينَ أَحۡسَنُواْ مِنۡهُمۡ وَٱتَّقَوۡاْ أَجۡرٌ عَظِيمٌ ﴿172﴾

Transliteration: Allatheena istajaboo lillahi waalrrasooli min baAAdi ma asabahumu alqarhu lillatheena ahsanoo minhum waittaqaw ajrun AAatheemun

Translation: އެމީހުންނަކީ އެބަހީ އެބައިމީހުންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނޭ ކަމަށް މިއެންގެވުނުމީހުންނަކީ އެމީހުން زخم ވެ ފާރުވުމާއި އެކުވެސް އެމީހުން ﷲ އަށާއި رسول އާއަށް އިޖާބަދިން މީހުންނެވެ. އެމީހުންގެ ތެރެއިން ހެޔޮކޮށްހިތައި إحسان ތެރިވެ އަދި އެމީހުން تقوى ވެރިވީމީހުންނަށްހުރީ ބޮޑުވެގެންވާ ދަރުމައެވެ.

3:173

ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنٗا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ ﴿173﴾

Transliteration: Allatheena qala lahumu alnnasu inna alnnasa qad jamaAAoo lakum faikhshawhum fazadahum eemanan waqaloo hasbuna Allahu waniAAma alwakeelu

Translation: އެމީހުންނަކީ ހަމަކަށަވަރުން ކަލޭމެންނާ ހަނގުރާމަކުރުމަށް މީސްތަކުން އެއްވެ جمع ވެއްޖެއޭ (އެބަހީ أبوسفيان އާއި އޭނާގެ އެކުވެރިން ޖަމާވެއްޖެއޭ) ފަހެ އެހެންވެ ކަލޭމެން އެމީހުންދެކެ ބިރުގަންނާށޭ! މިހެން މީސްތަކުން އައިސް ގޮވާލެވުނު މީހުންނެވެ. (މިއާޔަތުގައި މިފަހުން މިނަންގަނެވުނު މީސްތަކުންނޭ އޮތްބަސްފުޅުގެ މުރާދަކީ أبوسفيان ފޮނުވި އެންމެ أَعْرَابى އަކުކަމުގައި ބައެއް مفسّرން ލިއުއްވައެވެ.) ދެންފަހެ މިމީހަކު އައިސް މިހެން ގޮވާލެވުމުން محمّد ﷺ އަށާއި އެކަލޭގެފާނުންގެ أصحاب ންނަށް އިތުރުވެގެންދިޔައީ އީމާންކަމެވެ. އަދި އެބޭކަލުން ވިދާޅުވީ އަހުރެމެންނަށް ﷲ ފުދެއެވެ. (އަހުރެމެން وكيل ކޮށް އިތުބާރުކުރަނީ ﷲ އަށެވެ.) އެކަލާނގެއީ وكيل ކޮށް އިތުބާރުކުރުމަށް އެންމެ ރަނގަޅުވެގެންވާ ފަރާތެވެ.

3:174

فَٱنقَلَبُواْ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ لَّمۡ يَمۡسَسۡهُمۡ سُوٓءٞ وَٱتَّبَعُواْ رِضۡوَٰنَ ٱللَّهِۗ وَٱللَّهُ ذُو فَضۡلٍ عَظِيمٍ ﴿174﴾

Transliteration: Fainqalaboo biniAAmatin mina Allahi wafadlin lam yamsashum sooon waittabaAAoo ridwana Allahi waAllahu thoo fadlin AAatheemin

Translation: ދެންފަހެ (أبوسفيان ގެ لشكر އާ ދިމާއަށް ނުކުންނެވި އިސްލާމުންގެ ބޭކަލުން ދަންނައެވެ!) އެބޭކަލުން އެނބުރި ވަޑައިގެންނެވީ ﷲ ގެ حضرة ން نعمة އާއި فضل ވަންތަވެރިކަމާއިގެންނެވެ. އަދި އެބޭކަލުންނަށް އެއްވެސް ބާވަތެއްގެ ނުބައެއް - ނުރައްކަލެއް ދިމާއެއް ނުވެއެވެ. އަދި އެބޭކަލުން تبع ވެވަޑައިގެންނެވީ ﷲ ގެ ރުއްސެވުމާއިއެވެ. (އެއީ رَسول އާގެ އެންގެވުމަށް عدوّ ންގެ ފަހަތުން އެމީހުން އަތުލައިގަތުމަށް ނުކުމެވަޑައިގެންނެވުމެވެ. رَسولއާއި تبع ވެވަޑައިގަތުމުން އެބޭކަލުންނަށް ލިބިވަޑައިގެންނެވި ރުހިވޮޑިގަތުމެވެ.) އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިކަލާނގެއެވެ.

3:175

إِنَّمَا ذَٰلِكُمُ ٱلشَّيۡطَٰنُ يُخَوِّفُ أَوۡلِيَآءَهُۥ فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ ﴿175﴾

Transliteration: Innama thalikumu alshshaytanu yukhawwifu awliyaahu fala takhafoohum wakhafooni in kuntum mumineena

Translation: ހަމަކަށަވަރުން އެއީ އެއަޑަކީ: (އެބަހީ ހަމަކަށަވަރުން މީސްތަކުން ކަލޭމެނާ ހަނގުރާމަކުރުމަށް ޖަމާވެއްޖެޔޭ ކަލޭމެން އެމީހުނަށް ބިރުގަންނާށޭ!) މިހެން ގޮވާލި އަޑަކީ شيطان އާ ކޮންމެވެސް މީހެއްގެ އަނގަޔަށް އެއްލި كلمة ތަކެކެވެ. އެއީ شيطان އާ އޭނާގެ އެހީތެރިން ލައްވައި (أبوسفيان އާއި އޭނާގެ އެކުވެރިން ލައްވައި) ކަލޭމެން مؤمن ން ބިރުގަންނަވަން ގޮވިގޮވުމެކެވެ. ފަހެ ކަލޭމެން އެމީހުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! * ދަންނައެވެ! އިސްވެދިޔަ ހަތަރު އާޔަތުގައި އިޝާރާތްވެގެން އެދަނީ أحد ހަނގުރާމައިގެ ކަންތައް ނިމިގެން رسول ﷲ ﷺ ގެ أمر ފުޅަށް ކިޔަމަންތެރިވުމުގެގޮތުން زَخَم ތަކާއިއެކުވެސް ނުކުމެވަޑައިގަތް ބޭކަލުންގެވާހަކައެވެ. ނަތީޖާއަކަށްވީ އެބޭކަލުންނަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ނުވެ ﷲ އާއި رسول އާއަށް ކިޔަމަންތެރިވުމުގެ ނަސީބު ލިބުމާއިއެކު ސަލާމަތުން އެނބުރި رجوع ވުމެވެ.

3:176

وَلَا يَحۡزُنكَ ٱلَّذِينَ يُسَٰرِعُونَ فِي ٱلۡكُفۡرِۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۚ يُرِيدُ ٱللَّهُ أَلَّا يَجۡعَلَ لَهُمۡ حَظّٗا فِي ٱلۡأٓخِرَةِۖ وَلَهُمۡ عَذَابٌ عَظِيمٌ ﴿176﴾

Transliteration: Wala yahzunka allatheena yusariAAoona fee alkufri innahum lan yadurroo Allaha shayan yureedu Allahu alla yajAAala lahum haththan fee alakhirati walahum AAathabun AAatheemun

Translation: (އޭ رسول ﷲ އެވެ!) ކާފަރުކަމުގައި އަވަސްވެގަންނަމީހުންނާއިމެދު ކަލޭގެފާނު ހިތާމަފުޅު ވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ އެދިވޮޑިގަންނަވަނީ آخرة ގައި އެމީހުންނަށް އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި އެމީހުންނަށް قيامة ދުވަހުން ހުރީ ބޮޑުވެގެންވާ عذاب އެވެ.

3:177

إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَٰنِ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۖ وَلَهُمۡ عَذَابٌ أَلِيمٞ ﴿177﴾

Transliteration: Inna allatheena ishtarawoo alkufra bialeemani lan yadurroo Allaha shayan walahum AAathabun aleemun

Translation: ހަމަކަށަވަރުން އީމާންކަންދީފާ ކާފަރުކަން ގަންނަ މީސްތަކުން (އެބަހީ އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހުން) ދަންނައެވެ! އެއްވެސް ގޮތަކުން އެއްވެސްކަމަކުންވިޔަސް އެމީހުންނަށް ﷲ އަކަށް އުނދަގުލެއް އަދި ގެއްލުމެއްވިޔަސް ނުދެވޭނެއެވެ. އަދި قيامة ދުވަހުން އެމީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި عَذَاب އެކެވެ.

3:178

وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَا نُمۡلِي لَهُمۡ خَيۡرٞ لِّأَنفُسِهِمۡۚ إِنَّمَا نُمۡلِي لَهُمۡ لِيَزۡدَادُوٓاْ إِثۡمٗاۖ وَلَهُمۡ عَذَابٞ مُّهِينٞ ﴿178﴾

Transliteration: Wala yahsabanna allatheena kafaroo annama numlee lahum khayrun lianfusihim innama numlee lahum liyazdadoo ithman walahum AAathabun muheenun

Translation: އަދި ކާފަރުވީ މީސްތަކުން އެމީހުންނަށް ތިމަންރަސްކަލާނގެ مُهْلَة ދެއްވާ ތަންވަޅު ދެއްވުން އެއީ އެމީހުންގެ نفس ތަކަށްވާ ހެޔޮކަމެއްކަމުގައި އެމީހުން އެއްގޮތަކަށްވެސް ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَة ދެއްވާ ވަގުތުދެއްވާ ހައްދަ ވަނީ އެމީހުންގެ ފާފަ އިތުރުކުރުމަށެވެ. (ގިނަދުވަހު ފާފަކުރުމުން عذاب ގިނަވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.) އަދި އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެކެވެ.

3:179

مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ وَمَا كَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَٰكِنَّ ٱللَّهَ يَجۡتَبِي مِن رُّسُلِهِۦ مَن يَشَآءُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡ أَجۡرٌ عَظِيمٞ ﴿179﴾

Transliteration: Ma kana Allahu liyathara almumineena AAala ma antum AAalayhi hatta yameeza alkhabeetha mina alttayyibi wama kana Allahu liyutliAAakum AAala alghaybi walakinna Allaha yajtabee min rusulihi man yashao faaminoo biAllahi warusulihi wain tuminoo watattaqoo falakum ajrun AAatheemun

Translation: مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) އަދި ކަލޭމެނަށް غَيْبُ އަންގަވާ ހާމަކުރައްވާނޭކަލަކުކަމުގައިވެސް ﷲ ނުވެއެވެ. އަދި އެހެންނަމަވެސް (އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށް غَيْبُ އެންގެވުމަށް) އެކަލާނގެ ފޮނުއްވާ رَسول ބޭކަލުންކުރެ ބައެއްބޭކަލުން އެކަލާނގެ خاصّ ކުރައްވާ إختيار ކުރައްވައެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! އަދި ކަލޭމެން އީމާންވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ ފަހެ ކަލޭމެންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ. ثواب އެވެ.

3:180

وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرٗا لَّهُمۖ بَلۡ هُوَ شَرّٞ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَٰمَةِۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴿180﴾

Transliteration: Wala yahsabanna allatheena yabkhaloona bima atahummu Allahu min fadlihi huwa khayran lahum bal huwa sharrun lahum sayutawwaqoona ma bakhiloo bihi yawma alqiyamati walillahi meerathu alssamawati waalardi waAllahu bima taAAmaloona khabeerun

Translation: އަދި ﷲ تعالى އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެބައިމީހުންނަށް ދެއްވިތަކެއްޗަށް بَخِيْلُ ވެގަންނަ މީހުން (ﷲ ގެމަގުގައި ކުރުން لاَزم ވާ خرد ތައްނުކޮށް بَخِيْلُ ވާމީހުން) އެއީ އެމީހުންނަށްވާ ހެވެއްކަމުގައި އެއްގޮތަކަށްވެސް އެމީހުން ހީނުކުރާހުށިކަމެވެ! އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންނަށްވާ ނުބައެކެވެ. އެމީހުން بَخِيْلُ ވެގެން خرد ނުކޮށް އެބެހެއްޓި ތަކެތި قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ވަށައިގެން އެޅެވޭނެއެވެ. (އެއީ އަލިފާނުން ވަށާލެވިފައިވާ އުޅައެއްކަމަށާއި / އަދި އެއީ ބޮޑުހަރުފައެއްކަމަށާ މިގޮތްގޮތަށް ބުނެވިފައިވެއެވެ. والله أعلم. - އަދި އުޑުތަކާއި ބިމުގެ ވާރުތަ مِلْكُ ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ.

3:181

لَّقَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ فَقِيرٞ وَنَحۡنُ أَغۡنِيَآءُۘ سَنَكۡتُبُ مَا قَالُواْ وَقَتۡلَهُمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَنَقُولُ ذُوقُواْ عَذَابَ ٱلۡحَرِيقِ ﴿181﴾

Transliteration: Laqad samiAAa Allahu qawla allatheena qaloo inna Allaha faqeerun wanahnu aghniyaon sanaktubu ma qaloo waqatlahumu alanbiyaa bighayri haqqin wanaqoolu thooqoo AAathaba alhareeqi

Translation: ހަމަކަށަވަރުން ﷲ އީ فقير ކަލެކޭ އަދި އަހުރެމެންނީ މުއްސަނދީންނޭ މިހެން ބުނިމީހުންގެ އެބުނި ބުނުމުގެ އަޑު ކަށަވަރުންވެސް ﷲ އައްސަވާވޮޑިގެންވެއެވެ. (އެބަސްބުނީ يهودي ންގެ ބައެކެވެ.) ﷲ تعالى وحي ކުރެއްވިއެވެ. އެމީހުން އެބުނި އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން قتل ކުރުމާއި މިކަންކަމުގެ ސަބަބުންނާއި ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އަންގަވާހުށީމެވެ.

3:182

ذَٰلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّامٖ لِّلۡعَبِيدِ ﴿182﴾

Transliteration: Thalika bima qaddamat aydeekum waanna Allaha laysa bithallamin lilAAabeedi

Translation: އެ عذاب އެދެއްވަނީ ކަލޭމެންގެ އަތްތަކުން ކަލޭމެން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ވޮޑިގެންނުވެއެވެ.

3:183

ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ عَهِدَ إِلَيۡنَآ أَلَّا نُؤۡمِنَ لِرَسُولٍ حَتَّىٰ يَأۡتِيَنَا بِقُرۡبَانٖ تَأۡكُلُهُ ٱلنَّارُۗ قُلۡ قَدۡ جَآءَكُمۡ رُسُلٞ مِّن قَبۡلِي بِٱلۡبَيِّنَٰتِ وَبِٱلَّذِي قُلۡتُمۡ فَلِمَ قَتَلۡتُمُوهُمۡ إِن كُنتُمۡ صَٰدِقِينَ ﴿183﴾

Transliteration: Allatheena qaloo inna Allaha AAahida ilayna alla numina lirasoolin hatta yatiyana biqurbanin takuluhu alnnaru qul qad jaakum rusulun min qablee bialbayyinati wabiallathee qultum falima qataltumoohum in kutum sadiqeena

Translation: އަދި އެމީހުންނަކީ މިހެން ބުނި މީހުންނެވެ. "ﷲ تعالى އަހުރެމެންނަށް وصيّة ކުރައްވާފައިވަނީ ކޮންމެ رسول ބޭކަލަކުވެސް އެބޭކަލަކު އަހުރެމެންގެ ގާތަށް قربان އާއިގެން ވަޑައިގެންނެވިއްޔާމެނުވީ އެބޭކަލަކަށް އަހުރެމެން އީމާންނުވުމަށެވެ. އަދި އެގެންނަވާ ޤުރްބާނެއް އަލިފާންގަނޑު ކައިލަންވާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެކުރިން رسول ބޭކަލުން ވަޑައިގެންނެވިއެވެ. ބަޔާންވެގެންވާ دليل ތަކާއިގެންނެވެ. އަދި އެބޭކަލުން ވަޑައިގެންނެވީ ކަލޭމެން ތިޔަބުނި ކަންތަކާއިގެންނެވެ. (ކަލޭމެން އެދުނުގޮތަށް ކަންތައްވުމާއިއެކުވެސް ކަލޭމެން އޭގެބައެއް ބޭކަލުން قتل ކުރީމުއެވެ.) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ. ފަހެ ކަލޭމެން އެބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟\n* ދަންނައެވެ! (إسلام دين އައުމުގެކުރިން މީހަކު صدقاة އެއްކޮށް އެ صدقاة އެއް ﷲ قبول ކުރައްވައިފިއްޔާ މަތިން އަންނަ އަލިފާނެއް އައިސް އެއެއްޗެއް އަންދައިލައެވެ. އަންދައިނުލައިފިއްޔާ އެ صدقاة އެއް قبول ނުވެވުނީއެވެ.)

3:184

فَإِن كَذَّبُوكَ فَقَدۡ كُذِّبَ رُسُلٞ مِّن قَبۡلِكَ جَآءُو بِٱلۡبَيِّنَٰتِ وَٱلزُّبُرِ وَٱلۡكِتَٰبِ ٱلۡمُنِيرِ ﴿184﴾

Transliteration: Fain kaththabooka faqad kuththiba rusulun min qablika jaoo bialbayyinati waalzzuburi waalkitabi almuneeri

Translation: (އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުން ދޮގުކުރިޔަސް (އެއީ عجائب ކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގެ رسول ންވެސް ދޮގުކުރެވުނެވެ. (ކުރީގެ أمّة ތަކުގެ މީހުންވެސް އެމީހުން ގާތަށް ވަޑައިގެންނެވި رسول ން ދޮގުކުރިއެވެ.) އެބޭކަލުން ވަޑައިގެންނެވީ ބަޔާންވެގެންވާ دليل އާއި އަދި އަލިކުރާ ފޮތްތަކާއިގެންނެވެ.

3:185

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ﴿185﴾

Transliteration: Kullu nafsin thaiqatu almawti wainnama tuwaffawna ojoorakum yawma alqiyamati faman zuhziha AAani alnnari waodkhila aljannata faqad faza wama alhayatu alddunya illa mataAAu alghuroori

Translation: ކޮންމެ نفس އަކީ މަރުގެރަހަ ލިބޭނޭ އެއްޗެކެވެ. ކަލޭމެންގެ (عمل ތަކުގެ) ދަރުމަ ކަލޭމެނަށް ފުރިހަމަ ކުރެވޭނެކަންކަށަވަރީ قيامة ދުވަހުންނެވެ. ފަހެ (އެދުވަހުން) ނަރަކައިން ދުރުވެ ސުވަރުގެ ވަދެވިއްޖެމީހާ ހަމަކަށަވަރުން ނަސީބުވެރިވެއްޖެއެވެ. އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ.

3:186

لَتُبۡلَوُنَّ فِيٓ أَمۡوَٰلِكُمۡ وَأَنفُسِكُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَمِنَ ٱلَّذِينَ أَشۡرَكُوٓاْ أَذٗى كَثِيرٗاۚ وَإِن تَصۡبِرُواْ وَتَتَّقُواْ فَإِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ ﴿186﴾

Transliteration: Latublawunna fee amwalikum waanfusikum walatasmaAAunna mina allatheena ootoo alkitaba min qablikum wamina allatheena ashrakoo athan katheeran wain tasbiroo watattaqoo fainna thalika min AAazmi alomoori

Translation: އަދި ހަމަކަށަވަރުން ކަލޭމެންގެ މުދަލުގައި (ބަލާ މުސީބާތްޖެހި ހަލާކުވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެން إمتحان ކުރައްވާހުށީމެވެ. އަދި ކަލޭމެންގެ ގާތްތިމާގެ މީހުން މަރުވުންފަދަ ހިތްދަތިވާ ޒާތުގެ ކަންތައް މެދުވެރިކުރައްވައިގެންވެސް ކަލޭމެން (ގެ އީމާންކަން) إمتحان ކުރައްވާ ހުށީމެވެ. އަދި أهل كتاب ންގެ ކިބައިންނާއި އަދި شِرك ކުރިމީހުންގެ ކިބައިން އުނދަގޫވާފަދަ އެތައް ލަފުޒެއް ހަމަކަށަވަރުންވެސް ކަލޭމެން އަހާނެއެވެ. (އެފަދަ މީސްމީހުން ބުނާނެއެވެ. ﷲ އެއީ فقير ކަލެކެވެ. އަހުރެމެން މިއީ މުއްސަނދިންނެވެ. އަދި އެމީހުން ބުނެއެވެ. ﷲ فقير ވެގެން ހޭދަ ނުކުރުމަށް އެކަލާނގެ އަތްޕުޅުވަނީ ކަސްތޮޅު އެޅެވިފައެވެ. ފަހެ މިފަދަ މިފަދަ ބަސްބަހަކީ ތެދުވެރި مؤمن އެއްގެ ހިތަށް ވަރަށް އުނދަގޫތައްވާނެ كلمة އެވެ. ﷲ އަށްޓަކައި مؤمن އަޅާގެ ހިތުގައިވާ ލޯބިވެތިކަމާ غيرة ތެރިކަން އުތުރިގަންނަވަރުގެ ބަސްބަހެވެ. ދެން އެކަލާނގެ އެ އަންގަވަނީ) ކަލޭމެން (مؤمن ން) ކެތްތެރިވެ تقوى ވެރިވެއްޖެއްޔާ ހަމަކަށަވަރުން އެއީ އެމީހުންގެ އީމާންކަން ފުރިހަމަކަމުގެ ދަލީލެކެވެ. - އެބަހީ އެކެތްތެރިކަމާއި އެ تقوى ވެރިކަމަކީ އެކަންކަމަށް ﷲ أمر ކުރައްވާފައިވާ މަތިވެރި ކަންކަމެވެ. (عَزْمُ ވަރުގަދަ މީހުންނަށް މެނުވީ ނުވާނެކަންކަމެވެ.)

3:187

وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكۡتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمۡ وَٱشۡتَرَوۡاْ بِهِۦ ثَمَنٗا قَلِيلٗاۖ فَبِئۡسَ مَا يَشۡتَرُونَ ﴿187﴾

Transliteration: Waith akhatha Allahu meethaqa allatheena ootoo alkitaba latubayyinunnahu lilnnasi wala taktumoonahu fanabathoohu waraa thuhoorihim waishtaraw bihi thamanan qaleelan fabisa ma yashtaroona

Translation: އަދި ފޮތްދެވުނު މީހުންގެކިބައިން (އެބަހީ يهودي ންނާ نصارى އިންގެކިބައިން) ﷲ تعالى عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކަލޭމެން އެކަން މީހުންނަށް بَيان ކޮށްދެއްވާށެވެ! (އެބަހީ محمّد ﷺ ގެ رَسول ކަމާއި އެކަލޭގެފާނުންގެ خبر ތައް މީސްތަކުންނަށް بيان ކޮށްދެއްވާށެވެ!) އަދި އެކަން ކަލޭމެން ވަންހަނާ ނުކުރާށެވެ! ދެންފަހެ އެމީހުން އެކަން (އެ عَهْدُ ކަށަވަރު) އެމީހުންގެ ފުރަގަހަށް އެއްލައި ލައިފިއެވެ. (އެމީހުންނަށް ކުރުމަށް އެންގި ކަންތައް ނުކުރިއެވެ.) އަދި ދުނިޔޭގެ ދާދި ކުޑަކުޑަ ފައިދާކޮޅަކަށް އެމީހުން އޭތި ވިއްކައިފިއެވެ. (އޭތި ދީފާ ކުޑަފައިދާކޮޅެއް އެމީހުން ގަނެފިއެވެ. محمّد ގެފާނާބެހޭ خبر ތައް އެމީހުން ވަންހަނާކޮށް މީސްތަކުންނަށް އޮޅުވައިލީއެވެ.) ފަހެ އެމީހުން އެ އެއްޗެއްދީފައި އެގަތް އެތީގެ ނުބައިކަން ބޮޑުވެގެންވެއެވެ.

3:188

لَا تَحۡسَبَنَّ ٱلَّذِينَ يَفۡرَحُونَ بِمَآ أَتَواْ وَّيُحِبُّونَ أَن يُحۡمَدُواْ بِمَا لَمۡ يَفۡعَلُواْ فَلَا تَحۡسَبَنَّهُم بِمَفَازَةٖ مِّنَ ٱلۡعَذَابِۖ وَلَهُمۡ عَذَابٌ أَلِيمٞ ﴿188﴾

Transliteration: La tahsabanna allatheena yafrahoona bima ataw wayuhibboona an yuhmadoo bima lam yafAAaloo fala tahsabannahum bimafazatin mina alAAathabi walahum AAathabun aleemun

Translation: އަދި ތިމާމެނަށް އެލިބުނު (ދުނިޔޭގެ ފައިދާކޮޅާމެދު) އުފާކުރާމީހުން އަދި އެމީހުން ނުކުރާ ކަންތަކުން އެމީހުންނަށް مَدَحَ އާއި تَعْرِيْفُ ލިބުމަށް ލޯބިކުރާމީހުން عذاب ން ސަލާމަތްވެގެންވާނޭކަމުގައި އެއްގޮތަކަށްވެސް ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އަދި އެމީހުންނަށްހުރީ ވޭންދެނިވި عذاب އެވެ. (މިއީ محمّد ﷺ ގެ خبر ތައް ވަންހަނާކޮށް އަދި އެކަމަށް އުފާކުރި يهودي ންނާއި نصارى އިންގެ ވާހަކަކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم)

3:189

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴿189﴾

Transliteration: Walillahi mulku alssamawati waalardi waAllahu AAala kulli shayin qadeerun

Translation: އަދި އުޑުތަކާއިބިމުގެ މުޅިވެރިކަމާއި އެތަންތާގައި ވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

3:190

إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٖ لِّأُوْلِي ٱلۡأَلۡبَٰبِ ﴿190﴾

Transliteration: Inna fee khalqi alssamawati waalardi waikhtilafi allayli waalnnahari laayatin liolee alalbabi

Translation: ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައި އަދި ރޭގަނޑާއި ދުވާލު ތަފާތުކުރެއްވުމުގައި އެކައްޗަށްފަހު އަނެކަތި އަންނާނޭގޮތް ލެއްވުމާއި މިކަންކަމުގައި ﷲ ގެ އެއްކައުވަންތަކަމާއި قدر ތެރިކަމުގެމައްޗަށް دليل ކުރާ حجّة ތަކާއި ހެކިތައްވާކަންކަށަވަރެވެ. އެއީ އެކަންކަމަށް ވިސްނާ فِكرކޮށްހަދާ ބުއްދިވެރިންނަށެވެ.

3:191

ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ﴿191﴾

Transliteration: Allatheena yathkuroona Allaha qiyaman waquAAoodan waAAala junoobihim wayatafakkaroona fee khalqi alssamawati waalardi rabbana ma khalaqta hatha batilan subhanaka faqina AAathaba alnnari

Translation: އެމީހުންނަކީ (އެބަހީ އެބުއްދިވެރިންނަކީ) އެމީހުންކޮޅަށްތިބޭ حال ގައްޔާއި އިށީނދެތިބޭ حال ގައްޔާއި އަދި އެމީހުން އަރިކަށިމައްޗަށް އަރިޔަށް އޮށޯވެ އޮންނައިރު ގައިވެސް ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދާންކުރާ މީހުންނެވެ. އަދި އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާއިމެދު އެމީހުން فِكر ކޮށް ވިސްނާހަދާމިހުންނެވެ. (އަދި އެމީހުން ދަންނަވައެވެ.) އޭއަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ މިތަކެތި باطل ގޮތުގައި (އެއްވެސް ފައިދާއެއްނެތް ބޭކާރުގޮތުގައި) ނުހައްދަވަމުއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ފަހެ އަޅަމެން އަލިފާނުގެ عذاب ން ސަލާމަތްކޮށްދެއްވާނދޭވެ!

3:192

رَبَّنَآ إِنَّكَ مَن تُدۡخِلِ ٱلنَّارَ فَقَدۡ أَخۡزَيۡتَهُۥۖ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٖ ﴿192﴾

Transliteration: Rabbana innaka man tudkhili alnnara faqad akhzaytahu wama lilththalimeena min ansarin

Translation: އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ނަރަކައަށް ވައްދަވައިފި އަޅަކު ކަށަވަރުންވެސް އެއަޅަކު އިބަރަސްކަލާނގެ ގެއްލެނިކުރައްވާ ނިކަމެތި ކުރައްވައިފީމުއެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.

3:193

رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيٗا يُنَادِي لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَـَٔامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ ﴿193﴾

Transliteration: Rabbana innana samiAAna munadiyan yunadee lileemani an aminoo birabbikum faamanna rabbana faighfir lana thunoobana wakaffir AAanna sayyiatina watawaffana maAAa alabrari

Translation: އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އީމާންކަމަށް ގޮވާލައްވާ ބޭކަލެއްގެ އަޑު އަޅަމެން އަހައިފީމުއެވެ. އެބޭކަލަކު ވިދާޅުވެއެވެ. އޭ ކަލޭމެންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް އީމާންވާށެވެ! ދެންފަހެ އަޅަމެން އީމާންވެއްޖައީމެވެ. ފަހެ އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންގެ އެންމެހައި ކުށްތަކާއި ނުބައިތައް ނެތިކުރައްވާ ދުރުކުރައްވާނދޭވެ! އަދި ރަނގަޅު މާތްމީހުނާއެކު (އެބަހީ އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކިޔަމަންތެރި އަޅުންނާއެކު) އަޅަމެން މަރުގަންނަވާފާދޭވެ!

3:194

رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخۡزِنَا يَوۡمَ ٱلۡقِيَٰمَةِۖ إِنَّكَ لَا تُخۡلِفُ ٱلۡمِيعَادَ ﴿194﴾

Transliteration: Rabbana waatina ma waAAadtana AAala rusulika wala tukhzina yawma alqiyamati innaka la tukhlifu almeeAAada

Translation: އޭ އަޅަމެންގެ ربّ އެވެ! އަދި އިބަރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންގެ ދޫފުޅުމަތިން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް އަޅަމެނަށް ދެއްވާނދޭވެ! (އެއީ عدواة ތެރިންގެމައްޗަށް نصر ދެއްވުންކަމުގައި ބައެއް مفسّر ން ލިއުއްވައެވެ. والله أعلم) އަދި قيامة ދުވަހުން އަޅަމެން ދެރަނުކުރައްވާނދޭވެ! ގެއްލެނި ނުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ވެވޮޑިގެންނެވި وعد ފުޅަކާއި. خلاف ވެވޮޑިނުގަންނަވާހުއްޓެވެ.

3:195

فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّي لَآ أُضِيعُ عَمَلَ عَٰمِلٖ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضٖۖ فَٱلَّذِينَ هَاجَرُواْ وَأُخۡرِجُواْ مِن دِيَٰرِهِمۡ وَأُوذُواْ فِي سَبِيلِي وَقَٰتَلُواْ وَقُتِلُواْ لَأُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَأُدۡخِلَنَّهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ ثَوَابٗا مِّنۡ عِندِ ٱللَّهِۚ وَٱللَّهُ عِندَهُۥ حُسۡنُ ٱلثَّوَابِ ﴿195﴾

Transliteration: Faistajaba lahum rabbuhum annee la odeeAAu AAamala AAamilin minkum min thakarin aw ontha baAAdukum min baAAdin faallatheena hajaroo waokhrijoo min diyarihim waoothoo fee sabeelee waqataloo waqutiloo laokaffiranna AAanhum sayyiatihim walaodkhilannahum jannatin tajree min tahtiha alanharu thawaban min AAindi Allahi waAllahu AAindahu husnu alththawabi

Translation: ދެންފަހެ އެބައިމީހުންގެ ربّ އެމީހުންނަށް إجابة ކުރައްވައިފިއެވެ. (އެކަލާނގެ އަންގަވައެވެ.) ހަމަކަށަވަރުން ކަލޭމެންކުރެ ހެޔޮ عمل ކުރާމީހެއްގެ ދަރުމަ - ތިމަންރަސްކަލާނގެ ގެއްލެނިނުކުރައްވާހުށީމެވެ. ފިރިހެނުންގެތެރެއިންވިޔަސް އަންހެނުންގެތެރެއިންވިޔަސް މެއެވެ. ކަލޭމެންކުރެ އެއްބަޔަކުވަނީ އަނެއްބައެއްގެތެރެއިންނެވެ. (އެބަހީ عمل ކުރުމާ ކިޔަމަންތެރިވުމާއި އަދި دين ގެގޮތުން ހަމައެއްބައެކެވެ.) ފަހެ هجرة ކުރި މީސްތަކުން - އަދި އެމީހުން އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުން- އަދި އެމީހުން ތިމަންރަސްކަލާނގެ މަގުގައި އުނދަގޫތައް ލިބެވުނުމީހުން - އަދި އެމީހުން ހަނގުރާމަކޮށް އަދި قتل ވެދިޔަ މީސްތަކުން (މިމީހުން ދަންނައެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކުށްފާފަތައް ފުއްސަވާ ދުރުކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން އެތަންތާނގެދަށުން އެކިވައްތަރުގެ އާރުތައް ދެމޭ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެއީ ﷲ ގެ حضرة ންދެއްވާ ދަރުމަޔާ ثواب އެއްގެ ގޮތުންނެވެ. އަދި ރަނގަޅު ثواب އާއި ދަރުމަވަނީ ހަމަ ﷲ ގެ حضرة ގައެވެ.

3:196

لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِي ٱلۡبِلَٰدِ ﴿196﴾

Transliteration: La yaghurrannaka taqallubu allatheena kafaroo fee albiladi

Translation: (އޭ رسول ﷲ އެވެ.) ކާފަރުންގެ މީހުން ރަށްތަކުގައި އެފުރޮޅޭ ފުރޮޅުމަށް (އެމީހުން އެރާވާ ޕްރޮޖެކްޓްތަކަށާއި ހަދާ جمعية ތަކަށާ ކުރާ ވިޔަފާރިތަކަށް އަދި އެމީހުންގެ تَرَقِّى ގެ ލަނޑުދަނޑިތަކާއި މެދު) ކަލޭގެފާނު ހެއްލުންތެރިވެވަޑައި ނުގަންނަވާށެވެ.

3:197

مَتَٰعٞ قَلِيلٞ ثُمَّ مَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ﴿197﴾

Transliteration: MataAAun qaleelun thumma mawahum jahannamu wabisa almihadu

Translation: އެއީ ދާދި ކުޑަކުޑަ ފައިދާކޮޅެކެވެ. އަރާމުކޮޅެކެވެ. ދެން قيامة ދުވަހުން އެމީހުންގޮސް ތިބޭނެތަނަކީ ހަމަ ނަރަކައެވެ.

3:198

لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا نُزُلٗا مِّنۡ عِندِ ٱللَّهِۗ وَمَا عِندَ ٱللَّهِ خَيۡرٞ لِّلۡأَبۡرَارِ ﴿198﴾

Transliteration: Lakini allatheena ittaqaw rabbahum lahum jannatun tajree min tahtiha alanharu khalideena feeha nuzulan min AAindi Allahi wama AAinda Allahi khayrun lilabrari

Translation: އެހެނެއްކަމަކު އެބަޔަކު އެބަޔަކުގެ ربّ އަށް تقوى ވެރިވެ ބިރުވެތިވެއްޖެބަޔަކު (ދަންނައެވެ!) އެބަޔަކަށް ހުރީ އެތަންތާނގެ ދަށުން އާރުތައް ދެމެމުންދާ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތަންތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ تعالى ގެ حضرة ން އެމީހުންނަށްވާ މެހްމާންދާރީއެވެ. އަދި ކިޔަމަންތެރި މާތްމީހުންނަށް ﷲ ގެ حضرة ގައިވާ ތަކެތި ހެޔޮވެގެންވެއެވެ.

3:199

وَإِنَّ مِنۡ أَهۡلِ ٱلۡكِتَٰبِ لَمَن يُؤۡمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيۡكُمۡ وَمَآ أُنزِلَ إِلَيۡهِمۡ خَٰشِعِينَ لِلَّهِ لَا يَشۡتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلًاۚ أُوْلَـٰٓئِكَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡۗ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴿199﴾

Transliteration: Wainna min ahli alkitabi laman yuminu biAllahi wama onzila ilaykum wama onzila ilayhim khashiAAeena lillahi la yashtaroona biayati Allahi thamanan qaleelan olaika lahum ajruhum AAinda rabbihim inna Allaha sareeAAu alhisabi

Translation: އަދި ހަމަކަށަވަރުން أهل كتاب ންގެތެރޭގައިވެސް - يعني: ފޮތްދެއްވުނު މީހުންގެތެރޭގައިވެސް - (އެބަހީ: يهودي ންނާއި نصارى އިންގެތެރޭގައިވެސް) ކަނޑައެޅިގެން ﷲ އަށް އީމާންވާ މީހުން ވެއެވެ. އަދި ކަލޭމެން (مؤمن ން) ނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި އެމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާ މީހުންވެއެވެ. އެމީހުން ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ މަޑުމޮޅިވެގެންވެއެވެ. އަދި ކުޑައަގަކަށް ﷲ ގެ އާޔަތްތައް އެމީހުން ނުވިއްކައެވެ. (އެބަހީ ދުނިޔޭގެ ކުޑަފައިދާކޮޅަކަށް އެމީހުންނަށް އެނގިފައިވާ دين ގެ حكم އެމީހުން ބަދަލުކޮށް ނުހަދައެވެ.) އެމީހުން ދަންނައެވެ! އެމީހުންގެ ربّ ގެ حضرة ގައި އެމީހުންނަށް އެމީހުންގެ ދަރުމަވެއެވެ. ثواب ހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވަ ކަލާނގެއެވެ.

3:200

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ﴿200﴾

Transliteration: Ya ayyuha allatheena amanoo isbiroo wasabiroo warabitoo waittaqoo Allaha laAAallakum tuflihoona

Translation: އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން (ﷲ އަށް ކިޔަމަންވެތިބުމަށް) ކެތްތެރިވާށެވެ! އަދި ކަލޭމެން (ކަލޭމެންގެ عداوة ތެރިންގެ ކަންތަކާއިމެދު) ކެތްތެރިކަންމަތީ ދެމިތިބޭށެވެ! އަދި ކަލޭމެން (ﷲ ގެމަގުގައި ކުރިޔަށްދާއިރު) އެކަކު އަނެކަކާއި އެކުވެރިވެ އެކަތިގަނޑަކަށްވާށެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download