quranm◉

Surah Ar-Rum transliteration

◉ ސޫރަ · ∞

30:1

الٓمٓ ﴿1﴾

Transliteration: Aliflammeem

Translation: الم މިއަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

30:2

غُلِبَتِ ٱلرُّومُ ﴿2﴾

Transliteration: Ghulibati alrroomu

Translation: رومى ންގެމީހުން ބަލިވެއްޖެއެވެ. (رومى ން ފާރިސީންގެ އަތުން ބަލިވެއްޖެއެވެ.

30:3

فِيٓ أَدۡنَى ٱلۡأَرۡضِ وَهُم مِّنۢ بَعۡدِ غَلَبِهِمۡ سَيَغۡلِبُونَ ﴿3﴾

Transliteration: Fee adna alardi wahum min baAAdi ghalabihim sayaghliboona

Translation: އެއީ شام ކަރައިގެ ބިމުން فارسى ންގެ ބިމާއި އެންމެގާތުގައެވެ. އަދި އެމީހުން ބަލިވުމަށްފަހު ނިކަންހުރެ ގަދަވާހުއްޓެވެ.

30:4

فِي بِضۡعِ سِنِينَۗ لِلَّهِ ٱلۡأَمۡرُ مِن قَبۡلُ وَمِنۢ بَعۡدُۚ وَيَوۡمَئِذٖ يَفۡرَحُ ٱلۡمُؤۡمِنُونَ ﴿4﴾

Transliteration: Fee bidAAi sineena lillahi alamru min qablu wamin baAAdu wayawmaithin yafrahu almuminoona

Translation: އެއީ ތިންއަހަރާއި ނުވައަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. فارسى ން ގަދަވުމުގެ ކުރިންވެސް އަދި އޭގެފަހުންވެސް ކަމުގެ މޫލަވެރިކަންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ގެންދަވައެވެ.) އަދި އެދުވަހުން އެބަހީ: رومى ން ގަދަވާދުވަހުން - مؤمن ން އުފާކުރާނެއެވެ.

30:5

بِنَصۡرِ ٱللَّهِۚ يَنصُرُ مَن يَشَآءُۖ وَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ﴿5﴾

Transliteration: Binasri Allahi yansuru man yashao wahuwa alAAazeezu alrraheemu

Translation: އެމީހުން އުފާކުރާނީ ﷲ ގެ نصر ގެ ސަބަބުންނެވެ. (އެއީ سَمَاوى ފޮތެއްގެ أهل ވެރިބަޔަކަށް نصر ލިބުނީމައެވެ. مؤمن ންނަކީވެސް سَمَاوِي ފޮތުގެ أهل ވެރިންނެވެ. فارسى ންނަކީ އަލިފާނަށް އަޅުކަންކުރާ مشرك ންނެވެ.) ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް نصر ދެއްވައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ رحيم ވަންތަ ކަލާނގެއެވެ.

30:6

وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُ وَعۡدَهُۥ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿6﴾

Transliteration: WaAAda Allahi la yukhlifu Allahu waAAdahu walakinna akthara alnnasi la yaAAlamoona

Translation: އެއީ ﷲ ގެ وعد ފުޅެވެ. (އެބަހީ: ފާރިސީންގެ މައްޗަށް رومى ން ގަދަވުމަކީ ﷲ ގެ وعد ފުޅެކެވެ.) ﷲ އެކަލާނގެ وعد އާއި خلاف ވެވޮޑި ނުގަންނަވާ ހުއްޓެވެ. އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

30:7

يَعۡلَمُونَ ظَٰهِرٗا مِّنَ ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ عَنِ ٱلۡأٓخِرَةِ هُمۡ غَٰفِلُونَ ﴿7﴾

Transliteration: YaAAlamoona thahiran mina alhayati alddunya wahum AAani alakhirati hum ghafiloona

Translation: އެމީހުންނަށް އެނގެނީ - އެބަހީ: މިއުޅޭ مشرك ންނަށް އެނގެނީ - މިދުނިޔޭގެ حياة ގެ ބޭރުފުށުން ތަންކޮޅެކެވެ. އަދި އެމީހުން އެވަނީ آخرة އާއިމެދު މުޅިން غافل ވެގެންނެވެ. ތަނެއްދޮރެއް ނޭނގިއެވެ.

30:8

أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ ﴿8﴾

Transliteration: Awalam yatafakkaroo fee anfusihim ma khalaqa Allahu alssamawati waalarda wama baynahuma illa bialhaqqi waajalin musamman wainna katheeran mina alnnasi biliqai rabbihim lakafiroona

Translation: އެމީހުން ފަހެ އެމީހުންގެ نفس ތަކަށް ވިސްނާ فكر ކޮށް ނުހަދަނީބާވައެވެ؟ އެމީހުންގެ نفس ތަކުގައި ލައްވާފައިވާ عجائب ތަކާއި ސިއްރުތަކަށް ވިސްނާ فكر ކޮށް عبرة އެއް حاصل ކުރާނަމަ قيامة ދުވަހަށް إنكار އެއް ނުކުރީހެވެ. އެހެނީ އެހާ ފުރިހަމަކޮށް އިންސާނާ ހައްދަވައި އޭނާ ބަލަހައްޓަވާ ފަރާތަކަށް އޭނާ މަރުއްވައި ދެވަނަފަހަރަށް ދިރުއްވައި محشر އަށް ފޮނުއްވުން އެއްވެސްގޮތަކުން ދަތިނުވާނޭ ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ عدل ވެރި حقّ ގޮތުގައި މެނުވީ ﷲ تعالى އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާފައި ނުވެއެވެ. އަދި އެއީ ކަނޑައެޅި عيّن ވެގެންވާ ވަކި މުއްދަތަކަށެވެ. އެއީ قيامة ދުވަސް އަންނާންދެންނެވެ. އަދި ހަމަކަށަވަރުން މީސްތަކުން ތެރެއިން ގިނަބަޔަކުވަނީ އެބައިމީހުންގެ ربّ އާއި ބައްދަލުވުމާއިމެދު ދެކޮޅުހަދާ އިންކާރުކުރުމުގައެވެ. ކަނޑައެޅިގެން އެކަމަށް ކާފަރުވެގެންނެވެ.

30:9

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ﴿9﴾

Transliteration: Awalam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena min qablihim kanoo ashadda minhum quwwatan waatharoo alarda waAAamarooha akthara mimma AAamarooha wajaathum rusuluhum bialbayyinati fama kana Allahu liyathlimahum walakin kanoo anfusahum yathlimoona

Translation: އެމީހުން ފަހެ ބިންމަތީ ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެބައިމީހުންގެ ކުރީގައި އުޅުނު އެބާވަތުގެ މީހުންގެ ނިމުން ހުރީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ! އެމީހުންވީ މިހާރު މިތިބަ މީހުންނަށްވުރެ ބާރުގެގޮތުން މާގަދަ އަދި ދުނިޔޭގައި އުޅުމުގެ އަސަރުތައް ބިންމަތީގައި މާވަރުގަދަ ބަޔަކުކަމުގައެވެ. އަދި މިމީހުން ބިމުގައި عمارة ކޮށް ގެދޮރު ހެދި ވަރަށްވުރެ އެމީހުން ކުރި عمارة ތައް މާހަރުދަނާވެފައި މޮޅެވެ. އަދި އެމީހުންގެ ގާތަށްވެސް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. ދެންފަހެ ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގަތީއެއްނޫނެވެ. އަދި އެހެނެއްކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ. އެމީހުން ﷲ އާއި رسول އާ ދޮގުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީއެވެ. ﷲ އެމީހުނަށް އެކިބާވަތުގެ عذاب ފޮނުއްވައި ހަލާކު ކުރެއްވީއެވެ. ކަލޭމެން އެބާވަތުގެ ކަންކަމުން عبرة حاصل ކުރުމަށް އެފަދަ އެންމެހައި ވާހަކަތައް އެކަލާނގެ ކަލޭމެނަށް އަންގައެވެ.

30:10

ثُمَّ كَانَ عَٰقِبَةَ ٱلَّذِينَ أَسَـٰٓـُٔواْ ٱلسُّوٓأَىٰٓ أَن كَذَّبُواْ بِـَٔايَٰتِ ٱللَّهِ وَكَانُواْ بِهَا يَسۡتَهۡزِءُونَ ﴿10﴾

Transliteration: Thumma kana AAaqibata allatheena asaoo alssooa an kaththaboo biayati Allahi wakanoo biha yastahzioona

Translation: ދެން އެނުބައި ކަންތައްކުރިމީހުންގެ ފަހުކޮޅުވީ ހަމަ އެންމެ ނުބަޔަށެވެ. (އެއީ ނަރަކައިގެ عذاب އެވެ.) އެއީ އެމީހުން ﷲ އާޔަތްތައް ދޮގުކުރިކަމުގެ ސަބަބުންނެވެ. އަދި އެމީހުންވީ އެއާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާމީހުންކަމުގައެވެ.

30:11

ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيۡهِ تُرۡجَعُونَ ﴿11﴾

Transliteration: Allahu yabdao alkhalqa thumma yuAAeeduhu thumma ilayhi turjaAAoona

Translation: خَلْقُ ތަކުން އަލަށް ފުރަތަމަވެސް ފަށައިގެން ހައްދަވަނީ ﷲ އެވެ. ދެން އެކަލާނގެ އެތަކެތި އަލުންވެސް إعَاد ކުރައްވައެވެ. (އެބަހީ: މަރުވުމަށްފަހު އަލުން ދިރުއްވައި ފޮނުއްވާނެއެވެ.) ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ.

30:12

وَيَوۡمَ تَقُومُ ٱلسَّاعَةُ يُبۡلِسُ ٱلۡمُجۡرِمُونَ ﴿12﴾

Transliteration: Wayawma taqoomu alssaAAatu yublisu almujrimoona

Translation: އަދި قيامة ގާއިމުވާ ދުވަހުން مجرم ން - (ނުބައިނުލަފާމީހުން) - މުޅިން ނާ أمّيد ވާނެއެވެ.

30:13

وَلَمۡ يَكُن لَّهُم مِّن شُرَكَآئِهِمۡ شُفَعَـٰٓؤُاْ وَكَانُواْ بِشُرَكَآئِهِمۡ كَٰفِرِينَ ﴿13﴾

Transliteration: Walam yakun lahum min shurakaihim shufaAAao wakanoo bishurakaihim kafireena

Translation: އަދި އެމީހުންނަށް އެމީހުންގެ شريك ންގެތެރެއިން އެއްވެސް شَفَاعَة ތެރިއަކު ނުވާނެއެވެ. އެމީހުންވީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންގެ شَريك ންނާއިއެކު އެމީހުންގެ އެހީގައި (ﷲ ގެ وَلِيُّ ންނާއިމެދު) ދެކޮޅުވެރިވެ ކާފަރުވެގެންވާ ބަޔަކުކަމުގައެވެ.

30:14

وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَتَفَرَّقُونَ ﴿14﴾

Transliteration: Wayawma taqoomu alssaAAatu yawmaithin yatafarraqoona

Translation: އަދި قيامة قائم ވާދުވަހުން މީސްތަކުން ބައިވާނެއެވެ. ވަކިވަކިވާނެއެވެ. (مؤمن ންނާއި ކާފަރުންނެވެ.) އެދުވަސް ހަނދާންކުރާށެވެ!

30:15

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَهُمۡ فِي رَوۡضَةٖ يُحۡبَرُونَ ﴿15﴾

Transliteration: Faamma allatheena amanoo waAAamiloo alssalihati fahum fee rawdatin yuhbaroona

Translation: ފަހެ އީމާންވެގެން صالح عمل ތައްކުރި މީސްތަކުންވަނީ ކަނޑައެޅިގެން ބަގީޗާއެއްގައެވެ. (ގިނަގުނަ نعمة ގައި) އުފާކުރާ حال ގައެވެ.

30:16

وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَـٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ﴿16﴾

Transliteration: Waamma allatheena kafaroo wakaththaboo biayatina waliqai alakhirati faolaika fee alAAathabi muhdaroona

Translation: އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންވަނީ عذاب ގެތެރެއަށް حاضر ކުރެވޭނެމީހުންކަމުގައެވެ.

30:17

فَسُبۡحَٰنَ ٱللَّهِ حِينَ تُمۡسُونَ وَحِينَ تُصۡبِحُونَ ﴿17﴾

Transliteration: Fasubhana Allahi heena tumsoona waheena tusbihoona

Translation: ފަހެ ހަވީރު އިރުއޮއްސޭހިނދުގައްޔާއި އަދި ތިޔަބައިމީހުން ފަތިސްކުރާހިނދުގައި ﷲ އަށް تسبيح ކިޔާށެވެ. އެކަލާނގެ ހުސް طاهر ވަންތަކުރާށެވެ. (މިއީ مغرب ނަމާދަށާއި ފަތިސްނަމާދަށްވާ އިޝާރަތެއްކަމުގައި مفسّر ން ވިދާޅުވެއެވެ.)

30:18

وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ ﴿18﴾

Transliteration: Walahu alhamdu fee alssamawati waalardi waAAashiyyan waheena tuthhiroona

Translation: އަދި ހަވީރުކުރާހިނދުގައްޔާއި އަދި ތިޔަބައިމީހުން މެންދުރުކުރާހިނދުގައިވެސް އުޑުތަކާއި ބިމުގައިވެސް އެންމެހައި حمد އާއި تعريف އެއްހުރީ ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ.\r(ދަންނައެވެ. މިއީ عصر ނަމާދަށާއި މެންދުރުނަމާދަށްވާ އިޝާރާތެއްކަމުގައި مفسّر ން ވިދާޅުވެއެވެ. އަދި عشاء ނަމާދަށްވާ އިޝާރަތަކީ نور سورة ގައިވާ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ މިއާޔަތްކަމުގައިވެއެވެ. والله أعلم)

30:19

يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَيُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ وَكَذَٰلِكَ تُخۡرَجُونَ ﴿19﴾

Transliteration: Yukhriju alhayya mina almayyiti wayukhriju almayyita mina alhayyi wayuhyee alarda baAAda mawtiha wakathalika tukhrajoona

Translation: މަރުވެފައިވާ ތަކެތީގެތެރެއިން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ބިންގަނޑު މަރުވެފައިއޮތުމަށްފަހު އެކަލާނގެ އެބިން (ވާރޭ ވެއްސަވައިގެން) ދިރުއްވައެވެ. އަދި ތިޔަބައިމީހުން (ކަށްވަޅުތަކުން) ނުކުންނާނީ ހަމައެފަދައިންނެވެ. (ބިމުން ގަސްތައް ފަޅައިގަންނަފަދައިންނެވެ.)

30:20

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ ﴿20﴾

Transliteration: Wamin ayatihi an khalaqakum min turabin thumma itha antum basharun tantashiroona

Translation: އަދި ތިޔަބައިމީހުން ވެލީން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. (އެބަހީ: آدم ގެފާނު ވެލިން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ.) ދެން ތިޔަބައިމީހުން آدم ގެދަރިންގެ ގޮތުގައި ބިމުގައި ފެތުރި ގޮތްގޮތަށް حركاة ކުރަމުއެވެ.

30:21

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا لِّتَسۡكُنُوٓاْ إِلَيۡهَا وَجَعَلَ بَيۡنَكُم مَّوَدَّةٗ وَرَحۡمَةًۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ﴿21﴾

Transliteration: Wamin ayatihi an khalaqa lakum min anfusikum azwajan litaskunoo ilayha wajaAAala baynakum mawaddatan warahmatan inna fee thalika laayatin liqawmin yatafakkaroona

Translation: އަދި ތިޔަބައިމީހުންގެ نفس ތަކުން ތިޔަބައިމީހުންނަށްޓަކައި އަނބީން ލެއްވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ. (ފުރަތަމަ އާދަމުގެފާނުންގެ نفس ފުޅުން حَوَّاى ގެފާނު ހެއްދެވުންވެއެވެ.) އެކަލާނގެ އެގޮތަށް ހަމަޖެއްސެވީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ދެމެދު - (އަންހެނުންނާއި ފިރިހެނުންނާއިދެމެދު) ލޯބިވެތިކަމާއި رحمة އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ދަލީލުތައް ވާކަން ކަށަވަރެވެ.

30:22

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ ﴿22﴾

Transliteration: Wamin ayatihi khalqu alssamawati waalardi waikhtilafu alsinatikum waalwanikum inna fee thalika laayatin lilAAalimeena

Translation: އަދި އުޑުތަކާއި ބިންހެއްދެވުމާއި އަދި ތިޔަބައިމީހުންގެ ބަސްމޮށުންތެރިކަމާއި ގައިގެ ކުލަ ތަފާތުކޮށްލެއްވުމާއި މިކަންކަން މިގޮތަށް ހެއްދެވުމަކީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. ހަމަކަށަވަރުން ތަންދޮރު ދަންނަމީހުންނަށްޓަކައި އެކަންކަމުގައިވެސް އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ دليل ތައް ވާކަންކަށަވަރެވެ.

30:23

وَمِنۡ ءَايَٰتِهِۦ مَنَامُكُم بِٱلَّيۡلِ وَٱلنَّهَارِ وَٱبۡتِغَآؤُكُم مِّن فَضۡلِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ ﴿23﴾

Transliteration: Wamin ayatihi manamukum biallayli waalnnahari waibtighaokum min fadlihi inna fee thalika laayatin liqawmin yasmaAAoona

Translation: އަދި ރޭގަނޑާއި ދުވާލު ތިޔަބައިމީހުންނަށް ނިދިލެއްވުމާއި އަދި އެކަލާނގެ فَضْلَ ވަންތަކަމަށް ތިޔަބައިމީހުން އެދުމާއި މިކަންކަން މިވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންނެވެ. (ހެޔޮ) ބަސްއަހާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ دليل ތައްވާކަން ކަށަވަރެވެ.

30:24

وَمِنۡ ءَايَٰتِهِۦ يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءٗ فَيُحۡيِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ﴿24﴾

Transliteration: Wamin ayatihi yureekumu albarqa khawfan watamaAAan wayunazzilu mina alssamai maan fayuhyee bihi alarda baAAda mawtiha inna fee thalika laayatin liqawmin yaAAqiloona

Translation: ބިރުވެތިވެވޭ އެއްޗެއްގެގޮތުގައްޔާއި އަދި (ވާރޭފެނަށް) ދަހިވެތިވެވޭ އެއްޗެއްގެ ގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ވިދުވަރު ދެއްކެވުން ވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންނެވެ. އަދި އުޑުން އެކަލާނގެ ފެންވެއްސަވައެވެ. އަދި ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެފެނުން އެކަލާނގެ އެބިންގަނޑު ދިރުއްވައެވެ. ބުއްދިކޮށް ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައް ވާކަން ކަށަވަރެވެ.

30:25

وَمِنۡ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلۡأَرۡضُ بِأَمۡرِهِۦۚ ثُمَّ إِذَا دَعَاكُمۡ دَعۡوَةٗ مِّنَ ٱلۡأَرۡضِ إِذَآ أَنتُمۡ تَخۡرُجُونَ ﴿25﴾

Transliteration: Wamin ayatihi an taqooma alssamao waalardu biamrihi thumma itha daAAakum daAAwatan mina alardi itha antum takhrujoona

Translation: އަދި އުޑާއި ބިން (ﷲ އަށް ކިޔަމަނުގައި) އެކަލާނގެ أمر ފުޅަށް قائم ވެފައިއޮތުން އެއީވެސް އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކުގެތެރެއިން ވާކަމެކެވެ. ދެން އަދި އެކަލާނގެ ތިޔަބައިމީހުން (محشر ކުރެއްވުމަށް) ބިމުން ނުކުތުމަށް ހަމަގޮވާލައްވާއިރަށް އެހައިރުން ތިޔަބައިމީހުން (ބިމުން) ނުކުމެދެއެވެ. ނުކުންނާނެއެވެ.

30:26

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ ﴿26﴾

Transliteration: Walahu man fee alssamawati waalardi kullun lahu qanitoona

Translation: އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ملك ވެ خاصّ ވެގެންވަނީ ހަމަ އެކަނި އެކަލާނގެއަށެވެ. އަދި އެހުރިހާމީހުން އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުދާސްވެގެންވެއެވެ. (އެއީ حياة ގެ ކަންކަމުގައްޔާއި މަރުވުމާއި محشر ވުމުގައެވެ. މިއާޔަތުގެ މާނައިގައި مفسّر ންގެބަސް ތަފާތެވެ.)

30:27

وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿27﴾

Transliteration: Wahuwa allathee yabdao alkhalqa thumma yuAAeeduhu wahuwa ahwanu AAalayhi walahu almathalu alaAAla fee alssamawati waalardi wahuwa alAAazeezu alhakeemu

Translation: އަދި خلق ތަކުން ހެއްދެވުމަށް ފައްޓަވައިގެން އަލަށް ހައްދަވަނީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ އެތަކެތި (މަރުވުމަށްފަހު) އަލުންވެސް إعاد ކުރައްވައެވެ. އަދި އެކަލާނގެއަށް އެކަން ދާދިފަސޭހަވެގެންވެއެވެ. ނުވަތަ ދެވަނަފަހަރަށް އެތަކެތި ހައްދަވައި إعاد ކުރެއްވުން ކުރިޔަށްވުރެ މާފަސޭހައެވެ. އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރި مثال ވަނީ ހަމަ އެކަލާނގެއަށެވެ. އެއީ حقّ إله އެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.

30:28

ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ ﴿28﴾

Transliteration: Daraba lakum mathalan min anfusikum hal lakum mi mma malakat aymanukum min shurakaa fee ma razaqnakum faantum feehi sawaon takhafoonahum kakheefatikum anfusakum kathalika nufassilu alayati liqawmin yaAAqiloona

Translation: ތިޔަބައިމީހުންގެ نفس ތަކުން އެކަލާނގެ ތިޔަބައިމީހުންނަށް مثال އެއް ޖައްސަވައެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ އަތްމައްޗަށް ދޫކުރި ރިޒުގުގައި ކަލޭމެންނާއިއެކު ކަލޭމެންގެ އަޅުން ބައިވެރިވެ ހަމަހަމަކުރާނެހެއްޔެވެ؟ ކަލޭމެންގެ نفس ތަކަށް ކަލޭމެން ބިރުވެތިވާފަދައިން އެމީހުންގެ نفس ތަކުގެ މައްޗަށް ބިރުވެތިވަމުހެއްޔެވެ؟ (ނުވާނެއެވެ. ރިޒުގުގައިވެސް ހަމަހަމަވާކަށް ނޭދޭނެއެވެ. މިހެން މިކަންހުރިއިރު ﷲ ގެ އަޅުތަކުންނާއި ﷲ އާއި ހަމަހަމަކުރުމަށް ކަލޭމެން قبول ވާންވީ ކޮންފަދައަކުންހެއްޔެވެ؟ އެއީ ކިހާބޮޑު ބޭ إنصاف އެއްހެއްޔެވެ؟) އަދި ބުއްދިކޮށް ވިސްނާބަޔަކަށް ﷲ އެކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަނީ ހަމައެފަދައިންނެވެ.

30:29

بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓاْ أَهۡوَآءَهُم بِغَيۡرِ عِلۡمٖۖ فَمَن يَهۡدِي مَنۡ أَضَلَّ ٱللَّهُۖ وَمَا لَهُم مِّن نَّـٰصِرِينَ ﴿29﴾

Transliteration: Bali ittabaAAa allatheena thalamoo ahwaahum bighayri AAilmin faman yahdee man adalla Allahu wama lahum min nasireena

Translation: އެއްގޮތަކަށްވެސް ކަންހުރީ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން ނުވަތަ مشرك ން އެމީހުން އެމީހުންގެ هواى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވީއެވެ. އަދި ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދައްކަވާނީ ކާކުހެއްޔެވެ؟ އަދި އެމީހުންނަކަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.

30:30

فَأَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗاۚ فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَاۚ لَا تَبۡدِيلَ لِخَلۡقِ ٱللَّهِۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿30﴾

Transliteration: Faaqim wajhaka lilddeeni haneefan fitrata Allahi allatee fatara alnnasa AAalayha la tabdeela likhalqi Allahi thalika alddeenu alqayyimu walakinna akthara alnnasi la yaAAlamoona

Translation: އަދި توحيد ގެމަގަށް ސީދާވެގެންވާ حال ކިޔަމަންތެރިކަމާއިއެކު ސީދާވެގެންވާ دين އަށް ކަލޭގެފާނު މޫނުފުޅު ސީދާކުރައްވާށެވެ. އެއީ ﷲ ހެއްދެވި فِطرة އެވެ. إسلام دين އެވެ. އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ހައްދަވާފައިވާގޮތެވެ. ﷲ ގެ ހެއްދެވުމަކަށް އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

30:31

مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ ﴿31﴾

Transliteration: Muneebeena ilayhi waittaqoohu waaqeemoo alssalata wala takoonoo mina almushrikeena

Translation: އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. (އެބަހީ: دين އަށް ކުރިމަތިލައި މޫނު އެދިމާއަށް ސީދާކުރާނީ އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ނަމާދު قائم ކުރާށެވެ. އަދި مشرك ންގެތެރެއިން ތިޔަބައިމީހުން ނުވާށެވެ.

30:32

مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ ﴿32﴾

Transliteration: Mina allatheena farraqoo deenahum wakanoo shiyaAAan kullu hizbin bima ladayhim farihoona

Translation: ބައިބައިކުރިމީހުންނަކީ އެމީހުން އެމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރި މީހުންނެވެ. އަދި އެމީހުންވީ އެތައް جماعة އަކަށެވެ. އެތައް ޕާޓީއަކަށެވެ. އޭގެތެރެއިން ކޮންމެ جماعة އެއްވެސް ވަނީ އެމީހުންގެ ގާތުގައިވާ އެއްޗާއިގެން (مذهب އާއިގެން) އުފާކޮށްކޮށެވެ. އެމީހުން ހިފަހައްޓައިގެން ތިބި مذهب އަށް މަޖާވެފައެވެ.

30:33

وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ ﴿33﴾

Transliteration: Waitha massa alnnasa durrun daAAaw rabbahum muneebeena ilayhi thumma itha athaqahum minhu rahmatan itha fareequn minhum birabbihim yushrikoona

Translation: އަދި މި مشرك ންގެ މީހުންނަށް ކޮންމެވެސް އުނދަގުލެއް (فقير ކަމެއްނަމަވެސް) - ދަތިކަމެއް -ޖެހިއްޖެއްޔާ ﷲ އަށް توبة ވެ رجوع ވެގެންވާ حال އެކަލާނގެއަށް دعاء ކުރެއެވެ. ދެން އެކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެރަހަ - / ތިޔާގެކަމެއްގެ ރަހަ ދައްކަވައިފިއްޔާއި އެހައިރުން އަލުންވެސް އޭގެތެރެއިން ބަޔަކުމީހުން އެކަލާނގެއަށް شرك ކުރެއެވެ.

30:34

لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ ﴿34﴾

Transliteration: Liyakfuroo bima ataynahum fatamattaAAoo fasawfa taAAlamoona

Translation: އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އާއި رحمة އަށް އެމީހުން ކާފަރުވާން ވެގެންނެވެ. (އެބަހީ: އެމީހުން ނުހަނު تَضَرّع ވެރިކަމާއިއެކު دعاء ކުރުމަށްފަހު ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެ ރަހަދެއްކެވީމާ އަލުންވެސް އެމީހުން ތިމަންރަސްކަލާނގެއާއި އެ شريك ކުރަނީ އެމީހުންނަށް ދެއްވި رحمة އަށް ކާފަރުވުމަށެވެ.)

30:35

أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ ﴿35﴾

Transliteration: Am anzalna AAalayhim sultanan fahuwa yatakallamu bima kanoo bihi yushrikoona

Translation: ނުވަތަ އެމީހުން އެކުރާ شرك އެއީ صحّ އެއްޗެއްކަމުގެ މައްޗަށް ވާހަކަ ދައްކާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ބާވައިލެއްވީހެއްޔެވެ؟ (އެއީވެސް ވީކަމެއްނޫނެވެ.)

30:36

وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ فَرِحُواْ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ إِذَا هُمۡ يَقۡنَطُونَ ﴿36﴾

Transliteration: Waitha athaqna alnnasa rahmatan farihoo biha wain tusibhum sayyiatun bima qaddamat aydeehim itha hum yaqnatoona

Translation: އަދި މީސްތަކުންނަށް ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ދައްކަވައިފިއްޔާ (މުއްސަނދިކަމެއް ނުވަތަ ބަލިފަސޭހަވުމެއް ނުވަތަ އެބާވަތުގެ ކޮންމެވެސް ކަމެއްގެ ރަހަ ދައްކަވައިފިއްޔާއި) އެމީހުން އެކަމަށް ވަރަށް އުފާވެ މަޖާނަގައެވެ. އަދި އެމީހުންނަށް އެމީހުންކުރި ފާފައިގެ ސަބަބުން ކޮންމެވެސް ނުބައެއް (فقير ކަމެއް - ބަލިމަޑުކަމެއްފަދަކަމެއް) ދިމާވެއްޖެއްޔާއި އެހައިރުން އެމީހުން އެކީއެކައްޗަކަށް (ތިމަންރަސްކަލާނގެ رحمة ން) أمّيد ކަނޑައިލައެވެ.

30:37

أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴿37﴾

Transliteration: Awalam yaraw anna Allaha yabsutu alrrizqa liman yashao wayaqdiru inna fee thalika laayatin liqawmin yuminoona

Translation: އަދި ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގުތަނަވަސްކުރައްވައި އަދި އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގު ދަތިކުރައްވައި މަދުކުރައްވާކަން އެމީހުން ފަހެ ނުދެކެނީބާވައެވެ؟ ނޭނގެނީބާވައެވެ؟ ހަމަކަށަވަރުން އެކަންކަމުގައިވެސް އީމާންވާ ބަޔަކަށް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައްވެއެވެ.

30:38

فَـَٔاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِۚ ذَٰلِكَ خَيۡرٞ لِّلَّذِينَ يُرِيدُونَ وَجۡهَ ٱللَّهِۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿38﴾

Transliteration: Faati tha alqurba haqqahu waalmiskeena waibna alssabeeli thalika khayrun lillatheena yureedoona wajha Allahi waolaika humu almuflihoona

Translation: ފަހެ ގާތްތިމާގެ މީހުންނަށް އެމީހުންގެ حقّ އަދާކުރާށެވެ! އަދި މިސްކީނުންނާއި ދަތުރުވެރިންނަށްވެސް އެމީހުންނަށްވާ حقّ ދޭށެވެ! ﷲ ގެ وجه ފުޅު އެދޭބަޔަކަށް އެގޮތް ހެޔޮވެގެންވެއެވެ. އަދި ކާމިޔާބުވާނޭ މީހުންނަކީ ހަމަ އެއީއެވެ.

30:39

وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَـٰٓئِكَ هُمُ ٱلۡمُضۡعِفُونَ ﴿39﴾

Transliteration: Wama ataytum min riban liyarbuwa fee amwali alnnasi fala yarboo AAinda Allahi wama ataytum min zakatin tureedoona wajha Allahi faolaika humu almudAAifoona

Translation: މީސްތަކުންގެ މުދާގިނަވުމަށްޓަކައި - ނުވަތަ ތިމާއަށް އަނބުރައި ގިނަ ހަދިޔާއާއި ބަދަލު ލިބުމުގެ مقصد ގައި މީސްތަކުން އެކަކު އަނެކަކަށް ދީއުޅޭ ހަދިޔާއާއި ދިނުންތަކަކުން ﷲ ގެ حضرة ގައި އެއްވެސް އިތުރުވުމެއް ނުވެއެވެ. އަދި އެކަމަކު ﷲ ގެ وجه ފުޅު އެދިގެން ތިޔަބައިމީހުން ކުރި صدقة އަކުން ނުވަތަ ދިން ޒަކާތަކުންވިއްޔާ ﷲ ގެ حضرة ގައި އޭގެ ދަރުމަޔާއި ثواب އެތައްގުނައަކަށް ގިނަވެއެވެ. އަދި އެފަދައިން ޒަކާތްދީ صدقة ކުރާމީހުން އެއީ އެމީހުންގެ عمل ގެ ثواب އާއި ދަރުމަ ގިނަކުރާމީހުންނެވެ.

30:40

ٱللَّهُ ٱلَّذِي خَلَقَكُمۡ ثُمَّ رَزَقَكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۖ هَلۡ مِن شُرَكَآئِكُم مَّن يَفۡعَلُ مِن ذَٰلِكُم مِّن شَيۡءٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ﴿40﴾

Transliteration: Allahu allathee khalaqakum thumma razaqakum thumma yumeetukum thumma yuhyeekum hal min shurakaikum man yafAAalu min thalikum min shayin subhanahu wataAAala AAamma yushrikoona

Translation: (އޭ مشرك ތަކުންނޭވެ!) ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ ކަލޭމެނަށް ރިޒުގުދެއްވައެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އަލުންވެސް (محشر އަށް ފޮނުވުމަށްޓަކައި) އެކަލާނގެ ކަލޭމެން ދިރުއްވާނެއެވެ. އަޅެފަހެ ކަލޭމެން ﷲ ފިޔަވައި ތިއަ އަޅުކަންކުރާ إله ންކުރެ އެއްވެސް إله އަކަށް މި بيان ކުރި ކަންތަކުގެތެރެއިން އެއްވެސްކަމެއް ކުރެވޭނެހެއްޔެވެ؟ (ނުކުރެވޭނެކަން ކަށަވަރެވެ.) ފަހެ އެމީހުން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.

30:41

ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ ﴿41﴾

Transliteration: Thahara alfasadu fee albarri waalbahri bima kasabat aydee alnnasi liyutheeqahum baAAda allathee AAamiloo laAAallahum yarjiAAoona

Translation: މީސްތަކުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އުރެދުންތަކުގެ ސަބަބުން) އެއްގަމާއި ކަނޑުގައި ފަސާދަ އުފެދިއްޖެއެވެ. އެބަހީ: މީސްތަކުން ކުރި އުރެދުމާއި ފާފައިގެ ސަބަބުން އެއްގަމާއި ކަނޑުގައި އަނިޔާތައް އުފެދި ފެތުރިއްޖެއެވެ. އެއީ އެމީހުންކުރެ ބައެއްމީހުން ކުރި ކަންތަކުގެ ނުބައިކަމުގެ ރަހަ އެމީހުންނަށް ދެއްކެވުމަށްޓަކައެވެ. އެއީ އެމީހުން ތިބި ނުބައިގޮތް ދޫކޮށް ﷲ އަށް رجوع ވުމުގެ أمّيد ގައެވެ.

30:42

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلُۚ كَانَ أَكۡثَرُهُم مُّشۡرِكِينَ ﴿42﴾

Transliteration: Qul seeroo fee alardi faonthuroo kayfa kana AAaqibatu allatheena min qablu kana aktharuhum mushrikeena

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ހިނގަބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! އަދި މީގެކުރީގެ އެބާވަތުގެ ނުކިޔަމަންތެރިމީހުންގެ ނިމުމާއި ފަހުކޮޅުވެގެން ދިޔައީ ކޮންގޮތަކުންތޯ ނިކަން ދެކެބަލާށެވެ! އެމީހުންކުރެ ގިނަމީހުންވީ مشرك ންކަމުގައެވެ. (ކަލޭމެން މިކަންކަމުން عبرة ލިބިގަންނާށެވެ!)

30:43

فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ ﴿43﴾

Transliteration: Faaqim wajhaka lilddeeni alqayyimi min qabli an yatiya yawmun la maradda lahu mina Allahi yawmaithin yassaddaAAoona

Translation: (އޭ رسول ﷲ އެވެ!) ﷲ އަށް ކިޔަމަންތެރިވެވޭ ތެދު ސީދާ دين އަށް ކަލޭގެފާނުންގެ މޫނުފުޅު ސީދާކުރައްވާށެވެ! އެއީ ﷲ ގެ حضرة ން ކަނޑައެޅިގެން އަންނަ އަދި އެދުވަހެއް އަޔަނުދީ އަނބުރާ ފޮނުވައި ނުލެވޭނެ ދުވަހެއް އައުމުގެ ކުރިންނެވެ. (އެބަހީ: ކަނޑައެޅިގެން އަންނަ قيامة ދުވަސް އައުމުގެ ކުރިންނެވެ.) އެދުވަހުން މީސްތަކުން ބައިވާނެއެވެ. (އެއްބަޔަކު ސުވަރުގެއަށް އަނެއްބަޔަކު ނަރަކައަށެވެ.)

30:44

مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ ﴿44﴾

Transliteration: Man kafara faAAalayhi kufruhu waman AAamila salihan falianfusihim yamhadoona

Translation: ފަހެ ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހާގެ ކާފަރުކަމުގެ ނުބައި ހުންނާނީ ހަމަ އެމީހެއްގެ މައްޗަށެވެ. އަދި صالح عمل ކުރި މީހުން ދަންނައެވެ. ފަހެ އެމީހުން އެމީހުންގެ نفس ތަކަށްޓަކައި (ސުވަރުގޭގައި) ތަންމަތިއަޅަނީއެވެ.

30:45

لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ ﴿45﴾

Transliteration: Liyajziya allatheena amanoo waAAamiloo alssalihati min fadlihi innahu la yuhibbu alkafireena

Translation: އެއީ إيمان ވެގެން صالح عمل ކުރިމީހުންނަށް އެކަލާނގެ فضل ވަންތަކަމުން ހެޔޮދަރުމަޔާ ثواب ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ކާފަރުންނަށް އެކަލާނގެ ލޯބިވެވޮޑި ނުގަންނަވައެވެ.

30:46

وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ﴿46﴾

Transliteration: Wamin ayatihi an yursila alrriyaha mubashshiratin waliyutheeqakum min rahmatihi walitajriya alfulku biamrihi walitabtaghoo min fadlihi walaAAallakum tashkuroona

Translation: އަދި އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން އެކަލާނގެ ވައިފޮނުއްވުންވެއެވެ. / ވައިޖެއްސެވުންވެއެވެ. އެއީ ވާރޭފެން އައުމުގެ އުފާވެރި ކަމެއްގެ ގޮތުންނެވެ. އަދި އެއީ އެކަލާނގެ رحمة ގެރަހަ (ވާރޭފެން) ކަލޭމެންނަށް ދެއްކެވުމަށާއި އަދި އެކަލާނގެ أمر ފުޅަށް ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދު) ދުވުމަށްޓަކައްޔާއި އަދި އެކަލާނގެ فَضل ވަންތަކަމުން ދިރިއުޅުމަށްޓަކައި އެކިއެކި ބޭނުންތައް ތިޔަބައިމީހުން އެދިގަތުމަށްޓަކައިދަތުރުފަތުރު ކުރުމަށެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.

30:47

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ ﴿47﴾

Transliteration: Walaqad arsalna min qablika rusulan ila qawmihim fajaoohum bialbayyinati faintaqamna mina allatheena ajramoo wakana haqqan AAalayna nasru almumineena

Translation: (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި އެކިއެކި رسول ބޭކަލުން އެބޭބޭކަލުންގެ قوم އަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެބޭކަލުން އެބޭކަލުންގެ قوم ގެ މީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން ވަޑައިގެންނެވިއެވެ. (އެކަމަކު އޭގެ ގިނަމީހުން إيمان އެއް ނުވިއެވެ.) ދެންފަހެ ފާފަތައްކޮށް އުރެދުނު މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. (އެމީހުން ހަލާކުކުރެއްވީމެވެ. އަދި مؤمن ންނަށް نصر ދެއްވީމެވެ.) އެހެނީ مؤمن ންނަށް نصر ދެއްވުން އެއީ ތިމަންކަލާނގެމައްޗަށް ކަނޑައެޅިގެންވާ حقّ ކަމެކެވެ.

30:48

ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ﴿48﴾

Transliteration: Allahu allathee yursilu alrriyaha fatutheeru sahaban fayabsutuhu fee alssamai kayfa yashao wayajAAaluhu kisafan fatara alwadqa yakhruju min khilalihi faitha asaba bihi man yashao min AAibadihi itha hum yastabshiroona

Translation: ދުނިޔެމައްޗަށް ވައިފޮނުއްވައި ވައިޖައްސަވަނީ ހަމަ ﷲ އެވެ. ދެން އެވައި ވިލާތައް އުފައްދައި ވިލާތަށް ހަލުވާ حركاة ކުރުވައެވެ. ދެން އެވިލާތައް އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އުޑުގައި (އުޑުމަތީގައި) ފަތުރުއްވައެވެ. އަދި އެކަލާނގެ އެވިލާތައް އެތިއެތިގަނޑަށް ލައްވައެވެ. އަދި އެވިލާގެ އެތިއެތިގަނޑުގެ ދެމެދުން ވާރޭފެން ނިކުންނާތީ ކަލޭ ގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެންފަހެ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކަށް އެފެން ދިމާކުރައްވައިފިއްޔާ (ވާރޭވެއްސަވައިފިއްޔާ) ދެން އެހައިރުން އެމީހުން އުފާކުރެއެވެ. މަޖާކުރެއެވެ.

30:49

وَإِن كَانُواْ مِن قَبۡلِ أَن يُنَزَّلَ عَلَيۡهِم مِّن قَبۡلِهِۦ لَمُبۡلِسِينَ ﴿49﴾

Transliteration: Wain kanoo min qabli an yunazzala AAalayhim min qablihi lamubliseena

Translation: އަދި އެމީހުންގެމައްޗަށް އެފެން ވެއްސެވުމުގެކުރިން ކަނޑައެޅިގެން އެމީހުން ނާއުއްމީދުވެ މުޅިން مَايُوس ވެފައިވިޔަސްމެއެވެ.

30:50

فَٱنظُرۡ إِلَىٰٓ ءَاثَٰرِ رَحۡمَتِ ٱللَّهِ كَيۡفَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ ذَٰلِكَ لَمُحۡيِ ٱلۡمَوۡتَىٰۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿50﴾

Transliteration: Faonthur ila athari rahmati Allahi kayfa yuhyee alarda baAAda mawtiha inna thalika lamuhyee almawta wahuwa AAala kulli shayin qadeerun

Translation: ފަހެ ﷲ ގެ رحمة ގެ އަސަރުތައް ނިކަން ދެކެބަލާށެވެ! ބިންގަނޑު މަރުވެފައި އޮތުމަށްފަހު އެބިންގަނޑު އެކަލާނގެ ދިރުއްވަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. (ނުވަތަ އެބިންގަނޑު އެކަލާނގެ ދިރުއްވާގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. ހަމަކަށަވަރުން (محشر ކުރައްވާ حساب ބައްލަވައި جزاء ދެއްވުމަށްޓަކައި) މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެވޮޑިގެންވާކަމުގެ ފުރިހަމަ ހެއްކާއި دليل އެކަމުގައިވެއެވެ. (ވާރޭވެއްސަވައި ބިންދިރުއްވައި ގަސްތައް ހެއްދެވުމުގައިވެއެވެ.) އަދި އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.

30:51

وَلَئِنۡ أَرۡسَلۡنَا رِيحٗا فَرَأَوۡهُ مُصۡفَرّٗا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ ﴿51﴾

Transliteration: Walain arsalna reehan faraawhu musfarran lathalloo min baAAdihi yakfuroona

Translation: އަދި (ވާރޭވެއްސެވުމުގެ ސަބަބުން ތަރޯތާޒާވި) އެގަސްތަކަށް ތިމަންރަސްކަލާނގެ ނުބައި فاسد ވަޔެއް ފޮނުއްވައި އެގަސްތައް ހަލާކުވެ ދޮންވެ ބަރުބާދުވެގެންވަނިކޮށް ދެން އެމީހުންނަށް ފެނިއްޖެއްޔާ ދެން އަލުން އެއަށްފަހު އެމީހުން ﷲ އަށް ކާފަރުވެއެވެ.

30:52

فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ ﴿52﴾

Transliteration: Fainnaka la tusmiAAu almawta wala tusmiAAu alssumma aldduAAaa itha wallaw mudbireena

Translation: ފަހެ ހަމަކަށަވަރުން މަރުވެފައިވާ ބަޔަކަށް ކަލޭގެފާނަކަށް ނުއިއްވޭނެއެވެ. އަދި ބީރުބަޔަކަށްވެސް އެމީހުން ފުރަގަސްދީފާ ހިނގައްޖެއްޔާ ކަލޭގެފާނަކަށް دعاء ގެއަޑު (ގޮވާލެއްވުމުގެއަޑު) ނުއިއްވޭނެއެވެ.

30:53

وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ﴿53﴾

Transliteration: Wama anta bihadi alAAumyi AAan dalalatihim in tusmiAAu illa man yuminu biayatina fahum muslimoona

Translation: އަދި މަގުފުރެދުމުގެތެރޭގައި އަނދިރިވެ ކަނުވެގެންވާ ބަޔަކުވެސް ސީދާ حقّ ތެދުމަގުގެ މަތީގައި ސާބިތުކޮށްލުމަކީ ކަލޭގެފާނަކަށް ވާނޭކަމެއްނޫނެވެ. (ފަހެ ކާފަރުންނާއި މަގުފުރެދިގެންވާ މީހުންގެ ހިތްތަކަށް ތެދުމަގު واصل ކުރެއްވުމަކީ ހަމައެކަނި ﷲ އަށް خاصّ ވެގެންވާ ކަމެކެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ވެ ތެދުކުރާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނުއިއްވެވޭނެއެވެ. (ކަލޭގެފާނު އިއްވިޔަސް އެފަދަމީހުން މެނުވީ ނުއަހާނެއެވެ.) އަދި އެފަދަމީހުންނީ ﷲ އަށް ކިޔަމަންތެރިވެގެންވާ مسلم ންކަމުގައިވާ މީހުންނެވެ.

30:54

ٱللَّهُ ٱلَّذِي خَلَقَكُم مِّن ضَعۡفٖ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٖ قُوَّةٗ ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٖ ضَعۡفٗا وَشَيۡبَةٗۚ يَخۡلُقُ مَا يَشَآءُۚ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ ﴿54﴾

Transliteration: Allahu allathee khalaqakum min daAAfin thumma jaAAala min baAAdi daAAfin quwwatan thumma jaAAala min baAAdi quwwatin daAAfan washaybatan yakhluqu ma yashao wahuwa alAAaleemu alqadeeru

Translation: (އޭ އިންސާނުންނޭވެ!) ނުހަނު ނިކަމެތި ضَعِيْف އެއްޗަކުން (ނިކަމެތި نُطْفَة އަކުން) ނުހަނު ނިކަމެތިކޮށް ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެނިކަމެތިކަމާއި ضعيف ކަމަށްފަހު ނުހަނު ގަދަބާރު އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. ދެން އަލުންވެސް އެބާރާއި ވަރުގަދަކަމަށްފަހު މުސްކުޅިކަމުގެ ضعيف ކަމާއި ނުރަވަންތަކަން އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ތަކެތި ހައްދަވައެވެ. އަދި އެކަލާނގެއީ ދެނެވޮޑިގެންވާ ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.

30:55

وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٖۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ ﴿55﴾

Transliteration: Wayawma taqoomu alssaAAatu yuqsimu almujrimoona ma labithoo ghayra saAAatin kathalika kanoo yufakoona

Translation: އަދި قيامة قائم ވާދުވަހުން مجرم ންގެމީހުން يعني: ނުބައި ކަންތައްތައްކުރި މީހުން (ﷲ ގަންދީ) ހުވާކޮށްފައި ބުނާނީ އެމީހުން އެމީހުންގެ ކަށްވަޅުގައި ނުވަތަ ދުނިޔޭގައި އެންމެ ގަޑިއެއްހާއިރު (ނުވަތަ ހިނދުކޮޅަކު) މެނުވީ ނުތިބޭކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ އެމީހުން (ދުނިޔޭގައި ތިބިއިރުވެސް) ދޮގުކުރާ ކަމުގައިވީ އެފަދައިންނެވެ.

30:56

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ ﴿56﴾

Transliteration: Waqala allatheena ootoo alAAilma waaleemana laqad labithtum fee kitabi Allahi ila yawmi albaAAthi fahatha yawmu albaAAthi walakinnakum kuntum la taAAlamoona

Translation: އަދި ފޮތުގެ علم ލިބި ﷲ އަށާއި ފޮތަށް إيمان ވީ މީހުން ބުނާނެއެވެ. ﷲ ގެ އިސްވެދިޔަ أَزَلُ ގެ ފޮތުގައި ބަޔާންވެގެންވާ ފަދައިން ކަލޭމެން محشر އަށް ފޮނުއްވެވޭ ދުވަހާއި ހަމައަށް ލަސްވެ ތިބެއްޖައީމުއެވެ. ފަހެ މިއަދުމިއީ (محشر އަށް) ފޮނުވޭ ދުވަހެވެ. އަދި އެހެނެއްކަމަކު އެކަމެއް ކަލޭމެނަކަށް ނޭނގެއެވެ.

30:57

فَيَوۡمَئِذٖ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ ﴿57﴾

Transliteration: Fayawmaithin la yanfaAAu allatheena thalamoo maAAthiratuhum wala hum yustaAAtaboona

Translation: ފަހެ އެދުވަހުން އަނިޔާވެރިވީ މީސްތަކުން ދައްކާ عُذُر ތަކުން (އެމީހުނަށް) އެއްވެސް مَنْفَع އެއް ނުކުރާނެއެވެ. އަދި އެމީހުންނަކީ އަނބުރާ ދުނިޔެއަށް ފޮނުވޭނެ ބަޔަކުކަމުގައިވެސް ނުވެއެވެ. (އަދި ނުވަތަ ﷲ ރުހިވޮޑިގަންނަފަދަ عمل އެއްކުރުމަށް އެދެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.)

30:58

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖۚ وَلَئِن جِئۡتَهُم بِـَٔايَةٖ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ ﴿58﴾

Transliteration: Walaqad darabna lilnnasi fee hatha alqurani min kulli mathalin walain jitahum biayatin layaqoolanna allatheena kafaroo in antum illa mubtiloona

Translation: އަދި ހަމަކަށަވަރުން މި قرآن ގައި ތިމަންރަސްކަލާނގެ ހުރިހާ ވައްތަރެއްގެ މިސާލު މީސްތަކުންނަށް ޖައްސަވައިފީމެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް - (އެ مشرك ންގެގާތަށް) ކޮންމެފަދަ معجزة އެއް ނުވަތަ دليل އެއް ގެންނެވިނަމަވެސް އެ كافر ންގެމީހުން ބުނާނީ ތިޔަބައިމީހުން يعني: ތިޔަ مؤمن ންނަކީ ހަމަ بَاطل ކަންތައްކުރާ ބަޔަކުކަމުގައިމެނުވީ ނުވެއެވެ. މިފަދައިންނެވެ.

30:59

كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعۡلَمُونَ ﴿59﴾

Transliteration: Kathalika yatbaAAu Allahu AAala quloobi allatheena la yaAAlamoona

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ﷲ ގެ حضرة ން ގެންނެވި ތަކެތީގެ حقيقة ނުދަންނަ މީހުންގެ ހިތްތަކުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.

30:60

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۖ وَلَا يَسۡتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ ﴿60﴾

Transliteration: Faisbir inna waAAda Allahi haqqun wala yastakhiffannaka allatheena la yooqinoona

Translation: ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދު އެއްޗެކެވެ. އަދި قيامة ދުވަސް އަންނާނެކަމާމެދު يقين ނުކުރާ މީހުން ކަލޭގެފާނު ޖާހިލުކުރުވިޔަ ނުދޭހުށިކަމެވެ!

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download