الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
الٓمٓ ﴿1﴾الٓمٓ
Transliteration: Aliflammeem
Translation: الم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ ﴿2﴾تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ
Transliteration: Tilka ayatu alkitabi alhakeemi
Translation: މިއީ (بَيَان އާއި تَفْصِيل ގެގޮތުން) ނުހަނު حكمގަދަ ވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.
هُدٗى وَرَحۡمَةٗ لِّلۡمُحۡسِنِينَ ﴿3﴾هُدٗى وَرَحۡمَةٗ لِّلۡمُحۡسِنِينَ
Transliteration: Hudan warahmatan lilmuhsineena
Translation: (އަދި އެއާޔަތްތައް ބާވައިލެއްވިގެންވަނީ) إحسان ތެރިންނަށްވާ ތެދުމަގާއި رحمة އެއްގެ ގޮތުންނެވެ.
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ يُوقِنُونَ ﴿4﴾ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ يُوقِنُونَ
Transliteration: Allatheena yuqeemoona alssalata wayutoona alzzakata wahum bialakhirati hum yooqinoona
Translation: އެމީހުންނަކީ - يعني: މިބުނި إحسان ތެރިންނަކީ - ނަމާދު قائم ކުރާމީހުންނެވެ. އަދި ޒަކާތްދޭ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމާމެދު يقين ކުރާ މީހުންނެވެ.
أُوْلَـٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿5﴾أُوْلَـٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Transliteration: Olaika AAala hudan min rabbihim waolaika humu almuflihoona
Translation: އެމީހުން އެވަނީ އެމީހުންގެ ربّ ގެ حضرة ންވާ ތެދުމަގެއްގެމަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން كامياب ވާނެ މީހުންނެވެ.
وَمِنَ ٱلنَّاسِ مَن يَشۡتَرِي لَهۡوَ ٱلۡحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّخِذَهَا هُزُوًاۚ أُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ ﴿6﴾وَمِنَ ٱلنَّاسِ مَن يَشۡتَرِي لَهۡوَ ٱلۡحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّخِذَهَا هُزُوًاۚ أُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ
Transliteration: Wamina alnnasi man yashtaree lahwa alhadeethi liyudilla AAan sabeeli Allahi bighayri AAilmin wayattakhithaha huzuwan olaika lahum AAathabun muheenun
Translation: އަދި މީސްތަކުންގެތެރޭގައި - لَهْوَ الحَدِيْثِ (ލަވަ އަދި ލަވަޔާއި މިއުޒިކު) ގަންނަމީހުން (ނުވަތަ ގަނެވިއްކާމީހުން) ވެއެވެ. އެމީހުން އެގަނެވިއްކާހަދަނީ އެއްވެސް އެނގުމެއްނެތި ﷲ ގެމަގު މީސްމީސްތަކުންނަށް އޮޅުވާ އެމީހުން މަގުފުރެއްދުމަށްޓަކައެވެ. އަދި ﷲ ގެ އާޔަތްތަކާއި ذِكْرُ ނުވަތަ إسلام دين ތާކުންތާކުނުޖެހޭ ބޭކާރު އެއްޗަކަށް ހެދުމަށްޓަކައެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.
وَإِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا وَلَّىٰ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَا كَأَنَّ فِيٓ أُذُنَيۡهِ وَقۡرٗاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٍ ﴿7﴾وَإِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا وَلَّىٰ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَا كَأَنَّ فِيٓ أُذُنَيۡهِ وَقۡرٗاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٍ
Transliteration: Waitha tutla AAalayhi ayatuna walla mustakbiran kaan lam yasmaAAha kaanna fee othunayhi waqran fabashshirhu biAAathabin aleemin
Translation: އަދި އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ބޮޑާވެ ކިބުރުވެރިވެގެންވާ حال ފުރަގަސްދެއެވެ. އޭނާ އެއާޔަތްތައް ނުއަހާކަހަލައެވެ. އޭނާގެ ދެކަންފަތުގައި ބައްކަމެއް (ބީރުކަމެއް) ވާކަހަލައެވެ. (އޭ رسول ﷲ އެވެ!) އެފަދަ މީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު (އުފާވެރިކަމުގެ) خبر ދެއްވާށެވެ!
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ جَنَّـٰتُ ٱلنَّعِيمِ ﴿8﴾إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ جَنَّـٰتُ ٱلنَّعِيمِ
Transliteration: Inna allatheena amanoo waAAamiloo alssalihati lahum jannatu alnnaAAeemi
Translation: ހަމަކަށަވަރުން إيمان ވެގެން صَالح عمل ތައްކުރިމީހުން (ދަންނައެވެ.) އެމީހުންނަށް قيامة ދުވަހުން ހުންނަހުރީ نعمة ގެވެރި ބަގީޗާތަކެވެ. ސުވަރުގެއެވެ.
خَٰلِدِينَ فِيهَاۖ وَعۡدَ ٱللَّهِ حَقّٗاۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿9﴾خَٰلِدِينَ فِيهَاۖ وَعۡدَ ٱللَّهِ حَقّٗاۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Transliteration: Khalideena feeha waAAda Allahi haqqan wahuwa alAAazeezu alhakeemu
Translation: އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ ﷲ ގެ حقّ وَعْدُ ފުޅެވެ. އަދި އެކަލާނގެއީ عِزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.
خَلَقَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَبَثَّ فِيهَا مِن كُلِّ دَآبَّةٖۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ ﴿10﴾خَلَقَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَبَثَّ فِيهَا مِن كُلِّ دَآبَّةٖۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ
Transliteration: Khalaqa alssamawati bighayri AAamadin tarawnaha waalqa fee alardi rawasiya an tameeda bikum wabaththa feeha min kulli dabbatin waanzalna mina alssamai maan faanbatna feeha min kulli zawjin kareemin
Translation: ކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭ އެއްވެސް ތަނބަކާއި ނުލައި އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް ތެޅިގަނެދާނެކަމަށްޓަކައި ނުތެޅޭނެގޮތުން އެކަލާނގެ އެބިމުގައި ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި އެބިމުގައި އެކަލާނގެ ހުރިހާ ވައްތަރެއްގެ ދިރޭތަކެތި ލެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ތިމަންރަސްކަލާނގެ ފެންވެއްސެވީމެވެ. ދެން އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރަނގަޅު ކޮންމެ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ.
هَٰذَا خَلۡقُ ٱللَّهِ فَأَرُونِي مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦۚ بَلِ ٱلظَّـٰلِمُونَ فِي ضَلَٰلٖ مُّبِينٖ ﴿11﴾هَٰذَا خَلۡقُ ٱللَّهِ فَأَرُونِي مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦۚ بَلِ ٱلظَّـٰلِمُونَ فِي ضَلَٰلٖ مُّبِينٖ
Transliteration: Hatha khalqu Allahi faaroonee matha khalaqa allatheena min doonihi bali alththalimoona fee dalalin mubeenin
Translation: މިބަޔާންވެދިޔަ ތަކެއްޗަކީ ﷲ ގެ ހެއްދެވުމެވެ. ﷲ ހެއްދެވިތަކެއްޗެވެ. (އޭ مشرك ންނޭވެ!) ﷲ ފިޔަވައި ތިޔަބައިމީހުން ތިޔައަޅުކަންކުރާ ތަކެތި (ބުދުތަކާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެންމެހައިތަކެތި) ހެއްދެވީ ކޮންއެއްޗެއްހެއްޔެވެ؟ އެތަކެތި އެހެއްދެވި އެއްޗެއް އަހުރެންނަށް ނިކަން ދައްކައިބަލާށެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން އެވަނީ بَيَان ވެގެންވާ މަގުފުރެދުމެއްގައެވެ.
وَلَقَدۡ ءَاتَيۡنَا لُقۡمَٰنَ ٱلۡحِكۡمَةَ أَنِ ٱشۡكُرۡ لِلَّهِۚ وَمَن يَشۡكُرۡ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٞ ﴿12﴾وَلَقَدۡ ءَاتَيۡنَا لُقۡمَٰنَ ٱلۡحِكۡمَةَ أَنِ ٱشۡكُرۡ لِلَّهِۚ وَمَن يَشۡكُرۡ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٞ
Transliteration: Walaqad atayna luqmana alhikmata ani oshkur lillahi waman yashkur fainnama yashkuru linafsihi waman kafara fainna Allaha ghaniyyun hameedun
Translation: އަދި ހަމަކަށަވަރުން لُقْمَان ގެފާނަށް ތިމަންރަސްކަލާނގެ حكمة ދެއްވީމެވެ. (އެއީ فِقه ވެރިކަމާއި ބުއްދި ހަރުދަނާކަމާއި ބަސްބުނުމުގެ ސީދާކަމެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم) އެއީ އެކަލޭގެފާނު ﷲ އަށް شكر ކުރެއްވުމަށެވެ. އަދި شكر ކުރާމީހަކު އެކުރާ شكر އެއީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އެކަމުގެ ދަރުމަޔާއި ثواب ހުރީ ހަމަ އެމީހަކަށެވެ. އަދި ކާފަރުވެއްޖެ މީހާ ދަންނައެވެ. (އޭނާގެ އެކާފަރުކަމުގެ ނުބައިކަން ހުންނާނީ ހަމައޭނާއަށެވެ. އެކަމުން ﷲ އަށް ވާނެ ގެއްލުމެއްނެތެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅަށްވެސް ފުދިވޮޑިގެންވާ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. لُقْمَان ގެފާނަކީ عامّ ކޮށް ގިނަ ރިވާޔަތުގައިވާގޮތުން حَبْش ކަރައިގެ ކަޅުމީހެކެވެ. އަޅެކެވެ. صالح މާތް ބޭކަލެކެވެ. نبي ބޭކަލެއްނޫނެވެ. އަދި نبي އެކޭ ބުނިބޭކަލުންވެސް ވެއެވެ. އެކަމަކު صحّ ކަންބޮޑީ އެއީ صالح އަޅެކޭ ބުނުމެވެ. حديث ސާބިތުވަނީ އެގޮތެވެ. والله أعلم.
وَإِذۡ قَالَ لُقۡمَٰنُ لِٱبۡنِهِۦ وَهُوَ يَعِظُهُۥ يَٰبُنَيَّ لَا تُشۡرِكۡ بِٱللَّهِۖ إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ ﴿13﴾وَإِذۡ قَالَ لُقۡمَٰنُ لِٱبۡنِهِۦ وَهُوَ يَعِظُهُۥ يَٰبُنَيَّ لَا تُشۡرِكۡ بِٱللَّهِۖ إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ
Transliteration: Waith qala luqmanu liibnihi wahuwa yaAAithuhu ya bunayya la tushrik biAllahi inna alshshirka lathulmun AAatheemun
Translation: އަދި لُقْمَان ގެފާނު އެކަލޭގެފާނުންގެ ދަރިކަލުންނަށް وَعْظُ އާއި نصيحة ދެއްވިހިނދު ވިދާޅުވި ވިދާޅުވުން ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ ދަރިފުޅާއެވެ. ކަލޭ ﷲ އާއި شريك ނުކުރާށެވެ! (އެކަލާނގެއާއި އެހެން އެއްވެސް ފަރާތަކާއި ބައިވެރި ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން شرك އަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حَمَلَتۡهُ أُمُّهُۥ وَهۡنًا عَلَىٰ وَهۡنٖ وَفِصَٰلُهُۥ فِي عَامَيۡنِ أَنِ ٱشۡكُرۡ لِي وَلِوَٰلِدَيۡكَ إِلَيَّ ٱلۡمَصِيرُ ﴿14﴾وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حَمَلَتۡهُ أُمُّهُۥ وَهۡنًا عَلَىٰ وَهۡنٖ وَفِصَٰلُهُۥ فِي عَامَيۡنِ أَنِ ٱشۡكُرۡ لِي وَلِوَٰلِدَيۡكَ إِلَيَّ ٱلۡمَصِيرُ
Transliteration: Wawassayna alinsana biwalidayhi hamalathu ommuhu wahnan AAala wahnin wafisaluhu fee AAamayni ani oshkur lee waliwalidayka ilayya almaseeru
Translation: އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް وَصِيَّة ކުރެއްވީމެވެ. أمر ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާޔާއިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަން އުފުލާ حال ގައެވެ. އަދި ދެއަހަރު ހަމަވަންދެން އޭނާއަށް ކިރުދިނުމުގައިވެސް ބަލިކަށިކަން ޖެހުނެވެ. (އަދި އޭނާއަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިމަންރަސްކަލާނގެއަށާއި އަދި ކަލޭގެ މައިންބަފައިންނަށް شكر ކުރާށެވެ! އަދި ކަލޭ އެނބުރިއައުން ވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
وَإِن جَٰهَدَاكَ عَلَىٰٓ أَن تُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَاۖ وَصَاحِبۡهُمَا فِي ٱلدُّنۡيَا مَعۡرُوفٗاۖ وَٱتَّبِعۡ سَبِيلَ مَنۡ أَنَابَ إِلَيَّۚ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿15﴾وَإِن جَٰهَدَاكَ عَلَىٰٓ أَن تُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَاۖ وَصَاحِبۡهُمَا فِي ٱلدُّنۡيَا مَعۡرُوفٗاۖ وَٱتَّبِعۡ سَبِيلَ مَنۡ أَنَابَ إِلَيَّۚ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
Transliteration: Wain jahadaka AAala an tushrika bee ma laysa laka bihi AAilmun fala tutiAAhuma wasahibhuma fee alddunya maAAroofan waittabiAA sabeela man anaba ilayya thumma ilayya marjiAAukum faonabbiokum bima kuntum taAAmaloona
Translation: އަދި އެކަމަކާއިމެދު ކަލެއަށް އެއްވެސް އެނގުމެއްނެތް ކަމަކާއިމެދު ތިމަންރަސްކަލާނގެއަށް شريك ކުރުމަށް އެދެމީހުން ކަލެއަށް ގަދަހަދައި ބާރުއެޅިޔަސް ފަހެ ކަލޭ އެކަމުގައި އެދެމީހުންނަށް ކިޔަމަން ނުވާށެވެ! އަދި އެކަލާނގެއަށް ނުއުރެދެވޭ ކަންކަމުގައި ކަލޭ ދުނިޔޭގައި އުޅޭއިރު އެދެމީހުންނާއިއެކު ހެޔޮކޮށް ކަންތައްކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް رجوع ވެ توبة ވި މީސްތަކުންގެމަގާއި ކަލޭ تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިޔަބައިމީހުން ކުރާކަމުގައިވީ ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާހުށީމެވެ.
يَٰبُنَيَّ إِنَّهَآ إِن تَكُ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٖ فَتَكُن فِي صَخۡرَةٍ أَوۡ فِي ٱلسَّمَٰوَٰتِ أَوۡ فِي ٱلۡأَرۡضِ يَأۡتِ بِهَا ٱللَّهُۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ ﴿16﴾يَٰبُنَيَّ إِنَّهَآ إِن تَكُ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٖ فَتَكُن فِي صَخۡرَةٍ أَوۡ فِي ٱلسَّمَٰوَٰتِ أَوۡ فِي ٱلۡأَرۡضِ يَأۡتِ بِهَا ٱللَّهُۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ
Transliteration: Ya bunayya innaha in taku mithqala habbatin min khardalin fatakun fee sakhratin aw fee alssamawati aw fee alardi yati biha Allahu inna Allaha lateefun khabeerun
Translation: އަދި لقمان ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އެޢަމަލެއްވީނަމަވެސް (އެބަހީ: ހެޔޮކަން ނުވަތަ ނުބައިކަންވީނަމަވެސް) ރެވިއޮށްޓަރެއްގެ ބަރުމިނުގެ މިންވަރުކަމުގައި ދެން އެއެތި އުޑުތަކުގައި ނުވަތަ ބިމުގައިވާ ހިލައެއްގެތެރޭގައި ވީނަމަވެސް ﷲ އެކަމެއް (قيامة ދުވަހުން ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު އޯގާވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ އަދި އެ خبر ތައް އަންގަވާ ރަސްކަލާނގެއެވެ.
يَٰبُنَيَّ أَقِمِ ٱلصَّلَوٰةَ وَأۡمُرۡ بِٱلۡمَعۡرُوفِ وَٱنۡهَ عَنِ ٱلۡمُنكَرِ وَٱصۡبِرۡ عَلَىٰ مَآ أَصَابَكَۖ إِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ ﴿17﴾يَٰبُنَيَّ أَقِمِ ٱلصَّلَوٰةَ وَأۡمُرۡ بِٱلۡمَعۡرُوفِ وَٱنۡهَ عَنِ ٱلۡمُنكَرِ وَٱصۡبِرۡ عَلَىٰ مَآ أَصَابَكَۖ إِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ
Transliteration: Ya bunayya aqimi alssalata wamur bialmaAAroofi wainha AAani almunkari waisbir AAala ma asabaka inna thalika min AAazmi alomoori
Translation: އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި منكراة ތައް ނަހީކުރާށެވެ! މަނާކުރާށެވެ! އަދި (އެކަންކުރުމުގައި) ދިމާވާ ދަތިއުނދަގޫތަކަށް ކަލޭ ކެތްތެރިވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ يعني: مصيبة އަށް ކެތްކުރުމީ ﷲ އަންގަވާފައިވާ عَزِيْمَة ގެތެރެއިންވާ ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަމުގެތެރެއިން ކަމެކެވެ.
وَلَا تُصَعِّرۡ خَدَّكَ لِلنَّاسِ وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٖ ﴿18﴾وَلَا تُصَعِّرۡ خَدَّكَ لِلنَّاسِ وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٖ
Transliteration: Wala tusaAAAAir khaddaka lilnnasi wala tamshi fee alardi marahan inna Allaha la yuhibbu kulla mukhtalin fakhoorin
Translation: (އޭއަހުރެންގެ ދަރިފުޅާއެވެ!) ބޮޑާވެ ކިބުރުވެރިވެގެން ކަލޭގެ ބޯ މީސްތަކުންނާއި ދުރަށް އަނބުރައި ނުލާށެވެ! (މީހުން ދައްކާވާހަކަ އެހުމަށް މީސްތަކުންނާއި ކުރިމަތިލާށެވެ!) އަދި ބިމުގައި ހިނގާއިރު ބޮޑާވެ كبر ވެރިނުވާށެވެ! ހަމަކަށަވަރުން ބޮޑާވެ فخر ވެރިވާ އެއްވެސްމީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
وَٱقۡصِدۡ فِي مَشۡيِكَ وَٱغۡضُضۡ مِن صَوۡتِكَۚ إِنَّ أَنكَرَ ٱلۡأَصۡوَٰتِ لَصَوۡتُ ٱلۡحَمِيرِ ﴿19﴾وَٱقۡصِدۡ فِي مَشۡيِكَ وَٱغۡضُضۡ مِن صَوۡتِكَۚ إِنَّ أَنكَرَ ٱلۡأَصۡوَٰتِ لَصَوۡتُ ٱلۡحَمِيرِ
Transliteration: Waiqsid fee mashyika waoghdud min sawtika inna ankara alaswati lasawtu alhameeri
Translation: އަދި ކަލޭގެ ހިނގުމުގައި ކަލޭ މެދުމިން ކުރާށެވެ! (މާބާރަށްވެސް އަދި މާމަޑުންވެސް ނުހިނގާށެވެ!) މެދުމިނަށް ހިނގާށެވެ. އަދި ވާހަކަދެއްކުމުގައި އަޑުމަޑުކުރާށެވެ! ހަމަކަށަވަރުން އެންމެ ހުތުރުއަޑަކީ ކަނޑައެޅިގެން އެއީحِمَار ގެއަޑެވެ.
أَلَمۡ تَرَوۡاْ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَسۡبَغَ عَلَيۡكُمۡ نِعَمَهُۥ ظَٰهِرَةٗ وَبَاطِنَةٗۗ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ ﴿20﴾أَلَمۡ تَرَوۡاْ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَسۡبَغَ عَلَيۡكُمۡ نِعَمَهُۥ ظَٰهِرَةٗ وَبَاطِنَةٗۗ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ
Transliteration: Alam taraw anna Allaha sakhkhara lakum ma fee alssamawati wama fee alardi waasbagha AAalaykum niAAamahu thahiratan wabatinatan wamina alnnasi man yujadilu fee Allahi bighayri AAilmin wala hudan wala kitabin muneerin
Translation: (އޭ މީސްތަކުންނޭވެ!) އުޑުތަކާއި ބިމުގައިވާހާތަކެތި ތިޔަބައިމީހުންނަށްޓަކައި ހަމަކަށަވަރުން ﷲ ކިޔަމަންކުރައްވާފައިވާކަން ތިޔަބައިމީހުންނަށް ނޭނގޭބާވައެވެ؟ އެކަން ތިޔަބައިމީހުން ނުދެކެނީބާވައެވެ؟ ﷲ ގެ نعمة ތަކުގެތެރެއިން ބޭރަށް ފާޅުވާ نعمة އާއި އެތެރެފުށުގައި ވަންހަނާވެގެންވާ نعمة ތައްވެސް އެކަލާނގެ ކަލޭމެނަށް ދެއްވާ ދަރުމަކުރެއްވިއެވެ. އެތެރެފުށުގެ نعمة އަކީ (لا إله إلاّ ﷲ މި كلمة ފުޅާއި ހިތުގެ معرفة ވެރިކަމާއި إعتقاد ކަމުގައި ބުނެވުނެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) އަދި އެއްވެސް علم އެއް ތެދުމަގެއްނެތި އަދި ފޮތެއްގެ އެއްވެސް އަލިކަމެއް دليل އެއްނެތި ﷲ އާއިމެދު جَدَلُ ކުރާމީހުން (ﷲ ގެ އެއްކައުވަންތަކަމާއި އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރުމާއިމެދު جدل ކުރާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.)
وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ٱلشَّيۡطَٰنُ يَدۡعُوهُمۡ إِلَىٰ عَذَابِ ٱلسَّعِيرِ ﴿21﴾وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ٱلشَّيۡطَٰنُ يَدۡعُوهُمۡ إِلَىٰ عَذَابِ ٱلسَّعِيرِ
Transliteration: Waitha qeela lahumu ittabiAAoo ma anzala Allahu qaloo bal nattabiAAu ma wajadna AAalayhi abaana awalaw kana alshshaytanu yadAAoohum ila AAathabi alssaAAeeri
Translation: އަދި ﷲ ބާވައިލެއްވި ތަކެއްޗާއި ކަލޭމެން تبع ވާށޭ! އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން تبع ވާނީ އެގޮތެއްގެމަތީގައި އަހުރެމެންގެ ކާބަފައިން އުޅެނިކޮށް އަހުރެމެން ދުއްގޮތާއިއެވެ. އަޅެފަހެ شيطان އާ އެމީހުންނަށް އަނދައަނދާހުރި އަލިފާނުގެ عذاب އަށް ވަނުމަށް ގޮވިޔަސް ހެޔޮހެއްޔެވެ؟ ކާބަފައިންނާ تبع ވާންވީހެއްޔެވެ؟
وَمَن يُسۡلِمۡ وَجۡهَهُۥٓ إِلَى ٱللَّهِ وَهُوَ مُحۡسِنٞ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلۡأُمُورِ ﴿22﴾۞وَمَن يُسۡلِمۡ وَجۡهَهُۥٓ إِلَى ٱللَّهِ وَهُوَ مُحۡسِنٞ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلۡأُمُورِ
Transliteration: Waman yuslim wajhahu ila Allahi wahuwa muhsinun faqadi istamsaka bialAAurwati alwuthqa waila Allahi AAaqibatu alomoori
Translation: އަދި އެމީހަކު إحسان ތެރިވެގެންވާ حال އަޅުކަމުގެގޮތުން އެމީހެއްގެމޫނު ﷲ ގެ حضرة އަށް ކިޔަމަންތެރިކޮށްފި މީހާ ދަންނައެވެ. ހަމަކަށަވަރުން ގަދަވެގެންވާ އުޅަށްގަނޑެއްގައި އެމީހުން ހިފަހައްޓައިފިއެވެ. މިބަހުގެ މުރާދަކީ إخْلآص ތެރިކަމާއި އެކު ﷲ އަށްކިޔަމަންތެރިވެ އެކަލާނގެއަށް އަޅުކަންކުރުމުގެ ވާހަކައެވެ. ﷲ ގެ ރުހިވޮޑިގަތުމުގައި އޭނާ ހިފައިފިއެވެ. އެއީ ގަދަ ގުޅުމެކެވެ. އަދި އެންމެހައި ކަމެއްގެ ފަހުކޮޅު (ހެވަސް ނުބަޔަސް) ވަނީ ﷲ ގެ حضرة އަށެވެ.
وَمَن كَفَرَ فَلَا يَحۡزُنكَ كُفۡرُهُۥٓۚ إِلَيۡنَا مَرۡجِعُهُمۡ فَنُنَبِّئُهُم بِمَا عَمِلُوٓاْۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿23﴾وَمَن كَفَرَ فَلَا يَحۡزُنكَ كُفۡرُهُۥٓۚ إِلَيۡنَا مَرۡجِعُهُمۡ فَنُنَبِّئُهُم بِمَا عَمِلُوٓاْۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ
Transliteration: Waman kafara fala yahzunka kufruhu ilayna marjiAAuhum fanunabbiohum bima AAamiloo inna Allaha AAaleemun bithati alssudoori
Translation: (އޭ رسول ﷲ އެވެ!) އަދި ކާފަރުވެއްޖެމީހާ ދަންނައެވެ. އެމީހާގެ رجوع ވުން قيامة ދުވަހުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި އޭނާގެ ކާފަރުކަމުގެ ސަބަބުން ކަލޭގެފާނު ހިތާމަފުޅުވިޔަ ނުދެއްވާށެވެ. އެމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެމީހުން ދުނިޔޭގައި ކުރި عمل ގެ خبر ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ. ހަމަކަށަވަރުން ﷲ އީ ހިތްތަކުގައި ވަންހަނާވެ ފޮރުވިފައިވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
نُمَتِّعُهُمۡ قَلِيلٗا ثُمَّ نَضۡطَرُّهُمۡ إِلَىٰ عَذَابٍ غَلِيظٖ ﴿24﴾نُمَتِّعُهُمۡ قَلِيلٗا ثُمَّ نَضۡطَرُّهُمۡ إِلَىٰ عَذَابٍ غَلِيظٖ
Transliteration: NumattiAAuhum qaleelan thumma nadtarruhum ila AAathabin ghaleethin
Translation: އެމީހުންނަށް ތިމަންރަސްކަލާނގެ ކުޑަތަންކޮޅެއް ދޭހުށީމެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް މަޖްބޫރުކުރުވާނީ ވަރަށް ގަދަވެގެންވާ عذاب އަކަށް ވަނުމަށެވެ. އެއީ قيامة ދުވަހުންނެވެ.
وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ﴿25﴾وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ
Transliteration: Walain saaltahum man khalaqa alssamawati waalarda layaqoolunna Allahu quli alhamdu lillahi bal aktharuhum la yaAAlamoona
Translation: (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންކުރެން يعني: އެ مشرك ންކުރެން އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (حمد އާއި تعريف حقّ ވެގެންވަނީ ކާކަށްކަމެއް) ނޭނގެއެވެ.
لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ﴿26﴾لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ
Transliteration: Lillahi ma fee alssamawati waalardi inna Allaha huwa alghaniyyu alhameedu
Translation: އުޑުތަކާއި ބިމުގައިވާހާތަކެތި خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ (މީސްތަކުންކުރާ އަޅުކަންފިޔަވައި) އަމިއްލަ ذَاتُ ފުޅަށްވެސް ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ (خلق ތަކުންނަށްދެއްވާ نعمة ތަކަށް) حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.
وَلَوۡ أَنَّمَا فِي ٱلۡأَرۡضِ مِن شَجَرَةٍ أَقۡلَٰمٞ وَٱلۡبَحۡرُ يَمُدُّهُۥ مِنۢ بَعۡدِهِۦ سَبۡعَةُ أَبۡحُرٖ مَّا نَفِدَتۡ كَلِمَٰتُ ٱللَّهِۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ ﴿27﴾وَلَوۡ أَنَّمَا فِي ٱلۡأَرۡضِ مِن شَجَرَةٍ أَقۡلَٰمٞ وَٱلۡبَحۡرُ يَمُدُّهُۥ مِنۢ بَعۡدِهِۦ سَبۡعَةُ أَبۡحُرٖ مَّا نَفِدَتۡ كَلِمَٰتُ ٱللَّهِۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ
Transliteration: Walaw annama fee alardi min shajaratin aqlamun waalbahru yamudduhu min baAAdihi sabAAatu abhurin ma nafidat kalimatu Allahi inna Allaha AAazeezun hakeemun
Translation: އަދި ބިމުގައިވާ އެންމެހައި ގަހަކީ ގަލަންކަމުގައި ވެފައި ކަނޑު އެއީ ދެލިކަމުގައިވެފައި އަދި އޭގެ އިތުރަށް ހަތްކަނޑު އިތުރުކުރެވުނުކަމުގައިވެފައި އެގަލަންތަކުން ލިޔެވި ދެލިކަމުގައިވާ އެކަނޑުތައް ހުސްވިނަމަވެސް ﷲ ގެ كلمة ފުޅުތައް ހުސްނުވާނެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.
مَّا خَلۡقُكُمۡ وَلَا بَعۡثُكُمۡ إِلَّا كَنَفۡسٖ وَٰحِدَةٍۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ ﴿28﴾مَّا خَلۡقُكُمۡ وَلَا بَعۡثُكُمۡ إِلَّا كَنَفۡسٖ وَٰحِدَةٍۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
Transliteration: Ma khalqukum wala baAAthukum illa kanafsin wahidatin inna Allaha sameeAAun baseerun
Translation: ތިޔަބައިމީހުން (އެންމެން) ހެއްދެވުމާއި އަދި ތިޔަބައިމީހުން محشر އަށް ފޮނުއްވުމާއި މިކަންކަން (ﷲ ގެ نِسبة ގައި) ހަމައެންމެ نفس އެއްފަދައެވެ. އެބަހީ: އެންމެ نفس އެއް ހައްދަވައި محشر އަށް ފޮނުއްވުންފަދައެވެ. އެހާވެސް ފަސޭހައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
أَلَمۡ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِيٓ إِلَىٰٓ أَجَلٖ مُّسَمّٗى وَأَنَّ ٱللَّهَ بِمَا تَعۡمَلُونَ خَبِيرٞ ﴿29﴾أَلَمۡ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِيٓ إِلَىٰٓ أَجَلٖ مُّسَمّٗى وَأَنَّ ٱللَّهَ بِمَا تَعۡمَلُونَ خَبِيرٞ
Transliteration: Alam tara anna Allaha yooliju allayla fee alnnahari wayooliju alnnahara fee allayli wasakhkhara alshshamsa waalqamara kullun yajree ila ajalin musamman waanna Allaha bima taAAmaloona khabeerun
Translation: ހަމަކަށަވަރުން ﷲ تعالى ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވާކަން (އެބަހީ: ދުވާލު ދިގުކުރައްވައި ރޭގަނޑު މަދުކުރައްވާކަން އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވާކަން (އެބަހީ: ރޭގަނޑު ދިގުކުރައްވައި ދުވާލު މަދުކުރައްވާކަން ކަލޭގެފާނު ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރައްވާފައިވާކަންވެސް ދެނެވަޑައިގެން ނުވަމުތޯއެވެ. އަދި އެއިން ކޮންމެއެއްޗެއް ކަނޑައެޅި عيّن ވެގެންވާ ވަގުތަކާއި ހަމައަށް ދުވެއެވެ. އަރާއޮއްސެއެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަލޭމެން ކުރާހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ ﴿30﴾ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ
Transliteration: Thalika bianna Allaha huwa alhaqqu waanna ma yadAAoona min doonihi albatilu waanna Allaha huwa alAAaliyyu alkabeeru
Translation: އެކަންކަން އެހެން އެހިންގަވަނީ ހަމަކަށަވަރުން ﷲ އެއީ ހަމަ حقّ ކަމުގައިވާކަމެވެ. (حقّ إله ކަމުގައި ވާތީއެވެ.) އަދި مشرك ން إله ންކަމުގައި ހަދައިގެން އެއުޅޭ ބުދުތަކަކީ باطل ކަމުގައިވާކަމެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
أَلَمۡ تَرَ أَنَّ ٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِنِعۡمَتِ ٱللَّهِ لِيُرِيَكُم مِّنۡ ءَايَٰتِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ﴿31﴾أَلَمۡ تَرَ أَنَّ ٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِنِعۡمَتِ ٱللَّهِ لِيُرِيَكُم مِّنۡ ءَايَٰتِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ
Transliteration: Alam tara anna alfulka tajree fee albahri biniAAmati Allahi liyuriyakum min ayatihi inna fee thalika laayatin likulli sabbarin shakoorin
Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަނޑުގައި އަދި މޫދުގައި ނައުފަހަރު (މޫދުގައިދުވާ އުޅަނދުފަހަރު) ދުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެކަން އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އެއީ ﷲ ގެ نعمة ންނެވެ. (އެކަން އެހެން އެހިންގަވަނީ) އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެތެރެއިން ބައެއް علامة ކަލޭމެނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން ގިނަގިނައިން شكر ކުރާ އަދި ގިނަގިނައިން ކެތްތެރިވާ އަޅަކަށް އެކަމުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ.
وَإِذَا غَشِيَهُم مَّوۡجٞ كَٱلظُّلَلِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ فَمِنۡهُم مُّقۡتَصِدٞۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٖ كَفُورٖ ﴿32﴾وَإِذَا غَشِيَهُم مَّوۡجٞ كَٱلظُّلَلِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ فَمِنۡهُم مُّقۡتَصِدٞۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٖ كَفُورٖ
Transliteration: Waitha ghashiyahum mawjun kaalththulali daAAawoo Allaha mukhliseena lahu alddeena falamma najjahum ila albarri faminhum muqtasidun wama yajhadu biayatina illa kullu khattarin kafoorin
Translation: އަދި ހިޔާގަނޑުފަދަ (ނުވަތަ ވިލާގަނޑުފަދަ) ބޮޑުރާޅު އެމީހުން ނިވައިކޮށްލައި (غرق ވެދާނެކަމަށް ހީވަންޏާ) އަޅުކަމާއި ކިޔަމަންތެރިކަން އެކަލާނގެއަށް إخلاص ތެރިކުރާ حال އެމީހުން ﷲ އަށް دعاء ކޮށް ގޮވާހަދައެވެ. ދެން އެމީހުން ހިކިފަސްތާކަށް ތިމަންރަސްކަލާނގެ ލައްވައި އެމީހުން ސަލާމަތް ހަމަކުރައްވައިފިއްޔާ ފަހެ އެމީހުންގެތެރޭގައި عدل ވެރި ބަސްބުނިމީހުންވެސް ތިބެއެވެ. (ތިމާމެންނަށް ކަންބޮޑުވީމާ ﷲ އަށް دعاء ކޮށްހެދިފަދައިންއެބަސްމަތީސީދާކޮށް ތިބިމީހުންވެއެވެ. ނަމަވެސް ގިނަމީހުންމަކަރުހަދައި އެކަލާނގެއަށް ކާފަރުވެއެވެ.) ފަހެ ކޮންމެ މަކަރުވެރި އަދި ގިނަގިނައިން ކާފަރުވާބަޔަކުމެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދައި އިންކާރު ނުކުރެއެވެ.
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡ وَٱخۡشَوۡاْ يَوۡمٗا لَّا يَجۡزِي وَالِدٌ عَن وَلَدِهِۦ وَلَا مَوۡلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيۡـًٔاۚ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ ﴿33﴾يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡ وَٱخۡشَوۡاْ يَوۡمٗا لَّا يَجۡزِي وَالِدٌ عَن وَلَدِهِۦ وَلَا مَوۡلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيۡـًٔاۚ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ
Transliteration: Ya ayyuha alnnasu ittaqoo rabbakum waikhshaw yawman la yajzee walidun AAan waladihi wala mawloodun huwa jazin AAan walidihi shayan inna waAAda Allahi haqqun fala taghurrannakumu alhayatu alddunya wala yaghurrannakum biAllahi algharooru
Translation: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި އެއްވެސް ބަފަޔަކުގެފަރާތުން އޭނާގެ ދަރިއަކަށް ކަމެއް ފުއްދައިނުދެވޭ އަދި އެއްވެސް ދަރިއަކު އޭނާގެ ބައްޕައަށް އެއްވެސްކަމެއް ފުއްދައިނުދޭ ދުވަހަކަށް (قيامة ދުވަހަށް) ތިޔަބައިމީހުން ބިރުވެތިވާށެވެ! އެއީ ނައިސްނުދާނޭ ދުވަހެކެވެ. އެއީ ﷲ ގެ وعد ފުޅެވެ. ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ! އަދި ﷲ ގެ ރަސްކަންފުޅުގެ ފަރާތުން شيطان ތިޔަބައިމީހުން ހެއްލުންތެރިކުރުވިޔަ ނުދޭށެވެ.
إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ ﴿34﴾إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ
Transliteration: Inna Allaha AAindahu AAilmu alssaAAati wayunazzilu alghaytha wayaAAlamu ma fee alarhami wama tadree nafsun matha taksibu ghadan wama tadree nafsun biayyi ardin tamootu inna Allaha AAaleemun khabeerun
Translation: ހަމަކަށަވަރުން اقيامة ވާނެވަގުތެއް އަދި އޭގެ އެނގުން އަދި އެކަމުގެ علم ވަނީ ހަމައެކަނި އެކަލާނގެ حضرة ގައެވެ. އަދި ވާރޭވެހުމާއި އަދި އެކަމާއިބެހޭ އެންމެހައި އެނގުމާއި އަދި އަންހެނުންގެ رَحِم ގެ ތެރޭގައިވާ އެންމެހައި ކަންކަމުގެ علم އާއި މިއެންމެހައިކަމެއްގެ އެނގުންވަނީ ހަމައެކަނި ﷲ އަށް خاصّ ވެގެންނެވެ. އަދި މާދަމާ ކުރާނީ ކޮންކަމެއްކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގޭނެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ.) އަދި ތިމާ މަރުވާނީ ކޮން ބިމެއްގައިކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ އަދި خبر ތައް އަންގަވާނެ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތުގައި بيان ވެގެންވާ މިވާ ފަސްކަމަކީ އެކަންކަމުގެ އެނގުން ހަމައެކަނި ﷲ ނޫންފަރާތަކަށް އެނގިގެންނުވާ ފަސްކަމެވެ. އެކަންކަމަށް مَفَاتِيحُ الغَيْب يعني: (غَيْبُ ގެ ތަޅުދަނޑިތައް) މިނަމުން ކިއިގެންވެއެވެ. والله أعلم.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download