39:1تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ﴿1﴾تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
Transliteration: Tanzeelu alkitabi mina Allahi alAAazeezi alhakeemi
Translation: މި قُرْآن ބާވާތްލެއްވުންވަނީ ގަދަކީރިތިވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَةُ ންނެވެ. (މިއީ އެކަލާނގެ ބާވައިލެއްވުމެކެވެ.)
39:2إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ﴿2﴾إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ
Transliteration: Inna anzalna ilayka alkitaba bialhaqqi faoAAbudi Allaha mukhlisan lahu alddeena
Translation: (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ފޮތް ބާވައިލެއްވީ ހަމަ ޙައްޤު ތެދު ގޮތުގައެވެ. އަދި އެފޮތުގައިވަނީ ހައްތަހާވެސް ޙައްޤު ތެދެވެ. ފަހެ ﷲ އަށް އަޅުކަން ޚާލިސްކޮށްގެންވާ ޙާލު (އެންމެހައި شِرْك އާއި ބިދުޢައިން ހުސްވެގެންވާ ޙާލު) ﷲ އަށް އަޅުކަން ކުރައްވާށެވެ.
39:3أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ ﴿3﴾أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ
Transliteration: Ala lillahi alddeenu alkhalisu waallatheena ittakhathoo min doonihi awliyaa ma naAAbuduhum illa liyuqarriboona ila Allahi zulfa inna Allaha yahkumu baynahum fee ma hum feehi yakhtalifoona inna Allaha la yahdee man huwa kathibun kaffarun
Translation: އަދި ދަންނާށެވެ. އިޚްލާސްތެރިވެގެންވާ އަޅުކަން ޚާއްސަ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި وَلِيُّ ންތައް ހިފައި އިޚްތިޔާރުކުރާ މީހުން- އެބަހީ ބުދުތަކަށް އަޅުކަންކުރާމީހުން ބުނެއެވެ. "ﷲ އަށް ކުއްތަންވުމަށް މެނުވީ އަހުރެމެން މިތަކެއްޗަށް އަޅުކަންނުކުރަމެވެ. (އެތަކެތި އަހުރެމެންނަށް شَفَاعَة ތެރިވާނެއެވެ.) " އަދި އެބައިމީހުންގެ މެދުގައި إِخْتِلاف ވެ ދެބަސްވާ ކަންކަމާއިމެދު قِيَامَة ދުވަހުން ﷲ ޙުކުމްކުރައްވާނެއެވެ. (އެހެނީ ކޮންމެ ދީނެއްގެ ބަޔަކުވެސް ބުނަނީ އެބަޔަކު އެތިބީ ޙައްޤުގައި ކަމަށެވެ. އަދި ދޮގުހަދާ އަދި ކާފަރުވާމީހަކަށް ﷲ ތެދުމަގު ނުދައްކަވާނެކަންކަށަވަރެވެ. (ބުދުތައް ﷲ އަށް ކުއްތަން ކޮށްދޭނެކަމަށް ހީކޮށްގެން ބުދުއެއީ إله ންކަމުގައި ބަލައިފި މީހަކަށް ތެދުމަގުނުދައްކަވާނެއެވެ.
39:4لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ﴿4﴾لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ
Transliteration: Law arada Allahu an yattakhitha waladan laistafa mimma yakhluqu ma yashao subhanahu huwa Allahu alwahidu alqahharu
Translation: ދަރިކަލަކު ހިއްޕެވުމަށް ﷲ އެދިވޮޑިގެންނެވިނަމަ އެކަލާނގެ ހައްދަވާ مَخْلُوق ންގެ ތެރެއި އެދިވޮޑިގަންނަވާ مَخْلُوق އަކު ހިއްޕަވައިފީހެވެ. އެކަލާނގެ ހުސް طَاهِرُ ވަންތައެވެ. އެއްގޮތަކަށްވެސް (އެކަލާނގެ ދަރިކަލަކަށް ބޭނުންވެވޮޑިގެންނުވެއެވެ. ﷲ ފިޔަވައި مَخْلُوق އަކުމެނުވީ މައުޖޫދުވެގެންވުމަކީ އެކަށީގެންވާކަމެއްނޫނެވެ. އަދި مَخْلُوق އަކު خَالِقُ ވަންތަ ﷲ ގެދަރިކަލަކަށްވުން صَحَّ ވެގެން ނުވެއެވެ.) އެކަލާނގެއީ އަޅުތަކުންގެމައްޗަށް ގަދަފަދަވަންތަވެ ވޮޑިގެންވާ ﷲ އެވެ.
39:5خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّـٰرُ ﴿5﴾خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّـٰرُ
Transliteration: Khalaqa alssamawati waalarda bialhaqqi yukawwiru allayla AAala alnnahari wayukawwiru alnnahara AAala allayli wasakhkhara alshshamsa waalqamara kullun yajree liajalin musamman ala huwa alAAazeezu alghaffaru
Translation: އުޑުތަކާއިބިން حَقُّ ގޮތުގައި ހެއްދެވީ އެކަލާނގެއެވެ. އަދި ދުވާލުގެ މައްޗަށް ރޭގަޑުވައްދަވައި އަދިރިކުރައްވައި އަދި ރޭގަޑުގެމައްޗަށް ދުވާލު ވައްދަވައި އަލިކުރައްވަނީ ވެސް ހަމައެކަލާނގެއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރެއްވީވެސް ހަމައެކަލާނގެއެވެ. އެއިންކޮންމެ އެއްޗެއްވެސް އެއަށްކަނޑައެޅިފައިވާ ފަލަކުގައި ކަނޑައެޅި عَيَّن ވެގެންވާ މުއްދަތަކަށް ދައުރުކޮށްކޮށްހުރެއެވެ. (އެއީ ދުނިޔެނިމޭދެނެވެ.) ކަލޭމެންދަންނާށެވެ. عِزَّة ވަންތަވެވޮޑިގެންވާ ގިނަގިނައިން ފާފަ ފުއްސަވާ ކަލަކީ ހަމަ އެއީއެވެ.
39:6خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ ﴿6﴾خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ
Transliteration: Khalaqakum min nafsin wahidatin thumma jaAAala minha zawjaha waanzala lakum mina alanAAami thamaniyata azwajin yakhluqukum fee butooni ommahatikum khalqan min baAAdi khalqin fee thulumatin thalathin thalikumu Allahu rabbukum lahu almulku la ilaha illa huwa faanna tusrafoona
Translation: އެންމެނަފުސަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. (އެއީ އާދަމުގެފާނުންގެ ނަފުސުފުޅުންނެވެ.) ދެން އެނަފުސުގެ އަނބިކަނބަލުންވެސް (حَوَّى ގެފާނުވެސް) އެކަލާނގެ އެނަފުސުން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި نَعَمُ ސޫފީގެތެރެއިން އަށްޖޯޑުހެއްދެވިއެވެ. (އެއީ ޖަމަލުގެ ދެއެތި ގެރީގެދެއެތި ضَأْنُ ބަކަރީގެ ދެއެތި مَعْزُ ބަކަރީގެ ދެއެތި) މީގެވާހަކަ أَنْعَامُ ސޫރަތުގައި ބަޔާންވެގެންވާނެއެވެ. އަދި ކަލޭމެންގެ މައިންގެ ބަނޑުތަކުގައި އެއްހެއްދެވުމަކަށްފަހު އަނެއްހެއްދެވުމަކުން އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ފުރަތަމަ މަނިތިއްކަކުންނެވެ. ދެންގަޑުލެއިކޮޅަކުން ދެން މަސްކޮޅަކުން ދެންކަށިކޮޅަކުން ދެން.....) ތިން އަދިރިކަމެއްގައި އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ބަނޑުގެ އަދިރިކަމާއި رَحِمُ ގެއަދިރިކަމާއި އަދި މަހުގެ އަދިރިކަމެވެ.) މިކަންތައްތައް މިގޮތަށް ހައްދަވަމުންމިގެންދަވަނީ ކަލޭމެންގެ رَبُّ ކަމުގައިވާ ﷲ އެވެ. އަދި (ދުނިޔެއާއި آخِرَةُ ގައިވެސް) އެންމެހައިތަކެތި މިލްކުވެ خَاصَّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އެކަލާނގެ މެނުވީ އެހެން އެއްވެސް (حَقُّ) އިލާހަކުނުވެއެވެ. ކަލޭމެން (އެކަލާނގެ ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެބަހީ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުން ކަލޭމެންނަށް حَقُّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ކޮންދަލީލެއްގެމައްޗަށްހެއްޔެވެ؟ އެއްވެސްދަލީލެއްނެތެވެ.
39:7إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿7﴾إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
Transliteration: In takfuroo fainna Allaha ghaniyyun AAankum wala yarda liAAibadihi alkufra wain tashkuroo yardahu lakum wala taziru waziratun wizra okhra thumma ila rabbikum marjiAAukum fayunabbiokum bima kuntum taAAmaloona innahu AAaleemun bithati alssudoori
Translation: ކަލޭމެން ކާފަރުވިޔަސް (އޭގެ އެއްވެސް ގެއްލުމެއް ﷲ އަކަށް ނުލިބޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. ކަލޭމެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެވޮޑިގެންނުވެއެވެ. އަދި އެކަމަކު އެކަލާނގެ އަޅުތަކުންނަށްޓަކައި ކާފަރުކަމެއް އެކަލާނގެ ރުހިވޮޑިގެންނުވެއެވެ. އަދި ޝުކުރު ކުރަންޏާ އެކަލާނގެ ކަލޭމެންނަށް ރުހިވޮޑިގެންވެއެވެ. (އެއީ އެކަމުގައި ކަލޭމެންގެ ބާއްޖަވެރިކަންވާތީއެވެ.) އަދި ފާފައިގެބަރު އުފުލާ އެއްވެސް މީހަކު އަނެއްމީހެއްގެ ފާފައިގެބަރު ނުއުފުލާނެއެވެ. (ކޮންމެ މީހަކަށްވެސް އޮންނާނީ އެމީހެއްގެ ބަރެވެ.) ދެންކަލޭމެން މަރުވުމަށްފަހު ކަލޭމެން ރުޖޫޢަވުންވަނީ ﷲ ގެ حضرة އަށެވެ. އެއީ ކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން ދުނިޔޭގައިތިބެގެން ކުރަމުން ދިޔަކަމުގައި ވީ އެންމެހައި ކަންކަމުގެ ޚަބަރު އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
39:8وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ ﴿8﴾۞وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ
Transliteration: Waitha massa alinsana durrun daAAa rabbahu muneeban ilayhi thumma itha khawwalahu niAAmatan minhu nasiya ma kana yadAAoo ilayhi min qablu wajaAAala lillahi andadan liyudilla AAan sabeelihi qul tamattaAA bikufrika qaleelan innaka min ashabi alnnari
Translation: އަދި އިންސާނާއަށް (ބަލިކަމުން - ނުވަތަ ފަޤީރުކަމުން - ނުވަތަ ބިރުވެރިކަމުން - އަދި ނުވަތަ އެއްވެސް ގޮތަކުން) އުނދަލެއް، ގެއްލުމެއްދިމާވެއްޖެއްޔާއި އެކަލާނގެ حضرة އަށް تَوْبَة ވެ رُجُوْع ވާ ޙާލު އެކަލާނގެއަށް ދުޢާކޮށް އެކަމެއްފިއްލަވައިތޯ ދަންނަވާނެއެވެ. ދެންފަހެ އެކަލާނގެ حضرة އަށް އޭނާއަށް ނިޢުމަތެއްދެއްވައި ހެވެއް މިލްކު ވެއްޖެއްޔާ އެކަމަކަށްޓަކައި އެކަލާނގެއަށް ދުޢާކޮށް އާދޭސް ކުރިކަންތައް ހަނދާން ނެތިދެއެވެ. އަދި އެކިބާވަތުގެ شَرِيك ންތައް ﷲ އާއި އެއްވަރުކޮށް ހަދާނެއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން އަނބުރާލައި تَوْحِيد ން އެއްކިބާކޮށް މަގުފުރެއްދުމައްޓަކައެވެ. (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭގެކާފަރުކަމުގައި ކުޑަދުވަސްކޮޅެއްވާދެން އަރާމުކޮށްލާށެވެ. ހަމަކަށަވަރުން ކަލެއަކީ ނަރަކައިގެ އެކުވެރިއެކެވެ. (އެބަހީ އެފަދަ ކަންތައްކުރާ މީހުންނަކީ توبة ނުވެ މަރުވެއްޖެނަމަ ނަރަކަވަންތަ ވެރިންނެވެ.)
39:9أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ﴿9﴾أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ
Transliteration: Amman huwa qanitun anaa allayli sajidan waqaiman yahtharu alakhirata wayarjoo rahmata rabbihi qul hal yastawee allatheena yaAAlamoona waallatheena la yaAAlamoona innama yatathakkaru oloo alalbabi
Translation: (އިސްވެދިޔަފަދަ ކާފަރުމީހާއާއި) ރޭގަޑުގެ ވަގުތު ތަކުގައި آخرة އަށް ބިރުންނާއި އަދި އޭނާ ހައްދަވައި ބޮޑުކުރެއްވި ربّ رحمة އަށް އެދިގެންނާއިއެކު ނަމާދުކޮށް سجدة ކޮށް قيام ގައި ހުންނަމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ރަނގަޅީ ފަހެ ކާކު ހެއްޔެވެ؟ ދަންނަ މިހުންނާއި އަދި ނުދަންނަމީހުން (عالم ންނާއި جاهلން) އެއްވަރުވާނޭހެއްޔެވެ؟ (ނުވާނެއެވެ.) نصيحة އާއި وعظ ލިބިގަންނަކަން ކަށަވަރީ ބުއްދިވެރި ވިސްނުންތެރިންނެވެ.
39:10قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ ﴿10﴾قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ
Transliteration: Qul ya AAibadi allatheena amanoo ittaqoo rabbakum lillatheena ahsanoo fee hathihi alddunya hasanatun waardu Allahi wasiAAatun innama yuwaffa alssabiroona ajrahum bighayri hisabin
Translation: (އޭ رسول الله އެވެ!) އީމާންވީ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! "ކަލޭމެން ކަލޭމެންގެ ربّ އަށް تقوى ވެރިވެ ބިރުވެތިވާށެވެ. (އަދި ތިމަންރަސްކަލާގެ މިއެންގެވުންވެސް އެމީހުންނަށް އަންގަވާށެވެ.) މިދުނިޔޭގައި އަޅުކަމުގައި إحسان ތެރިވެ ރަނގަޅަށް ކިޔަމަންވެގެން އުޅުނު އަޅުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ. އަދި ﷲ ގެ ބިންގަނޑު ނުހަނު ތަނަވަހެވެ. (مشرك ންގެ އުދަގުލާހެދި ﷲ އަށް އަޅުކަން ނުކުރެވެންޏާ - إخلاص ތެރިކަމާއިއެކު ﷲ އަށް އަޅުކަން ކުރެވޭތާކަށް ދާހުށިކަމެވެ.) އަދި ހަމަކަށަވަރުން އެއްވެސް حساب އެއްނެތި ކެތްތެރީންނަށް އެކަމުގެ އުޖޫރަޔާއި ދަރުމަ ދެއްވޭ ހުއްޓެވެ."
39:11قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ﴿11﴾قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ
Transliteration: Qul innee omirtu an aAAbuda Allaha mukhlisan lahu alddeena
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (شِرْك އާއި بِدْعَ ނުލައި) ހަމަ إِخْلاَص ތެރިކަމާއިއެކު ﷲ އަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް އަޅުކަން خَلاَص ކޮށްގެންނެވެ.
39:12وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ ﴿12﴾وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ
Transliteration: Waomirtu lian akoona awwala almuslimeena
Translation: އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (މިއުންމަތުގެ) އެންމެ ފުރަތަމަ مُسْلِم އަކު ކަމުގައި ވުމަށެވެ. (އެއީ ފުރަތަމަ مُسْلِم އެވެ.) "
39:13قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ﴿13﴾قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ
Transliteration: Qul innee akhafu in AAasaytu rabbee AAathaba yawmin AAatheemin
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން ބިރުގަންނަނީ އަހުރެންގެ رَبُّ އަށް އުރެދެވިއްޖެއްޔާ ބޮޑުވެގެންވާ عَذاب އަކަށެވެ. އެއީ قِيَامَة ދުވަހެވެ.
39:14قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي ﴿14﴾قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي
Transliteration: Quli Allaha aAAbudu mukhlisan lahu deenee
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އަހުރެން އަޅުކަންކުރާނީ ހަމަ ﷲ އަށެވެ. އެއީ އަހުރެންގެ އަޅުކަން އެކަލާނގެއަށް خَلاَص ކޮށްގެންވާ ޙާލުގައެވެ. އެއްވެސް شِرْك އެއް رِبَا އެއްނުލައެވެ.) "
39:15فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ﴿15﴾فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ
Transliteration: FaoAAbudoo ma shitum min doonihi qul inna alkhasireena allatheena khasiroo anfusahum waahleehim yawma alqiyamati ala thalika huwa alkhusranu almubeenu
Translation: (އޭ كَافِر ންނާއި مُشْرِك ންނޭވެ!) ﷲ ފިޔަވައި ކަލޭމެން އެކައްޗަކަށް އަޅުކަންކުރަންބޭނުމިއްޔާ ކަލޭމެން އެދޭއެއްޗަކަށް އަޅުކަންކޮށްބަލާށެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެންމެ ބޮޑަށް ގެއްލުމާއި ހަލާކު ވާމީހުންނަކީ قِيَامَة ދުވަހުން ތިމާމެންގެ އަމިއްލަ ނަފުސުތަށް ނަގައިލައި ގެއްލުންކޮށް އަދި ތިމާގެ އަހުލު ވެރިންވެސް ގެއްލުވާ ނަގައިލާ މީހުންނެވެ. ދަންނާށެވެ. ބޮޑުވެގެންވާ ގެއްލި ހަލާކުވުމަކީ އެއީއެވެ."
39:16لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ ﴿16﴾لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ
Transliteration: Lahum min fawqihim thulalun mina alnnari wamin tahtihim thulalun thalika yukhawwifu Allahu bihi AAibadahu ya AAibadi faittaqooni
Translation: އެމީހުންނަށް قِيَامَة ދުވަހުން ހުރީ އެމީހުންގެ ބޯމަތިން ނަރަކައިގެ އަނދިރި ގަނޑެކެވެ. (އެއީ ނަރަކައިގެ މަތީ ފަންގިފިލައިގެ ހިޔަންޏެވެ.) އަދި އެމީހުންގެ ދަށުންވެސް ވަނީ އަނދިރިގަނޑެކެވެ. އެއީ ދަށުގެ ފަންގިފިލާއެކެވެ. (ހައްތަހާވެސް ހޫނާ عَذاب އެވެ.) އެއަނދިރިޔާއި އެ عَذاب އަކީ ﷲ އެކަލާނގެ މުއުމިނު އަޅުތަކުން އެއިން ބިރުގަންނުވާއެއްޗެކެވެ. (އެއީ އެމީހުންގެ ކިޔަމަންތެރިކަމާއި އަޅުކަން ގަދަކުރެއްވުމަށެވެ.) އޭ މުއުމިނު އަޅުތަކުންނޭވެ. ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ.
39:17وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ ﴿17﴾وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ
Transliteration: Waallatheena ijtanaboo alttaghoota an yaAAbudooha waanaboo ila Allahi lahumu albushra fabashshir AAibadi
Translation: އަދި طَاغُوْت އަށް އަޅުކަންކުރުމުން ދުރުވެގަނެ (އެބަހީ ބުދުތަކާއި ދެންވެސް ﷲ ފިޔަވައި އަޅުކަން ވެވޭ ތަކެއްޗަށް އަޅުކަންކުރުމުން ދުރުވެގަނެ) އަދި ﷲގެ حَضْرَةُ އަށް رُجُوعَ ވެތައުބާވެ إِخْلآص ތެރިކަމާއި އެކު އެކަލާނގެއަށް އަޅުކަންކުރިމީހުންދަންނައެވެ. އުފާވެރިކަންހުރީ އެމީހުންނަށެވެ. އޭ رَسُولُ الله އެވެ! އެފަދަމުއުމިނުންނަށް އުފާވެރިކަންހުރިކަމުގެ ޚަބަރު ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
39:18ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ ﴿18﴾ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ
Transliteration: Allatheena yastamiAAoona alqawla fayattabiAAoona ahsanahu olaika allatheena hadahumu Allahu waolaika hum oloo alalbabi
Translation: އެމީހުންނަކީ ބުނުންތަކާއި ބަސްތައްއަހައި އޭގެތެރެއިން ރަނގަޅު حَقُّ ބަސް ޤަބޫލުކޮށް އެޔާއި تَبَعَ ވާމީހުންނެވެ. އަދިއެމީހުންނަކީ އެމީހުންނަށް ﷲ ތެދުމަގުދެއްކެވިމީހުންނެވެ. އަދި ބުއްދިވެރި ވިސްނުންތެރިންނަކީ އެއީއެވެ.
39:19أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ ﴿19﴾أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ
Transliteration: Afaman haqqa AAalayhi kalimatu alAAathabi afaanta tunqithu man fee alnnari
Translation: ﷲ ގެ قَضَا قَدَرُ ގައި އެމީހުންގެމައްޗަށް عَذَابُ ގެ ބަސްފުޅު ކަނޑައެޅިގެންވީމީހަކު ކަލޭގެފާނަށް އެމީހަކު ނަރަކައިން ސަލާމަތްކުރެވޭނެތޯއެވެ؟ (ނުކުރެވޭނެއެވެ.)
39:20لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ ﴿20﴾لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ
Transliteration: Lakini allatheena ittaqaw rabbahum lahum ghurafun min fawqiha ghurafun mabniyyatun tajree min tahtiha alanharu waAAda Allahi la yukhlifu Allahu almeeAAada
Translation: އެހެންނަމަވެސް އެމީހަކު އެމީހެއްގެ رَبُّ އަށް تَقْوَى ވެރިވެ ބިރުވެތިވެއްޖެ މީހާއަށް ޤިޔާމަތްދުވަހުން ހުރީ ސުވަރުގޭގެ ކޮޓަރިތަކެވެ. އަދި އޭގެމަތީގައިވެސްވަނީ ބިނާވެގެންވާކޮޓަރިތަކެވެ. އަދި އެތަންތާގެދަށުން އާރުތައް ހިގަހިގައެވެ. އެއީ ﷲގެ وَعْدُ ފުޅެވެ. އަދި الله تَعَالَى އެކަލާނގެ وَعْدُ ފުޅާއި خِلآفُ ވެވޮޑިނުގަންނަވާނެއެވެ.
39:21أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ﴿21﴾أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ
Transliteration: Alam tara anna Allaha anzala mina alssamai maan fasalakahu yanabeeAAa fee alardi thumma yukhriju bihi zarAAan mukhtalifan alwanuhu thumma yaheeju fatarahu musfarran thumma yajAAaluhu hutaman inna fee thalika lathikra liolee alalbabi
Translation: ހަމަކަށަވަރުން ﷲ تَعَالَي އުޑުން ފެން ބާވައި ލައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަންތޯއެވެ. އެކަމަށް ވިސްނާ ވަޑައިނުގަންނަވަންތޯއެވެ. ދެން ފަހެ އެފެން ބިމުގެ އަޑިޔަށް ވަދެގެންގޮސް ފެންފެންގަނޑަށްވެގެން ބިމުގެ އަޑީގައި ދުވެއެވެ. ދެން އެފެނުގެސަބަބުން އެކިއެކިކުލަކުލައިގެ ގަސްތަކާއި ދަނޑުތައްނުކުމެއެވެ. ދެން (ދުވަސްކޮޅަކުން) އެގަސްތައްހިކި ދޮންވެއެވެ. ދެން ކުދިކުދިވެ ހަލާކުވެފައިވާ އެއްޗެހިތަކަކަށް އެކަލާނގެ އެގަސްތަށް ލައްވައެވެ. ހަމަކަށަވަރުން އެކަންކަމުގައި ބުއްދިވެރި ވިސްނުންތެރިންނަށް وَعْظ نَصِيْحَة ވެއެވެ.
39:22أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ ﴿22﴾أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ
Transliteration: Afaman sharaha Allahu sadrahu lilislami fahuwa AAala noorin min rabbihi fawaylun lilqasiyati quloobuhum min thikri Allahi olaika fee dalalin mubeenin
Translation: އިސްލާމް ދީނަށް ﷲ އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އަދި އެމީހާ އެމީހާގެ رَبُّ ގެ حَضْرَة ންވާ ނޫރެއްގެ މަތީގައިވާ މީހާއާއި އެމީހާގެ ހިތް ހަރުކަށިވެ ޖާހިލުކަމާއި މަގުފުރެދުމުގެ އަނދިރީގައި ވާމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ. (އެއްވަރުނުވާނެކަން ކަށަވަރެވެ.) ފަހެ ﷲ ގެ ذِكْر ން މީހާގެ ހިތް ހުސްވެ ހިތްގަދަވެ ގާވެފައިވާ މީހުންދަންނައެވެ. އެމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެތެރޭގައެވެ.
39:23ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ ﴿23﴾ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ
Transliteration: Allahu nazzala ahsana alhadeethi kitaban mutashabihan mathaniya taqshaAAirru minhu juloodu allatheena yakhshawna rabbahum thumma taleenu julooduhum waquloobuhum ila thikri Allahi thalika huda Allahi yahdee bihi man yashao waman yudlili Allahu fama lahu min hadin
Translation: ﷲ އެންމެ ރަނގަޅު ވާހަކަ ބާވައިލެއްވިއެވެ. އެބަހީ އެންމެ ރަނގަޅު ފޮތް ކީރިތި قرآن ބާވައިލެއްވިއެވެ. އެފޮތުގެ އެއްބައި އަނެއްބަޔާއި އެއްވައްތަރު އަދި އެއްވާހަކައެއް ތަކުރާރު ކުރައްވައި ނުވަތަ އިދިކޮޅު ދެމާނަ ދޭގޮތަށް ބާވައިލެއްވިއެވެ. އަދި އެމީހުންގެ ربّ އަށް ބިރުވެތިވާ މީހުންގެ ހަން އެފޮތް އަހާފައި ތުރުތުރުއަޅުވައިލައި ނުވަތަ ހަމުން ހީބިހި ނަގައިގަނެއެވެ. ދެން އެމީހުންގެ ހަންތަކާއި ހިތްތައް ﷲ ގެ ذكر އަށް މައިތިރިވެމަޑުވެދެއެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެއިން ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނެ އެކަކުވެސް ނުހުންނާނެއެވެ.
39:24أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّـٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ ﴿24﴾أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّـٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ
Transliteration: Afaman yattaqee biwajhihi sooa alAAathabi yawma alqiyamati waqeela lilththalimeena thooqoo ma kuntum taksiboona
Translation: އަޅެފަހެ އެމީހާގެ މޫނާއިގެން عَذاب ގެ ނުބައި ކަމުން ރައްކާތެރިވެ ސަލާމަތްވެގެންފިމީހާ (ނުބައި ނުލަފާ އަދި މަގުފުރެދިފައިވާ މީހާއާއި) އެއްވަރުވާނެ ހެއްޔެވެ؟ (އެއްވަރުނުވާނެއެވެ.) އަދި އަނިޔާވެރިންނަށް ބުނެވޭނެއެވެ. "ކަލޭމެން ދުނިޔޭގައި ކުރަމުންދާ ކަމުގައި ވީކަންތަކުގެ ސަބަބުން ކަލޭމެން عَذاب ގެ ރަހަ ލިބިގަންނާށެވެ."
39:25كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ﴿25﴾كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ
Transliteration: Kaththaba allatheena min qablihim faatahumu alAAathabu min haythu la yashAAuroona
Translation: އަދި މި (قريش ންގެ ކުރީގައި ތިބި) މީހުންވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި نبي ންނާއި رسول ންގެ ބަސްދޮގުކުރިއެވެ. ދެންފަހެ އޭގެ ސަބަބުން އެމީހުންނަށް إحساس ވެސް ނުވެތިއްބާ އެމީހުންގެ މައްޗަށް عَذاب އައެވެ.
39:26فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ﴿26﴾فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ
Transliteration: Faathaqahumu Allahu alkhizya fee alhayati alddunya walaAAathabu alakhirati akbaru law kanoo yaAAlamoona
Translation: އަދި ދުނިޔޭގެ حياة ގައި ﷲ تعالى އެމީހުންނަށް ދެރަކަމާއި ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. (މި قُرَيْش ގެމީހުންވެސް ކާފަރުކަންމަތީ ދެމިތިބެއްޖެއްޔާ އެމީހުންނަށްވެސް އައިފަދަ عَذاب އަތުވެދާނެއެވެ. އަދި آخِرَة ދުވަހުގެ عَذاب މާގަދަވެފައި އަސަރުކުރުން ބޮޑުވާނެއެވެ.
39:27وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ ﴿27﴾وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ
Transliteration: Walaqad darabna lilnnasi fee hatha alqurani min kulli mathalin laAAallahum yatathakkaroona
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި މި قُرْآنُ ގައި ހުރިހާވައްތަރެއްގެ މިސާލު ޖައްސަވައިދެއްވީމެވެ. އެއީ އެމީހުން وَعْظُ نَصِيْحَة ލިބި عِبْرَة حَاصِلُ ކުރޭތޯއެވެ.
39:28قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ ﴿28﴾قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ
Transliteration: Quranan AAarabiyyan ghayra thee AAiwajin laAAallahum yattaqoona
Translation: އަދިއެ قُرْآنُ އަކީ އެއްވެސް ގުދުކަމެއްނުވާ އަދި ސީދާ ޢަރަބި ބަހުންވާ ފޮތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެމީހުން ތަޤްވާވެރިވެ ބިރުވެތިވޭތޯއެވެ.
39:29ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ﴿29﴾ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ
Transliteration: Daraba Allahu mathalan rajulan feehi shurakao mutashakisoona warajulan salaman lirajulin hal yastawiyani mathalan alhamdu lillahi bal aktharuhum la yaAAlamoona
Translation: ﷲ تعالى މިސާލެއްޖެއްސެވިއެވެ. އެއީ އަޅުމީހެއްގެމިސާލެވެ. އެމީހަކީ އެތަކެއް أَخْلآقُ އާއި ތަފާތު އެތައް خِيَال އެއްގެ ބަޔަކު ބައިވެރިވާ އެތައްބައެއްގެ އަޅެކެވެ. (އެއަޅުމީހާގާތު އޭނާގެ ސާހިބުންކުރެ އެކަކު "ކަލޭ ތެދުވާށޭބުނީމާ" އޭނާގެ އަނެއްސާހިބުމީހާ އެވަގުތުއޭނައަށްބުނީ "ކަލޭ އިށީންނާށެވެ". ދެންހުރިސާހިބުމީހާ އެއަޅުމީހާގާތުބުނީ "ކަލޭދާށޭ އަދި ދެންހުރިސާހިބުމީހާ ހަމައެގުތު އޭނާއަށްބުނީ ކަލޭ ހުއްޓޭށެވެ". ދެންމިހުރިހާ އަމުރެއް އެއްފަހަރާ އެކަކަށް ކުރިތިވީމާ ދެންއޭނާހަދާނީކިހިނަކުންހެއްޔެވެ؟ މިމީހާއާއި ސަލާމަތުންވާ އެންމެސާހިބެއްވާ އަޅަކާއިދެމީހުން އެއްވަރުވާނެހެއްޔެވެ؟ (އެއަޅުމީހާއަށް އަމުރުކުރާނޭ ދެވަނަސާހިބަކު ނުވެއެވެ.) އޭނާގެ ސާހިބުމީހާބުނިގޮތަކަށް އެއަޅުމީހައަށް ކަންތައްކުރެވިދާނެއެވެ. ހަމަމިގޮތަށް މިއެންމެހައި އަޅުތަކުންނަށް ކިތައްމެ އިލާހުންނެއްވާނަމަ އެއްއިލާހަކު އެއްއަމުރު އަނެއްއިލާހަކު އޭގެއިދިކޮޅު އަނެއްއަމުރެއް އަދި ދެންހުރިއިލާހަކު ކުރީގެދެއިލާހުންނާއި މުޅިންތަފާތު އަމުރެއް އެއްފަހަރާ އަޅުތަކުންނަށްކޮށްފިނަމަ ދެން އަޅުތަކުން ހަދާނީކިހިނަކުންބާވައެވެ؟ ދުނިޔޭގެ މިއޮއްބޮޑު ކާއިނާތުގައި ﷲ ފިޔަވައި ގިނަ އިލާހުންތަކެއްވާނަމަ ދުނިޔޭގެ نِظَام މުޅިން ފަސާދަވެ އެގޮތްމިގޮތްވެގެން ހިގައިދާނެ އެވެ. ވީމާ މިމިސާލުންވެސް ވަރަށްފުރިހަމަކޮށް އެނގެނީ ﷲ ނޫން އެހެން އިލާހުއަކު ނުވާކަމެވެ. އެންމެހައި حَمْدُ އާއި تِعْرِيْفُ އެއްހުރީ ހަމަﷲ އަށެވެ. ނަމަވެސް މީސްތަކުންކުރެ ގިނަމީހުންނަކަށްނޭގެއެވެ.
39:30إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ ﴿30﴾إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ
Transliteration: Innaka mayyitun wainnahum mayyitoona
Translation: (އޭ رَسُولُ الله އެވެ!). ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނޭ ބޭކަލެކެވެ. އަދިއެމީހުނވެސް މަރުވާނެއެވެ.
39:31ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ ﴿31﴾ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ
Transliteration: Thumma innakum yawma alqiyamati AAinda rabbikum takhtasimoona
Translation: ދެން ޤިޔާމަތްދުވަހުން ކަލޭމެންގެ رَبُّ ގެ حِضْرَةُ ގައި އަރައިރުންތައްވެ ކަލޭމެން ދެބަސްވާނެއެވެ. دَعْوَى ތައްކުރާނެއެވެ.
39:32فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ﴿32﴾۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ
Transliteration: Faman athlamu mimman kathaba AAala Allahi wakaththaba bialssidqi ith jaahu alaysa fee jahannama mathwan lilkafireena
Translation: (ﷲ އަށް ޝަރީކަކު ވެޔޭ ކިޔައިގެން) ﷲ ގެ މައްޗަށް ބޮޑު ދޮގެއްހެދި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެބަހީ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވެއެވެ.) އަދި އޭނާގެ ގާތަށް ތެދުއައިހިނދު އެތެދު ދޮގުކޮށް (އެބަހީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި ޚަބަރުތަށް ދޮގުކޮށް) ހެދި މީހަކަށްވުރެން ވަކި ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ (ބެލެވޭނީ ކާފަރެއްކަމުގައެވެ.) އަދި ޤިޔާމަތަ ދުވަހުން ކާފަރުންނަށް ޖާގައެއްކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟ (އެބަހީ ފުދޭވަރު ވާނެއެވެ.)
39:33وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ ﴿33﴾وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ
Transliteration: Waallathee jaa bialssidqi wasaddaqa bihi olaika humu almuttaqoona
Translation: އަދި ތެދާއިގެން ވަޑައިގެންނެވި ކަލޭގެފާނާއި އަދި އެތެދު ތެދުކުރެއްވި ކަލޭގެފާނާއި މިދެބޭކަލުން ދަންނައެވެ. އެއީ ހަމަކަށަވަރުންވެސް تَقْوَى ވެރިންނެވެ. • ދަންނައެވެ. ތެދާއިގެން ވަޑައިގެންނެވީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ އެވެ. އަދި އެތެދު ތެދުކުރެއްވީ أَبُوْبَكُرُ الصِدِّيق رَضِيَ الله عَنْه އެވެ. ނުވަތަ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި އެންމެހައި ޚަބަރުތައް ތެދުކުރި ކޮންމެ މީހެކެވެ. އެކަލޭގެފާނަށް تَبَعَ ވި ކޮންމެ މީހެކެވެ. وَالله أَعْلَم. = ذبدة التفير =
39:34لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ ﴿34﴾لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ
Transliteration: Lahum ma yashaoona AAinda rabbihim thalika jazao almuhsineena
Translation: އެބައިމީހުން އެދޭހާކަމެއް އެބައިމީހުންގެ رَبُّ ގެ ޙަޟްރަތުގައި އެމީހުންނަށްވެއެވެ. އަދި إِحْسَان ތެރިންގެ ޖަޒާއަކީ އެއީއެވެ.
39:35لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ ﴿35﴾لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ
Transliteration: Liyukaffira Allahu AAanhum aswaa allathee AAamiloo wayajziyahum ajrahum biahsani allathee kanoo yaAAmaloona
Translation: (ތެދުމަގަށާއި إِحْسَان ތެރިކަމަށް އެމީހުންނަށް މަގުދައްކަވައި ފަސޭހަކޮށްދެއްވީ) އެމީހުންކުރި ނުބައި ޢަމަލުތަށް އެމީހުންގެ ކިބައިން އެކަލާނގެ ފުއްސަވައި عَفُوء ކުރެއްވުމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބެގެން ކުރިކަމުގައިވީ ޢަމަލުތަކަށް އެއަށްވުރެ މާހެޔޮ ދަރުމައާއި جَزَاء ދެއްވުމައަށްޓަކައެވެ.
39:36أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ﴿36﴾أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ
Transliteration: Alaysa Allahu bikafin AAabdahu wayukhawwifoonaka biallatheena min doonihi waman yudlili Allahu fama lahu min hadin
Translation: އަދި ﷲ ގެ އަޅާ (رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ) އަށް ފުއްދަވައިދެއްވާ ކަލަކު ކަމުގައި ﷲ ނުފުދޭހެއްޔެވެ؟ (އެބަހީ އެކަލޭގެފާނުންގެ ކަންތައްތަށް ބެއްލެވުމަށް ﷲ ފުދިވޮޑިގެންވެއެވެ. (އޭ رَسُوْلُ الله އެވެ!) އެމީހުން އެބަހީ އެކާފަރުންގެ މީހުން އެމީހުންﷲ ފިޔަވައި އެފަރާތްތަކަށް އެއަޅުކަން ކުރާތަކެތިން (ޔަޢުނީ ބުދުތަކާއިދެންވެސް އެބާވަތުގެ ތަކެތިން) އެމީހުން ކަލޭގެފާނު ބިރުގަންނަވަނީއެވެ. (އެކަމާ ބިރުފުޅުގެންވަޑައިގަންނަވާށެވެ!) ﷲ ތަޢާލާ ކަލޭގެފާނު ހީމާޔަތް ކުރައްވާނެއެވެ. އަދި ބުދުތަކަށް ވެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި މީހަކު ދަންނަވައެވެ. އޭނާއަށް ތެދުމަގުދައްކާނެ ހަމައެކަކުވެސް ނުވެއެވެ.
39:37وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ ﴿37﴾وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ
Transliteration: Waman yahdi Allahu fama lahu min mudillin alaysa Allahu biAAazeezin thee intiqamin
Translation: އަދި އެމީހަކަށް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދަވައިލެވޭނެ މީހަކުވެސް ނުވެއެވެ. އަދި ކޮންމެ ކަމެއްގެމައްޗަށް އަދި ކޮންއެއްޗެއްގެ މައްޗަށް ގަދަވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އަދި ނުކިޔަމަންތެރި އަނިޔާވެރިންގެ ކިބައިން) ބަދަލު ހިއްޕެވެމުގެ ވެރިކަލަކުކަމުގައި އެކަލާނގެ ނުވޭހެއްޔެވެ؟ އެބަހީ ވެއެވެ.
39:38وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ ﴿38﴾وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ
Transliteration: Walain saaltahum man khalaqa alssamawati waalarda layaqoolunna Allahu qul afaraaytum ma tadAAoona min dooni Allahi in aradaniya Allahu bidurrin hal hunna kashifatu durrihi aw aradanee birahmatin hal hunna mumsikatu rahmatihi qul hasbiya Allahu AAalayhi yatawakkalu almutawakkiloona
Translation: (އޭ رَسُوْلُ الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުންކުރެ އައްސަވައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީﷲ އެވެ. އަދި ކަލޭގެފާނު އެމީހުންނަށްވިދާޅުވެ ބައްލަވާށެވެ! ﷲފިޔަވައި ކަލޭމެން ތިޔަ دعاء ކޮށް އަޅުކަން ކުރާ ބުދުތަކާއިމެދު ކަލޭމެން ނިކަން ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! އަޅެފަހެ ﷲ ތިމަންކަލޭގެފާނަށް ދައްޗެއް ނުވަތަ އުނދަގުލެއް ޖައްސައިފިއްޔާ އެބުދުތަކަށް އެއުނދަގޫ ފިލުވައިލެވިދާނެހެއްޔެވެ؟ ނުވަތަ ތިމަންކަލޭގެފާނަށް އެކަލާނގެ رحمة އެއް ނުވަތަ ހެވެއް އިރާދަކުރައްވައިފިއްޔާ އެ رحمة އެއް އަދިއެހެވެއް ތިމަންކަލޭގެފާނަށް އަޔަނުދީ އެބުދުތަކަށް ހިފެހެއްޓިދާނެހެއްޔެވެ؟ ނުވެސް ހިފެހެއްޓޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް ﷲ ފުދެއެވެ. އަދި وكيل ކޮށްއިތުބާރު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކޮށްއިތުބާރު ކުރާހުށިކަމެވެ!
39:39قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ ﴿39﴾قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ
Transliteration: Qul ya qawmi iAAmaloo AAala makanatikum innee AAamilun fasawfa taAAlamoona
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ތިޔަ ތިބިގޮތްމަތީގައި (شرك ކުރާ حال) ކަލޭމެން عمل ކުރަމުން ގެންގޮސް ބަލާށެވެ! އަދި އަހުރެންވެސް އަހުރެންގެ ގޮތުގައި عمل ކުރަމުން ގެންދާހުށީމެވެ.
39:40مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ﴿40﴾مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ
Transliteration: Man yateehi AAathabun yukhzeehi wayahillu AAalayhi AAathabun muqeemun
Translation: ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ.
39:41إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ ﴿41﴾إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ
Transliteration: Inna anzalna AAalayka alkitaba lilnnasi bialhaqqi famani ihtada falinafsihi waman dalla fainnama yadillu AAalayha wama anta AAalayhim biwakeelin
Translation: ހަމަކަށަވަރުން މީސްތަކުންގެ ތެދުމަގަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ކީރިތި قرآن މިބާވައިލައްވަނީ ހަމަ حق ތެދު ގޮތުގައެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ އެތެދުމަގު ލިބިގަންނަނީ އޭނާގެ نفس އަށެވެ. އެބަހީ އެކަމުގެ ފައިދާއާއި ލާބަހުންނާނީ ހަމަ އެމީހަކަށެވެ. އަދި މަގުފުރެދުނު މީހާވެސް ދަންނައެވެ. އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس ގެ މައްޗަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ހަލާކު ހުންނާނީ ހަމަ އޭނާގެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނު އެމީހުންނަށް ތެދުމަގު ފޯރުކޮށްދިނުމަށް مسئول ވެގެންނުވެއެވެ.
39:42ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ﴿42﴾ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
Transliteration: Allahu yatawaffa alanfusa heena mawtiha waallatee lam tamut fee manamiha fayumsiku allatee qada AAalayha almawta wayursilu alokhra ila ajalin musamman inna fee thalika laayatin liqawmin yatafakkaroona
Translation: މަރުވާހިނދު ﷲ އެކަލާނގެ އަޅުތަކުންގެ ނަފުސުތަށް ނުވަތަ ފުރާނަތަށް ހިފަހައްޓަވައެވެ. (އޭގެ ވެރިއަކަށް ނުދޫކުރައްވައެވެ.) އަދި މަރުގެ އަޖަލު ކަނޑައެޅިގެންނުވާ ފުރާނަތަށްވެސް ނިދާވަގުތު ހިފަހައްޓަވައެވެ. އަދި ނިދީގެ ތެރޭގައި މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތަށް އެކަލާނގެ ދެން ދޫނުކުރައްވައި ހިފަހައްޓަވައެވެ. (އެމީހަކު އޮންނާނީ ނިދީގެތެރޭ މަރުވެފައެވެ.) ދެން އަނެއްބައި ފުރާނަތަށް (މަރުވުމަށް ކަނޑަނޭޅޭ ފުރާނަތަށް އެކަލާނގެ އޭގެ ވެރިންނަށް ދޫކުރައްވައެވެ. (އޭރުން ދެން އޭނާ ނިދިހަމެވެގެން ހޭލާނެއެވެ.) އެއީ އޭނާގެ އަޖަލު ހަމަވާންދެނެވެ. ހަމަކަށަވަރުން އެކަންކަމުގައި (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަށްވާކަންކަށަވަރެވެ. ނަމަވެސް އެއީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
39:43أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ ﴿43﴾أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ
Transliteration: Ami ittakhathoo min dooni Allahi shufaAAaa qul awalaw kanoo la yamlikoona shayan wala yaAAqiloona
Translation: އަދިކިޔެއް ހެއްޔެވެ؟ އެމީހުން އެބަހީ މުޝްރިކުން ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކުރީއެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވިޔަސް އަދި އެއްވެސް އެއްޗެއް ވިސްނާ ފިކުރު ކުރުމެއްނެތަސް (އެމީހުން އެތަކެތި އިލާހުންކަމުގައި ހިފައި އިޚްތިޔާރުކުރަންވީ ހެއްޔެވެ؟)
39:44قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ ﴿44﴾قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ
Transliteration: Qul lillahi alshshafaAAatu jameeAAan lahu mulku alssamawati waalardi thumma ilayhi turjaAAoona
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އެންމެހައި شَفَاعَة އެއް خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ ހަމައެކަލާނގެއަށެވެ. ދެން އަދިކަލޭމެން މަރުވުމަށްފަހު އެނބުރި ރުޖޫޢަވާނީވެސް ހަމައެކަލާނގެ حَضْرَة އަށެވެ.
39:45وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ﴿45﴾وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ
Transliteration: Waitha thukira Allahu wahdahu ishmaazzat quloobu allatheena la yuminoona bialakhirati waitha thukira allatheena min doonihi itha hum yastabshiroona
Translation: އަދި آخِرَةُ އަށް އީމާން ނުވާމީހުންގެ ގާތުގައި الله ޒިކުރު ކުރެވިއްޖެއްޔާ އެކަލާނގެ ހަނދާންކުރެވިޖެއްޔާ އެމީހުންގެ ހިތްތައްބޮޑާވެ ނުރުހިދެއެވެ. ނަފުރަތުވެއެވެ. އަދި އެކަލާނގެ ނޫންތަކެތި (لاَتَ عُزَّى ފަދަބުދު) ޡިކުރު ކުރެވިއްޖެއްޔާ / ނަންގަނެވިއްޖެއްޔާ ދެންއެމީހުން އުފާވެ މަޖާވެއެވެ.
39:46قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ ﴿46﴾قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ
Transliteration: Quli allahumma fatira alssamawati waalardi AAalima alghaybi waalshshahadati anta tahkumu bayna AAibadika fee ma kanoo feehi yakhtalifoona
Translation: އޭ رَسُوْلُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ މަތިވެރި ﷲ އެވެ! އޭ އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވިކަލާކޮ. އަދި ޣައިބުގައި ފޮރުވެގެންވާ ތަކެއްޗާއި އަދި ފާޅުވެ ހާމަވެގެންވާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާކޮ. އިބަރަސްކަލާނގެ އިބަރަސްކަލާނގެ އަޅުތަކުންގެމެދު އިޚްތިލާފުވެ ދެބަސްވަމުންދާ ކަންކަމުގައި އެމީހުންގެ މެދުގައި ޙުކުމު ކުރައްވަމުއެވެ.
39:47وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ ﴿47﴾وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ
Transliteration: Walaw anna lillatheena thalamoo ma fee alardi jameeAAan wamithlahu maAAahu laiftadaw bihi min sooi alAAathabi yawma alqiyamati wabada lahum mina Allahi ma lam yakoonoo yahtasiboona
Translation: އަދި އަނިޔާވެރިވި މީސްތަކުންނަށް ދުނިޔޭގައިވާ އެންމެހާ ތަކެއްޗާއި އަދި އެޔާއެކު އަދި އެހާތަކެތި އިތުރަށް އެމީހުން عَذَاب ގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤިޔާމަތް ދުވަހުން فِدْيَة ދޭން އެމީހުންނަށް ދިންނަމަވެސް (އެމީހުން އެކަމުން ސަލާމަތްނުވާނެއެވެ.) އެމީހުންނަށް ﷲ ގެ ޙަޟްރަތުން ފައުޅުވާނީ (ﷲ ގެ ކޯފާއާއި عَذَاب ގެ ތެރެއިން) އެމީހުން ހީވެސްނުކުރާ ކަންކަމެވެ.
39:48وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿48﴾وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Wabada lahum sayyiatu ma kasaboo wahaqa bihim ma kanoo bihi yastahzioona
Translation: އެމީހުންނަށް ފާޅުވާނީ އެމީހުން ކުރި ޢަމަލުތަކުގެ ނުބައިކަމެވެ. އަދި އެކަމާއިމެދު (ދުނިޔޭގައި) މަލާމާތްކޮށް ފުރައްސާރަކުރާކަމުގައި ވީކަންތައް އެމީހުން ވަށައިލާނެއެވެ. (އެއީ ނަރަކައިގެ عَذَاب އެވެ.)
39:49فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿49﴾فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
Transliteration: Faitha massa alinsana durrun daAAana thumma itha khawwalnahu niAAmatan minna qala innama ooteetuhu AAala AAilmin bal hiya fitnatun walakinna aktharahum la yaAAlamoona
Translation: ފަހެ އިންސާނާއަށް އުނދަގުލެއް - ނުވަތަ ފަޤީރުކަމެއް - ނުވަތަ ދެންވެސް އެބާވަތުގެ ކަމެއްދިމާވެއްޖެއްޔާ އޭނާ ތިމަންރަސްކަލާނގެއަށް ގޮވާ ދުޢާ ކޮށް ހަދައެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އޭނާއަށް ކޮންމެވެސް ނިޢުމަތެއް ދެއްވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން މިކަންދަންނަކަމުގެ ސަބަބުން ލިބުނު މުދަލެވެ. ނުވަތަ އަހަރެންގައިވާ ހެޔޮކަމަށްޓަކައި ލިބުނުމުދަލެވެ. (ﷲ އެޔަށް ޖަވާބު އެދެއްވަނީ) އެހެންނަކުންނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ فِتْنَة އެކެވެ. އިމްތިހާނެކެވެ. (އޭނާ އެ ނިޢުމަތަށް ޝުކުރު ކުރޭތޯ ނުވަތަ ނިޢުމަތަކަށް ކާފަރުވޭތޯއެވެ.) އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
39:50قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ﴿50﴾قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ
Transliteration: Qad qalaha allatheena min qablihim fama aghna AAanhum ma kanoo yaksiboona
Translation: އެމީހުންގެ ކުރީމީހުން އެބަހީ އިސްވެދިޔަ އުންމަތްތަކުގައި އުޅުނު މީހުންވެސް އެފަދަ ބަސްބުންޏެވެ. އެކަމަކު ދުނިޔޭގައިއެމީހުން އެހޯދި އެކެއްޗަކުންވެސް އެމީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއްނުދިނެވެ.
39:51فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَـٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ ﴿51﴾فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَـٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ
Transliteration: Faasabahum sayyiatu ma kasaboo waallatheena thalamoo min haolai sayuseebuhum sayyiatu ma kasaboo wama hum bimuAAjizeena
Translation: ފަހެ އެމީހުން ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ޖެހުނެވެ. (ބަނޑުހައިހޫނު ކަމާއި- ހައްޔަރުވުމާއި- ބަލިވެގެން ހައްޔަރުވުމާއި) މިބާވަތުގެ ކަންކަން ދިމާވިއެވެ. އަދި މިމީހުންގެ ތެރެއިންވެސް- އެބަހީ مكة ގެ مشرك ގެ ތެރެއިންވެސް އަނިޔާވެރިންނަށް ނިކަންހުރެ އެމީހުން ކުރާ ކަންތަކުގެ ނުބައިކަން ދިމާވާނެއެވެ. އެއީ ކާފަރު ކަންމަތީ ދެމިތިބިއްޔާއެވެ. އަދި ﷲ ނުކުޅައްދަވައިލެވޭނެ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (ﷲ ބޭނުންވެވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު عمل ކުރައްވާނެއެވެ.)
39:52أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴿52﴾أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Awalam yaAAlamoo anna Allaha yabsutu alrrizqa liman yashao wayaqdiru inna fee thalika laayatin liqawmin yuminoona
Translation: ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް ރިޒްގު ތަނަވަސް ކުރައްވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ދަތިކުރައްވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ؟ އަދި ހަމަކަށަވަރުން އެކަންކަމުގައި ﷲ ގެ ގުދުރަތްތެރިކަމާއި އެއްކައުވަންތަކަމަށް ދަލީލުކުރާ دليل ތަކާއި ހެކިތައް ﷲ އަށް إيمان ވާ ބަޔަކަށްވެއެވެ.
39:53قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ﴿53﴾۞قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ
Transliteration: Qul ya AAibadiya allatheena asrafoo AAala anfusihim la taqnatoo min rahmati Allahi inna Allaha yaghfiru alththunooba jameeAAan innahu huwa alghafooru alrraheemu
Translation: (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! (ﷲ تَعَالى وَحِي ކުރެއްވިއެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ފާފަކުރުމާއި އުރެދުންތެރިކަމުގައި އިސްރާފުކޮށްފައިވާ އަޅުންނޭވެ. ﷲ ގެ ރަޙުމަތުން ކަލޭމެން އުންމީދުކަނޑައިނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ تَعَالى އެންމެހައި ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
39:54وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ ﴿54﴾وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ
Transliteration: Waaneeboo ila rabbikum waaslimoo lahu min qabli an yatiyakumu alAAathabu thumma la tunsaroona
Translation: އަދި ކަލޭމެން ކަލޭމެންގެ رَبُّ އަށް ތައުބާވެ ރުޖޫޢަވާށެވެ. (އެއީ ގިނަހެޔޮކަންތަށްކޮށްގެންނާއި ނަޙީތަކުން ދުރުވެގެންނާއި އެކަލާނގެ ޙުކުމުފުޅަށް ބޯލަނބައިގެންނެވެ.) އަދި އެކަލާނގެއަށް ކަލޭމެން ބޯލަނބައި ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންގެ މައްޗަށް ޢަޛާބު އައުމުގެ ކުރިންނެވެ. (ތައުބާ ނުވެތިއްބާ ޢަޛާބު އަތުވެއްޖެއްޔާ) ދެން ކަލޭމެންނަށް نَصْر ނުލިބެވޭނެއެވެ. نَصْر ދޭނެމީހަކު ނުވާނެއެވެ.
39:55وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ ﴿55﴾وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ
Transliteration: WaittabiAAoo ahsana ma onzila ilaykum min rabbikum min qabli an yatiyakumu alAAathabu baghtatan waantum la tashAAuroona
Translation: އަދި ހަމަ ކުއްލިއަކަށް ކަލޭމެންނަށް އިހްސާސްވެސް ނުވާގޮތަކަށް عَذَاب އައުމުގެ ކުރިން ކަލޭމެންގެ رَبُّ ގެ ޙަޟްރަތުން ކަލޭމެންނަށް ބާވައިލައްވާފައިވާ ރަނގަޅުތަކެއްޗާއި ކަލޭމެން ތަބަޢަވާށެވެ! އެބަހީ ކީރިތި قُرْآن އާއި ތަބަޢަވާށެވެ!
39:56أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ ﴿56﴾أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ
Transliteration: An taqoola nafsun ya hasrata AAala ma farrattu fee janbi Allahi wain kuntu lamina alssakhireena
Translation: އަދި އެއްވެސް ނަފްސެއް ތިމާ ﷲ އާއި މެދު - ﷲ ގެ ކިޔަމަންތެރިކަމާއިމެދު ފަރުވާ ކުޑަކުރިކަމައްޓަކައި އޭ އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އަދި އަހުރެންވީ މަލާމާތްކޮށް ފުރައްސާރަކުރި މީހުންގެ ތެރެއިންކަން ކަށަވަރެވެ. މިފަދަބަސްތައް ބުނަންދިމާވުމުގެ ކުރިންނެވެ.
39:57أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ ﴿57﴾أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ
Transliteration: Aw taqoola law anna Allaha hadanee lakuntu mina almuttaqeena
Translation: ނުވަތަ ﷲ އަހުރެންނަށް ތެދުމަގު ދެއްކެވިނަމަ އަހުރެންވީހީ ތަޤުވާވެރިންގެ ތެރެއިންނެވެ. މިހެން އެއްވެސް ނަފްސެއް ބުނުމުގެ ކުރިންނެވެ.
39:58أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ ﴿58﴾أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ
Transliteration: Aw taqoola heena tara alAAathaba law anna lee karratan faakoona mina almuhsineena
Translation: ނުވަތަ عَذَاب ފެންނަހިނދު އަހުރެން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވާނެނަމައެވެ. އޭރުން އިޙްސާންތެރިންގެ ތެރެއިން އަހުރެންވާހުށީމެވެ. މިހެން އެއްވެސް ނަފްސެއްބުނުމުގެ ކުރިންނެވެ. (އޭގެ ކުރިން ތައުބާވެ އެކަލާނގެ ޙަޟްރަތުއަށް ރުޖޫޢަވާށެވެ!)
39:59بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ ﴿59﴾بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ
Transliteration: Bala qad jaatka ayatee fakaththabta biha waistakbarta wakunta mina alkafireena
Translation: އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.)\n* ދަންނައެވެ. މި آ ية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ. * އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ. * ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ. * ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أولى ވެގެންވާކަމެވެ. * ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم.
39:60وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ ﴿60﴾وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ
Transliteration: Wayawma alqiyamati tara allatheena kathaboo AAala Allahi wujoohuhum muswaddatun alaysa fee jahannama mathwan lilmutakabbireena
Translation: އަދި ﷲ އަށް ދޮގުތަކެއްހެދި މީހުންގެ މޫނުތައް ޤިޔާމަތްދުވަހުން ކަޅުވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ކިބުރުވެރި ބޮޑާވިމީހުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭހެއްޔެވެ؟ (އެބަހީ އެމީހުންގެ ޖާގައެއްކަމުގައި ނަރަކަފުދޭނެއެވެ.)
39:61وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ ﴿61﴾وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ
Transliteration: Wayunajjee Allahu allatheena ittaqaw bimafazatihim la yamassuhumu alssooo wala hum yahzanoona
Translation: އަދި ތަޤުވާވެރިވި މީސްތަކުން އެބައިމީހުންގެ ނަސީބާއި ކާމިޔާބުގެ ސަބަބުން ﷲ އެމީހުން (އެދުވަހުގެ ނުރައްކަލުން) ސަލާމަތްކުރައްވާނެއެވެ. އެމީހުންގައި އެއްވެސް ނުބައެއްނުބީހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަމުގައިވެސްއެމީހުންނުވެއެވެ.
39:62ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ﴿62﴾ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ
Transliteration: Allahu khaliqu kulli shayin wahuwa AAala kulli shayin wakeelun
Translation: ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.
39:63لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴿63﴾لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
Transliteration: Lahu maqaleedu alssamawati waalardi waallatheena kafaroo biayati Allahi olaika humu alkhasiroona
Translation: އަދި އުޑުތަކާއި ބިމުގެ مَقَالِيد ވަނީ އެކަލާނގެއަށް އެކަނި ހާއްސަވެގެންނެވެ. (مَقَالِيد އެވެ ބުނިބަހުން މުރާދުކުރެވެނީ އެދެތާނގެ ކަންތަކާމެދު ތަދުބީރުކުރެއްވުމާއި ބޭނުންވެވޮޑިގެންވާގޮތަކަށް އެތަންތާނގެ ކަންތައްތަށް ހިންގެވުމެވެ.) އަދި ﷲގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން ދަންނައެވެ. ގެއްލިހަލާކުވެގެންވާ މީހުންނަކީ ހަމައެއީއެވެ.
39:64قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ ﴿64﴾قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ
Transliteration: Qul afaghayra Allahi tamuroonnee aAAbudu ayyuha aljahiloona
Translation: (އޭ رَسُوْل الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭމިތިބަ ޖާހިލުންނޭވެ. ކަލޭމެން އަހުރެންނަށް ތިޔަ އަމުރުކުރަނީ ﷲ ނޫން ފަރާތަކަށް އަހަރެން އަޅުކަންކުރަން ހެއްޔެވެ؟
39:65وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ ﴿65﴾وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ
Transliteration: Walaqad oohiya ilayka waila allatheena min qablika lain ashrakta layahbatanna AAamaluka walatakoonanna mina alkhasireena
Translation: (الله وحي ކުރެއްވިއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނަށް وحي ކުރެއްވިގެންވަނީ އަދި ކަލޭގެފާނުންގެ ކުރީގެ رَسُوْل ބޭކަލުންނަށްވެސް وحي އިއްވެވިގެން ވާނީ (އެބޭކަލުންވެސް) އަދި ކަލޭގެފާނުވެސް شرك ކޮށްފިއްޔާ ހަމަކަށަވަރުން ކަލޭގެފާނު ކުރެއްވި އެންމެހައި ހެޔޮ عمل باطل ކުރައްވާނެކަމަށެވެ. އަދި ހަމަކަށަވަރުން އޭރުން ކަލޭގެފާނުވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
39:66بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِينَ ﴿66﴾بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِينَ
Transliteration: Bali Allaha faoAAbud wakun mina alshshakireena
Translation: އަދި ކިޔެއްހެއްޔެވެ؟ ހަމައެކަނި ﷲ އަށް އަޅުކަން ކުރައްވާށެވެ. އަދި شرك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ. މިއެވެ.
39:67وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّـٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ﴿67﴾وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّـٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
Transliteration: Wama qadaroo Allaha haqqa qadrihi waalardu jameeAAan qabdatuhu yawma alqiyamati waalssamawatu matwiyyatun biyameenihi subhanahu wataAAala AAamma yushrikoona
Translation: އަދި ހަމަކަށަވަރުން އެމީހުން - އެބަހީ مشرك ން -ﷲ އަށް قدرކޮށް إحترام ކުރުން حق ވެގެންވާވަރަކަށް އެމީހުން އެކަލާނގެއަށް قدر ކޮށް إحترام ކޮށްނުހަދައެވެ. قيامة ދުވަހުން މުޅި ބިނަގަޑުވާނީ އެކަލާނގެ މުށްޕުޅުގައެވެ. އަދި އުޑުތައް ފަށްފަށް ޖައްސަވާލައްވާފައިވާނީ އެކަލާނގެ ކަނައަތްޕުޅުގައެވެ. އަދި އެބައިމީހުން އެ شرك ކުރާ ކަންތަކުން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެ ވޮޑިގެންވެއެވެ.
39:68وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ ﴿68﴾وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ
Transliteration: Wanufikha fee alssoori fasaAAiqa man fee alssamawati waman fee alardi illa man shaa Allahu thumma nufikha feehi okhra faitha hum qiyamun yanthuroona
Translation: ފަހެ (ފުރަތަމަ ފަހަރަށް) ތާޅަފިލި ފުންމަވައިލެވިއްޖެއްޔާ ﷲ އިރާދަކުރެއްވި ފަރާތެއް މެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންގޮސް މަރުވެދެއެވެ. ދެން ދެވަނަ ފަހަރަށް އަލުންވެސް ތާޅަފިލި ފުންމަވައިލެއްވޭނެއެވެ. ދެން އޭރުން މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ތެދުވެ ބަލަން ތިބޭނެއެވެ.
39:69وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ﴿69﴾وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ
Transliteration: Waashraqati alardu binoori rabbiha wawudiAAa alkitabu wajeea bialnnabiyyeena waalshshuhadai waqudiya baynahum bialhaqqi wahum la yuthlamoona
Translation: އަދި ބިންގަނޑު އެބިންގަނޑުގެ ވެރި رب ގެ نور ން މުޅިން އަލިވެ އުޖާލާވެދެއެވެ. ދެން މީސްތަކުން ދުނިޔޭގައި ކުރި عمل ތަކުގެ ފަތްތައް حساب ބެއްލެވުމަށްޓަކައި ގެނަސްބެހެއްޓިދާނެއެވެ. އަދި نبي ބޭކަލުންނާއި ހެކިވެރިން ގެންނަވައި އެމީހުންގެ މެދުގައި ސީދާ حق ގޮތުގައި ނިޔާ ކަނޑައެޅިދާނެއެވެ. އަދި އެއްވެސް އަނިޔާއެއް އެދުވަހުން އެމީހުންނަށް ނުވެވޭނެއެވެ.\n* ދަންނައެވެ. އެކިއެކި أمة ތަކުގެ رسول ބޭކަލުން އެބޭކަލުންގެ أمة އަށް رسول ކަން އިއްވަވައިދެއްވި ކަމަށް ހެކި ދެއްވުމަށް ގެނެވޭ ހެކިވެރިންނަކީ محمد ﷺ ގެ أمة ގެ މީހުންނެވެ. އެވާހަކަ بقرة ސޫރަތުގައި بيان ވެގެން އެވަނީއެވެ. (وَكذَالِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُوْنُوْا شُهَدَاء عَلَى النَّاسِ وَيَكُون الرسول عليكم شهيدًا....) މާނައީ ތިމަންރަސްކަލާނގެ ކަލޭމެން خاص ވެގެންވާ عدل ވެރި أمة އެއްކަމުގައި ލެއްވީ އެފަދައިންނެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިން ކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި ކަލޭމެން މައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ....) މިއެވެ.
39:70وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ ﴿70﴾وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ
Transliteration: Wawuffiyat kullu nafsin ma AAamilat wahuwa aAAlamu bima yafAAaloona
Translation: ދެންފަހެ (قيامة ދުވަހުން) ކޮންމެ نفس އަކަށްމެ އެ نفس އެއް ކޮށްފައިވާ عمل ގެ ޖަޒާ ބަރާބަރަށް ލިބޭނެއެވެ. (ހެޔޮ عمل ވިއްޔާ ހެޔޮ ޖަޒާއެވެ. ނުބައި عمل ވިއްޔާ ނުބައި ޖަޒާއެވެ.) އަދި އެ عمل ތައް ކުރަމުން ދިޔައިރު އެހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. (ނަމަވެސް މަލާއިކަތްބޭކަލުން ލިޔުއްވި ފަތާއި ހެކިވެރިންނާއި ގުނަވަންތައް އެހެކިދެނީ އެއްވެސް ކަހަލަ حجة އެއް އަދި عذر އެއް ނުއޮތުމަށްޓަކައެވެ.)
39:71وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ ﴿71﴾وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ
Transliteration: Waseeqa allatheena kafaroo ila jahannama zumaran hatta itha jaooha futihat abwabuha waqala lahum khazanatuha alam yatikum rusulun minkum yatloona AAalaykum ayati rabbikum wayunthiroonakum liqaa yawmikum hatha qaloo bala walakin haqqat kalimatu alAAathabi AAala alkafireena
Translation: އަދި ކާފަރުވީ މީސްތަކުން ދަމާފައި ނަރަކައަށް ގެނެވޭނެއެވެ. އެއީ جماعة جماعة އަށެވެ. ބައިބަޔަށެވެ. (ކޮންމެ ބާވަތެއްގެ ކުށްވެރިންގެ ތެރެއިންވެސް އިސްމީހުން ކުރިއަށެވެ.) ދެން އެމީހުން ނަރަކައާއި ހަމައަށް ގެންދެވިއްޖެއްޔާ ނަރަކައިގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަން ބެލެހެއްޓެވުމަށް ލައްވާފައިވާ މަލާއިކަތްބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. ވިދާޅުވާނެއެވެ. ކަލޭމެންގެ رَبُّ އާޔަތްތައް ކިޔަވައިދެއްވައި އަދި މިދުވަހާއި ކަލޭމެން ބައްދަލުވާންޖެހިދާނެކަމުގެ އިންޒާރުދެއްވައި ބިރުގެންނެވުމަށް ކަލޭމެންގާތަށްފަހެ ރަސޫލުބޭކަލުން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުންދަންނަވާނެއެވެ. ނޫނެކެވެ. ވަޑައިގެންނެވިއެވެ. އަދި ތިޔައިންޒާރުވެސް ކުރެއްވިއެވެ. ނަމަވެސް عَذَابُ ގެ ކަލިމަފުޅު ކާފަރުންގެމައްޗަށް حَقُّ ވީއެވެ.
39:72قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ ﴿72﴾قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ
Transliteration: Qeela odkhuloo abwaba jahannama khalideena feeha fabisa mathwa almutakabbireena
Translation: ދެން އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާދެމިތިބޭ ގޮތަށެވެ. ފަހެ ބޮޑާވެ ކިބުރުވެރިވިމީހުންގެ ޖާގައެއްކަމުގައި قِيَامَة ދުވަހުން ހަމަޖެހިފައިވާތަން ނުބައިވެގެންވެއެވެ. އެއީ ނަރަކައެވެ.
39:73وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ ﴿73﴾وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ
Transliteration: Waseeqa allatheena ittaqaw rabbahum ila aljannati zumaran hatta itha jaooha wafutihat abwabuha waqala lahum khazanatuha salamun AAalaykum tibtum faodkhulooha khalideena
Translation: އަދި އެބައިމީހުން އެބައިމީހުންގެ رَبُّ އަށް تَقْوَى ވެރިވީމީހުން جماعة جماعة އަށް ސުވަރުގެއަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެތަނަށް ދެވިއްޖެއްޔާ އެތާގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަންބަލަހައްޓަވަން ތިއްބަވާ މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ މައްޗަށް ސަލާމު ހުއްޓެވެ. ކަލޭމެންގެ ކަންތައް ރަނގަޅުވެގެންވެއެވެ. (ކަލޭމެން ދުނިޔޭގައި ކުރިޢަމަލުން ފުރާނަތައް ރަނގަޅުވެ ފައްކާވެގެންވެއެވެ.) އަދިކަލޭމެން ތިބުމަށް ރަނގަޅުތަންވެއެވެ. ފަހެ ކަލޭމެން ދެމިތިބޭގޮތަށް ކަލޭމެން ސުވަރުގެއަށް ވަންނާށެވެ.
39:74وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ ﴿74﴾وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ
Transliteration: Waqaloo alhamdu lillahi allathee sadaqana waAAdahu waawrathana alarda natabawwao mina aljannati haythu nashao faniAAma ajru alAAamileena
Translation: އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި ތާރީފާއި ސަނާއެއްހުރީ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅަމެންނާއިމެދު ކުރައްވާފައިވާ وَعْدُ ފުޅު ތެދުކުރެއްވި ކަލާނގެއެވެ. ސުވަރުގޭގެ ބިން އެކަލާނގެ އަޅަމެންނަށް ވާރުތަކޮށް ދެއްވިއެވެ. (އެއީ އަހުރެމެންގެ ބައްޕައާއި މަންމަ ފުރަތަމައުޅުއްވި ތަނެވެ.) ސުވަރުގޭގައި އަހުރެމެން ބޭނުންގޮތަކަށް އުޅޭނީއެވެ. ފަހެ ދުނިޔޭގައި ހެޔޮ ޢަމަލު ކުރިމީހުންގެ ދަރުމަ މާތްވެގެންވެއެވެ.
39:75وَتَرَى ٱلۡمَلَـٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿75﴾وَتَرَى ٱلۡمَلَـٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
Transliteration: Watara almalaikata haffeena min hawli alAAarshi yusabbihoona bihamdi rabbihim waqudiya baynahum bialhaqqi waqeela alhamdu lillahi rabbi alAAalameena
Translation: އަދި މަލާއިކަތްބޭކަލުން ﷲ ގެ عَرْشِ ފުޅު ވަށައިގެންވާތީ ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. އަދި އެބޭކަލުން އެބޭކަލުންގެ رَبُّ ގެ حَضْرَة އަށް حَمْد ކުރައްވައި تَسْبِيْح ވިދާޅުވާނެއެވެ. އަދި އެންމެހައި خَلْقُ ތަކުންގެމެދުގައި حَقُّ އަށް ނިޔާކުރެވިނިމޭނެއެވެ. އަދިބުނެވޭނެއެވެ. އެންމެހައި حَمْد އާއި تَعْرِيْفُ އެއްހުރީ ޢާލަމުތައް ހައްދަވާބޮޑުކުރެއްވި އެތަކެތީގެވެރި رَبُّ އަށެވެ. (މިއީ މުއުމިނުންގެ ބަހެވެ.)
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download