quranm◉

Surah Fussilat transliteration

◉ ސޫރަ · ∞

41:1

حمٓ ﴿1﴾

Transliteration: Hameem

Translation: حم މި އަކުރުތަކަކީ، އަދި މިފަދަ އެހެން އަކުރުތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ مراد ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އަކުރުތަކެކެވެ.

41:2

تَنزِيلٞ مِّنَ ٱلرَّحۡمَٰنِ ٱلرَّحِيمِ ﴿2﴾

Transliteration: Tanzeelun mina alrrahmani alrraheemi

Translation: މި قُرْآن އަކީ رحمن ވަންތަ رحيم ވަންތަ ﷲ ގެ حضرة ން ބާވައިލައްވާ ބާވައިލެއްވުމެކެވެ.

41:3

كِتَٰبٞ فُصِّلَتۡ ءَايَٰتُهُۥ قُرۡءَانًا عَرَبِيّٗا لِّقَوۡمٖ يَعۡلَمُونَ ﴿3﴾

Transliteration: Kitabun fussilat ayatuhu quranan AAarabiyyan liqawmin yaAAlamoona

Translation: މިއީ އެ ފޮތުގެ آية ތައް تفصيل ވެގެންވާ އަދި حكم ތައް ބަޔާންވެގެންވާ ފޮތެކެވެ.\nއަދި މިއީ عرب ބަހުން ބާވައިލައްވާފައިވާ قرآن އެކެވެ. މިފޮތް އެގޮތަށް ބާވައިލައްވާފައި މިވަނީ ދަންނަ ބަޔަކަށެވެ. އެބަހީ މި ފޮތަކީ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އެމީހުން ދަންނާނެއެވެ.

41:4

بَشِيرٗا وَنَذِيرٗا فَأَعۡرَضَ أَكۡثَرُهُمۡ فَهُمۡ لَا يَسۡمَعُونَ ﴿4﴾

Transliteration: Basheeran wanatheeran faaAArada aktharuhum fahum la yasmaAAoona

Translation: އެފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ކިޔަމަންތެރިވީ މީސްތަކުންނަށް އުފާވެރިކަމުގެ ދެއްވާ حال ގައެވެ. (އެއީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ރުއްސެވުމާއި، ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި خبر އެވެ.) އަދި އެ ފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ނުކިޔަމަންތެރިވީ މީހުންނަށް إنذار ކުރައްވާ حال ގައެވެ. (އެބަހީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ ބިރުވެރި خبر އެވެ.)

41:5

وَقَالُواْ قُلُوبُنَا فِيٓ أَكِنَّةٖ مِّمَّا تَدۡعُونَآ إِلَيۡهِ وَفِيٓ ءَاذَانِنَا وَقۡرٞ وَمِنۢ بَيۡنِنَا وَبَيۡنِكَ حِجَابٞ فَٱعۡمَلۡ إِنَّنَا عَٰمِلُونَ ﴿5﴾

Transliteration: Waqaloo quloobuna fee akinnatin mimma tadAAoona ilayhi wafee athanina waqrun wamin baynina wabaynika hijabun faiAAmal innana AAamiloona

Translation: (އަދި އެ ކާފަރުން محمد ގެފާނަށް ދެންނެވިއެވެ.) އޭ محمد ގެފާނެވެ! އަހުރެމެންގެ ހިތްތައް މި ވަނީ ކަލޭގެފާނު ތިޔަ ވިދާޅުވާ އެއްޗެއް ނުވިސްނޭ ގޮތުން މަތިޖެހި ބަންދުވެފައެވެ. އަދި އަހުރެމެންގެ ކަންފަތްތަކުގައި މި ވަނީ (ތިޔަ އަޑު ނުއިވޭނޭ ގޮތުން) ބައްކަމެއް ޖެހިފައެވެ. އަދި އަހުރެމެންނާއި، ކަލޭގެފާނާ ދެމެދު މިވަނީ ފަރުދާއެކެވެ. ހުރަހެކެވެ. (އެއީ معنوى ހުރަހެކެވެ. ދެކޮޅުވެރި ކަމެކެވެ.) އެހެންވީމާ، ކަލޭގެފާނު دين ގައިވާ ގޮތަށް ކަލޭގެފާނު عمل ކުރައްވާށެވެ. އަހުރެމެންވެސް އަހުރެމެންގެ دين ގައިވާ ގޮތަށް عمل ކުރާނަމެވެ.

41:6

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلٞ لِّلۡمُشۡرِكِينَ ﴿6﴾

Transliteration: Qul innama ana basharun mithlukum yooha ilayya annama ilahukum ilahun wahidun faistaqeemoo ilayhi waistaghfiroohu wawaylun lilmushrikeena

Translation: އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ތިޔަބައިމީހުން ކަހަލަ آدم ގެ ދަރިއެކެވެ. އެކަމަކު ތިމަން ކަލޭގެފާނަށް وحي އިއްވެވެއެވެ. - (ތިމަން ކަލޭގެފާނަށް ﷲ ގެ وحي ބާވައިލައްވައެވެ.) އަދި އެ وحي ގެ ތެރޭގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ހަމަ އެންމެ إله އެކެވެ. އެހެންވެ ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކޮށް ސީދާ މަގުގައި ތިބޭށެވެ! އަދި ފާފަފުއްސެވުމަށް އެކަލާނގެ حضرة ގައި އެދޭށެވެ! އަދި ﷲ އަށް شريك ކުރާ މީސްތަކުންނަށް ހުރީ ويل އެވެ. އެއީ ނަރަކައިގެ ވަކި عذاب އެކެވެ. ނުވަތަ ނަރަކައިގެ ގަދަފަދަ عذاب އެވެ.

41:7

ٱلَّذِينَ لَا يُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ﴿7﴾

Transliteration: Allatheena la yutoona alzzakata wahum bialakhirati hum kafiroona

Translation: އެ مشرك ންގެ މީހުން ޒަކާތް ނުނެރެއެވެ. އަދި ކަނޑައެޅިގެން އެމީހުން آخرة ދުވަހަށް ހަމަ يقين ންވެސް ކާފަރުވަނީއެވެ.

41:8

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ﴿8﴾

Transliteration: Inna allatheena amanoo waAAamiloo alssalihati lahum ajrun ghayru mamnoonin

Translation: ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރި މީހުން (ދަންނައެވެ.) އެމީހުންނަށް آخرة ދުވަހުން ހުރީ ކެނޑިދިއުމެއް ނުވާ ދަރުމަޔާއި، ثواب އެވެ.

41:9

قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِي خَلَقَ ٱلۡأَرۡضَ فِي يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادٗاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ ﴿9﴾

Transliteration: Qul ainnakum latakfuroona biallathee khalaqa alarda fee yawmayni watajAAaloona lahu andadan thalika rabbu alAAalameena

Translation: (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދެދުވަހުގެ ތެރޭގައި ބިން ހެއްދެވި ކަލާނގެއަށް ތިޔަބައިމީހުން ކާފަރުވަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެކަލާނގެއަށް شريك ންތަކެއް - ބައިވެރިންތަކެއް - ލައި ހަމަޖައްސަނީ ހެއްޔެވެ؟ އެކަލާނގެ އެއީ عالم ތައް ހައްދަވައި ބޮޑުކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އެ ހުރިހައި ތަކެތީގެ ربّ އެވެ.

41:10

وَجَعَلَ فِيهَا رَوَٰسِيَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِيٓ أَرۡبَعَةِ أَيَّامٖ سَوَآءٗ لِّلسَّآئِلِينَ ﴿10﴾

Transliteration: WajaAAala feeha rawasiya min fawqiha wabaraka feeha waqaddara feeha aqwataha fee arbaAAati ayyamin sawaan lilssaileena

Translation: އަދި އުފުލިފައިވާ ވަރުގަދަ ފަރުބަދަތަކެއް އެކަލާނގެ އެ ބިމުގައި ހަރުކުރެއްވިއެވެ. އަދި އެ ބިމުގައި بركاة ލައްވައި ގިނަގުނަވެގެންވާ خيرات ތައް ލެއްވިއެވެ. އަދި އެ ބިމުގައި އަޅުތަކުންނަށް ޓަކައި މިންވަރުކުރައްވައި رزق ލައްވައި އުޅެވޭނޭ وسيلة ތައް ލެއްވިއެވެ. އެކަން އެގޮތަށް މިންވަރުކުރައްވައި ބަރާބަރު ކުރެއްވީ ކުރީގެ ދެދުވަހާއެކު މުޅިއެކު ހަތަރުދުވަހުގެ ތެރޭގައެވެ. ﷲ އެތަކެތި ހެއްދެވީ ކިތައް ދުވަހުގެ ތެރޭގައިތޯ މީހަކު ސުއާލުކޮށްފިނަމަ އޭގެ جواب އެއްގެ ގޮތުން އާޔަތުގެ ފަހު عبارة ވެއެވެ.

41:11

ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ وَهِيَ دُخَانٞ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِيَا طَوۡعًا أَوۡ كَرۡهٗا قَالَتَآ أَتَيۡنَا طَآئِعِينَ ﴿11﴾

Transliteration: Thumma istawa ila alssamai wahiya dukhanun faqala laha walilardi itiya tawAAan aw karhan qalata atayna taiAAeena

Translation: ދެން އެކަލާނގެ އިރާދަކުރެއްވީ އުޑަށެވެ. އޭރު އެ އުޑު އޮތީ ދުންގަނޑަކަށެވެ. ދެންފަހެ އެ އުޑަށާއި، އަދި ބިމަށް އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަ ދެއެތި ރުހި ކިޔަމަންވެގެން ނުވަތަ ނުރުހި ނަމަވެސް ތިމަން ރަސްކަލާނގެ حضرة އަށް އަންނާށެވެ. އެ ދޭތި ދެންނެވިއެވެ. ކިޔަމަންތެރިވެގެންވާ حال އަޅަމެން މި އައީއެވެ.

41:12

فَقَضَىٰهُنَّ سَبۡعَ سَمَٰوَاتٖ فِي يَوۡمَيۡنِ وَأَوۡحَىٰ فِي كُلِّ سَمَآءٍ أَمۡرَهَاۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَحِفۡظٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ﴿12﴾

Transliteration: Faqadahunna sabAAa samawatin fee yawmayni waawha fee kulli samain amraha wazayyanna alssamaa alddunya bimasabeeha wahifthan thalika taqdeeru alAAazeezi alAAaleemi

Translation: ފަހެ އެކަލާނގެ އެ އުޑުތައް ހަތް އުޑަކަށް ނިޔަކުރެއްވިއެވެ. އެއީ ދެދުވަހުގެ ތެރޭގައެވެ. އަދި ކޮންމެ އުޑަކަށް އެ އުޑަކަށް ކަނޑައެޅިފައިވާ ކަންތައްތައް އެންގެވީމެވެ. އަދި ދުނިޔެއާ އެންމެ ގާތް އުޑު ބައްތިތަކަކުން ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އަދި އެ ތަރިތައް އެއީ ރައްކާތެރިކުރައްވާ ތަކެތި ކަމުގައި ލެއްވިއެވެ. (އެއީ އުޑުން ވައްކަންކުރަން ދާ ޖިންނި شيطان ންނާ ދިމާއަށް އުކުމަށެވެ.) އަދި އިސްވެދިޔަ އެންމެހައި ކަންކަމަކީ ގަދަ ކީރިތިވަންތަ، އަދި އެންމެހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރައްވާ، ހަމަޖައްސަވާފައިވާ ކަންކަމެވެ.

41:13

فَإِنۡ أَعۡرَضُواْ فَقُلۡ أَنذَرۡتُكُمۡ صَٰعِقَةٗ مِّثۡلَ صَٰعِقَةِ عَادٖ وَثَمُودَ ﴿13﴾

Transliteration: Fain aAAradoo fuqul anthartukum saAAiqatan mithla saAAiqati AAadin wathamooda

Translation: (އޭ رسول الله އެވެ!) ފަހެ އެމީހުން އެބަހީ مشرك ންގެ މީހުން ﷲ އަށް إيمان ނުވެ ﷲ ހެއްދެވި ތަކެއްޗަށް ވިސްނައި فكر ނުކޮށް އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. عاد ބާގައިގެ މީހުންނަށާއި، ثَمُود ބާގައިގެ މީހުންގެ މައްޗަށް އައި ކަހަލަ صاعقة އެއް - އެބަހީ ކުއްލިއަކަށް މަރުވެ ތަންޑާ ވާފަދަ އެތިފަހަރެއް - ތިޔަބައިމީހުންގެ މައްޗަށް އަތުވެދާނޭ ކަމުގެ ބިރުވެރި إنذارތިމަންކަލޭގެފާނު ކުރައްވަމެވެ. އެކަމުގެ خبر ދެއްވަމެވެ.

41:14

إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ﴿14﴾

Transliteration: Ith jaathumu alrrusulu min bayni aydeehim wamin khalfihim alla taAAbudoo illa Allaha qaloo law shaa rabbuna laanzala malaikatan fainna bima orsiltum bihi kafiroona

Translation: އެއީ އެބައިމީހުންގެ ގާތަށް އެމީހުންގެ ކުރީންނާއި، އެމީހުންގެ ފަހަތުން رسول ބޭކަލުން ވަޑައިގެންނެވި ހިނދުގައެވެ. (އެމީހުންގެ ކުރީ ބޭކަލުންގެ مراد އަކީ ކޮންމެ أمّة އެއްގެ ކުރީގައި ވަޑައިގެންނެވި ބޭކަލުންނެވެ. ފަހުގެ ބޭކަލުން ކަމުގައި ބެލެވޭ ބޭކަލުންނަކީ ކޮންމެ أمّة އަކަށާއި، ދެންވެސް އެއަށް ފަހު ވަޑައިގެންނެވި ބޭކަލުންނެވެ.) މި ހުރިހައި ބޭކަލުން ވެސް އެ ބޭކަލެއްގެ أمّة އަށް ގޮވާލައްވާފައި ވަނީ "ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާށެވެ." މިފަދައިންނެވެ. އޭގެ جواب ގައި އެ أمّة ގެ މީހުން ދަންނަވައެވެ. الله އެދިވޮޑިގެންނެވި ނަމަ رسول ބޭކަލަކު ކަމުގައި ملائكة ބޭކަލަކު ފޮނުއްވައިފީހެވެ. ފަހެ އަހުރެމެން މިވަނީ ތިޔަ ބޭކަލުން އެ އެއްޗަކާއިގެން ފޮނުއްވުނު ތަކެއްޗަށް ކާފަރުވެގެންނެވެ.' މިއެވެ.

41:15

فَأَمَّا عَادٞ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَقَالُواْ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةٗۖ وَكَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ﴿15﴾

Transliteration: Faamma AAadun faistakbaroo fee alardi bighayri alhaqqi waqaloo man ashaddu minna quwwatan awalam yaraw anna Allaha allathee khalaqahum huwa ashaddu minhum quwwatan wakanoo biayatina yajhadoona

Translation: ފަހެ عاد ބާގައިގެ މީހުން ދަންނައެވެ. (އެމީހުން އެއީ هود ގެފާނުންގެ قوم ގެ މީހުންނެވެ.) އެމީހުން އެއްވެސް حقّ އެއް ނެތި ބިންމަތީގައި ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އަދި އެމިހުން ބުނީ އަހުރެމެންނަށް ވުރެން ބާރުގަދައީ ފަހެ ކޮންބައެއް ހެއްޔެވެ؟ ކާކު ހެއްޔެވެ؟ (އެބަހީ އަހުރެމެންނަށް ވުރެ ބާރުގަދަ އެކަކުވެސް ނުހުންނާނެއެވެ. އޭގެ جواب ގައި ﷲ އަންގަވަނީ) އެމީހުން ހެއްދެވީ ހަމަކަށަވަރުން ﷲ އެވެ. އެމީހުންނަށްވުރެ އެކަލާނގެ ބާރުގެ ގޮތުން މާ ގަދަފަދަވަންތަވެ ވޮޑިގެން ވެއެވެ. އަދި އެމީހުން ވީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ، އަދި އިންކާރުކުރާ ބަޔަކު ކަމުގައެވެ.

41:16

فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِيٓ أَيَّامٖ نَّحِسَاتٖ لِّنُذِيقَهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَخۡزَىٰۖ وَهُمۡ لَا يُنصَرُونَ ﴿16﴾

Transliteration: Faarsalna AAalayhim reehan sarsaran fee ayyamin nahisatin linutheeqahum AAathaba alkhizyi fee alhayati alddunya walaAAathabu alakhirati akhza wahum la yunsaroona

Translation: ދެންފަހެ ތިމަން ރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވުމަށް) އެމީހުންގެ މައްޗަށް ވަރަށް ފިނިގަދަ، އަޑުފަށްހުރި ވަޔެއް ފޮނުއްވީމެވެ. އެއީ އެމީހުންނަށް ސުންޕާ ދުވަސްތަކެކެވެ. (އެއީ ހަތް ރެޔާއި، އަށް ދުވަހެވެ.) އެގޮތަށް އެކަން ހިންގެވީ އެމީހުންނަށް މި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި، ނިކަމެތިކަމުގެ عذاب ގެ ރަހަ ދެއްކެވުމަށެވެ. އަދި آخرة ގެ عذاب އެއަށްވުރެ މާ ދެރަވެފައި ނިކަމެތިކަން ބޮޑެވެ. އެމީހުންނަށް އެއްވެސް نصر އެއް އެދުވަހުން ނުލިބޭ ހުއްޓެވެ.

41:17

وَأَمَّا ثَمُودُ فَهَدَيۡنَٰهُمۡ فَٱسۡتَحَبُّواْ ٱلۡعَمَىٰ عَلَى ٱلۡهُدَىٰ فَأَخَذَتۡهُمۡ صَٰعِقَةُ ٱلۡعَذَابِ ٱلۡهُونِ بِمَا كَانُواْ يَكۡسِبُونَ ﴿17﴾

Transliteration: Waamma thamoodu fahadaynahum faistahabboo alAAama AAala alhuda faakhathathum saAAiqatu alAAathabi alhooni bima kanoo yaksiboona

Translation: އަދި ثمود ބާގައިގެ މީހުން ދަންނައެވެ. (އެއީ صالح ގެފާނުންގެ قوم ގެ މީހުންނެވެ.) ފަހެ ތިމަން ރަސްކަލާނގެ އެމީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވީމެވެ. ފަހެ އެމީހުން إيمان ކަމާއި، ތެދުމަގުގެ މައްޗަށް ކާފަރުކަމުގެ އަނދިރިކަމާއި، ކަނުކަން إختيار ކުރީއެވެ. އެކަމަށް ލޯބި ކުރީއެވެ. ދެންފަހެ ނިކަމެތިކަމާއި، ދެރަކަމުގެ عذاب ގެ އަޑުފަށްގަނޑު އެމީހުންނަށް އައިސް ޖެހުނެވެ. އެ އަޑުފަށުން އެމީހުން ހަލާކުވެގެން ދިޔައީއެވެ. އެއީ އެމީހުން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.

41:18

وَنَجَّيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ﴿18﴾

Transliteration: Wanajjayna allatheena amanoo wakanoo yattaqoona

Translation: އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.

41:19

وَيَوۡمَ يُحۡشَرُ أَعۡدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمۡ يُوزَعُونَ ﴿19﴾

Transliteration: Wayawma yuhsharu aAAdao Allahi ila alnnari fahum yoozaAAoona

Translation: އަދި ﷲ ގެ عداوة ތެރީން محشر ކުރެވޭ قيامة ދުވަސް - ނަރަކައަށް جمع ކުރެވޭ ދުވަސް - ހަނދުމަފުޅު ކުރައްވާށެވެ. އެދުވަހުން އެމީހުން ތިބޭނީ އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުގެ މީހާއަށް ދާނދެން ބަނދެވިގެންނެވެ. މަލާއިކަތް ބޭކަލުންގެ ބެލުމުގެ ދަށުގައި جمع ވެގެންނެވެ.

41:20

حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيۡهِمۡ سَمۡعُهُمۡ وَأَبۡصَٰرُهُمۡ وَجُلُودُهُم بِمَا كَانُواْ يَعۡمَلُونَ ﴿20﴾

Transliteration: Hatta itha ma jaooha shahida AAalayhim samAAuhum waabsaruhum wajulooduhum bima kanoo yaAAmaloona

Translation: އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ.

41:21

وَقَالُواْ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَيۡنَاۖ قَالُوٓاْ أَنطَقَنَا ٱللَّهُ ٱلَّذِيٓ أَنطَقَ كُلَّ شَيۡءٖۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةٖ وَإِلَيۡهِ تُرۡجَعُونَ ﴿21﴾

Transliteration: Waqaloo lijuloodihim lima shahidtum AAalayna qaloo antaqana Allahu allathee antaqa kulla shayin wahuwa khalaqakum awwala marratin wailayhi turjaAAoona

Translation: އަދި އެމީހުން އެމީހުންގެ ގުނަވަންތަކާ ދިމާއަށް ބުނާނެއެވެ. އަހުރެމެންނާ އިދިކޮޅަށް ތިޔަބައިމީހުން ހެކިދެނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު އެތަކެތި ޖަވާބުދޭނެއެވެ. ބުނާނެއެވެ. ހުރިހާ އެއްޗަކަށްވެސް ވާހަކަދައްކައި، ބަސްބުނުމުގެ ބާރު ދެއްވި ﷲ އަހުރެމެންނަށްވެސް ވާހަކަދެއްކުމުގެ ބާރު ދެއްވީއެވެ. (ތިޔަބައިމީހުން އެ ނުބައި ކަންތައްތައް ކުރިއިރު އަހުރެމެން حاضر ވެގެން ވީމުއެވެ.) އަދި އެކަލާނގެއީ ތިޔަބައިމީހުން އެންމެ ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ވުން ވަނީވެސް ހަމަ އެކަލާނގެ حضرة އަށެވެ.

41:22

وَمَا كُنتُمۡ تَسۡتَتِرُونَ أَن يَشۡهَدَ عَلَيۡكُمۡ سَمۡعُكُمۡ وَلَآ أَبۡصَٰرُكُمۡ وَلَا جُلُودُكُمۡ وَلَٰكِن ظَنَنتُمۡ أَنَّ ٱللَّهَ لَا يَعۡلَمُ كَثِيرٗا مِّمَّا تَعۡمَلُونَ ﴿22﴾

Transliteration: Wama kuntum tastatiroona an yashhada AAalaykum samAAukum wala absarukum wala juloodukum walakin thanantum anna Allaha la yaAAlamu katheeran mimma taAAmaloona

Translation: އަދި ތިޔަބައިމީހުންގެ އިވުންތަކާއި، އެބަހީ ކަންފަތްތަކާއި، އަދި ތިޔަބައިމީހުންގެ ފެނުންތަކާއި، يعني ލޯތަކާއި، އަދި ތިޔަބައިމީހުންގެ ހަންތައް، އެބަހީ އެންމެހައި ގުނަވަންތައް ތިޔަބައިމީހުންގެ މައްޗަށް ހެކިނުދޭނޭ ގޮތުން ތިޔަބައިމީހުން އެ ނުބައިކަންތައް ކުރަމުން ދިޔައިރު ވަންހަނާކޮށް، ނިވައިކުރި ކަމުގައި ނުވެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން ހީކުރީ ތިޔަބައިމީހުން ކުރަމުންދާ ގިނަ ކަންތައްތައް ﷲ ދެނެވޮޑިނުގަންނަވާނޭ ކަމަށެވެ.

41:23

وَذَٰلِكُمۡ ظَنُّكُمُ ٱلَّذِي ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَٰسِرِينَ ﴿23﴾

Transliteration: Wathalikum thannukumu allathee thanantum birabbikum ardakum faasbahtum mina alkhasireena

Translation: ފަހެ ތިޔަބައިމީހުން ގެއްލި ހަލާކުވެގެންވާ މީސްތަކުން ކަމުގައި ތިޔަވީ ތިޔަބައިމީހުންގެ ربّ އާމެދު ތިޔަބައިމީހުން ތިޔަ ކުރި (ނުބައި) ހީއެވެ.

41:24

فَإِن يَصۡبِرُواْ فَٱلنَّارُ مَثۡوٗى لَّهُمۡۖ وَإِن يَسۡتَعۡتِبُواْ فَمَا هُم مِّنَ ٱلۡمُعۡتَبِينَ ﴿24﴾

Transliteration: Fain yasbiroo faalnnaru mathwan lahum wain yastaAAtiboo fama hum mina almuAAtabeena

Translation: ދެންފަހެ އެމީހުން ކެތްކުރިޔަސް އަދި ކެތް ނުކުރިޔަސް އެމީހުން ގޮސް ތިބޭނޭ ތަނަކީ ހަމަ ނަރަކައެވެ. އެހެން ގޮތެއް ނެތެވެ. އެތަނުން ނުކުތުމެއް ނެތެވެ. އަދި އެމީހުން އަލުން ދުނިޔެއަށް އައިސް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭން އެދުނަސް عذر ދައްކަން އެދުނަސް އެމީހުންނަކީ އެފަދަ ހުއްދައެއް ލިބޭނޭ ބައެއް ނޫނެވެ.

41:25

وَقَيَّضۡنَا لَهُمۡ قُرَنَآءَ فَزَيَّنُواْ لَهُم مَّا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَحَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ ﴿25﴾

Transliteration: Waqayyadna lahum quranaa fazayyanoo lahum ma bayna aydeehim wama khalfahum wahaqqa AAalayhimu alqawlu fee omamin qad khalat min qablihim mina aljinni waalinsi innahum kanoo khasireena

Translation: އަދި ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް އެކުވެރީންތަކެއް ފާކުރެއްވީމެވެ. (އެބަހީ مكّة ގެ مشرك ންނާއި، ދެންވެސް އެބާވަތުގެ މީސް ތަކުންގެ މައްޗަށް އެކުވެރި رحمة ތެރީންތަކެއް ކަމުގައި ޝައިތާނުންތަކެއް ފާކުރެއްވީމެވެ.) ދެންފަހެ އެ ޝައިތާނުންތައް އެބައިމީހުންނަށް ދުނިޔެއާއި، آخرة ގެ ކަންތައް ޒީނަތްތެރި ކޮށްދެއެވެ. (އެއީ ދުނިޔޭގެ حياة ގައި ﷲ އަށް شرك ކުރުމާއި، އުރެދުންތަކަށް އަރައިގަތުމާއި، فاحش އެންމެހައި ކަމެއް ޒީނަތްތެރިކޮށްދިނުމެވެ. آخرة ޒީނަތްތެރި ކޮށްދިނުމަކީ آخرة ނާންނާނޭ ކަމަށާއި، މަރުވުމަށްފަހު ދެން ނިމުނީ ކަމަށާއި، عمل ތަކަށް ހިސާބުބެއްލެވުމެއް ނެތްކަމަށް وسواس ދީ ހައްލައި ހެދުމެވެ. އޭގެ ސަބަބުން فاحش އެންމެހައި ކަމެއްގައި ގެނބިތިބެ عمر ހުސްކޮށްލުމެވެ.) ޖިންނީންނާއި އިންސާނުންގެ ތެރެއިން އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ޢަޛާބު ޙައްޤުވީފަދައިން މި މީހުންގެ މައްޗަށްވެސް ޢަޛާބު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލި ޙަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.

41:26

وَقَالَ ٱلَّذِينَ كَفَرُواْ لَا تَسۡمَعُواْ لِهَٰذَا ٱلۡقُرۡءَانِ وَٱلۡغَوۡاْ فِيهِ لَعَلَّكُمۡ تَغۡلِبُونَ ﴿26﴾

Transliteration: Waqala allatheena kafaroo la tasmaAAoo lihatha alqurani wailghaw feehi laAAallakum taghliboona

Translation: އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ.

41:27

فَلَنُذِيقَنَّ ٱلَّذِينَ كَفَرُواْ عَذَابٗا شَدِيدٗا وَلَنَجۡزِيَنَّهُمۡ أَسۡوَأَ ٱلَّذِي كَانُواْ يَعۡمَلُونَ ﴿27﴾

Transliteration: Falanutheeqanna allatheena kafaroo AAathaban shadeedan walanajziyannahum aswaa allathee kanoo yaAAmaloona

Translation: (ﷲ އެފަދަ މީހުންނާމެދު وحي ކުރައްވައެވެ.) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ތިމަން ރަސްކަލާނގެ ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ތިބެގެން ކުރާ ނުބައި ނުލަފާ ކަންތަކަށް، ތިމަން ރަސްކަލާނގެ ހެޔޮވަރު ޖަޒާ ދެއްވާހުށީމެވެ.

41:28

ذَٰلِكَ جَزَآءُ أَعۡدَآءِ ٱللَّهِ ٱلنَّارُۖ لَهُمۡ فِيهَا دَارُ ٱلۡخُلۡدِ جَزَآءَۢ بِمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ﴿28﴾

Transliteration: Thalika jazao aAAdai Allahi alnnaru lahum feeha daru alkhuldi jazaan bima kanoo biayatina yajhadoona

Translation: ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ.\nދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ.\nމިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا ياأولى الأبصار.

41:29

وَقَالَ ٱلَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱلَّذَيۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِيَكُونَا مِنَ ٱلۡأَسۡفَلِينَ ﴿29﴾

Transliteration: Waqala allatheena kafaroo rabbana arina allathayni adallana mina aljinni waalinsi najAAalhuma tahta aqdamina liyakoona mina alasfaleena

Translation: އަދި ކާފަރުވީ މީސްތަކުން (ނަރަކައިގެ عذاب ލިބެމުންދާ ވަގުތު) ﷲއަށްދަންނަވާނެއެވެ. އޭއަޅަމެންގެربّ އެވެ. ޖިންނީންނާއި، އިންސާނުންގެ ތެރެއިން އަޅަމެން މަގުފުރެއްދިދެމީހުން ނުވަތަ ދެޕާޓީ އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެފަރާތް އަޅަމެންގެ ފައިތިލަތަކުގެދަށަށް ލާހުށީމެވެ. އެއީ އެ ދެފަރާތް އަޅަމެންގެ އެންމެ ދަށަށް ލުމަށެވެ. (އެއީ އެމީހުންނަށް عذاب ގަދަވުމަށް ޓަކައެވެ.)\nދަންނައެވެ. މިއާޔަތުގައި މިވާ މަގުފުރެއްދި ދެމީހުންނާމެދު ބަސް ތަފާތުވެގެން ވެއެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ شيطان ންގެ ތެރެއިން އިންސާނުންނަށް كافر ކަމާއި، شرك ކުރުމާއި، މި ކަންކަމަށް ވަސްވާސްދީ، މީސްތަކުން ލަންބައި، މަގުން ނެއްޓުވި شيطانން ކަމަށެވެ. އަދި އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ އާދަމުގެ ދަރީންގެ ތެރެއިން އެފަދަ ކަންކަން ޒީނަތްތެރިކޮށްދިން ކާފަރުކަމުގެ ބޮޑެތި ވެރީންކަމަށެވެ.

41:30

إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَـٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ ﴿30﴾

Transliteration: Inna allatheena qaloo rabbuna Allahu thumma istaqamoo tatanazzalu AAalayhimu almalaikatu alla takhafoo wala tahzanoo waabshiroo bialjannati allatee kuntum tooAAadoona

Translation: ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމިހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ.

41:31

نَحۡنُ أَوۡلِيَآؤُكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِيٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ ﴿31﴾

Transliteration: Nahnu awliyaokum fee alhayati alddunya wafee alakhirati walakum feeha ma tashtahee anfusukum walakum feeha ma taddaAAoona

Translation: ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައިވެސް، އަދި آخرة ގެ حياة ގައިވެސް ތިޔަބައިމީހުން ރައްކާތެރި ކުރައްވާ، އަދި އެހީތެރިކަން ބަހައްޓަވާ ބޭކަލުންނެވެ. އަދި ސުވަރުގޭގައި ތިޔަބައިމީހުން ހިތްއެދޭހައި ކަމެއް نفس ތައް އެކަންކަމަށް ދަހިވެތިވާ އެންމެހައި ކަމެއް ވެއެވެ.

41:32

نُزُلٗا مِّنۡ غَفُورٖ رَّحِيمٖ ﴿32﴾

Transliteration: Nuzulan min ghafoorin raheemin

Translation: ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.

41:33

وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ ﴿33﴾

Transliteration: Waman ahsanu qawlan mimman daAAa ila Allahi waAAamila salihan waqala innanee mina almuslimeena

Translation: ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.\nފަހެ ތިމާ مسلم އަކަށްވެ ހުރެ صالح عمل ކޮށް، ދެން ﷲ ގެ މަގަށް އެހެން މީހުންނަށް ގޮވައިލި މީހަކު އެއީ އެންމެހައި ހެވެއް ޖަމާކުރި މީހެކެވެ. އެއަށްވުރެ ހެޔޮ މީހަކު ނުހުންނާނެއެވެ.

41:34

وَلَا تَسۡتَوِي ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ ﴿34﴾

Transliteration: Wala tastawee alhasanatu wala alssayyiatu idfaAA biallatee hiya ahsanu faitha allathee baynaka wabaynahu AAadawatun kaannahu waliyyun hameemun

Translation: އަދި ހެޔޮކަންތަކާއި، ނުބައި ކަންތަކާ ހަމަހަމަވެގެން ނުވެއެވެ. (އެ ދެކަންތަކުގައި بيان ވެ ފައުޅުވެގެންވާ ތަފާތު ވެއެވެ.) ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކުރާށެވެ! (އެބަހީ ކަލެއަށް ނުބައި ކަމެއް ކުރި މީހަކަށް ކަލޭ إحسان ތެރިވެ، ހެޔޮކަން ކޮށްދޭށެވެ!) އޭރުން ކަލެޔާއި، އެމީހަކާ ދެމެދު عداوة ތެރިކަމެއް ވާ މީހާ ކަލެއަށް ޓަކައި ގާތް رحمة ތެރި، ވަފާތެރި އެކުވެރިޔަކަށް ވެދާނެއެވެ.

41:35

وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ ﴿35﴾

Transliteration: Wama yulaqqaha illa allatheena sabaroo wama yulaqqaha illa thoo haththin AAatheemin

Translation: އަދި ކެތްތެރިވެއްޖެ ބަޔަކަށް މެނުވީ އެފަދަ ކަންތައް حاصل ނުވާނެއެވެ. (އެބަހީ މީހަކު ތިމާއަށް ނުބައިކަމެއް ކުރީމައި، އޭގެ ބަދަލުގައި އެމީހަކަށް إحسان ތެރިވެ، ހެޔޮކޮށް ހިތޭނީ ވަރަށް ބޮޑެތި ކެތްތެރި، މާތް މީހުންނަށެވެ.) ވަރަށް ބޮޑު ނަސީބުގެ ވެރިއަކަށް މެނުވީ އެފަދަ ބޮޑު ثواب އާއި، މާތްކަން حاصل ނުކުރެވޭނެއެވެ.

41:36

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿36﴾

Transliteration: Waimma yanzaghannaka mina alshshaytani nazghun faistaAAith biAllahi innahu huwa alssameeAAu alAAaleemu

Translation: އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ!

41:37

وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ﴿37﴾

Transliteration: Wamin ayatihi allaylu waalnnaharu waalshshamsu waalqamaru la tasjudoo lilshshamsi wala lilqamari waosjudoo lillahi alathee khalaqahunna in kuntum iyyahu taAAbudoona

Translation: އަދި ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ހައިބަ ބޮޑުކަމުގެ މައްޗަށް ދަލީލުކުރާ ދަލީލުތަކުގެ ތެރެއިން ވާ ދަލީލެވެ. (ފަހެ އެފަދަ ބޮޑެތި مخلوق ން އެހާ ފުރިހަމަކޮށް ހެއްދެވި ކަލަކު ކިހާ ބޮޑުވެފައި ކުޅަދުންވަންތަވެރި ވާނޭ ހެއްޔެވެ؟) ފަހެ ތިޔަބައިމީހުން އިރަށް ވިޔަސް، އަދި ހަނދަށް ވިޔަސް سجدة ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ކަލާނގެއަށް سجدة ކުރާށެވެ. (ﷲ އަށް سجدة ކުރާށެވެ.) ތިޔަބައިމީހުން އެކަލާނގެއާ شريك ނުކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާ ކަމުގައި ވަންޏާ ﷲ އަށް އެކަނި سجدة ކުރާށެވެ. އަޅުކަން ކުރާށެވެ.

41:38

فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩ ﴿38﴾

Transliteration: Faini istakbaroo faallatheena AAinda rabbika yusabbihoona lahu biallayli waalnnahari wahum la yasamoona

Translation: އޭ رسول الله އެވެ! ފަހެ އެބައިމީހުން شريك ނުކޮށް ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފިއްޔާ ދަންނައެވެ. ކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ملائكة ބޭކަލުން ރޭގަނޑާއި، ދުވާލު އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އަދި އެބޭކަލުން ފޫހިވެވަޑައި ނުގަންނަވައެވެ.

41:39

وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴿39﴾

Transliteration: Wamin ayatihi annaka tara alarda khashiAAatan faitha anzalna AAalayha almaa ihtazzat warabat inna allathee ahyaha lamuhyee almawta innahu AAala kulli shayin qadeerun

Translation: (ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން) މަރުވެ ހަނަފަސްވެފައިވާ ބިންގަނޑު ކަލޭ ދެކޭނެއެވެ. ދެންފަހެ އެ ބިންގަނޑުގެ މައްޗަށް ތިމަން ރަސްކަލާނގެ ވާރޭ ވެއްސެވުމުން ބިންގަނޑު حركاة ތެރިވެ ބޮޑުވެ، ފުފިލައި ދެން ގަސްތައް ފަޅާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެ ތެރެއިން ވާ ކަމެކެވެ. ފަހެ އެ ބިންގަނޑު އެގޮތަށް ދިރުއްވި ކަލާނގެ އެކަލާނގެ އަޅުތަކުން محشر ކުރެއްވުމަށް ޓަކައި މަރުވެފައިވާ މީސްތަކުން ދިރުއްވާ ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

41:40

إِنَّ ٱلَّذِينَ يُلۡحِدُونَ فِيٓ ءَايَٰتِنَا لَا يَخۡفَوۡنَ عَلَيۡنَآۗ أَفَمَن يُلۡقَىٰ فِي ٱلنَّارِ خَيۡرٌ أَم مَّن يَأۡتِيٓ ءَامِنٗا يَوۡمَ ٱلۡقِيَٰمَةِۚ ٱعۡمَلُواْ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ ﴿40﴾

Transliteration: Inna allatheena yulhidoona fee ayatina la yakhfawna AAalayna afaman yulqa fee alnnari khayrun am man yatee aminan yawma alqiyamati iAAmaloo ma shitum innahu bima taAAmaloona baseerun

Translation: ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފަރުވާ މީހުން ނުވަތަ އެ އާޔަތްތައް تأويل ކޮށް އެއިން އެދެވޭ މާނަ ފިޔަވައި އެހެނިހެން މާނަތަކަށް ބަދަލުކޮށް އަނބުރަމުންދާ މީސްތަކުން ތިމަން ރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. (އެމީހުންނަށް ނިކަންހުރެ އެމީހުން އެ ކުރާ ނުބައިކަމުގެ ޖަޒާ ދެއްވޭ ހުއްޓެވެ.)\nއަޅެފަހެ (قيامة ދުވަހުން) ހެޔޮވެގެންވަނީ ނަރަކައަށް އެއްލެވޭ މީހާ ހެއްޔެވެ؟ ނުވަތަ އެދުވަހުން އެއްވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު އަންނަ މީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭ ގޮތަކަށް عمل ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަންކަމަށް ބައްލަވާ ވޮޑިގެން ވެއެވެ.

41:41

إِنَّ ٱلَّذِينَ كَفَرُواْ بِٱلذِّكۡرِ لَمَّا جَآءَهُمۡۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٞ ﴿41﴾

Transliteration: Inna allatheena kafaroo bialththikri lamma jaahum wainnahu lakitabun AAazeezun

Translation: ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ذكر އައިހިނދު - އެބަހީ ކީރިތި قرآن އައިހިނދު - އެއަށް ކާފަރުވީ މީސްތަކުން ދަންނައެވެ. (އެކަމަށް ފުރިހަމަ ޖަޒާ އެމީހުންނަށް ދެއްވޭނެއެވެ.) ހަމަކަށަވަރުން އެފޮތަކީ އެފަދަ ދެވަނައެއް ނެތް عزّة ތެރި ފޮތެކެވެ. (حكم ތައް ގަދަވެގެންވާ ފޮތެކެވެ.)

41:42

لَّا يَأۡتِيهِ ٱلۡبَٰطِلُ مِنۢ بَيۡنِ يَدَيۡهِ وَلَا مِنۡ خَلۡفِهِۦۖ تَنزِيلٞ مِّنۡ حَكِيمٍ حَمِيدٖ ﴿42﴾

Transliteration: La yateehi albatilu min bayni yadayhi wala min khalfihi tanzeelun min hakeemin hameedin

Translation: އެފޮތްވަނީ އެފޮތުގެ ކުރިމަތީންވެސް އަދި އެފޮތުގެ ފަހަތުން ވިޔަސް އެފޮތަށް باطل ކަމެއް ނާންނާނޭ ފޮތެވެ. އެބަހީ އެ ފޮތުގެ ކުރީ ބާވައިލެއްވުނު ފޮތްތަކުގައިވެސް އެ ފޮތް ދޮގުކުރެވޭނޭ ގޮތެއް ނެތެވެ. އަދި އެފޮތް باطل ކުރާނޭ ފޮތެއް ދެން ނާންނަ ހުއްޓެވެ. އެއީ حكمة ވަންތަ، އަދި އެކަލާނގެ އެންމެހައި ކަންކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެ حضرة ން ބާވައިލައްވާފައިވާ ބާވައިލެއްވުމެކެވެ.

41:43

مَّا يُقَالُ لَكَ إِلَّا مَا قَدۡ قِيلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةٖ وَذُو عِقَابٍ أَلِيمٖ ﴿43﴾

Transliteration: Ma yuqalu laka illa ma qad qeela lilrrusuli min qablika inna rabbaka lathoo maghfiratin wathoo AAiqabin aleemin

Translation: އޭ رسول الله އެވެ! އިސްވެދިޔަ أمّة ތަކުގައި އުޅުނު ކާފަރުންވެސް އެމީހުންގެ ގާތަށް ފޮނުއްވުނު رسول ބޭކަލުންނާ ދިމާއަށްވެސް ބުނަމުން ގެންދިޔަ ފަދައިން މެނުވީ ކަލޭގެފާނުންގެ قوم ގެ ކާފަރުންވެސް ކަލޭގެފާނާ ދިމާއަށް ބުނާކަމުގައި ނުވެއެވެ. ބުނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. (އެމީހުންވެސް އެމީހުންގެ رسول ބޭބޭކަލުންނަށް ބުނަނީ މޮޔައެއް ކަމަށެވެ. ނުވަތަ سحر ޖެހިފައިވާ މީހަކު ކަމަށެވެ. ނުވަތަ އެނޫންވެސް އެބާވަތުގެ ކޮންމެވެސް ނުބައި އެއްޗެކެވެ. ކަލޭގެފާނާ ދިމާއަށްވެސް ކަލޭގެފާނުންގެ قوم ގެ މީހުން އެ ބުނަނީ ދޮގުވެރިއެކޭ، މޮޔައެކޭ، ނުވަތަ ޅެންވެރިއެކޭ ނުވަތަ سحر ޖެހިފައެވެ. ދެންވެސް މިބާވަތުގެ ނުބައި لفظ އެކެވެ. ވާހަކަ ހަމަ އެއް ވާހަކައެކެވެ. ތަނާއި، މީހުންނާ ތަފާތީއެވެ. އެހެން ވީއިރު އެއީ އާކަމެއް ނޫނެވެ. އެކަމާ ދެރަފުޅުވާނޭ ކަމެއް ނެތެވެ.)\nހަމަކަށަވަރުން توبة ވެ، ﷲ އަށް رجوع ވެއްޖެ މީހަކަށް އެކަލާނގެއީ ފާފަ ފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ނުކިޔަމަންތެރިވެއްޖެ މީހަކަށް ވޭން ގަދަވެގެންވާ عذاب ދެއްވުމުގެ ވެރި ކަލާނގެއެވެ.

41:44

وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَـٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ ﴿44﴾

Transliteration: Walaw jaAAalnahu quranan aAAjamiyyan laqaloo lawla fussilat ayatuhu aaAAjamiyyun waAAarabiyyun qul huwa lillatheena amanoo hudan washifaon waallatheena la yuminoona fee athanihim waqrun wahuwa AAalayhim AAaman olaika yunadawna min makanin baAAeedin

Translation: އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمى ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ

41:45

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ﴿45﴾

Transliteration: Walaqad atayna moosa alkitaba faikhtulifa feehi walawla kalimatun sabaqat min rabbika laqudiya baynahum wainnahum lafee shakkin minhu mureebin

Translation: އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެ ފޮތާމެދުވެސް إختلاف ވެވުނެވެ. (އެމީހުންގެ ތެރޭގައިވެސް ތިބީ އެ ފޮތް ތެދުކުރި މީހުންނާއި، އެ ފޮތް ދޮގުކުރި މީހުންނެވެ. އެ ފޮތަށް عمل ކުރި މީހުންނާއި، ނުކުރާ މީހުންނެވެ.) ފަހެ ކަލޭގެފާނުންގެ ربّ ގެ حضرة ން ބަސްފުޅެއް އިސްވެ ގޮސްފައި ނުވާނަމަ އެބަހީ އެބައިމީހުންނަށް ނިޔާކޮށް جزاء ދެއްވުން ފަސްކުރެއްވުމަށް ބަސްފުޅު ނުވާނަމަ) މި ދުނިޔޭގައި އެމީހުންގެ މެދުގައި ނިޔާކުރެވި فيصلة ކުރެވި ނިމިއްޖައީހެވެ. އަދި އެމީހުން އެ ވަނީ މި قرآن އާމެދު شكّ އެއްގައެވެ.

41:46

مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّـٰمٖ لِّلۡعَبِيدِ ﴿46﴾

Transliteration: Man AAamila salihan falinafsihi waman asaa faAAalayha wama rabbuka bithallamin lilAAabeedi

Translation: އަދި إيمان ވެ صَالِحُ عَمَلُ ކޮށްފި މީހާ ދަންނައެވެ. އެމީހާ އެ ކުރި ހެޔޮކަމެއްގެ ދަރުމަ އޮންނާނީ ހަމަ އެމީހަކަށެވެ. އޭގެ ފައިދާ އޭނާއަށް ކުރާނެއެވެ. އަދި ނަފުސަށް ނުބައިކުރި މީހާގެ ނުބައިކަން ހުންނާނީވެސް ހަމަ އޭނާއަށެވެ. އޭގެ ބުރަ އޭނާ އުފުލާނެއެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ (އަނިޔާ ކުރައްވާ) ކަލަކު ކަމުގައި ކަލޭގެފާނުންގެ رَبُّ ނުވެއެވެ.

41:47

إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّـٰكَ مَامِنَّا مِن شَهِيدٖ ﴿47﴾

Transliteration: Ilayhi yuraddu AAilmu alssaAAati wama takhruju min thamaratin min akmamiha wama tahmilu min ontha wala tadaAAu illa biAAilmihi wayawma yunadeehim ayna shurakaee qaloo athannaka ma minna min shaheedin

Translation: قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ.\nފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ.

41:48

وَضَلَّ عَنۡهُم مَّا كَانُواْ يَدۡعُونَ مِن قَبۡلُۖ وَظَنُّواْ مَا لَهُم مِّن مَّحِيصٖ ﴿48﴾

Transliteration: Wadalla AAanhum ma kanoo yadAAoona min qablu wathannoo ma lahum min maheesin

Translation: އަދި މީގެ ކުރީ، އެބަހީ އެބައިމީހުން ދުނިޔޭގައި އުޅުނުއިރު (ﷲ ފިޔަވައި) ގޮވައި، دعاء ކޮށް އުޅުނު އެންމެހައި ތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ. (އެދުވަހުން އެތަކެތި ނުފެންނާނެއެވެ.) އަދި އެހިނދުން ﷲ ގެ عذاب އާއި، ކޯފާއިން ފިލައިގެން ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނެތްކަން އެމީހުންނަށް ރަނގަޅަށް يقين ވެދާނެއެވެ.

41:49

لَّا يَسۡـَٔمُ ٱلۡإِنسَٰنُ مِن دُعَآءِ ٱلۡخَيۡرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٞ قَنُوطٞ ﴿49﴾

Transliteration: La yasamu alinsanu min duAAai alkhayri wain massahu alshsharru fayaoosun qanootun

Translation: ހެޔޮ ކަންތަކަށް އެދި دعاء ކުރުމުގައި އިންސާނާ ފޫހި ނުވެއެވެ. (އެބަހީ މުދަލާއި، صحّة އާއި، ވެރިކަމާއި، އަދި މަތިވެރި ދަރަޖަދެއްވުން އެދި دعاء ކުރުމުގައި ފޫހި ނުވެއެވެ. ފޫހި ނުވެސްވާނެއެވެ.) އަދި އޭނާއަށް އުނދަގުލެއް / ނުވަތަ ނުބައިކަމެއް ދިމާވެއްޖެއްޔާއި، އޭނާ ނާއުއްމީދުވެ ﷲ ގެ رحمة ން މުޅީން މާޔޫސް ވެދެއެވެ. (އެބަހީ އޭނާއަށް فقير ކަމެއް / ބަލިމަޑުކަމެއް / އަދި ދެރަކަމެއް ދިމާވެއްޖެއްޔާއި، އޭނާ މުޅީން މާޔޫސްވެ ނާއުއްމީދު ވެދެއެވެ.) މިއީ عامّ ކޮށް އިންސާނުންގެ حال ހުންނަ ގޮތެވެ.

41:50

وَلَئِنۡ أَذَقۡنَٰهُ رَحۡمَةٗ مِّنَّا مِنۢ بَعۡدِ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ هَٰذَا لِي وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّجِعۡتُ إِلَىٰ رَبِّيٓ إِنَّ لِي عِندَهُۥ لَلۡحُسۡنَىٰۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُواْ بِمَا عَمِلُواْ وَلَنُذِيقَنَّهُم مِّنۡ عَذَابٍ غَلِيظٖ ﴿50﴾

Transliteration: Walain athaqnahu rahmatan minna min baAAdi darraa massathu layaqoolanna hatha lee wama athunnu alssaAAata qaimatan walain rujiAAtu ila rabbee inna lee AAindahu lalhusna falanunabbianna allatheena kafaroo bima AAamiloo walanutheeqannahum min AAathabin ghaleethin

Translation: އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ.\nފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.

41:51

وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٖ ﴿51﴾

Transliteration: Waitha anAAamna AAala alinsani aAArada wanaa bijanibihi waitha massahu alshsharru fathoo duAAain AAareedin

Translation: އަދި عامّ ކޮށް އިންސާނާގެ قواعد އަކީ ތިމަން ރަސްކަލާނގެ އޭނާއަށް نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައިފިއްޔާ އެނބުރި ފުރަގަސް ދިނުމެވެ. އެބަހީ ތިމަން ރަސްކަލާނގެއަށް شكر ކުރުން ފިޔަވައި އެނބުރި ނުކިޔަމަންތެރިވެގަނެއެވެ. އަދި ތިމާ އަމިއްލައަށް ބޮޑާވެ كبر ވެރިވެ މަތިހަށިނަގައެވެ. އެހެން އުޅެނިކޮށްވެސް އޭނާއަށް ނުބައެއް އަދި ދެރަކަމެއް ދިމާވެއްޖެއްޔާ ދެން އޭނާ ވަރަށް ފުޅާކޮށް، ދިގުކޮށް، ތަނަވަސްކޮށް دعاء ކޮށް ހަދައެވެ.

41:52

قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِي شِقَاقِۭ بَعِيدٖ ﴿52﴾

Transliteration: Qul araaytum in kana min AAindi Allahi thumma kafartum bihi man adallu mimman huwa fee shiqaqin baAAeedin

Translation: އޭ رسول الله އެވެ! ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ. ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ! އެ قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގައި ވެފައި ދެން ތިޔަބައިމީހުން އެ ފޮތަށް ކާފަރުވެއްޖެއްޔާއި، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ (އެފަދަމީހާ ވާނީ އެންމެ ބޮޑަށް މަގުފުރެދިގެންވާ މީހަކު ކަމުގައެވެ.) ނުހަނު ބޮޑަށް ދެކޮޅުވެރިވެ عداوة ތެރި ވެގެންވާ މީހަކަށްވުރެ ބޮޑަށް މަގުފުރެދިގެން ވަނީ ކާކު ހެއްޔެވެ؟ އެބަހީ އޭނާއަކީ އެވަރަށް މަގުފުރެދިގެންވާ މީހެކެވެ.

41:53

سَنُرِيهِمۡ ءَايَٰتِنَا فِي ٱلۡأٓفَاقِ وَفِيٓ أَنفُسِهِمۡ حَتَّىٰ يَتَبَيَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ يَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴿53﴾

Transliteration: Sanureehim ayatina fee alafaqi wafee anfusihim hatta yatabayyana lahum annahu alhaqqu awalam yakfi birabbika annahu AAala kulli shayin shaheedun

Translation: قرآن އަކީ حقّ ތެދު ކަމާއި، އެފޮތް ބާވައިލައްވާފައިވަނީ ﷲ ކަމާއި، އަދި އެ ފޮތާއިގެން ވަޑައިގެންނެވީ محمّد ﷺ ކަން ރަނގަޅަށް އެނގި، ބަޔާން ވާނދެން މުޅި أفق ތަކުގައި، އެބަހީ އުޑާއި، ބިމުގެ ކަންކޮޅުތަކުގައި ތިމަން ރަސްކަލާނގެ އެކިއެކި ދަލީލު، މީސްތަކުންނަށް ދައްކަވާ ހުށީމެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ އެއީ ހެކި ދެއްވާ ފަރާތެއް ކަމުގައި ފަހެ ނުފުދޭ ހެއްޔެވެ؟ (އެބަހީ ކާފަރުން ކުރަމުން ގެންދާ ނުބައި عمل ތަކަށާއި، އަދި قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގެ މައްޗަށާއި މިކަންކަމަށް ހެކި ދެއްވާ ފަރާތެއް ކަމުގައި ﷲ ނުފުދޭ ހެއްޔެވެ؟

41:54

أَلَآ إِنَّهُمۡ فِي مِرۡيَةٖ مِّن لِّقَآءِ رَبِّهِمۡۗ أَلَآ إِنَّهُۥ بِكُلِّ شَيۡءٖ مُّحِيطُۢ ﴿54﴾

Transliteration: Ala innahum fee miryatin min liqai rabbihim ala innahu bikulli shayin muheetun

Translation: ދަންނައެވެ. އެމީހުން އެވަނީ ހަމަކަށަވަރުންވެސް އެމީހުންގެ ربّ އާ ބައްދަލުވުމާމެދު ޝައްކެއްގައެވެ. (محشر އަށް ފޮނުއްވުމާއި، حساب ބެއްލެވުމާއި، ثواب އާއި، عذاب ދެއްވުމާމެދު ޝައްކެއްގައެވެ.) ދަންނާށެވެ. ހަމަކަށަވަރުން އެކަލާނގެ ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަން އެންމެހައި ތަކެތީގެ ވަށައިގެން ވެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download