حمٓ ﴿1﴾حمٓ
Transliteration: Hameem
Translation: މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.
حمٓ ﴿1﴾حمٓ
Transliteration: Hameem
Translation: މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.
عٓسٓقٓ ﴿2﴾عٓسٓقٓ
Transliteration: AAaynseenqaf
Translation: މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.
كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ﴿3﴾كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ
Transliteration: Kathalika yoohee ilayka waila allatheena min qablika Allahu alAAazeezu alhakeemu
Translation: އޭ رسول الله! ކަލޭގެފާނަށް ﷲ وحي ބާވައިލައްވަނީ ކަލޭގެފާނުންގެ ކުރީގެ نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވި ފަދައިންނެވެ. (އެއީ توحيد އަށް ގޮވާލެއްވުމާއި، قيامة ދުވަސް އޮތްކަމަށާއި، نبوّة ސާބިތުކޮށްދެއްވުމަށެވެ...) އެ وحي ބާވައިލައްވަނީ عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންނެވެ.
لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ ﴿4﴾لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ
Transliteration: Lahu ma fee alssamawati wama fee alardi wahuwa alAAaliyyu alAAatheemu
Translation: އުޑުތަކާއި، ބިމުގައި ވާހައި ތަކެތި خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ، މާތްވެގެންވާ، ހައިބަ ބޮޑުވެގެންވާ ކަލާނގެއެވެ.
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَـٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ ﴿5﴾تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَـٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ
Transliteration: Takadu alssamawatu yatafattarna min fawqihinna waalmalaikatu yusabbihoona bihamdi rabbihim wayastaghfiroona liman fee alardi ala inna Allaha huwa alghafooru alrraheemu
Translation: ﷲ ގެ ކީރިތިވަންތަ ކަމާއި، މާތްކަމުން އުޑުތައް ކުދިކުދިވެ ފަޅަފަޅައިގެންދިއުން ގާތްވެގެން ވެއެވެ. (ނުވަތަ ملائكة ބޭކަލުންގެ ގިނަކަމުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. ނުވަތަ ﷲ އަށް ދަރިކަލަކު ވާ ކަމުގައި مشرك ން ބުނާ ނުބައި ބަހުގެ ސަބަބުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. މި ތިންގޮތަށް މި އާޔަތް تأويل ކުރައްވައެވެ. والله أعلم)\nއަދި ملائكة ބޭކަލުން އެ ބޭކަލުން ހައްދަވައި ބޮޑުކުރެއްވި ربّ އަށް حمد ކުރުމާއެކު، تسبيح ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަ ފުއްސެވުމަށް އެ ބޭކަލުން ﷲ ގެ حضرة ގައި ދަންނަވައެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ﴿6﴾وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ
Transliteration: Waallatheena ittakhathoo min doonihi awliyaa Allahu hafeethun AAalayhim wama anta AAalayhim biwakeelin
Translation: އަދި އެކަލާނގެ ފިޔަވައި وليّ ން ތަކެއް (އަޅުކަން ކުރާނޭ ބުދުތަކެއް) ނުވަތަ އެނޫންވެސް އެއްޗެތިތަކެއް إختيار ކުރާ މީހުން ދަންނައެވެ. ﷲ އެމީހުން އެ ކުރާހައި عمل ތަކެއް ބައްލަވައި، ރައްކާތެރިކުރައްވާ ހުއްޓެވެ. (ދެން قيامة ދުވަހުން އެއަށް ފުރިހަމަ ޖަޒާ ދެއްވާ ހުއްޓެވެ.) އަދި އެމީހުންގެ ކަންތައް ބެއްލެވުމަށް حوال ކުރައްވާފައިވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ ﴿7﴾وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ
Transliteration: Wakathalika awhayna ilayka quranan AAarabiyyan litunthira omma alqura waman hawlaha watunthira yawma aljamAAi la rayba feehi fareequn fee aljannati wafareequn fee alssaAAeeri
Translation: އަދި ކޮންމެ رسول ބޭކަލަކަށްވެސް އެ ބޭކަލެއްގެ قوم ގެ ބަހުން ތިމަން ރަސްކަލާނގެ وحي ބާވައިލެއްވި ފަދައިން ކަލޭގެފާނަށްވެސް ތިމަން ރަސްކަލާނގެ وحي ބާވައި މި ލެއްވީ ކަލޭގެފާނުންގެ قوم ގެ މީހުންގެ ބަހުންނެވެ. އެއީ عرب ބަހުން ވާ قرآن އެއްގެ ގޮތުންނެވެ. އެއީ مكّة ގެ މީހުންނަށާއި، ދެންވެސް އެރަށް ވަށައިގެން ވާހައި ބަޔަކަށް (އެންމެހައި މީސްތަކުންނަށް) عذاب އަތުވެދާނޭ ކަމުގެ ވާހަކައިން ކަލޭގެފާނު إنذار ކުރައްވައި، ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. އަދި އެ ދުވަހާމެދު އެއްވެސް ޝައްކެއް ނުވާ قيامة ދުވަހާމެދުވެސް ކަލޭގެފާނު إنذار ކުރެއްވުމަށް ޓަކައެވެ. ފަހެ އެ ދުވަހުން އެއްބަޔަކު ވާނީ (حساب ބެއްލެވުމަށްފަހު) ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާނީ ނަރަކައިގައެވެ. އަލިފާނުގައެވެ. (ތިންވަނަ ތަނެއް ނުވެއެވެ.)
وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ ﴿8﴾وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ
Transliteration: Walaw shaa Allahu lajaAAalahum ommatan wahidatan walakin yudkhilu man yashao fee rahmatihi waalththalimoona ma lahum min waliyyin wala naseerin
Translation: އަދި ﷲ އިރާދަކުރެއްވިނަމަ އެ އެންމެން އެއް أمّة އަކަށް (އެއް دين އަކަށް) ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ رحمة އަށް ވައްދަވައެވެ. (އެއީ أزل ގައި ދެނެވޮޑިގެންވާ ރަނގަޅު، މާތް މީހުންނެވެ.) އަދި އަނިޔާވެރީން، يعني مشرك ން ދަންނައެވެ. އެމީހުންނަށް އެ ދުވަހުން އެއްވެސް ސަހަރޯވެރިއެއް، އެހީތެރިއެއް، އަދި نصر ވެރިޔަކު ވިޔަސް ނުވެއެވެ.
أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿9﴾أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Transliteration: Ami ittakhathoo min doonihi awliyaa faAllahu huwa alwaliyyu wahuwa yuhyee almawta wahuwa AAala kulli shayin qadeerun
Translation: އަދި ކިޔެއްހެއްޔެވެ؟ އެ ކާފަރުންގެ މީހުން ﷲ ފިޔަވައި ބުދުތަކެއް إله ން ކަމުގައި ބަލައި إختيار ކޮށް ހެދީއެވެ. حقيقة ގައި ވެރިޔަކީ / إله އަކީ ހަމަ ﷲ އެވެ. (ތަކެތި ދިރުއްވައި، ރިޒުގު ދެއްވައި، ފައިދާވާ ކަންތަކާއި، ގެއްލުންވާ ކަންތައްވެސް ޖައްސަވަނީ ހަމަ އެކަލާނގެއެވެ.) އަދި މަރުވެފައިވާ ތަކެތި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ﴿10﴾وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ
Transliteration: Wama ikhtalaftum feehi min shayin fahukmuhu ila Allahi thalikumu Allahu rabbee AAalayhi tawakkaltu wailayhi oneebu
Translation: އަދި އެ ކަންކަމުގައި ދެބަސްވެ، إختلاف ވެ، ތިޔަބައިމީހުން އަރައިރުންވާ ކޮންމެ ކަމެއްގެ حكم، އެކަމުގެ حقّ ގޮތް، ﷲ ގެ حضرة ގައި ވެއެވެ. އެކަލާނގެ ފޮތުގައި ވެއެވެ. إسلام دين ގައި ވެއެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ އެވެ. އެއީ އަހުރެންގެ ربّ އެވެ. އަހުރެން ބަރޯސާކޮށް، އިތުބާރުކޮށް، وكيل ކޮށް ހަދަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވަނީވެސް ހަމައެކަނި އެފަރާތަށެވެ.
فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴿11﴾فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ
Transliteration: Fatiru alssamawati waalardi jaAAala lakum min anfusikum azwajan wamina alanAAami azwajan yathraokum feehi laysa kamithlihi shayon wahuwa alssameeAAu albaseeru
Translation: އެކަލާނގެއީ ނެތުމުގެ ތެރެއިން އުޑުތަކާއި، ބިން ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފުސުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް އަނބީންތަކެއް ލެއްވިއެވެ. އަދި نعم ސޫފީގެ ތެރެއިންވެސް އަންހެން / ފިރިހެން ޖޯޑުޖޯޑު ވާގޮތަށް ލެއްވިއެވެ. އަދި އެ نظام ގެ މަތީން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަމުން ގެންދަވައެވެ. އަދި އެކަލާނގެއާ އެއްފަދަ، އެއް މިސާލުވެވޭ ހަމަ އެކެއްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.
لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ ﴿12﴾لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ
Transliteration: Lahu maqaleedu alssamawati waalardi yabsutu alrrizqa liman yashao wayaqdiru innahu bikulli shayin AAaleemun
Translation: އުޑުތަކާއި، ބިމުގެ خزانة ތައް، އަދި އެ ތަންތާނގެ ތަޅުދަނޑިތައް ނުވަތަ އެތަންތާނގެ އެންމެހައި ވެރިކަމެއް خاصّ ވެ މިލްކުވެގެން ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާ އެއްޗެއް، އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ ﴿13﴾۞شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ
Transliteration: SharaAAa lakum mina alddeeni ma wassa bihi noohan waallathee awhayna ilayka wama wassayna bihi ibraheema wamoosa waAAeesa an aqeemoo alddeena wala tatafarraqoo feehi kabura AAala almushrikeena ma tadAAoohum ilayhi Allahu yajtabee ilayhi man yashao wayahdee ilayhi man yuneebu
Translation: އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ.
وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ﴿14﴾وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ
Transliteration: Wama tafarraqoo illa min baAAdi ma jaahumu alAAilmu baghyan baynahum walawla kalimatun sabaqat min rabbika ila ajalin musamman laqudiya baynahum wainna allatheena oorithoo alkitaba min baAAdihim lafee shakkin minhu mureebin
Translation: އެމީހުންގެ ގާތަށް (އެބަހީ އިސްވެދިޔަ أمّة ތަކުގެ މީހުން ނުވަތަ يهودي ންނާއި، نصارى އިންނާއި، އަދި قريش ންގެގާތަށް) ބަޔާންވެގެންވާ علم އައުމަށްފަހުގައި މެނުވީ އެމީހުން ވަކިވަކިވީ ކަމުގައި ނުވެއެވެ. އެއީ އެމީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ން كلمة އެއް އިސްވެ ގޮސްފައި ނުވާނަމަ (އެބަހީ عذاب ދެއްވައި، عقوبة ދެއްވުން ވަކި މުއްދަތަކަށް ފަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ) ހަމަކަށަވަރުން އެމީހުންގެ މެދުގައި ދުނިޔޭގައިވެސް ނިޔާކުރައްވައި ނިންމަވައިފީހެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ފަހުން (އެބަހީ އިސްވެދިޔަ أمّة ތަކުގެ ފަހުން، ނުވަތަ نصارى އިންނާއި، يهودي ންގެ ފަހުން) ފޮތް ވާރުތަކުރި މީހުން އެ ވަނީ އެ قرآن އާމެދު ނުވަތަ محمّد ﷺ އާމެދު ކަށަވަރުންވެސް ޝައްކެއްގައެވެ.
فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ ﴿15﴾فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ
Transliteration: Falithalika faodAAu waistaqim kama omirta wala tattabiAA ahwaahum waqul amantu bima anzala Allahu min kitabin waomirtu liaAAdila baynakum Allahu rabbuna warabbukum lana aAAmaluna walakum aAAmalukum la hujjata baynana wabaynakumu Allahu yajmaAAu baynana wailayhi almaseeru
Translation: އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ ﴿16﴾وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ
Transliteration: Waallatheena yuhajjoona fee Allahi min baAAdi ma istujeeba lahu hujjatuhum dahidatun AAinda rabbihim waAAalayhim ghadabun walahum AAathabun shadeedun
Translation: ﷲ ގެ دين އަށް އިޖާބަދެވުމަށްފަހު، އެބަހީ އެދީނަށް މީސްތަކުން ވަދެ ހަމަޖެހުމަށްފަހު ދެން ﷲ ގެ دين އާމެދު ދެކޮޅުހަދައި، حجّة قائم ކުރާ މީހުން ދަންނައެވެ. އެމީހުންގެ އެ حجّة ތަކާއި، دليل ތައް އެމީހުންގެ ربّ ގެ حضرة ގައި އެ ވަނީ باطل ވެ، ބޭކާރުވެގެންނެވެ. އަދި އެމީހުންގެ މައްޗަށް އެވަނީ ﷲ ގެ ކޯފާއެވެ. އެއީ އަދި ދުނިޔޭގައެވެ. އަދި آخرة ގައި އޭގެ އިތުރަށް އެމީހުންނަށް ގަދަވެގެންވާ عذاب ހުއްޓެވެ.
ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ ﴿17﴾ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ
Transliteration: Allahu allathee anzala alkitaba bialhaqqi waalmeezani wama yudreeka laAAalla alssaAAata qareebun
Translation: ﷲ އެއީ رسول ންނަށް حقّ ގޮތުގައި ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި حقّ ގޮތުގައި ميزان ބާވައިލެއްވި ކަލާނގެއެވެ. (އެބަހީ عدل ވެރިކަން، ނުވަތަ عدل އިންސާފުކުރެވޭނޭ ގޮތް ބާވައިލެއްވިއެވެ.) އަދި قيامة ގާއިމުވުން ދާދި ގާތްވެގެން ވުން أمّيد ކުރެވެއެވެ. އެކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮން ކަމެއް ހެއްޔެވެ؟
يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ ﴿18﴾يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ
Transliteration: YastaAAjilu biha allatheena la yuminoona biha waallatheena amanoo mushfiqoona minha wayaAAlamoona annaha alhaqqu ala inna allatheena yumaroona fee alssaAAati lafee dalalin baAAeedin
Translation: އަދި قيامة ދުވަހަށް އީމާން ނުވާ މީހުން (މަލާމާތް ކުރުމާއި، އިންކާރުކުރުމުގެ ގޮތުން) އެ ދުވަސް އަވަސްވުމަށް އެދެއެވެ. އަދި އެދުވަހަށް إيمان ވީ މީހުން އެ ދުވަހާމެދު ބިރުވެތިވެ، ފެންކަޅިވެގެން ވެއެވެ. އަދި އެ ދުވަސް އެއީ ކަށަވަރުން، حقّ ދުވަހެއްކަން (އެދުވަހުގެ ކަންކަމަކީ حقّ ކަންތައް ކަން) އެމީހުން ރަނގަޅަށް ދަނެއެވެ. قبول ކުރެއެވެ. އަދި ދަންނައެވެ. ހަމަކަށަވަރުން އެ ދުވަހާމެދު އިންކާރުކޮށް جدل ކުރާ މީހުން އެ ވަނީ ކަނޑައެޅިގެން ވަރަށް ދުރަށް މަގުފުރެދި، ވާވަދެފައެވެ.
ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ ﴿19﴾ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ
Transliteration: Allahu lateefun biAAibadihi yarzuqu man yashao wahuwa alqawiyyu alAAazeezu
Translation: ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.
مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ ﴿20﴾مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ
Transliteration: Man kana yureedu hartha alakhirati nazid lahu fee harthihi waman kana yureedu hartha alddunya nutihi minha wama lahu fee alakhirati min naseebin
Translation: آخرة ދުވަހުގެ ދަރުމަޔާއި، ثواب އެދިގެން މަސައްކަތްކުރާ މީހާއަށް ތިމަން ރަސްކަލާނގެ އޭނާއަށް ދަރުމަޔާއި، ثواب އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ދުނިޔޭގެ حياة ގެ އަރާމާއި، މަޖާ އެދިގެން މަސައްކަތްކުރާ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް އެ ދުނިޔެއިން (ދެއްވަން ނިންމަވާފައިވާ ވަރަކަށް) ދެއްވާހުށީމެވެ. އަދި آخرة ދުވަހުން އޭނާއަކަށް އެއްވެސް ނަސީބެއް، އެއްވެސް އެއްޗެއް ނުވެއެވެ. ހެޔޮކަމެއް ނުވެއެވެ.
أَمۡ لَهُمۡ شُرَكَـٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ﴿21﴾أَمۡ لَهُمۡ شُرَكَـٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ
Transliteration: Am lahum shurakao sharaAAoo lahum mina alddeeni ma lam yathan bihi Allahu walawla kalimatu alfasli laqudiya baynahum wainna alththalimeena lahum AAathabun aleemun
Translation: އެކަންކަމަށް ﷲ އިޒުނަ ދެއްވާފައި ނުވާ ކަންކަން ދީނުގައި شرع ކޮށް (ދީނަށް އުނިއިތުރުކޮށް) ހަދާނޭ ބައިވެރީންތަކެއް (شرك ތަކާއި، بدعة ތައް އުފައްދާނޭ ބައިވެރީންތަކެއް) އެބައިމީހުންނަށް ފަހެ ވަނީ ހެއްޔެވެ؟ އަދި فيصلة ކުރެއްވުމާއި، ނިޔާކުރެއްވުން ލަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ (ދުނިޔޭގައިވެސް) އެމީހުންގެ މެދުގައި فيصلة ކުރެވި، ނިޔާކުރެވި ނިމިއްޖައީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަށް ހުރީ ކަނޑައެޅިގެން ވޭންދެނިވި عذاب އެވެ.
تَرَى ٱلظَّـٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ﴿22﴾تَرَى ٱلظَّـٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ
Transliteration: Tara alththalimeena mushfiqeena mimma kasaboo wahuwa waqiAAun bihim waallatheena amanoo waAAamiloo alssalihati fee rawdati aljannati lahum ma yashaoona AAinda rabbihim thalika huwa alfadlu alkabeeru
Translation: قيامة ދުވަހުން ކަލޭގެފާނު، އަނިޔާވެރީންތައް ދެކެވަޑައިގަންނަވާނީ ބިރުން ސިހި، ފެންކަޅިވެގެން ވާތީއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެ عمل ތަކުގެ ނަތީޖާ އެމީހުންނަށް މިހާރު އެވަނީ ދިމާވެފައެވެ. އޭގެ ފުރިހަމަ ޖަޒާގެ ތެރެއަށް ވަދެވިފައެވެ. އެއީ عذاب އެވެ. އަދި ﷲ އަށް إيمان ވެ، ހެޔޮލަފާކޮށް އުޅުނު މީހުން - صالح عمل ކުރި މީހުން - قيامة ދުވަހުން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައެވެ. ހިތަށް ގެންނަންވެސް ނޭނގޭހައި ތަނަވަސް نعمة ގައެވެ. އެމީހުން އެދޭހައި ކަމެއް އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ބޮޑުވެގެންވާ މާތްކަމާއި، كرامة އަކީ އެއީއެވެ.
ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ ﴿23﴾ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ
Transliteration: Thalika allathee yubashshiru Allahu AAibadahu allatheena amanoo waAAamiloo alssalihati qul la asalukum AAalayhi ajran illa almawaddata fee alqurba waman yaqtarif hasanatan nazid lahu feeha husnan inna Allaha ghafoorun shakoorun
Translation: އެ މާތްކަމާއި، كرامة އަކީ إيمان ވެގެން صالح عمل ތައް ކުރި، ﷲ ގެ މާތް އަޅުތަކުންނަށް ލިބޭނޭ ކަމަށް ﷲ بشارة ދެއްވާފައިވާ ތަކެއްޗެވެ. (އޭ رسول الله އެވެ!) ކަލޭގެފާނު (قريش ންނަށް) ވިދާޅުވާށެވެ! އަހުރެންގެ މި رسالة ތިޔަބައިމީހުންނަށް އިއްވައިދިނުމަކަށް ތިޔަބައިމީހުންގެ އަތުން އެއްވެސް أجور އަކަށް، ޓެކުހަކަށް ނޭދެމެވެ. ހަމައެކަނި އެދޭހާވެސް ކަމަކީ ތިމާގެކަމާއި، ގާތްކަމުގެ ލޯތްބެވެ. (އެއީ މި رسالة މީސްތަކުންނަށް އިއްވައިދެވޭންދެން ތިޔަބައިމީހުންގެ ގާތްކަމުގެ حماية އެވެ. عربى ންގެ އެހެން މީހުންނަށްވުރެ އަހުރެން ރައްކާތެރިކޮށް، ބެލެހެއްޓުމަށް أولى ވެގެންވަނި ހަމަ ތިޔަބައިމީހުންނެވެ. ފަހެ قريش ވަންހައިގެ ކޮންމެ ދަރިކޮޅަކާވެސް رسول الله ﷺ ގެ ތިމާގެކަމުގެ ގުޅުން އޮވެއެވެ.) ދެންފަހެ ހެޔޮކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް ތިމަން ރަސްކަލާނގެ އެކަމުގެ ދަރުމަޔާއި، ثواب އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާ ހުށީމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި އަޅުތަކުންގެ ހެޔޮ عمل ތަކަށް شكر ކުރައްވާ ކަލާނގެއެވެ.
أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿24﴾أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
Transliteration: Am yaqooloona iftara AAala Allahi kathiban fain yashai Allahu yakhtim AAala qalbika wayamhu Allahu albatila wayuhiqqu alhaqqa bikalimatihi innahu AAaleemun bithati alssudoori
Translation: އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީ ހެއްޔެވެ؟ އެބަހީ ކާފިރުންގެ މީހުންގަނޑު ބުނަނީ ހެއްޔެވެ؟ ﷲ ގެ މައްޗަށް محمّد ﷺ ދޮގު ހެދީއެވެ. (އެބަހީ އެކަލޭގެފާނު ނަބީކަމުގެ دعوى އެ ކުރައްވަނީ އެއީ ދޮގެކެވެ.) އެބައިމީހުންގެ އެ ބަހަށް ﷲ جواب ދެއްވަނީ މިފަދައިންނެވެ. ފަހެ ﷲ އިރާދަކުރައްވައިފިއްޔާ ކަލޭގެފާނުގެ ހިތްޕުޅު މަތީގައި ސިއްކަ ޖައްސަވައިފީހެވެ. (އޭރުން އެއްވެސް އެއްޗެއް އެ ހިތުގެ ތެރެއަށް ވަދެ-ނިކުމެ ނުވާނެއެވެ.) އަދި އެކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ باطل އެއްޗެހި ފޮހެލައްވައިފީހެވެ. އަދި حقّ ސާބިތުކުރައްވާ ބަޔާންކުރައްވައިފީހެވެ. އެއީ އެކަލާނގެ ކީރިތި قرآن ގައި ބާވައިލައްވާފައިވަ ކަލިމަފުޅުތަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ތަކެތިވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ ﴿25﴾وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ
Transliteration: Wahuwa allathee yaqbalu alttawbata AAan AAibadihi wayaAAfoo AAani alssayyiati wayaAAlamu ma tafAAaloona
Translation: އަދި އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ، އަދި ކުށްފާފަތައް عفوء ކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ.
وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ ﴿26﴾وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ
Transliteration: Wayastajeebu allatheena amanoo waAAamiloo alssalihati wayazeeduhum min fadlihi waalkafiroona lahum AAathabun shadeedun
Translation: އަދި އީމާންވެ، صالح ޢަމަލުކުރި މީސްތަކުންނަށް އެމީހުންގެ دعاء އިޖާބަކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދަރުމަޔާއި، ސަވާބު އިތުރުކޮށްދެއްވައެވެ. އަދި ކާފިރުންގެ މީހުން ދަންނައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހުން ހުރީ ގަދަވެގެންވާ ޢަޒާބެވެ.
وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ ﴿27﴾۞وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ
Transliteration: Walaw basata Allahu alrrizqa liAAibadihi labaghaw fee alardi walakin yunazzilu biqadarin ma yashao innahu biAAibadihi khabeerun baseerun
Translation: އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ރިޒުގު ތަނަވަސްކޮށްލައި، ގިނަކޮށްލެއްވި ނަމަ، ހަމަކަށަވަރުން އެބައިމީހުން ބިމުގައި ބޮޑާވެ، އުރެދިގެންފީހެވެ. އަދި އެހެންނަމަވެސް، ﷲ އެކަލާނގެ އެދިވޮޑިގެންނެވި މިންވަރަކަށް ވަކި ހިސާބެއްގެ މަތީން އެކަލާނގެ އެ ރިޒުގު ބާވައިލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ އެންމެހައި حال ތަކެއްގެ خبر ދެނެވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.
وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ ﴿28﴾وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ
Transliteration: Wahuwa allathee yunazzilu alghaytha min baAAdi ma qanatoo wayanshuru rahmatahu wahuwa alwaliyyu alhameedu
Translation: އަދި އެކަލާނގެއީ ވާރޭފެން މަދުވެގެން خلق ތަކުން ނާއުއްމީދު ވުމަށްފަހު ވާރޭފެން ވެއްސަވާ ކަލާނގެއެވެ. އަދި އެކަލާނގެ ވާރޭފެނުގެ ރަޙުމަތް އެކަލާނގެ އެދިވޮޑިގެންނެވި ހުރިހާ ތަނަކަށް ފަތުރުއްވައެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންނަށް ސަހަރޯވެރިވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ ދެއްވި އެންމެހައި ނިޢުމަތްތަކަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.
وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ ﴿29﴾وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ
Transliteration: Wamin ayatihi khalqu alssamawati waalardi wama baththa feehima min dabbatin wahuwa AAala jamAAihim itha yashao qadeerun
Translation: އަދި އުޑުތަކާއި، ބިން ހައްދަވައި، އެ ތަންތަނަށް ދިރޭ އެންމެހައި ތަކެތި ހައްދަވައި، ފެތުރުއްވުން ވަނީ އެކަލާނގެ قدرة ތެރި ކަމުގެ އަލާމާތްތަކުގެ ތެރެއިންނެވެ. އަދި އެ ތަކެތި އެކަލާނގެ އިރާދަކުރައްވައިފީ ވިއްޔާ އިރާދަކުރައްވާ ވަގުތަކުން محشر ކުރައްވައި، ޖަމާކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ ﴿30﴾وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ
Transliteration: Wama asabakum min museebatin fabima kasabat aydeekum wayaAAfoo AAan katheerin
Translation: އަދި ތިޔަބައިމީހުންނަށް ދިމާވާ ކޮންމެ مصيبة އަކީ ތިޔަބައިމީހުން އަތްތަކުން (އެބަހީ ތިޔަބައިމީހުންގެ ގުނަވަންތަކުން) ކުރި ކަންތަކުގެ ސަބަބުން ދިމާވާ مصيبة އެވެ. އެ ކަންކަމުގެ ޢުޤޫބާތުގެ ގޮތުންނެވެ. އަދި މީސްތަކުން ކުރާ ނުބައި ކަންތަކުގެ ގިނަ ފާފަ އެކަލާނގެ ފުއްސަވައި، ޢަފޫކުރައްވައެވެ.\nނޯޓު: މުއުމިނު އަޅާ ކުރި ފާފައެއްގެ ސަބަބުން ނޫނަސް، ބައެއް ފަހަރު އޭނާއަށް مصيبة ޖެހެއެވެ. ފަހެ އެއީ އޭނާއަށް ދިމާކުރައްވާ އިމްތިޙާނެކެވެ. އަދި އެފަދަ ކަންތަކަށް އެކަލާނގެ ތަޤުދީރުގައިވާ ފަދައަކުން އޭނާއަށް ދަރުމަޔާއި، ސަވާބު ދެއްވައެވެ. والله أعلم.
وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ﴿31﴾وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ
Transliteration: Wama antum bimuAAjizeena fee alardi wama lakum min dooni Allahi min waliyyin wala naseerin
Translation: އަދި ތިޔަބައިމީހުންނަކީ ބިމުގައި ނުކުޅައްދާލެވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. (އެބަހީ ﷲ ގެ ޢަޒާބާއި، ކޯފާއިން، އަދި އެކަލާނގެ ޖައްސަވާ مصيبة އަކުން ދުރަށް ފިލައިގެން ދެވޭނޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިޔަކުވެސް، އަދި ނަސްރުދޭނޭ މީހަކު ވިޔަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ ﴿32﴾وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ
Transliteration: Wamin ayatihi aljawari fee albahri kaalaAAlami
Translation: އަދި ކަނޑުގައި ބޮޑެތި ފަރުބަދަ ގޮތަށް ނުވަތަ ބޮޑެތި ޢިމާރާތް ފަދައިން ފެންނަ (ދުވެފައިދާ) ނައު / އުޅަނދުފަހަރު ކަނޑުގައި ދުވަމުން ދިއުމަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ޢަލާމާތްތަކާއި، ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ.
إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ ﴿33﴾إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ
Transliteration: In yasha yuskini alrreeha fayathlalna rawakida AAala thahrihi inna fee thalika laayatin likulli sabbarin shakoorin
Translation: އަދި އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެ ނައުފަހަރު ދުވުމުގެ ސަބަބެއް ކަމުގައިވާ ވައި ހުއްޓުވައި، ވައި އެއްގޮތަކަށް ނުޖެހޭ ގޮތް ހައްދަވައިފާނެއެވެ. ދެން އޭރުން ކަނޑުމަތީގައި އެތަކެތި އެއްވެސް ޙަރަކާތެއް ނެތި (އެފަހަރަކު ޖެހޭ އޮޔަކަށް ގޮސްގޮސް) ހުރެދެއެވެ. ހަމަކަށަވަރުން އެ ކަންތަކުގައިވެސް ބަލާތަކާއި، މުސީބާތްތަކަށް ގިނަގިނައިން ކެތްކޮށް ﷲ ގެ نعمة ތަކަށް ގިނަގިނައިން ޝުކުރުކުރާ ކޮންމެ މީހަކަށް ކަނޑައެޅި ބަޔާންވެގެން ދަލީލު ވެއެވެ. (އެބަހީ ﷲ ވޮޑިގެން ވާކަމާއި، ކުޅަދުންވަންތަ ކަމުގެ ގަދަވެގެންވާ ދަލީލާއި، حجّة ވެއެވެ.)
أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ ﴿34﴾أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ
Transliteration: Aw yoobiqhunna bima kasaboo wayaAAfu AAan katheerin
Translation: ނުވަތަ އެބައިމީހުން ކުރި ފާފަތަކުގެ ސަބަބުން ވައި ބާރުވެ، ކަނޑު ގަދަވެ، އެ އުޅަނދުފަހަރު ހަލާކު ކުރައްވައި، غرق ކުރެއްވުމަށް އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެހެންވެސް ހައްދަވައެވެ. އަދި އެބައިމީހުންގެ ފާފައިގެ ތެރެއިން ވަރަށް ގިނަ ފާފަ އެކަލާނގެ ނުހިއްޕަވައި عفوء ކުރައްވައެވެ.
وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ ﴿35﴾وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ
Transliteration: WayaAAlama allatheena yujadiloona fee ayatina ma lahum min maheesin
Translation: އަދި ތިމަން ރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދައި، جدل ކޮށްއުޅޭ މީސްތަކުންނަށް އެފަދަ ވަޤުތުގައި އެބައިމީހުން ފިލައިގެން، ސަލާމަތްވާން ދާނޭ ތަނެއް ދެން ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ.
فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ﴿36﴾فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ
Transliteration: Fama ooteetum min shayin famataAAu alhayati alddunya wama AAinda Allahi khayrun waabqa lillatheena amanoo waAAala rabbihim yatawakkaloona
Translation: ރިޒުގުގެ ތަނަވަސްކަމާއި، މުއްސަނދިކަމުގެ ތެރެއިން ތިޔަބައިމީހުންނަށް ދެވުނުކޮންމެ އެއްޗަކީ، ކޮންމެ نعمة އަކީ، އެއީ ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ދާދި ކުޑަ އެއްޗެކެވެ. ދާދި އަވަހަށް ފިލައިދަނިވި އެއްޗެކެވެ. އަދި (ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް) ﷲ ގެ حضرة ގައި ވާ ثواب އާއި، ދަރުމަ މާ ހެޔޮވެގެން ވެއެވެ. އަދި ދެމިހުރުން މާ ބޮޑުވެގެން ވެއެވެ. އެއީ ފިލައިދާނޭ ތަކެއްޗެއް ނޫނެވެ. އެ ތަކެއްޗަކީ ތިމާމެންގެ ربّ އަށް إيمان ވެ، ހަމައެކަނި އެކަލާނގެއަށް وكيل ކޮށް، ބަރޯސާކުރި މީހުންނަށް خاصّ ވެގެންވާ ތަކެއްޗެވެ.
وَٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ ﴿37﴾وَٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ
Transliteration: Waallatheena yajtaniboona kabaira alithmi waalfawahisha waitha ma ghadiboo hum yaghfiroona
Translation: އަދި އެމީހުންނަކީ ފާފައިގެ ތެރެއިން ބޮޑެތި ފާފަޔާއި، فاحش ކަންތައްތަކުން ދުރުވެގަންނަ މީހުންނެވެ. އަދި އެމީހުންނަކީ ރުޅިއަތުވެއްޖެއްޔާއި، (ރުޅި ކައިލައި) ރުޅީގެ އަސަރު ނުދައްކާ މީހުންނެވެ.
وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴿38﴾وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
Transliteration: Waallatheena istajaboo lirabbihim waaqamoo alssalata waamruhum shoora baynahum wamimma razaqnahum yunfiqoona
Translation: އަދި އެމީހުންނަކީ ތިމާމެންގެ ربّ އަށް އިޖާބަދީ، އަދި ނަމާދު قائم ކޮށް، އަދި ތިމާގެ ކަންކަމުގައި އެކަކު އަނެކަކާ مشورة ކޮށް، އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތީން (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ.
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ ﴿39﴾وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ
Transliteration: Waallatheena itha asabahumu albaghyu hum yantasiroona
Translation: އަދި އެމީހުންނަކީ އެމީހުންނަށް بغاوة އެއް ދިމާވެއްޖެއްޔާ (އެބަހި، އެމީހުންނަށް ބަޔަކު އަނިޔާއެއް ކޮށް އުނދަގުލެއް ކޮށްފިއްޔާ) ނަޞްރުހޯދާ މީހުންނެވެ.
وَجَزَـٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ ﴿40﴾وَجَزَـٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ
Transliteration: Wajazao sayyiatin sayyiatun mithluha faman AAafa waaslaha faajruhu AAala Allahi innahu la yuhibbu alththalimeena
Translation: އަދި ނުބައިކަމުގެ ޖަޒާއަކީ އެފަދަ ނުބައެކެވެ. ﷲ تعالى އަންގަވާފައިވާ ފަދައިންނެވެ. އެބަހީ، މީހަކު މީހަކާ ދިމާއަށް ހުތުރު އެއްޗެއް ބުނެފިއްޔާ، ހަމަ އެފަދަ ހުތުރު އެއްޗެއް އޭނާޔާ ދިމާއަށް ބުނެ ރައްދު ކުރުމެވެ. ޖެހީމައި ޖެހުމެވެ. ނަމަވެސް عدل ވެރި ގޮތުގައެވެ. ދެންފަހެ، ބަދަލަށް ބަދަލު ނުހިފައި عفوء ކޮށް إصلاح ކޮށްފި މީހާ ދަންނައެވެ. އެމީހާގެ ދަރުމަޔާއި ثواب، ﷲ ގެ حضرة ގައި ވެއެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް އެކަލާނގެ ލޯބިވެ ވޮޑިގެން ނުވެއެވެ.
وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَـٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ ﴿41﴾وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَـٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ
Transliteration: Walamani intasara baAAda thulmihi faolaika ma AAalayhim min sabeelin
Translation: އަދި ތިމާއަށް އަނިޔާއެއް ލިބި، އެ އަނިޔާގެ ބަދަލު އަތުލައިގަތުމަށްފަހު ދެން އަލުން އެ އަނިޔާކުރި މީހާއަށް އަނިޔާކޮށް، ދިމާކުރެވޭނޭ އެއްވެސް މަގެއް ނެތެވެ.
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ﴿42﴾إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ
Transliteration: Innama alssabeelu AAala allatheena yathlimoona alnnasa wayabghoona fee alardi bighayri alhaqqi olaika lahum AAathabun aleemun
Translation: ނަމަވެސް عقوبة އެއް ދީ ދިމާކުރެވޭނޭކަން ކަށަވަރީ (އަލުންބަލުން ފަށައިގެން) މީސްތަކުންނަށް އަނިޔާކޮށް، އަދި އެއްވެސް حقّ އެއް ނެތި ބިން ފަސާދަކުރާ މީހުންނާއެވެ. އެފަދަ މީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ.
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ ﴿43﴾وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ
Transliteration: Walaman sabara waghafara inna thalika lamin AAazmi alomoori
Translation: އަދި ހަމަކަށަވަރުން (ބަދަލުހިފުމަށް ކުލަދާނަވެގެން ވުމާއެކު، އަނިޔާކުރި މީހާއަށް) عفوء ކޮށް، ކެތްތެރިވުން ދަންނައެވެ. އެއީ شريعة އެކަންކަމަށް ترحيب ދީ، ހިތްވަރުދޭ އަގުހުރި ކަންކަމުގެ ތެރެއިން ވާ ކަންކަމެވެ. އެފަދަ ކަންކަމުގެ ދަރުމަ ބޮޑުވެގެން ވެއެވެ.
وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ ﴿44﴾وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ
Transliteration: Waman yudlili Allahu fama lahu min waliyyin min baAAdihi watara alththalimeena lamma raawoo alAAathaba yaqooloona hal ila maraddin min sabeelin
Translation: އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އެއްވެސް މީހަކަށް އެކަލާނގެއަށްފަހު (ދެން އޭނާއަށް ތެދުމަގު ދައްކައި އެހީވާނޭ) އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. އަދި އަނިޔާވެރީންތައް އެބަހީ- (مشرك ންތައް) - قيامة ދުވަހުން عذاب ފެންނަ ހިނދުން ބުނާނެއެވެ. ބުނާތަން ކަލޭ ދެކޭނެއެވެ. (ދުނިޔެއަށް އަލުން) ދެވޭނޭ އެއްވެސް މަގެއް ވޭހެއްޔެވެ؟
وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِي عَذَابٖ مُّقِيمٖ ﴿45﴾وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِي عَذَابٖ مُّقِيمٖ
Transliteration: Watarahum yuAAradoona AAalayha khashiAAeena mina alththulli yanthuroona min tarfin khafiyyin waqala allatheena amanoo inna alkhasireena allatheena khasiroo anfusahum waahleehim yawma alqiyamati ala inna alththalimeena fee AAathabin muqeemin
Translation: އެ عذاب އަށް - ނަރަކައިގެ عذاب އަށް - އެމީހުން ހުށަހެޅޭ ތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ނިކަމެތިކަމާއި، ދެރަކަމުގެ ނިހާޔަތަށް ގޮސް، ބިރުން ފެންކަޅިވެގެންވާ حال ގައެވެ. (އަޅައިލާނޭ އެއްވެސް އެހީތެރިޔަކު ނުވާނެއެވެ.) އަދި ލޮލުގެ ކޮޅުން ފަނޑު ބެލުމަކުން ހިތާމަވެރި، ދެރަ ބެލުމަކުން ބަލައިލާނެއެވެ. އެހިނދުގައި إيمان ވީ މީސްތަކުން ބުނާނެއެވެ. ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނަކީ އެމީހުންގެ نفس ތަކާއި، އަދި أهل ވެރީންވެސް قيامة ދުވަހުން ގެއްލުވައިލި މީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުން އަނިޔާވެރީން އެބަހީ مشرك ން ވަނީ އަބަދީ عذاب ގައި قائم ވެގެންނެވެ.
وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ ﴿46﴾وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ
Transliteration: Wama kana lahum min awliyaa yansuroonahum min dooni Allahi waman yudlili Allahu fama lahu min sabeelin
Translation: އަދި ﷲ ފިޔަވައި އެމީހުންނަށް نصر ދޭނޭ އެއްވެސް ولى އަކު، ސަހަރޯވެރިޔަކު އެމީހުންނަކަށް ނުވެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ދެން ތެދުމަގު ލިބޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އެއްވެސް މަގެއް ނެތެވެ.
ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ ﴿47﴾ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ
Transliteration: Istajeeboo lirabbikum min qabli an yatiya yawmun la maradda lahu mina Allahi ma lakum min maljain yawmaithin wama lakum min nakeerin
Translation: (އޭ މީސްތަކުންނޭވެ.) އެދުވަހެއް އަނބުރާ ރައްދު ނުކުރެވޭނޭ ގޮތުން ﷲ ގެ حضرة ން އަންނަ قيامة ދުވަސް އައުމުގެ ކުރީން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް އިޖާބަ ދޭށެވެ. (އެކަލާނގެއަށާއި، ފޮތަތަކަށާއި، رسول ންނަށާއި، ދެންވެސް އެފަރާތްތަކަށް އީމާންވުމަށް ގޮވޭ دعوت އަށް ތިޔަބައިމީހުން ޖަވާބުދޭށެވެ. އެ ބަސް އަހައި ކިޔަމަން ވާށެވެ.) އެ ދުވަހުން عذاب ލިބުމަށް ކަނޑައެޅިފައިވާ ބަޔަކު އެ عذاب ން ފިލައިގެން ރައްކާތެރިވެ، ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނޯންނާނެއެވެ. އަދި ދެން އެ ދުވަހުން، އެދުވަހާމެދު، އަދި އެ ދުވަހު ހުރި ކަންކަމާމެދު إنكار ކޮށް ދެކޮޅުހަދާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. (އެހެނީ އެ ހުރިހާ ކަމެއް ލޯތަކަށް تمثيل ވާނެއެވެ.)
فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ ﴿48﴾فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ
Transliteration: Fain aAAradoo fama arsalnaka AAalayhim hafeethan in AAalayka illa albalaghu wainna itha athaqna alinsana minna rahmatan fariha biha wain tusibhum sayyiatun bima qaddamat aydeehim fainna alinsana kafoorun
Translation: (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އީމާން ނުވެ، އަދި ދަޢުވަތަށް އިޖާބަ ނުދީ، އެނބުރި ފުރަގަސްދިނަސް (ކަލޭގެފާނަކަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތެވެ.) އެހެނީ އެމީހުންގެ عمل ތަކަށް ބަލައި، ޗެކުކޮށް، އެއަށް ރައްކާތެރިވާ ބޭކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. رسول ކަން އިއްވަވައި، تبليغ ކުރެއްވުން ނޫނީ ކަލޭގެފާނަކަށް ނުވެއެވެ.\nއަދި (އިންސާނާގެ قواعد އަކީ) ތިމަން ރަސްކަލާނގެ އެ އިންސާނާއަށް ތިމަން ރަސްކަލާނގެ حضرة ން رحمة ގެ ރަހައެއް ދައްކަވައިފިއްޔާ، (نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައި ފިއްޔާ) އެކަމަށް ވަރަށް އުފާކޮށް، މަޖާ ނަގައި (ސަޅިކަނޑައި) ހަދާނެއެވެ. އަދި އެމިހުންގެ އަތްތައް އިސްކޮށްފައިވާ ކަންކަމުން (އެބަހީ އެމީހުން ކުރި ނުބައި ކަންކަމުން) ކޮންމެވެސް ނުބައެއް ދިމާވެއްޖެއްޔާ (ތަދުމަޑުކަމެއް / ބަލާއެއް / އުނދަގުލެއް ޖެހިއްޖެއްޔާ) ގިނަގިނައިން ކާފަރުވާ މީހަކު ކަމުގައި އިންސާނާ ވެދެއެވެ. (އިސްވެދިޔަ އެންމެހައި نعمة އަކާއި، ތަނަވަސްކަމެއް ހަނދާން ނެތިދެއެވެ.)
لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ﴿49﴾لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ
Transliteration: Lillahi mulku alssamawati waalardi yakhluqu ma yashao yahabu liman yashao inathan wayahabu liman yashao alththukoora
Translation: އުޑުތަކާއި، ބިމުގައި ވާހައި ތަކެތި މިލްކުވެ خاصّ ވެގެން ވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަތް އެއްޗެއް، އެދިވޮޑިގަތް ގޮތަކަށް ހައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އަންހެން ދަރީން ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ދަރީން ދެއްވައެވެ.
أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ ﴿50﴾أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ
Transliteration: Aw yuzawwijuhum thukranan wainathan wayajAAalu man yashao AAaqeeman innahu AAaleemun qadeerun
Translation: ނުވަތަ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ކުދީންނާއި، އަންހެން ކުދީން ދެއްވައެވެ. ދެވައްތަރު ޖަމަޢަކޮށްދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު، ދަރީން ނުލިބޭ މީހަކު ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެއެވެ.
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ ﴿51﴾۞وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ
Transliteration: Wama kana libasharin an yukallimahu Allahu illa wahyan aw min warai hijabin aw yursila rasoolan fayoohiya biithnihi ma yashao innahu AAaliyyun hakeemun
Translation: وحي ގެ ގޮތުން ނުވަތަ حجاب އެއްގެ (ފަރުދާއެއްގެ) އަނެއް ފަރާތުން ނުވަތަ ملائكة ންގެ ތެރެއިން رسول އަކު ފޮނުއްވައިގެން މި ތިން ގޮތުން ކުރެ ގޮތަކުން މެނުވީ އެއްވެސް މީހަކަށް ﷲ ބަސްފުޅު وحي ކުރެއްވުމަކީވެސް އާދަމުގެ ދަރިޔަކަށް އޮތްކަމެއް ނޫނެވެ. ވާނޭ ކަމެއް ނޫނެވެ. [މިތަނުން ފުރަތަމަ ގޮތަކީ\n• وحي އެވެ. އެއީ ވަރަށް އަވަސްގޮތަކަށް ވަންހަނާކޮށް ހިތަށް އެއްޗެއް ވިސްނައިދެއްވުމެވެ. موسى ގެފާނުންގެ މަންމައަށް وحي އައީ އެގޮތަށެވެ. އެބާވަތުގެ وحي އަށް އިލްހާމުވެސް ކިޔައެވެ.\n• ދެވަނަ ގޮތަކީ ފަރުދާއެއްގެ އަނެއް ފަރާތުން ﷲ ނުފެންނަ ގޮތަށް އަޑު އެކަނި އަންނަގޮތަށް وحي ގެ ކަންތައް ހަމަޖެހުމެވެ. موسى عَلَيْهِ السلام އަށް وحيބާވައިލެއްވީ އެގޮތަށެވެ.\n• ތިންވަނަ ގޮތަކީ ملائكة އާ، يعني جبريل عَلَيْهِ السلام ވަޑައިގެން ﷲ ގެ ބަސްފުޅު. އެކަލާނގެ إذن ފުޅަށް ملائكة އާ ބަސްފުޅު އިއްވަވައެވެ.]\nހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި حكمة ވަންތަ ކަލާނގެއެވެ.
وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿52﴾وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
Transliteration: Wakathalika awhayna ilayka roohan min amrina ma kunta tadree ma alkitabu wala aleemanu walakin jaAAalnahu nooran nahdee bihi man nashao min AAibadina wainnaka latahdee ila siratin mustaqeemin
Translation: (އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް روح އެއް (އެބަހީ قرآن) ބާވައިލެއްވީ އެފަދައިންނެވެ. (قرآن އަކީ روح އެކެވެ. އެހެނީ ކާފަރު ކަމުގެ މަރުން ހިތްތައް ދިރުވުން އެ قرآن ގައި ވެއެވެ. މީސްތަކުންނަށް އެ قرآن ން ތެދުމަގު ލިބޭނެއެވެ.\nއަދި ކަލޭގެފާނަށް (އެ قرآن ބާވައިލެއްވުމުގެ ކުރީން) ފޮތަކީ ކޮން އެއްޗެއް ކަމެއް އަދި إيمان ކަމަކީ ކޮން އެއްޗެއް ކަމެއް އެނގިވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް ތިމަން ރަސްކަލާނގެ އެ قرآن ލެއްވީ ތިމަން ރަސްކަލާނގެ އަޅުތަކުންކުރެ ތިމަން ރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް هداية يعني ތެދުމަގު ލިބޭނޭ އެއްޗެއް ކަމުގައެވެ. ހަމަކަށަވަރުން ކަލޭގެފާނު ތެދުމަގު ދައްކަވަނީ ސީދާވެގެންވާ މަގަށެވެ. އެއީ
صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ ﴿53﴾صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ
Transliteration: Sirati Allahi allathee lahu ma fee alssamawati wama fee alardi ala ila Allahi taseeru alomooru
Translation: ﷲ ގެ މަގެވެ. ﷲ އެއީ އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް ملك ވެ، خاصّ ވެގެންވާ ކަލާނގެއެވެ. އެއީ ހައްތާވެސް އެކަލާނގެ ތަކެއްޗެވެ. އެކަލާނގެ ބޭނުންފުޅު ގޮތަކަށް އެތަކެއްޗާމެދު ކަން ހިންގަވައެވެ. ދަންނާށެވެ. (قيامة ދުވަހުން) އެންމެހައި ތަކެތި އަދި އެންމެހައި ކަމެއް رجوع ވެ واصل ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download