49:1يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ﴿1﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ
Transliteration: Ya ayyuha allatheena amanoo la tuqaddimoo bayna yadayi Allahi warasoolihi waittaqoo Allaha inna Allaha sameeAAun AAaleemun
Translation: އޭއީމާންވެއްޖެ މީސްތަކުންނޭވެ! الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله އީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! މިހެންއޮތްބަސްފުޅުން މުރާދުކުރެވެނީ رَسُولُ الله ﷺ ދުނިޔޭގައި ހުންނަވަނިކޮށް އަދި އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެއްވެސްކަމެއްގައި އެކަލޭގެފާނަށްވުރެކުރިން އެކަމަކަށް ފާޑުކިޔައި، ގޮތްކިޔައިނުހެދުމެވެ. އަދިއެކަލޭގެފާނު ދުނިޔޭގައި ނެތްހިނދުން ﷲ ގެއާޔަތްތަކާއި އަދި ރަސޫލު ﷺ ގެ ބަސްފުޅާއި خِلآف އަށް ކަންތައްތައްކޮށް ނުހެދުމެވެ. އެއީ މުސްލިމުންނަށް އެކަށީގެންވާ ކަމެއްނޫނެވެ.
49:2يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ﴿2﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ
Transliteration: Ya ayyuha allatheena amanoo la tarfaAAoo aswatakum fawqa sawti alnnabiyyi wala tajharoo lahu bialqawli kajahri baAAdikum libaAAdin an tahbata aAAmalukum waantum la tashAAuroona
Translation: އޭއީމާންވެއްޖެ މީހުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ކަލޭމެން އަޑުތައް ނުއުފުލާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަކުރާގޮތަށް އަޑު އުފުލާ ވާހަކަ ދައްކާގޮތަށް ގޮތަށް އެކަލޭގެފާނުންގެ އަރިހުގައި އަޑު ނުއުފުލާށެވެ! އެގޮތަށްބަސްނުބުނާށެވެ! އެއީ ކަލޭމެންގެ ހެޔޮ ޢަމަލުތައް ކަލޭމެންނަށް إحْسَاس ވެސްނުވެ بَاطِلُ ނުވުމައްޓަކައެވެ. (بَاطِلُ ވެދާނެތީއެވެ.)\nދަންނައެވެ. މިބަސްޅުން ރަނގަޅަށް އެނގެނީ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެގޮތަށް އަޑުހަރުކޮށް ވާހަދައްކާނަމަ ތިމާމެންގެ ހެޔޮ ޢަމަލު بَاطِلُ ވާނެކަމެވެ. އަދި އަޑުހަރުކޮށް ވާހަކަދެއްކުމުގެ މުރާދެއްކަމުގައި ބައެއްބޭކަލުން ވިދާޅުވަނީ އޭ محَمَّد އޭ محَمَّد މިހެންކިޔައި އެކަލޭގެފާނާއި مُخَاطَبُ ކުރުމެވެ. އެޔާއިމުޅިން ޚިލާފަށް އެކަލޭގެފާއި مُخَاطَبُ ކުރަންވާނީ يَا نَبِيَّ الله ނުވަތަ يَا رَسُولَ الله އެވެ. ދެންފަހެ މިވާހަކައިގެ މުޅި މުރާދަކީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމެވެ.
49:3إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَـٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ ﴿3﴾إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَـٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ
Transliteration: Inna allatheena yaghuddoona aswatahum AAinda rasooli Allahi olaika allatheena imtahana Allahu quloobahum lilttaqwa lahum maghfiratun waajrun AAatheemun
Translation: ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ އަރިހުގައި އެމީހުންގެ އަޑުތައް މަޑުކުރާމީހުން އެމީހުން އެއީ تَقْوَى ވެރިވުމަށް الله އެމީހުންގެ ހިތްތައް إمْتِحَانُ ކުރެއްވި މީހުންނެވެ. އެމީހުންނަށް ކަނޑައެޅިގެން ފާފަ ފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުންނަ ހުއްޓެވެ.
49:4إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ ﴿4﴾إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ
Transliteration: Inna allatheena yunadoonaka min warai alhujurati aktharuhum la yaAAqiloona
Translation: އަދި ހަމަކަށަވަރުން ކޮޓަރިކޮޅުތަކުގެ ފުރަގަހުން ކަލޭގެފާނަށް ގޮވާމީސްތަކުން އެމީހުންކުރެ ގިނަމީހުން ނުވިސްނައެވެ. ބުއްދި ނުކުރެއެވެ. * ދަންނައެވެ. މިއާޔަތުން މިއިޝާރަތްވަނީ رَسُولُ الله ﷺ ގެޒަމާނުގައި އެކަލޭގެފާނުންގެ އަރިހަށް ކަމަކުދިޔަ ބަޔަކު ކަންތައްކުރިގޮތަކާއި މެދުގައެވެ. އެމީހުންނަކީ بَنِي تشمِيْمُ ވަންހައިގެ ބަޔަކު ކަމުގައިވިއެވެ. އެމީހުން އައިސް އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ފުރަގަހުގައި ތިބެގެން އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުގެކުރިން يَا محمد يَا محمد މިހެންކިޔައި އެކަލޭ ގެފަނަށް ގޮވައިހެދީއެވެ. އެމީހުންއެކަން ކުރިގޮތުގެ އަދަބު ކުޑަކަމާއި رَسُولُ الله ﷺ ގެ ޙައްޤުފުޅުގައި އަދަބު إحْتِرَام ކުޑަކުރުމުގެ ސަބަބުން الله تَعَالَى ރުހިވޮޑި ނުގަންނަވައި އެކަމާއިމެދު މުޅި އުއްމަތަށް ހޭއަރުވައިދެއްވާ އެކަލޭގެފާނަށް އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމަށް އެންގެވީ އެވެ.
49:5وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴿5﴾وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ
Transliteration: Walaw annahum sabaroo hatta takhruja ilayhim lakana khayran lahum waAllahu ghafoorun raheemun
Translation: ކަލޭގެފާނު އެމީހުންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެމީހުން ކެތްތެރިނަމަ ހަމަކަށަވަރުން އެގޮތް އެމީހުންނަށް ހެޔޮވެގެންވީހެވެ. الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
49:6يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ ﴿6﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ
Transliteration: Ya ayyuha allatheena amanoo in jaakum fasiqun binabain fatabayyanoo an tuseeboo qawman bijahalatin fatusbihoo AAala ma faAAaltum nadimeena
Translation: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގާތަށް ޚަބަރަކާއިގެން ފާސިޤުއަކު އަތުވެއްޖެއްޔާ ފަހެ އެ خَبَرُ އެއް ރަނގަޅަށް ސާފުކޮށް (ތެދު ދޮގުބަލާށެވެ.) އެއީ ބަޔަކުމީހުންނަށް (ނުقَوَاعِدُ ން) ނޭގިތިބެ އަނިޔާ ނުކުރުމަށްޓަކައެވެ. ދެންފަހެ ކަލޭމެން ނުقَوَاعِدُ ން ނޭގިތިބެ ބަޔަކުމީނުހްނަށް އަނިޔާކޮށްފިނަމަ އެކުރިކަންތަކުގެމައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ކަލޭމެންވެދާނެއެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތް ބާވާތްލެއްވިސަބަބެއް މުފައްސިރުން ބަޔާން ކުރައްވާފައިވެއެވެ. އެއީ الحَارِثُ بنُ ضِرَار ކިޔާބޭކަލަކު އެއްކުރައްވާފައިވަ ޒަކާތު ގެ މުދާބަލައި رَسُولُ الله ﷺ ފޮނުއްވައިގެން الوَلِيْد بْنُ عَقَبَة ދިޔައެވެ. މިވަލީދު މަގުގެ ވަކިހިސާބަކަށް ގޮސްފައި ކޮންމެވެސް ބިރުވެރިކަމެއް ހިތަށް ވަދެގެން އޭނާ އެނބުރިއައިސް رَسُولُ الله ﷺ އަށް ދެންނެވީ الحَارِثُ بنُ ضِرَار އޭނާއަށް މުދާނުދީ އަދިމަނާކޮށް އޭނާ މަރަން އުޅުނުކަމަށެވެ. ދެން رَسُولُ الله ﷺ ބަޔަކު ފޮނުއްވައިގެން ބެއްލެވިއިރު އެއީ ބޮޑު ދޮގެއްކަން ރަނގަޅަށް ސާބިތުވެއްޖެއެވެ. އެކަމާއި ގުޅިގެން އެއާޔަތް ބާވާތްލެއްވިއެވެ. އެމުނާސަބަތުގައި އެއާޔަތް ބާވާތްލައްވާފައި ވިޔަސް އާޔަތުގެ حُكُم قِيَامَة އާއިޖެހެންދެން އުއްމަތަށް قَرَارُ ވެ ހަމަޖެހިގެންވެއެވެ. (وَالله أعلم). = فَتْحُ القَدِيْر =
49:7وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَـٰٓئِكَ هُمُ ٱلرَّـٰشِدُونَ ﴿7﴾وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَـٰٓئِكَ هُمُ ٱلرَّـٰشِدُونَ
Transliteration: WaiAAlamoo anna feekum rasoola Allahi law yuteeAAukum fee katheerin mina alamri laAAanittum walakinna Allaha habbaba ilaykumu aleemana wazayyanahu fee quloobikum wakarraha ilaykumu alkufra waalfusooqa waalAAisyana olaika humu alrrashidoona
Translation: އަދި ކަލޭމެން ދަންނާށެވެ. ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ﷲ ގެ ރަސޫލާ ވާކަން ކަލޭމެން ދަންނާށެވެ. ގިނަކަންތަކުގައި އެކަލޭގެފާނު ކަލޭމެންނަށް ކިޔަމަންވެ ވަޑައިގެންފިޔާ ކަލޭމެންނަށް އުދަގޫވެ ދަތިވެދާނެއެވެ. އަދިއެހެންނަމަވެސް الله تَعَالى ކަލޭމެންނަށް އީމާންކަން ލޯބިވެތި ކުރުވައިފިއެވެ. އަދިކަލޭމެންގެ ހިތްތަކުގައި އެކަލާނގެ އެކަން ޒީނަތްތެރިކޮށް ދެއްވައިފިއެވެ. އަދި ކަލޭމެންނަށްޓަކައި ކާފަރުކަމާއި ފާސިޤުކަމާއި އަދި އުރެދުން ތެރިކަން އެކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. ކަނޑައެޅިގެން އެމީހުން އެއީ ތެދުމަގުގައިވާމީހުންނެވެ.
49:8فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ ﴿8﴾فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ
Transliteration: Fadlan mina Allahi waniAAmatan waAllahu AAaleemun hakeemun
Translation: ﷲ ގެ حَضْرَةُ ންވާ فَضُلُ ވަންތަވެރި ކަމާއި އަދި ނިޢުމަތެއްގެ ގޮތުންނެވެ. އަދި الله އީ ދެނެވޮޑިގެންވާ އަދި حِكمة ވަންތަ ރަސްކަލާނގެއެވެ.
49:9وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ﴿9﴾وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ
Transliteration: Wain taifatani mina almumineena iqtataloo faaslihoo baynahuma fain baghat ihdahuma AAala alokhra faqatiloo allatee tabghee hatta tafeea ila amri Allahi fain faat faaslihoo baynahuma bialAAadli waaqsitoo inna Allaha yuhibbu almuqsiteena
Translation: އަދި މުއުމިނުންގެ ދެބައިގަޑެއް އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް ތަޅާފޮޅާ ކަމުގައި ވަންޏާ ކަލޭމެން (ދެންތިބި މުއުމިނުން) އެދެމެދު صُلْحَ ކުރުވާށެވެ. ހަމަޖައްސާށެވެ. އަދިއެދެބައިމީހުންކުރެ އެއްބަޔަކު بَغَاوَة ކޮށް އަނެއްބައިގަޑުގެ މައްޗަށް އަރައިގެންފިއްޔާ ފަހެ ކަލޭމެން (إصْلاحُ ކުރާމީހުން) އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) ރުޖޫޢަ ވެއްޖައުމަށްދާންދެން އެ بَغَاوَة ކޮށް އަރައިގަތް ބަޔަކާއި ކަލޭމެން ހަނގުރާމަކުރާށެވެ. ދެންފަހެ އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) رُجُوعَ ވެއްޖެއްޔާ ދެންކަލޭމެން އެދެބައިގަޑުދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން ކަންކަމުގައި ސީދާކޮށް ޢަދުލުވެރިވާށެވެ. މިހެނީ ހަމަކަށަވަރުން ޢަދުލުވެރިވާމީހުންނަށް الله تَعَالى ލޯބިވެ ވޮޑިގަންނަވައެވެ.
49:10إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ﴿10﴾إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ
Transliteration: Innama almuminoona ikhwatun faaslihoo bayna akhawaykum waittaqoo Allaha laAAallakum turhamoona
Translation: ހަމަކަށަވަރުން މުއުމިނުންނަކީ أَخُ ންނެވެ. (އެއްބަޑު އެއްބަފާމީހުން ފަދަބައެކެވެ.) ފަހެ ކަލޭމެން ކަލޭމެންގެ ދެ أَخُ ންގެ ދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَة ލައްވައިތޯ އެވެ.
49:11يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿11﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Transliteration: Ya ayyuha allatheena amanoo la yaskhar qawmun min qawmin AAasa an yakoonoo khayran minhum wala nisaon min nisain AAasa an yakunna khayran minhunna wala talmizoo anfusakum wala tanabazoo bialalqabi bisa alismu alfusooqu baAAda aleemani waman lam yatub faolaika humu alththalimoona
Translation: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ނުކުރާށެވެ. އެމީހުން (އެބަހީ މަލާމާތްލިބޭމީހުން) އަނެއް މީހުންނަށްވުރެ (އެބަހީ މަލާމާތްކުރާމީހުންނަށްވުރެ) ހެޔޮބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުންވެސް އަންހެނުންނާއި (މަލާމާތް ނުކުރާށެވެ.) އެކަނބަލުންވެދާނެއެވެ. (އެބަހީ މަލާމާތް ލިބޭމީހުން) މިކަނބަލުންނަށްވުރެ ހެޔޮކަމުގައި (އެބަހީ މަލާމާތްކުރާ މީހުންނަށްވުރެ ހެޔޮކަމުގައި) ވެދާނެއެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عَيْبُ ނުކިޔާށެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ހުތުރު ލަގަބު ނުކިޔާށެވެ. ހުތުރު ވަނަން ނުކިޔާށެވެ. އެއީ ފާސިޤު ކަމެކެވެ. އީމާންކަމަށްފަހު فَاسِقُ ނުބައި ނަންކިއުން ނުބައިވެގެންވެއެވެ. އަދި ތައުބާ ނުވެއްޖެބަޔަކު ދަންނައެ! ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
49:12يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ﴿12﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ
Transliteration: Ya ayyuha allatheena amanoo ijtaniboo katheeran mina alththanni inna baAAda alththanni ithmun wala tajassasoo wala yaghtab baAAdukum baAAdan ayuhibbu ahadukum an yakula lahma akheehi maytan fakarihtumoohu waittaqoo Allaha inna Allaha tawwabun raheemun
Translation: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ގިނަހީކުރުންތަކުން ކަލޭމެން ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީ އެއީ ފާފައެކެވެ. އަދި ކަލޭމެން ޖާސޫސު ނުކުރާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް غِيْبَ ނުކިޔާށެވެ! (މީހާނެތިސް އޭނާ ނުރުހޭވާހަކަ) ނުދައްކާށެވެ! ކަލޭމެންކުރެ އެކަކުވެސް ތިމާގެ އަޚުގެމަސް އޭނާ މަރުވެފައިވަނިކޮށް / މުޅަވެފައިވާ ޙާލު ކެއުމަށް ލޯބިކުރަމުހެއްޔެވެ؟ ފަހެ ކަލޭމެން އެކަމަށް ނުރުހޭނެއެވެ. (މީހާ ނެތްތާގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެކޭ އެމީހާމަރުވެފައިވަނިކޮށް އޭނާ ގެމަސްކެއުމެކޭ އެއްފަދައެވެ.) އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން الله تَعَالى އީ ގިނަގިނައިން ތައުބާލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
49:13يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ ﴿13﴾يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ
Transliteration: Ya ayyuha alnnasu inna khalaqnakum min thakarin waontha wajaAAalnakum shuAAooban waqabaila litaAAarafoo inna akramakum AAinda Allahi atqakum inna Allaha AAaleemun khabeerun
Translation: އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدَم عَلَيهِ السَّلآم) އާއި سِتُّنَا حَوَّى ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން جَمَاعَة جَمَاعَة އަށާއި قِبِيْلَة قِبِيْلَة އަށް ލެއްވީމެވެ. އެއި ކަލޭމެން (އެކަކުއަނެކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެންކުރެ ﷲ ގެ حَضْرَةُ ގައި އެންމެ މާތްމީހަކީ ކަލޭމެންކުރެ އެންމެ تَقْوَى ވެރިމީހާއެވެ. ހަމަކަށަވަރުން الله އީ ދެނެވޮޑިގެންވާ خبر ކުރައްވާ ކަލާނގެއެވެ.
49:14قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿14﴾۞قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ
Transliteration: Qalati alaAArabu amanna qul lam tuminoo walakin qooloo aslamna walamma yadkhuli aleemanu fee quloobikum wain tuteeAAoo Allaha warasoolahu la yalitkum min aAAmalikum shayan inna Allaha ghafoorun raheemun
Translation: އަދި أعْرَابِى ންގެމީހުން ބުންޏެވެ. އަހުރެމެން އީމާން ވެއްޖައީމެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! އަދި ކަލޭމެންގެ ހިތްތަކަކަށް އީމާނެއްނުވެއެވެ. އަދިއެހެންނަވެސް އަހުރެމެން އިސްލާމު ވެއްޖައީމެވެ. މިހެން ކަލޭމެން ބުނާށެވެ. އަދި މިހާތަނަށް ކަލޭމެންގެ ހިތްތަކަކަށް އީމާންކަން ނުވްދެއެވެ. އަދި ކަލޭމެން الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންގެ ޢަމަލުގެ ދަރުމައިން އެއްވެސް އެއްޗެއް ކަލޭމެންނަށް އުނިނުވާނެއެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
49:15إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَـٰٓئِكَ هُمُ ٱلصَّـٰدِقُونَ ﴿15﴾إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَـٰٓئِكَ هُمُ ٱلصَّـٰدِقُونَ
Transliteration: Innama almuminoona allatheena amanoo biAllahi warasoolihi thumma lam yartaboo wajahadoo biamwalihim waanfusihim fee sabeeli Allahi olaika humu alssadiqoona
Translation: މުއުމިނުންކަމުގައި ވާކަން ކަށަވަރީ އެމީހުން الله އާއި އެކަލާނގެ ރަސޫލާއަށް އީމާންވީމީހުންނެވެ. ދެންއެމީހުން ޝައްކު ނުކުރާ މީހުންނެވެ. ދެން އަދި އެމީހުންގެ މުދަލާއި އެމީހުނގެ ނަފުސުތަކުން ﷲ ގެމަގުގައި އެމީހުން ޖިހާދުކޮށްހެދި މީހުންނެވެ. ކަނޑައެޅިގެން އެމީހުންއެއީ ތެދުވެރީންނެވެ.
49:16قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴿16﴾قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ
Transliteration: Qul atuAAallimoona Allaha bideenikum waAllahu yaAAlamu ma fee alssamawati wama fee alardi waAllahu bikulli shayin AAaleemun
Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! ކަލޭމެން الله އަށް ކަލޭމެންގެ ދީން އުގަންނައި ދެނީ ހެއްޔެވެ؟ އަދި އުޑުތަކާއި އަދި ބިމުގައި ވާހާ ތަކެތި الله ދެނެވޮޑިގެންވެއެވެ. އަދި الله ހުރިހާއެއްޗެއް ދެނެވޮޑިގެންވެއެވެ.
49:17يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ ﴿17﴾يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ
Transliteration: Yamunnoona AAalayka an aslamoo qul la tamunnoo AAalayya islamakum bali Allahu yamunnu AAalaykum an hadakum lileemani in kuntum sadiqeena
Translation: (އޭ رَسُولُ الله އެވެ!) އެމީހުން އިސްލާމު ވުން އެއީ އެމީހުން ކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ؟ (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ އިސްލާވުން އެއީ ތިމަންކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި ކަލޭމެން ނުދެކޭށެވެ. އަދިކިއެއްހެއްޔެވެ؟ الله ކަލޭމެންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ އެކަލާނގެ ކަލޭމެންގެމައްޗަށް ދަރުމަވަންތަވެ ވޮޑިގެންނެވުމެވެ. (އެއީ އެކަލާނގެ ކަލޭމެނަށް ކޮށްދެއްވި ހެޔޮކަމެކެވެ.) ކަލޭމެންނަކީ ތެދުވެރިން ކަމުގައިވަންޏާ (ކަލޭމެން އެގޮތް ޤަބޫލުކުރާށެވެ.)
49:18إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ ﴿18﴾إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ
Transliteration: Inna Allaha yaAAlamu ghayba alssamawati waalardi waAllahu baseerun bima taAAmaloona
Translation: ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާ غيب (ނުފެންނަތަކެތި) الله ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންކުރާކަންތަކަށް الله ބައްލަވާވޮޑިގެންވެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download