quranm◉

Surah At-Taghabun transliteration

◉ ސޫރަ · ∞

64:1

يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴿1﴾

Transliteration: Yusabbihu lillahi ma fee alssamawati wama fee alardi lahu almulku walahu alhamdu wahuwa AAala kulli shayin qadeerun

Translation: އުޑުތަކާއި ބިމުގައިވާހާ ތަކެތި اللَّهُ އަށް تَسْبِيْح ކިޔައެވެ. އެކަލާ ނގެ ހުސް طَاهِر ވަންތަކުރެއެވެ. އެންމެހާ ތަކެތީގެ مِلْك ވެރިޔަކީ އެކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެތަކެތީގެ تَصَرُّفُ ހިންގަވައެވެ. އަދި އެންމެހާ حَمْدُ އާއި تَعْرِيْف އެއްހުރީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

64:2

هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ﴿2﴾

Transliteration: Huwa allathee khalaqakum faminkum kafirun waminkum muminun waAllahu bima taAAmaloona baseerun

Translation: (އޭ އެންމެހައި މީސްތަކުންނޭވެ!) ކަލޭމެން ހެއްދެވީ އެކަލާނގެއެވެ. ކަލޭމެންގެ ތެރެއިން ކާފަރުން ވެއެވެ. އަދި مُؤْمِن ންވެސް ކަލޭމެންގެ ތެރެއިން ވެއެވެ. އަދި ކަލޭމެން ކުރާހާ ކަމަކަށް اللَّهُ ބައްލަވާވޮޑިގެންވެއެވެ.

64:3

خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ ﴿3﴾

Transliteration: Khalaqa alssamawati waalarda bialhaqqi wasawwarakum faahsana suwarakum wailayhi almaseeru

Translation: އުޑުތަކާއި ބިން އެކަލާނގެ حَقّ ގޮތުގައި ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ސޫރަކުރެއްވިއެވެ. އަދި ކަލޭމެންގެ ސޫރަ ރިވެތި ކުރައްވައި ރަނގަޅު ކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ حَضْرَة އަށެވެ.

64:4

يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿4﴾

Transliteration: YaAAlamu ma fee alssamawati waalardi wayaAAlamu ma tusirroona wama tuAAlinoona waAllahu AAaleemun bithati alssudoori

Translation: އުޑުތަކާއި ބިމުގައި ވާހާ ތަކެތި އެކަލާ ނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ސިއްރުކުރާ ކަންތަކާއި އަދި ކަލޭމެން ފާޅުކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހިތްތަކުގައި ފޮރުވިފައިވާ ތަކެތިވެސް اللَّهُ ދެނެވޮޑިގެންވެއެވެ.

64:5

أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ﴿5﴾

Transliteration: Alam yatikum nabao allatheena kafaroo min qablu fathaqoo wabala amrihim walahum AAathabun aleemun

Translation: (އޭ މިތިބަ ކާފަރުވެއްޖެ މީސްތަކުންނޭވެ.) މީގެ ކުރިން އިސްވެ ދިޔަ ކާފަރުންގެ خَبَر ތައް ކަލޭމެންގެ ގާތަށް ނާދޭ ހެއްޔެވެ؟ (نُوْح قَوْم ފަދަ عَادُ قَوْم ފަދަ ثَمُوْد قَوْم ފަދަ ކާފަރުވީ قَوْم ތަކުގެ خَبَر ނާދޭ ހެއްޔެވެ؟ އިވިފައި ނުވޭ ހެއްޔެވެ؟) އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ސަބަބުން އައި عَذَاب ގެ ރަހަ ލިބި ގަތެވެ. އަދި آخِرَة ގައި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ

64:6

ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ ﴿6﴾

Transliteration: Thalika biannahu kanat tateehim rusuluhum bialbayyinati faqaloo abasharun yahdoonana fakafaroo watawallaw waistaghna Allahu waAllahu ghaniyyun hameedun

Translation: އެހެން އެވީ، އެބަހީ އެ عَذَاب އެމީހުންނަށް حَقّ ވީ އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ބޭކަލުން ބަޔާންވެގެންވާ دَلِيْل ތަކާއި مُعْجِزة އާއިގެން ވަޑައިގެންނެވުމުން އެކާފަރުންގެ މީހުން އެ رَسُوْل ބޭކަލުންނާ ދިމާއަށް (މަލާމަތްކޮށްފައި ބުނީ) އަހުރެމެންނަށް ތެދުމަގު ދައްކާނީ آدَم ގެ ދަރިއެއް ހެއްޔެވެ؟ ދެންފަހެ އެބައި މީހުން އެކަލާނގެ رَسُوْل ބޭކަލުން ދޮގުކޮށް ކާފަރުވީއެވެ. އަދި ފުރަގަސް ދިނީއެވެ. އަދި اللَّهُ އެމީހުންގެ إِيْمَان ކަމާއި އަޅުކަމާއި ނުލައި ފުދިވޮޑިގެންފިއެވެ. އަދި اللَّهُ އީ (އަމިއްލަ ذَات ފުޅާއިގެން) ފުދިވޮޑިގެންވާ حَمْدُ ލިބިވޮޑިގެންވާ ކަލާނގެއެވެ.

64:7

زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴿7﴾

Transliteration: ZaAAama allatheena kafaroo an lan yubAAathoo qul bala warabbee latubAAathunna thumma latunabbaonna bima AAamiltum wathalika AAala Allahi yaseerun

Translation: ކާފަރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން مَحْشَر އަށް ނުފޮނުވޭނެއެވެ. އެމީހުން އެހެން ހީކުރެއެވެ. އޭ رَسُوْل ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ رَبّ ގަންދީ ހުވައިކޮށްފައި ބުނަމެވެ. ހަމަކަށަވަރުން يَقِيْن ންވެސް ކަލޭމެން މަރުވުމަށްފަހު مَحْشَر އަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތަކުގެ خَبَر ކަލޭމެންނަށް ދެވޭނެއެވެ. (އަދި އޭގެ ފުރިހަމަ جَزَاء ވެސް ދެއްވާނެއެވެ.) އެއީ އެކަލާނގެ އަށް ދާދި ފަސޭހަކަމެކެވެ.

64:8

فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴿8﴾

Transliteration: Faaminoo biAllahi warasoolihi waalnnoori allathee anzalna waAllahu bima taAAmaloona khabeerun

Translation: ފަހެ އެހެންވެ ކަލޭމެން اللَّهُ އަށާއި އެކަލާނގެ رَسُوْل އާ އަށާ އަދި ތިމަންރަސްކަލާނގެ ބާވައިލެއްވި نُوْر ކަމުގައިވާ ކީރިތި قُرْآن އަށް إِيْمَان ވާށެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ. (އޭގެ جَزَاء ދެއްވާނެއެވެ.)

64:9

يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿9﴾

Transliteration: Yawma yajmaAAukum liyawmi aljamAAi thalika yawmu alttaghabuni waman yumin biAllahi wayaAAmal salihan yukaffir AAanhu sayyiatihi wayudkhilhu jannatin tajree min tahtiha alanharu khalideena feeha abadan thalika alfawzu alAAatheemu

Translation: އެންމެހާ މީސްތަކުން އެއްކުރައްވާ ދުވަހު ކަލޭމެންވެސް އެއްކުރައްވާ جَمَع ކުރައްވާނެކަން ހަނދާން ކުރާށެވެ. އެއީ تَغَابُن އެވެ ކިޔުނު قِيَامَة ދުވަހެވެ. (އެއީ ނުކިޔަމަންތެރިވި މީސްތަކުންނަށް ގެއްލުމާއި ހަލާކު - އަދި ކިޔަމަންތެރިވީ މީސްތަކުންނަށް ފައިދާ އާއި كَامِيَاب ހުރި ދުވަހެވެ.) އަދި اللَّهُ އަށް އީމާންވެ صَالِح عَمَل ކުރި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާގެ ކުށްފާފަތައް ތިމަންރަސްކަލާގެ ފުއްސަވައި - އަދި އެތަންތާގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެ ތަކަކަށް ތިމަންރަސްކަލާނގެ އެމީހާ ވައްދަވާ ހުށީމެވެ. އެފަދަ މީހުން އެތާ އަބަދު ދެމިތިބޭނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

64:10

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ ﴿10﴾

Transliteration: Waallatheena kafaroo wakaththaboo biayatina olaika ashabu alnnari khalideena feeha wabisa almaseeru

Translation: އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ދަންނައެވެ. އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. އެއީ އެނބުރި ދިޔުން ނުބައިވެގެންވާ ތަނެކެވެ.

64:11

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴿11﴾

Transliteration: Ma asaba min museebatin illa biithni Allahi waman yumin biAllahi yahdi qalbahu waAllahu bikulli shayin AAaleemun

Translation: އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އުދަގުލެއް مُصِيْبَة އެއް اللَّهُ ގެ إِذْن ފުޅާއި ލައިގެން މެނުވީ ނުޖެހެއެވެ. (އެއީ اللَّهُ ގެ قَضَا قَدَرُ ގައި ނިމިފައިވާ ކަންކަމެވެ.) އަދި އެކަންކަމަކީ އެފަދައިން ހިނގާ ކަންތައްކަން ދަނެ اللَّهُ އަށް إِيْمَان ވެ ތެދުކޮށްފި މީހާދަންނައެވެ. އެކަލާނގެ އެމީހާގެ ހިތަށް ކެތްތެރިވެ قَضَا قَدَرُ އަށް ރުހުމުގެ މަގުދައްކަވާ އެކަމަށް تَوْفِيْق ދެއްވައެވެ. އަދި اللَّهُ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

64:12

وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ ﴿12﴾

Transliteration: WaateeAAoo Allaha waateeAAoo alrrasoola fain tawallaytum fainnama AAala rasoolina albalaghu almubeenu

Translation: އަދި ކަލޭމެން اللَّهُ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رَسُوْل އާ އަށް ކިޔަމަންވާށެވެ! އަދި ކަލޭމެން ކިޔަމަންތެރިނުވެ އެބުރި ފުރަގަސް ދިނަސް (رَسُوْل އާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ފަރުވާލެއްނެތެވެ.) އެހެނީ ހަމަކަށަވަރުން رَسُوْل އާގެ މައްޗަށް އޮތީ بَيَان ވެގެންވާފަދައިން އިއްވައިދިނުމެވެ.

64:13

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿13﴾

Transliteration: Allahu la ilaha illa huwa waAAala Allahi falyatawakkali almuminoona

Translation: اللَّهُ އެއީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إِلٰه އަކު ނުވާ އެއްކައުވަންތަ ކަލާނގެއެވެ. އަދި مُؤْمِن ންގެ މައްޗަށް وَاجِب ވެގެންވަނީ ހަމައެކަނި اللَّهُ އަށް وَكِيْل ކޮށް އިތުބާރު ކުރުމެވެ. ބަރޯސާ ކުރުމެވެ.

64:14

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ مِنۡ أَزۡوَٰجِكُمۡ وَأَوۡلَٰدِكُمۡ عَدُوّٗا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُواْ وَتَصۡفَحُواْ وَتَغۡفِرُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿14﴾

Transliteration: Ya ayyuha allatheena amanoo inna min azwajikum waawladikum AAaduwwan lakum faihtharoohum wain taAAfoo watasfahoo wataghfiroo fainna Allaha ghafoorun raheemun

Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ އަނބީންނާއި ކަލޭމެންގެ ދަރީންގެ ތެރޭގައި ކަލޭމެންނަށްވާ عَدُوّ ން ވެއެވެ. ފަހެ އެބައިމީހުންނާ މެދު ރައްކާތެރިވާށެވެ!ހުޝިޔާރު ވާށެވެ! އަދި ކަލޭމެން އެމީހުންނަށް مَعَاف ކޮށް އެމީހުންގެ ކުށާއިމެދު އަޅައި ނުލައި ދޫކޮށްލައިފިއްޔާ (އެފަދަ ހެޔޮބަދަލު اللَّهُ ވެސް ކަލޭމެންނަށް ދެއްވާނެއެވެ.) ފަހެ ހަމަކަށަވަރުން اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ، رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

64:15

إِنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞۚ وَٱللَّهُ عِندَهُۥٓ أَجۡرٌ عَظِيمٞ ﴿15﴾

Transliteration: Innama amwalukum waawladukum fitnatun waAllahu AAindahu ajrun AAatheemun

Translation: ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ فِتْنَة އެކެވެ. إِمْتِحَان އެކެވެ. ކަލޭމެންގެ ގޮތް ބެއްލެވުމެކެވެ. އަދި اللَّهُ ގެ حَضْرَة ގައިވާ ثَوَاب އާއި ދަރުމަ މާ ހެޔޮވެގެންވެއެވެ. ބޮޑުވެގެންވާ ދަރުމަ އޮތީ އެކަލާނގެ حَضْرَة ގައެވެ. (އެއީ މުދަލާއި ދަރީންގެ ސަބަބުން اللَّهُ އަށް ނުއުރެދި ކިޔަމަންތެރިވީ މީހުންނަށެވެ.)

64:16

فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرٗا لِّأَنفُسِكُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿16﴾

Transliteration: Faittaqoo Allaha ma istataAAtum waismaAAoo waateeAAoo waanfiqoo khayran lianfusikum waman yooqa shuhha nafsihi faolaika humu almuflihoona

Translation: ކަލޭމެން اللَّهُ އަށް تَقْوَى ވެރިވާށެވެ. އެކަލާނގެ حَضْرَة އަށް ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކުޅަދާނަވީވަރަކަށެވެ. އަދި ކަލޭމެންނަށް ކުރެވޭ أَمْر ތައް އަހާށެވެ! އަދި أَمْر ތަކަށް ކިޔަމަންތެރިވާށެވެ! އަދި އެކަލާނގެ ދެއްވާފައިވާ މުދަލުން ހެޔޮކަންތައްތަކަށް ހޭދަކުރާށެވެ! އެއީ ހައްތާވެސް ކަލޭމެންގެ نَفْس ތަކަށްވާ ހެވެވެ. އެބަހީ ހެޔޮކަންތަކަށް ހޭދަކުރުމީ ކަލޭމެންނަށްވާ ހެވެވެ. އަދި ތިމާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެވިއްޖެ މީހުން ދަންނައެވެ! ފަހެ كَامِيَاب ވެ ނަސީބުވެރިވާނޭ މީހުންނަކީ އެއީއެވެ.

64:17

إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ ﴿17﴾

Transliteration: In tuqridoo Allaha qardan hasanan yudaAAifhu lakum wayaghfir lakum waAllahu shakoorun haleemun

Translation: ހެޔޮ ރަނގަޅުގޮތުގައި اللَّهُ އަށް ދަރަނި ދެންޏާ އެކަލާނގެ ކަލޭމެންނަށް އޭގެ ބަދަލު ގިނަކޮށްދެއްވާ ހުއްޓެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަ ފުއްސަވާ ހުއްޓެވެ. އަދި اللَّهُ އީ ކިޔަމަންތެރިވާ އަޅުންނަށް ثَوَاب އާއި ދަރުމަ އިތުރުކޮށްދެއްވާ ކަލާނގެއެވެ. އަދި އުރެދޭ އަޅުންނަށް عُقُوْبَة އަވަސް ނުކުރައްވާ ރަސްކަލާނގެއެވެ.

64:18

عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلۡحَكِيمُ ﴿18﴾

Transliteration: AAalimu alghaybi waalshshahadati alAAazeezu alhakeemu

Translation: އަދި އެކަލާނގެއީ غَيْبُ ގައި ވާ ކަންތަކާއި ފައުޅުގައިވާ ކަންތައް ދެނެވޮޑިގެންވާ ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލާނގެއެވެ.\nދަންނައެވެ. ހެޔޮގޮތުގައި ދަރަނި ދިނުމަކީ إِخْلَاص ތެރިކަމާއެކު ހެޔޮހިތުން ތިމާގެ މުދާ اللَّهُ ގެ މަގުގައި ހޭދަކުރުމެވެ. وَاللَّهُ أَعْلَمُ

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download