9:1بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ﴿1﴾بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ
Transliteration: Baraatun mina Allahi warasoolihi ila allatheena AAahadtum mina almushrikeena
Translation: މިއީ (ކަލޭމެން مؤمن ންނާއި) عهد ކުރި، (އެގްރީމެންޓްކުރި) مشرك ންގެ ކިބައިން ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ވާ ބަރީއަވުމެކެވެ. ބަރީއަވާކަން އެންގުމެވެ. (އެއީ އެމީހުން رسول ﷲ ﷺ އާއި އެމީހުންނާ ދެމެދުވީ عهد އާއި އެގްރީމެންޓާއި އެމީހުން خلاف ވެގެންނެވެ. رسول ﷲ ﷺ އާއި ކުރާ عهد އަކީ މުޅި إسلامى أمّة އާ ކުރާ عهد އެވެ.)
9:2فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ ﴿2﴾فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ
Transliteration: Faseehoo fee alardi arbaAAata ashhurin waiAAlamoo annakum ghayru muAAjizee Allahi waanna Allaha mukhzee alkafireena
Translation: (އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ.
9:3وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ ﴿3﴾وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ
Transliteration: Waathanun mina Allahi warasoolihi ila alnnasi yawma alhajji alakbari anna Allaha bareeon mina almushrikeena warasooluhu fain tubtum fahuwa khayrun lakum wain tawallaytum faiAAlamoo annakum ghayru muAAjizee Allahi wabashshiri allatheena kafaroo biAAathabin aleemin
Translation: އަދި (މިއީ) ބޮޑުވެގެންވާ حجّ ދުވަހު - يعني: ބޮޑު عيد ދުވަހު - އެންމެހައި މީސްތަކުންނަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ކުރައްވާ إعلان އެކެވެ. އެންގެވުމެކެވެ. އެއީ ހަމަކަށަވަރުން ﷲ ވަނީ مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. އަދި އެކަލާނގެ رسول އާވެސް ވަނީ (مشرك ންގެ ކިބައިން) ބަރީއަވެވަޑައިގެންނެވެ. (އެކަން އަންގައި إعلان ކުރުމެކެވެ.) އަދި ކަލޭމެން (مشرك ން) توبة ވެ ﷲ ގެ މަގަށް رجوع ވެއްޖެއްޔާ އެއީ ކަލޭމެންނަށްވާ ހެވެވެ. އަދި ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާވެސް ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. (އެބަހީ: ކަލޭމެން ކޮންމެތާކު ފިލާރައްކާވާން އުޅުނަސް އެކަލާނގެ ކަލޭމެން އަތުލައްވާނެތެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
9:4إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ثُمَّ لَمۡ يَنقُصُوكُمۡ شَيۡـٔٗا وَلَمۡ يُظَٰهِرُواْ عَلَيۡكُمۡ أَحَدٗا فَأَتِمُّوٓاْ إِلَيۡهِمۡ عَهۡدَهُمۡ إِلَىٰ مُدَّتِهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ﴿4﴾إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ثُمَّ لَمۡ يَنقُصُوكُمۡ شَيۡـٔٗا وَلَمۡ يُظَٰهِرُواْ عَلَيۡكُمۡ أَحَدٗا فَأَتِمُّوٓاْ إِلَيۡهِمۡ عَهۡدَهُمۡ إِلَىٰ مُدَّتِهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ
Transliteration: Illa allatheena AAahadtum mina almushrikeena thumma lam yanqusookum shayan walam yuthahiroo AAalaykum ahadan faatimmoo ilayhim AAahdahum ila muddatihim inna Allaha yuhibbu almuttaqeena
Translation: مشرك ންގެތެރެއިން ކަލޭމެން مؤمن ންނާއި عهد ކޮށް އެ عهد ން އެއްވެސް ތަންކޮޅެއް އުނި ނުކޮށް عهد މަތީ ރަނގަޅަށް ސާބިތުވެތިބެ އަދި ކަލޭމެން مؤمن ންނާއި خلاف ވެ ދެކޮޅުވެރި އެއްވެސް ބަޔަކާއި އެހީވެ ވާގިނުދީ ތިބި އެބަހީ: ކުރި عهد މަތީ ރަނގަޅަށް ތިބި مشرك ންނާއިމެދު ދަންނައެވެ! ފަހެ އެމީހުންގެ އެ عهد އޭގެ މުއްދަތު ހަމަވާންދެން ފުރިހަމަ ކުރާށެވެ! (އެމީހުންނަށް އެޔާޚިލާފުގޯނާ ނުކުރާށެވެ!) ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
9:5فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٖۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿5﴾فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٖۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
Transliteration: Faitha insalakha alashhuru alhurumu faoqtuloo almushrikeena haythu wajadtumoohum wakhuthoohum waohsuroohum waoqAAudoo lahum kulla marsadin fain taboo waaqamoo alssalata waatawoo alzzakata fakhalloo sabeelahum inna Allaha ghafoorun raheemun
Translation: ދެންފަހެ حرمة ތެރިވެގެންވާ މައްސަރުތައް ނިމިއްޖެއްޔާ. (އެބަހީ: مُحرّم މަސް ނިމިއްޖެއްޔާ) ދެން مشرك ންގެ މީހުން ކަލޭމެނަށް ފެނުނުތާކުން މަރާށެވެ! قتل ކުރާށެވެ! އަދި އެމީހުން ހިފާ އަސީރުކޮށް حَصَار ކޮށް އެބަހީ: އަމިއްލައަށް تَصَرّف ނުކުރެވޭ ގޮތަށް ބަންދުކޮށް ހަދާށެވެ! އަދި އެމީހުން އަތުލައިގަތުމަށް إنتظار ކުރެވޭ ކޮންމެ ތަނެއްގައި ކޮންމެ މަގެއްގައި إنتظار ކޮށް ބަލަބަލައި ތިބޭށެވެ! ދެންފަހެ އެމީހުން توبة ވެ އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ ހަދައިފިއްޔާ ދެން އެމީހުންގެ މަގުން އެމީހުން ދޫކޮށްލާށެވެ! (ދެން ނުބެހޭށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! تفسير الطّبرى ގައި إبن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. • بَرَاءَةُ ގެ އާޔަތް ބާވައިލެއްވުމުގެ ކުރިން رسول ﷲ ﷺ އާއި عهد އެއް ވެފައިވާ مشرك ންގެ مُدَّة އަކީ އެއާޔަތް إعلان ކުރެއްވުމަށްފަހު ربيع الآخر ގެ ދިހަވަނަ ދުވަހާއި ހަމައެވެ. އެއީ އެއަހަރުގެ حجّ މަހުގެ ދިހައަކުން އެއަހަރުގެ ربيع الآخر މަހުގެ ދިހައަކަށެވެ. ހަތަރުމަހެވެ. • مشرك ން ކުރެ عهد އުވާލައި ހެދިމީހުންނާމެދު ބަލާނެ عهد އެއް ނެތެވެ. (އެއީ محرّم މަސް ނިމެންދެނެވެ.)\n• އަދި مشرك ންކުރެ رسول ﷲ ﷺ އާއި عهد ކޮށް عهد އަށް އެއްވެސް ގޮތަކުން އުނިއިތުރު ނުކޮށް ސާބިތުވެތިބިމީހުންގެ مدّة އަކީ އެ عهد ގައިވާ مدّة ހަމަވާންދެނެވެ.
9:6وَإِنۡ أَحَدٞ مِّنَ ٱلۡمُشۡرِكِينَ ٱسۡتَجَارَكَ فَأَجِرۡهُ حَتَّىٰ يَسۡمَعَ كَلَٰمَ ٱللَّهِ ثُمَّ أَبۡلِغۡهُ مَأۡمَنَهُۥۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡلَمُونَ ﴿6﴾وَإِنۡ أَحَدٞ مِّنَ ٱلۡمُشۡرِكِينَ ٱسۡتَجَارَكَ فَأَجِرۡهُ حَتَّىٰ يَسۡمَعَ كَلَٰمَ ٱللَّهِ ثُمَّ أَبۡلِغۡهُ مَأۡمَنَهُۥۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡلَمُونَ
Transliteration: Wain ahadun mina almushrikeena istajaraka faajirhu hatta yasmaAAa kalama Allahi thumma ablighhu mamanahu thalika biannahum qawmun la yaAAlamoona
Translation: (އޭ رسول ﷲ އެވެ!) مشرك ންކުރެ އެކަކުވެސް ކަލޭގެފާނުންގެ އަރިހުން އަމާންކަން އެދެފިއްޔާ އެމީހަކަށް އަމާންކަން ދެއްވާށެވެ! އެއީ އޭނާ ﷲ ގެ كلام ފުޅު އެބަހީ: ކީރިތި قرآن ގެ އަޑު އޭނާ އަހައިފުމަށް ދާންދެނެވެ. (އަދި އޭނާއަށް އިވޭފަށުގައި قرآن ކިޔަވާށެވެ!) ދެން އޭގެފަހުން އޭނާ އޭނާއަށް އަމާންކަން ލިބޭތަނަކަށް ފޮނުވާށެވެ! (އެއީ އޭނާ توبة ވެ إسلام ވުމުން މަނާވެގެންފިއްޔާއެވެ.) އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އެއީ ނޭނގޭ ބައެކެވެ. (إيمان ނުވީމާ އެމީހުންނަށް ހުރި ގެއްލުމާ ހަލާކުވެސް ނޭނގޭ ބައެކެވެ.)
9:7كَيۡفَ يَكُونُ لِلۡمُشۡرِكِينَ عَهۡدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِۖ فَمَا ٱسۡتَقَٰمُواْ لَكُمۡ فَٱسۡتَقِيمُواْ لَهُمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ﴿7﴾كَيۡفَ يَكُونُ لِلۡمُشۡرِكِينَ عَهۡدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِۖ فَمَا ٱسۡتَقَٰمُواْ لَكُمۡ فَٱسۡتَقِيمُواْ لَهُمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ
Transliteration: Kayfa yakoonu lilmushrikeena AAahdun AAinda Allahi waAAinda rasoolihi illa allatheena AAahadtum AAinda almasjidi alharami fama istaqamoo lakum faistaqeemoo lahum inna Allaha yuhibbu almuttaqeena
Translation: ﷲ تعالى އާއި އެކަލާނގެ رسول އާގެ އަރިހުގައި مشرك ންނަށް عهد އެއް ذمّة އެއް އޮންނާން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ހަމައެކަނި مَسْجِدُ اْلحَرَام ގެ ކައިރީގައި ކަލޭމެން (مؤمن ން) ނާއި عهد ކޮށް އެގްރީމެންޓްވީ މީހުނަށް މެނުވީއެވެ. (އެމީހުންނަކީ كِنَانَة ވަންހައިގެ بَنوبَكر ގަބީލާގެ ބައެއް ކަމުގައިވިއެވެ. އެމީހުން ތިބީ رسول ﷲ ﷺ އާއި އެމީހުންނާއި ދެމެދުވީ عهد ގެ މަތީ ސާބިތުވެގެން ކަމުގައިވިއެވެ.) ފަހެ އެމީހުން ކަލޭމެން (مؤمن ން) ނާއިމެދު عهد މަތީ قائم ވެ ތިބިއްޔާ ކަލޭމެން مؤمن ންވެސް އެމީހުންގެ އެ عهد މަތީ قائم ވެ ތިބޭށެވެ. ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
9:8كَيۡفَ وَإِن يَظۡهَرُواْ عَلَيۡكُمۡ لَا يَرۡقُبُواْ فِيكُمۡ إِلّٗا وَلَا ذِمَّةٗۚ يُرۡضُونَكُم بِأَفۡوَٰهِهِمۡ وَتَأۡبَىٰ قُلُوبُهُمۡ وَأَكۡثَرُهُمۡ فَٰسِقُونَ ﴿8﴾كَيۡفَ وَإِن يَظۡهَرُواْ عَلَيۡكُمۡ لَا يَرۡقُبُواْ فِيكُمۡ إِلّٗا وَلَا ذِمَّةٗۚ يُرۡضُونَكُم بِأَفۡوَٰهِهِمۡ وَتَأۡبَىٰ قُلُوبُهُمۡ وَأَكۡثَرُهُمۡ فَٰسِقُونَ
Transliteration: Kayfa wain yathharoo AAalaykum la yarquboo feekum illan wala thimmatan yurdoonakum biafwahihim wataba quloobuhum waaktharuhum fasiqoona
Translation: (عهد އުވާލި ބަޔަކަށް ނުވަތަ عهد އެއް ކޮށްފައި ނެތް ބަޔަކާއިމެދު) ﷲ ގެ ذمّة އެއް އަދި عهد އެއް އޮތުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުން ކަލޭމެންގެ މައްޗަށް މިހާރު ގަދަވެގަތަސް ކަލޭމެންނާއިމެދު އެމީހުން އެއްވެސް ގާތްކަމަކާއިމެދުވިޔަސް އަދި ވެފައިއޮތް عهد އަކާއި ذمّة އަކާއިމެދުވެސް އެއްވެސް ފަރުވާލެއް ބެލުމެއް ނުބާއްވާނެއެވެ. (ކަލޭމެންނާއިމެދު އެމީހުން ހިތަށްއެރިގޮތެއް ހަދައިލާނެއެވެ.) އެމީހުން ކަލޭމެން ރުއްސަނީ ހަމަ އެމީހުންގެ އަނގަތަކުންނެވެ. އެމީހުންގެ ހިތްތައްވަނީ މުޅިން އިދިކޮޅަށެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
9:9ٱشۡتَرَوۡاْ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلٗا فَصَدُّواْ عَن سَبِيلِهِۦٓۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ﴿9﴾ٱشۡتَرَوۡاْ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلٗا فَصَدُّواْ عَن سَبِيلِهِۦٓۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ
Transliteration: Ishtaraw biayati Allahi thamanan qaleelan fasaddoo AAan sabeelihi innahum saa ma kanoo yaAAmaloona
Translation: އެމީހުން އެބަހީ: ކާފަރުން ﷲ ގެ އާޔަތްތައް ކުޑައަގަކަށް ވިއްކީއެވެ. (ބުނެވެނީ أبوسفيان އެމީހުންނަށް ދިން ކާއެތިކޮޅަކަށް އެމީހުން رسول ﷲ ﷺ އާއި ދެމެދުވެފައިވާ عهد އުވައިލި ކަމަށެވެ. والله أعلم) ދެން އެމީހުން ﷲ ގެ މަގު މީސްތަކުންނަށް ބަންދުކުރީއެވެ. (إسلام دين އަށް މީހުން ވަނުން މަނާކޮށް އަދި إسلام دين ގައި ތިބި މީހުން އެދީނުން ބޭރުކުރެވޭތޯ މަސައްކަތްކުރީއެވެ.) ހަމަކަށަވަރުން އެމީހުން ކުރާކަމުގައިވީ ކަންތައް ނުބައިވެގެންވެއެވެ.
9:10لَا يَرۡقُبُونَ فِي مُؤۡمِنٍ إِلّٗا وَلَا ذِمَّةٗۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُعۡتَدُونَ ﴿10﴾لَا يَرۡقُبُونَ فِي مُؤۡمِنٍ إِلّٗا وَلَا ذِمَّةٗۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُعۡتَدُونَ
Transliteration: La yarquboona fee muminin illan wala thimmatan waolaika humu almuAAtadoona
Translation: އެމީހުން އެއްވެސް مؤمن އެއްގެ ގާތްކަމަކަށް އަދި ވެފައިއޮތް عهد އެއްގެ ذمّة އަކަށް އެއްވެސް ބެލުމެއް - އަދި ފަރުވާލެއް ނުބަހައްޓާނެއެވެ. އެމީހުންނަކީ ހަމަ ހައްދުފަހަނަޅައިފާ ބައެކެވެ.
9:11فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَإِخۡوَٰنُكُمۡ فِي ٱلدِّينِۗ وَنُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ﴿11﴾فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَإِخۡوَٰنُكُمۡ فِي ٱلدِّينِۗ وَنُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ
Transliteration: Fain taboo waaqamoo alssalata waatawoo alzzakata faikhwanukum fee alddeeni wanufassilu alayati liqawmin yaAAlamoona
Translation: ފަހެ އެމީހުން توبة ވެ އެގޮތް ދޫކޮށް، އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދިން ކަމުގައިވަންޏާ އެއީ ހަމަ دين ގެގޮތުން ކަލޭމެންގެ أخ ންނެވެ. އަދި ތަންދޮރު ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަމެމެވެ.
9:12وَإِن نَّكَثُوٓاْ أَيۡمَٰنَهُم مِّنۢ بَعۡدِ عَهۡدِهِمۡ وَطَعَنُواْ فِي دِينِكُمۡ فَقَٰتِلُوٓاْ أَئِمَّةَ ٱلۡكُفۡرِ إِنَّهُمۡ لَآ أَيۡمَٰنَ لَهُمۡ لَعَلَّهُمۡ يَنتَهُونَ ﴿12﴾وَإِن نَّكَثُوٓاْ أَيۡمَٰنَهُم مِّنۢ بَعۡدِ عَهۡدِهِمۡ وَطَعَنُواْ فِي دِينِكُمۡ فَقَٰتِلُوٓاْ أَئِمَّةَ ٱلۡكُفۡرِ إِنَّهُمۡ لَآ أَيۡمَٰنَ لَهُمۡ لَعَلَّهُمۡ يَنتَهُونَ
Transliteration: Wain nakathoo aymanahum min baAAdi AAahdihim wataAAanoo fee deenikum faqatiloo aimmata alkufri innahum la aymana lahum laAAallahum yantahoona
Translation: އަދި އެމީހުން عهد ކަށަވަރުކޮށް އެގްރީމެންޓްކުރުމަށްފަހު އެމީހުންގެ އެ عهد އުވައިލައިފިއްޔާ އަދި ކަލޭމެން (مؤمن ންގެ) دين އާއިމެދު عَيب ކިޔައި ހުތުރު އެއްޗެތި ކިޔައި ހަދަންޏާ (އެއީ ހަމަ ކާފަރުންނެވެ.) ފަހެ ކާފަރުންގެ އެ إمام ންނާއި ސަރުދާރުންނާއި ކަލޭމެން ހަނގުރާމަ ކުރާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް އެއްވެސް عهد ކަށަވަރެއް ނުވެއެވެ. (އެބަހީ: عهد އުވާލި ކާފަރުންނާއިމެދު حرمة ތެރިވެވޭފަދަ އެއްވެސް عهد އެއް ހުވައެއްނެތެވެ.) އެއީ އެމީހުން އެތިބިގޮތް ދޫކޮށް އެކަން ހުއްޓައިތޯއެވެ.
9:13أَلَا تُقَٰتِلُونَ قَوۡمٗا نَّكَثُوٓاْ أَيۡمَٰنَهُمۡ وَهَمُّواْ بِإِخۡرَاجِ ٱلرَّسُولِ وَهُم بَدَءُوكُمۡ أَوَّلَ مَرَّةٍۚ أَتَخۡشَوۡنَهُمۡۚ فَٱللَّهُ أَحَقُّ أَن تَخۡشَوۡهُ إِن كُنتُم مُّؤۡمِنِينَ ﴿13﴾أَلَا تُقَٰتِلُونَ قَوۡمٗا نَّكَثُوٓاْ أَيۡمَٰنَهُمۡ وَهَمُّواْ بِإِخۡرَاجِ ٱلرَّسُولِ وَهُم بَدَءُوكُمۡ أَوَّلَ مَرَّةٍۚ أَتَخۡشَوۡنَهُمۡۚ فَٱللَّهُ أَحَقُّ أَن تَخۡشَوۡهُ إِن كُنتُم مُّؤۡمِنِينَ
Transliteration: Ala tuqatiloona qawman nakathoo aymanahum wahammoo biikhraji alrrasooli wahum badaookum awwala marratin atakhshawnahum faAllahu ahaqqu an takhshawhu in kuntum mumineena
Translation: (އޭ مؤمن ންނޭވެ!) އެބަޔަކު އެބަޔަކު ކުރި عهد ކަށަވަރު އުވާލި ބަޔަކާއިމެދު ކަލޭމެން ހަނގުރާމަ ނުކުރާނޫހެއްޔެވެ؟ އަދި އެމީހުންނަކީ رسول އާ އެކަލޭގެފާނުންގެ ރަށުން ނެރެލުމަށް މަސައްކަތްކުރި މީހުންނެވެ. އަދި އެމީހުންނަކީ އެންމެ ފުރަތަމައިން ކަލޭމެންނާއި ހަނގުރާމަ ފެށި މީހުންނެވެ. ކަލޭމެން (مؤمن ން) ފަހެ އެމީހުންދެކެ ބިރުގަންނަނީހެއްޔެވެ؟ ފަހެ އެފަރާތަކަށް ބިރުވެތިވުމުގެ ގޮތުން ބިރުވެތިވާން ﷲ އަށް ބިރުވެތިވުން މާ حقّ ކަންބޮޑެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާއެވެ.
9:14قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ ﴿14﴾قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ
Transliteration: Qatiloohum yuAAaththibhumu Allahu biaydeekum wayukhzihim wayansurkum AAalayhim wayashfi sudoora qawmin mumineena
Translation: ކަލޭމެން ފަހެ އެމީހުންނާ ހަނގުރާމަކުރާށެވެ! ކަލޭމެންގެ އަތްތަކުން ﷲ އެމީހުންނަށް عذاب ދެއްވަނީއެވެ. އަދި އެކަލާނގެ އެމީހުން ދެރަކުރައްވައި އެމީހުންގެ މައްޗަށް އެކަލާނގެ ކަލޭމެނަށް نصر ދެއްވަނީއެވެ. އަދި مؤمن ބައެއްގެ ހިތްތަކަށް އެކަލާނގެ شفاء ދެއްވަނީއެވެ. • ދަންނައެވެ! مؤمن ބައެއްގެ ހިތްތަކަށް شفاء ދެއްވުމޭ ބުނެވުނުބަހުގެ މުރާދެއްކަމުގައިވަނީ رسول ﷲ ﷺ ގެ حَلِيْفُ ންކަމުގައިވާ خُزَاعَة ވަންހައެވެ. (والله أعلم)
9:15وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴿15﴾وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ
Transliteration: Wayuthhib ghaytha quloobihim wayatoobu Allahu AAala man yashao waAllahu AAaleemun hakeemun
Translation: އަދި ކާފަރުން މަރާ އެމީހުންނަށް مؤمن ންގެ އަތްތަކުން އަދަބުދެއްވަނީ އެމީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެކަލާނގެ ނެތިކުރައްވައި ދުއްވައިލުމަށްޓަކައެވެ. އަދި ﷲ تعالى އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް توبة ލެއްވުމަށެވެ. އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
9:16أَمۡ حَسِبۡتُمۡ أَن تُتۡرَكُواْ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَلَمۡ يَتَّخِذُواْ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلۡمُؤۡمِنِينَ وَلِيجَةٗۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ﴿16﴾أَمۡ حَسِبۡتُمۡ أَن تُتۡرَكُواْ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَلَمۡ يَتَّخِذُواْ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلۡمُؤۡمِنِينَ وَلِيجَةٗۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
Transliteration: Am hasibtum an tutrakoo walamma yaAAlami Allahu allatheena jahadoo minkum walam yattakhithoo min dooni Allahi wala rasoolihi wala almumineena waleejatan waAllahu khabeerun bima taAAmaloona
Translation: (އޭ مؤمن ންނޭވެ!) އަދި ކަލޭމެންގެތެރޭގައިވާ جهاد ކުރި މީހުންނާއި އަދި ﷲ އާއި އަދި އެކަލާނގެ رسول އާ އާއި مؤمن ތަކުން ފިޔަވައި އެހެން ބައެއްގެތެރެއިން رحمة ތެރި إخلاص ތެރި ސަހަރޯވެރިއެއް ނުހިފާ މީހުންނާއި (إختيار ނުކުރާމީހުންނާއި) މިކަންކަން ﷲ ގެ ދެނެވޮޑިގަތުމުގައި ވާގޮތް تحقيق ވެ ފައުޅުނުވަނިސް ކަލޭމެން (ހަމަ مؤمن ންނޭ ބުނީމާ) އެއްވެސް إمتحان އެއް ނުކުރައްވާ ދޫކޮށްލެވޭނޭކަމަށް ކަލޭމެން ހީކުރީހެއްޔެވެ؟ (އެހެން ނުވާނެއެވެ. ކަލޭމެންގެ އީމާންކަން އެކަލާނގެ ޗެކްކުރައްވާނެއެވެ.) އަދި ﷲ އީ ކަލޭމެންކުރާ ކަމުގައިވާ ކަންތައްތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
9:17مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ ﴿17﴾مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ
Transliteration: Ma kana lilmushrikeena an yaAAmuroo masajida Allahi shahideena AAala anfusihim bialkufri olaika habitat aAAmaluhum wafee alnnari hum khalidoona
Translation: އަދި مشرك ން ތިމާމެންގެ އަމިއްލަ نفس ތަކުގެމައްޗަށް. ކާފަރުކަމަށް ހެކިދޭ حال ގައި ﷲ ގެ މިސްކިތްތައް عمارة ކޮށް މަރާމާތުކޮށް ހެދުމީ އަދި ބިނާކުރުމީވެސް مشرك ންނަށް އޮތްކަމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ހެޔޮ عمل ތައް باطل ވެގެންވާ ބައެކެވެ. އަދި އެމީހުން ދެމިތިބޭނީ ހަމަނަރަކައިގައެވެ.
9:18إِنَّمَا يَعۡمُرُ مَسَٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ يَخۡشَ إِلَّا ٱللَّهَۖ فَعَسَىٰٓ أُوْلَـٰٓئِكَ أَن يَكُونُواْ مِنَ ٱلۡمُهۡتَدِينَ ﴿18﴾إِنَّمَا يَعۡمُرُ مَسَٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ يَخۡشَ إِلَّا ٱللَّهَۖ فَعَسَىٰٓ أُوْلَـٰٓئِكَ أَن يَكُونُواْ مِنَ ٱلۡمُهۡتَدِينَ
Transliteration: Innama yaAAmuru masajida Allahi man amana biAllahi waalyawmi alakhiri waaqama alssalata waata alzzakata walam yakhsha illa Allaha faAAasa olaika an yakoonoo mina almuhtadeena
Translation: ﷲ ގެ މިސްކިތްތައް ބިނާކޮށް عمارة ކުރަންވާނެކަން ކަށަވަރީ ﷲ އަށާއި އަދި آخرة ދުވަހަށް އީމާންވާމީހުންނެވެ. އަދި އެމީހާ ނަމާދު قائم ކޮށް އަދި ޒަކާތްދޭ މީހުންނެވެ. އަދި ﷲ އަށް މެނުވީ ބިރުވެތިނުވާ މީހުންނެވެ. (ފަހެ މިދެންނެވި ސިފަތައް ހުރި މީހުން ދަންނައެވެ!) އެމީހުން އެއީ ތެދުމަގުގައި ތިބި މީހުންކަމުގައިވުން أمّيد ކުރެވެއެވެ. (މިސްކިތް ބިނާކޮށް މަރާމާތުކުރަންވެސްވާނީ އެފެދަމީހުންނެވެ.)
9:19أَجَعَلۡتُمۡ سِقَايَةَ ٱلۡحَآجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَجَٰهَدَ فِي سَبِيلِ ٱللَّهِۚ لَا يَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿19﴾۞أَجَعَلۡتُمۡ سِقَايَةَ ٱلۡحَآجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَجَٰهَدَ فِي سَبِيلِ ٱللَّهِۚ لَا يَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
Transliteration: AjaAAaltum siqayata alhajji waAAimarata almasjidi alharami kaman amana biAllahi waalyawmi alakhiri wajahada fee sabeeli Allahi la yastawoona AAinda Allahi waAllahu la yahdee alqawma alththalimeena
Translation: حاجى ންނަށް ފެންދިނުމާއި مَسْجِدُ الحرام عمارة ކުރުމާއި (މިކަންކަން ކުރާ މީހުންނާއި) ﷲ އަށާއި آخرة ދުވަހަށް إيمان ވެ އަދި އެމީހާ ﷲ ގެ މަގުގައި جهاد ކުރި މީހާއާއި އެއްފަދަހެއްޔެވެ؟ ﷲ ގެ حضرة ގައި އެދެބައިމީހުން ހަމަހަމައެއްނޫނެވެ. (ﷲ އަށާއި آخرة ދުވަހަށް އީމާންވެ ﷲ ގެ މަގުގައި جهاد ކުރި މީހުން ﷲ ގެ حضرة ގައި މާމަތިވެރިއެވެ.) އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
9:20ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ ﴿20﴾ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ
Transliteration: Allatheena amanoo wahajaroo wajahadoo fee sabeeli Allahi biamwalihim waanfusihim aAAthamu darajatan AAinda Allahi waolaika humu alfaizoona
Translation: އީމާންވެގެން އަދި އެމީހުން هجرة އަށްގޮސް އަދި ތިމާމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި جهاد ކުރި މީހުން (ދަންނައެވެ!) ﷲ ގެ حضرة ގައި އެމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.
9:21يُبَشِّرُهُمۡ رَبُّهُم بِرَحۡمَةٖ مِّنۡهُ وَرِضۡوَٰنٖ وَجَنَّـٰتٖ لَّهُمۡ فِيهَا نَعِيمٞ مُّقِيمٌ ﴿21﴾يُبَشِّرُهُمۡ رَبُّهُم بِرَحۡمَةٖ مِّنۡهُ وَرِضۡوَٰنٖ وَجَنَّـٰتٖ لَّهُمۡ فِيهَا نَعِيمٞ مُّقِيمٌ
Transliteration: Yubashshiruhum rabbuhum birahmatin minhu waridwanin wajannatin lahum feeha naAAeemun muqeemun
Translation: އެމީހުންގެ رَبُّ އެމީހުންނަށް އެކަލާނގެ حضرة ން رحمة އާއި ރުއްސެވުމާއި އަދި ސުވަރުގެތައްވާކަމުގެ އުފާވެރި خبر ދެއްވަނީއެވެ. އެތާނގައި އެމީހުންނަށް قائم ވެގެންވާ نعمة ތައްވެއެވެ.
9:22خَٰلِدِينَ فِيهَآ أَبَدًاۚ إِنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ ﴿22﴾خَٰلِدِينَ فِيهَآ أَبَدًاۚ إِنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ
Transliteration: Khalideena feeha abadan inna Allaha AAindahu ajrun AAatheemun
Translation: އެތާނގައި އެމީހުން އަބަދާ އަބަދު ދެމިތިބޭހުއްޓެވެ. ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަވެއެވެ.
9:23يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُوٓاْ ءَابَآءَكُمۡ وَإِخۡوَٰنَكُمۡ أَوۡلِيَآءَ إِنِ ٱسۡتَحَبُّواْ ٱلۡكُفۡرَ عَلَى ٱلۡإِيمَٰنِۚ وَمَن يَتَوَلَّهُم مِّنكُمۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿23﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُوٓاْ ءَابَآءَكُمۡ وَإِخۡوَٰنَكُمۡ أَوۡلِيَآءَ إِنِ ٱسۡتَحَبُّواْ ٱلۡكُفۡرَ عَلَى ٱلۡإِيمَٰنِۚ وَمَن يَتَوَلَّهُم مِّنكُمۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Transliteration: Ya ayyuha allatheena amanoo la tattakhithoo abaakum waikhwanakum awliyaa ini istahabboo alkufra AAala aleemani waman yatawallahum minkum faolaika humu alththalimoona
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ބަފައިންނާއި އަދި ކަލޭމެންގެ أخ ން إيمان ކަމުގެމައްޗަށް ކާފަރުކަމަށް ލޯބިކުރަންޏާ އެމީހުން އެއީ ސިއްރުވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ! އެމީހުން إختيار ކޮށްފި މީހުން ދަންނައެވެ! ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
9:24قُلۡ إِن كَانَ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ وَإِخۡوَٰنُكُمۡ وَأَزۡوَٰجُكُمۡ وَعَشِيرَتُكُمۡ وَأَمۡوَٰلٌ ٱقۡتَرَفۡتُمُوهَا وَتِجَٰرَةٞ تَخۡشَوۡنَ كَسَادَهَا وَمَسَٰكِنُ تَرۡضَوۡنَهَآ أَحَبَّ إِلَيۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٖ فِي سَبِيلِهِۦ فَتَرَبَّصُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ﴿24﴾قُلۡ إِن كَانَ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ وَإِخۡوَٰنُكُمۡ وَأَزۡوَٰجُكُمۡ وَعَشِيرَتُكُمۡ وَأَمۡوَٰلٌ ٱقۡتَرَفۡتُمُوهَا وَتِجَٰرَةٞ تَخۡشَوۡنَ كَسَادَهَا وَمَسَٰكِنُ تَرۡضَوۡنَهَآ أَحَبَّ إِلَيۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٖ فِي سَبِيلِهِۦ فَتَرَبَّصُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
Transliteration: Qul in kana abaokum waabnaokum waikhwanukum waazwajukum waAAasheeratukum waamwalun iqtaraftumooha watijaratun takhshawna kasadaha wamasakinu tardawnaha ahabba ilaykum mina Allahi warasoolihi wajihadin fee sabeelihi fatarabbasoo hatta yatiya Allahu biamrihi waAllahu la yahdee alqawma alfasiqeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ބަފައިންނާއި ކަލޭމެންގެ ދަރިންނާއި އަދި ކަލޭމެންގެ أخ ންނާއި އަދި ކަލޭމެންގެ އަނބީންނާއި އަދި ކަލޭމެންގެ ގާތްތިމާގެ މީހުންނާއި އަދި ކަލޭމެން އެއްކޮށް ގިނަކުރާ މުދާތަކާއި އަދި އެމުދާ ނުހިނގައިފާނެކަމަށް ބިރުވެތިވާ ވިޔަފާރިޔާ އަދި ކަލޭމެން ރުހޭ ގޯތިގެދޮރުތަކާއި (މި މިތަކެތި) ކަލޭމެންގެ ކައިރީގައި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އެކަލާނގެ މަގުގައި جهاد ކުރުމާއި މިކަންކަމަށްވުރެ ލޯބިވެތިކަން ބޮޑުވެގެންވަންޏާ ދެން ﷲ ގެ أمر ފުޅު އައުމުގެ إنتظار ގައި އެބަހީ: ﷲ ގެ عذاب އައުމުގެ إنتظار ގައި ކަލޭމެން ތިބޭށެވެ! އެކަމަކީ އެއީ ﷲ ގެ عذاب އަތުވެދާނޭ ކަމެކެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
9:25لَقَدۡ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٖ وَيَوۡمَ حُنَيۡنٍ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡـٔٗا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ ﴿25﴾لَقَدۡ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٖ وَيَوۡمَ حُنَيۡنٍ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡـٔٗا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ
Transliteration: Laqad nasarakumu Allahu fee mawatina katheeratin wayawma hunaynin ith aAAjabatkum kathratukum falam tughni AAankum shayan wadaqat AAalaykumu alardu bima rahubat thumma wallaytum mudbireena
Translation: (އޭ مؤمن ންނޭވެ!) ހަނގުރާމައިގެ އެތައް ميدان އެއްގައި ﷲ تعالى ކަލޭމެނަށް نصر ދެއްވައިފިއެވެ. އަދި حنين ހަނގުރާމައިގެ ދުވަހުގައިވެސް (އެކަލާނގެ ކަލޭމެނަށް نصر ދެއްވިއެވެ.) އެދުވަހު ކަލޭމެން ކަލޭމެންގެ عدد ގިނަކަމާއިމެދު عجائب ވީހިނދުންވެސް އެމީހުން ގިނަކަމަކުން ކަލޭމެނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (އެދުވަހު) ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް އެބިންގަނޑު ކަލޭމެނަށް ދަތިވެގެންވިއެވެ. އަދި ފުރަގަސްދޭ حال ކަލޭމެން އެނބުރި (ميدان ން) ފުރަގަސްދީ ދިޔައެވެ.
9:26ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ ﴿26﴾ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ
Transliteration: Thumma anzala Allahu sakeenatahu AAala rasoolihi waAAala almumineena waanzala junoodan lam tarawha waAAaththaba allatheena kafaroo wathalika jazao alkafireena
Translation: ދެން (އެ ދެރަކަމަށްފަހު) ﷲ تعالى އެކަލާނގެ رسول އާގެމައްޗަށާއި مؤمن ތަކުންގެ މައްޗަށް އެކަލާނގެ سَكِينَة (އެބަހީ: އެކަލާނގެ އަމާންކަމާއި ހަމަޖެހުން) ބާވައިލެއްވިއެވެ. އަދި ކަލޭމެނަށް ނުފެންނަ އެހެން لشكر އެއްވެސް އެކަލާނގެ ބާވައިލެއްވިއެވެ. އެކަލާނގެ ފޮނުއްވިއެވެ. އަދި ކާފަރުވީ މީސްތަކުންނަށް އެކަލާނގެ عذاب ދެއްވިއެވެ. ކާފަރުންނަށް އެކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. (އެއީ ކާފަރުންތައް ميدان ގައި މަރުވެ އަނެއްބަޔަކު أسِيرُ ކުރެއްވުމެވެ. އަދި މުދާތައް مؤمن ންނަށް غنيمة ވުމެވެ.)
9:27ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ ﴿27﴾ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ
Transliteration: Thumma yatoobu Allahu min baAAdi thalika AAala man yashao waAllahu ghafoorun raheemun
Translation: ދެން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އޭގެފަހުގައި (އެބަހީ: مؤمن ންނަށް ބިންގަނޑު ދަތިވެ ހަނގުރާމައިގެ ކަންތައް ގަދަވުމަށްފަހުގައި) ﷲ تعالى توبة ލެއްވިއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:28يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡمُشۡرِكُونَ نَجَسٞ فَلَا يَقۡرَبُواْ ٱلۡمَسۡجِدَ ٱلۡحَرَامَ بَعۡدَ عَامِهِمۡ هَٰذَاۚ وَإِنۡ خِفۡتُمۡ عَيۡلَةٗ فَسَوۡفَ يُغۡنِيكُمُ ٱللَّهُ مِن فَضۡلِهِۦٓ إِن شَآءَۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٞ ﴿28﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡمُشۡرِكُونَ نَجَسٞ فَلَا يَقۡرَبُواْ ٱلۡمَسۡجِدَ ٱلۡحَرَامَ بَعۡدَ عَامِهِمۡ هَٰذَاۚ وَإِنۡ خِفۡتُمۡ عَيۡلَةٗ فَسَوۡفَ يُغۡنِيكُمُ ٱللَّهُ مِن فَضۡلِهِۦٓ إِن شَآءَۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٞ
Transliteration: Ya ayyuha allatheena amanoo innama almushrikoona najasun fala yaqraboo almasjida alharama baAAda AAamihim hatha wain khiftum AAaylatan fasawfa yughneekumu Allahu min fadlihi in shaa inna Allaha AAaleemun hakeemun
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން مشرك ންނަކީ (معنوى ގޮތުން) ނަޖިހެވެ. އެމީހުންގެ عمل ތައް ނަޖިހެވެ. ފަހެ އެމީހުންގެ މިއަހަރަށް ފަހު އެމީހުން مسجد الحرام އާއި ގާތްނުވާ ހުށިކަމެވެ! (އެއީ هجرة އިން ނުވަވަނަ އަހަރެވެ. އަދި مسجد الحرام އޭ އޮއްބަސްފުޅުން މުރާދުވަނީ مكّة އާއި މުޅި مكّة ގެ حرم އެވެ.) އަދި ކަލޭމެން (مؤمن ން -އެ مشرك ން مسجد الحرام އަށް ނައުމުގެ) ސަބަބުން فقير ވެދާނޭކަމަށް ބިރުވެތިވަންޏާ ފަހެ ނިކަންހުރެ ﷲ تعالى އިރާދަކުރައްވައިފިއްޔާ އެކަލާނގެ فضل ވަންތަވެރިކަމުން ކަލޭމެން މުއްސަނދި ކުރައްވައި ފުއްދުންތެރިކަން ދެއްވާހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
9:29قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٖ وَهُمۡ صَٰغِرُونَ ﴿29﴾قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٖ وَهُمۡ صَٰغِرُونَ
Transliteration: Qatiloo allatheena la yuminoona biAllahi wala bialyawmi alakhiri wala yuharrimoona ma harrama Allahu warasooluhu wala yadeenoona deena alhaqqi mina allatheena ootoo alkitaba hatta yuAAtoo aljizyata AAan yadin wahum saghiroona
Translation: (އޭ مؤمن ންނޭވެ!) ފޮތްދެއްވުނު މީހުންކުރެ އެބަހީ:- يهودي ންނާއި نصارى އިންކުރެ - ﷲ އަށާއި އަދި آخرة ދުވަހަށް އީމާންނުވާ އަދި ﷲ އާއި އެކަލާނގެ رسول އާ حرام ކުރެއްވި ތަކެތި حرام ނުކޮށް އަދި حقّ دين ން دين ވެރިނުވާ (އެބަހީ: حقّ ގޮތުގައި ﷲ އަށް ކިޔަމަންތެރިނުވާ މީހުން ނިކަމެތިވެގެންވާ حال އަތުންއަތަށް ކަލޭމެނަށް ޖިޒީ ދީފުމަށްދާންދެން ކަލޭމެން އެމީހުންނާ ހަނގުރާމަކުރާށެވެ!
9:30وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ﴿30﴾وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ
Transliteration: Waqalati alyahoodu AAuzayrun ibnu Allahi waqalati alnnasara almaseehu ibnu Allahi thalika qawluhum biafwahihim yudahioona qawla allatheena kafaroo min qablu qatalahumu Allahu anna yufakoona
Translation: އަދި يهودي ން ބުނެއެވެ. عُزَيْرُ އަކީ ﷲ ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނެއެވެ. المسيح يعني: عيسى (عليه السّلام) އަކީ ﷲ ގެ ދަރިކަލުންނެވެ. އެއީ ހަމަ އެމީހުންގެ އަނގަތަކުން ބުނާ (ހުސްދޮގު) ބަހެކެވެ. މީގެކުރީގެ ކާފަރުންގެ ބަހާއި މިބައިމީހުންގެ ބަހާއި ހަމަ އެއްގޮތެވެ. ﷲ تعالى އެމީހުންނަށް لعنة ލައްވާށިއެވެ! އެމީހުން ހަލާކުކުރައްވާނެތެވެ! އެމީހުން އެކަލާނގެ ރަސްކަންފުޅާއިމެދު އެހާބޮޑު ދޮގުހަދަންވާނީ ކޮންފަދައަކުންހެއްޔެވެ؟
9:31ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ ﴿31﴾ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ
Transliteration: Ittakhathoo ahbarahum waruhbanahum arbaban min dooni Allahi waalmaseeha ibna maryama wama omiroo illa liyaAAbudoo ilahan wahidan la ilaha illa huwa subhanahu AAamma yushrikoona
Translation: އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން يعني: އަޅުވެރިން އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ. އަދި مريم ގެފާނުންގެ ދަރިކަލުން المسيح ވެސް ربّ އަކުކަމުގައި ހެދިއެވެ. އަދި (އެހެނެއްކަމަކު) ހަމައެއްކައުވަންތަ އެންމެ إله އަކަށްމެނުވީ އަޅުކަން ނުކުޅައުމަށް އެމީހުންނަށްވާނީ أمر ވެވިފައެވެ. އެކަލާނގެ ނޫން އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ ﷲ އެވެ. އެމީހުން އެ شرك ކުރާތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
9:32يُرِيدُونَ أَن يُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ ﴿32﴾يُرِيدُونَ أَن يُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
Transliteration: Yureedoona an yutfioo noora Allahi biafwahihim wayaba Allahu illa an yutimma noorahu walaw kariha alkafiroona
Translation: އެމީހުން އެދެނީ - (އެމީހުން قصد ކުރަނީ) އެމީހުންގެ އަނގަތަކުން ފުމެގެން ﷲ ގެ نُور ނިވައިލަންކަމަށެވެ. (އެމީހުންގެ އަނގަތަކުން ދޮގުތައް ހަދައިގެން އޮޅުވައިގެން إسلام دين އަށް މީސްތަކުން ވަނަނުދީ އެދީނަކީ باطل އެއްޗެއްކަމުގައި ހެދުމަށެވެ.) އެކަމަކު ކާފަރުން ނުރުހި ތިއްބަސް އެކަލާނގެ دين ފުރިހަމަކުރެއްވުމަށް މެނުވީ ﷲ މަނާވެވޮޑިގަންނަވައެވެ. (އެބަހީ: ކޮންމެގޮތަކުންވެސް އެކަލާނގެ އެކަލާނގެ دين ފުރިހަމަކުރައްވާނެއެވެ.)
9:33هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ﴿33﴾هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ
Transliteration: Huwa allathee arsala rasoolahu bialhuda wadeeni alhaqqi liyuthhirahu AAala alddeeni kullihi walaw kariha almushrikoona
Translation: އެކަލާނގެއީ ތެދުމަގާއި حقّ دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ކަލާނގެއެވެ. އެއީ އެހެންހުރިހާ دين ތަކެއްގެ މައްޗަށް އެ دين ފައުޅުކުރައްވާ ގަދަކުރެއްވުމަށެވެ. مشرك ން ނުރުހި ތިބިނަމަވެސްމެއެވެ.
9:34يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ ﴿34﴾۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ
Transliteration: Ya ayyuha allatheena amanoo inna katheeran mina alahbari waalrruhbani layakuloona amwala alnnasi bialbatili wayasuddoona AAan sabeeli Allahi waallatheena yaknizoona alththahaba waalfiddata wala yunfiqoonaha fee sabeeli Allahi fabashshirhum biAAathabin aleemin
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން حَبْرُ ންގެ ތެރެއިން ގިނަމީހުންނާއި رَاهِبُ ންގެ ތެރެއިން ގިނަމީހުން باطل ގޮތުގައި މީސްތަކުންގެ މުދާ ކަނީއެވެ. (އެއީ رِشْوَة ގެ ގޮތުންނާއި އަދި دُنْيَوِى ކުޑަ ފައިދާއަކަށް ﷲ ގެ وحي ބަދަލުކޮށްގެންނެވެ. - حَبْرُ ންނަކީ يهودي ން ގެ ދަންނަބޭކަލުންނެވެ. عالم ންނެވެ. رَاهِبُ ންނަކީ نصارى އިންގެ އަޅުވެރިންނެވެ. މިއީ عامّ ކޮށްކިޔާ ގޮތެވެ.) އަދި އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دين އަށް މީހުން ވަނަނުދީ ހިފަހައްޓަނީއެވެ. އެކިގޮތްގޮތުންނެވެ.) އަދި ރަނާއި ރިހި އެއްކޮށް كَنْزُ ކޮށް خَزَانَة ކޮށް އެއިން ﷲ ގެމަގުގައި ހޭދަނުކުރާމީހުން (މުދަލުން ދޭންޖެހޭ حقّ زكاة ނުދޭމީހުން) އެމީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
9:35يَوۡمَ يُحۡمَىٰ عَلَيۡهَا فِي نَارِ جَهَنَّمَ فَتُكۡوَىٰ بِهَا جِبَاهُهُمۡ وَجُنُوبُهُمۡ وَظُهُورُهُمۡۖ هَٰذَا مَا كَنَزۡتُمۡ لِأَنفُسِكُمۡ فَذُوقُواْ مَا كُنتُمۡ تَكۡنِزُونَ ﴿35﴾يَوۡمَ يُحۡمَىٰ عَلَيۡهَا فِي نَارِ جَهَنَّمَ فَتُكۡوَىٰ بِهَا جِبَاهُهُمۡ وَجُنُوبُهُمۡ وَظُهُورُهُمۡۖ هَٰذَا مَا كَنَزۡتُمۡ لِأَنفُسِكُمۡ فَذُوقُواْ مَا كُنتُمۡ تَكۡنِزُونَ
Transliteration: Yawma yuhma AAalayha fee nari jahannama fatukwa biha jibahuhum wajunoobuhum wathuhooruhum hatha ma kanaztum lianfusikum fathooqoo ma kuntum taknizoona
Translation: އެރަނާއި ރިއްސައް ނަރަކައިގެ އަލިފާނުން ހޫނުކުރެވޭ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ! އެއީ قيامة ދުވަހެވެ.) ފަހެ އެތަކެތީން އެމީހުންގެ ނިތްކުރިތަކާއި އަރިކަށިތަކާއި އަދި އެމީހުންގެ ބުރަކަށިތަކުގައި އެހޫނު އެތިން ކޭއްތި އިސްތިރިކުރެވޭނެއެވެ. (އެތަންތަން އެންދޭނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. މިތަކެއްޗަކީ ކަލޭމެން ކަލޭމެންގެ نفس ތަކަށްޓަކައި جمع ކޮށް خزانة ކުރި ތަކެއްޗެވެ. ފަހެ ކަލޭމެން جمع ކޮށް خزانة ކުރިތަކެތީގެ ރަހަ ކަލޭމެން ލިބިގަންނާށެވެ!
9:36إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٞۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُۚ فَلَا تَظۡلِمُواْ فِيهِنَّ أَنفُسَكُمۡۚ وَقَٰتِلُواْ ٱلۡمُشۡرِكِينَ كَآفَّةٗ كَمَا يُقَٰتِلُونَكُمۡ كَآفَّةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ﴿36﴾إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٞۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُۚ فَلَا تَظۡلِمُواْ فِيهِنَّ أَنفُسَكُمۡۚ وَقَٰتِلُواْ ٱلۡمُشۡرِكِينَ كَآفَّةٗ كَمَا يُقَٰتِلُونَكُمۡ كَآفَّةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ
Transliteration: Inna AAiddata alshshuhoori AAinda Allahi ithna AAashara shahran fee kitabi Allahi yawma khalaqa alssamawati waalarda minha arbaAAatun hurumun thalika alddeenu alqayyimu fala tathlimoo feehinna anfusakum waqatiloo almushrikeena kaffatan kama yuqatiloonakum kaffatan waiAAlamoo anna Allaha maAAa almuttaqeena
Translation: ހަމަކަށަވަރުން ﷲ ގެ حضرة ގައި މައްސަރުތަކުގެ عدد އަކީ ބާރައެވެ. ބާރަމަހެވެ. އެއީ ﷲ ގެ ފޮތުގައިވާ ގޮތެވެ. (ވާނޭ ހުރިހާކަމެއް އެކަލާނގެ ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ.) އުޑުތަކާއި ބިން ހެއްދެވިދުވަހުން ފެށިގެން އެކަލާނގެ ކަނޑައަޅުއްވާފައިވާގޮތެވެ. އޭގެތެރެއިން ހަތަރުމައްސަރެއް حرمة ތެރި ކުރައްވާފައިވެއެވެ. (އެހަތަރުމަހަކީ - حديث ން ބަޔާންވެގެންވާ ފަދައިން ذوالقعدة - ذوالحجَة - مُحَرَّم އަދި رَجَب މިހަތަރުމަހެވެ.) ސީދާވެގެންވާ ގޮތަކީ އެއީއެވެ. ފަހެ އެ (حرمة ތެރި) މައްސަރުތަކުގައި ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިނުވާށެވެ! (އެހެން މައްސަރުތަކުގައިވެސް އަނިޔާ ކުރުން ހުއްދައީއެއްނޫނެވެ. ނަމަވެސް އޭގެ މުރާދަކީ އެމައްސަރުތަކުގައި އަނިޔާކުރުމުގެ ފާފަ ވަކިން ބޮޑުވެގެންވުމެވެ. ހަނގުރާމަކުރުންވެސް މުޅިން މަނަލެވެ. (އެހެންމައްސަރުތަކުގައި ހަނގުރާމަކުރުން މަނަލެއްނޫނެވެ.) އަދި مشرك ން އެންމެންވެގެން ކަލޭމެން (مؤمن ންނާއި) ހަނގުރާމަކުރާފަދައިން ކަލޭމެން مؤمن ން އެންމެން އެކުވެގެން مشرك ންނާއި ހަނގުރާމަ ކުރާށެވެ! އަދިކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއިއެކުގައެވެ. (އެބަހީ އެކަލާނގެ އެހީވެވޮޑިގަތުންخَاصَّ ވެގެންވާ ވާހަކައެވެ.)
9:37إِنَّمَا ٱلنَّسِيٓءُ زِيَادَةٞ فِي ٱلۡكُفۡرِۖ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُۥ عَامٗا وَيُحَرِّمُونَهُۥ عَامٗا لِّيُوَاطِـُٔواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُۚ زُيِّنَ لَهُمۡ سُوٓءُ أَعۡمَٰلِهِمۡۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ ﴿37﴾إِنَّمَا ٱلنَّسِيٓءُ زِيَادَةٞ فِي ٱلۡكُفۡرِۖ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُۥ عَامٗا وَيُحَرِّمُونَهُۥ عَامٗا لِّيُوَاطِـُٔواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُۚ زُيِّنَ لَهُمۡ سُوٓءُ أَعۡمَٰلِهِمۡۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ
Transliteration: Innama alnnaseeo ziyadatun fee alkufri yudallu bihi allatheena kafaroo yuhilloonahu AAaman wayuharrimoonahu AAaman liyuwatioo AAiddata ma harrama Allahu fayuhilloo ma harrama Allahu zuyyina lahum sooo aAAmalihim waAllahu la yahdee alqawma alkafireena
Translation: ހަމަކަށަވަރުން މައްސަރުތަކުގެ ދުވަސްތަކުގެ عدد އިތުރުކޮށް ނުވަތަ އުނިކޮށް ހެދުމަކީ އެމީހުންގެ ކާފަރުކަމަށް ކާފަރުކަން އިތުރުކުރުމެކެވެ. އެހެން ހެދުމުގެ ސަބަބުން ކާފަރުން މަގުފުރެދެއެވެ. އެމީހުން އެބަހީ ކާފަރުން އެއްއަހަރު حلال ކުރެއެވެ. (އެއްއަހަރު حرمة ތެރި މަސް حلال މަހެއްކަމުގައި ހަދައެވެ. އެއީ ހަނގުރާމަ ކުރުމަށެވެ. އަދި އެމައްސަރުގެ ބަދަލުގައި އެހެންމަހެއް حرمة ތެރި މަހެއްކަމުގައި ހަދައެވެ.) އަދި އަނެއްއަހަރު އެމީހުން حرام މަހެއްކަމުގައި ހަދައެވެ. قواعد ން ހަމަ حرمة ތެރި މަހެއްކަމުގައި ހަދައި ހަނގުރާމަ ނުކޮށް ތިބެއެވެ. އެހެން އެހަދަނީ އެބަހީ މަސް ބަދަލުކޮށް ހަދަނީ ﷲ حرمة ތެރިކުރެއްވި މައްސަރުތަކާއި عدد ގެގޮތުން އެއްގޮތްކުރުމަށެވެ. ދެންފަހެ އެމީހުން ﷲ حرام ކުރެއްވި މައްސަރު حلال ކުރެއެވެ. (އަދި އެކަލާނގެ حلال ކުރެއްވި މައްސަރު حرام ކުރެއެވެ.) (މިއާޔަތުގެ ތަރުޖަމާގައި އިޚްތިލާފު ހުރިވާހަކަ ދަންނަވަމެވެ.) އެމީހުންނަށް އެމީހުން އެކުރާ عمل ތައް ޒީނަތްތެރިކުރެވެވުނެވެ. އެބަހީ شيطان އާ އެމީހުންނަށް އެކަން ޒީނަތްތެރިކޮށްދިނެވެ. އަދި ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
9:38يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَا لَكُمۡ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِيتُم بِٱلۡحَيَوٰةِ ٱلدُّنۡيَا مِنَ ٱلۡأٓخِرَةِۚ فَمَا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا قَلِيلٌ ﴿38﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَا لَكُمۡ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِيتُم بِٱلۡحَيَوٰةِ ٱلدُّنۡيَا مِنَ ٱلۡأٓخِرَةِۚ فَمَا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا قَلِيلٌ
Transliteration: Ya ayyuha allatheena amanoo ma lakum itha qeela lakumu infiroo fee sabeeli Allahi iththaqaltum ila alardi aradeetum bialhayati alddunya mina alakhirati fama mataAAu alhayati alddunya fee alakhirati illa qaleelun
Translation: އޭ إيمان ވެގެންވާ މީހުންނޭވެ. ﷲ ގެ މަގުގައި ހަނގުރާމަޔަށް ނުކުންނާށޭ ކަލޭމެނަށް ބުނެވިއްޖެއްޔާ ބިމަށް ބަރުހެލިވެފައި ނުނުކުންނަން ތިބެވެނީ ކަލޭމެނަށް ކީއްވެގެންހެއްޔެވެ؟ ކޮންސަބަބަކާ ހެދިހެއްޔެވެ؟ آخرة ގެ ރަނގަޅު ދިރިއުޅުމަށްވުރެ ދުނިޔޭގެ މިދިރިއުޅުމަށް ކަލޭމެން ރުހުނީހެއްޔެވެ؟ ފަހެ آخرة ގެ حياة ގެ نِسْبَةُ ގައި ދުނިޔޭގެ މި حياة އަކީ ދާދި ކުޑަކުޑަ އަރާމުކޮޅަކާ މަޖާކޮޅެއްކަމުގައި މެނުވީ ނުވެއެވެ.
9:39إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمٗا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡـٔٗاۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴿39﴾إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمٗا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡـٔٗاۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Transliteration: Illa tanfiroo yuAAaththibkum AAathaban aleeman wayastabdil qawman ghayrakum wala tadurroohu shayan waAllahu AAala kulli shayin qadeerun
Translation: ކަލޭމެން ހަނގުރާމަޔަށް ނުނުކުތީވިއްޔާ އެކަލާނގެ ކަލޭމެނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނެއެވެ. އަދި ކަލޭމެން ނޫން އެހެން ބަޔެއް އެކަލާނގެ ގެންނަވައި އެކަލާނގެ ކަލޭމެން ބަދަލުކުރައްވައިފާނެއެވެ. އަދި އެކަމަކު އެކަލާނގެއަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ކަލޭމެނަކަށް ނުދެވޭނެއެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
9:40إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴿40﴾إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ
Transliteration: Illa tansuroohu faqad nasarahu Allahu ith akhrajahu allatheena kafaroo thaniya ithnayni ith huma fee alghari ith yaqoolu lisahibihi la tahzan inna Allaha maAAana faanzala Allahu sakeenatahu AAalayhi waayyadahu bijunoodin lam tarawha wajaAAala kalimata allatheena kafaroo alssufla wakalimatu Allahi hiya alAAulya waAllahu AAazeezun hakeemun
Translation: ކަލޭމެން އެކަލޭގެފާނަށް - އެބަހީ: رسول ﷲ ﷺ އަށް نصر ނުދިނަސް (ﷲ އެކަލޭގެފާނަށް نصر ދެއްވާހުއްޓެވެ.) ހަމަކަށަވަރުން ކާފަރުންގެ މީހުން އެކަލޭގެފާނު مكّة އިން ނެރެލެއްވިހިނދުވެސް ﷲ އެކަލޭގެފާނަށް نصر ދެއްވިއެވެ. އެއީ ދެމީހުންކުރެ ދެވަނަ މީހާކަމުގައި ނުވަތަ އެކަކު ކަމުގައި އެކަލޭގެފާނުންވީހިނދުގައެވެ. އަދި އެދެބޭކަލުން ހޮހޮޅުގައިވީހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ އެކުވެރިޔާ (أبوبكر الصّدّيق رضى ﷲ عنه) އަށް ވިދާޅުވިއެވެ. ކަލޭގެފާނުން ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. ދެންފަހެ އެކަލޭގެފާނުންގެ މައްޗަށް ﷲ އެކަލާނގެ އަމާންކަމާއި نصر އަދި ހަމަޖެހުން ބާވައިލެއްވިއެވެ. އަދި ކަލޭމެންނަށް ނުފެންނަ لشكر އެއް ފޮނުއްވައިގެން އެކަލާނގެ އެކަލޭގެފާނަށް ގަދަކަންދެއްވިއެވެ. އަދި ކާފަރުންގެ كلمة - އެބަހީ: شرك ގެ كلمة ދަށް އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ ގެ كلمة ފުޅު - އެބަހީ: توحيد އާއި إسلام دين ގެ كلمة ފުޅު - އެއީ ކަނޑައެޅިގެން މަތީ كلمة ކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
9:41ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴿41﴾ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
Transliteration: Infiroo khifafan wathiqalan wajahidoo biamwalikum waanfusikum fee sabeeli Allahi thalikum khayrun lakum in kuntum taAAlamoona
Translation: (އޭ مؤمن ންނޭވެ!) ލުއިކަމާއި އަދި ބުރަކަމާއިއެކު (އެބަހީ: ހީވާގިކަމާއި، ކަންނެތްކަމާއިއެކުވެސް، އަދި فقير ކަމާއި މުއްސަނދިކަމާއިއެކުވެސް، އަދި ޒުވާންކަމާއި މުސްކުޅިކަމާއިއެކުވެސް - ސަވާރުވެގެންނާއި އަދި ފައިމަގުގައިވެސް، - އަދި ކޮންމެ حال އެއްގައިވެސް) ކަލޭމެން ހަނގުރާމައަށް ދާށެވެ! އަދި ކަލޭމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! ހަނގުރާމަކުރާށެވެ! ކަލޭމެންނަށް (جهاد ގެ މާތްކަން) އެނގޭނަމަ ކަލޭމެނަށް ހެޔޮވެގެންވަނީ އެގޮތެވެ.
9:42لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ ﴿42﴾لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ
Transliteration: Law kana AAaradan qareeban wasafaran qasidan laittabaAAooka walakin baAAudat AAalayhimu alshshuqqatu wasayahlifoona biAllahi lawi istataAAna lakharajna maAAakum yuhlikoona anfusahum waAllahu yaAAlamu innahum lakathiboona
Translation: ހަނގުރާމައަށް ދާންޖެހުނުތަން އެއީ ގާތްތަނެއްކަމުގައިވެފައި غنيمة މުދާ ގާތުން ލިބިފައި އަދި ދަތުރަކީ މެދުމިނުގެ ފަސޭހަ ދަތުރެއްކަމުގައި ވީނަމަ (ހަނގުރާމައަށް ނުގޮސް ތިބުމަށް ކަލޭގެފާނުންގެ ކިބައިން އިޒުނައެދި ނުގޮސް ތިބި މީހުންވެސް) ހަނގުރާމައަށް ދިޔައީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ މައްޗަށް އެދަތުރު ދިގުވެ އުނދަގޫކަމަކަށްވީއެވެ. (އެއީ تَبُوْكُ ހަނގުރާމައެވެ. ހޫނު މޫސުމެވެ. ދުރުހިސާބެކެވެ.) އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެންނަށް ކުޅަދާނަވީނަމަ ހަމަކަށަވަރުން އަހުރެމެން ކަލޭމެނާއެކު ހަނގުރާމައަށް ނުކުތީމުހެވެ. (ފަހެ އެމީހުން ﷲ ގަންދީ ދޮގުހުވައިކުރުމުގެ ސަބަބުން) އެމީހުން އެމީހުންގެ نفس ތައް ހަލާކުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުވެރިންކަން ކަނޑައެޅިގެން ﷲ ދެނެވޮޑިގެންވެއެވެ.
9:43عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ ﴿43﴾عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ
Transliteration: AAafa Allahu AAanka lima athinta lahum hatta yatabayyana laka allatheena sadaqoo wataAAlama alkathibeena
Translation: (އޭ رسول ﷲ އެވެ!) ﷲ ކަލޭގެފާނަށް عفوء ކުރައްވައިފިއެވެ. ކަލޭގެފާނު އެމީހުނަށް (ހަނގުރާމައަށް ނުގޮސް ތިބުމަށް) އިޒުނަދެއްވީ ކީއްވެގެންތޯއެވެ؟ އެމީހުންގެތެރެއިން ތެދުވެރިންނާއި އަދި ދޮގުވެރިން ރަނގަޅަށް بيان ވެ ކަލޭގެފާނަށް އެނގިވަޑައިގެންފުމަށް ދާންދެންނެވެ.
9:44لَا يَسۡتَـٔۡذِنُكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ ﴿44﴾لَا يَسۡتَـٔۡذِنُكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ
Transliteration: La yastathinuka allatheena yuminoona biAllahi waalyawmi alakhiri an yujahidoo biamwalihim waanfusihim waAllahu AAaleemun bialmuttaqeena
Translation: ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުން އެމީހުންގެ މުދަލާއި އެމީހުންގެ ޖާނުން جهاد ކުރުމަށް ނުދާކަށް ކަލޭގެފާނުންގެ ކިބައިން އިޒުނައަކަށް ނޭދޭނެއެވެ. އަދި تقوى ވެރިން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
9:45إِنَّمَا يَسۡتَـٔۡذِنُكَ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱرۡتَابَتۡ قُلُوبُهُمۡ فَهُمۡ فِي رَيۡبِهِمۡ يَتَرَدَّدُونَ ﴿45﴾إِنَّمَا يَسۡتَـٔۡذِنُكَ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱرۡتَابَتۡ قُلُوبُهُمۡ فَهُمۡ فِي رَيۡبِهِمۡ يَتَرَدَّدُونَ
Transliteration: Innama yastathinuka allatheena la yuminoona biAllahi waalyawmi alakhiri wairtabat quloobuhum fahum fee raybihim yataraddadoona
Translation: (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ ކިބައިން އިޒުނައެދޭކަން ކަށަވަރީ ﷲ އަށާއި آخرة ދުވަހަށް އީމާން ނުވާމީހުންނެވެ. އަދި (ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެމީހުންގެ ހިތްތައް ޝައްކުގައިވާމީހުންނެވެ. ފަހެ އެމީހުން އެމީހުންގެ އެޝައްކުގައި ދެފުށު އެޅިއެޅިތިބެއެވެ. (އަނދިރިވެގެންވެއެވެ.)
9:46وَلَوۡ أَرَادُواْ ٱلۡخُرُوجَ لَأَعَدُّواْ لَهُۥ عُدَّةٗ وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِيلَ ٱقۡعُدُواْ مَعَ ٱلۡقَٰعِدِينَ ﴿46﴾۞وَلَوۡ أَرَادُواْ ٱلۡخُرُوجَ لَأَعَدُّواْ لَهُۥ عُدَّةٗ وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِيلَ ٱقۡعُدُواْ مَعَ ٱلۡقَٰعِدِينَ
Transliteration: Walaw aradoo alkhurooja laaAAaddoo lahu AAuddatan walakin kariha Allahu inbiAAathahum fathabbatahum waqeela oqAAudoo maAAa alqaAAideena
Translation: އަދި އެމީހުން (ހަނގުރާމައަށް ދިއުމަށް) ގަސްދުކުރިނަމަ (މާކުރިން) އެމީހުން އެކަމުގެ ތައްޔާރީތައް ކުރީހެވެ. އަދި އެހެނެއްކަމަކު ﷲ تعالى އެމީހުން ހަނގުރާމައަށް ފޮނުވުމަށް ރުހިވޮޑި ނުގެންނެވީއެވެ. ދެން އެހެންވެ އެމީހުން ބަރުހެލިވެ ބުރަވީއެވެ. އަދި (ގޭގައި ތިބޭ ބަލިމީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއިއެކު) ކަލޭމެންވެސް ގޭގައި އިށީނދެތިބޭށޭ އެމީހުންނަށް އެންގެވުނެވެ.
9:47لَوۡ خَرَجُواْ فِيكُم مَّا زَادُوكُمۡ إِلَّا خَبَالٗا وَلَأَوۡضَعُواْ خِلَٰلَكُمۡ يَبۡغُونَكُمُ ٱلۡفِتۡنَةَ وَفِيكُمۡ سَمَّـٰعُونَ لَهُمۡۗ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ ﴿47﴾لَوۡ خَرَجُواْ فِيكُم مَّا زَادُوكُمۡ إِلَّا خَبَالٗا وَلَأَوۡضَعُواْ خِلَٰلَكُمۡ يَبۡغُونَكُمُ ٱلۡفِتۡنَةَ وَفِيكُمۡ سَمَّـٰعُونَ لَهُمۡۗ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ
Transliteration: Law kharajoo feekum ma zadookum illa khabalan walaawdaAAoo khilalakum yabghoonakumu alfitnata wafeekum sammaAAoona lahum waAllahu AAaleemun bialththalimeena
Translation: (އޭ مؤمن ންނޭވެ!) އެ منافق ން ކަލޭމެންނާއެކު ހަނގުރާމައަށް ނުކުތްނަމަވެސް ކަލޭމެނަށް ފަސާދަވެރިކަމާއި ގެއްލުންމެނުވީ އެމީހުން އިތުރުނުކުރާނެއެވެ. އަދި ކަލޭމެންގެ ދެދޭތެރެތަކަށް އަވަސްއަވަހަށް ވަދެ ފަސާދަކުރާނެއެވެ. އަދި ކަލޭމެނަށްޓަކައި އެމީހުން އެދޭނީ ހަމަ فتنة އެވެ. ނުބައި ގޮތްތަކެވެ. އަދި ކަލޭމެންގެތެރޭގައި އެމީހުންގެ (ދޮގުވާހަކަތައް) އަހާމީހުން ވެއެވެ. އަދި ﷲ تعالى އަނިޔާވެރިން ދެނެވޮޑިގެންވެއެވެ.
9:48لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ ﴿48﴾لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ
Transliteration: Laqadi ibtaghawoo alfitnata min qablu waqallaboo laka alomoora hatta jaa alhaqqu wathahara amru Allahi wahum karihoona
Translation: އަދި މީގެ ކުރިންވެސް އެމީހުން فتنة އަށް އެދުނެވެ. (އެއީ أُحْد ހަނގުރާމައިގެ ދުވަހު ކަލޭގެފާނު ދޫކޮށް އެނބުރިދިއުންފަދަ ކަންކަމެވެ.) އަދި ކަލޭގެފާނުންގެ ކަންތައް يعني: إسلام دين ގެ ކަންތައް އެކޮޅުކޮޅުންޖަހައި باطل ކޮށްލެވޭތޯ އެމީހުން އެދުނެވެ. މަސައްކަތްކުރިއެވެ. އެއީ ﷲ ގެ نصر އައިސް ﷲ ގެ أمر ފުޅު އެބަހީ: ﷲ ގެ دين ފައުޅުވެއްޖައުމަށްދާންދެންނެވެ. އެމުނާފިޤުންގެ މީހުން ނުރުހިތިބި حال ގައެވެ.
9:49وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ ﴿49﴾وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ
Transliteration: Waminhum man yaqoolu ithan lee wala taftinnee ala fee alfitnati saqatoo wainna jahannama lamuheetatun bialkafireena
Translation: އަދި އެ منافق ން ތެރޭގައި މިހެން ބުނާމީހުން ވެއެވެ. ކަލޭގެފާނުން އަހުރެންނަށް (ހަނގުރާމައަށް ނުގޮސް ހުރުމުގެ) އިޒުނަދެއްވާށެވެ! އަދި އަހުރެން فتنة ވެރި ނުކުރުވާށެވެ. (މިހެން ބުނީ جدّ بن قيس ކިޔާމީހަކު ކަމުގައިވިއެވެ. އަދި އޭނާ ބުންނެވެ. بَنِي الأصْفَر ގެ يعني: رومى ންގެ ދޮން އަންހެނުން ދުށުމުން إمتحان ނުކުރައްވާށެވެ!) ދަންނާށެވެ! އެމީހުން އެވެއްޓުނީ ހަމަ فتنة އަށެވެ. އަދި ހަމަކަށަވަރުން ކާފަރުންގެ ވަށައިގެން ނަރަކަ ވާކަން ކަށަވަރެވެ.
9:50إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ ﴿50﴾إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ
Transliteration: In tusibka hasanatun tasuhum wain tusibka museebatun yaqooloo qad akhathna amrana min qablu wayatawallaw wahum farihoona
Translation: (އޭ رسول ﷲ އެވެ!) ތަނެއް فتح ވުންފަދަ - غنيمة އެއް حاصل ވުންފަދަ ކަލޭގެފާނަށް ހެވެއް އަދި އުފާވާކަމެއް ދިމާވެއްޖެއްޔާ އެ منافق ންގެ މީހުން ނުބައިވެ ދެރަވާނެއެވެ. އަދި زَخم ވުންފަދަ - قتل ވުންފަދަ ދެރަކަމެއް مصيبة އެއް ކަލޭގެފާނަށް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން މިތިބީ އަހުރެމެންގެ ކަންތަކުގައި ރައްކާތެރި ސަލާމަތްގޮތް ހިފައިގެންނެވެ. (އެބަހީ: ހަނގުރާމަޔަށް ނުގޮސް ސަލާމަތްގޮތުގައި މި مصيبة ޖެހުމުގެ ކުރިންވެސް ހިފައިގެންނެވެ. އަދި އެމީހުން އުފާކުރާ حال ފުރަގަސްދީ އެނބުރި ދެއެވެ.
9:51قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴿51﴾قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
Transliteration: Qul lan yuseebana illa ma kataba Allahu lana huwa mawlana waAAala Allahi falyatawakkali almuminoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަހުރެމެނަށް ކަނޑައަޅުއްވާ ލިއުއްވާފައިވާ ކަމެއް މެނުވީ އަހުރެމެންނަށް ނުޖެހޭނެއެވެ. އެކަލާނގެއީ އަހުރެމެންގެ ސަހަރޯވެރި نصر ވެރި ސާހިބާއެވެ. އަދި مؤمن ން ކަނޑައެޅިގެން ﷲ އަށް وكيل ކުރާ ހުށިކަމެވެ. އިތުބާރުކުރާ ހުށިކަމެވެ!
9:52قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ ﴿52﴾قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ
Transliteration: Qul hal tarabbasoona bina illa ihda alhusnayayni wanahnu natarabbasu bikum an yuseebakumu Allahu biAAathabin min AAindihi aw biaydeena fatarabbasoo inna maAAakum mutarabbisoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ދެހެވުންކުރެ އެއް ހެވަށް މެނުވީ ކަލޭމެން އަހުރެމެންނާމެދު އެބަ إنتظار ކުރޭހެއްޔެވެ؟ (އެއް ހެވަކީ عدوّ ންގެ އަތުން غنيمة މުދާލިބި فتح ވުންފަދަ ކަންކަމެވެ. - އަނެއް ހެވަކީ ހަނގުރާމައިގައި قتل ވެ شهيد ވެގެން ދިއުމެވެ. އޭގެ ނަތީޖާއަކީ ކަނޑައެޅިގެން ސުވަރުގެއެވެ.) އަދި އަހުރެމެން ކަލޭމެންނާމެދު މި إنتظار ކުރަނީ ﷲ تعالى ސީދާ އެކަލާނގެ حضرة ން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ނުވަތަ އަހުރެމެންގެ އަތްތަކުން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ފަހެ ކަލޭމެން ކަލޭމެން އެދޭ ކަންތަކަށް إنتظار ކުރާށެވެ! އަހުރެމެންވެސް ކަލޭމެންނާއެކު إنتظار ކުރާނަމެވެ.
9:53قُلۡ أَنفِقُواْ طَوۡعًا أَوۡ كَرۡهٗا لَّن يُتَقَبَّلَ مِنكُمۡ إِنَّكُمۡ كُنتُمۡ قَوۡمٗا فَٰسِقِينَ ﴿53﴾قُلۡ أَنفِقُواْ طَوۡعًا أَوۡ كَرۡهٗا لَّن يُتَقَبَّلَ مِنكُمۡ إِنَّكُمۡ كُنتُمۡ قَوۡمٗا فَٰسِقِينَ
Transliteration: Qul anfiqoo tawAAan aw karhan lan yutaqabbala minkum innakum kuntum qawman fasiqeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކިޔަމަންތެރިކަމާއިއެކު ހޭދަކުރިޔަސް ނުވަތަ ނުރުހުމާއެކު ހޭދަކުރިޔަސް ކަލޭމެންގެ ކިބައިން އެކަން قبول ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެންނަކީ فاسق ބައެކެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)
9:54وَمَا مَنَعَهُمۡ أَن تُقۡبَلَ مِنۡهُمۡ نَفَقَٰتُهُمۡ إِلَّآ أَنَّهُمۡ كَفَرُواْ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأۡتُونَ ٱلصَّلَوٰةَ إِلَّا وَهُمۡ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمۡ كَٰرِهُونَ ﴿54﴾وَمَا مَنَعَهُمۡ أَن تُقۡبَلَ مِنۡهُمۡ نَفَقَٰتُهُمۡ إِلَّآ أَنَّهُمۡ كَفَرُواْ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأۡتُونَ ٱلصَّلَوٰةَ إِلَّا وَهُمۡ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمۡ كَٰرِهُونَ
Transliteration: Wama manaAAahum an tuqbala minhum nafaqatuhum illa annahum kafaroo biAllahi wabirasoolihi wala yatoona alssalata illa wahum kusala wala yunfiqoona illa wahum karihoona
Translation: އެމީހުންގެ ކިބައިން އެމީހުންގެ އެހޭދަކުރުން قبول ނުކުރެވެނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އަދި އެކަލާނގެ رسول އާއަށް ކާފަރުވީކަން ކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: އެދެފަރާތަށް ކާފަރުވީކަމުގެ ސަބަބުންނެވެ.) އަދި އެމީހުން ކަންނެތްކަންމަތީގައިވާ حال މެނުވީ ނަމާދަށް ނާދެއެވެ. އަދި އެމީހުން ނުރުހިތިބެގެންވާ حال ގައިމެނުވީ އެމީހުން ހޭދަ ނުކުރެއެވެ.
9:55فَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ ﴿55﴾فَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ
Transliteration: Fala tuAAjibka amwaluhum wala awladuhum innama yureedu Allahu liyuAAaththibahum biha fee alhayati alddunya watazhaqa anfusuhum wahum kafiroona
Translation: (އޭ رسول ﷲ އެވެ!) ފަހެ އެމީހުންގެ މުދަލާއި އަދި އެމީހުންގެ ދަރީންގެ ސަބަބުންވިޔަސް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭށެވެ! އެހެނީ ހަމަކަށަވަރުން ﷲ تعالى އެދިވޮޑިގަންނަވަނީ ދުނިޔޭގެ حياة ގައި އެތަކެތީން އެމީހުންނަށް އެކަލާނގެ عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުމެގެން ދިއުމަށެވެ.
9:56وَيَحۡلِفُونَ بِٱللَّهِ إِنَّهُمۡ لَمِنكُمۡ وَمَا هُم مِّنكُمۡ وَلَٰكِنَّهُمۡ قَوۡمٞ يَفۡرَقُونَ ﴿56﴾وَيَحۡلِفُونَ بِٱللَّهِ إِنَّهُمۡ لَمِنكُمۡ وَمَا هُم مِّنكُمۡ وَلَٰكِنَّهُمۡ قَوۡمٞ يَفۡرَقُونَ
Transliteration: Wayahlifoona biAllahi innahum laminkum wama hum minkum walakinnahum qawmun yafraqoona
Translation: އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން (مؤمن ން) ގެ ތެރެއިންނެވެ. (އެހެންނަމަވެސް) އެމީހުން ކަލޭމެންގެތެރެއިން ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ (ކަލޭމެންދެކެ) ބިރުގަންނަ ބައެކެވެ.
9:57لَوۡ يَجِدُونَ مَلۡجَـًٔا أَوۡ مَغَٰرَٰتٍ أَوۡ مُدَّخَلٗا لَّوَلَّوۡاْ إِلَيۡهِ وَهُمۡ يَجۡمَحُونَ ﴿57﴾لَوۡ يَجِدُونَ مَلۡجَـًٔا أَوۡ مَغَٰرَٰتٍ أَوۡ مُدَّخَلٗا لَّوَلَّوۡاْ إِلَيۡهِ وَهُمۡ يَجۡمَحُونَ
Transliteration: Law yajidoona maljaan aw magharatin aw muddakhalan lawallaw ilayhi wahum yajmahoona
Translation: އެމީހުންނަށް (ކިއްލާއެއްފަދައިން) އެމީހުން ސަލާމަތްވާނެތަނެއް ފެންނަނަމަ ނުވަތަ ވަންނާނެ ހޮހޮޅައެއް ފެންނާނެނަމަ ނުވަތަ ބިމުގައި ކޮނެފައިވާ ހޮރެއް ފެންނާނެނަމަ ހަމަކަށަވަރުން އެމީހުން އެދިމާއަށް އަވަސްވެގެންވާ حال އެނބުރި ހިނގައިދާނެއެވެ.
9:58وَمِنۡهُم مَّن يَلۡمِزُكَ فِي ٱلصَّدَقَٰتِ فَإِنۡ أُعۡطُواْ مِنۡهَا رَضُواْ وَإِن لَّمۡ يُعۡطَوۡاْ مِنۡهَآ إِذَا هُمۡ يَسۡخَطُونَ ﴿58﴾وَمِنۡهُم مَّن يَلۡمِزُكَ فِي ٱلصَّدَقَٰتِ فَإِنۡ أُعۡطُواْ مِنۡهَا رَضُواْ وَإِن لَّمۡ يُعۡطَوۡاْ مِنۡهَآ إِذَا هُمۡ يَسۡخَطُونَ
Transliteration: Waminhum man yalmizuka fee alssadaqati fain oAAtoo minha radoo wain lam yuAAtaw minha itha hum yaskhatoona
Translation: އަދި އެ منافق ންގެތެރޭގައި صدقة ގެ ކަންތަކުގައި ކަލޭގެފާނަށް عَيب ކިޔާމީހުންވެއެވެ. ފަހެ އެމީހުންނަށް އެއިން ދެވިއްޖެއްޔާ އެމީހުން ރުހެއެވެ. އަދި އެމީހުންނަށް އެއިން ނުދެވިއްޖެއްޔާ އެހައިރުން އެމީހުން ރުޅިއާދެއެވެ.
9:59وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ ﴿59﴾وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ
Transliteration: Walaw annahum radoo ma atahumu Allahu warasooluhu waqaloo hasbuna Allahu sayuteena Allahu min fadlihi warasooluhu inna ila Allahi raghiboona
Translation: އަދި އެމީހުންނަށް ﷲ އާއި އެކަލާނގެ رسول އާ ދެއްވިތަކެއްޗަށް އެމީހުން ރުހުނުނަމަ. "އަދި އަހުރެމެންނަށް ﷲ ފުދެއެވެ." އަދި ނިކަންހުރެ ﷲ އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް ދެއްވާނެއެވެ. އަދި رسول އާވެސް ދެއްވާނެއެވެ. ހަމަކަށަވަރުން އަހުރެމެން މިއެދެނީ ހަމަ ﷲ ގެ حضرة ންނެވެ. މިހެން އެމީހުން ބުނިނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟
9:60إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿60﴾۞إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ
Transliteration: Innama alssadaqatu lilfuqarai waalmasakeeni waalAAamileena AAalayha waalmuallafati quloobuhum wafee alrriqabi waalgharimeena wafee sabeeli Allahi waibni alssabeeli fareedatan mina Allahi waAllahu AAaleemun hakeemun
Translation: صدقة ވާނީ (އެބަހީ: صدقة ދެވުން حقّ ވާބަޔަކީ) فقير ންނަށާއި مسكين ންނަށާއި صدقة އެއްކޮށް جمع ކުރުމުގައި މަސައްކަތް ކުރާމީހުންނަށާއި އަލަށް إسلام دين އަށް ވަން މީހުންނަށާއި އަޅުން މިނިވަންކުރުމަށާއި ދަރަނިވެރިންނަށާއި ﷲ ގެ މަގުގައިވާ (ހަނގުރާމަވެރިންނަށާއި ދީނަށްޓަކައި جهاد ކުރާމީހުންނަށް) އަދި ދަތުރުވެރިންނަށެވެ. މިއަށް ބާވަތުގެ މީހުންނަށެވެ. މިއީ ﷲ ގެ حضرة ންވާ فرض އެއްގެގޮތުންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަކަލާނގެއެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތުގައި އެވަނީ ޒަކާތް ބެހޭނެ އަށްބާވަތުގެ މީހުންނެވެ. މިއިން ކޮންމެ ބާވަތަކާމެދު علم ވެރިން ވާހަކަ ދައްކަވާފައިވެއެވެ. شرح އެއްގެގޮތުންނެވެ. އެވާހަކަތަކަށް އަދި ފަހުން ވާހަކަދެއްކުމަށް ބޭއްވީއެވެ.
9:61وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ ﴿61﴾وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ
Transliteration: Waminhumu allatheena yuthoona alnnabiyya wayaqooloona huwa othunun qul othunu khayrin lakum yuminu biAllahi wayuminu lilmumineena warahmatun lillatheena amanoo minkum waallatheena yuthoona rasoola Allahi lahum AAathabun aleemun
Translation: އަދި އެ منافق ންގެތެރޭގައި نبي ﷲ ﷺ އަށް އުނދަގޫކުރާ މީހުންވެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު އެއީ ކަންފަތެކެވެ. (އެބަހީ: ކޮންމެ މީހެއްގެ ކިބައިން ކޮންމެ އެއްޗެއް އައްސަވައެވެ. އަދި ތެދުކުރައްވައެވެ.) ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ ކަލޭމެނަށްވާ ރަނގަޅު ހެޔޮ ކަންފަތެކެވެ. އެބަހީ ހެޔޮ އެއްޗެތި އައްސަވާ ތެދުކުރައްވައެވެ.) އެކަލޭގެފާނު ﷲ ތެދުކުރައްވައެވެ. އަދި مؤمن ން ތެދުކުރައްވައެވެ. އަދި އެއީ ކަލޭމެންކުރެ އީމާންވީ މީހުންނަށްވާ رحمة އެކެވެ. އަދި رسول ﷲ އަށް އުނދަގޫކުރާމީހުން (ދަންނައެވެ!) އެމީހުންނަށް ހުރީ ވޭންދެނިވި عذاب އެކެވެ.
9:62يَحۡلِفُونَ بِٱللَّهِ لَكُمۡ لِيُرۡضُوكُمۡ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرۡضُوهُ إِن كَانُواْ مُؤۡمِنِينَ ﴿62﴾يَحۡلِفُونَ بِٱللَّهِ لَكُمۡ لِيُرۡضُوكُمۡ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرۡضُوهُ إِن كَانُواْ مُؤۡمِنِينَ
Transliteration: Yahlifoona biAllahi lakum liyurdookum waAllahu warasooluhu ahaqqu an yurdoohu in kanoo mumineena
Translation: އެ منافق ންގެ މީހުން ކަލޭމެން مؤمن ން ރުއްސުމަށްޓަކައި ހުވައިކުރެއެވެ. (އެހެންނަމަވެސް) ﷲ އާއި އެކަލާނގެ رسول އާ ރުއްސުން އެމީހުންނަށް މާ حقّ ކަންބޮޑެވެ. އެމީހުން އެއީ مؤمن ން ކަމުގައިވަންޏާއެވެ.
9:63أَلَمۡ يَعۡلَمُوٓاْ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدٗا فِيهَاۚ ذَٰلِكَ ٱلۡخِزۡيُ ٱلۡعَظِيمُ ﴿63﴾أَلَمۡ يَعۡلَمُوٓاْ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدٗا فِيهَاۚ ذَٰلِكَ ٱلۡخِزۡيُ ٱلۡعَظِيمُ
Transliteration: Alam yaAAlamoo annahu man yuhadidi Allaha warasoolahu faanna lahu nara jahannama khalidan feeha thalika alkhizyu alAAatheemu
Translation: ހަމަކަށަވަރުން ﷲ އާއި އެކަލާނގެ رسول އާއި އިދިކޮޅުވެ خلاف ވާމީހާއަށް (قيامة ދުވަހުން) ނަރަކަ ހުންނާނެކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ އެތާ އެމީހަކު ދެމިހުންނަ حال ގައެވެ. ބޮޑުވެގެންވާ ދެރަނިކަމެތިކަމަކީ އެއީއެވެ.
9:64يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٞ تُنَبِّئُهُم بِمَا فِي قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٞ مَّا تَحۡذَرُونَ ﴿64﴾يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٞ تُنَبِّئُهُم بِمَا فِي قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٞ مَّا تَحۡذَرُونَ
Transliteration: Yahtharu almunafiqoona an tunazzala AAalayhim sooratun tunabbiohum bima fee quloobihim quli istahzioo inna Allaha mukhrijun ma tahtharoona
Translation: منافق ން އެމީހުންގެ ހިތްތަކުގައިވާ (ނުބައި) ތަކެތި بيان ކޮށް ފައުޅުކޮށްދޭ سورة އެއް އެމީހުންގެ މައްޗަށް - އެމީހުންނާއި ބެހޭގޮތުން ބާވައިލައްވާފާނެކަމަށް منافق ން ބިރުގަނެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތް ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ކަލޭމެން ބިރުގަންނަ ތަކެތި ނެރުއްވާނޭ ކަލާނގެއެވެ. • ދަންނައެވެ! މިއާޔަތް ބާވައިލެއްވިކަމުގައިވަނީ منافق ންގެ ބަޔަކު رسول އާ އަށާއި مؤمن ންނަށް މަލާމާތްކުރުމަކާ ގުޅިގެން ކަމުގައިވިއެވެ. والله أعلم.
9:65وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ ﴿65﴾وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ
Transliteration: Walain saaltahum layaqoolunna innama kunna nakhoodu wanalAAabu qul abiAllahi waayatihi warasoolihi kuntum tastahzioona
Translation: އަދި ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވައިފިއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެންވީ (ދަތުރުގެ ވަރުބަލި ފިލުވައިލުމުގެ ގޮތުން) ސަމާސާގެ ތެރެއަށް ވަދެލާ ކުޅެލުމަށާއި މަޖާ ވާހަކަކޮޅެއް ދައްކައިލި ބަޔަކުކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތްކޮށް ފުރައްސާރަ ކުރަންވީ ﷲ އަށާއި އެކަލާނގެ އާޔަތަކަށާއި އަދި އެކަލާނގެ رسول އާއަށް ހެއްޔެވެ؟
9:66لَا تَعۡتَذِرُواْ قَدۡ كَفَرۡتُم بَعۡدَ إِيمَٰنِكُمۡۚ إِن نَّعۡفُ عَن طَآئِفَةٖ مِّنكُمۡ نُعَذِّبۡ طَآئِفَةَۢ بِأَنَّهُمۡ كَانُواْ مُجۡرِمِينَ ﴿66﴾لَا تَعۡتَذِرُواْ قَدۡ كَفَرۡتُم بَعۡدَ إِيمَٰنِكُمۡۚ إِن نَّعۡفُ عَن طَآئِفَةٖ مِّنكُمۡ نُعَذِّبۡ طَآئِفَةَۢ بِأَنَّهُمۡ كَانُواْ مُجۡرِمِينَ
Transliteration: La taAAtathiroo qad kafartum baAAda eemanikum in naAAfu AAan taifatin minkum nuAAaththib taifatan biannahum kanoo mujrimeena
Translation: ކަލޭމެން عذر ދައްކާ ބަހަނާދައްކަން ނަހަދާށެވެ! ކަލޭމެން ތިޔަވަނީ ކަލޭމެންގެ އީމާންކަމަށްފަހު އަލުންވެސް ކާފަރުވެގެންނެވެ. ކަލޭމެންކުރެ ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވާހުށީމެވެ. އެހެނީ ހަމަކަށަވަރުން އެމީހުންވީ مُجْرِم ން ކަމުގައެވެ. ނުބައި ނުލަފާ މީހުން ކަމުގައެވެ. • ދަންނައެވެ! މިއާޔަތާއި މީގެ ފަހުގެ ދެއާޔަތް ބާވައިލެއްވުނު ސަބަބެއް ކަމުގައި تفسير ފޮތްތަކާއި حديث ފޮތްތަކުގައި ރިވާވެގެންވަނީ رسول ﷲ ﷺ އާއި أصحاب ބޭކަލުން تَبُوك ހަނގުރާމައަށް ވަޑައިގެންނެވި لشكر ގައި منافق ންގެ ބަޔަކުވެސްވެއެވެ. ދެންފަހެ رسول ﷲ ﷺ ކޮންމެވެސް منزل އެއްގައި لشكر މަޑުކުރައްވާފައިވަނިކޮށް މި منافق ން އެއްތަނަކަށް ޖެހިލާފައި رسول ﷲ ﷺ އަށާއި أصحاب ބޭކަލުންނަށް ދޮގު ހުތުރުބަސްތަކުން މަލާމާތްކުރީއެވެ. އެއަޑު އަހަން އެތާ މާތްވެގެންވާ أصحاب ބޭކަލަކު އިންނެވިއެވެ. އަދި އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. ކަލޭ ތިޔަހަދަނީ ދޮގެވެ. އަހުރެން މިދަނީ ތިޔަވާހަކަ رسول ﷲ ﷺ އަށް ދަންނަވާށެވެ. އަދި އެބޭކަލަކު އެކަލޭގެފާނުންގެ އަރިހަށް ވަޑައިގެންނެވި އިރު قرآن އެކަމުގައި އިސްވެއްޖެއެވެ. އިސްވެދިޔަ ދެއާޔަތް ބާވައިލައްވާ އެވާހަކަ ދެއްކި މީހުންނަކީ ކާފަރުން ކަމުގައި ނިޔާކަނޑައަޅުއްވައިފިއެވެ. މިވާހަކަ تفصيل ކޮށް حديث ފޮތްތަކާއި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم.
9:67ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ ﴿67﴾ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ
Transliteration: Almunafiqoona waalmunafiqatu baAAduhum min baAAdin yamuroona bialmunkari wayanhawna AAani almaAAroofi wayaqbidoona aydiyahum nasoo Allaha fanasiyahum inna almunafiqeena humu alfasiqoona
Translation: منافق ފިރިހެނުންނާއި منافق އަންހެނުން (ދަންނައެވެ!) އޭގެ އެއްބަޔަކުވަނީ އޭގެ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެއީ ހަމަ އެއްބައެކެވެ. ކޮންމެ ބަޔަކުވެސް އީމާންކަން ބޭރުފުށުން ފާޅުކޮށް އެތެރެފުށުގައި ކާފަރުކަން ވަންހަނާކުރެއެވެ.) އެމީހުން އަމުރުކުރަނީ منكرات ތައް ކުރުމަށެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވުމަށެވެ.) އަދި އެމީހުން މަނާކޮށް ނަހީކުރަނީ ހެޔޮކަންތައް ކުރުމެވެ. (ﷲ އަށާއި އެކަލާނގެ رسول އާއަށް އީމާންވުމެވެ.) އަދި އެމީހުން (حقّ ގޮތުގައި ހޭދައެއް ނުކުރުމަށް) އެމީހުންގެ އަތްތައް ހިފަހައްޓައެވެ. އެމީހުން ﷲ ހަނދާން ނައްތައިލީއެވެ. (އެބަހީ: އެމީހުން ﷲ އަށް ކިޔަމަންވުމަށާއި އެކަލާނގެ أمر ފުޅަށް تبع ވުމަށް އެމީހުން ހަނދާންނައްތައިލީއެވެ.) ދެންފަހެ ﷲ ވެސް އެމީހުންގެ މަތީން ހަނދުމަނެތިވެވޮޑިގެންނެވީއެވެ. (އެބަހީ: ﷲ އެމީހުންނަށް ހެޔޮކަމަށް توفيق ދެއްވުމާއި ތެދުމަގު ދެއްކެވުން ދޫކޮށްލެއްވީއެވެ.) ހަމަކަށަވަރުން منافق ން ނަކީ ކަނޑައެޅިގެން فاسق ންނެވެ.
9:68وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ ﴿68﴾وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ
Transliteration: WaAAada Allahu almunafiqeena waalmunafiqati waalkuffara nara jahannama khalideena feeha hiya hasbuhum walaAAanahumu Allahu walahum AAathabun muqeemun
Translation: އަދި منافق ފިރިހެނުންނަށާއި منافق އަންހެނުންނަށާއި ސީދާ ކާފަރުންނަށާއި މިމީސްމީހުންނަށް ﷲ وعد ކުރައްވާފައިވަނީ (قيامة ދުވަހުން) ނަރަކައިގެ އަލިފާނެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އެމީހުންނަށް ފުދޭނެ ތަނަކީ ހަމަ އެތަނެވެ. އަދި ﷲ تعالى އެމީހުންނަށް لعنة ލެއްވިއެވެ. އަދި އެމީހުންނަށް ހުރީ ހަމަ ދާއިމީ އަބަދީ عذاب އެވެ.
9:69كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴿69﴾كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
Transliteration: Kaallatheena min qablikum kanoo ashadda minkum quwwatan waakthara amwalan waawladan faistamtaAAoo bikhalaqihim faistamtaAAtum bikhalaqikum kama istamtaAAa allatheena min qablikum bikhalaqihim wakhudtum kaallathee khadoo olaika habitat aAAmaluhum fee alddunya waalakhirati waolaika humu alkhasiroona
Translation: (އޭ منافق ންނޭވެ!) ކަލޭމެންވެސް އިސްވެދިޔަ ކަލޭމެންކަހަލަ މީހުންފަދައެވެ. އެމީހުންވީ (ކަލޭމެނަށްވުރެ) މާބާރުގަދަ އަދި މުދަލާއި ދަރިން ގިނަ ބަޔަކު ކަމުގައެވެ. ފަހެ އެމީހުން އެމީހުންނަށް ލިބުނު ނަސީބުގައި (ﷲ ދެއްވިތަކެތީގައި) އަރާމުކޮށް ފައިދާނެގިއެވެ. ކަލޭމެންވެސް ކަލޭމެނަށް ލިބުނު ނަސީބުގައި އަރާމުކޮށް މަޖާކޮށް ފައިދާނަގައިފީމުއެވެ. (އެބަހީ: آخرة ގެ ނަސީބުގެ ބަދަލުގައި ދުނިޔޭގެ ނަސީބުގައި ފައިދާ އުފުލައިފީމުއެވެ. އެއީ ކަލޭމެންގެ ކުރީގެ މީހުންވެސް އެމީހުންގެ ނަސީބުން ފައިދާ އުފުލިފަދައިންނެވެ. އަދި އެމީހުންވެސް (ދޮގާއި باطل ގެ ތެރެއަށް) ވަދެގަތްފަދައިން ކަލޭމެންވެސް (ދޮގާއި باطل ގެތެރެއަށް) ވަދެގެންފީމުއެވެ. އެފަދަމީހުން ދަންނައެވެ! އެމީހުންގެ ދުނިޔެއާއި آخرة ގެ އެންމެހައި ހެޔޮ عمل ތައް باطل ވީއެވެ. އަދި އެމީހުން އެއީ ހަމަ ގެއްލި ހަލާކުވެގެންވާ މީހުންނެވެ.
9:70أَلَمۡ يَأۡتِهِمۡ نَبَأُ ٱلَّذِينَ مِن قَبۡلِهِمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَقَوۡمِ إِبۡرَٰهِيمَ وَأَصۡحَٰبِ مَدۡيَنَ وَٱلۡمُؤۡتَفِكَٰتِۚ أَتَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ﴿70﴾أَلَمۡ يَأۡتِهِمۡ نَبَأُ ٱلَّذِينَ مِن قَبۡلِهِمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَقَوۡمِ إِبۡرَٰهِيمَ وَأَصۡحَٰبِ مَدۡيَنَ وَٱلۡمُؤۡتَفِكَٰتِۚ أَتَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
Transliteration: Alam yatihim nabao allatheena min qablihim qawmi noohin waAAadin wathamooda waqawmi ibraheema waashabi madyana waalmutafikati atathum rusuluhum bialbayyinati fama kana Allahu liyathlimahum walakin kanoo anfusahum yathlimoona
Translation: އެމީހުންގެ ގާތަށް (އެބަހީ: منافق ންގެގާތަށް) އެމީހުންގެ ކުރިން އިސްވެދިޔަ أمّة ތަކުގެ خبر ނާދޭބާވައެވެ؟ އެއީ نوح قوم - عَاد އާއި އަދި ثَمُوْدُ قوم އަދި إبراهيم ގެފާނުންގެ قوم އާއި مَدْيَن ގެ أهل ވެރިންނާއި ބަންޑުންޖެހުނުރަށުގެ يعني: لوط قوم ގެ خبر އެވެ. އެމީސްމީހުންގެ ގާތަށް އެމީހުންގެ رسول ބޭކަލުން ބަޔާންވެ ފައުޅުވެގެންވާ دليل އާއިގެން ވަޑައިގެންނެވިއެވެ. (ނަމަވެސް އެ أمّة ތަކުގެ ކާފަރުން އެބޭކަލުން ދޮގުކޮށް އަދި އީމާން ނުވުމުގެ ސަބަބުން ﷲ އެމީހުން ހަލާކު ކުރެއްވީއެވެ. ކަލޭމެންވެސް އީމާން ނުވިއްޔާ ވާނީ ހަމަ އެކަހަލަ ގޮތެކެވެ.) އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވީއެއްނޫނެވެ. ނަމަވެސް އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.
9:71وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَـٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ ﴿71﴾وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَـٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ
Transliteration: Waalmuminoona waalmuminatu baAAduhum awliyao baAAdin yamuroona bialmaAAroofi wayanhawna AAani almunkari wayuqeemoona alssalata wayutoona alzzakata wayuteeAAoona Allaha warasoolahu olaika sayarhamuhumu Allahu inna Allaha AAazeezun hakeemun
Translation: އަދި مؤمن ފިރިހެނުންނާއި مؤمن އަންހެނުން އޭގެ އެއްބަޔަކީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. نصر ވެރި ވާގިވެރިންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް منكرات ނަހީކޮށް މަނާކުރެއެވެ. އަދި އެމީހުން ނަމާދު قائم ކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ رحمة ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
9:72وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةٗ فِي جَنَّـٰتِ عَدۡنٖۚ وَرِضۡوَٰنٞ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿72﴾وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةٗ فِي جَنَّـٰتِ عَدۡنٖۚ وَرِضۡوَٰنٞ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: WaAAada Allahu almumineena waalmuminati jannatin tajree min tahtiha alanharu khalideena feeha wamasakina tayyibatan fee jannati AAadnin waridwanun mina Allahi akbaru thalika huwa alfawzu alAAatheemu
Translation: އަދި مؤمن ފިރިހެނުންނަށާއި އަދި مؤمن އަންހެނުންނަށް އެތަންތާނގެ ދަށުން އާރުތައް ދެމޭ ސުވަރުގެތައް (قيامة ދުވަހުން) ދެއްވާނެކަމުގައި ﷲ وعد ކުރެއްވިއެވެ. އެތަންތާ އެމީހުން ދެމިތިބޭހުއްޓެވެ. އަދި قائم ވެ ދެމިތިބޭ ސުވަރުގެތަކުގައި ރަނގަޅުވެގެންވާ މަންޒިލްތަކާއި ތިބޭނެ ރަނގަޅު ތަންތަން ހުރިކަމާއި އަދި އެހުރިހާ ކަމަކަށްވުރެ މާތްވެގެންވާ އަދި ބޮޑުވެގެންވާ ކަމެއްކަމުގައިވާ ﷲ ގެ ރުއްސެވުންވެސް އެމީހުންނަށް ހުރިކަމަށް ﷲ އެމީހުންނަށް وعد ކުރެއްވިއެވެ. ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.
9:73يَـٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ﴿73﴾يَـٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ
Transliteration: Ya ayyuha alnnabiyyu jahidi alkuffara waalmunafiqeena waoghluth AAalayhim wamawahum jahannamu wabisa almaseeru
Translation: އޭ نبي ކަލޭގެފާނެވެ! ކާފަރުންނާއި އަދި منافق ންނާއި އިދިކޮޅަށް جهاد ކުރައްވާށެވެ! އަދި އެމީހުންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގަޔަކީ (قيامة ދުވަހުން) ނަރަކައެވެ. އެއީ އެނބުރިގޮސް ތިބުމަށް ނުބައިވެގެންވާ ތަނެކެވެ.
9:74يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ وَهَمُّواْ بِمَا لَمۡ يَنَالُواْۚ وَمَا نَقَمُوٓاْ إِلَّآ أَنۡ أَغۡنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضۡلِهِۦۚ فَإِن يَتُوبُواْ يَكُ خَيۡرٗا لَّهُمۡۖ وَإِن يَتَوَلَّوۡاْ يُعَذِّبۡهُمُ ٱللَّهُ عَذَابًا أَلِيمٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَمَا لَهُمۡ فِي ٱلۡأَرۡضِ مِن وَلِيّٖ وَلَا نَصِيرٖ ﴿74﴾يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ وَهَمُّواْ بِمَا لَمۡ يَنَالُواْۚ وَمَا نَقَمُوٓاْ إِلَّآ أَنۡ أَغۡنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضۡلِهِۦۚ فَإِن يَتُوبُواْ يَكُ خَيۡرٗا لَّهُمۡۖ وَإِن يَتَوَلَّوۡاْ يُعَذِّبۡهُمُ ٱللَّهُ عَذَابًا أَلِيمٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَمَا لَهُمۡ فِي ٱلۡأَرۡضِ مِن وَلِيّٖ وَلَا نَصِيرٖ
Transliteration: Yahlifoona biAllahi ma qaloo walaqad qaloo kalimata alkufri wakafaroo baAAda islamihim wahammoo bima lam yanaloo wama naqamoo illa an aghnahumu Allahu warasooluhu min fadlihi fain yatooboo yaku khayran lahum wain yatawallaw yuAAaththibhumu Allahu AAathaban aleeman fee alddunya waalakhirati wama lahum fee alardi min waliyyin wala naseerin
Translation: އެމީހުން ﷲ ގަންދީ ހުވައިކޮށްފާ އެ كلمة ނުބުނާކަމަށް (އެބަހީ: كُفْرُ ގެ كلمة ނުބުނާކަމަށް) ބުންޏެވެ. އަދި ހަމަކަށަވަރުން އެމީހުން كُفْرُ ގެ كلمة ބުންޏެވެ. އެމީހުންގެ إسلام ކަމަށްފަހު އެމީހުން ކާފަރުވީއެވެ. އަދި އެމީހުންނަށް ނުވެވުނު ކަންތައް އެމީހުން ކުރަން ގަސްތުކުރިއެވެ. އަދި ﷲ ގެ فضل ވަންތަކަމުން ﷲ އާއި އެކަލާނގެ رسول އާ އެމީހުން މުއްސަނދި ކުރެއްވުމަށްފަހުގައި މެނުވީ އެމީހުން އިންކާރުކޮށް ނުރުހުންވީކަމުގައި ނުވެއެވެ. ފަހެ އެމީހުން توبة ވާނެނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އަދި އެމީހުން އީމާންނުވެ އެނބުރި ފުރަގަސްދޭނަމަ ﷲ تعالى ދުނިޔެއާއި آخرة ގައިވެސް އެމީހުންނަށް ވޭންދެނިވި عذاب އެއް ދެއްވާނެއެވެ. އަދި ބިންމަތީގައި އެމީހުންނަށް އެއްވެސް ސަހަރޯވެރިއަކު نصر ވެރިއަކު ނުވާހުއްޓެވެ. • ދަންނައެވެ! މި كُفْرُ ގެ ބަސްބުނި މީހުންނަކީ منافق ންގެ ބައެކެވެ. އެމީހުން ބުނިބަހަކީ (إنْ كَانَ مَا جَاء بِهِ مُحَمَّدٌ حَقًّا لَنَحْنُ أَشَرُّ مِنَ اْلحَمِيْر) މާނައީ: محمّد ގެފާނު އެގެންނެވި ކަންތައް އެއީ حقّ އެއް ކަމުގައިވަންޏާ ހަމަކަށަވަރުން އަހުރެމެން حِمَار އަށްވުރެ ނުބައެވެ. މިއެވެ. އަދި އެމީހުންނަށް ނުވިކަމެއް އެމީހުން قصد ކުރިކަމަކީ رسول ﷲ ﷺ - قتل ކުރުމެވެ. - އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ تفسير ގައި بيان ކޮށްފައިވެއެވެ. والله أعلم بالصّواب.
9:75وَمِنۡهُم مَّنۡ عَٰهَدَ ٱللَّهَ لَئِنۡ ءَاتَىٰنَا مِن فَضۡلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ ﴿75﴾۞وَمِنۡهُم مَّنۡ عَٰهَدَ ٱللَّهَ لَئِنۡ ءَاتَىٰنَا مِن فَضۡلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ
Transliteration: Waminhum man AAahada Allaha lain atana min fadlihi lanassaddaqanna walanakoonanna mina alssaliheena
Translation: އަދި އެމީހުންގެތެރޭގައި - އެބަހީ: އެ منافق ންގެތެރޭގައި ﷲ އާއި عهد ކުރި މީހުންވެއެވެ. (އެ عهد އަކީ) އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް (މުދާދެއްވާ ތަނަވަސްކަން) ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން صدقاة ދޭހުށީމެވެ. އަދި ހަމަކަށަވަރުން صالح މާތްމީހުންގެތެރެއިން އަހުރެމެންވާ ހުށީމެވެ. (އެމީހަކީ ثَعْلَبَة بن حَاطِب الأنْصَارى ކަމުގައި ބުނެވުނެވެ. = - نفسير طبري -)
9:76فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ ﴿76﴾فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ
Transliteration: Falamma atahum min fadlihi bakhiloo bihi watawallaw wahum muAAridoona
Translation: ދެންފަހެ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް (މުދަލާއި ތަނަވަސްކަން) ދެއްވިހިނދުން އެމީހުން އެ فضل ވަންތަކަމަށް بَخِيْلُ ވެ ދަހިވެތިވެގެންފިއެވެ. އަދި ﷲ ގެ عهد އަށް ފުރަގަސްދީފިއެވެ.
9:77فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ ﴿77﴾فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ
Transliteration: FaaAAqabahum nifaqan fee quloobihim ila yawmi yalqawnahu bima akhlafoo Allaha ma waAAadoohu wabima kanoo yakthiboona
Translation: ދެންފަހެ ﷲ تعالى އެމީހުންގެ ހިތްތަކަށް އެޔާގުޅިގެން نفاق ކަން يعني: ދެފުށްދެގޮތްކުރުން ވައްދަވައިފިއެވެ. އެއީ އެމީހުން އެކަލާނގެއާއި ބައްދަލުވާދުވަހާއި ހަމައަށެވެ. މަރުދުވަހަށްދާންދެނެވެ. އެހެން އެވީ އެމީހުން ﷲ އާއި އެމީހުން ކުރި وعد އާއި خلاف ވުމުގެ ސަބަބުންނެވެ. އަދި އެމީހުން ބުނިބަސް ދޮގުކުރުމުގެ ސަބަބުންނެވެ.
9:78أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّـٰمُ ٱلۡغُيُوبِ ﴿78﴾أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّـٰمُ ٱلۡغُيُوبِ
Transliteration: Alam yaAAlamoo anna Allaha yaAAlamu sirrahum wanajwahum waanna Allaha AAallamu alghuyoobi
Translation: އެމީހުންގެ އަމިއްލަ نفس ގެ ސިއްރުތަކާއި އެމީހުންގެ ސިއްރު ޖަލްސާތައްވެސް ﷲ ދެނެވޮޑިގަންނަވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އީ غيب ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟
9:79ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ ﴿79﴾ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ
Transliteration: Allatheena yalmizoona almuttawwiAAeena mina almumineena fee alssadaqati waallatheena la yajidoona illa juhdahum fayaskharoona minhum sakhira Allahu minhum walahum AAathabun aleemun
Translation: صدقاة ގެ ކަންތަކުގައި އަޅުވެރި تقوى ވެރި މާތްމީހުންނާއިމެދުގައްޔާއި އަދި ތިމާމެންގެ މަސައްކަތާއި ހިތްވަރުން އެހޯދި ކުޑައެތިކޮޅު صدقاة ކުރި މީހުންނަށާއި މިމީސްމީހުންނަށް މަލާމާތްކޮށް عَيب ކީ މީހުން ދަންނައެވެ! ﷲ تعالى އެމީހުންނަށް މަލާމާތްކުރައްވާ ހުއްޓެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عذاب އެވެ.
9:80ٱسۡتَغۡفِرۡ لَهُمۡ أَوۡ لَا تَسۡتَغۡفِرۡ لَهُمۡ إِن تَسۡتَغۡفِرۡ لَهُمۡ سَبۡعِينَ مَرَّةٗ فَلَن يَغۡفِرَ ٱللَّهُ لَهُمۡۚ ذَٰلِكَ بِأَنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ﴿80﴾ٱسۡتَغۡفِرۡ لَهُمۡ أَوۡ لَا تَسۡتَغۡفِرۡ لَهُمۡ إِن تَسۡتَغۡفِرۡ لَهُمۡ سَبۡعِينَ مَرَّةٗ فَلَن يَغۡفِرَ ٱللَّهُ لَهُمۡۚ ذَٰلِكَ بِأَنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
Transliteration: Istaghfir lahum aw la tastaghfir lahum in tastaghfir lahum sabAAeena marratan falan yaghfira Allahu lahum thalika biannahum kafaroo biAllahi warasoolihi waAllahu la yahdee alqawma alfasiqeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - އެބަހީ އެ منافق ންނަށް - ފާފަފުއްސެވުމަށް دعاء ކުރެއްވިޔަސް ނުވަތަ ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް دعاء ނުކުރެއްވިޔަސް، އަދި ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް ހަތްދިހަފަހަރު دعاء ކުރެއްވިޔަސް ﷲ تعالى އެމީހުންނަށް ނުފުއްސަވާހުއްޓެވެ. އެހެން އެވީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކާފަރުވީ ކަމެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.
9:81فَرِحَ ٱلۡمُخَلَّفُونَ بِمَقۡعَدِهِمۡ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓاْ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَقَالُواْ لَا تَنفِرُواْ فِي ٱلۡحَرِّۗ قُلۡ نَارُ جَهَنَّمَ أَشَدُّ حَرّٗاۚ لَّوۡ كَانُواْ يَفۡقَهُونَ ﴿81﴾فَرِحَ ٱلۡمُخَلَّفُونَ بِمَقۡعَدِهِمۡ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓاْ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَقَالُواْ لَا تَنفِرُواْ فِي ٱلۡحَرِّۗ قُلۡ نَارُ جَهَنَّمَ أَشَدُّ حَرّٗاۚ لَّوۡ كَانُواْ يَفۡقَهُونَ
Transliteration: Fariha almukhallafoona bimaqAAadihim khilafa rasooli Allahi wakarihoo an yujahidoo biamwalihim waanfusihim fee sabeeli Allahi waqaloo la tanfiroo fee alharri qul naru jahannama ashaddu harran law kanoo yafqahoona
Translation: رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން އެމީހުންގެ މަންޒިލްތަކުގައި رسول ﷲ ﷺ އާއި خلاف އަށް އިށީނދެތިބުމަށް އުފާކުރިއެވެ. އަދި ﷲ ގެ މަގުގައި އެމީހުންގެ މުދަލާއި އެމީހުން ޖާނުން ހަނގުރާމަކުރުމަށް އެމީހުން ނުރުހުނެވެ. އަދި އެމީހުން ބުނީ ގަދަހޫނުގައި ހަނގުރާމައަށް ދިއުމަށް އަމުރު ނުކުރައްވާށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާން މާހޫނުގަދައެވެ. އެގޮތް ކަލޭމެންނަށް އެނގޭނަމައެވެ. (އެމީހުންނަށް މިހެންވިދާޅުވާށެވެ!)
9:82فَلۡيَضۡحَكُواْ قَلِيلٗا وَلۡيَبۡكُواْ كَثِيرٗا جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ ﴿82﴾فَلۡيَضۡحَكُواْ قَلِيلٗا وَلۡيَبۡكُواْ كَثِيرٗا جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ
Transliteration: Falyadhakoo qaleelan walyabkoo katheeran jazaan bima kanoo yaksiboona
Translation: ފަހެ އެމީހުން މަދުން ހޭހުށިކަމެވެ! (އެބަހީ: رسول ﷲ ﷺ އާއި خلاف އަށް ހަނގުރާމައަށް ނުގޮސްތިބެ އުފާކޮށް ހީނުހަދާށެވެ!) އަދި އެމީހުން އެހޯދައިގަތް ފާފައިގެ ސަބަބުން އެމީހުން ގިނަގިނައިން ރޯހުރިކަމެވެ!
9:83فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ ﴿83﴾فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ
Transliteration: Fain rajaAAaka Allahu ila taifatin minhum faistathanooka lilkhurooji faqul lan takhrujoo maAAiya abadan walan tuqatiloo maAAiya AAaduwwan innakum radeetum bialquAAoodi awwala marratin faoqAAudoo maAAa alkhalifeena
Translation: (އޭ رسول ﷲ އެވެ!) ފަހެ ﷲ تعالى، އެ منافق ންގެ ކޮންމެވެސް جماعة އެއްގެ ގާތަށް ކަލޭގެފާނު އަނބުރާ ފޮނުއްވައިފިއްޔާ (އެބަހީ: ހަނގުރާމައިން އަނބުރާ ވަޑައިގަތުމަށްފަހު) އެމީހުން (ހަނގުރާމައަށް) ނުކުތުމަށް ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. ފަހެ ކަލޭގެފާނު (އެމީހުނަށް) ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ އަރިހުގައި ދުވަހަކުވެސް ކަލޭމެން (ހަނގުރާމައަށް) ނުނިކުންނާނެއެވެ! އަދި ތިމަންކަލޭގެފާނު އަރިހުގައި ދުވަހަކުވެސް ކަލޭމެން عدوّ ންނާއި ހަނގުރާމަ ނުކުރާނެއެވެ! އެހެނީ ހަމަކަށަވަރުން ކަލޭމެން ފުރަތަމަފަހަރު (تَبُوك ހަނގުރާމައަށް ދިއުމަށް) ނުނުކުމެ ގޭގައި އިށީނދެތިބުމަށް ރުހުނީއެވެ. (ނުނުކުތީމުއެވެ.) ފަހެ ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނު މީހުންނާއިއެކު ކަލޭމެންވެސް (ގޭގައި) އިށީނދެ ތިބޭށެވެ.
9:84وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ ﴿84﴾وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ
Transliteration: Wala tusalli AAala ahadin minhum mata abadan wala taqum AAala qabrihi innahum kafaroo biAllahi warasoolihi wamatoo wahum fasiqoona
Translation: (އޭ رسول ﷲ އެވެ!) އެމީހުންގެ ތެރެއިން - (އެބަހީ: އެ منافق ންގެތެރެއިން) މަރުވެއްޖެ އެކެއްގެ މައްޗަށްވެސް ކަލޭގެފާނު (ކަށު) ނަމާދު ނުކުރައްވާށެވެ! އަދި އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި قائم ވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވީއެވެ. އަދި އެމީހުން އެމަރުވީ فاسق ންކަމުގައިވާ حال ގައެވެ.
9:85وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ ﴿85﴾وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ
Transliteration: Wala tuAAjibka amwaluhum waawladuhum innama yureedu Allahu an yuAAaththibahum biha fee alddunya watazhaqa anfusuhum wahum kafiroona
Translation: އަދި އެމީހުންގެ މުދަލާއި ދަރީނުން ކަލޭގެފާނު عجائب ވިޔަނުދެއްވާށެވެ! ﷲ تعالى އެދިވޮޑިގަންނަވާކަން ކަށަވަރީ އެތަކެތީން އެމީހުންނަށް ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުތުމަށެވެ. (މަރުވުމަށެވެ.)
9:86وَإِذَآ أُنزِلَتۡ سُورَةٌ أَنۡ ءَامِنُواْ بِٱللَّهِ وَجَٰهِدُواْ مَعَ رَسُولِهِ ٱسۡتَـٔۡذَنَكَ أُوْلُواْ ٱلطَّوۡلِ مِنۡهُمۡ وَقَالُواْ ذَرۡنَا نَكُن مَّعَ ٱلۡقَٰعِدِينَ ﴿86﴾وَإِذَآ أُنزِلَتۡ سُورَةٌ أَنۡ ءَامِنُواْ بِٱللَّهِ وَجَٰهِدُواْ مَعَ رَسُولِهِ ٱسۡتَـٔۡذَنَكَ أُوْلُواْ ٱلطَّوۡلِ مِنۡهُمۡ وَقَالُواْ ذَرۡنَا نَكُن مَّعَ ٱلۡقَٰعِدِينَ
Transliteration: Waitha onzilat sooratun an aminoo biAllahi wajahidoo maAAa rasoolihi istathanaka oloo alttawli minhum waqaloo tharna nakun maAAa alqaAAideena
Translation: އަދި ﷲ އަށް އީމާންވުމަށާއި އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް (أمر ކުރާ) ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުންގެތެރޭގައިވާ ފައިސާވެރި މުއްސަނދި ފޯރުންތެރިން (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. އަދި އެމީހުން ބުނާނެއެވެ. (ހަނގުރާމައަށް ނުގޮސް) އިށީނދެތިބޭ މީހުނާއެކު ގޭގައިތިބޭ މީހުނާއެކު އަހުރެމެންވެސް ތިބުމަށް ދޫކޮށްލައްވާށެވެ!
9:87رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ﴿87﴾رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ
Transliteration: Radoo bian yakoonoo maAAa alkhawalifi watubiAAa AAala quloobihim fahum la yafqahoona
Translation: (ހަނގުރާމައަށް ނުގޮސް) ފަސްވެފައިތިބޭ މީހުންނާއިއެކު ތިބުމަށް އެމީހުން ރުހުނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ސިއްކަޖެހުނީއެވެ. ފަހެ ދެން އެމީހުނަކަށް ނުވިސްނޭނެއެވެ.
9:88لَٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ جَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ وَأُوْلَـٰٓئِكَ لَهُمُ ٱلۡخَيۡرَٰتُۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿88﴾لَٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ جَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ وَأُوْلَـٰٓئِكَ لَهُمُ ٱلۡخَيۡرَٰتُۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Transliteration: Lakini alrrasoolu waallatheena amanoo maAAahu jahadoo biamwalihim waanfusihim waolaika lahumu alkhayratu waolaika humu almuflihoona
Translation: އެހެނެއްކަމަކު رسول އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުން - އެބޭކަލުންގެ މުދަލާއި ޖާނުން އެބޭކަލުން جهاد ކުރެއްވިއެވެ. ފަހެ އެބޭކަލުންނަށް ހުރީ ހަމަ ހެވެވެ. އަދި އެބޭކަލުން އެއީ ކަނޑައެޅިގެން ކާމިޔާބުވެ ނަސީބު ލިބިގެންވާ ބޭކަލުންނެވެ.
9:89أَعَدَّ ٱللَّهُ لَهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿89﴾أَعَدَّ ٱللَّهُ لَهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: aAAadda Allahu lahum jannatin tajree min tahtiha alanharu khalideena feeha thalika alfawzu alAAatheemu
Translation: ﷲ تعالى އެބޭކަލުންނަށް - އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކެއް - ސުވަރުގެތަކެއް ތައްޔާރު ކުރެއްވިއެވެ. އެތަންތާ އެބޭކަލުން ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
9:90وَجَآءَ ٱلۡمُعَذِّرُونَ مِنَ ٱلۡأَعۡرَابِ لِيُؤۡذَنَ لَهُمۡ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُۥۚ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٞ ﴿90﴾وَجَآءَ ٱلۡمُعَذِّرُونَ مِنَ ٱلۡأَعۡرَابِ لِيُؤۡذَنَ لَهُمۡ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُۥۚ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٞ
Transliteration: Wajaa almuAAaththiroona mina alaAArabi liyuthana lahum waqaAAada allatheena kathaboo Allaha warasoolahu sayuseebu allatheena kafaroo minhum AAathabun aleemun
Translation: ދުރުރަށްރަށުގައި - އެބަހީ بَادِيِة ގައި އުޅޭ މީހުން يعني: أعراب ން (އެމީހުން ހަނގުރާމައަށް ނުގޮސްތިބުމަށް) އެމީހުންނަށް އެކަލޭގެފާނު - އެބަހީ رسول ﷲ ﷺ އިޒުނަދެއްވައިތޯ عذر ތައް ދައްކާމީހުންގަނޑު އަތުވެއްޖެއެވެ. (އެއީ تَبُوك ހަނގުރާމައަށް ނުދާންވެގެންނެވެ.) އަދި ﷲ އާއި رسول އާ ދޮގުކުރިމީހުން - يعني: ﷲ އާއި އެކަލާނގެ رسول އާ އަށް ދޮގުހެދިމީހުން (ދޮގު عذر ދެއްކި މީހުން) ދަންނައެވެ! އެމީހުން ހަނގުރާމައަށް ނުގޮސްތިބީއެވެ. އެމީހުންގެތެރެއިން ކާފަރުވެއްޖެ މީހުންނަށް ނިކަންހުރެ ވޭންދެނިވި عذاب އެއް ޖެހޭހުއްޓެވެ.
9:91لَّيۡسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلۡمَرۡضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِۦۚ مَا عَلَى ٱلۡمُحۡسِنِينَ مِن سَبِيلٖۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴿91﴾لَّيۡسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلۡمَرۡضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِۦۚ مَا عَلَى ٱلۡمُحۡسِنِينَ مِن سَبِيلٖۚ وَٱللَّهُ غَفُورٞ رَّحِيمٞ
Transliteration: Laysa AAala aldduAAafai wala AAala almarda wala AAala allatheena la yajidoona ma yunfiqoona harajun itha nasahoo lillahi warasoolihi ma AAala almuhsineena min sabeelin waAllahu ghafoorun raheemun
Translation: ضَعِيْفُ ންގެ މައްޗަކަށް ނުވެއެވެ. އެބަހީ: ބަލިކަށި ވަރުދެރަމީހުންގެމައްޗަކަށް ކުށެއްނެތެވެ. އަދި ބަލިމީހުންގެ މައްޗަކަށްވިޔަސް އަދި ތިމާމެން خرد ކުރާނޭ އެއްޗެއް ނުލިބުނު މީހުންގެ މައްޗަށްވިޔަސް އެމީހުން ﷲ އާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ (ހަނގުރާމައަށް ނުދިއުމަކުން) އެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ عذر ވެރިންނެވެ. ﷲ އަށާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ إحسان ތެރިންނަށް عقوبة ދެއްވުމުގެ އެއްވެސް މަގެއް ނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:92وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَآ أَجِدُ مَآ أَحۡمِلُكُمۡ عَلَيۡهِ تَوَلَّواْ وَّأَعۡيُنُهُمۡ تَفِيضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا يَجِدُواْ مَا يُنفِقُونَ ﴿92﴾وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَآ أَجِدُ مَآ أَحۡمِلُكُمۡ عَلَيۡهِ تَوَلَّواْ وَّأَعۡيُنُهُمۡ تَفِيضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا يَجِدُواْ مَا يُنفِقُونَ
Transliteration: Wala AAala allatheena itha ma atawka litahmilahum qulta la ajidu ma ahmilukum AAalayhi tawallaw waaAAyunuhum tafeedu mina alddamAAi hazanan alla yajidoo ma yunfiqoona
Translation: އަދި އެބަޔަކު (އަރައިގެންދާނޭ ސަވާރިއެއް ނެތިގެން) ކަލޭގެފާނުންގެ އަރިހަށް އައިސް އެމީހުން އުފުލައިދެއްވާ (ގެންގޮސްދެއްވުމަށް) އެދި ދެންނެވީމާ، ކަލޭމެން އުފުލައިގެން ގެންގޮސްދޭނޭ ސަވާރީއެއް ތިމަންކަލޭގެފާނުންގެ އަރިހުގައި ނެތޭ ވިދާޅުވުމުން އެމީހުން ހޭދަކުރާނޭ އެއްޗެއް ނެތިގެން އެކަމާ ހިތާމައިން އަނބުރާ ދިޔައިރު އެމީހުންގެ ލޯތަކުން ކަރުނަ އޮހޮރޭ حال ދިޔަމީހުންގެ މައްޗަކަށްވެސް ކުށެއްނެތެވެ. (އެއީވެސް عذر ވެރިބައެކެވެ.)
9:93إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسۡتَـٔۡذِنُونَكَ وَهُمۡ أَغۡنِيَآءُۚ رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَعۡلَمُونَ ﴿93﴾۞إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسۡتَـٔۡذِنُونَكَ وَهُمۡ أَغۡنِيَآءُۚ رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَعۡلَمُونَ
Transliteration: Innama alssabeelu AAala allatheena yastathinoonaka wahum aghniyao radoo bian yakoonoo maAAa alkhawalifi watabaAAa Allahu AAala quloobihim fahum la yaAAlamoona
Translation: ކުށްވެރިވެ عقوبة ލިބޭނެމަގެއް އޮތްކަން ކަށަވަރުވާ ބަޔަކީ އެބަޔަކު ފޯރުންތެރި މުއްސަނދިންކަމުގައިވާ حال (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭމީހުންނެވެ. (އަދި އެކިއެކި عذر އާއިހުރެ) ހަނގުރާމައަށް ނުގޮސްތިބި މީހުންނާއިއެކު ތިބުމަށް އެބައިގައިވުމަށް އެމީހުން ރުހުނުމީހުންނެވެ. އަދި ﷲ تعالى އެމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފިއެވެ. (އެއީ އެމީހުންގެ ފާފައިގެ ސަބަބުންނެވެ. ފަހެ އެމީހުންނަކަށް (އެކަމުގައި ހުރި ފާފަޔާއި ގެއްލުމެއް) ނޭނގެއެވެ.
9:94يَعۡتَذِرُونَ إِلَيۡكُمۡ إِذَا رَجَعۡتُمۡ إِلَيۡهِمۡۚ قُل لَّا تَعۡتَذِرُواْ لَن نُّؤۡمِنَ لَكُمۡ قَدۡ نَبَّأَنَا ٱللَّهُ مِنۡ أَخۡبَارِكُمۡۚ وَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿94﴾يَعۡتَذِرُونَ إِلَيۡكُمۡ إِذَا رَجَعۡتُمۡ إِلَيۡهِمۡۚ قُل لَّا تَعۡتَذِرُواْ لَن نُّؤۡمِنَ لَكُمۡ قَدۡ نَبَّأَنَا ٱللَّهُ مِنۡ أَخۡبَارِكُمۡۚ وَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
Transliteration: YaAAtathiroona ilaykum itha rajaAAtum ilayhim qul la taAAtathiroo lan numina lakum qad nabbaana Allahu min akhbarikum wasayara Allahu AAamalakum warasooluhu thumma turaddoona ila AAalimi alghaybi waalshshahadati fayunabbiokum bima kuntum taAAmaloona
Translation: (އޭ مؤمن ންނޭވެ!) ކަލޭމެން ހަނގުރާމައިން ނިމިގެން އެ منافق ންގެ ގާތަށް (ރަށަށް) އަތުވެއްޖެއްޔާ އެމީހުން ކަލޭމެންގެ ކައިރިޔަށް އައިސް عذر ދައްކާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން عذر ނުދައްކާށެވެ! އަހުރެމެން ކަލޭމެންގެ ބަހެއް قبول އެއް ނުކުރާނަމެވެ. ހަމަކަށަވަރުން ކަލޭމެންގެ خبر ތައް ﷲ އަހުރެމެންނަށް އަންގަވައިފިއެވެ. އަދި ނިކަންހުރެ ކަލޭމެންގެ عمل ތަކަށް ﷲ އާއި އެކަލާނގެ رسول އާވެސް ބައްލަވާނެއެވެ. (އެއީ ކަލޭމެން توبة ވެގެން ރަނގަޅުވޭތޯ ނުވަތަ نفاق ކަންމަތީ ދެމިތިބެނީތޯ؟ މިގޮތްގޮތް ބައްލަވާނެއެވެ. ދެން (މަރުވުމަށްފަހު) ސިއްރާއި ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ރައްދުކުރެވޭނެއެވެ. ފޮނުވާނެއެވެ. ދެން އެކަލާނގެ ކަލޭމެން ކުރާކަމުގައިވީކަންތައްތަކުގެ خبر ކަލޭމެނަށް އަންގަވާނެއެވެ. (އަދި އޭގެ ފުރިހަމަ ޖަޒާވެސް ދެއްވާނެއެވެ.)
9:95سَيَحۡلِفُونَ بِٱللَّهِ لَكُمۡ إِذَا ٱنقَلَبۡتُمۡ إِلَيۡهِمۡ لِتُعۡرِضُواْ عَنۡهُمۡۖ فَأَعۡرِضُواْ عَنۡهُمۡۖ إِنَّهُمۡ رِجۡسٞۖ وَمَأۡوَىٰهُمۡ جَهَنَّمُ جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ ﴿95﴾سَيَحۡلِفُونَ بِٱللَّهِ لَكُمۡ إِذَا ٱنقَلَبۡتُمۡ إِلَيۡهِمۡ لِتُعۡرِضُواْ عَنۡهُمۡۖ فَأَعۡرِضُواْ عَنۡهُمۡۖ إِنَّهُمۡ رِجۡسٞۖ وَمَأۡوَىٰهُمۡ جَهَنَّمُ جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ
Transliteration: Sayahlifoona biAllahi lakum itha inqalabtum ilayhim lituAAridoo AAanhum faaAAridoo AAanhum innahum rijsun wamawahum jahannamu jazaan bima kanoo yaksiboona
Translation: ކަލޭމެން (مؤمن ން ހަނގުރާމަ ނިމިގެން) އެ منافق ންގެ ގާތަށް އާދެވިއްޖެއްޔާ ކަލޭމެނަށްޓަކައި އެމީހުން ﷲ ގަންދީ ހުވައިކުރާނެއެވެ. (އެއީ ދޮގު އަދި باطل عذر ތައް ދައްކާފައެވެ. އެއީ ކަލޭމެން مؤمن ން އެމީހުންނާ ނުބެހި އެމީހުންނަށް ހުތުރުއެއްޗެތި ނުކިއުމަށެވެ. އެމީހުންގެ ކިބައިން ދުރުވެގަތުމަށެވެ. ފަހެ ކަލޭމެން (مؤمن ން) އެމީހުން (އެތިބިގޮތުގެ މައްޗަށް) އެމީހުނާ ނުބެހި ދޫކޮށްލާށެވެ! ހަމަކަށަވަރުން އެމީހުންނަކީ ނަޖިހެވެ. އެމީހުންގެ އެންމެހައި عمل އަކީ ހުތުރު އަދި باطل عمل އެވެ. (އަދި قيامة ދުވަހުން) އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކުގެ ޖަޒާއެއްގެގޮތުންނެވެ. (ހޯދައިގަތް ފާފައިގެ ސަބަބުންނެވެ.)
9:96يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ ﴿96﴾يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ
Transliteration: Yahlifoona lakum litardaw AAanhum fain tardaw AAanhum fainna Allaha la yarda AAani alqawmi alfasiqeena
Translation: އެމީހުން ކަލޭމެނަށް ހުވައިކުރާނެއެވެ. އެއީ އެމީހުންގެ باطل އަދި ދޮގު عذر (ތައް ތެދުކުރުވުމަށެވެ.) އެމީހުންގެ އެކަމުގެ مقصد އަކީ އެމީހުންދެކެ ކަލޭމެން ރުހުމެވެ. ފަހެ ކަލޭމެން އެމީހުންދެކެ ރުހުނަސް فاسق ބަޔަކަށް ﷲ ރުހިވޮޑިނުގަންނަވައެވެ. (އެއީ قاسق ބައެކެވެ.)
9:97ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿97﴾ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
Transliteration: AlaAArabu ashaddu kufran wanifaqan waajdaru alla yaAAlamoo hudooda ma anzala Allahu AAala rasoolihi waAllahu AAaleemun hakeemun
Translation: (މަދީނާއާއި) ދުރު ރަށްރަށުގައި އުޅޭ عربى ން ކާފަރުކަމާއި منافق ކަން މާގަދައެވެ. އަދި ﷲ تعالى އެކަލާނގެ رسول އާގެމައްޗަށް ބާވައިލެއްވިތަކެތީގެ حدّ ތައް - އެބަހީ: حكم ތަކާއި سنّة ތައް ނޭނގުންވެސް މާއެކަށީގެންވުން ބޮޑެވެ. (އެއީ: وحي ބާވައިލެއްވުނު ހިސާބާއި އެމީހުން އުޅޭ ހިސާބާއި ދުރުވުމުގެ ސަބަބުންނެވެ.) އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
9:98وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ ﴿98﴾وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ
Transliteration: Wamina alaAArabi man yattakhithu ma yunfiqu maghraman wayatarabbasu bikumu alddawaira AAalayhim dairatu alssawi waAllahu sameeAAun AAaleemun
Translation: އަދި أعرابى ންގެތެރޭގައި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭ ތަކެތި އެއީ ނެގެވޭ ޓެކުހެއްކަމަށާއި ގެއްލުމެއްކަމަށް ހިމަނާ މީހުންވެއެވެ. އެގޮތަށް ދެކޭ މީހުންވެއެވެ. އަދި ކަލޭމެން مؤمن ންނާއިމެދު ނުބައިގޮތްތަކާއި مصيبة ތައް ދިމާވުމަށް އެދި އެކަމަށް إنتظار ކޮށްކޮށް ތިބޭމީހުންވެއެވެ. ނުބައި ގޮތްތަކާއި مصيبة ތައްހުރީ ހަމައެމީހުންގެ މައްޗަށެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
9:99وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴿99﴾وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
Transliteration: Wamina alaAArabi man yuminu biAllahi waalyawmi alakhiri wayattakhithu ma yunfiqu qurubatin AAinda Allahi wasalawati alrrasooli ala innaha qurbatun lahum sayudkhiluhumu Allahu fee rahmatihi inna Allaha ghafoorun raheemun
Translation: އަދި أعرابى ންގެތެރޭގައި ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުންވެއެވެ. އަދި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭތަކެތި - އެމީހުން އެކަމަށް ކުރާ ހޭދަ އެއީ ﷲ ގެ حضرة އަށްވާ ކުއްތަންވުންތަކެއްކަމުގައި ހިމަނާ މީހުން - އެގޮތަށް ދެކޭމީހުންވެއެވެ. އަދި رسول ﷲ (ﷺ) ގެ دعاء ފުޅާއި އަދި އޭނާގެ ފާފަފުއްސެވުމަށް އެދިވަޑައިގެންނެވުމެއް ކަމުގައިދެކެއެވެ. ކަލޭމެން ދަންނާށެވެ! އެއީ ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ންވާ ކުށްތަންވުމެކެވެ. ނިކަންހުރެ ﷲ تعالى އެމީހުން އެކަލާނގެ رحمة ގެތެރެއަށް ވައްދަވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:100وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿100﴾وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: Waalssabiqoona alawwaloona mina almuhajireena waalansari waallatheena ittabaAAoohum biihsanin radiya Allahu AAanhum waradoo AAanhu waaAAadda lahum jannatin tajree tahtaha alanharu khalideena feeha abadan thalika alfawzu alAAatheemu
Translation: مهاجرىّ ބޭކަލުންނާއި أنصارىّ ބޭކަލުންކުރެ (إسلام دين އާއި إيمان ކަމަށް) އިސްވެގަތް ބޭބޭކަލުންނާއި އަދި ރަނގަޅު ހެޔޮ إحسان ތެރިގޮތުގައި އެބޭކަލުންނާއި تبع ވީމީހުންނަށް ﷲ ރުއްސުންލައްވައިފިއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ރުހިގެންވެއެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެއް އެބަހީ ސުވަރުގެތަކެއް އެކަލާނގެ އެބޭކަލުންނަށް ތައްޔާރުކުރެއްވިއެވެ. އެބޭކަލުން އެތާނގައި ދާއިމީގޮތެއްގައި ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
9:101وَمِمَّنۡ حَوۡلَكُم مِّنَ ٱلۡأَعۡرَابِ مُنَٰفِقُونَۖ وَمِنۡ أَهۡلِ ٱلۡمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لَا تَعۡلَمُهُمۡۖ نَحۡنُ نَعۡلَمُهُمۡۚ سَنُعَذِّبُهُم مَّرَّتَيۡنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٖ ﴿101﴾وَمِمَّنۡ حَوۡلَكُم مِّنَ ٱلۡأَعۡرَابِ مُنَٰفِقُونَۖ وَمِنۡ أَهۡلِ ٱلۡمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لَا تَعۡلَمُهُمۡۖ نَحۡنُ نَعۡلَمُهُمۡۚ سَنُعَذِّبُهُم مَّرَّتَيۡنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٖ
Transliteration: Wamimman hawlakum mina alaAArabi munafiqoona wamin ahli almadeenati maradoo AAala alnnifaqi la taAAlamuhum nahnu naAAlamuhum sanuAAaththibuhum marratayni thumma yuraddoona ila AAathabin AAatheemin
Translation: (އޭ مؤمن ންނޭވެ!) ކަލޭމެންގެ ވަށަވަށައިގެންވާ ދުރު ރަށްރަށުގައި ދިރިއުޅޭ أعراب ންގެތެރޭގައި منافق ންވެއެވެ. އަދި مدينة ގެ أهل ވެރިންގެތެރޭގައިވެސް منافق ންވެއެވެ. އެމީސްމީހުން منافق ކަންމަތީ ثابت ވެ ދެމިތިބެއެވެ. އެމީހުންނަކީ ކޮންބައެއްކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ. ތިމަންރަސްކަލާނގެ އެމީހުން ދެނެވޮޑިގަންނަވަމެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ދެފަހަރަށް عذاب ދެއްވާހުށީމެވެ. (ބުނެވެނީ އެއީ އެއްފަހަރު ދުނިޔޭގައި އަނެއްފަހަރު ކަށްވަޅުގައިކަމަށެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) ދެން އަދި ބޮޑުވެގެންވާ عذاب އަށް - (ނަރަކައިގެ عذاب އަށް) އެމީހުން ފޮނުވޭހުއްޓެވެ.
9:102وَءَاخَرُونَ ٱعۡتَرَفُواْ بِذُنُوبِهِمۡ خَلَطُواْ عَمَلٗا صَٰلِحٗا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿102﴾وَءَاخَرُونَ ٱعۡتَرَفُواْ بِذُنُوبِهِمۡ خَلَطُواْ عَمَلٗا صَٰلِحٗا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ
Transliteration: Waakharoona iAAtarafoo bithunoobihim khalatoo AAamalan salihan waakhara sayyian AAasa Allahu an yatooba AAalayhim inna Allaha ghafoorun raheemun
Translation: އަނެއްބަޔަކީ - އެބަހީ: ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ އަނެއްބަޔަކީ - އެމީހުން އެމީހުންގެ ފާފަތަކަށް إعتراف ވީމީހުންނެވެ. އެމީހުން صالح عمل އާއި އަދި ނުބައި عمل އެއްކޮށް މައްސުނި ކުރީއެވެ. (އެމީހުންގެ صالح عمل އެއްކަމުގައި ބެލެވެނީ އެމީހުން ކުށަށް إعتراف ވުމާއި توبة ވުމެވެ. އަދި ނުބައި عمل އެއްކަމުގައި ބެލެވެނީ رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ތިބުމާއި ހަނގުރާމައިގައި ބައިވެރި ނުވުމެވެ.) ﷲ އެމީހުންނަށް توبة ލެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:103خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿103﴾خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ
Transliteration: Khuth min amwalihim sadaqatan tutahhiruhum watuzakkeehim biha wasalli AAalayhim inna salataka sakanun lahum waAllahu sameeAAun AAaleemun
Translation: (އޭ رسول ﷲ އެވެ!) އެމީހުންގެ މުދަލުން - އެބަހީ: ކުށަށް إعتراف ވީ މީހުންގެ މުދަލުން ކަލޭގެފާނު صدقة އެއް ނަންގަވާށެވެ! އެއީ އެމީހުން طاهر ކޮށް ސާފުކުރެއްވުމަށެވެ. އަދި ކަލޭގެފާނު އެމީހުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން دعاءފުޅު ކޮށްދެއްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުންގެ دعاء ފުޅު އެއީ އެމީހުންނަށްވާ ހަމަޖެހުމެކެވެ. (އެއީ ﷲ އެމީހުންނަށް عفو ކުރެއްވުމުގެ މައްޗަށް دليل ކުރާނެކަމެކެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
9:104أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ هُوَ يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَأۡخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴿104﴾أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ هُوَ يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَأۡخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
Transliteration: Alam yaAAlamoo anna Allaha huwa yaqbalu alttawbata AAan AAibadihi wayakhuthu alssadaqati waanna Allaha huwa alttawwabu alrraheemu
Translation: ﷲ އެއީ އެކަލާނގެ އަޅުތަކުންގެ توبة قبول ކުރައްވާ އަދި صدقة ނަންގަވާ ކަލާނގެކަން އެމީހުންނަށް ނޭނގޭބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އެއީ ކަނޑައެޅިގެން توبة ލެއްވުން ގިނަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:105وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿105﴾وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
Transliteration: Waquli iAAmaloo fasayara Allahu AAamalakum warasooluhu waalmuminoona wasaturaddoona ila AAalimi alghaybi waalshshahadati fayunabbiokum bima kuntum taAAmaloona
Translation: (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެން عمل ކުރާށެވެ! ނިކަންހުރެ ﷲ ކަލޭމެންގެ عمل ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެއެވެ. އަދި مؤمن ންވެސް ދެކޭނެއެވެ. އަދި غيب ގައިވާ ކަންތަކާއި ފައުޅުގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ކަލޭމެން ރައްދުކުރެވޭނެއެވެ. ދެންފަހެ ކަލޭމެންކުރާ ކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް އަންގަވާނެއެވެ.
9:106وَءَاخَرُونَ مُرۡجَوۡنَ لِأَمۡرِ ٱللَّهِ إِمَّا يُعَذِّبُهُمۡ وَإِمَّا يَتُوبُ عَلَيۡهِمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿106﴾وَءَاخَرُونَ مُرۡجَوۡنَ لِأَمۡرِ ٱللَّهِ إِمَّا يُعَذِّبُهُمۡ وَإِمَّا يَتُوبُ عَلَيۡهِمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ
Transliteration: Waakharoona murjawna liamri Allahi imma yuAAaththibuhum waimma yatoobu AAalayhim waAllahu AAaleemun hakeemun
Translation: (تبوك ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ) އަނެއްބަޔަކު ދަންނައެވެ! ﷲ ގެ أمر ފުޅު އަންނާންދެން އެމީހުންގެ ކަންތައް ފަސްކުރެވިގެންވެއެވެ. އެހެންޏާ އެކަލާނގެ އެމީހުންނަށް عذاب ދެއްވުމެވެ. އެހެންޏާ އެކަލާނގެ އެމީހުންގެ މައްޗަށް توبة ލެއްވުމެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
9:107وَٱلَّذِينَ ٱتَّخَذُواْ مَسۡجِدٗا ضِرَارٗا وَكُفۡرٗا وَتَفۡرِيقَۢا بَيۡنَ ٱلۡمُؤۡمِنِينَ وَإِرۡصَادٗا لِّمَنۡ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبۡلُۚ وَلَيَحۡلِفُنَّ إِنۡ أَرَدۡنَآ إِلَّا ٱلۡحُسۡنَىٰۖ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ ﴿107﴾وَٱلَّذِينَ ٱتَّخَذُواْ مَسۡجِدٗا ضِرَارٗا وَكُفۡرٗا وَتَفۡرِيقَۢا بَيۡنَ ٱلۡمُؤۡمِنِينَ وَإِرۡصَادٗا لِّمَنۡ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبۡلُۚ وَلَيَحۡلِفُنَّ إِنۡ أَرَدۡنَآ إِلَّا ٱلۡحُسۡنَىٰۖ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ
Transliteration: Waallatheena ittakhathoo masjidan diraran wakufran watafreeqan bayna almumineena wairsadan liman haraba Allaha warasoolahu min qablu walayahlifunna in aradna illa alhusna waAllahu yashhadu innahum lakathiboona
Translation: އަދި (مؤمن ންނަށް) އުނދަގޫކޮށް ދަތިކުރުމަށާއި ކާފަރުވުމަށާއި مؤمن ންގެ ދެމެދު ވަކިކޮށް ބައިބައިކުރުމަށާއި އަދި މީގެކުރިން ﷲ އަށާއި އެކަލާނގެ رسول އާ އާއި ހަނގުރާމަ ކުރިމީހަކު އައުމުގެ إنتظار ގައި މިސްކިތެއް ބިނާކޮށް ހެދިމީހުންނަކީވެސް منافق ންކުރެ ބައެކެވެ. އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. އަހުރެމެން މިކަމުގައި ހަމަ ހެޔޮނޫނީ ނޭދެމެވެ. އަދި އެހެނެއްކަމަކު އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މި منافق ން މިބުނާ މިސްކިތެއް ހެދީ أَبُوعَامِرُ الرَّاهِب ކިޔާ މީހެއްގެ أمر އަށެވެ. އެއީ ﷲ އާއި رسول އާއި ދިމާ އިދިކޮޅު މީހެކެވެ. އޭނާ އެމީހުންނަށް ބުނީ ކަލޭމެން މިސްކިތް އަޅާ ތައްޔާރުކުރާށެވެ! އަހުރެން رُوم ކަރައިގެ قَيْصَرُ ކައިރިޔަށްގޮސް ސިފައިންނާއި ހަތިޔާރު ހިފައިގެން އައިސް محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން ނެރެލާނަމެވެ. އެމީހުން އޭނާގެ ބަސް އަހައި މިސްކިތެއް އެޅީއެވެ. އެމީހުން އެކަން ކުރިއިރު ބޭރުފުށަށް ދައްކަނީ فقير ން ތިބޭށާއި މުސާފިރުން ރޭކޮށްލާށާއި މީހުންނަށް އެހީވާން ހެދި ތަނެއްކަމުގައެވެ. (އެމިސްކިތް މަޝްހޫރުވެގެންވަނީ ضِرَارُ މިސްކިތުގެ ނަމުންނެވެ.) ނަމަވެސް އެމީހުން އެ إنتظار ކުރަނީ أبوعامر އައުމަށެވެ. ދެން މިސްކިތްއަޅާ ނިމުމުން - މިސްކިތް ހުޅުވުމަށް رسول ﷲ ﷺ އަށް އެމީހުން ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މިހާރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވަނީކަމަށެވެ. ހަނގުރާމައިން އައިސް ތިޔަކަމާއި އުޅުއްވާނެކަމަށެވެ. ދެންފަހެ ހަނގުރާމައިން ނިމިވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވުމުގެ ކުރިން ﷲ تعالى އެމިސްކިތުގެ ހުރިހާ خبر ތަކެއް އެކަލޭގެފާނަށް އަންގަވައި ދުވަހަކުވެސް އެތާ قائم ވެވަޑައިނުގެންނެވުމަށް وحي ކުރެއްވިއެވެ. ދެން رسول ﷲ ﷺ ބަޔަކު ފޮނުއްވައި އެމިސްކިތް ހަލާކު ކުރައްވާ ނިންމައިލީއެވެ. އެކަމަށް إشارة ކުރައްވާ ﷲ وحي ކުރެއްވި ބަސްފުޅުގެތަރުޖަމާ މިވަނީއެވެ. = زيدة التفسير =
9:108لَا تَقُمۡ فِيهِ أَبَدٗاۚ لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ أَحَقُّ أَن تَقُومَ فِيهِۚ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ ﴿108﴾لَا تَقُمۡ فِيهِ أَبَدٗاۚ لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ أَحَقُّ أَن تَقُومَ فِيهِۚ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ
Transliteration: La taqum feehi abadan lamasjidun ossisa AAala alttaqwa min awwali yawmin ahaqqu an taqooma feehi feehi rijalun yuhibboona an yatatahharoo waAllahu yuhibbu almuttahhireena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމިސްކިތުގައި ދުވަހަކުވެސް قائم ވެވަޑައިނުގަންނަވާށެވެ! (އެތާ އަޅުކަން ނުކުރައްވާށެވެ!) އެންމެފުރަތަމަ ދުވަހުވެސް تقوى ގެމައްޗަށް ބިންގާ އެޅުނު މިސްކިތުގައި ކަލޭގެފާނު قائم ވެވަޑައިގެންނެވުން މާ حقّ ކަންބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުން އެމިސްކިތުގައި ވެއެވެ. އަދި طاهر ވާމީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މިބަޔާންކުރާ މިސްކިތަކީ مدينة ގެ قُبَاء މިސްކިތްކަމާއި المَسْجِدُ النَّبَوِى ކަމާއި މިކަމުގައި مفسّر ންގެ ބަސް ތަފާތުވެގެންވެއެވެ. ގިނަބޭކަލުން ބުރަވެލައްވަނީ އެއީ مسجد النّبوى ކަމަށެވެ. والله أعلم بالصّواب.
9:109أَفَمَنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ تَقۡوَىٰ مِنَ ٱللَّهِ وَرِضۡوَٰنٍ خَيۡرٌ أَم مَّنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٖ فَٱنۡهَارَ بِهِۦ فِي نَارِ جَهَنَّمَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿109﴾أَفَمَنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ تَقۡوَىٰ مِنَ ٱللَّهِ وَرِضۡوَٰنٍ خَيۡرٌ أَم مَّنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٖ فَٱنۡهَارَ بِهِۦ فِي نَارِ جَهَنَّمَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
Transliteration: Afaman assasa bunyanahu AAala taqwa mina Allahi waridwanin khayrun am man assasa bunyanahu AAala shafa jurufin harin fainhara bihi fee nari jahannama waAllahu la yahdee alqawma alththalimeena
Translation: އަޅެފަހެ ހެޔޮވެގެންވަނީ ﷲ ގެ حضرة ންވާ تقوى ވެރިކަމާއި އެކަލާނގެ ރުހިވޮޑިގަތުމުގެ މައްޗަށް - އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މައްޗަށް އެމީހާގެ ބިނާގެ ބިންގާ އެޅިމީހާ ހެއްޔެވެ؟ ނުވަތަ އެމީހާގެ ބިނާގެ ބިންގާ ފެންދެމޭ ވާދީއެއްގެ އެއްފަރާތު ތުންފަތްމަތީގައި ބިންގާއެޅި މީހާހެއްޔެވެ؟ ދެން އެމީހާއާއިގެން އެބިނާ ނަރަކައިގެ އަލިފާނުގެތެރެއަށް ވެއްޓިގެން ދިޔައީއެވެ. އަދި އަނިޔާވެރިންނަށް ﷲ تعالى ތެދުމަގު ނުދައްކަވާހުއްޓެވެ. (މިއާޔަތުން މި بيان ކޮށްދެއްވަނީ ﷲ ގެ ކިޔަމަނުގައި عمل ކުރިމީހާގެ عمل ގެ މިސާލާއި އެކަލާނގެއަށް އުރެދުމާއި މަގުފުރެދުމުގެ ތެރޭގައި عمل ކުރިމީހާގެ عمل އާ ދެމީހުންގެ عمل ގެ މިސާލެވެ. مسجد النّبوى އަކީ ﷲ އަށް طاعة އާއި ކިޔަމަނުގެ މަތީގައި ބިންގާއެޅެވުނު މިސްކިތެކެވެ. منافق ން ހެދި ضِرَارُ މިސްކިތަކީ އުރެދުމާއި މަގުފުރެދުމުގެ މައްޗަށް ބިންގާ އެޅެވުނު މިސްކިތެކެވެ.
9:110لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴿110﴾لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ
Transliteration: La yazalu bunyanuhumu allathee banaw reebatan fee quloobihim illa an taqattaAAa quloobuhum waAllahu AAaleemun hakeemun
Translation: އެމީހުންގެ ހިތްތަކުގައި ޝައްކާއި وهم އުފެއްދި ބިނާ (އެމިސްކިތް) އެމީހުންގެ ހިތްތައް ކުދިކުދިވުމުން ފިލައިނުދެއެވެ. (ކުދިކުދިވުން މެނުވީ ނުވެއެވެ.) އަދި ﷲ އީ (އެ منافق ން އެތިބިގޮތް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި حكمة ވަންތަ ކަލާނގެއެވެ.
9:111إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَيَقۡتُلُونَ وَيُقۡتَلُونَۖ وَعۡدًا عَلَيۡهِ حَقّٗا فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ وَٱلۡقُرۡءَانِۚ وَمَنۡ أَوۡفَىٰ بِعَهۡدِهِۦ مِنَ ٱللَّهِۚ فَٱسۡتَبۡشِرُواْ بِبَيۡعِكُمُ ٱلَّذِي بَايَعۡتُم بِهِۦۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿111﴾۞إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَيَقۡتُلُونَ وَيُقۡتَلُونَۖ وَعۡدًا عَلَيۡهِ حَقّٗا فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ وَٱلۡقُرۡءَانِۚ وَمَنۡ أَوۡفَىٰ بِعَهۡدِهِۦ مِنَ ٱللَّهِۚ فَٱسۡتَبۡشِرُواْ بِبَيۡعِكُمُ ٱلَّذِي بَايَعۡتُم بِهِۦۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Transliteration: Inna Allaha ishtara mina almumineena anfusahum waamwalahum bianna lahumu aljannata yuqatiloona fee sabeeli Allahi fayaqtuloona wayuqtaloona waAAdan AAalayhi haqqan fee alttawrati waalinjeeli waalqurani waman awfa biAAahdihi mina Allahi faistabshiroo bibayAAikumu allathee bayaAAtum bihi wathalika huwa alfawzu alAAatheemu
Translation: ހަމަކަށަވަރުން مؤمن ންގެއަތުން އެބައިމީހުންގެ މުދާތަކާއި އެމީހުންގެ نفس ތައް އެމީހުންނަށް ސުވަރުގެދެއްވާފައި ﷲ تعالى ބައްލަވައިގަނެފިއެވެ. (ގަނެފިއެވެ.) އެއީ ﷲ تعالى ގެ މަގުގައި އެމީހުން ހަނގުރާމަކޮށް دين ގެ عداوة ތެރިން މަރައި އަދި އެމީހުންވެސް شهيد ވެދިއުމަށެވެ. އެއީ توراة އާއި إنجيل އާއި އަދި قرآن ގައި بيان ކުރައްވާފައިވާ އެކަލާނގެ حقّ وَعد ފުޅެކެވެ. އަދި ﷲ ގެ حضرة ން އެމީހަކަށްވާ عَهْدُ ފުއްދައިފިމީހާ (ފަހެ އެފަދަމީހަކަށްވުރެ ތެދުވެރި ރަނގަޅު މީހަކު ނުވެއެވެ.) (އޭ مؤمن ންނޭވެ!) ފަހެ ކަލޭމެން އެވިޔަފާރިއަކުން ކަލޭމެން ކުރި ވިޔަފާރިއަށް އުފާކުރާށެވެ! (އެބަހީ: ﷲ ގެ މަގުގައި ކަލޭމެންގެ މުދަލާއި ޖާނުން ޖިހާދުކުރި މީހުން އޭގެބަދަލުގައި ސުވަރުގެ ލިބުމަކީ ނަފާހުރި ވިޔަފާރިއެކެވެ. އެކަމާމެދު އުފާކުރާށެވެ!) އަދި ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
9:112ٱلتَّـٰٓئِبُونَ ٱلۡعَٰبِدُونَ ٱلۡحَٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّـٰكِعُونَ ٱلسَّـٰجِدُونَ ٱلۡأٓمِرُونَ بِٱلۡمَعۡرُوفِ وَٱلنَّاهُونَ عَنِ ٱلۡمُنكَرِ وَٱلۡحَٰفِظُونَ لِحُدُودِ ٱللَّهِۗ وَبَشِّرِ ٱلۡمُؤۡمِنِينَ ﴿112﴾ٱلتَّـٰٓئِبُونَ ٱلۡعَٰبِدُونَ ٱلۡحَٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّـٰكِعُونَ ٱلسَّـٰجِدُونَ ٱلۡأٓمِرُونَ بِٱلۡمَعۡرُوفِ وَٱلنَّاهُونَ عَنِ ٱلۡمُنكَرِ وَٱلۡحَٰفِظُونَ لِحُدُودِ ٱللَّهِۗ وَبَشِّرِ ٱلۡمُؤۡمِنِينَ
Transliteration: Alttaiboona alAAabidoona alhamidoona alssaihoona alrrakiAAoona alssajidoona alamiroona bialmaAAroofi waalnnahoona AAani almunkari waalhafithoona lihudoodi Allahi wabashshiri almumineena
Translation: އެމީހުންނަކީ އެއީ توبة ވާމީހުންނެވެ. އަޅުވެރިންނެވެ. حمد ކުރާ މީހުންނެވެ. ރޯދަވެރިންނެވެ. ركوع ކުރާމީހުންނެވެ. سجدة ކުރާ މީހުންނެވެ. ހެޔޮކަންތަކަށް އަމުރުކުރާމީހުންނެވެ. منكراة ނަހީކުރާ މީހުންނެވެ. އަދި ﷲ ގެ حَدُّ ތަކަށް ރައްކާތެރިވާ - އެ حدّ ތައް قائم ކުރާ މީހުންނެވެ. އަދި مؤمن ންނަށް - ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
9:113مَا كَانَ لِلنَّبِيِّ وَٱلَّذِينَ ءَامَنُوٓاْ أَن يَسۡتَغۡفِرُواْ لِلۡمُشۡرِكِينَ وَلَوۡ كَانُوٓاْ أُوْلِي قُرۡبَىٰ مِنۢ بَعۡدِ مَا تَبَيَّنَ لَهُمۡ أَنَّهُمۡ أَصۡحَٰبُ ٱلۡجَحِيمِ ﴿113﴾مَا كَانَ لِلنَّبِيِّ وَٱلَّذِينَ ءَامَنُوٓاْ أَن يَسۡتَغۡفِرُواْ لِلۡمُشۡرِكِينَ وَلَوۡ كَانُوٓاْ أُوْلِي قُرۡبَىٰ مِنۢ بَعۡدِ مَا تَبَيَّنَ لَهُمۡ أَنَّهُمۡ أَصۡحَٰبُ ٱلۡجَحِيمِ
Transliteration: Ma kana lilnnabiyyi waallatheena amanoo an yastaghfiroo lilmushrikeena walaw kanoo olee qurba min baAAdi ma tabayyana lahum annahum ashabu aljaheemi
Translation: نبي އާއަށްވިޔަސް އަދި އީމާންވެގެންވާ މީހުންނަށް ވިޔަސް مشرك ންގެ ފާފަފުއްސެވުމަށް އެދި دعاء ކުރެއްވުން އެއީ އެކަށީގެންވާކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. އެމީހުންނީ ތިމާމެންގެ ކިތަންމެ ގާތްބަޔަކުކަމުގައިވިޔަސް އެމީހުންނީ ނަރަކައިގެ އެކުވެރިންކަމުގައި ރަނގަޅަށް بيان ވެ އެނގުމަށްފަހު - އެބަހީ: އެމީހުން އެ شرك ގެމަތީ މަރުވުމަށްފަހު އެމީހުންގެ ފާފަ ފުއްސެވުން އެދި دعاء ކުރުން ހުއްދަވެގެން ނުވެއެވެ.
9:114وَمَا كَانَ ٱسۡتِغۡفَارُ إِبۡرَٰهِيمَ لِأَبِيهِ إِلَّا عَن مَّوۡعِدَةٖ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوّٞ لِّلَّهِ تَبَرَّأَ مِنۡهُۚ إِنَّ إِبۡرَٰهِيمَ لَأَوَّـٰهٌ حَلِيمٞ ﴿114﴾وَمَا كَانَ ٱسۡتِغۡفَارُ إِبۡرَٰهِيمَ لِأَبِيهِ إِلَّا عَن مَّوۡعِدَةٖ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوّٞ لِّلَّهِ تَبَرَّأَ مِنۡهُۚ إِنَّ إِبۡرَٰهِيمَ لَأَوَّـٰهٌ حَلِيمٞ
Transliteration: Wama kana istighfaru ibraheema liabeehi illa AAan mawAAidatin waAAadaha iyyahu falamma tabayyana lahu annahu AAaduwwun lillahi tabarraa minhu inna ibraheema laawwahun haleemun
Translation: އަދި إبراهيم (عليه السّلام) އެކަލޭގެފާނުންގެ ބައްޕައަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ފުޅުކުރެއްވުން އެއީ އެކަލޭގެފާނު ބައްޕައަށް ފާފަފުއްސެވުމަށް دعاء ކުރެއްވުމަށް ކުރައްވާފައިވާ وعد އެއްގެގޮތުން ކަމުގައި މެނުވީ ނުވެއެވެ. (އެއީ مُدّة އަކަށެވެ.) ދެންފަހެ އެބައްޕައަކީ ﷲ އަށްވާ عدوّ އެއްކަމުގައި އެކަލޭގެފާނަށް ރަނގަޅަށް އެނގި ބަޔާންވެވަޑައިގެންނެވުމުން، (مشرك އެއްކަން އެނގިވަޑައިގެންނެވި ހިނދުން) އެކަލޭގެފާނު އެބައްޕަގެ ކިބައިން ބަރީއަވެވަޑައިގެންފިއެވެ. (ބައްޕައަށް ފާފަފުއްސެވުން އެދިވަޑައިގެންނެވުން ދޫކޮށްލައްވައިފިއެވެ.) ހަމަކަށަވަރުން إبراهيم (عليه السّلام) އަކީ ގިނަގިނައިން دعاء ކުރައްވާ توبة ވެވަޑައިގަންނަވާ رحم ބޮޑު علم ވެރި ކޯފާމަޑު ބޭކަލެއްކަން ކަށަވަރެވެ.
9:115وَمَا كَانَ ٱللَّهُ لِيُضِلَّ قَوۡمَۢا بَعۡدَ إِذۡ هَدَىٰهُمۡ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ﴿115﴾وَمَا كَانَ ٱللَّهُ لِيُضِلَّ قَوۡمَۢا بَعۡدَ إِذۡ هَدَىٰهُمۡ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ
Transliteration: Wama kana Allahu liyudilla qawman baAAda ith hadahum hatta yubayyina lahum ma yattaqoona inna Allaha bikulli shayin AAaleemun
Translation: އަދި އެއްވެސް ބަޔަކަށް ﷲ ތެދުމަގު ދެއްކެވުމަށްފަހު އެބަޔަކު އެކަމަކުން ރައްކާތެރިވެ ދުރުވެގަންނާނޭ ކަންތައް އެންގެވުމަށްފަހު (އެކަމަކުން ދުރުވެނުގަތިއްޔާ މެނުވީ) އެމީހުން މަގުފުރައްދަވާނޭ ކަލަކުކަމުގައި އެކަލާނގެ ނުވެއެވެ. (مشرك ންނަށް ފާފަފުއްސެވުމަށް އެދި دعاء ކުރުން نهى ކުރެއްވުމަށްފަހު ދެން ކަލޭމެން އެ نهى ގެތެރެއަށް ވަދެއްޖެއްޔާމެނުވީ އެކަލާނގެ ކަލޭމެން މަގުނުފުރައްދަވާނެއެވެ.) ހަމަކަށަވަރުން ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
9:116إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ﴿116﴾إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ
Transliteration: Inna Allaha lahu mulku alssamawati waalardi yuhyee wayumeetu wama lakum min dooni Allahi min waliyyin wala naseerin
Translation: ހަމަކަށަވަރުން އުޑުތަކާއި ބިމުގެ مِلْكُ ވެރިކަން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވެސް އަދި نصر ވެރިއަކުވެސް ކަލޭމެންނަކަށް ނުވެއެވެ.
9:117لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ ﴿117﴾لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ
Transliteration: Laqad taba Allahu AAala alnnabiyyi waalmuhajireena waalansari allatheena ittabaAAoohu fee saAAati alAAusrati min baAAdi ma kada yazeeghu quloobu fareeqin minhum thumma taba AAalayhim innahu bihim raoofun raheemun
Translation: ހަމަކަށަވަރުން نَبِىّ އާއަށް ﷲ توبة ލައްވައިފިއެވެ. އަދި مهاجرىّ ބޭކަލުންނަށާއި أنصَارىّ ބޭކަލުންނަށްވެސް (ﷲ توبة ލައްވައިފިއެވެ.) އެބޭކަލުންނީ ދަތިވީ ވަގުތު އެކަލޭގެފާނާއި تبع ވީ މީހުންނެވެ. (އެއީ تبوك ހަނގުރާމައިގެ ވަގުތު ހުރިހާގޮތަކުން ކަންތައްގަނޑު ނީސްތާއްޓަށް އެރިވަގުތެވެ.) އެއީ އޭގެތެރެއިން جماعة އެއްގެ (ބައެއްގެ) ހިތްތައް حقّ މަގާއި ދުރަށް ލެނބުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެބޭކަލުންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެބޭބޭކަލުންގެމައްޗަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
9:118وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴿118﴾وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
Transliteration: WaAAala alththalathati allatheena khullifoo hatta itha daqat AAalayhimu alardu bima rahubat wadaqat AAalayhim anfusuhum wathannoo an la maljaa mina Allahi illa ilayhi thumma taba AAalayhim liyatooboo inna Allaha huwa alttawwabu alrraheemu
Translation: އަދި އެބޭކަލުންގެ توبة قبول ކުރެއްވުން ފަސްކުރެވިފައިވާ ތިންބޭކަލުންގެމައްޗަށްވެސް ﷲ توبة ލައްވައިފިއެވެ. (އެތިންބޭކަލުންނަކީ كَعْبُ بن مَالكُ ގެފާނާއި هِلاَلُ بن أُميَّة ގެފާނާއި مِرَارة بن رَبِيْعَة ގެފާނާއިއެވެ. މިއީ أَنصَارىّ ބޭކަލުންކުރެ ތިންބޭކަލުންނެވެ. = طبري = ) މިބޭކަލުންނަށް ﷲ توبة ލެއްވީ އެބޭކަލުންނަށް (ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް) ބިންގަނޑު ދަތިވެ އަދި އެބޭކަލުންގެ މައްޗަށް އެބޭކަލުންގެ نفس ތައްވެސް ދަތިވެއްޖައުމަށްދާވަރުވުމުންނެވެ. އަދި އެބޭކަލުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ކޯފާއަކުން އަދި عذاب އަކުން ސަލާމަތްވާނެ ތަނެއް ހަމަ އެކަލާނގެ حضرة ން މެނުވީ ނެތްކަން އެބޭކަލުންނަށް يقين ވެވަޑައިގެންނެވުމަށް ފަހުގައެވެ. މި މިކަންކަމަށްފަހު ދެން އެކަލާނގެ އެބޭކަލުންގެމައްޗަށް توبة ބާވައިލެއްވިއެވެ. އެބޭކަލުން توبة ވެވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ އަދި رحمة ލެއްވުން ބޮޑުރަސްކަލާނގެއެވެ.
9:119يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّـٰدِقِينَ ﴿119﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّـٰدِقِينَ
Transliteration: Ya ayyuha allatheena amanoo ittaqoo Allaha wakoonoo maAAa alssadiqeena
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ތެދުވެރިންނާއިއެކު ކަލޭމެންވާށެވެ! އެތިންބޭކަލުންނަށް توبة ލެއްވުމުގެ އެންމެބޮޑު ސަބަބެއްކަމުގައިވީ އެބޭކަލުން ތެދު ވިދާޅުވުމެވެ.
9:120مَا كَانَ لِأَهۡلِ ٱلۡمَدِينَةِ وَمَنۡ حَوۡلَهُم مِّنَ ٱلۡأَعۡرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلَا يَرۡغَبُواْ بِأَنفُسِهِمۡ عَن نَّفۡسِهِۦۚ ذَٰلِكَ بِأَنَّهُمۡ لَا يُصِيبُهُمۡ ظَمَأٞ وَلَا نَصَبٞ وَلَا مَخۡمَصَةٞ فِي سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوۡطِئٗا يَغِيظُ ٱلۡكُفَّارَ وَلَا يَنَالُونَ مِنۡ عَدُوّٖ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٞ صَٰلِحٌۚ إِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴿120﴾مَا كَانَ لِأَهۡلِ ٱلۡمَدِينَةِ وَمَنۡ حَوۡلَهُم مِّنَ ٱلۡأَعۡرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلَا يَرۡغَبُواْ بِأَنفُسِهِمۡ عَن نَّفۡسِهِۦۚ ذَٰلِكَ بِأَنَّهُمۡ لَا يُصِيبُهُمۡ ظَمَأٞ وَلَا نَصَبٞ وَلَا مَخۡمَصَةٞ فِي سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوۡطِئٗا يَغِيظُ ٱلۡكُفَّارَ وَلَا يَنَالُونَ مِنۡ عَدُوّٖ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٞ صَٰلِحٌۚ إِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
Transliteration: Ma kana liahli almadeenati waman hawlahum mina alaAArabi an yatakhallafoo AAan rasooli Allahi wala yarghaboo bianfusihim AAan nafsihi thalika biannahum la yuseebuhum thamaon wala nasabun wala makhmasatun fee sabeeli Allahi wala yataoona mawtian yagheethu alkuffara wala yanaloona min AAaduwwin naylan illa kutiba lahum bihi AAamalun salihun inna Allaha la yudeeAAu ajra almuhsineena
Translation: مدينة ގެ أهل ވެރިންނަށާއި އަދި އެމީހުންގެ ވަށައިގެންވާ أعرابى ންނަށްވެސް رسول ﷲ ﷺ ހަނގުރާމައަށް ނުކުމެވަޑައިގަތުމަށްފަހު ހަނގުރާމައަށް ނުގޮސް ފަހަށް ޖެހިފައި ތިބުމީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނުންގެ نفس ފުޅުގެ މައްޗަށް ތިމާމެންގެ نفس ތައް އިސްކޮށް އަދި نفس ތަކަށް ލޯބިކުރުމީވެސް އެކަށީގެންވާކަމެއްނޫނެވެ. އެކަން އެހެން އެވީ، އެމީހުންނަށް ދިމާވާ ކޮންމެ ފެންބޮވައިގަތުމެއްވިޔަސް އަދި ވަރުބަލިކަމެއްވިޔަސް އަދި ﷲ ގެ މަގުގައި ދިމާވާ ކޮންމެ ހައިހޫނުކަމެއްވިޔަސް އަދި ކާފަރުން ރުޅިއެރުވުމަށާއި ދެރަކުރުމަށް އެމީހުން ފައިއަޅާ ކޮންމެ ފިޔަވަޅެއްވިޔަސް އަދި عدوّ އެއްގެ އަތުން ލިބެވޭ ކޮންމެ އަނިޔާއެއްވިޔަސް އެއިން ކޮންމެ ކަމަކުން އެމީހުންނަށް صالح عمل އެއް ލިޔެވިގެންމެނުވީ ނުވެއެވެ. އެބަހީ: އެބާވަތުގެ ކޮންމެ ކަމަކަށް އެމީހުންނަށް ހެޔޮ عمل ލިއެވެއެވެ. ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ ގެއްލެނި ނުކުރައްވައެވެ.
9:121وَلَا يُنفِقُونَ نَفَقَةٗ صَغِيرَةٗ وَلَا كَبِيرَةٗ وَلَا يَقۡطَعُونَ وَادِيًا إِلَّا كُتِبَ لَهُمۡ لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا كَانُواْ يَعۡمَلُونَ ﴿121﴾وَلَا يُنفِقُونَ نَفَقَةٗ صَغِيرَةٗ وَلَا كَبِيرَةٗ وَلَا يَقۡطَعُونَ وَادِيًا إِلَّا كُتِبَ لَهُمۡ لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا كَانُواْ يَعۡمَلُونَ
Transliteration: Wala yunfiqoona nafaqatan sagheeratan wala kabeeratan wala yaqtaAAoona wadiyan illa kutiba lahum liyajziyahumu Allahu ahsana ma kanoo yaAAmaloona
Translation: އަދި އެމީހުންކުރާ ކިތަންމެކުޑަ ހޭދައެއްވިޔަސް އަދި ކިތަންމެބޮޑު ހޭދައެއްވިޔަސް އަދި އެމީހުން ކަޑައްތުކުރާ ވާދީއެއްވިޔަސް މިއިން އެއްވެސްކަމެއް އެމީހުންނަށް (ހެޔޮކަމެއްކަމުގައި) ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކަށްވުރެ ހެޔޮ ޖަޒާ ﷲ އެމީހުންނަށް ދެއްވުމަށެވެ.
9:122وَمَا كَانَ ٱلۡمُؤۡمِنُونَ لِيَنفِرُواْ كَآفَّةٗۚ فَلَوۡلَا نَفَرَ مِن كُلِّ فِرۡقَةٖ مِّنۡهُمۡ طَآئِفَةٞ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوۡمَهُمۡ إِذَا رَجَعُوٓاْ إِلَيۡهِمۡ لَعَلَّهُمۡ يَحۡذَرُونَ ﴿122﴾۞وَمَا كَانَ ٱلۡمُؤۡمِنُونَ لِيَنفِرُواْ كَآفَّةٗۚ فَلَوۡلَا نَفَرَ مِن كُلِّ فِرۡقَةٖ مِّنۡهُمۡ طَآئِفَةٞ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوۡمَهُمۡ إِذَا رَجَعُوٓاْ إِلَيۡهِمۡ لَعَلَّهُمۡ يَحۡذَرُونَ
Transliteration: Wama kana almuminoona liyanfiroo kaffatan falawla nafara min kulli firqatin minhum taifatun liyatafaqqahoo fee alddeeni waliyunthiroo qawmahum itha rajaAAoo ilayhim laAAallahum yahtharoona
Translation: އަދި مؤمن ން އެންމެންއެކީ ހަނގުރާމައަށް ދިއުމެއްމެނެތެވެ. އަދި ކޮންމެ جماعة އަކުންވެސް ކޮންމެވެސް ބަޔަކު دين ގައި فقه ވެރިވުމަށް (رسول ﷲ ﷺ ގެ އަރިހުގައި ތިބުމަށް) ދާނެނަމައެވެ. ނުވަތަ ނުދިޔައީ ކީއްވެހެއްޔެވެ؟ އަދި އެމީހުން ދީނުގައި فقه ވެރިވުމަށްފަހު އެމީހުންގެ قوم ގެ މީހުންގެގާތަށްގޮސް އެމީހުންނަށް إنذار ކުރާހުށިކަމެވެ! އެއީ އެމީހުން ބިރުވެތިވުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއާޔަތުގެ މާނަ އަދި تفسير علم ވެރިން ވަރަށް ތަފާތުގޮތްގޮތަށް ލިއުއްވާފައި ވެއެވެ. މިތާ ލިޔެވިފައި މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب)
9:123يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ﴿123﴾يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ
Transliteration: Ya ayyuha allatheena amanoo qatiloo allatheena yaloonakum mina alkuffari walyajidoo feekum ghilthatan waiAAlamoo anna Allaha maAAa almuttaqeena
Translation: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެތެރެއިން ކަލޭމެންނާއި ޖެހިޖެހިގެންވާ މީހުންނާއި ހަނގުރާމަ ކުރާށެވެ! އަދި ކަލޭމެންގެ ކިބައިން ހަރުކަށިކަމާއި عدواة ތެރިކަން އެމީހުން ދެކޭހުށިކަމެވެ! (އެބަހީ: ހަރުކަށިކަމާއި ރުޅިވެރިކަން އެމީހުންނަށް ކަލޭމެން ދައްކާށެވެ!) އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއި އެކުގައެވެ.
9:124وَإِذَا مَآ أُنزِلَتۡ سُورَةٞ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنٗاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنٗا وَهُمۡ يَسۡتَبۡشِرُونَ ﴿124﴾وَإِذَا مَآ أُنزِلَتۡ سُورَةٞ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنٗاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنٗا وَهُمۡ يَسۡتَبۡشِرُونَ
Transliteration: Waitha ma onzilat sooratun faminhum man yaqoolu ayyukum zadathu hathihi eemanan faamma allatheena amanoo fazadathum eemanan wahum yastabshiroona
Translation: އަދި އެއްވެސް ސޫރަތެއް ބާވައިލައްވައިފި ކޮންމެހިނދެއްގައި މިސޫރަތުގެ ސަބަބުން އީމާންކަން އިތުރުވީ ކަލޭމެންކުރެ ކާކަށްހެއްޔެވެ؟ މިހެން އަހާމީހުން އެ منافق ންގެ ތެރެއިން ވެއެވެ. ފަހެ އީމާންވީ މީހުން (ދަންނައެވެ.) އެމީހުންގެ އީމާންކަމުގެތެރެއަށް އެމީހުންނަށް އީމާންކަން އިތުރުވިއެވެ. އަދި އެމީހުން ވަނީ އުފާކުރާ حال ގައެވެ.
9:125وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ ﴿125﴾وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ
Transliteration: Waamma allatheena fee quloobihim maradun fazadathum rijsan ila rijsihim wamatoo wahum kafiroona
Translation: އަދި އެމީހުންގެ ހިތްތަކުގައި منافق ކަމުގެ ބަލިކަންވާ މީހުން ދަންނައެވެ! ފަހެ އެމީހުންގެ ޝައްކާއި وهم ގެމައްޗަށް ޝައްކާއި وهم އިތުރުވީއެވެ. ނުވަތަ އެމީހުންގެ ނުބައިގެމައްޗަށް ނުބައި އިތުރުވީއެވެ. އަދި އެމީހުން މަރުވެގެންދިޔައީ كافر ންކަމުގައިވާ حال ގައެވެ.
9:126أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ ﴿126﴾أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ
Transliteration: Awala yarawna annahum yuftanoona fee kulli AAamin marratan aw marratayni thumma la yatooboona wala hum yaththakkaroona
Translation: އަޅެފަހެ ކޮންމެއަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އެމީހުން إمتحان ކުރެވޭކަން އެމީހުންނަކަށް ނޭނގޭބާވައެވެ؟ (އެއީ ހަނގުރާމައިގެ ގޮތުން / ނުވަތަ ތަދުމަޑުކަމުގެ ގޮތުން ނުވަތަ ދެންވެސް ކޮންމެވެސް ގޮތަކުންނެވެ.) ދެންވެސް އެމީހުން توبة ނުވެއެވެ. އަދި عبرة حاصل ކޮށް نصيحة ލިބިގަންނަ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ.
9:127وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ﴿127﴾وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ
Transliteration: Waitha ma onzilat sooratun nathara baAAduhum ila baAAdin hal yarakum min ahadin thumma insarafoo sarafa Allahu quloobahum biannahum qawmun la yafqahoona
Translation: އަދި (رسول ﷲ ﷺ ގެ އަރިހުގައި އެ منافق ންވެސް ވަނިކޮށް) ސޫރަތެއް ބާވައިލައްވައިފިއްޔާ - يعني: منافق ންގެ خبر އެކުލެވިގެންވާ ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުން - އެބަހީ منافق ން - އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބަލައެވެ. އަދި އެމީހުން އެމީހުންނަށް ބުނެއެވެ. އެއްވެސްމީހަކު ކަލޭމެނަށް އެބަބަލައިހެއްޔެވެ؟ (އެހެންބަޔަކު އެމީހުންނަށް ނުބަލާ ތަންވަޅު ބަލާފައި) އެތަނުން ތެދުވެ އެމީހުން އެނބުރި ދެއެވެ. ފަހެ އެހެންވެ ﷲ تعالى އެމީހުންގެ ހިތްތައް (إيمان ކަމާއި އެންމެހައި ހެވަކާ ދުރަށް) އަނބުރާލައްވައެވެ. އެއީ ހަމަކަށަވަރުން އެމީހުން އެއީ ނުވިސްނާބަޔަކު ކަމުގައިވާތީއެވެ.
9:128لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ ﴿128﴾لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ
Transliteration: Laqad jaakum rasoolun min anfusikum AAazeezun AAalayhi ma AAanittum hareesun AAalaykum bialmumineena raoofun raheemun
Translation: (އޭ عربى ންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ކަލޭމެންގެ نفس ތަކުތެރެއިން (އެބަހީ: ކަލޭމެންގެ ނަސަބުން - ކަލޭމެންގެ ރަށުން ކަލޭމެން ދަންނަ ބޭކަލަކު) رسول ބޭކަލަކު ކަމުގައި ވަޑައިގެންފިއެވެ. އަދި ކަލޭމެންނަށް އުނދަގޫވެ ވަރުބަލިވާ ކަންތައްޖެހުން އެކަލޭގެފާނުންގެ މައްޗަށް ބުރަކަމަކަށްވެއެވެ. އުނދަގޫފުޅުކަމަކަށްވެއެވެ. އަދި ކަލޭމެންނަށް (ތެދުމަގު ލިބުމަށް) އެކަލޭގެފާނު ދަހިވެތިވެވަޑައިގެންވެއެވެ. އަދި އެއީ مؤمن ތަކުންގެ މައްޗަށް ނުހަނު އޯގާވެރި رحم ބޮޑު ބޭކަލަކު ކަމުގައިވެއެވެ.
9:129فَإِن تَوَلَّوۡاْ فَقُلۡ حَسۡبِيَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ ﴿129﴾فَإِن تَوَلَّوۡاْ فَقُلۡ حَسۡبِيَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ
Transliteration: Fain tawallaw faqul hasbiya Allahu la ilaha illa huwa AAalayhi tawakkaltu wahuwa rabbu alAAarshi alAAatheemi
Translation: (އޭ رسول ﷲ އެވެ!) ދެންފަހެ (ކަލޭގެފާނުން ގެންވި حقّ އަށް) އެމީހުން ފުރަގަސްދީ އީމާން ނުވިއްޔާވެސް -ދެން ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ﷲ ފިޔަވައި حقّ إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ބޮޑުވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download