quranm◉

Surah Al-Bayyinah transliteration

◉ ސޫރަ · ∞

98:1

لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ ﴿1﴾

Transliteration: Lam yakuni allatheena kafaroo min ahli alkitabi waalmushrikeena munfakkeena hatta tatiyahumu albayyinatu

Translation: يَهُودي ނާއި نصارى އިން ކުރެ ކާފަރުންނާއި އަދި (މައްކާގެ) މުޝްރިކުންނާއި އެމީހުންގެ ގާތަށް ބަޔާންވެގެންވާ ޙުތްޖަތާއި ދަލީލު އަތުވެއްޖެއުމަށް ދާންދެން އެމީހުން އެތިބި ގޮތުން (ބުދަށް އަޅުކަންކުރުމުން ނުވަތަ ކާފަރު ކަމުން) ދުރުވާނޭ ބަޔަކު ކަމުގައި އަދި-އެކަން ހުއްޓާނޭ ބަޔަކު ކަމުގައި ނުވެއެވެ.

98:2

رَسُولٞ مِّنَ ٱللَّهِ يَتۡلُواْ صُحُفٗا مُّطَهَّرَةٗ ﴿2﴾

Transliteration: Rasoolun mina Allahi yatloo suhufan mutahharatan

Translation: އެ ހުއްޖަތަކީ / އެދަލީލަކީ ﷲގެ حضرة ން ވަޑައިގަންނަވާ ރަސޫލު ބޭކަލެކެވެ. (އެއީ محمد ﷺ އެވެ.) އެކަލޭގެފާނު طَاهر ވެގެންވާ صحف ތަކެއް އެބަހީ ދޮގާއި މަގު ފުރެދުމުން މުޅިން طَاهر ވެގެންވާ صحف ތަކެއް ކިޔަވައި ވިދާޅުވެދެއްވާނެއެވެ.

98:3

فِيهَا كُتُبٞ قَيِّمَةٞ ﴿3﴾

Transliteration: Feeha kutubun qayyimatun

Translation: އެ صحف ތަކުގައި (އެފަތްފުށްތަކުގައި) ވަނީ ސީދާވެގެންވާ ގަދަحُكُمْ ތަކެކެވެ. އެއްވެސްކަހަލަ ގުދުކަމެއް އަދި އަނިޔާއެއްނެތް حُكُمْ ތަކެކެވެ.

98:4

وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ ﴿4﴾

Transliteration: Wama tafarraqa allatheena ootoo alkitaba illa min baAAdi ma jaathumu albayyinatu

Translation: ހަމަކަށަވަރުން ފޮތްދެވުނުމީހުން އެބަހީ يَهُودِي އިންނާއި نَصَارَى އިން އެމީހުންގެ ގާތަށް ބަޔާންވެގެންވާދަލީލު އައުމަށްފަހުގައި މެނުވީ އެމީހުން ބައިބައިވެ ވަކިވަކިވީ ކަމުގައި ނުވެއެވެ. (ފަހެ އެމީހުން ގާތަށް ދަލީލުއައިހިދުން - އެބަހީ رَسُولُ اللهِ ﷺ ވަޑައި ގެންނެވިހިދުން އެމީހުން ބައިބައިވީއެވެ. ދެން އެމީހުންގެ ތެރޭގައިތިބީ އެކަލޭގެފާނަށް އީމާންވީމީހުންނާއި އެކަލޭގެފާނަށް ކާފަރުވީމީހުންނާއިއެވެ.)

98:5

وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ ﴿5﴾

Transliteration: Wama omiroo illa liyaAAbudoo Allaha mukhliseena lahu alddeena hunafaa wayuqeemoo alssalata wayutoo alzzakata wathalika deenu alqayyimati

Translation: އަދި އެމީހުން އެހެންހުރިހާދީނެއް ފިޔަވައި ހަމައެކަނި އިސްލާމުދީނަށް ސީދާކޮށްގެން (تَوْحِيْد އަށްސީދާކޮށްގެން) އެކަލާނގެއަށް އަޅުކަން إِخَلآص ތެރިކޮށްގެން އެމީހުން ألله އަށް އަޅުކަންކުރުމަށް މެނުވީ އެމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދިއެމީހުން ނަމާދު قَائِم ކުރުމާއި އަދިއެމީހުން ޒަކާތް ދިނުމާއި އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ.

98:6

إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِي نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ أُوْلَـٰٓئِكَ هُمۡ شَرُّ ٱلۡبَرِيَّةِ ﴿6﴾

Transliteration: Inna allatheena kafaroo min ahli alkitabi waalmushrikeena fee nari jahannama khalideena feeha olaika hum sharru albariyyati

Translation: ހަމަކަށަވަރުން يَهُودي ން ނާއި نصارى އިންކުރެ ކާފަރުވީ މީހުންނާއި އަދި މުޝްރިކުންނާއި (މި މީސްމީހުން ޤިޔާމަތް ދުވަހުން ވާނީ) ޖަހަންނަމައިގެ އަލިފާނުގައެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ނުބައި މީހުންނެވެ.

98:7

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ ﴿7﴾

Transliteration: Inna allatheena amanoo waAAamiloo alssalihati olaika hum khayru albariyyati

Translation: އަދި ހަމަކަށަވަރުން އީމާންވެގެން صَالح عمل ކުރި މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ހެޔޮވެގެންވާ މީހުންނެވެ.

98:8

جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّـٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِيَ رَبَّهُۥ ﴿8﴾

Transliteration: Jazaohum AAinda rabbihim jannatu AAadnin tajree min tahtiha alanharu khalideena feeha abadan radiya Allahu AAanhum waradoo AAanhu thalika liman khashiya rabbahu

Translation: އެމީހުންގެ ދަރުމަޔާއި ޘަވާބަކީ އެމީހުންގެ رب ގެ حضرةގައި އެމީހުންނަށް ހުރި ނިޢްމަތާއި ކަރާމާތެވެ. އެއީޤާއިމުވެތިބޭ އެންމެ މާތް ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އަދި އެއީ އެތަންތާގެ ދަށުން އާރުތަށް ހިނގަހިނގާ އޮންނާނެ ސުވަރުގެތަކެވެ. އެތާނގައި އެމީހުން އަބަދާ އަބަދު ނިޢްމަތް ލިބިލިބި ތިބޭނެއެވެ. الله އެމީހުންނަށް ރުއްސަވާފައިވެއެވެ. އަދި އެމީހުން الله އަށް ރުހިގެން ވެއެވެ. އެ މަތިވެރި ބޮޑު ނިޢްމަތަކީ ތިމާ ހައްދަވާ ބޮޑުކުރެއްވި رب އަށް ބިރުވެތިވިމީހުންނަށް ޚާއްސަވެގެންވާ ނިޢްމަތާއި ކަރާމާތެވެ. ޖަޒާއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download