ސޫރަ Al-Ahzab 33:22
وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا ﴿٢٢﴾
◉
ތަރުޖަމާ
އަދި މުއުމިނުންގެ މީހުންނަށް އަޙްޒާބު ހަނގުރާމައިގެ ލަޝްކަރުތައް ފެނުނު ހިންދުން އެމީހުން ބުންޏެވެ. މިއީﷲ އާއި އެކަލާނގެ ރަސޫލާ (صَلَّي الله عَلَيْه وَسَلَّم) އަހުރެމެންނަށް وَعْدُ ކުރެއްވި ކަންތަކެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ވިދާޅުވީ ހަމަތެދުފުޅެވެ. އަދި އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.