ސޫރަ Al-Ahzab 33:55
لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا ﴿٥٥﴾
◉
ތަރުޖަމާ
އަންނަނިވި މީސްމީހުންނާ حِجَاب އެއްނެތި - ހުރަހެއްނެތި - ބައްދަލުކޮށް ވާހަކަ ދައްކައި ހެދުމަކީ رَسُوْلُ الله صَلَّي الله عَلَيه وَسَلَّم ގެ އަނބިއަނބި ކަނބަލުންގެ މައްޗަށް ކުށެއް އޮތް ކަމެއް ނޫނެވެ. އެއީ (1) އެކަނބަލުންގެ ބަފައިން (2) އެކަނބަލުންގެ ފިރިހެން ދަރިން (3) އެކަނބަލުންގެ އަޚުން (4) އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިން (5) އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިން (6) އާންމުކޮށް އަންހެނުން (7) އެކަނބަލުންގެ އަޅު ފިރިހެން ކުދިން މިމީސްމީހުންނާ حِجَاب އެއްނެތި ބައްދަލުކޮށް ވާހަކަ ދައްކައިހެދުން އެކަނބަލުންނަށް ހުއްދައެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަނބަލުން الله އަށް ތަޤުވާވެރިވުން ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ އެއްޗެއްގެ މައްޗަށް الله ހެކިވެވޮޑިގެންވެއެވެ.