ސޫރަ Al-Ahzab 33:9
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ﴿٩﴾
◉
ތަރުޖަމާ
އޭ إيمان ވެއްޖެ މީސްތަކުނޭވެ! ކަލޭމެންގެ ގާތަށް (لشكر ތައް އައި ހިނދު) ކަލޭމެންގެ މައްޗަށް ﷲ ލެއްވި އެކަލާނގެ نعمة ކަލޭމެންނިކަން ހަދާންކޮށްބަލާށެވެ! ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އެބަހީ ކާފަރުންގެ މައްޗަށް ވަޔެއް ފޮނުއްވީމެވެ. އަދި ކަލޭމެންނަށް ނުފެންނަ އެހެން لشكر އެއް ފޮނުއްވީމެވެ. (އެއީ މަލާއިކަތްބޭކަލުންގެ لشكر އެކެވެ. އެބޭކަލުން ކާފަރުންގެ ފޭލިގެތަކުގެ ކަޑަތައް ލުއްސަވައި ފޭލިގޭގެ މެދުގައި ވިއްދާފައިވާ މެދު ތަނބު ވައްޓައިލައްވައި އަލިފާން ނިއްވައި ކަށްކަން އުދާފައިވާ ތެލިތައް ބަންޑުން ޖައްސަވައި އަސްތައް އެއްއަސް އަނެއް އަހަށްޖައްސުވައި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި ހެއްދެވިއެވެ.) އަދި ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.