مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا ﴿23﴾مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا
އަދި މުއުމިނުންގެ ތެރޭގައި އެމީހުން ﷲ އާއިމެދު ކުރި ވަޢުދާއި ގަތް نَذُر ތެދު އެއްޗެއްކަމުގައި ޢަމަލީ ގޮތުން ދެއްކެވި ބޭކަލުންވެއެވެ. އެމީހުންގެ ތެރޭގައި އެވަޢުދާއި އެއްގޮތަށް ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރޭގައި އެބޭކަލުންކުރެއްވި ހުވަޔާއެއްގޮތަށް ދަނޑިވަޅުނުލިބިގެން އިންތިޒާރު ކުރައްވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ޢަހުދު އެއްގޮތަކަށްވެސް (މުނާފިޤުން ބަދަލުކޮށްލި ގޮތަށް) ބަދަލު ނުކޮށްލައެވެ. އެގޮތުގެމަތީގައި ޘާބިތުވެ ތިއްބަވައެވެ.
لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ﴿24﴾لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
ﷲ ތަޢާލާ އެފަދައިން ކަންތައްހިންގަވަނީ ތެދުވެރިންނަށް އެބައިމީހުންގެ ތެދުވެރިކަމުގެ ޖަޒާދެއްވުމަށެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގެންފިއްޔާ މުނާފިޤުންނަށް ޢަޒާބުދެއްވުމަށެވެ. ނުވަތަ އެބައިމީހުންގެ މައްޗަށް تَوْبَة ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ އަދި ރަޙުމަތް ލެއްވުން ބޮޑުކަލަކުކަމުގައެވެ.
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا ﴿25﴾وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا
ކާފަރުވީ މީހުން - އެބަހީ އަޙްޒާބު ހަނގުރާމައަށް އައި ކާފަރުންގެ ލަޝްކަރުތައް - އެބައިމީހުންނަށް އެބައިމީހުން އެދޭ އެއްވެސް ހެޔޮކަމެއް حَاصِل ވިޔަނުދެއްވައި ﷲ تَعَالى އެބައިމީހުން ރުޅިވެރި ކަމާއި ހިތްދަތި ކަމުން ފުރިގެންވުމާއި އެކު އައިކޮޅަށް ރައްދުކުރައްވައިފިއެވެ. އެކޮޅަށް (ބޮޑުގެއްލުމާއެކު) ފޮނުވައިލެއްވިއެވެ. އަދި مُؤمِن ންގެ ފަރާތުން ﷲ تَعَالى ހަނގުރާމަ ފުއްދަވައިދެއްވައިފިއެވެ. (އެއީ އެކަލާނގެ މަލާއިކަތް ބޭކަލުންގެ ލަޝްކަރަކާއި ވައިގެ ލަޝްކަރެއްވެސް ފޮނުއްވައިގެންނެވެ.) އަދި ﷲ تَعَالى ވޮޑިގެންވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ގަދަފަދަވަންތަ ކަލަކު ކަމުގައެވެ.
وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا ﴿26﴾وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا
އަދި އެކާފަރު ލަޝްކަރު ތަކާއި އެހީވެ ވާގިވެރިވި أَهل كِتَاب ންގެ މީހުން (މަދީނާގައި ތިބި ޔަހޫދީންގެ بَنُو قُريضَة ވަންހައިގެ މީހުން) އެމީހުންގެ ކިއްލާތަކުން އެކަލާނގެ ނެރުއްވައިފިއެވެ. (އެއީ رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم އާ ދެމެދުއޮތް ޢަހުދު އެމީހުން އުވައިލުމުގެ ސަބަބުންނެވެ.) ފަހެ އެބައިމީހުންގެ ހިތްތަކަށް ނުހަނު ބިރުވެރިކަން ވަދެ އޭގެތެރެއިން އެއްބަޔަކު މަރައި އަނެއްބަޔަކު ހިފައިހައްޔަރު ކޮށް أسيرން ކަމުގައި ކަލޭމެން މުއުމިނުން ހެދީމުއެވެ. (އެމީހުންގެ ތެރޭގައި ތިބި ބޮޑެތި ފިރިހެނުންމަރައި އަންހެނުންނާއި ކުޑަކުދިން أسير ކުރީމުއެވެ. (އެއީ އެމީހުންނާމެދު سَعْدُ بن مُعَاذ ކުރެއްވި ހުކުމެވެ. އެ ޙުކުމަކީ ހަތްވަނަ އުޑުގެ މަތީގެ ޙުކުމެއްކަމުގައި رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ޙަދީޘް ކުރެއްވިއެވެ.)
وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ﴿27﴾وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا
އަދި އެބައިމީހުންގެ ގޮވަތި ގެދޮރާއި ބިންތަކާއި އަދި އެމީހުންގެ ދެންހުރި މުދަލެއްވެސް ތިމަންރަސްކަލާނގެ ކަލޭމެންނަށް ވާރުތަ ކޮށްދެއްވީމެވެ. އަދި މިހާތަނަށް ކަލޭމެން ފައިނުއަޅާއެހެން ބިމެއްވެސް ކަލޭމެނަށް ވާރުތަކޮށްދެއްވީމެވެ. (އެއީ އޭރު އަދި ފަތަޙަ ނުވެއޮތް ޚައިބަރުގެ ބިންކަމުގައި ބައެއް މުފައްސިރުން ލިޔުއްވައެވެ. އެތަންވެސް ފަތަޙަވާނެ ވަޢުދު ފުޅެއްކަމުގައި މިއިޝާރަތްވެއެވެ.) والله أعلم. އަދި ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވެވޮޑިގެންވާކަލަކު ކަމުގައެވެ.
يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا ﴿28﴾يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا
އޭ ނަބިއްޔާއެވެ! (رَسُوَلُ الله صَلَّي الله عَلَيه وَسَلَّم އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ އަނބިއަނބި ކަނބަލުން ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި އެތާނގެ ޒީނަތްތެރިކަން އެދިވަޑައިގަންނަވަންޏާ ފަހެ ތިޔަކަނބަލުން ވަޑައިގަންނަވާށެވެ! ތިޔަކަނބަލުންނަށް ޙައްޤުވެގެންވާ އެއްޗެއް ދެއްވައިފައި ރިވެތިގޮތުގައި އެއްވެސް އުނދަގުލެއްނެތި ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ.
وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا ﴿29﴾وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا
އަދި ތިޔަކަނބަލުން ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި ޢާޚިރަތުގެ ގޮވަތި އެދިވަޑައިގަންނަވާކަމުގައި ވަންޏާ (އެކަމަށް އެދިވަޑައިގަންނަވާށެވެ. އިޙްސާންތެރިވެވަޑައިގެން ޞާލިޙު ޢަމަލުކުރައްވާށެވެ!) ހަމަކަށަވަރުން ތިޔަކަނބަލުންކުރެ އިޙްސާންތެރިވެވަޑައިގެންނެވި ބޭކަނބަލުންނަށް ބޮޑުވެގެންވާ ދަރުމަޔާއި ޘަވާބު ﷲ ތައްޔާރުކުރެއްވިއެވެ.
يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ﴿30﴾يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ކަނބަލަކު ބަޔާންވެ ފައުޅުވެގެންވާ فاحش ކަމެއް ގެނެސްގެންފި ކަމުގައިވަންޏާ އެކަނބަލަކަށް عذاب އޭގެ ދެގުނައަށް ދެއްވޭނެއެވެ. އަދި އެކަމަކީ ﷲ تعلى އަށް ދާދި ފަސޭހަވެގެންވާ ކަމެއްކަމުގައިވިއެވެ. (ނަމަވެސް އެކަލޭގެފާނުންގެ އެންމެހައި އަނބިއަނބިކަނބަލުން އެންމެހައި ހަޑިހުތުރު ކަންކަމުން ﷲ ރައްކާތެރިކުރައްވައި ބަރީއަކުރައްވައި طاهر ކުރެއްވިއެވެ.)