quranm◉

ޞަފްޙާ 420

Range
from 33:16 to 33:22
Surahs covered
ތަރުޖަމާ
7 ތަރުޖަމާ

◉

33:16

قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا ﴿16﴾

(އޭ رسول الله އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ކަލޭމެން މަރާ ފިލަން ދިއުމަކުން ނުވަތަ ޤަތުލުވުމުން ފިލަންދިއުމަކުން ކަލޭމެނަށް އެއްވެސް މަންފާއެއްނެތެވެ. ފިލަންގޮސްގެންވެސް ދާދިކުޑަ ދުވަސްކޮޅަކުމެނުވީ ކަލޭމެން ދުނިޔޭގައި މަޖާކޮށް އަރާމުކޮށް ނޫޅޭނެއެވެ. އެއީ ކަލޭމެނަށް ކަޑައެޅިފައިވާ އަޖަލު ހަމަވާންދެނެވެ.

33:17

قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا ﴿17﴾

ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ﷲ ކަލޭމެނަށް ނުބަޔަކަށް އިރާދަކުރައްވައިފިއްޔާ ނުވަތަ ކަލޭމެނަށް ރަޙުމަތަކަށް އިރާދަކުރައްވައިފިއްޔާވެސް ﷲ ގެ ޙަޟްރަތުން އަތުވެދާނެ ނުރައްކަލަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ހަމަ ﷲ ފިޔަވައި ސަހަރޯވެރިއަކުވެސް އަދި ނަޞްރެއްދޭ މީހަކުވެސް

33:18

قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا ﴿18﴾

އަދި ހަމަކަށަވަރުން ކަލޭމެންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހި ބަރުހެލިވެގެންވާ މީހުންނާއި އަދި އެބައިމީހުން އެކަހަލަ އަޚުންނަށް " مُحَمَّد ގެފާނު ދޫކޮށް އަހުރެމެންގެ ތެރެއަށް އައުމަށް އަވަސްވާށޭ" މިހެން ބުނާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ދާދި މަދުންމެނުވީ އެމީހުން ހަނގުރާމައަށް ނުދާނެއެވެ.

33:19

أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَـٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ﴿19﴾

އެއީ ކަލޭމެން މުއުމިނުންނާ އިދިކޮޅަށް ހުންނަ ދަހިވެތިކަމަކުންނެވެ. (ހަންދަޤު ކޮނުންކަހަލަ ހެޔޮކަންކަމުގައި ޚަރަދުކުރުމާމެދު ހުންނަ ދަހިވެތިކަމުންނެވެ.) ދެންފަހެ ހަނގުރާމައިގެ ބިރުވެރިކަން އަތުވެއްޖެއްޔާ އެމީހުންގެ ލޯތަށް މަރަށް ޙާޟިރުވެގެންވާ މީހަކު ހެޔަށްގޮތްވެފައި ވާފަދައިން ކަޅިޖަހައިނުލައި ފަރާތްފަރާތަށް އަނބުރާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެން ފަހެ ހަނގުރާމަ ނިމި ބިރުވެރިކަން ފިލައިގެން ހިނގައްޖެއްޔާ އެމީހުންގެ ތޫނު ދޫތަކުން ހުތުރު އެއްޗެތިކިޔައި ކަލޭމެނަށް އުނދަގޫތަށް ކުރާނެއެވެ. އެއީ ހެޔޮކަންތަކަށް ޚަރަދު ކުރުމަށް ބަޚީލްވެ ދަހިވެތިކަމުންނެވެ. ނުވަތަ ޣަނީމާ މުދަލަށް އެމީހުންވާ ދަހިވެތިކަމުންނެވެ. އެމީހުން އެއްގޮތަކަށްވެސް އީމާންނުވެއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ ހެޔޮޢަމަލުތަށް بَاطِل ކުރެއްވީއެވެ. އަދި އެކަން އެފަދައިން ހެއްދެވުމަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.

33:20

يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا ﴿20﴾

އަދި އެމުނާފިގުންގެ މީހުން (އެމީހުންގެ ހުރި ފިނޑިކަމާއި ބިރުވެރިކަމުން) ހީކުރަނީ އަދިވެސް أحزاب ހަނގުރާމައިގެ لشكر ތައް އެނބުރި ނުދާކަމަށެވެ. އަދި ހަނގުރާމައިގެ لشكر ތައް ހަނގުރާމަޔަށް އަތުވެއްޖެއްޔާއި بادية ގައި (މީހުންނާއި ދުރުގައި) ބީރައްޓެހި ހިސާބުގައި أعراب ންނާއިއެކުގައިވުމަށް ހަމަކަށަވަރުން އެމުނާފިގުންގެ މީހުން އެދޭނެއެވެ. ދެން އެ ހިސާބު ދުރުގައި ތިބެގެން ކަލޭމެންގެ خبر ތައް (ހަނގުރާމައިގެ خبر ތައް) މީހުން ކުރެން އަހައި ހަދާނެއެވެ. އަދި މުނާފިގުން ކަލޭމެންނާއިއެކު ކަލޭމެންގެ ތެރޭގައި ތިބިނަމަވެސް ދާދި މަދުން މެނުވީ އެމީހުން ހަނގުރާމަ ނުކުރާނެއެވެ.

33:21

لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا ﴿21﴾

ހަމަކަށަވަރުން رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ގެ ބަސްފުޅާއި ޢަމަލު ފުޅުގައި އެކަލޭގެ ފާނުންގެ ސީރަތުގައި ކަލޭމެންނަށް ރަނގަޅުވެގެންވާ ރިވެތި ނަމޫނާ ވެއެވެ. އެއީ ﷲ އާއި އާޚިރަތްދުވަސް އެދޭބަޔަކަށެވެ. އެދުވަހުގެ ޘަވާބަށް އެދޭ ބަޔަކަށެވެ. އަދި އެބައިމީހުން ގިނަގިނައިން ﷲ ހަނދާންކޮށް ذِكْر ކުރާބަޔަކަށެވެ.

33:22

وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا ﴿22﴾

އަދި މުއުމިނުންގެ މީހުންނަށް އަޙްޒާބު ހަނގުރާމައިގެ ލަޝްކަރުތައް ފެނުނު ހިންދުން އެމީހުން ބުންޏެވެ. މިއީﷲ އާއި އެކަލާނގެ ރަސޫލާ (صَلَّي الله عَلَيْه وَسَلَّم) އަހުރެމެންނަށް وَعْدُ ކުރެއްވި ކަންތަކެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ވިދާޅުވީ ހަމަތެދުފުޅެވެ. އަދި އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.