quranm◉

ޞަފްޙާ 440

Range
from 35:45 to 36:12
Surahs covered
ތަރުޖަމާ
13 ތަރުޖަމާ

◉

35:45

وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا ﴿45﴾

މީސްތަކުން ކުރާ ނުބައި ކަންތަކުގެ ސަބަބުން ކުއްލިއަކަށް ﷲ އެމީހުން ހިތްޕަވާނެނަމަ ހަލާކުކުރައްވާނެނަމަ މިބިމުގެ މަތީގައި އެއްވެސް ދިރޭ އެއްޗެއް ނުބަހައްޓަވައި އެކަލާނގެ އެންމެހައި ތަކެތި ހަލާކު ކުރައްވައިފީހެވެ. ނަމަވެސް އެއެންމެން (ފާފަކުރުމާ އެކުވެސް) ނުމަރުއްވައި ބައިތިއްބަވާފައި އެވަނީ ކަނޑައެޅި عَيَّنْ ވެގެންވާ މުއްދަތަކަށެވެ. އެއީ قيامة ދުވަސް އައުމެވެ. އެ مدت ހަމަހަމަވުން- އެކަލާނގެ އެންމެހައި އަޅުތަކުންނަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި ވާނެއެވެ. (އެބަހީ ثواب އާއި ދަރުމަ حق ވީ ބަޔަކާއި عذاب އާއި ކޯފާ حق ވީބަޔަކު އެކަލާނގެ ވަކިކުރައްވައި فيصلة ކުރައްވައި جزاء ދެއްވާހުއްޓެވެ.) والحمد لله...

36:1

يسٓ ﴿1﴾

يس = މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ބައެއްބޭކަލުން " އޭއިންސާނާއޭ" މިހެން ترجمة ކުރެއްވިއެވެ. އަދި ބައެއްބޭކަލުން އޭ محمد އޭ މިފަދައިން ترجمة ކުރެއްވިއެވެ. والله أعلم.

36:2

وَٱلۡقُرۡءَانِ ٱلۡحَكِيمِ ﴿2﴾

حكمة ގެވަރި އަދި حكم ގަދަވެގެންވާ قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

36:3

إِنَّكَ لَمِنَ ٱلۡمُرۡسَلِينَ ﴿3﴾

އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންވަނީ ފޮނުއްވިގެންވާ ރަސޫބޭކަލުންގެ ތެރެއިންނެވެ. (އެބަހީ ކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލުބޭކަލުންގެތެރެއިންވާ ރަސޫލުބޭކަލެކެވެ.)

36:4

عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿4﴾

އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ސީދާވެގެންވާ ތެދުމަގާއިގެންނެވެ. އެކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.

36:5

تَنزِيلَ ٱلۡعَزِيزِ ٱلرَّحِيمِ ﴿5﴾

އަދި މި قُرْآن އަކީ عِزَّة ވަންތަ رَحِيْم ވަންތަ ކަލާނގެ حَضْرَة ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.

36:6

لِتُنذِرَ قَوۡمٗا مَّآ أُنذِرَ ءَابَآؤُهُمۡ فَهُمۡ غَٰفِلُونَ ﴿6﴾

އަދި މިފޮތް ބާވާތްލެއްވުނީ ބަޔަކުމީހުންނަށް ކަލޭގެފާނު އިންޒާރު ކުރެއްވުމަށެވެ. އެބައިމީހުންނަށް އަތުވެދާނޭ ޢަޒާބެއްގެވާހަކައިން ބިރުގެންނެވުމަށެވެ. އެމީހުންނަކީ އެމީހުންގެ ކާބައިންނަށް އިންޒާރު ކުރެވިފައި ނުވާބައެކެވެ. އަދި އެމީހުންވަނީ غَافِلُ ވެގެންނެވެ. * ދަންނައެވެ. މިއާޔަތުން މިސިފަކުރައްވާބަޔަކީ މައްކާގެމީހުން ކަމުގައިވިއެވެ. ދެންވެސްތިބި އެހެނިހެން ޢަރަބީންނެވެ. مُحَمَّد صَلَى الله عَلَيْه وَسَلّم ގެކުރިން އެމީހުންގާތަސް ރަސޫލުބޭކަލަކު ވަޑައިނުގަންނަވައެވެ.

36:7

لَقَدۡ حَقَّ ٱلۡقَوۡلُ عَلَىٰٓ أَكۡثَرِهِمۡ فَهُمۡ لَا يُؤۡمِنُونَ ﴿7﴾

ހަމަކަށަވަރުން އެމީހުންގެ ގިނަމީހުންގެ މައްޗަށް. (ޢަޒާބުގެ) ބަސްފުޅު ޙައްޤު ވެގެންވެއެވެ. ފަހެ އެމީހުން إيمان އެއްނުވާނެއެވެ.

36:8

إِنَّا جَعَلۡنَا فِيٓ أَعۡنَٰقِهِمۡ أَغۡلَٰلٗا فَهِيَ إِلَى ٱلۡأَذۡقَانِ فَهُم مُّقۡمَحُونَ ﴿8﴾

ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް. އެޅުވީމެވެ. އެތަކެތިވާނީ ދަތްދޮޅިތަކުގެ ދަށަށެވެ. އެމީހުން ވާނީ ލޯތަށްމެރި (މޫނުތައް) މައްޗަށް އުފުލިގެންނެވެ.

36:9

وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّٗا وَمِنۡ خَلۡفِهِمۡ سَدّٗا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ ﴿9﴾

އަދި ތިމަންރަސްކަލާނގެ އެމީހުންގެ ކުރިމަތީގައްޔާއި އަދި އެމީހުންގެ ފުރަގަހުގައި ހުރަހެއް ލެއްވީމެވެ. ފަހެ އެމީހުންނަކަށް ނުފެންނާނެއެވެ.

36:10

وَسَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ ﴿10﴾

އަދި ކަލޭގެފާނު އެމީހުންނަށް އިންޒާރު ކުރެއްވުމެކޭ ނުވަތަ ކަލޭގެފާނު އެމީހުންނަށް އިންޒާރު ނުކުރެއްވުމެކޭ އެމީހުންގެ މައްޗަށް ހަމަހަމަ ވެގެންވެއެވެ. އެމީހުން އީމާނެއް ނުވާނެއެވެ.

36:11

إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ ﴿11﴾

ކަލޭގެފާނު އިންޒާރު ކުރައްވާނެކަން ކަށަވަރީ (އިންޒާރު ކުރެއްވުމުން ފައިދާކުރާނެކަންނަށަވަރީ) ذِكْرُ އާއި ތަބަޢަވީމީހަކަށެވެ. (قُرْآن އާއި ތަބަޢަވާމީހަކަށެވެ.) އަދި رَحْمَن ވަންތަ ﷲ އަށް ސިއްރުގައި ނުވަތަ غَيْبُ ގައި ބިރުވެތިވާ މީހުންނަށެވެ. އެފަދަމީހުންނަށް ފާފަ ފުއްސެވުމާއި އަދި ދީލަތިވެގެންވާ ދަރުމަހުރިކަމަށް ކަލޭގެފާނު އުފާވެރި ޚަބަރުދެއްވާށެވެ.

36:12

إِنَّا نَحۡنُ نُحۡيِ ٱلۡمَوۡتَىٰ وَنَكۡتُبُ مَا قَدَّمُواْ وَءَاثَٰرَهُمۡۚ وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ ﴿12﴾

ހަމަކަށަވަރުން ތިމަންރަސްކަލާނގެ މަރުވެފައިވާތަކެތި ދިރުއްވަމެވެ. (މަރުވިމީސްތަކުން ދިރުއްވައި مَحْشَرُ ކުރައްވާ ހުށީމެވެ.) އަދިއެމީހުން ކުރިކަންތައްތަކާއި (ދުނިޔޭގައި ކުރިޢަމަލުތައް) އަދި އެމީހުންގެ އަސަރުތަކާއި (ހެވާއި ނުބައިގެގޮތުން މަރުވުމަށްފަހުދެންހިގައިފާނެ ކަންކަމާއި) މިހުރިހާކަމެއް ބަޔާންވެގެންވާ ފޮތުގައި (لَوْحُ المَحْفُوظُ ގައި ނުވަތަ ޢަމަލުގެ ފަތުގައި) ތިމަންރަސްކަލާނގެ ލިއުއްވާ ހުށީމެވެ.