quranm◉

ޞަފްޙާ 441

Range
from 36:13 to 36:27
Surahs covered
ތަރުޖަމާ
15 ތަރުޖަމާ

◉

36:13

وَٱضۡرِبۡ لَهُم مَّثَلًا أَصۡحَٰبَ ٱلۡقَرۡيَةِ إِذۡ جَآءَهَا ٱلۡمُرۡسَلُونَ ﴿13﴾

(އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން އެމީހުންނަށް ރަށުގެ އެކުވެރިންގެ މިސާލެއްޖައްސަވައި ދެއްވާށެވެ! مُفَسِّرُ ން ވިދާޅުވާގޮތުގައި އެރަށަކީ (إنْطَاكِيَة) އެވެ. އެއީ އެރަށަށް (عِيْسَى عَلَيْه السلام) ފޮނުއްވިބޭކަލުން ވަޑައިގެންނެވި ހިނދުންނެވެ.

36:14

إِذۡ أَرۡسَلۡنَآ إِلَيۡهِمُ ٱثۡنَيۡنِ فَكَذَّبُوهُمَا فَعَزَّزۡنَا بِثَالِثٖ فَقَالُوٓاْ إِنَّآ إِلَيۡكُم مُّرۡسَلُونَ ﴿14﴾

އެއީ ދީނަށް ގޮވައިލެއްވުމަށް ތިމަންރަސްކަލާނގެ އެމީހުންގެގާތަށް ދެބޭކަލުން ފޮނުއްވިހިނދުންނެވެ އަދި އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެދެބޭކަލުންގެ ކަންތައް ގަދަކޮށް އެބޭކަލުންގެ ބަސްތެދުކުރުމަށް ތިންވަނަބޭކަލަކުވެސް ފޮނުއްވައި ދެއްވީމެވެ. ފަހެ އެތިންބޭކަލުން އެރަށުގެ އަހުލުވެރިންނަށް ވިދާޅުވީ ހަމަކަށަވަރުން ތިމަންބޭކަލުންނަކީ ކަލޭމެންގެގާތާށް ފޮނުއްވިގެންވާބޭކަލުންނީމުއެވެ. (ކަލޭމެންނަށް ދީނަށް ގޮވައިލެއްވުމަށެވެ.)

36:15

قَالُواْ مَآ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا وَمَآ أَنزَلَ ٱلرَّحۡمَٰنُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا تَكۡذِبُونَ ﴿15﴾

އެމީހުން އެބޭކަލުންނަށް ދެންނެވިއެވެ. ކަލޭމެންނަކީވެސް ހަމަ އަހުރެމެންކަހަލަ އާދަމުގެދަރިން ކަމުގައިމެނުވީ ނުވެއެވެ. (ﷲ ރަސޫލުބޭކަލަކު ފޮނުއްވަންޏާ ފޮނުއްވާނީ މަލާއިކަތްބޭކަލެކެވެ.) އަދި رَحْمن ވަންތަކަލާނގެ އެއްވެސް އެއްޗެއް ބާވާތްނުލައްވައެވެ. އަދި ހަމަ ދޮގުވެރި ބަޔަކު ކަމުގައި މެނުވީ ތިބޭކަލުން ނުވެއެވެ.

36:16

قَالُواْ رَبُّنَا يَعۡلَمُ إِنَّآ إِلَيۡكُمۡ لَمُرۡسَلُونَ ﴿16﴾

އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެމެންނީ ކަނޑައެޅިގެން ކަލޭމެންގެގާތަށް ފޮނުވިގެންވާ ބަޔަކުކަން އަހުރެމެންގެ رَبُّ ދެނެވޮޑިގެންވެއެވެ.

36:17

وَمَا عَلَيۡنَآ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ﴿17﴾

އަދި ބަޔާންވެ ފައުޅުވެގެންވާ ފަދައަކުން އިއްވައިދިނުން މެނުވީ އަހުރެމެންގެ މައްޗަކަށް ވާޖިބުވެގެން ނުވެއެވެ. އަހައި ކިޔަމަންތެރިވުމަކީ ކަލޭމެންގެ ވާޖިބެކެވެ.

36:18

قَالُوٓاْ إِنَّا تَطَيَّرۡنَا بِكُمۡۖ لَئِن لَّمۡ تَنتَهُواْ لَنَرۡجُمَنَّكُمۡ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٞ ﴿18﴾

އެރަށުގެމީހުން އެބޭކަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އަދި ކަލޭމެން (ތިޔަވާހަކަދެއްކުން) ހުއްޓައިނުލިއްޔާ ހަކަށަވަރުން އަހުރެމެން ކަލޭމެން ރަޖަމުކުރާ ހުށީމެވެ. އަދި ހަކަށަވަރުން އަހުރެމެންގެފަރާތުން ކަލޭމެނަށް ވޭންދެނިވި عَذَابُ އެއް ޖައްސައިފާހުށީމެވެ.

36:19

قَالُواْ طَـٰٓئِرُكُم مَّعَكُمۡ أَئِن ذُكِّرۡتُمۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ ﴿19﴾

އެބޭކަލުން ވިދާޅުވިއެވެ. ކަލޭމެންނަށް ސުންޕާކަމެއް ޖެހުނިއްޔާ އެޖެހުނު ސުންޕާކަމަކީ ކަލޭމެންގެ ނަފުސުތަކުގެފަރާތުން ކަލޭމެންނަށް ޖެހުނު ކަމެކެވެ. (އަހުރެމެން ކަލޭމެންނަށް وَعْظُ نَصِيْحَة ދިނުން ސުންޕާކަމެއްކަމުގައި ބަލަނީ ހެއްޔެވެ؟ އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ ނުބައިކަމުގައި ހައްދު ފަހަނައަޅައިފާ ބަޔަކީއެވެ.

36:20

وَجَآءَ مِنۡ أَقۡصَا ٱلۡمَدِينَةِ رَجُلٞ يَسۡعَىٰ قَالَ يَٰقَوۡمِ ٱتَّبِعُواْ ٱلۡمُرۡسَلِينَ ﴿20﴾

އަދި ރަށުގެ އެންމެދުރުކޮޅުން ބާރުހިގުމުގައި ހަރުގަންނަވާފައި އައިމީހަކު އަތުވެއްޖެއެވެ. އެމީހަކީ (حَبِيْبُ بنُ مُوسَى النَّجَّار ކިޔާމީހަކު ކަމުގައިވިއެވެ.) އަދި އެމީހާބުންޏެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ. ކަލޭމެން މިފޮނުއްވިގެންވާ ބޭކަލުންނާއި تَبَعَ ވާށެވެ! (އެބޭކަލުންނަކީ صَادِقُ އާއި صَدُوقُ އާއި އަދި شَلُوم އެވެ.)\n* قَتَادَةُ ކިޔާބޭކަލަކު ވިދާޅުވިއެވެ. ދަންނައެވެ. މި حَبِيْبُ بنُ مُوسَى النَّجَّار އަކީ ފަރުބަދައެއްގެ ހޮހޮޅުގައި ﷲއަށް އަޅުކަންކުރާމީހެކެވެ. އަދި އެބޭކަލުންވަޑައިގެން ދީނަށް ގޮވައިލައްވާ އަޑުއިވިގެން ހަރުގަންނަވާފައި އައީއެވެ. = زُبْدَةُ التفسِيْر =

36:21

ٱتَّبِعُواْ مَن لَّا يَسۡـَٔلُكُمۡ أَجۡرٗا وَهُم مُّهۡتَدُونَ ﴿21﴾

(އަދި އޭނާ އޭނާގެ ޤައުމުގެމީހުންނަށް ބުންޏެވެ.) ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭ ބަޔަކާއި އަދި އެބޭކަލުންނަށް ތެދުމަގު ލިބިވަޑައިގެންވާ ބަޔަކާއި ކަލޭމެން ތަބާވާށެވެ!

36:22

وَمَالِيَ لَآ أَعۡبُدُ ٱلَّذِي فَطَرَنِي وَإِلَيۡهِ تُرۡجَعُونَ ﴿22﴾

އަދި އަހުރެން ނެތުމުގެ ތެރެއިން އަހުރެން ހެއްދެވި ފަރާތަށް އަޅުކަން ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން ހުރިހާމީހުން އެނބުރިދިއުންވަނީ ވެސް ހަމަ ކަލާނގެ حَضْرَةُ އަށެވެ.

36:23

ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدۡنِ ٱلرَّحۡمَٰنُ بِضُرّٖ لَّا تُغۡنِ عَنِّي شَفَٰعَتُهُمۡ شَيۡـٔٗا وَلَا يُنقِذُونِ ﴿23﴾

އަޅެފަހެ އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް އަހުރެން ހިފާނޭ ހެއްޔެވެ؟ / إخْتِيَارُ ކުރާނޭހެއްޔެވެ؟\nرَحْمَانُ ވަންތަ ކަލާނގެ އަހުރެންނާއިމެދު = އެއްވެސް ދަތި އުދަގުލެއް އިރާދަކުރައްވަންޏާވެސް އެމީހުންގެ އެއިލާހުންތައް (شَفِاعَة ތެރިންތައް) އެއްވެސްކަމެއް އަހުރެންނަށް ފުއްދައެއްނުދޭނެއެވެ. އަދި އަހުރެން ސަލާމަތްވެސް ނުކޮށްދޭނެއެވެ.

36:24

إِنِّيٓ إِذٗا لَّفِي ضَلَٰلٖ مُّبِينٍ ﴿24﴾

ދެންއޭރުން އަހުރެން ވާހުށީ (އެބަހީ!ﷲ ފިޔަވައި އިލާހުންތަކެއް إخْتِيَارُ ކޮށްފިއްޔާ) ހަމަކަށަވަރުން އަހުރެންވާހުށީ ގެއްލި ހަލާކުވެ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

36:25

إِنِّيٓ ءَامَنتُ بِرَبِّكُمۡ فَٱسۡمَعُونِ ﴿25﴾

ހަމަކަށަވަރުން ކަލޭމެންގެ رَبُّ އަށް އަހުރެން އީމާންވެއްޖައީމެވެ. ފަހެ ކަލޭމެން އަހުރެންގެ ބަސް އަހާށެވެ. * ދަންނައެވެ. މި حَبِيْبُ النَّجَّار އޭނާ އޭނާގެ އިސްލާމުކަން ފައުޅުކޮށް އެކަމަށް މީސްތަކުންނަށް ގޮވައިލެއްވުމުން އެ قَومُ ގެމީހުން އޭނާދެކެ ރުޅިއަރައިގަނެ އޭނާބިމަށް ވައްޓައިލާ މީސްތަކުންގެ ފައިތަކުން އެނާގެ ގަޔަށް އަރާފިތައި ބަނޑުގައި އޮތްގޮހޮރުވެސް ނެރެ ޗިސްކޮށްލީކަމުގައިވިއެވެ. އަދި އެހެންރިވާޔަތެއްގައިވަނީ އޭނާ އަންދައިލިކަމަށެވެ. އަދިއަނެއްބައި ރިވާޔަތުގައިވަނީ އޭނާގެ ގައިގާ ބޮޑުކީސްއަޅައި ކީހައިލީކަމަށެވެ. އެވަގުތު ސުވަރުގެވަނުމަށް އޭނާއަށް އެންގެވުނެވެ. އެވާހަކައާއި ދެންއެޔާގުޅިގެން އޭނާބުނިވާހަކަތައް މިހާރުމިގެންނަނީއެވެ.

36:26

قِيلَ ٱدۡخُلِ ٱلۡجَنَّةَۖ قَالَ يَٰلَيۡتَ قَوۡمِي يَعۡلَمُونَ ﴿26﴾

އޭނާ އެބަހީ حَبِيْبُ النَّجَّار شَهِيْدُ ވުމުން ސުވަރުގެއަށް ވަނުމަށް އޭނާއަށް އެންގުނެވެ. ދެން އޭނާ ސުވަރުގެއަށްވަދެ އެތާގެ نِعْمَة އާއި!ﷲ އޭނާއަށް ދެއްވި ކަރާމާތް ފެނުމުން އެނާ ބުނެއެވެ.

36:27

بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ ٱلۡمُكۡرَمِينَ ﴿27﴾

އަހުރެންގެ رَبُّ އަހުރެންނަށް ފުއްސަވައި މާތްމިހުންގެތެރެއަށް އަހުރެންލެއްވިގޮތް އަހުރެންގެ قَومُ ގެމީހުންނަށް އެނގޭނޭނަމަ ކިހާރަނގަޅު ހެއްޔެވެ؟ (އެއީ تَوْحِيْد އާއި إيْمَان ކަމެވެ.) އޭރުން އެމީހުންވެސް އީމާންވެ ރަނގަޅުބަޔަކު ކަމުގައިވުން އުއްމީދު ކުރެވެއެވެ.