كٓهيعٓصٓ ﴿1﴾كٓهيعٓصٓ
Transliteration: KafhayaAAaynsad
Translation: كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
كٓهيعٓصٓ ﴿1﴾كٓهيعٓصٓ
Transliteration: KafhayaAAaynsad
Translation: كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ ﴿2﴾ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ
Transliteration: Thikru rahmati rabbika AAabdahu zakariyya
Translation: (އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ.
إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا ﴿3﴾إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا
Transliteration: Ith nada rabbahu nidaan khafiyyan
Translation: އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.)
قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا ﴿4﴾قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا
Transliteration: Qala rabbi innee wahana alAAathmu minnee waishtaAAala alrrasu shayban walam akun biduAAaika rabbi shaqiyyan
Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ.
وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا ﴿5﴾وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا
Transliteration: Wainnee khiftu almawaliya min waraee wakanati imraatee AAaqiran fahab lee min ladunka waliyyan
Translation: އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولى އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ.
يَرِثُنِي وَيَرِثُ مِنۡ ءَالِ يَعۡقُوبَۖ وَٱجۡعَلۡهُ رَبِّ رَضِيّٗا ﴿6﴾يَرِثُنِي وَيَرِثُ مِنۡ ءَالِ يَعۡقُوبَۖ وَٱجۡعَلۡهُ رَبِّ رَضِيّٗا
Transliteration: Yarithunee wayarithu min ali yaAAqooba waijAAalhu rabbi radiyyan
Translation: އެދަރިކަލުން މިއަޅާގެ މުދާވާރުތަކޮށް އަދި يعقوب عليه السّلام ގެ آل ންގެފަރާތުން نبي ކަން ވާރުތަކުރައްވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. އަދި އޭ އަޅުގެ ربّ އެވެ. އަދި އެދަރިކަލުންނަކީ ރުހެވިގެންވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. (އެބަހީ: އެދަރިކަލުންނާއިމެދު އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަދި އިބަރަސްކަލާނގެ އަޅުތަކުންވެސް ރުހޭ ދަރިކަލަކު ކަމުގައި ލައްވާނދޭވެ.)
يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا ﴿7﴾يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا
Transliteration: Ya zakariyya inna nubashshiruka bighulamin ismuhu yahya lam najAAal lahu min qablu samiyyan
Translation: (ﷲ تعالى އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) އޭ زكريّا (عليه السّلام) އެވެ. ހަމަކަށަވަރުން ކަލޭގެފާނަށް ދަރިކަލަކުދެއްވާނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވަމެވެ. އެދަރިކަލުންގެ ނަންފުޅަކީ يحيى އެވެ. އަދި އެނަން މީގެކުރީގައި އެއްވެސްމީހަކަށް ތިމަންރަސްކަލާނގެ ލައްވާފައިނުވާނެއެވެ. ނުވަތަ އެކަލޭގެފާނާ އެއްފަދަ އެކަކުވެސް ތިމަންރަސްކަލާނގެ މީގެކުރީގައި ނުލައްވަމެވެ.
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَكَانَتِ ٱمۡرَأَتِي عَاقِرٗا وَقَدۡ بَلَغۡتُ مِنَ ٱلۡكِبَرِ عِتِيّٗا ﴿8﴾قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَكَانَتِ ٱمۡرَأَتِي عَاقِرٗا وَقَدۡ بَلَغۡتُ مِنَ ٱلۡكِبَرِ عِتِيّٗا
Transliteration: Qala rabbi anna yakoonu lee ghulamun wakanati imraatee AAaqiran waqad balaghtu mina alkibari AAitiyyan
Translation: އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ.
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا ﴿9﴾قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا
Transliteration: Qala kathalika qala rabbuka huwa AAalayya hayyinun waqad khalaqtuka min qablu walam taku shayan
Translation: އެކަލާނގެ وحي ކުރެއްވިއެވެ. (ނުވަތަ މަލާއިކަތާ ވިދާޅުވިއެވެ.) ކަންތައްހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ربّ وحي ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަކަމެކެވެ. އެހެނީ ހަމަކަށަވަރުން މީގެކުރިން ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީ ކަލޭގެފާނުންގެ އެއްވެސް އަސަރެއްނެތިއެވެ.
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا ﴿10﴾قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا
Transliteration: Qala rabbi ijAAal lee ayatan qala ayatuka alla tukallima alnnasa thalatha layalin sawiyyan
Translation: އެކަލޭގެފާނުން ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް އެކަމުގެ علامة އެއް ލައްވައިދެއްވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގައި ކަލޭގެފާނަށްވާ علامة އަކީ ރަނގަޅަށް ސާފުކޮށް ތިންރޭވާންދެން މީސްތަކުންނާއި ވާހަކަފުޅު ނުދެއްކެވުމަށެވެ. (ދުލުގައި ދަތިކަމެއްހުރެގެން އިޝާރާތުން މީސްތަކުންނާއި ވާހަކަފުޅުދެއްކެވުމެވެ.)
فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا ﴿11﴾فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا
Transliteration: Fakharaja AAala qawmihi mina almihrabi faawha ilayhim an sabbihoo bukratan waAAashiyyan
Translation: ދެންފަހެ އެކަލޭގެފާނު مِحْرَاب ން (ނަމާދުކުރައްވާ އަޅުކަންކުރައްވާތަނުން) ނުކުމެވަޑައިގެންފިއެވެ. އަދި ހެނދުނާއި ހަވީރު އެމީހުން تسبيح ކިއުމަށް އެކަލޭގެފާނު އެމީހުންނަށް (އިޝާރަތުން) އެންގެވިއެވެ.
يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا ﴿12﴾يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا
Transliteration: Ya yahya khuthi alkitaba biquwwatin waataynahu alhukma sabiyyan
Translation: (ދެންފަހެ زكريّا عليه السّلام ގެފާނަށް يحيى ގެފާނު ލިބިވަޑައިގެންފިއެވެ.) އެހިނދު ﷲ تعالى އެކަލޭގެފާނަށް وحي ކުރެއްވިއެވެ. އޭ يحيى އެވެ. ކަލޭގެފާނު ފޮތުގައި يعني: توراة ގައި ގަދައަށް ހިފަހައްޓަވާށެވެ! އެބަހީ: އެފޮތުގައިވާގޮތަށް ރަނގަޅަށް عمل ކުރައްވާށެވެ! އަދި އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް حكم ދެއްވީމެވެ. ފޮތަށް ވިސްނާ فكر ކުރެއްވުމުގެ ބާރުދެއްވީމެވެ.
وَحَنَانٗا مِّن لَّدُنَّا وَزَكَوٰةٗۖ وَكَانَ تَقِيّٗا ﴿13﴾وَحَنَانٗا مِّن لَّدُنَّا وَزَكَوٰةٗۖ وَكَانَ تَقِيّٗا
Transliteration: Wahananan min ladunna wazakatan wakana taqiyyan
Translation: އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. ނުވަތަ ތިމަންރަސްކަލާނގެ حضرة ންވާ ލޯބިވެތިކަމާއި މާތްކަމެއްގެގޮތުންނެވެ. އަދި ފާފައިން طاهر ވެވަޑައިގެން صالح عمل ކުރައްވާ ބޭކަލެއްގެ ގޮތުންނެވެ. ފަހެ އެކަލޭގެފާނު ވެވަޑައިގެންނެވީ تقوى ވެރި މާތް ބޭކަލަކު ކަމުގައެވެ.
وَبَرَّۢا بِوَٰلِدَيۡهِ وَلَمۡ يَكُن جَبَّارًا عَصِيّٗا ﴿14﴾وَبَرَّۢا بِوَٰلِدَيۡهِ وَلَمۡ يَكُن جَبَّارًا عَصِيّٗا
Transliteration: Wabarran biwalidayhi walam yakun jabbaran AAasiyyan
Translation: އަދި އެކަލޭގެފާނުންގެ މައިންބަފައިންނަށް ހެޔޮ އަދި ކިޔަމަންތެރި ބޭކަލަކުކަމުގައި ވިއެވެ. އަދި ބޮޑާ، ނުކިޔަމަންތެރި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.
وَسَلَٰمٌ عَلَيۡهِ يَوۡمَ وُلِدَ وَيَوۡمَ يَمُوتُ وَيَوۡمَ يُبۡعَثُ حَيّٗا ﴿15﴾وَسَلَٰمٌ عَلَيۡهِ يَوۡمَ وُلِدَ وَيَوۡمَ يَمُوتُ وَيَوۡمَ يُبۡعَثُ حَيّٗا
Transliteration: Wasalamun AAalayhi yawma wulida wayawma yamootu wayawma yubAAathu hayyan
Translation: އަދި އެކަލޭގެފާނު ރައްކައުވިދުވަހުގައްޔާއި އަދި އަވަހާރަވާދުވަހުގައްޔާއި އަދި އެކަލޭގެފާނު އަލުން ދިރުއްވައި محشر އަށް ފޮނުވޭދުވަހުވެސް އެކަލޭގެފާނުންގެ މައްޗަށް ސަލާމަތްކަމާއި އަމާންކަންހުއްޓެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا ﴿16﴾وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا
Transliteration: Waothkur fee alkitabi maryama ithi intabathat min ahliha makanan sharqiyyan
Translation: (އޭ رسول ﷲ އެވެ.) މި ކީރިތި قرآن ން مَرْيَم ގެފާނުންގެ ވާހަކަ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ! އެކަމަނާ އެކަމަނާގެ أهل ވެރިންނާއި ދުރަށް مِحْرَاب ގެ އިރުމަތި ފަރާތަށް ނުކުމެވަޑައިގެން އެކަނިވެވަޑައިގެންނެވިހިނދުން (ކަންވީގޮތް ހަނދުމަފުޅު ކުރައްވާށެވެ!)
فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا ﴿17﴾فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا
Transliteration: Faittakhathat min doonihim hijaban faarsalna ilayha roohana fatamaththala laha basharan sawiyyan
Translation: ފަހެ އެކަމަނާ އެމީހުން ފިޔަވައި އެބަހީ: އެކަމަނާގެ أهل ވެރިން ފިޔަވައި އެމީހުންނަށް ނުފެންނާނެގޮތުން ނިވައެއް ހިއްޕެވިއެވެ. އެމީހުންނަށް ނުފެންނަގޮތަށް ނިވަޔަކަށް ވަޑައިގެންނެވިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެކަމަނާގެ އަރިހަށް ތިމަންރަސްކަލާނގެ رُوح ފޮނުއްވީމެވެ. އެބަހީ: جِبريل عليه السّلام ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަމަނާގެ ކުރިފުޅުމަތީގައި ފުރިހަމަ آدم ގެދަރިއެއްފަދައިން ފައުޅުވެވަޑައިގެންނެވިއެވެ.
قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا ﴿18﴾قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا
Transliteration: Qalat innee aAAoothu bialrrahmani minka in kunta taqiyyan
Translation: އެކަމަނާ (އެކަލޭގެފާނަށް) ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެކިބައިން ސަލާމަތްކޮށްދެއްވުންއެދި رحمن ވަންތަ ކަލާނގެ حضرة ން އަހުރެން حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ކަލެއަކީ تقوى ވެރި މާތްމީހަކުކަމުގައިވަންޏާއެވެ. (އޭރު އެއީ ކާކު ކަމެއް އެކަމަނާއަށް އެގިވަޑައިނުގަންނަވައެވެ.)
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا ﴿19﴾قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا
Transliteration: Qala innama ana rasoolu rabbiki liahaba laki ghulaman zakiyyan
Translation: އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ކަމަނާއަށް طاهر ދަރިކަލަކު ދެއްވުމަށް ކަމަނާގެ ربّ ފޮނުއްވި رسول އަކީމެވެ.
قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا ﴿20﴾قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا
Transliteration: Qalat anna yakoonu lee ghulamun walam yamsasnee basharun walam aku baghiyyan
Translation: އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް ދަރިކަލަކުވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އަހުރެންގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ޒިނޭކުރާމީހަކުކަމުގައި އަހުރެން ނުވެއެވެ.
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا ﴿21﴾قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا
Transliteration: Qala kathaliki qala rabbuki huwa AAalayya hayyinun walinajAAalahu ayatan lilnnasi warahmatan minna wakana amran maqdiyyan
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަވިދާޅުވާގޮތަށެވެ. (ކަމަނާގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ކަމަނާއަކީ ޒިނޭކުރާ މީހެއްނޫނެވެ.) ނަމަވެސް ކަމަނާގެ ربّ وحي ކުރެއްވީ އެކަމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ. (އެބަހީ: ކަމަނާއަށް ދަރިކަލަކު ދެއްވުމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ.) އަދި އެދަރިކަލުން ތިމަންރަސްކަލާނގެ ލައްވާހުށީ މީސްތަކުންނަށްވާ (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) علامة އެއްކަމުގައެވެ. އަދި ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްކަމުގައެވެ. އަދި އެކަމަކީ ﷲ ގެ علم ފުޅުގައި ނިޔާކުރެވިގެންވާ ކަމެއްކަމުގައިވިއެވެ.
فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا ﴿22﴾۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا
Transliteration: Fahamalathu faintabathat bihi makanan qasiyyan
Translation: ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން އާލާސްވެ އިންނަވައިފިއެވެ. (އެދަރިކަލުންނަކީ عيسى عليه السّلام އެވެ.) އަދި އެކަމަނާ އެކަމަނާގެ ބަނޑުފުޅުގައިވާ އެދަރިކަލުންނާއިގެން ދުރު ހިސާބަކަށް ވަޑައިގެން މީސްތަކުންނާއި ވަކިވެވަޑައިގެންފިއެވެ.
فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا ﴿23﴾فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا
Transliteration: Faajaaha almakhadu ila jithAAi alnnakhlati qalat ya laytanee mittu qabla hatha wakuntu nasyan mansiyyan
Translation: އަދި ކަދުރު ރުކެއްގެގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންވަރުފުޅުއަތުވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް މިކަންޖެހުމުގެ ކުރިން އަހުރެން މަރުވެގެންގޮސް (މީސްތަކުންގެ ހިތްތަކުން) އަހުރެން އެކީއެކައްޗަކަށް ހަނދާނެތުނު މީހަކުކަމުގައިވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ (އަދި އެކަމަނާ عيسى عليه السّلام އާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.)
فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا ﴿24﴾فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا
Transliteration: Fanadaha min tahtiha alla tahzanee qad jaAAala rabbuki tahtaki sariyyan
Translation: ދެންފަހެ އެކަމަނާގެދަށުން ނުވަތަ އެކަމަނާގެ ތިރިން ނުވަތަ ފަހަތުން އެކަމަނާއަށް ނިދާއިއްވެވުނެވެ. އެކަމަނާއަށް ގޮވާލެއްވުނެވެ. ކަމަނާ ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ކަމަނާގެ ربّ ކަމަނާގެ ތިރީގައި ތިޔަވަނީ ފެންކޯރެއް ލައްވާފައެވެ.
وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا ﴿25﴾وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا
Transliteration: Wahuzzee ilayki bijithAAi alnnakhlati tusaqit AAalayki rutaban janiyyan
Translation: އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ.
فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَ ٱلۡيَوۡمَ إِنسِيّٗا ﴿26﴾فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَ ٱلۡيَوۡمَ إِنسِيّٗا
Transliteration: Fakulee waishrabee waqarree AAaynan faimma tarayinna mina albashari ahadan faqoolee innee nathartu lilrrahmani sawman falan okallima alyawma insiyyan
Translation: ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. އަދި ކަމަނާއަށް އާދަމުގެދަރިއަކު ފެނިވަޑައިގެންފިއްޔާ "އަހުރެން މިހުރީ رحمن ވަންތަ ﷲ އަށް ރޯދައަށޭ މިއަދު އެއްވެސް މީހަކާ އަހުރެން ވާހަކަ ނުދައްކާހުށީމެވެ." މިހެން ވިދާޅުވާށެވެ. • ދަންނައެވެ. އެޒަމާނުގައި ރޯދަވެރިޔާ ރޯދައަށް ހުރެގެން ވާހަކަ ދެއްކުން ނޯންނަކަމުގައި ވެއެވެ. = تفسيرطبري =\nއަދި މިކަމަނާއަށް މިއިވަޑައިގެންނެވި އަޑުތަކަކީ غَيْبُ ގެގޮތުން ﷲ تعالى جبريل عليه السّلام ފޮނުއްވައިގެން އިއްވެވި ވާހަކަތަކެއްކަމަށާއި އަދި އެއީ ސީދާ عيسى عليه السّلام ވިދާޅުވި ބަސްފުޅުތަކެއްކަމަށާއި މިގޮތްގޮތަށް تفسير ފޮތްފޮތުގައި بيان ވެގެންވެއެވެ. މިދެގޮތުންކުރެ ކޮންމެގޮތަކީވެސް ﷲ تعالى ގެ حضرة އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. والله أعلم.
فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا ﴿27﴾فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا
Transliteration: Faatat bihi qawmaha tahmiluhu qaloo ya maryamu laqad jiti shayan fariyyan
Translation: ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން (ރައްކައުވުމަށްފަހު) އެދަރިކަލުން ހިއްޕަވައިގެން އެކަމަނާގެ قوم ގެ މީހުންގެތެރެއަށް ވަޑައިގެންނެވިއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ مَرْيم އެވެ. ކަމަނާ ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ ކަމެކެވެ. (ވަރަށް ހަޑިހުތުރު فاحش ކަމެކެވެ.)
يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا ﴿28﴾يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
Transliteration: Ya okhta haroona ma kana abooki imraa sawin wama kanat ommuki baghiyyan
Translation: އޭ هَارون ގެ أخت އެވެ. ކަމަނާގެ ބައްޕައަކީ ނުބައި ނުލަފާ މީހަކުކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމައަކީ ޒިނޭކުރާމީހަކު ކަމުގައި ނުވެއެވެ. (ކަމަނާގެ ފަރާތުން އެފަދަކަމެއް ފާޅުވީ ކީއްވެގެންތޯއެވެ؟)
فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا ﴿29﴾فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا
Transliteration: Faasharat ilayhi qaloo kayfa nukallimu man kana fee almahdi sabiyyan
Translation: ފަހެ އެކަމަނާ އެތުއްޕުޅު ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. (އެކަމަނާގެ إشارة ން މުރާދުކުރެވެނީ ކަލޭމެން އެދަރިކަލުންނާއި ވާހަކަ ދައްކާށެވެ!) އެހިނދު އެމީހުން ދެންނެވިއެވެ. ހަމަދެންމެ ވިހެއި ކުޑަކުއްޖަކާއި އަހުރެމެން ވާހަކަ ދައްކާނީ ކޮންފަދައަކުންތޯއެވެ؟
قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا ﴿30﴾قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا
Transliteration: Qala innee AAabdu Allahi ataniya alkitaba wajaAAalanee nabiyyan
Translation: އެހިނދު އެދަރިކަލުން يعني: عيسى عليه السّلام ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅާއެވެ. އެކަލާނގެ އަހުރެންނަށް ފޮތް ދެއްވައިފިއެވެ. އެބަހީ: ފޮތްދެއްވުމަށް ނިޔާކުރައްވައިފިއެވެ. އަދި އަހުރެންނަކީ نبي އަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ.
وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا ﴿31﴾وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا
Transliteration: WajaAAalanee mubarakan ayna ma kuntu waawsanee bialssalati waalzzakati ma dumtu hayyan
Translation: އަދި އަހުރެންވީ ކޮންމެތަނެއްގައި އަހުރެންނަކީ بركاة ލެއްވިގެންވާ މީހަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ. މީސްތަކުންނަށް منفع ބޮޑުމީހަކު ކަމުގައި އެކަލާނގެ ލައްވައިފިއެވެ. (އެކަލޭގެފާނުންގެ އެންމެބޮޑު އެއްމަންފާއެއްކަމުގައިވީ ހެޔޮކަންތަކަށް أمر ކުރެއްވުމާއި مُنكَراة ނަހީކުރެއްވުންކަމުގައިވިއެވެ.) އަދި އަހުރެން ދިރިހުރިހާ ހިނދަކު ނަމާދުކުރުމަށާއި زكاة ދިނުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރައްވައިފިއެވެ. އަމުރުކުރައްވައިފިއެވެ.
وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا ﴿32﴾وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا
Transliteration: Wabarran biwalidatee walam yajAAalnee jabbaran shaqiyyan
Translation: އަދި އަހުރެން އަހުރެންގެ މަންމައަށް ހެޔޮކޮށްހިތައި މާތްކޮށް ހިތުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރެއްވިއެވެ. އަދި ބޮޑާ؛ ކިބުރުވެރި އަބާއްޖަވެރިއަކު ކަމުގައި އެކަލާނގެ އަހުރެން ނުލައްވައެވެ.
وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا ﴿33﴾وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا
Transliteration: Waalssalamu AAalayya yawma wulidtu wayawma amootu wayawma obAAathu hayyan
Translation: އަދި އަހުރެން ދުނިޔެއަށް އައިދުވަހުގައްޔާއި އަދި އަހުރެން މަރުވާދުވަހުގައްޔާއި އަދި އަހުރެން އަލުން ދިރިގެން محشر އަށް ފޮނުއްވޭދުވަހުވެސް އަހުރެންގެމައްޗަށް شيطان އާ އާއި އޭނާގެ لشكر ގެ ނުރައްކަލުން އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ.
ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ ﴿34﴾ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ
Transliteration: Thalika AAeesa ibnu maryama qawla alhaqqi allathee feehi yamtaroona
Translation: (ﷲ تعالى وحي ކުރެއްވިއެވެ.) އެއީ مَرْيَم ގެފާނުންގެ ދަރިކަލުން عيسى އެވެ. އެބަހީ: އިސްވެދިޔަ ވާހަކަތަކަކީ مرْيم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ގެ ވާހަކައެވެ. އެއީ حقّ ވާހަކަތަކެކެވެ. އެމީހުން އެވާހަކަތަކާއިމެދު جدل ކޮށް އަރައިރުންވަނީއެވެ.
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿35﴾مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Transliteration: Ma kana lillahi an yattakhitha min waladin subhanahu itha qada amran fainnama yaqoolu lahu kun fayakoonu
Translation: އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ.
وَإِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ﴿36﴾وَإِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
Transliteration: Wainna Allaha rabbee warabbukum faoAAbudoohu hatha siratun mustaqeemun
Translation: އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.)
فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ ﴿37﴾فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ
Transliteration: Faikhtalafa alahzabu min baynihim fawaylun lillatheena kafaroo min mashhadi yawmin AAatheemin
Translation: ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ.
أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّـٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ ﴿38﴾أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّـٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ
Transliteration: AsmiAA bihim waabsir yawma yatoonana lakini alththalimoona alyawma fee dalalin mubeenin
Translation: އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =\nދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.
وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ ﴿39﴾وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ
Transliteration: Waanthirhum yawma alhasrati ith qudiya alamru wahum fee ghaflatin wahum la yuminoona
Translation: (ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ.
إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ ﴿40﴾إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ
Transliteration: Inna nahnu narithu alarda waman AAalayha wailayna yurjaAAoona
Translation: އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِبۡرَٰهِيمَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيًّا ﴿41﴾وَٱذۡكُرۡ فِي ٱلۡكِتَٰبِ إِبۡرَٰهِيمَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيًّا
Transliteration: Waothkur fee alkitabi ibraheema innahu kana siddeeqan nabiyyan
Translation: (އޭ رسول ﷲ އެވެ.) އަދި މި ކީރިތި قرآن ން إبراهيم عليه السّلام ގެ ވާހަކަ ކަލޭގެފާނު (އެ مشرك ންނަށް) ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެ إبراهيم عليه السّلام ވެވަޑައިގެންނެވީ ތެދުވެރި ބޭކަލަކު ކަމުގައެވެ. އަދި نبي ބޭކަލަކު ކަމުގައެވެ.
إِذۡ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعۡبُدُ مَا لَا يَسۡمَعُ وَلَا يُبۡصِرُ وَلَا يُغۡنِي عَنكَ شَيۡـٔٗا ﴿42﴾إِذۡ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعۡبُدُ مَا لَا يَسۡمَعُ وَلَا يُبۡصِرُ وَلَا يُغۡنِي عَنكَ شَيۡـٔٗا
Transliteration: Ith qala liabeehi ya abati lima taAAbudu ma la yasmaAAu wala yubsiru wala yughnee AAanka shayan
Translation: އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު (ބައްޕައަށް) ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ. ކަންފަތަށް އަޑުނުއިވޭ އަދި ލޮލަށް ނުފެންނަ ތަކެއްޗަށް އަދި ބައްޕައަށް އެއްވެސްކަމެއް ފުއްދައި ނުދެވޭތަކެއްޗަށް ބައްޕަ އަޅުކަންކުރަނީ ކީއްވެތޯއެވެ؟
يَـٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا ﴿43﴾يَـٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا
Transliteration: Ya abati innee qad jaanee mina alAAilmi ma lam yatika faittabiAAnee ahdika siratan sawiyyan
Translation: އޭ އަހުރެންގެ ބައްޕާއެވެ! علم ގެތެރެއިން ބައްޕައަށް އެނގިގެންނުވާ ތަކެތި ހަމަކަށަވަރުން އަހުރެންނަށް އެނގެއެވެ. އެހެންވެ ބައްޕަ އަހުރެންނާއި تبع ވާށެވެ! އޭރުން އަހުރެން ބައްޕައަށް ހަމަ ސީދާ ތެދުމަގުދައްކާހުށީމެވެ.
يَـٰٓأَبَتِ لَا تَعۡبُدِ ٱلشَّيۡطَٰنَۖ إِنَّ ٱلشَّيۡطَٰنَ كَانَ لِلرَّحۡمَٰنِ عَصِيّٗا ﴿44﴾يَـٰٓأَبَتِ لَا تَعۡبُدِ ٱلشَّيۡطَٰنَۖ إِنَّ ٱلشَّيۡطَٰنَ كَانَ لِلرَّحۡمَٰنِ عَصِيّٗا
Transliteration: Ya abati la taAAbudi alshshaytana inna alshshaytana kana lilrrahmani AAasiyyan
Translation: އޭ އަހުރެންގެ ބައްޕާއެވެ. ބައްޕަ شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން شيطان އާވަނީ رحمن ވަންތަ ކަލާނގެއަށް އުރެދިފައެވެ.
يَـٰٓأَبَتِ إِنِّيٓ أَخَافُ أَن يَمَسَّكَ عَذَابٞ مِّنَ ٱلرَّحۡمَٰنِ فَتَكُونَ لِلشَّيۡطَٰنِ وَلِيّٗا ﴿45﴾يَـٰٓأَبَتِ إِنِّيٓ أَخَافُ أَن يَمَسَّكَ عَذَابٞ مِّنَ ٱلرَّحۡمَٰنِ فَتَكُونَ لِلشَّيۡطَٰنِ وَلِيّٗا
Transliteration: Ya abati innee akhafu an yamassaka AAathabun mina alrrahmani fatakoona lilshshyatani waliyyan
Translation: އޭ އަހުރެންގެ ބައްޕާއެވެ. އަހުރެން ބިރުގަންނަނީ رحمن ވަންތަ ކަލާނގެ حضرة ން ބައްޕައަށް عذاب އެއް އައިސް ޖެހިދާނެތީއެވެ. އޭރުން ދެން شيطان އާ ގެ ولى އަކުކަމުގައި އަދި އޭނާއަށް نصر ދޭ މީހަކުކަމުގައި ބައްޕަ ވެދާނެއެވެ. (ދެން އޭނާއާއެކު ނަރަކައިގައި އޮންނާން ޖެހިދާނެއެވެ.)
قَالَ أَرَاغِبٌ أَنتَ عَنۡ ءَالِهَتِي يَـٰٓإِبۡرَٰهِيمُۖ لَئِن لَّمۡ تَنتَهِ لَأَرۡجُمَنَّكَۖ وَٱهۡجُرۡنِي مَلِيّٗا ﴿46﴾قَالَ أَرَاغِبٌ أَنتَ عَنۡ ءَالِهَتِي يَـٰٓإِبۡرَٰهِيمُۖ لَئِن لَّمۡ تَنتَهِ لَأَرۡجُمَنَّكَۖ وَٱهۡجُرۡنِي مَلِيّٗا
Transliteration: Qala araghibun anta AAan alihatee ya ibraheemu lain lam tantahi laarjumannaka waohjurnee maliyyan
Translation: ފަހެ އެކަލޭގެފާނުންގެ ބައްޕަ (އެކަލޭގެފާނަށް) ދެންނެވިއެވެ. އޭ إبراهيم އެވެ. ކަލޭ އަހުރެންގެ إله ންތަކަށް ފުރަގަސްދީ ހުތުރު އެއްޗެތިކިޔަނީހެއްޔެވެ؟ އަދި ކަލޭ އެކަންތަކުން ހުއްޓައިނުލައިފިއްޔާ (ބުދުތަކަށް ހުތުރު އެއްޗެތިކިއުން ދޫކޮށްނުލައިފިއްޔާ) ހަމަކަށަވަރުން އަހުރެން ކަލޭގެ رَجَمُ ކޮށްފާހުށީމެވެ. އަދި ސީދާ އަހުރެންނާއި ކަލޭ ދުރުވެގެންނާށެވެ!
قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا ﴿47﴾قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا
Transliteration: Qala salamun AAalayka saastaghfiru laka rabbee innahu kana bee hafiyyan
Translation: އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. ބައްޕައަށް سلام އެވެ. ނިކަންހުރެ އަހުރެން ބައްޕައަށް ފާފަފުއްސެވުން އެދި އަހުރެންގެ ربّ ގެ حضرة ގައިދަންނަވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ނުހަނު އޯގާވަންތަވެވޮޑިގެންވިއެވެ.
وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا ﴿48﴾وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا
Transliteration: WaaAAtazilukum wama tadAAoona min dooni Allahi waadAAoo rabbee AAasa alla akoona biduAAai rabbee shaqiyyan
Translation: އަދި ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި ތިޔަ އަޅުކަންކުރާތަކެތީންވެސް އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް دعاء ކޮށް އަޅުކަންކުރާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް ކުރާ دعاء އާއި އަޅުކަން އަހުރެން އަބާއްޖަވެރިއަކުކަމުގައި ނުލެއްވުން أمّيد ކުރެވެއެވެ.
فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا ﴿49﴾فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا
Transliteration: Falamma iAAtazalahum wama yaAAbudoona min dooni Allahi wahabna lahu ishaqa wayaAAqooba wakullan jaAAalna nabiyyan
Translation: ދެންފަހެ އެކަލޭގެފާނުން އެމީހުންގެ ކިބައިންނާއި އަދި ﷲ ފިޔަވައި އެމީހުން އެއަޅުކަންކުރާ ތަކެތީން (އެބުދުތަކުން) ދުރުވެ ވަކިވީހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إسحق ގެފާނު ދެއްވީމެވެ. އަދި يعقوب ގެފާނު (ކާފަދަރިކަލެއްގެގޮތުން) ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކުވެސް نبي ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا ﴿50﴾وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا
Transliteration: Wawahabna lahum min rahmatina wajaAAalna lahum lisana sidqin AAaliyyan
Translation: އަދި ތިމަންރަސްކަލާނގެ رحمة ން އެބޭކަލުންނަށް ތަނަވަސްކަން ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެބޭކަލުންނަށް މަތިވެރިވެގެންވާ ތެދުވެރި ثناء އާއި تعريف ދެއްވީމެވެ. (ހުރިހާ أمّة އެއްގައިވެސް އެބޭކަލުންނަށް تعريف އާއި ثناء ވެއެވެ.) والله أعلم.
وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا ﴿51﴾وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا
Transliteration: Waothkur fee alkitabi moosa innahu kana mukhlasan wakana rasoolan nabiyyan
Translation: އަދި އޭ رسول ﷲ އެވެ. ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް موسى عليه السّلام ގެ ވާހަކަ ކިޔައިދޭށެވެ. ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ. (رسول ކަމަށާއި ﷲ ގެ ބަސްފުޅު وحي ކުރެއްވުމަށް إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ.) އަދި އެކަލޭގެފާނު ވެވަޑައިގަންނަވަނީ رسول ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا ﴿52﴾وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا
Transliteration: Wanadaynahu min janibi alttoori alaymani waqarrabnahu najiyyan
Translation: އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކައިރިން އެކަލޭގެފާނުން ކަނައަތްޕުޅު ފަރާތުން އެކަލޭގެފާނަށް نِدَاء އިއްވެވީމެވެ. (ގޮވައިލެއްވީމެވެ.) އަދި مُنَاجاه ދެންނެވުމުގެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ގާތްކުރެއްވީމެވެ.
وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا ﴿53﴾وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا
Transliteration: Wawahabna lahu min rahmatina akhahu haroona nabiyyan
Translation: އަދި ތިމަންރަސްކަލާނގެ رحمة ން އެކަލޭގެފާނުންގެ أخ هارون (عليه السّلام) نبي އަކުކަމުގައި ހައްދަވައި އެކަލޭގެފާނަށް ތާއީދުކުރެއްވުމަށް ފޮނުއްވީމެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا ﴿54﴾وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا
Transliteration: Waothkur fee alkitabi ismaAAeela innahu kana sadiqa alwaAAdi wakana rasoolan nabiyyan
Translation: އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް إسماعيل (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ. ހަމަކަށަވަރުން وعد ފުޅު ތެދު (އިތުރުފުޅު ނުހައްދަވާ) ބޭކަލަކުކަމުގައި އަދި رسول ބޭކަލަކުކަމުގައްޔާއި نبي ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ.
وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا ﴿55﴾وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا
Transliteration: Wakana yamuru ahlahu bialssalati waalzzakati wakana AAinda rabbihi mardiyyan
Translation: އަދި އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ނަމާދުކުރުމަށާއި زكاة ދިނުމަށް އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުންގެ ربّ ގެ حضرة ގައި ރުހެވިގެންވާ ބޭކަލަކުކަމުގައި އެކަލޭގެފާނުން ވެވަޑައިގެންނެވިއެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِدۡرِيسَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيّٗا ﴿56﴾وَٱذۡكُرۡ فِي ٱلۡكِتَٰبِ إِدۡرِيسَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيّٗا
Transliteration: Waothkur fee alkitabi idreesa innahu kana siddeeqan nabiyyan
Translation: އަދި ކަލޭގެފާނު ކީރިތި قرآن ން މީސްތަކުންނަށް إدريس (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ (އިތުރުފުޅު ނުހައްދަވާ) ތެދުވެރި ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
وَرَفَعۡنَٰهُ مَكَانًا عَلِيًّا ﴿57﴾وَرَفَعۡنَٰهُ مَكَانًا عَلِيًّا
Transliteration: WarafaAAnahu makanan AAaliyyan
Translation: އަދި މަތިވެރި ދަރަޖައަކަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
أُوْلَـٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَـٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩ ﴿58﴾أُوْلَـٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَـٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩
Transliteration: Olaika allatheena anAAama Allahu AAalayhim mina alnnabiyyeena min thurriyyati adama wamimman hamalna maAAa noohin wamin thurriyyati ibraheema waisraeela wamimman hadayna waijtabayna itha tutla AAalayhim ayatu alrrahmani kharroo sujjadan wabukiyyan
Translation: އެބޭބޭކަލުންނަކީ (އެބަހީ: އިސްވެދިޔަ އާޔަތްތަކުގައި ނަންގަނެވިގެންވާ رسول ންނާއި نبي އިންނަކީ) نبي ބޭކަލުންކުރެން އެބޭކަލުންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ލެއްވި (خاصّ) ބޭބޭކަލުންނެވެ. އެއީ آدم (عليه السّلام) ގެ ދަރިކޮޅުންނާއި އަދި نُوحُ عليه السّلام އާއިއެކު ތިމަންރަސްކަލާނގެ އުފުއްލެވި ބޭކަލުންގެ ދަރިކޮޅުންނާއި އަދި إبراهيم عليه السّلام އާއި يعقوب عليه السّلام ގެ ދަރިކޮޅުންނާއި އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި إختيار ކުރެއްވި ބޭބޭކަލުންނެވެ. އެބޭކަލުންގެމައްޗަށް رحمن ވަންތަ ކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެބޭކަލުން ކީރިތިކުރައްވާ حال سجدة އަށް ތިރިވެވަޑައިގަންނަވައެވެ.
فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا ﴿59﴾۞فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا
Transliteration: Fakhalafa min baAAdihim khalfun adaAAoo alssalata waittabaAAoo alshshahawati fasawfa yalqawna ghayyan
Translation: ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.)
إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا ﴿60﴾إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا
Transliteration: Illa man taba waamana waAAamila salihan faolaika yadkhuloona aljannata wala yuthlamoona shayan
Translation: އޭގެތެރެއިން (ދުނިޔޭގައިތިބެ) توبة ވެ صالح عمل ކުރިމީހުން މެނުވީއެވެ. ފަހެ އެފަދަމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް އެމީހުންނަށް ނުވެވޭނެއެވެ.
جَنَّـٰتِ عَدۡنٍ ٱلَّتِي وَعَدَ ٱلرَّحۡمَٰنُ عِبَادَهُۥ بِٱلۡغَيۡبِۚ إِنَّهُۥ كَانَ وَعۡدُهُۥ مَأۡتِيّٗا ﴿61﴾جَنَّـٰتِ عَدۡنٍ ٱلَّتِي وَعَدَ ٱلرَّحۡمَٰنُ عِبَادَهُۥ بِٱلۡغَيۡبِۚ إِنَّهُۥ كَانَ وَعۡدُهُۥ مَأۡتِيّٗا
Transliteration: Jannati AAadnin allatee waAAada alrrahmanu AAibadahu bialghaybi innahu kana waAAduhu matiyyan
Translation: އެމީހުން އެދުވަހުން ވަންނާނެ ސުވަރުގެއަކީ قائم ވެތިބޭ ބަގީޗާތަކެކެވެ. އެއީ رحمن ވަންތަ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް غَيْبُ ގައި (އެބަހީ: ނުފެނި) އެކަލާނގެ وَعْدُ ކުރައްވާފައިވާ ބަގީޗާތަކެވެ. ހަމަކަށަވަރުން އެކަލާނގެ وعد ފުޅު އެއީ ކަނޑައެޅިގެން އޮންނާނެކަމެކެވެ. ހިނގާނެ ކަމެކެވެ.
لَّا يَسۡمَعُونَ فِيهَا لَغۡوًا إِلَّا سَلَٰمٗاۖ وَلَهُمۡ رِزۡقُهُمۡ فِيهَا بُكۡرَةٗ وَعَشِيّٗا ﴿62﴾لَّا يَسۡمَعُونَ فِيهَا لَغۡوًا إِلَّا سَلَٰمٗاۖ وَلَهُمۡ رِزۡقُهُمۡ فِيهَا بُكۡرَةٗ وَعَشِيّٗا
Transliteration: La yasmaAAoona feeha laghwan illa salaman walahum rizquhum feeha bukratan waAAashiyyan
Translation: އެމީހުން އެސުވަރުގޭގައިތިބޭއިރު އެއްވެސް ބާވަތެއްގެ باطل އަދި ބޭކާރު ވާހަކައެއް ނުއަހާނެއެވެ. މަލާއިކަތް ބޭކަލުންގެ ސަލާމްމެނުވީ ނުއަހާނެއެވެ. (ملائكة ބޭކަލުން ސަލާމްކުރައްވާނެއެވެ.) އަދި އެތާނގައި އެމީހުންގެ ރިޒުގު ހެނދުނާއި ހަވީރު އެމީހުންނަށް ލިބިލިބިހުންނާނެއެވެ. (މިހެނދުނާއި ހަވީރުގެ ނިސްބަތް މިއީ ދުނިޔޭގެ ނިސްބަތުގައެވެ. އެހެނީ قيامة ދުވަހުން ހެނދުނާއި ހަވީރެއް ނުވެއެވެ.)
تِلۡكَ ٱلۡجَنَّةُ ٱلَّتِي نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِيّٗا ﴿63﴾تِلۡكَ ٱلۡجَنَّةُ ٱلَّتِي نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِيّٗا
Transliteration: Tilka aljannatu allatee noorithu min AAibadina man kana taqiyyan
Translation: އެސުވަރުގެއަކީ ތިމަންރަސްކަލާނގެއަށް تقوى ވެރިވީ އަޅުތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށް ދެއްވާނެ ސުވަރުގެއެވެ.
وَمَا نَتَنَزَّلُ إِلَّا بِأَمۡرِ رَبِّكَۖ لَهُۥ مَا بَيۡنَ أَيۡدِينَا وَمَا خَلۡفَنَا وَمَا بَيۡنَ ذَٰلِكَۚ وَمَا كَانَ رَبُّكَ نَسِيّٗا ﴿64﴾وَمَا نَتَنَزَّلُ إِلَّا بِأَمۡرِ رَبِّكَۖ لَهُۥ مَا بَيۡنَ أَيۡدِينَا وَمَا خَلۡفَنَا وَمَا بَيۡنَ ذَٰلِكَۚ وَمَا كَانَ رَبُّكَ نَسِيّٗا
Transliteration: Wama natanazzalu illa biamri rabbika lahu ma bayna aydeena wama khalfana wama bayna thalika wama kana rabbuka nasiyyan
Translation: جبريل عليه السّلام ވިދާޅުވިއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ ގެ އަމުރުފުޅަށްމެނުވީ ތިމަންކަލޭގެފާނު ފައިބާވަޑައި ނުގަންނަވާހުށީމެވެ. (ކަލޭގެފާނުންގެ އަރިހަށް ވަޑައިނުގަންނަވާހުށީމެވެ.) އަހުރެމެންގެ ކުރިމަތީގައި އަންނަންއޮތް آخرة ދުވަހާއި އަދި އަހުރެމެންގެ ފަހަތަށް ދޫކޮށްފައިވާ މިދާ ދުނިޔެއާއި އަދި އެދެމެދުގައި ވާހާ ކަމަކާއި މިހުރިހާކަމެއް މިލްކުވެ خاصّ ވެގެންވަނީ ކަލޭގެފާނުންގެ ربّ އަށެވެ. އަދި އެއިން އެއްވެސް ކަމެއް ކަލޭގެފާނުންގެ ربّ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވި ސަބަބެއްކަމުގައި تفسير ފޮތްތަކުގައި ބަޔާންވެގެންވެއެވެ. رسول ﷲ ﷺ جبريل عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު މިހާރު ތިޔަވަޑައިގަންނަވާ ވަރަށްވުރެ ގިނައިން ވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ މިސުވާލާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވިކަމުގައިވިއެވެ. والله أعلم.
رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا ﴿65﴾رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا
Transliteration: Rabbu alssamawati waalardi wama baynahuma faoAAbudhu waistabir liAAibadatihi hal taAAlamu lahu samiyyan
Translation: އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތީގެވެރި ربّ އެވެ. ފަހެ އެހެންވެ ކަލޭގެފާނު އެކަލާނގެއަށް ހަމައެކަނި އަޅުކަންކުރައްވާށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރެއްވުމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް إله އަކު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟
وَيَقُولُ ٱلۡإِنسَٰنُ أَءِذَا مَا مِتُّ لَسَوۡفَ أُخۡرَجُ حَيًّا ﴿66﴾وَيَقُولُ ٱلۡإِنسَٰنُ أَءِذَا مَا مِتُّ لَسَوۡفَ أُخۡرَجُ حَيًّا
Transliteration: Wayaqoolu alinsanu aitha ma mittu lasawfa okhraju hayyan
Translation: އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟
أَوَلَا يَذۡكُرُ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن قَبۡلُ وَلَمۡ يَكُ شَيۡـٔٗا ﴿67﴾أَوَلَا يَذۡكُرُ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن قَبۡلُ وَلَمۡ يَكُ شَيۡـٔٗا
Transliteration: Awala yathkuru alinsanu anna khalaqnahu min qablu walam yaku shayan
Translation: ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟)
فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا ﴿68﴾فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا
Transliteration: Fawarabbika lanahshurannahum waalshshayateena thumma lanuhdirannahum hawla jahannama jithiyyan
Translation: ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ.
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمۡ أَشَدُّ عَلَى ٱلرَّحۡمَٰنِ عِتِيّٗا ﴿69﴾ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمۡ أَشَدُّ عَلَى ٱلرَّحۡمَٰنِ عِتِيّٗا
Transliteration: Thumma lananziAAanna min kulli sheeAAatin ayyuhum ashaddu AAala alrrahmani AAitiyyan
Translation: ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ.
ثُمَّ لَنَحۡنُ أَعۡلَمُ بِٱلَّذِينَ هُمۡ أَوۡلَىٰ بِهَا صِلِيّٗا ﴿70﴾ثُمَّ لَنَحۡنُ أَعۡلَمُ بِٱلَّذِينَ هُمۡ أَوۡلَىٰ بِهَا صِلِيّٗا
Transliteration: Thumma lanahnu aAAlamu biallatheena hum awla biha siliyyan
Translation: ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ.
وَإِن مِّنكُمۡ إِلَّا وَارِدُهَاۚ كَانَ عَلَىٰ رَبِّكَ حَتۡمٗا مَّقۡضِيّٗا ﴿71﴾وَإِن مِّنكُمۡ إِلَّا وَارِدُهَاۚ كَانَ عَلَىٰ رَبِّكَ حَتۡمٗا مَّقۡضِيّٗا
Transliteration: Wain minkum illa wariduha kana AAala rabbika hatman maqdiyyan
Translation: އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. • (އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم)\nފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ.
ثُمَّ نُنَجِّي ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيّٗا ﴿72﴾ثُمَّ نُنَجِّي ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيّٗا
Transliteration: Thumma nunajjee allatheena ittaqaw wanatharu alththalimeena feeha jithiyyan
Translation: ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ.
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَيُّ ٱلۡفَرِيقَيۡنِ خَيۡرٞ مَّقَامٗا وَأَحۡسَنُ نَدِيّٗا ﴿73﴾وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَيُّ ٱلۡفَرِيقَيۡنِ خَيۡرٞ مَّقَامٗا وَأَحۡسَنُ نَدِيّٗا
Transliteration: Waitha tutla AAalayhim ayatuna bayyinatin qala allatheena kafaroo lillatheena amanoo ayyu alfareeqayni khayrun maqaman waahsanu nadiyyan
Translation: އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟)
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَحۡسَنُ أَثَٰثٗا وَرِءۡيٗا ﴿74﴾وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَحۡسَنُ أَثَٰثٗا وَرِءۡيٗا
Transliteration: Wakam ahlakna qablahum min qarnin hum ahsanu athathan wariyan
Translation: މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ.
قُلۡ مَن كَانَ فِي ٱلضَّلَٰلَةِ فَلۡيَمۡدُدۡ لَهُ ٱلرَّحۡمَٰنُ مَدًّاۚ حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ إِمَّا ٱلۡعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعۡلَمُونَ مَنۡ هُوَ شَرّٞ مَّكَانٗا وَأَضۡعَفُ جُندٗا ﴿75﴾قُلۡ مَن كَانَ فِي ٱلضَّلَٰلَةِ فَلۡيَمۡدُدۡ لَهُ ٱلرَّحۡمَٰنُ مَدًّاۚ حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ إِمَّا ٱلۡعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعۡلَمُونَ مَنۡ هُوَ شَرّٞ مَّكَانٗا وَأَضۡعَفُ جُندٗا
Transliteration: Qul man kana fee alddalalati falyamdud lahu alrrahmanu maddan hatta itha raaw ma yooAAadoona imma alAAathaba waimma alssaAAata fasayaAAlamoona man huwa sharrun makanan waadAAafu jundan
Translation: އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدٗىۗ وَٱلۡبَٰقِيَٰتُ ٱلصَّـٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٞ مَّرَدًّا ﴿76﴾وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدٗىۗ وَٱلۡبَٰقِيَٰتُ ٱلصَّـٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٞ مَّرَدًّا
Transliteration: Wayazeedu Allahu allatheena ihtadaw hudan waalbaqiyatu alssalihatu khayrun AAinda rabbika thawaban wakhayrun maraddan
Translation: އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު - كَهْفُ ސޫރަތުގެ 46 ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ.
أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا ﴿77﴾أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا
Transliteration: Afaraayta allathee kafara biayatina waqala laootayanna malan wawaladan
Translation: ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِى ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =
أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا ﴿78﴾أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
Transliteration: AttalaAAa alghayba ami ittakhatha AAinda alrrahmani AAahdan
Translation: އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.)
كَلَّاۚ سَنَكۡتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلۡعَذَابِ مَدّٗا ﴿79﴾كَلَّاۚ سَنَكۡتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلۡعَذَابِ مَدّٗا
Transliteration: Kalla sanaktubu ma yaqoolu wanamuddu lahu mina alAAathabi maddan
Translation: އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ.
وَنَرِثُهُۥ مَا يَقُولُ وَيَأۡتِينَا فَرۡدٗا ﴿80﴾وَنَرِثُهُۥ مَا يَقُولُ وَيَأۡتِينَا فَرۡدٗا
Transliteration: Wanarithuhu ma yaqoolu wayateena fardan
Translation: އަދި އޭނާ އެބުނާތަކެތި އެބަހީ: ދަރިންނާއި މުދާ ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ.
وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا ﴿81﴾وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا
Transliteration: Waittakhathoo min dooni Allahi alihatan liyakoonoo lahum AAizzan
Translation: އަދި އެމީހުން އެބަހީ: އެ مشرك ން ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ.
كَلَّاۚ سَيَكۡفُرُونَ بِعِبَادَتِهِمۡ وَيَكُونُونَ عَلَيۡهِمۡ ضِدًّا ﴿82﴾كَلَّاۚ سَيَكۡفُرُونَ بِعِبَادَتِهِمۡ وَيَكُونُونَ عَلَيۡهِمۡ ضِدًّا
Transliteration: Kalla sayakfuroona biAAibadatihim wayakoonoona AAalayhim diddan
Translation: އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.
أَلَمۡ تَرَ أَنَّآ أَرۡسَلۡنَا ٱلشَّيَٰطِينَ عَلَى ٱلۡكَٰفِرِينَ تَؤُزُّهُمۡ أَزّٗا ﴿83﴾أَلَمۡ تَرَ أَنَّآ أَرۡسَلۡنَا ٱلشَّيَٰطِينَ عَلَى ٱلۡكَٰفِرِينَ تَؤُزُّهُمۡ أَزّٗا
Transliteration: Alam tara anna arsalna alshshayateena AAala alkafireena taozzuhum azzan
Translation: (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ.
فَلَا تَعۡجَلۡ عَلَيۡهِمۡۖ إِنَّمَا نَعُدُّ لَهُمۡ عَدّٗا ﴿84﴾فَلَا تَعۡجَلۡ عَلَيۡهِمۡۖ إِنَّمَا نَعُدُّ لَهُمۡ عَدّٗا
Transliteration: Fala taAAjal AAalayhim innama naAAuddu lahum AAaddan
Translation: ފަހެ ކަލޭގެފާނު އެމީހުންނަށް عذاب އައުމަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ عمل ތަކާއި އަދި އެމީހުންގެ ނޭވާތައް عدد ކުރައްވައި ބައްލަވަމެވެ. ހިސާބުކުރައްވަމެވެ.
يَوۡمَ نَحۡشُرُ ٱلۡمُتَّقِينَ إِلَى ٱلرَّحۡمَٰنِ وَفۡدٗا ﴿85﴾يَوۡمَ نَحۡشُرُ ٱلۡمُتَّقِينَ إِلَى ٱلرَّحۡمَٰنِ وَفۡدٗا
Transliteration: Yawma nahshuru almuttaqeena ila alrrahmani wafdan
Translation: تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ محشر ކުރައްވައި އެއްކުރައްވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ.) އެދުވަހުން އެމީހުން جماعة جماعة އަށް ބައިބަޔަށް رحمن ވަންތަ حضرة އަށް އަންނާނެއެވެ.
وَنَسُوقُ ٱلۡمُجۡرِمِينَ إِلَىٰ جَهَنَّمَ وِرۡدٗا ﴿86﴾وَنَسُوقُ ٱلۡمُجۡرِمِينَ إِلَىٰ جَهَنَّمَ وِرۡدٗا
Transliteration: Wanasooqu almujrimeena ila jahannama wirdan
Translation: އަދި ނުބައިމީހުން - مجرم ން - ފެންބޮވައި ކަރުހިތްކައިގެންވާ حال ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ދަމާގެންދާހުށީމެވެ.
لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا ﴿87﴾لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
Transliteration: La yamlikoona alshshafaAAata illa mani ittakhatha AAinda alrrahmani AAahdan
Translation: (مؤمن ން އެއްބަޔަކު އަނެއްބަޔަކަށް شفاعة ތެރިވަމުންދާއިރު) މިކާފަރުންނަށް އެއްވެސް شفاعة އެއް މިލްކުވެގެން ނުވާނެއެވެ. ހަމައެކަނި رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފައިފައިވާ މީހަކުމެނުވީއެވެ. (އެބަހީ: އެކަލާނގެ حضرة އަށް إيمان ވެ صالح عمل ކޮށް رسول އަށް إيمان ވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތްމީހަކުމެނުވީއެވެ. އެފަދަމީހުންނަށް شفاعة ވެއެވެ.
وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗا ﴿88﴾وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗا
Transliteration: Waqaloo ittakhatha alrrahmanu waladan
Translation: އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ.
لَّقَدۡ جِئۡتُمۡ شَيۡـًٔا إِدّٗا ﴿89﴾لَّقَدۡ جِئۡتُمۡ شَيۡـًٔا إِدّٗا
Transliteration: Laqad jitum shayan iddan
Translation: (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ.
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا ﴿90﴾تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا
Transliteration: Takadu alssamawatu yatafattarna minhu watanshaqqu alardu watakhirru aljibalu haddan
Translation: އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.
أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدٗا ﴿91﴾أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدٗا
Transliteration: An daAAaw lilrrahmani waladan
Translation: رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމުގައި ބުނުމަކީ އެފަދަ ބޮޑުކުށެކެވެ.
وَمَا يَنۢبَغِي لِلرَّحۡمَٰنِ أَن يَتَّخِذَ وَلَدًا ﴿92﴾وَمَا يَنۢبَغِي لِلرَّحۡمَٰنِ أَن يَتَّخِذَ وَلَدًا
Transliteration: Wama yanbaghee lilrrahmani an yattakhitha waladan
Translation: رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވުމަކީ، ދަރިކަލަކު إختيار ކުރެއްވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއްނޫނެވެ. ބޭނުންވެވޮޑިގެންވާކަމެއްނޫނެވެ. އެކަލާނގެ އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.
إِن كُلُّ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ إِلَّآ ءَاتِي ٱلرَّحۡمَٰنِ عَبۡدٗا ﴿93﴾إِن كُلُّ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ إِلَّآ ءَاتِي ٱلرَّحۡمَٰنِ عَبۡدٗا
Transliteration: In kullu man fee alssamawati waalardi illa atee alrrahmani AAabdan
Translation: رحمن ވަންތަ ﷲ އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ. (އެބަހީ: ކޮންމެ مخلوق އެއްވެސް قيامة ދުވަހުން ﷲ ގެ އަޅެއްގެގޮތުގައި އެކަލާނގެ حضرة އަށް އަންނާނެއެވެ.)
لَّقَدۡ أَحۡصَىٰهُمۡ وَعَدَّهُمۡ عَدّٗا ﴿94﴾لَّقَدۡ أَحۡصَىٰهُمۡ وَعَدَّهُمۡ عَدّٗا
Transliteration: Laqad ahsahum waAAaddahum AAaddan
Translation: ހަމަކަށަވަރުން މާތްރަސްކަލާނގެ އެމީހުންގެ عدد ތައް ބައްލަވާ ހިމަނުއްވައެވެ. (އެއްވެސް مخلوق އެއް ގެއްލި އުނިވެ ވީނުވީ ނޭނގި ނުދާނެއެވެ.)
وَكُلُّهُمۡ ءَاتِيهِ يَوۡمَ ٱلۡقِيَٰمَةِ فَرۡدًا ﴿95﴾وَكُلُّهُمۡ ءَاتِيهِ يَوۡمَ ٱلۡقِيَٰمَةِ فَرۡدًا
Transliteration: Wakulluhum ateehi yawma alqiyamati fardan
Translation: އަދި އެހުރިހާ މީހުން قيامة ދުވަހުން އެކަނި އެކަނިން އެކަލާނގެ حضرة އަށް އަންނަހުއްޓެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَيَجۡعَلُ لَهُمُ ٱلرَّحۡمَٰنُ وُدّٗا ﴿96﴾إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَيَجۡعَلُ لَهُمُ ٱلرَّحۡمَٰنُ وُدّٗا
Transliteration: Inna allatheena amanoo waAAamiloo alssalihati sayajAAalu lahumu alrrahmanu wuddan
Translation: ހަމަކަށަވަރުން އީމާންވެގެން صالح عمل ކުރި މީސްތަކުން (ދަންނައެވެ.) رَحمن ވަންތަ ކަލާނގެ ނިކަންހުރެ އެމީހުންނަށް ލޯބިވެތިކަން މީސްތަކުންގެ ހިތްތަކުގައި ލައްވާހުއްޓެވެ.
فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلۡمُتَّقِينَ وَتُنذِرَ بِهِۦ قَوۡمٗا لُّدّٗا ﴿97﴾فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلۡمُتَّقِينَ وَتُنذِرَ بِهِۦ قَوۡمٗا لُّدّٗا
Transliteration: Fainnama yassarnahu bilisanika litubashshira bihi almuttaqeena watunthira bihi qawman luddan
Translation: (އޭ رسول ﷲ އެވެ.) ދެންފަހެ ކަލޭގެފާނުންގެ ދޫފުޅަށް ތިމަންރަސްކަލާނގެ މި قرآن ފަސޭހަކޮށްދެއްވީމެވެ. އެއީ تقوى ވެރިންނަށް އެ قرآن ން ކަލޭގެފާނުން އުފާވެރިކަމުގެ خبر ދެއްވުމަށެވެ. އަދި ދެކޮޅުވެރިކަން ގަދަވެގެންވާ ބަޔަކަށް (مكّة ގެ قريش ންނަށް) އެ قرآن ން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. ބިރުވެރިކަމުގެ خبر ދެއްވުމަށެވެ.
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا ﴿98﴾وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا
Transliteration: Wakam ahlakna qablahum min qarnin hal tuhissu minhum min ahadin aw tasmaAAu lahum rikzan
Translation: އަދި އެ قريش ންގެކުރިން ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވިން ހެއްޔެވެ؟ އެބަހީ: ވަރަށްގިނަމީހުން (އެމީހުން ނުކިޔަމަންތެރިވުމުން) ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންކުރެ އެކެއްގެ إحساس އެއްވެސް ހިލަމެއްވެސް ކަލޭގެފާނަށްވޭތޯއެވެ؟ ނުވަތަ އެއިން މީހެއްގެ އަޑެއްވިޔަސް ހިރުމެއްވިޔަސް ކަލޭގެފާނަށް އިވިވަޑައިގަންނަވައިތޯއެވެ؟ (މިއިން އެއްވެސްކަމެއް ނެތެވެ.)
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download