quranm◉

Surah Al-Mu'minun transliteration

◉ ސޫރަ · ∞

23:1

قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ ﴿1﴾

Transliteration: Qad aflaha almuminoona

Translation: ހަމަކަށަވަރުން مؤمن ން ކާމިޔާބުކޮށްފިއެވެ. ނަސީބުވެރިވެއްޖެއެވެ. އެއީ قيامة ދުވަހުންނެވެ.

23:2

ٱلَّذِينَ هُمۡ فِي صَلَاتِهِمۡ خَٰشِعُونَ ﴿2﴾

Transliteration: Allatheena hum fee salatihim khashiAAoona

Translation: އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ.

23:3

وَٱلَّذِينَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ ﴿3﴾

Transliteration: Waallatheena hum AAani allaghwi muAAridoona

Translation: އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ ﷲ އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ.

23:4

وَٱلَّذِينَ هُمۡ لِلزَّكَوٰةِ فَٰعِلُونَ ﴿4﴾

Transliteration: Waallatheena hum lilzzakati faAAiloona

Translation: އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ.

23:5

وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ ﴿5﴾

Transliteration: Waallatheena hum lifuroojihim hafithoona

Translation: އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ.

23:6

إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ ﴿6﴾

Transliteration: Illa AAala azwajihim aw ma malakat aymanuhum fainnahum ghayru maloomeena

Translation: ހަމައެކަނި އެމީހުންގެ އަނބީންނާއި އެމީހުންގެ جَارِيَة އިންނަށް މެނުވީއެވެ. އެފަދަ މީހުންނަކީ މަލާމާތްލިބިގެންވާ މީހުންނެއްނޫނެވެ. އެބަހީ: حلال ގޮތުގައި އަނބިން ނުވަތަ އަޅުއަންހެނުން ބޭނުންކުރުން ހުއްދައެވެ.

23:7

فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡعَادُونَ ﴿7﴾

Transliteration: Famani ibtagha waraa thalika faolaika humu alAAadoona

Translation: ފަހެ އޭގެ ފަހަތަށް އެދިގެންފިމީހާ (އެބަހީ: ތިމާގެ އަނބީންނަށާއި جَاريَة އިން ނޫން މީހުނަށް ތިމާގެ ލަދުގުނަވަން كشف ކޮށް ހާމަކޮށް ހަދާ އަރާމެއް ލިބިގެންފިމީހުން) ދަންނައެވެ. ފަހެ އެފަދަ މީހުންނަކީ ހައްދުފަހަނަޅައިފި ބައެކެވެ. ﷲ އެމީހުންނަށް ކަނޑައަޅުއްވާދެއްވި އިމުން ނުކުމެގެންވާ މީހުންނެވެ. ކުށްވެރިންނެވެ.

23:8

وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ ﴿8﴾

Transliteration: Waallatheena hum liamanatihim waAAahdihim raAAoona

Translation: އަދި އެ مؤمن ންނަކީ އެމީހުންގެ އަމާނާތްތަކަށާއި وعد ތަކަށް ފަރުވާތެރިވެ އެކަންކަން ބަރާބަރަށް އަދާކުރާ މީހުންނެވެ.

23:9

وَٱلَّذِينَ هُمۡ عَلَىٰ صَلَوَٰتِهِمۡ يُحَافِظُونَ ﴿9﴾

Transliteration: Waallatheena hum AAala salawatihim yuhafithoona

Translation: އަދި ހަމަ އެ مؤمن ންނަކީ އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވާ މީހުންނެވެ. (އެބަހީ: އެމީހުންނަކީ އެމީހުންގެ فرض ނަމާދުތައް ބަރާބަރަށް ވަގުތުން ވަގުތަށް އެންގެވިފަދައަކުން އަދާކުރާ މީހުންނެވެ.)

23:10

أُوْلَـٰٓئِكَ هُمُ ٱلۡوَٰرِثُونَ ﴿10﴾

Transliteration: Olaika humu alwarithoona

Translation: އެމީހުންނަކީ ވާރުތަކުރާނެ މީހުންނެވެ.

23:11

ٱلَّذِينَ يَرِثُونَ ٱلۡفِرۡدَوۡسَ هُمۡ فِيهَا خَٰلِدُونَ ﴿11﴾

Transliteration: Allatheena yarithoona alfirdawsa hum feeha khalidoona

Translation: އެމީހުންނަކީ فِرْدَوْسُ އެވެ ކިޔުނު ސުވަރުގެ ވާރުތަކުރާނެ މީހުންނެވެ. އަދި އެމީހުންނަކީ އެތާގައި ދެމިތިބޭނޭ މީހުންނެވެ.

23:12

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن سُلَٰلَةٖ مِّن طِينٖ ﴿12﴾

Transliteration: Walaqad khalaqna alinsana min sulalatin min teenin

Translation: ހަމަކަށަވަރުން މަށީގެ ސާފު ފެންފޮދަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ އިންސާނާއަކީ آدم عليه السّلام އެވެ. والله أعلم)

23:13

ثُمَّ جَعَلۡنَٰهُ نُطۡفَةٗ فِي قَرَارٖ مَّكِينٖ ﴿13﴾

Transliteration: Thumma jaAAalnahu nutfatan fee qararin makeenin

Translation: ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދަރިފަސްކޮޅު نُطْفَة އަކުން يعني: މަނިފޮދުވަރަކުން ލެއްވީމެވެ. އެ نطفة ދެން ރައްކާތެރިތަނެއްގައި قرار ކުރެއްވީމެވެ. (އެއީ އަންހެނާގެ رَحِم އެވެ.)

23:14

ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةٗ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةٗ فَخَلَقۡنَا ٱلۡمُضۡغَةَ عِظَٰمٗا فَكَسَوۡنَا ٱلۡعِظَٰمَ لَحۡمٗا ثُمَّ أَنشَأۡنَٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ ﴿14﴾

Transliteration: Thumma khalaqna alnnutfata AAalaqatan fakhalaqna alAAalaqata mudghatan fakhalaqna almudghata AAithaman fakasawna alAAithama lahman thumma anshanahu khalqan akhara fatabaraka Allahu ahsanu alkhaliqeena

Translation: ދެން ތިމަންރަސްކަލާނގެ އެމަނިފޮދު ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑު ލެއިކޮޅު ތިމަންރަސްކަލާނގެ މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު ތިމަންރަސްކަލާނގެ ކަށިކޮޅަކަށް ހެއްދެވީމެވެ. ދެން އެކަށިކޮޅުގައި ތިމަންރަސްކަލާނގެ މަސްލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއިންސާނާ އެހެން ހެއްދެވުމަކުން ހެއްދެވީމެވެ. (އެއީ އޭނާގެ ފުރާނައެޅުއްވުމާ حِسُّ ތައް ބަރާބަރުކުރެއްވުމާ ދެންވެސް ހުރި ކަންކަމެވެ. والله أعلم) ފަހެ ﷲ ގެ ބަރަކާތްވަންތަކަމުގެ ބޮޑުކަމާއެވެ! އެކަލާނގެއީ އެންމެ ރަނގަޅަށް އެންމެ ރީތިކޮށް އަދި އެންމެ ފުރިހަމަކޮށް ހައްދަވާ ކަލާނގެއެވެ. އެކަލާނގެ بركاة ވަންތަކަމާއެވެ!

23:15

ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ ﴿15﴾

Transliteration: Thumma innakum baAAda thalika lamayyitoona

Translation: (އޭ އިންސާނުންނޭވެ!) ދެން ހަމަކަށަވަރުން ކަލޭމެން އޭގެފަހުގައި (އެބަހީ: ހައްދަވައި ދުނިޔޭގައި އުޅުމަށްފަހު) ކަނޑައެޅިގެން مَيّت ންކަމުގައިވާނެއެވެ. މަރުވާނެއެވެ.

23:16

ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ تُبۡعَثُونَ ﴿16﴾

Transliteration: Thumma innakum yawma alqiyamati tubAAathoona

Translation: ދެން ހަމަކަށަވަރުން ކަލޭމެން (މަރުވުމަށްފަހު) قيامة ދުވަހުން (އަލުން ދިރިގެން محشر އަށް) ފޮނުވޭހުއްޓެވެ. (އެއީ ކަށަވަރުކަމެކެވެ.)

23:17

وَلَقَدۡ خَلَقۡنَا فَوۡقَكُمۡ سَبۡعَ طَرَآئِقَ وَمَا كُنَّا عَنِ ٱلۡخَلۡقِ غَٰفِلِينَ ﴿17﴾

Transliteration: Walaqad khalaqna fawqakum sabAAa taraiqa wama kunna AAani alkhalqi ghafileena

Translation: އަދި ހަމަކަށަވަރުން ކަލޭމެންގެ މަތީގައި މަތިމައްޗަށް ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި خَلْقُ ތަކުން ފިޔަވައި غَافِلُ ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

23:18

وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَسۡكَنَّـٰهُ فِي ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ ﴿18﴾

Transliteration: Waanzalna mina alssamai maan biqadarin faaskannahu fee alardi wainna AAala thahabin bihi laqadiroona

Translation: އަދި ވަކިމިންވަރަކަށް ތިމަންރަސްކަލާނގެ އުޑުން ފެންވެއްސަވަމުއެވެ. ދެން ތިމަންރަސްކަލާނގެ އެފެން ބިމުގައި ހިފަހައްޓަވައި خَزانَه ކުރައްވަމެވެ. އަދި އެފެން ބިމުން ގެންދަވައި ނެތިކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

23:19

فَأَنشَأۡنَا لَكُم بِهِۦ جَنَّـٰتٖ مِّن نَّخِيلٖ وَأَعۡنَٰبٖ لَّكُمۡ فِيهَا فَوَٰكِهُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ ﴿19﴾

Transliteration: Faanshana lakum bihi jannatin min nakheelin waaAAnabin lakum feeha fawakihu katheeratun waminha takuloona

Translation: އަދި އެފެނުން ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް އުފެއްދެވީމެވެ. އަދި ކަލޭމެންނަށް އެބަގީޗާތަކުގައި ގިނަގުނަ މޭވާތައްވެއެވެ. އަދި ކަލޭމެން އެތަކެތިކައި ހަދަމުއެވެ.

23:20

وَشَجَرَةٗ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٖ لِّلۡأٓكِلِينَ ﴿20﴾

Transliteration: Washajaratan takhruju min toori saynaa tanbutu bialdduhni wasibghin lilakileena

Translation: އަދި އެހެން ގަހެއް ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެގަސް ނުކުންނަނީ طُوْرسِيْنَا އެވެ ކިޔޭ ފަރުބަދައިންނެވެ. އެގަހުން ތެޔޮނުކުމެއެވެ. ނުވަތަ ތެޔޮ ނެރެވެއެވެ. އަދި ކައިހަދާ މީހުންނަށްވާ ލައިގެންކާއެއްޗެއްކަމުގައި އޭތިވެއެވެ. (އެގަހަކީ زَيْتُون ގަސްކަމުގައިވެއެވެ. والله أعلم)

23:21

وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهَا وَلَكُمۡ فِيهَا مَنَٰفِعُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ ﴿21﴾

Transliteration: Wainna lakum fee alanAAami laAAibratan nusqeekum mimma fee butooniha walakum feeha manafiAAu katheeratun waminha takuloona

Translation: އަދި نَعَم ސޫފީގައި ކަލޭމެންނަށް عبرة ވާކަންކަށަވަރެވެ. (އެބަހީ: އެތަކެތީގައި ވިސްނާ فكر ކޮށް عبرة حاصل ކުރާ މީހަކަށް ﷲ ގެ نعمة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދެނެގަންނާނެ عبرة އާއި دليل ވެއެވެ.) އަދި އެތަކެތީގެ ބަނޑުގައިވާތަކެތީގެތެރެއިން ކަލޭމެނަށް ބޯންދެއްވަމެވެ. (ކިރުބޯންދެއްވަމެވެ.) އަދި އެތަކެތީގައި ކަލޭމެނަށްވާ ގިނަގުނަ مَنْفَعَ ތައް ވެއެވެ. އަދި އެތަކެތީން ކަލޭމެން ކައިހަދަމުއެވެ. އޭގެ މަހާއި ސަރުބީ ކައިހަދަމުއެވެ.

23:22

وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ ﴿22﴾

Transliteration: WaAAalayha waAAala alfulki tuhmaloona

Translation: އަދި އެ نَعَم ސޫފީގެމަތީގައި އަދި މޫދުގައި ދުއްވާ އުޅަނދުފަހަރުގައި ކަލޭމެން އެއްތަނުން އަނެއްތަކަށް ގޮސްވަމުއެވެ. ދަތުރުފަތުރު ކުރަމެވެ. ތަކެތި އުފުލާ ހަދަމުއެވެ. އެއީ ހައްތާވެސް مَنْفَعَ އެވެ.

23:23

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ﴿23﴾

Transliteration: Walaqad arsalna noohan ila qawmihi faqala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu afala tattaqoona

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟

23:24

فَقَالَ ٱلۡمَلَؤُاْ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يُرِيدُ أَن يَتَفَضَّلَ عَلَيۡكُمۡ وَلَوۡ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةٗ مَّا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ ﴿24﴾

Transliteration: Faqala almalao allatheena kafaroo min qawmihi ma hatha illa basharun mithlukum yureedu an yatafaddala AAalaykum walaw shaa Allahu laanzala malaikatan ma samiAAna bihatha fee abaina alawwaleena

Translation: ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުން (އެމީހުން އެމީހުންނަށް) ބުނެއެވެ. މިއީ ހަމަ ކަލޭމެންކަހަލަ آدم ގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު މާތްވެގަންނާށެވެ. އަދި (رسول ބޭކަލަކު ފޮނުއްވުމަށް) ﷲ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން މަލާއިކަތްބޭކަލަކު ފޮނުއްވައިފީހެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެ ކިބައިންވެސް އަހުރެމެން މިފަދަ ވާހަކައެއް ނާހަމެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވެޔޭ ބުނާއަޑެއް ނާހަމެވެ.)

23:25

إِنۡ هُوَ إِلَّا رَجُلُۢ بِهِۦ جِنَّةٞ فَتَرَبَّصُواْ بِهِۦ حَتَّىٰ حِينٖ ﴿25﴾

Transliteration: In huwa illa rajulun bihi jinnatun fatarabbasoo bihi hatta heenin

Translation: ހަމަކަށަވަރުން އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ކިބައިގައި ޖިންނިބަލި ނުވަތަ މޮޔަކަން ހުރި މީހަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދުވަސްކޮޅަކަށް އެކަލޭގެފާނުންގެ ކަންތަކާމެދު إنتظار ކުރާށެވެ! ވާގޮތެއް ބަލާށެވެ!

23:26

قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ ﴿26﴾

Transliteration: Qala rabbi onsurnee bima kaththabooni

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެބައިމީހުން (يعني: މިއަޅާގެ قوم ގެމީހުން) މިއަޅާ ދޮގުކުރާ ކަންކަމުގައި މިއަޅާއަށް نصر ދެއްވާންދޭވެ!

23:27

فَأَوۡحَيۡنَآ إِلَيۡهِ أَنِ ٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا فَإِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ فَٱسۡلُكۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ مِنۡهُمۡۖ وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ﴿27﴾

Transliteration: Faawhayna ilayhi ani isnaAAi alfulka biaAAyunina wawahyina faitha jaa amruna wafara alttannooru faosluk feeha min kullin zawjayni ithnayni waahlaka illa man sabaqa AAalayhi alqawlu minhum wala tukhatibnee fee allatheena thalamoo innahum mughraqoona

Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަންރަސްކަލާނގެ وحي އާއިއެކު ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިސް (އެބަހީ: قوم ގެ ކާފަރުންގެ ހަލާކުގެ أمر ފުޅު އަތުވެއްޖެއްޔާއި - އަދި އުނދުންތަކުން ފެންއަރަން ފަށައިފިއްޔާ ދެން ކަލޭގެފާނު އެނާކޮޅަށް ކޮންމެ ވައްތަރަކުންވެސް ޖޯޑަކުން ޖޯޑަކުން ލައްވާށެވެ! އަދި ކަލޭގެފާނުންގެ أهل ވެރިންކުރެ އެމީހެއްގެމައްޗަށް (ހަލާކުވުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް އެނާކޮޅަށް ލައްވާށެވެ! (އަދި ކަލޭގެފާނުވެސް އަރާވަޑައިގަންނަވާށެވެ!) އަދި އަނިޔާވެރިންނާއިމެދު (އެބަހީ: އެމީހުންގެ حال އާއިމެދު) ތިމަންރަސްކަލާނގެއަށް އެއްޗެއް ނުދަންނަވާށެވެ! ހަމަކަށަވަރުން އެމީހުން އެއީ غرق ވެގެންވާ ބައެކެވެ.

23:28

فَإِذَا ٱسۡتَوَيۡتَ أَنتَ وَمَن مَّعَكَ عَلَى ٱلۡفُلۡكِ فَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي نَجَّىٰنَا مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿28﴾

Transliteration: Faitha istawayta anta waman maAAaka AAala alfulki faquli alhamdu lillahi allathee najjana mina alqawmi alththalimeena

Translation: ދެންފަހެ ކަލޭގެފާނާއި އަދި ކަލޭގެފާނާއިއެކު (إيمان ވެގެންވާ) މީސްތަކުން އެނާކޮޅަށް އަރާ ހަމަޖެހިވަޑައިގެންފިއްޔާ ދެން ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން އަނިޔާވެރި قوم ގެފަރާތުން ސަލާމަތްކުރެއްވި ކަލާނގެއެވެ.

23:29

وَقُل رَّبِّ أَنزِلۡنِي مُنزَلٗا مُّبَارَكٗا وَأَنتَ خَيۡرُ ٱلۡمُنزِلِينَ ﴿29﴾

Transliteration: Waqul rabbi anzilnee munzalan mubarakan waanta khayru almunzileena

Translation: އަދި ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ. بركاة ތެރިވެގެންވާ ތަނަކަށް މިއަޅާ ބާލުއްވާދެއްވާންދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ބައިލުއްވާ ކަލާނގެއެވެ.

23:30

إِنَّ فِي ذَٰلِكَ لَأٓيَٰتٖ وَإِن كُنَّا لَمُبۡتَلِينَ ﴿30﴾

Transliteration: Inna fee thalika laayatin wain kunna lamubtaleena

Translation: (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.

23:31

ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ ﴿31﴾

Transliteration: Thumma anshana min baAAdihim qarnan akhareena

Translation: ދެން ތިމަންރަސްކަލާނގެ އެމީހުންގެފަހުން އެހެން أمّة އެއް އުފެއްދެވީމެވެ.

23:32

فَأَرۡسَلۡنَا فِيهِمۡ رَسُولٗا مِّنۡهُمۡ أَنِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ﴿32﴾

Transliteration: Faarsalna feehim rasoolan minhum ani oAAbudoo Allaha ma lakum min ilahin ghayruhu afala tattaqoona

Translation: އަދި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެތެރެއަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (އެއީ އެބޭކަލަކު އެމީހުންނަށް ވިދާޅުވުމަށެވެ.) އޭ قوم ގެ މީހުންނޭވެ. ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކު ކަލޭމެންނަކަށް ނުވެއެވެ. (حقّ إله އަކު ނުވެއެވެ.) ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

23:33

وَقَالَ ٱلۡمَلَأُ مِن قَوۡمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلۡأٓخِرَةِ وَأَتۡرَفۡنَٰهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يَأۡكُلُ مِمَّا تَأۡكُلُونَ مِنۡهُ وَيَشۡرَبُ مِمَّا تَشۡرَبُونَ ﴿33﴾

Transliteration: Waqala almalao min qawmihi allatheena kafaroo wakaththaboo biliqai alakhirati waatrafnahum fee alhayati alddunya ma hatha illa basharun mithlukum yakulu mimma takuloona minhu wayashrabu mimma tashraboona

Translation: އަދި އެކަލޭގެފާނުންގެ قوم ގެ آخرة އާއި ބައްދަލުވުން ދޮގުކުރި އަދި ކާފަރުވީ ބޮޑެތި ސަރުދާރުން ބުންޏެވެ. އަދި އެމީހުންނަކީ ދުނިޔޭގެ حياة ގައި އެމީހުންނަށް ގިނަގުނަ نعمة ތައްދެއްވި މީހުންނެވެ. އެމީހުން ބުންޏެވެ. މިބޭކަލަކީ (އެބަހީ: رسول ކަމާއިގެން ފޮނުއްވިއޭ ކިޔައިގެން މިއުޅޭމީހަކީ) ހަމަކަލޭމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެފާނު އެ ކަނީވެސް އެއެއްޗެއް ކަލޭމެންވެސް ހަމަކައިހަދާ ތަކެއްޗެވެ. އަދި ބޮނީވެސް ހަމަ ކަލޭމެން ބޯބާވަތުގެ ތަކެއްޗެވެ. (މިއީ ވަކިއާ މީހެއްނޫނެވެ.)

23:34

وَلَئِنۡ أَطَعۡتُم بَشَرٗا مِّثۡلَكُمۡ إِنَّكُمۡ إِذٗا لَّخَٰسِرُونَ ﴿34﴾

Transliteration: Walain ataAAtum basharan mithlakum innakum ithan lakhasiroona

Translation: އަދި ކަލޭމެންކަހަލަ آدم ގެ ދަރިޔަކަށް ކަލޭމެން ކިޔަމަންވެއްޖެއްޔާއި އޭރުން ކަލޭމެންނަކީ ކަށަވަރުންވެސް ގެއްލި ހަލާކުވެއްޖެ ބައެކެވެ.

23:35

أَيَعِدُكُمۡ أَنَّكُمۡ إِذَا مِتُّمۡ وَكُنتُمۡ تُرَابٗا وَعِظَٰمًا أَنَّكُم مُّخۡرَجُونَ ﴿35﴾

Transliteration: AyaAAidukum annakum itha mittum wakuntum turaban waAAithaman annakum mukhrajoona

Translation: ހަމަކަށަވަރުން ކަލޭމެން މަރުވެ ވެއްޔަށްވެ ކަށިތައްވެސް ފީވެދިއުމަށްފަހު ކަލޭމެން (އަލުން ދިރިގެން) ނެރެވޭނޭކަމަށް އެކަލޭގެފާނު ކަލޭމެނަށް وعد ކުރަނީހެއްޔެވެ؟

23:36

هَيۡهَاتَ هَيۡهَاتَ لِمَا تُوعَدُونَ ﴿36﴾

Transliteration: Hayhata hayhata lima tooAAadoona

Translation: ކަލޭމެންނަށް وعد ވެވޭ ކަންތަކުގެ ހުރި ދުރުކަމާއެވެ. ދުރުކަމާއެވެ.

23:37

إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا نَحۡنُ بِمَبۡعُوثِينَ ﴿37﴾

Transliteration: In hiya illa hayatuna alddunya namootu wanahya wama nahnu bimabAAootheena

Translation: އަހުރެމެން މިއުޅޭ ދުނިޔޭގެ حياة މެނުވީ އެހެން حياة އެއް ނުވެއެވެ. އެ حياة ގެތެރޭގައި އެއްބަޔަކު މަރުވެ އަނެއްބަޔަކު ދިރެނީއެވެ. (އެއީ އެގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.) އަދި އަހުރެމެންނަކީ އަލުން ދިރިގެން ފޮނުވޭނެ ބަޔަކު ކަމުގައި ނުވެއެވެ. (މިއީ އެ قوم ގައި ތިބި ކާފަރުންގެ މަތީމީހުން ދެރަނިކަމެތިންނަށް ވިސްނައިދޭ ވިސްނައިދިނުމެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެތާކުވެސް سَمَاوِي هِدَايَة އާއި ދުރުބަޔަކު ކަމުގައި ފެންނަނީ އެތަނެއްގައި ތިބޭ ކަމުވޮށިވެގެންވާ މަތީމީހުންނެވެ. ބަސްވިކޭ މީހުންނެވެ. އާދައިގެ ދެރަމީހުންމަގުން ނެއްޓިގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ މިމަތީ މީހުންގެ ވާހަކަތަކާއި އެމީހުންގެ عمل ތަކާއި ފިއްތުންތަކެވެ.

23:38

إِنۡ هُوَ إِلَّا رَجُلٌ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا وَمَا نَحۡنُ لَهُۥ بِمُؤۡمِنِينَ ﴿38﴾

Transliteration: In huwa illa rajulun iftara AAala Allahi kathiban wama nahnu lahu bimumineena

Translation: (އަދި އެމީހުން ބުންޏެވެ.) އޭނާޔަކީ ﷲ ގެމައްޗަށް ދޮގެއް އަމިއްލައަށް ހަދައިގެންއުޅޭ މީހަކުކަމުގައި މެނުވީ ނުވެއެވެ. އަދި އަހުރެމެންނަކީ އެކަލޭގެފާނަށް އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. (އަހުރެމެން އެކަލޭގެފާނަށް އީމާންނުވާނަމެވެ.)

23:39

قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ ﴿39﴾

Transliteration: Qala rabbi onsurnee bima kaththabooni

Translation: އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. އެމީހުން ދޮގުކުރިކަމުގެ ސަބަބުން މިއަޅާއަށް نصر ދެއްވާންދޭވެ.

23:40

قَالَ عَمَّا قَلِيلٖ لَّيُصۡبِحُنَّ نَٰدِمِينَ ﴿40﴾

Transliteration: Qala AAamma qaleelin layusbihunna nadimeena

Translation: އެކަލާނގެ وحي ކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ހިތާމަކުރާ ބަޔަކުކަމުގައި އެމީހުން ވެދާނެއެވެ.

23:41

فَأَخَذَتۡهُمُ ٱلصَّيۡحَةُ بِٱلۡحَقِّ فَجَعَلۡنَٰهُمۡ غُثَآءٗۚ فَبُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ ﴿41﴾

Transliteration: Faakhathathumu alssayhatu bialhaqqi fajaAAalnahum ghuthaan fabuAAdan lilqawmi alththalimeena

Translation: ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.)

23:42

ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قُرُونًا ءَاخَرِينَ ﴿42﴾

Transliteration: Thumma anshana min baAAdihim quroonan akhareena

Translation: އެމީހުންގެފަހުން ދެން ތިމަންރަސްކަލާނގެ އެހެން أمّة ތަކެއް އުފެއްދެވީމެވެ.

23:43

مَا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ ﴿43﴾

Transliteration: Ma tasbiqu min ommatin ajalaha wama yastakhiroona

Translation: އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.)

23:44

ثُمَّ أَرۡسَلۡنَا رُسُلَنَا تَتۡرَاۖ كُلَّ مَا جَآءَ أُمَّةٗ رَّسُولُهَا كَذَّبُوهُۖ فَأَتۡبَعۡنَا بَعۡضَهُم بَعۡضٗا وَجَعَلۡنَٰهُمۡ أَحَادِيثَۚ فَبُعۡدٗا لِّقَوۡمٖ لَّا يُؤۡمِنُونَ ﴿44﴾

Transliteration: Thumma arsalna rusulana tatra kulla ma jaa ommatan rasooluha kaththaboohu faatbaAAna baAAdahum baAAdan wajaAAalnahum ahadeetha fabuAAdan liqawmin la yuminoona

Translation: ދެން ވިދިވިދިގެން އެއް رسول އަކަށްފަހު އަނެއް رسول އަކު ވަޑައިގަންނަވާ ގޮތަށް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން އެ أمّة އެއްގެމީހުން އެބޭކަލަކު ދޮގުކުރެއެވެ. ދެން ތިމަންރަސްކަލާނގެ އޭގެ އެއްބަޔަކު އަނެއްބަޔަކާ تبع ކުރެއްވީމެވެ. (އެބަހީ: އެއްބަޔަކު ހަލާކުކުރެއްވުމަށް ފަހު އަނެއްބަޔަކު ހަލާކުކުރެއްވީމެވެ.) އަދި ދެކެވޭ ވާހަކަތަކެއް ކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އަދި إيمان ނުވާ ބަޔަކަށް ދުރުވެގެންވެއެވެ. (އެބަހީ: އީމާންނުވާ ބަޔަކަށް ﷲ ގެ رحمة ދުރުވެގެންވެއެވެ.)

23:45

ثُمَّ أَرۡسَلۡنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ﴿45﴾

Transliteration: Thumma arsalna moosa waakhahu haroona biayatina wasultanin mubeenin

Translation: ދެން ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام - ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިއެކު رسول ކަމާއިގެން ފޮނުއްވީމެވެ.

23:46

إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمًا عَالِينَ ﴿46﴾

Transliteration: Ila firAAawna wamalaihi faistakbaroo wakanoo qawman AAaleena

Translation: އެއީ فرعون އާއި އޭނާގެ قوم ގެ ބޮޑުންގެ ގާތަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވެއްޖެއެވެ. އަދި އެމީހުންވީ (އަނިޔާވެރިކަމާއި ބޮޑާކަމުގައި) މާމަތީ ބަޔަކުކަމުގައެވެ.

23:47

فَقَالُوٓاْ أَنُؤۡمِنُ لِبَشَرَيۡنِ مِثۡلِنَا وَقَوۡمُهُمَا لَنَا عَٰبِدُونَ ﴿47﴾

Transliteration: Faqaloo anuminu libasharayni mithlina waqawmuhuma lana AAabidoona

Translation: އެމީހުން ބުންޏެވެ. އަހުރެމެންކަހަލަ ދެ آدم ގެދަރިންނަށް އަހުރެމެން إيمان ވާނޭހެއްޔެވެ؟ (އެބަހީ: އެދެމީހުންނަށް އަހުރެމެން إيمان ނުވާނަމެވެ.) އަދި އެދެމީހުންގެ قوم އެބަހީ: بني إسرائيل - ނިކަމެތިވެ ކިޔަމަންތެރިވެގެންވަނީ އަހުރެމެންނަށެވެ.

23:48

فَكَذَّبُوهُمَا فَكَانُواْ مِنَ ٱلۡمُهۡلَكِينَ ﴿48﴾

Transliteration: Fakaththaboohuma fakanoo mina almuhlakeena

Translation: ފަހެ އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. އަދި އެމީހުންވީ ހަލާކުވެވުނު މީހުންގެތެރެއިންނެވެ.

23:49

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ لَعَلَّهُمۡ يَهۡتَدُونَ ﴿49﴾

Transliteration: Walaqad atayna moosa alkitaba laAAallahum yahtadoona

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އެއީ އެބައިމީހުންނަށް އެބަހީ: بني إسرائيل އަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ. ތެދުމަގު ލިބޭތޯއެވެ!

23:50

وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ ﴿50﴾

Transliteration: WajaAAalna ibna maryama waommahu ayatan waawaynahuma ila rabwatin thati qararin wamaAAeenin

Translation: އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު ތިމަންރަސްކަލާނގެ ލެއްވީ ދަލީލެއްކަމުގައެވެ. (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށްވާ دليل އެއްކަމުގައެވެ. ބަފަޔަކު ނެތިވެސް ދަރިން އުފެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަމުގެ ދަލީލަކަށެވެ. އަދި މަރުވެފައިވާ މީހުން ދިރުއްވުމަކީ ތިމަންރަސްކަލާނގެއަށް އެއްވެސް ދަތިކަމެއްނޫންކަން ދެނެގަތުމަށްޓަކައެވެ.) އަދި އެދެމައިކަނބަލުން (مريم ގެފާނާ عيسى عليه السّلام) މޭވާޔާ މީރުފެން ހުރި އުސްތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެތަނަކީ فلسطين ގެ الرّملة ކަމަށާއި އަދި دِمِشْق ކަމަށާއި އަދި بيت المقدس ކަމަށާއި މިގޮތްގޮތަށް تفسير علم ވެރިންގެ މެދުގައި ވާހަކަ ދެކެވިފައިވެއެވެ. والله أعلم)

23:51

يَـٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ عَلِيمٞ ﴿51﴾

Transliteration: Ya ayyuha alrrusulu kuloo mina alttayyibati waiAAmaloo salihan innee bima taAAmaloona AAaleemun

Translation: އޭ رسول ބޭކަލުންނޭވެ! حلال ރަނގަޅުތަކެތި ފަރީކުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން ތިޔަބޭކަލުން ކުރައްވާ ކަންތައްތައް ދެނެވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވެއެވެ. (އެކަންކަމަށް ފުރިހަމަ أجور ލިބިވަޑައިގަންނަވާހުއްޓެވެ.)

23:52

وَإِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱتَّقُونِ ﴿52﴾

Transliteration: Wainna hathihi ommatukum ommatan wahidatan waana rabbukum faittaqooni

Translation: އަދި (مُحَمَّد ގެފާނުންގެ އުއްމަތުގެމީހުންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ މި دين އަކީ އެއް دين އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! • ދަންނައެވެ. މިއާޔަތުން މި مخاطب ވަނީ އެންމެހައި نبي ބޭކަލުންނަށް ކަމުގައިވެއެވެ. އެއީ ކުރީގެ އާޔަތުގެ سِيَاق އަންނަގޮތުންނެވެ. އަދި ފަހުގެ އާޔަތްވެސް އެގޮތަށް دليل ކުރެއެވެ. (އާޔަތުގައި نبي ބޭކަލުންނަށް مخاطب އޮތްނަމަވެސް حُكُم އެންމެހައި އިންސާނުންނަށް ޢާއްމުވެގެންވެއެވެ.) والله أعلم.

23:53

فَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡ زُبُرٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ ﴿53﴾

Transliteration: FataqattaAAoo amrahum baynahum zuburan kullu hizbin bima ladayhim farihoona

Translation: ދެންފަހެ އެމީހުންގެމެދުގައި (އެބަހީ އިސްވެދިޔަ أمّة ތަކުގެ މެދުގައި) އެމީހުންގެ دين ގެ ކަންތައްތައް ބައިބައިކޮށް ވަކިވަކިކޮށް ފޮތްތަކަކަށް ހަދައިލައިފިއެވެ. އަދި ކޮންމެ ބަޔަކުވެސް އެބައިމީހުންގެ އަތުގައިވާ އެއްޗާއިގެން (ފޮތުގެ ތެރެއިން ލިބުނު އެއްޗާއިގެން) އެމީހުން އުފާކުރަނީއެވެ. (މިއިން ކޮންމެ ބަޔަކުވެސް މިވަނީ دين ބައިބައިކޮށް އޭގެ އެއްބައި ހިފައިގެންނެވެ. އަނެއްބައިތަކަކަށް އީމާން ނުވެއެވެ. ހަމައިން ނެއްޓިފައެވެ. އަހުރެމެން މި أمّة ގައި މިހާރު މިތިބަމީހުންނާއި މިމީހުންނާ އެއްވެސް ތަފާތެއް އެބައޮތް ބާވައެވެ؟ އަހުރެމެންވެސް دين ބައިބައިކޮށް ކޮންމެ ބަޔަކު مذهب އެއް ހިފައިގެން ހޭޔާން ކިޔަނީއެވެ. سَمَاوِي އޮފީހުން އެންގެވި އެންގެވުމެއް ނޫނެވެ. ولا حول ولا قوّة إلاّ بالله)

23:54

فَذَرۡهُمۡ فِي غَمۡرَتِهِمۡ حَتَّىٰ حِينٍ ﴿54﴾

Transliteration: Fatharhum fee ghamratihim hatta heenin

Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! އެއީ އެމީހުންގެ މަގުފުރެދުމުގައި ވަކިހިނދުކޮޅަކު ތިބުމަށެވެ.

23:55

أَيَحۡسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٖ وَبَنِينَ ﴿55﴾

Transliteration: Ayahsaboona annama numidduhum bihi min malin wabaneena

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުދަލާއި ދަރިންގެތެރެއިން ދެއްވާ ދެއްވުމާއިމެދު އެމީހުން އެހީކުރަނީހެއްޔެވެ؟

23:56

نُسَارِعُ لَهُمۡ فِي ٱلۡخَيۡرَٰتِۚ بَل لَّا يَشۡعُرُونَ ﴿56﴾

Transliteration: NusariAAu lahum fee alkhayrati bal la yashAAuroona

Translation: އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ހެޔޮކަން އަވަސްކޮށްދެނީކަމުގައި (ހީކުރަނީހެއްޔެވެ؟) އެވާގޮތެއް އެމީހުނަށް إحساس ވެސް ނުވެއެވެ. (އެއީ ﷲ ގެ إِسْتِدْرَاج އެވެ. ރޭވުމެވެ. އޭގެފަހުގައި ވަނީ ނުބައެވެ. ކުއްލިއަކަށް ހިތްޕެވުމެވެ.)

23:57

إِنَّ ٱلَّذِينَ هُم مِّنۡ خَشۡيَةِ رَبِّهِم مُّشۡفِقُونَ ﴿57﴾

Transliteration: Inna allatheena hum min khashyati rabbihim mushfiqoona

Translation: ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ربّ އަށް ބިރުވެތިވާމީހުން ވަނީ (ﷲ ގެ عذاب އަށް) ބިރުން ފެންކަޅިވެގެންނެވެ. (އެއީ މާތްވެގެންވާ މުއުމިނުންނެވެ.)

23:58

وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمۡ يُؤۡمِنُونَ ﴿58﴾

Transliteration: Waallatheena hum biayati rabbihim yuminoona

Translation: އަދި ކަނޑައެޅިގެން އެމީހުން އެމީހުންގެ ربّ ގެ آية ތަކަށް إيمان ވެއެވެ. އެއާޔަތްތައް ތެދުކުރެއެވެ.

23:59

وَٱلَّذِينَ هُم بِرَبِّهِمۡ لَا يُشۡرِكُونَ ﴿59﴾

Transliteration: Waallatheena hum birabbihim la yushrikoona

Translation: އަދި އެމީހުން އެމީހުންގެ ربّ އަށް އެއްވެސްގޮތަކުން شَرِيْكُ ނުކުރެއެވެ.

23:60

وَٱلَّذِينَ يُؤۡتُونَ مَآ ءَاتَواْ وَّقُلُوبُهُمۡ وَجِلَةٌ أَنَّهُمۡ إِلَىٰ رَبِّهِمۡ رَٰجِعُونَ ﴿60﴾

Transliteration: Waallatheena yutoona ma ataw waquloobuhum wajilatun annahum ila rabbihim rajiAAoona

Translation: އަދި އެމީހުންގެ ހިތްތައް ބިރުން ސިހިގެންވާ حال އެމީހުންނަށް ލިބިފައިވާ މުދަލުން ހޭދަކުރެއެވެ. زكاة ދީ صدقة ދެއެވެ. އެއީ އެމީހުންގެ ربّ ގެ حضرة އަށް رجوع ވާނެތީ އެކަމާ ބިރުންނެވެ.

23:61

أُوْلَـٰٓئِكَ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَهُمۡ لَهَا سَٰبِقُونَ ﴿61﴾

Transliteration: Olaika yusariAAoona fee alkhayrati wahum laha sabiqoona

Translation: އެމީހުން ދަންނައެވެ! އެބަހީ: އިސްވެދިޔަ ސިފަތަކުގެ أهل ވެރިން ދަންނައެވެ. އެމީހުންނަކީ ހެޔޮކަންތަކުގައި އަވަސްވާމީހުންނެވެ. އަދި އެމީހުންނަކީ އެހެޔޮކަމަށް ކުރިއަރާދާ މީހުންނެވެ.

23:62

وَلَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۚ وَلَدَيۡنَا كِتَٰبٞ يَنطِقُ بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ﴿62﴾

Transliteration: Wala nukallifu nafsan illa wusAAaha waladayna kitabun yantiqu bialhaqqi wahum la yuthlamoona

Translation: އަދި އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވާވަރަކަށް މެނުވީ ތިމަންރަސްކަލާނގެ تَكْلِيْفُ ނުޖައްސަވަމެވެ. ބުރަނުޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (އަޅުތަކުންގެ عمل ތައް ނޯޓްކުރެވިގެންވާ) ފޮތެއްވެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: ނުބައިކަންތައް ކުރި މީހާގެ ނުބައިކަމުގެތެރެއަށް އިތުރު ނުވާނެއެވެ. އަދި ހެޔޮ عمل ކުރި މީހެއްގެ ހެޔޮ عمل ން އުނި ނުވާނެއެވެ. އެކަމުގެ ثواب މަދުނުވާނެއެވެ. އެޔާ خِلآفُ އަށް އެކަމުގެ ސަވާބު އިތުރުވާނެއެވެ.)

23:63

بَلۡ قُلُوبُهُمۡ فِي غَمۡرَةٖ مِّنۡ هَٰذَا وَلَهُمۡ أَعۡمَٰلٞ مِّن دُونِ ذَٰلِكَ هُمۡ لَهَا عَٰمِلُونَ ﴿63﴾

Transliteration: Bal quloobuhum fee ghamratin min hatha walahum aAAmalun min dooni thalika hum laha AAamiloona

Translation: އަދި ކިއެއްހެއްޔެވެ؟ ކަންތައްހުރީ އެމީހުން އެބަހީ: مشرك ން ހީކުރާގޮތަކަށް ނޫނެވެ.) އެމީހުން އެވަނީ މި قرآن އާއިމެދު ކަނުވެ އަނދިރިވެގެންނެވެ. އަދި އެމީހުންނަށް އެކަން ފިޔަވައި (އެބަހީ: އެމީހުން މިހާރު އެކުރާ عمل ފިޔަވައި އެހެން (ނުބައި عمل އެމީހުންނަށްވެއެވެ. ނުވަތަ تقوى ވެރި މާތްމީހުންގެ عمل ފިޔަވައި އެހެން عمل އެމީހުންނަށް ވެއެވެ.) ކަނޑައެޅިގެން އެމީހުން އެކަންކުރާނެއެވެ. ނުބައި ކަންތައްތައްކޮށް އުރެދޭނެއެވެ.

23:64

حَتَّىٰٓ إِذَآ أَخَذۡنَا مُتۡرَفِيهِم بِٱلۡعَذَابِ إِذَا هُمۡ يَجۡـَٔرُونَ ﴿64﴾

Transliteration: Hatta itha akhathna mutrafeehim bialAAathabi itha hum yajaroona

Translation: އެއީ އެމީހުންކުރެ نعمة އާއި މަޖަލުގައި ނުލަފާ ކަންތައްކުރާ މީހުންނަށް عذاب ދެއްވައި ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރައްވައިފުމަށްދާންދެނެވެ. އެހައިރުން އެބަހީ: عذاب އައުމުން އެމީހުން ސަލާމަތަށް އެދި ހަޅޭލަވާނެއެވެ.

23:65

لَا تَجۡـَٔرُواْ ٱلۡيَوۡمَۖ إِنَّكُم مِّنَّا لَا تُنصَرُونَ ﴿65﴾

Transliteration: La tajaroo alyawma innakum minna la tunsaroona

Translation: (އެހިނދުން އެމީހުނަށް އެންގެވޭނެއެވެ.) ކަލޭމެން މިއަދު ސަލާމަތަށް އެދި ހަޅޭނުލާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަކަށް نصر ނުލިބޭނެއެވެ. އެހީއެއް ނުލިބޭނެއެވެ.

23:66

قَدۡ كَانَتۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُمۡ عَلَىٰٓ أَعۡقَٰبِكُمۡ تَنكِصُونَ ﴿66﴾

Transliteration: Qad kanat ayatee tutla AAalaykum fakuntum AAala aAAqabikum tankisoona

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންގެމައްޗަށް ކިޔެވޭކަމުގައި ވިއެވެ. ފަހެ ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފަހަތަށް ޖެހޭ ކަމުގައި ވިއެވެ. (ކަލޭމެން އެއާޔަތްތަކަށް إيمان ނުވީމުއެވެ. ތެދުނުކުރީމުއެވެ.)

23:67

مُسۡتَكۡبِرِينَ بِهِۦ سَٰمِرٗا تَهۡجُرُونَ ﴿67﴾

Transliteration: Mustakbireena bihi samiran tahjuroona

Translation: ކަލޭމެން مكّة ގެ حرم ގައި ބޮޑާވެގެންވާ حال ގައި ރޭގަނޑު جَلْسَة ކޮށް ﷲ އަށް ذِكر ކުރުމާއި حقّ އާއި ކަލޭމެން ދުރުވާކަމުގައިވެއެވެ.

23:68

أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ ﴿68﴾

Transliteration: Afalam yaddabbaroo alqawla am jaahum ma lam yati abaahumu alawwaleena

Translation: އެމީހުން އެބަހީ: مشرك ންތައް ފަހެ ﷲ ގެ وحي ބަސްފުޅަށް ވިސްނާ تَدْبِيْرُ ކޮށް ނުހަދަނީބާވައެވެ؟ (އޭގައިވާ عبرة އާއި حجّة އެނގުނީހީ އެހެންނަމަތާއެވެ.) ނުވަތަ އެމީހުންގެ އިސްވެދިޔަ ކާބަފައިންގެ ގާތަށް ނާންނަ ކަންތައް މިމީހުންގެ ގާތަށް އައީބާވައެވެ؟ (ބޮޑާވެ كبر ވެރިވެ އެޔާ ދުރަށް ދާނީ އެހެންނަމަތާއެވެ. އެމީހުންގެ ގާތަށްވެސް ފޮތާއި رسول ން ވަޑައިގަތީއެވެ. މިމީހުންގެ ގާތަށްވެސް ފޮތަކާއި رسول އަކު ވަޑައިގަތީއެވެ. ކަމަކީ ހަމަ އެއްކަމެކެވެ.)

23:69

أَمۡ لَمۡ يَعۡرِفُواْ رَسُولَهُمۡ فَهُمۡ لَهُۥ مُنكِرُونَ ﴿69﴾

Transliteration: Am lam yaAArifoo rasoolahum fahum lahu munkiroona

Translation: ނުވަތަ އެމީހުންގެ رسول އެމީހުންނަށް ނޭނގެނީބާވައެވެ؟ އެކަލޭގެފާނާމެދު إنكار ކޮށް ދެކޮޅުހަދާނީ އެހެންނަމަތާއެވެ. (އެ رسول އަކީ އެންމެން ދަންނަ އެމީހުންގެ أمين އެވެ.)

23:70

أَمۡ يَقُولُونَ بِهِۦ جِنَّةُۢۚ بَلۡ جَآءَهُم بِٱلۡحَقِّ وَأَكۡثَرُهُمۡ لِلۡحَقِّ كَٰرِهُونَ ﴿70﴾

Transliteration: Am yaqooloona bihi jinnatun bal jaahum bialhaqqi waaktharuhum lilhaqqi karihoona

Translation: ނުވަތަ އެކަލޭގެފާނުންގެ ގައިގާ މޮޔަކަމެއް ހުރިކަމުގައި އެމީހުން ބުނަނީހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންގާތަށް حقّ އައީއެވެ. އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުން އެ حقّ އަށް ނުރުހެނީއެވެ. ދެކޮޅުހަދަނީއެވެ.

23:71

وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ ﴿71﴾

Transliteration: Walawi ittabaAAa alhaqqu ahwaahum lafasadati alssamawatu waalardu waman feehinna bal ataynahum bithikrihim fahum AAan thikrihim muAAridoona

Translation: އަދި "الحَقّ " އެމީހުންގެ هوَى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވެއްޖެނަމަ ހަމަކަށަވަރުން އުޑުތަކާއި ބިން ފާސިދުވެއްޖައީހެވެ. އަދި އެތަންތާވާހާ ބަޔަކުވެސް فاسِدُ ވެއްޖައީހެވެ. (މިއާޔަތުގައި މިވާ الحَقّ އަކީ ﷲ سبحانه وتعالى އެވެ. (ނުވަތަ އިސްލާމުދީނެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެމީހުންގެ ذكر އައީއެވެ. يعني: އެމީހުންނަށް حقّ بيان ކޮށްދެއްވާ އެތި އައީއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި قرآن ބާވައިލެއްވުމެވެ.) އަދި އެމީހުން އެވަނީ އެމީހުންގެ އެ ذكر ން އެނބުރި ފުރަގަސްދީ ގެންނެވެ.

23:72

أَمۡ تَسۡـَٔلُهُمۡ خَرۡجٗا فَخَرَاجُ رَبِّكَ خَيۡرٞۖ وَهُوَ خَيۡرُ ٱلرَّـٰزِقِينَ ﴿72﴾

Transliteration: Am tasaluhum kharjan fakharaju rabbika khayrun wahuwa khayru alrraziqeena

Translation: (އޭ رسول ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުންގެ ކިބައިން އުޖޫރައަކަށް ނުވަތަ ޓެކްހަކަށް އެދިވަޑައިގަންނަވަނީތޯއެވެ. ފަހެ ކަލޭގެފާނުންގެ ربّ ގެ އުޖޫރަ މާހެޔޮވެގެންވެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.

23:73

وَإِنَّكَ لَتَدۡعُوهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿73﴾

Transliteration: Wainnaka latadAAoohum ila siratin mustaqeemin

Translation: ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ގޮވައިލައްވަނީ ސީދާވެގެންވާ މަގަށެވެ.

23:74

وَإِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ ﴿74﴾

Transliteration: Wainna allatheena la yuminoona bialakhirati AAani alssirati lanakiboona

Translation: އަދި ހަމަކަށަވަރުން آخرة ދުވަހަށް އީމާންނުވާ މީހުން ސީދާމަގުން ނެއްޓި ކަތިމަގުން ދެއެވެ.

23:75

وَلَوۡ رَحِمۡنَٰهُمۡ وَكَشَفۡنَا مَا بِهِم مِّن ضُرّٖ لَّلَجُّواْ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ﴿75﴾

Transliteration: Walaw rahimnahum wakashafna ma bihim min durrin lalajjoo fee tughyanihim yaAAmahoona

Translation: އަދި ތިމަންރަސްކަލާނގެ އެމީހުންނަށް رحمة ލައްވައި އަދި އެމީހުންނަށް ޖެހިފައިވާ އުނދަގޫ (يعني: فقير ކަމާއި ތަދުމަޑުކަން) ތިމަންރަސްކަލާނގެ ފިއްލަވައިފިނަމަ ހަމަކަށަވަރުން އެމީހުންގެ ނުކިޔަމަންތެރިކަމާއި ނުބައިކަމުގައި ދެފުށުއެޅިއެޅި ދެމިތިބޭހުއްޓެވެ.

23:76

وَلَقَدۡ أَخَذۡنَٰهُم بِٱلۡعَذَابِ فَمَا ٱسۡتَكَانُواْ لِرَبِّهِمۡ وَمَا يَتَضَرَّعُونَ ﴿76﴾

Transliteration: Walaqad akhathnahum bialAAathabi fama istakanoo lirabbihim wama yatadarraAAoona

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ.

23:77

حَتَّىٰٓ إِذَا فَتَحۡنَا عَلَيۡهِم بَابٗا ذَا عَذَابٖ شَدِيدٍ إِذَا هُمۡ فِيهِ مُبۡلِسُونَ ﴿77﴾

Transliteration: Hatta itha fatahna AAalayhim baban tha AAathabin shadeedin itha hum feehi mublisoona

Translation: ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ގަދަ عذاب ގެދޮރެއް ހުޅުވައިދެއްވައިފުމަށް ދާންދެންނެވެ. (އެބަހީ: އެމީހުން އެގޮތުގެމަތީގައި ނުކިޔަމަންތެރިކަމުގައި ތިބީއެވެ.) ދެން އެ عذاب އެމީހުންނަށް ފެނުމުން އެހައިރުން އެމީހުން ހިތާމަކޮށް ދެރަވިއެވެ. (އެކަމަކު ދެން އެހިތާމައިގެ ފައިދާއެއް ނެތެވެ. މިއާޔަތުގައިމިވާ ގަދަ عذاب އަކީ مكّة ގެ مشرك ންނަށް ދިމާވި ބަނޑުހައިހޫނު ކަން ކަމުގައި ބުނެވުނެވެ. / ނުވަތަ އެއީ بَدْرُ ހަނގުރާމަކަމުގައި ބުނެވުނެވެ. والله أعلم)

23:78

وَهُوَ ٱلَّذِيٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ﴿78﴾

Transliteration: Wahuwa allathee anshaa lakumu alssamAAa waalabsara waalafidata qaleelan ma tashkuroona

Translation: އަދި ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނުމާއި (ނުވަތަ ކަންފަތާއި ލޮލާއި ހިތް) ލެއްވީ ހަމަ އެކަލާނގެއެވެ. ކަލޭމެން (އެބާވަތުގެ نعمة އަށް) شكر ކުރަނީ ހާދަހާވެސް މަދުންނެވެ.

23:79

وَهُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ ﴿79﴾

Transliteration: Wahuwa allathee tharaakum fee alardi wailayhi tuhsharoona

Translation: އަދި ކަލޭމެން ބިމުން ހެއްދެވީ (އެބަހީ: ބިމުން ހައްދަވައި އަދި ބިމުގައިލެއްވީ) ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން އެއްކުރައްވާ محشر ކުރައްވާނީ ހަމަ އެކަލާނގެ حضرة އަށެވެ.

23:80

وَهُوَ ٱلَّذِي يُحۡيِۦ وَيُمِيتُ وَلَهُ ٱخۡتِلَٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ ﴿80﴾

Transliteration: Wahuwa allathee yuhyee wayumeetu walahu ikhtilafu allayli waalnnahari afala taAAqiloona

Translation: އަދި ތަކެތި ދިރުއްވައި މަރުއްވައި އަދި ރޭދުވާ ތަފާތުކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ކަލޭމެން އެފަދަ ކަންކަމަށް ވިސްނައި فكر ކޮށް ނުހަދަނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ فكر ކޮށް ނުހަދާނޭހެއްޔެވެ؟

23:81

بَلۡ قَالُواْ مِثۡلَ مَا قَالَ ٱلۡأَوَّلُونَ ﴿81﴾

Transliteration: Bal qaloo mithla ma qala alawwaloona

Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުން ބުނީ ހަމަ ކުރީގެ މީހުންވެސް ބުނިގޮތަށެވެ.

23:82

قَالُوٓاْ أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ﴿82﴾

Transliteration: Qaloo aitha mitna wakunna turaban waAAithaman ainna lamabAAoothoona

Translation: އެމީހުން ބުނީ އަހުރެމެން މަރުވެ ވެއްޔަށްވެ ކަށިތައް ފީވެ ދިއުމަށްފަހު އަލުންވެސް އަހުރެމެން ދިރިގެން محشر އަށް ފޮނުވޭނޭހެއްޔެވެ؟ (އެބަހީ: ދެން ނުފޮނުއްވޭނެއެވެ.)

23:83

لَقَدۡ وُعِدۡنَا نَحۡنُ وَءَابَآؤُنَا هَٰذَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ﴿83﴾

Transliteration: Laqad wuAAidna nahnu waabaona hatha min qablu in hatha illa asateeru alawwaleena

Translation: ހަމަކަށަވަރުން އަހުރެމެންނަށާ އަހުރެމެންގެ ކާބަފައިންނަށްވެސް މީގެކުރިން މި وعد ކުރެވުނެވެ. އެއީ ހަމަ އިސްވެދިޔަމީހުން ދައްކާފައިވާ ދޮގުވާހަކަތައްކަމުގައި މެނުވީ ނުވެއެވެ. އެމީހުންގެ باطل ވާހަކަތަކެވެ.

23:84

قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ ﴿84﴾

Transliteration: Qul limani alardu waman feeha in kuntum taAAlamoona

Translation: (އޭ رسول ﷲ އެވެ!) ބިމާއި އަދި ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ ކާކަށްތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައިބައްލަވާށެވެ؟ ކަލޭމެންނަށް އެއީ ކާކުކަން އެނގޭކަމުގައި ވަންޏާ ނިކަން ބުނެދީބަލާށެވެ.

23:85

سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ ﴿85﴾

Transliteration: Sayaqooloona lillahi qul afala tathakkaroona

Translation: (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެތަކެތި މިލްކުވެގެންވަނީ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވީއިރު ކަލޭމެން وعظ އާއި عبرة ލިބިނުގަންނާނޭ ހެއްޔެވެ؟ (އެހެންވީއިރު މަރުވެފައިވާތަކެތި ދިރުއްވައި އެއްކުރެއްވުން އެކަލާނގެއަށް ދަތިނުވާނެކަން ދެނެގަތުން ހުއްޓެވެ.)

23:86

قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ ﴿86﴾

Transliteration: Qul man rabbu alssamawati alssabAAi warabbu alAAarshi alAAatheemi

Translation: ކަލޭގެފާނު އެމީހުންކުރެން އައްސަވާބައްލަވާށެވެ! އުޑުތަކާއި އަދި ބޮޑުވެގެންވާ عَرْشِى ގެ رَبّ އަކީ ކާކުތޯއެވެ؟

23:87

سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ ﴿87﴾

Transliteration: Sayaqooloona lillahi qul afala tattaqoona

Translation: ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ އަޅެފަހެ ކަލޭމެން ބިރުވެތިނުވާނޭހެއްޔެވެ؟

23:88

قُلۡ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَيۡءٖ وَهُوَ يُجِيرُ وَلَا يُجَارُ عَلَيۡهِ إِن كُنتُمۡ تَعۡلَمُونَ ﴿88﴾

Transliteration: Qul man biyadihi malakootu kulli shayin wahuwa yujeeru wala yujaru AAalayhi in kuntum taAAlamoona

Translation: އަދި ހުރިހާއެއްޗެއްގެ خَزَانة ތައް خاصّ ވެގެންވަނީ ކާކަށްތޯ ކާކެއްގެ އަތެއްގައިތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައި ބައްލަވާށެވެ؟ އަދި އެކަލާނގެ އަމާންކަން ދެއްވައެވެ. ނުވަތަ އެކަލާނގެ މަނާކުރައްވައެވެ. އަދި އެކަލާނގެއާއި خلاف އަށް އަމާންކަން ނުދެއްވެއެވެ. އަދި އެކަލާނގެއަށް އެއްވެސް ކަމެއް މަނާނުވެވޭކަލަކީ ކޮބައިހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ ކަލޭމެންނަށް އެނގެންޏާ (ނިކަން ބުނެބަލާށެވެ!)

23:89

سَيَقُولُونَ لِلَّهِۚ قُلۡ فَأَنَّىٰ تُسۡحَرُونَ ﴿89﴾

Transliteration: Sayaqooloona lillahi qul faanna tusharoona

Translation: އޭގެ ޖަވާބުގައި ނިކަންހުރެ އެމީހުން ބުނާނެއެވެ. އެހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ އެކަލާނގެއަށް އަޅުކަން ނުކޮށް އެކަލާނގެ ފިޔަވައި ކަލޭމެންދާނީ ކޮންތާކަށްހެއްޔެވެ؟ (ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟)

23:90

بَلۡ أَتَيۡنَٰهُم بِٱلۡحَقِّ وَإِنَّهُمۡ لَكَٰذِبُونَ ﴿90﴾

Transliteration: Bal ataynahum bialhaqqi wainnahum lakathiboona

Translation: އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް ތިމަންރަސްކަލާނގެ حقّ ގެނަސްދީފީމެވެ. حقّ އިސްލާމްދީން ގެނަސްދީފީމެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ދޮގުވެރިންނެވެ.

23:91

مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴿91﴾

Transliteration: Ma ittakhatha Allahu min waladin wama kana maAAahu min ilahin ithan lathahaba kullu ilahin bima khalaqa walaAAala baAAduhum AAala baAAdin subhana Allahi AAamma yasifoona

Translation: ﷲ އަކަށް އެއްވެސް ދަރިކަލަކު ނުވެއެވެ. (އެއީ އެކަށީގެންވާކަމެއްނޫނެވެ.) އަދި އެކަލާނގެއާއިއެކު އެއްވެސް އެހެން إله އަކުވެސް ނުވެއެވެ. އެހެންވެއްޖެއްޔާއި އެބަހީ: އެކަލާނގެއާއެކު އެހެން إله އަކު ވާނަމަ ނުވަތަ إله ންތަކެއްވާނަމަ ކޮންމެ إله އަކުވެސް އެ إله އަކު ހެއްދެވިއެއްޗެއް ހިފައިގެން ހިނގައްޖައީހެވެ. އަދި ބައެއް إله ން އަނެއްބައި إله ންގެމައްޗަށް މަތިވެ ބޮޑާވެގެންފީހެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތަކުން ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ.)

23:92

عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَتَعَٰلَىٰ عَمَّا يُشۡرِكُونَ ﴿92﴾

Transliteration: AAalimi alghaybi waalshshahadati fataAAala AAamma yushrikoona

Translation: އެކަލާނގެއީ غيب ގައިވާ ކަންތަކާއި އަދި ފައުޅުވެގެންވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. ފަހެ އެމީހުން يعني: مشرك ން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވޮޑިގެންވެއެވެ.

23:93

قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ ﴿93﴾

Transliteration: Qul rabbi imma turiyannee ma yooAAadoona

Translation: ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

23:94

رَبِّ فَلَا تَجۡعَلۡنِي فِي ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿94﴾

Transliteration: Rabbi fala tajAAalnee fee alqawmi alththalimeena

Translation: ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

23:95

وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمۡ لَقَٰدِرُونَ ﴿95﴾

Transliteration: Wainna AAala an nuriyaka ma naAAiduhum laqadiroona

Translation: (ﷲ وحي ކުރެއްވިއެވެ.) އެމީހުނަށް ތިމަންރަސްކަލާނގެ وَعْدُ ކުރައްވާ ކަންތައް - އެބަހީ: عذاب ކަލޭގެފާނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ. (އަދި ކަލޭގެފާނަށް އޭގެ އަސަރުވެސް ނުވާނެއެވެ.)

23:96

ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ ٱلسَّيِّئَةَۚ نَحۡنُ أَعۡلَمُ بِمَا يَصِفُونَ ﴿96﴾

Transliteration: IdfaAA biallatee hiya ahsanu alssayyiata nahnu aAAlamu bima yasifoona

Translation: ރަނގަޅު أخلاق އާއި ހެޔޮ عمل ން ނުބައިކަންތައް دفاع ކުރައްވާށެވެ! (އެބަހީ: مشرك ންގެ އުނދަގޫތަކަށް ކެތްތެރިވެވަޑައިގެން މާތް أخلاق ން عمل ފުޅު ކުރައްވާށެވެ!) އެމީހުން (ﷲ އާއިމެދު) އެސިފަކުރާ ކުރުންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.

23:97

وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ ﴿97﴾

Transliteration: Waqul rabbi aAAoothu bika min hamazati alshshayateeni

Translation: އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! ސައިތާނުންގެ ވަސްވާހުގެ ސިއްރު ބަސްތަކުން / އެސޮރުގެ ދަންޖެއްސުންތަކުން ރައްކާތެރިވެ ސަލާމަތްވުމަށް އިބަރަސްކަލާނގެ حضرة ން حماية އާއި ރައްކާތެރި ލިބިގަންނަމެވެ.

23:98

وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ ﴿98﴾

Transliteration: WaaAAoothu bika rabbi an yahdurooni

Translation: އަދި (މިއަޅާގެ އެކިއެކި ކަންކަމުގައި) އެސޮރުމެން މިއަޅާގެ ކައިރިޔަށް އައިސް حاضر ވުމުންވެސް ރައްކާތެރިކަމާއި حماية އެދެނީ އިބަރަސްކަލާނގެ حضرة ންނެވެ.

23:99

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلۡمَوۡتُ قَالَ رَبِّ ٱرۡجِعُونِ ﴿99﴾

Transliteration: Hatta itha jaa ahadahumu almawtu qala rabbi irjiAAooni

Translation: (އެކަލާނގެ وَحِيކުރެއްވިއެވެ.) ކަލޭމެންކުރެ މީހަކު މަރަށް حاضر ވެއްޖެއްޔާ އޭނާ ބުނާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ދުނިޔެއަށް އަނބުރާ رجوع ކޮށްދެއްވާނދޭވެ! ފޮނުއްވާންދޭވެ! (މިއީ مشرك ންގެމީހުން މަރަށް حاضر ވާހިނދު ބުނާނެ ވާހަކައެއްކަމުގައިވެއެވެ.) އަދި އޭނާ ބުނާނެއެވެ.

23:100

لَعَلِّيٓ أَعۡمَلُ صَٰلِحٗا فِيمَا تَرَكۡتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرۡزَخٌ إِلَىٰ يَوۡمِ يُبۡعَثُونَ ﴿100﴾

Transliteration: LaAAallee aAAmalu salihan feema taraktu kalla innaha kalimatun huwa qailuha wamin waraihim barzakhun ila yawmi yubAAathoona

Translation: އެއީ (ދުނިޔޭގައި މިއަޅާ ހެޔޮ عمل ނުކޮށް) ދޫކުރިތަނަށް އޭގެ ބަދަލުގައި صالح عمل ކުރުމަށްޓަކައެވެ. (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. އެއީ ހަމަކަށަވަރުން އޭނާ ބުނާ (ހަމަ ހުސް) ބަހެކެވެ. އެފަދަމީހުންނަށް ދެން އޮތީ އޭގެފަހުގައި بَرْزَخُ އެވެ. ހުރަހެވެ. އެއީ ކަށްވަޅުގެ ވަގުތެވެ. އެއީ ދުނިޔޭގެ حياة އާއި آخرة އާއި ދެމެދު އޮތް ހުރަހެވެ. އެއީ محشر އަށް ފޮނުވޭ ދުވަހަށް ދާންދެނެވެ.

23:101

فَإِذَا نُفِخَ فِي ٱلصُّورِ فَلَآ أَنسَابَ بَيۡنَهُمۡ يَوۡمَئِذٖ وَلَا يَتَسَآءَلُونَ ﴿101﴾

Transliteration: Faitha nufikha fee alssoori fala ansaba baynahum yawmaithin wala yatasaaloona

Translation: ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (قِيَامَة ވީއެވެ.) ދެން އެދުވަހުން އެމީހުންގެ މެދުގައި ނަސަބުގެ ގާތްކަމުގެ އެއްވެސް އެހީއެއް ނުވާނެއެވެ. އަދި އެކަކު އަނެކަކާއި ސުވާލުވެސް ނުކޮށްލާނެއެވެ. (އެއަށްވުރެ ބިރުވެތިވެފައި ކަންބޮޑުވުން ބޮޑުވާނެއެވެ.)

23:102

فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿102﴾

Transliteration: Faman thaqulat mawazeenuhu faolaika humu almuflihoona

Translation: ފަހެ އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ބަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހުން އެއީ ކާމިޔާބު ކުރާނޭ މީހުންނެވެ. آخرة ގެ ނަސީބުވެރިންނެވެ.

23:103

وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فِي جَهَنَّمَ خَٰلِدُونَ ﴿103﴾

Transliteration: Waman khaffat mawazeenuhu faolaika allatheena khasiroo anfusahum fee jahannama khalidoona

Translation: އަދި އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ލުއިވެއްޖެމީހާ ދަންނައެވެ. ފަހެ އެފަދަމީހުންނަކީ އެމީހުންގެ نفس ތަކަށް ގެއްލުމާއި ހަލާކުދިން މީހުންނެވެ. އެމީހުން ދެމިތިބޭނީ ހަމަ ނަރަކައިގައެވެ.

23:104

تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيهَا كَٰلِحُونَ ﴿104﴾

Transliteration: Talfahu wujoohahumu alnnaru wahum feeha kalihoona

Translation: އެމީހުންގެ މޫނުތައް މުޅިން ފިހި އަނދާހުއްޓެވެ. އަދި އެމީހުން އެނަރަކައިގައި މޫނުގެ ސިފަ ހުތުރުވެގެންވެއެވެ. (އެއީ މަތީ ތުންފަތްމައްޗަށް އަރައިގެންގޮސް ބޮލުގެ މެދާ ހަމައަށް ފޯރާނެއެވެ. އަދި ތިރީ ތުންފަތް ތިރިއަށް ދިގުވެގެންގޮސް ފޫޅުގައި ކޭތޭ ހިސާބަށް ދާނެއެވެ. އަނގައިގެ ދަތްތައް މުޅިން ހާމަވެ ސިފަހުތުރުވެގެންވެއެވެ. (އޭ މަތިވެރި ﷲ އެވެ. އަޅަމެން ނަރަކައިން ސަލާމަތްކުރައްވާންދޭވެ. آمين)

23:105

أَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُم بِهَا تُكَذِّبُونَ ﴿105﴾

Transliteration: Alam takun ayatee tutla AAalaykum fakuntum biha tukaththiboona

Translation: (އެމީހުންނަށް އެންގެވޭނެއެވެ.) ތިމަންރަސްކަލާނގެ އާޔަތްތައް (قرآن ގެ އާޔަތްތައް ކަލޭމެން ދުނިޔޭގައި އުޅުނުއިރު) ކަލޭމެންގެމައްޗަށް ކިޔެވޭ ކަމުގައި ނުވޭހެއްޔެވެ؟ (އެބަހީ: އެއާޔަތްތައް ކަލޭމެނަށް ކިޔަވައިދެވުނެވެ. (ފަހެކަލޭމެން ވީ އެއާޔަތްތައް ދޮގުކުރާ ބަޔަކު ކަމުގައެވެ.

23:106

قَالُواْ رَبَّنَا غَلَبَتۡ عَلَيۡنَا شِقۡوَتُنَا وَكُنَّا قَوۡمٗا ضَآلِّينَ ﴿106﴾

Transliteration: Qaloo rabbana ghalabat AAalayna shiqwatuna wakunna qawman dalleena

Translation: އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް އަޅަމެންގެ އަބާއްޖަވެރިކަން ގަދަވެގަތީއެވެ. އަދި އަޅަމެންވީ މަގުފުރެދިގެންވާ ބަޔަކުކަމުގައެވެ.

23:107

رَبَّنَآ أَخۡرِجۡنَا مِنۡهَا فَإِنۡ عُدۡنَا فَإِنَّا ظَٰلِمُونَ ﴿107﴾

Transliteration: Rabbana akhrijna minha fain AAudna fainna thalimoona

Translation: އޭ އަޅަމެންގެ ربّ އެވެ! އަޅަމެން މިނަރަކައިން ނެރެދެއްވާންދޭވެ! އަޅަމެން ކާފަރުކަމަށް އަނބުރާ إعاد ވީނަމަވެސްމެއެވެ. ހަމަކަށަވަރުން އަޅަމެންނަކީ އަނިޔާވެރިންނެވެ.

23:108

قَالَ ٱخۡسَـُٔواْ فِيهَا وَلَا تُكَلِّمُونِ ﴿108﴾

Transliteration: Qala ikhsaoo feeha wala tukallimooni

Translation: (އޭގެ ޖަވާބުގައި) ﷲ وحي ކުރައްވާހުއްޓެވެ. ދެރަނިކަމެތިކަމާއެކު ކަލޭމެން އެނަރަކައިގައި ތިބޭށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް ބަސް ނުދަންނަވާށެވެ.

23:109

إِنَّهُۥ كَانَ فَرِيقٞ مِّنۡ عِبَادِي يَقُولُونَ رَبَّنَآ ءَامَنَّا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا وَأَنتَ خَيۡرُ ٱلرَّـٰحِمِينَ ﴿109﴾

Transliteration: Innahu kana fareequn min AAibadee yaqooloona rabbana amanna faighfir lana wairhamna waanta khayru alrrahimeena

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޅުތަކުންކުރެ جماعة އެއްގެ ބައެއްވެއެވެ. އެމީހުން ދަންނަވައެވެ. (އެއީ ދުނިޔޭގައި އުޅުނުއިރު އެމީހުންކުރި دعاء އެވެ.) އޭއަޅަމެންގެ ربّ އެވެ. އަޅަމެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. ފަހެ އަޅަމެނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ހެޔޮވެގެންވާ ކަލާނގެއެވެ.

23:110

فَٱتَّخَذۡتُمُوهُمۡ سِخۡرِيًّا حَتَّىٰٓ أَنسَوۡكُمۡ ذِكۡرِي وَكُنتُم مِّنۡهُمۡ تَضۡحَكُونَ ﴿110﴾

Transliteration: Faittakhathtumoohum sikhriyyan hatta ansawkum thikree wakuntum minhum tadhakoona

Translation: (ﷲ އަންގަވާނެއެވެ.) ކަލޭމެން مشرك ން އެމީހުންނަށް يعني: ތިމަންރަސްކަލާނގެ مؤمن އަޅުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްހެދީއެވެ. އެއީ ތިމަންރަސްކަލާނގެ ذكر ން އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުން ކަލޭމެންނަށް ހަނދާންނެތިއްޖައުމަށްދާންދެނެވެ. އަދި ކަލޭމެންވީ އެމުއުމިނުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ގޮތުން ހީހަދާކަމުގައެވެ.

23:111

إِنِّي جَزَيۡتُهُمُ ٱلۡيَوۡمَ بِمَا صَبَرُوٓاْ أَنَّهُمۡ هُمُ ٱلۡفَآئِزُونَ ﴿111﴾

Transliteration: Innee jazaytuhumu alyawma bima sabaroo annahum humu alfaizoona

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއަދު އެމީހުންނަށް އެމީހުން ކެތްތެރިވީކަމުގެ ސަބަބުން ހެޔޮދަރުމައާއި ޖަޒާދެއްވީމެވެ. ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

23:112

قَٰلَ كَمۡ لَبِثۡتُمۡ فِي ٱلۡأَرۡضِ عَدَدَ سِنِينَ ﴿112﴾

Transliteration: Qala kam labithtum fee alardi AAadada sineena

Translation: (އެ مشرك ންނަށް) ﷲ އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގެ حياة ގައި ބިންމަތީ ލަސްވެތިބީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުގެ عدد ގެގޮތުން ކިހާދުވަހަކުހެއްޔެވެ؟

23:113

قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖ فَسۡـَٔلِ ٱلۡعَآدِّينَ ﴿113﴾

Transliteration: Qaloo labithna yawman aw baAAda yawmin faisali alAAaddeena

Translation: އެމީހުން ދަންނަވާނެއެވެ. އަޅަމެން ލަސްވެތިބީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ އެއްބައިގައެވެ. ފަހެ (އަހަރުތަކާއި ދުވަސްތައް) عدد ކޮށް ހިސާބުކުރައްވާ ބޭކަލުން ކުރެން އައްސަވާށެވެ!

23:114

قَٰلَ إِن لَّبِثۡتُمۡ إِلَّا قَلِيلٗاۖ لَّوۡ أَنَّكُمۡ كُنتُمۡ تَعۡلَمُونَ ﴿114﴾

Transliteration: Qala in labithtum illa qaleelan law annakum kuntum taAAlamoona

Translation: އެކަލާނގެ وحي ކުރެއްވިއެވެ. ދާދި މަދުވަގުތުކޮޅަކު މެނުވީ ކަލޭމެން ލަސްވެނުތިބެއެވެ. އެގޮތް ކަލޭމެންނަށް އެނގޭނޭނަމައެވެ.

23:115

أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ ﴿115﴾

Transliteration: Afahasibtum annama khalaqnakum AAabathan waannakum ilayna la turjaAAoona

Translation: އަޅެފަހެ ތިމަންރަސްކަލާނގެ ކަލޭމެން ހައްދަވާފައިވަނީ ބޭކާރުގޮތެއްގައި ހަމަ ކުޅިވަރަށް ކަމުގައި ކަލޭމެން ހީކުރީހެއްޔެވެ؟ އަދި ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رُجوع ނުވާނޭކަމުގައި ހީކުރަނީހެއްޔެވެ؟

23:116

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡكَرِيمِ ﴿116﴾

Transliteration: FataAAala Allahu almaliku alhaqqu la ilaha illa huwa rabbu alAAarshi alkareemi

Translation: (ފަހެ އެ مشرك ން) އެސިފަކުރާ ކަންތައްތައް ފިޔަވައި - شريك ން ފިޔަވައި - ﷲ تعالى މާމަތިވެރިވެވޮޑިގެންވެއެވެ. އެއީ ހުރިހާކަމެއްގެ ވެރި حقّ ވަންތަ ﷲ އެވެ. އެކަލާނގެ ފިޔަވައި (حقّ) إله އަކު ނުވެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.

23:117

وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ﴿117﴾

Transliteration: Waman yadAAu maAAa Allahi ilahan akhara la burhana lahu bihi fainnama hisabuhu AAinda rabbihi innahu la yuflihu alkafiroona

Translation: އަދި ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކޮށްފިމީހާ (ދަންނައެވެ.) އޭނާޔަށް އެކަމުގައި އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހިސާބު އޭނާ ހައްދަވާބޮޑުކުރައްވާ ربّ ގެ حضرة ގައި އޮންނަހުއްޓެވެ. (އެފަދަ މީހުންނަކީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ކާމިޔާބުނުވާހުއްޓެވެ.

23:118

وَقُل رَّبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّـٰحِمِينَ ﴿118﴾

Transliteration: Waqul rabbi ighfir wairham waanta khayru alrrahimeena

Translation: (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާދޭވެ! އަދި މިއަޅާއަށް رحمة ލައްވާންދޭވެ! އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެހެޔޮވެގެންވާ ކަލާނގެއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download