quranm◉

Surah Fatir transliteration

◉ ސޫރަ · ∞

35:1

ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَـٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿1﴾

Transliteration: Alhamdu lillahi fatiri alssamawati waalardi jaAAili almalaikati rusulan olee ajnihatin mathna wathulatha warubaAAa yazeedu fee alkhalqi ma yashao inna Allaha AAala kulli shayin qadeerun

Translation: އެންމެހާ حَمْد އާއި تَعْرِيف އާއި ޘަނާއެއްހުރީ، އިސްވެދިޔަ އެއްވެސް މިސާލަކާ ނުލައި އުޑުތަކާއި ބިން ހެއްދެވި ﷲ އަށެވެ. އެކަލާނގެއީމަލާއިކަތްބޭކަލުން ރަސޫލުން ކަމުގައި ލެއްވި ކަލާނގެއެވެ. (މި އާޔަތު ގައި މަލާއިކަތްބޭކަލުންނެވެ. އޮތްބަސްފުޅުގައި ގިނަ ތަފްސީރު ޢިލްމުވެރިން މުރާދުކުރައްވަނީ جِبْرِيل، مِيْكَائِيل، إِسْرَافِيْل އަދި أزرائِيل އެވެ.) އެބޭބޭކަލުން ލައްވާފައިވަނީ ދެފިޔަފުޅުން ދެފިޔަފުޅުންނާއި ތިންފިޔަފުޅުން ތިންފިޔަފުޅުންނާއި އަދި ހަތަރުފިޔަފުޅުން ހަތަރުފިޔަފުޅުންވާ ބޭކަލުންކަމުގައެވެ. އަދި އެކަލާނގެ އެބޭކަލުން ހެއްދެވުމުގައި އެކަލާނގެ އެދިވޮޑިގެންފިއްޔާ އެޔައްވުރެ ފިޔަފުޅު އިތުރުވެސް ކުރައްވައެވެ. (ދަންނައެވެ. صَحَّ حَدِيث ގައި ވާރިދު ވެގެންވާ ގޮތުން جِبْرِيل عَلَيهِ السَّلام ގެ ހަސަތޭކަ ފިޔަފުޅުވެއެވެ. وَالله أَعْلَم........) ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެކަމެއްގެ މައްޗަށްވެސް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

35:2

مَّا يَفۡتَحِ ٱللَّهُ لِلنَّاسِ مِن رَّحۡمَةٖ فَلَا مُمۡسِكَ لَهَاۖ وَمَا يُمۡسِكۡ فَلَا مُرۡسِلَ لَهُۥ مِنۢ بَعۡدِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿2﴾

Transliteration: Ma yaftahi Allahu lilnnasi min rahmatin fala mumsika laha wama yumsik fala mursila lahu min baAAdihi wahuwa alAAazeezu alhakeemu

Translation: ﷲ މީސްތަކުންނަށް ދެއްވާ ރަޙުމަތެއްއެއީ ވާރޭ ފެނުގެ ރަޙުމަތެއްނަމަވެސް އަދި އެހެންގޮތަކުން އަންނަ ރިޒުޤެއްގެ ރަޙްމަތެއް ނަމަވެސް އަޔަނުދީ ހިފަހައްޓާ މަނާކުރެވޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ހިފަހައްޓަވައިފި رحمة އެއް އެކަލާނގެ މެނުވީ އެ رحمة އެއް މީސްތަކުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނެގެއީ عزة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

35:3

يَـٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ ﴿3﴾

Transliteration: Ya ayyuha alnnasu othkuroo niAAmata Allahi AAalaykum hal min khaliqin ghayru Allahi yarzuqukum mina alssamai waalardi la ilaha illa huwa faanna tufakoona

Translation: އޭ މީސްތަކުންނޭވެ! ކަލޭމެންގެ މައްޗަށްވާ ﷲ ގެ نعمة ތައް ކަލޭމެން ހަދާންކުރާށެވެ. އުޑުން ވާރޭ ފެން ފޮދެއްގެ نعمة އެއްވިޔަސް އަދި ބިމުން ފަތްޕިލާވެލީގެ نعمة އެއްވިޔަސް ދެއްވާނޭ އެހެން އެއްވެސް خالق އަކު ﷲ ފިޔަވައި ކަލޭމެނަށް ވޭހެއްޔެވެ؟ (އެބަހީ، އެފަދަ ކަމެއް ކޮށްދޭނޭ އެހެން އެއްވެސް ކަލަކު ﷲ މެނުވީ ނުވެއެވެ.) އެކަލާނގެ ފިޔަވައި އަޅުކަން ވެވުން حق އެހެން އިލާހަކުނުވެއެވެ. ފަހެ، حق ފިޔަވައި ކަލޭމެން އެބުރިގެންދާނީ ކޮންފަދައަކުން ހެއްޔެވެ؟

35:4

وَإِن يُكَذِّبُوكَ فَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ﴿4﴾

Transliteration: Wain yukaththibooka faqad kuththibat rusulun min qablika waila Allahi turjaAAu alomooru

Translation: (އޭ رسول الله އެވެ!) އެމީހުން އެބަހީ، مكة ގެ أهل ވެރިން ކަލޭގެފާނު ދޮގުކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އަޖާބު ވާންވީކަމެއްނޫނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގައި ފޮނުއްވުނު رسول ބޭކަލުންވެސް ދޮގުކުރެވުނެވެ. އެބަހީ، އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންގެ މީހުންވެސް އެމީހުން ގާތަށް ފޮނުއްވުނު رسول ބޭކަލުން ދޮގުކުރިއެވެ. އަދި ހުރިހާ ކަމެއް އެނބުރި رجوع ވުންވަނީ ﷲ ގެ حضرة އަށެވެ. (އަޅުތަކުންގެ عمل ތަކަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާހުއްޓެވެ.)

35:5

يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ ﴿5﴾

Transliteration: Ya ayyuha alnnasu inna waAAda Allahi haqqun fala taghurrannakumu alhayatu alddunya wala yaghurrannakum biAllahi algharooru

Translation: އޭ އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅު އެއީ ޙައްޤު ތެދުއެއްޗެކެވެ. (އެބަހީ މަރުވުމަށްފަހު محشر އަށް ފޮނުވުމާއި عمل ތަކަށް ހިސާބުބަށްލަވައި جزاء ދެއްވުމާއި ނަރަކައާއި ސުވަރުގެއާއި މިހުރީހަމަحقއެވެ.) حياة ގެ ދަޅަތަކާއި ޒީނަތްތެރިކަމުން ކަލޭމެން ހެއްލުން ތެރިވިޔަނުދޭށެވެ. އަދި ﷲއާއިމެދު شَيْطان އާ ކަލޭމެން ހެއްލުންތެރި ކުރުވިޔަ ނުދޭށެވެ. (އެބަހީ ﷲއީ ފާފަފުއްސަވާ އަދި عَفوء ކުރައްވާ ކަލެކޭ ކަލޭމެން ކުރާ ފާފަތައް އެކަލާނގެ އޯގާވަންތަކަމުން ފުއްސަވާނޭ- މިފަދަ ވަސްވާސްދީ ގިނަ ފާފަ ކަލޭމެން ލައްވައި އެސޮރު ކުރުވިޔަނުދޭށެވެ.)

35:6

إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّاۚ إِنَّمَا يَدۡعُواْ حِزۡبَهُۥ لِيَكُونُواْ مِنۡ أَصۡحَٰبِ ٱلسَّعِيرِ ﴿6﴾

Transliteration: Inna alshshaytana lakum AAaduwwun faittakhithoohu AAaduwwan innama yadAAoo hizbahu liyakoonoo min ashabi alssaAAeeri

Translation: ހަމަކަށަވަރުން شيطان އާއީ ކަލޭމެންނަށް ބަޔާންވެގެންވާ عدو އެކެވެ. ކަލޭމެންވެސް އެސޮރަކީ عدو އެއްކަމުގައި ދެކޭށެވެ. އެސޮރު އެސޮރުގެ جماعة އަށް ފާފަކުރުމަށް- އަދި އުރެދުމަށް ގޮވާހަދަނީ އެމީހުންނަކީ ނަރަކައިގެ އަހުލުވެރިންކަމުގައި ލުމަށްޓަކައެވެ.

35:7

ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ ﴿7﴾

Transliteration: Allatheena kafaroo lahum AAathabun shadeedun waallatheena amanoo waAAamiloo alssalihati lahum maghfiratun waajrun kabeerun

Translation: (ﷲ އާއި رسول އާއަށް) ކާފަރުވީމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ހުރީ ގަދަވެގެންވާ عذاب އެވެ. އަދި إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.

35:8

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنٗاۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصۡنَعُونَ ﴿8﴾

Transliteration: Afaman zuyyina lahu sooo AAamalihi faraahu hasanan fainna Allaha yudillu man yashao wayahdee man yashao fala tathhab nafsuka AAalayhim hasaratin inna Allaha AAaleemun bima yasnaAAoona

Translation: އަޅެފަހެ އެމީހެއްގެ ނުބައި عمل ތައް އެއީ ރަނގަޅު عمل ތަކެއްކަމުގައި އެމީހަކުދެކެ އެކަން އޭނާއަށް ޒީނަތްތެރިވެއްޖެ މީހާއާއި (ތެދުމަގުގައިވާ ރަނގަޅު މީހާއާއި ދެމީހުން ހަމަހަމަވާނެ ހެއްޔެވެ؟) ނުވާނެކަންކަށަވަރެވެ. ފަހެ ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު މަގުފުރައްދަވައެވެ. (އެއީ އޭނާގެ މަގުފުރެދުން ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އެއީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގުދައްކަވައެވެ. (އެއީ އޭނާގެ ތެދުމަގު ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އަދި އޭ رسول އާއެވެ. އެމީހުންގެ އެބަހީ ކާފަރުންގެ عمل ތަކާއިމެދު ހިތާމަކުރެއްވުމުގައި ކަލޭގެފާނުންގެ نفس ފުޅު ހަލާކުވިޔަނުދެއްވާށެވެ. ހަމަކަށަވަރުން އެމީހުން ކުރަމުންދާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

35:9

وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ ﴿9﴾

Transliteration: WaAllahu allathee arsala alrriyaha fatutheeru sahaban fasuqnahu ila baladin mayyitin faahyayna bihi alarda baAAda mawtiha kathalika alnnushooru

Translation: އަދި ﷲ އީ އެކިގޮތްގޮތަށް ވައިޖައްސަވާ ބަދަލުކުރައްވާ ކަލާނގެއެވެ. ދެންފަހެ އެކަލާނގެ ވިލާތައް އެގޮތްމިގޮތަށް ތަންތަނަށް ގެންދަވައި ބަދަލުކުރައްވައެވެ. ދެންފަހެ ވާރޭނުވެހުމުގެ ސަބަބުން ބިންގަނޑު ހަނަފަސްވެ ގަސްނުފަޅާ އޮތް ރަށަކަށް ތިމަންރަސްކަލާނގެ އެފެނުން ވެއްސަވައިފިއްޔާ ދެން އެފެނުގެ ސަބަބުން އެރަށް މަރުވެއޮތުމަށްފަހު ދިރުއްވަމެވެ. ގަސްތައް ފަޅައިގެން ހެދިގަނެއެވެ. މީސްތަކުން މަރުވުމަށްފަހު مَحشر ކުރެއްވުމަށް ތިމަންރަސްކަލާނގެ ދިރުއްވަނީ އެފަދައިންނެވެ.

35:10

مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّـٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَـٰٓئِكَ هُوَ يَبُورُ ﴿10﴾

Transliteration: Man kana yureedu alAAizzata falillahi alAAizzatu jameeAAan ilayhi yasAAadu alkalimu alttayyibu waalAAamalu alssalihu yarfaAAuhu waallatheena yamkuroona alssayyiati lahum AAathabun shadeedun wamakru olaika huwa yabooru

Translation: ފަހެ عِزَّة އާއި މަތިވެރިކަން އެދޭ މީހަކުނަމަ ﷲ އަށް ކިޔަމަންތެރިވެގެން عِزَّة ތެރިކަން ހޯދާށެވެ. އެހެނީ އެންމެހައި عِزَّة އެއް خَاصَّ ވެގެންވަނީ ﷲ އަށެވެ. މާތްވެގެންވާ ބަސްތައް އަރައިގެންދަނީ އެކަލާނގެ حَضْرة އަށެވެ. (ﷲއަށް ކުރެވޭ އެންމެހައި ذِكر އަކާއި ހެޔޮ ޢަމަލްތަކާއި ކިޔެވުމާއި ހެޔޮކަންތަކަށް أمر ކުރުމާއި ނުބައިކަންތައް نَهِي ކުރެއްވުމާއި މިބާވަތުގެ އެންމެހައި ކަމެއް އަރައިގެންދާނީ ﷲގެ حَضْرة އަށެވެ. އަދި صالح عَمَل ތައް އެ މާތްވެގެންވާ ބަސްތައް މައްޗަށް އުފުލައެވެ. އެހެނީ صالح عمل އާ ނުލައި ހެޔޮ كلمة ތައް މައްޗަށް ނުއުފުލޭނެއެވެ. - އަދި ނުބައިކަންތައްތައް ކުރަމުން އަދި އެފަދަ ކަންތައްތައް ރާވަމުންދާ މީހުން ދަންނައެވެ. އެމީހުންނަށް ހުންނަހުށީ ގަދަ عذاب އެވެ. އަދި އެމީހުންގެ އެރޭވުންތަކާއި مكر ތަކަކީ ހަމަ باطلވެ ނެތިދާ އެއްޗެކެވެ.

35:11

وَٱللَّهُ خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ جَعَلَكُمۡ أَزۡوَٰجٗاۚ وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَمَا يُعَمَّرُ مِن مُّعَمَّرٖ وَلَا يُنقَصُ مِنۡ عُمُرِهِۦٓ إِلَّا فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴿11﴾

Transliteration: WaAllahu khalaqakum min turabin thumma min nutfatin thumma jaAAalakum azwajan wama tahmilu min ontha wala tadaAAu illa biAAilmihi wama yuAAammaru min muAAammarin wala yunqasu min AAumurihi illa fee kitabin inna thalika AAala Allahi yaseerun

Translation: އަދި ﷲ ތަޢާލާ ވެލީން ކަލޭމެންގެ ބައްޕަކަމުގައިވާ آدَم عَلَيْهِ السَّلام ހެއްދެވިއެވެ. އަދި އޭގެ ފަހުގައި މަނިފޮދުވަރަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ޖޯޑުޖޯޑަށް ލެއްވިއެވެ. (އެބަހީ ކަލޭމެންގެ ތެރެއިން އަންހެނުންނާއި ފިރިހެނުން ލައްވައި ދަރިފަސްކޮޅު އުފެދުމުގެ އިންތިޒާމްވެސް ލެއްވެވިއެވެ.) އަދި އަންހެން ޖިންސު މާބަނޑުގައި އުފުލާ ދަރިއެއްވިޔަސް އަދި ވިހާކުއްޖަކުވިޔަސް އެކުއްޖެއްގެ ފުރިހަމަ މަޢުލޫމާތު އެކަލާނގެ ދެނެވޮޑިގަތުމުގެ ދަށުންނާއި އެކަލާނގެ ތަދުބީރުކުރެއްވުމުގެދަށުން މެނުވީ ނުވެއެވެ. އަދި މީހަކު ޢުމުރު ދިގުވާ ދިގުވުންވެސް އަދި އަނެއްމީހާގެ ޢުމުރުން މަދުވެގެންދާ މިންވަރުވެސް ފޮތެއްގައި ލިޔެވި ނޯޓްކުރެވިގެންވާ މެނުވީ އެބަހީ لَوْحُ الْمَحْفُوْظ ގައި ލިޔެވިގެންވާ ކަމުގައި މެނުވީ ނުވެއެވެ. އަދި އެކަންތައްތައް އެގޮތަށް ހިންގެވުމަކީ ﷲ އަށް ދާދި ފަސޭހަކަމެކެވެ.

35:12

وَمَا يَسۡتَوِي ٱلۡبَحۡرَانِ هَٰذَا عَذۡبٞ فُرَاتٞ سَآئِغٞ شَرَابُهُۥ وَهَٰذَا مِلۡحٌ أُجَاجٞۖ وَمِن كُلّٖ تَأۡكُلُونَ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُونَ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ فِيهِ مَوَاخِرَ لِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ﴿12﴾

Transliteration: Wama yastawee albahrani hatha AAathbun furatun saighun sharabuhu wahatha milhun ojajun wamin kullin takuloona lahman tariyyan watastakhrijoona hilyatan talbasoonaha watara alfulka feehi mawakhira litabtaghoo min fadlihi walaAAallakum tashkuroona

Translation: އަދި ދެކަނޑު ހަމަހަމަވެގެން ނުވެއެވެ. އެއްކަނޑުމިއީ ފެން މީރުވެގެންވާ އަދި އެފެން ބޮއިލާ މީހާ މީރުކަމުން އެފެންފޮދު ދިރުވައިލަން ފަސޭހަ ފެނެކެވެ. އަނެއްކަނޑަކީ މިއީ ފެނުގެ ލޮނުރަހަ ގަދަވެގެންވާ ކަނޑެކެވެ. މި ދެކަނޑުން ކުރެ ކޮންމެ ކަނޑަކުންވެސް ތާޒާ މަސް ކަލޭމެން ކަމުއެވެ. އަދި ކަލޭމެން އަޅައިއުޅޭ ގަހަނާގެބާވަތްތައްވެސް (ރަން މުތާއި ޖަވާހިރާއި މިބާވަތުގެ އެންމެހައި ތަކެތިވެސް) އެކަނޑުން ކަލޭމެން ނެރެމުއެވެ. އަދި ދުވެފައިދާ ނައުދޯގުފަހަރު (އުޅަދުފަހަރު) މޮއިކަފައިލާފައި ދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެނައުފަހަރު / ބޯޓުފަހަރު ވިޔަފާރިކަމުގައްޔާއި ދެންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތަކުގައި ﷲ ގެ فضل ވަންތަކަން ހޯދުމަށްޓަކައި ދަތުރު ކުރެއެވެ. އެކަންތައްތައް އެހެންލައްވާފައިވަނީ ކަލޭމެން شكر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ މިސާލެކެވެ.

35:13

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ ﴿13﴾

Transliteration: Yooliju allayla fee alnnahari wayooliju alnnahara fee allayli wasakhkhara alshshamsa waalqamara kullun yajree liajalin musamman thalikumu Allahu rabbukum lahu almulku waallatheena tadAAoona min doonihi ma yamlikoona min qitmeerin

Translation: އަދި ދުވާލުގެ ތެރެއަށް އެކަލާނގެ ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި އިރާއި ހަނދުވެސް އެކަލާނގެ ކިޔަމަން ކުރެއްވިއެވެ. އެދެ އެތިންކުރެ ކޮންމެ އެއްޗެއް އެއަށްކަނޑައެޅިގެންވާ فلك ގައި ކަނޑައެޅި عين ންވެގެންވާ މުއްދަތަކަށް ދުވެދުވެ ތިބެއެވެ. މިކަންތައްތައް މިހާފުރިހަމަކޮށް ބަރާބަރުކޮށް ހިމުންކޮށް ހައްދަވައި ހިންގަވަނީ އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رب އެވެ. އެހެން އެއްވެސް މީހެއްނޫނެވެ. އެންމެހައިކަމެއްގެ މިލްކުވެރިކަން خاص ވެގެންވަނީ ހަމަ އެކަލާނގެ އަށެވެ. އެއެންމެހައި ކަމެއް އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން ހިންގަވަމުން ގެންދަވައެވެ. އަދި އޭ مشرك ންނޭވެ ކަލޭމެން އެކަލާނގެ ފިޔަވައި އެތަކެއްޗަށް ތިޔަގޮވާ دعاء ކޮށްހަދާ ތަކެއްޗަށް އެބަހީ ބުދުތަކަށް قِطْمِيْر އެއްގެ މިންވަރުވެސް ލިބިގެން ނުވެއެވެ. قِطْمِيْر ގެ މާނަ ލިޔެވިގެން އިސްވެ ހިނގައްޖެއެވެ.

35:14

إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٖ ﴿14﴾

Transliteration: In tadAAoohum la yasmaAAoo duAAaakum walaw samiAAoo ma istajaboo lakum wayawma alqiyamati yakfuroona bishirkikum wala yunabbioka mithlu khabeerin

Translation: (އޭ މުޝްރިކުންނޭވެ!) ކަލޭމެން އެތަކެއްޗަށް ގޮވާ دعاء ކުރިޔަސް އެތަކެތި ކަލޭމެންގެ دعاء ގެ އަޑުނާހާނެއެވެ. (އެހެނީ، އެއީ جَماد ތަކެއްޗެވެ. އެއަކަށް فَهَمُ ވުމެއްނުވެއެވެ.) އަދި މިސާލަކަށް އެތަކެތި އެއީ އަޑުއަހާ ތަކެތިކަމުގައި ނިންމިޔަސް ކަލޭމެންގެ دعاء އަކަށް އެތަކެތި ޖަވާބު ނުދޭނެއެވެ. އެއީ އެކަމަށް ނުކުޅެދޭތީއެވެ. އަދި قيامة ދުވަހުން އެތަކެއްޗަށް ކަލޭމެން ކުރި އަޅުކަމާ ދޭތެރޭ އިންކާރު ކުރާނެއެވެ. (އޭ رسول الله އެވެ!) ހުރިހާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ފަރާތުން ކަލޭގެފާނަށް خبر ދެއްވާގޮތަށް ހަމައެކަކުވެސް خبر ނުދޭނެއެވެ.

35:15

يَـٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَآءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ﴿15﴾

Transliteration: Ya ayyuha alnnasu antumu alfuqarao ila Allahi waAllahu huwa alghaniyyu alhameedu

Translation: އޭ މީސްތަކުންނޭވެ! ކަލޭމެންނަކީ ﷲ ގެ حضرة އަށް އެކިކަންކަމަށް ބޭނުންވެގެންވާ މީހުންނެވެ. فقير ންނެވެ. ﷲ އީ އެކަލާނގެ ذات ފުޅައިގެން ފުދިވޮޑިގެންވާ އަދި އެކަލާނގެ إحسان ވަންތަކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

35:16

إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ﴿16﴾

Transliteration: In yasha yuthhibkum wayati bikhalqin jadeedin

Translation: އެކަލާނގެ އެދިވޮޑިގެންފީވިއްޔާ ކަލޭމެން ފަނާކުރައްވާ އެހެން خلق ތަކެއް ގެންނަވާފާނެއެވެ. (އެބަޔަކީ آدم ގެ ދަރީންކަމުގައިވެސް ވެދާނެއެވެ. އަދި އެހެން ޖިންސެއްގެ ބައެއްކަމުގައިވެސް ވެދާނެއެވެ.

35:17

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ ﴿17﴾

Transliteration: Wama thalika AAala Allahi biAAazeezin

Translation: އަދި އެކަމަކީ ﷲ ގެ حضرةއަށް އުދަގޫވެބުރަވެގެންވާ ކަމަކަށް ނުވާނެއެވެ.

35:18

وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ ﴿18﴾

Transliteration: Wala taziru waziratun wizra okhra wain tadAAu muthqalatun ila himliha la yuhmal minhu shayon walaw kana tha qurba innama tunthiru allatheena yakhshawna rabbahum bialghaybi waaqamoo alssalata waman tazakka fainnama yatazakka linafsihi waila Allahi almaseeru

Translation: އަދި އެއްވެސް ނަފްސެއް އަނެއްނަފްސެއްގެ ފާފަ ނުއުފުލާނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ ކޮންމެ ނަފްސެއްވެސް އުފުލާނީ އެނަފްސެއްގެ ފާފައެވެ.) އަދި ފާފައިން ބަރުވެފައިވާ ނަފްސެއްގެ ފާފައިން ބައެއް އުފުލައިދިނުމަށް އެހެން ނަފްސެއްގެ ކިބައިން އެދުނަސް ކިތައްމެ ގާތްމީހަކު ކަމުގައިވިޔަސް އުފުލައި ނުދޭނެއެވެ. ކަލޭގެފާނުން ކުރައްވާ އިންޒާރުން އަދި ދެއްވާ نصيحة ން ފައިދާއެއްކުރާނޭކަން ކަށަވަރީ އެބައިމީހުންގެ ربّ އަށް غيب ގައި (ނުފެނި) ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަމާދު قائم ކުރާ މީހުންކަމުގައިވާ މީހުންނަށެވެ. އަދި ތިމާގެ ނަފްސު ފާފައިން طاهر ކޮށް صالح عمل ގިނައިން ކޮށްފިމީހާ އެނާ އެ طاهر ކުރީއޭނާގެ އަމިއްލަ ނަފްސެވެ. އޭގެ މަންފާ ހުންނާނީ އޭނާއަށެވެ. އަދި އެންމެހައި ކަމެއް އެބުރިދިޔުންވަނީ ﷲ ގެ حضرة އަށެވެ.

35:19

وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ ﴿19﴾

Transliteration: Wama yastawee alaAAma waalbaseeru

Translation: ،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)

35:20

وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ﴿20﴾

Transliteration: Wala alththulumatu wala alnnooru

Translation: ،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)

35:21

وَلَا ٱلظِّلُّ وَلَا ٱلۡحَرُورُ ﴿21﴾

Transliteration: Wala alththillu wala alharooru

Translation: ،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.

35:22

وَمَا يَسۡتَوِي ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٖ مَّن فِي ٱلۡقُبُورِ ﴿22﴾

Transliteration: Wama yastawee alahyao wala alamwatu inna Allaha yusmiAAu man yashao wama anta bimusmiAAin man fee alquboori

Translation: ،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.

35:23

إِنۡ أَنتَ إِلَّا نَذِيرٌ ﴿23﴾

Transliteration: In anta illa natheerun

Translation: (އޭ رسول الله އެވެ!) ކަނޑައެޅިގެން رسول ކަން އިއްވަވާ އަދި تَبْلِيْغ ކުރައްވާ ބޭކަލަކު ކަމުގައި މެނުވީކަޅޭގެފާނު ނުވެއެވެ. (هِدَايَة ދެއްކެވުމާއި އަދި މަގު ފުރެއްދުމަކީ ހަމައެކަނި ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ.)

35:24

إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۚ وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ ﴿24﴾

Transliteration: Inna arsalnaka bialhaqqi basheeran wanatheeran wain min ommatin illa khala feeha natheerun

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ ޙައްޤު ގޮތުގައެވެ. އެއީ ކިޔަމަންތެރިކަމުގެ أَهْل ވެރިންނަށް އުފާވެރި ކަމުގެ ޚަބަރުދެއްވުމަށާއި އަދި ނުކިޔަމަންތެރި ކަމުގެ أَهْل ވެރިންނަށް އިންޒާރު ކުރެއްވުމަށެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށެވެ. އަދި އެއްވެސް އުންމަތެއް އެ އުންމަތަކަށް نَذِيْر އަކު ނުވާ - އެބަހީ رسول ބޭކަލަކުނުވަތަ نَبِيُّ އަކުނުވާ - އުންމަތެއް ވޭތިވެގެން ގޮސްފައި ނުވާނެއެވެ. އެބަހީ އިސްވެދިޔަ ކޮންމެ އުންމަތަކަށްވެސް نَذِيْر އަކު ފޮނުއްވީމެވެ.

35:25

وَإِن يُكَذِّبُوكَ فَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلۡكِتَٰبِ ٱلۡمُنِيرِ ﴿25﴾

Transliteration: Wain yukaththibooka faqad kaththaba allatheena min qablihim jaathum rusuluhum bialbayyinati wabialzzuburi wabialkitabi almuneeri

Translation: (އޭ رسول الله އެވެ!) މި މައްކާގެ މުޝްރިކުން ކަލޭގެފާނު ދޮގު ކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އެމީހުންގެ ކުރީގެ މީހުން (އެބަހީ މައްކާގެ މީހުންގެ ކުރީގެ މީހުންވެސް) އެމީހުންގެ ގާތަށް އެވަޑައިގެންނެވި رَسُوْل ން ދޮގުކުރިއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ން ވަޑައިގެންނެވީ ބަޔާންވެގެންވާ ދަލީލުތަކާއިގެންނެވެ. އަދި صحف ތަކާއި ތެދުމަގަށް އަލިކޮށްދޭނޭ ފޮތްތަކާއިގެންނެވެ. (އޭގެތެރޭގައި إبراهيم ގެފާނުންނަށް ބާވައިލެއްވި صحف ތަކާއި موسى ގެފާނަށް ބާވައިލެއްވި توراة އާއި عيسى ގެފާނަށް ބާވައިލެއްވި إنجيل ވެއެވެ.)

35:26

ثُمَّ أَخَذۡتُ ٱلَّذِينَ كَفَرُواْۖ فَكَيۡفَ كَانَ نَكِيرِ ﴿26﴾

Transliteration: Thumma akhathtu allatheena kafaroo fakayfa kana nakeeri

Translation: ދެން އެމީހުން އީމާންނުވިހިނދުން އެكافر ވީމީސްތަކުން ތިމަންރަސްކަލާނގެ ހިތްޕަވައި ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ عقوبة އާއި عذاب އެމީހުންގެ މައްޗަށް އައީ ކޮންފަދައަކުން ހެއްޔެވެ؟ (مكة ގެ أهل ވެރިންވެސް މިއިން عبرة حاصل ކުރުން ހުއްޓެވެ.)

35:27

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ ثَمَرَٰتٖ مُّخۡتَلِفًا أَلۡوَٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِيضٞ وَحُمۡرٞ مُّخۡتَلِفٌ أَلۡوَٰنُهَا وَغَرَابِيبُ سُودٞ ﴿27﴾

Transliteration: Alam tara anna Allaha anzala mina alssamai maan faakhrajna bihi thamaratin mukhtalifan alwanuha wamina aljibali judadun beedun wahumrun mukhtalifun alwanuha wagharabeebu soodun

Translation: އަދި ﷲ تعالى އުޑުން ފެން ބާވައިލައްވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވޭތޯއެވެ؟ ދެން އެފެނުން ތިމަންރަސްކަލާނގެ (ގަސް ފަޅުއްވައި ގަސްގަހުން) ތަފާތު ކުލަކުލައިގެ މޭވާ ނެރުއްވަމެވެ. އަދި ފަރުބަދަތަކުގެ ހިލައިގެ ތެރޭގައިވެސް (ހަށިގަނޑުގައި ނާރުތައް ދެމިފައިވާގޮތަށް) ހުދުކުލަޔާއި ރަތްކުލައިގެ ރޮނގުތަކާއި މަގުތައްވެއެވެ. އަދި ތަފާތު ކުލަކުލަވެއެވެ. އަދި ސީދާ ކަޅު ދިހުންކުލަ އަރާ ހިލަވެސްވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.)

35:28

وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ﴿28﴾

Transliteration: Wamina alnnasi waalddawabbi waalanAAami mukhtalifun alwanuhu kathalika innama yakhsha Allaha min AAibadihi alAAulamao inna Allaha AAazeezun ghafoorun

Translation: އަދި މީސްތަކުންގެ ތެރޭގައްޔާއި އަދި ދިރޭތަކެއްޗާއި އަދި نعم ސޫފީގެ ތެރޭގައިވެސް ހަމައެފަދައިން ތަފާތުކުލައިގެ ތަކެތިވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވާކަންކަށަވަރީ އެކަލާނގެ އަޅުތަކުން ކުރެން عالم ންނެވެ. (އެބަހީ އެކަލާނގެއީ ކޮންފަދަ މަތިވެރި ކުޅަދުންވަންތަ ފަރާތެއްކަން ދަންނަ عالم ންނެވެ. އީމާންނުވާ عالم ންނެއްނޫނެވެ. އީމާންނުވާ މީހުންނަށް شرعى ގޮތުން عالم ން ކިޔުން ހުއްދައެއްނޫނެވެ.) ހަމަކަށަވަރުން ﷲ އީ عزة ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

35:29

إِنَّ ٱلَّذِينَ يَتۡلُونَ كِتَٰبَ ٱللَّهِ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ يَرۡجُونَ تِجَٰرَةٗ لَّن تَبُورَ ﴿29﴾

Transliteration: Inna allatheena yatloona kitaba Allahi waaqamoo alssalata waanfaqoo mimma razaqnahum sirran waAAalaniyatan yarjoona tijaratan lan taboora

Translation: ހަމަކަށަވަރުން ކީރިތި قُرْآن ޢާއްމު ގޮތެއްގައި ކިޔަވާމީސްތަކުން ދަންނައެވެ. އަދި އެމީހުން ނަމާދު ކޮށް އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރިޒުޤުން ސިއްރާއި ފައުޅުގައި ހޭދަކޮށް صَدَ قَة ދީ ހަދާމީސްތަކުން އެމީހުން އެ އެދެނީ ހަލާކުވެގެންނުދާފަދަ އަދި ގެއްލުން ނުވާފަދަ ވިޔަފާރިއަކަށެވެ. އެއީ އެމީހުންގެ ކިޔަމަންތެރިކަމުގެ ثَوَابُ އެވެ.

35:30

لِيُوَفِّيَهُمۡ أُجُورَهُمۡ وَيَزِيدَهُم مِّن فَضۡلِهِۦٓۚ إِنَّهُۥ غَفُورٞ شَكُورٞ ﴿30﴾

Transliteration: Liyuwaffiyahum ojoorahum wayazeedahum min fadlihi innahu ghafoorun shakoorun

Translation: އެއީ އެމީހުންގެ އުޖޫރަ އެކަލާނގެ ބަރާބަރު ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ فَضْلُ ވަންތަވެރިކަމުން އެމީހުންނަށް އެއަށްވުރެވެސް އިތުރުކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ ކަލާނގެއެވެ.

35:31

وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ مِنَ ٱلۡكِتَٰبِ هُوَ ٱلۡحَقُّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٞ ﴿31﴾

Transliteration: Waallathee awhayna ilayka mina alkitabi huwa alhaqqu musaddiqan lima bayna yadayhi inna Allaha biAAibadihi lakhabeerun baseerun

Translation: (އޭ رَسُولُ الله އެވެ!) މިކީރިތި قُرْآن ގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިބާވާތްލައްވަނީ ހަމަ حَقُّ އެވެ. އެފޮތުގެ ކުރީބާވާތްލެއްވި ފޮތްތަކާއި އެފޮތާއި مُوَافِقُ ވާނެއެވެ. އެއްގޮތްވާނެއެވެ. ހަމަކަށަވަރުން الله تَعَالَى އީއެކަލާނގެ އަޅުތަކުންގެ އެންމެހައި خَبَرُ ތައް ދެނެވޮޑިގެންވާ އަދި އަޅުތަކުންނާއިމެދު ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

35:32

ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ﴿32﴾

Transliteration: Thumma awrathna alkitaba allatheena istafayna min AAibadina faminhum thalimun linafsihi waminhum muqtasidun waminhum sabiqun bialkhayrati biithni Allahi thalika huwa alfadlu alkabeeru

Translation: ދެން ތިމަންރަސްކަލާނގެ މިކީރިތި قُرْآن ވާރުތަކޮށްދިނީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތިމަންރަސްކަލާނގެإِخْتِيَارُ ކުރައްވައި މާތްކުރެއްވި އަޅުންނަށެވެ. ފަހެ އެމީހުންގެ ތެރޭގައި ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާމީހުންވެއެވެ. (އެއީ تَوْحِيْدُ ގެ އަހުލުވެރިންކުރެ ބޮޑުފާފައިގެ އަހުލުވެރިންކަމުގައި ވިއެވެ.) އަދި އެމީހުންގެތެރޭގައި مُقْتَصِدُ ންވެއެވެ. (އެބަހީ فَرْضُ ތައް އަދާކޮށް އަދި ބޮޑުފާފަތަކުން ދުރުވެގެންވާ މީހުންނެވެ.) އަދި އެމީހުންގެތެރޭގައި ﷲ ގެ އިޒުނަފުޅަށް ހެޔޮކަންތަކުގައި އިސްވެގަތްމީހުންވެއެވެ. މިއުއްމަތުގެމީހުން މިތިންބަޔަށް ތިބޭނޭކަމުގައި ވެއެވެ. ނަމަވެސް މިކަމުގައި إِخْتِلآفُ ވެފައިވެއެވެ. ކޮންމެއަކަސް މިކަމަކީ ﷲ ގެ حَضْرَةُ ންވާބޮޑުفَضْلُ ވަންތަވެރިކަމެކެވެ.

35:33

جَنَّـٰتُ عَدۡنٖ يَدۡخُلُونَهَا يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ ﴿33﴾

Transliteration: Jannatu AAadnin yadkhuloonaha yuhallawna feeha min asawira min thahabin waluluan walibasuhum feeha hareerun

Translation: قَائِمُ ވެތިބޭ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނެއެވެ. އަދި އެތާގައި އެމީހުން ރަނާއި ރަންމުތުގެ އުޅައިތައް އަޅާނެއެވެ. ގަހަނާތައް އަޅާނެއެވެ. އަދިއެތާގައި އެމީހުންގެ ފޭރާމަކީ ފަށުވިފޭރާމެވެ.

35:34

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَذۡهَبَ عَنَّا ٱلۡحَزَنَۖ إِنَّ رَبَّنَا لَغَفُورٞ شَكُورٌ ﴿34﴾

Transliteration: Waqaloo alhamdu lillahi allathee athhaba AAanna alhazana inna rabbana laghafoorun shakoorun

Translation: އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حَمْدُ އާއި ثَنَاء އެއްހުރީ الله އަށެވެ. އެކަލާނގެއީ އަޅަމެނެގެ ކިބައިން އެންމެހައި ހިތާމައެއްގެންދަވައި ފިއްލެވި ކަލާނގެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبُّ އަކީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ޝުކުރުވެރިވެ ވޮޑިގެންވާ ކަލާނގެ އެވެ.

35:35

ٱلَّذِيٓ أَحَلَّنَا دَارَ ٱلۡمُقَامَةِ مِن فَضۡلِهِۦ لَا يَمَسُّنَا فِيهَا نَصَبٞ وَلَا يَمَسُّنَا فِيهَا لُغُوبٞ ﴿35﴾

Transliteration: Allathee ahallana dara almuqamati min fadlihi la yamassuna feeha nasabun wala yamassuna feeha lughoobun

Translation: އެކަލާނގެއީ قَائِمُ ތިބޭ މިގޮވަތީގައި އަޅަމެން ޤާއިމު ކުރައްވައި ވަޒަންވެރި ކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ فَضْلُ ވަންތަވެރިކަމުންނާއި އޯގާވަންތަވެރި ކަމުންނެވެ. އަދި އެސުވަރުގޭގައި އަޅަމެންނަށް އެއްވެސް މަސައްކަތެއް އަދި ބުރަކަމެއްވިޔަސް އަދި ވަރުބަލިވެ ކަންނެތްވުމެއްވެސްނުވެއެވެ.

35:36

وَٱلَّذِينَ كَفَرُواْ لَهُمۡ نَارُ جَهَنَّمَ لَا يُقۡضَىٰ عَلَيۡهِمۡ فَيَمُوتُواْ وَلَا يُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَٰلِكَ نَجۡزِي كُلَّ كَفُورٖ ﴿36﴾

Transliteration: Waallatheena kafaroo lahum naru jahannama la yuqda AAalayhim fayamootoo wala yukhaffafu AAanhum min AAathabiha kathalika najzee kulla kafoorin

Translation: އަދި ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަށް قيامة ދުވަހުން ހުރީ ހަމަ ނަރަކައިގެ އަލިފާނެވެ. عذاب އެވެ. އެމީހުންގެ މައްޗަށް މަރުވުމަށް ނިޔާ ނުވެވޭނެއެވެ. މަރުވާނީވެސް އެހެންނަމަތާއެވެ. އަދި އެމީހުންނަށް އެ ނަރަކައިގެ عذاب ލުއިވެސް ނުވެވޭނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ އެމީހުން ނަރަކައިގެ ގަދަ عذاب ގައި މަރުވުމެއްނެތި ދެމިތިބޭހުއްޓެވެ. (اَاللَّهُمَّ أَجِرْنَا مِنَ النَّارِ. آمين) އަދި ކާފަރުކަމުގައި ދެމިހުރެއްޖެ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

35:37

وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ ﴿37﴾

Transliteration: Wahum yastarikhoona feeha rabbana akhrijna naAAmal salihan ghayra allathee kunna naAAmalu awalam nuAAammirkum ma yatathakkaru feehi man tathakkara wajaakumu alnnatheeru fathooqoo fama lilththalimeena min naseerin

Translation: އަދި އެމީހުން އެނަރަކައިގައި ތިބެގެން ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން صالح عمل ކުރުމަށްޓަކައި - يعني ކުރިން ކުރިވިޔާ ނުދާ ނުބައި عمل ފިޔަވައި صالح عمل ކުރުމަށްޓަކައި އަޅަމެން މިތަނުން ނެރެދެއްވާށެވެ! (އޭގެ ޖަވާބުގައި ﷲ އަންގަވާނެއެވެ.) ذكر ކޮށް نصيحة ލިބިގަންނާނޭ މީހަކު ذكر ކޮށް نصيحة ލިބިގަތުމަށްޓަކައި ކަލޭމެންނަށް ފަހެ ތިމަން ރަސްކަލާނގެ عمر ނުދެއްވަން ހެއްޔެވެ؟ (އެބަހީ، އެހާ ވަރަށް عمر ދެއްވީމެވެ.) ފަހެ ކަލޭމެން މިއަދު ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ. އަދި އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު މިއަދަކުނުވެއެވެ.

35:38

إِنَّ ٱللَّهَ عَٰلِمُ غَيۡبِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿38﴾

Transliteration: Inna Allaha AAalimu ghaybi alssamawati waalardi innahu AAaleemun bithati alssudoori

Translation: ހަމަކަށަވަރުން ﷲ تعالى އީ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވާ ކަލާނގެއެވެ. ހަމަކަށަވަރުން ހިތްތަކުގެ ތެރޭގައިވާ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

35:39

هُوَ ٱلَّذِي جَعَلَكُمۡ خَلَـٰٓئِفَ فِي ٱلۡأَرۡضِۚ فَمَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ عِندَ رَبِّهِمۡ إِلَّا مَقۡتٗاۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ إِلَّا خَسَارٗا ﴿39﴾

Transliteration: Huwa allathee jaAAalakum khalaifa fee alardi faman kafara faAAalayhi kufruhu wala yazeedu alkafireena kufruhum AAinda rabbihim illa maqtan wala yazeedu alkafireena kufruhum illa khasaran

Translation: އެކަލާނގެއީ ކަލޭމެންގެ ކުރީގައިވާ أمة ގެ ފަހަށް އަންނަބަޔަކު ކަމުގައި ކަލޭމެން ލެއްވި ރަސްކަލާނގެއެވެ. ފަހެ ކަލޭމެން ކުރެ މިބޮޑު نعمة އަށް ކާފަރުވެއްޖެ މީހާ ދަންނައެވެ. އޭނާގެ އެ ކާފަރުކަމުގެ ފާފަޔާއި ނުބައިހުންނާނީ ހަމަ އެނާގެ نفس ގެ މައްޗަށެވެ. އަދި ކާފަރުންގެ އެ ކާފަރުކަން އެމީހުންނަށް ﷲ ގެ حضرة ގައި ކޯފާ މެނުވީ އިތުރު ނުކޮށްދެއެވެ. އަދި ކާފަރުންގެ ކާފަރުކަން އެމީހުންނަށް ގެއްލުމާއި ހަލާކު މެނުވީ އިތުރުނޮކޮށްދެއެވެ.

35:40

قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّـٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا ﴿40﴾

Transliteration: Qul araaytum shurakaakumu allatheena tadAAoona min dooni Allahi aroonee matha khalaqoo mina alardi am lahum shirkun fee alssamawati am ataynahum kitaban fahum AAala bayyinatin minhu bal in yaAAidu alththalimoona baAAduhum baAAdan illa ghurooran

Translation: (އޭ رسول الله އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ. ﷲ ފިޔަވައި ކަލޭމެން އެފަރާތް ތަކަށް ގޮވާ دعاء ކޮށް އަޅުކަން ކޮށްހަދާ ކަލޭމެންގެ شريك ންތަކާއިމެދު ކަލޭމެން ނިކަން ތިމަންފާނަށް خبر ދީބަލާށެވެ. އެތަކެތި يعني އެބުދުތައް ބިމުން އުފެއްދި އެއްޗެއް ނިކަން ތިމަން ކަލޭގެފާނަށް ދައްކައިބަލާށެވެ! އެތަކެތި ހެއްދެވި އެއްޗެއް ބިމުގައި ހުރިއްޔާ ދައްކައިބަލާށެވެ! (ނެތެވެ.) ނުވަތަ އުޑުތައް ﷲ ހެއްދެވިއިރު އެކަމުގައި އެތަކެތި ﷲ އާއިއެކު ބައިވެރިވެ އެކަލާނގެއާއި އެހީވެ حصّة އެއް ނެގީ ހެއްޔެވެ؟ (އެހެންވެސްނޫނެވެ.) ނުވަތަ ތިމަންރަސްކަލާނގެއާއި شريك އެއްވާ ކަމުގައި ލިޔެވި ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ދިނީހެއްޔެވެ؟ (އޭގެ މައްޗަށް ބުރަވެ ތިބޭނީ އެހެންނަމަތާއެވެ.) އަދި ކިޔެއްހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ވީއެއްނޫނެވެ. އަނިޔާވެރި مشرك ން އެއްބަޔަކު އަނެއްބަޔަކަށް ހަމަ ހެއްލުންތެރިކަމެއް މެނުވީ وعد ނުކުރެއެވެ.

35:41

إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ﴿41﴾

Transliteration: Inna Allaha yumsiku alssamawati waalarda an tazoola walain zalata in amsakahuma min ahadin min baAAdihi innahu kana haleeman ghafooran

Translation: ހަމަކަށަވަރުން އުޑުތަކާއި ބިން حركاة ކޮށް ހެލުނަނުދީ އަދި ވެއްޓުނަނުދީ ހިފަހައްޓަވަނީ ﷲ އެވެ. އަދި އެދެތަން حركاة ކޮށް ވެއްޓުނަސް އެކަލާނގެ ފިޔަވައި ހަމަ އެކަކުވެސް އެދެތަން ނުހިފައްޓާނެއެވެ. ހިފެހެއްޓޭނެ އެކަކުވެސް ނުވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އަވަހަށް عقوبة ނުދެއްވާ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

35:42

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا ﴿42﴾

Transliteration: Waaqsamoo biAllahi jahda aymanihim lain jaahum natheerun layakoonunna ahda min ihda alomami falamma jaahum natheerun ma zadahum illa nufooran

Translation: އަދި އެބައިމީހުން ގަދަޔަށް ހުވާކޮށްފައި ބުނެއެވެ. އެބައިމީހުންގެ ކައިރިޔަށް نذير އަކު އަތުވެއްޖެއްޔާ يعني رسول ބޭކަލަކު ވަޑައިގެންފިއްޔާ އިސްވެދިޔަ أمة ތަކަށްވުރެ އެބަހީ، يهودي އިންނާއި نصارى އިންނަށްވުރެ ތެދުމަގުގައި އެމީހުންވާނެއެވެ. (އެބަހީ، އިސްވެދިޔަ މީހުން ފަދައިން رسول ބޭކަލުން ދޮގުކޮށް ކާފަރު ނުވާނެކަމަށެވެ.) ދެން ފަހެ އެބައިމީހުންގެ ގާތަށް رسول ބޭކަލަކު ވަޑައިގެން ހިނދުން އެބަހީ، محمد ﷺ ވަޑައިގެންނެވި ހިނދުން ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަން މެނުވީ އެމީހުން އިތުރުނުވިއެވެ.

35:43

ٱسۡتِكۡبَارٗا فِي ٱلۡأَرۡضِ وَمَكۡرَ ٱلسَّيِّيِٕۚ وَلَا يَحِيقُ ٱلۡمَكۡرُ ٱلسَّيِّئُ إِلَّا بِأَهۡلِهِۦۚ فَهَلۡ يَنظُرُونَ إِلَّا سُنَّتَ ٱلۡأَوَّلِينَۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا ﴿43﴾

Transliteration: Istikbaran fee alardi wamakra alssayyii wala yaheequ almakru alssayyio illa biahlihi fahal yanthuroona illa sunnata alawwaleena falan tajida lisunnati Allahi tabdeelan walan tajida lisunnati Allahi tahweelan

Translation: އެއީ ބިމުގައި ބޮޑާވެ ކިބުރުވެރިވެގަތުމުގެ ގޮތުންނާއި އަދި ނުބައި ރޭވުމާއި މަކަރު ހެދުމުގެ ގޮތުންނެވެ. އަދި ނުބައިރޭވުމާއި މަކަރުގެ ނުބައިކަން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހެއެވެ. އެމީހުން ފަހެ އެބަހީ، مكة ގެ مشرك ން އެ އިންތިޒާރުކުރަނީ އިސްވެ ދިޔަ أمة ތަކުގެ މީހުންނަށްވީގޮތަށް ވުމަށްކަމުގައި މެނުވީ އެބަވޭހެއްޔެވެ؟ (އެއީ رسول ބޭކަލުން ދޮގުކުރުމުގެ ސަބަބުން عذاب އައުމެވެ.) އެއީ ﷲ ގެ سنّة އެވެ. އެކަލާނގެ ކަންތައް ގެންދަވާގޮތެވެ. އަދި ﷲގެ އެ أصول އަށް އެއްވެސް ބަދަލެއް އަންނަތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި ﷲގެ އެގޮތަށް އެނޫންގޮތެއްވެ ބަދަލުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެގޮތަކީ، رسول ބޭކަލުން ދޮގުކޮށް إيمان ނުވި ބައެއްގެ މައްޗަށް އެންމެ ފަހުން عذاب ފޮނުއްވުމެވެ.)

35:44

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡ وَكَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗۚ وَمَا كَانَ ٱللَّهُ لِيُعۡجِزَهُۥ مِن شَيۡءٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ إِنَّهُۥ كَانَ عَلِيمٗا قَدِيرٗا ﴿44﴾

Transliteration: Awalam yaseeroo fee alardi fayanthuroo kayfa kana AAaqibatu allatheena min qablihim wakanoo ashadda minhum quwwatan wama kana Allahu liyuAAjizahu min shayin fee alssamawati wala fee alardi innahu kana AAaleeman qadeeran

Translation: އެބައިމީހުން އެބަހީ مكة ގެ مشرك ން- އެމީހުން ބިމުގެ އެތައްމިތާ ދަތުރުފަތުރުކޮށް އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންގެ يعني رسول ބޭކަލުން ދޮގުކުރި މީހުންގެ ނިމުން ހުރިގޮތާއިމެދު فكر ކޮށްބަލައި އެއިން عبرة އެއް حاصل ނުކުރާނޭބާވައެވެ. ފަހެ ކުރިން އިސްވެދިޔަ أمة ތަކުގެ މީސްތަކުންވީ މިމީހުންނަށްވުރެ ބާރުގެގޮތުން މާގަދަކަމުގައެވެ. (އެހެންނަމަވެސް رسول ބޭކެލުން ދޮގުކޮށް ﷲ އަށް إيمان ނުވި ހިނދުން ﷲ އެމީހުން ހަލާކު ކުރެއެވީއެވެ. އޭގެ އަސަރުތައް މިމީހުން ދަތުރުފަތުރުކޮށް ގޮސްއައިސްވާ ހިސާބުން ފެންނަންވެސް ހުންނާނެއެވެ. އެބާރުގަދަ މީހުންނަށްވެސް ﷲ ނުކުޅައްދައެއްނުލެއްވުނެވެ. އުޑުތަކާއި ބިމުގެ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއްވިޔަސް ﷲ ނުކުޅައްދައެއް ނުލެވޭނެއެވެ. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި ކުޅަދުންވަންތަ ކަލާނގެއެވެ.

35:45

وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا ﴿45﴾

Transliteration: Walaw yuakhithu Allahu alnnasa bima kasaboo ma taraka AAala thahriha min dabbatin walakin yuakhkhiruhum ila ajalin musamman faitha jaa ajaluhum fainna Allaha kana biAAibadihi baseeran

Translation: މީސްތަކުން ކުރާ ނުބައި ކަންތަކުގެ ސަބަބުން ކުއްލިއަކަށް ﷲ އެމީހުން ހިތްޕަވާނެނަމަ ހަލާކުކުރައްވާނެނަމަ މިބިމުގެ މަތީގައި އެއްވެސް ދިރޭ އެއްޗެއް ނުބަހައްޓަވައި އެކަލާނގެ އެންމެހައި ތަކެތި ހަލާކު ކުރައްވައިފީހެވެ. ނަމަވެސް އެއެންމެން (ފާފަކުރުމާ އެކުވެސް) ނުމަރުއްވައި ބައިތިއްބަވާފައި އެވަނީ ކަނޑައެޅި عَيَّنْ ވެގެންވާ މުއްދަތަކަށެވެ. އެއީ قيامة ދުވަސް އައުމެވެ. އެ مدت ހަމަހަމަވުން- އެކަލާނގެ އެންމެހައި އަޅުތަކުންނަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި ވާނެއެވެ. (އެބަހީ ثواب އާއި ދަރުމަ حق ވީ ބަޔަކާއި عذاب އާއި ކޯފާ حق ވީބަޔަކު އެކަލާނގެ ވަކިކުރައްވައި فيصلة ކުރައްވައި جزاء ދެއްވާހުއްޓެވެ.) والحمد لله...

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download