quranm◉

Surah Sad transliteration

◉ ސޫރަ · ∞

38:1

صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ ﴿1﴾

Transliteration: Sad waalqurani thee alththikri

Translation: ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

38:2

بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ ﴿2﴾

Transliteration: Bali allatheena kafaroo fee AAizzatin washiqaqin

Translation: އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

38:3

كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ ﴿3﴾

Transliteration: Kam ahlakna min qablihim min qarnin fanadaw walata heena manasin

Translation: މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

38:4

وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ ﴿4﴾

Transliteration: WaAAajiboo an jaahum munthirun minhum waqala alkafiroona hatha sahirun kaththabun

Translation: އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

38:5

أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ ﴿5﴾

Transliteration: AjaAAala alalihata ilahan wahidan inna hatha lashayon AAujabun

Translation: އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.

38:6

وَٱنطَلَقَ ٱلۡمَلَأُ مِنۡهُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَٰذَا لَشَيۡءٞ يُرَادُ ﴿6﴾

Transliteration: Waintalaqa almalao minhum ani imshoo waisbiroo AAala alihatikum inna hatha lashayon yuradu

Translation: އެމީހުންގެތެރެއިން ބޮޑެތިމީހުންގެ ޖަމާޢަތެއް ތެދުވެގެން ހިގައްޖެއެވެ. (އަދި އެމީހުން ދަމުންބުންޏެވެ.) "ކަލޭމެން ކަލޭމެންގެ ދީންމަތީ ސާބިތުވެ ތިބޭށެވެ! (އަދި މި مُحَمَّدُ ގެފާނުން ދައްކަވާ ވާހަކަނުއަހާށެވެ.) އަދި ކަލޭމެންގެ إلَهُ ން ތަކަށް އަޅުކަން ކުރުންމަތީ ޤާއިމުވެ ކެތްތެރިވާށެވެ. ހަމަކަށަކަވަރުން އެކަލޭގެފާނު އެއެދެނީ އަހުރެމެންނަށްވުރެން މަތިވެރިވެ އަހުރެމެންގެމައްޗަށް حُكُم ކުރާށެވެ.

38:7

مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ ﴿7﴾

Transliteration: Ma samiAAna bihatha fee almillati alakhirati in hatha illa ikhtilaqun

Translation: އެންމެފަހުން އައި ދީނުގެފަރާތުންވެސް އަހުރެމެން އެފަދަ ވާހަކައެއްނުއަހަމެވެ. އެއީ ހަމަ އެކަލޭގެފާނުން ހަދައިގެންއުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ."

38:8

أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ ﴿8﴾

Transliteration: Aonzila AAalayhi alththikru min baynina bal hum fee shakkin min thikree bal lamma yathooqoo AAathabi

Translation: އަދި އަހުރެމެން މިހެންތިއްބާ އަހުރެމެންގެތެރެއިން އޭނާއަށްވަކިން قرآن ބާވާއިލެއްވީ ހެއްޔެވެ؟ الله وَحِي ކުރެއްވިއެވެ. (އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ ތިމަންރަސްކަލާނގެ ذِكْرُ އާމެދު އެބަހީ قرآن އާއިމެދު ނުވަތަ وَحِي އާއިމެދު ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އަދި މިހާތަނަށް ތިމަންރަސްކަލާނގެ عَذَابُ ގެރަހަ އެމީހުންނަށް ނުފެންނަނީއެވެ.

38:9

أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ ﴿9﴾

Transliteration: Am AAindahum khazainu rahmati rabbika alAAazeezi alwahhabi

Translation: (އޭ رَسُولُ الله އެވެ.) ކަލޭގެފާނުންގެ عِزَّة ވަންތަ އަދި ގިނަގިނައިންދެއްވާ رَبُّ ގެ رَحْمَة ގެ خَزَانَة ތައް އެމީހުންގެ އަތުގައިވަނީބާވައެވެ؟ (އެމީހުން އެދޭމީހަކަށް ނަބީކަމާއި ރަސޫލުކަން އެމީހުންނަށް ދެވުނީހީ އެހެންނަމަތާއެވެ.)

38:10

أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ ﴿10﴾

Transliteration: Am lahum mulku alssamawati waalardi wama baynahuma falyartaqoo fee alasbabi

Translation: ނުވަތަ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ މިލްކުވެރިކަން އެމީހުންގެ އަތުގައިވަނީ ހެއްޔެވެ؟ (އެމީހުން ބޭނުންމީހަކަށް ބޭނުން އެއްޗެއްދީ އަދިބޭނުންނޫންމީހަކަށް ނުދީ ހިފަހައްޓާނީ އެހެންނަމަތާއެވެ.) ދެން އެމީހުން އެހީކުރާގޮތަށް އުޑާއި ބިމުގެ މިލްކުވާނަމަ އެމީހުން ނިކަން އުޑަށް އަރައިބަލާށެވެ. އަދި مُحَمَّد ގެފާނަށް ބާވައިލައްވާ وَحِي ބަންދުކޮށްބަލާށެވެ.

38:11

جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ ﴿11﴾

Transliteration: Jundun ma hunalika mahzoomun mina alahzabi

Translation: އެމީހުންނަކީ އިސްވެދިޔަ އުއްމަތްތަކުގައި ތިބިކާފަރުން ފަދައިން އެތާ - އެބަހީ ބަދުރުގެ ދުވަހު ނުވަތަ މައްކާ ފަތަޙަވާ ދުވަހުން ބަލިވެގެންދާނޭ ލަޝްކަރެކެވެ.

38:12

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ ﴿12﴾

Transliteration: Kaththabat qablahum qawmu noohin waAAadun wafirAAawnu thoo alawtadi

Translation: އެމީހުންގެ ކުރިން އެބަހީ މައްކާގެ އަހުލުވެރިންގެ ކުރިންވެސް نوح قوم ގެމީހުންނާއި عَادُ ބާގައިގެމީހުންނާއި އަދި ކަޑަތަކުގެވެރި فرعون ގެމީހުންނާއި އެ އެންމެންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުން އެމީހުން ދޮގުކުރިއެވެ.

38:13

وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَـٰٓئِكَ ٱلۡأَحۡزَابُ ﴿13﴾

Transliteration: Wathamoodu waqawmu lootin waashabu alaykati olaika alahzabu

Translation: އަދި ثمود ބާގައިގެމީހުންނާއި އަދި لوط قوم ގެމީހުންނާއި އަދި أَيْكَةُ އެކުވެރިންނާއި (އެއީ شُعَيْبُ عَلَيْه السلام ދީނަށް ގޮވައިލެއްވި ބައެކެވެ.) ބޮޑެތި ގަދަ ޖަމާޢަތްތަކަކީ އެއީއެވެ.

38:14

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ﴿14﴾

Transliteration: In kullun illa kaththaba alrrusula fahaqqa AAiqabi

Translation: އެހުރިހާމީހުންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުބޭކަލުން ދޮގުކުރިބަޔަކު ކަމުގައިމެނުވީ ނުވެއެވެ. ދެން ފަހެ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ عُقُوبَة حَقُّ ވެއްޖެއެވެ. (އެމީހުންނަށް ޢަޒާބު އައީއެވެ.)

38:15

وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيۡحَةٗ وَٰحِدَةٗ مَّا لَهَا مِن فَوَاقٖ ﴿15﴾

Transliteration: Wama yanthuru haolai illa sayhatan wahidatan ma laha min fawaqin

Translation: އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ.

38:16

وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ ﴿16﴾

Transliteration: Waqaloo rabbana AAajjil lana qittana qabla yawmi alhisabi

Translation: އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.)

38:17

ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ ﴿17﴾

Transliteration: Isbir AAala ma yaqooloona waothkur AAabdana dawooda tha alaydi innahu awwabun

Translation: (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ.

38:18

إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ ﴿18﴾

Transliteration: Inna sakhkharna aljibala maAAahu yusabbihna bialAAashiyyi waalishraqi

Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ.

38:19

وَٱلطَّيۡرَ مَحۡشُورَةٗۖ كُلّٞ لَّهُۥٓ أَوَّابٞ ﴿19﴾

Transliteration: Waalttayra mahshooratan kullun lahu awwabun

Translation: އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ.

38:20

وَشَدَدۡنَا مُلۡكَهُۥ وَءَاتَيۡنَٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ ﴿20﴾

Transliteration: Washadadna mulkahu waataynahu alhikmata wafasla alkhitabi

Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) * ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم.

38:21

وَهَلۡ أَتَىٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ ﴿21﴾

Transliteration: Wahal ataka nabao alkhasmi ith tasawwaroo almihraba

Translation: (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން އެދެ خصم ން އެރި ހިދުންނެވެ.

38:22

إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ﴿22﴾

Transliteration: Ith dakhaloo AAala dawooda fafaziAAa minhum qaloo la takhaf khasmani bagha baAAduna AAala baAAdin faohkum baynana bialhaqqi wala tushtit waihdina ila sawai alssirati

Translation: އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ."

38:23

إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ ﴿23﴾

Transliteration: Inna hatha akhee lahu tisAAun watisAAoona naAAjatan waliya naAAjatun wahidatun faqala akfilneeha waAAazzanee fee alkhitabi

Translation: " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އެނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ."

38:24

قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩ ﴿24﴾

Transliteration: Qala laqad thalamaka bisuali naAAjatika ila niAAajihi wainna katheeran mina alkhulatai layabghee baAAduhum AAala baAAdin illa allatheena amanoo waAAamiloo alssalihati waqaleelun ma hum wathanna dawoodu annama fatannahu faistaghfara rabbahu wakharra rakiAAan waanaba

Translation: داود عليه السّلام އަނެއްމީހާގެވާހަކައަށް ބައްލަވައިނުލައްވައި دَعْوَى ކުރާމީހާއާއި ދިމާލަށްވިދާޅުވިއެވެ. "އޭނާގެބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެބަކަރިދޭން އެނާ ކަލޭގެކިބައިން އެދުނުކަންއެއީ އޭނާކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ! ދަންނައެވެ. މިހިސާބަށްވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބިދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ އެއީ داود عليه السّلام إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ.\nދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން - غائب ވުމުން ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ.

38:25

فَغَفَرۡنَا لَهُۥ ذَٰلِكَۖ وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ﴿25﴾

Transliteration: Faghafarna lahu thalika wainna lahu AAindana lazulfa wahusna maabin

Translation: ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم.

38:26

يَٰدَاوُۥدُ إِنَّا جَعَلۡنَٰكَ خَلِيفَةٗ فِي ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٞ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ ﴿26﴾

Transliteration: Ya dawoodu inna jaAAalnaka khaleefatan fee alardi faohkum bayna alnnasi bialhaqqi wala tattabiAAi alhawa fayudillaka AAan sabeeli Allahi inna allatheena yadilloona AAan sabeeli Allahi lahum AAathabun shadeedun bima nasoo yawma alhisabi

Translation: (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

38:27

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا بَٰطِلٗاۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ ﴿27﴾

Transliteration: Wama khalaqna alssamaa waalarda wama baynahuma batilan thalika thannu allatheena kafaroo fawaylun lillatheena kafaroo mina alnnari

Translation: އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.

38:28

أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ ﴿28﴾

Transliteration: Am najAAalu allatheena amanoo waAAamiloo alssalihati kaalmufsideena fee alardi am najAAalu almuttaqeena kaalfujjari

Translation: އަދިކިއެއްހެއްޔެވެ؟ އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން ބިންމަތީގައި ފަސާދަކުރާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ ނުވަތަ تَقْوَى ވެރިން ނުބައި ނުލަފާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ (އެހެން ނުހައްދަވާނެކަން ކަށަވަރެވެ.) ނުބައިނުލަފާމީހުންނަށް ޤިޔާމަތްދުވަހުން ހުންނާނީ ނަރަކައެވެ. އަދިއެތާގެ ޢަޒާބެވެ. އަދި މުއުމިނު تَقْوَى ވެރިން ނަށް ހުންނަހުށީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة އެވެ.

38:29

كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ﴿29﴾

Transliteration: Kitabun anzalnahu ilayka mubarakun liyaddabbaroo ayatihi waliyatathakkara oloo alalbabi

Translation: ކީރިތި قُرْآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށްބާވައިލެއްވި ފޮތެކެވެ. އޭގައި ގިނަ ހެޔޮތަކާއި ބަރަކާތްތައް އެކުލެވިގެންވާ މުބާރަކު ފޮތެކެވެ. އެފޮތްބާވާތްލެއްވީ އެފޮތުގެއާޔަތް ތަކަށްވިސްނާ ފިކުރު ކުރުމަށްޓަކައެވެ. (އަދި އޭގައިވާ ފަދައަކުން ޢަމަލުކުރުމަށްޓަކައެވެ. ހަމައެކަނި ކިޔަވައިލުމަށްޓަކައެއްނޫނެވެ.) ފަހެ ބުއްދިވެރި ވިސްނުންތެރިން އެފޮތުން نَصِيْحَة އާއި وَعْظُ ލިބިގަންނަހުށިކަމެވެ.

38:30

وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ ﴿30﴾

Transliteration: Wawahabna lidawooda sulaymana niAAma alAAabdu innahu awwabun

Translation: އަދިތިމަންރަސްކަލާނގެ داود ގެފާނަށް سُلَيْمَانُ ގެފާނުން ދެއްވީމެވެ. (عَلَيْهِمَا السلام) އެއީ އެބަހީ سُلَيْمَانُ ގެފާނުންނަކީ ނިޢުމަތް ލިބެވިގެންވާ ރަނގަޅު އަޅާއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ އަޅެކެވެ.

38:31

إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّـٰفِنَٰتُ ٱلۡجِيَادُ ﴿31﴾

Transliteration: Ith AAurida AAalayhi bialAAashiyyi alssafinatu aljiyadu

Translation: އެއްމޮއްގަޑު އުފުލައިގެންއޮންނަ ބާރަށްދުވާއަސް ހަވީރުގެވަގުތު އެކަލޭގެފާގެ އެބަހީ سُلَيْمَانُ ގެފާނުންގެ އަރިހަށް ގެނެވި ހުށައެޅުނުހަދާން ކުރައްވާ ބައްލަވާށެވެ!

38:32

فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ ﴿32﴾

Transliteration: Faqala innee ahbabtu hubba alkhayri AAan thikri rabbee hatta tawarat bialhijabi

Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އަހުރެންގެ އަހަށްވާލޯބި އަހުރެންގެ رَبُّ އަށްވާލޯތްބަށްވުރެ އިސްކުރެވިއްޖެއެވެ. (عَصْرُ ނަމާދުވެސް އެއަހާއިހެދި ފާއިތުވީއެވެ.) އިރުއޮއްސެދެން އެއަހާއިގެން مَشْغُولُ ވެވުނީއެވެ.

38:33

رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ ﴿33﴾

Transliteration: Ruddooha AAalayya fatafiqa mashan bialssooqi waalaAAnaqi

Translation: އެކަލެގެފާނުން ވިދާޅުވިއެވެ. އެއަސް އަހުރެންނައި ހަމައަށް ގެންނާށެވެ. އަސްގެނެވުމުން އޭގެފައިދަޑީގައްޔާއި އޭގެކަރުގައި އަތްޕުޅު ކާއްތަވަންފެއްޓެވިއެވެ. * އަދި ބައެއްރިވާޔަތުގައިވާގޮތުން އޭތިކަތިލައި އޭގެކަރާއި އަތްފައިކެޑުއްވީއެވެ. (އެއީ އޭގެސަބަބުން ﷲގެ ذِكْرُ ން އެކަލޭގެފާނުން ހަދުމަނެތިނުވުމަށްޓަކައެވެ. والله أعلم)

38:34

وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ ﴿34﴾

Transliteration: Walaqad fatanna sulaymana waalqayna AAala kursiyyihi jasadan thumma anaba

Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ سُلَيْمَانُ ގެފާނު إمْتِحَانُ ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ގޮޑިކޮޅުގައި ތިމަންރަސްކަލާނގެ ހަށިގަޑެއް ނުވަތަ (ދެބައިކުޅައެއްބައިގެ އިންސާނެއް) ނުވަތަ ވާވެފައިވާ އިންސާނެއް ބެއިންދީމެވެ. ދެން އެކަލޭގެފާނުންތައުބާވެވަޑައިގެންނެވިއެވެ. ﷲ ގެ حَضْرَةُ އަށް رُجُوعَ ވެވަޑައިގެންނެވިއެވެ.\n* ދަންނައެވެ. صَحِيْحُ ގައި ރިވާވެގެންވާފަދައިން އެއްދުވަހަކު سُلَيْمَانُ ގެފާނުވިދާޅުވިއެވެ. މިރޭއަހުރެން ސަތޭކަޖާރިޔާއިންނާއި (އަދި އެހެން ރިވާޔަތެއްގައިވަނީ ނުވަދިހަ އަންހެނުންނާއި) جِمَاعُ ވާހުށީމެވެ. ދެން އޭރުން އެއިންކޮންމެ އަންހެނަކު ފިރިހެންކުއްޖަކު ވިހާނެއެވެ. ދެންއެކުއްޖާ ހަނގުރާމައިގެ ފަހުލަވާނަކަށްވެގެން ﷲ ގެމަގުގައި جِهَادُ ކުރާނެއެވެ. އެކަލޭގެފާނު އެހެންވިދާޅުވިހިދު إنْشَاء الله އެކޭވިދާޅެއްނުވެވުނެވެ. ދެން އެކަލޭގެފާނުން އަންހެނުންތަކާއި جِمَاعُ ވިއެވެ. އެހެންނަމަވެސް އެއިން އެންމެ އަންހެނެއްމެނުވީ ނުވިހައެވެ. އަދި ވިހެއިމީހާ ވިހެއީވެސް މީހެއްގެ އެއްބުރިއެވެ. ނުވަތަ އެއްބައި ވާވެފައިވާކުއްޖެކެވެ. އެކުއްޖާ ވިހެއިހިދުން سُلَيْمَانُ ގެފާނު ގެއަރިހަށް ގެނެވުނެވެ. އަދި އެކަލޭގެފާނުންގެ ރަސްމީ ގޮޑިކޮޅުގައި ބޭންދެވިއެވެ. މިއެވެ. ދެން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ.

38:35

قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ ﴿35﴾

Transliteration: Qala rabbi ighfir lee wahab lee mulkan la yanbaghee liahadin min baAAdee innaka anta alwahhabu

Translation: އެކަލޭގެފާނުން الله އަށް ދެންނެވިއެވެ. " އޭއަޅުގެ رَبُّ އެވެ! މިއަޅާގެފަހުން އެއްވެސްމީހަކަށް އެކަށީގެންނުވާވަރުގެ ވެރިކަމެއް މިއަޅާއަށް ދެއްވާދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާކަލާނގެއެވެ".

38:36

فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِي بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ ﴿36﴾

Transliteration: Fasakhkharna lahu alrreeha tajree biamrihi rukhaan haythu asaba

Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވައި ކިޔަމަންކުރެއްވީމެވެ. އެކަލޭގެފާނުން ވިދާޅުވިތާކަށް އެލޭގެފާނުން ގޮވައިގެން ދަތުރުކުރެއެވެ. (މިވާހަކަ سَبَأَ ސޫރަތުގައިވެސް ބަޔާންވެގެންވެއެވެ.)

38:37

وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ ﴿37﴾

Transliteration: Waalshshayateena kulla bannain waghawwasin

Translation: އަދި ޢިމާރާތްތަކާއި އެކިއެކިތަންތަން ބިނާކުރާ ކޮންމެ شَيْطَانُ އަކާއި އަދި ކަނޑުގެ އަޑިއަށްފީނާ ކޮންމެ شَيْطَانُ އަކާއި ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަންކޮށްދެއްވީމެވެ. (އެސޮރުމެން ކަނޑުގެ އަޑިން ރަންމުތާއި ޖަވާހިރު ނަގައެވެ.)

38:38

وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ ﴿38﴾

Transliteration: Waakhareena muqarraneena fee alasfadi

Translation: އަދި އަނެއްބައި شَيْطَانُ ން ދަގަޑުގެ ޤައިދުތަކުގައި / ދަގަޑު ޗޭނުގައި ބަދެވިގެންވެއެވެ.

38:39

هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ ﴿39﴾

Transliteration: Hatha AAataona faomnun aw amsik bighayri hisabin

Translation: އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) މިއީ ހައްތާވެސް ތިމަންރަސްކަލާނގެ ދެއްވާ ދެއްވުމެވެ. އެއިން ކަލޭގެފާނުންދެއްވާނެމީހަކަށް ދެއްވާނެވަރަކަށް ދެއްވާށެވެ! ނުވަތަ ނުދެއްވަންޏާ ނުދެއްވާށެވެ! ހިފަހައްޓަވާށެވެ. އޭގެ އެއްވެސް ހިސާބެއްނެތެވެ.

38:40

وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ﴿40﴾

Transliteration: Wainna lahu AAindana lazulfa wahusna maabin

Translation: ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حَضْرَةُ ގައި ގާތްކަމާއި ކުއްތަންވުން ވެއެވެ. އަދި އެނބުރިދާ ރަނގަޅުތަންވެއެވެ. އެއީސުވަރުގެއެވެ.

38:41

وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ ﴿41﴾

Transliteration: Waothkur AAabdana ayyooba ith nada rabbahu annee massaniya alshshaytanu binusbin waAAathabin

Translation: (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ."

38:42

ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ ﴿42﴾

Transliteration: Orkud birijlika hatha mughtasalun baridun washarabun

Translation: (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)

38:43

وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ﴿43﴾

Transliteration: Wawahabna lahu ahlahu wamithlahum maAAahum rahmatan minna wathikra liolee alalbabi

Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =

38:44

وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ ﴿44﴾

Transliteration: Wakhuth biyadika dighthan faidrib bihi wala tahnath inna wajadnahu sabiran niAAma alAAabdu innahu awwabun

Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.

38:45

وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ ﴿45﴾

Transliteration: Waothkur AAibadana ibraheema waishaqa wayaAAqooba olee alaydee waalabsari

Translation: (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.

38:46

إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ ﴿46﴾

Transliteration: Inna akhlasnahum bikhalisatin thikra alddari

Translation: ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ.

38:47

وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ ﴿47﴾

Transliteration: Wainnahum AAindana lamina almustafayna alakhyari

Translation: އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ.

38:48

وَٱذۡكُرۡ إِسۡمَٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلّٞ مِّنَ ٱلۡأَخۡيَارِ ﴿48﴾

Transliteration: Waothkur ismaAAeela wailyasaAAa watha alkifli wakullun mina alakhyari

Translation: އަދި إسمَا عِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

38:49

هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ ﴿49﴾

Transliteration: Hatha thikrun wainna lilmuttaqeena lahusna maabin

Translation: މިއީ (ދުނިޔޭގައި) އެބޭކަލުންނަށްވާ ރިވެތިވެގެންވާ ޒިކުރެވެ. ހަނދާންކޮށްދިނުމެވެ. އަދި ހަމަކަށަވަރުން تَقْوَىވެރިންނަށް އެނބުރިދާރަނގަޅުތަން ވެއެވެ.

38:50

جَنَّـٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ ﴿50﴾

Transliteration: Jannati AAadnin mufattahatan lahumu alabwabu

Translation: އެއީ ޤާއިމުވެތިބޭ ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އެބޭކަލުންނަށްޓަކައި އެތާގެ ދޮރުތައް ހުޅުވިގެންވެއެވެ. ނުވަތަ މަލާއިކަތްބޭކަލުން ހުޅުވައިދެއްވާނެއެވެ.

38:51

مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ ﴿51﴾

Transliteration: Muttakieena feeha yadAAoona feeha bifakihatin katheeratin washarabin

Translation: އަދި އެބޭކަލުން އެތާގެ ސޯފާތަކުގައި ލެގިލައިގެން ތިއްބަވާނެއެވެ. އެތާތިއްބަވައިގެން އެކިބާވަތުގެ ގިނަމޭވާތަކަށާއި ގިނަ ބުއިންތަކަށް ވިދާޅުވާނެއެވެ.

38:52

وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ أَتۡرَابٌ ﴿52﴾

Transliteration: WaAAindahum qasiratu alttarfi atrabun

Translation: އަދި އެބޭކަލުންގެއަރިހުގައި ފިރިންނާއި ދިމާއަށް ކަޅިހުއްޓުވައިގެންތިބޭ އެއް ޢުމުރެއްގެ ނުވަތަ ރީތިކަމުގެގޮތުން އެއްފެންވަރެއްގެ ޗާލު حُورَ العِيْن އަނބީން ތިއްބަވާނެއެވެ.

38:53

هَٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ ﴿53﴾

Transliteration: Hatha ma tooAAadoona liyawmi alhisabi

Translation: ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

38:54

إِنَّ هَٰذَا لَرِزۡقُنَا مَا لَهُۥ مِن نَّفَادٍ ﴿54﴾

Transliteration: Inna hatha larizquna ma lahu min nafadin

Translation: ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

38:55

هَٰذَاۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٖ ﴿55﴾

Transliteration: Hatha wainna lilttagheena lasharra maabin

Translation: تَقْوَىވެރިންނާ މެދުކަންތައްހުރީ އެފަދައިންނެވެ. އިސްވެދިޔަފަދައިންނެވެ. އަދި ހަމަކަށަވަރުން ނުކިޔަމަންތެރިންނަށް ހުރީ އެނބުރިދިއުމަށް އެންމެނުބައިތަނެވެ.

38:56

جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ ﴿56﴾

Transliteration: Jahannama yaslawnaha fabisa almihadu

Translation: އެއީ ނަރަކައެވެ. އެމީހުން އެތާއަދާނެއެވެ. / ފިހެވޭނެއެވެ. އެއީވާ ނުބައި ތަންމައްޗެކެވެ.

38:57

هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ ﴿57﴾

Transliteration: Hatha falyathooqoohu hameemun waghassaqun

Translation: މި عَذَابُ ފަހެ އެމީހުންއޭގެރަހަ ލިބިގަންނާށެވެ. އެއީ ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެނާއި ނަރަކަވަންތަވެރިންގެ ގައިންފައިބާ ލެޔާއި ދޮހާއި އަދިފާދިޔައެވެ.

38:58

وَءَاخَرُ مِن شَكۡلِهِۦٓ أَزۡوَٰجٌ ﴿58﴾

Transliteration: Waakharu min shaklihi azwajun

Translation: އަދި އެބާވަތުގެ އެހެނިހެން ޢަޒާބުތަކެވެ. އެއީ އެތައްބާވަތެކެވެ.

38:59

هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ ﴿59﴾

Transliteration: Hatha fawjun muqtahimun maAAakum la marhaban bihim innahum saloo alnnari

Translation: (ނަރަކަވަންތަވެރީންގެ ބަޔަކު ނަރަކައަށް އަޅައިލެވިއްޖެއްޔާ ނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުން ކުށްވެރިންގެ ބޮޑެތިމީހުންނަށް ވިދާޅުވާނެއެވެ.) މިއަލަށް ގެނެވުނުމީހުންމިއީ ކަލޭމެންނާއިއެކު ނަރަކައިގާވާނޭބައެކެވެ. އެމީހުންނަކަށް އެއްވެސް އުފާވެރިކަމެއްނެތެވެ. މަރުޙަބާއެއްނެތެވެ. ހަމަކަށަވަރުން އެމީހުން ނަރަކައަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

38:60

قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ ﴿60﴾

Transliteration: Qaloo bal antum la marhaban bikum antum qaddamtumoohu lana fabisa alqararu

Translation: އެމީހުން އެބަހީ (ފަހުން ގެންދެވުނު ދެރަމީހުން ބޮޑަތިމީހުންނަށް) ބުނާނެއެވެ. "އަދި ކިއެއްހެއްޔެ؟ ކަލޭމެންނަކަށް އެއްވެސް މަރުޙަބާއެއް އަދި އުފާވެރިކަމެއްނެތެވެ. އަހުރެމެން މިތަނަށްވެއްދީ ކަލޭމެންނެވެ. އަހުރެމެން މިތަނަށް ވަންނަންޖެހުނީ ކަލޭމެންގެ ސަބަބުންނެވެ." އެއީ ޤަރާރުވެތިބުން ނުބައިވެގެންވާތަނެކެވެ.

38:61

قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ ﴿61﴾

Transliteration: Qaloo rabbana man qaddama lana hatha fazidhu AAathaban diAAfan fee alnnari

Translation: އެމީހުން (އެބަހީ ނަރަކައަށްވަތް ދަށުފަންތީގެމީހުން) ދަންނަވާނެއެވެ. "އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެން މިތަނަށްވެއްދިމީހާ ދަންނައެވެ. ފަހެ އޭނާއަށް ނަރަކައިގާ އެތައްގުނައެއްގެ عَذَابُ ގިނަ ކޮށްދެއްވާށެވެ!"

38:62

وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ ﴿62﴾

Transliteration: Waqaloo ma lana la nara rijalan kunna naAAudduhum mina alashrari

Translation: އަދިއެމީހުން ބުނާނެއެވެ. (އެބަހީ ނަރަކަވަންތަވެރިންގެ ބޮޑެތިމީހުން ބުނާނެއެވެ.) "އަހުރެމެން އެމީހުންނަކީ ނުބައިމީހުން ކަމުގައި ހިމަނައި އުޅުނުމީހުން އަހުރެމެންނަށް ނުފެންނަނީ ކީއްވެގެންބާވައެވެ؟ (އެމީހުންގެ މިބަހުން ގަސްދުކުރެވެނީ މުއުމިނުންކުރެ ދެރަ ފަޤީރުންނެވެ.)

38:63

أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ ﴿63﴾

Transliteration: Attakhathnahum sikhriyyan am zaghat AAanhumu alabsaru

Translation: (ދުނިޔޭގައި) އަހުރެމެން އެމީހުންނަށް މަލާމާތްކޮށް ހެދީމެވެ. ނުވަތަ އެމީހުންގެފަރާތުން ކަހައިލައިގެން (އަހުރެމެންގެ) ލޯތައް ދިޔާހެއްޔެވެ؟

38:64

إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ ﴿64﴾

Transliteration: Inna thalika lahaqqun takhasumu ahli alnnari

Translation: ހަމަކަށަވަރުން އިސްވެދިޔަފަދައިން (ނަރަކަވަންތަވެރިންގެ މެދުގައިވާ) ނަރަކައިގެ އަހުލުވެރިންގެ އަރައިރުންތަކާއި ވާހަކަތައްއެއީ حَقُّ ވާހަކަތަކެކެވެ.

38:65

قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ﴿65﴾

Transliteration: Qul innama ana munthirun wama min ilahin illa Allahu alwahidu alqahharu

Translation: (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުވާކަން ކަށަވަރީ އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. (އެއީ ނުކިޔަމަންތެރިންނަށް ﷲ ގެ عَذَابُ އާއި ކޯފާހުރިކަމުގެ އިންޒާރެވެ. އެކަމާ މެދު ބިރުގެންނެވުމެވެ.) އަދި ﷲ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حَقُّ އެއްވެސް إلَه އަކުނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަފަދަވަންތަ ކަލާނގެއެވެ.

38:66

رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّـٰرُ ﴿66﴾

Transliteration: Rabbu alssamawati waalardi wama baynahuma alAAazeezu alghaffaru

Translation: އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ހައްދަވައި ބަލަހައްޓަވާ އެތަކެތީގެ رَبُّ އެވެ. އެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.

38:67

قُلۡ هُوَ نَبَؤٌاْ عَظِيمٌ ﴿67﴾

Transliteration: Qul huwa nabaon AAatheemun

Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިއަންގަވާ عَذَابُ ގެ ވާހަކައާއި تَوْحِيْد ގެ خَبَرُ ތަކަކީ ބޮޑުވެގެންވާ خَبَرُ ތަކެކެވެ. އެއީކުޑައެއްޗެއްކަމުގައި ނުބަލާށެވެ.

38:68

أَنتُمۡ عَنۡهُ مُعۡرِضُونَ ﴿68﴾

Transliteration: Antum AAanhu muAAridoona

Translation: އެ خَبَرُ ތަކާމެދު ކަނޑައެޅިގެން ކަލޭމެން ތިޔަވަނީ ޤަބޫލުނުކޮށް ފުރަގަސްދީގެންނެވެ.

38:69

مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ ﴿69﴾

Transliteration: Ma kana liya min AAilmin bialmalai alaAAla ith yakhtasimoona

Translation: އަދި މާތްވެގެންވާ مَلإ الأَعْلَى ގައި މަލާއިކަތްބޭކަލުން (އާދަމުގެ ފާނުންގެ ކަންތަކާއިމެދު) ބަސްފުޅު ތަފާތު ވީހިނދު (ތިމަންކަލޭގެފާނަށް وَحِي ބާވާތްލެއްވުމުގެކުރިން) އެއްވެސް خَبَرُ އެއް ތިމަންކަލޭގެފާނަށް އެގިވަޑައިނުގަންނަވައެވެ.

38:70

إِن يُوحَىٰٓ إِلَيَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٞ مُّبِينٌ ﴿70﴾

Transliteration: In yooha ilayya illa annama ana natheerun mubeenun

Translation: ތިމަންކަލޭގެފާނީ ކަނޑައެޅި ބަޔާންވެގެންވާ ނަޒީރަކު ކަމުގައިމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނަށް وَحِي އިއްވެވިގެންވަނީ އެފަދައިންނެވެ.

38:71

إِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ ﴿71﴾

Transliteration: Ith qala rabbuka lilmalaikati innee khaliqun basharan min teenin

Translation: (އޭ رَسُولُ الله އެވެ!) = މަލާއިކަތްބޭކަލުންނަށް ކަލޭގެފާނުންގެ ربَ وَحِي ކުރެއްވި ހިނދު ހަނދުމަފުޅު ކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ މަށީން އާދަމުގެ ދަރިއަކު ހައްދަވާނެ ކަލަކީމެވެ.

38:72

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ﴿72﴾

Transliteration: Faitha sawwaytuhu wanafakhtu feehi min roohee faqaAAoo lahu sajideena

Translation: ފަހެ ތިމަންރަސްކަލާނގެ އެހެއްދެވުން ފުރިހަމަކުރައްވައި ބަރާބަރު ކުރައްވައިފިއްޔާ އަދިއެހަށިކޮޅަށް ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ رُوْحُ ން ފުމެލައްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށްޓަކައި (ސަލާލުގެ) ސަޖިދަކުރައްވާ ޙާލު ތިރިވެވަޑައި ގަންނަވާށެވެ. ސަޖިދަ ކުރައްވާށެވެ.

38:73

فَسَجَدَ ٱلۡمَلَـٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ﴿73﴾

Transliteration: Fasajada almalaikatu kulluhum ajmaAAoona

Translation: (ދެން ފަހެ އެކަލާނގެ އެކަލޭގެފާނު ހައްދަވައި ފުރިހަމަކުރެއްވުމަށްފަހު) އިބުލީސުމެނުވީ އެއެންމެހައި މަލާއިކަތް ބޭކަލުން ސަޖިދަކުރައްވައިފިއެވެ.

38:74

إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ ﴿74﴾

Transliteration: Illa ibleesa istakbara wakana mina alkafireena

Translation: އެއިބުލީސު ސަޖިދަނުކުރިއެވެ. އޭނާބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެ ތެރެއިންނެވެ.

38:75

قَالَ يَـٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ ﴿75﴾

Transliteration: Qala ya ibleesu ma manaAAaka an tasjuda lima khalaqtu biyadayya astakbarta am kunta mina alAAaleena

Translation: الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. "އޭ އިބުލީސުއެވެ. ތިމަންރަސްކަލާނގެ ދެއަތްޕުޅުން ހެއްދެވި مَخْلُوقُ އަކަށް ސަޖިދަ ކުރަން އެންގީމާ (آدَم عَلَيْهِ السلام އަށްސަޖިދަކުރަންއެންގީމާ) ކަލޭއެސަޖިދަކުރުމުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ ސަޖިދަ ނުކުރީ ކީއްވެހެއްޔެވެ؟ ކަލޭ ބޮޑާވެ ކިބުރުވެރިވީހެއްޔެވެ؟ ކަލެއަކީ މާމަތީމީހުންގެތެރެއިންވާ މީހަކަށްވީހެއްޔެވެ؟ (ނުވަތަމީގެކުރީގައި ކަލޭވީ ބޮޑާމީހަކު ކަމުގައި ހެއްޔެވެ؟"

38:76

قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ﴿76﴾

Transliteration: Qala ana khayrun minhu khalaqtanee min narin wakhalaqtahu min teenin

Translation: އެސޮރުދެންނެވިއެވެ."މިއަޅާއޭނައަށްވުރެ (އާދަމުގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށީންނެވެ. (آدَم عَلَيْهِ السلام) ހެއްދެވީ މަށިންނެވެ."

38:77

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ﴿77﴾

Transliteration: Qala faokhruj minha fainnaka rajeemun

Translation: الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. އޭ އިބުލީސުއެވެ. ފަހެކަލޭ އެތަނުން ނުކުންނާށެވެ. ސުވަރުގެއިން ނުކުންނާށެވެ. ހަމަކަށަވަރުން ކަލެއަކީ ރަޖީމެވެ. އެބަހީ ހެޔޮކަމުން ދުރުވެގެންވާމީހެކެވެ. ނުވަތަ ތަރިންޖެހެވި ރަޖަމު ކުރެވޭނެމީހެކެވެ.

38:78

وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ ﴿78﴾

Transliteration: Wainna AAalayka laAAnatee ila yawmi alddeeni

Translation: އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لَعْنَة ހުއްޓެވެ.

38:79

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴿79﴾

Transliteration: Qala rabbi faanthirnee ila yawmi yubAAathoona

Translation: އެސޮރުދެންނެވިއެވެ. "އޭއަޅުގެ رَبّ އެވެ. (مَحْشَرُ އަށް) ފޮނުވޭދުވަހާއި ހަމައަށް މިއަޅާއަށް ތަންވަޅު ދެއްވާދެވެ. މުހުލަތު ދެއްވާދޭވެ. ނުމަރުއްވާދޭވެ".

38:80

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ﴿80﴾

Transliteration: Qala fainnaka mina almunthareena

Translation: ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

38:81

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ﴿81﴾

Transliteration: Ila yawmi alwaqti almaAAloomi

Translation: ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

38:82

قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ ﴿82﴾

Transliteration: Qala fabiAAizzatika laoghwiyannahum ajmaAAeena

Translation: އެސޮރުދެންނެވިއެވެ." އޭއަޅުގެ رَبُّ އެވެ. އިބަރަސްކަލާނގެ عِزَّة ވަންތަކަން ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން އެ އެހުރިހާ މީހުން މަގުފުރައްދާ ހުށީމެވެ.

38:83

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ﴿83﴾

Transliteration: Illa AAibadaka minhumu almukhlaseena

Translation: އެމީހުންކުރެ އިބަރަސްކަލާނގެ إخْلآص ތެރި އަޅުންމެނުވީ އެވެ".

38:84

قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ ﴿84﴾

Transliteration: Qala faalhaqqu waalhaqqa aqoolu

Translation: އެކަލާނގެ وَحِي ކުރެއްވިއެވެ. "ފަހެ ތިމަންރަސްކަލާނގެ حَضْرَةُ ންވާ حَقُّ އެކެވެ. = އަދި ތިމަންރަސްކަލާނގެ މި وَحِي ކުރައްވަނީ حَقُّ ބަސްފުޅެވެ.

38:85

لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ ﴿85﴾

Transliteration: Laamlaanna jahannama minka wamimman tabiAAaka minhum ajmaAAeena

Translation: ހަމަކަށަވަރުން ނަރަކަ ފުރައިލާހުށީ ކަލޭގެ ކިބައިންނާއި އަދި އެމީހުންގެތެރެއިން ކަލެއާއި ތަބާވީބަޔަކު އަޅައިގެންނެވެ. (މިއީ حَقُّ ބަސްފުޅެވެ.) "

38:86

قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ ﴿86﴾

Transliteration: Qul ma asalukum AAalayhi min ajrin wama ana mina almutakallifeena

Translation: (އޭ رَسُولُ الله އެވެ!) ކަލޭގެފާ ވިދާޅުވާށެވެ. ކަލޭމެންގެ ކިބައިން އެކަމުގެމައްޗަށް (އެބަހީ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ނޭދެމެވެ. އަދި އަމިއްލައަށް ބަސްއުފައްދާ ދޮގުތައްހަދާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (އަދި قُرْآن އެއީ އަހުރެން އުފައްދައިގަތް އެއްޗެއްނޫނެވެ.)

38:87

إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ﴿87﴾

Transliteration: In huwa illa thikrun lilAAalameena

Translation: އެ قُرْآن އެއީ عَالَم ތަކަށްވާ وَعْظُ نَصِيْحَة އެއްކަމުގައިމެނުވީ ނުވެއެވެ.

38:88

وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ ﴿88﴾

Transliteration: WalataAAlamunna nabaahu baAAda heenin

Translation: (އޭ އެންމެހައި މީސްތަކުންނޭވެ.) އަދިހަމަކަށަވަރުން ކުޑަ މުއްދަތަކަށްފަހު އެ قُرْآن ގެ خَبَرُ - ކަލޭމެންނަށް އެގިދާނެއެވެ. (އެއީ އިސްލާދީން ކުރިއަރައި رَسُولُ الله ﷺ ގެ ކަންތައްމަތިވެރިވެކާމިޔާބު ވުމުންނެވެ. ނުވަތަ ކަލޭމެންމަރުވުމުންނެވެ. وَالله أعلم.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download