quranm◉

Surah Al-Fath transliteration

◉ ސޫރަ · ∞

48:1

إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا ﴿1﴾

Transliteration: Inna fatahna laka fathan mubeenan

Translation: (އޭ رَسُول الله އެވެ!) ހަމަކަށަވަރުން ތިމަރަސްކަލާނގެ ކަލޭގެފާނަށް ބަޔާންވެގެންވާ فَتَحَ އަކުން فَتَحَ ކޮށް ދެއްވައިފީމެވެ. (މިތާމި އިޝާރާތް ކުރައްވާ فَتَحَ އަކީ صُلْحُ الحُدَ يْبِيَّة ގެ فَتَحَ ކަމާއި ނުވަތަ مَكَّة فَتَحَ ކުރެއްވުން ކަމާއި ނުވަތަ އެކަލޭގެފާނަށް ދެއްވުނު ހުރިހާ فَتَحَ ކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެ ބަސް ތަފާތުވެގެންވެއެވެ. ކޮންމެއަކަސް އަޅުގަޑު ދެކޭގޮތުގައި އެއީ އެކަލޭގެފާނުންގެ ޢަދާވާތްތެރިންގެ މައްޗަށް އެކަލޭގެފާނަށް الله ދެއްވި ހުރިހާ فَتَحَ އެކެވެ.)

48:2

لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا ﴿2﴾

Transliteration: Liyaghfira laka Allahu ma taqaddama min thanbika wama taakhkhara wayutimma niAAmatahu AAalayka wayahdiyaka siratan mustaqeeman

Translation: އެއީ އެބަހީ އެބޮޑު فَتَحَ އެއް الله ކަލޭގެފާނަށް ދެއްވީ ކަލޭގެފާނުންގެ ފާފައިގެތެރެއިން އިސްވެދިޔަ ފާފަތަކާއި އަދި ފަސްވެދާނޭފާފައަކާއި ކަލޭގެފާނަށް ފުއްސަވައި ދެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނުންގެމައްޗަށް އެކަލާނގެ نِعْمِة ފުރިހަމަ ކުރެއްވުމަށެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހަމަ ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށެވެ.

48:3

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا ﴿3﴾

Transliteration: Wayansuraka Allahu nasran AAazeezan

Translation: އަދި الله ކަލޭގެފާނަށް ގަދަވެގެންވާ نَصْرُ އަކުން. نَصْرُ ދެއްވުމަށެވެ. * ދަންނައެވެ. އިސްވެދިޔަތާގައި އެވާ ކޮންމެ ކަމަކާއިމެދު ވާހަތައްދިގުވެ ބަސްތަފާތުވެފައިވެއެވެ. އެހެންވެ އެކަން ހަދާންކޮލަމެވެ. އަޅުގަޑުވެސް އަދި އެހެން ދަޑިވަޅެއްގައި އެކަންކަމާއިމެދު އެއްޗެއް ދަންނަވާނީއެވެ. إنْ شَاءَ الله.

48:4

هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ﴿4﴾

Transliteration: Huwa allathee anzala alssakeenata fee quloobi almumineena liyazdadoo eemanan maAAa eemanihim walillahi junoodu alssamawati waalardi wakana Allahu AAaleeman hakeeman

Translation: އަދި مُؤمِنُ ން ގެ ހިތްތަކަށް އެ فَتَحَ ތަކުގެ ސަބަބުންހަމަޖެހުމާއި މައިތިރިކަން ގެނަސްދެއްވީ ހަމަ الله އެވެ. އެއީ އެމީހުންގެ ކުރީގެ އީމާންކަމުގެތެރެއަށް އީމާންކަން އިތުރުކުރެއްވުމަށްޓަކައެވެ. އަދިއުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. (އެއީ ހުރިހާވައްތަރެއްގެ ސިފައިންނެވެ. މަލާއިކަތް ބޭކަލުންނާއި އިންސާނުންނާއި އަދި ޖިންނި ޝައިތާނުންގެތެރެއިންނާއި މިއެންމެހާބާވަތެއްގެ ސިފައިންނެވެ.) އަދި الله تَعَالى ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.

48:5

لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنۡهُمۡ سَيِّـَٔاتِهِمۡۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوۡزًا عَظِيمٗا ﴿5﴾

Transliteration: Liyudkhila almumineena waalmuminati jannatin tajree min tahtiha alanharu khalideena feeha wayukaffira AAanhum sayyiatihim wakana thalika AAinda Allahi fawzan AAatheeman

Translation: އެއީ مُؤمِنُ ފިރިހެނުންނާއި مُؤمِنُ އަންހެނުން އެތަންތާގެދަށުން އާރުތައްދެމޭ ބަގީޗާތަކަކަށް / ސުވަރުގެ ތަކަށް އެކަލާނގެ ވެއްދެވުމަށްޓަކައެވެ. އެމީހުން އެތަންތާ ދެމިތިބޭ ޙާލު ގައެވެ. އަދި އެކަލާނގެ އެމީހުންގެކިބައިން އެމީހުންގެ ކުށްފާފަތައް ފުއްސަވައިދެއްވުމަށެވެ. އަދި الله تَعَالى ގެ حَضْرَةُ ގައި ބޮޑުވެގެންވާ ނަސީބެއްކަމުގައި އެކަންވިއެވެ.

48:6

وَيُعَذِّبَ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۖ وَغَضِبَ ٱللَّهُ عَلَيۡهِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَۖ وَسَآءَتۡ مَصِيرٗا ﴿6﴾

Transliteration: WayuAAaththiba almunafiqeena waalmunafiqati waalmushrikeena waalmushrikati alththanneena biAllahi thanna alssawi AAalayhim dairatu alssawi waghadiba Allahu AAalayhim walaAAanahum waaAAadda lahum jahannama wasaat maseeran

Translation: އަދި އެއީ مُنِافِقُ ފިރިހެނުންނާއި مُنِافِقُ އަންހެނުން އަދި މުޝްރިކު ފިރިހެނުންނާއި މުޝްރިކު އަންހެނުން ނާއި (މިމީސްމީހުންނަށް) އެކަލާނގެ عَذَابُ ދެއްވުމަށެވެ. = އެމީހުންނަކީ الله تَعَالى އާއިމެދު ނުބައިހީތައް ހީކުރާމީހުންނެވެ. އޭގެސަބަބުން އެމީހުންގެމައްޗަށް ނުބައިގޮތްތައް މެދުވެރިކުރައްވާށިއެވެ. އަދި الله تَعَالى އެމީހުންގެމައްޗަށް ކޯފާލައްވައި އަދިއެކަލާނގެ އެމީހުންނަށް لَعْنَة ލެއްވިއެވެ. އަދި އެކަލާނގެ އެމީހުންނަށް ނަރަކަ ތައްޔާރު ކުރެއްވިއެވެ. އަދި އެއި އެތާގޮސްތިބުން ނުބައިވެގެންވާތަނެވެ.

48:7

وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴿7﴾

Transliteration: Walillahi junoodu alssamawati waalardi wakana Allahu AAazeezan hakeeman

Translation: އަދި އުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

48:8

إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ﴿8﴾

Transliteration: Inna arsalnaka shahidan wamubashshiran wanatheeran

Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ތިޔައީ ހެކިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައްޔާއި އަދިއުފާވެރިކަމުގެ خَبَرُ ދެއްވާބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خَبَرُ ބޭކަލަކު ކަމުގައި ރަސޫލު ކަމާއިގެން ފޮނުއްވީމެވެ.

48:9

لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ وَتُسَبِّحُوهُ بُكۡرَةٗ وَأَصِيلًا ﴿9﴾

Transliteration: Lituminoo biAllahi warasoolihi watuAAazziroohu watuwaqqiroohu watusabbihoohu bukratan waaseelan

Translation: އެއީ އެމީހުން الله އާއި އެކަލާނގެ رَسُول އަށް އީމާން ވުމަށްޓަކައެވެ. އަދި އެކަލާނގެއަށްނަސްރުދިނުމެވެ. (އެކަލާނގެދީނަށް ނަސްރުދިނުމެވެ) އަދި އެކަލާނގެއަށް މާތްކޮށް ހިތުމަށާއި އަދި އެކަލާނގެއަށް قَدَرُ ކޮށް إحْتِرَام ކުރުމާއި ހެދުނާއި ހަވީރު އެކަލާނގެއަށް تَسْبِيْحَ ކިއުމަށާއިއެވެ.

48:10

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا ﴿10﴾

Transliteration: Inna allatheena yubayiAAoonaka innama yubayiAAoona Allaha yadu Allahi fawqa aydeehim faman nakatha fainnama yankuthu AAala nafsihi waman awfa bima AAahada AAalayhu Allaha fasayuteehi ajran AAatheeman

Translation: ހަމަކަށަވަރުން ކަލޭގެފާނަށް بَيْعَة ހިފިމީހުން (އެއީ بْيْعَةُ الرِّضْوَان އެވެ.) އެމީހުން بَيْعَة ހިފިކަން ކަށަވަރީ الله އާއި އެވެ. (އެވަޤުތު) ﷲ ގެއަތްޕުޅު އެމީހުންގެ އަތްތަކުގެމަތީގައި ވެއެވެ. ދެން ފަހެ އެعَهْدُ އުވާލައިމީހާ ދަންނައެވެ. ފަހެ އޭނާ އެއުވައިލީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. (އެބަހީ އެކަމުގެފާފައޮންނާނީ ހަމަ އޭނާގެ ނަފުސުގެ މައްޗަށެވެ.) އަދި އެކަންތަކުގެ މައްޗަށް އޭނާ الله އާއި عَهْد އެވީކަންތައް ފުއްދައިފިމީހާ ދަންނައެވެ. ފަހެ ނިކަންހުރެ އެކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމަދެއްވާނެތެވެ.

48:11

سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا ﴿11﴾

Transliteration: Sayaqoolu laka almukhallafoona mina alaAArabi shaghalatna amwaluna waahloona faistaghfir lana yaqooloona bialsinatihim ma laysa fee quloobihim qul faman yamliku lakum mina Allahi shayan in arada bikum darran aw arada bikum nafAAan bal kana Allahu bima taAAmaloona khabeeran

Translation: މަދީނާގެ ބޭރުގައި މަދީނާގެ ވަށަވަށައިގެން އުޅޭ عَرَبِى ންގެތެރެއިން ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން ނިކަންހުރެބުނާނެއެވެ. (އޭ رَسولُ الله އެވެ!) އަހުރެމެންގެ މުދަލާއި އަހުރެމެންގެ އަހުލުވެރިން އަހުރެމެން مَشْغُولُ ކުރުވައިފިއެވެ. (އެހެންވެ އަހުރެމެންނަށް ކަލޭގެފާނުންގެ އަރިހު ހަނގުރާމައަށް ނުދެވުނީއެވެ.) ފަހެ އަހުރެމެންނަށް ފާފަ ފުއްސެވުމަދަންނައިދެއްވާށެވެ! (الله وَحِي ކުރެއްވިއެވެ.) އަދި އެމީހުންގެ ހިތްތަކުގައި ނުވާތަކެތި އެމީހުން އެމީހުންގެ ދޫތަކުން އެމީހުން ބުނަނީއެވެ. (އޭ رَسُول الله އެވެ!) = ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކަލޭމެންނާއިމެދު ނުބައިކަމެއް ނުވަތަ އުދަގުލެއް އިރާދަ ކުރައްވައިފިއްޔާ ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސްކަމެއް (ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސް ޢަޒާބެއް ދިފާޢު ކުރުމަށް) ފަހެ ކުޅަދާނަވެ މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި ނުވަތަ އެކަލާނގެ ކަލޭމެންނަށް މަންފާއެއް އިރާދަކުރައްވައިފިއްޔާވެސް އެކަން އަޔަނުދީ ހިފެހެއްޓޭނީ ފަހެކާކަށް ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

48:12

بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا ﴿12﴾

Transliteration: Bal thanantum an lan yanqaliba alrrasoolu waalmuminoona ila ahleehim abadan wazuyyina thalika fee quloobikum wathanantum thanna alssawi wakuntum qawman booran

Translation: އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ހީކުރީ ރަސޫލާއާއި އަދި ދެންތިބި މުއުމިނުން އެމީހުންގެ އަހުލުވެރިންގާތަށް ދުވަހަކުވެސް ވާސިލު ނުވެވޭނެކަމަށެވެ. (އެމީހުން މަރުވެ ވަސްފިލާނެކަމަށެވެ.) އަދި ކަލޭމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކުރެވިއްޖެއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (މިތާ މިސިފަވެގެންދަނީ الحُدَيْبِيَّة ގެ ހަނގުރާމައަށް ނުވަތަ مَكَّة فَتَح ކުރެއްވުމަށް ނުކުމެވަޑައިގެންނެވި އިރު އަރިހުގައި ދިއުމަށް އެންގެވުމަށްފަހުވެސް ނުގޮސްތިބި ބައެއްގެވާހަކަ ކަމުގައި ވިއެވެ. والله أعلم = زُبْدَةُ التَّفْسِير

48:13

وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَعِيرٗا ﴿13﴾

Transliteration: Waman lam yumin biAllahi warasoolihi fainna aAAtadna lilkafireena saAAeeran

Translation: އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންނުވާމީހުން (އެއީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ތިމަންރަސްކަލާނގެ އަނދައަނދާހުރި އަލިފާނެއް ތައްޔާރު ކުރެއްވީމެވެ.

48:14

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿14﴾

Transliteration: Walillahi mulku alssamawati waalardi yaghfiru liman yashao wayuAAaththibu man yashao wakana Allahu ghafooran raheeman

Translation: އުޑުތަކާއި ބިމުގެ އެންމެހައި މިލްކު خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عَذَابُ ދެއްވައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

48:15

سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا ﴿15﴾

Transliteration: Sayaqoolu almukhallafoona itha intalaqtum ila maghanima litakhuthooha tharoona nattabiAAkum yureedoona an yubaddiloo kalama Allahi qul lan tattabiAAoona kathalikum qala Allahu min qablu fasayaqooloona bal tahsudoonana bal kanoo la yafqahoona illa qaleelan

Translation: (ހަނގުރާމަ فَرْضُ ވުމުން) ހަނގުރާމައަށް ނުގޮސް ފަހަށް ޖެހުނުމީހުން ކަލޭމެން (މުއުމިނުން) (خَيْبَرُ ގެ) غَنِيْمَة ލިބިގަތުމަށް ހިގައްޖެއްޔާ ނިކަންހުރެބުނާނެއެވެ. އަހުރެމެންވެސް ކަލޭމެންނާއި އެކު ދިއުމަށް ދޫކޮށްލާށެވެ. (ދިއުމަށް ހުއްދަ ދެއްވާށެވެ.) الله އެއަންގަވަނީ އެމީހުން އެއެދެނީ ﷲ ގެ ބަސްފުޅު ބަދަލުކުރުމަށެވެ. (الله އަންގަވާފައިވަނީ الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) (އޭ رَسولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަހުރެމެންނާއި تَبَعَ ނުވާށެވެ. (އަހުރެމެނާއި تَبَعَ ވެގެން خَيْبَرُ އަށްނުދާށެވެ!) އޭކަލޭމެންނޭވެ. މީގެކުރިން الله وَحِي ކުރެއްވީ އެފަދައިންނެވެ. (الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) ފަހެ ނިކަންހުރެ އެމީހުން (އެމުނާފިޤުން) ބުނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. ކަލޭމެން އަހުރެމެންނަށް حَسَدَ ވެރިވަނީއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުންވީ ދާދިމަދުން މެނުވީ ނުވިސްނޭބަޔަކު ކަމުގައެވެ.

48:16

قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِي بَأۡسٖ شَدِيدٖ تُقَٰتِلُونَهُمۡ أَوۡ يُسۡلِمُونَۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنٗاۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمٗا ﴿16﴾

Transliteration: Qul lilmukhallafeena mina alaAArabi satudAAawna ila qawmin olee basin shadeedin tuqatiloonahum aw yuslimoona fain tuteeAAoo yutikumu Allahu ajran hasanan wain tatawallaw kama tawallaytum min qablu yuAAaththibkum AAathaban aleeman

Translation: (އޭ رَسولُ الله އެވެ!) أعْرَابِى ންކުރެން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަބާރުގެވެރި ބަޔަކުމީހުން ގާތަށް ހަނގުރާމައަށް ދިއުމަށް ނިކަންހުރެ ކަލޭމެންނަށް ގޮވޭނެއެވެ. އެހެންޏާ ކަލޭމެން އެމީހުންނާއި ހަނގުރާމަކުރުމެވެ. ނުވަތަ އެމީހުން ކިޔަމަންވެ އިސްލާމުވުމެވެ. ދެންފަހެ ކަލޭމެން (އެއަމުރަށް) ކިޔަމަންވެއްޖެއްޔާ الله ކަލޭމެނަށް ރަނގަޅުވެގެންވާ ދަރުމަ ދެއްވާނެތެވެ. އަދި މީގެކުރިން ކަލޭމެން ފުރަގަސްދިންގޮތަށް ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާ އެކަލާނގެ ކަލޭމެންނަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.

48:17

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمٗا ﴿17﴾

Transliteration: Laysa AAala alaAAma harajun wala AAala alaAAraji harajun wala AAala almareedi harajun waman yutiAAi Allaha warasoolahu yudkhilhu jannatin tajree min tahtiha alanharu waman yatawalla yuAAaththibhu AAathaban aleeman

Translation: ލޯއަދިރިމީހަކަށް ވެސް އަދި ކޮރުމީހަކަށް ވިޔަސް އަދި ބަލިމީހަކަށް ވިޔަސް މިމީސްމީހުން ހަނގުރާމައަށް ނުދިއުމަކުން އެމީހުންނަކަށް ކުށެއްނެތެވެ. (އެއީ ޢުޒުރުވެރިންނެވެ.) އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ.) އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާތަކަކަށް އެކަލާނގެ އެމީހަކު ވައްދަވާހުއްޓެވެ. އަދި ކިޔަމަންނުވެ ފުރަގަސްދީފިމީހަކު (ދަންނައެވެ.) އެކަލާނގެ އެމީހަކަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.

48:18

لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا ﴿18﴾

Transliteration: Laqad radiya Allahu AAani almumineena ith yubayiAAoonaka tahta alshshajarati faAAalima ma fee quloobihim faanzala alsakeenata AAalayhim waathabahum fathan qareeban

Translation: ހަކަށަވަރުން الله تَعَالَى މުއުމިނުންނަށް ރުހި ވޮޑިގަންނަވައިފިއެވެ. އެއީ ގަސްދަށުގައި އެމީހުން ކަލޭގަފާނަށް بَيْعَةُ ހިފި ހިދު ގައެވެ. ފަހެ އެމީހުންގެ ހިތްތަކުގައިވާތަކެތި (އީމާންކަމާއި އަދި ކިޔަމަންތެރިކަން) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެންފަހެ އެކަލާނގެ އެމީހުންގެ މައްޗަށް ހަމަޖެހުމާއި މައިތިރިކަން ބާވާތްލެއްވިއެވެ. އަދި ދާދިގާތްވެގެންވާ فَتَحً އެއް އެމީހުންނަށް އެކަލާނގެ ދެއްވާ ދަރުމަކުރައްވާނެކަމުގައި ނިންމަވައިފިއެވެ. (އެއީ خَيْبَرُ فَتَحً ވުމެވެ.)

48:19

وَمَغَانِمَ كَثِيرَةٗ يَأۡخُذُونَهَاۗ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ﴿19﴾

Transliteration: Wamaghanima katheeratan yakhuthoonaha wakana Allahu AAazeezan hakeeman

Translation: އަދި އެމީހުން އެތަކެތި ބޭނުންކުރާނޭ ގިވެގެންވާ غَنِيْمَة މުދާތައްވެސް އެކަލާނގެ އެމީހުންނަށް ދެއްވިއެވެ. އަދި عِزَّة ވަންތަ حِكْمَة ވަންތަ ކަލަކު ކަމުގައި އަދި الله ވޮޑިގެންވެއެވެ.

48:20

وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةٗ تَأۡخُذُونَهَا فَعَجَّلَ لَكُمۡ هَٰذِهِۦ وَكَفَّ أَيۡدِيَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةٗ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٰطٗا مُّسۡتَقِيمٗا ﴿20﴾

Transliteration: WaAAadakumu Allahu maghanima katheeratan takhuthoonaha faAAajjala lakum hathihi wakaffa aydiya alnnasi AAankum walitakoona ayatan lilmumineena wayahdiyakum siratan mustaqeeman

Translation: އަދި الله تَعَالَى ކަލޭމެނަށް ކަލޭމެން އެތަކެތިން ބޭނުންކުރާނޭ ގިނަވެގެންވާ غَنِيْمَة މުދާތަކެއްދެއްވާނެކަމުގެ وَعْدُ ކުރެއްވެވިއެވެ. ދެންފަހެ މި غَنِيْمَة (އެބަހީ خَيْبَرُ ގެ غَنِيْمَة) އެކަލާނގެ އަވަސްކޮދެއްވީއެވެ. އަދި މީސްތަކުންގެ އަތްތައް ކަލޭމެންގެކިބައިން އެކަލާނގެ ދުރު ކޮށްދެއްވިއެވެ. އެބަހީ އެމީހުންގެ އަތްތަކުން ކަލޭމެނަށް އަނިޔާވިޔަނުދެއްވައި އެކަލާނގެ ހިފެހެއްޓެވިއެވެ. އަދި އެއީ (رَسُول الله ﷺ ގެބަސްފުޅާއި وَعْدُ ފުޅު ތެދުއެއްޗެއްކަން) މުއުމިނުތަކުންނަށް ޔަޤީންވުމުގެ ދަލީލަކަށެވެ. އަދި ސީދާވެގެންވާ ތެދުމަގަށްއެކަލާނގެ ކަލޭމެނަށް މަގުދެއްކެވުމަށެވެ.

48:21

وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡهَا قَدۡ أَحَاطَ ٱللَّهُ بِهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ﴿21﴾

Transliteration: Waokhra lam taqdiroo AAalayha qad ahata Allahu biha wakana Allahu AAala kulli shayin qadeeran

Translation: އަދި އޭގެމައްޗަށް ކަލޭމެންނަށް އަދިކުޅަދާނަވެގެންނުވާ އެހެން އެއްޗެއް (އެހެން غَنِيْمَة) އެކަލާނގެ ކަލޭމެނަށް ދެއްވުމަށެވެ. ހަމަކަށަވަރުން الله އެތަން އަދި ވަނީ ރައްކާތެރިކުރައްވާ ހިހައްޓަވާފައިވާފައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއާޔަތުގައި މިސިފަކުރައްވާ ފަތަޙައަކީ މައްކާ فَتَحً ކުރުންކަމާއި އަދި ނުވަތަ ފާރިސްކަރަޔާއި ރޫމުކަ فَتَحً ކުރުންކަމާއި މިކަންކަމުގައި ޢިލްމުވެރިންގެ ބަސްތަފާތެވެ. މިއިން ކޮންމެކަމެއްގެ މުރާދުކަމުގައިވުން ވެސް ހަމައެކަށީގެންވެއެވެ.)

48:22

وَلَوۡ قَٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَٰرَ ثُمَّ لَا يَجِدُونَ وَلِيّٗا وَلَا نَصِيرٗا ﴿22﴾

Transliteration: Walaw qatalakumu allatheena kafaroo lawallawoo aladbara thumma la yajidoona waliyyan wala naseeran

Translation: އަދި ކާފަރުން ކަލޭމެން މުއުމިނުންނާއި ހަނގުރާމަ ކުރިނަމަ ހަމަކަށަވަރުން އެމީން ކަލޭމެންނަށް ފުރަގަސްދޭނެއެވެ. (الحُدَيْبِيَّة ގެދުވަހު މައްކާގެ އެކާފަރުން ކަލޭމެންނާއި ހަނގުރާމަކުރިނަމަ ހަމަކަށަވަރުން އެމީހުން ކަލޭމެންނަށް ފުރަގަސްދިނީހެވެ.) ދެން އެއްވެސް ސަހަރޯވެރިއަކު އަދި ނަސްރުވެރިއަކުވިޔަސް އެމީހުން ނުދެކޭނެއެވެ.

48:23

سُنَّةَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ﴿23﴾

Transliteration: Sunnata Allahi allatee qad khalat min qablu walan tajida lisunnati Allahi tabdeelan

Translation: އެއީ މީގެކުރީ އިސްވެދިޔަތާގައިވެސް އިސްވެދި މީސްތަކުންނާއި މެދުވެސް الله ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ ސުންނަތެވެ. އަދި ﷲ ގެ އެގޮތަށް ބަދަލެއްވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.

48:24

وَهُوَ ٱلَّذِي كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡهُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ﴿24﴾

Transliteration: Wahuwa allathee kaffa aydiyahum AAankum waaydiyakum AAanhum bibatni makkata min baAAdi an athfarakum AAalayhim wakana Allahu bima taAAmaloona baseeran

Translation: އަދި އެމީހުންގެ އަތްތައް ކަލޭމެންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ އެކަލާނގެއެވެ. އަދި ކަލޭމެންގެ އަތްތައް އެމީހުންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ ވެސް (ހަމައެކަލާނގެއެވެ.) އެއީ بَطْنُ مكة އެވެ ކިޔޭތާގައި (جَبَلُ تنْعِيْم) އާއި ދިމާއިންނެވެ. އެމީހުންގެ މައްޗަށް ކަލޭމެންނަށް ކާމިޔާބާއި ނަސީބު ލިބުމަށްފަހުގައެވެ. ކަލޭމެންކުރާކަންތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއީ الحُدَيْبِيَّةގެ صُلْح އަށްވާ އިޝާރަތެކެވެ.)

48:25

هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا ﴿25﴾

Transliteration: Humu allatheena kafaroo wasaddookum AAani almasjidi alharami waalhadya maAAkoofan an yablugha mahillahu walawla rijalun muminoona wanisaon muminatun lam taAAlamoohum an tataoohum fatuseebakum minhum maAAarratun bighayri AAilmin liyudkhila Allahu fee rahmatihi man yashao law tazayyaloo laAAaththabna allatheena kafaroo minhum AAathaban aleeman

Translation: އަދި ކާފަރުވީ ހަމައެމީހުންނެވެ. އަދިކަލޭމެން الْمَسْجِدِ الْحَرَامِ އަށް އަޔަނުދީ ހިފަހައްޓީވެސް ހަމައެމީހުންނެވެ. އަދި ކަތިލަން ގެނައި ހަދްޔުތައް އެތަކެތި ކަތިލަންވީ ތަނަށް ނުފޯރަނިސް ބަދެވި ހިފެހެއްޓިގެންވެއެވެ. ހަދްޔު ކަތިލަންވާނެތަނަކީ މައްކާގަ حَرَمُ ގެތެރެއިން ކަތިލުމަށް ކަނޑައެޅިފައިވާތަނެކެވެ. އަދި މައްކާގައި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނުވާނަމަ (އެދުވަހު ގަދަކަމުން ހަނގުރާމަކޮށްގެންމައްކާއަށް އަރަން ހުއްދަދެވުނީހެވެ. އަދި އެމީހުން މައްކާގައި އެތިބީ އީމާންވެގެންކަމެއް ނުވަތަނޫންކަމެއް ކަލޭމެންނަކަށް ނޭގޭނެއެވެ.) އެޙާލުގައި ގަދަކަމުން މައްކާއަށް އަރައި އެތައްމުއުމިނުންނެއްމަރައިފީހެވެ. މުއުމިނެއް އަދި އެހެންމީހެއްނޭގުނީހެވެ. ދެން އޭރުން މުއުމިނުންމެރިކަމުގައިވެގެން ކާފަރުންގެފަރާތުން ޢައިބުބަސްލިބި ކައްފާރާ އަދާކުރުމުގެ އުދަގޫ އުފުލަން ޖެހިއްޖައީހެވެ. އަދި އެދުވަހު ކަލޭމެން ހަނގުރާމަކުމަށް الله ހުއްދަނުދެއްވީ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَة ގެތެރެއަށް ވެއްދެވުމަށެވެ. (حُدَيْبِيَّة ގެ ދުވަހު ކާފަރުކަންމަތީ ތިބި އެތައްބަޔަކު އޭގެފަހުން އިސްލާމު ދީނަށްވަދެ ދީނަށް خِدْمَة ކުރިއެވެ. ވީމާ الله ރޭވުމާއި حِكْمَة އެއްވެސްމީހަކަށް ނޭގެއެވެ.) އަދި އެދުވަހު މުއުމިނުންނާއި ކާފަރުން ރަނގަޅަށް ވަކިކޮށް އެނގޭނަމަ ކާފަރުންނަ ވޭންދެނިވި عَذَابُ އެއް ތިމަންރަސްކަލާނގެ ދެއްވީހެވެ.

48:26

إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ﴿26﴾

Transliteration: Ith jaAAala allatheena kafaroo fee quloobihimu alhamiyyata hamiyyata aljahiliyyati faanzala Allahu sakeenatahu AAala rasoolihi waAAala almumineena waalzamahum kalimata alttaqwa wakanoo ahaqqa biha waahlaha wakana Allahu bikulli shayin AAaleeman

Translation: ކާފަރުވީމީސްތަކުން އެމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން ލީހިނދު އެއީ ޖާހިލީ ޒަމާނުގެ ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުމެވެ. ފަހެ އެހިދުން الله تَعَالى އެކަލާނގެ ހަމަޖެހުމާ މައިތިރިކަން އެކަލާނގެ ރަސޫލާގެމައްޗަށާއި އަދި މުއުމިނުންގެ މައްޗަށް ބާވާތްލައްވައިފިއެވެ. އަދި تَقْوَى ވެރިކަމުގެ ކަލިމަ އެކަލާނގެ އެމީހުންނަށް ލާޒިމު ކުރުވައިފިއެވެ. (އެއީ لا إله إلاَّ اللهُ مًحمد رسول الله އެވެ. މިބަސްފުޅުން މުރާދުކުރެވެނީ مَسْجِدُ الحَرَام އަށް މާތްކޮށް ހިތުމެވެ. އަދި އެތާ ހަނގުރާމަކުރުން ދޫކޮށްލުމެވެ. ކާފަރުންފަދައި އެތާގެ حُرْمَة ނުކެޑުމެވެ.) އަދި އެމީހުނވީ އެކަލިމައަށް އެންމެ حَقُّ ބަޔަކު ކަމުގައެވެ. (އެތަނަށް މާތްކޮށްހިތުން އެންމެ حَقُّ މީހުންކަމުގައެވެ.) އަދި އޭގެ އަހުލުވެރިން ކަމުގައެވެ. އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

48:27

لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا ﴿27﴾

Transliteration: Laqad sadaqa Allahu rasoolahu alrruya bialhaqqi latadkhulunna almasjida alharama in shaa Allahu amineena muhalliqeena ruoosakum wamuqassireena la takhafoona faAAalima ma lam taAAlamoo fajaAAala min dooni thalika fathan qareeban

Translation: ހަމަކަށަވަރުން الله އެކަލާނގެ ރަސޫލާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު حَقُّ އެއްޗެއްކަމުގައި ތެދުކޮށްދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން الله އިރާދަކުރެއްވިއްޔާ އަމާންވެގެންވާ ޙާލު ކަލޭމެން الْمَسْجِدَ الْحَرَامَ އަށްވަންނާނެއެވެ. ކަލޭމެންގެ ބޯތައްބާލައިގެންނާއި އަދި ކޮށާކުރުކޮށްގެންނެވެ. އެދުވަހުން ކަލޭމެން އެއްވެސްގޮތަކުން ބިރުނުގަންނާނެއެވެ. އަދި ކަލޭމެންނަށް ނޭގޭތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ حُدَيْبِيَّة ގެ صُلْحَ ވުން އެކަލާނގެ ލެއްވީ އޭގެކުރިން (އެބަހީ މައްކާއަށް ވަނުމަށްވުރެ ކުރިން) ގާތްވެގެންވާ فَتَحَ އެއްކަމުގައެވެ.

48:28

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِيدٗا ﴿28﴾

Transliteration: Huwa allathee arsala rasoolahu bialhuda wadeeni alhaqqi liyuthhirahu AAala alddeeni kullihi wakafa biAllahi shaheedan

Translation: ތެދުމަގާއި އަދި حَقُّ ދީނާއިގެން އެކަލާނގެ ރަސޫލާފޮނުއްވީ ހަމައެކަލާނގެ އެވެ. الله އެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް އެދީން ފާޅުވެ ގަދަވުމަށެވެ. ހެކިވެ ވޮޑިގަންނަވާ ކަލަކު ކަމުގައި އަދި الله ފުދިވޮޑިގެންވެއެވެ.

48:29

مُّحَمَّدٞ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعٗا سُجَّدٗا يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗاۖ سِيمَاهُمۡ فِي وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِي ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِي ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِنۡهُم مَّغۡفِرَةٗ وَأَجۡرًا عَظِيمَۢا ﴿29﴾

Transliteration: Muhammadun rasoolu Allahi waallatheena maAAahu ashiddao AAala alkuffari ruhamao baynahum tarahum rukkaAAan sujjadan yabtaghoona fadlan mina Allahi waridwanan seemahum fee wujoohihim min athari alssujoodi thalika mathaluhum fee alttawrati wamathaluhum fee alinjeeli kazarAAin akhraja shatahu faazarahu faistaghlatha faistawa AAala sooqihi yuAAjibu alzzurraAAa liyagheetha bihimu alkuffara waAAada Allahu allatheena amanoo waAAamiloo alssalihati minhum maghfiratan waajran AAatheeman

Translation: ﷲ ގެރަސޫލާ محَمَّد (ﷺ) އާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާމީހުން ކާފަރުންގެމައްޗަށް ގަދަފަދަކަން ބޮޑެވެ. އަދި އެހެންނަމަވެސް އެބޭކަލުންގެ މެދުގައި رَحُم އާއި އޯގާވެރިކަން ބޮޑުވެގެންވާބޭކަލުންކަމުގައިވިއެވެ. ﷲ ގެحَضْرَةُ ން فَضْلُ ވަންތަކަމާއި އަދި އެކަލާނގެ ރުއްސެވުން އެބޭކަލުން އެދިވަޑައިގަންނަވާ ޙާލު رُكُوعُ ގިނައިން ކުރައްވާ އަދި سَجِدَ ގިނައިން ކުރައްވާ ބޭކަލުންކަމުގައި ކަލޭ އެބޭކަލުންދެކޭނެއެވެ. ސަޖިކުރެއްވުމުގެ ނިޝާނާއި އަސަރު އެބޭކަލުންގެ މޫނުފުޅު ތަކުން ފެންނާންހުންނާނެއެވެ. އެއީ ތައުރާތުގައި ބަޔާންވެގެންވާ އެބޭކަލުންގެ މިސާލެވެ. ސިފައެވެ. އަދި އިން ޖީލުގައި އެބޭކަލުންގެމިސާލަކީ ކުދިގަސްތައްފަޅައިފާވާ ދަޑެއްގެ މިސާލެވެ. ދެން އެދަޑު އެއްގަސް އަނެއްގަހަށް އެހީދީ އަދި އެގަސްތައް ގިނަވެ ބޯވެފައިވާ އަދި އޭގެތަޑުގެމަތީގައި (ގަސްގަޑުގައި) ރީތިކޮށް ހަރުލައިގަސްތައް ކޮޅަށްހުރިދަޑެކެވެ. އަދި (އެދަޑުދެކެފައި ދަޑުރީތިކަމާއި މޮޅުކަމާއި ފައްކާކަމުން) ދަޑުވެރިން ޢަޖާކޮށްލާވަރައް ދަޑު ފުރިހަމަވެފައިވެއެވެ. އެހުރިހާކަމަކީ (އެބޭކަލުންގެސަބަބުން) ކާފަރުން ރުޅިއެރުވުމަށެވެ. އަދި އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުންނަށް ފާފަ ފުއްސަވާނެކަމަށާއި އަދި ބޮޑުވެގެންވާ ދަރުމަދެއްވާނެކަމަށް الله عْدُ ކުރެއްވިއެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download