6:1ٱلۡحَمۡدُ لِلَّهِ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَۖ ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمۡ يَعۡدِلُونَ ﴿1﴾ٱلۡحَمۡدُ لِلَّهِ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَۖ ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمۡ يَعۡدِلُونَ
Transliteration: Alhamdu lillahi allathee khalaqa alssamawati waalarda wajaAAala alththulumati waalnnoora thumma allatheena kafaroo birabbihim yaAAdiloona
Translation: އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އަނދިރިކަމާއި އަލިކަން އެކަލާނގެ ލެއްވިއެވެ. (އެއީ ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަން ނުވަތަ ޖާހިލުކަމުގެ އަނދިރިކަމާއި އީމާންކަމުގެ އަލިކަން.) ދެން (މިފަދަ ބޮޑު ކުޅަދުންވަންތަ އެއްކައުވަންތަ ﷲ އަށް) يعني: އެމީހުންގެ رَبّ އަށް ކާފަރުންގެ މީހުން شريك ކޮށް ބައިވެރިކޮށް އެހެނިހެން ފަރަތްތަކާއި ހަމަހަމަކުރަނީއެވެ.
6:2هُوَ ٱلَّذِي خَلَقَكُم مِّن طِينٖ ثُمَّ قَضَىٰٓ أَجَلٗاۖ وَأَجَلٞ مُّسَمًّى عِندَهُۥۖ ثُمَّ أَنتُمۡ تَمۡتَرُونَ ﴿2﴾هُوَ ٱلَّذِي خَلَقَكُم مِّن طِينٖ ثُمَّ قَضَىٰٓ أَجَلٗاۖ وَأَجَلٞ مُّسَمًّى عِندَهُۥۖ ثُمَّ أَنتُمۡ تَمۡتَرُونَ
Transliteration: Huwa allathee khalaqakum min teenin thumma qada ajalan waajalun musamman AAindahu thumma antum tamtaroona
Translation: ކަލޭމެން މަށީން ހެއްދެވީ ހަމަ އެކަލާނގެއެވެ. (އެބަހީ: آدم ގެދަރިންގެ ބައްޕަ آدم عليه السّلام ހެއްދެވުނީ މަށީންނެވެ.) ދެން އެކަލާނގެ މުއްދަތެއް ކަނޑައެޅުއްވިއެވެ. (އެއީ ދުނިޔޭގެ حياة ގެ مدّة އެވެ. އެއީ ހެއްދެވުމަށްފަހު މަރުވަންދެންނެވެ.) އަދި އެކަލާނގެ حضرة ގައި ނަންކިއިގެންވާ مدّة އެއް ނިޔާކުރެއްވިއެވެ. އެއީ آخرة އެވެ. މަރުވުމަށްފަހު قيامة އަށް ފޮނުއްވުމެވެ. ދެންވެސް ކަލޭމެން (އެކަލާނގެ قدرة ތެރިކަމާއިމެދު) ޝައްކުކުރަނީއެވެ.
6:3وَهُوَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَفِي ٱلۡأَرۡضِ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ ﴿3﴾وَهُوَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَفِي ٱلۡأَرۡضِ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ
Transliteration: Wahuwa Allahu fee alssamawati wafee alardi yaAAlamu sirrakum wajahrakum wayaAAlamu ma taksiboona
Translation: އަދި ﷲ އެއީ އުޑުތަކާއި އަދި ބިމުގެ مَعْيُود އެވެ. އަދި އެތަންތާނގެ مالك އެވެ. ވެރިޔާއެވެ. ކަލޭމެންގެ ސިއްރާއި ފައުޅު އެކަލާނގެ ދެނެވޮޑިގަންނަވައެވެ. (ސިއްރުން ދައްކާ ވާހަކައާއި ކުރާކަންތައްތައް އަދި ފައުޅުކޮށް އަޑުހަރުކޮށް ދައްކާ ވާހަކަތަކާއި ކަންތައްތައް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.) އަދި ކަލޭމެންކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.
6:4وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ ﴿4﴾وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ
Transliteration: Wama tateehim min ayatin min ayati rabbihim illa kanoo AAanha muAArideena
Translation: އަދި އެމީހުންގާތަށް (އެބަހީ: ކާފަރުންގެ ގާތަށް އެމީހުންގެ رَبُّ ގެ އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ އަދި محمّد ﷺ ގެ ނަބީކަމުގެމައްޗަށް دليل ކުރާ) دليل ތަކުގެތެރެއިން އެއްވެސް دليل އެއް، حجّة އެއް އަތުވެއްޖެއްޔާ އެމީހުން އެޔާ ފުރަގަސްދީ ގެން މެނުވީ ނުވެއެވެ. (އެބަހީ: އެއިން އެއްވެސް دليل އެއް قبول އެއް ނުކުރެއެވެ.)
6:5فَقَدۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَسَوۡفَ يَأۡتِيهِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿5﴾فَقَدۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَسَوۡفَ يَأۡتِيهِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Faqad kaththaboo bialhaqqi lamma jaahum fasawfa yateehim anbao ma kanoo bihi yastahzioona
Translation: އަދި ހަމަކަށަވަރުން އެމީހުންގެގާތަށް حقُّ އައިހިނދުން (އެބަހީ: قرآن އައިހިނދުން ނުވަތަ محمّد ﷺ ވަޑައިގެންނެވިހިނދުން) އެމީހުން އެ حقُّ ދޮގުކޮށްފިއެވެ. އެމީހުން އެ އެއްޗަކަށް އެމަލާމާތްކުރާ ކަންތަކުގެ خبر ނިކަންހުރެ އެމީހުންގާތަށް އަންނަހުއްޓެވެ.
6:6أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ مَّكَّنَّـٰهُمۡ فِي ٱلۡأَرۡضِ مَا لَمۡ نُمَكِّن لَّكُمۡ وَأَرۡسَلۡنَا ٱلسَّمَآءَ عَلَيۡهِم مِّدۡرَارٗا وَجَعَلۡنَا ٱلۡأَنۡهَٰرَ تَجۡرِي مِن تَحۡتِهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ ﴿6﴾أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ مَّكَّنَّـٰهُمۡ فِي ٱلۡأَرۡضِ مَا لَمۡ نُمَكِّن لَّكُمۡ وَأَرۡسَلۡنَا ٱلسَّمَآءَ عَلَيۡهِم مِّدۡرَارٗا وَجَعَلۡنَا ٱلۡأَنۡهَٰرَ تَجۡرِي مِن تَحۡتِهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ
Transliteration: Alam yaraw kam ahlakna min qablihim min qarnin makkannahum fee alardi ma lam numakkin lakum waarsalna alssamaa AAalayhim midraran wajaAAalna alanhara tajree min tahtihim faahlaknahum bithunoobihim waanshana min baAAdihim qarnan akhareena
Translation: އެމީހުންގެކުރިން (އެބަހީ: مكّة ގެ مشرك ންގެކުރިން) ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރައްވާފައިވާކަން އެމީހުންނަށް ނޭނގޭބާވައެވެ؟ (އެމީހުންގެ އަސަރުތައް ނުދެކެނީބާވައެވެ؟) އަދި އޭ މިތިބަ مشرك ންނޭވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ނުދެއްވާތަކެތިވެސް އެމީހުންނަށް ދެއްވައި އެމީހުން ބިމުގައި ހަމަޖައްސައިދިނީމެވެ. އަދި އެމީހުންގެމައްޗަށް ބޯވާރޭވެއްސަވައި އަދި އެމީހުންގެ ގަސްތަކުގެދަށުން ފެންއާރުތައް ތިމަންރަސްކަލާނގެ ހިންގެވީމެވެ. ދެންފަހެ އެމީހުން (އެމީހުންގެ رسول ންދޮގުކޮށް އީމާން ނުވިހިނދުން) އެމީހުންގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އަދި އެމީހުންގެފަހުން ތިމަންރަސްކަލާނގެ އެހެން قرن އެއް އުފެއްދެވީމެވެ.
6:7وَلَوۡ نَزَّلۡنَا عَلَيۡكَ كِتَٰبٗا فِي قِرۡطَاسٖ فَلَمَسُوهُ بِأَيۡدِيهِمۡ لَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ﴿7﴾وَلَوۡ نَزَّلۡنَا عَلَيۡكَ كِتَٰبٗا فِي قِرۡطَاسٖ فَلَمَسُوهُ بِأَيۡدِيهِمۡ لَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ
Transliteration: Walaw nazzalna AAalayka kitaban fee qirtasin falamasoohu biaydeehim laqala allatheena kafaroo in hatha illa sihrun mubeenun
Translation: (އޭ رسول ﷲ އެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް ކަރުދާހުގައި ލިޔެވިގެންވާ ފޮތެއް ބާވައިލެއްވިނަމަވެސް ދެން އެފޮތުގައި އެކާފަރުންގެ އަތްތަކުން ބީހުމަށްފަހު އެކާފަރުން ހަމަކަށަވަރުން ބުނާނެއެވެ. މިއީ ހަމަ ބަޔާންވެގެންވާ سحر އެއްކަމުގައިމެނުވީ ނުވެއެވެ.
6:8وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ مَلَكٞۖ وَلَوۡ أَنزَلۡنَا مَلَكٗا لَّقُضِيَ ٱلۡأَمۡرُ ثُمَّ لَا يُنظَرُونَ ﴿8﴾وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ مَلَكٞۖ وَلَوۡ أَنزَلۡنَا مَلَكٗا لَّقُضِيَ ٱلۡأَمۡرُ ثُمَّ لَا يُنظَرُونَ
Transliteration: Waqaloo lawla onzila AAalayhi malakun walaw anzalna malakan laqudiya alamru thumma la yuntharoona
Translation: އަދި އެމީހުން ބުންޏެވެ. އެކަލޭގެފާނުންގެމައްޗަށް މަލާއިކަތްބޭކަލަކުފޮނުއްވާނޭނަމައެވެ. ނުވަތަ (އެކަލޭގެފާނުންގެ نبي ކަން ތެދުކަން بيان ކޮށްދެއްވުމަށް އެކަލޭގެފާނުންގެ އަރިހުގައި މަލާއިކަތް ބޭކަލަކުނުފޮނުއްވީ ކީއްވެގެންހެއްޔެވެ؟ އޭގެ ޖަވާބުގައި ﷲ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލަކު ފޮނުއްވިނަމަ ހަމަކަށަވަރުން ކަންތައްވެ ނިމުނީހެވެ.
6:9وَلَوۡ جَعَلۡنَٰهُ مَلَكٗا لَّجَعَلۡنَٰهُ رَجُلٗا وَلَلَبَسۡنَا عَلَيۡهِم مَّا يَلۡبِسُونَ ﴿9﴾وَلَوۡ جَعَلۡنَٰهُ مَلَكٗا لَّجَعَلۡنَٰهُ رَجُلٗا وَلَلَبَسۡنَا عَلَيۡهِم مَّا يَلۡبِسُونَ
Transliteration: Walaw jaAAalnahu malakan lajaAAalnahu rajulan walalabasna AAalayhim ma yalbisoona
Translation: އަދި ތިމަންރަސްކަލާނގެ ފޮނުއްވާ رسول އެއީ ملائكة ބޭކަލަކު ކަމުގައި ލެއްވިނަމަ ހަމަކަށަވަރުން އެ ملائكة ބޭކަލަކުވެސް ލެއްވީހީ ފިރިހެނަކު ކަމުގައެވެ. ފިރިހެނެއްގެ ސިފައިގައެވެ. އަދި ކަނޑައެޅިގެން އެމީހުންނަށް އެއޮޅޭކަންތައް ވަކިން ބޮޑަށް ތިމަންރަސްކަލާނގެ އެމީހުންނަށް އޮޅުވައިލައްވައިފީހެވެ.
6:10وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴿10﴾وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Transliteration: Walaqadi istuhzia birusulin min qablika fahaqa biallatheena sakhiroo minhum ma kanoo bihi yastahzioona
Translation: (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެކުރިން ވަޑައިގެންނެވި رسول ބޭކަލުންނަށް ވެސް މަލާމާތްކުރެވުނެވެ. (އެބަހީ: އެ أمّة ތަކުގެ أهل ވެރިން އެބައެއްގެ ގާތަށް ފޮނުވުނު رسول އާއަށް މަލާމާތްކޮށް ފުރައްސާރަކުރިއެވެ.) ދެންފަހެ އެމީހުންގެތެރެއިން رسول ންނަށް މަލާމާތްކުރިމީހުން އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރި ތަކެތި އެބަހީ عذاب އެމީހުން ލާވަށައިލައިފިއެވެ.
6:11قُلۡ سِيرُواْ فِي ٱلۡأَرۡضِ ثُمَّ ٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ﴿11﴾قُلۡ سِيرُواْ فِي ٱلۡأَرۡضِ ثُمَّ ٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ
Transliteration: Qul seeroo fee alardi thumma onthuroo kayfa kana AAaqibatu almukaththibeena
Translation: ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! (އެބަހީ: ކަލޭގެފާނު ދޮގުކުރި މީހުންނަށް ވިދާޅުވާށެވެ!) ކަލޭމެން ނިކަން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! ދެން ނިކަން ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންހުރީ ކިހިނެއްތޯ ނިކަން ދެކިބަލާށެވެ!
6:12قُل لِّمَن مَّا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُل لِّلَّهِۚ كَتَبَ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۚ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ﴿12﴾قُل لِّمَن مَّا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُل لِّلَّهِۚ كَتَبَ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۚ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ
Transliteration: Qul liman ma fee alssamawati waalardi qul lillahi kataba AAala nafsihi alrrahmata layajmaAAannakum ila yawmi alqiyamati la rayba feehi allatheena khasiroo anfusahum fahum la yuminoona
Translation: ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެގެންވަނީ ކާކަށްތޯ ނިކަން އެމީހުންކުރެން އައްސަވާބައްލަވާށެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށެވެ. އެތަކެތި ملك ވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة ލިއުއްވިއެވެ. (އެކަލާނގެ އަޅުތަކުންގެމައްޗަށް އެކަލާނގެ رحمة ތަނަވަސްވެގެންވެއެވެ.) އަދި ހަމަކަށަވަރުން قيامة ދުވަހަށް އެކަލާނގެ ކަލޭމެން އެއްކުރައްވާނެއެވެ. (އެއީވެސް އެކަލާނގެ رحمة އެވެ. عقوبة އަވަސް ނުކުރައްވައި توبة ވާނެ އަޅަކު توبة ވުމަށް مُهْلَة ދެއްވީއެވެ. އެއީ رحمة ގެ ތަނަވަސްކަމުގެ ތެރެއިންވާކަމެކެވެ.) އަދި އެ قيامة ދުވަހާއިމެދު އެއްވެސް ޝައްކެއްނެތެވެ. ނުވަތަ މީސްތަކުން އެއްކުރެއްވުމާއިމެދު ޝައްކެއްނެތެވެ. އަދި އެބައިމީހުން އެމީހުންގެ ނަފުސުތައް ގެއްލުމާއި ހަލާކުގެތެރެއަށްލީމީހުން ފަހެ އެމީހުން އީމާން ނުވާނެއެވެ.
6:13وَلَهُۥ مَا سَكَنَ فِي ٱلَّيۡلِ وَٱلنَّهَارِۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿13﴾۞وَلَهُۥ مَا سَكَنَ فِي ٱلَّيۡلِ وَٱلنَّهَارِۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Walahu ma sakana fee allayli waalnnahari wahuwa alssameeAAu alAAaleemu
Translation: އަދި ރޭގަނޑުގައި ހަނުހިމޭންވާތަކެއްޗާއި އަދި ދުވާލު ހަނުހިމޭންވާތަކެތިވެސް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:14قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيّٗا فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّيٓ أُمِرۡتُ أَنۡ أَكُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ﴿14﴾قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيّٗا فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّيٓ أُمِرۡتُ أَنۡ أَكُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ
Transliteration: Qul aghayra Allahi attakhithu waliyyan fatiri alssamawati waalardi wahuwa yutAAimu wala yutAAamu qul innee omirtu an akoona awwala man aslama wala takoonanna mina almushrikeena
Translation: ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ނޫން އެހެންއެއްޗެއް، އެހެންފަރާތެއް ސަހަރޯވެރިއަކުކަމުގައި، وَلِىّ އަކުކަމުގައި އަހުރެން ހިފަންވީހެއްޔެވެ؟ إختيار ކުރަންވީހެއްޔެވެ؟ އެކަލާނގެއީ އުޑުތަކާއި ބިން މިސާލެއްނެތި ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެ (އަޅުތަކުންނަށް) ކާންދެއްވައެވެ. ރިޒުގު ދެއްވައެވެ. އަދި އެކަލާނގެއަށް ރިޒުގު ނުދެވެއެވެ. އެކަލާނގެ ފަރިއްނުކުޅުއްވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް އަމުރުވެވިގެންވަނީ އެންމެފުރަތަމަ إسلام ވީމީހާކަމުގައި ވުމަށެވެ. އަދި އެއްގޮތަކަށްވެސް مشرك ންގެތެރެއިން ވެވަޑައި ނުގެންނެވުމަށެވެ.
6:15قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ﴿15﴾قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ
Transliteration: Qul innee akhafu in AAasaytu rabbee AAathaba yawmin AAatheemin
Translation: ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން ބިރުގަންނަނީ އަހުރެންގެ رَبّ އަށް އުރެދިއްޖެއްޔާ ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށެވެ. (އަހުރެންނަށް އެ عذاب ދެއްވައިފާނެކަމަށެވެ.)
6:16مَّن يُصۡرَفۡ عَنۡهُ يَوۡمَئِذٖ فَقَدۡ رَحِمَهُۥۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡمُبِينُ ﴿16﴾مَّن يُصۡرَفۡ عَنۡهُ يَوۡمَئِذٖ فَقَدۡ رَحِمَهُۥۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡمُبِينُ
Transliteration: Man yusraf AAanhu yawmaithin faqad rahimahu wathalika alfawzu almubeenu
Translation: އެމީހެއްގެ ކިބައިން އެދުވަހުން عذاب އަނބުރާލެވިއްޖެމީހާ ދުރުކުރެވިއްޖެމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ ނަސީބަކީ އެއީއެވެ.
6:17وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٖ فَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴿17﴾وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٖ فَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Transliteration: Wain yamsaska Allahu bidurrin fala kashifa lahu illa huwa wain yamsaska bikhayrin fahuwa AAala kulli shayin qadeerun
Translation: އަދި ﷲ تعالى ކަލޭގެފާނަށް އުނދަގުލެއް - ދަތިކަމެއް ޖައްސަވައިފިއްޔާ ހަމަ އެކަލާނގެމެނުވީ އެކަން ފިއްލަވާނޭ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމެއް ދެއްވައިފިއްޔާވެސް (އެކަން ކަލޭގެފާނަށް ލިބުނަނުދީ ހިފަހައްޓައިލެވޭނެ ހަމައެކަކުވެސް ނުވެއެވެ.) ފަހެ އެކަލާނގެ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
6:18وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ﴿18﴾وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ
Transliteration: Wahuwa alqahiru fawqa AAibadihi wahuwa alhakeemu alkhabeeru
Translation: އަދި އެކަލާނގެއީ އަޅުތަކުންގެމައްޗަށް ހުރިހާގޮތަކުންވެސް ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. (އެހެން ހުރިހާއެއްޗެއް ނިކަމެތިކުރައްވާ قَاهِر އެވެ.) އަދި އެކަލާނގެއީ حكمة ވަންތަ އަދި ހުރިހާކަމެއްގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:19قُلۡ أَيُّ شَيۡءٍ أَكۡبَرُ شَهَٰدَةٗۖ قُلِ ٱللَّهُۖ شَهِيدُۢ بَيۡنِي وَبَيۡنَكُمۡۚ وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ أَئِنَّكُمۡ لَتَشۡهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخۡرَىٰۚ قُل لَّآ أَشۡهَدُۚ قُلۡ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ وَإِنَّنِي بَرِيٓءٞ مِّمَّا تُشۡرِكُونَ ﴿19﴾قُلۡ أَيُّ شَيۡءٍ أَكۡبَرُ شَهَٰدَةٗۖ قُلِ ٱللَّهُۖ شَهِيدُۢ بَيۡنِي وَبَيۡنَكُمۡۚ وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ أَئِنَّكُمۡ لَتَشۡهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخۡرَىٰۚ قُل لَّآ أَشۡهَدُۚ قُلۡ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ وَإِنَّنِي بَرِيٓءٞ مِّمَّا تُشۡرِكُونَ
Transliteration: Qul ayyu shayin akbaru shahadatan quli Allahu shaheedun baynee wabaynakum waoohiya ilayya hatha alquranu lionthirakum bihi waman balagha ainnakum latashhadoona anna maAAa Allahi alihatan okhra qul la ashhadu qul innama huwa ilahun wahidun wainnanee bareeon mimma tushrikoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހެކިދިނުން އެންމެބޮޑުވެގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އަހުރެންނާއި ކަލޭމެނާއިދެމެދު ހެކިވެރިއަކީ އެކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް މި قرآن ބާވައިލެއްވުނީ ކަލޭމެންނަށާއި އަދި މި قرآن އިވުނު މީހަކަށް إنذار ކުރެއްވުމަށެވެ. ﷲ އާއިއެކު އެހެން إلهُ ންތަކެއްވާކަމުގައި ކަލޭމެން ހެކިވަމުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން އެކަމަށް ހެކިދިނަސް) ތިމަންކަލޭގެފާނު އެކަމަށް ހެކިނުދޭނަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެވާކަންކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. އަދި ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެން ބަރީއަވެގެންވަމެވެ.
6:20ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ﴿20﴾ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ
Transliteration: Allatheena ataynahumu alkitaba yaAArifoonahu kama yaAArifoona abnaahum allatheena khasiroo anfusahum fahum la yuminoona
Translation: ތިމަންރަސްކަލާނގެ އެމީހުންނަށް ފޮތްދެއްވި މީހުން އެބަހީ يهودي ންނާއި نصارى އިން އެކަން يعني: އެކަލާނގެ އެއީ ހަމަ އެންމެ إله އެއްކަން ނުވަތަ إسلام دين އެއީ حقّ دين ކަން ނުވަތަ محمّد ގެފާނު އެއީ حقّ نبي އާކަން އެމީހުންނަށް އެމީހުންގެ ފިރިހެންދަރިން އެނގޭފަދައިން އެނގޭނެއެވެ. އެމީހުން އެމީހުންގެ نفس ތައް ގެއްލުވާލާ ހަލާކުކުރިމީހުން ދަންނައެވެ! ފަހެ އެމީހުން އީމާން ނުވާނެއެވެ.
6:21وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ ﴿21﴾وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ
Transliteration: Waman athlamu mimmani iftara AAala Allahi kathiban aw kaththaba biayatihi innahu la yuflihu alththalimoona
Translation: އަދި ﷲ އަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިން ބޮޑުދޮގުވެރިއަކީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިންނަށް كامياب ނުވާނެއެވެ.
6:22وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُوٓاْ أَيۡنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ﴿22﴾وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُوٓاْ أَيۡنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
Transliteration: Wayawma nahshuruhum jameeAAan thumma naqoolu lillatheena ashrakoo ayna shurakaokumu allatheena kuntum tazAAumoona
Translation: އަދި އެންމެންއެކީ ތިމަންރަސްކަލާނގެ محشر ކުރައްވާނޭ ދުވަހުން ދެން شريك ކުރިމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރައްވާ އަންގަވާހުށީމެވެ. ކަލޭމެން شريك ންކަމުގައި ހީކޮށްގެން شريك ކުރި شريك ންތައް ކޮބައިހެއްޔެވެ؟ (ކަލޭމެންބުނަނީ ތެދުކަމުގައިވަންޏާ އެތަކެތި ނިކަން ގެނެސްބަލާށެވެ!)
6:23ثُمَّ لَمۡ تَكُن فِتۡنَتُهُمۡ إِلَّآ أَن قَالُواْ وَٱللَّهِ رَبِّنَا مَا كُنَّا مُشۡرِكِينَ ﴿23﴾ثُمَّ لَمۡ تَكُن فِتۡنَتُهُمۡ إِلَّآ أَن قَالُواْ وَٱللَّهِ رَبِّنَا مَا كُنَّا مُشۡرِكِينَ
Transliteration: Thumma lam takun fitnatuhum illa an qaloo waAllahi rabbina ma kunna mushrikeena
Translation: ދެން އެމީހުންގެ އެ فتنة އިގެ يعني: އެސުވާލުގެޖަވާބު އެމީހުން މިފަދައިން ބުނުންމެނުވީ ނުވެއެވެ. "އަޅަމެންގެ رَبُّ ﷲ ގަންދީ ދަންނަވަމެވެ. އަޅަމެން مشرك ންގެތެރެއިން ނުވެއެވެ."
6:24ٱنظُرۡ كَيۡفَ كَذَبُواْ عَلَىٰٓ أَنفُسِهِمۡۚ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ﴿24﴾ٱنظُرۡ كَيۡفَ كَذَبُواْ عَلَىٰٓ أَنفُسِهِمۡۚ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
Transliteration: Onthur kayfa kathaboo AAala anfusihim wadalla AAanhum ma kanoo yaftaroona
Translation: އެމީހުން އެމީހުންގެ نفس ތަކުގެމައްޗަށް ދޮގުހެދީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އަދި އެމީހުން ދޮގުހަދާކަމުގައިވީތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ.
6:25وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَۖ وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَاۖ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ﴿25﴾وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَۖ وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَاۖ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ
Transliteration: Waminhum man yastamiAAu ilayka wajaAAalna AAala quloobihim akinnatan an yafqahoohu wafee athanihim waqran wain yaraw kulla ayatin la yuminoo biha hatta itha jaooka yujadiloonaka yaqoolu allatheena kafaroo in hatha illa asateeru alawwaleena
Translation: އަދި އެ مشرك ންގެތެރޭގައި ކަލޭގެފާނު ވިދާޅުވާތަކެތީގެ އަޑުއަހާމީހުންވެއެވެ. ހަމައެކަނި އަހާމީހުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭ ގޮތުން ހުރަހެއް ނުވަތަ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކޮންމެފަދަ دليل އެއް حجّة އެއް އެމީހުންނަށް ފެނުނަސް އެމީހުން އެޔަށް އީމާންނުވާނެއެވެ. ތެދުނުކުރާނެއެވެ. އެއީ އެމީހުން ކަލޭގެފާނުންގެ އަރިހަށް އައިސް ކަލޭގެފާނާއި ޖަދަލުކޮށްފުމަށްދާންދެންނެވެ. (ކަލޭގެފާނުގެ نَبي ކަމުގެމައްޗަށް دليل ކުރާ دليل އެމީހުންނަށް ފެނުމަށްފަހު އެ دليل باطل ކުރުމަށް އެމީހުން ކަލޭގެފާނާއި جدل ކުރާނެއެވެ.) ކާފަރުވީމީހުން ބުނާނެއެވެ. މި قرآن މިއީ ހަމަ އިސްވެދިޔަމީހުންގެ ތާކުންތާކުނުޖެހޭ ފުލޯކުވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.
6:26وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ﴿26﴾وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ
Transliteration: Wahum yanhawna AAanhu wayanawna AAanhu wain yuhlikoona illa anfusahum wama yashAAuroona
Translation: އަދި އެމީހުން އެކަލޭގެފާނުންގެކިބައިން މީސްތަކުން ދުރުކޮށް ނަހީކުރެއެވެ. މަނާކުރެއެވެ. އަދި މީސްތަކުން (އޭގެސަބަބުން) އެކަލޭގެފާނާއި ދުރަށްދެއެވެ. އެކަލޭގެފާނުންގެ ބަސްފުޅު އެހުމަށް ނާދެއެވެ. އަދި އެކަމަކު އެ مشرك ން އެގޮތުން އެމީހުންގެ نفس ތައް މެނުވީ ހަލާކު ނުކުރެއެވެ. (އޭގެސަބަބުން ﷲ ގެ ކޯފާއާއި عذاب އެމީހުންނަށް حقّ ވަނީއެވެ.) އެމީހުންނަށް އެކަންވެސް إحساس ނުކުރެވެއެވެ.
6:27وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَى ٱلنَّارِ فَقَالُواْ يَٰلَيۡتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ﴿27﴾وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَى ٱلنَّارِ فَقَالُواْ يَٰلَيۡتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلۡمُؤۡمِنِينَ
Transliteration: Walaw tara ith wuqifoo AAala alnnari faqaloo ya laytana nuraddu wala nukaththiba biayati rabbina wanakoona mina almumineena
Translation: އަދި އެމީހުން އެބަހީ مشرك ންތައް قيامة ދުވަހުން ނަރަކައިގާ ބަނދެވިފައި ބެއިތިއްބޭހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. ފަހެ އެހިނދު އެމީހުން ބުނާނެއެވެ. އަހުރެމެން އަލުން ދުނިޔެއަށް ފޮނުވޭނަމަ އޭރުން އަހުރެމެން އަހުރެމެންގެ ربّ ގެ އާޔަތްތައް ދޮގުނުކުރާނަމެވެ! އަދި އަހުރެމެންވާނީ مؤمن ންގެތެރެއިންނެވެ. (އެކަމަކު މިމީހުންގެ މިނަމައިގާއޮތީ އޭރުން ދެން ކޮންފައިދާއެއްބާވައެވެ؟ މިހާރު ނުވި ތައްޔާރެއް އޭރަކުން ނުވެވޭނެއެވެ.)
6:28بَلۡ بَدَا لَهُم مَّا كَانُواْ يُخۡفُونَ مِن قَبۡلُۖ وَلَوۡ رُدُّواْ لَعَادُواْ لِمَا نُهُواْ عَنۡهُ وَإِنَّهُمۡ لَكَٰذِبُونَ ﴿28﴾بَلۡ بَدَا لَهُم مَّا كَانُواْ يُخۡفُونَ مِن قَبۡلُۖ وَلَوۡ رُدُّواْ لَعَادُواْ لِمَا نُهُواْ عَنۡهُ وَإِنَّهُمۡ لَكَٰذِبُونَ
Transliteration: Bal bada lahum ma kanoo yukhfoona min qablu walaw ruddoo laAAadoo lima nuhoo AAanhu wainnahum lakathiboona
Translation: އަދި ކިއެއްހެއްޔެވެ؟ މީގެކުރިން އެމީހުން ވަންހަނާކުރާކަމުގައިވީ ކަންތައް، އެބަހީ ކާފަރުކަމާއި منافق ކަން އަދި އެކަމުގެ ސަބަބުން އެމީހުންނަށް ހުރި ހަލާކާއި عذابއެމީހުންނަށް ހާމަވެ ފައުޅުވެއްޖެއެވެ. އެބަހީ އެދުވަހުން އެންމެހައި خَلْقُ ތަކުންގެ حاضر ގައި އެމީހުންގެ އެ فضيحة ފައުޅުވާނެއެވެ. އަދި (އެމީހުން އެއެދޭގޮތަށް) އަލުންވެސް އެމީހުން ދުނިޔެއަށް ފޮނުއްވުނުނަމަ ކަށަވަރުންވެސް އެމީހުންގެ އެނުބައި ކަންތައްތަކަށް އެމީހުން رجوع ވާނެއެވެ. އެމީހުންނަކީ ހަމަ ދޮގުވެރިންނެވެ.
6:29وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ ﴿29﴾وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ
Transliteration: Waqaloo in hiya illa hayatuna alddunya wama nahnu bimabAAootheena
Translation: އަދި އެ مشرك ން ބުނެއެވެ. (آخرة ދުވަހަށް إيمان ނުވާމީހުން ބުނެއެވެ.) އަހުރެމެންގެ މިދުނިޔޭގެ حياة ނޫން އެހެން حياة އެއް އަހުރެމެންނަކަށް ނުވެއެވެ. އަދި އަހުރެމެންނަކީ މަރުވުމަށްފަހު އަލުން ދިރިގެން ފޮނުވޭނޭ ބަޔަކުނޫނެވެ.
6:30وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَىٰ رَبِّهِمۡۚ قَالَ أَلَيۡسَ هَٰذَا بِٱلۡحَقِّۚ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ﴿30﴾وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَىٰ رَبِّهِمۡۚ قَالَ أَلَيۡسَ هَٰذَا بِٱلۡحَقِّۚ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ
Transliteration: Walaw tara ith wuqifoo AAala rabbihim qala alaysa hatha bialhaqqi qaloo bala warabbina qala fathooqoo alAAathaba bima kuntum takfuroona
Translation: (އޭ رسول ﷲ އެވެ!) އެމީހުން - އެބަހީ އެ مشرك ން - އެމީހުންގެ ربّ ގެ حضرة ގައި ކޮޅަށް ބެއިތިއްބިފައި ތިބޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނަމައެވެ. އެކަލާނގެ وحي ކުރައްވާހުއްޓެވެ. މިއީ އަޅެފަހެ حقّ އެއް ނޫންހެއްޔެވެ؟ (އެބަހީ محشر ކުރައްވާ حِسَاب ބައްލަވާ ޖަޒާދެއްވުމަކީ حقّ އެއް ނޫންހެއްޔެވެ؟) އެމީހުން ދަންނަވާނެއެވެ. އަޅަމެންގެ رَبّ ގަންދީ ދަންނަވަމެވެ. އެއީ ހަމަ حقّ އެކެވެ. އެކަލާނގެ އަންގަވާނެއެވެ. ކަލޭމެން ކާފަރުވާކަމުގައިވީކަންތަކުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!
6:31قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡهُمُ ٱلسَّاعَةُ بَغۡتَةٗ قَالُواْ يَٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيهَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ ﴿31﴾قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡهُمُ ٱلسَّاعَةُ بَغۡتَةٗ قَالُواْ يَٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيهَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ
Transliteration: Qad khasira allatheena kaththaboo biliqai Allahi hatta itha jaathumu alssaAAatu baghtatan qaloo ya hasratana AAala ma farratna feeha wahum yahmiloona awzarahum AAala thuhoorihim ala saa ma yaziroona
Translation: ހަމަކަށަވަރުން ﷲ އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ގެއްލި ހަލާކުވެއްޖެއެވެ. އެމީހުންގެ ގާތަށް ހަމަކުއްލިއަކަށް قيامة އަތުވެއްޖައުމަށްދާންދެން އެމީހުން އެނުބައި ކަންތައްތައް ކުރުމުގައި ދެމިތިބޭނެއެވެ. (ދެން ކުއްލިއަކަށް قيامة ވުމުން) އެމީހުން ބުނާނެއެވެ. އެ قيامة އާއިމެދު ފަރުވާކުޑަކޮށް إهْمَال ކުރިކަމުގެމައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއީ އެމީހުންގެ ބުރިކަށިމަތީ އެމީހުންގެ ފާފަތައް އުފުލާ حال ގައެވެ. ދަންނާށެވެ! އެމީހުން އެކުރާ ފާފަތަކުގެ ނުބައިކަމާއެވެ! އެއުފުލާ ބުރަތަކުގެ ނުބައިކަމާއެވެ!
6:32وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٞ وَلَهۡوٞۖ وَلَلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ﴿32﴾وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٞ وَلَهۡوٞۖ وَلَلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ
Transliteration: Wama alhayatu alddunya illa laAAibun walahwun walalddaru alakhirati khayrun lillatheena yattaqoona afala taAAqiloona
Translation: އަދި ދުނިޔޭގެ މި حياة އަކީ ހަމަ ކުޅިވަރެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ ކުޅިވަރެއް ކުޅެލާފައި އަނބުރާ ކުޅިވަރު ނިމިގެން ގެޔަށް އަންނަކަހަލަ ކަމެކެވެ.) އަދި تقوى ވެރިވީ މީސްތަކުންނަށް ކަނޑައެޅިގެން آخرة ގެ ގޮވަތި ހެޔޮވެގެންވާކަންކަށަވަރެވެ. ކަލޭމެން ފަހެ ވިސްނާ فكر ކޮށް ބުއްދިކޮށް ނަހަދަމުހެއްޔެވެ؟
6:33قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّـٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ ﴿33﴾قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّـٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ
Transliteration: Qad naAAlamu innahu layahzunuka allathee yaqooloona fainnahum la yukaththiboonaka walakinna alththalimeena biayati Allahi yajhadoona
Translation: އަދި އެމީހުން އެދައްކާ ވާހަކަތަކުން ހަމަކަށަވަރުން ކަލޭގެފާނުން ހިތާމަފުޅުކުރައްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ ހަމަކަށަވަރުން އެމީހުން ކަލޭގެފާނު ދޮގުނުކުރެއެވެ. އަދި އެހެނެއްކަމަކު އަނިޔާވެރިން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރުކުރަނީއެވެ.
6:34وَلَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰٓ أَتَىٰهُمۡ نَصۡرُنَاۚ وَلَا مُبَدِّلَ لِكَلِمَٰتِ ٱللَّهِۚ وَلَقَدۡ جَآءَكَ مِن نَّبَإِيْ ٱلۡمُرۡسَلِينَ ﴿34﴾وَلَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰٓ أَتَىٰهُمۡ نَصۡرُنَاۚ وَلَا مُبَدِّلَ لِكَلِمَٰتِ ٱللَّهِۚ وَلَقَدۡ جَآءَكَ مِن نَّبَإِيْ ٱلۡمُرۡسَلِينَ
Transliteration: Walaqad kuththibat rusulun min qablika fasabaroo AAala ma kuththiboo waoothoo hatta atahum nasruna wala mubaddila likalimati Allahi walaqad jaaka min nabai almursaleena
Translation: އަދި (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި رسول ން ދޮގުކުރެވުނެވެ. (އެބަހީ: އެކިއެކި أمّة އަށް ފޮނުވުނު رسول ން އެ أمّة ތަކުގެމީހުން ދޮގުކުރިއެވެ.) އަދި އެބޭކަލުން އެބޭކަލުންގެމައްޗަށް އެދޮގުކުރެވުނުތަކެއްޗާއިމެދު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އަތުވެއްޖައުމަށްދާންދެން އެބޭކަލުންނަށް އުނދަގޫތައް ޖެހުނެވެ. އަދި ﷲ ގެ كلمة ފުޅުތައް ބަދަލުކުރާނެ މީހަކު ނުވެއެވެ. (އެބަހީ: رسول ބޭކަލުންނަށް އެންމެފަހުން نصر ދެއްވުމުގެ كلمة ފުޅު ބަދަލުނުވެއެވެ. ހަމައެފަދައިން މި أمّة ގައިވެސް އެންމެފަހުން نصر އޮންނާނީ رسول އާ އަށެވެ.) އަދި ހަމަކަށަވަރުން އިސްވެދިޔަ رسول ބޭކަލުންގެ خبر ތަކުގެތެރެއިން ބައެއް خبر ކަލޭގެފާނަށް އަތުވެއްޖެއެވެ.
6:35وَإِن كَانَ كَبُرَ عَلَيۡكَ إِعۡرَاضُهُمۡ فَإِنِ ٱسۡتَطَعۡتَ أَن تَبۡتَغِيَ نَفَقٗا فِي ٱلۡأَرۡضِ أَوۡ سُلَّمٗا فِي ٱلسَّمَآءِ فَتَأۡتِيَهُم بِـَٔايَةٖۚ وَلَوۡ شَآءَ ٱللَّهُ لَجَمَعَهُمۡ عَلَى ٱلۡهُدَىٰۚ فَلَا تَكُونَنَّ مِنَ ٱلۡجَٰهِلِينَ ﴿35﴾وَإِن كَانَ كَبُرَ عَلَيۡكَ إِعۡرَاضُهُمۡ فَإِنِ ٱسۡتَطَعۡتَ أَن تَبۡتَغِيَ نَفَقٗا فِي ٱلۡأَرۡضِ أَوۡ سُلَّمٗا فِي ٱلسَّمَآءِ فَتَأۡتِيَهُم بِـَٔايَةٖۚ وَلَوۡ شَآءَ ٱللَّهُ لَجَمَعَهُمۡ عَلَى ٱلۡهُدَىٰۚ فَلَا تَكُونَنَّ مِنَ ٱلۡجَٰهِلِينَ
Transliteration: Wain kana kabura AAalayka iAAraduhum faini istataAAta an tabtaghiya nafaqan fee alardi aw sullaman fee alssamai fatatiyahum biayatin walaw shaa Allahu lajamaAAahum AAala alhuda fala takoonanna mina aljahileena
Translation: (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނަށް އެކާފަރުން ފުރަގަސްދިނުމާއި ކަލޭގެފާނު ދޮގުކުރުން ބޮޑުކަމަކަށްވަންޏާ، ދެން ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ ކަލޭގެފާނު ބިމުގެތެރެއިން ބިންގަރާސް މަގަކުން ވަޑައިގެން ނުވަތަ ހަރުގަނޑެއް ނުވަތަ ސިޑިއެއްބަހައްޓަވައި އުޑަށްއަރާވަޑައިގެން (މިހާރު ހުރި دليل އާއި حجّة އަށްވުރެ އިތުރުމޮޅު دليل އަކާއިގެން ވަޑައިގެންނެވެންޏާ ވަޑައިގެންނެވިނަމަވެސް - އެފަދަ ކަމެއް ކަލޭގެފާނަކަށް ނުކުރެއްވޭނެއެވެ. - އަދި ނުވަތަ އެފަދަ دليل އެއް بُرْهان އެއް ކަލޭގެފާނު ގެންނެވިނަމަވެސް ﷲ ގެ أزل ގެ علم ފުޅުގައި އެމީހުން ކަލޭގެފާނު ތެދުކުރުން އިސްވެގޮސްފައިނުވާނަމަ އެމީހުން ކަލޭގެފާނަށް އީމާން ނުވާނެއެވެ.) އަދި ﷲ އެދިވޮޑިގެންނެވިނަމަ އެ އެންމެން ތެދުމަގުގެ މައްޗަށް އެކަލާނގެ ޖަމާކޮށްދެއްވައިފީހެވެ. އަދި ޖާހިލުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާށެވެ!
6:36إِنَّمَا يَسۡتَجِيبُ ٱلَّذِينَ يَسۡمَعُونَۘ وَٱلۡمَوۡتَىٰ يَبۡعَثُهُمُ ٱللَّهُ ثُمَّ إِلَيۡهِ يُرۡجَعُونَ ﴿36﴾۞إِنَّمَا يَسۡتَجِيبُ ٱلَّذِينَ يَسۡمَعُونَۘ وَٱلۡمَوۡتَىٰ يَبۡعَثُهُمُ ٱللَّهُ ثُمَّ إِلَيۡهِ يُرۡجَعُونَ
Transliteration: Innama yastajeebu allatheena yasmaAAoona waalmawta yabAAathuhumu Allahu thumma ilayhi yurjaAAoona
Translation: ކަލޭގެފާނުންގެ دعوة އަށް إجابة ދޭނެކަންކަށަވަރީ އަޑުއަހާމީހުންނެވެ. (އެބަހީ: مَنْفَعَ އެއް ކުރާނޭގޮތަށް ބަސްފުޅުއަހާމީހުންނެވެ. (ކާފަރުން އެއީ މަރުވެފައިވާ ބައެއްކަހަލަ ބައެކެވެ. ފައިދާއެއްކުރާފަދަ އެހުމެއް އެމީހުން ނުއަހާނެއެވެ.) އަދި މަރުވެފައިތިބިމީހުން ﷲ محشر އަށް ފޮނުއްވާހުއްޓެވެ. (ކާފަރުންވެސް އެފަދައެވެ.) ދެން އެމީހުން އެނބުރި رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
6:37وَقَالُواْ لَوۡلَا نُزِّلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةٗ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿37﴾وَقَالُواْ لَوۡلَا نُزِّلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةٗ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
Transliteration: Waqaloo lawla nuzzila AAalayhi ayatun min rabbihi qul inna Allaha qadirun AAala an yunazzila ayatan walakinna aktharahum la yaAAlamoona
Translation: އަދި ކާފަރުން ބުންޏެވެ. އެކަލޭގެފާނުންގެ رَبّ ގެ حضرة ން (އެކަލޭގެފާނުންގެ رسول ކަމުގެމައްޗަށް دليل ކުރާ) دليل އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން دليل އެއް حجّة އެއް ބާވައިލެއްވުމަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
6:38وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ وَلَا طَـٰٓئِرٖ يَطِيرُ بِجَنَاحَيۡهِ إِلَّآ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِي ٱلۡكِتَٰبِ مِن شَيۡءٖۚ ثُمَّ إِلَىٰ رَبِّهِمۡ يُحۡشَرُونَ ﴿38﴾وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ وَلَا طَـٰٓئِرٖ يَطِيرُ بِجَنَاحَيۡهِ إِلَّآ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِي ٱلۡكِتَٰبِ مِن شَيۡءٖۚ ثُمَّ إِلَىٰ رَبِّهِمۡ يُحۡشَرُونَ
Transliteration: Wama min dabbatin fee alardi wala tairin yateeru bijanahayhi illa omamun amthalukum ma farratna fee alkitabi min shayin thumma ila rabbihim yuhsharoona
Translation: އަދި ބިންމަތީގައި حركاة ތެރިވާ ކޮންމެ ދިރޭއެއްޗެއްވިޔަސް، އަދި އޭގެދެފިޔަގަނޑުން އުދުހޭ ކޮންމެ ދޫންޏެއްވިޔަސް ހަމަ ކަލޭމެންކަހަލަ أمّة ތަކެއް ކަމުގައި މެނުވީނުވެއެވެ. (إنسان ން أمّة އެކެވެ. جِنّ ން أمّة އެކެވެ. ހަތަރެސްފައިޖެހި ޖަނަވާރުގެވެސް أمّة أمّة އެވެ. ދޫނިސޫފާސޫފި أمّة އެކެވެ. ފަނިފަކުސައިގެ ވައްތަރުތައްވެސް أمّة ތަކެކެވެ. މިހުރިހާތަކެތީގެ ހާލުތައް ބައްލަވައި ރިޒުގުދެއްވާކަލަކަށް މެނުވީ އަޅުކަންއަދާކުރެވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެކަލާނގެ وحي ކުރައްވައެވެ.) ތިމަންރަސްކަލާނގެ ފަރުވާކުޑަކުރައްވައި ފޮތުގައި ނުހިމަނުއްވާ ހަމަ އެކައްޗެއްވެސް ނުވާނެއެވެ. އެބަހީ ހުރިހާތަކެތި ފޮތުގައި بيان ކުރެއްވީމެވެ. ހުރިހާތަކެތީގެ ހުރިހާ حال ތަކެއް لوح المحفوظ ގައި بيان ކުރެއްވީމެވެ. ދެން އެތަކެތި محشر ކުރެއްވުން يعني: قيامة ދުވަހުން އެއްކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.)
6:39وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا صُمّٞ وَبُكۡمٞ فِي ٱلظُّلُمَٰتِۗ مَن يَشَإِ ٱللَّهُ يُضۡلِلۡهُ وَمَن يَشَأۡ يَجۡعَلۡهُ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿39﴾وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا صُمّٞ وَبُكۡمٞ فِي ٱلظُّلُمَٰتِۗ مَن يَشَإِ ٱللَّهُ يُضۡلِلۡهُ وَمَن يَشَأۡ يَجۡعَلۡهُ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
Transliteration: Waallatheena kaththaboo biayatina summun wabukmun fee alththulumati man yashai Allahu yudlilhu waman yasha yajAAalhu AAala siratin mustaqeemin
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަކީ އަނދިރީގެތެރޭގައިވާ ބީރު އަދި މަންމަން ބައެކެވެ. (އެބަހީ އެމީހުންނަކީ حقّ ބަހެއްނުއިވޭ ބީރުބައެކެވެ. އަދި حقّ ބަހެއް ނުބުނެވޭ މަންމަން ބައެކެވެ. އެމީހުން އެވާނީ كافر ކަމުގެ އަނދިރީގައި حيران ވެފައެވެ.) ﷲ އެދިވޮޑިގެންނެވިއަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވިއަޅަކު ހަމަ ސީދާތެދުމަގުގައި އެކަލާނގެ ލައްވައެވެ. (އެއީ އެކަލާނގެ أَذَلُ ގެ علم ފުޅު ނިޔާކުރާފަދައެވެ.) والله أعلم.
6:40قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَٰدِقِينَ ﴿40﴾قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَٰدِقِينَ
Transliteration: Qul araaytakum in atakum AAathabu Allahi aw atatkumu alssaAAatu aghayra Allahi tadAAoona in kuntum sadiqeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު (މި مشرك ންނަށް) ވިދާޅުވެދެއްވާށެވެ! ކަލޭމެންނަށް ﷲ ގެ عذاب އަތުވެއްޖެއްޔާ ނުވަތަ ކަލޭމެންނަށް قيامة އަތުވެއްޖެއްޔާ قيامة قائم ވެއްޖެއްޔާ ކަލޭމެން ގޮވާ دعاء ކުރާނީ ﷲ ނޫން އެހެންފަރާތަކަށްހެއްޔެވެ؟ (އެހެން ފަރާތަކުން مدد އެއް އެހީއެއް ލިބޭނޭހެއްޔެވެ؟) ކަލޭމެންނަކީ ތެދުވެރިންކަމުގައި ވަންޏާ ކަލޭމެން ނިކަން ބުނެބަލާށެވެ!
6:41بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ ﴿41﴾بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ
Transliteration: Bal iyyahu tadAAoona fayakshifu ma tadAAoona ilayhi in shaa watansawna ma tushrikoona
Translation: އެހެންނަކުންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ގޮވާ دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއަށް ކަލޭމެންގޮވާ دعاء ކުރި ކަންތައް އެކަލާނގެ އެދިވޮޑިގެންފިޔާ އެކަލާނގެ كشف ކުރައްވާ ދުރުކުރައްވާ ފިއްލަވާނެއެވެ. އަދި (އެވަގުތު) ކަލޭމެން އެތަކެއްޗާއި الله އާއެކު شريك ކުރިތަކެތީގެމަތީން، ބުދުތަކުގެމަތިން ކަލޭމެން ހަނދާންނައްތާލައެވެ. ހަނދާންނެތެއެވެ.
6:42وَلَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَأَخَذۡنَٰهُم بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَتَضَرَّعُونَ ﴿42﴾وَلَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَأَخَذۡنَٰهُم بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَتَضَرَّعُونَ
Transliteration: Walaqad arsalna ila omamin min qablika faakhathnahum bialbasai waalddarrai laAAallahum yatadarraAAoona
Translation: އަދި ހަމަވަކަށަވަރުން ކަލޭގެފާނުންގެކުރީގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ދެންފަހެ (އެމީހުން އެބަހީ އެ أمّة ތަކުގެ މީހުން رسول ން ދޮގުކުރިހިނދުން) އެމީހުން فقير ކަމާއި ބަލިމަޑުކަމުގެގޮތްތައް ދިމާކުރައްވައި އެމީހުން إمتحان ކުރެއްވީމެވެ. (އަދި އެމީހުން إيمان ވެ ކިޔަމަންނުވުމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ.) އެއީ އެމީހުން ބިރުވެތިވެ إخلاص ތެރިވޭތޯއެވެ.
6:43فَلَوۡلَآ إِذۡ جَآءَهُم بَأۡسُنَا تَضَرَّعُواْ وَلَٰكِن قَسَتۡ قُلُوبُهُمۡ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ مَا كَانُواْ يَعۡمَلُونَ ﴿43﴾فَلَوۡلَآ إِذۡ جَآءَهُم بَأۡسُنَا تَضَرَّعُواْ وَلَٰكِن قَسَتۡ قُلُوبُهُمۡ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ مَا كَانُواْ يَعۡمَلُونَ
Transliteration: Falawla ith jaahum basuna tadarraAAoo walakin qasat quloobuhum wazayyana lahumu alshshaytanu ma kanoo yaAAmaloona
Translation: ފަހެ އެމީހުންނަށް ތިމަންރަސްކަލާނގެ إمتحان އައިހިނދުން އެމީހުން ބިރުވެތިވެ ކިޔަމަންތެރިވެ إخلاض ތެރިވީނަމައެވެ. (އެހެނެއްނުވިއެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުން ހިއްތައް ހަރުކަށިވެ ގަދަވީއެވެ. އަދި އެމީހުން ކުރާކަމުގައިވި (ނުބައި) ކަންތައްތައް شيطان އާ އެމީހުން ޒީނެއްތެރިކޮށް ދިނީއެވެ.
6:44فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ ﴿44﴾فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ
Transliteration: Falamma nasoo ma thukkiroo bihi fatahna AAalayhim abwaba kulli shayin hatta itha farihoo bima ootoo akhathnahum baghtatan faitha hum mublisoona
Translation: ފަހެ ތިމަންރަސްކަލާނގެ އެމީހުންނަށް أمر ކުރެއްވި ކަންތައް އެމީހުން ނުކޮށް ދޫކޮށްލިހިނދުން ތިމަންރަސްކަލާނގެ އެމީހުންމައްޗައް ހުރިހާ نعمة ގެ ދޮރުތައް ހުޅުވައިލީމެވެ. (ހުރިހާ ބާވަތެއް نعمة އެއްދެއްވީމެވެ. ތިޔާގިކަމާއި ތަނަވަސްކަމާ ބަލިން ފަސޭހަވުމާއި މިހުރިހާކަމެއް ދެއްވީމެވެ.) އެއީ އެމީހުން އެކަމުގައި އުފާކޮށް މަޖާކޮށްފުމަށްދާންދެއެވެ. ދެން ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. އެހައިރުން އެމީހުންވީ ހިތާމަކޮށް ބަރުބާދުވެގެންދިޔަބައަކު ކަމުގައެވެ.
6:45فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿45﴾فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
Transliteration: FaqutiAAa dabiru alqawmi allatheena thalamoo waalhamdu lillahi rabbi alAAalameena
Translation: ފަހެ އަނިޔާވެރިވެގެންވީމީހުންގެ ބުރިކަށިތައް ކެނޑެވި ހަލާކުވެދިޔައީއެވެ. އަދި އެންމެހައި ثناء އާއި تعريف އެއްހުރީ ﷲ އަށެވެ. އެއީ عالم ތަކުގެވެރި رَبّ އެވެ.
6:46قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ ثُمَّ هُمۡ يَصۡدِفُونَ ﴿46﴾قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ ثُمَّ هُمۡ يَصۡدِفُونَ
Transliteration: Qul araaytum in akhatha Allahu samAAakum waabsarakum wakhatama AAala quloobikum man ilahun ghayru Allahi yateekum bihi onthur kayfa nusarrifu alayati thumma hum yasdifoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ އިވުންތަކާއި ފެނުންތައް ﷲ ގެންދަވައިފިއްޔާ އަދި ކަލޭމެންގެ ހިތްތަކުގައި އެކަލާނގެ ސިއްކަޖައްސަވައި ބަންދުކުރައްވައިފިއްޔާ ދެން އެތަކެތި ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ (އެފަދަ ކަމެއް ކުރެވޭނެ އެކަލާނގެނޫން އެހެން إله އަކު ނުވެއެވެ.) آية ތަކާއި حجّة ތައް ތިމަންރަސްކަލާނގެ ބަދަލުކުރައްވާ އަނބުރުއްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ! ދެންވެސް އެމީހުން (قبول ނުކޮށް) އެނބުރި ފުރަގަސްދެނީއެވެ.
6:47قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّـٰلِمُونَ ﴿47﴾قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّـٰلِمُونَ
Transliteration: Qul araaytakum in atakum AAathabu Allahi baghtatan aw jahratan hal yuhlaku illa alqawmu alththalimoona
Translation: (އޭ رسول ﷲ އެވެ!) ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!) ކަލޭމެންނަށް ﷲ ގެ عذاب ހަމަކުއްލިއަކަށް ނުވަތަ ކަލޭމެން ބަލަބަލާތިއްބާ ހަމަފައުޅުގައި އަތުވެއްޖެއްޔާވެސް އަނިޔާވެރިންމެނުވީ، އެބަހީ مشرك ން މެނުވީ ހަލާކުވާނޭހެއްޔެވެ؟
6:48وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴿48﴾وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
Transliteration: Wama nursilu almursaleena illa mubashshireena wamunthireena faman amana waaslaha fala khawfun AAalayhim wala hum yahzanoona
Translation: އަދި އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ބިރުވެރިކަމުގެ خبر ދެއްވުމަށްމެނުވީ ތިމަންރަސްކަލާނގެ (އެއްވެސް أمّة އަކަށް) رسول ބޭކަލުން ނުފޮނުއްވަމެވެ. ދެން އެބޭކަލުންނަށް إيمان ވެ، އެބޭކަލުން ތެދުކޮށް إصلاح ކޮށް އެބަހީ: ހެޔޮ عمل ކޮށް ހެދިމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި އެމީހުންނީ ހިތާމަކުރާނެބަޔަކުކަމުގައި ނުވެއެވެ.
6:49وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا يَمَسُّهُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ ﴿49﴾وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا يَمَسُّهُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ
Transliteration: Waallatheena kaththaboo biayatina yamassuhumu alAAathabu bima kanoo yafsuqoona
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުންނަށް (ތިމަންރަސްކަލާނގެ) ކޯފާއާއި عذاب ލިބޭހުއްޓެވެ. އެއީ އެމީހުން فاسق ކުރާކަމުގެ ސަބަބުންނެވެ. އެބަހީ އެމީހުން ދޮގުކުރާކަމުގެ ސަބަބުންނެވެ.
6:50قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ ﴿50﴾قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ
Transliteration: Qul la aqoolu lakum AAindee khazainu Allahi wala aAAlamu alghayba wala aqoolu lakum innee malakun in attabiAAu illa ma yooha ilayya qul hal yastawee alaAAma waalbaseeru afala tatafakkaroona
Translation: ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ އަތުގައި ﷲ ގެ خزانة ތައްވެއެކޭ އަހުރެން ކަލޭމެނަކަށް ނުބުނާނަމެވެ. އަދި އަހުރެންނަށް غيب ގެ علم އެނގެއެކޭވެސް އަހުރެން ކަލޭމެންނަކަށް ނުބުނަމެވެ. އަދި އަހުރެންނަކީ މަލާއިކަތެކޭވެސް އަހުރެން ކަލޭމެނަކަށް ނުބުނަމެވެ. އަދި އަހުރެންނަށް އިއްވޭ وحي ގައިވާ އެއްޗަކަށް މެނުވީ އަހުރެން تبع ވާކަމުގައި ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ލޮލަށް ނުފެންނަ މީހާއާއި އަދި ލޮލަށްފެންނަމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ (އެބަހީ: ލޮލަށް ފެންނަތަކެތީން އެއްވެސް عبرة އެއް حاصل ނުކުރާ ކާފަރުމީހާއާއި عبرة حاصل ކޮށް އީމާންވެގެންވާ مؤمن މީހާޔާއި ދެމީހުން) އެއްވަރުވާނޭހެއްޔެވެ؟ މިދެމީހުންގެ حال އެއްވަރުނުވާނެކަން ކަށަވަރެވެ. ކަލޭމެން ފަހެ އެއްޗެއް ވިސްނާ فكر ކޮށް ނަހަދަނީ ކީއްވެގެންބާވައެވެ؟
6:51وَأَنذِرۡ بِهِ ٱلَّذِينَ يَخَافُونَ أَن يُحۡشَرُوٓاْ إِلَىٰ رَبِّهِمۡ لَيۡسَ لَهُم مِّن دُونِهِۦ وَلِيّٞ وَلَا شَفِيعٞ لَّعَلَّهُمۡ يَتَّقُونَ ﴿51﴾وَأَنذِرۡ بِهِ ٱلَّذِينَ يَخَافُونَ أَن يُحۡشَرُوٓاْ إِلَىٰ رَبِّهِمۡ لَيۡسَ لَهُم مِّن دُونِهِۦ وَلِيّٞ وَلَا شَفِيعٞ لَّعَلَّهُمۡ يَتَّقُونَ
Transliteration: Waanthir bihi allatheena yakhafoona an yuhsharoo ila rabbihim laysa lahum min doonihi waliyyun wala shafeeAAun laAAallahum yattaqoona
Translation: (އޭ رسول ﷲ އެވެ!) އަދި ތިމާމެން ތިމާމެންގެ ربّ ގެ حضرة އަށް محشر ކުރެވޭނެކަމާއިމެދު يعني: އެއްކުރެވޭނެކަމާއިމެދު ބިރުވެތިވާ އަޅުންނަށް ކަލޭގެފާނު އެ قرآن ން إنذار ކުރައްވާ ބިރުވެތިކުރުވާށެވެ! އެމީހުންނަށް އޭރުން ތިމާމެންނަށް އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިއަކުވިޔަސް ނުވާކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ. އެފަދަމީހުންނަށް އެމީހުން ބިރުވެތިވެ تقوى ވެރިވޭތޯ إنذار ކުރައްވާށެވެ!
6:52وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَيۡءٖ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَيۡءٖ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّـٰلِمِينَ ﴿52﴾وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَيۡءٖ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَيۡءٖ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّـٰلِمِينَ
Transliteration: Wala tatrudi allatheena yadAAoona rabbahum bialghadati waalAAashiyyi yureedoona wajhahu ma AAalayka min hisabihim min shayin wama min hisabika AAalayhim min shayin fatatrudahum fatakoona mina alththalimeena
Translation: އަދި އެބައިމީހުން އެމީހުންގެ رَبّ ގެ وجه ފުޅު އެދިގެން - އެކަލާނގެ ރުހިވޮޑިގަތުން އެދިގެން - ހެނދުނާއި ހަވީރު އެމީހުންގެ رَبّ އަށް دعاء ކޮށް (فرض ފަސްނަމާދުކޮށް) ހަދާމީހުން ކަލޭގެފާނު ދުރުކުރައްވާ ފައްސަވާ ނުލައްވާށެވެ! (އެހެނީ) އެމީހުންގެ ހިސާބުގެތެރެއިން އެއްވެސް އެއްޗެއް ކަލޭގެފާނުންގެ މައްޗަކަށް ނުވެއެވެ. (އެމީހުންގެ ހިސާބާއި ކަލޭގެފާނު ذِمّة ވާކަށް ނުޖެހޭނެއެވެ.) އަދި ކަލޭގެފާނުންގެ ހިސާބުގެ އެއްވެސް އެއްޗެއް އެމީހުންގެމައްޗަކަށް ނުވެއެވެ. (އެހެން އެކަންއޮތްއިރު) ދެން ކަލޭގެފާނު އެމީހުން ފައްސާލައްވާ ދުރުކުރައްވައިފިއްޔާ ފަހެ ކަލޭގެފާނު އޭރުންވެވަޑައިގަންނަވާނީއަނިޔާވެރިންގެ ތެރެއިންނެވެ. • ދަންނައެވެ! ابن مسعود ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއް أبو جعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. نبيُّ ﷲ ﷺ ގެ އަރިހަށް قريش ންގެ ބޮޑެތި ބަޔަކު ވަޑައިގެންނެވިއެވެ. އެއީ ކާފަރު ބައެކެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި مسلم ންގެ މާތްބަޔަކު އެކަމަކު ނިކަމެތިވެ ދެރަ ضعيف ބަޔަކުވެއެވެ. އެއީ صَهَيبُ އާއި عَمَّار އާއި بِلاَل އާއި خَبَّابُ އާއި އަދިވެސް މިފަދަ އެހެންމީހުންނެވެ. ދެންފަހެ قريش ންގެ ބޮޑެތި ކާފަރުން رسول ﷲ ﷺ އަށް ދެންނެވީ ކަލޭގެފާނު ތިޔަ ރުހިވަޑައިގަންނަވަނީ މިމީސްމީހުންނަށްތޯއެވެ؟ އަހުރެމެން ފިޔަވައި ﷲ އެބައެއްގެމައްޗަށް ދަރުމަވަންތަވެރިވެވޮޑިގެންނެވިބަޔަކީ މިއީތޯއެވެ؟ އަހުރެމެން މިމީހުންނާއި تبع ވެގެން އުޅެންވީތޯއެވެ؟ އެމީހުން އުޅޭގޮތަށް އުޅެންވީތޯއެވެ؟ ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސަވައިލައްވާށެވެ! ކަލޭގެފާނުންގެ އަރިހުން ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސައިލައްވަވައިއިފިއްޔާ އަހުރެމެން ކަލޭގެފާނާ تبع ވެވުން أمّيد ކުރެވެއެވެ. މިއެވެ. އެ وَاقعة އާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވުނުކަމުގައިވެއެވެ. މިމާނާއިގައިވާ ވަރަށްގިނަ ރިވާޔަތް އައިސްފައިވެއެވެ.
6:53وَكَذَٰلِكَ فَتَنَّا بَعۡضَهُم بِبَعۡضٖ لِّيَقُولُوٓاْ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيۡهِم مِّنۢ بَيۡنِنَآۗ أَلَيۡسَ ٱللَّهُ بِأَعۡلَمَ بِٱلشَّـٰكِرِينَ ﴿53﴾وَكَذَٰلِكَ فَتَنَّا بَعۡضَهُم بِبَعۡضٖ لِّيَقُولُوٓاْ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيۡهِم مِّنۢ بَيۡنِنَآۗ أَلَيۡسَ ٱللَّهُ بِأَعۡلَمَ بِٱلشَّـٰكِرِينَ
Transliteration: Wakathalika fatanna baAAdahum bibaAAdin liyaqooloo ahaolai manna Allahu AAalayhim min baynina alaysa Allahu biaAAlama bialshshakireena
Translation: އަދި ތިމަންރަސްކަލާނގެ އޭގެ އެއްބައެއްފަރާތުން އަނެއްބަޔަކު إمتحان ކުރައްވާ ޗެކްކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން ބުނުމަށެވެ. "އަހުރެމެންގެމައްޗަށް ﷲ ދަރުމަވަންތަވެވޮޑިގެންނެވިބަޔަކީ މިމީހުން ހެއްޔެވެ؟ (މިނިކަމެތި ދެރަމީހުންހެއްޔެވެ؟) މީގެ جواب ގައި ﷲ އެއަންގަވަނީ: شكر ކުރާމީހުން މޮޅަށް ދެނެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ އެބަހީ ދެނެވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
6:54وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَٰتِنَا فَقُلۡ سَلَٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَ أَنَّهُۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَٰلَةٖ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورٞ رَّحِيمٞ ﴿54﴾وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَٰتِنَا فَقُلۡ سَلَٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَ أَنَّهُۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَٰلَةٖ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورٞ رَّحِيمٞ
Transliteration: Waitha jaaka allatheena yuminoona biayatina faqul salamun AAalaykum kataba rabbukum AAala nafsihi alrrahmata annahu man AAamila minkum sooan bijahalatin thumma taba min baAAdihi waaslaha faannahu ghafoorun raheemun
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާމީހުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ފަހެ ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. ކަލޭމެންގެ رَبّ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة فرض ކުރައްވާ ލިއުއްވާފައިވެއެވެ. ހަމަކަށަވަރުން ކަލޭމެންކުރެ މީހަކު ނޭނގިގެން އޮޅުމެއްގެތެރޭގައި ނުބައިކަމެއްކުރެވުނަސް ދެން އެމީހަކު އޭގެފަހުން توبة ވެ صالح عمل ކޮށްފި ކޮންމެ މީހަކަށް (އެކަލާނގެ ފުއްސަވައެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
6:55وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلِتَسۡتَبِينَ سَبِيلُ ٱلۡمُجۡرِمِينَ ﴿55﴾وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلِتَسۡتَبِينَ سَبِيلُ ٱلۡمُجۡرِمِينَ
Transliteration: Wakathalika nufassilu alayati walitastabeena sabeelu almujrimeena
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. (އެއީ މި سورة ގެ މިހާތަނަށްވެސް مشرك ންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތައް بيان ކޮށްދެއްވި ފަދައިންނެވެ.) އަދި ކަލޭގެފާނުން مُجْرِمُ ންގެމަގު بيان ކޮށްދެއްވުމަށެވެ. (އެމީހުންގެ ކަންތައް ހުންނަގޮތާއި أصول ތައް ހުންނަގޮތް މީސްތަކުންނަށްވެސް އެންގެވުމަށެވެ.)
6:56قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِۚ قُل لَّآ أَتَّبِعُ أَهۡوَآءَكُمۡ قَدۡ ضَلَلۡتُ إِذٗا وَمَآ أَنَا۠ مِنَ ٱلۡمُهۡتَدِينَ ﴿56﴾قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِۚ قُل لَّآ أَتَّبِعُ أَهۡوَآءَكُمۡ قَدۡ ضَلَلۡتُ إِذٗا وَمَآ أَنَا۠ مِنَ ٱلۡمُهۡتَدِينَ
Transliteration: Qul innee nuheetu an aAAbuda allatheena tadAAoona min dooni Allahi qul la attabiAAu ahwaakum qad dalaltu ithan wama ana mina almuhtadeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ مشركُ ންނޭވެ!) ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން އަހުރެންނަށް ނަހީވެވިގެންވެއެވެ. (އެބަހީ: ﷲ ވަނީ އެކަން އަހުރެންނަށް ނަހީކުރައްވާ މަނާކުރައްވާފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ هوى نفس އާއި - ކަލޭމެންގެ އަމިއްލައެދުމާއި އަހުރެން تبع ނުވާހުށީމެވެ. އެހެންކަމަށްވެއްޖެއްޔާ އެބަހީ ކަލޭމެން އެދޭގޮތަށް އަހުރެން تبع ވެއްޖެއްޔާ ހަމަކަށަވަރުން އަހުރެން މަގުފުރެދުނީއެވެ. އަދި ތެދުމަގު ލިބިގެންވާމީހުންގެތެރެއިން އަހުރެން ނުވާނެއެވެ.
6:57قُلۡ إِنِّي عَلَىٰ بَيِّنَةٖ مِّن رَّبِّي وَكَذَّبۡتُم بِهِۦۚ مَا عِندِي مَا تَسۡتَعۡجِلُونَ بِهِۦٓۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ يَقُصُّ ٱلۡحَقَّۖ وَهُوَ خَيۡرُ ٱلۡفَٰصِلِينَ ﴿57﴾قُلۡ إِنِّي عَلَىٰ بَيِّنَةٖ مِّن رَّبِّي وَكَذَّبۡتُم بِهِۦۚ مَا عِندِي مَا تَسۡتَعۡجِلُونَ بِهِۦٓۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ يَقُصُّ ٱلۡحَقَّۖ وَهُوَ خَيۡرُ ٱلۡفَٰصِلِينَ
Transliteration: Qul innee AAala bayyinatin min rabbee wakaththabtum bihi ma AAindee ma tastaAAjiloona bihi ini alhukmu illa lillahi yaqussu alhaqqa wahuwa khayru alfasileena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ންވާ بيان އެއްގެމަތީގައެވެ. (އެކަލާނގެ އެއްކައުވަންތަކަމާއި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރަންވާނެކަމުގެ حجّة އާއި دليل ގެމަތީގައެވެ.) އަދި ކަލޭމެން އެކަލާނގެ ދޮގުކުރީއެވެ. އަދި ކަލޭމެން އެއެއްޗެއް އަވަސްވުމަށް އެދޭ އެތި ތިމަންކަލޭގެފާނުގެ އަރިހުގައި ނުވެއެވެ. (އެއީ ކަލޭމެންނަށް عذاب އައުމެވެ. އަދި އެ عذاب ގެނައުމަކީވެސް ތިމަންކަލޭގެފާނަށް ކުޅަދާނަކަމެއްނޫނެވެ.) އަދި ތިމަންކަލޭގެފާނާއި ކަލޭމެނާއި ދެމެދު حكم ކުރެއްވުން ހަމަ ﷲ އަށް މެނުވީ ނުވެއެވެ. އެކަލާނގެ حقّ ބަސް ބަޔާންކޮށްދެއްވައި حقّ ނިޔާކޮށްދެއްވާނެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.
6:58قُل لَّوۡ أَنَّ عِندِي مَا تَسۡتَعۡجِلُونَ بِهِۦ لَقُضِيَ ٱلۡأَمۡرُ بَيۡنِي وَبَيۡنَكُمۡۗ وَٱللَّهُ أَعۡلَمُ بِٱلظَّـٰلِمِينَ ﴿58﴾قُل لَّوۡ أَنَّ عِندِي مَا تَسۡتَعۡجِلُونَ بِهِۦ لَقُضِيَ ٱلۡأَمۡرُ بَيۡنِي وَبَيۡنَكُمۡۗ وَٱللَّهُ أَعۡلَمُ بِٱلظَّـٰلِمِينَ
Transliteration: Qul law anna AAindee ma tastaAAjiloona bihi laqudiya alamru baynee wabaynakum waAllahu aAAlamu bialththalimeena
Translation: ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗެއް އަވަސްވުމަށް ކަލޭމެން ތިޔައެދޭއެތި ތިމަންކަލޭގެފާނުންގެ އަރިހުގައިވާނަމަ ތިމަންކަލޭގެފާނާއި ކަލޭމެންނާއިދެމެދު ކަންވެ ނިމިއްޖައީހެވެ. (އަދި ކަމުގެ މުގޫވަނީ ﷲ އަށެވެ. އެ عذاب ފޮނުއްވާނޭ وقت އެއް އަދި އޭގެ މިންވަރެއް ދެނެވޮޑިގަންނަވަނީ ހަމަ އެކަލާނގެއެވެ.) އަދި އަނިޔާވެރިންނާމެދު (ކަންތައްކުރައްވާނެގޮތެއް) ދެނެވޮޑިގަތުން ބޮޑީ ހަމަ ﷲ އެވެ.
6:59وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ ﴿59﴾۞وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ
Transliteration: WaAAindahu mafatihu alghaybi la yaAAlamuha illa huwa wayaAAlamu ma fee albarri waalbahri wama tasqutu min waraqatin illa yaAAlamuha wala habbatin fee thulumati alardi wala ratbin wala yabisin illa fee kitabin mubeenin
Translation: އަދި غيب ގެ ތަޅުދަނޑިތައްވަނީ ހަމަ ﷲ ގެ حضرة ގައެވެ. އެތަކެތި ހަމަ އެކަލާނގެއަށްމެނުވީ ނޭނގެއެވެ. (ابن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ އެއީ މައިގަނޑު ފަސްއެއްޗެކެވެ. لقمان ސޫރަތް ނިމޭތާ بيان ވެގެން އެވަނީ އެފަސްކަމެވެ. އެއީ (1) قيامة ވާނެވަގުތެއް އެނގުން. (2) ވާރޭވެހުމާއި ބެހޭ ކަންތައްތައް އެނގުން. (3) މައިމީހާގެ رَحِمُ ގައިވާ ސިއްރުތައް އެނގުން. (4) މާދަމާ ކުރާނެކަމެއްވެސް އެނގުން. (5) މަރުވާނީ ކޮންރަށަކުކަން ކޮން ބިމަކުކަން އެނގުން. މި ފަސްކަމެވެ. والله أعلم) ފަހެ މިކަންކަން އެކަލާނގެ ނޫން ހަމައެކަކަށްވެސް ނޭނގެއެވެ. އަދި އެއްގަމާއި ކަނޑުގައިވާހާކަމެއްވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ގަހަކުން ވެއްޓޭ ފަތެއްވިޔަސް އެ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވާ މެނުވީ ނުވެއެވެ. އަދި ބިމުގެ އަނދިރި ތަންތާނގެ އަނދިރީގައިވާ އޮށްޓަރެއްވިޔަސް އަދި ތެތް ރޯ އަދި ތާޒާއެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ހިކިފައިވާ އެއްޗެއްކަމުގައިވިޔަސް އެ އެއްޗެއް بيان ވެގެންވާ ފޮތެއްގައި ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ لوح المحفوظ އެވެ. (އެބަހީ އެއްގަމާއި ކަނޑުގެ އަދި އުޑުތަކާއި ބިމުގެ އަދި އެދެމެދުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.)
6:60وَهُوَ ٱلَّذِي يَتَوَفَّىٰكُم بِٱلَّيۡلِ وَيَعۡلَمُ مَا جَرَحۡتُم بِٱلنَّهَارِ ثُمَّ يَبۡعَثُكُمۡ فِيهِ لِيُقۡضَىٰٓ أَجَلٞ مُّسَمّٗىۖ ثُمَّ إِلَيۡهِ مَرۡجِعُكُمۡ ثُمَّ يُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ﴿60﴾وَهُوَ ٱلَّذِي يَتَوَفَّىٰكُم بِٱلَّيۡلِ وَيَعۡلَمُ مَا جَرَحۡتُم بِٱلنَّهَارِ ثُمَّ يَبۡعَثُكُمۡ فِيهِ لِيُقۡضَىٰٓ أَجَلٞ مُّسَمّٗىۖ ثُمَّ إِلَيۡهِ مَرۡجِعُكُمۡ ثُمَّ يُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
Transliteration: Wahuwa allathee yatawaffakum biallayli wayaAAlamu ma jarahtum bialnnahari thumma yabAAathukum feehi liyuqda ajalun musamman thumma ilayhi marjiAAukum thumma yunabbiokum bima kuntum taAAmaloona
Translation: އަދި ރޭގަނޑުގެ ވަގުތުތަކުގައި (އެބަހީ ނިދާއިރު) ކަލޭމެންގެ ފުރާނަތައް ހިފަހައްޓަވަނީ ހަމަ އެކަލާނގެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ކަލޭމެން ކަލޭމެންގެ ގުނަވަންތަކުން ކުރާ ކަންތައްތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެން އަލުންވެސް (އެބަހީ: ރޭގަނޑު ފުރާނަތައް ހިފެހެއްޓެވުމަށްފަހު / ހިއްޕެވުމަށްފަހު) ދެން އަލުންވެސް ދުވާލު އެކަލާނގެ ކަލޭމެންގެ ފުރާނަތައް ފޮނުއްވައެވެ. އެއީ ކަނޑައެޅިގެންވާ مُدّة އަކާއި ހަމައަށް ކަލޭމެން މަސައްކަތްކޮށް އުޅުމަށެވެ. (އެއީ ދުނިޔޭގެ حياة ވޭތިކޮށް މަރުވާންދެންނެވެ. ދެން އަލުންވެސް ކަލޭމެން (قيامة ދުވަހުން) رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ދެން އެކަލާނގެ ކަލޭމެން ދުނިޔޭގައިތިބެގެން ކުރާކަމުގައި ވީކަންތަކުގެ خبر ދެއްވާނެއެވެ.
6:61وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ ﴿61﴾وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ
Transliteration: Wahuwa alqahiru fawqa AAibadihi wayursilu AAalaykum hafathatan hatta itha jaa ahadakumu almawtu tawaffathu rusuluna wahum la yufarritoona
Translation: އަދި އެކަލާނގެއީ (ހުރިހާތަކެތި ނިކަމެތިކުރައްވާ ބަލިކުރައްވާ) އަޅުތަކުންގެ މައްޗަށް ގަދަފަދަވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެންނާއި ކަލޭމެންގެ عمل ތައްވެސް ރައްކާތެރިކޮށް ބެލެހެއްޓެވުމަށް އެކަލާނގެ ކަލޭމެންގެމައްޗަށް حَفَظَة ން ފޮނުއްވައެވެ. އެއީ ރައްކާތެރިކަމާއިއެކު ކަލޭމެން ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނެވެ. ކަލޭމެންކުރެ މީހަކަށް މަރުއަތުވެއްޖައުމަށްދާންދެނެވެ. ދެން ތިމަންރަސްކަލާގެ ފޮނުއްވި މަލާއިކަތްބޭކަލުން އޭނާ މަރުހިއްޕަވައެވެ. (އެއީ مَلَكُ الْمَوْتُ ގެ أعوانُ ންނެވެ. / އެހީތެރިންނެވެ.) އަދި އެބޭކަލުން އެއިން ފުރާނައެއް ގެއްލެނި ނުކުރައްވާހުއްޓެވެ.
6:62ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَٰسِبِينَ ﴿62﴾ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَٰسِبِينَ
Transliteration: Thumma ruddoo ila Allahi mawlahumu alhaqqi ala lahu alhukmu wahuwa asraAAu alhasibeena
Translation: ދެން އެމީހުންގެ حقّ ވަންތަ ސަހަރޯވެރިއަކުކަމުގައިވާ ﷲ ގެ حضرة އަށް އެފުރާނަތައް ރައްދުކުރެވޭނެއެވެ. ދަންނާށެވެ! އެންމެހައި حكم އަކާއި ނިޔާއެއް މިލްކުވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ އެންމެ އަވަސްކޮށް ހިސާބުބައްލަވާ ކަލާނގެއެވެ.
6:63قُلۡ مَن يُنَجِّيكُم مِّن ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ تَدۡعُونَهُۥ تَضَرُّعٗا وَخُفۡيَةٗ لَّئِنۡ أَنجَىٰنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴿63﴾قُلۡ مَن يُنَجِّيكُم مِّن ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ تَدۡعُونَهُۥ تَضَرُّعٗا وَخُفۡيَةٗ لَّئِنۡ أَنجَىٰنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ
Transliteration: Qul man yunajjeekum min thulumati albarri waalbahri tadAAoonahu tadarruAAan wakhufyatan lain anjana min hathihi lanakoonanna mina alshshakireena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި ކަނޑުގެ އަނދިރިތަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ (އެފަދަ حال ގައި) ކަލޭމެން ދެރަވެގެންވާ حال ގައިވެސް އަދި ސިއްރުންވެސް ކަލޭމެން دعاء ކުރާނީ ހަމަ އެކަލާނގެއަށެވެ. (އަދި ކަލޭމެން ދަންނަވާނެއެވެ.) އިބަރަސްކަލާނގެ އަޅަމެން މިއަނދިރިކަމުން ސަލާމަތްކޮށްދެއްވައިފިއްޔާ ހަމަކަށަވަރުން شكر ކުރާމީހުންގެ ތެރެއިން އަޅަމެންވާހުށީމެވެ.
6:64قُلِ ٱللَّهُ يُنَجِّيكُم مِّنۡهَا وَمِن كُلِّ كَرۡبٖ ثُمَّ أَنتُمۡ تُشۡرِكُونَ ﴿64﴾قُلِ ٱللَّهُ يُنَجِّيكُم مِّنۡهَا وَمِن كُلِّ كَرۡبٖ ثُمَّ أَنتُمۡ تُشۡرِكُونَ
Transliteration: Quli Allahu yunajjeekum minha wamin kulli karbin thumma antum tushrikoona
Translation: ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަމުންނާއި އަދި ކޮންމެ މޮޅިޔަކާއި ހިތާމައަކުން ސަލާމަތްކޮށްދެއްވާނީ ހަމަ ﷲ އެވެ. ދެން އަލުންވެސް ކަލޭމެން شرك ކުރަނީއެވެ.
6:65قُلۡ هُوَ ٱلۡقَادِرُ عَلَىٰٓ أَن يَبۡعَثَ عَلَيۡكُمۡ عَذَابٗا مِّن فَوۡقِكُمۡ أَوۡ مِن تَحۡتِ أَرۡجُلِكُمۡ أَوۡ يَلۡبِسَكُمۡ شِيَعٗا وَيُذِيقَ بَعۡضَكُم بَأۡسَ بَعۡضٍۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ لَعَلَّهُمۡ يَفۡقَهُونَ ﴿65﴾قُلۡ هُوَ ٱلۡقَادِرُ عَلَىٰٓ أَن يَبۡعَثَ عَلَيۡكُمۡ عَذَابٗا مِّن فَوۡقِكُمۡ أَوۡ مِن تَحۡتِ أَرۡجُلِكُمۡ أَوۡ يَلۡبِسَكُمۡ شِيَعٗا وَيُذِيقَ بَعۡضَكُم بَأۡسَ بَعۡضٍۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ لَعَلَّهُمۡ يَفۡقَهُونَ
Transliteration: Qul huwa alqadiru AAala an yabAAatha AAalaykum AAathaban min fawqikum aw min tahti arjulikum aw yalbisakum shiyaAAan wayutheeqa baAAdakum basa baAAdin onthur kayfa nusarrifu alayati laAAallahum yafqahoona
Translation: ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެމަތިން ނުވަތަ ކަލޭމެންގެ ފައިތަކުގެދަށުން ކަލޭމެންގެމައްޗަށް عذاب އެއް ފޮނުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. ނުވަތަ ކަލޭމެން ތަފާތު ބައިބަޔަށްލައްވައި ތަފާތު راى ތަކާއި އެދުންތަކެއްގެ ވެރިބަޔަކުކަމުގައި ލެއްވުމަށްވެސް އަދި ކަލޭމެންކުރެ އެއްބައެއްގެ ބާރުގެ ރަހަ އަނިޔާވެރިކަމުގެ عذابގެ ރަހަ ދެއްކެވުމަށްވެސް ހަމަ ކުޅަދުންވަންތަވެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. (އޭ رسول ﷲ އެވެ!) އެމީހުން ވިސްނާ فكر ކުރޭތޯ ތިމަންރަސްކަލާނގެ އެކިއެކި ތަފާތު دليل ތަކާއި حجّة ތައް ގެންނަވާ ބަދަލުކުރައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ!
6:66وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٖ ﴿66﴾وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٖ
Transliteration: Wakaththaba bihi qawmuka wahuwa alhaqqu qul lastu AAalaykum biwakeelin
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ قوم ގެމީހުން މި قرآن ދޮގުކުރީއެވެ. އަދި އެއީ ހަމަ ކަނޑައެޅިގެން حقّ އެވެ. (އަދި) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެ މައްޗަށްވާ وكيل އަކުކަމުގައި ތިމަންކަލޭގެފާނު ނުވެއެވެ.
6:67لِّكُلِّ نَبَإٖ مُّسۡتَقَرّٞۚ وَسَوۡفَ تَعۡلَمُونَ ﴿67﴾لِّكُلِّ نَبَإٖ مُّسۡتَقَرّٞۚ وَسَوۡفَ تَعۡلَمُونَ
Transliteration: Likulli nabain mustaqarrun wasawfa taAAlamoona
Translation: ކޮންމެ خبر އަކަށްވެސް قرار ވުމެއްވެއެވެ. حقيقة ހާމަވުމެއް ވެއެވެ. ތެދުދޮގު އެނގޭނެ ވަގުތެއް އަދި ތަނެއްވެއެވެ. (ދުނިޔެމަތީ قرآن ގެ ތެދުކަން ސާބިތުކުރެވުނު އެންމެ مهمّ އެއްތަނަކީ ބަދުރު ހަނގުރާމައެވެ. ދެން އޮތީ قيامة ދުވަހެވެ.) އަދި ނިކަންހުރެ ކަލޭމެނަށް އެކަންކަން އެނގިދާނެއެވެ.
6:68وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِيٓ ءَايَٰتِنَا فَأَعۡرِضۡ عَنۡهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّكۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿68﴾وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِيٓ ءَايَٰتِنَا فَأَعۡرِضۡ عَنۡهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّكۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
Transliteration: Waitha raayta allatheena yakhoodoona fee ayatina faaAArid AAanhum hatta yakhoodoo fee hadeethin ghayrihi waimma yunsiyannaka alshshaytanu fala taqAAud baAAda alththikra maAAa alqawmi alththalimeena
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ދޮގުކުރުމަށް ފީނާ ވަދެ އުޅޭބަޔަކު ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ ފަހެ ކަލޭގެފާނު އެމީހުނާ ދުރަށް އެނބުރި ވަޑައިގަންނަވާށެވެ! އެއީ އެމީހުން އެ قرآن ގެ ވާހަކަނޫން އެހެން ވާހަކައެއްގެތެރެއަށް ވަދެ ފީނައިގަންނާންދެނެވެ. އަދި ފަހަރެއްގައި شيطان އާގެ ސަބަބުން އެސޮރު އެކަން ހަނދުމަފުޅު ނެތިކޮށްލެއްވިޔަސް ހަމަ ހަނދުމަފުޅުވާއިރަށް އެމީހުންގެތެރެއިން ދުރުވެވަޑައިގަންނަވާށެވެ! އެމީހުންގެތެރޭ އިށީނދެވަޑައިނުގަންނަވާށެވެ! ހަނދުމަފުޅުވުމަށްފަހު ދެން އެ އަނިޔާވެރިންނާއިއެކު (އެ مشرك ންނާއި އެކު) އިށީނދެވަޑައިނުގަންނަވާށެވެ!
6:69وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَيۡءٖ وَلَٰكِن ذِكۡرَىٰ لَعَلَّهُمۡ يَتَّقُونَ ﴿69﴾وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَيۡءٖ وَلَٰكِن ذِكۡرَىٰ لَعَلَّهُمۡ يَتَّقُونَ
Transliteration: Wama AAala allatheena yattaqoona min hisabihim min shayin walakin thikra laAAallahum yattaqoona
Translation: އަދި تقوى ވެރިވީމީހުންގެމައްޗަކަށް އެމީހުންގެ (ފާފައިގެތެރެއިން) ހިސާބުކުރައްވާއިރު އެއްވެސް މިންވަރެއް ނުވާނެއެވެ. އަދި އެކަމަކު އެއީ ހަނދާންކޮށްދިނުމެކެވެ. ދުނިޔެމަތީގައި ކުރެވުނު ކަންތައް އެމީހުނަށް ހަނދާންކޮށްދިނުމެކެވެ. (އެމީހުން ކުރި ކަންތައް ހަމައެކަނި ހުށައަޅައިލައްވާނެއެވެ.)
6:70وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَعِبٗا وَلَهۡوٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَكِّرۡ بِهِۦٓ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِيّٞ وَلَا شَفِيعٞ وَإِن تَعۡدِلۡ كُلَّ عَدۡلٖ لَّا يُؤۡخَذۡ مِنۡهَآۗ أُوْلَـٰٓئِكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ ﴿70﴾وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَعِبٗا وَلَهۡوٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَكِّرۡ بِهِۦٓ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِيّٞ وَلَا شَفِيعٞ وَإِن تَعۡدِلۡ كُلَّ عَدۡلٖ لَّا يُؤۡخَذۡ مِنۡهَآۗ أُوْلَـٰٓئِكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ
Transliteration: Wathari allatheena ittakhathoo deenahum laAAiban walahwan wagharrathumu alhayatu alddunya wathakkir bihi an tubsala nafsun bima kasabat laysa laha min dooni Allahi waliyyun wala shafeeAAun wain taAAdil kulla AAadlin la yukhath minha olaika allatheena obsiloo bima kasaboo lahum sharabun min hameemin waAAathabun aleemun bima kanoo yakfuroona
Translation: އަދި އެމީހުންގެ ދީން އެއީ ކުޅިވަރު އަދި މަލާމާތް ކުރެވޭ އެއްޗެއްކަމުގައި ހަދައި އަދި ދުނިޔޭގެ حياة އެމީހުން ހައްލައިލި މީސްތަކުން ކަލޭގެފާނުން ދޫކޮށްލާށެވެ! އަދި މި قرآن ން ކަލޭގެފާނު އެމީހުންނަށް ހަނދާންކޮށްދެއްވާ نصيحة ދެއްވާށެވެ! އެއީ އެއްވެސް نفس އެއް އެ نفس އެއް ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް ވެއްޓިދާނެތީއެވެ. (ނުވެއްޓުމަށްޓަކައެވެ. ދެން އަދި އޭރުންވެސް) ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިޔަކުވިޔަސް އެމީހުންނަކަށް ނުވެއެވެ. އަދި (އެފާފަކުރި نفس އެއް) ކިތަންމެ فدية އެއް (قيامة ދުވަހުން) ދިނަސް އެ نفس ގެ ފަރާތުން އެ فدية ނުހިފެވޭނެއެވެ. قبول ނުވެވޭނެއެވެ. އެފަދަ މީހުންނީ އެމީހުން ކުރި ފާފައިގެ ސަބަބުން ހަލާކުގެތެރެއަށް އެއްލެވުނުމީހުންނެވެ. عذاب އަށް ހުށަހެޅުނުމީހުންނެވެ. އެމީހުންނަށް (قيامة ދުވަހުން) ހުންނަހުށީ ހޫނުކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ހޫނުފެނުގެ ބުއިމެކެވެ. އަދި ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވާކަމުގައިވީކަމުގެ ސަބަބުންނެވެ.
6:71قُلۡ أَنَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعۡقَابِنَا بَعۡدَ إِذۡ هَدَىٰنَا ٱللَّهُ كَٱلَّذِي ٱسۡتَهۡوَتۡهُ ٱلشَّيَٰطِينُ فِي ٱلۡأَرۡضِ حَيۡرَانَ لَهُۥٓ أَصۡحَٰبٞ يَدۡعُونَهُۥٓ إِلَى ٱلۡهُدَى ٱئۡتِنَاۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۖ وَأُمِرۡنَا لِنُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ ﴿71﴾قُلۡ أَنَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعۡقَابِنَا بَعۡدَ إِذۡ هَدَىٰنَا ٱللَّهُ كَٱلَّذِي ٱسۡتَهۡوَتۡهُ ٱلشَّيَٰطِينُ فِي ٱلۡأَرۡضِ حَيۡرَانَ لَهُۥٓ أَصۡحَٰبٞ يَدۡعُونَهُۥٓ إِلَى ٱلۡهُدَى ٱئۡتِنَاۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۖ وَأُمِرۡنَا لِنُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ
Transliteration: Qul anadAAoo min dooni Allahi ma la yanfaAAuna wala yadurruna wanuraddu AAala aAAqabina baAAda ith hadana Allahu kaallathee istahwathu alshshayateenu fee alardi hayrana lahu ashabun yadAAoonahu ila alhuda itina qul inna huda Allahi huwa alhuda waomirna linuslima lirabbi alAAalameena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެންނަށް އެއްވެސް منفع އެއް ނުދެވޭ އަދި އަހުރެމެންނަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް (ބުދުތަކާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް) ﷲ ފިޔަވައި އަހުރެމެން ގޮވާ دعاء ކޮށްހަދަންވީހެއްޔެވެ؟ އަދި ﷲ تعالى އަހުރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަހުރެމެން އަހުރެމެންގެ ފުންނާބުތަކުގެމައްޗަށް ރައްދުވާންވީހެއްޔެވެ؟ އެބަހީ إسلام ކަން ދޫކޮށް އަލުންވެސް ކާފަރުވާންވީހެއްޔެވެ؟ އެއީ شيطان އާއި تبع ވެގެން އޭނާ މަގުފުރެދި حيران ވެގެން ބިންމަތީގައި (ދާނެތަނެއް ނޭނގި) ހުންނަމީހަކު ފަދައިން ހެއްޔެވެ؟ އަދި އޭނާޔަށް އެކުވެރިންތަކެއްވެއެވެ. އެމީހުން އޭނާޔަށް ތެދުމަގަށް އައުމަށް ގޮވައެވެ. އަހުރެމެން ކައިރިޔަށް އަންނާށޭ ގޮވައެވެ. (އެކަމަކު އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާވަނީ حيران ވެފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. އަދި އަހުރެމެންނަށް أمر ވެވިގެންވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވުމަށެވެ. • ދަންނައެވެ! މިއާޔަތުގެ ترجمة ގައި އަދި އެހެންގޮތަކަށް علم ވެރިން ލިއުއްވާފައިވެއެވެ. އޭނާޔަށް އެކުވެރިންތަކެއް ވެއެވެ. އޮތްބަސްފުޅުން މުރާދުކުރެވެނީ شيطان އާކަމަށާއި އަދި އެ شيطان އާއަށް އެކުވެރިންތަކެއްވާކަމަށެވެ. އަދި އެއެކުވެރިން އެ حيران ވެގެންވާމީހާއަށް އަންނާށޭ (އޮޅުވައިލައިގެން އަހުރެމެން ކައިރިއަށް މިތެދުމަގަށް އަންނާށޭ) ގޮވާނެކަމަށެވެ. އެހެންވެ ﷲ އެކަލާނގެ رسول އާއަށް އެއަންގަވަނީ ތެދުމަގަކީ ހަމަ ﷲ ގެ ތެދުމަގުކަމަށެވެ. އެސޮރުމެން އެގޮވާ ތެދުމަގުނޫންކަމަށެވެ...... والله أعلم بالصّواب
6:72وَأَنۡ أَقِيمُواْ ٱلصَّلَوٰةَ وَٱتَّقُوهُۚ وَهُوَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ ﴿72﴾وَأَنۡ أَقِيمُواْ ٱلصَّلَوٰةَ وَٱتَّقُوهُۚ وَهُوَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ
Transliteration: Waan aqeemoo alssalata waittaqoohu wahuwa allathee ilayhi tuhsharoona
Translation: (އަދި އަހުރެމެންނަށް أمر ވެވިގެންވަނީ) ނަމާދު قائم ކުރުމަށާއި އަދި އަހުރެމެން އެކަލާނގެއަށް تقوى ވެރިވެތިބުމަށެވެ. އަދި އެކަލާނގެއީ ހަމަ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ފަރާތެވެ. އެއްކުރެވޭނެ ފަރާތެވެ.
6:73وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِي ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ﴿73﴾وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِي ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ
Transliteration: Wahuwa allathee khalaqa alssamawati waalarda bialhaqqi wayawma yaqoolu kun fayakoonu qawluhu alhaqqu walahu almulku yawma yunfakhu fee alssoori AAalimu alghaybi waalshshahadati wahuwa alhakeemu alkhabeeru
Translation: އަދި حقّ ގޮތުގައި އުޑުތަކާއި ބިންހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އެންމެހައި ތަކެއްޗަށް "ވާށޭ" އަންގަވައި އެކަލާނގެ وحي ކުރައްވާދުވަހުން ދެން އެތަކެތި އެވީއެވެ. ހުރިހާ ތަކެތި އަލުން إعاد ވީއެވެ. އެކަލާނގެ އެބަސްފުޅު އެއީ ހަމަ حقّ ބަސްފުޅެވެ. އަދި ތާޅަފިލިފުންމަވައިލެވޭދުވަހުގެ ވެރިކަން خاصّ ވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެއީ غيب ގައިވާ ކަންތަކާއި ފައުޅުގައިވާކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ حكمة ވަންތަ އަދި خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:74وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصۡنَامًا ءَالِهَةً إِنِّيٓ أَرَىٰكَ وَقَوۡمَكَ فِي ضَلَٰلٖ مُّبِينٖ ﴿74﴾۞وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصۡنَامًا ءَالِهَةً إِنِّيٓ أَرَىٰكَ وَقَوۡمَكَ فِي ضَلَٰلٖ مُّبِينٖ
Transliteration: Waith qala ibraheemu liabeehi azara atattakhithu asnaman alihatan innee araka waqawmaka fee dalalin mubeenin
Translation: އަދި إبراهيم (عليه السّلام) އެކަލޭގެފާނު ބައްޕަ ءَازر އަށް ވިދާޅުވިހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަ ބުދުތަކެއް إله ންތަކެއްކަމުގައި ބަލަނީހެއްޔެވެ؟ އެއީ إله ންކަމުގައި ހަދައި إختيار ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އަހުރެން ދެކެނީ ބައްޕައާއި އަދި ބައްޕަގެ قوم ގެމީހުން بيان ވެގެންވާ މަގުފުރެދުމެއްގައިވާތީއެވެ.
6:75وَكَذَٰلِكَ نُرِيٓ إِبۡرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلِيَكُونَ مِنَ ٱلۡمُوقِنِينَ ﴿75﴾وَكَذَٰلِكَ نُرِيٓ إِبۡرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلِيَكُونَ مِنَ ٱلۡمُوقِنِينَ
Transliteration: Wakathalika nuree ibraheema malakoota alssamawati waalardi waliyakoona mina almooqineena
Translation: އަދި ހަމައެފަދައިން (އެބަހީ حقّ އަށް އެކަލޭގެފާނަށް ތެދުމަގުދެއްކެވިފަދައިން) إبراهيم (عليه السّلام) އަށް އުޑުތަކާއި ބިމުގެ دليل ތައް / ނުވަތަ ملك ތައް ތިމަންރަސްކަލާނގެ ދައްކަވަނީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު (توحيد އާއި هداية) يقين ކުރާ މީހުންގެތެރެއިންވުމަށްޓަކައެވެ.
6:76فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ ﴿76﴾فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ
Transliteration: Falamma janna AAalayhi allaylu raa kawkaban qala hatha rabbee falamma afala qala la ohibbu alafileena
Translation: ދެންފަހެ ރޭގަނޑު އަނދިރިވުމުން އެކަލޭގެފާނު - يعني: إبراهيم (عليه السّلام) ތަރިއެއް ދެކެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. (އެއީ ހިތާހިތާއެވެ.) މިއީ އަހުރެންގެ رَبّ އެވެ. ދެން އެތަރި ނިވައިވުމުން ވިދާޅުވިއެވެ. ނިވައިވެ غائب ވާއެއްޗަކަށް އަހުރެން ލޯތްބެއް ނުކުރަމެވެ. (ނުކުރާނަމެވެ.)
6:77فَلَمَّا رَءَا ٱلۡقَمَرَ بَازِغٗا قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَئِن لَّمۡ يَهۡدِنِي رَبِّي لَأَكُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ ﴿77﴾فَلَمَّا رَءَا ٱلۡقَمَرَ بَازِغٗا قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَئِن لَّمۡ يَهۡدِنِي رَبِّي لَأَكُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ
Transliteration: Falamma raa alqamara bazighan qala hatha rabbee falamma afala qala lain lam yahdinee rabbee laakoonanna mina alqawmi alddalleena
Translation: ދެންފަހެ ހަނދު އަރައިގެން އަންނާތީ އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. ދެން އޭތި غائب ވީހިނދުން - ނިވައިވީހިނދުން - އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ رَبّ އަހުރެންނަށް ތެދުމަގު ނުދެއްކެވީވިއްޔާ ހަމަކަށަވަރުން އަހުރެންވާހުށީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
6:78فَلَمَّا رَءَا ٱلشَّمۡسَ بَازِغَةٗ قَالَ هَٰذَا رَبِّي هَٰذَآ أَكۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَٰقَوۡمِ إِنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ﴿78﴾فَلَمَّا رَءَا ٱلشَّمۡسَ بَازِغَةٗ قَالَ هَٰذَا رَبِّي هَٰذَآ أَكۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَٰقَوۡمِ إِنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
Transliteration: Falamma raa alshshamsa bazighatan qala hatha rabbee hatha akbaru falamma afalat qala ya qawmi innee bareeon mimma tushrikoona
Translation: ދެންފަހެ އިރުއަރައިގެން އަންނަތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެންގެ رَبّ އެވެ. (މިތިން އެތިންކުރެ) އެންމެބޮޑީ މިއެވެ. ދެންފަހެ އޭތި ނިވައިވެ غائب ވީހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. - އޭއަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން އަހުރެން މިވަނީ ކަލޭމެން ތިޔަ شريك ކުރާ ތަކެތީން - ﷲ އާއި ކަލޭމެން ތިޔަބައިވެރިކުރާ ތަކެތީން - ހަމަ މުޅިން ބަރީއަވެގެންނެވެ. (ދުރުވެ އެއްފަރާތްވެގެންނެވެ.)
6:79إِنِّي وَجَّهۡتُ وَجۡهِيَ لِلَّذِي فَطَرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ حَنِيفٗاۖ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ﴿79﴾إِنِّي وَجَّهۡتُ وَجۡهِيَ لِلَّذِي فَطَرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ حَنِيفٗاۖ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ
Transliteration: Innee wajjahtu wajhiya lillathee fatara alssamawati waalarda haneefan wama ana mina almushrikeena
Translation: ހަމަކަށަވަރުން އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް - (ﷲ އަށް) އަހުރެން އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. (އެފަރާތަށް އަހުރެން ކިޔަމަންތެރިވެއްޖައީމެވެ.) އެއީ إخلاص ތެރިވެގެންވާ حال توحيد އަށް ސީދާވެގެންނެވެ. އަދި مشرك ންގެތެރެއިން އަހުރެން ނުވަމެވެ.
6:80وَحَآجَّهُۥ قَوۡمُهُۥۚ قَالَ أَتُحَـٰٓجُّوٓنِّي فِي ٱللَّهِ وَقَدۡ هَدَىٰنِۚ وَلَآ أَخَافُ مَا تُشۡرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّي شَيۡـٔٗاۚ وَسِعَ رَبِّي كُلَّ شَيۡءٍ عِلۡمًاۚ أَفَلَا تَتَذَكَّرُونَ ﴿80﴾وَحَآجَّهُۥ قَوۡمُهُۥۚ قَالَ أَتُحَـٰٓجُّوٓنِّي فِي ٱللَّهِ وَقَدۡ هَدَىٰنِۚ وَلَآ أَخَافُ مَا تُشۡرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّي شَيۡـٔٗاۚ وَسِعَ رَبِّي كُلَّ شَيۡءٍ عِلۡمًاۚ أَفَلَا تَتَذَكَّرُونَ
Transliteration: Wahajjahu qawmuhu qala atuhajjoonnee fee Allahi waqad hadani wala akhafu ma tushrikoona bihi illa an yashaa rabbee shayan wasiAAa rabbee kulla shayin AAilman afala tatathakkaroona
Translation: އަދި އެކަލޭގެފާނުންގެ قوم ގެމީހުން (توحيد އާއިމެދު - އެބަހީ ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެކަލޭގެފާނާ ޖަދަލުކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ﷲ އާއިމެދު އަހުރެންނާއި ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގުދައްކަވައިފިއެވެ. (އެކަލާނގެ އެއްކައުވަންތަކަން ދެނެގަތުމާ حقّ މަގަށް އެކަލާނގެ އަހުރެންނަށް މަގުދެއްކެވިއެވެ.) އަދި އަހުރެންގެ ربّ އެދިވޮޑިގަންނަވާ ކަމެއްގައިމެނުވީ (އެބަހީ އެކަލާނގެ حضرة ން އަންނަ ބިރުވެރިކަމަކަށް މެނުވީ) ކަލޭމެން ތިޔަ އެކަލާނގެއާއި شريك ކުރާ ތަކެއްޗަށް (އެބުދުތަކަށް) އަހުރެން ބިރުނުގަންނަމެވެ. އަދި ހުރިހާ އެއްޗެއްގެމައްޗަށް އެކަލާނގެ ދެނެވޮޑިގަތުން ތަނަވަސްވެގެންވެއެވެ. ހުރިހާއެއްޗެއްގެ އެންމެހައި ކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ކަލޭމެންގެ ތިޔަބުދުތަކަށް އެކައްޗެއްވެސް ނޭނގެއެވެ.) ކަލޭމެން ފަހެ عبرة حاصل ކޮށް نصيحة ލިބިނުގަންނާނެހެއްޔެވެ؟
6:81وَكَيۡفَ أَخَافُ مَآ أَشۡرَكۡتُمۡ وَلَا تَخَافُونَ أَنَّكُمۡ أَشۡرَكۡتُم بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ عَلَيۡكُمۡ سُلۡطَٰنٗاۚ فَأَيُّ ٱلۡفَرِيقَيۡنِ أَحَقُّ بِٱلۡأَمۡنِۖ إِن كُنتُمۡ تَعۡلَمُونَ ﴿81﴾وَكَيۡفَ أَخَافُ مَآ أَشۡرَكۡتُمۡ وَلَا تَخَافُونَ أَنَّكُمۡ أَشۡرَكۡتُم بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ عَلَيۡكُمۡ سُلۡطَٰنٗاۚ فَأَيُّ ٱلۡفَرِيقَيۡنِ أَحَقُّ بِٱلۡأَمۡنِۖ إِن كُنتُمۡ تَعۡلَمُونَ
Transliteration: Wakayfa akhafu ma ashraktum wala takhafoona annakum ashraktum biAllahi ma lam yunazzil bihi AAalaykum sultanan faayyu alfareeqayni ahaqqu bialamni in kuntum taAAlamoona
Translation: އަދި ކަލޭމެން شريك ކުރިކަމާއިމެދު - އަދި ކަލޭމެން شريك ކުރި ތަކެއްޗަށް އަހުރެން ބިރުގަންނަންވީ ކޮންފަދައަކުންހެއްޔެވެ؟ އަދި ހަމަކަށަވަރުން އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް ކަލޭމެންނަށް އެއްވެސް حجّة އެއް دليل އެއް ނުވާތަކެއްޗާއި ކަލޭމެން ﷲ އާއި ބައިވެރިކޮށް شريك ކުރާކަށް ބިރުނުގަނެއެވެ. ފަހެ (އަހުރެންނާއި ކަލޭމެނާއި) މިދެ جماعة ންކުރެ އަމާންކަމަށް حقّ ކަންބޮޑީ ކަލޭމެންނީ އެއްޗެއް އެނގޭބަޔަކުކަމުގައިވަންޏާ ކޮންބައެއްހެއްޔެވެ؟ (ނިކަން ބުނެބަލާށެވެ!)
6:82ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَـٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ ﴿82﴾ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَـٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ
Transliteration: Allatheena amanoo walam yalbisoo eemanahum bithulmin olaika lahumu alamnu wahum muhtadoona
Translation: އީމާންވެގެންވާމީހުން އަދި އެމީހުންގެ އެ އީމާންކަމާއި އެއްވެސް އަނިޔާއެއް އެބަހީ އެއްވެސް شرك އެއް އެއްނުކޮށް މައްސުނި ނުކޮށް ތިބިމީހުން ދަންނައެވެ! (آخرة ދުވަހުން) އަމާންކަންހުރި ބަޔަކީ އެމީހުންނެވެ. އަދި (ދުނިޔޭގައި) ތެދުމަގު ލިބިގެންވާމީހުންނަކީވެސް އެއީއެވެ.
6:83وَتِلۡكَ حُجَّتُنَآ ءَاتَيۡنَٰهَآ إِبۡرَٰهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ﴿83﴾وَتِلۡكَ حُجَّتُنَآ ءَاتَيۡنَٰهَآ إِبۡرَٰهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٞ
Transliteration: Watilka hujjatuna ataynaha ibraheema AAala qawmihi narfaAAu darajatin man nashao inna rabbaka hakeemun AAaleemun
Translation: އަދި އެއީ ތިމަންރަސްކަލާނގެ حجّة ތަކެވެ. އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެވިދާޅުވި حجّة ތަކާއި دليل ތަކަކީ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވި دليل އެވެ. حجّة އެވެ. قوم ގެމީހުންގެމައްޗަށް دليل ދެއްކެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެތައް ދަރަޖަތަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ حكمة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:84وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۚ كُلًّا هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيۡمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴿84﴾وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۚ كُلًّا هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيۡمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Transliteration: Wawahabna lahu ishaqa wayaAAqooba kullan hadayna wanoohan hadayna min qablu wamin thurriyyatihi dawooda wasulaymana waayyooba wayoosufa wamoosa waharoona wakathalika najzee almuhsineena
Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ إبراهيم عليه السّلام އަށް إسحاق ގެފާނު ދެއްވީމެވެ. އަދި (إسحاق ގެފާނުންގެ ދަރިކަލުން) يعقوب ގެފާނުން ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތިމަންރަސްކަލާނގެ ތެދުމަގުދެއްކެވީމެވެ. އަދި އޭގެކުރިން نوح (عليه السّلام) އަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ އެބަހީ نوح (عليه السّلام) ގެ ދަރިފަސްކޮޅުން داؤد ގެފާނާއި سليمان ގެފާނާއި أيّوب ގެފާނާއި يوسف ގެފާނާއި موسى ގެފާނާއި އަދި هارون ގެފާނު (عليهم السّلام) މިއެންމެ ބޭކަލުން ފޮނުއްވީމެވެ. (މިއެންމެ ބޭކަލުންނީ إحسان ތެރި މާތް ބޭކަލުންނެވެ.) އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
6:85وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّـٰلِحِينَ ﴿85﴾وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّـٰلِحِينَ
Transliteration: Wazakariyya wayahya waAAeesa wailyasa kullun mina alssaliheena
Translation: އަދި زكريّا ގެފާނާއި يحيى ގެފާނާއި عيسى ގެފާނާއި إلياس ގެފާނާއި عليهم السّلام (މިއެންމެ ބޭކަލުންނަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) މި އެންމެ ބޭކަލުންނީ صالح މާތްބޭކަލުންނެވެ.
6:86وَإِسۡمَٰعِيلَ وَٱلۡيَسَعَ وَيُونُسَ وَلُوطٗاۚ وَكُلّٗا فَضَّلۡنَا عَلَى ٱلۡعَٰلَمِينَ ﴿86﴾وَإِسۡمَٰعِيلَ وَٱلۡيَسَعَ وَيُونُسَ وَلُوطٗاۚ وَكُلّٗا فَضَّلۡنَا عَلَى ٱلۡعَٰلَمِينَ
Transliteration: WaismaAAeela wailyasaAAa wayoonusa walootan wakullan faddalna AAala alAAalameena
Translation: އަދި إسماعيل ގެފާނާއި اَلْيَسَعُ ގެފާނާއި يُونُسُ ގެފާނާއި އަދި لوط ގެފާނާއި (عليهم السّلام) މިއިން ކޮންމެ ބޭކަލެއްވެސް (އެޒަމާނުގައިތިބި) މީސްތަކުންގެމައްޗަށް މާތްކުރެއްވީމެވެ.
6:87وَمِنۡ ءَابَآئِهِمۡ وَذُرِّيَّـٰتِهِمۡ وَإِخۡوَٰنِهِمۡۖ وَٱجۡتَبَيۡنَٰهُمۡ وَهَدَيۡنَٰهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴿87﴾وَمِنۡ ءَابَآئِهِمۡ وَذُرِّيَّـٰتِهِمۡ وَإِخۡوَٰنِهِمۡۖ وَٱجۡتَبَيۡنَٰهُمۡ وَهَدَيۡنَٰهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
Transliteration: Wamin abaihim wathurriyyatihim waikhwanihim waijtabaynahum wahadaynahum ila siratin mustaqeemin
Translation: އަދި އެބޭބޭކަލުންގެ ބަފައިންނާއި ދަރިފަސްކޮޅުންނާއި أخُ ންގެތެރެއިންވެސް (ބަޔަކަށް ތިމަންރަސްކަލާނގެ ތެދުމަގު ދެއްކެވީމެވެ.) އަދި ތިމަންރަސްކަލާނގެ އެބޭބޭކަލުން (رسول ކަމަށާއި نبي ކަމަށް) إختيار ކުރައްވާ خاصّ ކުރެއްވީމެވެ. އަދި ސީދާވެގެންވާ މަގަށް ތިމަންރަސްކަލާނގެ އެބޭކަލުންނަށް މަގުދެއްކެވީމެވެ.
6:88ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ ﴿88﴾ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ
Transliteration: Thalika huda Allahi yahdee bihi man yashao min AAibadihi walaw ashrakoo lahabita AAanhum ma kanoo yaAAmaloona
Translation: އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ އެތެދުމަގު ދައްކަވައެވެ. އަދި އެބޭކަލުންވެސް އެބަހީ (رسول ބޭކަލުންނާއި نبيބޭކަލުންވެސް) ﷲ އަށް شريك ކުރެއްވިނަމަ ހަމަކަށަވަރުން އެބޭކަލުން ކުރައްވާ ހެޔޮ عمل ވެސް باطل ވާނެކަން ކަށަވަރެވެ.
6:89أُوْلَـٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَـٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ ﴿89﴾أُوْلَـٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَـٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ
Transliteration: Olaika allatheena ataynahumu alkitaba waalhukma waalnnubuwwata fain yakfur biha haolai faqad wakkalna biha qawman laysoo biha bikafireena
Translation: އެބޭބޭކަލުންނީ ތިމަންރަސްކަލާނގެ އެބޭބޭކަލުންގެ މައްޗަށް ފޮތާއި حكم އާއި އަދި نبي ކަން ބާވައިލެއްވި ބޭކަލުންނެވެ. އަދި މިމީހުން (އެބަހީ: މި قريش ން) އެއަށް އެބަހީ އީމާންކަމަށް ކާފަރު ވެއްޖެ ނަމަ ތިމަންރަސްކަލަނގެ އެހެން ބަޔަކާ އެކަން ޙަވާލުކުރައްވާ ހުށީމެވެ. އެމީހުން އެއާޔަތްތަކަށް ކާފަރުވާބަޔަކުކަމުގައި ނުވާނެއެވެ. (އެބަޔަކީ އެއީ مدينة ގެ أنصار ންކަމުގައި / އަދި ކުރީ ނަންގަނެވުނު އަށާރަ نبي ބޭކަލުންކަމާއި އަދި އެއީ مهاجر ންނާއި أنصار ންކަމާއި މިހުރިހާގޮތަށް علم ވެރިންމެދުގައި خيال ތަފާތުވެގެންގޮސްފައިވެއެވެ. والله أعلم بالصّواب)
6:90أُوْلَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُۖ فَبِهُدَىٰهُمُ ٱقۡتَدِهۡۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ هُوَ إِلَّا ذِكۡرَىٰ لِلۡعَٰلَمِينَ ﴿90﴾أُوْلَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُۖ فَبِهُدَىٰهُمُ ٱقۡتَدِهۡۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ هُوَ إِلَّا ذِكۡرَىٰ لِلۡعَٰلَمِينَ
Transliteration: Olaika allatheena hada Allahu fabihudahumu iqtadih qul la asalukum AAalayhi ajran in huwa illa thikra lilAAalameena
Translation: ފަހެ އެބޭބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގާއި ކަލޭގެފާނުން إفتداء ވެވަޑައިގަންނަ ވާށެވެ! تبع ވެވަޑައިގަންނަ ވާށެވެ! (އެބަހީ އިސްވެދިޔަ ރަސޫލުބޭކަލުންނާއި نبي ބޭކަލުންނީ ﷲ އެބޭކަލުންނަށް ތެދުމަގުދެއްކެވި ބޭކަލުންނެވެ. ކަލޭގެފާނު އެބޭކަލުންގެމަގާއި تبع ވެވަޑައިގަންނަވާށެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! رسول ކަން އިއްވެވުމަށް އެއްވެސް ދަރުމައެއް އުޖޫރައެއް ޓެކުހެއް ތިމަންކަލޭގެފާނު ކަލޭމެންގެ ކިބައިން ނޭދެމެވެ. އެ قرآن އެއީ ހަމަ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ. عالم ތަކަށްވާ وعظ އާއި نصيحة އެއްކަމުގައި މެނުވީ ނުވެއެވެ.
6:91وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ ﴿91﴾وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ
Transliteration: Wama qadaroo Allaha haqqa qadrihi ith qaloo ma anzala Allahu AAala basharin min shayin qul man anzala alkitaba allathee jaa bihi moosa nooran wahudan lilnnasi tajAAaloonahu qarateesa tubdoonaha watukhfoona katheeran waAAullimtum ma lam taAAlamoo antum wala abaokum quli Allahu thumma tharhum fee khawdihim yalAAaboona
Translation: އަދި ﷲ އަށް قدر ކޮށް إحترام ކޮށް ކީރިތި ކުރުން حقّ ވާވަރަށް އެމީހުން ﷲ އަށް قدر ކޮށް ކީރިތި ނުކުރެއެވެ. އެއީ އެމީހުން ބުނިހިނދުގައެވެ. އެމީހުން ބުނީ އެއްވެސް އާދަމުގެދަރިއެއްގެ މައްޗަށް އެއްވެސް އެއްޗެއް ﷲ ބާވައިނުލައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى (عليه السّلام) އެފޮތަކާއިގެން އެވަޑައިގެންނެވި ފޮތް يعني: توراة ބާވައިލެއްވީ ކާކުތޯއެވެ؟ އެފޮތް ބާވައިލެއްވިފައިވަނީ މީސްތަކުންނަށް (އެބަހީ އޭރު ތިބި މީސްތަކުންނަށް) نور އާއި ތެދުމަގެއްގެ ގޮތުންނެވެ. ކަލޭމެން އެފޮތް ކަރުދާސްތަކެއްކަމުގައި އެތައްބަޔަކަށް ބައިކޮށް އެއިން ބައެއް ފައުޅުކޮށް އަދި އޭގެ ގިނަބައި ވަންހަނާކޮށް ފޮރުވާ ހެދީމުއެވެ. އަދި ކަލޭމެންނަށާއި އަދި ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭތަކެތި ކަލޭމެނަށް އެންގެވިއްޖެއެވެ. އެބަހީ މި ކީރިތި قرآن ން عربى ންނަށް މީގެކުރިން ނޭނގޭ އެތައް އެއްޗެއް (އެއީ އިސްވެދިޔަ أمة ތަކުގެ خبر ތަކާއި އަދި ފަހުން އަންނާނޭ ކަންކަމުގެ خبر ތަކާއި އަދި قيامة ދުވަހުގެ خبر ތަކާއި އަދިވެސް އެތައް خبر އެއް މިފޮތުން ﷲ تعالى ކަލޭމެނަށް އަންގަވައިފިއެވެ.) މި خبر ތައް ކަލޭމެންގެ ކާބަފައިންނަށްވެސް ނޭނގޭނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ ﷲ އެވެ. ދެން ކަލޭގެފާނު އެމީހުންގެ باطل خيال ތަކާއި ވާހަކަތަކުގައި ގެނބި ފީނުމަށް އެމީހުން ދޫކޮށްލައްވާށެވެ!
6:92وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ مُّصَدِّقُ ٱلَّذِي بَيۡنَ يَدَيۡهِ وَلِتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَاۚ وَٱلَّذِينَ يُؤۡمِنُونَ بِٱلۡأٓخِرَةِ يُؤۡمِنُونَ بِهِۦۖ وَهُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ﴿92﴾وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ مُّصَدِّقُ ٱلَّذِي بَيۡنَ يَدَيۡهِ وَلِتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَاۚ وَٱلَّذِينَ يُؤۡمِنُونَ بِٱلۡأٓخِرَةِ يُؤۡمِنُونَ بِهِۦۖ وَهُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ
Transliteration: Wahatha kitabun anzalnahu mubarakun musaddiqu allathee bayna yadayhi walitunthira omma alqura waman hawlaha waallatheena yuminoona bialakhirati yuminoona bihi wahum AAala salatihim yuhafithoona
Translation: (އޭ رسول ﷲ އެވެ!) މިފޮތަކީ އެބަހީ މި ކީރިތި قرآن އަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެފޮތުގެ ކުރީގެ ފޮތްތައްވެސް ތެދުކުރާ حال ގައެވެ. އަދި އެފޮތަކީ مكّة އާއި އެރަށުގެ ވަށައިގެންވާ ރަށްރަށުގެ أهل ވެރިންނަށް إنذار ކުރެއްވުމަށްވާފޮތެކެވެ. އަދި آخرة ދުވަހަށް އީމާންވާމީހުން އެފޮތަށް އީމާންވެއެވެ. އަދި އެމީހުން އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވެއެވެ. (އެހެނީ ފޮތަށް އީމާންވާނީ آخرة އަށް އަދި حساب ބެއްލެވުމަށް، ثواب އާއި عذاب އަށް ބިރުވެތިވާ މީހުންނެވެ.)
6:93وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِيَ إِلَيَّ وَلَمۡ يُوحَ إِلَيۡهِ شَيۡءٞ وَمَن قَالَ سَأُنزِلُ مِثۡلَ مَآ أَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَـٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ ﴿93﴾وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِيَ إِلَيَّ وَلَمۡ يُوحَ إِلَيۡهِ شَيۡءٞ وَمَن قَالَ سَأُنزِلُ مِثۡلَ مَآ أَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَـٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ
Transliteration: Waman athlamu mimmani iftara AAala Allahi kathiban aw qala oohiya ilayya walam yooha ilayhi shayon waman qala saonzilu mithla ma anzala Allahu walaw tara ithi alththalimoona fee ghamarati almawti waalmalaikatu basitoo aydeehim akhrijoo anfusakumu alyawma tujzawna AAathaba alhooni bima kuntum taqooloona AAala Allahi ghayra alhaqqi wakuntum AAan ayatihi tastakbiroona
Translation: ﷲ تعالى ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެފަދަ ބޮޑު އަނިޔާވެރިއަކު ނުވެއެވެ. ނުވަތަ އެމީހަކަށް وحي ބާވައިނުލައްވަނީސް ތިމަންނާއަށް وحي ބާވައިލެއްވެޔޭ ބުނިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކު ނުވެއެވެ. އަދި އަހުރެންވެސް ﷲ ބާވައިލައްވާފަދައިން ބާވައިލައްވަމެވެ. (އެފަދަ عبارة ކިޔަމެވެ.) މިފަދައިން ބުނާ މީސްމީހުންނަށްވުރެ ވަކިންބޮޑެތި އަނިޔާވެރިންނަކީ ދެން ކޮންބައެއްހެއްޔެވެ؟ • ދަންނައެވެ! މިއާޔަތް ބާވައިލެއްވިފައިވަނީ ވަކިބަޔަކުގެ ބަސްތަކެއްގެ މުނާސަބަތުގައިކަމުގައި ބުނެވުނެވެ. އެބަޔަކީ مُسَيْلَمَةُ الْكَذَّاب އެވެ. އޭނާ ބުނިކަމުގައިވަނީ ﷲ تعالى ނަބީކަމާއިގެން ފޮނުއްވީ އޭނާކަމަށެވެ. محمّد ގެފާނު ނޫން ކަމަށެވެ. އަނެއްމީހަކީ عبد ﷲ بن سعد بن أبى سَرَح އެވެ. އޭނާ ބުނިކަމުގައިވަނީ އޭނާގެ މައްޗަށްވެސް وحي ބާވައިލެއްވޭކަމަށެވެ. އަދި مسيلمة ވެސް އެހެންބުނިކަމުގައިވެއެވެ. (މިވާހަކަތައް طبري ގެ تفسير ގައިވެސްވެއެވެ. والله أعلم) (އޭ رسول ﷲ އެވެ!) އަނިޔާވެރިން މަރަށް حاضر ވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. އަދި މަލާއިކަތްބޭކަލުން އެބޭކަލުންގެ އަތްޕުޅުތައް ފަތުރުއްވާ ދަންމަވައިގެން (އެމީހުންނަށް ވިދާޅުވެއެވެ.) ކަލޭމެން ކަލޭމެންގެ نفس ތައް يعني: ފުރާނަތައް ނެރޭށެވެ! މިއަދު ކަލޭމެންނަށް އިހާނާތްތެރިކަމުގެ عذاب ދެއްވޭނެއެވެ. އެއީ ކަލޭމެން ﷲ تعالى ގެމައްޗަށް حقّ ނޫން (ދޮގު) ބަސްތައްބުނުމުގެ ސަބަބުންނާއި އަދި އެކަލާނގެ އާޔަތްތަކަށް ކަލޭމެން ބޮޑާވެ ކިބުރުވެރިވާކަމުގެ ސަބަބުންނެވެ.
6:94وَلَقَدۡ جِئۡتُمُونَا فُرَٰدَىٰ كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةٖ وَتَرَكۡتُم مَّا خَوَّلۡنَٰكُمۡ وَرَآءَ ظُهُورِكُمۡۖ وَمَا نَرَىٰ مَعَكُمۡ شُفَعَآءَكُمُ ٱلَّذِينَ زَعَمۡتُمۡ أَنَّهُمۡ فِيكُمۡ شُرَكَـٰٓؤُاْۚ لَقَد تَّقَطَّعَ بَيۡنَكُمۡ وَضَلَّ عَنكُم مَّا كُنتُمۡ تَزۡعُمُونَ ﴿94﴾وَلَقَدۡ جِئۡتُمُونَا فُرَٰدَىٰ كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةٖ وَتَرَكۡتُم مَّا خَوَّلۡنَٰكُمۡ وَرَآءَ ظُهُورِكُمۡۖ وَمَا نَرَىٰ مَعَكُمۡ شُفَعَآءَكُمُ ٱلَّذِينَ زَعَمۡتُمۡ أَنَّهُمۡ فِيكُمۡ شُرَكَـٰٓؤُاْۚ لَقَد تَّقَطَّعَ بَيۡنَكُمۡ وَضَلَّ عَنكُم مَّا كُنتُمۡ تَزۡعُمُونَ
Transliteration: Walaqad jitumoona furada kama khalaqnakum awwala marratin wataraktum ma khawwalnakum waraa thuhoorikum wama nara maAAakum shufaAAaakumu allatheena zaAAamtum annahum feekum shurakao laqad taqattaAAa baynakum wadalla AAankum ma kuntum tazAAumoona
Translation: އަދި (އެކަލާނގެ ވަޙީކުރައްވާނެއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް ތިޔައައީ އެކަނި އެކަނީން (ކޮންމެ މީހަކު އެކަނި މުދަލެއް ދަރިއެއް ގެންގުޅުނު އެކައްޗެއްވެސް ނުލައި) އެވެ. އެންމެފުރަތަމަވެސް ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވި ގޮތަށެވެ. އަދި ތިމަންރަސްކަލާނގެ (ދުނިޔޭގައި) ކަލޭމެންނަށް ދެއްވިތަކެތި ކަލޭމެންގެ ފުރަގަހަށް ދުނިޔެއަށް - ދޫކޮށްފައެވެ. އަދި އެތަކެއްޗަކީ ކަލޭމެން شفاعة ތެރިންކަމުގައި ކަލޭމެން ހީކޮށްއުޅުނު ތަކެތި ކަލޭމެންނާއެކު ވަނިކޮށް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. ހަމަކަށަވަރުން އެތަކެއްޗާއި ކަލޭމެންނާއިދެމެދު ގުޅުންކެނޑިއްޖެއެވެ. އަދި ކަލޭމެން (شفاعة ތެރިންކަމުގައި) ހީކުރިތަކެތި ކަލޭމެންގެކިބައިން ގެއްލިއްޖެއެވެ.
6:95إِنَّ ٱللَّهَ فَالِقُ ٱلۡحَبِّ وَٱلنَّوَىٰۖ يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَمُخۡرِجُ ٱلۡمَيِّتِ مِنَ ٱلۡحَيِّۚ ذَٰلِكُمُ ٱللَّهُۖ فَأَنَّىٰ تُؤۡفَكُونَ ﴿95﴾۞إِنَّ ٱللَّهَ فَالِقُ ٱلۡحَبِّ وَٱلنَّوَىٰۖ يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَمُخۡرِجُ ٱلۡمَيِّتِ مِنَ ٱلۡحَيِّۚ ذَٰلِكُمُ ٱللَّهُۖ فَأَنَّىٰ تُؤۡفَكُونَ
Transliteration: Inna Allaha faliqu alhabbi waalnnawa yukhriju alhayya mina almayyiti wamukhriju almayyiti mina alhayyi thalikumu Allahu faanna tufakoona
Translation: ހަމަކަށަވަރުން ﷲ تعالى އީ އޮށްފަޅުއްވައި އަދި އޮއްޓަރު ނެރުއްވާ ކަލާނގެއެވެ. މަރުވެފައިވާ ތަކެތީން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި އެކަލާނގެއީ ދިރޭތަކެތީން މަރުވެފައިވާތަކެތި ނެރުއްވާ ކަލާނގެއެވެ. އެއީ ﷲ އެވެ. އަދި حقّ ގޮތް ދޫކޮށް ކަލޭމެން އެނބުރިދާނީ ކޮންފަދައަކުން ހެއްޔެވެ؟ (حقّ ވަންތަ ﷲ އަށް އަޅުކަންނުކޮށް ބުދަށްއަޅުކަންކުރަން ކަލޭމެން ދާންވާނީ ކޮންފަދައަކުންހެއްޔެވެ؟)
6:96فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ﴿96﴾فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ
Transliteration: Faliqu alisbahi wajaAAala allayla sakanan waalshshamsa waalqamara husbanan thalika taqdeeru alAAazeezi alAAaleemi
Translation: އަދި އެކަލާނގެއީ ފަތިހުގެ އަލިކަން ފަޅުއްވާ އަލިކުރައްވާ ކަލާނގެއެވެ. އަދި ރޭގަނޑު އެއީ ހިމޭން އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި އިރާއި ހަނދު ވަކި مُدّة އަކަށް އޭގެ ދައުރުވާގޮތަށް އެކަލާނގެ ލެއްވިއެވެ. (ނުވަތަ އަހަރުތަކާއި މައްސަރުތަކާއި އަދި ރޭދުވާ ހިސާބުކޮށް އޮޅުންފިލުވުމަށް ލެއްވިއެވެ.) އެއީ عزَة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެ تقدير ކުރައްވާ މިންވަރުކުރައްވާފައިވާގޮތެވެ.
6:97وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلنُّجُومَ لِتَهۡتَدُواْ بِهَا فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ﴿97﴾وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلنُّجُومَ لِتَهۡتَدُواْ بِهَا فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ
Transliteration: Wahuwa allathee jaAAala lakumu alnnujooma litahtadoo biha fee thulumati albarri waalbahri qad fassalna alayati liqawmin yaAAlamoona
Translation: އަދި ކަލޭމެންނަށްޓަކައި ތަރިތައް ލެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެން ތެދުމަގު ލިބިގަތުމަށެވެ. ދަތުރުފަތުރު ކުރުމުގައި ރަނގަޅު ސީދާމަގު ދެނެގަތުމަށެވެ. އަދި (ﷲ އާއިމެދު އެކަލާނގެ) އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ދެނެގަންނަ ބަޔަކަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތު ގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ.
6:98وَهُوَ ٱلَّذِيٓ أَنشَأَكُم مِّن نَّفۡسٖ وَٰحِدَةٖ فَمُسۡتَقَرّٞ وَمُسۡتَوۡدَعٞۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَفۡقَهُونَ ﴿98﴾وَهُوَ ٱلَّذِيٓ أَنشَأَكُم مِّن نَّفۡسٖ وَٰحِدَةٖ فَمُسۡتَقَرّٞ وَمُسۡتَوۡدَعٞۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَفۡقَهُونَ
Transliteration: Wahuwa allathee anshaakum min nafsin wahidatin famustaqarrun wamustawdaAAun qad fassalna alayati liqawmin yafqahoona
Translation: އަދި ކަލޭމެން އެންމެ نفس އަކުން ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. (އެ نفس އަކީ آدم عليه السّلام އެވެ.) ދެންފަހެ ކަލޭމެންގެތެރޭގައިވަނީ މައިބަނޑުގައި (رَحِمُ ގައި) قَرَار ވެގެންވާމީހުންނާއި ފިރިހެނާގެ صُلْبُ ގައިވާމީހުންނެވެ. / ނުވަތަ ބިންމަތީ قرار ވެގެންވާމީހުންނާއި ބިމުގެއަޑީގައި (قبر ގައި) ތިބޭމީހުންނެވެ. އަދި ތަކެތި ވިސްނާބަޔަކަށް އެކި ބާވަތުގެ دليل އާއި حجّة (އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ دليل ތައް) ތަފާތުކޮށް ތިމަންރަސްކަލާނގެ بيان ކޮށް ދެއްކެވީމެވެ.
6:99وَهُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَيۡءٖ فَأَخۡرَجۡنَا مِنۡهُ خَضِرٗا نُّخۡرِجُ مِنۡهُ حَبّٗا مُّتَرَاكِبٗا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٞ دَانِيَةٞ وَجَنَّـٰتٖ مِّنۡ أَعۡنَابٖ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهٗا وَغَيۡرَ مُتَشَٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦٓ إِذَآ أَثۡمَرَ وَيَنۡعِهِۦٓۚ إِنَّ فِي ذَٰلِكُمۡ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴿99﴾وَهُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَيۡءٖ فَأَخۡرَجۡنَا مِنۡهُ خَضِرٗا نُّخۡرِجُ مِنۡهُ حَبّٗا مُّتَرَاكِبٗا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٞ دَانِيَةٞ وَجَنَّـٰتٖ مِّنۡ أَعۡنَابٖ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهٗا وَغَيۡرَ مُتَشَٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦٓ إِذَآ أَثۡمَرَ وَيَنۡعِهِۦٓۚ إِنَّ فِي ذَٰلِكُمۡ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Wahuwa allathee anzala mina alssamai maan faakhrajna bihi nabata kulli shayin faakhrajna minhu khadiran nukhriju minhu habban mutarakiban wamina alnnakhli min talAAiha qinwanun daniyatun wajannatin min aAAnabin waalzzaytoona waalrrummana mushtabihan waghayra mutashabihin onthuroo ila thamarihi itha athmara wayanAAihi inna fee thalikum laayatin liqawmin yuminoona
Translation: އަދި އުޑުން ފެންބާވައިލައްވާ ވެއްސަވަނީ ހަމަ އެކަލާނގެއެވެ. ދެންފަހެ އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ފަތްޕިލާވެލި ފަޅުއްވަމެވެ. އަދި އޭގެތެރެއިން ތިމަންރަސްކަލާނގެ ފެހިއެއްޗެއް ނެރުއްވަމެވެ. (އެއީ އެއިން ގަހުގެ ނަތީޖާ ނުކުންނަ އެއްޗެވެ.) އަދި އެއިން ތިމަންރަސްކަލާނގެ އެކަތި މައްޗަށް އަނެކަތިއަރާ ބޮނޑިބޮނޑިވެފައިވާ އޮއްޓަރު ނެރުއްވަމެވެ. (އެއީ ކުރާގަނޑެވެ.) އަދި ކަދުރު ރުކުގެ އެތުގެތެރެއިން ކަދުރުއަޅާ ބަރާވެ އެލިފައިވާ އިހާގަނޑުވެއެވެ. އަތްފޯރާފަށަށް ގާތްވެގެންވެއެވެ. (ނުވަތަ އެއްއިހާ އަނެއްއިހަލާއި ގާތްވެގެންވެއެވެ. އަދި މޭބިސްކަދުރުގެ ބަގީޗާތައްވެސް ތިމަންރަސްކަލާނގެ (އެފެނުން) ހެއްދެވީމެވެ. އަދި زيتون އާ އަންނާރުވެސް (އެބަހީ: އޭގެ ގަސްތައްވެސް) ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އެއްވައްތަރުގެ މޭވާޔާ އެއްވައްތަރުނޫން މޭވާ ވެއެވެ. / އަދި އެއްވައްތަރުވެފައި ރަހައިގައި ތަފާތު މޭވާއެވެ. އަދި އެގަހުގައި މަތިވަރު ނުކުންނަވަގުތާއި އަދި އޭތި ދޮންވެ ފައްކާވާ ވަގުތު ކަލޭމެން ނިކަން ބަލައިބަލާށެވެ. ވިސްނާ فكر ކޮށް ބަލާށެވެ. (އޭ މީސްތަކުންނޭވެ.) ތެދުކޮށް އީމާންވާ ބަޔަކަށް އެކަންކަމުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވާކަންކަށަވަރެވެ.
6:100وَجَعَلُواْ لِلَّهِ شُرَكَآءَ ٱلۡجِنَّ وَخَلَقَهُمۡۖ وَخَرَقُواْ لَهُۥ بَنِينَ وَبَنَٰتِۭ بِغَيۡرِ عِلۡمٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَصِفُونَ ﴿100﴾وَجَعَلُواْ لِلَّهِ شُرَكَآءَ ٱلۡجِنَّ وَخَلَقَهُمۡۖ وَخَرَقُواْ لَهُۥ بَنِينَ وَبَنَٰتِۭ بِغَيۡرِ عِلۡمٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَصِفُونَ
Transliteration: WajaAAaloo lillahi shurakaa aljinna wakhalaqahum wakharaqoo lahu baneena wabanatin bighayri AAilmin subhanahu wataAAala AAamma yasifoona
Translation: އަދި އެމީހުން (އެބަހީ އެ مشرك ން) ﷲ تعالى ގެ ރަސްކަންފުޅަށް ޖިންނީންގެ شريك ންތަކެއް ލައިފިއެވެ. އަދި އެކަމަކު އެ ޖިންނިތައް ހެއްދެވީ އެކަލާނގެއެވެ. އަދި ރޯބުހުތާން ދޮގެއްގެގޮތުން އެމީހުން އެކަލާނގެއަށް ފިރިހެންދަރިންނާއި އަންހެންދަރީންވާކަމުގައި އެއްވެސް ގޮތަކުން އެމީހުނަށް އެއްވެސް އެނގުމެއްނެތި ހަމަޖައްސައިފިއެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތައް ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ.
6:101بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُۥ وَلَدٞ وَلَمۡ تَكُن لَّهُۥ صَٰحِبَةٞۖ وَخَلَقَ كُلَّ شَيۡءٖۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ ﴿101﴾بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُۥ وَلَدٞ وَلَمۡ تَكُن لَّهُۥ صَٰحِبَةٞۖ وَخَلَقَ كُلَّ شَيۡءٖۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ
Transliteration: BadeeAAu alssamawati waalardi anna yakoonu lahu waladun walam takun lahu sahibatun wakhalaqa kulla shayin wahuwa bikulli shayin AAaleemun
Translation: (ﷲ އެއީ) ކުރީގެ އެއްވެސް މިސާލެއްނެތި އުޑުތަކާއި ބިން ހަމަ އަލަށްވެސް ހެއްދެވި ކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް ދަރިއަކުއޮތުން އެކަށީގެންވާނީ ކޮންފަދައަކުންހެއްޔެވެ؟ އަދި އެކަލާނގެއަށް އެއްވެސް އަނބިކަނބަލަކު ނުވެއެވެ. އަދި އެކަލާނގެއީ ހުރިހާތަކެތި ހެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.
6:102ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ﴿102﴾ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ
Transliteration: Thalikumu Allahu rabbukum la ilaha illa huwa khaliqu kulli shayin faoAAbudoohu wahuwa AAala kulli shayin wakeelun
Translation: އެއީ ﷲ އެވެ. އެއީ ކަލޭމެންގެ ربّ އެވެ. އެކަލާނގެ ފިޔަވައި (حقّ إله އަކު ނުވެއެވެ. އެއީ ހުރިހާތަކެތީ ގެ خالق އެވެ.) ހައްދަވާ ކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއީ ހުރިހާތަކެތީގެ މައްޗަށްވާ وكيل އެވެ. ހުރިހާތަކެތި ބަލަހައްޓަވާ ރައްކާތެރިކުރައްވާ ކަލާނގެއެވެ.
6:103لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ﴿103﴾لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ
Transliteration: La tudrikuhu alabsaru wahuwa yudriku alabsara wahuwa allateefu alkhabeeru
Translation: (خَلق ތަކުންގެ) ލޯތަކަށް އެކަލާނގެ ލިބިނުގަނެވޭނެއެވެ. އެކަލާނގެ ދުށުމުގެ ކުޅަދާނަކަން (ދުނިޔޭގައި) ނުވެއެވެ. އަދި އެކަމަކު އެކަލާނގެ އެންމެހައި ތަކެތީގެ ލޯތައް ދެކެވޮޑިގަންނަވައެވެ. އަދި އެކަލާނގެއީ އޯގާވަންތަ، ސިއްރުތައް ދެނެވޮޑިގެންވާ އަދި ހުރިހާ خبر އެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:104قَدۡ جَآءَكُم بَصَآئِرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِيَ فَعَلَيۡهَاۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ﴿104﴾قَدۡ جَآءَكُم بَصَآئِرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِيَ فَعَلَيۡهَاۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ
Transliteration: Qad jaakum basairu min rabbikum faman absara falinafsihi waman AAamiya faAAalayha wama ana AAalaykum bihafeethin
Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް (އީމާންކަމާއި ތެދުމަގު އޮޅުންފިލާހާ) حجّة އާއި دليل އަތުވެއްޖެއެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެ حجّة އާއި دليل ތަކަށް ވިސްނާ فكر ކޮށް عبرة އާ دليل ލިބިގެންފިމީހާ ދަންނައެވެ. ފަހެ އެކަމުގެ ލާބަޔާ ނަފާހުރީ ހަމަ އެމީހެއްގެ نفس އަށެވެ. އަދި އެ حجّة ތަކާއި دليل ތަކުން އަނދިރިވެ އެއަށް فكر ނުކުރި މީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކުހުރީ ހަމައެމީހަކަށެވެ. އަދި ކަލޭމެނަށްވާ رَقِيب އަކުކަމުގައި - އެބަހީ ކަލޭމެންގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ ބޭކަލުކަމުގައި އަހުރެން ނުވެއެވެ.
6:105وَكَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُۥ لِقَوۡمٖ يَعۡلَمُونَ ﴿105﴾وَكَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُۥ لِقَوۡمٖ يَعۡلَمُونَ
Transliteration: Wakathalika nusarrifu alayati waliyaqooloo darasta walinubayyinahu liqawmin yaAAlamoona
Translation: އަދި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ގޮތްގޮތަށް ތަފާތުކޮށް بيان ކުރައްވަނީ އެފަދައިންނެވެ. (އެބަހީ މިސޫރަތުގައި ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް ތަފާތުކޮށް بيان ކުރެއްވިފަދައިން ތިމަންރަސްކަލާނގެ أمر އާއި ނަހީގެތެރެއިން ކަލޭމެންނަށް ނޭނގޭ ކަންތައްތައް ތިމަންރަސްކަލާނގެ بيان ކޮށްދެއްވަމެވެ.) އަދި ކަލޭގެފާނު أهل كتاب ންގެގާތުން ކިޔަވާ ވިދާޅުވިކަމުގައި އެމީހުން ބުނުމަށެވެ. އަދި حقّ އެއީ حقّ ކަން ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވުމަށެވެ.
6:106ٱتَّبِعۡ مَآ أُوحِيَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ﴿106﴾ٱتَّبِعۡ مَآ أُوحِيَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ
Transliteration: IttabiAA ma oohiya ilayka min rabbika la ilaha illa huwa waaAArid AAani almushrikeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ ފިޔަވައި حقّ إله އަކު ނުވެއެވެ. އަދި مشرك ންގެ ކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ!
6:107وَلَوۡ شَآءَ ٱللَّهُ مَآ أَشۡرَكُواْۗ وَمَا جَعَلۡنَٰكَ عَلَيۡهِمۡ حَفِيظٗاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ﴿107﴾وَلَوۡ شَآءَ ٱللَّهُ مَآ أَشۡرَكُواْۗ وَمَا جَعَلۡنَٰكَ عَلَيۡهِمۡ حَفِيظٗاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ
Transliteration: Walaw shaa Allahu ma ashrakoo wama jaAAalnaka AAalayhim hafeethan wama anta AAalayhim biwakeelin
Translation: އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުން شريك ނުކުރީހެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ عمل ތައް ބަލަހައްޓަވާ ރައްކާތެރިކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުލައްވަމެވެ. އަދި އެމީހުންގެ ކަންތަކާއި حوال ވެގެންވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.
6:108وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٖۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّهِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ ﴿108﴾وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٖۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّهِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ
Transliteration: Wala tasubboo allatheena yadAAoona min dooni Allahi fayasubboo Allaha AAadwan bighayri AAilmin kathalika zayyanna likulli ommatin AAamalahum thumma ila rabbihim marjiAAuhum fayunabbiohum bima kanoo yaAAmaloona
Translation: (އޭ مؤمن ންނޭވެ!) ﷲ ފިޔަވައި އެމީހުން دعاء ކޮށް ގޮވާތަކެއްޗަށް (އެބަހީ مشرك ންގެ إله ން ތަކަށް) ކަލޭމެން ހުތުރު އެއްޗެތިނުކިޔާށެވެ! ފަހެ، އޭރުން - އެބަހީ ހުތުރުއެއްޗެތި ކިޔަންޏާ އެމީހުން އެއްވެސް علم އެއް އެނގުމެއްނެތި، ގޮތެއްފޮތެއްނެތި ﷲ އަށް ހުތުރުއެއްޗެތި ކިޔާނެއެވެ. އަދި ކޮންމެ أُمَّة އަކަށްވެސް އެބައެއްގެ عَمَلُ ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (އެއީ މިމީހުންނަށްވެސް ބުދަށްއަޅުކަންކޮށް شيطانއާއަށް ކިޔަމަންތެރިވުމަށް ޒީނަތްތެރިކޮށްދެއްވިފަދައިންނެވެ.) ދެން އެމީހުން އެނބުރި رجوع ވުން ނުވަތަ رجوع ވާތަންވަނީ އެމީހުންގެ رَبّ ގެ حضرة ގައެވެ. ދެން އެމީހުން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ އެމީހުންނަށް ދެއްވާނެއެވެ.
6:109وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَتۡهُمۡ ءَايَةٞ لَّيُؤۡمِنُنَّ بِهَاۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ ﴿109﴾وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَتۡهُمۡ ءَايَةٞ لَّيُؤۡمِنُنَّ بِهَاۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ
Transliteration: Waaqsamoo biAllahi jahda aymanihim lain jaathum ayatun layuminunna biha qul innama alayatu AAinda Allahi wama yushAAirukum annaha itha jaat la yuminoona
Translation: އަދި ﷲ ގަންދީ ގަދަހުވައިން ހުވައިކޮށްފާ އެމީހުން ބުނާނެއެވެ. އެހެނީ އެމީހުންގެގާތަށްވެސް އާޔަތެއް އަތުވެއްޖެއްޔާ (އެބަހީ محمّد ގެފާނުންގެ رسول ކަން އެއީ ތެދު رسول ކަމެއްކަމަށް دليل ކުރާ دليل އެއް حجّة އެއް އަތުވެއްޖެއްޔާ) ހަމަކަށަވަރުންވެސް އެމީހުން އެޔަށް އެބަހީ އެއާޔަތަށް އީމާންވާނެކަން ކަށަވަރެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެފަދަ دليل އެއް معجزة އެއް ގެންނެވުން ވާކަންކަށަވަރީ ﷲ ގެ حضرة ންނެވެ. (އެއީ އަހުރެންގެ ކަމެއްނޫނެވެ.) އަދި އޭ مؤمن ންނޭވެ! އެ دليل އެއް - معجزة އެއް އަޔަސް އެމީހުން އީމާންނުވާނެކަން ކަލޭމެންނަށް إحسان ކުރެވުނީ ކޮންކަމަކުންހެއްޔެވެ؟ (ނުވަތަ އަނެއް قراءة ގައިވާގޮތުން އެ دليل އެއް އެ معجزة އެއް އަތުވެއްޖެއްޔާ އެއަށް ކަލޭމެން (ތިޔަ مشرك ން) އީމާންނުވާނެއެވެ. އަދި މިނޫން ގޮތްގޮތަށްވެސް މިއާޔަތުގެ މާނަލިޔެވިފައިވެއެވެ. والله أعلم)
6:110وَنُقَلِّبُ أَفۡـِٔدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٖ وَنَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ﴿110﴾وَنُقَلِّبُ أَفۡـِٔدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٖ وَنَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ
Transliteration: Wanuqallibu afidatahum waabsarahum kama lam yuminoo bihi awwala marratin wanatharuhum fee tughyanihim yaAAmahoona
Translation: އަދި އެމީހުންގެ ހިތްތަކާއި އެމީހުންގެ ލޯތައް ތިމަންރަސްކަލާނގެ ފުރޮޅުއްވާ ބަދަލުކުރައްވާ ތަފާތު ކުރައްވަމެވެ. އީމާންކަމާއި ދެމެދު ހުރަސްއަޅުއްވަމެވެ. އެއީ އެމީހުން ފުރަތަމަވެސް އެކަލޭގެފާނަށް އީމާންނުވި ފަދައިންނެވެ. އޭ رسول ﷲ އެވެ. އެމީހުންގެ އެ ނުކިޔަމަންތެރިކަމުގައި ދެފުށު އެޅިއެޅިތިބުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ!
6:111وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡهِمُ ٱلۡمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡهِمۡ كُلَّ شَيۡءٖ قُبُلٗا مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكۡثَرَهُمۡ يَجۡهَلُونَ ﴿111﴾۞وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡهِمُ ٱلۡمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡهِمۡ كُلَّ شَيۡءٖ قُبُلٗا مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكۡثَرَهُمۡ يَجۡهَلُونَ
Transliteration: Walaw annana nazzalna ilayhimu almalaikata wakallamahumu almawta wahasharna AAalayhim kulla shayin qubulan ma kanoo liyuminoo illa an yashaa Allahu walakinna aktharahum yajhaloona
Translation: އަދި ތިމަންރަސްކަލާނގެ އެމީހުންގެގާތަށް (مشرك ންގެގާތަށް) މަލާއިކަތްބޭކަލުން ފޮނުއްވިނަމަވެސް އަދި ނުވަތަ މަރުވެފައިވާ މީހުން ދިރިގެން ތެދުވެ އެމީހުންނާއި ވާހަކަދެއްކިނަމަވެސް އަދި ނުވަތަ ހުރިހާއެއްޗެއް ހަމަ ފައުޅުގައި قبيلة قبيلة އަށް ބައިބަޔަށް ޖަމާކުރައްވާ محشر ކުރެއްވިނަމަވެސް ﷲ އެދިވޮޑިގަންނަވަންޏާ މެނުވީ އެމީހުން އީމާންނުވާނެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކީ އެކަން ނުދަންނަމީހުންނެވެ.
6:112وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا شَيَٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِي بَعۡضُهُمۡ إِلَىٰ بَعۡضٖ زُخۡرُفَ ٱلۡقَوۡلِ غُرُورٗاۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ﴿112﴾وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا شَيَٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِي بَعۡضُهُمۡ إِلَىٰ بَعۡضٖ زُخۡرُفَ ٱلۡقَوۡلِ غُرُورٗاۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ
Transliteration: Wakathalika jaAAalna likulli nabiyyin AAaduwwan shayateena alinsi waaljinni yoohee baAAduhum ila baAAdin zukhrufa alqawli ghurooran walaw shaa rabbuka ma faAAaloohu fatharhum wama yaftaroona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އިންސީންނާއި ޖިންނީންގެ شيطان ން ލެއްވިފަދައިން ކޮންމެ نبي ބޭކަލަކަށްވެސް އިންސާނުންނާއި ޖިންނީންގެ ތެރެއިން ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ. އެއީ އެބޭކަލުންގެ عدوُّ ންނެވެ. އެސޮރުމެން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ޒީނަތްތެރި ފޮނިބަސްތައް ހެއްލުންތެރި ކުރުވުމަށްޓަކައި ކިޔައިދީހަދައެވެ. އަދި ކަލޭގެފާނުންގެ رَبّ އެދިވޮޑިނުގެންނެވިނަމަ އެމީހުން އެކަން ނުކުރީހެވެ. ފަހެ އެމީހުންނާއި އެމީހުން އެދޮގުހަދާތަކެތި ދޫކޮށްލައްވާށެވެ.
6:113وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ ﴿113﴾وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ
Transliteration: Walitasgha ilayhi afidatu allatheena la yuminoona bialakhirati waliyardawhu waliyaqtarifoo ma hum muqtarifoona
Translation: އަދި آخرة ދުވަހަށް އީމާންނުވާ މީހުންގެ ހިތްތައް އެޔަށް ލެނބުމަށެވެ. (އެބަހީ شيطانُ ންގެ އެ ޒީނަތްތެރި ފޮނިބަސްތަކަށް) ލެނބުމަށެވެ. އަދި އެމީހުން އެޔަށް ރުހުމަށެވެ. އަދި އެމީހުން އެކުރާ ނުބައި عمل ކޮށް އެފާފަތައް ކުރުމަށެވެ.
6:114أَفَغَيۡرَ ٱللَّهِ أَبۡتَغِي حَكَمٗا وَهُوَ ٱلَّذِيٓ أَنزَلَ إِلَيۡكُمُ ٱلۡكِتَٰبَ مُفَصَّلٗاۚ وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡلَمُونَ أَنَّهُۥ مُنَزَّلٞ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ﴿114﴾أَفَغَيۡرَ ٱللَّهِ أَبۡتَغِي حَكَمٗا وَهُوَ ٱلَّذِيٓ أَنزَلَ إِلَيۡكُمُ ٱلۡكِتَٰبَ مُفَصَّلٗاۚ وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡلَمُونَ أَنَّهُۥ مُنَزَّلٞ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ
Transliteration: Afaghayra Allahi abtaghee hakaman wahuwa allathee anzala ilaykumu alkitaba mufassalan waallatheena ataynahumu alkitaba yaAAlamoona annahu munazzalun min rabbika bialhaqqi fala takoonanna mina almumtareena
Translation: އަދި حكم ކުރާ ފަރާތެއްގެގޮތުން ﷲ ނޫން އެހެންފަރާތެއް އަހުރެން އެދެންވީހެއްޔެވެ؟ އެކަލާނގެއީ ކަލޭމެންގެމައްޗަށް تفصيل ކޮށް بيان ކޮށްދޭ حال ފޮތްބާވައިލެއްވި ކަލާނގެއެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވިމީހުންނަށް އެފޮތަކީ يعني ކީރިތި قرآن އަކީ ކަލޭގެފާނުންގެ رَبّ ގެ حضرة ން ހަމަ حقّ ގޮތުގައި ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށްއެނގޭނެއެވެ. ފަހެ ޝައްކުކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
6:115وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقٗا وَعَدۡلٗاۚ لَّا مُبَدِّلَ لِكَلِمَٰتِهِۦۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴿115﴾وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقٗا وَعَدۡلٗاۚ لَّا مُبَدِّلَ لِكَلِمَٰتِهِۦۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ
Transliteration: Watammat kalimatu rabbika sidqan waAAadlan la mubaddila likalimatihi wahuwa alssameeAAu alAAaleemu
Translation: އަދި عدل ވެރިކަމާއި ތެދުވެރިކަމުގެ ގޮތުން ކަލޭގެފާނުންގެ رَبّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. (ކީރިތި قرآن އަކީ އޭގެ އެންމެ ފުރިހަމަ كلمة ފުޅެވެ.) އަދި އެކަލާނގެ كلمة ފުޅު ބަދަލުކުރާނެ އެކަކުވެސް ނުވެއެވެ. [އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.]
6:116وَإِن تُطِعۡ أَكۡثَرَ مَن فِي ٱلۡأَرۡضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ﴿116﴾وَإِن تُطِعۡ أَكۡثَرَ مَن فِي ٱلۡأَرۡضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ
Transliteration: Wain tutiAA akthara man fee alardi yudillooka AAan sabeeli Allahi in yattabiAAoona illa alththanna wain hum illa yakhrusoona
Translation: (އޭ رسول ﷲ އެވެ!) ބިންމަތީގައިވާ ގިނަމީސްތަކުންނަށް ކަލޭގެފާނު ކިޔަމަންތެރިވެވަޑައިގެންފިއްޔާ އެމީހުން ﷲ ގެމަގުން ކަލޭގެފާނު ފުރައްދާ ވާވައްދައިލާނެއެވެ. އަދި ހަމަ ހީއާއި ވަހުމަށްމެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ލަފާކޮށް خيال ކުރާބަޔަކުކަމުގައި މެނުވީ އެމީހުން ނުވެއެވެ.
6:117إِنَّ رَبَّكَ هُوَ أَعۡلَمُ مَن يَضِلُّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ﴿117﴾إِنَّ رَبَّكَ هُوَ أَعۡلَمُ مَن يَضِلُّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
Transliteration: Inna rabbaka huwa aAAlamu man yadillu AAan sabeelihi wahuwa aAAlamu bialmuhtadeena
Translation: ހަމަކަށަވަރުން ކަލޭގެފާނުގެ رَبُّ، އެކަލާނގެމަގުން ފުރެދޭމީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުގައިވާ މީހާވެސް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ.
6:118فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَٰتِهِۦ مُؤۡمِنِينَ ﴿118﴾فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَٰتِهِۦ مُؤۡمِنِينَ
Transliteration: Fakuloo mimma thukira ismu Allahi AAalayhi in kuntum biayatihi mumineena
Translation: ފަހެ އޭގެމައްޗަށް ﷲ ގެ ނަންފުޅުގަނެވިފައިވާ ތަކެތި ކަލޭމެންކާށެވެ. (އެބަހީ: بسم ކިޔައިގެން صحّ މަގުން ކަތިލެވިފައިވާ ތަކެތީގެ މަސް ކަލޭމެން ކާށެވެ.) ކަލޭމެން އެކަލާނގެ އާޔަތްތަކަށް އީމާންވެގެންވާ ބަޔަކުކަމުގައި ވަންޏާއެވެ. އެއީ ހުއްދަކަމެކެވެ.
6:119وَمَا لَكُمۡ أَلَّا تَأۡكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ وَقَدۡ فَصَّلَ لَكُم مَّا حَرَّمَ عَلَيۡكُمۡ إِلَّا مَا ٱضۡطُرِرۡتُمۡ إِلَيۡهِۗ وَإِنَّ كَثِيرٗا لَّيُضِلُّونَ بِأَهۡوَآئِهِم بِغَيۡرِ عِلۡمٍۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِٱلۡمُعۡتَدِينَ ﴿119﴾وَمَا لَكُمۡ أَلَّا تَأۡكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ وَقَدۡ فَصَّلَ لَكُم مَّا حَرَّمَ عَلَيۡكُمۡ إِلَّا مَا ٱضۡطُرِرۡتُمۡ إِلَيۡهِۗ وَإِنَّ كَثِيرٗا لَّيُضِلُّونَ بِأَهۡوَآئِهِم بِغَيۡرِ عِلۡمٍۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِٱلۡمُعۡتَدِينَ
Transliteration: Wama lakum alla takuloo mimma thukira ismu Allahi AAalayhi waqad fassala lakum ma harrama AAalaykum illa ma idturirtum ilayhi wainna katheeran layudilloona biahwaihim bighayri AAilmin inna rabbaka huwa aAAlamu bialmuAAtadeena
Translation: އަދި އެއެއްޗެއްގެމައްޗަށް ﷲ ގެނަންފުޅު ގަނެވިފައިވާ ތަކެތީން ކަލޭމެން ނުކާންވީ ކީއްވެހެއްޔެވެ؟ ކޮންކަމަކާހެދިހެއްޔެވެ؟ ގޮތެއްނެތި މަޖްބޫރުވެގެންވާ حال ބޭނުންކޮށްލުމަށްމެނުވީ ކަލޭމެންގެމައްޗަށް حرام ކުރެއްވިތަކެތި ހަމަކަށަވަރުން އެކަލާނގެ ކަލޭމެނަށް تفصيل ކޮށް بيان ކޮށްދެއްވިއެވެ. އަދި މީސްތަކުންކުރެ ގިނަބަޔަކު އެއްވެސްއެނގުމެއް علم އެއްނެތި އެމީހުންގެ هوى نفس އަށް ފެންނަގޮތެއްގެމަތީން ގިނަބަޔަކު މަގުފުރައްދާކަން ކަށަވަރެވެ. (އެއްވެސް صحّ دليل އެއްނެތި ތިމާމެންނަށް ފެންނަގޮތަކަށް فتوى ދިނުމުގެ ސަބަބުން ގިނަބަޔަކު މަގުފުރެދެއެވެ.) ހަމަކަށަވަރުން ތިމާމެންގެ حدّ ފަހަނަޅައި حدُّ ން ބޭރުވެގެންވާމީސްތަކުން ކަލޭގެފާނުގެ رَبّ މޮޅަށް ދެނެވޮޑިގެންވެއެވެ.
6:120وَذَرُواْ ظَٰهِرَ ٱلۡإِثۡمِ وَبَاطِنَهُۥٓۚ إِنَّ ٱلَّذِينَ يَكۡسِبُونَ ٱلۡإِثۡمَ سَيُجۡزَوۡنَ بِمَا كَانُواْ يَقۡتَرِفُونَ ﴿120﴾وَذَرُواْ ظَٰهِرَ ٱلۡإِثۡمِ وَبَاطِنَهُۥٓۚ إِنَّ ٱلَّذِينَ يَكۡسِبُونَ ٱلۡإِثۡمَ سَيُجۡزَوۡنَ بِمَا كَانُواْ يَقۡتَرِفُونَ
Transliteration: Watharoo thahira alithmi wabatinahu inna allatheena yaksiboona alithma sayujzawna bima kanoo yaqtarifoona
Translation: ފައުޅުވެގެންވާ ފާފަޔާ އަދި ފޮރުވި ނިވައިވެގެންވާ ފާފަތައް ދޫކޮށްލާށެވެ. (ނުވަތަ ގިނަ އަދި މަދު ފާފައިން ނުވަތަ.ހުރިހާފާފައެއް ދޫކޮށްލާށެވެ.....) ހަމަކަށަވަރުން ފާފަތައްކުރާ މީހުންނަށް އެމީހުން އެފާފަކުރާ ކަންތައްތަކުގެ ސަބަބުން އެމީހުންނަށް ޖަޒާދެއްވޭނެއެވެ.
6:121وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡقٞۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ ﴿121﴾وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡقٞۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ
Transliteration: Wala takuloo mimma lam yuthkari ismu Allahi AAalayhi wainnahu lafisqun wainna alshshayateena layoohoona ila awliyaihim liyujadilookum wain ataAAtumoohum innakum lamushrikoona
Translation: އަދި އެއެއްޗެއްގެ މައްޗަށް ﷲ ގެ ނަންފުޅު ނުގަނެވި މަރުވެފައިވާ އެއްޗެތީން ކަލޭމެން ނުކާށެވެ! (އެބަހީ:މަސްކެއުން ޙަލާލު ޖަނަވާރެއްނަމަވެސް بسم ކިޔައިގެން صحّ މަގުން ނުކަތިލެވޭތަކެތީން ނުކާށެވެ.) އެއީ ހަމަކަށަވަރުން فاسق ކަމެކެވެ. އުރެދުމެކެވެ. / ނުވަތަ ހަޑިމުޑުދާރު ތަކެތިކަން ކަށަވަރެވެ. އަދި شيطان ން އެމީހުންގެ ولِى ންނަށް (ސަހަރޯވެރިންނަށް) خبر ތައްދީ އަންގައި ހަދާނެކަންކަށަވަރެވެ. އެއީ ކަލޭމެން مؤمن ންނާ جدل ކޮށްހެދުމަށްޓަކައެވެ. އަދި ކަލޭމެންވެސް އެމީހުންނަށް ކިޔަމަންވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީވެސް مشرك ންނެވެ.\n• ދަންނައެވެ. މިއާޔަތުގައި މިވާ شيطان ންނަކީ އެއީ فَارِس ކަރައިގެމީހުންނާއި ދެންވެސް އެމީހުން مجوسى ދީނުގައި އުޅޭމީހުންނެވެ. ދެން އެމީހުންގެ ولى ންނޭއޮތް ބަސްފުޅުން މުރާދުވެވެނީ مكّة ގެ قريش ގެ ބޮޑެތި مشرك ންނެވެ. އެމީހުން جدل ކުރިކަމެއްކަމުގައިވަނީ މުޅަތަކެތީގެ މަސްކެއުމާއި މެދުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ تفسير ގައި ލިޔެވިގެންވެއެވެ. والله أعلم - = تفسير طبري ބައްލަވާށެވެ. =
6:122أَوَمَن كَانَ مَيۡتٗا فَأَحۡيَيۡنَٰهُ وَجَعَلۡنَا لَهُۥ نُورٗا يَمۡشِي بِهِۦ فِي ٱلنَّاسِ كَمَن مَّثَلُهُۥ فِي ٱلظُّلُمَٰتِ لَيۡسَ بِخَارِجٖ مِّنۡهَاۚ كَذَٰلِكَ زُيِّنَ لِلۡكَٰفِرِينَ مَا كَانُواْ يَعۡمَلُونَ ﴿122﴾أَوَمَن كَانَ مَيۡتٗا فَأَحۡيَيۡنَٰهُ وَجَعَلۡنَا لَهُۥ نُورٗا يَمۡشِي بِهِۦ فِي ٱلنَّاسِ كَمَن مَّثَلُهُۥ فِي ٱلظُّلُمَٰتِ لَيۡسَ بِخَارِجٖ مِّنۡهَاۚ كَذَٰلِكَ زُيِّنَ لِلۡكَٰفِرِينَ مَا كَانُواْ يَعۡمَلُونَ
Transliteration: Awa man kana maytan faahyaynahu wajaAAalna lahu nooran yamshee bihi fee alnnasi kaman mathaluhu fee alththulumati laysa bikharijin minha kathalika zuyyina lilkafireena ma kanoo yaAAmaloona
Translation: މަރުވެގެންވާ މީހަކުކަމުގައިވެފައި ދެން ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި އަދި އެމީހަކަށް ތިމަންރަސްކަލާނގެ نور އެއްލައްވައި އެ نور ގެ އަލީގައި މީސްތަކުންގެމެދުގައި ހިނގާބިނގާވެއުޅޭ މީހަކާއި އަނދިރިތަކެއްގެތެރޭގައި އެއިން ނުކުތުމެއްނެތި ހުންނަމީހަކާއި ދެމީހުން އެއްފަދަހެއްޔެވެ؟ ކާފަރުން އެމީހުންކުރާ ނުބައި عمل ތައް އެމީހުންނަށް ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށްދެއްވީ އެފަދައިންނެވެ. • ދަންނައެވެ! މިއީ مؤمن އީމާންތެރިމީހާއާއި ކާފަރުގެ މިސާލެކެވެ. مؤمن މީހާއަށް ﷲ هداية ދައްކަވައި އޭނާ އެތެދުމަގުގައި އުޅެމުންދަނީއެވެ. އަނެއް ކާފަރުމީހާ އޭނާއަށް އެއްވެސް ތެދުމަގެއްނެތެވެ. ކާފަރުކަމާއި ޖާހިލުކަމުގެ ގަދަ އަނދިރީގައެވެ. އެދެމީހުން އެއްވަރު ނުވާނެއެވެ.
6:123وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ ﴿123﴾وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ
Transliteration: Wakathalika jaAAalna fee kulli qaryatin akabira mujrimeeha liyamkuroo feeha wama yamkuroona illa bianfusihim wama yashAAuroona
Translation: އަދި ހަމައެފަދައިން ކާފަރުންނަށް އެމީހުންއެކުރާ ނުބައި عمل ތައް ޒީނަތްތެރިކޮށްދެއްވި ފަދައިން ތިމަންރަސްކަލާނގެ ކޮންމެރަށަކަށްވެސް އެރަށެއްގައިވާ ކަމުވޮށިގެންވާ ބޮޑެތިމީހުން އެއީ އެރަށުގެ مُجْرِمُ ންކަމުގައި ލެއްވީމެވެ. (އެއީ އެމީހުން އެގޮތް إختيار ކުރީމައެވެ.) ދެން އެމީހުން އެރަށުގައިތިބެ مَكَرُ ތައްހަދާ ގޮތްތައް ރާވާހަދައެވެ. (ﷲ ގެ دين އާއި دين ގެ أهل ވެރިންބަރުބާދު ކުރުމަށް ޒާތްޒާތުގެ ގޮތްތައް ހަދާ مشروع ތައް ރާވާހަދައެވެ. ބޭރުފުށުން ترقّى އާއި ކުރިއެރުމުގެ ނަމުގައެވެ. އެތެރެފުށުން إسلامى دين ހަލާކު ކުރުމަށެވެ.) އަދި އެކަމަކު އެމީހުން އެހަދާ مَكَرُ ރޭވުންތަކުގެ ނުބައިކަން ހުންނާނީ ހަމައެމީހުންނަށެވެ. އެމީހުންނަކަށް އެގޮތް ނޭނގެއެވެ. إحساس ނުކުރެވެއެވެ.
6:124وَإِذَا جَآءَتۡهُمۡ ءَايَةٞ قَالُواْ لَن نُّؤۡمِنَ حَتَّىٰ نُؤۡتَىٰ مِثۡلَ مَآ أُوتِيَ رُسُلُ ٱللَّهِۘ ٱللَّهُ أَعۡلَمُ حَيۡثُ يَجۡعَلُ رِسَالَتَهُۥۗ سَيُصِيبُ ٱلَّذِينَ أَجۡرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٞ شَدِيدُۢ بِمَا كَانُواْ يَمۡكُرُونَ ﴿124﴾وَإِذَا جَآءَتۡهُمۡ ءَايَةٞ قَالُواْ لَن نُّؤۡمِنَ حَتَّىٰ نُؤۡتَىٰ مِثۡلَ مَآ أُوتِيَ رُسُلُ ٱللَّهِۘ ٱللَّهُ أَعۡلَمُ حَيۡثُ يَجۡعَلُ رِسَالَتَهُۥۗ سَيُصِيبُ ٱلَّذِينَ أَجۡرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٞ شَدِيدُۢ بِمَا كَانُواْ يَمۡكُرُونَ
Transliteration: Waitha jaathum ayatun qaloo lan numina hatta nuta mithla ma ootiya rusulu Allahi Allahu aAAlamu haythu yajAAalu risalatahu sayuseebu allatheena ajramoo sagharun AAinda Allahi waAAathabun shadeedun bima kanoo yamkuroona
Translation: އަދި އެމީހުންގާތަށް (އެބަހީ: مشرك ންގެގާތަށް - نبي ﷲ ﷺ އެގެންނެވި دين އެއީ صحّ އަދި حقيقة އެއްކަން އަންގައިދޭ) ކޮންމެدليل އެއް حجّة އެއް އަތުވެއްޖެއްޔާވެސް އެމީހުން ބުނާނެއެވެ. ﷲ ފޮނުއްވި އެހެނިހެން رسول ބޭކަލުންނަށް އައިކަހަލަ معجزة އެއް (موسى عليه السّلام ގެ އަސާކޮޅުކަހަލަ - صالح عليه السلاّم ގެފާނުންގެ جملކޮޅުފަދަ معجزة އެއް) އަހުރެމެންނަށް ގެނެވިއްޖައުމަށްދާންދެން އަހުރެމެން އީމާންނުވާހުއްޓެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) ﷲ އެކަލާނގެ رسول ކަން ލައްވާނެތަނެއް އަދި ދެއްވާނެމީހެއް ދެނެވޮޑިގަތުން ބޮޑެވެ. (އަދި معجزة އެއް ފޮނުއްވާނެކަމެއް ނުވަތަ ނޫންކަމެއް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ.) އަދި ފާފަކޮށް ނުބައި ނުލަފާ ކަންތައްތައް ކުރާމީހުންނަށް ﷲ ގެ حضرة ގައި ނިކަންހުރެ ދެރަކަމާއި ނިކަމެތިކަން ހުންނަހުއްޓެވެ. އަދި އެމީހުން مَكَرُ ތައްހަދާ ގޮތްތައް ރާވާކަމުގައިވީކަންތައްތަކުގެ ސަބަބުން ގަދަވެގެންވާ عذاب އެމީހުންނަށް ހުންނަހުއްޓެވެ.
6:125فَمَن يُرِدِ ٱللَّهُ أَن يَهۡدِيَهُۥ يَشۡرَحۡ صَدۡرَهُۥ لِلۡإِسۡلَٰمِۖ وَمَن يُرِدۡ أَن يُضِلَّهُۥ يَجۡعَلۡ صَدۡرَهُۥ ضَيِّقًا حَرَجٗا كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِۚ كَذَٰلِكَ يَجۡعَلُ ٱللَّهُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يُؤۡمِنُونَ ﴿125﴾فَمَن يُرِدِ ٱللَّهُ أَن يَهۡدِيَهُۥ يَشۡرَحۡ صَدۡرَهُۥ لِلۡإِسۡلَٰمِۖ وَمَن يُرِدۡ أَن يُضِلَّهُۥ يَجۡعَلۡ صَدۡرَهُۥ ضَيِّقًا حَرَجٗا كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِۚ كَذَٰلِكَ يَجۡعَلُ ٱللَّهُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يُؤۡمِنُونَ
Transliteration: Faman yuridi Allahu an yahdiyahu yashrah sadrahu lilislami waman yurid an yudillahu yajAAal sadrahu dayyiqan harajan kaannama yassaAAAAadu fee alssamai kathalika yajAAalu Allahu alrrijsa AAala allatheena la yuminoona
Translation: ފަހެ ﷲ تعالى އެމީހަކަށް ތެދުމަގުދެއްކެވުމަށް އިރާދަކުރައްވާމީހަކު ދަންނައެވެ. ފަހެ އެކަލާނގެ އެމީހެއްގެ މޭމަތި އެބަހީ ހިތް އިސްލާމްދީނަށް ތަނަވަސްކޮށްދެއްވާ ހާމަކޮށްދެއްވައެވެ. އަދި މީހަކު މަގުފުރެއްދެވުމަށް އެކަލާނގެ އިރާދަކުރައްވަންޏާ އެމީހެއްގެ މޭމަތި އެބަހީ ހިތް (އީމާންކަމާއި ތެދުމަގުގެ ފަރާތަށް) އެކަލާނގެ ދަތިކުރައްވާ އުނދަގޫކުރައްވައެވެ. އޭނާޔަށް އެކަންވާނީ މައްޗަށް އަރާމީހެއްގެ ނޭވަޔަށްވާގޮތަށެވެ. (ވައިމަދުވެ އޮކްސިޖަން މަދުވެގެން ނޭވާލާން އުނދަގުވެގެންއުޅޭ މީހަކުފަދައިންނެވެ.) އީމާންނުވާ މީހުންގެ ހިތްތަކަށް ﷲ تعالى ހަޑިމުޑުދާރުކަން ނުވަތަ عذاب ލައްވާފައިވަނީ އެފަދައިންނެވެ.
6:126وَهَٰذَا صِرَٰطُ رَبِّكَ مُسۡتَقِيمٗاۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَذَّكَّرُونَ ﴿126﴾وَهَٰذَا صِرَٰطُ رَبِّكَ مُسۡتَقِيمٗاۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَذَّكَّرُونَ
Transliteration: Wahatha siratu rabbika mustaqeeman qad fassalna alayati liqawmin yaththakkaroona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މިއަންގަވާގޮތް) މިއީ ކަލޭގެފާނުންގެ رَبّ ގެ ސީދާވެގެންވާމަގެވެ. ތެދުމަގެވެ. نصيحة އާއި وعظ ން عبرة ލިބިގަންނަބަޔަކަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް / - دليل ތައް تفصيل ކޮށް بيان ކޮށްދެއްވައިފީމެވެ.
6:127لَهُمۡ دَارُ ٱلسَّلَٰمِ عِندَ رَبِّهِمۡۖ وَهُوَ وَلِيُّهُم بِمَا كَانُواْ يَعۡمَلُونَ ﴿127﴾۞لَهُمۡ دَارُ ٱلسَّلَٰمِ عِندَ رَبِّهِمۡۖ وَهُوَ وَلِيُّهُم بِمَا كَانُواْ يَعۡمَلُونَ
Transliteration: Lahum daru alssalami AAinda rabbihim wahuwa waliyyuhum bima kanoo yaAAmaloona
Translation: އެމީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި دَارُ السّلام ވެއެވެ. އެއީ ސަލާމަތުގެ ގޮވައްޗެވެ. ސުވަރުގެއެވެ. އަދި އެކަލާނގެ އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ. އެއީ އެމީހުންކުރާކަމުގައިވި (ރަނގަޅު) عمل ތަކުގެ ސަބަބުންނެވެ.
6:128وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا يَٰمَعۡشَرَ ٱلۡجِنِّ قَدِ ٱسۡتَكۡثَرۡتُم مِّنَ ٱلۡإِنسِۖ وَقَالَ أَوۡلِيَآؤُهُم مِّنَ ٱلۡإِنسِ رَبَّنَا ٱسۡتَمۡتَعَ بَعۡضُنَا بِبَعۡضٖ وَبَلَغۡنَآ أَجَلَنَا ٱلَّذِيٓ أَجَّلۡتَ لَنَاۚ قَالَ ٱلنَّارُ مَثۡوَىٰكُمۡ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُۚ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ﴿128﴾وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا يَٰمَعۡشَرَ ٱلۡجِنِّ قَدِ ٱسۡتَكۡثَرۡتُم مِّنَ ٱلۡإِنسِۖ وَقَالَ أَوۡلِيَآؤُهُم مِّنَ ٱلۡإِنسِ رَبَّنَا ٱسۡتَمۡتَعَ بَعۡضُنَا بِبَعۡضٖ وَبَلَغۡنَآ أَجَلَنَا ٱلَّذِيٓ أَجَّلۡتَ لَنَاۚ قَالَ ٱلنَّارُ مَثۡوَىٰكُمۡ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُۚ إِنَّ رَبَّكَ حَكِيمٌ عَلِيمٞ
Transliteration: Wayawma yahshuruhum jameeAAan ya maAAshara aljinni qadi istakthartum mina alinsi waqala awliyaohum mina alinsi rabbana istamtaAAa baAAduna bibaAAdin wabalaghna ajalana allathee ajjalta lana qala alnnaru mathwakum khalideena feeha illa ma shaa Allahu inna rabbaka hakeemun AAaleemun
Translation: އަދި އެކަލާނގެ އެންމެން محشر ކުރައްވާދުވަހު (مشرك ންނާއި އެމީހުން އަޅުކަންކުރި ބުދުތަކާއި އަދި شيطان ންނާއި މިހުރިހާތަކެތި އެއްކުރައްވާ محشر ގެ ميدان އަށް ޖަމާކުރައްވާ ދުވަހުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. އޭ ޖީންނީންގެ جماعة އެވެ. ހަމަކަށަވަރުން އިންސާނުން މަގުފުރައްދާ އޮޅުވާހެދުން ކަލޭމެން ގިނަކޮށްފީމެވެ. އަދި އިންސާނުންގެތެރެއިން އެމީހުންގެ ސަހަރޯވެރިން ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبّ އެވެ. އަޅަމެން އަޅަމެންގެ އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު އަރާމުލިބިގެންފީމެވެ. (ޖިންނީންގެ ކިބައިން އިންސާނުން އަރާމުލިބިގަތުމަކީ ﷲ ފިޔަވައި ޖިންނީންގެކިބައިން ސަލާމަތްކަމާއި އަރާމުލިބިގަތުމަށް އެދުމެވެ. އަދި އިންސާނުންގެ ކިބައިން ޖިންނީން އަރާމުލިބިގަތުމަކީ އިންސާނުން ޖިންނީންނަށް މާތްކޮށްހިތާ ބޮޑުކޮށް މަތިވެރިކުރުމެވެ.) ދެންފަހެ އިންސާނުން ﷲ އަށް ދަންނަވާނެއެވެ. މިއަދު މިތިބީ އިބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވައިދެއްވި أجل يعني: حياة ގެ މުއްދަތު ނިންމާފައެވެ. އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން قائم ވެތިބޭނެތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވި ވަގުތެއްގައިމެނުވީ އެތާނގައި ދެމިތިބޭގޮތަށެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ އެއީ حكمة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
6:129وَكَذَٰلِكَ نُوَلِّي بَعۡضَ ٱلظَّـٰلِمِينَ بَعۡضَۢا بِمَا كَانُواْ يَكۡسِبُونَ ﴿129﴾وَكَذَٰلِكَ نُوَلِّي بَعۡضَ ٱلظَّـٰلِمِينَ بَعۡضَۢا بِمَا كَانُواْ يَكۡسِبُونَ
Transliteration: Wakathalika nuwallee baAAda alththalimeena baAAdan bima kanoo yaksiboona
Translation: އަދި އަނިޔާވެރިން އެއްބަޔަކު އެއީ އަނެއްބައެއްގެ ولِىُّ ންކަމުގައި އެބަހީ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ އެފަދައިންނެވެ. އެމީހުންކުރާ ކަމުގައިވީ ކަންތައްތަކުގެ ސަބަބުންނެވެ.
6:130يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ شَهِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ﴿130﴾يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ شَهِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ
Transliteration: Ya maAAshara aljinni waalinsi alam yatikum rusulun minkum yaqussoona AAalaykum ayatee wayunthiroonakum liqaa yawmikum hatha qaloo shahidna AAala anfusina wagharrathumu alhayatu alddunya washahidoo AAala anfusihim annahum kanoo kafireena
Translation: އޭ ޖީންނީންނާއި އިންސާނުންނާއި ދެ جماعة ގެމީހުންނޭވެ. ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެނަށް ކިޔައި އަދި ކަލޭމެން މިދުވަހާއި ބައްދަލުވާނެކަމުގެ إنذار ކުރެއްވުމަށް މިދުވަހުގެ ބިރުވެރިކަމުގެ خبر ދެއްވުމަށް ކަލޭމެންގެގާތަށް ތިމަންރަސްކަލާނގެ رسول ން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަޅަމެން ތިޔަކަންތަކުގެމައްޗަށް އަޅަމެންގެ نفس ތަކަށް ހެކިވެއްޖައީމެވެ. (رسول ން ވަޑައިގެން إنذار ކުރެއްވިއެވެ.) ފަހެ އެމީހުންނަށް ދުނިޔޭގެ حياة ހެއްލުންތެރިކުރުވީއެވެ. (އޭގެ އޮއިވަރުގައިޖެހި ޕްރޮޖެކްޓްތަކުގައި مَشْغُول ވެ ކާފަރުންގެ ޕްރޮގްރާމްތައް ހިންގުމުގައި އަދި މާއްދީ އެކި ކަންކަމުގައި ހެއްލުންތެރިވެ آخرة ހަނދާންނެތުނީއެވެ.) ހަމަކަށަވަރުން އެމީހުންވީ ކާފަރުންކަމުގައެވެ.
6:131ذَٰلِكَ أَن لَّمۡ يَكُن رَّبُّكَ مُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا غَٰفِلُونَ ﴿131﴾ذَٰلِكَ أَن لَّمۡ يَكُن رَّبُّكَ مُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا غَٰفِلُونَ
Transliteration: Thalika an lam yakun rabbuka muhlika alqura bithulmin waahluha ghafiloona
Translation: އެގޮތަކީ (އެބަހީ ﷲ رسولُ ން ފޮނުއްވައި މީސްތަކުންނަށް ހެޔޮނުބައި އަންގަވައިދެއްވަނީ) ކަލޭގެފާނުގެ رَبّ އެއީ މީސްތަކުން غافل ވެގެންވާ حال ރަށްރަށް ހަލާކުކުރައްވާކަލަކުކަމުގައި ނުވާތީއެވެ.
6:132وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ ﴿132﴾وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ
Transliteration: Walikullin darajatun mimma AAamiloo wama rabbuka bighafilin AAamma yaAAmaloona
Translation: އަދި ކޮންމެ މީހަކަށްވެސް އަދި ކޮންމެބަޔަކަށްވެސް (ހެޔޮ عمل ކުރިޔަސް ނުވަތަ ނުބައި عمل ކުރިޔަސް) ދަރަޖަތަކެއްވެއެވެ. (އެ عمل ތަކަށް އެކަލާނގެ جزاء ދެއްވާހުއްޓެވެ.) އަދި އެމީސްތަކުން ކުރަމުންދާ عمل ތަކުން ކަލޭގެފާނުންގެ رَبّ غافل ވެވޮޑިގެން ނުވެއެވެ.
6:133وَرَبُّكَ ٱلۡغَنِيُّ ذُو ٱلرَّحۡمَةِۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَسۡتَخۡلِفۡ مِنۢ بَعۡدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوۡمٍ ءَاخَرِينَ ﴿133﴾وَرَبُّكَ ٱلۡغَنِيُّ ذُو ٱلرَّحۡمَةِۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَسۡتَخۡلِفۡ مِنۢ بَعۡدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوۡمٍ ءَاخَرِينَ
Transliteration: Warabbuka alghaniyyu thoo alrrahmati in yasha yuthhibkum wayastakhlif min baAAdikum ma yashao kama anshaakum min thurriyyati qawmin akhareena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ އެއީ ހުރިހާގޮތަކުން އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވާ رحمة ގެވެރިކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގަންނަވާނަމަ ކަލޭމެން ގެންދަވާ ނެތިކުރައްވާ ކަލޭމެނަށްފަހު އެހެންބަޔަކު އެކަލާނގެ ގެންނަވައިފީހެވެ. އެއީ ކަލޭމެންވެސް އައިސްފައިވަނީ އެހެންބައެއްގެ ދަރިފަސްކޮޅުންނެވެ. އެހެންބަޔަކު ނެތިވެދިއުމަށްފަހުގައެވެ.
6:134إِنَّ مَا تُوعَدُونَ لَأٓتٖۖ وَمَآ أَنتُم بِمُعۡجِزِينَ ﴿134﴾إِنَّ مَا تُوعَدُونَ لَأٓتٖۖ وَمَآ أَنتُم بِمُعۡجِزِينَ
Transliteration: Inna ma tooAAadoona laatin wama antum bimuAAjizeena
Translation: (އޭ މިތިބަ ބުދަށް އަޅުކަންކުރާ މީހުންނޭވެ! ﷲ އަށް شريك ކުރާ مشرك ންނޭވެ!) ހަމަކަށަވަރުން ކަލޭމެންނަށް އަންނާނެކަމަށް وعد ވެވިގެންވާ އެތި يعني: عذاب ކަނޑައެޅިގެން އަންނަހުއްޓެވެ. އަދި އެ عذاب އަޔަނުދީ ﷲ ނުކުޅައްދައިލެވޭނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.
6:135قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَامِلٞۖ فَسَوۡفَ تَعۡلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ ﴿135﴾قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَامِلٞۖ فَسَوۡفَ تَعۡلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ
Transliteration: Qul ya qawmi iAAmaloo AAala makanatikum innee AAamilun fasawfa taAAlamoona man takoonu lahu AAaqibatu alddari innahu la yuflihu alththalimoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ އަހުރެންގެ قوم އެވެ. ކަލޭމެންގެ ތަނުގައި ކަލޭމެންކުރާގޮތަކަށް عمل ކުރަމުން ގެންދާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާނަމެވެ. ދެންފަހެ ފަހުކޮޅު ރަނގަޅުވެގެންވަނީ ކޮންބަޔަކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.
6:136وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَٰمِ نَصِيبٗا فَقَالُواْ هَٰذَا لِلَّهِ بِزَعۡمِهِمۡ وَهَٰذَا لِشُرَكَآئِنَاۖ فَمَا كَانَ لِشُرَكَآئِهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمۡۗ سَآءَ مَا يَحۡكُمُونَ ﴿136﴾وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَٰمِ نَصِيبٗا فَقَالُواْ هَٰذَا لِلَّهِ بِزَعۡمِهِمۡ وَهَٰذَا لِشُرَكَآئِنَاۖ فَمَا كَانَ لِشُرَكَآئِهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمۡۗ سَآءَ مَا يَحۡكُمُونَ
Transliteration: WajaAAaloo lillahi mimma tharaa mina alharthi waalanAAami naseeban faqaloo hatha lillahi bizaAAmihim wahatha lishurakaina fama kana lishurakaihim fala yasilu ila Allahi wama kana lillahi fahuwa yasilu ila shurakaihim saa ma yahkumoona
Translation: އަދި ދަނޑުތަކުގައި ﷲ ހައްދަވާފައިވާ ތަކެތީންނާއި އަދި نَعَم ސޫފީގެ ތެރެއިން ބައެއް އެމީހުން ﷲ އަށް خاصّ ކުރިއެވެ. ފަހެ އެމީހުން ބުންޏެވެ. މިބައި މިއީ ﷲ އަށެވެ. އަދި މިބައި މިއީ އަހުރެމެންގެ شَرِيْكُ ންނަށްށެވެ. މިއީ އެމީހުން ހީކުރާގޮތެވެ. އަދި އެމީހުންގެ شَرِيْكُ ންނަށް يعني ބުދުތަކަށް ވާބައިން ﷲ އަށް އެއްޗެއް ނުފޯރާނެއެވެ. ﷲ ގެނަމުގައި ހޭދަކޮށްގެން ނުވާނެއެވެ. އަދި ﷲ އަށް خاصّ ވެގެންވާބައިން އެމީހުންގެ شريكُ ންތަކަށް ފޯރާނެއެވެ. އެމީހުން އެ حكم ކުރާގޮތް ނުބައިވެގެންވެއެވެ. • ދަންނައެވެ. އިސްލާމްދީން އައުމުގެކުރިން مشرك ންގެމީހުން އެމީހުންގެ ދަނޑުތަކުން ނުކުންނަ ތަކެތީންނާއި އަދި نعم ސޫފީގެތެރެއިން ބައެއް ﷲ ގެނަމުގައި ބަހައްޓައެވެ. އަދި އެމީހުންގެ ބުދުތަކާއި شيطان ންނަށް ބައެއްބަހައްޓައެވެ. އެތަކެތި ހުންނަނީ ބުދުތައް ބަލަހައްޓާ މީހުންނަށެވެ. سَدَنَة ންނަށެވެ. ދެންފަހެ އެމީހުންގެ شريك ންގެބައިން خرد ކޮށް ހުސްވެއްޖެއްޔާ ނުވަތަ އެއިން އެއްޗެއް ކޮންމެވެސްގޮތަކުން މަދުވެއްޖެއްޔާ ﷲ އަށް އެޅިބައިން ނަގައި އެތަން ފުރިހަމަކުރެއެވެ. އަދި ބުނެއެވެ. ﷲ އަށް ބޭނުންވެވޮޑިނުގަންނަވާނެއެވެ. އެކަލާނގެއީ ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ﷲ އަށް خاصّ ކުރިބައިން صدقة ދީގެންނަމަވެސް ނުވަތަ އެއްޗެއް ވެއްޓިގެންނަމަވެސް އެއިން މަދުވެއްޖެއްޔާވެސް އެމީހުންގެ شريك ންގެބައިން ﷲ ގެ ބަޔަކަށް އެއްޗެއް އިތުރު ނުކުރެވޭނެއެވެ. މިއީ ހައްތާވެސް އެމީހުންގެ خيال ން އެމީހުން ކޮށްގެންއުޅޭ ކަންކަމެވެ. ﷲ ގެ އެއްވެސް އެންގެވުމެއް އޮވެގެންނޫނެވެ. މިވާހަކަތައް ގިނަ ރިވާޔަތްތަކުން طَبَرى ގެ تفسير ގައިވެއެވެ. މިތާމިވަނީ އޭގެ خلاصة އެވެ. والله أعلم.
6:137وَكَذَٰلِكَ زَيَّنَ لِكَثِيرٖ مِّنَ ٱلۡمُشۡرِكِينَ قَتۡلَ أَوۡلَٰدِهِمۡ شُرَكَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ﴿137﴾وَكَذَٰلِكَ زَيَّنَ لِكَثِيرٖ مِّنَ ٱلۡمُشۡرِكِينَ قَتۡلَ أَوۡلَٰدِهِمۡ شُرَكَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ
Transliteration: Wakathalika zayyana likatheerin mina almushrikeena qatla awladihim shurakaohum liyurdoohum waliyalbisoo AAalayhim deenahum walaw shaa Allahu ma faAAaloohu fatharhum wama yaftaroona
Translation: އަދި އެމީހުންގެ ދަނޑުންނާއި ޖަނަވާރުތަކުން މިގޮތަށް ބައިއަޅައިގެން ބެހުން ޒީނަތްތެރިކޮށްދިން ފަދައިން مشرك ންގެ ގިނަމީހުންތަކަކަށް އެމީހުންގެ ދަރިން މަރާ ހެދުމަށްވެސް އެމީހުންގެ شريك ންތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނެވެ. އެއީ އެމީހުން ހަލާކުގެތެރެއަށް ވައްޓައިލުމަށާއި އަދި އެމީހުންގެ ދީން އެމީހުންގެމައްޗަށް އޮޅުވާ ގަޑުބަޑު ކުރުމަށެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުން އެކަން ނުކުރީހެވެ. (އޭ رسول ﷲ އެވެ!) ފަހެ އެމީހުންނާއި އެމީހުން އަޅުކަންކުރާ ތަކެތި ކަލޭގެފާނު ދޫކޮށްލައްވާށެވެ.
6:138وَقَالُواْ هَٰذِهِۦٓ أَنۡعَٰمٞ وَحَرۡثٌ حِجۡرٞ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَٰمٞ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا كَانُواْ يَفۡتَرُونَ ﴿138﴾وَقَالُواْ هَٰذِهِۦٓ أَنۡعَٰمٞ وَحَرۡثٌ حِجۡرٞ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَٰمٞ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا كَانُواْ يَفۡتَرُونَ
Transliteration: Waqaloo hathihi anAAamun waharthun hijrun la yatAAamuha illa man nashao bizaAAmihim waanAAamun hurrimat thuhooruha waanAAamun la yathkuroona isma Allahi AAalayha iftiraan AAalayhi sayajzeehim bima kanoo yaftaroona
Translation: އަދި އެ مشرك ން ބުންޏެވެ. މި نعم ސޫފިތަކާއި އަދި މިދަނޑުތައްމިވަނީ އަހުރެމެން އެދޭބަޔަކަށް މެނުވީ حرام ވެގެންނެވެ. މަނާވެގެންނެވެ. އެއީ އެމީހުންގެ ނިޔާއެވެ. އެމީހުން ހީކުރާގޮތެވެ. (އެއީ ބުދުބަލަހައްޓާމީހުނަށް ހުރިތަކެއްޗެވެ. އެއީ ވަކިބައެކެވެ.) އަދި ބައެއް نعم ސޫފި މިވަނީ އެތަކެތީގެ ބުރިކަށިތައް حرام ވެގެންނެވެ. (އެތަކެއްޗަށް ސަވާރުވެ އޭގެމަތީ ބަރުއުފުލާހެދުން އެމީހުން ހިތުން حرام އެވެ. އަދި އަނެއްބައި نعم ސޫފި އެއަށް ﷲ ގެނަންފުޅުގަތުމެއް ނުވެއެވެ. (އެއީ ބުދަށް ކަތިލެވޭ ތަކެއްޗެވެ.) ނުވަތަ އޭގެމަތީ حجّ އަށް ދިއުމެއްވެސް ނުވެއެވެ. (މިހުރިހާ ކަމަކާއި ނަންތަކަކީ ހަމަ އެމީހުންގެ جاهل ކަމުން އެމީހުންގެ خيال އަށް ކުރިކަންކަމެވެ.) އެއީ ﷲ ގެ ރަސްކަންފުޅަށް ދޮގުހަދަންވެގެންނެވެ. (އެހެނީ އެކަލާނގެ މިއިން އެއްވެސް حكم އެއް ކުރެއްވީއެއްނޫނެވެ.) އެމީހުން އެދޮގުކުރާ ކަންތައްތަކަށް ނިކަންހުރެ އެކަލާނގެ އެމީހުންނަށް جزاء ދެއްވާނެތެވެ.
6:139وَقَالُواْ مَا فِي بُطُونِ هَٰذِهِ ٱلۡأَنۡعَٰمِ خَالِصَةٞ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزۡوَٰجِنَاۖ وَإِن يَكُن مَّيۡتَةٗ فَهُمۡ فِيهِ شُرَكَآءُۚ سَيَجۡزِيهِمۡ وَصۡفَهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ﴿139﴾وَقَالُواْ مَا فِي بُطُونِ هَٰذِهِ ٱلۡأَنۡعَٰمِ خَالِصَةٞ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزۡوَٰجِنَاۖ وَإِن يَكُن مَّيۡتَةٗ فَهُمۡ فِيهِ شُرَكَآءُۚ سَيَجۡزِيهِمۡ وَصۡفَهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ
Transliteration: Waqaloo ma fee butooni hathihi alanAAami khalisatun lithukoorina wamuharramun AAala azwajina wain yakun maytatan fahum feehi shurakao sayajzeehim wasfahum innahu hakeemun AAaleemun
Translation: އަދި އެމީހުން يعني: مشرك ން ބުންޏެވެ. މި نعم ސޫފީގެ ބަނޑުގައިވާތަކެތި އެއީ އަހުރެމެންގެ ފިރިހެނުންނަށް خاصّ ވެގެންވާ އެއްޗެކެވެ. އަދި އަހުރެމެންގެ އަނބީންނަށް حرام ވެގެންވެއެވެ. (ބަނޑުގައިވާތަކެތީގެ މުރާދަކީ ކިރާއި ދެން ބަނޑުއޮތް ދަރިއެވެ. ދެންވެސް ކެއުމަށް ބޭނުންކުރެވޭ ތަކެއްޗެވެ. މިއީ جاهلية ޒަމާނުގައި مشرك ން އެމީހުންގެ ބުދުތަކާއި ދެންވެސް طاغُوت އަށް ކަނޑައަޅާފައިވާ ޖަމަލުގެ ވައްތަރެކެވެ. އޭގެ ކިރުފެލުން އެހެންމީހުންނަށް ހުއްދަނުވާނެއެވެ. އެއީ بَحِيْرَة އޭ ކިޔާ ވައްތަރެވެ. އޭތި ފާހަގަކުރުމަށް ކަންފަތްހުންނާނީ ތޮރުފާފައެވެ.) ދެންފަހެ އޭގެބަނޑުގައި އޮތްދަރި މަރުވެފައިވާނަމަ އޭގައި އަންހެނުންވެސް شريك ވާނެއެވެ. ބައިވެރިވާނެއެވެ. ނިކަންހުރެ އެމީހުންގެ އެދޮގު ސިފަކުރުންތަކަށް ﷲ ޖަޒާދެއްވާނެއެވެ.
6:140قَدۡ خَسِرَ ٱلَّذِينَ قَتَلُوٓاْ أَوۡلَٰدَهُمۡ سَفَهَۢا بِغَيۡرِ عِلۡمٖ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفۡتِرَآءً عَلَى ٱللَّهِۚ قَدۡ ضَلُّواْ وَمَا كَانُواْ مُهۡتَدِينَ ﴿140﴾قَدۡ خَسِرَ ٱلَّذِينَ قَتَلُوٓاْ أَوۡلَٰدَهُمۡ سَفَهَۢا بِغَيۡرِ عِلۡمٖ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفۡتِرَآءً عَلَى ٱللَّهِۚ قَدۡ ضَلُّواْ وَمَا كَانُواْ مُهۡتَدِينَ
Transliteration: Qad khasira allatheena qataloo awladahum safahan bighayri AAilmin waharramoo ma razaqahumu Allahu iftiraan AAala Allahi qad dalloo wama kanoo muhtadeena
Translation: އެއްވެސް އެނގުމެއް علم އެއްނެތި جاهل ކަމާއި މޮޔަކަމުގެސަބަބުން ތިމާމެންގެ ދަރިން ތިމާމެން މަރައި އަދި އެމީހުންނަށް ﷲ ދެއްވި حلال ރިޒުގު، ﷲ އަށް ދޮގުހެދުމުގެ ގޮތުން حرام ކޮށްހެދިމީހުން ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ. (އެމީހުން ﷲ ދެއްވި ރިޒުގު حرام ކުރުމެއްކަމުގައިވީ އެމީހުން ޖަމަލުގެ ވައްތަރުތަކެއް އެކި ނަންނަމުގައި އެކިމީހުންނަށް حرام ކުރުމެވެ. އަދިވެސް އެބާވަތުގެ ބައެއް ކަންތަކެވެ.) ހަމަކަށަވަރުން އެގޮތުން އެމީހުން މަގުފުރެދުނީއެވެ. އަދި ތެދުމަގުލިބުނުބަޔަކުކަމުގައި އެމީހުން ނުވިއެވެ.
6:141وَهُوَ ٱلَّذِيٓ أَنشَأَ جَنَّـٰتٖ مَّعۡرُوشَٰتٖ وَغَيۡرَ مَعۡرُوشَٰتٖ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُكُلُهُۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَٰبِهٗا وَغَيۡرَ مُتَشَٰبِهٖۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ﴿141﴾۞وَهُوَ ٱلَّذِيٓ أَنشَأَ جَنَّـٰتٖ مَّعۡرُوشَٰتٖ وَغَيۡرَ مَعۡرُوشَٰتٖ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُكُلُهُۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَٰبِهٗا وَغَيۡرَ مُتَشَٰبِهٖۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ
Transliteration: Wahuwa allathee anshaa jannatin maAArooshatin waghayra maAArooshatin waalnnakhla waalzzarAAa mukhtalifan okuluhu waalzzaytoona waalrrummana mutashabihan waghayra mutashabihin kuloo min thamarihi itha athmara waatoo haqqahu yawma hasadihi wala tusrifoo innahu la yuhibbu almusrifeena
Translation: ދަނޑިޔާ މުޑިފަދަތަކެތީން މޭބިސްކަދުރު ވެޔޮގަނޑުފަދަ ވެޔޮތައް އުފުލާފައިވާ ބަގީޗާތަކާއި އަދި އެގޮތަށް ވެޔޮ އުފުލާފައިނުވާ ބަގީޗާތައްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އޭގެ މޭވާއާއި ތަކެތީގެ ރަހަ ތަފާތުވެގެންވާ ކަދުރުރުކާއި އެކިބާވަތުގެ ދަނޑުގޮވާމާއި އަދި ޒައިތޫނިގަހާއި އަންނާރުގަސްވެސް ހެއްދެވީހަމަ އެކަލާނގެއެވެ. އޭގައި ރަހަޔާއި ސިފައިގެގޮތުން އެއްވަރު މޭވާޔާއި ސިފަ ތަފާތުވެފައި ރަހަ އެއްގޮތް އަދި ރަހަތަފާތުވެފައި ސިފައިގާ އެއްގޮތްވެގެންވާތަކެތިވެސްވެއެވެ. މިހުރިހާ ބާވަތެއްގެ މޭވާޔާ ގޮވާމުގެ ވައްތަރުވެއެވެ. އެމޭވާތަކާއި އޮއްޓަރުން ކަލޭމެން ކައިބޮއިހަދާށެވެ! އަދި މޭވާޔާއި ދަނޑުކަނޑާދުވަހު އޭގެ حقّ އަދާކުރާށެވެ! (އެބަހީ: އެއިން ޒަކާތްދޭންޖެހޭ އެއްޗަކުން ޒަކާތްދޭށެވެ! އެއީ ފަސް وَسْقُ ނުވަތަ ތިންސަތޭކަ صَاع ގެ މިންވަރަށް ހުރެއްޖެއްޔާ ޒަކާތަށް ދިހަބައިކުޅައެއްބައި ނުވަތަ ދިހަބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ. މީގެ تفصيل فقه ފޮތްތަކުގައި ރަނގަޅަށްވެއެވެ.) އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން إسراف ކުރާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
6:142وَمِنَ ٱلۡأَنۡعَٰمِ حَمُولَةٗ وَفَرۡشٗاۚ كُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ﴿142﴾وَمِنَ ٱلۡأَنۡعَٰمِ حَمُولَةٗ وَفَرۡشٗاۚ كُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ
Transliteration: Wamina alanAAami hamoolatan wafarshan kuloo mimma razaqakumu Allahu wala tattabiAAoo khutuwati alshshaytani innahu lakum AAaduwwun mubeenun
Translation: އަދި نَعَم ސޫފީގެތެރޭގައި ތަކެތި އުފުލާ ބޮޑެތި އެއްޗެއްސާއި، އެއްޗެތި ނުއުފުލާ ކުދި އެއްޗެތިވެއެވެ. (ބަރުއުފުލާ ބޮޑެތިތަކެއްޗަކީ ޖަމަލު، ގެރި ފަދަ ތަކެއްޗެވެ. ކުދިތަކެއްޗަކީ ބަކަރިއެވެ. ފަހެ ﷲ ކަލޭމެނަށް ދެއްވި ރިޒުގުން ކަލޭމެން ކާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާއި تبع ނުވާށެވެ! (އެބަހީ އެސޮރު އަންގާގޮތަށް ނުހަދާށެވެ!) ހަމަކަށަވަރުން އެއީ ކަލޭމެންނަށް އެސޮރުގެ عداوة ތެރިކަން ބަޔާންވެ ފައުޅުވެގެންވާ عدوّ އެކެވެ.
6:143ثَمَٰنِيَةَ أَزۡوَٰجٖۖ مِّنَ ٱلضَّأۡنِ ٱثۡنَيۡنِ وَمِنَ ٱلۡمَعۡزِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ نَبِّـُٔونِي بِعِلۡمٍ إِن كُنتُمۡ صَٰدِقِينَ ﴿143﴾ثَمَٰنِيَةَ أَزۡوَٰجٖۖ مِّنَ ٱلضَّأۡنِ ٱثۡنَيۡنِ وَمِنَ ٱلۡمَعۡزِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ نَبِّـُٔونِي بِعِلۡمٍ إِن كُنتُمۡ صَٰدِقِينَ
Transliteration: Thamaniyata azwajin mina alddani ithnayni wamina almaAAzi ithnayni qul alththakarayni harrama ami alonthayayni amma ishtamalat AAalayhi arhamu alonthayayni nabbioonee biAAilmin in kuntum sadiqeena
Translation: ދެންފަހެ (މި ބަރުއުފުލާ ޖަނަވާރާއި ކުދި ޖަނަވާރުގެ) އަށް ބާވަތެއް އެކަލާނގެ ހެއްދެވިއެވެ. އެއީ ضَأن ބަކަރީގެ ދެއެއްޗެވެ. (އަންހެން އެއްޗާއި ފިރިހެން އެއްޗެވެ. ކޮންމެ އެއްޗަކީ زوج އެކެވެ. އަންހެން އެއްޗާއި ފިރިހެން އެއްޗާއި ދޭތި އެއީ ދެޖޯޑެވެ. ދެ زوج އެވެ.) އަދި مَعْزُ ބަކަރީގެ ދެއެއްޗެއް އެކަލާނގެ ހެއްދެވިއެވެ. އެއީ زوجين އެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެޖާހިލު مشرك ންނަށް) ވިދާޅުވާށެވެ! ﷲ حرام ކުރެއްވީ މީގެ ދެފިރިހެން އެތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ ދެއަންހެން އެތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ ދެއަންހެންއެތީގެ رَحِمُ ގައިވާ އެތިހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން އެނގިތިބެގެން ތިމަންކަލޭގެފާނަށް ޖަވާބުދީ خبر ދީބަލާށެވެ. އެމީހުން ކޮންމެ ގޮތަކަށް ޖަވާބުދިނަސް އެމީހުންގެ ބަސް ދޮގުވާނެއެވެ. ﷲ حرام ނުކުރައްވައޭ ބުނެފިނަމަ އޭގެތެރެއިން ބައެއްތަކެތި ބައެއްމީހުނަށް އެމީހުން حرام ކަމުގައި ނިންމީ ކީއްވެތޯ އެހޭނެއެވެ. އަދި ﷲ حرام ކުރެއްވިއްޔޭ ބުނެފިނަމަ އެމީހުން އެތަކެތީން ކައިހަދަނީ ކީއްވެތޯ އެހޭނެއެވެ. ދެގޮތުންވެސް އެމީހުންގެ دعوى باطل އެވެ.
6:144وَمِنَ ٱلۡإِبِلِ ٱثۡنَيۡنِ وَمِنَ ٱلۡبَقَرِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ أَمۡ كُنتُمۡ شُهَدَآءَ إِذۡ وَصَّىٰكُمُ ٱللَّهُ بِهَٰذَاۚ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا لِّيُضِلَّ ٱلنَّاسَ بِغَيۡرِ عِلۡمٍۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿144﴾وَمِنَ ٱلۡإِبِلِ ٱثۡنَيۡنِ وَمِنَ ٱلۡبَقَرِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ أَمۡ كُنتُمۡ شُهَدَآءَ إِذۡ وَصَّىٰكُمُ ٱللَّهُ بِهَٰذَاۚ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا لِّيُضِلَّ ٱلنَّاسَ بِغَيۡرِ عِلۡمٍۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
Transliteration: Wamina alibili ithnayni wamina albaqari ithnayni qul alththakarayni harrama ami alonthayayni amma ishtamalat AAalayhi arhamu alonthayayni am kuntum shuhadaa ith wassakumu Allahu bihatha faman athlamu mimmani iftara AAala Allahi kathiban liyudilla alnnasa bighayri AAilmin inna Allaha la yahdee alqawma alththalimeena
Translation: އަދި جمل ގެތެރެއިން ދެއެތި (ފިރިހެން އެއްޗާއި އަންހެންއެތި) އެކަލާނގެ ހެއްދެވިއެވެ. އަދި ގެރީގެތެރެއިންވެސް ދޭތި އެކަލާނގެ ހެއްދެވިއެވެ. ކޮންމެ ވައްތަރަކުން ދެ زوج އެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرام ކުރެއްވީ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެކަލާނގެ حرام ކުރެއްވީ އަންހެންދޭތީގެ رَحِمُ ގައި އެކުލެވިގެންވާ ތަކެތިހެއްޔެވެ؟ އެބަހީ އެތަކެތީގެ ބަނޑުގައި އޮތްދަރިހެއްޔެވެ؟ ނުވަތަ ﷲ އެކަމަށް ކަލޭމެނަށް أمر ކުރައްވާ وصيّة ކުރެއްވިހިނދު ކަލޭމެން އެތާ حاضر ވެ ހެކިވާން ތިބީހެއްޔެވެ؟ (މިއިން އެއްވެސްކަމެއްވީއެއް ނޫނެވެ. ހަމަ ހުސްދޮގެވެ. ފަހެ މީސްތަކުން މަގުފުރެއްދުމަށްޓަކައި ﷲ ގެމައްޗަށް ބޮޑުދޮގެއް ހެދިމީހަކަށްވުރެ ވަކިން އަނިޔާވެރިކަން ބޮޑީކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގުނުދައްކަވާހުއްޓެވެ.
6:145قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمٗا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٖ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ رَبَّكَ غَفُورٞ رَّحِيمٞ ﴿145﴾قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمٗا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٖ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ رَبَّكَ غَفُورٞ رَّحِيمٞ
Transliteration: Qul la ajidu fee ma oohiya ilayya muharraman AAala taAAimin yatAAamuhu illa an yakoona maytatan aw daman masfoohan aw lahma khinzeerin fainnahu rijsun aw fisqan ohilla lighayri Allahi bihi famani idturra ghayra baghin wala AAadin fainna rabbaka ghafoorun raheemun
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަހާއިމެނުވީ (މަސްކެއުން حلال އެއްޗެއްގެ މަސް) ކާމީހެއްގެ މައްޗަށް حَرَام ވެގެންވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ. (ކަލޭމެން مشرك ން އަމިއްލައަށް حرام ކޮށްގެން ތިޔައުޅޭ بَحِيْرَة އާއި سَائِبَة އާއި وصيلة އާއި މިބާވަތް ބާވަތުގެ ނަންތައް ކިޔައިގެން ތިޔައުޅޭ އެއްވެސް އެއްޗެއް) ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي ގެތެރޭގައި حرام ވެގެންވަނިކޮށް ތިމަންކަލޭގެފާނު ނުދެކެމެވެ. ފަހެ އެތަކެއްޗަކީ އެބަހީ މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަހަކީ ހަމަ رِجْسُ އެވެ. ނަޖިހެވެ. އަދި ﷲ ގެ ނަންފުޅު ނުގަނެވި ބުދަކަށް ނުވަތަ އެހެން ކޮންމެވެސް ފަރާތަކަށް ކަތިލެވިފައިވާ ތަކެތިވެސް حرام އެވެ. ދެންފަހެ (ކާނެއެއްޗެއް ނެތި) مَجْبُورُ ވެއްޖެމީހާ އެތަކެތީން އެބަހީ ﷲ حرام ކުރެއްވި ތަކެތީން ކިރިޔާ ފުދޭވަރަށް ބޭނުންކޮށްލިޔަސް މައްސަލައެއްނެތެވެ. ހުއްދައެވެ. މަޖާކުރަން ހައްދުފަހަނަޅާވަރަށް ގިނައިން ކެއުމަކާއި ނުލައެވެ. (އެފަދަ މިންވަރު އޭނާގެ ކިބައިން ﷲ عفوء ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
6:146وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا كُلَّ ذِي ظُفُرٖۖ وَمِنَ ٱلۡبَقَرِ وَٱلۡغَنَمِ حَرَّمۡنَا عَلَيۡهِمۡ شُحُومَهُمَآ إِلَّا مَا حَمَلَتۡ ظُهُورُهُمَآ أَوِ ٱلۡحَوَايَآ أَوۡ مَا ٱخۡتَلَطَ بِعَظۡمٖۚ ذَٰلِكَ جَزَيۡنَٰهُم بِبَغۡيِهِمۡۖ وَإِنَّا لَصَٰدِقُونَ ﴿146﴾وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا كُلَّ ذِي ظُفُرٖۖ وَمِنَ ٱلۡبَقَرِ وَٱلۡغَنَمِ حَرَّمۡنَا عَلَيۡهِمۡ شُحُومَهُمَآ إِلَّا مَا حَمَلَتۡ ظُهُورُهُمَآ أَوِ ٱلۡحَوَايَآ أَوۡ مَا ٱخۡتَلَطَ بِعَظۡمٖۚ ذَٰلِكَ جَزَيۡنَٰهُم بِبَغۡيِهِمۡۖ وَإِنَّا لَصَٰدِقُونَ
Transliteration: WaAAala allatheena hadoo harramna kulla thee thufurin wamina albaqari waalghanami harramna AAalayhim shuhoomahuma illa ma hamalat thuhooruhuma awi alhawaya aw ma ikhtalata biAAathmin thalika jazaynahum bibaghyihim wainna lasadiqoona
Translation: އަދި ނިޔަފަތިހުރި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ يهودي ންގެމައްޗަށް حرام ކުރެއްވީމެވެ. (އެއިން މުރާދުކުރެވެނީ جمل އާއި نَعَامَة ދޫނި يعني ގިނިކާމާދޫނިކަމުގައި مفسّر ން ވިދާޅުވެއެވެ.) އަދި ގެރިބަކަރީގެތެރެއިންވެސް އެތަކެތީގެ ބުރިކަށީގައްޔާއި ގޮހޮރުގަނޑުގައްޔާއި އަދި ކަށްޓާއި އެކުވެފައިވާ ސަރުބީމެނުވީ ސަރުބީވެސް ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް حرام ކުރެއްވީމެވެ. އެ جزاء އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވީ އެމީހުންގެ ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަމުންނެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ މިދޭ خبر ތަކުގައި ތެދުވެރިވެވޮޑިގެންވާ ކަލަކީމެވެ.
6:147فَإِن كَذَّبُوكَ فَقُل رَّبُّكُمۡ ذُو رَحۡمَةٖ وَٰسِعَةٖ وَلَا يُرَدُّ بَأۡسُهُۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ﴿147﴾فَإِن كَذَّبُوكَ فَقُل رَّبُّكُمۡ ذُو رَحۡمَةٖ وَٰسِعَةٖ وَلَا يُرَدُّ بَأۡسُهُۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ
Transliteration: Fain kaththabooka faqul rabbukum thoo rahmatin wasiAAatin wala yuraddu basuhu AAani alqawmi almujrimeena
Translation: (އޭ رسول الله އެވެ!) އެމީހުން ކަލޭގެފާނު ދޮގުކޮށްފިއްޔާވެސް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ رب އެއީ ތަނަވަސް رحمة ގެ ވެރި ކަލާނގެއެވެ. އަދި އެކަމަކު އެކަލާނގެ ކޯފާއާއި عَذَاب ނުބައި مجرم ކުށްވެރިންގެ ކިބައިން އަނބުރާ ރައްދު ނުކުރެވޭނެއެވެ.
6:148سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ ﴿148﴾سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ
Transliteration: Sayaqoolu allatheena ashrakoo law shaa Allahu ma ashrakna wala abaona wala harramna min shayin kathalika kaththaba allatheena min qablihim hatta thaqoo basana qul hal AAindakum min AAilmin fatukhrijoohu lana in tattabiAAoona illa alththanna wain antum illa takhrusoona
Translation: (އަދި) شريك ކުރިމީހުން ނިކަންހުރެ ބުނާނެއެވެ. ﷲ އެދިވޮޑިގެންނެވިނަމަ އަހުރެމެންވެސް އަދި އަހުރެމެންގެ ކާބަފައިންވިޔަސް ﷲ އަށް شريك ނުކުރީހެވެ. އަދި އެއްވެސް އެއްޗެއް حرام ވެސް ނުކުރީހެވެ. (އޭ رسول ﷲ އެވެ!) މި قريش ންގެ ކުރީގެ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ދޮގުހެދީ އެފަދައިންނެވެ. (އެމީހުން ނުކިޔަމަންތެރިވެ ދޮގުހެދުމުގެ ސަބަބުން) ތިމަންރަސްކަލާނގެ ކޯފާ އެބަހީ عذاب އެމީހުންނަށް އަތުވެއްޖައުމަށްދާންދެނެވެ. ކަލޭގެފާނު ނިކަން ވިދާޅުވެ ބައްލަވާށެވެ! (ކަލޭމެން ތިޔަ شريك ކުރާކުރުމާއި ތަކެތި حرام ކޮށްހެދުމުގެ) އެއްވެސް دليل އެއް حجّة އެއް ކަލޭމެންގެ އަތުގައި އެބައޮތްހެއްޔެވެ؟ އެހެންވެއްޖެއްޔާއެ دليل އެއް އެ حجّة އެއް ނިކަން އަހުރެމެންނަށް ގެނަސް ދީބަލާށެވެ! ނެރެދީ ބަލާށެވެ! (އެފަދަ دليل އެއް ނޯންނާނެއެވެ.) ކަލޭމެންނީ ހަމަ ހުސް ހީއަކަށް تبع ވާބަޔަކުކަމުގައި މެނުވީނުވެއެވެ. އަދި ހަމަ ލަފާކޮށް ދޮގުހީތައްކުރާބަޔަކުކަމުގައި މެނުވީ ނުވެއެވެ.
6:149قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ ﴿149﴾قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ
Transliteration: Qul falillahi alhujjatu albalighatu falaw shaa lahadakum ajmaAAeena
Translation: ކަލޭގެފާނު ވިދާޅުވާށެވެ! ބޭނުންވާ މުރާދަށް ފޯރާވަރުގެ ތެދު دليل ވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެންނަށް އެކަލާނގެ ތެދުމަގު ދައްކަވައިފީހެވެ. (ތެދުމަގަށް واصل ވުމުގެ توفيق އެކަލާނގެ ދެއްވައިފީހެވެ.)
6:150قُلۡ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشۡهَدُونَ أَنَّ ٱللَّهَ حَرَّمَ هَٰذَاۖ فَإِن شَهِدُواْ فَلَا تَشۡهَدۡ مَعَهُمۡۚ وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَهُم بِرَبِّهِمۡ يَعۡدِلُونَ ﴿150﴾قُلۡ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشۡهَدُونَ أَنَّ ٱللَّهَ حَرَّمَ هَٰذَاۖ فَإِن شَهِدُواْ فَلَا تَشۡهَدۡ مَعَهُمۡۚ وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَهُم بِرَبِّهِمۡ يَعۡدِلُونَ
Transliteration: Qul halumma shuhadaakumu allatheena yashhadoona anna Allaha harrama hatha fain shahidoo fala tashhad maAAahum wala tattabiAA ahwaa allatheena kaththaboo biayatina waallatheena la yuminoona bialakhirati wahum birabbihim yaAAdiloona
Translation: ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން ތިޔަ حرام ކަމުގައި ތިޔަ ހަމަޖައްސާތަކެތި) އެތަކެތި حرام ކުރެއްވީ ﷲ ކަމުގައި ތިޔަބުނާ ބުނުމުގެމައްޗަށް ހެކިދޭނޭ ހެކިވެރިންތަކެއް ގެނައުމަށް ކަލޭމެން އަވަސްވެގަންނާށެވެ! ދެންފަހެ އެމީހުންއައިސް ހެކިދިނަސް ކަލޭގެފާނު އެމީހުންނާއިއެކު އެކަމުގެމައްޗަށް ހެކިނުދެއްވާށެވެ! އަދި (އެމީހުންގެ هوى نفس އާއި އެބަހީ އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާ މީހުންގެ އަމިއްލައެދުމާ ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުން އެމީހުން ގެ ربّ އާއި އެހެނިހެން ތަކެއްޗާއި شريك ކުރާ حال آخرة ދުވަހަށް އީމާންނުވާ މީހުންގެ އަމިއްލައެދުމާވެސް تبع ވެވަޑައިނުގަންނަވާށެވެ!
6:151قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ ﴿151﴾۞قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ
Transliteration: Qul taAAalaw atlu ma harrama rabbukum AAalaykum alla tushrikoo bihi shayan wabialwalidayni ihsanan wala taqtuloo awladakum min imlaqin nahnu narzuqukum waiyyahum wala taqraboo alfawahisha ma thahara minha wama batana wala taqtuloo alnnafsa allatee harrama Allahu illa bialhaqqi thalikum wassakum bihi laAAallakum taAAqiloona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ! އެބަހީ މިތިބަ ބުދަށް އަޅުކަންކުރާ އަދި ގެރިބަކަރި جمل ގެތެރެއިން ބައެއްތަކެތި ﷲ حرام ކުރެއްވިކަމަށް ބުނާމީހުންނޭވެ! ކަލޭމެން އަންނާށެވެ! ކަލޭމެންގެ رَبّ ކަލޭމެނަށް حرام ކުރެއްވި ކަންތައް އަހުރެން ކަލޭމެންނަށް ކިޔައިދެއްވާހުށީ މެވެ. އެއީ (1) ކަލޭމެން އެކައްޗަކާއިވެސް ﷲ އާއި شريك ނުކުރާށެވެ! (އެއީ حرام ކަމެކެވެ.) (2) އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި إحسان ތެރިވާށެވެ! (މައިންބަފައިންނަށް ނުބައިކޮށް ހިތުން حرام ވެގެންވެއެވެ.) (3) ދަރިންނަށް ކާންދޭން ނުލިބި ކަލޭމެން فقير ވެދާނެތީ ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! (ދަރިން މެރުމަކީ حرام ކަމެކެވެ.) ކަނޑައެޅިގެން ކަލޭމެންނަށާއި އަދި އެކުދިންނަށް ތިމަންރަސްކަލާނގެ رِزْق ދެއްވާހުށީމެވެ. (4) އަދި فاحش ކަންތަކާއި ކަލޭމެން ގާތްނުވާށެވެ! (އެއީ حرام ކަމެކެވެ.) އޭގެތެރެއިން ބޭރަށް ފައުޅުވާ ކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ސިއްރުން ޒިނޭކުރުމާއި ފައުޅުގައި إعلان ކޮށްގެން ޒިނޭކުރުންކަމަށެ ވެ.) އަދި އެހެންގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب (5) އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ނަފްސެއް ޙައްޤަކާއި ލައިގެން މެނުވީ ކަލޭމެން ނުމަރާށެވެ! (ޙައްޤަކާއި ލައިގެން މެރުމަކީ މަރަށް މަރު ހިފުން ފަދަ ކަންކަމުގައި މެރުމެވެ.) ﷲ ކަލޭމެންނަށް އަމުރުކުރަށްވާ އަންގަވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ބުއްދިކޮށް ފިކުރުކުރޭތޯއެވެ.
6:152وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ ﴿152﴾وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ
Transliteration: Wala taqraboo mala alyateemi illa biallatee hiya ahsanu hatta yablugha ashuddahu waawfoo alkayla waalmeezana bialqisti la nukallifu nafsan illa wusAAaha waitha qultum faiAAdiloo walaw kana tha qurba wabiAAahdi Allahi awfoo thalikum wassakum bihi laAAallakum tathakkaroona
Translation: އަދި (6) يتيم ންގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! އެންމެ ރަނގަޅުގޮތަށް މެނުވީއެވެ. (ރަނގަޅުގޮތެއްގެ މަތީން އެމުދަލާއި ގާތްވުމަކީ އެމުދާ ބަލަހައްޓާ ދިރުވުމަށް މަސައްކަތްކުރުމެވެ. އަދި ބަލަހައްޓާ މީހާއަކީ މުއްސަންޖެއްނަމަ އެމުދަލުން ބޭނުން ނުކުރުމެވެ. فقير އެއްނަމަ އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ކިރިޔާވާވަރުގެ މަދުއެތިކޮޅެއްނޫނީ ބޭނުން ނުކުރުމެވެ. އެހެން އެއްވެސްގޮތަކުން އެމުދަލާއި ގާތްނުވުމެވެ.) އެއީ އެކުއްޖާ بالغ ވެ ތަންދޮރު އެނގޭހިސާބަށް ދާންދެނެވެ. (7) އަދި މިނެކިރަންޏާ عدل ވެރިގޮތަށް ފުރިހަމަކޮށް ބަރާބަރުކުރާށެވެ! (އެޔާއި އިދިކޮޅުވުމަކީ حرام ކަމެކެވެ.) އަދި އެއްވެސް نفس އަކަށް ނުއުފުލޭވަރުގެ تكليف އެއް ތިމަންރަސްކަލާނގެ ނުޖައްސަވަމެވެ. (މި عبارة ގެ މާނަކަމުގައި مفسّر ން ވިދާޅުވަނީ މިނެކިރުމުގައި ތިމާއަށް ބެލެންހުރިވަރަކަށް ބަލައިސީދާކޮށް ހެދުމަށްފަހު ދެން އެއިން އުނިވުމެއް ފެނުނަސް އެކަމެއް عفو ވެދާނެކަމަށެވެ. ބޭ إختيار ން ހިނގިކަމެއް ކަމުގައިވަންޏާއެވެ.) (8) ތިމާގެ ގާތްމީހަކަށް ބުނަންޖެހުނު ބަހެއްނަމަވެސް ބަހެއް ބުނަންޏާ އަދިحكم އެއްކުރަންޏާ عدل ވެރިވާށެވެ! (9) އަދި ﷲ ގެ عهد ކަލޭމެން ފުއްދާށެވެ! (މިކަންކަމާ خلاف ވުމަކީ حرام ކަންކަމެވެ.) އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ذِكر ކޮށް وعظ އާއި نصيحة ލިބިގަނޭތޯއެވެ.
6:153وَأَنَّ هَٰذَا صِرَٰطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ ﴿153﴾وَأَنَّ هَٰذَا صِرَٰطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ
Transliteration: Waanna hatha siratee mustaqeeman faittabiAAoohu wala tattabiAAoo alssubula fatafarraqa bikum AAan sabeelihi thalikum wassakum bihi laAAallakum tattaqoona
Translation: އަދި (10) ހަމަކަށަވަރުން މިބަޔާންވެދިޔައީ ތިމަންރަސްކަލާނގެ ސީދާމަގެވެ. (ތިމަންކަލޭގެފާނުންގެ ސީދާމަގެވެ. މިދެގޮތް އެންމެ ރަނގަޅުކަމުގައިވެއެވެ. والله أعلم) ފަހެ އެހެންވެ ކަލޭމެން އެމަގާއި تبع ވާށެވެ! އަދި އެހެނިހެން މަގުތަކާއި تبع ނުވާށެވެ! ފަހެ އޭރުން (އެބަހީ އެހެނިހެން މަގުތަކާއި تبع ވެއްޖެއްޔާ) އެކަލާނގެ މަގުން ކަލޭމެން ވަކިވަކިވެ ބައިބައި ވެދާނެއެވެ. އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން تقوى ވެރިވޭތޯއެވެ. ބިރުވެތިވޭތޯއެވެ.
6:154ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ ﴿154﴾ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ
Transliteration: Thumma atayna moosa alkitaba tamaman AAala allathee ahsana watafseelan likulli shayin wahudan warahmatan laAAallahum biliqai rabbihim yuminoona
Translation: ދެން وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އެއީ އެކަލާނގެ نعمة ފުރިހަމަކުރެއްވުމަށެވެ. އެކަލޭގެފާނުކުރެއްވި ގިނަގުނަ ހެޔޮކަންތައްތަކުގެ މުނާސަބަތުގައެވެ. (ނުވަތަ އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ ހުރިހާ ހެޔޮކަންތައްތަކެއް ފުރިހަމަކުރެއްވުމަށެވެ. / ނުވަތަ إحسان ތެރިންނަށް نعمة ފުރިހަމަކުރެއްވުމަށެވެ. މިހުރިހާ ގޮތަކަށްވެސް އެ عبارة ގެ މާނަކުރެވިފައިވެއެވެ. والله أعلم بالصّواب) ދެން އެއަންގަވަނީ އެފޮތް ބާވައިލެއްވީ ހުރިހާކަމެއްގެ تفصيل ގެގޮތުންނެވެ. دينى ހުރިހާކަމެއްގެ تفصيل ކޮށްދެއްވުމަށާއި އަދި ތެދުމަގެއްކަމުގައްޔާއި އަދި رحمة އެއްކަމުގައެވެ. އެއީ އެމީހުންގެ ربّ އާއި އެމީހުން ބައްދަލުވާނެކަމަށް ތެދުކޮށް އީމާންވުމަށެވެ.
6:155وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ ﴿155﴾وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ
Transliteration: Wahatha kitabun anzalnahu mubarakun faittabiAAoohu waittaqoo laAAallakum turhamoona
Translation: އަދި މިފޮތަކީ އެބަހީ މިކީރިތި قرآن އަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. ފަހެ އެހެންވެ ކަލޭމެން އެފޮތާއި تبع ވާށެވެ! (އެފޮތުގައިވާގޮތަށް عمل ކުރާށެވެ!) ކަލޭމެނަށް رحمة ލެއްވުމުގެ أمّيد ގައެވެ. رحمة ލެއްވޭތޯއެވެ.
6:156أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَٰبُ عَلَىٰ طَآئِفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِهِمۡ لَغَٰفِلِينَ ﴿156﴾أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَٰبُ عَلَىٰ طَآئِفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِهِمۡ لَغَٰفِلِينَ
Transliteration: An taqooloo innama onzila alkitabu AAala taifatayni min qablina wain kunna AAan dirasatihim laghafileena
Translation: (އޭ مُحَمَّدُ ގެފާނުންގެ އުއްމަތުގެ މީހުންނޭވެ!) (މިބަރަކާތްތެރި ކީރިތި قرآن ކަލޭމެނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ) ކަލޭމެން ބުނެފާނެތީއެވެ. ނުވަތަ ނުބުނުމަށްޓަކައެވެ. ހަމަކަށަވަރުން ފޮތް ބާވައިލެއްވިފައިވަނީ އަހުރެމެން ފިޔަވައި (قريش ން ފިޔަވައި) އެހެންދެ جماعة އެއްގެމައްޗަށެވެ. (އެއީ يهودي ންނާއި نصارى އިންނެވެ. އަހުރެމެން قريش ންގެ މައްޗަކަށް ނޫނެވެ.) ހަމަކަށަވަރުން އަހުރެމެން ވީ އެފޮތް ކިޔެވުމާމެދު دِرَاسة ކުރުމާމެދު غافل ވެގެންނެވެ. (އެހެނީ އެފޮތްފޮތް ވަނީ އަހުރެމެންގެ ބަހަކުންނޫނެވެ.)
6:157أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَٰبُ لَكُنَّآ أَهۡدَىٰ مِنۡهُمۡۚ فَقَدۡ جَآءَكُم بَيِّنَةٞ مِّن رَّبِّكُمۡ وَهُدٗى وَرَحۡمَةٞۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنۡهَاۗ سَنَجۡزِي ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ ﴿157﴾أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَٰبُ لَكُنَّآ أَهۡدَىٰ مِنۡهُمۡۚ فَقَدۡ جَآءَكُم بَيِّنَةٞ مِّن رَّبِّكُمۡ وَهُدٗى وَرَحۡمَةٞۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنۡهَاۗ سَنَجۡزِي ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ
Transliteration: Aw taqooloo law anna onzila AAalayna alkitabu lakunna ahda minhum faqad jaakum bayyinatun min rabbikum wahudan warahmatun faman athlamu mimman kaththaba biayati Allahi wasadafa AAanha sanajzee allatheena yasdifoona AAan ayatina sooa alAAathabi bima kanoo yasdifoona
Translation: ނުވަތަ (މި قرآن މިބާވައިލެއްވުނީ) ކަލޭމެން މިފަދައިން ނުބުނުމަށްޓަކައެވެ. އެހެނީ "އަހުރެމެންގެމައްޗަށް ފޮތްބާވައިލެއްވުނުނަމަ ހަމަކަށަވަރުން އެމީހުންނަށްވުރެ ބޮޑަށް ތެދުމަގުގައިވާ ބަޔަކުކަމުގައި އަހުރެމެންވީމުހެވެ." އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ. މިހާރު ދެން ހަމަކަށަވަރުން މިވަނީ ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެންނަށް دليل އައިސްފައެވެ. (އެއީ عرب ބަހުންވާ ފޮތެއް ބާވައިލައްވާފައެވެ. ދެން މިހާރު ނަމަކިޔޭނެގޮތެއް ނޯންނާނެއެވެ.) އަދި އެފޮތް ބާވައިލެއްވިފައިވަނީ ތެދުމަގާއި رحمة އެއްގެ ގޮތުންނެވެ. އަޅެފަހެ ﷲ ގެ އާޔަތްތައް ދޮގުކޮށް އެ އާޔަތްތައް އައުމަށްފަހު އެއަށް ފުރަގަސްދީ އެނބުރިގަތްބަޔަކަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ ކޮންބައެއްހެއްޔެވެ؟ އެއަށްވުރެ އަނިޔާވެރިކަންބޮޑު ބަޔަކު ނުވެއެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ފުރަގަސްދީ އެޔާދުރަށް އެނބުރިގަތް މީހުންނަށް ނިކަންހުރެ عذاب ގެ ނުބައިކަން ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އެއީ އެމީހުން އެއާޔަތްތަކަށް ފުރަގަސްދީ އެއިން އެނބުރިގަތުމުގެ ސަބަބުންނެވެ.
6:158هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓئِكَةُ أَوۡ يَأۡتِيَ رَبُّكَ أَوۡ يَأۡتِيَ بَعۡضُ ءَايَٰتِ رَبِّكَۗ يَوۡمَ يَأۡتِي بَعۡضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَٰنُهَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِيٓ إِيمَٰنِهَا خَيۡرٗاۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ﴿158﴾هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓئِكَةُ أَوۡ يَأۡتِيَ رَبُّكَ أَوۡ يَأۡتِيَ بَعۡضُ ءَايَٰتِ رَبِّكَۗ يَوۡمَ يَأۡتِي بَعۡضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَٰنُهَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِيٓ إِيمَٰنِهَا خَيۡرٗاۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ
Transliteration: Hal yanthuroona illa an tatiyahumu almalaikatu aw yatiya rabbuka aw yatiya baAAdu ayati rabbika yawma yatee baAAdu ayati rabbika la yanfaAAu nafsan eemanuha lam takun amanat min qablu aw kasabat fee eemaniha khayran quli intathiroo inna muntathiroona
Translation: އެމީހުން ފަހެ ملائكة ބޭކަލުން (މަރުހިއްޕެވުމަށްޓަކައި) ވަޑައިގަތުމަށް މެނުވީ ނުވަތަ ކަލޭގެފާނުންގެ رَبّ ހިސާބުބެއްލެވުމަށް محشر ގެ މައިދާނަށް ވޮޑިގަތުމަށްމެނުވީ ނުވަތަ ކަލޭގެފާނުގެ رَبّ ގެ ބައެއް އާޔަތް އައުމަށްމެނުވީ (އެބަހީ ހުޅަނގުފަރާތުން އިރުއެރުމަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟) އަދި ކަލޭގެފާނުންގެ رَبّ ގެ ބައެއް އާޔަތް ފާޅުވާދުވަހު އެބަހީ ހުޅަނގުފަރާތުން އިރުއަރާދުވަހުން ދެން އެދުވަހުން އޭގެކުރިން އީމާންވެގެން ހެޔޮ عمل ކުރިމީހަކަށްމެނުވީ އެހެން އެއްވެސް މީހަކަށް އެއްވެސް منفع އެއް އެދުވަހުން އީމާންވެގެން ނުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ! އަހުރެމެންވެސް إنتظار ކުރަނީއެވެ.
6:159إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗا لَّسۡتَ مِنۡهُمۡ فِي شَيۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفۡعَلُونَ ﴿159﴾إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗا لَّسۡتَ مِنۡهُمۡ فِي شَيۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفۡعَلُونَ
Transliteration: Inna allatheena farraqoo deenahum wakanoo shiyaAAan lasta minhum fee shayin innama amruhum ila Allahi thumma yunabbiohum bima kanoo yafAAaloona
Translation: ހަމަކަށަވަރުން އެބައިމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރިމީހުންވީ އެތައްބަޔަކަށެވެ. (އެއީ يهودي ންނާއި نصارى އިންނާއި ދެންވެސް މި أمّة ގެ بِدْعَة ވެރިންފަދަ އެންމެންނެވެ.) އަދި ކަލޭގެފާނުން އެމީހުންގެ އެކަންކަމުގައި مسؤل ވެގެން ނުވެއެވެ. / ނުވަތަ ކަލޭގެފާނު އެ بِدْعَة ވެރިންގެ ކަންކަމުގެ އެއްވެސްކަމެއްގައި ނުވެއެވެ. ހަމަކަށަވަރުން އެމީހުންގެ ކަންތައްވަނީ ﷲ ގެ حضرة ގައެވެ. (އެކަލާނގެ فيصلة ކުރައްވާހުއްޓެވެ.) ދެން އެމީހުންކުރާކަމުގައިވީކަންތަކުގެ خبر އެކަލާނގެ އެމީހުންނަށް ދެއްވާނެއެވެ.
6:160مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ ﴿160﴾مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ
Transliteration: Man jaa bialhasanati falahu AAashru amthaliha waman jaa bialssayyiati fala yujza illa mithlaha wahum la yuthlamoona
Translation: ހެޔޮކަމަކާއިގެން އައިމީހާ / ހެޔޮކަމެއްކުރިމީހާ (ދަންނައެވެ!) ފަހެ އޭނާއަށް އޭނާކުރި ހެޔޮކަމުގެ ދިހަގުނައަށް ثواب ހުއްޓެވެ. އަދި ނުބައިކަމެއްކުރި މީހާ ދަންނައެވެ! ފަހެ އޭނާ އެކުރި ފާފަޔާއި އެއްވަރު ޖަޒާމެނުވީ އޭނާއަށް ނުވެއެވެ. އަދި އެމީހުންނަށް އަނިޔާނުވެވޭނެއެވެ. (ﷲ އެއްވެސް މީހަކަށް އަނިޔާ ވެރިވެ ވޮޑިނުގަންނަވާނެއެވެ.)
6:161قُلۡ إِنَّنِي هَدَىٰنِي رَبِّيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ دِينٗا قِيَمٗا مِّلَّةَ إِبۡرَٰهِيمَ حَنِيفٗاۚ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ﴿161﴾قُلۡ إِنَّنِي هَدَىٰنِي رَبِّيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ دِينٗا قِيَمٗا مِّلَّةَ إِبۡرَٰهِيمَ حَنِيفٗاۚ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ
Transliteration: Qul innanee hadanee rabbee ila siratin mustaqeemin deenan qiyaman millata ibraheema haneefan wama kana mina almushrikeena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ رَبّ ތިމަންކަލޭގެފާނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ دين އެއްކަމުގައިވާ إبراهيم عليه السّلام ގެ دين އެވެ. އެއީ شرك އާއި ދުރު އަދި توحيد އަށް ލެނބިގެންވާ ދީނެވެ. އަދި އެކަލޭގެފާނު يعني: إبراهيم عليه السّلام مشرك ންގެތެރެއިން ނުވެއެވެ.
6:162قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴿162﴾قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ
Transliteration: Qul inna salatee wanusukee wamahyaya wamamatee lillahi rabbi alAAalameena
Translation: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި ތިމަންކަލޭގެފާނުންގެ ކަތިލުމާއި - (ذَبَحَ ކުރުމާއި) އަދި ތިމަންކަލޭގެފާނުންގެ ދިރިހުރުމާއި އަދި ތިމަންކަލޭގެފާނުންގެ މަރުވުމާއި މިހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެއީ عالم ތައް ހައްދަވާ އެތަކެތި ބަލަހައްޓަވާ تربيّة ކުރައްވާ އެތަކެތީގެ رَبّ އެވެ.
6:163لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِينَ ﴿163﴾لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِينَ
Transliteration: La shareeka lahu wabithalika omirtu waana awwalu almuslimeena
Translation: އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. ބައިވެރިއަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ އެފަދައިންނެވެ. އަދި ތިމަންކަލޭގެފާނީ މި أمّة ގައި އެންމެފުރަތަމަ ކިޔަމަންތެރިވެ ﷲ އަށް خُضُوعَة ތެރިވީމީހާއެވެ. އެންމެފުރަތަމަ مسلم އެވެ.
6:164قُلۡ أَغَيۡرَ ٱللَّهِ أَبۡغِي رَبّٗا وَهُوَ رَبُّ كُلِّ شَيۡءٖۚ وَلَا تَكۡسِبُ كُلُّ نَفۡسٍ إِلَّا عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴿164﴾قُلۡ أَغَيۡرَ ٱللَّهِ أَبۡغِي رَبّٗا وَهُوَ رَبُّ كُلِّ شَيۡءٖۚ وَلَا تَكۡسِبُ كُلُّ نَفۡسٍ إِلَّا عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ
Transliteration: Qul aghayra Allahi abghee rabban wahuwa rabbu kulli shayin wala taksibu kullu nafsin illa AAalayha wala taziru waziratun wizra okhra thumma ila rabbikum marjiAAukum fayunabbiokum bima kuntum feehi takhtalifoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! رَبّ އެއްގެގޮތުގައި އަހުރެން إختيار ކޮށް އެދެންވީ ﷲ ނޫން އެހެންފަރާތެއް ހެއްޔެވެ؟ އަދި އެކަލާނގެއީ ހުރިހާތަކެތީގެ رَبّ އެވެ. (ހުރިހާތަކެތި ހައްދަވާ ބަލަހައްޓަވާ އެތަކެތި تربيّة ކުރައްވާ އެތަކެތީގެ ވެރިޔާއެވެ.) އަދި އެއްވެސް نفس އެއް އެހޯދައިގަތް ފާފައެއްގެ ނުބައިކަން ހަމަ އެ نفس އެއްގެމައްޗަށް މެނުވީ ނުވެއެވެ. އަދި (قيامة ދުވަހުން) ފާފައިގެ ބުރަ އުފުލާމީހަކު އެހެން މީހެއްގެ ފާފައިގެ ބުރަނުއުފުލާނެއެވެ. ދެން ކަލޭމެން އެންމެންވެސް އެނބުރި އައުންވަނީ ކަލޭމެންގެ رَبّ ގެ حضرة އަށެވެ. ދެން އެކަމާއިމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.
6:165وَهُوَ ٱلَّذِي جَعَلَكُمۡ خَلَـٰٓئِفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَبۡلُوَكُمۡ فِي مَآ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمُۢ ﴿165﴾وَهُوَ ٱلَّذِي جَعَلَكُمۡ خَلَـٰٓئِفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَبۡلُوَكُمۡ فِي مَآ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمُۢ
Transliteration: Wahuwa allathee jaAAalakum khalaifa alardi warafaAAa baAAdakum fawqa baAAdin darajatin liyabluwakum fee ma atakum inna rabbaka sareeAAu alAAiqabi wainnahu laghafoorun raheemun
Translation: އަދި ކަލޭމެން ބިމުގެ خليفة އިންކަމުގައި ލެއްވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެންކުރެ އެއްބަޔަކު އަނެއްބައެއްގެމައްޗަށް އެތައް ދަރަޖަތަކެއް އެކަލާނގެ އުފުއްލެވިއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި ތަކެތީގައި ކަލޭމެން إمتحان ކުރުމަށްޓަކައެވެ. (އެތަކެތީގެ حقّ ރަނގަޅަށް އަދާކުރާމީހާ ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެނަށް ދެއްކެވުމަށެވެ.) ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވާ رَبّ އެއީ عقوبة އަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި رحمة ލެއްވުންވެސް ބޮޑުވެގެންވާ ކަލާނގެއެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download