quranm◉

Surah As-Saf transliteration

◉ ސޫރަ · ∞

61:1

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴿1﴾

Transliteration: Sabbaha lillahi ma fee alssamawati wama fee alardi wahuwa alAAazeezu alhakeemu

Translation: އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ހުސް طاهِر ވަންތަ ކުރެއެވެ.

61:2

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِمَ تَقُولُونَ مَا لَا تَفۡعَلُونَ ﴿2﴾

Transliteration: Ya ayyuha allatheena amanoo lima taqooloona ma la tafAAaloona

Translation: އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ނުކުރާ ކަންތައްތަކުގެ ވާހަކަ ކުރިކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟ (އެކަމެއް ނުކޮށްތިބެ، ތިމާމެން އެވެނި ހެޔޮކަމެއް ކޮށްފީމޭ، މިވެނި ރަނގަޅުކަމެއް ކޮށްފީމޭ ބުނެހަދަނީ ކީއްވެގެން ހެއްޔެވެ؟)

61:3

كَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُواْ مَا لَا تَفۡعَلُونَ ﴿3﴾

Transliteration: Kabura maqtan AAinda Allahi an taqooloo ma la tafAAaloona

Translation: ކަލޭމެން ނުކުރާ ކަންތަކުގެ ވާހަކަ ކޮށްފީމޭ ބުނެހެދުމީ ﷲ ގެ حَضْرَة ގައި ކޯފާއާއި، عَذاب ބޮޑުވެގެންވާ ކަމެކެވެ. (އެ ހެދެނީ ދޮގެކެވެ.)

61:4

إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَٰتِلُونَ فِي سَبِيلِهِۦ صَفّٗا كَأَنَّهُم بُنۡيَٰنٞ مَّرۡصُوصٞ ﴿4﴾

Transliteration: Inna Allaha yuhibbu allatheena yuqatiloona fee sabeelihi saffan kaannahum bunyanun marsoosun

Translation: ﷲ ގެ މަގުގައި ސަފުސަފަށް (އެއްގާކޮޅު އަނެއް ގާކޮޅާ ގުޅި، ތަތްވެ ގަދަފަދަވެފައިވާ ބިނާއެއްފަދަ ގަދަފަދަކޮށް ސަފުހަދައިގެން) ހަނގުރާމަކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ވެއެވެ.

61:5

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ لِمَ تُؤۡذُونَنِي وَقَد تَّعۡلَمُونَ أَنِّي رَسُولُ ٱللَّهِ إِلَيۡكُمۡۖ فَلَمَّا زَاغُوٓاْ أَزَاغَ ٱللَّهُ قُلُوبَهُمۡۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ﴿5﴾

Transliteration: Waith qala moosa liqawmihi ya qawmi lima tuthoonanee waqad taAAlamoona annee rasoolu Allahi ilaykum falamma zaghoo azagha Allahu quloobahum waAllahu la yahdee alqawma alfasiqeena

Translation: އަދި مُوْسَى عَلَيْه السلام އެކަލޭގެފާނުގެ قَوْم ގެ މީހުންނަށް ވިދާޅުވިހިނދު ހަނުމަފުޅު ކުރައްވާށެވެ ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ އަހުރެންގެ قَوْم ގެ މީހުންނޭވެ. ކަލޭމެން ތިމަން ކަލޭގެފާނަށް އުނދަގޫ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާކަން ކަލޭމެން ރަނގަޅަށް ދަންނާނެއެވެ.] (އެމީހުން އެކަލޭގެފާނަށް އުނދަގޫކުރީ އެކަލޭގެފާނުގެ ބަސްފުޅު ނުއެހުމުންނާއި، އެކަލޭގެފާނުގެ أمْر ފުޅަށް ނުކިޔަމަންތެރި ވެގެންނާއި، އަދި އެކަލޭގެފާނަށް ހުތުރު އެއްޗެތި ކިޔައިގެންނެވެ. އެކަލޭގެފާނުގެ ކުރިމަތިފަރާތް ބޮޑުވެފައޭވެސް އެމީހުން ކީއެވެ. أحْزاب ސޫރަތް ނިމޭތާ އެވާހަކަ ذِكْر ކުރެވިގެން ވެއެވެ.) ދެންފަހެ އެމީހުން އެގޮތުގެ މަތީގައި އެކަލޭގެފާނަށް ނުކިޔަމަންތެރިވުން މަތީ ދެމިތިބުމުން، ނުވަތަ إِيْمَان ކަމާއި، ތެދުމަގާ ދުރަށް އެމީހުން ލެނބުމުން ﷲ އެމީހުންގެ ހިތްތައް إِيْمَان ކަމާއި، ތެދުމަގާ ދުރަށް ލަންބަވައިފިއެވެ. އަދި فاسِق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

61:6

وَإِذۡ قَالَ عِيسَى ٱبۡنُ مَرۡيَمَ يَٰبَنِيٓ إِسۡرَـٰٓءِيلَ إِنِّي رَسُولُ ٱللَّهِ إِلَيۡكُم مُّصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولٖ يَأۡتِي مِنۢ بَعۡدِي ٱسۡمُهُۥٓ أَحۡمَدُۖ فَلَمَّا جَآءَهُم بِٱلۡبَيِّنَٰتِ قَالُواْ هَٰذَا سِحۡرٞ مُّبِينٞ ﴿6﴾

Transliteration: Waith qala AAeesa ibnu maryama ya banee israeela innee rasoolu Allahi ilaykum musaddiqan lima bayna yadayya mina alttawrati wamubashshiran birasoolin yatee min baAAdee ismuhu ahmadu falamma jaahum bialbayyinati qaloo hatha sihrun mubeenun

Translation: އަދި مَرْيَم ގެފާނުންގެ ދަރިކަލުން عِيْسَى عَلَيْه السلام بَنِي إسْرائيل ންނަށް ވިދާޅުވި ހިނދު ކަންވީގޮތް ހަނދުމަ ފުޅު ކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ بَنِي إسْرائيل އެވެ! ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާއެވެ. އެއީ އަހުރެންގެ ކުރީގައި ވާ تَوْرَاة ތެދުކުރާ حال ގައެވެ. އަދި އަހުރެންގެ ފަހުން ވަޑައިގަންނަވާނޭ رَسُوْل ބޭކަލަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خَبَر ވެސް ކަލޭމެންނަށް ދޭށެވެ. އެ ބޭކަލެއްގެ ނަންފުޅަކީ أَحْمَد އެވެ.] ދެންފަހެ ބަޔާންވެ، ފައުޅުވެގެންވާ مُعْجِزَة އާއި، دَلِيل އާއިގެން އެކަލޭގެފާނު (އެބަހީ عِيْسَى / ނުވަތަ أَحْمَد ގެފާނު) ވަޑައިގަތުމުން އެމީހުން ބުނީ [މިއީ بَيَان ވެގެންވާ سِحْر އެއް] ކަމުގައެވެ. (ކާފަރުންގެ މީހުން މިއިން އެއް ބޭކަލަކަށްވެސް إِيْمَان އެއް ނުވިއެވެ.)

61:7

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ وَهُوَ يُدۡعَىٰٓ إِلَى ٱلۡإِسۡلَٰمِۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ ﴿7﴾

Transliteration: Waman athlamu mimmani iftara AAala Allahi alkathiba wahuwa yudAAa ila alislami waAllahu la yahdee alqawma alththalimeena

Translation: إسْلام ވުމަށް އެމީހަކަށް ގޮވޭހިނދު، ގޮވެމުން ދާއިރު ﷲ ގެ މައްޗަށް ބޮޑު ދޮގެއް ހަދައިގަތް މީހަކަށް ވުރެން ވަކީން ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.

61:8

يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ ﴿8﴾

Transliteration: Yureedoona liyutfioo noora Allahi biafwahihim waAllahu mutimmu noorihi walaw kariha alkafiroona

Translation: އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ.

61:9

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ﴿9﴾

Transliteration: Huwa allathee arsala rasoolahu bialhuda wadeeni alhaqqi liyuthhirahu AAala alddeeni kullihi walaw kariha almushrikoona

Translation: އެކަލާނގެއީ ތެދުމަގާއި، حَقّ دِين އާއިގެން އެކަލާނގެ رَسُوْل އާ مُحَمَّدٌ ﷺ ފޮނުއްވި ކަލާނގެއެވެ. އެއީ އެންމެހައި دِيْن ތަކެއްގެ މައްޗަށް އެ دِيْن ފައުޅުކުރައްވައި، ގަދަކުރެއްވުމަށްޓަކައެވެ. مُشْرِك ންނާއި دِين ގެ عَداوَة ތެރީން ނުރުހި ތިބިނަމަވެސް މެއެވެ.

61:10

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَٰرَةٖ تُنجِيكُم مِّنۡ عَذَابٍ أَلِيمٖ ﴿10﴾

Transliteration: Ya ayyuha allatheena amanoo hal adullukum AAala tijaratin tunjeekum min AAathabin aleemin

Translation: އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ):

61:11

تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴿11﴾

Transliteration: Tuminoona biAllahi warasoolihi watujahidoona fee sabeeli Allahi biamwalikum waanfusikum thalikum khayrun lakum in kuntum taAAlamoona

Translation: ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް، އަދި އެ ކަންތައް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަމުގެ ބަދަލުގައި ކަލޭމެންނަށް ހުރި ފައިދާއަކީ، އެ ވިޔަފާރީގެ ނަފާއަކީ:

61:12

يَغۡفِرۡ لَكُمۡ ذُنُوبَكُمۡ وَيُدۡخِلۡكُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَمَسَٰكِنَ طَيِّبَةٗ فِي جَنَّـٰتِ عَدۡنٖۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴿12﴾

Transliteration: Yaghfir lakum thunoobakum wayudkhilkum jannatin tajree min tahtiha alanharu wamasakina tayyibatan fee jannati AAadnin thalika alfawzu alAAatheemu

Translation: އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމެވެ. އަދި އެ ތަންތާނގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ތިޔަބައިމީހުން ވެއްދެވުމެވެ. އަދި قائِم ވެ ތިބޭ ސުވަރުގެތަކުގައި ތިބޭނޭ مَسْكَن ތައް (ތިބޭނޭ ތަން) ތިޔަބައިމީހުންނަށް ދެއްވުމެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

61:13

وَأُخۡرَىٰ تُحِبُّونَهَاۖ نَصۡرٞ مِّنَ ٱللَّهِ وَفَتۡحٞ قَرِيبٞۗ وَبَشِّرِ ٱلۡمُؤۡمِنِينَ ﴿13﴾

Transliteration: Waokhra tuhibboonaha nasrun mina Allahi wafathun qarreebun wabashshiri almumineena

Translation: އަދި ތިޔަބައިމީހުން އެ ފައިދާއަކަށް ޓަކައި ލޯބިކުރާނޭ އެހެން ފައިދާއެއް ވެއެވެ. އެއީ ﷲ ގެ حَضْرَة ން ވާ نَصْر އާއި، ކާމިޔާބެވެ. އަދި فَتْح އެވެ. (مَكَّة فَتْح ވުމެވެ.) އަދި مُؤْمِن ތަކުންނަށް އުފާވެރިކަމުގެ خَبَر ދެއްވާށެވެ.\nދަންނައެވެ. އިސްވެދިޔަ ދެތިން آيَة ގައި ﷲ بَيان ކުރައްވާފައި އެވާ ނަފާ އެހައިބޮޑު ވިޔަފާރިއަކީ މިއަދު އަޅުގަނޑުމެންނަށް ބައިވެރި ވެވިދާނޭ ވިޔަފާރިއެކެވެ. އެއް ފަރާތުން ހުށައަޅާންޖެހޭ މުދަލަކީ ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވުމާއި، ދެން ތިމާމެންގެ މުދަލާއި نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. މި ތަކެތީގެ ބަދަލުގައި ﷲ ދެއްވަން އެ އަންގަވަނީ ދުވަހަކު ނިމުމެއް ނުވާ ބޮޑު نِعْمَة އެވެ. އެއީ ފާފަ ފުއްސަވައި ދެއްވުމާއި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތަކަށް ވެއްދެވުމާއި، قائِم ވެ ތިބޭ ސުވަރުގެއިން މާތްވެގެންވާ ގޯތިގެދޮރު ދެއްވުމެވެ. އަދި މީގެ އިތުރުން އެހެން ފައިދާއެކެވެ. އެއީ ދުނިޔެމަތީގައި ދެއްވާނޭ ފައިދާއެވެ. ކުރީން ދެންނެވިގެން އެވަނީ قِيامَة ދުވަހުން ހުރި ފައިދާއާއި، ބޮޑުވެގެންވާ ނަސީބެވެ. ދުނިޔެމަތީގައިވާ ފައިދާއަކީ ﷲ ގެ نَصْر އާއި، فَتْح ދެއްވުމެވެ. ފަހެ މި ވިޔަފާރީގެ ނަފާ ބޮޑުކަމާއެވެ!

61:14

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ وَكَفَرَت طَّآئِفَةٞۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَٰهِرِينَ ﴿14﴾

Transliteration: Ya ayyuha allatheena amanoo koonoo ansara Allahi kama qala AAeesa ibnu maryama lilhawariyyeena man ansaree ila Allahi qala alhawariyyoona nahnu ansaru Allahi faamanat taifatun min banee israeela wakafarat taifatun faayyadna allatheena amanoo AAala AAaduwwihim faasbahoo thahireena

Translation: އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. އެބަހީ ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟] އެބަހީ [ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟] އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. [އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ.] އެބަހީ [ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.] (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.\nފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download