7:1الٓمٓصٓ ﴿1﴾الٓمٓصٓ
Transliteration: Aliflammeemsad
Translation: الٓمٓصٓ މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެޔާއެކުވެސް ބައެއް عالم ން ވިދާޅުވިއެވެ. އޭގެ މާނައީ: أَنَا ﷲ أَفْضَلُ މިއެވެ. މީގެ މާނައީ ތިމަންރަސްކަލާނގެއީ ﷲ އެވެ. އެންމެ މާތްވަންތަ ކަލާނގެއެވެ. ނުވަތަ އެއީ ﷲ ގެ ނަންފުޅެކެވެ. ނުވަތަ އެއީ قرآن ގެ ނަމެކެވެ. އަދި އެހެން ގޮތްގޮތަށް ކިއިފައިވެއެވެ. والله أعلم.
7:2كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ ﴿2﴾كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ
Transliteration: Kitabun onzila ilayka fala yakun fee sadrika harajun minhu litunthira bihi wathikra lilmumineena
Translation: (އޭ رسول ﷲ އެވެ!) މިއީ ކަލޭގެފާނަށް ބާވައިލެއްވޭ ފޮތެކެވެ. އެބަހީ މި قرآن އަކީ ﷲ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. އެޔާމެދު ކަލޭގެފާނުންގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް ނުވާހުށިކަމެވެ! އެއްވެސް ޝައްކެއްނުވާހުށިކަމެވެ. އެއީ އެފޮތުން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. އަދި އެއީ مؤمن ންނަށްވާ ذكراى އެކެވެ. وعظ އާއި نصيحة އެކެވެ.
7:3ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ ﴿3﴾ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ
Transliteration: IttabiAAoo ma onzila ilaykum min rabbikum wala tattabiAAoo min doonihi awliyaa qaleelan ma tathakkaroona
Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށް ކަލޭމެންގެ ربّ ގެ حضرة ން ބާވައިލެއްވޭ ތަކެއްޗާއި ކަލޭމެން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި އެހެނިހެން ولِىُّ ންނާއި تبع ނުވާށެވެ. އެބަހީ އެކަލާނގެ ފިޔަވައި އެހެނިހެންސަހަރޯވެރިންގެ ނުބައި އަދި شرك ގެ عمل ތަކާއި ކަލޭމެން تبع ނުވާށެވެ! ކަލޭމެން وعظ އާއި عبرة ލިބިގަންނަނީ ދާދިމަދުންނެވެ. * (ދަންނައެވެ! تفسير قرطبى ގައި އެކަލޭގެފާނު ވިދާޅުވެފައި ވަނީ ރަސޫލާގެންނެވި ﷲގެ ދީނަށް ކަލޭމެން ތަބާ ވާށެވެ! އަދި އެކިއެކި މަޒްހަބުތަކާއި ތަބާ ނުވާށެވެ! އެކަލޭގެފާނު ވިދާޅު ވަނީ އެހެނިހެން ސަހަރޯ ވެރިންގެ މުރާދަކީ މިއާޔަތުގައި ހަމަ ސީދާ މަޒްހަބުތަކުގެ ވެރިންކަމުގައެވެ. ވީއިރު މަޒްހަބަށް ތަބާ ނުވުމަށް މިވަނީ ޤުރްއާނުގައި އަމުރުކުރައްވާފައެވެ. މިހެންމިކަން ހުރިއިރުވެސް ﷲ ގެއަމުރުފުޅެއް އަދި ރަސޫލުގެ އަމުރުފުޅެއް ނެތިވެސް އަހުރެމެން މަޒުހަބުގެނަމުގައި އަޅުކަންކުރުމީ އަދި ކުރަންއެންގުމީ ހިތާމަހުރިކަމެކެވެ. އެއަޅުކަން ބަލައިގަންނާނީ ކާކުބާވައެވެ؟......)
7:4وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ ﴿4﴾وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ
Transliteration: Wakam min qaryatin ahlaknaha fajaaha basuna bayatan aw hum qailoona
Translation: އަދި ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްހެއްޔެވެ؟ (މިހެނީ އެމީހުން ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ رسول ންނާއި އަދި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރުމުގެ ސަބަބުން ވަރަށްގިނަ ރަށްރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) ފަހެ އެމީހުން ކުރި ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައީ އެމީހުން ނިދާފައިތިއްބާ ރޭގަނޑުއެވެ. ނުވަތަ މެންދުރު އެމީހުން ނިދާލާ ވަގުތުއެވެ.
7:5فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ ﴿5﴾فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ
Transliteration: Fama kana daAAwahum ith jaahum basuna illa an qaloo inna kunna thalimeena
Translation: ދެންފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައިހިނދުން "ހަމަކަށަވަރުން ތިމަންނާމެންވީ އަނިޔާވެރިން ކަމުގައެވެ. مشرك ންކަމުގައެވެ." މިހެން އެމީހުން ބުނުންކަމުގައި މެނުވީ ނުވެއެވެ. (އެމީހުންގެ އެހެން އެއްވެސް عُذْر އެއް دليل އެއްނެތެވެ. ބަހަނާއެއްނެތެވެ.)
7:6فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ ﴿6﴾فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ
Transliteration: Falanasalanna allatheena orsila ilayhim walanasalanna almursaleena
Translation: ފަހެ ހަމަކަށަވަރުން رسول ން ފޮނުއްވުނު މީހުންނާއިމެދު ތިމަންރަސްކަލާނގެ ސުވާލުކުރައްވާނެކަން ކަށަވަރެވެ. (އެބަހީ: رسول ބޭކަލުން އެބައެއްގެގާތަށް ފޮނުވުނު އެންމެންނާއި قيامة ދުވަހުން ސުވާލުކުރައްވާހުށީމެވެ. އެމީހުން ތިމަންރަސްކަލާނގެ أمر އާއި نهى އާއިމެދު ކަންތައްތައް ކުރީ ކޮންގޮތަކަށްތޯ ސުވާލުކުރާހުށީމެވެ. އަދި އެކަންކަމަށް جزاء ދެއްވާހުށީމެވެ.) އަދި ހަމަކަށަވަރުން رسول ބޭކަލުންނާއި ސުވާލުކުރައްވާހުށީމެވެ. އެބޭކަލުން رسول ކަން އިއްވެވިތޯ ނުވަތަ ނޫންތޯ މިހުރިހާ ގޮތްގޮތަކަށް ސުވާލުކުރައްވާހުށީމެވެ.\n* ދަންނައެވެ. ހުރިހާކަމެއް އެކަލާނގެދެނެވޮޑިގަތުމާއެކުވެސް އެދުވަހުން އެސުވާލުތައް އެކަލާނގެ އެފަރާތްތަކާއި އެކުރައްވާނީ އަޅުތަކުން އެކަންކަމަށް إعْتِرَافُ އެމީހުންގެ މައްޗަށް حُجَّة قَائِمُ ކުރެއްވުމަށެވެ. އެމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ނުވާތީއެއްނޫނެވެ.
7:7فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ ﴿7﴾فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ
Transliteration: Falanaqussanna AAalayhim biAAilmin wama kunna ghaibeena
Translation: އަދި ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމައަށް ދެނެވޮޑިގަތުމާއިއެކު އެންމެހައި ވާހަކަތައް އަދި خبر ތައް އަންގަވާހުށީމެވެ. އަދި އެމީހުންގެ ކަންކަމަށް غائب ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އެމީހުން عمل ކުރަމުންދާއިރު އެކަންކަން ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.)
7:8وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿8﴾وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Transliteration: Waalwaznu yawmaithini alhaqqu faman thaqulat mawazeenuhu faolaika humu almuflihoona
Translation: އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ.
7:9وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ ﴿9﴾وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ
Transliteration: Waman khaffat mawazeenuhu faolaika allatheena khasiroo anfusahum bima kanoo biayatina yathlimoona
Translation: އަދި އެމީހެއްގެ (ހެޔޮކަމުގެ) مِيْزَان ލުއިވެއްޖެ މީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ އެމީހުންގެ ނަފުސުތައް ގެއްލުވައިލައި ހަލާކު ކުރި މީހުންނެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް އަނިޔާވެރިވެ ދެކޮޅުހެދުމުގެ ސަބަބުންނެވެ.
7:10وَلَقَدۡ مَكَّنَّـٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ ﴿10﴾وَلَقَدۡ مَكَّنَّـٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ
Transliteration: Walaqad makkannakum fee alardi wajaAAalna lakum feeha maAAayisha qaleelan ma tashkuroona
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ބިމުގައި ވަޒަންވެރިކުރައްވާ تَمْكِين ކުރެއްވީމެވެ. އަދި އެތާނގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދިރިއުޅުން ލެއްވީމެވެ. ކަލޭމެން شكر ކުރަނީ ދާދިމަދުންނެވެ.
7:11وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّـٰجِدِينَ ﴿11﴾وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّـٰجِدِينَ
Transliteration: Walaqad khalaqnakum thumma sawwarnakum thumma qulna lilmalaikati osjudoo liadama fasajadoo illa ibleesa lam yakun mina alssajideena
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. (ކަލޭމެންގެ ބައްޕަ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީމެވެ.) ދެން ތިމަންރަސްކަލާނގެ ކަލޭމެން صورة ކުރެއްވީމެވެ. (އެބަހީ: އެކަލޭގެފާނު ތިމަންރަސްކަލާނގެ صورة ކުރެއްވީމެވެ. މި ދެ عبارة ގެ މާނަ އަދި އެހެން ގޮތްގޮތަށްވެސް ލިއުއްވާފައިވެއެވެ. އެކަމަކު އެންމެ مُعْتَبَرُ ގޮތް މިދެންނެވީއެވެ. - والله أعلم) ދެން آدم عليه السّلام އަށް سجدة ކުރައްވާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. - ދެންފަހެ إبْلِيْسُ މެނުވީ އެންމެ ބޭކަލުން އެކަލޭގެފާނަށް سَجِدَة ކުރެއްވިއެވެ. ފަހެ އެ إبْلِيْسُ سَجِدَة ކުރި މީހުންގެތެރެއިން ނުވިއެވެ.
7:12قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ﴿12﴾قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ
Transliteration: Qala ma manaAAaka alla tasjuda ith amartuka qala ana khayrun minhu khalaqtanee min narin wakhalaqtahu min teenin
Translation: އެކަލާނގެ (އެ إبْلِيس އާއި مخاطب ކުރައްވައި) وحي ކުރެއްވިއެވެ. އެކަލޭގެފާނަށް (يعني: آدم ގެފާނަށް) سجدة ކުރެއްވުމަށް ތިމަންރަސްކަލާނގެ އެންގެވިހިނދުން ކަލޭ سجدة ނުކޮށް އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ سجدة ނުކުރީ ކީއްވެގެންހެއްޔެވެ؟ އެސޮރު ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ މިއަޅާ މާހެޔޮވެގެންވެއެވެ. އެހެނީ އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އަދި އިބަރަސްކަލާނގެ މިއަޅާ ހައްދަވާފައިވަނީ އަލިފާނުންނެވެ.
7:13قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّـٰغِرِينَ ﴿13﴾قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّـٰغِرِينَ
Transliteration: Qala faihbit minha fama yakoonu laka an tatakabbara feeha faokhruj innaka mina alssaghireena
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭ އެސުވަރުގެއިން ފައިބާށެވެ! އެތާހުރެގެން ކަލޭ ބޮޑާވެ މަތިހަށި ނެގުމަކީ އެއްގޮތަކަށްވެސް ކަލެއަށް ހުއްދަވެގެންވާކަމެއްނޫނެވެ. (އަދި އެހެންތާކު ހުރެގެންވެސް ބޮޑާވުން ހުއްދަވެގެން ނުވެއެވެ.) ފަހެ ކަލޭ ނުކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ނިކަމެތިވެ އިހާނާތްތެރިވެގެންވާ މީހުންގެތެރެއިންނެވެ.
7:14قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴿14﴾قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ
Transliteration: Qala anthirnee ila yawmi yubAAathoona
Translation: އެސޮރު ދެންނެވިއެވެ. މީސްތަކުން (އަލުން ދިރިގެން) ފޮނުއްވާދުވަހާއި ހަމައަށް މިއަޅާއަށް ވަގުތު ދެއްވާ مُهْلَةُ ދެއްވާނދޭވެ!
7:15قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ ﴿15﴾قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ
Transliteration: Qala innaka mina almunthareena
Translation: ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ إنْتِظَار ކުރެވިގެންވާ - (ވަގުތު ދެވިގެން) ވާ މީހުންގެތެރެއިންނެވެ.
7:16قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ ﴿16﴾قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ
Transliteration: Qala fabima aghwaytanee laaqAAudanna lahum sirataka almustaqeema
Translation: އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ ހަލާކުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް (އާދަމުގެދަރިންނާ އިދިކޮޅަށް) މިއަޅާ މަގުތަކުގައި އިށީންނަހުށީމެވެ. އިބަރަސްކަލާނގެ ސީދާމަގު އެމީހުންނަށް އޮޅުވާލާ ބަންދުކުރާހުށީމެވެ.
7:17ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ ﴿17﴾ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ
Transliteration: Thumma laatiyannahum min bayni aydeehim wamin khalfihim waAAan aymanihim waAAan shamailihim wala tajidu aktharahum shakireena
Translation: ދެން ހަމަކަށަވަރުން އެމީހުންގެ ކުރިމަތިންނާއި އެމީހުންގެ ފަހަތުންނާއި އެމީހުންގެ ކަނާތްފަރާތުންނާއި އަދި އެމީހުންގެ ވައަތްފަރާތުންވެސް މިއަޅާ އެމީހުންގެގާތަށް އަންނަހުށީމެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ شكر ކުރާމީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިނުގަންނަވާނެއެވެ. (ގިނަމީހުން ވާނީ ނުބައިމީހުން ކަމުގައެވެ.)
7:18قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ ﴿18﴾قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ
Transliteration: Qala okhruj minha mathooman madhooran laman tabiAAaka minhum laamlaanna jahannama minkum ajmaAAeena
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.
7:19وَيَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ ﴿19﴾وَيَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ
Transliteration: Waya adamu oskun anta wazawjuka aljannata fakula min haythu shituma wala taqraba hathihi alshshajarata fatakoona mina alththalimeena
Translation: އަދި އޭ آدم (عليه السّلام) އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުންނާއި ދެކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެވަޑައިގެން ތިއްބަވާށެވެ! އަދި ތިޔައިގެ ދެކަނބަލުން އެދިވަޑައިގަންނަވާފަދައަކުން އެތަނުން ފަރީކުޅުއްވާހައްދަވާށެވެ! އަދި މިގަހާއި ތިޔައިގެ ދެކަނބަލުން ގާތްވެވަޑައި ނުގަންނަވާށެވެ! (އެގަހުން، ފަރިއްނުކުޅުއްވާށެވެ! (އެއީ ކޮންބާވަތެއްގެ ގަހެއްކަން އެނގޭނެ صحّ خبر އެއް ނެތެވެ.) އެހެން ހައްދަވައިފިއްޔާ އެބަހީ އެގަހުން ފަރީކުޅުއްވައިފިއްޔާ ތިޔަ ދެކަނބަލުންވާހުށީ އަނިޔާވެރިންގެތެރެއިންނެވެ. (އަމިއްލަ نفس އަށް އަނިޔާކުރި މީހުންގެތެރެއިންނެވެ.)
7:20فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ ﴿20﴾فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ
Transliteration: Fawaswasa lahuma alshshaytanu liyubdiya lahuma ma wooriya AAanhuma min sawatihima waqala ma nahakuma rabbukuma AAan hathihi alshshajarati illa an takoona malakayni aw takoona mina alkhalideena
Translation: ދެންފަހެ شيطان އާ ދެކަނބަލުންނަށް ވަސްވާސްކޮށްފިއެވެ. (ނުބައިގޮތް ހިތަށް ވިސްނައިދީފިއެވެ.) އެއީ އެދެކަނބަލުންގެ ނިވައިކުރެވިގެންވާ عورة ފާޅުކޮށް ހާމަކުރުމަށްޓަކައެވެ. އަދި އެސޮރު ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެމަލާއިކަތުންނަށްވެދާނެތީވެ ނުވަތަ دائمى ގޮތެއްގައި ސުވަރުގޭގައި ނުތިއްބެވުމަށް މެނުވީ މިގަހުން ތިޔައިގެ ދެކަނބަލުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންގެ رَبّ މަނާ ނުކުރައްވައެވެ. (އެބަހީ މިގަހުން ފަރިއްކުޅުއްވައިފިއްޔާ دائمى ގޮތެއްގައި މިތާ ދެމިތިއްބަވާނެއެވެ. ނުވަތަ ދެމަލާއިކަތުންނަށް ވެދާނެއެވެ.)
7:21وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّـٰصِحِينَ ﴿21﴾وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّـٰصِحِينَ
Transliteration: Waqasamahuma innee lakuma lamina alnnasiheena
Translation: އަދި އެސޮރު ހުވައިކޮށްފާ އެދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ތިޔަދެމީހުންނަށްވާ نصيحة ތެރިޔަކީމެވެ.
7:22فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ ﴿22﴾فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ
Transliteration: Fadallahuma bighuroorin falamma thaqa alshshajarata badat lahuma sawatuhuma watafiqa yakhsifani AAalayhima min waraqi aljannati wanadahuma rabbuhuma alam anhakuma AAan tilkuma alshshajarati waaqul lakuma inna alshshaytana lakuma AAaduwwun mubeenun
Translation: ފަހެ އެސޮރުގެ ހެއްލުންތެރިކަމާއި ކެހިވެރިކަމުން އެދެކަނބަލުން (ހަލާކުގެތެރެއަށް) ވައްޓާލައިފިއެވެ. (ކިޔަމަންތެރިކަމުން ނުކިޔަމަންތެރިކަމަށް ވައްޓައިލިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވައިފިއެވެ.) ފަހެ އެދެކަނބަލުން އެގަހުގެރަހަ ހަމަލިބިވަޑައިގަތުމުން އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة ފައުޅުވެ كشف ވެއްޖެއެވެ. އަދި އެދެކަނބަލުންގެ عورة ގައި ސުވަރުގޭގެ ގަހުގެ ފަތްޖައްސާ ނިވައިކުރައްވަން ފައްޓަވައިފިއެވެ. އަދި އެދެކަނބަލުންގެ رَبّ އެދެކަނބަލުންނަށް نداء އިއްވެވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެގަހުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންނަށް ތިމަންރަސްކަލާނގެ نهى ނުކުރަންހެއްޔެވެ؟ (އެބަހީ ނަހީކުރެއްވީމެވެ.) އަދި ހަމަކަށަވަރުން شيطان އާ އެއީ ތިޔައިގެ ދެކަނބަލުންނަށްވާ بيان ވެގެންހުރި عدوّ އެއްކަމުގައި ނާންގަވަންހެއްޔެވެ؟ (އެބަހީ އެންގެވީމެވެ.)
7:23قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ﴿23﴾قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ
Transliteration: Qala rabbana thalamna anfusana wain lam taghfir lana watarhamna lanakoonanna mina alkhasireena
Translation: އޭގެ ދެކަނބަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އަޅަމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ނުފުއްސަވައި އަދި رحمة ނުލެއްވިނަމަ ހަމަކަށަވަރުން އަޅަމެންވާހުށީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
7:24قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ ﴿24﴾قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ
Transliteration: Qala ihbitoo baAAdukum libaAAdin AAaduwwun walakum fee alardi mustaqarrun wamataAAun ila heenin
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عدوّ ންކަމުގައިވާ حال ފައިބާށެވެ! (ސުވަރުގެއިން ފައިބާށެވެ!) އަދި ކަލޭމެން قرار ވެ ހަމަޖެހިގެންތިބޭނެތަން ބިމުގައި ކަލޭމެންނަށްވެއެވެ. (އެހެންޏާ ބިމުގެމަތީގައި ނުވަތަ މަރުވުމަށްފަހު ބިމުގެ އަޑީގައެވެ.) އަދި ވަކި مدّت އަކަށް އެތާނގެ ތަކެތީގައި ބޭނުންކޮށް ތިބުންވެއެވެ.
7:25قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ ﴿25﴾قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ
Transliteration: Qala feeha tahyawna wafeeha tamootoona waminha tukhrajoona
Translation: އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެންގެ حياة ވަނީ، އެބަހީ ދިރިއުޅުންވަނީ އެތާނގައެވެ. އަދި ކަލޭމެން މަރުވުންވަނީ އެތާނގައެވެ. އަދި ކަލޭމެން (އަލުން ދިރިގެން) ނުކުތުންވަނީވެސް ހަމަ އެތަނުންނެވެ.
7:26يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ ﴿26﴾يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ
Transliteration: Ya banee adama qad anzalna AAalaykum libasan yuwaree sawatikum wareeshan walibasu alttaqwa thalika khayrun thalika min ayati Allahi laAAallahum yaththakkaroona
Translation: އޭ آدم ގެދަރީންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عورة ނިވާކުރުމަށްޓަކައި ތިމަންރަސްކަލާނގެ ލިބާސް ބާވައިލެއްވީމެވެ. (އެބަހީ: ފޭރާންކުރެވޭނޭގޮތުގެތަކެއްޗާއި އަދި ކުރެވޭނޭގޮތް ކަލޭމެނަށް ދެއްވީމެވެ.) އަދި މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި ޒީނަތްތެރިވާނޭ ފޭރާމާއި ބާވައިލެއްވީމެވެ. އަދި تقوى ވެރިކަމުގެ ފޭރާން (އެބަހީ: صالح عمل ކުރުން އެއީ މާހެޔޮވެގެންވާކަމެކެވެ.) މިކަންތައް ތަކަކީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން ވާކަންކަމެވެ. އެއީ އެމީހުން ذكر ކޮށް وعظ نصيحة ލިބިގަނޭތޯއެވެ.
7:27يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ ﴿27﴾يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ
Transliteration: Ya banee adama la yaftinannakumu alshshaytanu kama akhraja abawaykum mina aljannati yanziAAu AAanhuma libasahuma liyuriyahuma sawatihima innahu yarakum huwa waqabeeluhu min haythu la tarawnahum inna jaAAalna alshshayateena awliyaa lillatheena la yuminoona
Translation: އޭ آدم ގެދަރީންނެވެ! ކަލޭމެންގެ ކާބަފައިން (آدم ގެފާނާއި حوّاى ގެފާނު) شيطان އާ އައިސް ސުވަރުގެއިން ނެރެލީފަދައިން އެ شيطان އާ ކަލޭމެން فتنة ވެރިކުރިޔަނުދޭށެވެ! އެސޮރުގެ މަކަރުވެރިކަމުގެ ތެރެއަށް ކަލޭމެން ވައްޓައިލިޔަނުދޭށެވެ! ފަހެ އެސޮރުގެ މަކަރުވެރިކަމުން އެދެކަނބަލުންގެ ލިބާސް އެދެކަނބަލުންގެ ކިބައިން ނިގުޅައިގަތެވެ. އެއީ އެދެކަނބަލުންގެ عورة އެދެކަނބަލުންނަށް ފެނުމަށްޓަކައެވެ. ހަމަކަށަވަރުން އެ شيطان އާ އާއި އެސޮރުގެ ނަސްލު އެސޮރުގެ قبيلة ގެމީހުން ކަލޭމެން ދެކޭނެއެވެ. އަދި އެއީ ކަލޭމެނަށް އެބައިމީހުން ނުފެންނާނޭގޮތުންނެވެ. ހަމަކަށަވަރުން شيطان ން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ ﷲ އަށް އީމާންނުވާ މީހުންނަށެވެ.
7:28وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ﴿28﴾وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ
Transliteration: Waitha faAAaloo fahishatan qaloo wajadna AAalayha abaana waAllahu amarana biha qul inna Allaha la yamuru bialfahshai ataqooloona AAala Allahi ma la taAAlamoona
Translation: އަދި އެމީހުން فاحش ކަމެއްކޮށްފިއްޔާ އެމީހުން ބުނެއެވެ. މިއީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތެވެ. (އެމީހުން ކުރާތަނުން ދަސްކޮށްގެންކުރާ ކަމެކެވެ.) އަދި މިކަމަށްވަނީ ﷲ އަހުރެމެންނަށް އަމުރުކުރައްވާފައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަންތަކަށް ﷲ އަމުރު ނުކުރައްވައެވެ. އަދި ނުވެސްކުރައްވާނެއެވެ. ﷲ تعالى ގެ މައްޗަށް ކަލޭމެންނަށް ނޭނގޭތަކެތި ކަލޭމެން ބުނަނީހެއްޔެވެ؟ • މިއާޔަތުގައިމިވާ فاحش ކަންތަކަކީ عربى ންގެ ކޮންމެވެސް ބަޔަކު އިސްލާމްދީން އައުމުގެ ކުރީގައި ގެފުޅުގައި طَوَاف ކުރަނީ عُرِيَان حال ގައި ތިބެގެންނެވެ. އަދި އެމީހުން ބުނަނީ އަހުރެމެން މިކަން މިކުރަނީ ކާބަފައިންކުރިގޮތަށެވެ. އަދި އެކަމަށްވަނީ ﷲ أمر ކުރައްވާފައެވެ. މިކަމަކީ އެމީހުން ﷲ ގެ މައްޗަށް ހަދާ ބޮޑުދޮގެއްކަން بيان ކޮށްދެއްވައި މިއާޔަތް ބާވައިލެއްވިކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. މިހެނީ فاحش ކަންތަކަކީ އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި قبول ނުކުރާ ކަންކަމެވެ.
7:29قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ ﴿29﴾قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ
Transliteration: Qul amara rabbee bialqisti waaqeemoo wujoohakum AAinda kulli masjidin waodAAoohu mukhliseena lahu alddeena kama badaakum taAAoodoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ އަމުރުކުރައްވާފައިވަނީ عدل ވެރިވުމަށެވެ. (ހުރިހާކަމެއްގައި ސީދާކޮށް حقُّ حقّ އަށް ނު حقُّ ނު حقّ އަށް ބުނުމެވެ.) އަދި ކަލޭމެން ނަމާދުކުރާ ކޮންމެތާކު (ކޮންމެ މިސްކިތެއްގައިވެސް) كعبة ﷲ އަށް - (ގެފުޅަށް) ކަލޭމެންގެ މޫނުތައް ސީދާކޮށް قائم ކުރުމަށެވެ. އަދި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރާ حال ކަލޭމެން އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެންމެ ފުރަތަމަ ނެތުމުގެތެރެއިން އެކަލާނގެ ކަލޭމެން ހެއްދެވިފަދައިން قيامة ދުވަހުން (މަރުވުމަށްފަހު) އަލުން ދިރުއްވައި އެކަލާނގެ ކަލޭމެން ފޮނުވާނެއެވެ. (محشر ކުރައްވާނެއެވެ.)
7:30فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ ﴿30﴾فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ
Transliteration: Fareeqan hada wafareeqan haqqa AAalayhimu alddalalatu innahumu ittakhathoo alshshayateena awliyaa min dooni Allahi wayahsaboona annahum muhtadoona
Translation: އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ.
7:31يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ﴿31﴾۞يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ
Transliteration: Ya banee adama khuthoo zeenatakum AAinda kulli masjidin wakuloo waishraboo wala tusrifoo innahu la yuhibbu almusrifeena
Translation: އޭ آدم ގެދަރީންނޭވެ! ނަމާދުކުރާ ކޮންމެތަނެއްގައި - އަދި ނަމާދުކުރާ ކޮންމެހިނދެއްގައި (ފޭރާމާއި ދެންވެސް ހުރި އެހެނިހެން ޒީނަތްތެރިކަން ކަލޭމެން ހިފާށެވެ.) إختيار ކުރާށެވެ. އެބަހީ: ނަމާދުކުރާހިނދު ތިމާމެން ތާހިރުވެ ލިބެންހުރި ޒީނަތްތެރިކަމެއް ލިބިގަންނާށެވެ! (ނަމަވެސް އިސްލާމުދީން ހުއްދަދޭ ޒީނަތްތެރިކަމެވެ.) އަދި ކަލޭމެން ކައިބޮއި ހަދާށެވެ! ކަލޭމެން (އެއްކަމެއްގައިވެސް) إسراف ނުކުރާށެވެ! އެހެނީ إسراف ކުރާމީހުންނަށް ހަމަކަށަވަރުން އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.
7:32قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ﴿32﴾قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ
Transliteration: Qul man harrama zeenata Allahi allatee akhraja liAAibadihi waalttayyibati mina alrrizqi qul hiya lillatheena amanoo fee alhayati alddunya khalisatan yawma alqiyamati kathalika nufassilu alayati liqawmin yaAAlamoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (لِبَاس އާއި زِيْنَة ތެރިވެވޭ ތަކެތީގެގޮތުން) ﷲ އެކަލާނގެ އަޅުތަކުންނަށް ނެރެދެއްވާ حلال ކުރައްވާފައިވާ ތަކެއްޗާއި އަދި ރިޒުގުގެތެރެއިން އެކަލާނގެ حلال ކޮށްދެއްވާފައިވާ حلال ރަނގަޅުކާނާ - ރިޒުގު - حرام ކުރީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އީމާންވީ މީހުންނަށް ދުނިޔޭގެ حياة ގައި ހުރި ތަކެއްޗެވެ. (ކާފަރުން އެއިން ބޭނުންކޮށްއުޅުނުނަމަވެސް މެއެވެ.) އަދި އެއީ قيامة ދުވަހުން ހަމަ خاصّ ވެ مؤمن ންނަށްވާތަކެއްޗެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އަދި دليل އާއި حجّة ތަފާތުކޮށް بيان ކޮށް تفصيل ކޮށްދެއްވަނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ.
7:33قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ﴿33﴾قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ
Transliteration: Qul innama harrama rabbiya alfawahisha ma thahara minha wama batana waalithma waalbaghya bighayri alhaqqi waan tushrikoo biAllahi ma lam yunazzil bihi sultanan waan taqooloo AAala Allahi ma la taAAlamoona
Translation: ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ حَرَام ކުރެއްވިކަންކަށަވަރީ އެންމެހައި فاحش ކަންތަކެވެ. އެއީ (އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި ނަފުރަތުކުރާ ކޮންމެ ހަޑިހުތުރު ކަންކަމެވެ.) އޭގެތެރެއިން ފާޅުވެ އެނގޭކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއިވެސް މެއެވެ. އަދި (އެކަލާނގެ حرام ކުރެއްވީ) ފާފަކުރުމާއި އެއްވެސް حقّ އެއްނެތި ދެކޮޅުހަދާ بغاوة ކުރުމާއި، އަދި ކަލޭމެން އެތަކެތި އެކަލާނގެއާއި شريك ކުރުމަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ ތަކެތި ﷲ އާއި شريك ކުރުމާއި، އަދި ﷲ އާއިމެދު ކަލޭމެންނަށް ނޭނގޭ ތަކެތި ބުނުމެވެ.
7:34وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ﴿34﴾وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ
Transliteration: Walikulli ommatin ajalun faitha jaa ajaluhum la yastakhiroona saAAatan wala yastaqdimoona
Translation: (ﷲ އާއި رسول ން ދޮގުކުރި) އަދި ކޮންމެ أمّة އަކަށްވެސް (އެބަޔަކަށް عذاب އައިސް ހަލާކުވުމަށް) އަޖަލެއްވެއެވެ. ކަނޑައެޅި ޢައްޔަން ވެގެންވާ ވަގުތެއްވެއެވެ. ފަހެ އެމީހުންގެ އެވަގުތު އައުމުން ހިނދުކޮޅަކުވެސް އެމީހުން ލަސްނުވާނެއެވެ. އަދި އެމީހުން އެއަށްވުރެ އިސްވެސް ނުވާނެއެވެ. އެބަހީ އެވަގުތަށްވުރެ އެމީހުން ހަލާކު އަވަސްވެސް ނުވާނެއެވެ.
7:35يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴿35﴾يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
Transliteration: Ya banee adama imma yatiyannakum rusulun minkum yaqussoona AAalaykum ayatee famani ittaqa waaslaha fala khawfun AAalayhim wala hum yahzanoona
Translation: އޭ آدم ގެ ދަރީންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވުމަށް ކަލޭމެންގެ ތެރެއިން رسول ބޭކަލުން ވަޑައިގެންފިއްޔާ ދެން އެބޭކަލުންނަށް إيمان ވެ ކިޔަމަންތެރިވެ އަދި إصلاح ކޮށް އެބަހީ صالح عمل ކޮށްހެދި މީހާ ދަންނައެވެ! އެބަހީ تقوى ވެރިވެއްޖެމީހާ ފަހެ އެފަދަމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
7:36وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ﴿36﴾وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
Transliteration: Waallatheena kaththaboo biayatina waistakbaroo AAanha olaika ashabu alnnari hum feeha khalidoona
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކާމެދު ބޮޑާވެ ކިބުރުވެރިވެއްޖެމީހާ ފަހެ އެފަދަމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
7:37فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَـٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ﴿37﴾فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَـٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ
Transliteration: Faman athlamu mimmani iftara AAala Allahi kathiban aw kaththaba biayatihi olaika yanaluhum naseebuhum mina alkitabi hatta itha jaathum rusuluna yatawaffawnahum qaloo ayna ma kuntum tadAAoona min dooni Allahi qaloo dalloo AAanna washahidoo AAala anfusihim annahum kanoo kafireena
Translation: ފަހެ ﷲ ގެމައްޗަށް ދޮގުހަދައިގަތް މީހަކަށްވުރެ ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެމީހުންނަށް ފޮތުން ކަނޑައެޅިފައިވާ نصيب އެމީހުންނަށް ލިބޭނެއެވެ. (އެބަހީ: ހެވާނުބަޔާ ރިޒުގާ އަދި އަޖަލު ކަނޑައެޅިގެންވާގޮތަށް) ފޮތުގައި ކަނޑައެޅިފައިވާ އެއްޗެއް އެމީހުންނަށް ލިބޭނެއެވެ. އެއީ އެމީހުންގެ މަރުހިއްޕެވުމަށް ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ބޭކަލުން އެމީހުންނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެބޭކަލުން (އެމީހުނަށް) ވިދާޅުވާނެއެވެ. ކަލޭމެން ﷲ ފިޔަވައި އެފަރާތްތަކަށް އަދި އެތަކެއްޗަށް ގޮވިތަކެތި ކޮބައިހެއްޔެވެ؟ އެ އަބާއްޖަވެރިން ދަންނަވާނެއެވެ. އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިއްޖެއެވެ. (އަހުރެމެން ދޫކޮށް އެތަކެތި ހިނގައްޖެއެވެ.) ﷲ وحي ކުރެއްވިއެވެ.) އެމީހުންނީ ކާފަރުންކަމުގައި އެމީހުންގެ نفس ތަކުގެމައްޗަށް އެމީހުން ހެކިވާނެއެވެ.
7:38قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ ﴿38﴾قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ
Transliteration: Qala odkhuloo fee omamin qad khalat min qablikum mina aljinni waalinsi fee alnnari kullama dakhalat ommatun laAAanat okhtaha hatta itha iddarakoo feeha jameeAAan qalat okhrahum lioolahum rabbana haolai adalloona faatihim AAathaban diAAfan mina alnnari qala likullin diAAfun walakin la taAAlamoona
Translation: ﷲ (އެމީހުންނަށް قيامة ދުވަހުން) އަންގަވާނެއެވެ. ކަލޭމެންގެކުރިން ނަރަކައަށްވަން ޖިންނިންނާއި އިންސާނުންގެ أمّة ގެތެރެއަށް އެ ޖަމާޢަތަށް ނަރަކައަށް ކަލޭމެންވެސް ވަންނާށެވެ! (އެއީ ކަލޭމެންފަދައިން ކާފަރުކަމާއި ނުކިޔަމަންތެރިކަމުގައި އިސްވެދިޔަ މީހުންނެވެ.) އަދި ކޮންމެ أمّة އެއްގެ މީހުންގޮސް ނަރަކައަށް ވަނުމުން އޭގެ އަނެއް أمّة މި މީހުންނަށް لعنة ދޭނެއެވެ. އެހެންގޮސް އެންމެހައި ކާފަރު أمّة ތައް އެނަރަކައަށް ޖަމާވެ ހަމަވީމާ ފަހުން އައިމީހުން ކުރިން އައިމީހުންނަށް، އިޝާރަތްކޮށް ﷲ އަށް ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިތިބަމީހުން މިއީ އަޅަމެން މަގުފުރެއްދި މީހުންނެވެ. ފަހެ އެމީހުންނަށް ނަރަކައިގެ ޑަބަލް عذاب ދެއްވާންދޭވެ! ﷲ އަންގަވާނެއެވެ. ކަލޭމެންކުރެ ކޮންމެ ބަޔަކަށްވެސް ޑަބަލް عذاب ވެއެވެ. އެކަމަކު އެކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ.
7:39وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ ﴿39﴾وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ
Transliteration: Waqalat oolahum liokhrahum fama kana lakum AAalayna min fadlin fathooqoo alAAathaba bima kuntum taksiboona
Translation: އަދި އެމީހުންގެ (އެބަހީ: ނަރަކައިގަތިބޭ ކާފަރު أمّة ތަކުގެތެރެއިން) ފަހުން އައިމީހުންނާއި مخاطب ކޮށް ފުރަތަމަތިބި މީހުން ބުނާނެއެވެ. އަހުރެމެންގެ މައްޗަށް ކަލޭމެންނަށް އެއްވެސް މާތްކަމެއް އަދި ހެވެއްނެތެވެ. ފަހެ ﷲ تعالى މިއެންމެންނާ مخاطب ކުރައްވައި އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގައި ކުރާ ކަމުގައިވީ ނުބައި ކަންތައްތަކުގެ ސަބަބުން عذاب ގެ ރަހަ ލިބިގަންނާށެވެ.
7:40إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ ﴿40﴾إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ
Transliteration: Inna allatheena kaththaboo biayatina waistakbaroo AAanha la tufattahu lahum abwabu alssamai wala yadkhuloona aljannata hatta yalija aljamalu fee sammi alkhiyati wakathalika najzee almujrimeena
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކަށް ބޮޑާވެ كِبْرُ ވެރިވެއްޖެ މީހުން (ދަންނައެވެ!) ތިނޯހުގެ ފަގައިން ޖަމަލު ވަދެއްޖައުމަށްދާންދެން އެމީހުންނަށްޓަކައި އުޑުގެ ދޮރުތައް ނުހުޅުވޭނެއެވެ. އަދި އެމީހުން ސުވަރުގެ ނުވަންނާނެއެވެ. (އެމީހުންނަށް رحمة ގެ އަސަރެއްވުމަކީ އެހާވެސް ދުރުކަމެކެވެ.) އަދި مُجْرِمُ ންނަށް އެބަހީ ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
7:41لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ ﴿41﴾لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ
Transliteration: Lahum min jahannama mihadun wamin fawqihim ghawashin wakathalika najzee alththalimeena
Translation: އެމީހުންނަށްވަނީ ނަރަކައިގެ އަލިފާނުގެ ތަންމައްޗެކެވެ. އެއީ އެމީހުން އިށީނދެ އޮށޯވެވުމަށެވެ. (އެކަމަކު ދެން އެތާ އޮށޯވެ އަރާމުކުރާނީ ކޮންފަދައަކުންހެއްޔެވެ؟ ތެޅިފޮޅުން ނޫން އެހެންގޮތެއް ނުވެއެވެ. އެކަމަކު މަރެއްވެސް ނުވާނެއެވެ.) އަދި އެމީހުންގެ ގައިމަތީ އެޅުމަށްވަނީ ނަރަކައިގެ އަލިފާނުގެ ރަޖައެކެވެ. ނިވައެކެވެ. (نَعْوذ بِﷲ مِنَ النَّارِ) އަނިޔާވެރިންނަށް - مشرك ންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
7:42وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ﴿42﴾وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ
Transliteration: Waallatheena amanoo waAAamiloo alssalihati la nukallifu nafsan illa wusAAaha olaika ashabu aljannati hum feeha khalidoona
Translation: އަދި އީމާންވެގެން صالح عمل ކުރިމީހުން (އެމީހުންނަށް ކުޅަދާނަވާވަރަށް عمل ކުރިމީހުން) އެހެނީ އެއްވެސް نفس އަކަށް ކުޅަދާނަ ނުވާވަރަށް ތިމަންރަސްކަލާނގެ تكليف ނުޖައްސަވައެވެ. އެފަދަމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.
7:43وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ ﴿43﴾وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ
Transliteration: WanazaAAna ma fee sudoorihim min ghillin tajree min tahtihimu alanharu waqaloo alhamdu lillahi allathee hadana lihatha wama kunna linahtadiya lawla an hadana Allahu laqad jaat rusulu rabbina bialhaqqi wanoodoo an tilkumu aljannatu oorithtumooha bima kuntum taAAmaloona
Translation: އަދި ރުޅިވެރިކަމާއި حسد ވެރިކަމުގެގޮތުން އެމީހުންގެ ހިތްތަކުގައިވާނަމަ ވާތަކެއްޗެއް ތިމަންރަސްކަލާނގެ ނިގުޅައިގެންނެވީމެވެ. އެސުވަރުގެ ވަންތަވެރިންގެ ދަށުން އާރުތައް ދެމޭނެއެވެ. އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حمد އާއި تعريف އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެނަށް މިސުވަރުގެއަށް އައުމަށް توفيق ދެއްވައި މަގުދެއްކެވި ކަލާނގެއެވެ. އަދި ﷲ އަޅަމެނަށް މިސީދާމަގު ނުދެއްކެވިނަމަ އެކަމަށް ތެދުމަގު ލިބޭނޭ ބަޔަކުކަމުގައި އަޅަމެން ނުވެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبّ ގެ رسول ން ވަޑައިގެންނެވީ حقّ އާއިގެންނެވެ. (އަޅަމެން އެ حقّ އާއި تبع ވީއެވެ.) ދެންފަހެ އެމީހުންނަށް نداء އިއްވެވޭނެއެވެ. (އޭ ސުވަރުގޭގެ أهل ވެރިންނޭވެ!) މިއީ އެސުވަރުގެއެވެ. (ތިމަންރަސްކަލާނގެ رسول ން ވަޑައިގެން وعد ކުރެއްވި ސުވަރުގެއެވެ.) ކަލޭމެން އެތަން ކަލޭމެންކުރި ހެޔޮ عمل ގެ ސަބަބުން ވާރުތަކުރީއެވެ.
7:44وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ ﴿44﴾وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ
Transliteration: Wanada ashabu aljannati ashaba alnnari an qad wajadna ma waAAadana rabbuna haqqan fahal wajadtum ma waAAada rabbukum haqqan qaloo naAAam faaththana muaththinun baynahum an laAAnatu Allahi AAala alththalimeena
Translation: ސުވަރުގޭގެ އެކުވެރިން ނަރަކައިގެ އެކުވެރިންނަށް ގޮވާނެއެވެ. އަދިބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެންގެ رَبّ އަހުރެމެންނަށް ކުރެއްވި وعد އެއީ ތެދު حقّ ކަމުގައި އަހުރެމެންނަށް ފެނިއްޖެއެވެ. ފަހެ ކަލޭމެންގެ رَبّ ކަލޭމެނަށް ކުރެއްވި وعد އެއީ حقّ އެއްކަމުގައި ކަލޭމެނަށް ފެނިއްޖެހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އާއެކެވެ. ދެންފަހެ އެދެބައިމީހުންގެދެމެދުގައި ގޮވާލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެމައްޗަށް ﷲ ގެ لعنة ހުއްޓެވެ.
7:45ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ ﴿45﴾ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ
Transliteration: Allatheena yasuddoona AAan sabeeli Allahi wayabghoonaha AAiwajan wahum bialakhirati kafiroona
Translation: އެއަނިޔާވެރިން އެއީ ﷲ ގެމަގު يعني: އިސްލާމްދީން އެހެންމީހުންނަށްވެސް ބަންދުކޮށް ހުރަސްކޮށް ހެދިމީހުންނެވެ. އަދި އެދީނަށް ގުދުކަމާއި ބަޅުކަން އެދޭމީހުންނެވެ. އަދި އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.
7:46وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ ﴿46﴾وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ
Transliteration: Wabaynahuma hijabun waAAala alaAArafi rijalun yaAArifoona kullan biseemahum wanadaw ashaba aljannati an salamun AAalaykum lam yadkhulooha wahum yatmaAAoona
Translation: އަދި އެދެމެދުގައި ހުރަހެއްވެއެވެ. حِجَاب އެއްވެއެވެ. އެބަހީ: ސުވަރުގެޔާ ނަރަކަޔާ ދެމެދު ހުރަހެއްވެއެވެ. އެއީ أعراف އެ ކިޔާ ފާރެވެ. އަދި އެ أعراف ގެމަތީގައި ބަޔަކުވެއެވެ. އަދި އެމީހުންނަށް ކޮންމެބަޔަކުވެސް އެމީހުންގެ علامة ތަކުން ރަނގަޅަށް އެނގެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިންނާއި ނަރަކަވަންތަވެރިން أعراف ގެ أهل ވެރިންނަށް ރަނގަޅަށް އެނގެއެވެ. އެއީ ސުވަރުގެވަންތަވެރިންގެ މޫނު އަލިވެ އުޖާލާވެގެންވުމާއި ނަރަކަވަންތަވެރިންގެ މޫނުތައް ކަޅުވެގެންވުމާއި ލޯ ނޫވެގެންވުމެވެ.) އަދި އެމީހުން އެބަހީ: أعراف ގެ أهل ވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާލާނެއެވެ. - (އޭ ސުވަރުގެވަންތަވެރިންނޭވެ.) ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އެމީހުން يعني: أعراف ގެ أهل ވެރިން އެސުވަރުގެއަށް ވަނުމަށް ދަހިވެތިވެގެންވެއެވެ. އެކަމަކު އެމީހުން އަދި އެތާކަށް ނުވަދެއެވެ.
7:47وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿47﴾۞وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
Transliteration: Waitha surifat absaruhum tilqaa ashabi alnnari qaloo rabbana la tajAAalna maAAa alqawmi alththalimeena
Translation: އަދި އެމީހުން يعني: أعراف ގެމީހުންގެ މޫނުތައް ނަރަކައާއި ދިމާއަށް އަނބުރުވައިލެވިއްޖެއްޔާ (އެތަން ފެނިފައި) އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިއަނިޔާވެރި މީސްތަކުންގެ ތެރެއަށް އަޅަމެން ނުލައްވާންދޭވެ!
7:48وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ ﴿48﴾وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ
Transliteration: Wanada ashabu alaAArafi rijalan yaAArifoonahum biseemahum qaloo ma aghna AAankum jamAAukum wama kuntum tastakbiroona
Translation: އަދި أعراف ގެމީހުން (ނަރަކަވަންތަވެރިންކުރެ) ބަޔަކަށް ގޮވައިލާނެއެވެ. އަދި އެމީހުންގައި ހުރި علامة ތަކާއި ނިޝާންތަކުން އެއީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެއެވެ. އަދި ބުނާނެއެވެ. ކަލޭމެން ދުނިޔޭގައި ޖަމާކުރި ތަކެތީންނާއި އަދި ކަލޭމެންވީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަލޭމެނަށްވީ ކޮންކަމެއްހެއްޔެވެ؟ (އެއްވެސް ފައިދާއެއް ނުވިއެވެ.
7:49أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ ﴿49﴾أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ
Transliteration: Ahaolai allatheena aqsamtum la yanaluhumu Allahu birahmatin odkhuloo aljannata la khawfun AAalaykum wala antum tahzanoona
Translation: ﷲ ގެ رحمة ނުލިބޭނެކަމަށް ކަލޭމެން (مشرك ން) ބުނެ ހުވައިކުރީ މި މީހުންނާއި ދިމާލަށްހެއްޔެވެ؟ (އެބަޔަކީ مؤمن ންކުރެ ދެރަވަރު ضعيف ބަޔަކުކަމުގައިވިއެވެ.) ﷲ އެމީހުންނަށް އަންގަވާނެއެވެ. ކަލޭމެން ސުވަރުގެވަންނާށެވެ! އަދި ކަލޭމެންގެމައްޗަކަށް އެއްވެސްބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.
7:50وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ ﴿50﴾وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ
Transliteration: Wanada ashabu alnari ashaba aljannati an afeedoo AAalayna mina almai aw mimma razaqakumu Allahu qaloo inna Allaha harramahuma AAala alkafireena
Translation: އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ.
7:51ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ﴿51﴾ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ
Transliteration: Allatheena ittakhathoo deenahum lahwan walaAAiban wagharrathumu alhayatu alddunya faalyawma nansahum kama nasoo liqaa yawmihim hatha wama kanoo biayatina yajhadoona
Translation: އެމީހުންނަކީ އެމީހުންގެ دين ކުޅިވަރާއި މަލާމާތެއްކަމުގައި ހަދައިލި މީހުންނެވެ. އަދި ދުނިޔޭ ދިރިއުޅުން އެމީހުން ހައްލުވައިލާ ވާވައްދައިލިމީހުންނެވެ. ފަހެ އެމީހުންގެ މިދުވަހާއި އެބައިމީހުން ބައްދަލުވުމާމެދު އެމީހުން ހަނދާން ނައްތައިލިފަދައިން ތިމަންރަސްކަލާނގެ މިއަދު އެމީހުންގެމަތީން ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. (ބަނޑުހައިވެ ފެންބޮވައިގެންފައިވާ حال عذاب ގެތެރެއަށް އެމީހުން ދޫކޮށްލާ ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. އަދި އެއީ އެމީހުން (ދުނިޔޭގައި) ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ އެއަށް ކާފަރުވާކަމުގެ ސަބަބުންވެސްމެއެވެ.
7:52وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ﴿52﴾وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Walaqad jinahum bikitabin fassalnahu AAala AAilmin hudan warahmatan liqawmin yuminoona
Translation: އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކާފަރުންގެގާތަށް ފޮތެއް ގެނަސްދީފީމެވެ. (އެއީ އެމީހުންގެ ނަބިއްޔާއަށް ބާވައިލެއްވި قرآن އެވެ.) ތިމަންރަސްކަލާނގެ އެފޮތް (حقّ އާއި باطل ވަކިވާގޮތަށް) تفصيل ކޮށްދެއްވީ ހަމަ ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެ މަތީންނެވެ. އަދި ތެދުކުރާ ބަޔަކަށް (އީމާންވާ ބަޔަކަށް) ތެދުމަގާއި رحمة އެއްގެގޮތުންނެވެ.
7:53هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ﴿53﴾هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
Transliteration: Hal yanthuroona illa taweelahu yawma yatee taweeluhu yaqoolu allatheena nasoohu min qablu qad jaat rusulu rabbina bialhaqqi fahal lana min shufaAAaa fayashfaAAoo lana aw nuraddu fanaAAmala ghayra allathee kunna naAAmalu qad khasiroo anfusahum wadalla AAanhum ma kanoo yaftaroona
Translation: އެމީހުން ފަހެ އެކަމުގެ تَأْوِيْل އަށްމެނުވީ އެބަ އިންތިޒާރުކުރޭހެއްޔެވެ؟ އެބަހީ އެމީހުން ކުރި ނުބައިކަންތަކުގެ عذاب އަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެމީހުންނަށް އެކަމުގެ عذاب އަންނަދުވަހުން މީގެކުރިން އެކަން ހަނދާންނެތުނުމީހުން ބުނާނެއެވެ. ހަމަކަށަވަރުން އަހަރެމެންގެ ގާތަށް އަހަރެމެންގެ رَبّ ގެ رسول ން حقّ އާއިގެން ވަޑައިގެންނެވިއެވެ. (ފަހެ އެދުވަހުން އެމީހުން އެކަމަށް إقرار ވެ އެއްބަސްވާނެއެވެ. އެކަމަކު ދެން އެއެއްބަސްވުމުގެ އެއްވެސް ފައިދާއެއް ނުވެއެވެ. އަދި އެމީހުން ބުނާނެއެވެ.) ފަހެ އެބަޔަކު އަހުރެމެންނަށް شفاعة ތެރިވާނޭ އެއްވެސް شفاعة ތެރިއަކު އަހުރެމެންނަށް ވާނެބާވައެވެ؟ ނުވަތަ އަހުރެމެން (ދުނިޔޭގައި ކުރިންކުރި) عمل އަށްވުރެ ހެޔޮ عملއެއް ކުރުމަށް އަހުރެމެން ދުނިޔެއަށް އަލުން ރައްދުކުރެވޭނެބާވައެވެ؟ ފޮނުވޭނެބާވައެވެ. (ފޮނުވޭނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟) އެމީހުން އެއީ އެމީހުންގެ نفس ތައް ހަމަކަށަވަރުން ގެއްލުމާ ހަލާކުގެތެރެއަށް އެއްލައިލިމީހުންނެވެ. އަދި (ދުނިޔޭގައި) އެމީހުން ދޮގުހެދިހާތަކެތި (އެބަހީ: ﷲ ފިޔަވައި އެތަކެއްޗަށް އެމީހުން އަޅުކަންކުރިހާ ތަކެތި) އެމީހުންގެ ކިބައިން ގެއްލިގެންދިޔައީއެވެ.
7:54إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴿54﴾إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
Transliteration: Inna rabbakumu Allahu allathee khalaqa alssamawati waalarda fee sittati ayyamin thumma istawa AAala alAAarshi yughshee allayla alnnahara yatlubuhu hatheethan waalshshamsa waalqamara waalnnujooma musakhkharatin biamrihi ala lahu alkhalqu waalamru tabaraka Allahu rabbu alAAalameena
Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުގެތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْش އަށް استوى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑުގެންނަވައި ނިވައިކުރައްވައެވެ. ރޭގަނޑު އަވަސްކަމާއިއެކު ދުވާލަށް އެދިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ أمر ފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހައި ތަކެތި ހެއްދެވުމާއި އެތަކެތީގެ އެންމެހައި އަމުރެއް (އަދި حكم އެއް) خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ﷲ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެއީ عالم ތަކުގެވެރި رَبُّ އެވެ.
7:55ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ ﴿55﴾ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ
Transliteration: OdAAoo rabbakum tadarruAAan wakhufyatan innahu la yuhibbu almuAAtadeena
Translation: ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.)
7:56وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ﴿56﴾وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ
Transliteration: Wala tufsidoo fee alardi baAAda islahiha waodAAoohu khawfan watamaAAan inna rahmata Allahi qareebun mina almuhsineena
Translation: އަދި ބިންގަނޑު إصلاح ވެ ﷲ ގެ كلمة ފުޅު ފައުޅުވެ ހަމަޖެހުމަށްފަހު ކަލޭމެން އެބިމުގައި شريك ކޮށް ނުހަދާށެވެ. شريك ކުރުން އެއީ އެންމެބޮޑު ފަސާދައެވެ. (އަދި ހުރިހާ ބާވަތެއްގެ ފަސާދައެއް މިއާޔަތުގެ ދަށަށް ވަދެއެވެ.) އަދި ކަލޭމެން އެކަލާނގެ عذاب އަށް ބިރުވެތިވާ حال ގައްޔާއި އެކަލާނގެ رحمة އާއި ثواب އަށް އެދި ދަހިވެތިވާ حال އެކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ގެ رحمة ދާދި ގާތްވެގެންވެއެވެ.
7:57وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ ﴿57﴾وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ
Transliteration: Wahuwa allathee yursilu alrriyaha bushran bayna yaday rahmatihi hatta itha aqallat sahaban thiqalan suqnahu libaladin mayyitin faanzalna bihi almaa faakhrajna bihi min kulli alththamarati kathalika nukhriju almawta laAAallakum tathakkaroona
Translation: އަދި އެކަލާނގެ رحمة ކަމުގައިވާ ވާރެއައުމުގެކުރިން ވާރެއައުމުގެ އުފާވެރި ނިޝާނެއްގެގޮތުން ވައިފޮނުއްވީ ހަމަ އެކަލާނގެއެވެ. އެއީ އެ ވައި ފެނުން ބަރުވެފައިވާ ވިލާތައް އުފުލައިފުމަށްދާދެނެވެ. އެއީ މަރުވެ ހަނަފަސްވެފައިވާ ރަށަށް ތިމަންރަސްކަލާނގެ އެފެންދިނުމަށެވެ. ދެންފަހެ އެވިލާގަނޑުން ތިމަންރަސްކަލާނގެ ފެންވެއްސަވަމެވެ. އަދި އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސްގަހުގެ މަތިވަރު (މޭވާއާއި ގޮވާން) ނެރުއްވަމެވެ. ކަލޭމެން (محشر އަށް ފޮނުއްވުމަށް) ކައްވަޅުތަކުން ނެރުއްވާނީ ހަމަ އެފަދައިންނެވެ. (އެވާރޭފެން ވެހުނީމާ ބިމުން ގަސްތައް ފަޅައިގަންނަގޮތަށެވެ. މިކަންމިގޮތަށް بيان ކުރައްވަނީ) ކަލޭމެން آخرة ހަނދާންކޮށް ذِكر ކުރުމަށެވެ.
7:58وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ ﴿58﴾وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ
Transliteration: Waalbaladu alttayyibu yakhruju nabatuhu biithni rabbihi waallathee khabutha la yakhruju illa nakidan kathalika nusarrifu alayati liqawmin yashkuroona
Translation: އަދި (ބިންގަނޑު) ރަނގަޅު ރަށް (ދަންނައެވެ!) އެރަށުގެ رَبُّ ގެ އިޒުނަފުޅަށް އެރަށުގެ ފަތްޕިލާވެލި ރަނގަޅުކޮށް ނުކުމެއެވެ. އަދި (ބިންގަނޑު) ނުބައިވެގެންވާ ރަށް (ދަންނައެވެ!) މަދުމަދުން އަދި އުނދަގޫކޮށް ވިޔާނުދާ އެއްޗެއްމެނުވީ ނުނުކުމެއެވެ. ނުފަޅައެވެ. އަދި ތިމަންރަސްކަލާނގެ آية ތައް އަދި دليل ތައް ތަފާތުކޮށް ބަދަލުކުރައްވަނީ شكر ކުރާ ބަޔަކަށެވެ. • ދަންނައެވެ! މިއާޔަތުގައި މިވަނީ ﷲ ބާވައިލައްވާ وحي ގެ މިސާލެވެ. ވާރޭވެހުނީމާ ރަނގަޅު ބިންގަނޑަށް ރަނގަޅު އަސަރުކުރާގޮތަށް مؤمن ންގެ ހިތްތަކަށް ރަނގަޅު އަސަރުކޮށް އީމާންވެ އެކަލާނގެއަށް ކިޔަމަންތެރިވެ شكر ކުރެއެވެ. وحي ގެ މިސާލު އެވަނީ ކުރީ އާޔަތުގައި އެވާ ވާރޭގެ މިސާލުގައެވެ. ރަނގަޅު ބިންގަނޑު އެއީ مؤمن އަޅާގެ ހިތެވެ. އަދި ނުބައި ބިންގަނޑު އެއީ ކާފަރުގެ ހިތެވެ. ހަމަ އެފެން ވެހުނީމާ އެއިން އެއްވެސް އަސަރެއްނުކޮށް އީމާންނުވެ ކިޔަމަންނުވެ ﷲ އަށް شكر ނުކުރީއެވެ. والله أعلم.
7:59لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ﴿59﴾لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
Transliteration: Laqad arsalna noohan ila qawmihi faqala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu innee akhafu AAalaykum AAathaba yawmin AAatheemin
Translation: ހަމަކަށަވަރުން ތިމަންރަސްކަލާނގެ نوح (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް حقّ إله އަކު ކަލޭމެންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެނަށް އަތުވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.
7:60قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ ﴿60﴾قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ
Transliteration: Qala almalao min qawmihi inna lanaraka fee dalalin mubeenin
Translation: އެކަލޭގެފާނުންގެ قوم ގެ މީހުން ދެންނެވިއެވެ. (އޭ نوح އެވެ!) އަހުރެމެން ދެކެނީ ކަލޭގެފާނު ބަޔާންވެގެންވާ މަގުފުރެއްދުމެއްގައިވާކަމުގައެވެ.
7:61قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ﴿61﴾قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ
Transliteration: Qala ya qawmi laysa bee dalalatun walakinnee rasoolun min rabbi alAAalameena
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ކިބައިގައި އެއްވެސް މަގުފުރެދުމެއްނުވެއެވެ. އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނީ ހަމަކަށަވަރުން عالم ތަކުގެވެރި رَبّ ގެ حضرة ންވާ رسول އަކީމެވެ.
7:62أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ﴿62﴾أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ
Transliteration: Oballighukum risalati rabbee waansahu lakum waaAAlamu mina Allahi ma la taAAlamoona
Translation: ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ رَبّ ގެ رسول ކަން ކަލޭމެނަށް އިއްވައިދެއްވަނީއެވެ. އަދި ކަލޭމެންނަށް نصيحة ތެރިވަނީއެވެ. އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.
7:63أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ ﴿63﴾أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ
Transliteration: AwaAAajibtum an jaakum thikrun min rabbikum AAala rajulin minkum liyunthirakum walitattaqoo walaAAallakum turhamoona
Translation: އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ.
7:64فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ ﴿64﴾فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ
Transliteration: Fakaththaboohu faanjaynahu waallatheena maAAahu fee alfulki waaghraqna allatheena kaththaboo biayatina innahum kanoo qawman AAameena
Translation: ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ. • ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.
7:65وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ﴿65﴾۞وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ
Transliteration: Waila AAadin akhahum hoodan qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu afala tattaqoona
Translation: އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هُود (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ ކަލޭމެންނަކަށް (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
7:66قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ ﴿66﴾قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ
Transliteration: Qala almalao allatheena kafaroo min qawmihi inna lanaraka fee safahatin wainna lanathunnuka mina alkathibeena
Translation: އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުން ދެންނެވިއެވެ. (އޭ هود އެވެ!) އަހުރެމެންނަށް ފެންނަނީ ކަލޭގެފާނު جاهل އަދި މޮޔަކަމެއްގެތެރޭގައިވާކަމަށެވެ. އަދި އަހުރެމެންނަށް ހީވަނީ ހަމަކަށަވަރުން ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންކަމަށެވެ.
7:67قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ﴿67﴾قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ
Transliteration: Qala ya qawmi laysa bee safahatun walakinnee rasoolun min rabbi alAAalameena
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް جاهل ކަމެއް މޮޔަކަމެއް ނުވެއެވެ. އަދި އެހެނެއްކަމަކު އަހުރެންނަކީ عالم ތަކުގެވެރި ربّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.
7:68أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ ﴿68﴾أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ
Transliteration: Oballighukum risalati rabbee waana lakum nasihun ameenun
Translation: އަހުރެން އަހުރެންގެ ربّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދެއްވަނީއެވެ. އަދި އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި نصيحة ތެރިޔަކީމެވެ.
7:69أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ ﴿69﴾أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ
Transliteration: AwaAAajibtum an jaakum thikrun min rabbikum AAala rajulin minkum liyunthirakum waothkuroo ith jaAAalakum khulafaa min baAAdi qawmi noohin wazadakum fee alkhalqi bastatan faothkuroo alaa Allahi laAAallakum tuflihoona
Translation: ކަލޭމެންފަހެ ކަލޭމެންގެތެރެއިން ފިރިހެނަކަށް ކަލޭމެންގެ رَبّ ގެ حضرة ން ذكر އެއް (نصيحة އާއި وعظ އެއް) އައުމާއިމެދު ކަލޭމެން عجائب ވަނީހެއްޔެވެ؟ އެއީ އެމީހަކު ކަލޭމެންނަށް إنذار ކުރެއްވުމަށެވެ. އަދި نوح (عليه السّلام) ގެ قوم އަށްފަހު ކަލޭމެން ބިމުގައި އެކަލާނގެ خليفة ވެރިކުރެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ހެއްދެވުމުގައި އެކަލާނގެ ކަލޭމެންގެ ހެއްދެވުން ތަނަވަސްކޮށްދެއްވައި އިތުރުކޮށްދެއްވިއެވެ. (ހަށިތައް ބޮޑެތިކޮށް صحّة ފުރިހަމައަށް ހައްދަވައިދެއްވިއެވެ.) އަދި ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ.
7:70قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿70﴾قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Qaloo ajitana linaAAbuda Allaha wahdahu wanathara ma kana yaAAbudu abaona fatina bima taAAiduna in kunta mina alssadiqeena
Translation: އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ ﷲ އަށް އެކަނި އަހުރެމެން އަޅުކަންކުރުމަށް އަމުރުކުރެއްވުމަށާއި އަދި އަހުރެމެންގެ ކާބަފައިން އަޅުކަންކުރާކަމުގައިވިތަކެތި - އެބަހީ ބުދުތައް - އަހުރެމެން ދޫކޮށްލުމަށް އަމުރުކުރައްވަންތޯއެވެ؟ (އެހެން ނުވާނެއެވެ.) ފަހެ ކަލޭގެފާނުވަނީ ތެދުވެރިންގެތެރެއިން ކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަ وعد ކުރައްވާ (އެ عذاب) ނިކަން ގެނަސްދެއްވައިބައްލަވާށެވެ.
7:71قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ﴿71﴾قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ
Transliteration: Qala qad waqaAAa AAalaykum min rabbikum rijsun waghadabun atujadiloonanee fee asmain sammaytumooha antum waabaokum ma nazzala Allahu biha min sultanin faintathiroo innee maAAakum mina almuntathireena
Translation: އެކަލޭގެފާނު - އެބަހީ - هُود عليه السّلام - ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެމައްޗަށް عذاب އާއި ކޯފާ واقع ވެއްޖެއެވެ. (އައުން حقّ ވެއްޖެއެވެ.) ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސްނަންތަކަކާއިމެދު ކަލޭމެން އަހުރެންނާ ޖަދަލުކުރަނީހެއްޔެވެ؟ އެތަކެއްޗަށް (އެބުތަކަށް އަޅުކަންކުރުމާއިމެދު) އެއްވެސް حجّة އެއް دليل އެއް ﷲ ބާވައިލައްވާފައިނުވެއެވެ. ފަހެ ކަލޭމެންނަށް (ﷲ ކުރައްވާ حكم އަކާއިމެދު) إنتظار ކުރާށެވެ! އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރަނީއެވެ.
7:72فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ ﴿72﴾فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ
Transliteration: Faanjaynahu waallatheena maAAahu birahmatin minna waqataAAna dabira allatheena kaththaboo biayatina wama kanoo mumineena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި - އެބަހީ - هُود عليه السّلام - އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުންނާއި ތިމަންރަސްކަލާނގެ رحمة ން ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުންގެ ބުރިކަށިތައްކަނޑައި ހަލާކުކުރެއްވީމެވެ. އަދި އީމާންވީ މީހުންކަމުގައި އެމީހުން ނުވިއެވެ.
7:73وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ ﴿73﴾وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ
Transliteration: Waila thamooda akhahum salihan qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu qad jaatkum bayyinatun min rabbikum hathihi naqatu Allahi lakum ayatan fatharooha takul fee ardi Allahi wala tamassooha bisooin fayakhuthakum AAathabun aleemun
Translation: އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) - رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ. • ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ.
7:74وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴿74﴾وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Transliteration: Waothkuroo ith jaAAalakum khulafaa min baAAdi AAadin wabawwaakum fee alardi tattakhithoona min suhooliha qusooran watanhitoona aljibala buyootan faothkuroo alaa Allahi wala taAAthaw fee alardi mufsideena
Translation: އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ!އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!
7:75قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ ﴿75﴾قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ
Transliteration: Qala almalao allatheena istakbaroo min qawmihi lillatheena istudAAifoo liman amana minhum ataAAlamoona anna salihan mursalun min rabbihi qaloo inna bima orsila bihi muminoona
Translation: އަދި صالح ގެފާނަށް އީމާންވި ދެރަނިކަމެތިންނަށް އެ قوم ގެ (ނުކިޔަމަންތެރި) كِبْرُ ވެރި ބޮޑެތިމީހުން - އިސްމީހުން - ބުންޏެވެ. صالح އެއީ އޭނާގެ رَبُّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކުކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ އެމީހުން - އެބަހީ ނިކަމެތި ދެރަމީހުން - ބުންޏެވެ. އެކަލޭގެފާނު އެކަމަކާއިގެން ފޮނުވުނު ކަންތަކަށް އަހުރެމެން މިވަނީ އީމާންވެގެންނެވެ.
7:76قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ ﴿76﴾قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ
Transliteration: Qala allatheena istakbaroo inna biallathee amantum bihi kafiroona
Translation: كِبْرُ ވެރި ބޮޑާމީހުން ބުންޏެވެ. ކަލޭމެން އެއެއްޗަކަށް އީމާންވީ އެއްޗަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ. (އެބަހީ - صالح ގެފާނުންގެ رسول ކަމަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ.)
7:77فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ ﴿77﴾فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ
Transliteration: FaAAaqaroo alnnaqata waAAataw AAan amri rabbihim waqaloo ya salihu itina bima taAAiduna in kunta mina almursaleena
Translation: ދެންފަހެ އެ قوم ގެ ކާފަރުންކުރެބަޔަކު އެ جَمَلُ ކޮޅު މަރައިފިއެވެ. އަދި އެމީހުން އެމީހުންގެ رَبّ ގެ أمر ފުޅަށް އުރެދިއްޖެއެވެ. ނުކިޔަމަންތެރިވެއްޖެއެވެ. އަދި އެމީހުން ބުނީ، އޭ صالح ގެފާނެވެ. ކަލޭގެފާނު ތިޔައީ ފޮނުއްވިގެންވާ رسول ބޭކަލަކުކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަވިދާޅުވާ عذاب އެއް ނިކަން ގެނަސްދެއްވާށެވެ.
7:78فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ﴿78﴾فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ
Transliteration: Faakhathathumu alrrajfatu faasbahoo fee darihim jathimeena
Translation: ދެންފަހެ ގަދައަޑުފަށަކާއި زَلْزَلَة އެއް އައިސް އޭގެ އަޑުފަށަށް އެމީހުންގެ ގޯތިގެދޮރުތަކުގައި މަރުވެ ކަކޫމައްޗަށް ތިރިވެގެންވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެ ހަލާކުވެގެންދިޔައީއެވެ.
7:79فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ ﴿79﴾فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ
Transliteration: Fatawalla AAanhum waqala ya qawmi laqad ablaghtukum risalata rabbee wanasahtu lakum walakin la tuhibboona alnnasiheena
Translation: އަދި އެކަލޭގެފާނު - އެބަހީ صالح ގެފާނު އެމީހުންނާ ފުރަގަސްދެއްވާ ވަޑައިގެންފިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ރައްބުގެ رسول ކަން އަހުރެން ކަލޭމެންނަށް އިއްވައިފީމެވެ. އަދި އަހުރެން ކަލޭމެނަށް نصيحة ތެރިވެއްޖައީމެވެ. އަދި އެހެނެއްކަމަކު نصيحة ތެރިވާމީހުންނަށް ކަލޭމެން ލޯބިނުކުރީމުއެވެ. އެމީހުންގެ ބަސްނުއެހީމުއެވެ.
7:80وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ ﴿80﴾وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ
Transliteration: Walootan ith qala liqawmihi atatoona alfahishata ma sabaqakum biha min ahadin mina alAAalameena
Translation: އަދި لُوط (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ނުވަތަ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން عالم ގެ އެކަކުވެސް (ދުނިޔޭގެ އެއްވެސްތާކު) ކަލޭމެންގެކުރިން ނުކުރާ فاحِش ކަންތައް ކަލޭމެން ކުރަނީއެވެ. (ފިރިހެންކުޅިކުޅެނީއެވެ.)
7:81إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ ﴿81﴾إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ
Transliteration: Innakum latatoona alrrijala shahwatan min dooni alnnisai bal antum qawmun musrifoona
Translation: ހަމަކަށަވަރުން ކަލޭމެން شَهْوَة ގެގޮތުން (އެދުންފުއްދުމުގެގޮތުން) އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީއެވެ. لِوَاط ކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންނަކީ (حرام ކަންތައްކުރުމާއި އުރެދުމުގައި) إسراف ކުރާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ބައެކެވެ.
7:82وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ ﴿82﴾وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ
Transliteration: Wama kana jawaba qawmihi illa an qaloo akhrijoohum min qaryatikum innahum onasun yatatahharoona
Translation: އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ جواب ގައި (އަންނަނިވިފަދައިންމެނުވީ ނުވެއެވެ.) އެމީހުން ބުނީ އެބަހީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނީ ކަލޭމެން ކަލޭމެންގެ ރަށުން އެމީހުން ނެރޭށެވެ! އެބަހީ لوط ގެފާނާއި އެކަލޭގެފާނަށް تبع ވީމީހުން ނެރޭށެވެ! ހަމަކަށަވަރުން ތިމަންމެން މިއީ طاهر ވެގަންނަ ބަޔަކީމުއެވެ.
7:83فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ﴿83﴾فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ
Transliteration: Faanjaynahu waahlahu illa imraatahu kanat mina alghabireena
Translation: ފަހެ އެކަލޭގެފާނާއި - އެބަހީ لُوط (عليه السّلام) އާއި އެކަލޭގެފާނުންގެ أهل ވެރިންކުރެ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ ދެންތިބި އެންމެހައި މުއުމިނުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. (އެބަހީ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެކަމަނާވީ (عذاب ގައި) ބާކީތިބިމީހުންގެތެރެއިންނެވެ.
7:84وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ ﴿84﴾وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ
Transliteration: Waamtarna AAalayhim mataran faonthur kayfa kana AAaqibatu almujrimeena
Translation: އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ވަރަށްނުބައިވެގެންވާ) ވާރޭއަކުން ވާރޭވެއްސެވީމެވެ. ފަހެ ނުބައިނުލަފާމީހުންގެ ނިމުން އެމީހުންގެ ފަހުކޮޅުވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އެބަހީ އެކަމަށް فكر ފުޅުކުރައްވާށެވެ!
7:85وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ﴿85﴾وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ
Transliteration: Waila madyana akhahum shuAAayban qala ya qawmi oAAbudoo Allaha ma lakum min ilahin ghayruhu qad jaatkum bayyinatun min rabbikum faawfoo alkayla waalmeezana wala tabkhasoo alnnasa ashyaahum wala tufsidoo fee alardi baAAda islahiha thalikum khayrun lakum in kuntum mumineena
Translation: އަދި مَدْيَنُ ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شُعَيْبُ (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް حقّ إله އެއް ކަލޭމެނަކަށް ނުވެއެވެ. ހަމަކަށަވަރުން ކަލޭމެންގެ رَبّ ގެ حضرة ން بيان ވެގެންވާ دليل އާއި حجّة ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. ފަހެ މިނުމާއި ކިރުން ކަލޭމެން ފުރިހަމަކުރާށެވެ! އަދި މީސްތަކުންގެ ތަކެތި ކަލޭމެން އުނި ނުކުރާށެވެ! އަދި ބިން صُلح ކޮށް ރަނގަޅަށް އޮތުމަށްފަހު ކަލޭމެން ފާސިދުކޮށް ނުބައިނުކުރާށެވެ! ކަލޭމެންނަކީ مؤمن ން ކަމުގައިވަންޏާ އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ.
7:86وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ﴿86﴾وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ
Transliteration: Wala taqAAudoo bikulli siratin tooAAidoona watasuddoona AAan sabeeli Allahi man amana bihi watabghoonaha AAiwajan waothkuroo ith kuntum qaleelan fakaththarakum waonthuroo kayfa kana AAaqibatu almufsideena
Translation: އަދި ކަލޭމެން (شُعَيْبُ ގެފާނުންގެ އަރިހަށްދާމީހުން ބިރުގެންނެވުމަށް) ކޮންމެމަގެއްގައި އިށީނދެ ނުތިބޭށެވެ! އަދި ﷲ އަށް އީމާންވާން އަންނަމީހުން އަޔަނުދީ ﷲ ގެމަގު މީސްތަކުންނަށް ބަންދުކޮށް ނުހަދާށެވެ! އަދި އެމަގު ގުދުކޮށް ކަތިކުރުމަށް ކަލޭމެން މަސައްކަތް ނުކުރާށެވެ! އަދި ކަލޭމެންނަކީ ދާދިމަދުބަޔަކުކަމުގައި ވެފައިވަނިކޮށް އެކަލާނގެ ކަލޭމެންގެ عدد ގިނަކޮށްދެއްވިކަން ހަނދާންކުރާށެވެ! އަދި فاسد ކުރާމީހުންގެ ނިމުން ހުރީ ކޮންފަދައަކުންކަން ކަލޭމެން ނިކަން ދެކެބަލާށެވެ! (އެކަމަށް فكر ކުރާށެވެ!)
7:87وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ﴿87﴾وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ
Transliteration: Wain kana taifatun minkum amanoo biallathee orsiltu bihi wataifatun lam yuminoo faisbiroo hatta yahkuma Allahu baynana wahuwa khayru alhakimeena
Translation: އަދި ކަލޭމެންކުރެ ބަޔަކު ތިމަންކަލޭގެފާނު އެކަންކަމާއިގެން ފޮނުވުނު ކަންކަމަށް - އީމާންވިޔަސް އަނެއްބަޔަކު އެކަންކަމަށް އީމާންނުވެއެވެ. ފަހެ އަހުރެމެންނާއި ކަލޭމެންނާއި ދެމެދު ﷲ حكم ކުރައްވާ ނިޔާކުރާންދެން ކަލޭމެން ކެތްތެރިވާށެވެ! އަދި އެކަލާނގެ އެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.
7:88قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ ﴿88﴾۞قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ
Transliteration: Qala almalao allatheena istakbaroo min qawmihi lanukhrijannaka ya shuAAaybu waallatheena amanoo maAAaka min qaryatina aw lataAAoodunna fee millatina qala awalaw kunna kariheena
Translation: އެކަލޭގެފާނުންގެ قوم ގެ ބޮޑާވެ كِبر ވެރިވިބޮޑުން ދެންނެވިއެވެ. އޭ شُعَيْبُ ގެފާނެވެ! ކަލޭގެފާނާ ކަލޭގެފާނަށް تبع ވެ އީމާންވެގެންވާ މީހުން އަހުރެމެންގެ ރަށުން ނެރެލާނަމެވެ. ނުވަތަ އަހުރެމެންގެ ދީނަށް ކަލޭމެން ހަމަކަށަވަރުންވެސް ވައްދާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެން ނުރުހިތިއްބަސް ތިޔަހެން ހަދައިފާނޫހެއްޔެވެ؟
7:89قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ ﴿89﴾قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ
Transliteration: Qadi iftarayna AAala Allahi kathiban in AAudna fee millatikum baAAda ith najjana Allahu minha wama yakoonu lana an naAAooda feeha illa an yashaa Allahu rabbuna wasiAAa rabbuna kulla shayin AAilman AAala Allahi tawakkalna rabbana iftah baynana wabayna qawmina bialhaqqi waanta khayru alfatiheena
Translation: ކަލޭމެންގެ دين ން ﷲ އަހުރެމެން ދުރުކުރައްވައި ސަލާމަތްކޮށްދެއްވުމަށްފަހު ދެން ކަލޭމެންގެ دين އަށް އަހުރެމެން ވަދެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެން ﷲ އަށް ދޮގެއް އުފައްދައިފިކަން ކަށަވަރެވެ. އަހުރެމެންގެ رَبّ ކަމުގައިވާ ﷲ އިރާދަކުރެއްވިއްޔާމެނުވީ އަހުރެމެން އެދީނަށް އަނބުރާ رُجُوعَ ވުމަކީ އެއްގޮތަކަށްވެސް އަހުރެމެންނަށް އޮތްކަމެއްނޫނެވެ. ހުއްދަވެގެންވާނެކަމެއްނޫނެވެ. އަދި އަހުރެންގެ رَبّ ހުރިހާއެއްޗެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އަހުރެން وكيل ކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ قوم ގެމީހުންނާއި އަޅަމެންނާއި ދެމެދު حقّ ގޮތުގައި ނިޔާކުރައްވާ حكم ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި حكم ކުރައްވާ ކަލާނގެއެވެ.
7:90وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ ﴿90﴾وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ
Transliteration: Waqala almalao allatheena kafaroo min qawmihi laini ittabaAAtum shuAAayban innakum ithan lakhasiroona
Translation: އަދި އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުންގެމީހުން (އޭގެ އެހެންމީހުންނަށް ބުންޏެވެ.) ކަލޭމެން شعيب ގެފާނާއި تبع ވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންވާނީ ކަށަވަރުންވެސް ގެއްލިހަލާކުވެގެންވާ މީހުންނަށެވެ.
7:91فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ﴿91﴾فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ
Transliteration: Faakhathathumu alrrajfatu faasbahoo fee darihim jathimeena
Translation: ދެން އެމީހުންނަށް رَجْفَة ޖެހިއްޖެއެވެ. އެބަހީ زَلْزَلَة އާއި ގަދައަޑުފަށްގަނޑު އެމީހުންނަށް ޖެހި އެމީހުން މަރުވެ ކަކޫތަކުގެމައްޗަށް ތިރިވެއްޖެއެވެ. އެމީހުންގެ ގޯތިގެދޮރުތަކުގައެވެ.
7:92ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ ﴿92﴾ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ
Transliteration: Allatheena kaththaboo shuAAayban kaan lam yaghnaw feeha allatheena kaththaboo shuAAayban kanoo humu alkhasireena
Translation: شُعَيْبُ (عليه السّلام) ދޮގުކުރިމީހުން ދަންނައެވެ! އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. (އެންމެން މަރުވެ ތަންޑާވީއެވެ.) شُعَيْبُ (عليه السّلام) ދޮގުކުރި މީހުންވީ ކަނޑައެޅިގެން ގެއްލިހަލާކުވެގެންވީ މީހުންކަމުގައެވެ.
7:93فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ ﴿93﴾فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ
Transliteration: Fatawalla AAanhum waqala ya qawmi laqad ablaghtukum risalati rabbee wanasahtu lakum fakayfa asa AAala qawmin kafireena
Translation: ދެންފަހެ އެކަލޭގެފާނު އެމީހުންނާ ދުރަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم މީހުންނޭވެ! ހަމަކަށަވަރުން އަހުރެން އަހުރެންގެ رَبّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދީފީމެވެ. އަދި ކަލޭމެންނަށް އަހުރެން نصيحة ތެރިވެއްޖައީމެވެ. (ފަހެ އެހެންނަމަވެސް ކަލޭމެން އީމާންނުވެ ކާފަރުވެއްޖައީމެވެ.) ކާފަރުބައެއްގެ މައްޗަށް އަހުރެން ހިތާމަކުރަންވީ ކޮންފަދައަކުންހެއްޔެވެ؟
7:94وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ ﴿94﴾وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ
Transliteration: Wama arsalna fee qaryatin min nabiyyin illa akhathna ahlaha bialbasai waalddarrai laAAallahum yaddarraAAoona
Translation: (ދެންފަހެ الله وَحِي ކުރެއްވިއެވެ.) އަދި އެއްވެސް ރަށަކަށް އެއްވެސް نبي އަކު ތިމަންރަސްކަލާނގެ ފޮނުއްވައިފިއްޔާ އެރަށެއްގެ أهل ވެރިންނަށް فقير ކަމާއި އުނދަގޫތައް ޖައްސަވައިފާމެނުވީ ނުވެއެވެ. އެއީ އެމީހުން މަޑުމޮޅިވެ ބިރުވެތިވޭތޯއެވެ.
7:95ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴿95﴾ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Transliteration: Thumma baddalna makana alssayyiati alhasanata hatta AAafaw waqaloo qad massa abaana alddarrao waalssarrao faakhathnahum baghtatan wahum la yashAAuroona
Translation: ދެން ތިމަންރަސްކަލާނގެ އެމީހުންގެ އެނުބައި (އެބަހީ فقير ކަމާއި އުނދަގޫ) ހެޔޮކަމަށް ބަދަލުކުރައްވަމެވެ. (ތަނަވަސްކަމާއި އުފާވެރިކަމަށް ބަދަލުކުރައްވަމެވެ.) އެއީ އެމީހުން މުދަލާއި ދަރިންގިނަކޮށްފުމަށް ދާންދެންނެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންގެ ކާބަފައިންނަށް އުނދަގުލާއި ފަސޭހަ (ނުވަތަ فقير ކަމާއި މުއްސަނދި) ކަންޖެހުނެވެ. ދެންފަހެމިބައިމީހުން ﷲ ގެ އަމުރުފުޅަށް އެއްވެސް ފަރުވާލެއްނެތި މަޖާކުރަން ތިއްބާ ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވަމެވެ. އެމީހުންނަށް އެއްވެސް إحساس އެއްވެސްނުވާ حال ގައެވެ. އެއީ ﷲ ގެ مَكر އެވެ. إسْقِدْرَاج އެވެ. މުހުލަތުދެއްވާފައި ހިތްޕެވުމެވެ.
7:96وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ ﴿96﴾وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ
Transliteration: Walaw anna ahla alqura amanoo waittaqaw lafatahna AAalayhim barakatin mina alssamai waalardi walakin kaththaboo faakhathnahum bima kanoo yaksiboona
Translation: އަދި ހަމަކަށަވަރުން އެރަށްރަށަށް رسول ބޭކަލުން ވަޑައިގެންނެވި ރަށްރަށުގެ أهل ވެރިން އީމާންވެ تقوى ވެރިވީނަމަ ހަމަކަށަވަރުން އުޑާއިބިން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް بركاة ތައް އެބަހީ ގިނަހެޔޮތައް ހުޅުވައިދެއްވާ ފަސޭހަކޮށްދެއްވީސްކަން ކަށަވަރެވެ. އަދި އެހެންނަމަވެސް އެމީހުން (އެ رسول ންނާއި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރީއެވެ.) ދެންފަހެ އެމީހުންކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ.
7:97أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ ﴿97﴾أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ
Transliteration: Afaamina ahlu alqura an yatiyahum basuna bayatan wahum naimoona
Translation: އަޅެފަހެ ރަށްރަށުގެ أهل ވެރިން އެމީހުން ނިދާފައިތިއްބާ ރޭގަނޑުގެ ވަގުތުގައި އެމީހުންނަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ.)
7:98أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ ﴿98﴾أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ
Transliteration: Awa amina ahlu alqura an yatiyahum basuna duhan wahum yalAAaboona
Translation: އަދި ރަށްރަށުގެ أهل ވެރިން އެމީހުން ދުވާލުގެ ضُحَى ވަގުތު ކުޅެންތިއްބާ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ. - ދިވެހިރާއްޖެއަށްވެސް ފުރަތަމަސުނާމީއައިސް ބަޔަކު މަރުވެގެންދިޔައީ އެވަޤުތުއެވެ.)
7:99أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ ﴿99﴾أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ
Transliteration: Afaaminoo makra Allahi fala yamanu makra Allahi illa alqawmu alkhasiroona
Translation: އެމީހުން ފަހެ ﷲ ގެ މަކަރަށް އަމާންވީހެއްޔެވެ؟ ގެއްލިހަލާކުވެގެންވާ ބަޔަކުމެނުވީ ﷲ ގެ މަކަރަށް އަމާންނުވާނެއެވެ.
7:100أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ ﴿100﴾أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ
Transliteration: Awalam yahdi lillatheena yarithoona alarda min baAAdi ahliha an law nashao asabnahum bithunoobihim wanatbaAAu AAala quloobihim fahum la yasmaAAoona
Translation: ބިމުގައި ކުރީ ދިރިއުޅުނުމީހުން ހަލާކުވެދިއުމަށްފަހު ދެން އެބިން ވާރުތަކުރިމީހުންނަށް بيان ވެ ނޭނގޭބާވައެވެ. އެހެނީ ތިމަންރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވިފަދައިން) މިމީހުންވެސް މިމީހުން ކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ހަލާކުކުރައްވާފާހުށިކަން.. އަދި އެމީހުންގެ ހިތްތަކުގެމަތީގައި ސިއްކަޖައްސަވާފާހުށިކަން.. ދެން އޭރުން (وعظ އާއި نصيحة ގެ އަޑު އެމީހުންނަށް ނުއިވޭހުއްޓެވެ.)
7:101تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ ﴿101﴾تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ
Transliteration: Tilka alqura naqussu AAalayka min anbaiha walaqad jaathum rusuluhum bialbayyinati fama kanoo liyuminoo bima kaththaboo min qablu kathalika yatbaAAu Allahu AAala quloobi alkafireena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އެރަށްރަށުގެ خبر ތައް ތިމަންރަސްކަލާނގެ މިއަންގަވާ بيان ކޮށްދެއްވާ ރަށްރަށް (ދަންނައެވެ!) ހަމަކަށަވަރުން އެރަށްރަށުގެ أهل ވެރިންގެގާތަށް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއި حجّة ތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ މީގެކުރީން އެމީހުން ދޮގުކުރިތަކެތި ތެދުކޮށް އީމާންވީ ބަޔަކުކަމުގައި އެމީހުން ނުވިއެވެ. (އެބަހީ އެމީހުންނަކީ އެމީހުން ދުނިޔެއަށް އައުމުގެކުރިން ﷲ ގެ ދެނެވޮޑިގަތުމުގައި އެއީ ދޮގުވެރިންކަމުގައި އަދި އެމީހުން ރަސޫލުބޭކަލުން ގެންނަވާނޭތަކެތި ދޮގުކުރާނޭކަމުގައިވާ މީހުންނެވެ. ދެން رسول ބޭކަލުން ވަޑައިގެންނެވިހިނދުންވެސް ﷲ ގެ ދެނެވޮޑިގަތުމުގައިވާފަދައިން އެމީހުން ދޮގުކުރީއެވެ. ދަންނައެވެ! މިއާޔަތުގެ ترجمة ގައި ބަސްތަފާތުވެފައިވެއެވެ. މިތާ ލިޔެވިފައި މިވަނީ أَبُو جَعْفَرُ الطَّبَرِى ތާއީދު ކުރެއްވި ގޮތެވެ.) والله أعلم.\nއަދި ﷲ تعالى ކާފަރުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވަނީ އެފަދައިންނެވެ.
7:102وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ ﴿102﴾وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ
Transliteration: Wama wajadna liaktharihim min AAahdin wain wajadna aktharahum lafasiqeena
Translation: އަދި އެމީހުންކުރެ ގިނަމީހުންގެ ކިބައިން އެއްވެސް ގޮތަކުން عهد ފުއްދުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. އަދި އޭގެތެރެއިން ގިނަމީހުން އެއީ فاسق ންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.
7:103ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ﴿103﴾ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ
Transliteration: Thumma baAAathna min baAAdihim moosa biayatina ila firAAawna wamalaihi fathalamoo biha faonuthur kayfa kana AAaqibatu almufsideena
Translation: ދެން އެމީސްތަކުންނަށްފަހު ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިގެން موسى (عليه السّلام) فرعون އާއި އޭނާގެ ބޮޑުންގެގާތަށް ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެމީހުންވީ އެއާޔަތްތަކަށް ކާފަރުވީ ބަޔަކުކަމުގައެވެ. ފަހެ فاسد ންގެ (ފަސާދަކުރާމީހުންގެ) ފަހުކޮޅު ވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ.
7:104وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ﴿104﴾وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ
Transliteration: Waqala moosa ya firAAawnu innee rasoolun min rabbi alAAalameena
Translation: އަދި موسى (عليه السّلام) ވިދާޅުވިއެވެ. އޭ فرعون އެވެ. ހަމަކަށަވަރުން އަހުރެން މިއީ عالم ތަކުގެ ވެރި رَبّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.
7:105حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَـٰٓءِيلَ ﴿105﴾حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَـٰٓءِيلَ
Transliteration: Haqeequn AAala an la aqoola AAala Allahi illa alhaqqa qad jitukum bibayyinatin min rabbikum faarsil maAAiya banee israeela
Translation: ﷲ އަށް حقّ ބަހެއްމެނުވީ ނުބުނުން އަހުރެންނަށް واجب ވެގެންވެއެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެން ގާތަށް މިއައީ ބަޔާންވެގެންވާ دليل އާއިގެންނެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެހެންވެ އަހުރެންނާއެކު بني إسرائيل ން ފޮނުއްވައިދެއްވާށެވެ!
7:106قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴿106﴾قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration: Qala in kunta jita biayatin fati biha in kunta mina alssadiqeena
Translation: އޭނާ ބުންޏެވެ. (އެބަހީ: فرعون ވިދާޅުވިއެވެ.) ކަލޭ ތިޔަ އައީ معجزة އަކާއިގެންކަމަށްވަންޏާ އެ معجزة އެއް ނިކަން ގެނަސްބަލާށެވެ! ކަލޭ ތެދުވެރިންގެތެރެއިންވާ ކަމުގައިވަންޏާއެވެ.
7:107فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ﴿107﴾فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ
Transliteration: Faalqa AAasahu faitha hiya thuAAbanun mubeenun
Translation: ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވައިފިއެވެ. ދެން އެހައިރުން އޭތި بيان ވެގެންވާ ހަރުފަޔަކަށްވެއްޖެއެވެ.
7:108وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ ﴿108﴾وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ
Transliteration: WanazaAAa yadahu faitha hiya baydao lilnnathireena
Translation: އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުގެތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އެއަތްޕުޅު ބަލާމީހުންނަށް ހުދުއެއްޗެއްގެގޮތުގައި ފެނެއެވެ.
7:109قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ﴿109﴾قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ
Transliteration: Qala almalao min qawmi firAAawna inna hatha lasahirun AAaleemun
Translation: فرعون قوم ގެ ބޮޑެތިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން މިއީ سِحر ދަންނަ سِحر ވެރިއެކެވެ.
7:110يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ ﴿110﴾يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ
Transliteration: Yureedu an yukhrijakum min ardikum famatha tamuroona
Translation: އޭނާ އެދެނީ ކަލޭމެންގެބިމުން ކަލޭމެން ނެރެލާށެވެ. (فرعون ވިދާޅުވިއެވެ.) ފަހެ ކަލޭމެންނަށް ފެންނަގޮތަކީ ކޮބައިހެއްޔެވެ؟
7:111قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ﴿111﴾قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ
Transliteration: Qaloo arjih waakhahu waarsil fee almadaini hashireena
Translation: އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ!
7:112يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ ﴿112﴾يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ
Transliteration: Yatooka bikulli sahirin AAaleemin
Translation: އޭރުން މަނިކުފާނުންގެ އަރިހަށް سِحر ދަންނަ ކޮންމެ سِحر ވެރިޔަކާއިގެން އެމީހުން އަންނާނެއެވެ. (ދެން فرعون އެކިރަށްރަށަށް ސިފައިން ފޮނުއްވައި سِحر ވެރިން ޖަމާކުރީއެވެ.)
7:113وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ﴿113﴾وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ
Transliteration: Wajaa alssaharatu firAAawna qaloo inna lana laajran in kunna nahnu alghalibeena
Translation: އަދި فرعون ގެ سِحر ވެރިންތައް އަތުވެއްޖެއެވެ. (އަދި އެމީހުން فرعون އަށް ދެންނެވި އެވެ.) އަހުރެމެން ގަދަވެއްޖެކަމަށް ވަންޏާ ހަމަކަށަވަރުން އަހުރެމެންނަށް ބޮޑު އުޖޫރައެއް އޮންނާންވާނެއެވެ.
7:114قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ ﴿114﴾قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ
Transliteration: Qala naAAam wainnakum lamina almuqarrabeena
Translation: فرعون ވިދާޅުވިއެވެ. އާއެކެވެ. އަދި ހަމަކަށަވަރުން ކަލޭމެންނަކީ އަހުރެންގެގާތް މީހުންކަމުގައި ވާނޭ މީހުންނެވެ. އެންމެ ކުއްތަންވެގެންވާ މީހުންނެވެ.
7:115قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ ﴿115﴾قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ
Transliteration: Qaloo ya moosa imma an tulqiya waimma an nakoona nahnu almulqeena
Translation: އެމީހުން ދެންނެވިއެވެ. އެބަހީ سِحر ވެރިން ދެންނެވިއެވެ. އޭ موسى އެވެ! އެހެންޏާ ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅު) އެއްލާށެވެ! އެހެންޏާ އަހުރެމެން މިއީ އެއްލާބަޔަކު ކަމުގައި ވާހުށީމެވެ.
7:116قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ ﴿116﴾قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ
Transliteration: Qala alqoo falamma alqaw saharoo aAAyuna alnnasi waistarhaboohum wajaoo bisihrin AAatheemin
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ سِحر ގެތަކެތި ميدان އަށް) އުކާށެވެ! (سِحر ހަދާށެވެ!) ދެންފަހެ އެމީހުން އެމީހުންގެ (سِحر ގެ ވާބުރިތަކާއި ދަނޑިބުރިތައް) އުކައިލިހިނދުން / އެތަކެތި ميدان އަށް އަޅައިލިހިނދުން މީސްތަކުންގެ ލޯތަކަށް سِحر ޖެހިއްޖެއެވެ. ލޯތަކުގެ ފެނުން ބަދަލުވެގެން ހިނގައްޖެއެވެ. (އެދަނޑިބުރިތަކާއި ވާބުރިތައް ދިރޭހަރުފަތަކަކަށްވެގެން حركاة ކުރަން ފަށައިފިއެވެ.) އަދި އެބައިމީހުންގެ މިކަންތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން އެހެދީ، ހަމަބޮޑުވެގެންވާ سِحر އެކެވެ.
7:117وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ﴿117﴾۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ
Transliteration: Waawhayna ila moosa an alqi AAasaka faitha hiya talqafu ma yafikoona
Translation: އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅު އެއްލަވައިފިއެވެ.) އެހައިރުން އެމީހުން އެބަހީ سِحر ވެރިން އެހެދި އެންމެހާދޮގުތައް ހަރުފަކަމުގައި ލޯތަކަށް ފެނުނު އެންމެހައި ތަކެތި އޭތި ކައިފިއެވެ. އެބަހީ موسى ގެފާނުންގެ އަސާކޮޅުން އުފެދުނު ހަރުފަ އެހުރިހާ سِحر ވެރިންގެ سِحر ކައި ދިރުވައި ނިންމައިފިއެވެ.
7:118فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ﴿118﴾فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ
Transliteration: FawaqaAAa alhaqqu wabatala ma kanoo yaAAmaloona
Translation: އަދި حقّ ފާޅުވެ ބަޔާންވެއްޖެއެވެ. އަދި އެ سِحر ވެރިން ހެދިހާތަކެތި باطل ވީއެވެ.
7:119فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ﴿119﴾فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ
Transliteration: Faghuliboo hunalika wainqalaboo saghireena
Translation: އެހިނދު سِحر ވެރިން ދެރަވެ ފޭލިވެއްޖެއެވެ. އަދި ނިކަމެތިވެގެންވާ حال އެނބުރި ހިނގައްޖެއެވެ.
7:120وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ﴿120﴾وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ
Transliteration: Waolqiya alssaharatu sajideena
Translation: އަދި އެންމެހައި سِحر ވެރިން سجدة އަށް ތިރިވެއްޖެއެވެ.
7:121قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ﴿121﴾قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ
Transliteration: Qaloo amanna birabbi alAAalameena
Translation: އަދި އެމީހުން ދަންނަވައިފިއެވެ. عالم ތަކުގެ ވެރި رَبّ އަށް އަހުރެމެން އީމާންވެއްޖައީމެވެ.
7:122رَبِّ مُوسَىٰ وَهَٰرُونَ ﴿122﴾رَبِّ مُوسَىٰ وَهَٰرُونَ
Transliteration: Rabbi moosa waharoona
Translation: އެއީ موسى އާއި هارون ގެވެރި رَبّ އެވެ.
7:123قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ ﴿123﴾قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ
Transliteration: Qala firAAawnu amantum bihi qabla an athana lakum inna hatha lamakrun makartumoohu fee almadeenati litukhrijoo minha ahlaha fasawfa taAAlamoona
Translation: (سِحر ވެރިންނަށް) فرعون ވިދާޅުވިއެވެ. އަހުރެން ކަލޭމެނަށް އިޒުނަ ނުދެނިސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ އޭނާ ތެދުކުރީހެއްޔެވެ. ތިޔައީ ހަމަކަލޭމެން މިރަށުގައި ހަދައިލި ބޮޑުމަކަރެކެވެ. އެއީ މިރަށުގެ أهل ވެރިން މިރަށުން ނެރެންވެގެންނެވެ. ނިކަންހުރެ ކަލޭމެނަށް (ތިޔަކަމުގެ ހިތިކަން) އެނގިދާނެއެވެ.
7:124لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ ﴿124﴾لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ
Transliteration: LaoqatiAAanna aydiyakum waarjulakum min khilafin thumma laosallibannakum ajmaAAeena
Translation: ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) އަހުރެން ކަނޑާނަމެވެ. އަދި ހަމަކަށަވަރުން ކަލޭމެން އެންމެން صليب އަށްލާހުށީމެވެ.
7:125قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴿125﴾قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
Transliteration: Qaloo inna ila rabbina munqaliboona
Translation: އެ سِحر ވެރިން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ އަހުރެމެންގެ رَبّ ގެ حضرة އަށް އެނބުރިދާނޭ ބައެކެވެ.
7:126وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ ﴿126﴾وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ
Transliteration: Wama tanqimu minna illa an amanna biayati rabbina lamma jaatna rabbana afrigh AAalayna sabran watawaffana muslimeena
Translation: އަހުރެމެންގެ رَبّ ގެ އާޔަތްތައް އަހުރެމެންނަށް އައުމުން އެއާޔަތްތަކަށް އީމާންވީކަންމެނުވީ ކަލޭ އަހުރެމެންގެ ކިބައިން ބަދަލުހިފާ އަދި އަހުރެމެންނަށް عقوبة ދޭނެކަމުގައި ނުވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވާނދޭވެ! އަދި ކިޔަމަންތެރިވެގެންވާ حال އަޅަމެން މަރުގަންނަވާނދޭވެ!
7:127وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ ﴿127﴾وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ
Transliteration: Waqala almalao min qawmi firAAawna atatharu moosa waqawmahu liyufsidoo fee alardi wayatharaka waalihataka qala sanuqattilu abnaahum wanastahyee nisaahum wainna fawqahum qahiroona
Translation: އަދި فرعون ގެ ބޮޑެތިމީހުން (فرعون އަށް) ދެންނެވިއެވެ. موسى އާއި އަދި އޭނާގެމީހުން، މަނިކުފާނާ މަނިކުފާނުންގެ އިލާހުންތައް ދޫކޮށް މިބިމުގައި ފަސާދަކުރަން އެމީހުން ހަމަ ދޫކޮށްލައްވަނީތޯއެވެ؟ فرعون
7:128قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴿128﴾قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ
Transliteration: Qala moosa liqawmihi istaAAeenoo biAllahi waisbiroo inna alarda lillahi yoorithuha man yashao min AAibadihi waalAAaqibatu lilmuttaqeena
Translation: موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. بني إسْرائيل އަށް ވިދާޅުވިއެވެ. ކަލޭމެން ﷲ ގެ حضرة ން ވާގިއެދޭށެވެ! އަދި ކެތްތެރިވާށެވެ! ހަމަކަށަވަރުން ބިމަކީ ﷲ އަށް خاصّ ވެ مِلْكُ ވެގެންވާ އެއްޗެކެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެބިން އެކަލާނގެ ވާރުތަކޮށްދެއްވައެވެ. އަދި ފަހުކޮޅުގައި ރަނގަޅުގޮތް ލިބުންވަނީ تقوى ވެރިންނަށެވެ.
7:129قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ ﴿129﴾قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ
Transliteration: Qaloo ootheena min qabli an tatiyana wamin baAAdi ma jitana qala AAasa rabbukum an yuhlika AAaduwwakum wayastakhlifakum fee alardi fayanthura kayfa taAAmaloona
Translation: އެމީހުން - އެބަހީ بني إسْرائيل - (موسى عليه السّلام) އަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް އައުމުގެ ކުރިންވެސް އަހުރެމެންނަށް އުނދަގޫތައް ޖެހެވެނީއެވެ. (އެބަހީ: އަހުރެމެންގެ ދަރިންތައް އެމީހުން މަރަނީއެވެ.) އަދި ކަލޭގެފާނު އަހަރެމެންގާތަށް رسول ކަމާއިގެން ވަޑައިގެންނެވީމާވެސް އަހުރެމެނަށް އުނދަގޫތައް ޖެހެނީއެވެ. (ދަރިންތައް މަރަނީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ رَبّ ކަލޭމެންގެ عداوة ތެރިޔާ އެބަހީ فرعون ހަލާކުކުރެއްވުން އެދެވެއެވެ. أمّيد ކުރެވެއެވެ. އަދި އެކަލާނގެ (އެމީހުން އުޅުނުބިމުގައި) ކަލޭމެން خليفة ވެރިކުރެއްވުންވެސް އެދެވެއެވެ. ދެން އޭރުން ކަލޭމެން عمل ކުރާގޮތެއް އެކަލާނގެ ދެކެވޮޑިގަންނަވާނެއެވެ.
7:130وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ ﴿130﴾وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ
Transliteration: Walaqad akhathna ala firAAawna bialssineena wanaqsin mina alththamarati laAAallahum yaththakkaroona
Translation: އަދި ހަމަކަށަވަރުން ތަދުމަޑުކަމުންނާއި ގަސްގަހާގެހީގެ މަތިވަރު މަދުކުރެއްވުމުންނާއި (މިފަދަ މިފަދަ ކަންކަމުން) ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ تَبَعَ ވެރިން ހިއްޕެވީމެވެ. (ޓެސްޓް ކުރެއްވީމެވެ.) އެއީ އެމީހުން نصيحة އާއި وعظ ލިބިގަނޭތޯއެވެ.
7:131فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَـٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴿131﴾فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَـٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
Transliteration: Faitha jaathumu alhasanatu qaloo lana hathihi wain tusibhum sayyiatun yattayyaroo bimoosa waman maAAahu ala innama tairuhum AAinda Allahi walakinna aktharahum la yaAAlamoona
Translation: ފަހެ އެމީހުންނަށް ރަނގަޅު ހެޔޮކަމެއް އަތުވެއްޖެއްޔާ (އެބަހީ فرعون ގެ މީހުންނަށް ތިޔާގެކަމެއް - ނުވަތަ ފަސޭހަކަމެއް - ނުވަތަ صحّة ގެ ރަނގަޅުކަން ދިމާވެއްޖެއްޔާ) އެމީހުންބުނާނެއެވެ. މިތަކެއްޗަށް އައުލާވެގެންވަނީ އަހުރެމެންނެވެ. އަދި އެމީހުންނަށް ނުބައިގޮތެއް ދިމާވެއްޖެއްޔާ (ތަޑުމަޑުކަމެއް / ބަލިކަމެއް / އުނދަގުލެއްފަދަކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ.) އެކަންކަމަކީ موسى ގެފާނާއި އަދި އެކަލޭގެފާނަށް تَبَعَ ވެގެންވާ މީހުންގެ ސުންޕާކަމުން ވާކަމެކެވެ. ދަންނާށެވެ! އެމީހުންނަށް އެޖެހުނު ސުންޕާކަމަކީ ﷲ ގެ حضرة ން އަންނަ ކަންކަމެވެ. (އެމީހުންގެ عمل ތައް ހުންނަގޮތުން އެމީހުންނަށް ޖެހޭކަންކަމެވެ. އަދި އެކަލާނގެ حكمة ފުޅު ނިޔާކުރާގޮތުން އަންނަ ކަންކަމެވެ. موسى ގެފާނުންގެ ފަރާތްޕުޅަކުންނޫނެވެ.) އަދި އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުންނަށް އެކަން ނޭނގެއެވެ.
7:132وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ ﴿132﴾وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ
Transliteration: Waqaloo mahma tatina bihi min ayatin litasharana biha fama nahnu laka bimumineena
Translation: އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ.
7:133فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ﴿133﴾فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ
Transliteration: Faarsalna AAalayhimu alttoofana waaljarada waalqummala waalddafadiAAa waalddama ayatin mufassalatin faistakbaroo wakanoo qawman mujrimeena
Translation: ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި ގޮއްފުޅަންގާ އުކުނާއި - އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطى އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. އޭގެ އެއްކަމަކީ (1) طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. (2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. ދެން ފޮނުއްވީ (3) އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ (4) ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ (5) ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ.\nފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.
7:134وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَـٰٓءِيلَ ﴿134﴾وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَـٰٓءِيلَ
Transliteration: Walamma waqaAAa AAalayhimu alrrijzu qaloo ya moosa odAAu lana rabbaka bima AAahida AAindaka lain kashafta AAanna alrrijza lanuminanna laka walanursilanna maAAaka banee israeela
Translation: އެމީހުންނަށް عذاب ހަމައަންނައިރަށް - އެބަހީ ކުރިން بيان ކުރައްވާފައިވާ ކަންތައްތަކުން ކަމެއް ހަމަ ދިމާވާއިރަށް އެމީހުން موسى عليه السّلام އަށް ދަންނަވައެވެ. އެމީހުން ދަންނަވައެވެ. އޭ موسى އެވެ. ކަލޭގެފާނަށްވާ عَهْد އާއިއެކު ކަލޭގެފާނުންގެ رَبّ އަށް دعاء ކޮށްދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައި ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ކަލޭގެފާނަށް އީމާންވާހުށީމެވެ. އަދި بَنِي إسرائيل ކަލޭގެފާނުންގެ އަރިހުގައި ފޮނުއްވައިދެއްވާނަމެވެ.
7:135فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ ﴿135﴾فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ
Transliteration: Falamma kashafna AAanhumu alrrijza ila ajalin hum balighoohu itha hum yankuthoona
Translation: ދެންފަހެ އެމީހުންނަށް ކަނޑައެޅިފައިވާ مدّة އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ނަންގަވާ كشف ކުރެއްވުމުން، އެހައިރުން އެމީހުން އެމީހުންގެ وعد އުވާލަނީއެވެ. (އެކަންތައްތައް އެމީހުންގެ އާދަޔަކަށް ހަދާލަނީއެވެ.)
7:136فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ﴿136﴾فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ
Transliteration: Faintaqamna minhum faaghraqnahum fee alyammi biannahum kaththaboo biayatina wakanoo AAanha ghafileena
Translation: ދެން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުން އެމީހުންގެ ކިބައިން ބަދަލު ހިއްޕަވައި ކަނޑުގައި އެމީހުން غرق ކުރެއްވީމެވެ. އެމީހުންވީ އެއާޔަތްތަކަށް غافل ވެގެންވީ ބަޔަކުކަމުގައެވެ.
7:137وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ ﴿137﴾وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ
Transliteration: Waawrathna alqawma allatheena kanoo yustadAAafoona mashariqa alardi wamagharibaha allatee barakna feeha watammat kalimatu rabbika alhusna AAala banee israeela bima sabaroo wadammarna ma kana yasnaAAu firAAawnu waqawmuhu wama kanoo yaAArishoona
Translation: އަދި ދެރަވެ ނިކަމެތިކުރެވިގެންވާ މީސްތަކުންނަށް (އެބަހީ: فرعون ގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކުރެވިފައިތިބި بني إسرائيل މީހުނަށް) ތިމަންރަސްކަލާނގެ ބިމުގެ مشرق ތަކާއި مغربُ ތައް ވާރުތަކޮށް ދެއްވީމެވެ. (ބުނެވެނީ އެއީ بَيْتُ المَقْدِس އާއި فَلَسْطِيْنُ ގެ ބިންކަމުގައެވެ. والله أعلم) އެތަނަކީ ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ތަނެވެ. އަދި بني إسرائيل ގެމައްޗަށް ކަލޭގެފާނުން ربّ ގެ ބަސްފުޅު - (ރަނގަޅު ބަސްފުޅު) ފުރިހަމަވެގެން ހިނގައްޖެއެވެ. (އެކަލާނގެ އެބަސްފުޅަކީ وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ ٥ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ٦ މިއެވެ.) (سورة القصص: 5-6 އެތަނުންވެސް ބައްލަވައި ލައްވާށެވެ.) އެމީހުންނަށް އެފަދަ نعمة އެއް އެދެއްވީ އެމީހުން ކެތްތެރިވުމުގެ ސަބަބުންނެވެ. އަދި فرعون އާއި އޭނާގެ قوم ގެ މީހުން ކުރަމުން އައި ކަންތައްތަކާއި އަދި އެމީހުން ހަދާކަމުގައިވާ އެންމެހާ ގަނޑުވަރުތަކާއި ރަނގަޅުގެތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.
7:138وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ ﴿138﴾وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ
Transliteration: Wajawazna bibanee israeela albahra faataw AAala qawmin yaAAkufoona AAala asnamin lahum qaloo ya moosa ijAAal lana ilahan kama lahum alihatun qala innakum qawmun tajhaloona
Translation: އަދި بني إسرائيل އަށް ތިމަންރަސްކަލާނގެ ކަނޑު ކަޑައްތުކޮށްދެއްވީމެވެ. ދެންފަހެ އެމީހުން ބުދުތަކަކަށް އަޅުކަންކުރާ ބަޔަކު ކައިރިއަށް (އެދަތުރުމަތީގައި) ދާންދިމާވިއެވެ. އަދި އެމީހުން يعني: بني إسرائيل ގެ މީހުން موسى عليه السّلام އަށް ދެންނެވިއެވެ. އެމީހުންނަށް إله ންތައްވާފަދައިން (އަޅުކަންކުރާ ބުދުތައްވާފަދައިން) އަޅުގަނޑުމެންނަށްވެސް إله އެއް (ބުދެއް) ލައްވައިދެއްވާށެވެ! موسى عليه السّلام ވިދާޅުވިއެވެ. ކަލޭމެންނަކީ ހަމަ جاهل ބައެކެވެ. ތަންދޮރު ނޭނގޭ ބައެކެވެ.
7:139إِنَّ هَـٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ﴿139﴾إِنَّ هَـٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ
Transliteration: Inna haolai mutabbarun ma hum feehi wabatilun ma kanoo yaAAmaloona
Translation: ހަމަކަށަވަރުން މިމީހުންތަކަކީ (އެބަހީ: އެބުދަށް އަޅުކަންކުރާ މީހުންނަކީ) އެމީހުން އެކުރާ ކަންތައް ﷲ تعالى ހަލާކުކުރައްވާ فاسد ކުރައްވާނެ ބައެކެވެ. އަދި އެމީހުންކުރާކަމުގައިވީ ކަންތައް باطل ވެގެންވާ ބައެކެވެ.
7:140قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ ﴿140﴾قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ
Transliteration: Qala aghayra Allahi abgheekum ilahan wahuwa faddalakum AAala alAAalameena
Translation: އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. ﷲ ނޫން އެހެން إله އެއް ކަލޭމެނަށްޓަކައި އަހުރެން އެދެންވީހެއްޔެވެ. އަދި އެކަލާނގެ އެއީ (މިހާރުތިބި) އެންމެންގެމައްޗަށް ކަލޭމެން މާތްކުރެއްވި ކަލާނގެއެވެ.
7:141وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ﴿141﴾وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ
Transliteration: Waith anjaynakum min ali firAAawna yasoomoonakum sooa alAAathabi yuqattiloona abnaakum wayastahyoona nisaakum wafee thalikum balaon min rabbikum AAatheemun
Translation: ދެން فرعون ގެ آل ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ނިކަން ހަނދާންކުރާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عذاب ދައްކައެވެ. (އަޅުވެތިކޮށް ކަލޭމެން ނިކަމެތިކުރިއެވެ.) އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރާހެދިއެވެ. އަދި ކަލޭމެންގެ އަންހެންދަރިން ނުމަރާ ދޫކުރިއެވެ. ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެނަށް ބޮޑުވެގެންވާ إمتحان ވެއެވެ.
7:142وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ ﴿142﴾۞وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ
Transliteration: WawaAAadna moosa thalatheena laylatan waatmamnaha biAAashrin fatamma meeqatu rabbihi arbaAAeena laylatan waqala moosa liakheehi haroona okhlufnee fee qawmee waaslih wala tattabiAA sabeela almufsideena
Translation: އަދި ތިމަންރަސްކަލާނގެ (އާއި منَاجا ދެންނެވުމަށް) موسى (عليه السّلام) އާއި ތިމަންރަސްކަލާނގެ ތިރީސްރޭގެ وعد ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ مِيْعَاد އިތުރު ދިހަރޭ ލައްވައި ފުރިހަމަ ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުންގެ رَبّ ގެ އެ مِيْقَات ސާޅީސްރެޔަށް ފުރިހަމަވެގެން ދިޔައެވެ. އަދި موسى عليه السّلام އެކަލޭގެފާނު أخُ هارن عليه السّلام އަށް ވިދާޅުވިއެވެ. ފަހެ އަހުރެންގެ قوم ގައި އަހުރެން ދިއުމަށްފަހު خليفة އެއްގޮތުގައި ހުންނަވާށެވެ! އަދި ކަންތައް إصلاح ކުރައްވައި އަދި فاسد ކުރާ މީހުންގެ މަގާއި تبع ވެ ވަޑައިނުގަންނަވާށެވެ!
7:143وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ ﴿143﴾وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ
Transliteration: Walamma jaa moosa limeeqatina wakallamahu rabbuhu qala rabbi arinee anthur ilayka qala lan taranee walakini onthur ila aljabali faini istaqarra makanahu fasawfa taranee falamma tajalla rabbuhu liljabali jaAAalahu dakkan wakharra moosa saAAiqan falamma afaqa qala subhanaka tubtu ilayka waana awwalu almumineena
Translation: އަދި موسى عليه السّلام ތިމަންރަސްކަލާނގެ مِيْقَات އަށް ވަޑައިގެންނެވިހިނދުން (އެބަހީ وعد ކުރެވިފައިވާތަނާއި ވަގުތަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މިއަޅާއަށް އިބަރަސްކަލާނގެއަށް ބެލޭނެގޮތް ހައްދަވައި ދެއްވާދޭނވެ! އެ نعمة ދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނަށް ތިމަންރަސްކަލާނގެ ނުފެންނާނެއެވެ. (ތިމަންރަސްކަލާނގެއަށް ބެލުމުގެ ކުޅަދާނަކަމެއްނުވެއެވެ.) އަދި އެހެންނަމަވެސް ފަރުބަދައަށް ބައްލަވާށެވެ! އެފަރުބަދައަށް އޭގެތަނުގައި قرار ވެ އޮވެވިއްޖެއްޔާ ފަހެ އޭރުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ފެނިދާނެއެވެ. ދެންފަހެ ފަރުބަދައަށް އެކަލާނގެ تَجَلِّى ވެވޮޑިގަތުމުން - (އެކަލާނގެ نور ފުޅު އަލިކޮށްލެއްވިހިނދުން) ފަރުބަދަ ކުދިކުދިވެއްޖެއެވެ. އަދި موسى عليه السّلام ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ދެންފަހެ އެކަލޭގެފާނު ހޭފުޅުއެރިހިނދުން ވިދާޅުވިއެވެ. (އޭ އަޅުގެ رَبّ އެވެ!) އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިއަޅާ އިބަރަސްކަލާނގެއަށް توبة ވެއްޖައީމެވެ. މިއަޅާއީ (މި أمّة ގެ) އެންމެފުރަތަމަ އީމާންވީ އަޅާއެވެ.
7:144قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّـٰكِرِينَ ﴿144﴾قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّـٰكِرِينَ
Transliteration: Qala ya moosa innee istafaytuka AAala alnnasi birisalatee wabikalamee fakhuth ma ataytuka wakun mina alshshakireena
Translation: އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ رسول ކަން ދެއްވުމުންނާއި އަދި ތިމަންރަސްކަލާނގެއާއި ވާހަކަފުޅުދެއްކެވުމުގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެމައްޗަށް خاصّ ކުރައްވާ إختيار ކުރައްވައިފީމެވެ. ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވިތަކެތީގައި ގަދަޔަށް ހިއްޕަވާށެވެ! އޭގައިވާގޮތަށް ރަނގަޅަށް ޢަމަލުކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
7:145وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ ﴿145﴾وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ
Transliteration: Wakatabna lahu fee alalwahi min kulli shayin mawAAithatan watafseelan likulli shayin fakhuthha biquwwatin wamur qawmaka yakhuthoo biahsaniha saoreekum dara alfasiqeena
Translation: އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިލާތަކުގައި (دين ގެގޮތުންނާއި އަދި ދުންޏަވީގޮތުން بَنُو إسرائيل ގެ މީހުންނަށް ބޭނުންވާ) ކޮންމެކަމެއްގެ އަދި ކޮންމެ އެއްޗެއްގެ مَوْعِظَة ލިއުއްވާދެއްވީމެވެ. އެބަހީ އެކަމުގެ وعظ އާއި نصيحة އާއި ހަނދާންކޮށްދިނުން - ލިޔެދެއްވީމެވެ. އަދި ﷲ ގެ أمرފުޅާއި ނަހީގެ تفصيل بيان ކޮށްދެއްވާ ލިއުއްވީމެވެ. ފަހެ (އޭ موسى عليه السّلام އެވެ!) ކަލޭގެފާނު އެފިލާތަކުގައި ހިއްޕަވާށެވެ! އަދި އޭގައިވާ ރަނގަޅު މޮޅުގޮތްތަކުގައި ހިފާ عمل ކުރުމަށް ކަލޭގެފާނުންގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ނުބައި ނުލަފާމީހުންގެ ގޮވަތި ތިމަންރަސްކަލާނގެ ނިކަންހުރެ ކަލޭމެނަށް ދައްކާހުށީމެވެ. (آخرة ގައި އެމީހުންގެ ޖާގަ ދައްކާހުށީމެވެ. އެއީ ނަރަކައެވެ.)
7:146سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ﴿146﴾سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ
Transliteration: Saasrifu AAan ayatiya allatheena yatakabbaroona fee alardi bighayri alhaqqi wain yaraw kulla ayatin la yuminoo biha wain yaraw sabeela alrrushdi la yattakhithoohu sabeelan wain yaraw sabeela alghayyi yattakhithoohu sabeelan thalika biannahum kaththaboo biayatina wakanoo AAanha ghafileena
Translation: އަދި އެއްވެސް حقّ އެއްނެތި ބިމުގައި ބޮޑާވެ كِبْرُ ވެރިވެގަންނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކާއި ދުރަށް ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން އަނބުރައިލާހުށީމެވެ. (އެއީ ހުރިހާ ވައްތަރެއްގެ އާޔަތެކެވެ. مَوْجُود ވެގެންވާ އެންމެހައި ތަކެއްޗަކީވެސް އެކަލާނގެ އާޔަތްތަކެވެ. އެތަކެއްޗަށް ވިސްނާ فكر ކުރުމުގެ ދޮރު އެމީހުންނަށް ބަންދުކުރާހުށީމެވެ. قرآن ވެސް މިއީއެކަލާނގެ دليل އެވެ. އެޔާމެދު ވިސްނާފިކުރުކުރުމުގެ ދޮރުވެސް އެމީހުންނަށް ބަނދުކޮށްލާހުށީމެވެ.) އަދި އެމީހުނަށް ކޮންމެ دليل އެއް އަދި ކޮންމެ حجّة އެއް ފެނުނަސް އެމީހުން އީމާން ނުވާނެއެވެ. އަދި އެމީހުންނަށް هداية ގެ ސީދާ ތެދުމަގު ފެނުނަސް އެމީހުން އެއީ މަގެއްކަމުގައި ނުހިފާނެއެވެ. تبع ނުވާނެއެވެ. އަދި މަގުފުރެދުމާ ހަލާކުގެ މަގު އެމީހުންނަށް ފެނިއްޖެއްޔާ އެމީހުން މަގެއްގެގޮތުން އެމަގު ހިފާނެއެވެ. އެހެން އެކަން އެވީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން އެވަނީ އެއާޔަތްތަކަށް غافل ވެގެންނެވެ. (ނުވިސްނިފައެވެ.)
7:147وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ﴿147﴾وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ
Transliteration: Waallatheena kaththaboo biayatina waliqai alakhirati habitat aAAmaluhum hal yujzawna illa ma kanoo yaAAmaloona
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކޮށް (އެބަހީ قيامة ދޮގުކޮށް) ހެދިމީސްތަކުން (ދަންނައެވެ!) އެމީހުންގެ ހެޔޮ عمل ތައް باطل ވެގެން ދިޔައީއެވެ. އެމީހުންކުރާ ކަމުގައިވީކަންތައްތަކަށް މެނުވީ އެމީހުންނަށް جزاء ލިބޭނޭހެއްޔެވެ؟ އެބަހީ އެކަމަށް މެނުވީ جزاء ނުލިބޭނެއެވެ. ޢަޒާބުނުލިބޭނެއެވެ.
7:148وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ ﴿148﴾وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ
Transliteration: Waittakhatha qawmu moosa min baAAdihi min huliyyihim AAijlan jasadan lahu khuwarun alam yaraw annahu la yukallimuhum wala yahdeehim sabeelan ittakhathoohu wakanoo thalimeena
Translation: އަދި موسى (عليه السّلام) އަށްފަހު އެބަހީ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ ގެ مِيْقَات އަށް ވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުންގެ قوم ގެމީހުން އެމީހުންގެ ގަހަނާތަކުން ޅަގެރިއެއްގެ ހަށިގަނޑެއްހަދައި (އަޅުކަންކުރާ إله އެއްކަމުގައި) އެގެރި إختيار ކޮށްފިއެވެ. އެގެރީގައި (އާދައިގެ ގެރި) ގޮވާގޮތަށް އަޑުއިވޭ) ލޯވަޅެއްވެއެވެ. އެތަނަށް ވައި ވަނީމާ ގެރިގޮވާއަޑުކަހަލަ އަޑުއިވެއެވެ. އޭތި އެމީހުންނާ ވާހަކަ ނުދައްކާކަންވެސް އެމީހުން ނުވިސްނަނީބާވައެވެ؟ އަދި އެމީހުންނަށް ތެދުމަގެއް ނުދައްކާކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟ އެމީހުން އެގެރި إله އެއްގެގޮތުގައި إختيار ކޮށް އަޅުކަންކުރީއެވެ. އޭގެސަބަބުން އެމީހުންވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.
7:149وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ﴿149﴾وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ
Transliteration: Walamma suqita fee aydeehim waraaw annahum qad dalloo qaloo lain lam yarhamna rabbuna wayaghfir lana lanakoonanna mina alkhasireena
Translation: އަދި އެމީހުން - އެބަހީ ޅަގެރިޔަށް އަޅުކަންކުރިމީހުން އެކަމާ ހިތާމަކުރިހިނދުން އަދި ހަމަކަށަވަރުން އެމީހުން އެވަނީ މަގުފުރެދިފައިކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އެމީހުން ދެންނެވިއެވެ. އަޅަމެންގެ رَبّ އަޅަމެންނަށް رحمة ނުލެއްވިނަމަ އަދި އެކަލާނގެ އަޅަމެނަށް ނުފުއްސެވިއްޔާ ހަމަކަށަވަރުން އަހުރެމެންވާ ހުށީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
7:150وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ ﴿150﴾وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
Transliteration: Walamma rajaAAa moosa ila qawmihi ghadbana asifan qala bisama khalaftumoonee min baAAdee aAAajiltum amra rabbikum waalqa alalwaha waakhatha birasi akheehi yajurruhu ilayhi qala ibna omma inna alqawma istadAAafoonee wakadoo yaqtuloonanee fala tushmit biya alaAAdaa wala tajAAalnee maAAa alqawmi alththalimeena
Translation: އަދި موسى (عليه السّلام) އެކަލޭގެފާނުންގެ رَبُّ ގެ ميقاتُ ން އެނބުރިވަޑައިގެން އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم އަށްވަޑައިގެން) ވިދާޅުވިއެވެ. އަހުރެންގެފަހުން ކަލޭމެން ތިޔަކުރި ކަންތައް ވަރަށްވެސް ނުބައިވެގެންވެއެވެ. ފަހެ ކަލޭމެން ކަލޭމެންގެ رَبُّ ގެ أمر ފުޅަށް (އެކަލާނގެ ކޯފާއަށް) އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނުންގެ ފިލާތައް އެއްލަވާލައްވާފައި އެކަލޭގެފާނުންގެ أخ (هارون عليه السّلام ގެ) އިސްތަށިފުޅުގައި ހިއްޕަވާ އެކަލޭގެފާނުންގެ ގާތަށް ދަންމަވާލެއްވިއެވެ. އެކަލޭގެފާނު އެބަހީ هارون عليه السّلام ވިދާޅުވިއެވެ. އޭ މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން قوم ގެމީހުން އަހުރެން ނިކަމެތި މީހަކަށް ހަދައިލާ އަހުރެންގެ ބަސްނޭހިއެވެ. އެމީހުން އަހުރެން މަރާލަން ގާތްވިއެވެ. ފަހެ عداوة ތެރިން އަހުރެންނަށް عقوبة ދެއްވުމުން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިންގެތެރެއިން އަހުރެން ނުލައްވާށެވެ! مشرك ންނާއެކު އަހުރެން ނުލައްވާށެވެ!
7:151قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ ﴿151﴾قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ
Transliteration: Qala rabbi ighfir lee waliakhee waadkhilna fee rahmatika waanta arhamu alrrahimeena
Translation: އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ. މިއަޅާއަށާއި މިއަޅާގެ أخ އަށް ފާފަފުއްސަވާނދޭވެ! [އަދި އިބަރަސްކަލާނގެ رحمة ގެތެރެއަށް އަޅަމެން ވައްދަވައިދެއްވާނދޭވެ!] އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ބޮޑުވެގެންވާ ކަލާނގެއެވެ.
7:152إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ ﴿152﴾إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ
Transliteration: Inna allatheena ittakhathoo alAAijla sayanaluhum ghadabun min rabbihim wathillatun fee alhayati alddunya wakathalika najzee almuftareena
Translation: ހަމަކަށަވަރުން ޅަގެރިޔަށް އަޅުކަންކުރި މީސްތަކުންނަށް ނިކަންހުރެ އެމީހުންގެ رَبّ ގެ حضرة ން (ބޮޑުވެގެންވާ) ކޯފާއެއް ލިބޭހުއްޓެވެ. އަދި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި ނިކަމެތިކަން ޖެހޭހުއްޓެވެ. ދޮގުވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
7:153وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ ﴿153﴾وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ
Transliteration: Waallatheena AAamiloo alssayyiati thumma taboo min baAAdiha waamanoo inna rabbaka min baAAdiha laghafoorun raheemun
Translation: އަދި ނުބައިކަންތައްތައް ކުރި މީސްތަކުން (ދަންނައެވެ!) ދެން އެއަށްފަހު އެމީހުން توبة ވެ، އަދި އީމާންވެއްޖެއްޔާ - ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (ޅަގެރިޔަށް އަޅުކަންކުރި މީހުންވެސް ހަމަ އެފަދައެވެ.)
7:154وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ ﴿154﴾وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ
Transliteration: Walamma sakata AAan moosa alghadabu akhatha alalwaha wafee nuskhatiha hudan warahmatun lillatheena hum lirabbihim yarhaboona
Translation: އަދި موسى عليه السّلام ގެ އެކޯފާ ހަނުހިމޭންވެ މަޑުވިހިނދުން ފިލާކޮޅުތަކުގައި ހިއްޕަވައިފިއެވެ. އަދި އެފިލާކޮޅުތަކުގެ مَضْمُوْنُ ގައި (އޭގެ ލިއުއްވުމުގައި) އެބަޔަކު އެބަޔަކުގެ رَبّ އަށް ބިރުވެތިވާ ބަޔަކަށްވާ ތެދުމަގާއި رحمة ވެއެވެ.
7:155وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ ﴿155﴾وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ
Transliteration: Waikhtara moosa qawmahu sabAAeena rajulan limeeqatina falamma akhathathumu alrrajfatu qala rabbi law shita ahlaktahum min qablu waiyyaya atuhlikuna bima faAAala alssufahao minna in hiya illa fitnatuka tudillu biha man tashao watahdee man tashao anta waliyyuna faighfir lana wairhamna waanta khayru alghafireena
Translation: އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރެއްވުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ބަސްފުޅުތަކުގެ އަޑު އެމީހުންވެސް އަހާކަމުގައިވިއެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ ﷲ އަހުރެމެންނަށް ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.)\n(ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނެއް މަގުފުރައްދަވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفو ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ.
7:156وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ ﴿156﴾۞وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ
Transliteration: Waoktub lana fee hathihi alddunya hasanatan wafee alakhirati inna hudna ilayka qala AAathabee oseebu bihi man ashao warahmatee wasiAAat kulla shayin fasaaktubuha lillatheena yattaqoona wayutoona alzzakata waallatheena hum biayatina yuminoona
Translation: އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދޭވެ! އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمةލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ.
7:157ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَـٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴿157﴾ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَـٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Transliteration: Allatheena yattabiAAoona alrrasoola alnnabiyya alommiyya allathee yajidoonahu maktooban AAindahum fee alttawrati waalinjeeli yamuruhum bialmaAAroofi wayanhahum AAani almunkari wayuhillu lahumu alttayyibati wayuharrimu AAalayhimu alkhabaitha wayadaAAu AAanhum israhum waalaghlala allatee kanat AAalayhim faallatheena amanoo bihi waAAazzaroohu wanasaroohu waittabaAAoo alnnoora allathee onzila maAAahu olaika humu almuflihoona
Translation: އެމީހުންނަކީ رسول އާއަށް تبع ވާމީހުންނެވެ. އެ رسول އާ އެއީ أمِّىِّ نَبِى އެވެ. އެކަލޭގެފާނީ އެމީހުން ގެންގުޅޭ توراة އާއި إنجيل އާއި މިދެފޮތުގައި އެކަލޭގެފާނުންގެ ސިފަފުޅުތަކާއި خبر ތައް ލިޔެވިގެންވާ نَبِى އާއެވެ. އެއީ محمد ﷺ އެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވާނެއެވެ. އަދި منكراة ތައް މީސްތަކުންނަށް ނަހީކުރައްވާ މަނާކުރައްވާނެއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ރަނގަޅުތަކެތި حلال ކޮށްދެއްވާ އަދި ހަޑި މުޑުދާރުތަކެތި މީސްތަކުންނައް حرام ކުރައްވާނެއެވެ. އަދި (بني إسرائيل ންނަށް ކަނޑައެޅިފައިވާ ދަތިއުނދަގޫ) عهد ތައް މީސްތަކުންގެ ކިބައިން އެކަލޭގެފާނު ނަންގަވާ ލުއިކޮށްދެއްވާ އަދި ހަރުކަށި تكليف ތައް ދުރުކޮށްދެއްވާ ނެތިކުރައްވާނެއެވެ. ފަހެ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނަށް ގަދަރުކޮށް މާތްކޮށްހިތާ إحترام ކޮށް އަދި އެކަލޭގެފާނަށް نصر ދީ އަދި އެކަލޭގެފާނަށް ބާވައިލެއްވި نور ކަމުގައިވާ މާތް قرآن އަށް تبع ވެއްޖެ މީސްތަކުން (ދަންނައެވެ!) ކަނޑައެޅިގެން އެމީހުން އެއީކާމިޔާބުވެ ނަސީބުވެރިވާނޭ ބައެކަވެ.
7:158قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ ﴿158﴾قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ
Transliteration: Qul ya ayyuha alnnasu innee rasoolu Allahi ilaykum jameeAAan allathee lahu mulku alssamawati waalardi la ilaha illa huwa yuhyee wayumeetu faaminoo biAllahi warasoolihi alnnabiyyi alommiyyi allathee yuminu biAllahi wakalimatihi waittabiAAoohu laAAallakum tahtadoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ ކަލޭމެން އެންމެންގެ ގާތަށް ފޮނުއްވިގެންވާ ﷲ ގެ رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ މުޅި مِلْكُ ހުރިހާތަކެތި އެކަލާނގެއަށް خاصّ ވެގެންވާ ކަލާނގެއެވެ. އެކަލާނގެ ނޫން އެހެން إله އަކު ނުވެއެވެ. އެއްވެސް حقّ إله އަކު ނުވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ ތަކެތި މަރުއްވައެވެ. ފަހެ ކަލޭމެން ﷲ އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާއަށް އީމާންވާށެވެ! އެއީ أمِّىِّ نَبِى އާއެވެ. އަދި އެކަލޭގެފާނު ﷲ އާއި އެކަލާނގެ އެންމެހާ كَلِمَة ފުޅުތަކަށް އީމާންވެވަޑައިގަންނަވައެވެ. ތެދުކުރައްވައެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބޭތޯ ކަލޭމެން އެކަލޭގެފާނާއި تبع ވާށެވެ!
7:159وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ﴿159﴾وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ
Transliteration: Wamin qawmi moosa ommatun yahdoona bialhaqqi wabihi yaAAdiloona
Translation: އަދި موسى عليه السّلام ގެ قوم ގައި މީސްތަކުންނަށް حقّ އަށް މަގުދައްކާ أمّة އެއް ވެއެވެ. ބަޔަކުވެއެވެ. (އެ أمّة ގައި އެބަހީ بني إسرائيل ގައި ހުރިހާ މީހުން އެއްކަހަލައެއްނޫނެވެ. ރަނގަޅުމީހުން ވެއެވެ. މިއާޔަތުގައި އެވަނީ އެވާހަކައެވެ.) އެމީހުން حقّ ގޮތުގައި މީސްތަކުންގެ މެދުގައި عدل إنصاف قائم ކުރެއެވެ.
7:160وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ﴿160﴾وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
Transliteration: WaqattaAAnahumu ithnatay AAashrata asbatan omaman waawhayna ila moosa ithi istasqahu qawmuhu ani idrib biAAasaka alhajara fainbajasat minhu ithnata AAashrata AAaynan qad AAalima kullu onasin mashrabahum wathallalna AAalayhimu alghamama waanzalna AAalayhimu almanna waalssalwa kuloo min tayyibati ma razaqnakum wama thalamoona walakin kanoo anfusahum yathlimoona
Translation: އަދި ތިމަންރަސްކަލާނގެ އެބައިމީހުން އެބަހީ بني إسرائيل ން ބާރަ سِبْط އަށް ބައިކޮށް ވަކިވަކި ކޮށްލެއްވީމެވެ. (سِبْط އަކީ يعقوب عليه السّلام ގެ ބޭފުޅުންނަށް ކިޔާފައިވާ ނަމެކެވެ.) بني إسرائيل ގެ ތެރޭގައި سِبْط ހިމެނިފައިވާނީ قَبِيْلَة ގެގޮތުގައެވެ. އެއީ (12) ބާރަ ބޭފުޅުންނެވެ. ބާރަ قَبِيْلَة އެވެ. والله أعلم) = زُبْدَةُ التّفسير =\nއެއީ ބާރަ أمّة އެވެ. އެބައިމީހުން ފެނަށް ބޭނުންވީހިނދުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! (ދެންފަހެ އެކަލޭގެފާނު ޖެއްސެވުމުން) އެހިލަ ފަޅަފަޅައިގެންގޮސް ބާރަ އާރުގެ ފެން ދެމިގަނެއްޖެއެވެ. އަދި އެއިން ކޮންމެ ބަޔަކަށްވެސް އެބަޔަކު ފެންބޯންވީތަނެއް ހަމަކަށަވަރުން އެނގިއްޖެއެވެ. (އެއީ ކޮންމެ قَبِيْلَة އަކަށް އާރެއްގެގޮތުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ވިލާގަނޑުން ހިޔާކޮށްދެއްވީމެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި حلال ރަނގަޅު ރިޒުގުން ކަލޭމެން ކައިހަދާށެވެ! (ދެންފަހެ އެމީހުން ނުކިޔަމަންތެރިވެ އަނިޔާވެރިވީއެވެ.) އަދި އެކަމަކު އެމީހުން ތިމަންރަސްކަލާނގެއަށް އަނިޔާނުކުރެއެވެ. އަދި އެކަމަކު އެމީހުން އަނިޔާވެރިވީ އެމީހުންގެ އަމިއްލަ نفس ތަކަށެވެ.
7:161وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ ﴿161﴾وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ
Transliteration: Waith qeela lahumu oskunoo hathihi alqaryata wakuloo minha haythu shitum waqooloo hittatun waodkhuloo albaba sujjadan naghfir lakum khateeatikum sanazeedu almuhsineena
Translation: އަދި ކަލޭމެން މިރަށުގައި (بَيْتُ اْلمَقْدِسُ ގައި) ވަޒަންވެރިވާށޭ، އަދި ކަލޭމެން އެދޭގޮތަކަށް އެރަށުން ކައިބޮއިހަދާށޭ، އަދި އަޅަމެންގެ ފާފަފުއްސަވާންދޭ މިހެން ދަންނަވާށެވެ. އަދި ކިޔަމަންތެރިވެގެންވާ حال ރަށުގެ ދޮރުން ވަންނާށޭ، އޭރުން ތިމަންރަސްކަލާނގެ ކަލޭމެނަށް ފުއްސަވާނަމޭ އަދި إحسان ތެރިންނަށް އިތުރުކޮށްދޭ ހުށީމޭ މިފަދަ މިފަދައިން އެމީހުންނަށް ބުނެވުނުހިނދު (ހަނދާންކުރާށެވެ.)
7:162فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ ﴿162﴾فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ
Transliteration: Fabaddala allatheena thalamoo minhum qawlan ghayra allathee qeela lahum faarsalna AAalayhim rijzan mina alssamai bima kanoo yathlimoona
Translation: ދެންފަހެ އެމީހުންކުރެ އަނިޔާވެރިވީ މީހުން ދަންނައެވެ. އެމީހުން ބުނަން އެންގި ބަސް އެހެން ބަހަކަށް އެމީހުން ބަދަލުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން عذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން އަނިޔާވެރިވާކަމުގެ ސަބަބުންނެވެ.
7:163وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ ﴿163﴾وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ
Transliteration: Waisalhum AAani alqaryati allatee kanat hadirata albahri ith yaAAdoona fee alssabti ith tateehim heetanuhum yawma sabtihim shurraAAan wayawma la yasbitoona la tateehim kathalika nabloohum bima kanoo yafsuqoona
Translation: (އޭ رسول ﷲ އެވެ!) ކަނޑުގެ އައްސޭރީގައިވާ ރަށާއިމެދު ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވާ ބައްލަވާށެވެ! (بني إسرائيل ންނާ ސުވާލުކުރައްވާށެވެ!) އެއީ އެރަށުގެ މީހުން ހޮނިހިރުދުވަހަށް މާތްކޮށް ހިތުމުގެ މައްސަލައިގައި ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެހެނީ ހޮނިހިރުދުވަހު (ހޮނިހިރުދުވަހަށް މާތްކޮށް ހިތާހިނދު) މަސްތައް ފެންމައްޗަށް ފާޅުވެ ގާތަށް އާދެއެވެ. އަދި ހޮނިހިރުދުވަސް ދިއުމުން މަސްތައް ގާތަށް ނާދެއެވެ. ފާޅުނުވެއެވެ. ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން فاسق ވާކަމުގެ ސަބަބުންނެވެ.
7:164وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ ﴿164﴾وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ
Transliteration: Waith qalat ommatun minhum lima taAAithoona qawman Allahu muhlikuhum aw muAAaththibuhum AAathaban shadeedan qaloo maAAthiratan ila rabbikum walaAAallahum yattaqoona
Translation: އަދި ހޮނިހިހިރުދުވަހު ކެޔޮޅުކަންކުރުން އެމީހުންނަށް ވަނީ މަނާ ކުރެވިފައެވެ. އަދި އެމީހުންގެތެރެއިން ހެޔޮވިސްނޭ ރަނގަޅު މީހުން ކެޔޮޅުކަން ކުރިމީހުންނަށް އެކަންމަނާކޮށް ނަޞޭހަތް ދިނެވެ. އަދި މި ނަޞޭޙަތް ދިން މީހުންނަށް އަނެއްބަޔަކު ބުނީ "ﷲ އެބަޔަކު ހަލާކުކުރައްވާނޭ ބަޔަކަށް ދެން ކަލޭމެން وعظ ދީ نصيحة ދޭންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ﷲ އެބަޔަކަށް ގަދަވެގެންވާ عذاب ދެއްވާނެބަޔަކަށް ކަލޭމެން وعظ ދޭންވީ ކީއްކުރަންހެއްޔެވެ؟" އެމީހުން އޭގެ جواب ގައި ބުންޏެވެ. "އެއީ ކަލޭމެންގެ رَبّ ގެ حضرة ގައި عذر ދެއްކުމުގެގޮތުންނެވެ. (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ فرض އަދާކުރުމުގެ عذر ދެއްކުމަށެވެ.) އަދި އެނުބައި ކަންތައްތައްކުރާމީހުން އެބަހީ ހޮނިހިރު ދުވަހު ހައްދުފަހަނަޅައިގެންދާމީހުން އެކަންހުއްޓައި تقوى ވެރިވޭތޯއެވެ."
7:165فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ ﴿165﴾فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ
Transliteration: Falamma nasoo ma thukkiroo bihi anjayna allatheena yanhawna AAani alssooi waakhathna allatheena thalamoo biAAathabin baeesin bima kanoo yafsuqoona
Translation: ދެންފަހެ އެބައިމީހުންނަށް - އެބަހީ ހޮނިހިރުދުވަހުގެ حرمة ކަނޑާ ހައްދުފަހަނަޅައިގެންދިޔަ މީހުންނަށް - އެކަންކަމުން نصيحة ދެވި وعظ ދެވުނު ކަންތައް އެމީހުން ދޫނުކޮށް އަދި ހަނދާންނައްތައިލިހިނދުން (އެބަހީ وعظ ދިން މީހުންގެ وعظ ހަނދާންނައްތާލައި އެ އުރެދުމުގައި ދެމިތިބިހިނދުން) އެމީހުންގެ ކިބައިން އެކަން ނަހީކޮށް މަނާކުރިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިން އެބަހީ އެނުބައި ކަންތައްކުރިމީހުންނަށް ގަދަ عذاب އެއް ޖައްސަވައި ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. އެއީ އެމީހުންކުރާ ނުބައިކަންކަމުގެ ސަބަބުންނެވެ.
7:166فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ ﴿166﴾فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ
Transliteration: Falamma AAataw AAan ma nuhoo AAanhu qulna lahum koonoo qiradatan khasieena
Translation: ފަހެ އެމީހުންނަށް ނަހީވެވުނު ކަންތަކުގައި އެމީހުން މަނާނުވެ ދެމިތިބިހިނދުން ހައްދުފަހަނަޅައި ދިޔަހިނދުން ތިމަންރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ. ކަލޭމެން ގެއްލިހަލާކުވެ ނިކަމެތިވެގެންވާ ރާމާމަކުނުތަކަކަށްވާށެވެ! - ފަހެ ހޮނިހިރުދުވަހު މަސްހިފި يهودي ން ރާމާމަކުނުގެ ސިފަޔަށް ބަދަލުވެގެން ދިޔައީއެވެ.
7:167وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ ﴿167﴾وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ
Transliteration: Waith taaththana rabbuka layabAAathanna AAalayhim ila yawmi alqiyamati man yasoomuhum sooa alAAathabi inna rabbaka lasareeAAu alAAiqabi wainnahu laghafoorun raheemun
Translation: އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
7:168وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّـٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ ﴿168﴾وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّـٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ
Transliteration: WaqattaAAnahum fee alardi omaman minhumu alssalihoona waminhum doona thalika wabalawnahum bialhasanati waalssayyiati laAAallahum yarjiAAoona
Translation: އަދި ތިމަންރަސްކަލާނގެ އެމީހުން يعني: ބަނީއިސްރާއީލުން ބިމުގައި އެކިއެކި جماعة جماعة ށް ބައިބަޔަށް ވަކިވަކިކޮށްލެއްވީމެވެ. އެމީހުންގެތެރޭގައި صالح މާތްމީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެއަށްވުރެ ދަށްމީހުންވެއެވެ. އަދި އެކިއެކި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ފޮނުއްވައިގެން ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރެއްވީމުއެވެ. އެއީ އެމީހުން އެތިބި ނުބައިގޮތް ދޫކޮށް ހެޔޮމަގަށް އެނބުރި رجوع ވޭތޯއެވެ. (ހެޔޮކަންތައްތަކޭ ބުނެވުނު ބަހުގެ މާނައީ ދިރިއުޅުމުގެ ތަނަވަސްކަމާއި މުއްސަނދިކަމާއި އަމާންކަމެވެ. ނުބައިކަންތަކަކީ ދިރިއުޅުން ދަތިވުމާއި فقير ކަމާއި ދަތިގޮތްތައް މެދުވެރިވުމެވެ.)
7:169فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ﴿169﴾فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ
Transliteration: Fakhalafa min baAAdihim khalfun warithoo alkitaba yakhuthoona AAarada hatha aladna wayaqooloona sayughfaru lana wain yatihim AAaradun mithluhu yakhuthoohu alam yukhath AAalayhim meethaqu alkitabi an la yaqooloo AAala Allahi illa alhaqqa wadarasoo ma feehi waalddaru alakhiratu khayrun lillatheena yattaqoona afala taAAqiloona
Translation: ދެންފަހެ އެބައިމީހުންނަށްފަހު (އެބަހީ، ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރިމީހުނަށްފަހު) އެމީހުން ފޮތް ވާރުތަކުރި އެހެން ނުބައި ބައިގަނޑެއް އައެވެ. އެމީހުން މިއަވަސްވެގެންވާ ދުނިޔޭގެ ފައިދާކޮޅެއް ހިފަނީއެވެ. رِشْوة ހިފަނީއެވެ. (ފޮތުގެ حكم ތައް رِشْوة އަށްޓަކައި ބަދަލުކުރަނީއެވެ.) އަދި އެމީހުން ބުނީ ނިކަންހުރެ އަހުރެމެންނަށް ފުއްސެވޭނެއެވެ. ދެން އަދި އަލުންވެސް އެފަދަ އެހެން ފާފައެއް އަތުވެއްޖެއްޔާ އެހެން رِشْوة އެއް އަތުވެއްޖެއްޔާ އޭގައިވެސް ހިފަނީއެވެ. (އެވާހަކަ بقرة ސޫރަތުގެ 79 ވަނަ އާޔަތުގައިވެއެވެ. ތިމާމެންގެ އަތުން ފޮތްލިޔެފާ ބޭނުންގޮތަކަށް ބަދަލުކޮށް ބުނަނީ މިއީ ﷲ ބާވައިލެއްވި ގޮތްކަމަށެވެ. އެއީ ދުނިޔޭގެ ކުޑަފައިދާއަކަށްޓަކައި ހަދައިލާގޮތެކެވެ. އެފަދަމީހުންނަށް وَيل އެވެކިޔާ ގަދަ عذاب ހުރިކަމަށް އަންގަވާފައިވެއެވެ.)\nއެފަދަމީހުންގެ ފަރާތުން ފޮތުގެ مِيْثَاق ހިއްޕަވާފައި ނުވޭހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ. عهد ކަށަވަރު ހިއްޕަވާފައިވާނީ އެމީހުން ﷲ އާއިމެދު حقّ ބަހެއްނޫނީ ނުބުނާށެވެ. އަދި އެމީހުން އެފޮތުގައިވާތަކެތި دِرَاسَة ކޮށް / ސްޓަޑީކޮށްފައިވެއެވެ. (އެހެންވުމާއިއެކުވެސް އެމީހުން އެހެން އެހަދަނީއެވެ.) تقوى ވެރިވެ ﷲ އަށް ބިރުވެތިވާބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. - ކަލޭމެންނަށް ފަހެ އެކަން ނޭނގޭހެއްޔެވެ؟ އެކަމަށް ވިސްނާ فكر ނުކުރޭހެއްޔެވެ؟
7:170وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ ﴿170﴾وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ
Transliteration: Waallatheena yumassikoona bialkitabi waaqamoo alssalata inna la nudeeAAu ajra almusliheena
Translation: އަދި ފޮތުގައި ހިފައި އޭގައިވާގޮތަށް ރަނގަޅަށް عمل ކޮށް އަދި އެމީހުން ނަމާދު قائم ކޮށް ހެދިމީހުން، (އެއީ إصلاح ކުރިމީހުންނެވެ.) އަދި ހަމަކަށަވަރުން إصلاح ކުރާމީހުންގެ عمل ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.
7:171وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ﴿171﴾۞وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ
Transliteration: Waith nataqna aljabala fawqahum kaannahu thullatun wathannoo annahu waqiAAun bihim khuthoo ma ataynakum biquwwatin waothkuroo ma feehi laAAallakum tattaqoona
Translation: އަދި (طور) ފަރުބަދަ ހުރިތަނުން ލުހެލައި ތިމަންރަސްކަލާނގެ އެމީހުންގެ ބޯމައްޗަށް ހިއްލައިލީމެވެ. އޭތި ކޮންފަދަހެއްޔެވެ! އޭތި ހީވަނީ އެމީހުންގެ ބޯމައްޗަށް ހިޔާކުރާ ވިލާގަނޑެއްހެންނެވެ. އެމީހުންނަށް ހީވީ އެމީހުންގެމައްޗަށް ދެން ފަރުބަދަ ވެއްޓިދާނޭހެންނެވެ. (އެވަރުކޮށްފާ ދެން ތިމަންރަސްކަލާނގެ އެމީހުނަށް އެންގީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި އެތީގައި އެބަހީ ފޮތުގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އެފޮތުގައިވާގޮތަށް عمل ކުރާށެވެ! އަދި އޭގައިވާ އެއްޗެއް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން ބިރުވެތިވޭތޯއެވެ. تقوى ވެރިވޭތޯއެވެ. (بني إسرائيل ންގެ حال ހުންނަވަރަކީ މިހުރީއެވެ.)
7:172وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ ﴿172﴾وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ
Transliteration: Waith akhatha rabbuka min banee adama min thuhoorihim thurriyyatahum waashhadahum AAala anfusihim alastu birabbikum qaloo bala shahidna an taqooloo yawma alqiyamati inna kunna AAan hatha ghafileena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ آدم ގެދަރިން އެމީހުންގެ ބަފައިންގެ ބުރިކަށިތަކުގައިތިބި حال (އެމީހުން ނެރުއްވައި) އެމީހުން ލައްވައި ހެކިކުރުވިހިނދު (ހަނދުމަފަޅު ކުރައްވާށެވެ!) އެ އެންމެންނަށް وحي ކުރެއްވިއެވެ. ކަލޭމެންގެ رَبّ ކަމުގައި ތިމަންރަސްކަލާނގެ ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކޭ ތިޔައީ އަހުރެމެންގެ رَبّ އެވެ. (ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ.) އަހުރެމެން ހެކިވެއްޖައީމެވެ. އެގޮތަށް އެކަލާނގެ އެމީހުން ހެކިވެރިކުރުވީ އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. (އަދި މިއާޔަތުގެ މާނަ ބައެއް مفسّر ން އެހެންގޮތަކަށް ކުރައްވާފައިވެއެވެ. އެގޮތަކީ، آدم ގެދަރިން ﷲ ގެ ޙަޟްރަތުގައި، ތިޔައީ އަހުރެމެންގެ رَبّ އޭ ދެންނެވީމާ ملائكة ބޭކަލުން ވިދާޅުވިއެވެ. އަހުރެމެން ތިޔަކަމަށް ހެކިވެއްޖައީމެވެ. އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ މިހެން قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. މިދެގޮތަށްވެސް ترجمة ކުރެއްވިފައިވެއެވެ. والله أعلم)
7:173أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ ﴿173﴾أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ
Transliteration: Aw taqooloo innama ashraka abaona min qablu wakunna thurriyyatan min baAAdihim afatuhlikuna bima faAAala almubtiloona
Translation: ނުވަތަ ކަލޭމެން ބުނެފާނެތީއެވެ. (ކަލޭމެން ނުބުނުމަށްޓަކައެވެ.) ހަމަކަށަވަރުން شريك ކުރީ މީގެކުރީން އުޅުނު އަހުރެމެންގެ ކާބަފައިންނެވެ. އަހުރެމެންނަކީ އެމީހުންގެފަހުން އައި ދަރިފަސްކޮޅެކެވެ. (މިހެން ކަލޭމެން ބުނެފާނެއެވެ.) ފަހެ باطل ކަންތައް ކުރާމީހުން ކުރާކަންތަކުން އަޅަމެން ހަލާކުކުރައްވަނީތޯއެވެ.
7:174وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ ﴿174﴾وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ
Transliteration: Wakathalika nufassilu alayati walaAAallahum yarjiAAoona
Translation: އަދި ތިމަންރަސްކަލާނގެ އާޔަތް تفصيل ކޮށް بيان ކޮށްދެއްވަނީ އެމީހުން އެތިބިގޮތް ދޫކޮށް ހެޔޮމަގަށް رجوع ވޭތޯއެވެ.
7:175وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ ﴿175﴾وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ
Transliteration: Waotlu AAalayhim nabaa allathee ataynahu ayatina fainsalakha minha faatbaAAahu alshshaytanu fakana mina alghaweena
Translation: އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަކަށް ދެއްވި މީހާގެ ވާހަކަ ކަލޭގެފާނު އެމީހުންނަށް ވިދާޅުވެދެއްވާށެވެ! ދެންފަހެ އެމީހާ އެއާޔަތްތަކުން މުޅިން ވަކިވެ ނިގުޅިގަނެއްޖެއެވެ. ދެން އޭނާޔާ تبع ވީ شيطان އާއެވެ. ފަހެ އޭނާ ވީ މަގުފުރެދި ހަލާކުވީ މީހުންގެތެރެއިންނެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރާތްކުރައްވާ މީހަކީ بني إسرائيل ގެ މީހެއްކަމުގައިވިއެވެ. އޭނާގެ ނަމަކަށް ކިޔަނީ يَلعم ނުވަތަ بَلَعَام އެވެ. އޭނާއަށް ﷲ نبي ކަން ދެއްވިކަމުގައިވެސް ބުނެވުނެވެ. ނުވަތަ އޭނާއަށް إسم ﷲ الأعظم ދެއްވިކަމުގައިވެއެވެ. ނުވަތަ ﷲ ގެ حجّة ތަކާއި دليل ތަކެއް އޭނާޔަށް އަންގަވައިދެއްވިކަމުގައިވިއެވެ. ދެންފަހެ އޭނާ އެކަންތަކުން ދުރުވެގަނެ އެކަންކަމުން ބަރީއަވީކަމުގައިވިއެވެ. ދެން އޭނާ شيطان އަށް تبع ވެ ގެއްލި ހަލާކުވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވަނީ އެމީހަކީ أمَيّة بن أبى الصَّلتُ ކިޔާ މީހެއްކަމަށެވެ. މިވާހަކަތައް طبري ގެ تفسير ގައިވެސް ލިޔެވިގެންވެއެވެ. އެހެންނަމަވެސް އިތުބާރުކުރެވޭފަދަ صحّ ރިވާޔަތެއް ނުވާކަމުގައި أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. والله أعلم - ދެން އަނެއް އާޔަތުގައި އެމީހާއާއި ބެހޭގޮތުން އެއަންގަވަނީ.
7:176وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّـٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ ﴿176﴾وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّـٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ
Transliteration: Walaw shina larafaAAnahu biha walakinnahu akhlada ila alardi waittabaAAa hawahu famathaluhu kamathali alkalbi in tahmil AAalayhi yalhath aw tatrukhu yalhath thalika mathalu alqawmi allatheena kaththaboo biayatina faoqsusi alqasasa laAAallahum yatafakkaroona
Translation: އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ އޭނާ އެއާޔަތްތަކުގެ ސަބަބުން އުފުއްލަވައިފީހެވެ. މަތިވެރިކުރައްވައިފީހެވެ. އެހެނެއްކަމަކު އޭނާ ބިމަށް ލެނބިގަތީއެވެ. އެބަހީ ދުނިޔޭގެ حياة އަށް ލޯބިކުރީއެވެ. އަދި އޭނާގެ هواى نفس އާއި تبع ވީއެވެ. އޭނާގެ މިސާލަކީ ކުއްތާގެ މިސާލެވެ. އޭގެމައްޗަށް ބަރުކުރިއްޔާ ދޫނެރެގެން މާނޭވައިލައެވެ. އަދި ބަރުނުކޮށް ދޫކޮށްލާފައި އޮތަސް ދޫނެރެގެން މާނޭވައިލައެވެ. (އޭނާވެސް ﷲ ގެ وغظ އާއި نصيحة ލިބުނީމާވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އަދި ﷲ ގެ وعظ އާއި نصيحة ނުލިބޭއިރުވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އެހެންވެ އެގޮތުން مثال އެއްގޮތްވީއެވެ.) ދެން އެ އަންގަވަނީ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގު ކުރާމީހުންގެ مثال އަކީ އެއީއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް يعني: قوم ގެމީހުންނަށް ވާހަކަތައް ވިދާޅުވެދެއްވާށެވެ! އެއީ އެމީހުން ވިސްނާ فكر ކުރޭތޯއެވެ.
7:177سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ ﴿177﴾سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ
Transliteration: Saa mathalan alqawmu allatheena kaththaboo biayatina waanfusahum kanoo yathlimoona
Translation: ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުންގެ مثال އެއީ ނުބައިވެގެންވާ مثال އެކެވެ. އަދި އެމީހުންގެ نفس ތައް ނުބައިވެގެންވެއެވެ. އެމީހުންވީ އަނިޔާވެރިވާ ބަޔަކުކަމުގައެވެ.
7:178مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴿178﴾مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
Transliteration: Man yahdi Allahu fahuwa almuhtadee waman yudlil faolaika humu alkhasiroona
Translation: ﷲ އެމީހަކަށް ތެދުމަގުދެއްކެވި އަޅަކު (ދަންނައެވެ!) އެމީހަކީ އެއީ ތެދުމަގުގައި ވާނޭ މީހެކެވެ. ތެދުމަގު ލިބިގެންވާމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކު (ދަންނައެވެ!) ގެއްލި ހަލާކުވެގެންވާ ބަޔަކީ އެއީއެވެ.
7:179وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَـٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَـٰٓئِكَ هُمُ ٱلۡغَٰفِلُونَ ﴿179﴾وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَـٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَـٰٓئِكَ هُمُ ٱلۡغَٰفِلُونَ
Transliteration: Walaqad tharana lijahannama katheeran mina aljinni waalinsi lahum quloobun la yafqahoona biha walahum aAAyunun la yubsiroona biha walahum athanun la yasmaAAoona biha olaika kaalanAAami bal hum adallu olaika humu alghafiloona
Translation: އަދި ހަމަކަށަވަރުން ނަރަކައަށްޓަކައި ޖިންނީންނާއި އިންސާނުންކުރެ ގިނަބަޔަކު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުންނަށް ހިތްތަކެއްވެއެވެ. އެމީހުން އެހިތްތަކުން ﷲ ގެ އާޔަތްތަކަކަށް އެކަލާނގެ ކުޅަދުންވަންތަކަމަކަށް އެކަލާނގެ އެއްކައުވަންތަ ކަމަކަށް ވިސްނާ فكر ނުކުރެއެވެ. އަދި އެމީހުންނަށް ލޯތަކެއްވެއެވެ. އެމީހުން އެލޯތަކުން ﷲ ގެ قدرة ތެރިކަމުގެ دليل ތަކަށް ބަލާއެއަށް تدبير ކޮށް ނުހަދައެވެ. އަދި އެމީހުންނަށް ކަންފަތްތަކެއްވެއެވެ. އެމީހުން އެކަންފަތަކުން ﷲ ގެ ފޮތުގެ އާޔަތްތަކެއް ނުއަހައެވެ. އަހައި فكر ނުކުރެއެވެ. އެމީސްމީހުން ހަމަ نعم ސޫފިފަދައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ. އަދި غافل ވެގެންވާ ބަޔަކީ އެއީއެވެ.
7:180وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَـٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ ﴿180﴾وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَـٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ
Transliteration: Walillahi alasmao alhusna faodAAoohu biha watharoo allatheena yulhidoona fee asmaihi sayujzawna ma kanoo yaAAmaloona
Translation: އަދި އެންމެރަނގަޅުވެގެންވާ އެންމެ ރިވެތި ނަންފުޅުތައް ﷲ އަށްވެއެވެ. ފަހެ އެނަންފުޅުތަކުން އެކަލާނގެއަށް ކަލޭމެން دعاء ކޮށް ގޮވާހަދާށެވެ! އަދި އެކަލާނގެ ނަންފުޅުތަކުގައި إلْحَادُ ކުރާމީހުން ކަލޭމެން ދޫކޮށްލާށެވެ! (إلْحَادُ ކުރުމަކީ އެނަންފުޅުތައް ބަދަލުކޮށް ހެދުމެވެ. ނުވަތަ އެއިން ނުބައި مُرَاد ކުރުމެވެ. އަދިވެސް އެބާވަތުގެ އެންމެހައި ކަމެކެވެ.) ނިކަންހުރެ އެމީހުން އެކުރާކަމުގައިވީ ނުބައި عمل ތަކަށް އެމީހުންނަށް جزاء ލިބޭނެއެވެ.
7:181وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ﴿181﴾وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ
Transliteration: Wamimman khalaqna ommatun yahdoona bialhaqqi wabihi yaAAdiloona
Translation: އަދި ތިމަންރަސްކަލާނގެ ހެއްދެވި خلق ތަކުންގެ ތެރޭގައި حقّ އަށް ތެދުމަގު ލިބިގެންވާ ބަޔަކުވެއެވެ. އެމީހުން ތެދުމަގު ދައްކަނީވެސް حقّ އަށެވެ. އަދި އެ حقّ މަގުން އެމީހުން ނިޔާކޮށް عدل إنصاف ކުރެއެވެ.
7:182وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ﴿182﴾وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ
Transliteration: Waallatheena kaththaboo biayatina sanastadrijuhum min haythu la yaAAlamoona
Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުން (ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް ނޭނގޭގޮތަށް އެމީހުންނަށް ތަންވަޅުދީ مُهْلَةُ ދީފާ ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވާހުށީމެވެ.
7:183وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ﴿183﴾وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ
Transliteration: Waomlee lahum inna kaydee mateenun
Translation: ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَةُ ދެއްވާ ލަސްކުރަށްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ނުހަނު ގަދަފަދަވެގެންވެއެވެ.
7:184أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ ﴿184﴾أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ
Transliteration: Awalam yatafakkaroo ma bisahibihim min jinnatin in huwa illa natheerun mubeenun
Translation: އެމީހުން ފަހެ އެމީހުންގެ އެކުވެރިޔާއާމެދު (މާތް رسول އާއާއިމެދު) ވިސްނާ فكر ނުކުރޭހެއްޔެވެ؟ އެކަލޭގެފާނުންގެ ކިބައިގާ އެއްވެސް ޖިންނިބަލިކަމެއް / މޮޔަކަމެއް ނުވެއެވެ. އަދި بيان ވެގެންވާ ނުވަތަ بيان ކޮށްދޭ نَذِيْر އަކުކަމުގައިމެނުވީ، އެކަލޭގެފާނު ނުވެއެވެ.
7:185أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ﴿185﴾أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ
Transliteration: Awalam yanthuroo fee malakooti alssamawati waalardi wama khalaqa Allahu min shayin waan AAasa an yakoona qadi iqtaraba ajaluhum fabiayyi hadeethin baAAdahu yuminoona
Translation: އެމީހުން ފަހެ އުޑުތަކާއި ބިމުގައިވާތަކެއްޗަށް އަދި އެތަންތާނގެ ވެރިކަމަށް ބަލާ فكر ކޮށް ނުހަދަނީބާވައެވެ؟ އަދި ﷲ ހައްދަވާފައި އެންމެހާތަކެއްޗަށާއި (ބަލާ ވިސްނާ ނުހަދާބާވައެވެ.) އަދި ހަމަކަށަވަރުން އެމީހުންގެ أجل ގާތްވެގެންވުން އެކަށީގެންވެއެވެ. ގާތްވެގެންވެދާނެއެވެ. އެމީހުން ފަހެ މި ކީރިތި قرآن އަށްފަހު (އެބަހީ: قرآن އަށް އީމާންނުވެ) ދެން އެމީހުން އީމާންވާނީ ކޮންވާހަކައަކަށް ބާވައެވެ؟
7:186مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ﴿186﴾مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ
Transliteration: Man yudlili Allahu fala hadiya lahu wayatharuhum fee tughyanihim yaAAmahoona
Translation: ﷲ މަގުފުރައްދަވާއަޅަކު (ދަންނައެވެ!) އޭނާއަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ. އަދި އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގައި ދެފުށުއެޅޭ حال އެކަލާނގެ އެމީހުން ދޫކުރައްވައެވެ.
7:187يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿187﴾يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
Transliteration: Yasaloonaka AAani alssaAAati ayyana mursaha qul innama AAilmuha AAinda rabbee la yujalleeha liwaqtiha illa huwa thaqulat fee alssamawati waalardi la tateekum illa baghtatan yasaloonaka kaannaka hafiyyun AAanha qul innama AAilmuha AAinda Allahi walakinna akthara alnnasi la yaAAlamoona
Translation: އަދި قيامة ވާނީ ކޮންއިރަކުންތޯ އަހައި ކަލޭގެފާނާ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ އެނގުންވަނީ ހަމަކަށަވަރުން ﷲ ގެ حضرة ގައެވެ. (ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.) އޭގެ އެނގުންވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ގައެވެ. އެކަންވުމުގެ މަގު އެކަލާނގެއަށް މެނުވީ ހަމައެކަކަށްވެސް އެކަލާނގެ ނާންގަވައެވެ. (ކިތަންމެ ކުއްތަން މަލާއިކަތްބޭކަލަކަށްވިޔަސް އަދި މާތްވެގެންވާ رسول އަކަށް نبي އަކަށްވެސް ނާންގަވައެވެ.) އުޑުތަކާއި ބިމުގެ أهل ވެރިންނަށް އެކަން އެނގުން ބަރުވެގެންވެއެވެ. ބޮޑުވެގެންވެއެވެ. ކަލޭމެންނަށް ހަމަކުއްލިއަކަށްމެނުވީ قيامة ނާންނާނެއެވެ. އެބަހީ قيامة އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުން يعني: مشرك ން ކަލޭގެފާނާ އެކަމާބެހޭގޮތުން ސުވާލުކުރަނީއެވެ. ކަލޭގެފާނު އެކަންދެނެހުރި މީހަކުފަދައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަންކަށަވަރީ އެކަމުގެ އެނގުންވާކަންކަށަވަރީ - ﷲ ގެ حضرة ގައެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް ނޭނގެއެވެ.
7:188قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ ﴿188﴾قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Qul la amliku linafsee nafAAan wala darran illa ma shaa Allahu walaw kuntu aAAlamu alghayba laistakthartu mina alkhayri wama massaniya alssooo in ana illa natheerun wabasheerun liqawmin yuminoona
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި އެއްޗެއްމެނުވީ (އަދި ކަމެއްމެނުވީ) އަހުރެންގެ އަމިއްލަ نفس އަށް އެއްވެސް مَنْفَعَ އެއްވިޔަސް އަދި ނުވަތަ ގެއްލުމެއް އުނދަގުލެއްވިޔަސް އަހުރެންނަށް މިލްކުވެގެން ނުވެއެވެ. އަދި އަހުރެންނަށް غيب އެނގޭނަމަ ހަމަކަށަވަރުންވެސް ހެޔޮކަންތައްކުރުން ގިނަކުރީމުހެވެ. އަދި ނުބައިކަމެއް އަހުރެންގެ ގައިގާ ނުބީހުނީހެވެ. އަދި އަހުރެންނަކީ ނަރަކައިގެ خبر ތަކުން ބިރުވެރިކަމުގެ خبر ދެއްވާ (އަދި ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާނޭމީހަކު ކަމުގައިމެނުވީ ނުވެއެވެ. އެއީ إيمان ވާ ބަޔަކަށެވެ.
7:189هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴿189﴾۞هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ
Transliteration: Huwa allathee khalaqakum min nafsin wahidatin wajaAAala minha zawjaha liyaskuna ilayha falamma taghashshaha hamalat hamlan khafeefan famarrat bihi falamma athqalat daAAawa Allaha rabbahuma lain ataytana salihan lanakoonanna mina alshshakireena
Translation: އެކަލާނގެއީ ކަލޭމެން ހަމައެންމެ نفس އަކުން ހެއްދެވި ކަލާނގެއެވެ. އެއީ (آدم عليه السّلام އެވެ.) އަދި އެކަލާނގެ އެ نفس ން އެ نفس ގެ އަނބި حوّى ގެފާނު ހެއްދެވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާގެފަރާޕުޅު ން ހަމަޖެހުމާއި އަރާމުލިބިވަޑައިގަތުމަށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާ ނިވައިކުރެއްވިހިނދުން (އެބަހީ އެކަމަނާއާއި جِمَاع ވެވަޑައިގެންނެވުމުން ބަލިވެއިނުމުގެ (އާލާސްވެ އިންނެވުމުގެ) އަސަރު ލުއިލުއިގޮތަކަށް ފާޅުވެއްޖެއެވެ. ދެންފަހެ އެކަމަނާގެ رَحِمُ ގައި އެކަން ދެމިހުރެއްޖެއެވެ. ދެން އެކަމަނާއަށް ބަލިވެއިނުން ބަރުވުމުން (ދަރިފުޅުބޮޑުވިހިނދުން) އެދެކަނބަލުން ﷲ އަށް دعاء ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅަމެނަށް صالح ދަރިކަލަކު ދެއްވައިފިއްޔާ ހަމަކަށަވަރުންވެސް شكر ކުރާ އަޅުންގެ ތެރެއިން އަޅަމެންވާހުށީމެވެ.
7:190فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ﴿190﴾فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ
Transliteration: Falamma atahuma salihan jaAAala lahu shurakaa feema atahuma fataAAala Allahu AAamma yushrikoona
Translation: ދެންފަހެ އެކަލާނގެ އެދެކަނބަލުންނަށް صالح ދަރިކަލަކު ދެއްވިހިނދުން އެދެކަނބަލުން އެކަލާނގެއަށް شريك ންތައްލައިފިއެވެ. (ރިވާވެގެންވަނީ: شريك ލެއްވީ ނަމުގައެވެ. އެ ވިހެއި ދަރިކަލުންނަށް ނަންދެއްވީ عبد الحَرث ކަމުގައިވިއެވެ. އެއީ شيطان ގެ ވަސްވާސްދެއްވުމުގެ ނަތީޖާއެއްގެގޮތުންނެވެ. - الحَرث އެއީ ﷲ ގެ ނަންފުޅެއްނޫނެވެ. އެއީ شيطان ގެ ނަމެވެ. މިވާހަކަ أبو جعفر الطَّبرى ގެ تفسير ގައްޔާއި އަދި އެހެނިހެން تفسير ތަކުގައި އެކިގޮތްގޮތަށް ބަޔާންކުރެވިފައިވެއެވެ. والله أعلم) ފަހެ އެމީހުން އެ شريك ކުރާތަކެތީން އެބަހީ مشرك ން شريك ކުރާތަކެތިފިޔަވައި އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.
7:191أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ ﴿191﴾أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ
Transliteration: Ayushrikoona ma la yakhluqu shayan wahum yukhlaqoona
Translation: އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ.
7:192وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ ﴿192﴾وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ
Transliteration: Wala yastateeAAoona lahum nasran wala anfusahum yansuroona
Translation: އަދި އެމީހުންނަށް نصر އެއްދިނުމަށްވެސް - (އެބަހީ އެބުދުތަކަށް އަޅުކަންކުރާމީހުންނަށް އެއްވެސް نصر އެއް ދިނުމަށްވެސް) އެތަކެއްޗަކަށް (އެބުދުތަކަކަށް) ކުޅަދާނަ ނުވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށްވެސް ކުޅަދާނަވެގެން ނުވެއެވެ.
7:193وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ ﴿193﴾وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ
Transliteration: Wain tadAAoohum ila alhuda la yattabiAAookum sawaon AAalaykum adaAAawtumoohum am antum samitoona
Translation: (އޭ މީސްތަކުންނޭވެ!) ކަލޭމެން އެމީހުންނަށް ތެދުމަގުގެ ފަރާތަށް ގޮވާ دعوة ދިނަސް އެފަދަމީހުން ކަލޭމެނާ تبع ނުވާނެއެވެ. ކަލޭމެން އެމީހުންނަށް دعوة ދިނުމެކޭ ނުވަތަ دعوة ނުދީ ހަމަހިމޭނުން ތިބުމެކޭ ހަމަހަމައެވެ. (އެމީހުން ހެޔޮމަގަށް ނާންނާނެއެވެ.)
7:194إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ ﴿194﴾إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ
Transliteration: Inna allatheena tadAAoona min dooni Allahi AAibadun amthalukum faodAAoohum falyastajeeboo lakum in kuntum sadiqeena
Translation: (އޭ مشرك ންނޭވެ!) ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ގޮވާތިޔަ دعاء ކުރާތަކެއްޗަކީ ހަމަ ކަލޭމެންކަހަލަ އަޅުންނެވެ. (مخلوق ންނެވެ.) ކަލޭމެން އެތަކެއްޗަށްގޮވާ دعاء ކޮށް އަދި އިޖާބަކޮށްދިނުމަށް އެދޭށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ! އެތަކެތިން އެއްވެސް منفع އެއް އަދި ގެއްލުމެއްވޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.)
7:195أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ ﴿195﴾أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ
Transliteration: Alahum arjulun yamshoona biha am lahum aydin yabtishoona biha am lahum aAAyunun yubsiroona biha am lahum athanun yasmaAAoona biha quli odAAoo shurakaakum thumma keedooni fala tunthirooni
Translation: (އޭ މިތިބަ مشرك ންނޭވެ! ބުދަށް އަޅުކަންކުރާ މީހުންނޭވެ!) އެތަކެއްޗަށް (އެބަހީ އެބުދުތަކަށް) އެތަކެތި ހިނގާފައިދާނެ ފައިތަކެއް ވޭހެއްޔެވެ؟ (އެބަހީ ހިނގާނެ ފައިތަކެއް ނުވެއެވެ.) ނުވަތަ އެތަކެތި އެއްޗެތީގައި ހިފާނެ އަތްތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތީގައި ހިފާނެ އަތެއް ނުވެއެވެ.) އަދި އެތަކެއްޗަށް އެލޯތަކުން ބަލާނޭ ލޯތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތި ބަލާކަހަލަ ލޮލެއް ނުވެއެވެ.) ނުވަތަ އެތަކެއްޗަށް އެކަންފަތްތަކުން އަޑުއަހާނެ ކަންފަތްތަކެއް ވޭހެއްޔެވެ؟ (އެބަހީ އަޑުއިވޭ ކަންފަތެއް ނުވެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން مشرك ންނޭވެ!) ކަލޭމެން ކަލޭމެންގެ شريك ންތަކަށް ގޮވާ دعاء ކުރާށެވެ! (އަދި ކަލޭމެންނާ އެތަކެއްޗާވެގެން) އަހުރެންނަށް ރޭވުމެއް ރާވާ مكر އެއް ހަދާށެވެ! އަދި އަހުރެންނަށް އެއްވެސް فرصة އެއް، އަދި ތަންވަޅެއްވެސް ނުދީބަލާށެވެ! (އެތަކެއްޗަށް މިއިން އެއްވެސްކަމެއް ވާނީއެއްނޫނެވެ. އެހެނީ އެއީ جَمَاد އެއްޗެތި ތަކެކެވެ. منفع އެއްދިނުމެއް ގެއްލުމެއް ދިނުމެއް مِلْكُ ވެގެން ނުވެއެވެ. އެވަރުންވެސް ކަލޭމެން އެތަކެއްޗަށް އަޅުކަންކުރަނީހެއްޔެވެ؟)
7:196إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ ﴿196﴾إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ
Transliteration: Inna waliyyiya Allahu allathee nazzala alkitaba wahuwa yatawalla alssaliheena
Translation: އަދި އަހުރެންގެ ސަހަރޯވެރިއަކީ ﷲ އެވެ. އެކަލާނގެއީ ފޮތް ބާވައިލައްވާ ކަލާނގެއެވެ. އަދި އެމީހެއްގެ عمل ތައް صلح ވެގެންވާ صالح މާތްމީހުންނަށް އެކަލާނގެ ސަހަރޯވެރިވެވޮޑިގަންނަވައެވެ. (އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ.)
7:197وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ ﴿197﴾وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ
Transliteration: Waallatheena tadAAoona min doonihi la yastateeAAoona nasrakum wala anfusahum yansuroona
Translation: އަދި އެކަލާނގެ ފިޔަވައި ކަލޭމެން ތިޔަގޮވާ دعاء ކުރާތަކެތި ދަންނައެވެ! ކަލޭމެނަށް نصر އެއް ދޭކަށް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. ނުވެސްވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر ދޭންވެސް ކުޅަދާނަ ނުވެއެވެ. (ދެން އެކަލާނގެއާއި އެތަކެއްޗާއި ހަމަހަމަކޮށް އެތަކެއްޗަށް އަޅުކަންކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟)
7:198وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ ﴿198﴾وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ
Transliteration: Wain tadAAoohum ila alhuda la yasmaAAoo watarahum yanthuroona ilayka wahum la yubsiroona
Translation: އަދި (އޭ مشرك ންނޭވެ!) ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތެދުމަގުގެ ފަރާތަށް ކަލޭމެން ގޮވިނަމަވެސް އެތަކެތި އެއަޑު ނުއަހާނެއެވެ. އަދި ކަލޭ އެތަކެތި ދެކޭނީ / ނުވަތަ އެތަކެތި ފެންނާނީ ކަލެއް ބަލާގޮތަށެވެ. ހީވާނީ ބަލާހެންނެވެ. އެކަމަކު އެތަކެއްޗަކަށް ނުފެންނާނެއެވެ.
7:199خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ ﴿199﴾خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ
Transliteration: Khuthi alAAafwa wamur bialAAurfi waaAArid AAani aljahileena
Translation: (އޭ رسول ﷲ އެވެ!) ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! عفوކުރައްވާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރައްވާށެވެ! އަދި ޖާހިލުންގެފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! (އޭގެ މާނައީ އޭ رسول ﷲ އެވެ!) ކަލޭގެފާނާ ގުޅުންކެނޑިފައިވާ މީހަކަށްނަމަ ގުޅުން ބަދަހިކުރައްވާށެވެ! އަދި އެމީހަކަށް އެތިކޮޅުދިނުން ކަނޑާފައިވާ މީހާއަށް އެތިކޮޅުދޭށެވެ! އަދި ކަލޭގެފާނަށް އަނިޔާކުރި މީހާއަށް عفو ކުރައްވާށެވެ. މިއެވެ. والله أعلم) = تفسير الطّبرى =
7:200وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ ﴿200﴾وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ
Transliteration: Waimma yanzaghannaka mina alshshaytani nazghun faistaAAith biAllahi innahu sameeAAun AAaleemun
Translation: އަދި ކަނޑައެޅިގެން شيطان އާގެފަރާތުން ކަލޭގެފާނަށް ވަސްވާހެއްކޮށް ކަލޭގެފާނު ކޯފާކުރުވަންޏާ ކަލޭގެފާނު ﷲ ގެ حضرة ން ވާގިއެދިވަޑައިގެން حماية އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
7:201إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَـٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ ﴿201﴾إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَـٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ
Transliteration: Inna allatheena ittaqaw itha massahum taifun mina alshshaytani tathakkaroo faitha hum mubsiroona
Translation: ހަމަކަށަވަރުން تقوى ވެރިވީމީހުންނަށް شيطان އާގެފަރާތުން ވަސްވާހެއް ނުވަތަ ބޭކާރު خيال އެއް އައިސް މަގުންނެއްޓޭއިރަށް އެމީހުން ﷲ ގެ ހައިބަވަންތަކަމާއި އެކަލާނގެ ނަހީތައް ހަނދާންވެ އެކުރެވޭ ނުބައިކަމެއް ހުއްޓާލާފާނެއެވެ.
7:202وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ ﴿202﴾وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ
Transliteration: Waikhwanuhum yamuddoonahum fee alghayyi thumma la yuqsiroona
Translation: އަދި އެ شيطان އާގެ أخ ންތައް (އެބަހީ شيطان އާގެބަހަށް ހެއްލި އޭނާޔާ تبع ވާމީހުން) އެ شيطان ން އެސޮރުމެންގެ أخ ން މަގުފުރެދުމުގެތެރޭގައި ދަމަހައްޓުވާނެއެވެ. ދެން އެބައިމީހުން އެކަން ހުއްޓައިނުލައި ނުބައި ކަންތައް ދަމަހައްޓާނެއެވެ. ކުރިޔަށް ގެންދާނެއެވެ.
7:203وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ ﴿203﴾وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ
Transliteration: Waitha lam tatihim biayatin qaloo lawla ijtabaytaha qul innama attabiAAu ma yooha ilayya min rabbee hatha basairu min rabbikum wahudan warahmatun liqawmin yuminoona
Translation: އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް އެބަހީ: مشرك ންގެ ގާތަށް އާޔަތަކައިގެން ވަޑައިނުގެންފިއްޔާ (އެބަހީ އާޔަތް ބާވައިލެއްވުން ލަސްވެއްޖެއްޔާ) އެމީހުން ބުނާނެއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އާޔަތެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ (އާޔަތެއް އަމިއްލަފުޅަށް ހެއްދެވިނަމައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން تبع ވާކަންކަށަވަރީ އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް ބާވައިލެއްވޭ وحي އާއެވެ. މި قرآن މިއީ ކަލޭމެންގެ ربّ ގެ حضرة ން އައިސްފައިވާ دليل ތަކެކެވެ. حجّة ތަކެކެވެ. އަދި އީމާންވާބަޔަކަށްވާ ތެދުމަގަކާއި رحمة އެކެވެ.
7:204وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ ﴿204﴾وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ
Transliteration: Waitha quria alquranu faistamiAAoo lahu waansitoo laAAallakum turhamoona
Translation: އަދި قرآن ކިޔެވެންޏާ ކަލޭމެން އެޔަށްކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.
7:205وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ ﴿205﴾وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ
Transliteration: Waothkur rabbaka fee nafsika tadarruAAan wakheefatan wadoona aljahri mina alqawli bialghuduwwi waalasali wala takun mina alghafileena
Translation: އަދި ކަލޭގެފާނު އަމިއްލަ نفس ފުޅަށް تواضع ވެރިކަމާއި މަޑުމޮޅިކަމާއި ބިރުވެތިކަމާއިއެކު ކަލޭގެފާނުންގެ ربّ ހަނދުމަންކުރައްވާށެވެ! ﷲ ގެ ذِكر ކުރައްށެވެ! އަދި ދުލުން دعاء ކުރައްވާއިރުވެސް އަޑުބާރުނޫންކޮށް ހެނދުނާ ހަވީރު دعاء ކުރައްވާ ذِكر ކުރައްވާށެވެ! އަދި غافل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (ދަންނައެވެ! މިފަދަ ކޮންމެ مخاطب އަކީ أمّة ގެ އެންމެންނަށްވާ مخاطب އެކެވެ.)
7:206إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩ ﴿206﴾إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩
Transliteration: Inna allatheena AAinda rabbika la yastakbiroona AAan AAibadatihi wayusabbihoonahu walahu yasjudoona
Translation: ހަމަކަށަވަރުން ކަލޭގެފާނުގެ ربّ ގެ حضرة ގައިވާ ބޭކަލުން (މަލާއިކަތްބޭކަލުން) އެކަލާނގެއަށް އަޅުކަންކުރެއްވުމަކަށް ބޮޑާވެ ކިބުރުވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ ހަމަ އެކަލާނގެއަށެވެ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download