quranm◉

Surah Al-Jinn transliteration

◉ ސޫރަ · ∞

72:1

قُلۡ أُوحِيَ إِلَيَّ أَنَّهُ ٱسۡتَمَعَ نَفَرٞ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبٗا ﴿1﴾

Transliteration: Qul oohiya ilayya annahu istamaAAa nafarun mina aljinni faqaloo inna samiAAna quranan AAajaban

Translation: (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޖިންނިންގެޖަމާޢަތެއްގެބަޔަކު (ތިމަންކަލޭގެފާނުޤުރްއާން ކިޔެވިއަޑު) އަހައިފިކަމުގައި ތިމަންކަލޭގެފާނަށް وَحِي އިއްވެވިއްޖެއެވެ. އެބަހީ الله ތިމަންކަލޭގެފާނަށް އަންގަވައިފިއެވެ. އަދިއެމީހުން قُرْآن ގެ އަޑުއަހައިފާ އެމީހުންގެ ޤައުމަށްގޮސް ބުންޏެވެ. އޭއަހުރެމެންގެ ޤައުމުގެމީހުންނޭވެ، ހަމަކަށަވަރުން عَجَائِبُ ވާފަދަ قُرْآن އެއް ނުވަތަ عَجَائِبُ ވާފަދަބަސްތަކެއް އަހުރެމެން އަހައިފީމެވެ.

72:2

يَهۡدِيٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدٗا ﴿2﴾

Transliteration: Yahdee ila alrrushdi faamanna bihi walan nushrika birabbina ahadan

Translation: އެ قُرْآن މަގުދައްކަނީ ސީދާ ޙައްޤު ތެދުމަގަށެވެ. އެހެންވެ އަހުރެމެން އެ قُرْآن އަށް އީމާންވެއްޖައީމެވެ. (އެއީ ﷲ ގެ حَضْرَةُ ންބާވައިލައްވާފައިވާ ޙައްޤު ފޮތެއްކަމުގައި ތެދުކޮށްފީމެވެ.) އަދި އަހުރެމެން އަހުރެމެންގެ رَبُّ އަށް ހަމަ އެއްގޮތަކަށްވެސް ޝަރީކު ނުކުރާހުށީމެވެ.

72:3

وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةٗ وَلَا وَلَدٗا ﴿3﴾

Transliteration: Waannahu taAAala jaddu rabbina ma ittakhatha sahibatan wala waladan

Translation: އަދި ހަމަކަށަވަރުން އަހުރެމެންގެ رَبُّ ގެ މާތްކަމާއި އެކަލާނގެ عَظَمَة މަތިވެރިވެ އުފުލިގެންވެއެވެ. އަދި އެކަލާނގެ އެއްވެސް އަނބިކަނބަލަކު ވިޔަސް އަދި ދަރިކަލަކުވިޔަސް ނުހިއްޕަވައެވެ. (އެއިން އެއްވެސް ފަރާތެއް އިޚްތިޔާރު ނުކުރައްވައެވެ. އެއީ އެކަލާނގެއަށް އެއްވެސް شَرِيك އަކުނުވާ އެއްކައުވަންތަކަލާނގެ އެވެ.

72:4

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطٗا ﴿4﴾

Transliteration: Waannahu kana yaqoolu safeehuna AAala Allahi shatatan

Translation: އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައިވާ ބޯ ހަމަނުޖެހޭ ޖާހިލުން الله އާއި މެދު ދޮގު އަދި އަނިޔާވެރި ބަސްތަށް ބުނަނީއެވެ. އެކަލާނގެ އަށް شَرِيك ންތަށް ލަނީއެވެ.

72:5

وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبٗا ﴿5﴾

Transliteration: Waanna thananna an lan taqoola alinsu waaljinnu AAala Allahi kathiban

Translation: އަދި ހަމަކަށަވަރުން އަހުރެމެން ހީކުރީ އިންސާނަކުވެސް އަދި ޖިންނިއަކުވެސް ﷲ ގެ މައްޗަށް ދޮގެއްނަހަދާނެކަމަށެވެ.

72:6

وَأَنَّهُۥ كَانَ رِجَالٞ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٖ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقٗا ﴿6﴾

Transliteration: Waannahu kana rijalun mina alinsi yaAAoothoona birijalin mina aljinni fazadoohum rahaqan

Translation: އަދި ހަމަކަށަވަރުން ޖިންނިންގެ ބައެއްފިރިހެނުންގެކިބައިން ރައްކާތެރިކަމާއި حِمَايَة އެދޭކަމުގައިވި ބައެއްމީހުން އިންސާނުންގެތެރޭގައި ވާކަމުގައިވެއެވެ. އަދި އެކަމުގެސަބަބުން އެޖިންނިތަކަށް ބޮޑާކަމާއި ފާފަވެރިކަން އިތުރުވެއެވެ. އަދިއެއިންސާނުންނަށް ބިރުވެރިކަން އިތުރުކޮށްދެއެވެ.

72:7

وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدٗا ﴿7﴾

Transliteration: Waannahum thannoo kama thanantum an lan yabAAatha Allahu ahadan

Translation: އަދި އެއިންސާނުންވެސް ހީކުރީ ކަލޭމެން ޖިންނިންވެސް ހަމަތިޔަހީކުރި ގޮތަށެވެ. އެއީ الله تَعَالَى އެއްވެސް އާދަމުގެދަރިއަކު ރަސޫލުކަމާއިގެން ނުފޮނުއްވާކަމަށެވެ.

72:8

وَأَنَّا لَمَسۡنَا ٱلسَّمَآءَ فَوَجَدۡنَٰهَا مُلِئَتۡ حَرَسٗا شَدِيدٗا وَشُهُبٗا ﴿8﴾

Transliteration: Waanna lamasna alssamaa fawajadnaha muliat harasan shadeedan washuhuban

Translation: އަދި ހަމަކަށަވަރުން އުޑުގެ ޚަބަރުތައް ހޯދުމަށް ކުރިއެކޭވެސް އެއްފަދައިން އަހުރެމެން ދިޔައީމުއެވެ. ނަމަވެސް އަހުރެމެންނަށް މިހާރު އެއުޑުފެނުނީ ގަދަފަދަވެގެންވާ މަލާއިކަތްބޭކަލުން އެތަންރައްކާތެރި ކުރުމަށްޓަކައި ފޯރިމެރުމަށް އެތާގައި ފުރިގެންވަނިކޮށެވެ. އަދި އެތަނުން ޚަބަރު ސާފުކުރަންދާ ޖިންނިންނަށްވާ ގިނިހިލައެވެ.

72:9

وَأَنَّا كُنَّا نَقۡعُدُ مِنۡهَا مَقَٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأٓنَ يَجِدۡ لَهُۥ شِهَابٗا رَّصَدٗا ﴿9﴾

Transliteration: Waanna kunna naqAAudu minha maqaAAida lilssamAAi faman yastamiAAi alana yajid lahu shihaban rasadan

Translation: އަދި ހަމަކަށަވަރުން މީގެކުރީގައި ޚަބަރު އެހުމަށްޓަކައި އުޑުގެތަންތާގައި އަހުރެމެން އިށީންދެ ތިބޭކަމުގައިވީމުއެވެ. އެހެންނަމަވެސް މިހާރު އެއިންތާކު ޚަބަރު އެހުމުގެ ޤަސްދުގައި އިށީންނަންދާމީހަކަށް ދިމާވާނީ ސީދާކުރެވޭ ގިނިހިލައެކެވެ. (ޚަބަރެއް އެހުމުގެކުރިން އެގިނިހިލައިންޖެހި އެދާޖިންނިއެއް ހަލާކުވެދެއެވެ.)

72:10

وَأَنَّا لَا نَدۡرِيٓ أَشَرٌّ أُرِيدَ بِمَن فِي ٱلۡأَرۡضِ أَمۡ أَرَادَ بِهِمۡ رَبُّهُمۡ رَشَدٗا ﴿10﴾

Transliteration: Waanna la nadree asharrun oreeda biman fee alardi am arada bihim rabbuhum rashadan

Translation: އަދި ބިމުގެ އަހުލުވެރިންނަށް އެމީހުންގެ رَبُّ އެދިވޮޑިގަންނަވަނީ ނުބައެއްކަމެއް އަދި ނުވަތަ އެކަލާނގެ އެމީހުންނަށްޓަކައި އެދިވޮޑިގަންނަވަނީ ތެދުމަގެއްކަމެއް ނުވަތަ ހެވެއްކަމެއް އަހުރެމެންނަކަށްނޭގެއެވެ. (ކޮންމެއަކަސް އެތާގެ ކަންތައް މިހުރީ އިހުނާތަފާތުގޮތަކަށެވެ.)

72:11

وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٰلِكَۖ كُنَّا طَرَآئِقَ قِدَدٗا ﴿11﴾

Transliteration: Waanna minna alssalihoona waminna doona thalika kunna taraiqa qidadan

Translation: އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި صَالِحُ މާތްމީހުންވެއެވެ. އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި އެއަށްވުރެދަށްމީހުންވެއެވެ. (މިއީ ހައްތާވެސް ޖިންނީންގެމީހުން އެމީހުންގެމީހުންނަށްކިޔައިދޭވާހަކައެވެ. އަދި ބުނެއެވެ.) އަހުރެމެންވީ ތަފާތުވެގެންވާ. ޖަމާޢަތްތަކަކަށެވެ. ބައިބަޔަށެވެ. އެބަހީ އަހުރެމެންވީ ތަފާތު فِرْقَة ތަކަކަށެވެ.

72:12

وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِي ٱلۡأَرۡضِ وَلَن نُّعۡجِزَهُۥ هَرَبٗا ﴿12﴾

Transliteration: Wanna thananna an lan nuAAjiza Allaha fee alardi walan nuAAjizahu haraban

Translation: އަދިހަމަކަށަވަރުން އަހުރެމެން ޔަޤީންކުރީ އަދި އަހުރެމެންނަށް އެނގުނީ ބިންމަތީގައިވެސް އަހުރެމެންނަށް الله ނުކުޅައްދައި ނުލެވޭނެކަމެވެ. އަދިއެކަލާނގެއަށް އަތުނުވާން ފިލަންގޮސްގެންވެސް އެކަލާނގެ ނުކުޅައްދައިނުލެވޭނެކަމެވެ. އެކަލާނގެއަށް އަތުނުވާން ފިލައިގެން ނުދެވޭނެކަމެވެ.

72:13

وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسٗا وَلَا رَهَقٗا ﴿13﴾

Transliteration: Waanna lamma samiAAna alhuda amanna bihi faman yumin birabbihi fala yakhafu bakhsan wala rahaqan

Translation: އަދިހަމަކަށަވަރުން އަހުރެމެންނަށް ތެދުމަގު އަޑުއިވުމުން އެތެދުމަގުއެއީ ﷲ ގެ حَضْرَةُ ންވާތެދުމަގެއް ކަމުގައި އަހުރެމެން ޤަބޫލުކޮށް ތެދުކޮށްފީމެވެ. ފަހެ އެމީހަކު އެމީހަކުގެ رَبُّ އަށް އީމާންވެއްޖެމީހާ ދަންނައެވެ. ފަހެ އެނާ އޭނާގެ ދަރުމަ އުނިވެދާނޭކަމަށް ބިރުނުގަންނާނެއެވެ. އަދި އޭނާގެ ނުބައިތައް ގިނަވެ އަނިޔާއެއް ލިބިދާނޭކަމުގެވެސް އެއްވެސްބިރެއްނެތެވެ. އެންމެތަންފުކެއްވެސް ތަފާތުނުވާނެއެވެ.

72:14

وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَـٰٓئِكَ تَحَرَّوۡاْ رَشَدٗا ﴿14﴾

Transliteration: Waanna minna almuslimoona waminna alqasitoona faman aslama faolaika taharraw rashadan

Translation: އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި (اللهއަށާއި އެކަލާނގެ ރަސޫލާއަށް) ކިޔަމަންތެރި މުސްލިމުންވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައި އަނިޔާވެރި ނުބައިމީހުންވެސްވެއެވެ. އަދިއެމީހަކު އީމާންވެ ކިޔަމަންތެރިވެއްޖެމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުން ޙައްޤުހޯދުމުގައި ގަދައަޅައި މަސައްކަތް ކޮށްފިއެވެ.

72:15

وَأَمَّا ٱلۡقَٰسِطُونَ فَكَانُواْ لِجَهَنَّمَ حَطَبٗا ﴿15﴾

Transliteration: Waama alqasitoona fakanoo lijahannama hataban

Translation: އަދި އަނިޔާވެރި ނުބައިމީހުން ދަންނައެވެ. = ފަހެ އެމީހުންވީ ނަރަކަޔަށްވާ ދަރުކަމުގައެވެ.

72:16

وَأَلَّوِ ٱسۡتَقَٰمُواْ عَلَى ٱلطَّرِيقَةِ لَأَسۡقَيۡنَٰهُم مَّآءً غَدَقٗا ﴿16﴾

Transliteration: Waallawi istaqamoo AAala alttareeqati laasqaynahum maan ghadaqan

Translation: (الله وَحِي ކުރެއްވިއެވެ.) އަދިއެމީހުން އިސްލާމުދީނުގައި (ސީދާތެދުމަގުގައި) ޤާއިމުވެތިބިނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށްގިނަފެން ބޯންދެއްވީހެވެ.

72:17

لِّنَفۡتِنَهُمۡ فِيهِۚ وَمَن يُعۡرِضۡ عَن ذِكۡرِ رَبِّهِۦ يَسۡلُكۡهُ عَذَابٗا صَعَدٗا ﴿17﴾

Transliteration: Linaftinahum feehi waman yuAArid AAan thikri rabbihi yaslukhu AAathaban saAAadan

Translation: އެއީ އެ نِعْمَةُގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން إِمْتِحَانُ ކުރެއްވުމަށްޓަކައެވެ. އެމީހުންގެތެރެއިން الله އަށް ޝުކުރު ކުރަނީ ކޮންބައެއްތޯ ނުވަތަ ޝުކުރު ނުކުރަނީކޮންބައެއްތޯ (މިކަންކަން الله ދެނެވޮޑިގެންވާކަންދެއްކުމަށްޓަކައެވެ.) އަދި އެމީހާގެ رَبُّ ގެޒިކްރުން އެމީހަކު މޫނުއަބުނރައިލައިފިމީހާ ދަންނައެވެ. އުދަގޫވެގެންވާ ޢަޒާބަކަށް އެކަލާނގެ އެމީހާވައްދަވާނެއެވެ.

72:18

وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا ﴿18﴾

Transliteration: Waanna almasajida lillahi fala tadAAoo maAAa Allahi ahadan

Translation: އަދި ހަމަކަށަވަރުން މިސްކިތްތައް خَاصَّ ވެގެންވަނީ الله އަށެވެ. ފަހެ ކަލޭގެފާނު الله އާއިއެކު ހަމައެކަކަށްވެސް ގޮވާނުހައްދަވާށެވެ. ހަމައެކަކަށްވެސް އަޅުކަންނުކުރައްވާށެވެ. ހަމައެކަކުވެސް އެކަލާނގެއާއި އެކު ބައިވެރިނުކުރައްވާށެވެ.

72:19

وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدٗا ﴿19﴾

Transliteration: Waannahu lamma qama AAabdu Allahi yadAAoohu kadoo yakoonoona AAalayhi libadan

Translation: އަދި ހަމަކަށަވަރުން ﷲ ގެއަޅާ مُحَمَّدٌ ﷺ ތެދުވެވަޑައިގެން (بَطْنُ نَخْلَة އެވެކިއުނުތާގައި) ނަމާދުފުޅު ކުރައްވައި دُعَاء ކުރައްވަން ހުންނެވި ވަގުތު. (އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުއެހުމަށް އެކަލޭގެފާނުންގެ އަރިހަށް އައި ޖިންނިތައް އައިސް ގައިގޯޅިވެ އެކަތިއަނެކަތީގެމައްޗަށް އަރައި ތިބިއިރު އެޖިންނިތައް ހީވަނީ ރާނާފައިވާ ފާރެއްހެންނެވެ.)

72:20

قُلۡ إِنَّمَآ أَدۡعُواْ رَبِّي وَلَآ أُشۡرِكُ بِهِۦٓ أَحَدٗا ﴿20﴾

Transliteration: Qul innama adAAoo rabbee wala oshriku bihi ahadan

Translation: (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ނަމާދުކޮށް دُعَاء ކުރާކަން ކަށަވަރީ ތިމަންކަލޭގެފާނުންގެ رَبُّ އަށެވެ. އަދިއެކަލާނގެއާއި ތިމަންކަލޭގެފާނުން ޝަރީކު ނުކުރާހުށީމެވެ. ހަމައެކަކުވެސް ބަވެރިނުކުރާހުށީމެވެ.

72:21

قُلۡ إِنِّي لَآ أَمۡلِكُ لَكُمۡ ضَرّٗا وَلَا رَشَدٗا ﴿21﴾

Transliteration: Qul innee la amliku lakum darran wala rashadan

Translation: (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް ގެއްލުމެއްދިނުމަކަށްވެސް އަދިނުވަތަ ކަލޭމެނަށް ހެވެއްހޯދައިދިނުމަކަށްވެސް (ކަލޭމެން މަގުފުރެއްދުމަށްވެސް އަދިނުވަތަ ކަލޭމެނަށް ތެދުމަގު ދެއްކެވުމަށްވެސް މިއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް މިލްކުވެގެންނުވެއެވެ. އެކަންކަމުގެ އެއްވެސް إخْتِيَارُ އެއްތިމަންކަލޭގެފާނަށް ލިބިގެންނުވެއެވެ. އެއީ ހައްތާވެސް ﷲ ގެބާރުގެދަށުގައިވާކަންކަމެވެ.

72:22

قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا ﴿22﴾

Transliteration: Qul innee lan yujeeranee mina Allahi ahadun walan ajida min doonihi multahadan

Translation: އަދި ކަލޭގެފާނުން ވިދާޅުވާށެވެ! ﷲގެ حَضْرَةُ ން އަތުވެދާނޭ ޢަޒާބަކުން ތިމަންކަލޭގެފަނު ސަލާމަތްކޮށްދޭނޭ ހަމައެކަކުވެސް الله ފިޔަވައި ތިމަންކަލޭގެފަނަކަށްނުވެއެވެ.

72:23

إِلَّا بَلَٰغٗا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ﴿23﴾

Transliteration: Illa balaghan mina Allahi warisalatihi waman yaAAsi Allaha warasoolahu fainna lahu nara jahannama khalideena feeha abadan

Translation: ހަމައެކަނި ﷲގެ حَضْرَةُ ންވާ އެކަލާނގެ އަމުރުފުޅުތަކާއި އަދި ރަސޫލުކަން ކަލޭމެނަށް އިއްވައިދެއްވުން މެނުވީ ތިމަންކަލޭގެފާނަށްމިލްކުވެގެންނުވެއެވެ. އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާއަށް ހުރީ ނަރަކައިގެ އަލިފާނެވެ. ދާއިމީގޮތެއްގައި އެނާ އެތާ ދެމިހުން ގޮތަށެވެ.

72:24

حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرٗا وَأَقَلُّ عَدَدٗا ﴿24﴾

Transliteration: Hatta itha raaw ma yooAAadoona fasayaAAlamoona man adAAafu nasiran waaqallu AAadadan

Translation: ފަހެ އެކާފަރުންނާއި އެމުޝްރިކުން އެމީހުންނަށްވަޢްދުވެވިގެންވާ ޢަޒާބު އެމީހުންނަށްފެނި އަދިއެޢަޒާބު އަތުވެއްޖައުމަށްދާންދެން އެމީހުންއެގޮތުގައި ދެމިތިބޭނެއެވެ. އަދި އެޢަޒާބު އެމީހުންނަށްފެނުނީމާ نَصْرُ ވެރިން ނިކަމެތިވެ މަދުވެގެންވަނީ ކޮންބައެއްކަން އެމީހުންނަށް އެގިދާނެއެވެ. نَصْرُ ވެރިން ނިކަމެތިވެ އަދިމަދުވެގެންވަނީ އެމީހުންނަށްތޯ ނުވަތަ މުއުމިނަށްތޯ މިކަންކަން އެމީހުންނަށް އެގިދާނެއެވެ.

72:25

قُلۡ إِنۡ أَدۡرِيٓ أَقَرِيبٞ مَّا تُوعَدُونَ أَمۡ يَجۡعَلُ لَهُۥ رَبِّيٓ أَمَدًا ﴿25﴾

Transliteration: Qul in adree aqareebun ma tooAAadoona am yajAAalu lahu rabbee amadan

Translation: (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެންނަށްوَعْدُ ވެވިގެންވާއެތި (عَذَابُ) ގާތްވެގެންވާކަމެއް ނުވަތަ އެ (عَذَابُ) އައުމަށް ތިމަންކަލޭގެފާނުންގެ رَبُّ ވަކި މުއްދަތެއް ލައްވާފައި ވާކަމެއް ވެސް ތިމަންކަލޭގެފާނަކަށް އެގިވަޑައިގެން ނުވެއެވެ.

72:26

عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا ﴿26﴾

Transliteration: AAalimu alghaybi fala yuthhiru AAala ghaybihi ahadan

Translation: އެކަލާނގެއީ غَيْبُ ތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ غَيْبُ ހަމަ އެކަކަށްވެސް އެކަލާނގެ ފައުޅު ނުކުރައްވައެވެ.

72:27

إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٖ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدٗا ﴿27﴾

Transliteration: Illa mani irtada min rasoolin fainnahu yasluku min bayni yadayhi wamin khalfihi rasadan

Translation: އެހެންނަމަވެސް އެކަލާނގެ ފޮނުއްވާ ރަސޫލުބޭކަލުންކުރެ ބޭކަލަކަށްމެނުވީއެވެ. (އެބަހީ އެކަލާނގެ غَيْبُ ގެތެރެއިން އެކަލާނގެ ފައުޅުކުރައްވަން އިރާދަކުރެއްވިމިންވަރެއް އެކަލާނގެ އިރާދަކުރެއްވި ބޭކަލަކަށް ފައުޅުކުރައްވައެވެ. އެއީ މަލާއިކަތްބޭކަލެއްނަމަވެސް އަދި ނުވަތަ އާދަމުގެދަރިއެއްނަމަވެސް ހަމަހަމައެވެ.) ދެންފަހެ އެރަސޫލުބޭކަލެއްގެ ކުރިމަތީގައްޔާއި އަދި ފަހަތުގައި އެބޭކަލަކު ރައްކާތެރިކުރެއްވުމަށް ފާރަވެރިއަކު އެކަލާނގެ ލައްވައެވެ. އެއީ غَيْبُ ގެތެރެއަށް شَيْطَانُއާ ގަދަވެގަތަ ނުދިނުމަށްޓަކައެވެ.

72:28

لِّيَعۡلَمَ أَن قَدۡ أَبۡلَغُواْ رِسَٰلَٰتِ رَبِّهِمۡ وَأَحَاطَ بِمَا لَدَيۡهِمۡ وَأَحۡصَىٰ كُلَّ شَيۡءٍ عَدَدَۢا ﴿28﴾

Transliteration: LiyaAAlama an qad ablaghoo risalati rabbihim waahata bima ladayhim waahsa kulla shayin AAadadan

Translation: އެފަދައިން އެކަލާނގެ އެހައްދަވަނީ އެރަސޫލުން އެބޭކަލުންގެ رَبُّ ގެ ރަސޫލުކަން އިއްވެވިކަން ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. އަދިއެބޭކަލުންގެ ހުރިހާކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިހުރިހާކަމެއް އެކަލާނގެ ހިސާބުކުރައްވައި ޢަދަދު ކުރައްވައެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download