ސޫރަ Al-Ahzab 33:13
وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا ﴿١٣﴾
◉
ތަރުޖަމާ
އަދި އޭގެތެރެއިން އެއް ޖަމާޢަތެއްގެ މީހުން ބުންޏެވެ. އޭމަދީނާގެ އަހުލުވެރިންނޭވެ! ކަލޭމެނަށް އެތާ އެ ޚަންދަޤުގެ ކައިރިން އެއްވެސް ޖާގައެއްނެތެވެ. ކަލޭމެން އަވަހަށް އެނބުރި މަދީނާގެ ކަލޭމެންގެ ގެތަކަށް ދާށެވެ. އަދި އަނެއްބަޔަކު (އެނބުރި ދިއުމަށްޓަކައި) ނަބިއްޔާގެ އަރިހުން އިޒުނަ އެދެނީއެވެ. އެމީހުން ބުނަނީއެވެ. އަހުރެމެންގެ ގެތަކުގައި އެއްވެސް ނިވަޔެއް ނެތި ބަލިކަށިވެގެން ވެއެވެ. (އެތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހަކު ނެތެވެ. އެހެންވެ އަހުރެމެން އެތަނަށްދާން ބޭނުންނުވެއެވެ.) އޭގެ ޖަވާބުގައި ﷲ އެއަންގަވަނީ އެމީހުންގެ ގެތަށް ހާވެފައި އެހާބަލިކަށްޓެއްނޫންކަމެވެ. (އެމީހުންގެ އެވާހަކައިން) ހަމަފިލައިގެން ދިއުންނޫނީ ނޭދެއެވެ.