ސޫރަ Al-Ahzab 33:16
قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا ﴿١٦﴾
◉
ތަރުޖަމާ
(އޭ رسول الله އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ކަލޭމެން މަރާ ފިލަން ދިއުމަކުން ނުވަތަ ޤަތުލުވުމުން ފިލަންދިއުމަކުން ކަލޭމެނަށް އެއްވެސް މަންފާއެއްނެތެވެ. ފިލަންގޮސްގެންވެސް ދާދިކުޑަ ދުވަސްކޮޅަކުމެނުވީ ކަލޭމެން ދުނިޔޭގައި މަޖާކޮށް އަރާމުކޮށް ނޫޅޭނެއެވެ. އެއީ ކަލޭމެނަށް ކަޑައެޅިފައިވާ އަޖަލު ހަމަވާންދެނެވެ.