quranm◉

ސޫރަ Al-Ahzab 33:20

يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا ﴿٢٠﴾

◉

ތަރުޖަމާ

އަދި އެމުނާފިގުންގެ މީހުން (އެމީހުންގެ ހުރި ފިނޑިކަމާއި ބިރުވެރިކަމުން) ހީކުރަނީ އަދިވެސް أحزاب ހަނގުރާމައިގެ لشكر ތައް އެނބުރި ނުދާކަމަށެވެ. އަދި ހަނގުރާމައިގެ لشكر ތައް ހަނގުރާމަޔަށް އަތުވެއްޖެއްޔާއި بادية ގައި (މީހުންނާއި ދުރުގައި) ބީރައްޓެހި ހިސާބުގައި أعراب ންނާއިއެކުގައިވުމަށް ހަމަކަށަވަރުން އެމުނާފިގުންގެ މީހުން އެދޭނެއެވެ. ދެން އެ ހިސާބު ދުރުގައި ތިބެގެން ކަލޭމެންގެ خبر ތައް (ހަނގުރާމައިގެ خبر ތައް) މީހުން ކުރެން އަހައި ހަދާނެއެވެ. އަދި މުނާފިގުން ކަލޭމެންނާއިއެކު ކަލޭމެންގެ ތެރޭގައި ތިބިނަމަވެސް ދާދި މަދުން މެނުވީ އެމީހުން ހަނގުރާމަ ނުކުރާނެއެވެ.
— Abu Bakr Ibrahim Ali (Bakurube)

◉ ސޫރަ · ∞