quranm◉

ޞަފްޙާ 424

Range
from 33:44 to 33:50
Surahs covered
ތަރުޖަމާ
7 ތަރުޖަމާ

◉

33:44

تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا ﴿44﴾

އަދި އެމީހުން - އެބަހީ مُؤمِنން އެކަލާނގެއާއި ބައްދަލުވާ ދުވަހުގެ تَحِيَّة އަކީ سلام އެވެ. (ﷲ تَعَا لى އެންމެހައި مُؤمِنންނަށް سلام وَحِي ކުރައްވައި އެންމެހައި ބިރުތަކުން ސަލާމަތް ވެގެންވާކަމުގެ خَبَرُ ދެއްވާނެކަމުގައިވެއެވެ. والله أعلم.) އަދި އެކަލާނގެ އެމީހުންޓަކައި މާތްވެގެންވާ ދަރުމައެއް ތައްޔާރުކުރެއްވިއެވެ. (އެއީ ސުވަރުގެއާއި އެތާނގެ نعمة ތަކެވެ.

33:45

يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ﴿45﴾

އޭ نبيއާއެވެ! (ﷺ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމައިގެން މިފޮނުއްވީ ހެކިވެވަޑައި ގަންނަވާ ބޭކަލަކުކަމުގައްޔާއި އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (އެކަލޭގެފާނު ހެކި ދެއްވާނީ އެކަލޭގެފާނުންގެ أمة ގެ ތެރެއިން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް إيمان ވި ކޮންމެ މީހަކަށެވެ. އަދި އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ކާފަރުވި ކޮންމެ މީހެއްގެ މައްޗަށެވެ. އެބަހީ އެމީހަކާއި އިދިކޮޅަށެވެ.)

33:46

وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا ﴿46﴾

އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ﷲ ގެ އަޅުތަކުންނަށް توحيد ގެ މަގަށާއި إيمان ކަމާއި ދެންވެސް دين އަށް ގޮވާލައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި އަލިކުރާ ބައްތިއެއްކަމުގައެވެ. (އެއީ މަގުފުރެދުމާ جاهل ކަމުގެ އަނދިރިކަމަށް އަލިކޮށްދޭ هَادِىއެއްގެ ގޮތުގައެވެ.)

33:47

وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا ﴿47﴾

އަދި مؤمن ތަކުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ މާތްކަމެއްވާ ކަމުގައި ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ.

33:48

وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا ﴿48﴾

(އޭ رسول الله އެވެ!) އަދި ކާފަރުތަކުންނާއި منافق ންނަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ. އަދި އެމީހުންގެ ފަރާތުން އަންނަ އުނދަގޫތަކަށް އަޅައިނުލާށެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާށެވެ. އަދި الله އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް އިތުބާރުކުރައްވާށެވެ! އަދި وكيل ކުރެވޭ ފަރާތެއްކަމުގައި الله ފުދި ވޮޑިގެންވެއެވެ.

33:49

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا ﴿49﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި އެބަހީ - ކައިވެނި عقد ކޮށްފައި - އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. عدة ހަމަކުރުމެއްނެތެވެ. ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ.

33:50

يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿50﴾

އޭ نبي އާއެވެ! (ﷺ) (1) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. (2) އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ. (3) އަދިކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ ކަލޭގެފާނު އެ ދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. (4) އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.\nމިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ.