106:1لِإِيلَٰفِ قُرَيۡشٍ ﴿1﴾لِإِيلَٰفِ قُرَيۡشٍ
Transliteration: Lieelafi qurayshin
Translation: قريش ންނާއި މެދު ﷲ ބެހެއްޓެވި އޯގާވަންތަވެރިކަމުގެ ސަބަބުން އެބަހީ އެ ބޮޑު ނިޢްމަތުގެ ސަބަބުން އެކަމުގެ ޝުކުރެއްގެ ގޮތުން އެމީހުން ﷲ އަށް އަޅުކަން ކުރާ ހުށިކަމެވެ. މިއާޔަތްމިވަނީ ތިންވަނަ އާޔަތާއި ގުޅިފައެވެ. ދެވަނަ އާޔަތުގައި އެވަނީ އެމީހުންނަށް ބެހެއްޓެވި އޯގާވަންތަކަމަށް އިޝާރާތް ކުރަށްވާފައެވެ. އެއީ
106:2إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ ﴿2﴾إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ
Transliteration: Eelafihim rihlata alshshitai waalssayfi
Translation: އެމީހުން ކުރާ ފިނި މޫސުމުގެ ވިޔަފާރި ދަތުރާއި ހޫނު މޫސުމުގެ ވިޔަފާރި ދަތުރެވެ. ފިނި މޫސުމުގައި ޔަމަނު ކަރައަށެވެ. ހޫނު މޫސުމުގައި ޝާމު ކަރައަށެވެ. މި ދެ ދަތުރުގައިވެސް އަމާންކަމާއެކު ދަތުރު ކުރެވޭނެ ގޮތް ލެއްވެވިއެވެ. ދަތުރު ކޮށްފައި އަންނައިރުވެސް އެމީހުންނަށް އެއްވެސް ބަޔަކު ގޯނާ ނުކުރެއެވެ. އެއީ މައްކާގައިވާ ﷲ ގެ ޙަރަމްގެ އަހްލުވެރިން ކަމުގައިވާތީއެވެ. އެންމެން އެމީހުންނަށް އިޙްތިރާމް ކުރެއެވެ.
106:3فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ ﴿3﴾فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ
Transliteration: FalyaAAbudoo rabba hatha albayti
Translation: ފަހެ (މިބޮޑު ނިޢްމަތައްޓަކައި ވެސް) އެމީހުން މި ގެފުޅުގެ ވެރި رب އަށް އަޅުކަން ކުރާ ހުށިކަމެވެ.
106:4ٱلَّذِيٓ أَطۡعَمَهُم مِّن جُوعٖ وَءَامَنَهُم مِّنۡ خَوۡفِۭ ﴿4﴾ٱلَّذِيٓ أَطۡعَمَهُم مِّن جُوعٖ وَءَامَنَهُم مِّنۡ خَوۡفِۭ
Transliteration: Allathee atAAamahum min jooAAin waamanahum min khawfin
Translation: އެކަލާނގެއީ ބަނޑުހައި ހޫނުކަމުން އެމީހުން ދުރު ކުރަށްވައި ކާންދެއްވި ކަލާނގެއެވެ. އަދި ބިރުވެރި ކަމުން އެމީހުންނަށް އަމާންކަން ދެއްވި ކަލާނގެއެވެ. ދަންނައެވެ. قريش ންނަށް ދެމޫސުމުގައި ދަތުރު ކުރެވޭ ގޮތް ހަމަޖެހިފައި އޮތުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުން އެމީހުން ސަލާމަތް ވިއެވެ. އަދި ﷲގެ ޙަރަމްފުޅު ހުރުމުގެ ސަބަބުން އެމީހުންނަށް އަމާންކަން ލިބިގެން ދިޔައެވެ. މިއީ އެއްވެސް އެހެން ބަޔަކަށް ލިބިފައިވާ ނިޢްމަތެއް ނޫނެވެ. އަދި މިނޫންވެސް އެހެން އެތައް ނިޢްމަތެއްގެ ސަބަބުން އެމީހުން ޚާއްޞަ ވެއެވެ. والله أعلم.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download