quranm◉

Surah Saba transliteration

◉ ސޫރަ · ∞

34:1

ٱلۡحَمۡدُ لِلَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَلَهُ ٱلۡحَمۡدُ فِي ٱلۡأٓخِرَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ﴿1﴾

Transliteration: Alhamdu lillahi allathee lahu ma fee alssamawati wama fee alardi walahu alhamdu fee alakhirati wahuwa alhakeemu alkhabeeru

Translation: އެންމެހައި حَمْد އާއި تَعْرِيف އާއި ثَنَاء އެއް حَقّ ވެގެންވަނީ ހަމަ ﷲއަށެވެ. އެކަލާނގެއީ އުޑުތަކުގައްޔާއި އަދި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް مِلْكވެ خَاصّ ވެގެންވާ ކަލާނގެއެވެ. އަދި آخِرَة ގައިވެސް حَمْدُ އާއި ثَنَاء ހުރީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެއީ ދެދުނިޔޭގެ ކަންތައްތަށް ފުރިހަމަކުރެއްވީ حِكْمَة ވަންތަ އަދި އަޅުތަކުންގެ އެންމެހައި ކަންތައްތަށް ދެނެވޮޑިގެންވާ ޚަބަރުތަކުގެވެރި ކަލާނގެއެވެ.

34:2

يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۚ وَهُوَ ٱلرَّحِيمُ ٱلۡغَفُورُ ﴿2﴾

Transliteration: YaAAlamu ma yaliju fee alardi wama yakhruju minha wama yanzilu mina alssamai wama yaAAruju feeha wahuwa alrraheemu alghafooru

Translation: ބިމަށްވަދެގެންދާ އެންމެހައި ތަކެއްޗާއި އަދި އެތަނުން ނުކުންނަ އެންމެހައި ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. (ބިމަށްވަންނަ ތަކެއްޗަކީ ވާރޭގެފެންތިކިތަކާއި خَزَانَة ތަކާއި މަރުވެގެން ވަޅުލެވޭ އެންމެހައި مَيِّتންނާއި ދެންވެސް އެންމެހައި ތަކެއްޗެވެ. އަދި އެތަނުން ނުކުންނަ ތަކެއްޗަކީ ގަސްގަހާގެއްސާއި ދަނޑުގޮވާމުގެ އޮށްޓަރުތަކާއި حَيَوَان އާއި ދެންވެސް އެންމެހައި ތަކެއްޗެވެ.) އަދި އުޑުންބާވައިލައްވާ ތަކެއްޗާއި އަދި އުޑަށް އަރައިގެންދާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އުޑުން ފައިބާތަކެއްޗަކީ ވާރޭފެނާއި ގަޑުފެނާއި ބަރަކާތްތަކާއި عَذَاب އާއި ހޮނުގުގުރިއާއި مَلائِكَة ބޭކަލުންނާއި ދެންވެސް ބައެއްތަކެއްޗެވެ. އަދި އުޑަށްއަރައިގެންދާ ތަކެއްޗަކީ مَلائِكَة ބޭކަލުންނާއި އަޅުތަކުންގެ عَمَل ތަކާއި ދެންވެސް ބައެއްތަކެއްޗެވެ....) އަދި އެކަލާނގެއީ އަޅުތަކުންނަށް رَحْمَة ލެއްވުން ބޮޑުވެގެންވާ އަދިގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

34:3

وَقَالَ ٱلَّذِينَ كَفَرُواْ لَا تَأۡتِينَا ٱلسَّاعَةُۖ قُلۡ بَلَىٰ وَرَبِّي لَتَأۡتِيَنَّكُمۡ عَٰلِمِ ٱلۡغَيۡبِۖ لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ وَلَآ أَكۡبَرُ إِلَّا فِي كِتَٰبٖ مُّبِينٖ ﴿3﴾

Transliteration: Waqala allatheena kafaroo la tateena alssaAAatu qul bala warabbee latatiyannakum AAalimi alghaybi la yaAAzubu AAanhu mithqalu tharratin fee alssamawati wala fee alardi wala asgharu min thalika wala akbaru illa fee kitabin mubeenin

Translation: އަދި ކާފަރުވީ މީސްތަކުންބުނެވެ. އަހުރެމެންނަކަށް قِيَامَة އެއްނާންނާނެއެވެ. ދެވަނަފަހަރަށް އަހުރެމެން ދެންނުދިރޭނެއެވެ. އޭ رَسُولُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ތިމަންކަލޭގެފާނުންގެ رَبّ ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ކަލޭމެންނަށް قِيَامَة ވާނެއެވެ. މަރުވުމަށްފަހު ދެވަނަ ފަހަރަށް ދިރިގެން عَمَل ތަކަށްޖަޒާ ދެއްވޭނެއެވެ. އަދި އެކަލާނގެއީ އެންމެހައި غَيْبُ ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ކަލޭމެންގެ عَمَل ތަކުގެ ތެރެއިން) އެންމެ އެއްޗެއްވެސް އެކަލާނގެއަށް ނިވައިވެ ވަންހަނާވެގެން ނުވެއެވެ. އުޑުތަކާއި ބިމުގައި އެކަލާނގެއަށް ވަންހަނާވެގެންވާ مِثْقَال އެއްގެ ވަރުވެސް ޒައްރެއްގެ ބޮޑުމިނުގެ އެއްޗެއްވެސް އަދިއެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ނުވެއެވެ. އެ ކޮންމެ އެއްޗެއް بَيَان ވެގެންވާ ފޮތެއްގައި ލިޔެވި ފައިލްކުރެވިގެން މެނުވީނުވެއެވެ. އެއީ لَوحُ المَحْفُوظُ އެވެ.

34:4

لِّيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِۚ أُوْلَـٰٓئِكَ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ﴿4﴾

Transliteration: Liyajziya allatheena amanoo waAAamiloo alssalihati olaika lahum maghfiratun warizqun kareemun

Translation: އެކަންތައްތައް އެގޮތަށް ލައްވާފައިވަނީ އީމާންވެގެން صَالِحْ عَمَل ކުރި މީހުންނަށް ހެޔޮ جَزَاء ދެއްވުމަށެވެ. އެމީހުންނަށްހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. ސުވަރުގެއާއި އެތާގެ نِعْمَة ތަކެވެ

34:5

وَٱلَّذِينَ سَعَوۡ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَـٰٓئِكَ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٞ ﴿5﴾

Transliteration: Waallatheena saAAaw fee ayatina muAAajizeena olaika lahum AAathabun min rijzin aleemin

Translation: އަދި ތިމަންރަސްކަލާނގެ رَسُولٌ ނަށް ބާވައިލެއްވި އާޔަތްތައް بَاطِل ކުރުމަށް މަސައްކަތްކުރާ މީހުންނަށް ހުރީ ވޭންދެނިވި އެންމެނުބައި ގަދަ عَذَاب ގެ عَذَابއެވެ

34:6

وَيَرَى ٱلَّذِينَ أُوتُواْ ٱلۡعِلۡمَ ٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ هُوَ ٱلۡحَقَّ وَيَهۡدِيٓ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ﴿6﴾

Transliteration: Wayara allatheena ootoo alAAilma allathee onzila ilayka min rabbika huwa alhaqqa wayahdee ila sirati alAAazeezi alhameedi

Translation: އޭ رَسُولُ الله އެވެ. ކަލޭގެފާނުންގެ رَبّ ގެ حَضْرَة ން ކަލޭގެފާނަށް މިބާވައިލައްވާ ތަކެއްޗަކީ އެއީ ހަމަސީދާ حَقُّ ކަން عِلْمَ ގެ أَهْلُ ވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެއިން ތެދުމަގުދައްކަނީ عِزَّة ވަންތަ އަދި حَمْدُ ލިބިވޮޑިގެންވާ ކަލާނގެމަގަށްކަންވެސް އެމީހުންނަށް ރަނގަޅަށް އެނގޭނެއެވެ.

34:7

وَقَالَ ٱلَّذِينَ كَفَرُواْ هَلۡ نَدُلُّكُمۡ عَلَىٰ رَجُلٖ يُنَبِّئُكُمۡ إِذَا مُزِّقۡتُمۡ كُلَّ مُمَزَّقٍ إِنَّكُمۡ لَفِي خَلۡقٖ جَدِيدٍ ﴿7﴾

Transliteration: Waqala allatheena kafaroo hal nadullukum AAala rajulin yunabbiokum itha muzziqtum kulla mumazzaqin innakum lafee khalqin jadeedin

Translation: އަދި ކާފަރުންގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް (رَسُولُ އަށް މަލާމާތްކުރުމުގެގޮތުން) ބުނެއެވެ. ކަލޭމެން މަރުވެގެން ވަޅުލައި ކަލޭމެންގެ މަސްތަކާއި ކަށިތައް ކުދިކުދިވެ އެކަށް ހަލާކެވެދިއުމަށްފަހުވެސް ކަލޭމެން އަލުން ދިރިގެން مَحْشَرُ ފޮނުވޭނެކަމަށް ބުނާމީހަކު ކަލޭމެނަށް ދައްކަން ހެއްޔެވެ؟ (އެއީ مُحَمَّدُ ގެފާނެވެ.)

34:8

أَفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةُۢۗ بَلِ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ فِي ٱلۡعَذَابِ وَٱلضَّلَٰلِ ٱلۡبَعِيدِ ﴿8﴾

Transliteration: Aftara AAala Allahi kathiban am bihi jinnatun bali allatheena la yuminoona bialakhirati fee alAAathabi waalddalali albaAAeedi

Translation: އޭނާ ފަހެ ﷲ އަށް ބޮޑުދޮގެއް ހަދަނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގާ ޖިންނި ބަލިކަމެއް މޮޔަކަމެއްވަނީ ބާވައެވެ؟ މިއީ އެކާފަރުންގެބަހެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِيمَان ނުވާ މީސްތަކުން آخِرَة ދުވަހުން ވާނީ ގަދަ عَذَاب ގައެވެ. އަދި މިހާރު އެމީހުން އެވަނީ ވަރަށް ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

34:9

أَفَلَمۡ يَرَوۡاْ إِلَىٰ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ إِن نَّشَأۡ نَخۡسِفۡ بِهِمُ ٱلۡأَرۡضَ أَوۡ نُسۡقِطۡ عَلَيۡهِمۡ كِسَفٗا مِّنَ ٱلسَّمَآءِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّكُلِّ عَبۡدٖ مُّنِيبٖ ﴿9﴾

Transliteration: Afalam yaraw ila ma bayna aydeehim wama khalfahum mina alssamai waalardi in nasha nakhsif bihimu alarda aw nusqit AAalayhim kisafan mina alssamai inna fee thalika laayatan likulli AAabdin muneebin

Translation: އެމީހުން ފަހެ އެމީހުންގެ ކުރިމަތީގައިވާ އުޑަށްނުބަލަނީ ބާވައެވެ. އަދި އެމީހުންގެ ފަހަތުގައިވާ ބިމަށްނުބަލަނީ ބާވައެވެ. (މިއިން ކޮންމެ އެއްޗަކީވެސް ބޮޑެތި عَجَائِب އެވެ. އެފަދަބޮޑެތި އެއްޗެހި ހެއްދެވި ފަރާތަކަށް މީސްތަކުން މަރުވުމައްފަހު مَحْشَرُ އަށް ފޮނުވުން ދަތިނުވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެގެންވާނެއެވެ.) ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފީހެވެ. ނުވަތަ އެމީހުންގެ މައްޗަށް އުޑުން އެތިގަޑުތަކެއް ވަރައިލައިފީހެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި އެބަހީއުޑުތަކާއި ބިންހެއްދެވުމުގައި اއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަގަޑު މަޑުކޮށްދެއްވީމެވެ. (ދަގަޑުގައި އެކަލޭގެފާނުންގެފާނުން އަތްޕުޅުލެއްވީމާ އުއްގަޑެއްފަދައިން ނުވަތަ މޮޑެފައިވާ ފުއްގަޑެއްފަދައިން ދަގަޑު މަޑުވާކަމުގައިވެއެވެ.) އެކަމުގައިވެސް ﷲގެ حَضرَة އަށް تَوبَة ވެ رُجُوع ވާއަޅަކަށް عِبرَة ން ފުރިގެންވާ دَلِيل އާއި ހެކިވެއެވެ.

34:10

وَلَقَدۡ ءَاتَيۡنَا دَاوُۥدَ مِنَّا فَضۡلٗاۖ يَٰجِبَالُ أَوِّبِي مَعَهُۥ وَٱلطَّيۡرَۖ وَأَلَنَّا لَهُ ٱلۡحَدِيدَ ﴿10﴾

Transliteration: Walaqad atayna dawooda minna fadlan ya jibalu awwibee maAAahu waalttayra waalanna lahu alhadeeda

Translation: އަދިހަމަކަށަވަރުން دَاوُودُ عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ حَضرَة ން فَضْل ވަންތަކަން ދެއްވީމެވެ. (އެއީ نَبِي ކަމާއި زَبُور އެވެ. އަދިވެސް އެތައް نِعمَة އެކެވެ. އަދިއެކަލޭގެފާނާއި އެކު تَسبِيح ކިއުމަށް ފަރުބަދަތަކަށްވެސް ތިމަންރަސްކަލާނގެ އެންގެވީމެވެ. ފަހެ އެކަލޭގެފާނުންގެ ފަހަތުން ފަރުބަދަ ތައްވެސް تَسبِيح ކިއައެވެ. އަދި ދޫނިސޫފާސޫފިވެސް އެކަލޭގެފާނަށް ކިޔަމަންތެރި ކުރެއްވީމެވެ. އަދި އެސޮރުމެންވެސް އެކަލޭގެފާނާއިއެކު تَسبِيح ކިއުމަށް އެންގެވީމެވެ.) [އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު މަޑުކޮއްދެއްވީމެވެ.]

34:11

أَنِ ٱعۡمَلۡ سَٰبِغَٰتٖ وَقَدِّرۡ فِي ٱلسَّرۡدِۖ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ بَصِيرٞ ﴿11﴾

Transliteration: Ani iAAmal sabighatin waqaddir fee alssardi waiAAmaloo salihan innee bima taAAmaloona baseerun

Translation: އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) ކަލޭގެފާނު سَابِغَات ހައްދަވާށެވެ! އަދި އެވިއުމުގައި ބަދަހިކޮށް ހިމުންކޮށް ރަނގަޅަށް ހައްދަވާށެވެ! އަދި صَالِح عَمَل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭމެންކުރާ އެންމެހައި ކަންތައްތަކަށް ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގެންވަމެވެ. سَابِغَة އަކީ މުޅިހަށިގަޑު ނިވައިވާގޮތަށް ހަދާފައިވާ ހަނގުރާމައިގެދަގަނޑު ލިބާހެކެވެ.

34:12

وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ﴿12﴾

Transliteration: Walisulaymana alrreeha ghuduwwuha shahrun warawahuha shahrun waasalna lahu AAayna alqitri wamina aljinni man yaAAmalu bayna yadayhi biithni rabbihi waman yazigh minhum AAan amrina nuthiqhu min AAathabi alssaAAeeri

Translation: އަދިسُلَيْمَان عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ ވައިކިޔަމަންކޮށްދެއްވީމެވެ. ހެދުނު އެވައި سُلَيْمَان عَلَيهِ السَّلاَم އާއި ގެން ދަތުރުކޮށްފައި މެންދުރުވާއިރަށް އެއްމަސްދުވަހުގެ ރާސްތާއަށްދެއެވެ. އަދި ހަވީރުކޮޅުވެސް އެއްމަސްދުވަހުގެ ރާސްތާއަށް ދަތުރުކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލޮއިގެ عَينُ (އާރު) ދިޔައިކޮއްދެއްވާ ހިންގައިދެއްވީމެވެ. އަދި އެކަލޭގެފާނުންގެ رَبّ ގެ إِذنَ ފުޅަށް އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި މަސައްކަތްކުރާނެ جِنّ ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަން ކޮށްދެއްވީމެވެ. އަދި އޭގެތެރެއިން އެއްވެސްއެއްޗެއް ތިމަންރަސްކަލާނގެ أَمرُ ފުޅާއި خِلاَف ވެ ނުކިޔަމަންތެރި ވެއްޖެއްޔާއި އަލިފާނުގެ عَذَاب ގެ ރަހަދައްކާހުށީމެވެ. ދަންނައެވެ! الحَسَنُ البَصَرِي އަށް حَوَالَه ދެއްވައި ابن كَثِير އެކަލޭގެފާނުންގެ تَفسِير ގައިލިއުއްވާފައިވެއެވެ. سُلَيْمَان عَلَيهِ السَّلاَم ދަތުރުފުޅު ކުރައްވަނީ ދޫލަކޮޅެއްގައެވެ. އެ ދޫލަކޮޅު އުފުލައިގެން ދަނީވައެވެ. دِمِشقُ ން ފުރުއްވައިގެން اصطَخر ކިޔާރަށަކަށް މެންދުރު ފަރިއްކޮޅަށް ފައިބާވަޑައިގަންނަވައެވެ. ދެންމެންދުރު އެތަނުން ފުރުއްވައިގެން ރޭގަނޑު އަވަހާރަފުޅުލައްޕަވަން كَابُل އަށް ވަޑައިގަންނަވައެވެ. މި دِمِشقُ އާއި اصطَخر އާއި ދެމެދު ހުންނަނީ ބާރަށް ދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. އަދި اصطَخر އާއި كَابُل އާއި ދެމެދުވެސް ބާރަށްދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. وَالله أَعْلَم. = تَفسِير ابن كَثِير = އަދިމިނޫން ގޮތްތަށްވެސް އެކަލޭގެފާނުންގެ ދަތުރުފުޅުގެ ވާހަކަވެއެވެ.

34:13

يَعۡمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٖ كَٱلۡجَوَابِ وَقُدُورٖ رَّاسِيَٰتٍۚ ٱعۡمَلُوٓاْ ءَالَ دَاوُۥدَ شُكۡرٗاۚ وَقَلِيلٞ مِّنۡ عِبَادِيَ ٱلشَّكُورُ ﴿13﴾

Transliteration: YaAAmaloona lahu ma yashao min mahareeba watamatheela wajifanin kaaljawabi waqudoorin rasiyatin iAAmaloo ala dawooda shukran waqaleelun min AAibadiya alshshakooru

Translation: އެސޮރުމެން އެބަހީ އެ جِنِّ ންގެ މީހުން سُلَيْمَان عَلَيهِ السَّلاَم އަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެއްޗެއް އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަކަށް ހައްދަވައިދެއްވައެވެ. އެސޮރުމެންހެދި ތަކެތީގެތެރޭގައި مِحرَاب ތަކާއި تِمثَال ތަކާއި އެތައްބަޔަކަށް އެއްފަހަރާކެވޭފަދަ ބޮޑެތި ތަށިވެއެވެ. އެތަކެތި ބޮޑެތި حَوض ފަދައެވެ. އަދި އުދުންމައްޗަށް އުދާފައިހުންނައިރު ވަޔާވެސް ހެލިނުލާފަދަ ސާބިތުކަމާއެކުހުންނަ ބޮޑެތި ތެލިވެސްވެއެވެ. (އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) އޭ دَاوُودُ ގެ آلٌ ންނޭވެ. ތިޔަބޭކަލުން ން صَالِح عَمَل ކުރައްވާށެވެ. އަދި ﷲ އަށް شُكُرُ ކުރާށެވެ. އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެއަށް شُكُرُ ކުރަނީ މަދުބައެކެވެ.\nދަންނައެވެ. مِحرَاب އަކީ: ރީތިބިނާތަކެވެ. އަދި އުސްގަނޑުވަރުތަކެވެ. އަދި ބުނެވެއެވެ. މިއާޔަތުގައި مِحرَاب ގެ މުރާދަކީ މިސްކިތެވެ. وَالله أَعْلَم.\nتِمثَال އަކީ ދިރޭއެއްޗެތީގެ صُورَة ގައި جِسمُ ހުންނަގޮތަށް ލޮއިން ނުވަތަ ބިއްލޫރިން ނުވަތަ މަރުމަރުހިލައިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދާފައިވާ صُورَة އެވެ. އެ صُورَة ތައް އޭރުހަދާފައިހުރި ކަމަށްވަނީ نَبِي ބޭކަލުންގެ ސޫރައިގައްޔާއި مَلائِكَة ންގެ ސޫރަތަކާއި عَالِم ންނާއި صَالِحٌ ންގެ ސޫރައިގައެވެ. އަދި ބުނެވެނީ سُلَيْمَان عَلَيهِ السَّلاَم ގެ شَرِيعَة ގައި صُورَة ހުއްދަވެފައި مُحَمَّد ﷺ ގެ شَرِيعَة ގައި އެކަން މަނާވެގެންވާކަމުގައެވެ. وَالله أَعْلَم.

34:14

فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ ﴿14﴾

Transliteration: Falamma qadayna AAalayhi almawta ma dallahum AAala mawtihi illa dabbatu alardi takulu minsaatahu falamma kharra tabayyanati aljinnu an law kanoo yaAAlamoona alghayba ma labithoo fee alAAathabi almuheeni

Translation: ދެންފަހެ سُلَيْمَان عَلَيهِ السَّلاَم ގެ މައްޗަށް ތިމަންރަސްކަލާނގެ އަވަހާރަވުން ނިޔާކުރެއްވުމުން އެކަލޭގެފާނު އަވަހާރަވެގެން އަސާކޮޅު ބިންމަތީ ވިއްދައިގެން ގޮނޑިކޮޅުގައި އިންނެވިގޮތަށް އިންނެވީއެވެ. ކުރިފުޅުމަތީގައި ޖިންނީންތައް މަސައްކަތްކުރަނީއެވެ. އެކަލޭގެފާނު އަވަހާރަވެފައި އިންނެވިކަން ހަމައެކަކަށް ވެސްނޭގުނެވެ. އެނގުނީ ހަމައެކަނި އެކަލޭގެފާނުންގެ އަސާކޮޅު ކަތުރުފަނި ކައިގެން އަސާކޮޅު ބިދިގެން އެކަލޭގެފާނުއިންނެވި ގޮޑިކޮޅުން އަރިއަޅައިލައިގެން ވެއްޓިވަޑައިގަތީމައެވެ. އަކަލޭގެފާނު ވެއްޓިވަޑައިގަތުމުން ޖިންނިންވެސް އެމީހުންނަށް غَيْب ނޭނގޭ ކަމަށް އެއްބަސްވިއެވެ. އަދި غَيْب އެނގޭނަމަ އެފަދަބޮޑު އުނދަގުލުގައި ގަދަމަސައްކަތްކުރާކަށް އެއިހާނާތްތެރި عَذَاب ގައި ލަސްވެނުތިބީސްކަން ރަނގަޅަށް بَيَان ވެއެނގިއްޖެއެވެ.

34:15

لَقَدۡ كَانَ لِسَبَإٖ فِي مَسۡكَنِهِمۡ ءَايَةٞۖ جَنَّتَانِ عَن يَمِينٖ وَشِمَالٖۖ كُلُواْ مِن رِّزۡقِ رَبِّكُمۡ وَٱشۡكُرُواْ لَهُۥۚ بَلۡدَةٞ طَيِّبَةٞ وَرَبٌّ غَفُورٞ ﴿15﴾

Transliteration: Laqad kana lisabain fee maskanihim ayatun jannatani AAan yameenin washimalin kuloo min rizqi rabbikum waoshkuroo lahu baldatun tayyibatun warabbun ghafoorun

Translation: ހަމަކަށަވަރުން سَبَأ قَبِيلَة ގެމީހުން ދިރިއުޅުނުތާގައި ﷲގެ قُدرَة ތެރިކަމުގެމައްޗަށް دَلِيل ކުރާ ވަރަށްބޮޑު دَلِيل އެއްވެއެވެ. ހެތްކެއްވެއެވެ. (سَبَأ އަކީ يَمَن ކަރައިގެ ތަނެކެވެ. އެމީހުންއުޅުނުތަނަށް ކިޔަނީ مَأرَب އެވެ. يَمَن ގެ ރަސްރަސްކަލުން އައިސްފައިވަނީ سَبَأ قَبِيلَة އިންނެވެ.) އެތާގައި ﷲލައްވާފައިވާ دَلِيل އަކީ އެމީހުންގެ ވާދީގެދެފަރާތުގައިވާ ދެބަގީޗާއެވެ. ކަނައަތްފަރާތުން ބަގީޗާއަކާއި ވައަތްފަރާތުން ބަގީޗާއެކެވެ. (އެމީހުން ދިރިއުޅުނު ގޮވަތިގެދޮރުތައް ހުރީ އެވާދީގައެވެ. އެބަގީޗާގައި ހުރީހާ ވައްތަރެއްގެ މޭވާވެއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް އެންގެވީމެވެ.) ކަލޭމެން ކަލޭމެންގެ رَبُّ ގެ ރިޒުގުން ކައިބޮއި ހަދާށެވެ! އަދި އެކަލާނގެއަށް شُكُرُ ކުރާށެވެ! (ކަލޭމެންނަށް އެކަލާނގެ ދެއްވި ގިނަގުނަ نِعمَةَ ތަށްޓަކައި އެކަލާނގެ އަށް شُكُرُ ކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ އުރެދުންތަކުން ދުރުވެގަންނާށެވެ.) ތިޔައީ ރަނގަޅު ރަށެކެވެ. ވައިފެން ރަނގަޅު މޭވާގިނަ ރަށެކެވެ. އަދި ތިޔަ نِعمَة ތައް ދެއްވި رَبُّ އަކީ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ رَبُّ އެކެވެ.

34:16

فَأَعۡرَضُواْ فَأَرۡسَلۡنَا عَلَيۡهِمۡ سَيۡلَ ٱلۡعَرِمِ وَبَدَّلۡنَٰهُم بِجَنَّتَيۡهِمۡ جَنَّتَيۡنِ ذَوَاتَيۡ أُكُلٍ خَمۡطٖ وَأَثۡلٖ وَشَيۡءٖ مِّن سِدۡرٖ قَلِيلٖ ﴿16﴾

Transliteration: FaaAAradoo faarsalna AAalayhim sayla alAAarimi wabaddalnahum bijannatayhim jannatayni thawatay okulin khamtin waathlin washayin min sidrin qaleelin

Translation: ދެންފަހެ މިބައިމީހުން ﷲ އަށް شُكُرُ ކުރުމުން އެނބުރި ފުރަގަސްދީފިއެވެ. އަދި ﷲ އަށް ކާފަރުވެއްޖެއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަފަދަ ސައިލެއް ފޮނުއްވީމެވެ. އެސައިލް އެމީހުންގެ ގެދޮރުތައްވަށައިލައި ބަގީޗާތައް ހަލާކުކޮށްފިއެވެ. އަދި އެމީހުންގެ އެމޮޅުދެބަގީޗާ އެހެން ދެބަގީޗާއަކަށް ތިމަންރަސްކަލާނގެ ބަދަލުކޮށްލައިފީމެވެ. ފަހުގެ ދެބަގީޗާގެ ގަސް ގަހާގެއްސައް ހުރީ އޭގެ މޭވާހިތި އަދި ގަހުގައި ކަށިހުންނަ ޒާތުގެގަހެވެ. އަދި أَثَل ކިޔާގަހެކެވެ. އެއީ މޭވާ ނުވެސް އަޅާގަހެކެވެ. އަދި ކުޑަކުޑަކޮށް ކުންނާރުގަހެވެ.

34:17

ذَٰلِكَ جَزَيۡنَٰهُم بِمَا كَفَرُواْۖ وَهَلۡ نُجَٰزِيٓ إِلَّا ٱلۡكَفُورَ ﴿17﴾

Transliteration: Thalika jazaynahum bima kafaroo wahal nujazee illa alkafoora

Translation: އެމީހުންނަށް އެޖަޒާދެއްވީ އެމީހުން نِعمَة އަށް شُكُرُ ނުކޮށް ﷲ އަށް ކާފަރުވުމުގެ ސަބަބުންނެވެ. ފަހެ ކާފަރުވެއްޖެ ބަޔަކަށް މެނުވީ ތިމަންރަސްކަލާނގެ އެފަދަޖަޒާ ދެއްވަން ހެއްޔެވެ؟ އެބަހީ ކާފަރުވެއްޖެ ބަޔަކަށް މެނުވީ އެފަދަޖަޒާ ނުދެއްވަމެވެ.

34:18

وَجَعَلۡنَا بَيۡنَهُمۡ وَبَيۡنَ ٱلۡقُرَى ٱلَّتِي بَٰرَكۡنَا فِيهَا قُرٗى ظَٰهِرَةٗ وَقَدَّرۡنَا فِيهَا ٱلسَّيۡرَۖ سِيرُواْ فِيهَا لَيَالِيَ وَأَيَّامًا ءَامِنِينَ ﴿18﴾

Transliteration: WajaAAalna baynahum wabayna alqura allatee barakna feeha quran thahiratan waqaddarna feeha alssayra seeroo feeha layaliya waayyaman amineena

Translation: އަދި އެމީހުންގެ ރައްތަކާއި އަދި އެރަށްތަކުގައި ތިމަންރަސްކަލާންގެ ބަރަކާތް ލެއްވި (شَام ކަރައިގެ) ރައްތަކާއި ދެމެދު ގުޅިފައިވާ ރައްތަކެއް ލެއްވީމެވެ. އަދި އެތަންތާނގެ ދަތުރުފަތުރު ތިމަންރަސްކަލާންގެ މިންވަރުކުރެއްވީމެވެ. (މިދެމެދު ރަށްތަކަކީ ވިޔަފާރި ބަނދަރުތަކެކެވެ. އަދި އެރަށްތައް ލައްވާފައިވާނީ ހެނދުނު އެއްރަށުން ފުރައިގެން މެންދުރުވާއިރަށް އަނެއްރަށަށް އާދެވޭ ވަރަށެވެ. އަދި ހަވީރު ފުރައިގެން ރޭގަނޑު ނިދަން އަނެއްރަށަށް އާދެވޭ ވަރަށެވެ. (އަދި ތިމަން ރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ.) ކަލޭމެން އަމާން ކަމާއިއެކު ރޭގަނޑުތަކާއި ދުވާލުތަކުގައި އެރަށްރަށަށް ދަތުރުކޮށް ހަދާށެވެ.

34:19

فَقَالُواْ رَبَّنَا بَٰعِدۡ بَيۡنَ أَسۡفَارِنَا وَظَلَمُوٓاْ أَنفُسَهُمۡ فَجَعَلۡنَٰهُمۡ أَحَادِيثَ وَمَزَّقۡنَٰهُمۡ كُلَّ مُمَزَّقٍۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ﴿19﴾

Transliteration: Faqaloo rabbana baAAid bayna asfarina wathalamoo anfusahum fajaAAalnahum ahadeetha wamazzaqnahum kulla mumazzaqin inna fee thalika laayatin likulli sabbarin shakoorin

Translation: ދެން ފަހެ އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެންނަށް އަޅަމެންގެ ދަތުރުތަށް ދުރުކޮށްދެއްވާނދޭވެ! އަދި އެމީހުން އެމީހުންގެ އަމިއްލަ نَفْسُ ތަކަށް އަނިޔާވެރިވެގެންފިއެވެ. ދެން ތިމަން ރަސްކަލާނގެ ހުރިހާގޮތަކުން އެމީހުން ހަލަކު ކުރައްވައި ފަހުން އަންނަ މީހުންގެ ދޫތަކުގެ މަތީގައި ދެކެވޭ ވާހަކައެއް ކަމުގައި އެމީހުންގެ ކަންތަށް ލައްވައިފީމެވެ. ފަހެ ގިނަގިނައިން ކެތްތެރިވާ އަދި ގިނައިން شُكُرُ ކުރާ ކޮންމެ އަޅަކަށް ކަނޑަ އެޅި بَيَان ވެގެންވާ دَلِيل އާއި ހެކި އަދި عِبرَة އާއި نَصِيحَة މިވާހަކަތަކުގައިވެއެވެ.

34:20

وَلَقَدۡ صَدَّقَ عَلَيۡهِمۡ إِبۡلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ ﴿20﴾

Transliteration: Walaqad saddaqa AAalayhim ibleesu thannahu faittabaAAoohu illa fareeqan mina almumineena

Translation: އަދި އެބައިމީހުންގެ މައްޗަށް إِبْلِيسُ ކުރިހީ އޭނާ ތެދުކޮށް ދައްކައިފިއެވެ. (އިބިލީސް ކުރިހީއަކީ، އެމީހުންނަށް ވަސްވާސްދީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއަށް ވެއްދީމާ އެމީހުން އޭނާޔާ تَبَعُ ވާނޭ ކަމަށެވެ. އެގޮތަށް ކަންވެ ނިމުނީއެވެ.) مُؤمِنٌ ންގެ ތެރެއިން جَمَاعَةއްގެ ބަޔަކުމެނުވީ އެސޮރާ تَبَعُ ވިއެވެ

34:21

وَمَا كَانَ لَهُۥ عَلَيۡهِم مِّن سُلۡطَٰنٍ إِلَّا لِنَعۡلَمَ مَن يُؤۡمِنُ بِٱلۡأٓخِرَةِ مِمَّنۡ هُوَ مِنۡهَا فِي شَكّٖۗ وَرَبُّكَ عَلَىٰ كُلِّ شَيۡءٍ حَفِيظٞ ﴿21﴾

Transliteration: Wama kana lahu AAalayhim min sultanin illa linaAAlama man yuminu bialakhirati mimman huwa minha fee shakkin warabbuka AAala kulli shayin hafeethun

Translation: އަދި އެ مُؤمِنٌ ންގެ މައްޗަށް އެއްވެސް ބާރެއް އެސޮރަށް ލިބިގެން ނުވެއެވެ. (އަދި އެސޮރާ تَبَعُ ވާ މީހުންނަށްވެސް އެސޮރު ވަސްވާސްދީ فَاحِش ކަން ޒީނަތްތެރިކޮށްދިނުން ނޫން އެހެންބާރެއް ނޯވެއެވެ.)\nއެކަންތަށް ތިމަން ރަސްކަލާނގެ އެގޮތަށްލެއްވީ އެމީހުންގެ ތެރެއިން آخِرَة ދުވަހަށް އީމާންވާމީހުންނާއި އަދި އެކަމާމެދު ޝައްކުގައިވާމިހުން ދެނެވޮޑިގެންވާކަން ފާޅުކުރުމަށެވެ. އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ ހުރިހާކަމެއް ހިމަނުއްވައި ބަލަހަށްޓަވައި ރައްކާތެރިކުރައްވައެވެ.

34:22

قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٖ وَمَا لَهُۥ مِنۡهُم مِّن ظَهِيرٖ ﴿22﴾

Transliteration: Quli odAAoo allatheena zaAAamtum min dooni Allahi la yamlikoona mithqala tharratin fee alssamawati wala fee alardi wama lahum feehima min shirkin wama lahu minhum min thaheerin

Translation: (އޭ رَسُولُ ﷲ އެވެ!) ﷲ ފިޔަވައި ބުދުތައްއެއީ إِله ން ކަމުގައި ހަދައިގެން އެއިން شَفَاعَة އެއް ލިބޭނެކަމަށް ހީކޮށްގެން އުޅޭމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެންނަށް ޖެހުނުއުނދަގުލާއި مُصِيبَة ދުރުކުރުމަށް އެތަކެއްޗަށް ގޮވާށެވެ! މިއީ مَكَّة ގެ أَهلُ ވެރިންނަށް ޖެހުނު ތަދުމަޑު ދުވަސްވަރަށް إَشَارَة ކުރަށްވާ އާޔަތެކެވެ. އަލުންވެސް އެތަކެއްޗަށް އެއްވެސް އެހީއެއް ނުވެވޭނެކަން ﷲ އެއަންގަވަނީއެވެ.) އުޑުތަކާއި އަދި ބިމުގައިވެސް އެއްވެސް އެއްޗެއް ذَرَّة އެއްގެ ބުރަދަނުގެ މިންވަރުވެސް އެބުދުތަކަށް مِلك ވެގެން ނުވެއެވެ. އަދި އެދެތަނުން ކުރެތަނެއްގައި އެތަކެއްޗަށް އެއްވެސް ބައިވެރިވުމެއް حِصَّة އެއް ނުވެއެވެ. އަދި އެތަކެތީގެ ފަރާތުން އެކަލާނގެއަށް އެއްވެސް އެހީތެރިކަމެއް ވާގިވެރިކަމެއް ބޭނުންވެ ވޮޑިގެންނުވެއެވެ.

34:23

وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ ﴿23﴾

Transliteration: Wala tanfaAAu alshshafaAAatu AAindahu illa liman athina lahu hatta itha fuzziAAa AAan quloobihim qaloo matha qala rabbukum qaloo alhaqqa wahuwa alAAaliyyu alkabeeru

Translation: އަދި އެމީހަކަށް އެކަލާނގެ إِذنَ ދެއްވި އަޅަކަށްމެނުވީ އެކަލާނގެ حَضْرَة ގައި شَفَاعَة ގެ އެއްވެސް مَنفَع އެއްނުވާނެއެވެ. (މަލާއިކަތްބޭކަލުންގެ حَال ކޮޅު އެކަލާންގެ وَحِي ބާވައިލައްވާ ވަގުތު ހުންނަގޮތް އަންނަނިވި އާޔަތުން ބަޔާންވެއެވެ. އެކަލާންގެ ބަސްފުޅުގެ مُقَابِل ގައި އެބޭކަލުންވެސް ހޭފުޅުނެތެވެ. އެހެންވީއިރު އެއިންފަރާތަކަށްވެސް އަޅުކަންކުރުން حَقّ އެއް ނޫނެވެ. އެބޭފުޅުން ހޭފުޅުނެތި ތިއްބެވުމައްފަހު) ހިތްޕުޅުތަކުން ބިރުފުޅުފިލައި ހޭފުޅުއެރީމާ އެއިން އެއްބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވާނެއެވެ އަޅަމެންގެ رَبُّ وَحِى ކުރެއްވީ ކޮން އެއްޗެއްތޯއެވެ؟ އަދި އެބޭކަލުން ވިދާޅުވާނެއެވެ. އެއީ ހަމަ حَقّ އެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލާނގެއެވެ.

34:24

قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُلِ ٱللَّهُۖ وَإِنَّآ أَوۡ إِيَّاكُمۡ لَعَلَىٰ هُدًى أَوۡ فِي ضَلَٰلٖ مُّبِينٖ ﴿24﴾

Transliteration: Qul man yarzuqukum mina alssamawati waalardi quli Allahu wainna aw iyyakum laAAala hudan aw fee dalalin mubeenin

Translation: (އޭ رَسُولُ ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުންނާބިމުން ކަލޭމެންނަށް ރިޒުޤު ދެއްވާނީ ކާކުހެއްޔެވެ؟ (ކަލޭމެންގެ إِلهން ތަކަށް އެއިން އެއްވެސް ކަމެއްނުވާނެކަން މިހާރު ސާބިތުވެއްޖެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އަހަރެމެން مُؤمِنٌ ންނާއި ކަލޭމެން ކާފަރުންނާއި ދެބައިމީހުންކުރެ އެއްބަޔަކު ކަނޑައެޅިގެން ތެދުމަގުގައިވެއެވެ. އަނެއްބަޔަކު ބަޔާންވެގެންވާ މަގުފުރެދުމެއްގައިވެއެވެ.

34:25

قُل لَّا تُسۡـَٔلُونَ عَمَّآ أَجۡرَمۡنَا وَلَا نُسۡـَٔلُ عَمَّا تَعۡمَلُونَ ﴿25﴾

Transliteration: Qul la tusaloona AAamma ajramna wala nusalu AAamma taAAmaloona

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ކުރާކުށަކާއިމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ. އަދި ކަލޭމެން ކުރަމުންދާ ކަންތަކާއިމެދު އަހުރެމެންނާއި ސުވާލު ނުވެވޭނެއެވެ.

34:26

قُلۡ يَجۡمَعُ بَيۡنَنَا رَبُّنَا ثُمَّ يَفۡتَحُ بَيۡنَنَا بِٱلۡحَقِّ وَهُوَ ٱلۡفَتَّاحُ ٱلۡعَلِيمُ ﴿26﴾

Transliteration: Qul yajmaAAu baynana rabbuna thumma yaftahu baynana bialhaqqi wahuwa alfattahu alAAaleemu

Translation: އޭ رَسُولُ ﷲއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހަރުމެންގެ رَبُّ (قِيَامَة ދުވަހުން) އަހަރެމެން ޖަމާކޮށްދެއްވާނެއެވެ. އަދި އަހުރެމެން އެންމެންގެ މެދުގައި އެކަލާނގެ حُكُم ކޮށްދެއްވާނެއެވެ. (ކިޔަމަންތެރިންނަށް ثوَاب ދެއްވައި ނުކިޔަމަންތެރިންނަށް عَذَاب ދެއްވާނެއެވެ.) އަދިއެކަލާނގެއީ حَقُّ ގޮތުގައި ނިޔާކުރައްވާ އަދިއެންމެހައިކަންތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.

34:27

قُلۡ أَرُونِيَ ٱلَّذِينَ أَلۡحَقۡتُم بِهِۦ شُرَكَآءَۖ كَلَّاۚ بَلۡ هُوَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ﴿27﴾

Transliteration: Qul arooniya allatheena alhaqtum bihi shurakaa kalla bal huwa Allahu alAAazeezu alhakeemu

Translation: (އޭ رَسُولُ ﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަލާނގެއާއި شَرِيكُ ކޮށް ގުޅައިގެން އުޅުނު إِله ންތައް އަހުރެމެންނަށް ނިކަންދައްކައިބަލާށެވެ! (އެތަކެތި އަހުރެމެންދެކިލާށެވެ. އަދި އެތަކެއްޗަށް ކުޅަދާނަވެގެންވަނީ ކޮންކަމެއްތޯދެކިލާށެވެ.)\nއެއްގޮތަކަށްވެސް އެބުދުތަކަކީ إِله ން ތަކެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِله އަކީ ހަމައެކަނި ގަދަކީރިތިވަންތަ حِكمَة ވަންތަކަލާނގެއެވެ. ﷲއެވެ.

34:28

وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿28﴾

Transliteration: Wama arsalnaka illa kaffatan lilnnasi basheeran wanatheeran walakinna akthara alnnasi la yaAAlamoona

Translation: އޭ رَسُولُ ﷲ އެވެ! އެންމެހައިމީސްތަކުންގެ ގާތަށް މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُولُ ކަމާއިގެން ފޮނުއްވާފައިނުވާނެވެ. (އެބަހީ ކަލޭގެފާނު رَسُولُ ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީއެންމެހައިމީސްތަކުންގެ ގާތަށެވެ. (ކަޅެއްދޮނެއް عَرَبى އެއް عَجَمِى އެއް ވަކިތަފާތެއް ނޯންނާނެއެވެ.) އެއީ ސުވަރުގޭގެ ވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ خَبَرُ ދެއްވުމަށާއި ނަރަކައިގެ ވާހަކައިން މީސްތަކުންނަށް ބިރުގަންނަވާ حَالُ ގައެވެ. އަދި އެކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއްނޭގެއެވެ.

34:29

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ﴿29﴾

Transliteration: Wayaqooloona mata hatha alwaAAdu in kuntum sadiqeena

Translation: އަދި އެކާފަރުންގެ މީހުން މަލާމާތަށް ބުނެއެވެ. ކަލޭމެންތިޔަ ބުނަނީ ތެދެއްކަމުގައިވަންޏާ ތިޔަ وَعدُ ކުރާ قِيَامَة ދުވަސް ދެންއަންނާނީ ކޮންއިރަކުން ހެއްޔެވެ؟

34:30

قُل لَّكُم مِّيعَادُ يَوۡمٖ لَّا تَسۡتَـٔۡخِرُونَ عَنۡهُ سَاعَةٗ وَلَا تَسۡتَقۡدِمُونَ ﴿30﴾

Transliteration: Qul lakum meeAAadu yawmin la tastakhiroona AAanhu saAAatan wala tastaqdimoona

Translation: ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެކަމަށް ކަލޭމެންނަށް ކަނޑައެޅި عَيَّن ވެގެންވާ ދުވަސްވެއެވެ. އެދުވަސް ހަމަޖެހުމުން އެންމެތަންކޮޅެއްލަހެއްވެސް ނުވާނެއެވެ، އަދި އަވަހެއްވެސް ނުވާނެއެވެ. ހަމަ ގަޑިއަށް އެކަން ހަމަޖެހޭނެއެވެ.

34:31

وَقَالَ ٱلَّذِينَ كَفَرُواْ لَن نُّؤۡمِنَ بِهَٰذَا ٱلۡقُرۡءَانِ وَلَا بِٱلَّذِي بَيۡنَ يَدَيۡهِۗ وَلَوۡ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوۡقُوفُونَ عِندَ رَبِّهِمۡ يَرۡجِعُ بَعۡضُهُمۡ إِلَىٰ بَعۡضٍ ٱلۡقَوۡلَ يَقُولُ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ لَوۡلَآ أَنتُمۡ لَكُنَّا مُؤۡمِنِينَ ﴿31﴾

Transliteration: Waqala allatheena kafaroo lan numina bihatha alqurani wala biallathee bayna yadayhi walaw tara ithi alththalimoona mawqoofoona AAinda rabbihim yarjiAAu baAAduhum ila baAAdin alqawla yaqoolu allatheena istudAAifoo lillatheena istakbaroo lawla antum lakunna mumineena

Translation: އަދި ކާފަރުންގެ މީހުންބުނެއެވެ. އަހުރެމެން މި قُرُآن އަކަށްވެސް އަދި އޭގެ ކުރީގެ ފޮތަކަށްވެސް (ބާވައިލެއްވި އެއްވެސް ފޮތަކަށް) إِيمَان އެއް ނުވާނަމެވެ. އަދި އަނިޔާވެރިންތައް يَعنِي مُشرِكٌ ން ތައް (ހިސާބު ބެއްލެވުމަށް އެބައިމީހުންގެ رَبُّ ގެ حَضْرَة އަށް) ގެނެވި ބަންދުވެ ހިފެހެއްޓިގެންވަނިކޮށްކަލޭގެފާނު ދެކެވަޑައި ގަންނަވާނެނަމައެވެ. އެވަގުތު އޭގެ އެއްބަޔަކު އަނެއްބަޔަކަށް ރުޅިއައިސްގެންނާއި އަދި ހިތާމައިގެގޮތުން ބަސްތައްބުނަމުން ދެފަރާތުން ވާހަކަތައް ބަދަލުކުރެވޭނެއެވެ. އަދި އޭގެ ތެރޭގައި ތިބި ދެރަވަރު ނިކަމެތި ضَعِيفٌ މީހުން ބޮޑާ كِبْرُ ވެރި މީހުންނާއި ދިމާއަށް ބުނާނެއެވެ. ކަލޭމެން އަހުރެމެންނާއި އެކުނުވިނަމަ ހަމަކަށަވަރުން އަހުރެމެން مُؤمِنٌ ން ކަމުގައިވީމުހެވެ.

34:32

قَالَ ٱلَّذِينَ ٱسۡتَكۡبَرُواْ لِلَّذِينَ ٱسۡتُضۡعِفُوٓاْ أَنَحۡنُ صَدَدۡنَٰكُمۡ عَنِ ٱلۡهُدَىٰ بَعۡدَ إِذۡ جَآءَكُمۖ بَلۡ كُنتُم مُّجۡرِمِينَ ﴿32﴾

Transliteration: Qala allatheena istakbaroo lillatheena istudAAifoo anahnu sadadnakum AAani alhuda baAAda ith jaakum bal kuntum mujrimeena

Translation: އަދި ނިކަމެތި ضَعِيفٌ މީހުންނަށް ކިބުރުވެރި ބޮޑާމީހުން ބުނެއެވެ. ކަލޭމެން ގާތަށް ތެދުމަގު އައިހިނދުން ކަލޭމެންތެދުމަގުން މަނާކޮށް ދުރުކުރީ އަހުރެމެން ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ވީހަމަ مُجْرِمٌ ން ކަމުގައެވެ.

34:33

وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ﴿33﴾

Transliteration: Waqala allatheena istudAAifoo lillatheena istakbaroo bal makru allayli waalnnahari ith tamuroonana an nakfura biAllahi wanajAAala lahu andadan waasarroo alnnadamata lamma raawoo alAAathaba wajaAAalna alaghlala fee aAAnaqi allatheena kafaroo hal yujzawna illa ma kanoo yaAAmaloona

Translation: އަދި ނިކަމެތި ضَعِيفٌ މީހުން ކިބުރުވެރިބޮޑާ މީހުންނާ ދިމާއަށް ބުނާނެއެވެ. އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. ކަލޭމެން ރޭގަނޑާއި ދުވާލު ޒާތްޒާތުގެ مَكْرُ ތައް ހަދައި ރޭވުންތައް ރާވައި ﷲ އަށް ކާފަރުވުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. އަދި އެކަލާނގެއަށް شَرِيكُ ން ތަކާ އެއްފަދަ مِثَال ތައް ލުމަށް އަހުރެމެންނަށް أَمْرُ ކުރީއެވެ. (ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް) ހިތާމަތައް ވަންހަނާ ކުރާނެއެވެ. އެއީ އެމީހުން ކުރި كُفْرُ ގެ عَمَل ތަކުގެ މައްޗަށެވެ. އެކަން އެހެން ހިނގާނީ އެމީހުންނަށް عَذَاب ފެންނަ ހިނދުންނެވެ. އަދި ކާފަރުވި މީސްތަކުންގެ ކަނދުރާތަކުގައި (އެމީހުން ނަރަކައިގާ ތިބޭހިނދު) ދަގަނޑުގެ ކަސްތަޅުތައް ތިމަންރަސްކަލާނގެ އަޅުވާހުށީމެވެ. އެމީހުންނަށް ފަހެ އެމީހުންކުރިކަންތަކުން މެނުވީ جَزَآءُ ލިބޭނެ ހެއްޔެވެ؟ އެބަހީ އެމީހުންނަށް އެ جَزَآءُ އެލިބެނީ އެމީހުން ކުރިކަންތަކުންނެވެ.

34:34

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ﴿34﴾

Transliteration: Wama arsalna fee qaryatin min natheerin illa qala mutrafooha inna bima orsiltum bihi kafiroona

Translation: އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ نَذِير އަކު ފޮނުވައިފިއްޔާ އެރަށެއްގައި ތިބޭ މުއްސަނދި ނުބައި އަދި މަތީފަންތީގެ މީހުން އެބޭކަލަކާ ދިމާއަށް "އަހުރެމެން މިތިބީ ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު އެއްޗަށް ކާފަރުވެގެންނެވެ". މިހެން ނުބުނާ އެއްވެސް ބޭކަލަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.

34:35

وَقَالُواْ نَحۡنُ أَكۡثَرُ أَمۡوَٰلٗا وَأَوۡلَٰدٗا وَمَا نَحۡنُ بِمُعَذَّبِينَ ﴿35﴾

Transliteration: Waqaloo nahnu aktharu amwalan waawladan wama nahnu bimuAAaththabeena

Translation: އަދި އެމީހުން ބުނެއެވެ. މުދަލުގެ ގޮތުންނާއި ދަރީންގެ ގޮތުން އަހުރެމެން މާތަނަވަސްވެފައި ފޯރުންތެރިކަން ބޮޑެވެ. އަދި އަހުރެމެންނަކީ آخِرَة ދުވަހުން عَذَاب ލިބޭނޭ ބަޔަކުކަމުގައި ނުވެއެވެ.

34:36

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴿36﴾

Transliteration: Qul inna rabbee yabsutu alrrizqa liman yashao wayaqdiru walakinna akthara alnnasi la yaAAlamoona

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުޤު މަދުކުރަށްވައި ދަތިކުރައްވައެވެ. (އެއީ އެކަލާނގެ ފުރިހަމަ حِكْمَة ފުޅެކެވެ.) އެކަމަކު ގިނަމީހުންނަކަށް ނޭނގެއެވެ.

34:37

وَمَآ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُم بِٱلَّتِي تُقَرِّبُكُمۡ عِندَنَا زُلۡفَىٰٓ إِلَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَـٰٓئِكَ لَهُمۡ جَزَآءُ ٱلضِّعۡفِ بِمَا عَمِلُواْ وَهُمۡ فِي ٱلۡغُرُفَٰتِ ءَامِنُونَ ﴿37﴾

Transliteration: Wama amwalukum wala awladukum biallatee tuqarribukum AAindana zulfa illa man amana waAAamila salihan faolaika lahum jazao alddiAAfi bima AAamiloo wahum fee alghurufati aminoona

Translation: ތިޔަބައިމީހުންގެ މުދަލާއި ދަރީންނަކީ ތިމަންރަސްކަލާނގެ رَحْمَة އާއި ރުހިވޮޑިގަތުމަށް ގާތްވުމަށް ކުއްތަންވެ ގާތްކަން ހޯދޭނެއެއްޗެއްކަމުގައި ނުވެއެވެ. ހަމައެކަނި ގާތްކަމާއި ކުއްތަންވުން ހޯދޭނީ އީމާންވެގެން صَالِحُ عَمَل ކުރިބަޔަކަށެވެ. ފަހެ އެމީހުންނަށް އެމީހުންކުރި ހެޔޮ عَمَل ގެ جَزَآءُ އެތައްގުނައަކަށް ގިނަވެގެން ލިބޭހުއްޓެވެ. އެމީހުން آخِرَة ދުވަހުން ވާހުށީ ސުވަރުގޭގައި އަމާންވެގެންވާ حَالُ އެތާގެ ކޮޓަރިކޮޅުތަކުގައެވެ.

34:38

وَٱلَّذِينَ يَسۡعَوۡنَ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَـٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ﴿38﴾

Transliteration: Waallatheena yasAAawna fee ayatina muAAajizeena olaika fee alAAathabi muhdaroona

Translation: އަދި ތިމަންރަސްކަލާނގެ އާޔަތްތައް بَاطِل ކޮށް ނުކުޅައްދައިލުމަށް މަސައްކަތަކުރާމީހުން ދަންނައެވެ. ފަހެ އެމީހުން آخِرَة ދުވަހުން عَذَاب ގެތެރެއަށް حَاضِرُ ކުރެވޭނެއެވެ. ނުވަތަ زَبَانِيَّة މަލާއިކަތްބޭކަލުން އެމީހުން ނަރަކައިގެ عَذَاب އަށް حَاضِرُ ކުރައްވާނެއެވެ.

34:39

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥۚ وَمَآ أَنفَقۡتُم مِّن شَيۡءٖ فَهُوَ يُخۡلِفُهُۥۖ وَهُوَ خَيۡرُ ٱلرَّـٰزِقِينَ ﴿39﴾

Transliteration: Qul inna rabbee yabsutu alrrizqa liman yashao min AAibadihi wayaqdiru lahu wama anfaqtum min shayin fahuwa yukhlifuhu wahuwa khayru alrraziqeena

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ رَبُّ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް رِزْقُ ތަނަވަސްކުރައްވައި ގިނަކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުޤު މަދުކުރައްވައި ދަތިކުރައްވައެވެ. ފަހެ ކަލޭމެން ހެޔޮކަމުގެ މަގުގައި ހޭދަކުރި ކޮންމެ އެއްޗެއް އެއެއްޗެއްގެ ބަދަލު އެކަލާނގެ ފަހުން ކަލޭމެންނަށް ދެއްވާނެއެވެ. އޭގެ ދަރުމަ ކަލޭމެންނަށް ލިބޭހުއްޓެވެ. އަދި އެކަލާނގެއީ رِزْقُ ދެއްވާ އެންމެ ހެޔޮފަރާތެވެ.

34:40

وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا ثُمَّ يَقُولُ لِلۡمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمۡ كَانُواْ يَعۡبُدُونَ ﴿40﴾

Transliteration: Wayawma yahshuruhum jameeAAan thumma yaqoolu lilmalaikati ahaolai iyyakum kanoo yaAAbudoona

Translation: އަދި އެއެންމެން އެކަލާނގެ އެއްކުރައްވައި مَحْشَر ކުރައްވާ ދުވަހުން (އެއެންމެން އެއްކުރައްވާފައި) ދެން އެކަލާނގެ މަލާއިކަތްބޭކަލުން ކުރެން އައްސަވާ ސުވާލުކުރައްވާނެއެވެ. މި މީހުން މިއީ ކަޑައެޅިގެން ކަލޭމެނަށް އަޅުކަންކުރި މީހުންހެއްޔެވެ؟

34:41

قَالُواْ سُبۡحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِمۖ بَلۡ كَانُواْ يَعۡبُدُونَ ٱلۡجِنَّۖ أَكۡثَرُهُم بِهِم مُّؤۡمِنُونَ ﴿41﴾

Transliteration: Qaloo subhanaka anta waliyyuna min doonihim bal kanoo yaAAbudoona aljinna aktharuhum bihim muminoona

Translation: އެބޭކަލުން ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طَاهِرُ ވަންތައެވެ. އިބަރަސްކަލާނގެއީ އެމީހުން ފިޔަވައި އަޅަމެންގެ ސަހަރޯވެރި ކަލާނގެއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްތޯއެވެ؟ އެމީހުންވީ ޖިންނިންނަށް އަޅުކަންކުރާ ބަޔަކު ކަމުގައެވެ. އެމީހުންކުރެ ގިނަމީހުން إِيمَان ވެގެންވަނީ އެޖިންނީންނަށެވެ.

34:42

فَٱلۡيَوۡمَ لَا يَمۡلِكُ بَعۡضُكُمۡ لِبَعۡضٖ نَّفۡعٗا وَلَا ضَرّٗا وَنَقُولُ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّتِي كُنتُم بِهَا تُكَذِّبُونَ ﴿42﴾

Transliteration: Faalyawma la yamliku baAAdukum libaAAdin nafAAan wala darran wanaqoolu lillatheena thalamoo thooqoo AAathaba alnnari allatee kuntum biha tukaththiboona

Translation: (الله تَعَالى وَحِي ކުރައްވާނެތެވެ.) މިއަދު ކަލޭމެން ދެބައިމީހުންކުރެ އެއްބަޔަކުވެސް (އެއީ އަޅުކަންކުރި މީހުންނާއި އަޅުކަން ވެވުނުމީހުންނެވެ.) އަނެއްބަޔަކަށް مَنْفَع އެއް ދިނުމެއް ނުވަތަ ގެއްލުމެއް ދިނުމެއްވިޔަސް مِلْكُ ވެގެންނުވެއެވެ. އަދި އަނިޔާވެރިންނަށް يَعْنِي مُشرِكٌ ންނަށް ތިމަންރަސްކަލާނގެ އަންގާ ހުށީމެވެ. ކަލޭމެން ނަރަކައިގެ عَذَاب ގެ ރަހަލިބިގަންނާށެވެ. އެ ނަރަކައަކީ ކަލޭމެން އެނަރަކަ ދޮގުކުރާ ކަމުގައިވި ނަރަކައެވެ.

34:43

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا رَجُلٞ يُرِيدُ أَن يَصُدَّكُمۡ عَمَّا كَانَ يَعۡبُدُ ءَابَآؤُكُمۡ وَقَالُواْ مَا هَٰذَآ إِلَّآ إِفۡكٞ مُّفۡتَرٗىۚ وَقَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ﴿43﴾

Transliteration: Waitha tutla AAalayhim ayatuna bayyinatin qaloo ma hatha illa rajulun yureedu an yasuddakum AAamma kana yaAAbudu abaokum waqaloo ma hatha illa ifkun muftaran waqala allatheena kafaroo lilhaqqi lamma jaahum in hatha illa sihrun mubeenun

Translation: އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ بَيَان ވެގެންވާ އާޔަތްތައް (قُرُآن ގެ އާޔަތްތައް) ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. މި قُرُآن މިކިޔަވާމީހާ (ދަންނައެވެ!) ކަލޭމެން ކާބަފައިން އެތަކެއްޗަށް އަޅުކަންކުރި ތަކެތީން ކަލޭމެންނަށް މަނާކޮށް ދުރުކުރުވުމަށް މެނުވީ އޭނާނެއެދެއެވެ. އަދި އެމީހުން ބުނެއެވެ. މި قُرُآن އަކީ ހަމަހަދައިގެން އުޅޭ ދޮގެއްކަމުގައި މެނުވީ ނުވެއެވެ. އަދި ކާފަރުވީ މީސްތަކުން އެބައިމީހުންގެ ގާތަށް حَقُّ އައި ހިދުން (إِسلاَم دِين އައި ހިދުން) އެ حَقُّ އާއި ދިމާލަށް އެމީހުން ބުނީ މިއީ بَيَان ވެގެންވާ سِحْرُ އެއްކަމުގައި މެނުވީ ނުވެއެވެ.

34:44

وَمَآ ءَاتَيۡنَٰهُم مِّن كُتُبٖ يَدۡرُسُونَهَاۖ وَمَآ أَرۡسَلۡنَآ إِلَيۡهِمۡ قَبۡلَكَ مِن نَّذِيرٖ ﴿44﴾

Transliteration: Wama ataynahum min kutubin yadrusoonaha wama arsalna ilayhim qablaka min natheerin

Translation: އަދި މީގެކުރިން އެމީހުން يَعنِي عَرَبِي ން ކިޔަވައި ދިރާސާކުރާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަކަށް ނުދެމެވެ. އަދި ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެމީހުންގެ ގާތަށް އެއްވެސް رَسُولُ ބޭކަލަކުވެސް ނުފޮނުއްވަމެވެ.

34:45

وَكَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ وَمَا بَلَغُواْ مِعۡشَارَ مَآ ءَاتَيۡنَٰهُمۡ فَكَذَّبُواْ رُسُلِيۖ فَكَيۡفَ كَانَ نَكِيرِ ﴿45﴾

Transliteration: Wakaththaba allatheena min qablihim wama balaghoo miAAshara ma ataynahum fakaththaboo rusulee fakayfa kana nakeeri

Translation: އަދި މިމީހުންގެ (އެބަހީ مَكَّة ގެ مُشرِكُ ންގެ) ކުރިންވެސް އެކިއެކި أُمَّة ތަކަށް ވަޑައިގެންނެވި رَسُولُ ބޭކަލުން އެ أُمَّة ތަކުގެ މީސްތަކުން ދޮގުކުރިއެވެ. އެމީސްމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نِعمَة އާއި އާރާއި ބާރުގެ ދިހަބައިކުޅަ އެއްބައިވެސް މިމީހުންނަށް يَعنِي مَكَّة ގެ أَهلُ ވެރިންނަށް ލިބިގެންނުވެއެވެ. ފަހެ އެމީހުންވެސް يَعنِي އިސްވެދިޔަ أُمَّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ ފޮނުއްވި رَسُولُ ބޭކަލުން ދޮގުކުރިއެވެ. އޭގެ ސަބަބުން އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ إِنكَار އާއި ކޯފާ ވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ (مَكَّة ގެ أَهلُ ވެރިންވެސް إِيمَان ނުވިނަމަ ދެންވާނެގޮތް ވިސްނާށެވެ. އިސްވެދިޔަތަނުން عِبرَة حَاصِل ކުރާށެވެ.)

34:46

قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ لَّكُم بَيۡنَ يَدَيۡ عَذَابٖ شَدِيدٖ ﴿46﴾

Transliteration: Qul innama aAAithukum biwahidatin an taqoomoo lillahi mathna wafurada thumma tatafakkaroo ma bisahibikum min jinnatin in huwa illa natheerun lakum bayna yaday AAathabin shadeedin

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް إِنذَار ކޮށް އަދި نَصِيحَة ދީ وَعظُ ދީ މިހަދަނީ އެންމެކަމަކަށްޓަކައެވެ. އެއީ ﷲގެ ރަސްކަނަފުޅައްޓަކައި ކަލޭމެން (حَقُّ ހޯދުމަށްޓަކައި ތެދުވެރި ވިސްނުމާއި فِكرُ ބޭނުންކޮއްގެން.) ދެމީހުން ދެމީހުންނާއި އަދި އެކަނި އެކަނިންވެސް ތެދުވެ ރަނގަޅަށް ހޯދައި ބަލާށެވެ. އެއީ نَبِى އާއަށާއި އެކަލޭގެފާނު ގެންނެވި إِسلاَم دِين އަށާއި އެކަލޭގެފާނު ގެންނެވި ފޮތަށާއި މިތަކެއްޗަށް ރަނގަޅަށް ވިސްނައި فِكرُ ކޮށް ތެދުވެރި نَظَر އަކުން ބެލީމާ ކަލޭމެންގެ އެކުވެރިޔާގެ ކިބައިގައި (يَعنِي مُحَمَّدُ ގެ ފާނުންގެ ކިބައިގައި) އެއްވެސް ބާވަތެއްގެ ޖިންނިބަލީގެ މޮޔަކަމުގެ އަސަރެއް ނެތްކަން ރަނގަޅަށް ކަލޭމެންނަށް އެނގޭނެއެވެ. އެއީ ހަމައެކަނި ގަދަވެގެންވާ عَذَاب އެއްގެ (قِيَامَة ދުވަހުގެ عَذَاب ގެ خَبَر ދެއްވުމަށް) ވަޑައިގެންނެވި رَسُولُ ބޭކަލަކު ކަމުގައި ނޫނީނުވެއެވެ.

34:47

قُلۡ مَا سَأَلۡتُكُم مِّنۡ أَجۡرٖ فَهُوَ لَكُمۡۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَهُوَ عَلَىٰ كُلِّ شَيۡءٖ شَهِيدٞ ﴿47﴾

Transliteration: Qul ma saaltukum min ajrin fahuwa lakum in ajriya illa AAala Allahi wahuwa AAala kulli shayin shaheedun

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް މި ރަސޫލުކަން އިއްވަވާތީ އޭގެ ބަދަލުގައި ކަލޭމެންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އެއްޗަކަށް އެދުނުނަމަ އެއެއްޗެއްވެސް އެއީ ކަލޭމެންނަށެވެ. އަދި ތިމަންކަލޭގެފާނަށް އޮތް ދަރުމައެއް އަދި އުޖޫރައެއް ﷲގެ حَضرَة އަށް މެނުވީ ނުވެއެވެ. އަދި އެކަލާނގެ ހުރިހާއެއްޗެއްގެ މައްޗަށް ހެކިވެވޮޑިގެންވެއެވެ.

34:48

قُلۡ إِنَّ رَبِّي يَقۡذِفُ بِٱلۡحَقِّ عَلَّـٰمُ ٱلۡغُيُوبِ ﴿48﴾

Transliteration: Qul inna rabbee yaqthifu bialhaqqi AAallamu alghuyoobi

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبُّ حَقُّ ގޮތުގައި وَحِي ބާވައިލައްވައެވެ. ނުވަތަ بَاطِل ގެ މައްޗަށް حَقُّ ފޮނުއްވައި بَاطِل ނެތިކުރަށްވައެވެ. އެކަލާނގެއީ غَيبُ ތަށް މޮޅަށްދެނެވޮޑިގެންވާ ކަލާނގެއެވެ.

34:49

قُلۡ جَآءَ ٱلۡحَقُّ وَمَا يُبۡدِئُ ٱلۡبَٰطِلُ وَمَا يُعِيدُ ﴿49﴾

Transliteration: Qul jaa alhaqqu wama yubdio albatilu wama yuAAeedu

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! حَقُّ އަތުވެއްޖެއެވެ. (قُرُآن އާއި تَوحِيد އާއި إِسلاَم دِين އައީއެވެ.) އަދި بَاطِل ފައުޅުނުވާނެއެވެ. (شِرك ފައުޅުނުވާނެއެވެ.) ދެން އެ بَاطِل އަބުރާއައުމެއްނެތެވެ. (ނުވަތަ އިބިލީސް އެއްވެސް އެއްޗެށް ނުއުފައްދާނެއެވެ. އަދި އެސޮރަށް އެއްވެސްމީހަކު مَحشَر ނުކުރެވޭނެއެވެ.) މި ގޮތްގޮތަށް آيَة ގެ تَرجَمَة ލިޔެވިފައިވެއެވެ.

34:50

قُلۡ إِن ضَلَلۡتُ فَإِنَّمَآ أَضِلُّ عَلَىٰ نَفۡسِيۖ وَإِنِ ٱهۡتَدَيۡتُ فَبِمَا يُوحِيٓ إِلَيَّ رَبِّيٓۚ إِنَّهُۥ سَمِيعٞ قَرِيبٞ ﴿50﴾

Transliteration: Qul in dalaltu fainnama adillu AAala nafsee waini ihtadaytu fabima yoohee ilayya rabbee innahu sameeAAun qareebun

Translation: އޭ رَسُولُ ﷲ އެވެ! ކަލޭގެފާނުވިދާޅުވާށެވެ! ތިމަންކަލޭގެފާނު މަގުފުރެދުނުނަމަ އެއީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ ގެ ކަމެކެވެ. އެކަމުގެ ފާފަ އޮންނާނީ ތިމަންކަލޭގެފާނުންގެ އަމިއްލަ نَفسُ އަށެވެ. އަދި ތިމަންކަލޭގެފާނު ތެދުމަގުގައި ވަންޏާ އެއީ ތިމަންކަލޭގެފާނުންގެ رَبُّ ތިމަންކަލޭގެފާނަށް އިއްވަވާ وَحِي ގެސަބަބުނެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދާދިގާތުގައި ވޮޑިގެންވާކަލާނގެއެވެ.

34:51

وَلَوۡ تَرَىٰٓ إِذۡ فَزِعُواْ فَلَا فَوۡتَ وَأُخِذُواْ مِن مَّكَانٖ قَرِيبٖ ﴿51﴾

Transliteration: Walaw tara ith faziAAoo fala fawta waokhithoo min makanin qareebin

Translation: އަދި އެމީހުން ބިރުން ސިހޭހިނދުން ހަމަކަށަވަރުން ކަލޭގެފާނު ވަރަށްބޮޑު ބިރުހުރިގޮތަކަށް އެމީހުން ދެކެވަޑައިގަންނަވާނެއެވެ. (އެވަގުތަކީ އެމީހުން މަރަށް حَاضِر ވާވަގުތެވެ. ނުވަތަ مَحشَر ވުމަށްޓަކައި ވަޅުތަކުންނުކުންނަ ވަގުތެވެ.) އެވަގުތު އެމީހުން ފާއިތުވުމެއްނުވެއެވެ. އެބަހީ ފިލައިގެންދިއުމެއް ނުވަތަ ސަލާމަތްވުމެއް ނުވެއެވެ. ގާތްހިސާބަކުން އެމީހުން ހިފެވިގެން مَحشَر ގެ مَيدَان އަށް ގެނެވޭނެއެވެ.

34:52

وَقَالُوٓاْ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِۭ بَعِيدٖ ﴿52﴾

Transliteration: Waqaloo amanna bihi waanna lahumu alttanawushu min makanin baAAeedin

Translation: އެހިނދު (އެބަހީ مَحشَر ގެ مَيدَان ގެ ކަންތައްގަޑުފެންނަ ހިނދު) އެމީހުން ބުނާނެއެވެ. އަހުރެމެން އެކަލޭގެފާނަށް (ނުވަތަ إِسلاَم دِين އަށް) އީމާންވެއްޖައީމެވެ. އެކަމަކު އެހާދުރުހިސާބުން އެމީހުންނަށް إِيمَان ވުމުގެ فُرُصَة ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟ (އެއީ އެމީހުން ދުނިޔޭގައި ވާންވީ إِيمَان ކަމެއް މިހާރުދެން آخِرَة ގައި އެކަން قَبُول ވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟)

34:53

وَقَدۡ كَفَرُواْ بِهِۦ مِن قَبۡلُۖ وَيَقۡذِفُونَ بِٱلۡغَيۡبِ مِن مَّكَانِۭ بَعِيدٖ ﴿53﴾

Transliteration: Waqad kafaroo bihi min qablu wayaqthifoona bialghaybi min makanin baAAeedin

Translation: އެމީހުންވަނީ މީގެކުރީގައި އެކަމަށް ކާފަރުވެފައެވެ. (އެބަހީ ދުނިޔޭގައި ތިބިއިރު އެކަމަށް ކާފަރުވެފައެވެ.) އެމީހުންއައީ އެކަމާއިމެދު ދުރުދުރުން ރޭދަލަށް އުކަމުންނެވެ. އެބަހީ ޒާތްޒާތުގެ ހީތައްކުރަމުންނެވެ. (قِيَامَة އެއްނުވާނެއެވެ. ސުވަރުގެއެއް ނަރަކައެއްނުވާނެކަމަށް އެކިޒާތުގެ ހީކުރަމުންނެވެ.) ކުރަންނުވާ ޒާތުގެ ދުރުހީތަށް ކުރިއެވެ.

34:54

وَحِيلَ بَيۡنَهُمۡ وَبَيۡنَ مَا يَشۡتَهُونَ كَمَا فُعِلَ بِأَشۡيَاعِهِم مِّن قَبۡلُۚ إِنَّهُمۡ كَانُواْ فِي شَكّٖ مُّرِيبِۭ ﴿54﴾

Transliteration: Waheela baynahum wabayna ma yashtahoona kama fuAAila biashyaAAihim min qablu innahum kanoo fee shakkin mureebin

Translation: އަދި އިސްވެދިޔަ أُمَّة ތަކުގައި ތިބި ކާފަރުންނެކޭ އެއްގޮތަށް މިމީހުންނަށްވެސް މިމީހުން އެދޭކަންތަކާއި މިމީހުންނާއި ދެމެދު ހުރަސްއެޅެވުނީއެވެ. އެމީހުން މިހާރު އެދޭކަމަކަށްވީ އީމާންވުމެވެ. އެކަމަކު އެކަމާއި އެމީހުންނާއި ދެމެދު މިހާރުއެވަނީ ހުރަސްވެގެންނެވެ. އެމީހުން ދުނިޔޭގައި އުޅުނުއިރު ތިބީ އެކަންކަމާއިމެދު (އެބަހީ رَسُول ބޭކަލުން ގެންނެވި ކަންކަމާއިމެދު) ބޮޑުވެގެންވާ ޝައްކެއްގެމަތީގައެވެ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download